ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/270 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/270
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
.ރާއްގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 270/HC
-
A/2008
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޝާފިޢު ސަޢީދު
* ދާއިމީ އެޑްރެސް: ޖުޕިޓަރ/ ޅ. އޮޅުވެލިފުށި
އައިޑީ ކާޑު ނަންބަރ: A034892 މިހާރުގެ އެޑްރެސް:
ވަކީލުން އޒީ. ޢަދުނާނު ޔޫސުފް، މއ. ގުލްޝަންކިނާރާ
0 0 22
ހ. ނ.ލަނޑު
1
• އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ނަން: ޢަލީ އަޙްމަދު
* ދާއިމީ އެޑްރެސް: ފަރެސްކޯގެ ޅ. ހިންނަވަރު
އައިޑީ
ކާޑު ނަންބަރ: A038749 މިހާރުގެ އެޑްރެސް: ފ. ބީޓްރޫޓްގެ
* ބަދަލުގައި: ޚާލިދު ސުލައިމާން، ލަންދޫގެ. ޅ. ހިންނަވަރު (ގ. ދާސްތާން)
4
*
2 * ނަން: މަރިޔަމް އަޙްމަދު
* ދާއިމީ އެޑްރެސް: ޕިންކްރޯސް/ ޅ. ހިންނަވަރު
ކާޑު ނަންބަރ: A213794 * މިހާރުގެ އެޑްރެސް: ޕިންކްރޯސް ޅ. ހިންނަވަރު
ބަދަލުގައި ޚާލިދު ސުލައިމާން، ލަންދޫގެ. ޅ. ހިންނަވަރު (އ. ދާސްތާން)
*
*
3 * ނަން: އިސްމާޢީލް ޙަސަން ދާއިމީ އެޑްރެސް: ކަރަންކާގެ| ޅ. ހިންނަވަރު
ކާޑު ނަންބަރ: A120705 މިހާރުގެ އެޑްރެސް: ކަރަންކާގެ ޅ. ހިންނަވަރު
ބަދަލުގައި: ޚާލިދު ސުލައިމާން، ލަންދޫގެ. ޅ. ހިންނަވަރު (ގ. ދާސްތާން)
*
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، ވޯލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް 3316471
އީމެއިލް [email protected] ސައިޓް
www.highcourt.gov.my enos
2
2008/HC-A/270
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ހުށަހެޅުނު ތާރީޚް: 15 ރަމްޟާން 1429
15 ސެޕްޓެމްބަރ 2008
= ނިމުނު ތާރީޚް: 26 ޖުމާދަލްއޫލާ 1431
މެއި
11
2010
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2008
GlC/21 * ނިންމެވިކޯޓު: ޅ. ހިންނަވަރުކޯޓު
• ޤަޟިއްޔާގެ ބާވަތް: ތަރިކަ
ހުށަހެޅުނުތާރީޚް: 21 އޭޕްރީލް 2008 ނިމުނު ތާރީޚް: 25 އޭޕްރީލް 2008
0
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، ވާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/270
މިއީ، ޅ.
ހިންނަވަރުކޯޓުގެ ނަންބަރު 2008/G1C/21 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ، ޅ. އޮޅުވެލިފުށި ޖުޕިޓަރ ޝާފިޢު ސަޢީދު
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތްތަކަކީ، ޅ. ހިންނަވަރު ފަރެސްކޯގެ ޢަލީ
އަޙްމަދު އާއި ޅ. ހިންނަވަރު ޕިންކްރޯސް މަރިޔަމް އަޙްމަދު އާއި ޅ. ހިންނަވަރުގެ ކަރަންކާގެ އިސްމާޢީލް
ޙަސަންއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
ޅ. ހިންނަވަރުކޯޓުގެ ނަންބަރު 2008/G1C/21 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިމުނުގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ ޝާފިޢު ސަޢީދުގެ ފަރާތުން
އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން މައްސަލާގައި ހިމެނޭ
ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި
ﷲ ތ ދ ތ ދވ / އ ވ2 22
22
ކަންތައްތައް ފާހަގަކުރެވެއެވެ"
(ހ) ޅ. ހިންނަވަރު ބިލަމަގުމާގެ އެވެކިޔުނު ގޯއްޗަށް ފާދިއްޕޮޅު ހިންނަވަރު އޮފީހުން
11.08.1977 ގައި އަޙްމަދު ޙަސަންގެ ނަމުގައި ރަޖިސްޓްރީ ހަދައިދީފައިވާކަން އެއޮފީހުގެ ނަންބަރު
2003
/
331/G1
-
B
/
G (5 ޖުލައި 2003) ސިޓީން އެނގެން އޮވެއެވެ.
ހ) ޅ. ހިންނަވަރު ކޯޓުގެ ނަންބަރު 80/G1C/102 ޤަޟިއްޔާއިން ބިލަމަގުމާގެ އެވެކިޔުނު
ގޯތީގެ 1/2 އަޙްމަދު ޙަސަންގެ އަނބި ޚަދީޖާ ޢަލީއަށް ހިބައިން ދީފައިވާކަން އެނގެން އޮތްއިރު، އެގޯތީގެ
ދެން އޮތް 1/2 އަޙްމަދު ޙަސަންގެ ދޮންދަރި (އަޙްމަދު ޙަސަންގެ އަނބި ޚަދީޖާ ޢަލީގެ ދަރި) ޝާފިޢު
ސަޢީދަށް ހިބައިން ދީފައިވާކަން ހިންނަވަރު ކޯޓުގެ ނަންބަރު 88/G1C/01 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
.
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، ވާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.fnighcourt.gov.mv
4
2008/HC-A/270
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ނ) އިސްވެ އިޝާރާތް ކުރެވުނު ޅ. ހިންނަވަރު ކޯޓުގެ ނަންބަރު 80/G1C/102 ޤަޟިއްޔާ
އާއި އެކޯޓުގެ ނަންބަރު 88/G1C/01 ޤަޟިއްޔާގެ އާއި މި ދެޤަޟިއްޔާ އަދި މިހާތަނަށް އިސްތިއުނާފު
ކުރެވި، މިދެޤަޟިއްޔާގެ
ޔާގެ ޙުކުމަށް ބަދަލެއް އައިސްފާކަން އެނގެން ނެތްއިރު، މި ދެޤަޟިއްޔާގެ ޙުކުމް އޭގެ
ޞައްޙަ ކަމާއިއެކު ދެމިއޮތްކަމަށް ޝަރުޢީ ޤާނޫނީ ހަމަތަކުން ބަލަން ޖެހުމާއިއެކު، ޅ. ހިންނަވަރު
ބިލަމަގުމާގެ އެވެ ކިޔުނު ގޯއްޗާއި އެގޯތީގައިވާ ތަންތަނާއި ތަކެއްޗަކީ ޚަދީޖާ ޢަލީ އާއި ޝާފިޢު ސަޢީދުގެ
މިލްކު ތަންތަނާއި ތަކެތިކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން އެނގެއެވެ.
4 22
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް ރިޢާޔަތް ކުރުމުން، ޅ. ހިންނަވަރު ކޯޓުގެ ނަންބަރު
2008/G1C/21 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށް ކަމަށް
މިމައްސަލަ ބެލުމުގައި ބައިވެރި އެއްވެސް ފަނޑިޔާރަކަށް އެއްބަސްވެވިފައި ނުވާތީ، އެޤަޟިއްޔާގެ ޙުކުމަށް
ބަދަލު ގެންނަންޖެހޭކަން އެނގެއެވެ.
ޙުކުމް:
ދެންފަހެ
އިސްވެ ފާހަގަ ކުރެވުނު ނުކުތާ ތަކުގެ މައްޗަށް ރިޢާޔަތް ކުރާއިރު،
ޅ. ހިންނަވަރު
ބިލަމަގުމާގެ އެވެކިޔުނު ގޯއްޗަށް ފާދިއްޕޮޅު ހިންނަވަރު އޮފީހުން 11.08.1977 ގައި އަޙްމަދު ޙަސަންގެ
ނަމުގައި ރަޖިސްޓްރީ ހަދައިދީފައިވާކަން އެއޮފީހުގެ ނަންބަރު 2003
/
331/G1
-
B
/
G (5 ޖުލައި 2003)
ސިޓީން އެނގެން އޮންނާތީ އާއި، ހިންނަވަރު ކޯޓުގެ ނަންބަރު 80/G1C/102 ޤަޟިއްޔާއިން
ބިލަމަގުމާގެ އެވެކިޔުނު ގޯތީގެ 1/2 އަޙްމަދު ޙަސަންގެ އަނބި ޚަދީޖާ ޢަލީއަށް ހިބައިން ދީފައިވާކަން
އެނގެން އޮވެފައި، އެގޯތީގެ ދެން އޮތް 1/2 އަޙްމަދު ޙަސަންގެ ދޮންދަރި (އަޙްމަދު ޙަސަންގެ އަނބި
ޚަދީޖާ ޢަލީގެ ދަރި) ޝާފިޢު ސަޢީދަށް ހިބައިން ދީފައިވާކަން ހިންނަވަރު ކޯޓުގެ ނަންބަރު
88/G1C/01 ޤަޟިއްޔާއިން އެނގެން އޮންނާތީ އާއި، ހިންނަވަރު ކޯޓުގެ ނަންބަރު 80/G1C/102
އާއި އެކޯޓުގެ ނަންބަރު 88/G1C/01 ޤަޟިއްޔާ އާއި، މިދެޤަޟިއްޔާގެ ޙުކުމަށް ބަދަލެއް
ޤިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، ވާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.fnighcourt.gov.mv
5
2008/HC-A/270
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނައިސް، އޭގެ ޞައްޙަ ކަމާއިއެކު ދެމިއޮތަތީ، ހިންނަވަރު ކޯޓުގެ ނަންބަރު 2008/G1C/21
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފު ޙުކުމެއް ކަމަށް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ހުރިހާ ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނު ހިނދު، ޅ.
ހިންނަވަރު ކޯޓުގެ ނަންބަރު 2008/G1C/21 ޤަޟިއްޔާގެ ޙުކުމް ބާތިލުކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
.
އާދަމް މުޙައްމަދު ޢަބްދު
ފަނޑިޔާރު
އަޙްމަދު ޝަރީފް ޢަލީ
ފަނޑިޔާރު
ފަނޑިޔާރު
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، ވާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv