ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/124 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A/124
A4
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
)
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ޤަޟިއްޔާ ނަންބަރު: 124/HC
-
A/2014
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ރަޖިސްޓްރީ ނަންބަރު: -
*
ދާއިމީ އެޑްރެސް: -
މިހާރުގެ އެޑްރެސް:
އިސްތިއުނާފު ރައްދުވި ފަރާތް:
ން: ޠަލާލް މުޙައްމަދު
* އައި.ޑީ.ކާޑު ނަންބަރު: A131121
، ދާއިމީ އެޑްރެސް: ގ.
ޤަޞްރު / ކ.މާލެ
މިހާރުގެ އެޑްރެސް: މ.ޔާރޑްލީ ކ.މާލެ
ރަޖިސްޓްރީ ތާރީޚް: 07
ރަޖަބު 1435
ނިމުނު ތާރީޚް: 16 ރަޖަބު 1435
15 މެއި 2014
06
މެއި
2014
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2014
/
95/U2MC
-
B ކޯޓު އަމުރު
ނިންމެވި ފަރާތް: އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓު
މައްސަލައިގެ ބާވަތް: ބަންދުގެ އަމުރު
• ހުށަހެޅި ތާރީޚް: 23.04.2014
ތާރީޚް: 23.04.2014
ދިވެހިރާއްޖޭގެ
އައިކޯޓް
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޔޫސުފް ޙުސައިން
ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2
2014/HC-A/124
0
ދަޢުވާގެ
މިދަ އަރިއަތޮޅު އުތުރުބުރީ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2014
/
95/U2MC
-
B ކޯޓު އަމުރު އެ ކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ
ޚިލާފަށްކަމަށް ބުނެ އެ ކޯޓު އަމުރު އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ
ފަރާތަކީ
މާލެ | .ޤަޞްރު، ޠަލާލް މުޙައްމަދުއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
(l
އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2014
/
95/U2MC
-
B ކޯޓު އަމުރަށް ބަލާއިރު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 109199/MF
ބަންދުގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅާ ފޯމުން . މާލެ | ގ.ޤަޞްރު، ޠަލާލް މުޙައްމަދުގެ ބަންދުގެ މުއްދަތު
17
އިތުރުކޮށްދެއްވުމަށް އެދުމުން، މީނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް
ކުރިމަތިވެދާނެކަމަށްޓަކައި، 2014 އެޕްރީލް 30 ވަނަ ދުވަހުން ފެށިގެން 2014 މެއި 15 ވަނަ ދުވަހުގެ
ނިޔަލަށް ޠަލާލް މުޙައްމަދު ކ. މާލެ . ޔާރޑްލީގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރު
.ރުކުރައްވައި
ނެރުއްވާފައިވާ އަމުރެއްކަން އެނގެއެވެ.
cccc
(2
ނަންބަރު
އަރިއަތޮޅު އުތުރުބުރީ
މެޖިސްޓްރޭޓް ކޯޓުގެ
2014
/
95/U2MC
-
B ކޯޓު އަމުރު އެ ކޯޓުން ނެރުއްވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް
ބުނެ އެ އަމުރު އިސްތިއުނާފުކުރަމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން 02 ނުކުތާއެއް ފާހަގަކޮށް
އެ
ތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
29
3
ބާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
3
2014/HC-A/124
CUO
ފުރަތަމަ ނުކުތާއަކީ، އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2014
/
95/U2MC
-
B ކޯޓު އަމުރުން ނިންމަވާފައިވާ ނިންމެވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ
ސީގެ 49 ވަނަ މާއްދާއާއި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް ބަންދާމެދު ނިންމުމުގެ ޤަވާޢިދުއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
19/SC-A/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ ރިޕޯޓުގެ 9 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ
އުޞޫލުތަކާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
ގޮތެއް
ޖުމްހޫދީއެއްގެ
ދެވަނަ ނުކުތާއަކީ، އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2014
/
95/U2MC
-
B ކޯޓު ނިންމަވާފައިވާ ނިންމެވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫ
ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ ޚިލާފަށް ނިންމަވާފައިވާ
ނިންމެވުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ
3) މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ބަލާއިރު،
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2014
/
95/U2MC
-
B ކޯޓު އަމުރުގައި ކ. މާލެ | ގ. ޤަޞްރު ޠަލާލް މުޙައްމަދު 2014 މާރޗް 20 ވަނަ
ދުވަހު ހެނދުނު 06:15 ހާއިރު އުމުރުން 13 އަހަރުގެ ކުޑަ ކުއްޖަކު ގޮވައިގެން ގެއެއްގެ ކޮޓަރިއެއްގައި
ތަޅުލައިގެން އެއް އެނދެއްގައި ނިދާފައިތިބި މައްސަލާގައި، މީނާ ބަދު އަޚްލާޤީ ޢަމަލު ހިންގާފައިވަނީ އުމުރުން
18 އަހަރު ނުފުރޭ ކުޑަ ކުއްޖަކާއިމެދުކަމަށް ވިދާޅުވެ، މީނާއަކީ ވައްކަމާއި، މަސްތުވާ ތަކެތީގެ ކުށުގެ ރިކޯޑު
އޮންނަ މީހަކަށްވާތީ، މީނާ ބަންދުން ދޫކޮށްލައިފިނަމަ، މުޖަތަމަޢުގެ ސަލާމަތަށް ނުރައްކަލެއް
ކުރިމަތިވެދާނެކަމަށްޓަކައި، މީނާ ކ. މާލެ / މ. ޔާޑުނީ ގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވާފައިވާކަން
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
4
2014/HC-A/124
ފާހަގަކުރެވެން އޮންނަކަމާއި، އިސްތިއުނާފު މިކުރެވޭ އަމުރުގެ ކުރިން ނެރުއްވާފައިވާ އަރިއަތޮޅު އުތުރުބުރީ
ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014
/
82/2MC
-
B ކޯޓު އަމުރުން އިސްވެ ބަޔާންވެދިޔަ
ސަބަބުތަކަށްޓަކައި ޠަލާލް މުޙައްމަދު މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި
ބެހެއްޓުމަށް މުރުކުރައްވާފައިވާކަން ފާހަގަކުރެވެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ، މައްސަލައެއް ތަޙްޤީޤުކުރެވެމުން ދާއިރުވެސް އަދި ޝަރީޢަތަށް
ހުށަހެޅިފައިވާ މަރުޙަލާގައިވެސް، ތަޙްޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް
ސާބިތުވެފައިވާ މީހެއް ނޫންކަމާއި، އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، ކުށެއްގެ ތުހުމަތުގައިވާ
މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރެ
ސަބަބެއް އެމީހެއްގެ ކިބާގައި ފުރިހަމަވެފައި ވޭތޯކަމާއި އެއިން ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ
ގޮތެއް ނިންމުމުގެބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަން
ނޫންކަމާމެދު
ފާހަގަކުރެވޭކަމެވެ.
(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ
އެއްގޮތްވާ ގޮތުގެ މަތިން މީހަކު ބަންދުކުރުމުގައި ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަން އޮތް މިންވަރަށާއި،
އަދި އެ ޙާދިސާ ތަޙްޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ ގޮންޖެހުން ތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ
އަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެ ކުށަށް ޤާނޫނުގައި
ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލާފާނެ ކަމުގެ ބިރުއޮތީ ކިހާވަރަކަށް ކަމާއި، އަދި
ހެކިތަކާކު ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ސުޕްރީމް
ދިވެހިރާއްa
Re
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
5
2014/HC-A/124
ކޯޓުގެ
ތިން
ންބަރު 19/SC-A/2010 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި
8
ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި،
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ފަނޑިޔާރުގެ
ކުރިމައްޗަށް ހާޟިރުކުރެވޭ މީހާއަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ މީހެއްކަމަށް ފަނޑިޔާރަށް
ފެންނަ ޙާލަތުގައި އެމީހަކު ބަންދުކޮށްފައި ބަހައްޓަންޖެހޭނީ އެމީހެއްގެ ފަރާތުން މުޖުތަމަޢަށް ނުރައްކާތެރިކަމެއް
ނުފޯރުވޭނެފަދަ ތަނެއްގައިކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 194/HC-A/2012 ގަޟިއްޔާއާއި
260/HC
-
A/2012 ޤަޟިއްޔާފަދަ އެތައް މައްސަލަތަކެއްގައި މީގެ ކުރިން ކަނޑައަޅުއްވާފައިވާކަމާއި، އަދި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 355/HC
-
A/2013 ޤަޟިއްޔާގައިވެސް ފާހަގަކޮށްފައިވާ ފަދައިން، މީހަކު
ބަންދުގައި ބަހައްޓަންޖެހޭ ޙާލަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ނެތިކޮށްލެވޭނީ،
އޭނާ ކޮންތާކު،
ބަންދުކޮށްގެންކަން ކަނޑައެޅުމަށް އެންމެ ރަނގަޅަށް އެނގޭނެ، އެ ސަބަބުތައް ނެތިކޮށްލުމުގެ
ޒިންމާ އެ ބަޔަކާ މަތިކުރުވާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްކަމަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަކީ
މިނިސްޓްރީ އޮފް ހޯމް އެފެއާރޒްގެ ދަށުން ހިނގަމުންދާ މުއައްސަސާއެއްކަމަށްވާތީ، ބަންދުގައި ބަހައްޓާނެ
ކަނޑައެޅުމަށް އެކަށޭނެ ފަރާތަކީ މިނިސްޓްރީ އޮފް ހޯމް އެފެއާރޒްކަމަށް
ކަނޑައަޅުއްވާފައިވާކަން ފާހަގަކުރެވެން އޮންނަކަމެވެ.
8/x2x
eށް
85
އެންމެ
(ރ) ހަތަރުވަނަ ކަމަކީ، އިސްތިއުނާފު ކުރެވިފައިވާ އަރިއަތޮޅު އުތުރުބުރީ ރަސްދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014
/
95/U2MC
-
B ކޯޓު އަމުރަކީ، 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކާއިމެދު
ޠަލާލް މުޙައްމަދު ބަދު އަޚްލާޤީ ޢަމަލު ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްކަމަށްވެފައި، މި
މައްސަލާގައި ޠަލާލް މުޙައްމަދުގެ މައްޗަށް ދަޢުވާ އުފުލޭނީ ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް
ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ ދަށުންކަމާއި، ބުނެވުނު
ޤާނޫނުގެ 2 ވަނަ މާއްދާގައި އެ ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި އެ މާއްދާގެ (ހ) ގައި މުޖްތަމަޢުގައި ހިމެނޭ
ކުޑަކުދިންނަށް ނުރައްކަލެއްކަމަށް ވެދާނެ މީހުންގެ ކިބައިން، އެކުދިން ރައްކާތެރިކޮށް، އެ ގޮތުގައި އެ
ރައްކާތެރިކަން ދެމެހެއްޓު
އްޓުމަށްޓަކައި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުން، ތަޙްޤީޤުގެ މަރުޙަލާގައާއި
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
858
ވެ. ދިވެހި
6
2014/HC-A/124
ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި ބޭތިއްބުން ހިމެނިފައިވާކަން ފާހަގަކުރެވޭކަމާއި، އަދި މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ނަންބަރު 109199/MF ބަންދުގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅާފޯމުން ޠަލާލް މުޙައްމަދު
ހައްޔަރުކުރެވިފައިވަނީ ކުށުގެ ވެށިންކަން އެންގެންއޮންނައިރު، އިސްތިއުނާފުކުރެވޭ ކޯޓުއަމުރުގައިވެސް ޠަލާލް
މުޙައްމަދުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ 18 އަހަރު ނުފުރޭ ކުއްޖަކާމެދު ބަދު އަޚްލާޤީ ޢަމަލު ހިންގުމުގެ
މައްސަލަ ފާހަގަކުރެއްވުމުގެ އިތުރުން، އޭނާއަކީ ވައްކަމާއި، މަސްތުވާތަކެތީގެ ކުށުގެ ރިކޯޑު އޮންނަ މީހަކަށްވާތީ،
އޭނާ ބަންދުން ދޫކޮށްލައިފިނަމަ، މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ދަށު ކޯޓުގައި
މައްސަލަ ބެއްލެވި ފަނޑިޔާރު ފާހަގަކުރައްވާފައިވާއިރު، ޠަލާލް މުޙައްމަދު މިހާރު ދިރިއުޅެމުންދާ ގޭގައި
ބަންދުކޮށްފައި ބެހެއްޓުމަކީ އޭނާގެ ފަރާތުން މުޖްތަމަޢުއަށް އޮތް ނުރައްކާ ފިލައިގެންދާނެ ކަމެއް ނޫންކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންނަށް ޤަބޫލު ކުރެވުނުކަމެވެ.
CU O
(ބ) ފަސްވަނަ ކަމަކީ، އިސްތިއުނާފުކުރެވޭ މި މައްސަލާގައި ދައުލަތުގެ ފަރާތުން އެދިފައިވާ
ގޮތަކީ އިސްވެ އިޝާރާތްކުރެވުނު އަމުރު ބާޠިލުކޮށް، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި
ޖަލާލް މުޙައްމަދު ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްދިނުންކަމާއި، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި
ހިނގަމުންދަނިކޮށް އިސްތިއުނާފުކުރެވޭ ކޯޓު އަމުރުގެ ފައިލިއްޔަތު ނެތި ގޮސްފައިވާތީ، އިސްތިއުނާފުކުރެވޭ
މައްސަލައިގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުން އިތުރު އަމުރެއް ކުރުމުގެ މަޞްލަޙަތެއް ނެތްކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނުކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
2014/HC-A/124
ޙުކުމް
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، އިސްތިއުނާފުކުރެވިފައިމިވާ
އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014
/
95/U2MC
-
B ކޯޓު އަމުރު ބާޠިލުކަމަށް
ކަނޑައަޅައި، މި މައްސަލައިގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުން އިތުރު އަމުރެއް ކުރުމުގެ މަޞްލަޙަތެއް
ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމް
ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv