ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-DM/11 ޤަޟިއްޔާގެ ޙުކުމް
1
ދިވެހިރާއްޖޭގެ ހައިކޯޓް، ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯރޓް
2005/IIC-DM/11
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
0
:
:
ޤަޟިއްޔާ ނަންބަރ: 01/HC-DM/2008
ދަޢުވާކުރި ފަރާތްތައް:
- ޢަބްދުﷲ ޒުހައިރު (ތިނަދޫ ޒުހައިރު)
އައިޑީ ކާޑު ނަންބަރ: 037183
A
*
ދާއިމީ އެޑްރެސް: މ. ސަބުރާޠު
މިހާރުގެ އެޑްރެސް:މ. އަތައްސާގިރި
ދިއްފުށި
2- ޝަހީމު އަޙްމަދު (ޝަހީމު)
* އައިޑީ ކާޑު ނަންބަރ: 077877
A
ދާއިމީ އެޑްރެސް: އޮނުފިނިގެ | ·
މިހާރުގެ އެޑްރެސް: ފ. ހެޕީނައިޓް
3- އަޙްމަދު ޝަފީޤު (ޝަފީޤު)
އައިޑީ ކާޑު ނަންބަރ: 036898
A
ދާއިމީ އެޑްރެސް: މ.
ޠާއިފް
މިހާރުގެ އެޑްރެސް: މ. ތާއިފް
8
4- މަސްތޫރު ޙުސްނީ (މަސްތޫރު)
އައިޑީ ކާޑު ނަންބަރ: 035682
A
ދާއިމީ އެޑްރެސް: ފިތުރޯނުގެ/ ސ. ހިތަދޫ
މިހާރުގެ އެޑްރެސް: މ. ސިލްކު
*
5- އަބޫބަކުރު މުޙައްމަދު (މަނަދޫ ބަކުރު)
ކާޑު ނަންބަރ: 076502
A
ދާއިމީ އެޑްރެސް: ލ. ހިޔަމަ
މިހާރުގެ އެޑްރެސް:ވ. ހިޔަމަ
6- ޢަބްދުލް ޙަކީމު ރަޝާދު (ރަޝާދު)
އައިޑީ ކާޑު ނަންބަރ: 052846
A
ދާއިމީ އެޑްރެސް: މއ. ކެލާގެއާގެ
މިހާރުގެ އެޑްރެސް: މއ. ކެލާގެއާގެ
*
7- އަޙްމަދު ޒަރީނު އާދަމް (ޒަނީނު)
އައިޑީ ކާޑު ނަންބަރ: 068395
A
ދާއިމީ އެޑްރެސް: ހ. ވެއްޕިލާގެ
މިހާރުގެ އެޑްރެސް: ހ. އިލަމާ
*
ދިވެހިރާއްޖޭގެ ހައިކޯޓު، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2008/HC-DM/11
2
އިކޯޓް، ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯރޓް
ހ-
8- ޙުސްނުއްސުޢޫދު (ޙުސްނުއްސުޢޫދު)
އައިޑީ ކާޑު ނަންބަރ: 053050
A
ދާއިމީ އެޑްރެސް: ހަސަންކާރިގެ
މިހާރުގެ އެޑްރެސް:މ. ނަނައިމޯ
8
.
ދަޢުވާލިބުނު ފަރާތް: އިލެކްޝަންސް ކޮމިޝަން * މިހާރުގެ އެޑްރެސް: ޕީއޭ ކޮމްޕްލެކްސް، 3ވަނަ ބުރި މާލެ
• ދަޢުވާގައި މަޞްލަޙަތެއް އޮވެގެން ބައިވެރިވި ފަރާތް: އެޓާރނީ ޖެނެރަލް
ހުށަހެޅުނު ތާރީޚް: 16 ޝައްވާލު 1429
16 އޮކްޓޯބަރ 2008
ނިމުނު ތާރީޚް: 26 ޝައްވާލު 1429
26 އޮކްޓޯބަރ 2008
{
ދިވެހިރާއްޖޭގެ ހައިކޯޓު، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ދިއްޖޭގެ ހައިކޯޓް، ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯރޓް
2008/HC-DM/11
i
20-04:
I
ފިހުރިސްތު
101- ދަޢުވާގެ ޚުލާޞާ:
ޞަފްޙާ ނަންބަރ 4
02- ފާހަގަކުރެވުނު ނުކުތާތައް:
03- ޙުކުމް:
04- މަޙްޝަރު ބަޔާންތައް
04.1 ދަޢުވާކުރި ފަރާތްތަކުގެ މަޙްޝަރު ބަޔާންތައް:
މަޙްޝަރު ނަންބަރ:20-01 :HC
-
DM
-
11 Mpg-2008
23-20:
04.2 ދަޢުވާލިބުނު ފަރާތުގެ މަޙްޝަރު ބަޔާންތައް:
މަޙްޝަރު ނަންބަރ: 41-20 :HC
-
DM
-
11 Mpg-2008
043 ދަޢުވާގައި މަޞްލަޙަތެއް އޮވެގެން ބައިވެރިވި ފަރާތުގެ މަޙްޝަރު ބަޔާންތައް:
މަޙްޝަރު ނަންބަރ: 48-41 :HCDM-
11 Mpg-2008
05-މައްސަލައާއި ގުޅިގެން ހުށަހެޅުނު ލިޔުންތައް:
05.1ނ ދަޢުވާކުރި ފަރާތް ތަކުން ހުށަހެޅި، އިލެކްޝަންސް ކޮމިޝަނުގެ ނަންބަރ: 208
/
1/F-38
(13 އޮކްޓޯބަރ 2008) ގެ ނޫސް ބަޔާނުގެ ކޮޕީ (02 ޞަފްޙާ)
05.2- ދަޢުވާކުރި ފަރާތް ތަކުން ހުށަހެޅި، ހައިކޯޓުގެ ނަންބަރު 02/HC
-
DM/2008 ގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ އާއި އެ ޤަޟިއްޔާގެ ޙުކުމް (03 ޞަފްޙާ)
ރިޕޯޓުގައިވާ ޞަފްޙާގެ ޖުމްލަ ޢަދަދު:.88..
(
ދިވެހިރާއްޖޭގެ ހައިކޯޓު، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
4
ދިވެހިރާއްޖޭގެ ހައިކޯޓް، ޤަޟިއްޔާ ފިޤުހީ ގޮތުގެ ރިޕޯރޓް
20{0/IC-DM/11
ދަޢުވާގެ ޚުލާޞާ
404
މިއީ، ޤާނޫނު އަސާސީގެ 301 ވަނަ މާއްދާގެ (ހ) ގައި "މި ޤާނޫނު އަސާސީގެ ދަށުން ބާއްވާ
ފުރަތަމަ ރިޔާސީ އިންތިޚާބު 2008 އޮކްޓޯބަރ 10 ވަނަ ދުވަހުގެ ކުރީން ބާއްވާ ނިންމަންވާނެ" ކަމަށް
ބަޔާންކޮށްފައިވާތީ އާއި ރިޔާސީ އިންތިޚާބާ ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 12/2008) ގެ 22 ވަނަ
މާއްދާގައިވެސް އިންތިޤާލީ މަރުޙަލާގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު 10 އޮކްޓޯބަރ
2008 ގެ ކުރިން ބާއްވާ ނިންމަންވާނެ ކަމަށް ބަޔާންކޮށްފައިވަނިކޮށް، އެކަމަށްޓަކައި ޤާނޫނު އަސާސީގެ
ދަށުން ޢައްޔަންކޮށްފައިވާ އިލެކްޝަންސް ކޮމިޝަނުން 10 އޮކްޓޯބަރ 2008 ގެ ކުރިން އެ އިންތިޚާބު
ޤާނޫނު އަސާސީގައިވާ ގޮތުގެ މަތީން ބާއްވާ ނިންމާފައި ނުވުމުގެ ސަބަބުން އެ ކޮމިޝަނުން ދިވެހި
ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ރިޔާސީ އިންތިޚާބާ ބެހޭ ޤާނޫނުގެ 22 ވަނަ މާއްދާއާ
ޚިލާފުވެފައިވާތީވެ، އިލެކްޝަންސް ކޮމިޝަނުން 28 އޮކްޓޯބަރ 2008 ދުވަހު ދިވެހިރާއްޖޭގައި ބާއްވަން
ހަމަޖައްސާފައިވާ ރިޔާސީ އިންތިޚާބު ބޭއްވުމަކީ ޣައިރު ދުސްތޫރީ އަދި ބާތިލް އިންތިޚާބަކަށްވާނެތީވެ، އަދި
ޤާނޫނު އަސާސީއާ ޚިލާފަށް ބާއްވާ އިންތިޚާބެއްގެ ނަތީޖާ ޞައްޙަ ނުވާނެތީއާއި އަދި އެ އިންތިޚާބު ކުރެވޭ
މީހެއްގެ ޤާނޫނީ ހައިސިއްޔަތެއްވެސް ނޯންނާނެތީވެ، 28 އޮކްޓޯބަރ 2008 ދުވަހު އިލެކްޝަންސް
ކޮމިޝަނުން ބާއްވަވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިޚާބު ނުބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުގެ
މައްޗަށް އަމުރުކޮށް ދެއްވުން އެދި މ. ސަބުރާތު އަތައްސާގިރި ޢަބްދުﷲ ޒުހައިރު އާއި،
ދިއްފުށީ، އޮނުދީނިގެ ށ. ހެޕީނައިޓް ޝަހީމު އަޙްމަދާއި، މ. ތާއިފް އަޙްމަދު ޝަފީޤު އާއި،
ހިތަދޫ
ފިތުރޯނުގެ މަސްތޫރު ޙުސްނީ އާއި، ހިޔަމަ އަބޫބަކުރު މުޙައްމަދާއި، މއ. ކެލާގެއާގެ ޢަބްދުލްޙަކީމު
ރަޝާދު އާއި، ހ. ވެއްޕިލާގެ/ ހ. އިލަމާ އަޙްމަދު ޒަރީނު އާދަމު އާއި، މީދޫ، ޙަސަންކާރީގެ/ މ.
ނަނައިމޯ ޙުސްނުއްސުޢޫދު އާއި، 08 (އަށެއް) މީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު
ޤަޟިއްޔާއެކެވެ.
*2
.
1-9
(
ފާހަގަކުރެވުނު ނުކުތާތައް:
01- މިއީ، ޤާނޫނު އަސާސީގެ 301 ވަނަ މާއްދާގެ (ހ) ގައި "މި ޤާނޫނު އަސާސީގެ ދަށުން
ބާއްވާ ފުރަތަމަ ރިޔާސީ އިންތިޚާބު 2008 އޮކްޓޯބަރ 10 ވަނަ ދުވަހުގެ ކުރީން ބާއްވާ ނިންމަންވާނެ“
ދިވެހިރާއްޖޭގެ ހައިކޯޓު، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325129، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
ދިވެހިރާއްޖޭގެ ހައިކޯޓް، ޤު ޟިއްޔާ ނިމުނު ގޮތުގެ ރިޕޯރޓް
2{08/TIC-DM/11
ބެއެވެ
ކަމަށް ބަޔާންކޮށްފައިވާތީ އާއި ރިޔާސީ އިންތިޚާބާ ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 12/2008) ގެ 22
ވަނަ މާއްދާގައިވެސް އިންތިޤާލީ މަރުޙަލާގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު 10 އޮކްޓޯބަރ
2008 ގެ ކުރިން ބާއްވާ ނިންމަންވާނެ ކަމަށް ބަޔާންކޮށްފައިވަނިކޮށް، އެކަމަށްޓަކައި ޤާނޫނު އަސާސީގެ
ދަށުން ޢައްޔަންކޮށްފައިވާ އިލެކްޝަންސް ކޮމިޝަނުން 10 އޮކްޓޯބަރ 2008 ގެ ކުރިން އެ އިންތިޚާބު
ޤާނޫނު އަސާސީގައިވާ ގޮތުގެ މަތީން ބާއްވާ ނިންމާފައި ނުވުމުގެ ސަބަބުން އެ ކޮމިޝަނުން ދިވެހި
ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ރިޔާސީ އިންތިޚާބާ ބެހޭ ޤާނޫނުގެ 22 ވަނަ މާއްދާއާ
ޚިލާފުވެފައިވާތީވެ، އިލެކްޝަންސް ކޮމިޝަނުން 28 އޮކްޓޯބަރ 2008 ދުވަހު ދިވެހިރާއްޖޭގައި
ހަމަޖައްސާފައިވާ ރިޔާސީ އިންތިޚާބު ބޭއްވުމަކީ ޣައިރު ދުސްތޫރީ އަދި ބާތިލް އިންތިޚާބަކަށްވާނެތީވެ، އަދި
ޤާނޫނު އަސާސީއާ ޚިލާފަށް
ފެފަށް ބާއްވާ އިންތިޚާބެއްގެ ނަތީޖާ ޞައްޙަ ނުވާނެތީއާއި އަދި އެ އިންތިޚާބު ކުރެވޭ
މީހެއްގެ ޤާނޫނީ ހައިސިއްޔަތެއްވެސް ނޯންނާނެތީވެ، 28 އޮކްޓޯބަރ 2008 ދުވަހު އިލެކްޝަންސް
ކޮމިޝަނުން ބާއްވަވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިޚާބު ނުބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުގެ
މައްޗަށް އަމުރުކޮށްދެއްވުން އެދި
މ. ސަބުރާތު/ މ. އަތައްސާގިރި ޢަބްދުﷲ ޒުހައިރު އާއި،
އޮނުފިނިގެ| ހެޕީނައިޓް ޝަހީމު އަޙްމަދާއި، ޠާއިފާ އަޙްމަދު ޝަފީޤު އާއި،
ފިތުރޯނުގެ މަސްތޫރު ޙުސްނީ އާއި، ހިޔަމަ އަބޫބަކުރު މުޙައްމަދާއި،
ކެލާގެއާގެ އަބްދުލްޙަކީމު
ރަޝާދު އާއި، ހ. ވެއްޕިލާގެ ހ. އިލަމާ އަޙްމަދު ޒަރީނު އާދަމު އާއި، ސ. މީދޫ، ޙަސަންކާރީގެ/ މ.
ނަނައިމޯ ޙުސްނުއްސުޢޫދު އާއި، މި 08 (އަށެއް) މީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު
ޤަޟިއްޔާއެކެވެ.
*
"P
*
12
{
-02
މައްސަލަ ހުށަހެޅި އިސްވެ އިޝާރާތްކުރެވުނު 08 މީހުން، އެމީހުންގެ
މިމައްސަލައިގެ ދަޢުވާ ބިނާކުރާ 08 (އަށެއް) ސަބަބު ފާހަގަ ކޮށްފައިވެއެވެ. އޭގެ ތެރެއިން:-
• ފުރަތަމަ ސަބަބަކީ: ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 301 ވަނަ މާއްދާ އަށާއި، ރިޔާސީ
އިންތިޚާބުގެ ޤާނޫނު (ޤާނޫން ނަންބަރު 12/2008) ގެ 22 ވަނަ މާއްދާއަށް ބަލާއިރު، 28 އޮކްޓޯބަރ
2008 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިޢްލާން ކުރައްވާފައިވާ ރިޔާސީ އިންތިޚާބަކީ،
ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ޙުދޫދުން ބޭރުގައި އެއަސާސީއާ ޚިލާފަށް އަދި ރިޔާސީ އިންޚާބާ
ދިވެހިރާއްޖޭގެ ހައިކޯޓު، މޫންލައިޓް ހިނގުން، މާލެ، ދިވެހިދާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2008/HC-DMI/Il
ޤަޟިއްޔާ ނިމުނު ގޮތުގެ
ބެހޭ ޤާނޫނާ ވެސް ޚިލާފަށް ބޭއްވޭ އިންތިޚާބެއް ކަމަށާއި ނެގޭ ވޯޓެއް ކަމަށް ބުނެ ފާހަގަ ކޮށްފައިވާ
ސަބަބެވެ.
• ދެވަނަ ސަބަބަކީ، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 301 ވަނަ މާއްދާގެ (ހ) ގައި
ބުނެފައިވަނީ " މިޤާނޫނު އަސާސީގެ ދަށުން ބާއްވާ ފުރަތަމަ ރިޔާސީ އިންތިޚާބު 2008 އޮކްޓޯބަރ 10
ވަނަ ދުވަހުގެ ކުރިން ބާއްވައި ނިންމަންވާނެ“ ކަމަށް ކަމުގައި ބުނެ ފާހަގަ ކުރި ސަބަބެވެ.
ތިންވަނަ ސަބަބަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 298 ވަނަ މާއްދާގެ (ހ) ގައި
މުސްތަޤިއްލު ކޮމިޝަންތަކުންވެސް ޤާނޫނު އަސާސީއަށް ޢަމަލު ކުރަން ފެށުމާއެކު މިޤާނޫނު
އަސާސީގައިވާ ކަންތައްތަކަށް ފުރިހަމައަށް ޢަމަލު ކުރަންވާނެ ކަމަށް ބުނެފައިވާ ކަން ފާހަގަކުރެވޭ ކަމަށް
ބުނެ ފާހަގަ ކުރި ސަބަބެވެ.
• ހަތަރު ވަނަ ސަބަބަކީ: ރިޔާސީ އިންތިޚާބާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 12/2008) ގެ 22
ވަނަ މާއްދާގައިވެސް އިންތިޤާލީ މަރުހަލާގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު 10 އޮކްޓޯބަރ
2008 ގެ ކުރިން ބާއްވާ ނިންމަންވާނެ ކަމަށާއި، އަދި އެކަމަށްޓަކައި ކަނޑައެޅިފައިވާ ޚާއްޞަ މުއްދަތު
ތަކެއް ޤާނޫނު އަސާސީގައާއި ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ
ކަމަށާއި، އެހެންކަމުން 10 އޮކްޓޯބަރ 2008 ގެ ފަހުގެ ތާރީޚެއްގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނު އަސާސީގެ 301 ވަނަ މާއްދާގައި ބުނެފައިވާ ރިޔާސީ އިންތިޚާބު ބާއްވާނަމަ އެކަމަކީ،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 301 ވަނަ މާއްދާއަށާއި، ރިޔާސީ އިންތިޚާބާބެހޭ ޤާނޫނު
(ޤާނޫނު ނަންބަރު 12/2008) ގެ 22 ވަނަ މާއްދާއާވެސް ޚިލާފަށް ބޭއްވޭ އިންތިޚާބެއް ކަމަށް ވާނެ
ކަމަށާއި، ރިޔާސީ އިންތިޚާބު 10 އޮކްޓޯބަރ 2008 ގެ ކުރިން ބާއްވާ ނިންމުން އިލެކްޝަންސް
ކޮމިޝަނުގެ މައްޗަށް ރިޔާސީ އިންތިޚާބާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 12/2008) ގެ 22 ވަނަ
މާއްދާއިން ލާޒިމު ކުރުމަށްޓަކައި އަދި އެ ކޮމިޝަނަށް އޭގެ ފަހުން އިންތިޚާބު ބޭއްވުމުގެ އިޚްތިޔާރު
ނުދިނުމަށްޓަކައި، ރިޔާސީ އިންތިޚާބާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވަނީ،
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އެއްވެސް ކެނޑިޑޭޓަކަށް ވޯޓު ލީ މީހުންގެ ސާދާ އަޣުލަބިއްޔަތު
ނުލިބިއްޖެނަމަ އެއިންތިޚާބުގެ 2 ވަނަ ބުރު އިންތިޚާބުގެ ފުރަތަމަ ބުރު ބާއްވާ ދުވަހުން ފެށިގެން 10
ދުވަހުގެ ތެރޭގައި ބާއްވަން ވާނެ ކަމަށް ކަމުގައި ބުނެ ފާހަގަ ކުރި ސަބަބެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332502، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
1
2008/HC-DM/l
ރިޕޯރޓް
ޔާ ނިމުނު
SE
.!
• ފަސްވަނަ ސަބަބަކީ: ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބޭއްވުނީ 8 އޮކްޓޯބަރ 2008 ގައި
ކަމަށް ވެފައި، 28 އޮކްޓޯބަރ 2008 ގައި އިންތިޚާބުގެ ދެވަނަ ބުރުބާއްވާނަމަ ރިޔާސީ އިންތިޚާބާ
ޤާނޫނުގެ 22 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ 10 ދުވަސް އޮންނާނީ ފަހަނަޅައި ގޮސްފައި
ކަމުން ޤާނޫނާ ޚިލާފަށް އިންތިޚާބު ބޭއްވުމުގެ ބާރެއް އެކޮމިޝަނަށް ލިބިގެންނުވާ ކަމަށާއި، އަދި ޤާނޫނާ
ޚިލާފަށް ބާއްވާ އިންތިޚާބެއްގެ ނަތީޖާއެއްވެސް، އަދި އެގޮތަށް އިންތިޚާބު ކުރެވޭ މީހެއްގެ ޤާނޫނީ
ހައިސިއްޔަތެއްވެސް ނޯންނާނެ ކަމަށް ބުނެ ފާހަގަކުރި ސަބަބެވެ.
• ހަވަނަ ސަބަބަކީ، ޤާނޫނު އަސާސީގެ 301 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު މި ޤާނޫނު
އަސާސީގެ ދަށުން އިންތިޚާބު ކުރެވޭ ރައީސަކު ހޮވުމަށްޓަކައި 10 އޮކްޓޯބަރ 2008 ގެ ކުރިން ރިޔާސީ
އިންތިޚާބު ބާއްވާ ނިންމަންޖެހޭނެ ކަމަށް ބުނެފައިވާއިރު، އިލެކްޝަންސް ކޮމިޝަނަށް ޤާނޫނީ ބާރު
ލިބިގެންވަނީ ޤާނޫނު އަސާސީން ހުއްދަކުރާ ޙުދޫދުގެ ތެރޭގައި (ހުއްދަކުރާ މުއްދަތުގައި) އިންތިޚާބު
ބޭއްވުން ކަމަށް ޤާނޫނު އަސާސީގެ 298 ވަނަ މާއްދާގެ (ހ) އިން އެނގޭތީ، ޤާނޫނު އަސާސީގައި އެ
ޤާނޫނު އަސާސީގެ ދަށުން ބޭއްވޭ ފުރަތަމަ ރިޔާސީ އިންތިޚާބު 10 އޮކްޓޯބަރ 2008 ގެ ކުރިން ބާއްވާ
ނިންމަންވާނެ ކަމަށް ޞަރީޙަ ބަހުން ސާފުކޮށް ބުނެފައިވާއިރު، އެ ތާރީޚުގެ ފަހުން އެ އިންތިޚާބު
ބޭއްވުމުގެ ޤާނޫނީ އެއްވެސް ބާރެއް އެ ކޮމިޝަނަށް އޮތް ކަމަށް ނުފެންނަ ކަމަށާއި، އެހެންކަމުން އެ
ތާރީޚުގެ ފަހުން ބޭއްވޭ ރިޔާސީ އިންތިޚާބަކީ ޤާނޫނީ ގޮތުން ޞައްޙަ އިންތިޚާބެއް ނޫންކަމާއި، އެ
އިންތިޚާބުން ނިކުންނަ އެއްވެސް ނަތީޖާއަކީ ޤާނޫނީ ގޮތުން ޞައްޙަ އަދި އޭގެ މައްޗަށް ޢަމަލު ކުރެވޭނެ
ކަމެއް ނޫން ކަމަށް ބުނެ ފާހަގަ ކުރި ސަބަބެވެ.
• ހަތްވަނަ ސަބަބަކީ: ޤާނޫނު އަސާސީގެ އެއްވެސް މާއްދާއެއްގައި 10 އޮކްޓޯބަރ 2008 އަށް
ފުރަތަމަ ރިޔާސީ އިންތިޚާބު ބާއްވާ ނުނިމިއްޖެނަމަ ދެން އިލެކްޝަންސް ކޮމިޝަނުން ޢަމަލު ކުރާނެ
ގޮތެއް ބަޔާން ކޮށްފައި ނުވާކަމާއި، އެ ތާރީޚުގެ ފަހުން އެ ކޮމިޝަނަށް އެ އިންތިޚާބު ބޭއްވުމުގެ އެއްވެސް
އިޚްތިޞާބެއް ލިބިފައި ނެތްކަމާއި، 10 އޮކްޓޯބަރ 2008 ގެ ފަހުގެ ތާރީޚެއްގައި ރިޔާސީ އިންތިޚާބުގެ
ދެވަނަ ބުރު 28 އޮކްޓޯބަރ 2008 ގައި ބޭއްވުމަށް އެ ކޮމިޝަނުން ނިންމަވާފައިވާ ނިންމެވުމަކީ ޤާނޫނީ
ގޮތުން ޞައްޙަ ގޮތުގައި ކުރެވޭނެ ކަމެއް ނޫންކަމާއި، އަދި އެ އިންތިޚާބު ބޭއްވުމަށްޓަކައި އެ ކޮމިޝަނުން
ދިވެހިރާއްޖޭގެ ހައިކޯޓު، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2008/lic.M!Il
ދިވެހިރާއްޖޭގެ ހައިކޯޓް، ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯރޓް
ކުރައްވާ އެންމެހައި މަސައްކަތް ތަކަކީވެސް ޤާނޫނު އަސާސީއާ ޚިލާފަށް ކުރެވޭ މަސައްކަތްތަކެއް ކަމަށް
ބުނެ ފާހަގަ ކޮށްފައިވާ ސަބަބެވެ.
• އަށްވަނަ ސަބަބަކީ މިހާރު ޢަމަލު ކުރެވެމުންދާ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދަށުން
ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އަކު މިހާރު މެދުވެރިވެފައިވާ ޙާލަތަށް ރިޢާޔަތް
ކުރައްވައިގެންވެސް) ދެން އިންތިޚާބު ކުރެވޭނީ ޤާނޫނު އަސާސީގެ 301 ވަނަ މާއްދާގެ (ހ) އިސްލާޙު
ކުރެވުމުން ނުވަތަ ރައްޔިތުންގެ މަޖިލިހުން މިމައްސަލައިގައި ވަކިގޮތަކަށް ކަނޑައެޅުމުން ކަމަށް ބުނެ
ފާހަގަ ކުރި ސަބަބެވެ.
03- އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އުފުލުނު މިދަޢުވާގެ ޖަވާބުގައި އެކޮމިޝަނުގެ
ފަރާތުން ހައިކޯޓުގެ ޝަރީޢަޛުގެ މަޖިލިހުގައި ދައްކާފައިވާ ވާހަކަ ތަކަށް ބަލާއިރު، ޤާނޫނު އަސާސީއާ
އިލެކްޝަންސް ކޮމިޝަނުން ޚިލާފުވެފައެއް ނުވާނެ ކަމަށާއި، އިލެކްޝަންސް ކޮމިޝަނުން ގަބޫލު ކުރާ
ގޮތުގައި، އެކޮމިޝަނުން ޢަމަލު ކޮށްފައިވަނީ ޤާނޫނު އަސާސީއާއި އެޤާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ
މަތީން ހަދާފައިވާ ޤާނޫނާ އެއްގޮތަށް ކަމަށާއި، ޤާނޫނު އަސާސީގެ 301 ވަނަ މާއްދާގައި އެބުނާ 10
އޮކްޓޯބަރުގެ ކުރިން ފުރިހަމަ %50 (ފަންސާސް އިންސައްތަ) އަށްވުރެ އިތުރަށް ވަކި ކެނޑިޑޭޓަކަށް ވޯޓް
ލިބޭނެތޯ ނުލިބޭނެތޯ އެއީ އިލެކްޝަންސް ކޮމިޝަނުން ނިންމޭނެ ކަންތައްތަކެއް ނޫންކަށާއި، އެއީ
ރައްޔިތުން ނިންމަވާ ކަމެއް ކަމަށާއި، އެހެންވީމާ އިލެކްޝަންސް ކޮމިޝަނުން ދެކޭގޮތުގައި 28 އޮކްޓޯބަރ
2008 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު އެއީ ޤާނޫނާ އެއްގޮތަށް ބޭއްވޭ އިންތިޚާބެއް ކަމަށާއި،
މިހާރު ނުކުމެފައިވާ މިޚިލާފާ ގުޅިގެން ގޮތެއް ކަނޑައެޅުމުގައި މިކަމަށް ޤާނޫނު އަސާސީގައި ހުރި އެހެން
މާއްދާތަކަށްވެސް ބަލަންޖެހޭ ކަމަށާއި، މިގޮތުން ޚާއްޞަކޮށް ޤާނޫނު އަސާސީގެ 115 ވަނަ މާއްދާ އަށް
ބަލަންޖެހޭ ކަމަށާއި، އެ މާއްދާގައި ރައީސުލްޖުމްހޫރިއްޔާ އަކު އިންތިޚާބު ކުރުމުގައި ދިމާވާ ކަމަކާމެދު
ޚިލާފެއް އުފެދިއްޖިއްޔާ ގޮތެއް ކަނޑައެޅޭނީ ހަމައެކަނި ސްޕްރީމް ކޯޓަށް ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި،
އެހެން ކަމުން މިފަދަ ކަމަކާމެދު ޚިލާފެއް އުފެދޭ ކަމަށް ވަންޏާ މިމައްސަލަ ހުށަހަޅަންވާނީވެސް ސްޕްރީމް
ކޯޓަށް ކަމަށާއި، ޤާނޫނު އަސާސީގެ 301 ވަނަ މާއްދާގައި އެބުނަނީ މި ޤާނޫނު އަސާސީގެ ދަށުން ބާއްވާ
ފުރުތަމަ ރިޔާސީ އިންތިޚާބުގެ ވާހަކަ ކަމަށާއި، އެމާއްދާގެ ތެރެއިން ނުކުންނަ އެންމެ މުހިންމު އެއް
ދިވެހިރާއްޖޭގެ ހައިކޯޓު، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
9
2{008/IIC-DM/
ދިވެހިރާއްޖޭގެ ހައިކޯޓް، ޤަޟިއްމޯދީ ނިމުނު ގޮތުގެ ރިޕޯރޓް
މަފްހޫމަކީ، ރިޔާސީ އިންތިޚާބެއް ބާއްވަންޖެހޭ ކަންކަމާއި، ރިޔާސީ އިންތިޚާބެއް ބާއްވައިގެން މެނުވީ
ކުރިޔަށް އޮތް ތާނގައި ރައީސުލްޖުމްހޫރިއްޔާ އަކު އެ މަޤާމާ ޙަވާލުވެވޭކަށް ނެތްކަން ކަމަށާއި، މި ޤާނޫނު
އަސާސީގެ ދަށުންވެސް ކުރިޔަށް ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ޙަވާލުވެގެން ހުންނަންޖެހޭނީ ރިޔާސީ
އިންތިޚާބަކާ ގުޅިގެން ކަމަށާއި، އެހެން ކަމުން އިންތިޚާބު އެބަ ބާއްވަންޖެހޭ ކަމަށާއި، އެއީ އިލެކްޝަންސް
ކޮމިޝަންގެ އެންމެ މައިގަނޑު އެއް މަސްއޫލިއްޔަތު ކަމަށާއި، އެމަސްއޫލިއްޔަތު ޤާނޫނު އަސާސީގެ 279
ވަނަ މާއްދާއިން އެބަ ދޭހަވާ ކަމަށާއި، އަދި އެމާއްދާގައި އިންތިޚާބުތައް ބާއްވަންޖެހޭ ވާހަކައާއި، އަދި
އިންތިޚާބުގައި ނަތީޖާ އިޢްލާން ކުރަންޖެހޭ ވާހަކަ ބުނާ ކަމަށާއި، މިހާރު ފެށިފައި މިވާ ރިޔާސީ
އިންތިޚާބުގެ ފުރިހަމަ ނަތީޖާއަކަށް ދެވޭނީ ދެވަނަ ބުރެއް ބޭއްވިގެން ކަމަށާއި، ދެވަނަ ބުރެއް ނުބާއްވާ
ކަމަށް ވަންޏާ އެއިންތިޚާބުގެ ނަތީޖާއަކާ ހަމައަކަށް ނުދެވޭނެ ކަމަށާއި، އެހެންވީމާ އިންތިޚާބު ވަނީ ފެށިފައި
ކަމަށް ވުމާއެކު މިއިންތިޤާލީ މަރުޙަލާގައިވެސް އޭގެ ނަތީޖާއަކާ ހަމަޔަށް ދިއުމަކީ ކުރަންޖެހޭ ކަމެއް ކަމަށް
ބަލަންޖެހޭ ކަމަށާއި، މިއިންތިޚާބު 28 އޮކްޓޯބަރ 2008 ގައި ބޭއްވިދާނެ ކަމަށް އިލެކްޝަންސް
ކޮމިޝަނުން ދެކޭ ޤާނޫނީ ސަބަބަކީ، އިލެކްޝަންސް ކޮމިޝަން ޢައްޔަނު ކުރެވިފައި މިއޮތީ ރިޔާސީ
އިންތިޚާބަކާއި މަޖިލީހުގެ މެންބަރުންގެ އިންތިޚާބެއް ބާއްވައި އަދި އިންތިޤާލީ މަރުޙަލާގައިވެސް ކުރަންޖެހޭ
ހުރިހާ ކަމެއް ކުރުމަށްޓަކައި ކަމަށާއި، އެހެންކަމުން، ޤާނޫނު އަސާސީގެ 279 ވަނަ މާއްދާގެ ދަށުންވެސް
އިންތިޚާބުތައް ބާއްވަން އެބަ ލާޒިމުކުރާ ކަމަށާއި، އިންތިޚާބުތައް ބޭއްވުމަށްޓަކައި އެހެން މާއްދާ އަކުން
އޮންނަ މުއްދަތެއް ފަހަނަޅައި ދިއުމުން އެއިންތިޚާބުތައް ބޭއްވުން މަނާކުރާ އެއްވެސް މާއްދާއެއް
ނެތްކަމަށާއި، ޤާނޫނު އަސާސީގެ 111 ވަނަ މާއްދާއަށް އިންތިޤާލީ މަރުޙަލާގައިވެސް ރިޢާޔަތް ނުކޮށެއް
ރާއްޖޭގައު ރިޔާސީ އިންތިޚާބެއް ނުބޭއްވޭނެ ކަމަށާއި، އެއީ ޤާނޫނު އަސާސީގެ 301 ވަނަ މާއްދާގައި
ނުވަތަ އިންތިޤާލީ މަރުޙަލާގެ އެހެން މާއްދާ ތަކުގައިވެސް ރިޔާސީ އިންތިޚާބެއް ބާއްވަން ޖެހޭނެ ގޮތެއްގެ
ވާހަކައެއް، ރިޔާސީ އިންތިޚާބަކީ ކޮބައިކަމެއް، ރިޔާސީ އިންތިޚާބުގައި ނަތީޖާ ކަނޑައަޅާނީ ކިހިނެއް
ކަމެއް، ރިޔާސީ އިންތިޚާބުގެ ކަންތައް ގެންދާނީ ކިހިނެއްކަމެއް ނުބުނާ ކަމަށާއި، ހަމަ އެކަނި 01 ވަނަ
މާއްދާގައި ބުނަނީ ވަކި ތާރީޚެއްގެ ވާހަކަ ކަމަށާއި، އެއީ ރިޔާސީ އިންތިޚާބާ ގުޅިގެން އެހެން މާއްދާތަކުން
ލާޒިމު ކުރާ ކަންތައްތައް ކުރުމަށް ކަމަށާއި، އެހެން ވީމާ، ޤާނޫނު އަސާސީގެ 301 ވަނަ މާއްދާގައި ވަކި
މުއްދަތެއް ބަޔާންކުރެވިފައި އޮތްކަމުގައި ވިޔަސް ޤާނޫނު އަސާސީގެ އެހެން މާއްދާ ތަކުގައި އެކަން
ދިވެހިރާއްޖޭގެ ހައިކޯޓު، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
10
2008}FIC-DM/11
ދިވެހިރާއްޖޭގެ ހައިކޯޓް، ޤާޝިޕިއްޔާ “ނިމުނު ގޮތުގެ ރިޕޯރޓް
Ox o
ކުރަންޖެހޭކަން ބަޔާންކޮށްފައި އެބަހުރި ކަމަށާއި، އެހެންވީމާ، ޤާނޫނު އަސާސީގެ 301 ވަނަ މާއްދާގައި
ބުނާ މުއްދަތުގައި އެކަން ނުވުމުން ރާއްޖޭގައި ރިޔާސީ އިންތިޚާބެއް ނުބާއްވައި ދާއިމީ ގޮތަކަށް ރައްޔިތުން
ތިބެން ޖެހޭގޮތް މެދުވެރި ކުރުމަކީ އިލެކްޝަންސް ކޮމިޝަނަށްވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ
މިކަންކަމުގެ މައްޗަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވާ ކަން އެނގެއެވެ.
04- މި މައްސަލައާއި ގުޅިގެން، އެޓާރނީ ޖެނެރަލްގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް ޙާޟިރުވެ ވާހަކަ ދައްކަން އެދިފައިވާތީ، ޤާނޫނު އަސާސީގެ 133 ވަނަ މާއްދާގެ (ރ) އަށް
ރިޢާޔަތްކޮށް މިމައްސަލައިގެ ޝަރީޢަތުގެ މަޖިލީހަށް އެޓަރނީ ޖެނެރަލްގެ ފަރާތުން ޙާޟިރުވެ ވާހަކަ
ދެއްކުމުގެ ފުރުޞަތު ދިނުމުން އެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މިމައްސަލައާ ގުޅިގެން
ދައްކާފައިވާ ވާހަކަ ތަކަށް ބަލާއިރު، ޤާނޫނު އަސާސީގެ އިންތިޤާލީ ކަންތައްތަކާ ބެހޭ ބާބުގައި ބުނެފައިވާ
އޮންނަނީ މިބާބުގައި އެހެން ގޮތަކަށް ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާނަމަ ކަންކުރާނެ ގޮތްކަމަށާއި، އެއީ
މުޅި ޤާނޫނު އަސާސީވެސް ޑިޒައިން ކުރެވިފައި އޮތްގޮތް ކަމަށާއި، އެހެންވީމާ އެބާބުގައި ކަނޑައެޅިގެން
އެހެން ގޮތަކަށް ބަޔާން ކޮށްފައިނުވާނަމަ ދެން ޤާނޫނު އަސާސީގެ އެހެން މާއްދާތަކަށް ރިޢާޔަތް ކުރަންޖެހޭ
ކަމަށާއި، ރިޔާސީ އިންތިޚާބު ބާއްވަންވީ ގޮތްތަކާއި، އެޕްރޮސީޖާރ ކަނޑައެޅިފައި އޮންނަނީ ޤާނޫނު
އަސާސީގެ 111 ވަނަ މާއްދާގައި ކަމަށާއި، ޤާނޫނު އަސާސީގެ 301 ވަނަ މާއްދާއަކީ ޑެޑްލައިނެއް
ކަމަށާއި، އެއީ ވަކި ތާރީޚެއްގެ ކުރިން ރިޔާސީ އިންތިޚާބު ބާއްވަންޖެހޭ ކަމަށް ބުނާ މާއްދާއެއް ކަމަށާއި،
ޤާނޫނު އަސާސީގެ 111 ވަނަ މާއްދާއަކީ ރިޔާސީ އިންތިޚާބު ބާއްވަންޖެހޭ ޕްރޮސީޖާރ ނުވަތަ
އެބާއްވަންޖެހޭގޮތް ކަނޑައެޅިފައިވާ މާއްދާ ކަމަށާއި، ޤާނޫނު އަސާސީގެ 111
ވަނަ މާއްދާގައިވާ
ޕްރޮސީޖާރގައި ކަނޑައެޅިފައިވާ ގޮތަށް ކަންތައް ނުކޮށްފިނަމަ އެރިޔާސީ އިންތިޚާބެއް ވާނީ ބާތިލު ރިޔާސީ
އިންތިޚާބަކަށް ކަމަށާއި، އެހެން ނަމަވެސް ވަކި ޑެޑްވައިނަކަށް ކަނޑައެޅިފައި އޮއްވާ އެޑެޑްލައިނަށް
އިންތިޚާބު ނުބޭއްވިއްޖެ ކަމަށްވާނަމަ ދެން އިންތިޚާބު އެއްކޮށް ފޮއިޑް ވެގެންދާނެ ކަމަށް ދައުލަތުން ނުދެކޭ
ކަމަށާއި، އެއިންތިޚާބު ބޭއްވޭނެ އެހެން ގޮތްތައް ޤާނޫނު އަސާސީގެ ޙުދޫދުގެ ތެރެއިން، ޤާނޫނު އަސާސީގެ
301 ވަނަ މާއްދާގައި 10 އޮކްޓޯބަރ 2008 ގެ ކުރިން ރިޔާސީ އިންތިޚާބެއް ބާއްވާ ނިންމަންވާނެ ކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓު، މޫންލަޢިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 33252029، ފެކްސް: 3316471
އީމެއިލް: [email protected] ޓެބް ސައިޓް: www.highcourt.gov.mv
11
2008/C-DAll
ދިވެހިރާއްޖޭގެ ހައިކޯޓް، ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯރޓް
ބުނެފައި އޮންނާތީ، ރިޔާސީ އިންތިޚާބެއްވަނީ އޭގެ ކުރިން ބޭއްވި އަދި އޭގެ ނަތީޖާވެސް އިޢްލާން
ކުރެވިފައި ކަމަށާއި، އެހެން ނަމަވެސް އެނަތީޖާ އިޢްލާންކުރި އިރު، ޤާނޫނު އަސާސީގެ ދަށުން
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނަންޖެހޭ ބޭފުޅަކަށް ލިބެންވާ ވަރަށް ވޯޓް ނުލިބުމުގެ ސަބަބުން
ދެވަނަ ބުރަކަށް އޮތީ ދާންޖެހިފައި ކަމަށާއި، އެހެންވީމާ ދެވަނަ ބުރަކަށް ދިއުމަށް ޤާނޫނު އަސާސީގެ 111
ވަނަ މާއްދާގެ ދަށުންނާއި އަދި ރިޔާސީ އިންތިޚާބާ ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 12/2008) ގެ 19
ވަނަ މާއްދާގެ ދަށުން ކަނޑައެޅިފައި އޮންނަނީ 21 ދުވަހުގެ މުއްދަތެއް ކަމަށާއި، ޤާނޫނު އަސާސީގެ 301
ވަނަ މާއްދާގައި ބުނާ ޑެޑްލައިން ފާއިތުވެގެން ދިޔަކަމުގައިވިޔަސް އޭގެ ސަބަބުން އެއިންތިޚާބު ބާއްވަންޖެހޭ
ގޮތުގެ ޞައްޙަ ކަމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި، އެއީ އިންތިޚާބު ބާއްވަންޖެހޭގޮތް
ކަނޑައެޅިފައި އޮންނަނީ ޤާނޫނު އަސާސީގެ 111 ވަނަ މާއްދާގަ އާއި، އަދި ރިޔާސީ އިންތިޚާބާ ބެހޭ
ޤާނޫނު (ޤާނޫނު ނަންބަރު 12/2008) ގައި ކަމަށް ބުނެ މިކަންކަމުގެ މައްޗަށް އެވާހަކަ ތަކުގައި އެޓާރނީ
ޖެނެރަލްގެ ފަރާތުން ވާހަކަދައްކާފައިވާކަން އެނގެއެވެ.
(
05- މިމައްސަލައާ ގުޅިގެން ދަޢުވާކުރާ ފަރާތުންނާއި ދަޢުވާލިބުނު ފަރާތުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ދެއްކި ވާހަކަ ތަކަށާއި، އަދި މިމައްސަލައާ ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލިހަށް އެޓާރނީ ޖެނެރަލްގެ ފަރާތުން ޙާޟިރުވެ ދެއްކި ވާހަކަ ތަކަށާއި، މިމައްސަލައާ ގުޅޭ ގޮތުން
ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިހިނދު، މިމައްސަލަ
ހައިކޯޓުން ބެލި، ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައި ވެއެވެ.
(ހ) މިމައްސަލައާ ގުޅިގެން ދަޢުވާކުރި ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި،
އިލެކްޝަންސް ކޮމިޝަނުގެ ނަންބަރު 2008
/
1/F-38 (13 އޮކްޓޯބަރ 2008) ގެ ނޫސްބަޔާނަކީ،
އެކޮމިޝަނުގެ ފަރާތުން ނެރެފައިވާ ނޫސްބަޔާނެއްކަން މިމައްސަލައިގައި ދަޢުވާކުރި ފަރާތް ތަކުންނާއި، އަދި
މިމައްސަލައިގައި ދަޢުވާލިބުނު އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި
ދައްކާފައިވާ ވާހަކަ ތަކުން އެނގެން އޮންނައިރު، އެނޫސްބަޔާނަކީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު
ބާއްވަން ހަމަޖެއްސި ތާރީޚާ ބެހޭގޮތުން އެކޮމިޝަނުން ނެރެފައިވާ ނޫސްބަޔާނެއް ކަމާއި، މިނޫސްބަޔާން
އެކުލެވިގެންވަނީ 04 ޕެރެގްރާފުގެ މައްޗަށް ކަމާއި، މިނޫސްބަޔާނުގެ އެންމެ ފަހު ޕެރެގްރާފު ކަމުގައިވާ
ދިވެހިރާއްޖޭގެ ހައިކޯޓު، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
12
2005/IIC-b/11
ދިވެހިރާއްޖޭގެ ހައިކޯޓް، ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯރޓް
04 ވަނަ ޕެރެގްރާފުގައި: ” ރިޔާސީ އިންތިޚާބުގެ ޤާނޫނުގައި ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ދީފައިވާ
މުއްދަތުތައް މި
ޤާނޫނުގެ 22 ވަނަ މާއްދާގައި ކުރުކޮށްފައިވަނީ ޤާނޫނު އަސާސީގެ 301 ވަނަ މާއްދާގެ
(ހ) ގެ ދަށުން ބާއްވާ ރިޔާސީ އިންތިޚާބު 2008 އޮކްޓޯބަރ 10 ވަނަ ދުވަހުގެ ކުރިން ބާއްވާ
ނިންމުމަށްޓަކައި ކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވާ ހިނދު، އަދި މިގޮތުން 2008 އޮކްޓޯބަރ 10 ގެ
ތާރީޚް ފާއިތުވެފައިވާތީ، ދެން މިކަމުގައި ޢަމަލު ކުރުމަށް ރުޖޫޢަވާން ޖެހޭނީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު
އަސާސީގެ 111 ވަނަ މާއްދާގެ (ހ) އަދި ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 19 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބޭއްވުނުތާ ގިނަވެގެން (21) ދުވަހުގެ ތެރޭގައި
މިއިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް ކަމަށް މިކޮމިޝަނަށް ޤަބޫލު ކުރެވެއެވެ؟ މިގޮތަށް
ބަޔާންކުރެވިފައިވާކަން އެނގެން އޮންނައިރު، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް އިލެކްޝަންސް
ކޮމިޝަނުން ހަމަޖައްސާފައިވާ ތާރީޚަކީ 28 އޮކްޓޯބަރ 2008 ގެ ތާރީޚުކަން ދަޢުވާކުރާ ފަރާތް
ތަކުންނާއި ދަޢުވާލިބުނު ފަރާތުން މިމައްސަލައިގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަ
ތަކުންވެސް އެނގެއެވެ.
(ށ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 301 ވަނަ މާއްދާގެ (ހ) ގައި:
މިޤާނޫނު އަސާސީގެ ދަށުން ބާއްވާ ފުރަތަމަ ރިޔާސީ އިންތިޚާބު 2008 އޮކްޓޯބަރ 10 ވަނަ ދުވަހުގެ
ކުރިން ބާއްވާ ނިންމަންވާނެ ކަމަށް ކަނޑައެޅި ބަޔާންވެފައިވާއިރު، ޤާނޫނު އަސާސީގެ މި މާއްދާއަށް ޢަމަލު
ކުރުމުގެ ގޮތުން 8 އޮކްޓޯބަރ 2008 ގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ރިޔާސީ އިންތިޚާބުގެ
ފުރަތަމަ ބުރު ބާއްވާ ނިންމާފައިވާކަން ދަޢުވާކުރާ ފަރާތްތަކުންނާއި ދަޢުވާލިބުނު ފަރާތުގެ ބަހުންވެސް
އެނގެން އޮންނަކަން ފާހަނގަކުރެވެއެވެ.
(ނ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދަށުން ބާއްވާ ފުރަތަމަ ރިޔާސީ
އިންތިޚާބުގެ ދެވަނަ ބުރު 28 އޮކްޓޯބަރ 2008 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން
ހަމަޖައްސާފައިވަނީ، މިޤާނޫނު އަސާސީގެ 301 ވަނަ މާއްދާގެ (ހ) އަށް ޢަމަލު ކުރުމުގެ ގޮތުން 8
އޮކްޓޯބަރ 2008 ގައި ދިވެހިރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ނަތީޖާ ދެއްކި ގޮތުން
އެއިންތިޚާބަށް ކުރިމަތިލި މީހުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް އެ އިންތިޚާބުގައި ވޯޓުދިން މީހުންގެ
ފަންސާސް އިންސައްތަ އަށްވުރެ ގިނަ ވޯޓު ނުލިބުމުގެ ސަބަބުންކަން އެނގެއެވެ.
55
ދިވެހިރާއްޖޭގެ ހައިކޯޓު، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ގެ ވެބް ސައިޓް: www.highcourt.gov.mv
13
2008/iC-DM/11
އިކޯޓް ، ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯރޓް
އެހެން
(ރ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ އިންތިޤާލީ ކަންތައްތަކާ ބެހޭ ބާބުގައިވާ އެ
ޤާނޫނު
އަސާސީގެ 275 ވަނަ މާއްދާގައި "މިބާބުގައި،
ގޮތަކަށް ކަނޑައެޅިގެން
ބަޔާންކޮށްފައިނުވާނަމަ، މިގޮތަށް ބަޔާންކުރުމަށްފަހު، އެމާއްދާގެ (ށ) ގައި: އިންތިޤާލީ މަރުޙަލާގައި
ޢަމަލުކުރެވޭނީ މި ޤާނޫނު އަސާސީގައި އެކަމަކަށް ކަނޑައެޅިފައިވާ ގޮތަށް ކަމަށް ކަނޑައެޅި
ބަޔާންވެފައިވާއިރު، މި ޤާނޫނު އަސާސީގެ ދަށުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށްޓަކައި
ބާއްވަންޖެހޭ ރިޔާސީ އިންތިޚާބުގެ އެންމެ ފަހުގެ ނަތީޖާއާ ހަމައަށް ވާޞިލު ވުމަށްޓަކައި، ކަންތައްތައް،
ފިޔަވަޅަކުން ފިޔަވަޅަކުން ގެންދަންޖެހޭގޮތް ތަފްޞީލުކޮށް ނަމަވެސް ނުވަތަ ޖުމުލަކޮށް ނަމަވެސް
ބަޔާންކޮށްފައިވާ އެއްވެސް މާއްދާއެއް މި ޤާނޫނު އަސާސީގެ އިންތިޤާލީ ކަންތައްތަކާ ބެހޭ
ޑީ ބާބުގެ އެއްވެސް
ތަނެއްގައި ނެތްކަން އެނގެން އޮތުމުންނާއި، އަދި މި ޤާނޫނު އަސާސީގެ 301 ވަނަ މާއްދާގެ (ހ) ގެ
ދަށުން ބާއްވާ ފުރަތަމަ ރިޔާސީ އިންތިޚާބު 2008 އޮކްޓޯބަރ 10 ވަނަ ދުވަހުގެ ކުރިން ބާއްވައި
ނިންމަންވާނެކަމަށް އެމާއްދާގައި ކަނޑައެޅި ބަޔާންވެފައި ވީނަމަވެސް ޤާނޫނު އަސާސީގެ މި 301 ވަނަ
މާއްދާގެ (ހ) ގެ ދަށުން ބާއްވާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި، ރިޔާސީ އިންތިޚާބަށް ކުރިމަތިލީ
އެއްވެސް ކެނޑިޑޭޓަކަށް ވޯޓްދިން މީހުންގެ ފަންސާސް އިންސައްތައަށް ވުރެ ގިނަ ވޯޓު ނުލިބިއްޖެނަމަ،
ދެން ކަންކުރަންޖެހޭ ގޮތް އެމާއްދާގައި އެއްވެސް މިންވަރަކަސް ކަނޑައެޅި ބަޔާންވެފައި ނުވުމުން، ޤާނޫނު
އަސާސީގެ އިންތިޤާލީ ކަންތައްތަކާ ބެހޭ ބާބުގައިވާ އެ ޤާނޫނު އަސާސީގެ 275 ވަނަ މާއްދާގެ ފެށުމާއި
އަދި އެމާއްދާގެ (ނ) ނިޔާ ކުރާ ގޮތުން ދެން ރުޖޫޢަވާން ޖެހޭނީ ރިޔާސީ އިންތިޚާބާ ބެހޭ ހުރިހާ ކަމެއް
ގެންދަންވާގޮތް ތަފްޞީލުކޮށް ބަޔާން ކޮށްފައިވާ އެ ޤާނޫނު އަސާސީގެ 111 ވަނަ މާއްދާއަށް ކަން
ރަގަޅަށް އެނގެއެވެ.
(ބ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ އިންތިޤާލީ ކަންތައްތަކާ ބެހޭ ބާބުގައި އެ
ޤާނޫނު އަސާސީގެ 274 ވަނަ މާއްދާގެ (ހ) ގެ ދަށުން ޢައްޔަނު ކުރެވޭ އިލެކްޝަންސް ކޮމިޝަނުން މި
ބާބުގެ ދަށުން ބާއްވާ އިންތިޚާބުތަކާ ބެހޭ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި، އަދި އެ
އިންތިޚާބުތައް ބާއްވާ
އެ އިންތިޚާބުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބަލައި އެ އިންތިޚާބު ތަކުގެ
ނަތީޖާ އިޢްލާން ކުރުމާ މިކަންކަމަކީ އެ ކޮމިޝަނުގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ހިމެނޭ ކަންތައް
ތަކެއްކަން އެ ޤާނޫނު އަސާސީގެ އިންތިޤާލީ ކަންތައްތަކާ ބެހޭ ބާބުގައިވާ އެ ޤާނޫނު އަސާސީގެ 279
{
ދިވެހިރާއްޖޭގެ ހައިކޯޓު، މޫންލައިޓް ހިނޤުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.liighcourt.gov.mv
14
208/HC-DM/11
ދިވެހިރާއްޖޭގެ ހައިކޯޓް، ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯރޓް
4208
އެވެ449
ވަނަ މާއްދާގެ ޞަރީޙަ ނައްޞުން ކަނޑައެޅި ބަޔާންވެފައިވާކަން އެނގެން އޮތުމުން
ޤާނޫނު އަސާސީގެ
ދަށުން ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބުކޮށް ނިންމުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތައް
ކުރުމަކީ، އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން އެނގެން
އޮންނައިރު، މަތީގައި ފާހަގަ ކުރެވުނު ނުކުތާތަކުގެ 5 ވަނަ ނަންބަރުގެ (ރ) ގައި ބަޔާން ކުރެވި ދިޔަ
ޤާނޫނީ ސަބަބުތައް އެގޮތުގެ މަތީން ހުރުމުން ޤާނޫނު އަސާސީގެ 111 ވަނަ މާއްދާއަށް ރުޖޫޢުވެ
އެމާއްދާގައިވާ ގޮތުގެ މަތީން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް
އަދި ދެވަނަ ބުރު
ބޭއްވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމަކީވެސް އެ ޤާނޫނު އަސާސީގެ އިންތިޤާލީ ކަންތައްތަކާ ބެހޭ
ބާބުގެ ދަށުން ޢައްޔަނު ކުރެވޭ އިލެކްޝަންސް ކޮމިޝަނަށް އެ ޤާނޫނު އަސާސީގެ ދަށުން ލިބިދީފައިވާ
އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ، އެކޮމިޝަނުން ކޮންމެހެން ކުރަންޖެހޭ ކަމެއްކަން އެނގެއެވެ.
(ޅ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ އިންތިޤާލީ ކަންތައްތަކާ ބެހޭ ބާބުގައިވާ އެ
ޤާނޫނު އަސާސީގެ 275 ވަނަ މާއްދާ އިން މިބާބުގައި އެހެން ގޮތަކަށް ކަނޑައެޅިގެން ބަޔާން ކޮށްފައި
ނުވާ ޙާލަތްތަކުގައި ޤާނޫނު އަސާސީގައި އެކަމަކަށް ކަނޑައެޅިފައިވާ ގޮތަކަށް އިންތިޤާލީ މަރުޙަލާގައިވެސް
ޢަމަލު ކުރަންޖެހޭކަން އެނގެން އޮންނައިރު، އެ ޤާނޫނު އަސާސީގެ 301 ވަނަ މާއްގެ (ހ) ގައި މި
ޤާނޫނު އަސާސީގެ ދަށުން ބާއްވާ ފުރަތަމަ ރިޔާސީ އިންތިޚާބަށް ކުރިމަތިލީ މީހުންގެ ތެރެއިން އެއްވެސް
މީހަކަށް ވޯޓްދިން މީހުންގެ ފަންސާސް އިންސައްތަ އަށްވުރެ ގިނަ ވޯޓް ނުލިބިއްޖެނަމަ، ދެން ބާއްވަންޖެހޭ
އެ އިންތިޚާބުގެ ހުރިހާ ބުރުތަކެއްވެސް (1 އޮކްޓޯބަރ 2008 ގެ ކުރިން ބާއްވާ ނިންމަންވާނެ ކަމަށް
ކަނޑައެޅި ބަޔާން ވެފައި ނުވުމުން، ރިޔާސީ އިންތިޚާބު ބޭއްވުމުގެ ކަންތައް ކުރިޔަށް ގެންދިއުމުގައި
މިޙާލަތުގައި އަމަލު ކުރަންޖެހޭނީ ރިޔާސީ އިންތިޚާބާ ބެހޭ ހުރިހާ ކަމެއް ގެންދަންވާނެ ގޮތް ތަފްޞީލުކޮށް
ބަޔާން ކޮށްފައިވާ އެ ޤާނޫނު އަސާސީގެ 111 ވަނަ މާއްދާއަށް ކަން ރަގަޅަށް އެނގެން އޮންނައިރު، މި
111 ވަނަ މާއްދާގެ (ހ) ގައި: ރައީސުލްޖުމްހޫރިއްޔާ ކަމަށް މީހަކު އިންތިޚާބުވާނީ ވޯޓް ދިންމީހުންގެ
ފަންސާސް އިންސައްތަ އަށްވުރެ ގިނަ ވޯޓް އެމީހަކަށް ލިބިގެން ކަމަށާއި، ރިޔާސީ އިންތިޚާބަށް ކުރިމަތިލާ
މީހުންގެ ތެރެއިން އެއްވެސް ކެނޑިޑޭޓަކަށް ފަންސާސް އިންސައްތަ އަށްވުރެ ގިނަ ވޯޓް ނުލިބިއްޖެ ނަމަ،
އެ އިންތިޚާބު ބޭއްވުނުތާ 21 ދުވަހުގެ ތެރޭގައި އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ވާނެ ކަމަށް
ކަނޑައެޅި ބަޔާން ވެފައިވާއިރު، ޤާނޫނު އަސާސީގެ އިޝާރާތް ކުރެވުނު 301 ވަނަ މާއްދާގެ (ހ) ގެ
ދިވެހިރާއްޖޭގެ ހައިކޯޓު، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov
=
mv
15
2008/HC-DM/ff
ދިވެހިރާއްޖޭގެ ހައިކޯޓް، ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯރޓް
ބޭއްވުމަށް އިލެކްޝަންސް
ދަށުން ބާއްވާ ރިޔާސީ އިންތިޚާބު ބޭއްވުމަށްޓަކައި 8 އޮކްޓޯބަރ 2008 ގައި ރާއްޖޭގައި ބޭއްވުނު ރިޔާސީ
އިންތިޚާބުގައި އެރިޔާސީ އިންތިޚާބަށް ކުރިމަތިލީ މީހުންގެ ތެރެއިން އެއްވެސް ކެނޑިޑޭޓަކަށް ވޯޓްދިން
މީހުންގެ ފަންސާސް އިންސައްތަ އަށްވުރެ ގިނަ ވޯޓް ލިބިފައި ނުވާކަން އެއިންތިޚާބުގެ ފުރަތަމަ ބުރުގެ
ނަތީޖާއިން އެނގެން އޮންނާތީ، މިޙާލަތުގައި ޤާނޫނު އަސާސީގެ 275 ވަނަ މާއްދާގެ ފެށުމާއި އަދި
އެމާއްދާގެ (ށ) ނިޔާކުރާ ގޮތުން ދެން ދާންޖެހޭނީ ޤާނޫނު އަސާސީގެ 111 ވަނަ މާއްދާގެ (ހ) އަށްކަން
ރަގަޅަށް އެނގެން އޮތުމުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބޭއްވުނު ތާރީޚު ކަމުގައިވާ 8 އޮކްޓޯބަރ
2008 ދުވަހުން ފެށިގެން 21 ދުވަހުގެ ތެރޭގައި މިއިންތިޚާބުގެ ދެވަނަ ބުރެއް ބޭއްވުމަށް
ކޮމިޝަނުން ނިންމައި، އެއިންތިޚާބު ބާއްވަން އެކޮމިޝަނުން ހަމަޖައްސާފައިވާ 28 އޮކްޓޯބަރ 2008 ގެ
ތާރީޚަކީ މިއިންތިޚާބުގެ ފުރަތަމަ ބުރު ބޭއްވުނު ތާރީޚުން ފެށިގެން 21 ދުވަހާ ދެމެދުގައިވާ ތާރީޚެއް ކަމަށް
ވުމުން 28 އޮކްޓޯބަރ 2008 ގެ ތާރީޚަކީ ޤާނޫނު އަސާސީގެ 301 ވަނަ މާއްދާގެ (ހ)ގައި
ބުނެފައިވާ ތާރީޚުގެ ފަހުގެ ތާރީޚެއް ކަމށް ވީނަމަވެސް، މަތީގައި ބަޔާން ކުރެވިދިޔަ ކަންކަމަށް ވިސްނާ
ބެލުމުން 8 އޮކްޓޯބަރ 2008 ގައި ބޭއްވުނު ދިވެހިރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު
ބަޔާންކުރެވި ދިޔަ ސަބަބަށްޓަކައި 28 އޮކްޓޯބަރ 2008 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން
ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާ ޚިލާފަށް ކަމަށް ބެލެވެން ނެތްކަން
އެނގެއެވެ.
(ކ) މިމައްސަލައާ ގުޅިގެން މިމައްސަލައިގާ ދަޢުވާކުރާ ފަރާތްތަކުގެ ފަރާތުން، މިމައްސަލައިގެ
ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާން ތަކުގައި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 268 ވަނަ
މާއްދާގެ އެންމެ ފަހު ޖުމުލައިގައި މި ޤާނޫނު އަސާސީއާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލް ކަމެއް
ކަމަށްބުނެފައިވާއިރު އަދި ހަމަ މި ޤާނޫނު އަސާސީގެ 298 ވަނަ މާއްދާގެ (ހ) އިން ޤާނޫނު އަސާސީގެ
އެއްވެސް މާއްދާއަކާ ޚިލާފުވުމުގެ ބާރެއް ދައުލަތުގެ އެއްވެސް މުއައްސަސާ އަކަށް ލިބިގެން ނުވާކަން
އެނގެން އޮންނައިރު، އަދި ޤާނޫނު އަސާސީގެ 301 ވަނަ މާއްދާގެ (ހ) ގައި މި ޤާނޫނު އަސާސީގެ
ބާއްވާ ފުރަތަމަ ރިޔާސީ އިންތިޚާބު 2008 އޮކްޓޯބަރ 10 ވަނަ ދުވަހުގެ ކުރިން ބާއްވައި
ނިންމަންވާނެ ކަމަށް ބުނެފައިވާއިރު، މިއިންތިޚާބުގެ ދެވަނަ ބުރު 10 އޮކްޓޯބަރ 2008 ގެ ފަހުން 28
އޮކްޓޯބަރ 2008 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ޤާނޫނު އަސާސީގެ މި
ދިވެހިރާއްޖޭގެ ހައިކޯޓު، މޫންލައިޓް ހިނގުން، މާވެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2008/HC-DM/
16 ދިވެހިރާއްޖޭގެ ހައިކޯޓް، ޤާޟިއްޔާ ނިމުނު ގޮތުގެ ރިޕޯރޓް
މާއްދާތަކާ
ތަކާ ޚިލާފަށް ކަމަށް ބުނެފައިވީނަމަވެސް މަތީގައި ބަޔާންކުރެވިދިޔަ ޤާނޫނީ ސަބަބުތައް ބަޔާން
ކުރެވިދިޔަ ގޮތުގެ މަތީން ހުރުމާއެކު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 301 ވަނަ މާއްދާގެ
(ހ) ގެ ދަށުން ބޭއްވުނު ފުރަތަމަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު 28 އޮކްޓޯބަރ 2008 ގައި
ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވަނީ ދަޢުވާކުރާ ފަރާތްތަކުން ފާހަގަކޮށްފައިވާ ޤާނޫނު
އަސާސީގެ 268 އާއި 299 ވަނަ މާއްދާގެ (ހ) އަދި 301 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށް
ބެލެވޭނެ ތަނެއް ނެތްކަން އެނގެއެވެ.
(އ) މިމައްސަލައާ ގުޅިގެން މިމައްސަލައިގައި ދަޢުވާލިބޭ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގައި ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގައި
ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބު ކުރުމުގައި ދިމާވާ ކަމަކާމެދު ޚިލާފެއް އުފެދިއްޖިއްޔާ ގޮތެއް
ކަނޑައެޅޭނީ ސްޕްރީމް ކޯޓުން ކަމަށް ބުނެ މިމައްސަލައިގައި ދަޢުވާކުރި ފަރާތް ތަކުން ހުށަހަޅާފައިވާ
ދަޢުވާއަކީ، ހައިކޯޓުން ބެލެވޭނެ ބާވަތުގެ ދަޢުވާއެއް ނޫން ކަމަށް އެފަރާތުން ދެކި، ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވާތީ، އިލެކްޝަންސް ކޮމިޝަންގެ މިވާހަކައާ ބެހޭގޮތުން އެމާއްދާގައި
އައިސްފައިވާ އެއްޗަކަށް ބެލިއިރު، އެމާއްދާގައި، "ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ކުރިމަތިލާ މީހެއްގެ
ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ހުންނާނެކަމަށް އިޢްލާން ކުރެވޭ މީހެއްގައި ހުންނާންޖެހޭ
ޝަރުޠުތައް ފުރިހަމަވާ ކަމާމެދު، ނުވަތަ ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބު ކުރުމުގައި ދިމާވާ ކަމަކާމެދު
ނުވަތަ ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުމަކާމެދު
އެއްވެސް ޚިލާފެއް އުފެދިއްޖެނަމަ، އެކަމެއް ވަކި ގޮތަކަށް ނިންމުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި
ސްޕްރީމް ކޯޓަށެވެ.” މިގޮތަށް ބުނެފައިވާއިރު، މިމާއްދާގައި އައިސްފައިވާ "ރައީސުލްޖުމްހޫރިއްޔާއަކު
އިންތިޚާބު ކުރުމުގައި ދިމާވާ ކަމަކާމެދު“ މިޢިބާރާތް މާނަ ކުރުމުގައި މިމާއްދާގައި އައިސްފައިވާ އެހެނިހެން
ޢިބާރާތް ތަކަށާއި، އަދި މިމާއްދާގައި ބުނެވިދިޔަ ޢިބާރާތް އޮތްތަނަށް ބަލައިގެން ނޫނީ މިޢިބާރާތުގެ މާނަ
ސާފުވާން ނެތްކަމާއި، މިގޮތުން މިމާއްދާގައި އައިސްފައިވާ “ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް
ކުރިމަތިލާ މީހެއްގައި، މި ޢިބާރާތަށާއި، އަދި ”ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ހުންނާނެކަމަށް އިޢްލާން
ކުރެވޭ މީހެއްގައި، މިޢިބާރާތަށާއި، އަދި ”ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުން ދުރުކުރުމަށް ރައްޔިތުންގެ
މަޖިލީހުން ނިންމާ ނިންމުމަކާމެދު އެއްވެސް ޚިލާފެއް އުފެދިއްޖެ ނަމަ“ މިޢިބާރާތަށާއި، މިހުރިހާ
ދިވެހިރާއްޖޭގެ ހައިކޯޓު، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
13
2008/HC-DM/Il
ދިވެހިރާއްޖޭގެ ހައިކޯޓް، ޤަޟިއްޔާދާ ކިފިމުނު ގޮތުގެ ރިޕޯރޓް
ޢިބާރާތްތަކަށް ވިސްނާ ބަލާއިރު، މިޢިބާރާތްތަކުގައި ވާހަކަ ދައްކާފައިވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ
ކަމުގެ މަޤާމަށް ކުރިމަތިލާ މީހެއްގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ހުންނާނެ ކަމަށް އިޢްލާން
ކުރެވޭ މީހެއްގެ ކިބައިގައި ޤާނޫނު އަސާސީގައި އެމީހުންނާ ބެހޭ ގޮތުން އައިސްފައިވާ އެކިއެކި ކަންކަމާމެދު
އެއްވެސް ޚިލާފެއް އުފެދިއްޖެނަމަ އެފަދަ ކަމެއް ވަކިގޮތަކަށް ނިންމުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި
ސްޕްރީމް ކޯޓަށް ކަމަށް ބަޔާން ކުރަމުން ކަމަށްވާތީ އާއި، އަދި ހަމައެހެންމެ މިމާއްދާގައި އައިސްފައިވާ
"ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބު ކުރުމުގައި ދިމާވާ ކަމަކާމެދު" މިޢިބާރާތް މިމާއްދާގައި
އައިސްފައިވަނީ މިމާއްދާގެ ބުނެވިދިޔަ ޢިބާރާތް ތަކުގެ މެދުގައި ކަމަށްވާތީ މިމާއްދާގައި މިވާ
"ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބު ކުރުމުގައި ދިމާވާ ކަމަކާމެދު" މިޢިބާރާތް މާނަކުރެވެނީ
ރައީސުލްޖުމްހޫރި
މްހޫރިއްޔާއަކު އިންތިޚާބު ކުރުމުގައި އެ އިންތިޚާބުގެ ކުރިންވެސް ނުވަތަ ފަހުން ނަމަވެސް ސީދާ
ރައީސުލްޖުމްހޫރިއްޔާގެ ޝަޚުޞާ ގުޅިފައިވާ، ޤާނޫނު އަސާސީގައި ބުނެފައިވާ ކަންކަމުގެ ތެރެއިން
ކަމަކާގުޅޭ ގޮތުން އުފެދެ ޚިލާފު ކަމަށް ނޫނީ ނުބެލެވޭތީ، މި ދަޢުވާކުރާ ފަރާތްތަކުން ހުށަހަޅާފައިވާ މި
ދަޢުވާގައި އެދިފައިވާ ކަމަކީ މިބުނެވި ދިޔަ ފަދަ ކަމަކާ މެދު އުފެދިގެން އައި ޚިލާފެއް މިކޯޓުން
ބަލައިދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމެއް ނޫންކަން އެނގެން އޮންނާތީ، މިމައްސަލައަކީ މިކޯޓަށް
ޤާނޫނު އަސާސީގެ ދަށުން މައްސަލަތައް ބެލުމަށް ލިބިފައިވާ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބާވަތުގެ
މައްސަލައެއް ކަމަށް މިމައްސަލަބެލި ހައިކޯޓުގެ ފަނޑިޔާރުންނަށް އިންތިފާޤުވެވިފައިވާތީ މިމައްސަލައިގައި
ދަޢުވާކުރާ ފަރާތްތަކުން ހުށަހަޅާފައިވާ މިދަޢުވާއަކީ، މިކޯޓުން އެދަޢުވާ ބެލުމުގެ ޤާނޫނީ ބާރު މިކޯޓަށް
ލިބިގެންވާ ދަޢުވާއެއްކަން އެނގެއެވެ.
(ވ) ސޯޝަލްލިބަރަލް ޕާޓީގެ ފަރާތުން މިކޯޓަށް ހުށަހަޅައިގެން މިކޯޓުން ބަލައި ނިމިފައިވާ
މިކޯޓުގެ ނަންބަރު: 02/HC
-
DM/2008 ގެ ޤަޟިއްޔާއަކީ ޤާނޫނު އަސާސީގެ 301 ވަނަ މާއްދާގެ (ހ)
ގެ ދަށުން 8 އޮކްޓޯބަރ 2008 ގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް 28 އޮކްޓޯބަރ
2008 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖެއްސުމުގެ ކުރިން ހައިކޯޓުން ބަލައި ނިމިފައިވާ
ޤަޟިއްޔާއަކަށް ވެފައި، އަދި އެ ޤަޟިއްޔާއަކީ، ޤާނޫނު އަސާސީގެ 301 ވަނަ މާއްދާގެ (ހ) ގެ ދަށުން
8 އޮކްޓޯބަރ 2008 ގައި ދިވެހިރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް 28 އޮކްޓޯބަރ
2008 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމާއި ގުޅިގެން އެ ކަނޑައެޅުމަކީ، ޤާނޫނު
(
ދިވެހިރާއްޖޭގެ ހައިކޯޓު، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332532، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
18
2008/FIC-DM/ll
ރާއްޖޭގެ ހައިކޯޓާ ، ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯރޓް
އަސާސީއާ އެއްގޮތަށް ކަނޑައަޅާފައިވާ ކަނޑައެޅުމެއްތޯ ނުވަތަ ނޫންތޯ އެއްވެސް މިންވަރަކަށް އެ
ޤަޟިއްޔާގައި ބެލެވި އެކަމާމެދު ގޮތެއް ކަނޑައެޅިފައިވާ ޤަޟިއްޔާއަކަށް ނުވާތީ، އެ ޤަޟިއްޔާއަކީ
ހައިކޯޓުގެ މި ޤަޟިއްޔާގައި ދަޢުވާކުރާ ފަރާތްތަކުން ހުށަހަޅާފައިވާ މި ދަޢުވާ ސާބިތު ކުރުމަށް އޮތް
ޙުއްޖަތެއް ކަމަށް ބެލެވޭނެ ތަނެއް އޮތް ޤަޟިއްޔާއެއް ނޫންކަން އެނގެއެވެ.
(މ) ރިޔާސީ އިންތިޚާބުގެ ޤާނޫނު (ޤާނޫނު ނަންބަރު 12/2008) ގެ 19 ވަނަ މާއްދާގެ (ހ)
ގައި ”ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހުންގެ ތެރެއިން އެއްވެސް ކެނޑިޑޭޓަކަށް ރިޔާސީ އިންތިޚާބުގައި
ވޯޓުދިން މީހުންގެ ތެރެއިން %50 (ފަންސާސް އިންސައްތަ) އަށްވުރެ ގިނަ ވޯޓު ނުލިބިއްޖެ ނަމަ، އެ
އިންތިޚާބު ބޭއްވުނުތާ ގިނަވެގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް
ބާއްވަން ވާނެއެވެ.” މިގޮތަށް ބުނެފައިވާއިރު، އެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ށ) އިން މި ޤާނޫނުގެ
19 ވަނަ މާއްދާގެ (ހ) ގައި ބުނާ 21 (އެކާވީސް) ދުވަސް 10 (ދިހަ) ދުވަހަށް ބަދަލު
ކުރެވިފައިވަނިކޮން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބޭއްވުނީ 8 އޮކްޓޯބަރ 2008 ގައި ކަމަށް ވެފައި،
އެ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ 28 އޮކްޓޯބަރ
2008 ގައި ކަމަށް ވުމުން 28 އޮކްޓޯބަރ 2008 ގެ ތާރީޚަކީ، ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 22 ވަނަ
މާއްދާގެ (ނ) ގައި ބުނާ 10 ދުވަހަށްވުރެ ފަހުގެ ތާރީޚެއްކަމަށް ވުމުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު
28 އޮކްޓޯބަރ 2008 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުމަކީ، ރިޔާސީ
އިންތިޚާބުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ށ) އާ ޚިލާފުވާ ނިންމުމެއް ކަމަށް ވިޔަސް މިމައްސަލައިގައި
ދަޢުވާކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ދަޢުވާއަކީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު 28 އޮކްޓޯބަރ 2008
ވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުމަކީ، ޤާނޫނު އަސާސީއާ ޚިލާފު
ނިންމުމެއް ކަމަށް ބުނެ ހުށަހަޅާފައިވާ ދަޢުވާއެއް ކަމަށް ވާތީ، މިނުކުތާއާ ގުޅިގެން ބަލަންޖެހެނީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި މިނުކުތާއާ ގުޅިގެން ކަންކުރުމަށް ބަޔާންކޮށްފައިވާ
ގޮތަށެވެ. މިގޮތުން އެ ޤާނޫނު އަސާސީގެ 111 ވަނަ މާއްދާގެ (ހ) ގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް
މީހަކު އިންތިޚާބުވާނީ، ވޯޓުދިން މީހުންގެ ފަންސާސް އިންސައްތަ އަށްވުރެ ގިނަ ވޯޓު އެމީހަކަށް
ލިބިގެންނެވެ. ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހުންގެ ތެރެއިން އެއްވެސް ކެނޑިޑޭޓަކަށް ފަންސާސް
އިންސައްތަ އަށްވުރެ ގިނަ ވޯޓު ނުލިބިއްޖެ ނަމަ، އެ އިންތިޚާބު ބޭއްވުނުތާ އެކާވީސް ދުވަހުގެ ތެރޭގައި
0
¢ 2ތ4
ބޭއްވުމަ
ދިވެހިރާއްޖޭގެ ހައިކޯޓު، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޖް: www.highcourt.gov.mv
"19
20d8/flC-DM/11
ދިވެހިރާއްޖޭގެ ހައިކޯޓް، ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯރޓް
0)x82
ބޭއްވުމަށް
އެއގެ
Ocx
ކުރުމުން،
އިންތިޚާބުގެ ދެވަނަ ބުރެއ ބާއްވަން ވާނެއެވެ.6 ގޮތަށް ބުނެފައިވާއިރު، ރިޔާސީ އިންތިޚާބުގެ ފުރަތަމަ
ބުރު ބޭއްވުނީ 8 އޮކްޓޯބަރ 2008 ގައި ކަމަށް ވެފައި، އެ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް
އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވާ ތާރީޚަކީ 28 އޮކްޓޯބަރ 2008 ގެ ތާރީޚު ކަމަށް ވުމުން،
28 އޮކްޓޯބަރ 2008 ގެ ތާރީޚަކީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބޭއްވުނު ތާރީޚުން ފެށިގެން 20
ވަނައަށްވާ ދުވަސްކަން އެނގެން އޮތުމުން، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު 28 އޮކްޓޯބަރ 2008 ގައި
އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުމަކީ، ޤާނޫނު އަސާސީއާ
ނިންމާފައިވާ ނިންމުމެއްކަން އެނގެއެވެ.
(ފ) މިހާރު ޢަމަލު ކުރަމުންދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދަށުން ޤާނޫނީ
ހަމަތަކާ އެއްގޮތް
އެއްގޮތްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރުމަށް މިހާރު މެދުވެރިވެފައިވާ ޙާލަތަށް
ރިޢާޔަތްކޮށްގެން ދެން އިންތިޚާބު ކުރެވޭނީ، ޤާނޫނު އަސާސީގެ 301 ވަނަ މާއްދާގެ (ހ) އިސްލާޙް
ނުވަތަ ރައްޔިތުންގެ މަޖިލީހުން މިމައްސަލައިގައި ވަކިގޮތެއް ކަނޑައެޅުއްމުން ކަމަށް
ކަނޑައަޅައި ދިނުން އެދޭކަމަށް ބުނެ، ދަޢުވާކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ހުށަހެޅުމަށް ބެލުމުގެ ގޮތުން
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 292 ވަނަ މާއްދާއަށް ބަލާއިރު، އެމާއްދާގައި މި ޤާނޫނު
އަސާސީގެ ދަށުން ފުރަތަމަ އިންތިޚާބު ކުރެވޭ ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު
ކުރެވޭ މީހުން، އެމީހުންގެ މަޤާމުތަކާ
ވިކާ ޙަވާލު ވުމުގެ ކުރިން، މި ޤާނޫނު އަސާސީއަށް އެއްވެސް
އިޞްލާޙެއް ގެނެސް ގެނެއް ނުވާނެ ކަމަށް ކަނޑައެޅި ބަޔާންވެފައި އޮތުމުން، މި މާއްދާގައި ބުނެފައިވާ
ކަންކަމަކީ އަދި ފުރިހަމަވެ ނިމިފައިވާ ކަންކަން ކަމަށް ނުވާތީ، ދަޢުވާކުރާ ފަރާތްތަކުން، އެދަޢުވާ
އެމައްޗަށް ބިނާ ކުރި މިސަބަބަކީ، އެ ދަޢުވާ ސާބިތު ކުރުމަށްޓަކައި، ދެއްކޭނެ ޤާނޫނީ ބިނާއެއް އޮތް
ހަރުދަނާ ސަބަބެއް ނޫންކަން އެނގެއެވެ.
(ދ) އިސްވެ ބަޔާންކުރެވި ދިޔަ ޤާނޫނީ ސަބަބު ތަކުގެ މައްޗަށް މިމައްސަލަ ބެލި ހައިކޯޓުގެ
ފަނޑިޔާރުން ވިސްނާބެލި އިރު، 28 އޮކްޓޯބަރ 2008 ދުވަހު، ދިވެހިރާއްޖޭގައި ބާއްވަން އިލެކްޝަންސް
ކޮމިޝަނުން ހަމަޖައްސާފައިވާ ރިޔާސީ އިންތިޚާބު އެތާރީޚުގައި ބޭއްވުމަށް ހަމަޖައްސާފައިވަނީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތީންކަން އެގެން އޮންނާތީ އާއި، އަދި
އެތާރީޚުގައި އެއިންތިޚާބު ކޮމިޝަނުން ހަމަޖައްސާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ބޮއެވެމަށް
އެ
ދިވެހިރާއްޖޭގެ ހައިކޯޓު، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން. 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
20
2008/HC-DM/I1
ދިވެހިރާއްޖޭގެ ހައިކޯޓް، ޤުޟިއްޔާ ނިމުނު ގޮތުގެ
.. ރިޕޯރޓް
ޤާނޫނު އަސާސީއާ ޚިލާފަށްކަން ދަޢުވާކުރި ފަރާތްތަކުން ދަޢުވާ ބިނާކުރި ސަބަބު ތަކުންނާއި، ހުށަހެޅި
ލިޔުންތަކުން ޝަރީޢަތަށް ސާބިތުނުވާތީ، ހައިކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނީ
28 އޮކްޓޯބަރ 2008 ދުވަހު އިލެކްޝަންސް ކޮމިޝަނުން ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިޚާބު
އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރު ކުރާނެ ތަނެއް ނެތް ކަމަށެވެ.
249 0243
ބައެވެ"
• ޙުކުމް:
¢ ¢¢ ¢¢
0 9 ¢¢¢
.
*8
19
8
ދެންފަހެ، 28 އޮކްޓޯބަރ 2008 ދުވަހު، އިލެކްޝަންސް ކޮމިޝަނުން ދިވެހިރާއްޖޭގައި ބޭއްވުމަށް
ހަމަޖައްސާފައިވާ ރިޔާސީ އިންތިޚާބު އެތާރީޚުގައި ބޭއްވުމަށް އެކޮމިޝަނުގެ ފަރާތުން ހަމަޖައްސާފައިވަނީ،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 301 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށް ބުނެ 28
އޮކްޓޯބަރ 2008 ދުވަހު، ދިވެހިރާއްޖޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވާ
ރިޔާސީ އިންތިޚާބު ނުބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްދިނުން އެދި މ.
ސަބުރާތު{ މ.
އަތައްސާގިރި ޢަބްދުﷲ ޒުހައިރު އާއި، ކ. ދިއްފުށީ، އޮނުޕީނިގެ/ ހ. ހެޕީނައިޓް ޝަހީ
އަޙްމަދާއި، ޠާއިފާ އަޙްމަދު ޝަފީޤު އާއި، ހިތަދޫ ފިތުރޯނުގެ މަސްތޫރު ޙުސްނީ އާއި،
ހިޔަމަ އަބޫބަކުރު މުޙައްމަދާއި، މއ. ކެލާގެއާގެ ޢަބްދުލްޙަކީމު ރަޝާދު އާއި، ލެއްޕިލާގެށ. އިލަމާ
އަޙްމަދު ޒަރީނު އާދަމު އާއި، މީދޫ، ޙަސަންކާރީގެ|
ނަނައިމޯ ޙުސްނުއްސުޢޫދު އާއި މި
މީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މިދަޢުވާއަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިހިނދު، 28
އޮކްޓޯބަރ 2008 ދުވަހު ދިވެހިރާއްޖޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވާ
ރިޔާސީ އިންތިޚާބު އެ ތާރީޚުގައި ބޭއްވުމަށް އެ ކޮމިޝަނުން ހަމަޖައްސާފައިވަނީ، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާ ޚިލާފަށް ކަމަށް މިދަޢުވާކުރާ ފަރާތްތަކުން ދެކޭ ސަބަބަކީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 301 ވަނަ މާއްދާގެ (ހ) ގައި މި ޤާނޫނު އަސާސީގެ ދަށުން ބާއްވާ
ފުރަތަމަ ރިޔާސީ އިންތިޚާބު 2008 އޮކްޓޯބަރ 10 ވަނަ ދުވަހުގެ ކުރިން ބާއްވާ ނިންމަންވާނެ ކަމަށް
ބަޔާންކޮށްފައިވާއިރު، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު 8 އޮކްޓޯބަރ 2008 ގައި ބޭއްވުމަށް ފަހު، އެ
އިންތިޚާބުގެ ދެވަނަ ބުރަކަށް ދާން ޖެހުމުން އެ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް
ވުމަށް އިލެކްޝަންސް
ކޮމިޝަނުން ކަނޑައެޅި ތާރީޚަކީ 28 އޮކްޓޯބަރ 2008 ގެ ތާރީޚު ކަމަށް ވުމުން މި ތާރީޚަކީ، ޤާނޫނު
ދިވެހިރާއްޖޭގެ ހައިކޯޓު، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
21
ދިވެހިރާއްޖޭގެ ހައިކޯޓް، ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯރޓް
28/IC-DM/l
އަސާސީގެ 301 ވަނަ މާއްދާގެ (ހ) ގައި ބުނާ 10 އޮކްޓޯބަރ 2008 ގެ ފަހުގެ ތާރީޚެއް ކަމަށް ވާތީ،
އެ ތާރީޚުގެ ފަހުން 28 އޮކްޓޯބަރ 2008 ގައި މި އިންތިޚާބުގެ ދެވަނަ ބުރެއް ބޭއްވުމަކީ، ޤާނޫނު
އަސާސީގެ 301 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ބޭއްވޭ އިންތިޚާބެއް ކަމަށް ދަޢުވާކުރާ ފަރާތްތަކުން
ދެކޭތީކަން މިމައްސަލައާ ގުޅިގެން ދަޢުވާކުރި ފަރާތްތަކުން މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކުން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ އިންތިޤާލީ
ކަންތައްތަކާ ބެހޭ ބާބުގެ 275 ވަނަ މާއްދާގެ ފެށުމުގައި ”މިބާބުގައި އެހެން ގޮތަކަށް ކަނޑައެޅިގެން
ބަޔާންކޮށްފައި ނުވާނަމަ، މިގޮތަށް ބަޔާން ކުރުމަށްފަހު، މިމާއްދާގެ (ށ) ގައި އިންތިޤާލީ މަރުޙަލާގައި
ޢަމަލު ކުރެވޭނީ މި ޤާނޫނު އަސާސީގައި އެކަމަކަށް ކަނޑައެޅިފައިވާ ގޮތަށް ކަމަށް ކަނޑައެޅި ބަޔާން
ވެފައިވުމުން، އިންތިޤާލީ ކަންތައްތަކާ ބެހޭ ބާބުގައި އެހެން ގޮތަކަށް ކަނޑައެޅި ބަޔާންކޮށްފައިނުވާ
ޙާލަތްތަކުގައި އިންތިޤާލީ މަރުޙަލާގައިވެސް މި ޤާނޫނު އަސާސީގެ އިންތިޤާލީ ކަންތައްތަކާ ބެހޭ ބާބުގައި
ނުހިމެނޭ، ނަމަވެސް ޤާނޫނު އަސާސީގައި އެކަމަކަށް ކަނޑައެޅިފައިވާ އެހެނިހެން މާއްދާތަކަށް
ރުޖޫޢުވުން ހުއްދަކޮށްފައިވާކަން މިއިޝާރާތް ކުރެވުނު، ޤާނޫނު އަސާސީގެ 275 ވަނަ މާއްދާގެ ޞަރީޙަ
ނައްޞުން ސާފުކޮށް އެނގެން އޮންނައިރު، ޤާނޫނު އަސާސީގެ އިންތިޤާލީ ކަންތައްތަކާ ބެހޭ ބާބުގައިވާ އެ
ޤާނޫނު އަސާސީގެ 301 ވަނަ މާއްދާގެ (ހ) ގައި މި ޤާނޫނު އަސާސީގެ ދަށުން ބާއްވާ ފުރަތަމަ ރިޔާސީ
އިންތިޚާބު 2008 އޮކްޓޯބަރ 10 ވަނަ ދުވަހުގެ ކުރިން ބާއްވާ ނިންމަންވާނެ ކަމަށް ކަނޑައެޅި
ބަޔާންވެފައިވީނަމަވެސް ރިޔާސީ އިންތިޚާބަށް ކުރިމަތިލީ މީހުންގެ ތެރެއިން އެއްވެސް ކެނޑިޑޭޓަކަށް،
ވޯޓްދިން މީހުންގެ ފަންސާސް އިންސައްތައަށް ވުރެ ގިނަ ވޯޓް ނުލިބިއްޖެނަމަ ދެން ޢަމަލު ކުރާނެ ގޮތުގެ
ތަފުޞީލާއި އަދި އެ އިންތިޚާބު ބޭއްވުމުގައި ޢަމަލު ކުރާނެ ގޮތްތައް ޤާނޫނު އަސާސީގެ 301 ވަނަ
މާއްދާގެ އެއްވެސް ތަނެއްގައި ވެސް އަދި ޤާނޫނު އަސާސީގެ އިންތިޤާލީ ކަންތައްތަކާ ބެހޭ ބާބުގައި ހިމެނޭ
އެހެން އެއްވެސް މާއްދާއެއް ގައިވެސް ކަނޑައަޅައި ބަޔާންކޮށްފައި ނުވާކަން އެނގެން އޮތުމުން، ޤާނޫނު
އަސާސީގެ އިސްވެ އިޝާރާތް ކުރެވުނު 275 ވަނަ މާއްދާގެ ފެށުމާއި އަދި އެ މާއްދާގެ (ށ) ގެ ޞަރީޙަ
ނައްޞު ނިޔާކުރާ ގޮތުން، މިޙާލަތުގައި ރިޔާސީ އިންތިޚާބުގެ ކަންތައް ކުރިޔަށް ގެންދިއުމުގައި ރުޖޫއޫވާން
ޖެހެނީ، ރިޔާސީ އިންތިޚާބާ ހުރިހާ ކަމެއް ގެންދަންވާނެގޮތް ތަފުޞީލުކޮށް ބަޔާންކޮށްފައިވާ އެ ޤާނޫނު
އަސާސީގެ 111 ވަނަ މާއްދާއަށް ކަން ރަގަޅަށް އެނގެން އޮންނާތީއާއި، އެ މާއްދާގެ (ހ) ގައި ވާގޮތުން
2&
ދިވެހިރާއްޖޭގެ ހައިކޯޓު، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
22
2008}IIC-DM/I1
ރައީސުލްޖުމްހޫރިއްޔާ ކަމަށް މީހަކު އިންތިޚާބުވާނީ ވޯޓުދިން މީހުންގެ ފަންސާސް އިންސައްތަ އަށްވުރެ
ގިނަ ވޯޓު އެމީހަކަށް ލިބިގެން ކަމާއި، އަދި ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހުންގެ ތެރެއިން އެއްވެސް
ކެނޑިޑޭޓަކަށް، ވޯޓު ދިން މީހުންގެ ފަންސާސް އިންސައްތަ އަށްވުރެ ގިނަ ވޯޓު ނުލިބިއްޖެނަމަ އެ
އިންތިޚާބު ބޭއްވުނުތާ 21 ދުވަހުގެ ތެރޭގައި އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަންވާނެކަން މި
111 ވަނަ
މާއްދާގެ (ހ) ގެ ޞަރީޙަ ޢިބާރާތުން ސާފުކޮށް އެގެން އޮންނައިރު، 8 އޮކްޓޯބަރ 2008 ދުވަހު،
ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައި އެ އިންތިޚާބަށް ކުރިމަތިލި އެއްވެސް ކެނޑިޑޭޓަކަށް ޤާނޫނު
އަސާސީގެ 111 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުގެ މަތީން އެ އިންތިޚާބުގައި ވޯޓުދިން މީހުންގެ
ފަންސާސް އިންސައްތަ އަށްވުރެ ގިނަ ވޯޓު ލިބިފައި ނުވުމުގެ ސަބަބުން، މި އިންތިޚާބުގެ ދެވަނަ ބުރެއް
28 އޮކްޓޯބަރ 2008 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާކަން އެކޮމިޝަނުގެ
ބަހުން އެނގެން އޮތްކަމުގައި ވިޔަސް މި އިންތިޚާބުގެ ފުރަތަމަ ބުރު ބޭއްވިފައިވަނީ 8 އޮކްޓޯބަރ 2008
ގައި ކަމަށްވެފައި، މި އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް އެކޮމިޝަނުން ހަމަޖައްސާފައިވާ ތާރީޚަކީ 28
އޮކްޓޯބަރ 2008 ކަމަށް ވުމުން، 28 އޮކްޓޯބަރ 2008 ގެ ތާރީޚަކީ މި އިންތިޚާބުގެ ފުރަތަމަ ބުރު
ބޭއްވުނު ތާރީޚުން ފެށިގެން 20 ވަނައަށްވާ ދުވަސް ކަން އެނގެން އޮތުމުން، ބުނެވިދިޔަ ރިޔާސީ
އިންތިޚާބުގެ ދެވަނަ ބުރު 28 އޮކްޓޯބަރ 2008 ގައި ބޭއްވުމަށް އެކޮމިޝަނުން ނިންމާފައިވަނީ، ޤާނޫނު
އަސާސީގެ 111 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ކަން އެނގެން އޮންނާތީ އާއި، ޤާނޫނު
އަސާސީގެ އިންތިޤާލީ ކަންތައްތަކާ ބެހޭ ބާބުގެ 276 ވަނަ މާއްދާގެ (ހ) ގެ ދަށުން ޢައްޔަނު ކުރެވޭ
އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި މި ބާބުގެ ދަށުން ބާއްވާ އިންތިޚާބު ތަކާ ބެހޭ
ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި، އެ އިންތިޚާބުތައް ބޭއްވުމާއި، އެ އިންތިޚާބު ތަކުގެ
ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމާއި، އެއިންތިޚާބު ތަކުގެ ނަތީޖާ އިޢްލާން ކުރުމާއި މިކަންކަން
ހިމެނޭކަން އެނގެން އޮންނާތީ، މިހުރިހާ ކަންކަމުގެ މައްޗަށާއި އަދި އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި
ބަޔާން ކުރެވިފައިވާ ޤާނޫނީ ސަބަބު ތަކުގެ މައްޗަށް ވިސްނާ ބެލުމުން 28 އޮކްޓޯބަރ 2008 ދުވަހު
ދިވެހިރާއްޖޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވާ ރިޔާސީ އިންތިޚާބު އެ ތާރީޚުގައި
ބޭއްވުމަށް އެ ކޮމިޝަނުން ހަމަޖައްސާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާ އެއްގޮތްވާ
ގޮތުގެ މަތީންކަން އެނގެން އޮންނާތީއާއި، އަދި އެ ތާރީޚުގައި އެ އިންތިޚާބު ބޭއްވުމަށް އެ ކޮމިޝަނުން
(
ދިވެހިރާއްޖޭގެ ހައިކޯޓު، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3323029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.bigticourt.gov.mv
23
2008/HC-DM/II
އްޖޭގެ ހައިކޯޑް ، ޤަޟިއްޔާ ނިމުނު ގޮތުގެ ހިޕޯރޓް
ހަމަޖައްސާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާ ޚިލާފަށްކަން ދަޢުވާކުރި ފަރާތްތަކުން
ދަޢުވާ ބިނާކުރި ސަބަބު ތަކުންނާއި، ހުށަހެޅި ލިޔުން ތަކުން ޝަރީޢަތަށް ސާބިތު ނުވާތީ، ދިވެހިރާއްޖޭގެ
ހައިކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނީ 28 އޮކްޓޯބަރ 2008 ދުވަހު
ދިވެހިރާއްޖޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވާ ރިޔާސީ އިންތިޚާބު ނުބޭއްވުމަށް
އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރު ކުރާނެ ތަނެއް ނެތްކަމުގެ މައްޗަށް ކަމަށް ވާތީ، 28
އޮކްޓޯބަރ 2008 ދުވަހު، ދިވެހިރާއްޖޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވާ
ރިޔާސީ އިންތިޚާބު އެ ތާރީޚުގައި ނުބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރު ކުރާނެ ތަނެއް
ނެތްކަމަށް ޙުކުމް ކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
.ޕީ
އާދަމް މުޙައްމަދު ޢަބްދު
(ފަނޑިޔާރު)
ޢަބްދުލް ޣަނީ މުޙައްމަދު
(އިސް ފަނޑިޔާރު)
އަޙްމަދު ޝަރީފު ޢަލީ
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓު، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފްކްސް: 3316411
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv