ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/199 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިވުނު ގޮތުގެ ރިޕޯޓް
(09/HC-A!199
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓް
0
ޤަޟިއްޔާ ނަންބަރ: 199/HC
-
A/2009
ދަޢުވާކުރި ފަރާތް: އަޙްމަދު ސާވީ
1- (ނަމާއި ޢާންމު ނަން)
އައިޑީ ކާރޑް ނަންބަރު: 131083-A
*
ދާއިމީ އެޑްރެސްގެ ދަފްތަރު ނަންބަރު5295
މިހާރުގެ އެޑްރެސް
ނޭވީބުލޫ
COLL
ދަޢުވާލިބުނު ފަރާތް: އެޓަރނީ ޖެނެރަލްގެ އޮފީސް
، މިހާރުގެ އެޑްރެސް:
19 ރަޖަބު 1430
ހުށަހެޅުނު ތާރީޚް:
*
ނިމުނު ތާރީޚް:
28 ރަޖަބު 1430
12 ޖުލައި 2009
21 ޖުލައި 2009
0
* ނިންމެވިކޯޓް: މަދަނީކޯޓް
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2008/MC/1393
ޤަޟިއްޔާގެ ބާވަތް: މަދަނީ ޙައްޤު ހޯދުން
ހުށަހެޅުނުތާރީޚް:
2009-06-18 :.
ނިމުނު ތާރީޚް: 29-06-2009
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009HC-A: 99
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/1393 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއި އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފް ކޮށްދިނުމަށް އެދި ގ. ނޭވީބުލޫ އަޙްމަދު
ސާމީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މިޤަޟިއްޔާގައި މައްސަލަ
ރައްދުވާ ފަރާތަކީ ދައުލަތުގެ އެޓަރނީ ޖެނެރަލްގެ އޮފީހެވެ.
* ފާހަގަކުރެވުނު ނުކުތާތައް:
މިއީ މަދަނީ ކޯޓުގެ ނަންބަރު 2009/MC/1393 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއި އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފް ކޮށްދިނުމަށް އެދި ގ. ނޭވީބުލޫ އަޙްމަދު
ސާވީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މިޤަޟިއްޔާގައި މައްސަލަ
ރައްދުވާ ފަރާތަކީ ދައުލަތުގެ އެޓަރނީ ޖެނެރަލްގެ އޮފީހެވެ.
2- މަދަނީ ކޯޓުގެ ނަންބަރު 2009/MC/1393 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯރޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ނަންބަރު 2009
/
60/C-32 (11 ޖޫން 2009) ގެ
އިޢުލާންގައި ބުނެފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރުކަމަށް ޤާނޫނީ ވަކީލަކު އިންތިޚާބު ކުރުމުގައި
ޢަމަލުކުރާނެގޮތުގެ އަޞްލުގެ 10 ވަނަ ނަންބަރުގެ (ހ) ގައި ބަޔާންކޮށްފައިވާ އުޞޫލަކީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (ޅ) ގައި ބުނެފައިވާ ޤާނޫނީ ވަކީލުކަން ކުރުމުގެ
ހުއްދަލިބިފައިވާ ބައެއް ފަރާތްތައް އެޙައްޤުން މަޙްރޫމްވާގޮތަށް އެކަށައެޅިފައިވާ އުޞޫލުއެއް ކަމަށާއި، އަދި އޭގެ
ސަބަބުން ޖުޑީޝަލް ސަރވިސްގެ މެމްބަރުކަމަށް ކުރިމަތިލައްވާފައިވާ ގ. ނޭވީބުލު އަޙްމަދު ސާމީގެ އިންތިޚާބީ
ޙައްޤަށް އުނިކަން އަންނަކަމަށް ބުނެ، ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ
(ޅ) ގައި ބުނެފައިވާ ފަރާތްތަކަށް ޤާނޫނު އަސާސީގެ ދަށުން ލިބިފައިވާ އެޙައްޤު ލިބިގެންދާނެ ގޮތަށް ޖުޑީޝަލް
ސަރވިސް ކޮމިޝަންގެ މެމްބަރުކަމަށް ޤާނޫނީ ވަކީލަކު އިންތިޚާބު ކުރުމުގެ އިންތިޚާބު ބާއްވައި ދިނުމުގެ
އަމުރެއް ނެރެދިނުމަށާއި، އެޤަޟިއްޔާ ދަށުކޯޓުން ނިމޭތާރިޚުން ފެށިގެން ތިންދުވަސްފަހުން ޖުޑީޝަލް ސަރވިސް
ކޮމިޝަންގެ މެމްބަރުކަމަށް ޤާނޫނީ ވަކީލަކު އިންތިޚާބު ކުރުމަށްޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހުން ބާއްވާ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
4
ނިމުނު ގޮތުގެ ރިޕޯޓް
2{009{H{{{;199
އިންތިޚާބު ފަސްކުރުމުގެ އަމުރެއް ނެރެދިނުމަށްއެދި، މ. ނޭވީލޫ އަޙްމަދު ސާވީ މަދަނީކޯޓުގައި ދަޢުވާކުރުމުން
އެކޯޓުން ބައްލަވައި ނިންމަވާފައިވާ މައްސަލައެއްކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން
· 24w
އވައވ.
ހަމަތަކާއި އެއްގޮތް
3- މަދަނީ ކޯޓުގެ ނަންބަރު 2009/MC/1393 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ
އެއްގޮތް ނުވާކަމަށްބުނެ މ.
ނޭވީބުލޫ އަޙްމަދު ސާވީގެ ފަރާތުން ދެސަބަބެއް ހުށަހަޅައި އެކަންކަމާބެހޭ
ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީއަތުގެ މަޖްލިސްގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ސަބަބަކީ މަދަނީ ކޯޓުގެ ނަންބަރު 2009/MC/1393 ޤަޟިއްޔާގެ ޙުކުމްގެ
ހަތަރުވަނަ ޕެރެގްރާފްގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (މ) ގެ ދަށުން
ބާއްވާ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރުކަމަށް ޤާނޫނީ ވަކީލަކު އިންތިޚާބު ކުރުމަށް ބޭއްވޭ
އިންތިޚާބުގައި ފަނޑިޔާރުންނަށާއި، ރައްޔިތުންގެ މަޖްލީހުގެ މެމްބަރުންގެތެރެއިން ދިވެހިރާއްޖޭގެ ޝަރުއީ
ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ މެމްބަރުންނަށާއި، މަޤާމްގެ ޙައިޘިއްޔަތުން ޖުޑީޝަލް ސަރވިސް
ކޮމިޝަންގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ
ލިބިފައިވާ ފަރާތްތަކަށް ވޯޓްލުމުގެ ޙައްޤު ލިބިގެންވާކަމުގައި ބެލޭނެތަނެއް ނެތްކަމަށް ކަނޑައަޅުއްވައި މަދަނީ
ކޯޓުން ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނުނުއަސާސީގެ 158 ވަނަ މާއްދާގެ (ހ) ގައި
”ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އެބައިމީހުން އިންތިޚާބުކުރާ
ޤާނޫނީ ވަކީލަކު، ކަމަށް އެއްވެސް އޮޅުމެއްނެތި އެނގޭނެ ސާފު ޢިބާރާތުން ބަޔާންކޮށްފައިވާއިރު، ޤާނޫނު
އަސާސީގެ ވަކި މާއްދާތަކަކަށް ނަޒަރު ކުރައްވައި ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ ރޫޙުން
ވަކިކަމެއް
އެނގެން އޮތްކަމަށް ކަނޑައަޅައިގެން ކަމަށްވާތީ މިއީ، ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) އިން
ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަންކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އެބައިމީހުން އިންތިޚާބުކުރާ
ޤާނޫނީ ވަކީލަކު އިންތިޚާބު ކުރުމުގައި ވޯޓް ދިނުމަށް އެބައިމީހުންނަށް ލިބިފައިވާ އަސާސީ ޙައްޤެއް ގެއްލިގެންދާ
ނިންމެވުމަކަށް ވާތީއާއި، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންނަށް ޤާނޫނު
އަސާސީގެ 158 ވަނަ މާއްދާގެ (މ) އިން ލިބިފައިވާ ޙައްޤެއް ހިފަހައްޓަވައިފައިވަނީ އެޓަރނީ ޖެނެރަލްގެ
OX
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ: ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.t119
5
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2[[09/IC-A; 199
0x3 8 2
އޮފީހުން، އެއޮފީހުގެ ނަންބަރު 2009
/
60/C-32 (11 ޖޫން 2009) އިޢްލާނުން ޢާއްމުކޮށް އިޢްލާން
ކުރައްވާފައިވާ ”ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެމްބަރުކަމަށް ޤާނޫނީ ވަކީލަކު އިންތިޚާބު ކުރުމުގައި
ޢަމަލުކުރާނެގޮތުގެ އުޞޫލުގެ 10 ވަނަ މާއްދާގެ (ހ) އިން ކަމަށްވާއިރު، އަދި އެޙައްޤުން އެބައިމީހުން މަޙްރޫމް
ކޮށްފައިވަނީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެކަށީގެންވާ މިންވަރަކަށްކަން، އެޙައްޤު
ހިފެހެއްޓެވި އެޓަރނީ ޖެނެރަލްގެ އޮފީހަށް ޤާނޫނީ ހަމަތަކުގެމަތިން ޝަރީޢަތަށް ސާބިތުކޮށްދެވިފައި
ނުވާހިނދުވެސް، ޤާނޫނު އަސާސީގެ 158 ވަނަމާއްދާގެ (މ) އިން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ
ހުއްދަލިބިފައިވާ ވަކީލުންނަށް ލިބިފައިވާ ޙައްޤު އެބައިމީހުންނަށް ލިބިނުދެއްވައި ޝަރީޢަތުން މިމައްސަލަ
ނިންމަވާފައިވާތީއާއި، މިމައްސަލަ ނިންމެވުމުގައި ޤާނޫނު އަސާސީގެ 16 ވަނަމާއްދާއާއި، 17 ވަނަމާއްދާއާއި،
18 ވަނަމާއްދާއާއި، 19 ވަނަމާއްދާއާއި 20 ވަނަ މާއްދާއަށް ޝަރީޢަތުން ރިޢާޔަތް ކުރައްވާފައި ނުވުމެވެ.
(ނ) ދެވަނަ ސަބަބަކީ ޤާނޫނު އަސާސީގައިވާ ގޮތުގެމަތިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް
ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އެބައިމީހުން އިންތިޚާބުކުރާ
ޤާނޫނީ ވަކީލަކު އިންތިޚާބު ކުރުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން އެންމެ ފުރަތަމަ ބޭއްވެވި އިންތިޚާބުގައި
ވޯޓްލެއްވުމުގެ ފުރުޞަތު، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ އަދި ފަނޑިޔާރު
ކަމުގެ މަޤާމު އެވަގުތު ފުރަމުންގެންދިޔަ ފަނޑިޔާރުންނަށް ލިބިދެއްވާ، ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ
(މ) އިން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންނަށް ލިބިފައިވާ ޙައްޤު
އެބައިމީހުންނަށް ލިބިދެއްވުމަށްފަހު، އެޓަރނީ ޖެނެރަލްގެ އޮފީހުން ދެވަނަ ފަހަރަށް ބޭއްވެވި އިންތިޚާބާއި،
ތިންވަނަ ފަހަރަށް ބާއްވަވަން މަސައްކަތް ކުރައްވާ އިންތިޚާބުގައި ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ
ހުއްދަ ލިބިފައިވާ ވަކީލުންނަށް ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) އިން ލިބިފައިވާ ޙައްޤު ގެއްލިގެންދާ
ގޮތަށް، އެއްކަމެއްގައި ދެގޮތަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ޢަމަލު ކުރައްވާފައިވަނީ ޤާނޫނީ އެއްވެސް
ޙައިޘިއްޔަތަކުން ބާރެއްނެތް އުޞޫލަކުން ކަމަށްވާއިރު، މިކަންކަމުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތް ކުރައްވާފައި
ނުވާތީއާއި، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންނަށް ޤާނޫނު އަސާސީގެ
ޞަރީޙަ ޢިބާރާތުން ލިބިދީފައިވާ ޙައްޤު، ޝަރީޢަތުން ހޯއްދަވައި ނުދެއްވައި މިމައްސަލަ ނިންމަވައިފައި ވުމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، ލާލެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3346471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-A/199
0x
2
0
4 ވ 62
އަންނަންވާނެކަމަށް
59
4- މިމައްސަލައާއި ގުޅިގެން މަދަނީކޯޓުގެ ނަންބަރު 2009/MC/1393
ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު، އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ:
”ދެންފަހެ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 158 ވަނަ މާއްދާއަށް ބަލާއިރު،
އެމާއްދާއަކީ އެޤާނޫނު އަސާސީގެ 157 ވަނަ މާއްދާގެ (ހ) ގެ މަޤްޞަދަށްޓަކައި ދިވެހިރާއްޖޭގައި
އެމާއްދާގައި ބުނާ، ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލަވާލެވޭނެ ބައިތައް އެކަށައަޅާ
އްދާއެއްކަން އެނގެން އޮވެފައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 157 ވަނަ މާއްދާގެ (ހ)
ގެ މަޤްޞަދަށްޓަކައި އެޤާނޫނު އަސާސީގެ 158 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން އެކުލަވާލެވޭ
ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ހިމެނެނީ (ހ) ރައްޔިތުންގެ މަޖްލީހުގެ ރައީސާއި (ށ) ސްޕްރީމް ކޯޓުގައި
ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެކޯޓުން އިންތިޚާބުކުރާ އުއްތަމަ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި
(ނ) ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެކޯޓުން އިންތިޚާބުކުރާ ފަނޑިޔާރަކާއި (ނ) ދަށުކޯޓުތަކުގެ
ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިޚާބުކުރާ ފަނޑިޔާރަކާއި (ބ) ރައްޔިތުންގެ މަޖްލީހުގެ މެމްބަރުންގެ
ތެރެއިން އެމަޖްލީހުން ކަނޑައަޅައި މެމްބަރަކާއި (ޅ) ޢާއްމުންގެ ތެރެއިން ރައްޔިތުންގެ މަޖްލީހުން ކަނޑައަޅައި
މީހަކާއި (ކ) ސިވިލްސަރވިސް ކޮމިޝަނުގެ ރައީސާއި (އ) ރައީސުލް ޖުމްހޫރިއްޔާ ޢައްޔަންކުރާ މީހަކާއި (ވ)
ބަންޑާރަ ނައިބްއި (މ) ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން
އެބައިމީހުން އިންތިޚާބުކުރާ ޤާނޫނީ ވަކީލެއްގެ މައްޗަށް ކަމަށްވާއިރު،
މިއެންމެހައި ފަރާތްތައްވެސް ހިމެނެނީ އޭގެތެރެއިން ކޮންމެ ފަރާތެއްވެސް ދިވެހިރާއްޖޭގެ
އެޔާގެ ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ ބޭނުމަށް ކަނޑައެޅޭ އިންފިރާދީ ވަކި
ޙައިޘިއްޔަތަކުންކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ ރޫޙަކީވެސް ވަކި
ޚާއްޞަ ފަރާތްތަކަކާއި، ވަކި ޚާއްޞަ ދާއިރާތަކެއް ތަމްސީލުވާގޮތަށް ޖުޑީޝަލް ސަރވިސް ކޮމިޝަން
އެކުލަވައިލުންކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ އަކުރުތައް ތަރުތީބު
ކުރެވިފައި އޮތްގޮތަށާއި، އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ށ)
އަށާއި، އެޤާނޫނު އަސާސީގެ 165 ވަނަ މާއްދާއަށް ނަޒަރުކޮށް ބަލާއިރު އެނގެންއޮތް ހިނދު،
އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު، ދިވެހިރާއް
ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ ރޫޙާއި މަޤްޞަދު ދެމެހެއްޓުމަށްޓަކައި އެމާއްދާގެ
CCO
38 3
کم محرک
= 0)
OXO
444
ترور سر کرد
ދިވެހިރާއްޖޭގެ ހައިކޯޓު، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.g
{
v.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2{][09HC-A/19)
&
8 39 4
އަކުރުތަކުން ކަނޑައަޅާފައިވާ ވަކި ދާއިރާއަކަށް ނިސްބަތްވާ ފަރާތަކަށް އެނޫން ޙައިޘިއްޔަތަކުން ޖުޑީޝަލް
ސަރވިސް ކޮމިޝަންގެ މެމްބަރުކަން ކުރެވިދާނެކަމަށް ނުބެލެވޭތީއާއި، އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޤާނޫނީ ވަކީލުންގެ ތެރޭގައި ހިމެނެނީ
ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު
އަސާސީގެ 158 ވަނަ މާއްދާގެ އެހެން އެއްވެސް އަކުރެއްގައި ބުނާ ޚާއްޞަ ފަރާތަކަށް ނުވަތަ ދާއިރާއަކަށް
ނިސްބަތްނުވާ ޤާނޫނީ ވަކީލުންކަން އެމާއްދާގެ ރޫޙަށް ބެލުމުން އެނގެން އޮންނާތީ،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (މ) ގެ ދަށުން ބާއްވާ
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރުކަމަށް ޤާނޫނީ ވަކީލަކު އިންތިޚާބު ކުރުމަށް ބޭއްވޭ އިންތިޚާބުގައި
ފަނޑިޔާރުންނަށާއި، ރައްޔިތުން މަޖްލީހުގެ މެމްބަރުންގެ ތެރެއިން ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ވަކާލާތު
ކުރުމުގެ ހުއްދަ ލިބިފައިވާ މެމްބަރުންނަށާއި، މަޤާމްގެ ޙައިޘިއްޔަތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގައި
ހިމެނޭ ފަރާތްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ
ފަރާތްތަކަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވާ ކަމުގައި ބެލެވޭނެ ތަނެއްނެތްކަމަށް ކަނޑައަޅައި،
އެޓަރނީ ޖެނެރަލްގެ އޮފީހުގެ ނަންބަރު 2009
/
60/C-32 (11 ޖޫން 2009) އިޢްލާނުން
އިޢްލާން ކޮށްފައިވާ ”ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރުކަމަށް ޤާނޫނީ ވަކީލަކު އިންތިޚާބު
ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު [ގެ 10ވަނަމާއްދާގެ (ހ) ގައި ޤާނޫނީ ވަކީލުންގެ ތެރެއިން
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރުކަމަށް ޤާނޫނީ ވަކީލަކު އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގައި
ވޯޓްނުދެވޭގޮތަށް، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ފަނޑިޔާރުކަމުގެ މަޤާމު ފުރަމުންގެންދާ ފަނޑިޔާރުން
އެކަނި އިސްތިސްނާ ކޮށްފައި އޮތް އޮތުން ބާޠިލްކޮށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 158
ވަނަ މާއްދާގެ ރޫޙާއި މަޤްޞަދު ދެމެހެއްޓޭނެ ފަދައަކުން އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން އިޢުލާން
ކޮށްފައިވާ "ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރުކަމަށް ޤާނޫނީ ވަކީލަކު އިންތިޚާބު ކުރުމުގައި ޢަމަލު
ކުރާނެގޮތުގެ އުޞޫލު ”އިޞްލާޙް ކުރުމަށް އަންގައި ޙުކުމްކޮށްފީމެވެ.“ (މިފަދައިންނެވެ.)
244ކން
4 2 4 2 22
5- މިމައްސަލައާއި ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖްލީސްގައި ދައްކާފައިވާ ވާހަކަތަކަށާއި،
ޝަރީޢަތުގެ މަޖްލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި، އަދި މަދަނީކޯޓުގެ ނަންބަރު 2009/MC/1393
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2{{391FC-A/199
ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނުވާ ކަމަށްބުނެ، ގ. ނޭވީބުލޫ އަޙްމަދު
ސާވީގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ވިސްނާބެލިއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
4 & 4
24 04c
(ހ) ފުރަތަމަ ކަމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރުކަމަށް މީހަކު އިންތިޚާބު
ކުރުމަށްޓަކައި ބޭއްވޭ އިންތިޚާބުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ
ދަށުން އިންތިޚާބަކަށްވާއިރު، އެމާއްދާގެ (މ)
ގެދަށުން އެޙައްޤު ލިބިފައިވަނީ
އިސްތިސްނާއެއްނެތި، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ އެންމެހައި ފަރާތްތައްވެސް
ހިމެނޭގޮތަށްކަން އެމާއްދާގެ ޞަރީޙަ ނައްސުން ރަނގަޅަށް އެނގެން އޮންނައޮތުމެވެ.
ބޭއެވެ
COL
4 6
އެއްވެސް
(ށ) ދެވަނަކަމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ހިމެނެންޖެހޭ މެމްބަރުންގެ ތެރެއިން އެއް
މެމްބަރަކީ ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އެބައިމީހުން
އިންތިޚާބުކުރާ ފަރާތެއްކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ށ) ގައި
ސާފުބަހުން ބުނެފައި އޮތުމުން، އެމާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އެކޮމިޝަނުގެ މެމްބަރުކަމަށް
ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަންކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެތެރެއިން މީހަކު އިންތިޚާބު ކުރުމަށްޓަކައި
ބޭއްވޭ އިންތިޚާބު ބޭއްވޭނީވެސް ދިވެހި ރާއްޖޭގައި ޤާނޫނީ ވަކީލުކަންކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ
މެދުގައިކަމާއި، އެއިންތިޚާބުގައި އިތުރު އެހެންފަރާތެއްގެ ބައިވެރިވުމަށް ޤާނޫނީގޮތުން ފުރުޞަތެއް ނެތް
ފަދައިން، އެއިންތިޚާބުގައި ބައިވެރިވުމުގެ ޙައްޤު އޮތް ފަރާތެއް އެއިންތިޚާބުގައި ބައިވެރިވުމުން މަޙްރޫމް ކުރުމުގެ
ފުރުޞަތެއްވެސް އެމާއްދާގެ ނައްސުން ލިބިދެވިފައި ނުވާކަން ފާހަގަކުރެފައި
* 0 ހ 43 ·
އނާޖީއމ 3"
(ނ) ތިންވަނަކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެފައިވާ
އިންތިޚާބު ތަކުގެތެރެއިން ކޮންމެ އިންތިޚާބެއްގައިވެސް ބައިވެރިވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު
އަސާސީގެ ދަށުން ދިވެހި ރައްޔިތުންނަށް ލިބިފައިވާ ޙައްޤަކަށްވެފައި، ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ
(މ) ގެދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރުކަމަށް އިންތިޚާބު ކުރަންޖެހޭ ދިވެހިރާއްޖޭގައި ޤާނޫނީ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، ވެލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
ޤަޟިޢްޔާ ނިމުނު ގޮތުގެ ރިޕޯޓް
2{{09HC-A{199
ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތް ހޮވުމަށްޓަކައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ
ފަރާތްތަކުގެ މެދުގައި ބޭއްވޭ އިންތިޚާބުގައި ފަނޑިޔާރުންގެ ތެރެއިން ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ
ލިބިފައިވާ ފަރާތްތަކުން ވޯޓު ދިނުމަކީ، ފަނޑިޔާރުންނަކީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށްޓަކައި
އެބައި މީހުންގެ ހުރިހާ ވަގުތެއް ތަހްސީސް ކުރަންޖެހޭ ބައެއްކަމަށް ޤާނޫނު އަސާސީގެ 151 ވަނަ މާއްދާގައި
ކަނޑައެޅި ބަޔާންވެފައިވާ އުޞޫލާއި ފުށުއަރާ ކަމެއްކަމަށް ބުނާނުކުތާގެ މައްޗަށާއި، ދިވެހިރާއްޖޭ ޖުމްހޫރިއްޔާގެ
ޤާނޫނު އަސާސީގައި ބުނެފައިވާ ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބާއި، ރިޔާސީ އިންތިޚާބުފަދަ އިންތިޚާބުތަކާއި
ގުޅިގެން ދިވެހިރާއްޖޭގައި ޢަމަލުކުރަމުން އައިސްފައިވާ ގޮތުގެމައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ
ބަލާއިރު، ބުނެވިދިޔަ ދެއިންތިޚާބުގެ ތެރެއިން އެއްވެސް އިންތިޚާބެއްގައި ފަނޑިޔާރުން ބައިވެރިވެ އެބައިމީހުން
ޚިޔާރުކުރާ ފަރާތަކަށް ވޯޓު ދިނުމަށް ހުރަސްއެޅިގެންދާފަދަ ގޮތަކަށް ޤާނޫނު އަސާސީ މާނަކުރެވިފައި ނުވާކަމާއި،
އަދި މީލާދީ ސަނަތުން 2008 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 07 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގައި
ޢަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ ދަށުން ޖުޑީޝަލް
ސަރވިސް ކޮމިޝަންގެ މެމްބަރުކަމަށް އިންތިޚާބު ކުރަންޖެހޭ ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ
ހުއްދަ ލިބިފައިވާ ފަރާތް އިންތިޚާބު ކުރުމަށްޓަކައި ބޭއްވުނު އެންމެ ފުރަތަމަ އިންތިޚާބުގައި ފަނޑިޔާރުންގެ
ތެރެއިން ޤާނޫނީ ވަކީލުކަންކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުން ބައިވެރިވެ ވޯޓްދިނުމުގެ ޙައްޤު
ބޭނުންކޮށްފައިވާކަން އެނގެން އޮތުމުން، ދިވެހިރާއްޖޭ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ އެނުކުތާއާމެދު ނޫނީ
ނެތްކަމަށާއި، ފަނޑިޔާރުކަމުގެ މަޤާމުގެ ޙައިޘިއްޔަތުން ފަނޑިޔާރުން
ންތައްތަކުގެ އިތުރަށް ދިވެހި މުޖުތަމަޢުގެ ފަރުދެއްގެ ޙައިޘިއްޔަތުން މުޖުތަމަޢުގެ ޙައްޤަށްޓަކައި
އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމާއި، ދިވެހި މުޖްތަމަޢުގެ ލާބަޔަށްޓަކައި ކުރެވޭ ބިނާކުރަނިވި ކަންކަމުގައި
ޙިއްޞާ ކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއިން އެފަދަ ޤާނޫނެއް ހެދުމަށާއި، އަދި ޤާނޫނުގެ
ނައްސަށް ޤާނޫނީ ބާރުލިބިގެން ހެދިފައިވާ ޤާނޫނެއްގެ ޞަރީޙަ ނައްސަކުން މަނާނުކުރާހާ ހިނދަކު، އެފަދަ
ކަންކަމަކީ އެކަންކަން ކުރުމުގެ އިޚްތިޔާރާއި، މިނިވަންކަން ލިބިގެންވާނެ ހުއްދަ ކަންތައްތަކެއްގެގޮތު
އްގެގޮތުގައި މެނުވީ
ޤާނޫނީގޮތުން ބެލެވިދާނެ ކަންތައްތަކަކަށް ނުވުމެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ އެފަދަކަމަކަށް
ހުރަސްއެޅެންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީވިޔަސް ސަބަބެއް ނެތްކަމަށާއި، އަދި އެއީ ދިވެހިރާއްޖޭގެ
023
447
44 44ހހ
ހދ. ތ
ގޮތުން މީދަލެއް އުފެދޭންޖެހޭފަދަ ސަބަބެއް
ހ 40 &4
ކުރަންޖެހޭ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316472
އީމެއިލް: [email protected] ވެބް ސައިޓް WWw.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
20913C-A199
ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 151 ވަނަ މާއްދާގެ ނައްސާއި އެއްވެސް މިންވަރެއްގެ ފުށުއެރުމެއް ހުރި
ކަމެއްކަމަށް ޝަރުޢީ އަދި ޤާނޫނީގޮތުންވިޔަސް ބެލެވޭފަދަ ހަމައެއް ނެތްކަމަށެވެ.
(ރ) ހަތަރުވަނަ ކަމަކީ މީލާދީ ސަނަތުން 2008 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 07 ވަނަ
ދުވަހުން ފެށިގެން ދިވެހިރާއްޖޭގައި ޢަމަލުކުރަން ފެށުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް
އިޝާރާތްކޮށް މިޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަމެއް
ލިބޭފަދަ ޢަމަލެއް ކުރުމުގެ ނުވަތަ އެފަދަ ޢަމަލެއްގައި ބައިވެރިވުމުގެ ޙައްޤު އެއްވެސް މީހަކަށް ނުވަތަ
ޖަމާޢަތަކަށް ނުވަތަ ދައުލަތަށް ލިބޭނޭ ފަދަ ގޮތަކަށް މިޤާނޫނުއަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް މާނަކޮށް
ނުވަތަ ތަރުޖަމާކޮށްގެން ނުވާނެއެވެ. މިފަދައިން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 69 ވަނަ
މާއްދާގައި ސާފުބަހުން ބުނެފައި އޮތުމާއެކު، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެމްބަރުކަމަށް ދިވެހިރާއްޖޭގައި
ޤާނޫނީ ވަކީލުކަންކުރުމުގެ ހުއްދަލިބިފައިވާ ފަރާތްތަކުގެތެރެއިން އިންތިޚާބު ކުރަންޖެހޭ ފަރާތް އިންތިޚާބުކުރުމަށް
ބޭއްވޭ އިންތިޚާބުގައި ވޯޓް ދިނުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (މ)
ގެދަށުން ދިވެހިރާއްޖޭގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ އެންމެހައި ފަރާތްތަކަން ލިބިގެންވާ ޙައްޤުން
އެއްވެސް ފަރާތެއް މަޙްރޫމްވާގޮތަށް ޤާނޫނު އަސާސީގެ އެއްވެސް މާއްދާއެއް މާނަކުރުމަކީ ޤާނޫނު އަސާސީ
ކަނޑައެޅިގެން މަނާކުރާ ކަމަކަށްވާތީއާއި، އަދި ޤާނޫނު އަސާސީ ހުރަސްއަޅާ އެއްވެސްކަމެއް ޤާނޫނީގޮތުން
ކުރެވޭނެހަމަ އެއްވެސް ހަމައެއް ނޯންނާނެތީ، އަދި އެފަދައިން ޤާނޫނު އަސާސީން ތަނަވަސްކޮށް ހުޅުވާލެވިފައިވާ
ފުރުޞަތެއް ޤާނޫނަކުން ނުވަތަ ޤަވާޢިދަކުންވިޔަސް ހަނިކުރެވޭނެ ޤާނޫނީ އެއްވެސް ހަމައެއް ނެތަތީއާއި، ޤާނޫނު
އަސާސީގެ ނުވަތަ ޤާނޫނެއްގެވިޔަސް ޞަރީޙަ ނައްސެއް މާނަކޮށް ޞަރީޙަ ނައްސުން ދޭހަވެ އެނގެންއޮންނަ
މާނަ ފިޔަވައި އެހެން މާނައެއް
ކުރުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފްކަމެއް ކަމަށްވާކަމެވެ
(ބ) ފަސްވަނަ ކަމަކީ އިސްވެ ބަޔާންކުރެވުނު ކަންތައްތައް ބަޔާންވެދިޔަ ގޮތުގެމަތިން ހުރުމާއެކު،
މަދަނީކޯޓުގެ ނަންބަރު 2009/MC/1393 ޤަޟިއްޔާގައި ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ ރޫޙާއި
މަޤްޞަދަށްޓަކައި ކަމަށްވިދާޅުވެ އެމާއްދާގެ ޞަރީޙަ ނައްސާއި ޚިލާފަށް އެމާއްދާ މާނަކުރެއްވިގޮތް ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާއި އެއްގޮތް ނުވާތީއާއި، ޤާނޫނު އަސާސީގެ ދަށުން ލިބިފައިވާ ޙައްޤަކުން އެޙައްޤު ލިބޭފަރާތް
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، ވާވެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info{@highcourt.gov.mv ވެބް ސައިޓް: www.highcourt.gov.tny
11
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-A;199
މަޙްރޫމްވާގޮތަށް ޤާނޫނު އަސާސީގެ އެއްވެސް މާއްދާއެއް މާނަކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު
އަސާސީގެ 69 ވަނަ މާއްދާއިން ކަނޑައެޅިގެން މަނާކުރެވިފައިވާ ކަމަކަށްވާތީ، މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ މަދަނީކޯޓުގެ ނަންބަރު 2009/MC/1393 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭނެ ކަމަށެވެ.
CO
CCO
ޙުކުމް
ދިވެހިރާއްޖޭގައި ވަކާލާތުކުރުމުގެ ހުއްދަލިބިފައިވާ ފަރާތްތަކުގެތެރެއިން ޖުޑީޝަލް ސަރވިސް
ކޮމިޝަނުގެ މެންބަރުކަމަށް ޤާނޫނީ ވަކީލަކު އިންތިޚާބު ކުރުމަށްޓަކައި ބާއްވަންޖެހޭ އިންތިޚާބުވެސް ހިމެނޭގޮތަށް،
ދިވެހިރާއްޖޭގައި ބޭއްވޭ އެންމެހާ އިންތިޚާބުތަކުގައި ވޯޓުދިނުމުގެ ޙައްޤަކީ އެކަމުގެ ޝަރުޠު ފުރިހަމަވާ
ފަރާތްތަކަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެދަށުން ފަހިވެފައިވާ ޙައްޤަކަށްވެފައި،
ޤާނޫނުއަސާސީއިން ތަނަވަސްކޮށް ލިބިދެވިފައިވާ ޙައްޤަކުން އެޙައްޤެއް ލިބިދެވިފައިވާ ފަރާތް މަޙްރޫމްވާގޮތަށް
ޤާނޫނުއަސާސީގެއެއްވެސް މާއްދާއެއް މާނަކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 69 ވަނަ
މާއްދާއިން ކަނޑައެޅިގެން މަނާކޮށްފައިވާ ކަމަކަށްވާތީއާއި، ދިވެހިރާއްޖޭގައި ވަކާލާތުކުރުމުގެ ހުއްދަލިބިފައިވާ
ޤާނޫނީ ވަކީލުން އެކިއެކި ނަންނަމުގައި އެކިއެކި ޙައިޘިއްޔަތުން ވަޒީފާ އަދާކުރަމުން ދިއުމަކީ އެމީހުންގެ ކިބައިން
ޤާނޫނީ ވަކީލުކަމުގެ ސިފަގެއްލިގެން ދާންޖެހޭ ސަބަބަކަށް ނުވާތީއާއި، ޤާނޫނުއަސާސީ ނުވަތަ ޤާނޫނެއްގެވިޔަސް
ސަރީޙަ ނައްޞުން ދޭހަވެ، އެނގެންއޮންނަ މާނަ ފިޔަވައި އިތުރު އެހެންމާނައެއް ކުރުމަކީ، ޝަރުޢީ އަދި ޤާނޫނީ
އަޞްލުތަކާއި ޚިލާފު ކަމަކަށްވާތީ، ދިވެހިރާއްޖޭގައި ވަކާލާތުކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެ ތެރެއިން
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް މީހަކު އިންތިޚާބު ކުރުމަށްޓަކައި ބޭއްވޭ އިންތިޚާބުގައި
ދިވެހިރާއްޖޭގައި ވަކާލާތު ކުރުމުގެ ހުއްދަލިބިފައިވާ ޤާނޫނީ ވަކީލުންގެ ތެރެއިން މިވަގުތު ފަނޑިޔާރުކަމުގެ މަޤާމު
ފުރަމުންގެންދާ ފަރާތްތަކަށް އެއިންތިޚާބުގައި ވޯޓްދިނުމުގެ ޙައްޤު ލިބިގެންނުވާކަމަށް މަދަނީކޯޓްގެ ނަންބަރު
2009/MC/1393 ޤަޟިއްޔާގައި ކަނޑައެޅުއްވި ކަނޑައެޅުއްވުން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 69 ވަނަ
މާއްދާއާއި 158 ވަނަ މާއްދާގެ ޞަރީޙަ ނައްއި ކަނޑައެޅިގެން ތަޢާރުޟުވާކަމަށް މިމައްސަލަ ބެލުމުގައި
ބައިވެރިވާ ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނުހިނދު، އެޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމްގެ އެބައި ބާޠިލުކުރުމާއެކު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ށ) އަށް
ރިޢާޔަތްކޮށް، ދިވެހިރާއްޖޭގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ މެދުގައި ޤާނޫނުއަސާސީގެ 158
ވަނަ މާއްދާގެ ދަށުން ބާއްވަންޖެހޭ އިންތިޚާބު ބޭއްވުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް މިއަދު 2009
3 4
04
2
0 ހދ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ ދިވެހިރާއްޖެ، ފޯން 332529 ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.jiighcotyrt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2(09)
IA;199
ވަނަ އަހަރު ގެ ޖުލައި މަހުގެ 21 ވަނަ ދުވަހުގެ 16:00 ން ފެށިގެން ފުރިހަމަ 2 (ދޭއް) ދުވަހުގެ މުއްދަތުގެ
ތެރޭގައި ހަމަޖެއްސުމަށްފަހު، އެތާރީޚުން ފެށިގެން 2 (ދޭއް) ދުވަހުގެ މުއްދަތުގެ ތެރޭގައި ދިވެހިރާއްޖޭގައި
ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރުކަމަށް
ދިވެހިރާއްޖޭގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ މެދުގައި ބާއްވަންޖެހޭ އިންތިޚާބު ބުނެވިދިޔަ
ގޮތުގެމަތީން ބާއްވާ ނިންމުމަށް ދަވްލަތުގެ ކަމާބެހޭ މުއައްސަސާއަށް އަންގާ ޙުކުމް ކޮށްފީމެވެ.
ނޯޓް:
OXO
މިޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފުގެ މަރުޙަލާގައި ބަލާފައިވާނީ މަދަނީ ކޯޓުގެ
ނަންބަރު 2009/MC/1393 ޤަޟިއްޔާ ނިމިފައިވާގޮތް، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
ނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކުރި ފަރާތުން ހުށަހެޅި ނުކުތާ އެކަންޏެވެ. އަދި މިޤަޟިއްޔާ މިގޮތަށް
ނިމުމުން އެނުކުތާއާއި މެދުގައި މަދަނީކޯޓުގެ އިސްވެ ބުނެވުނު ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލުވީއެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީގެ
Dend
#
&
އާދަމް މުޙައްމަދު ޢަބްދުﷲ
ޢަލީ ޙަމީދު މުޙައްމަދޫ
(ފަނޑިޔާރު)
އަޙްމަދު'ޝަރީފް ޢަލީ
،ފަނޑިޔާރު)
(ފަނޑިޔާރު)
ޓައިޕްކުރީ: ޒަރީނާ އިބްރާހީމް
ޗެކްކުރީ: ޢާއިޝަތު ނާހިދާ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، ވާދެ، ދިވެހިރާއްޖެ، ފޯން: 029)3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv