ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/48 ޤަޟިއްޔާގެ ޙުކުމް
1
2015/HC-A/48
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
1/2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ: 48/HC-A/2015
އިސްތިއުނާފުކުރި ފަރާތް:
* ނަން: އިލްހާމް ޝަކޫރު
*އައި.ޑީ ނަންބަރު: A114274
އެޑްރެސް: ރީލްމަންޒިލް ގއ.ވިލިނގިލި
0
އިސްތިއުނާފް ރައްދުވި ފަރާތްތައް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
*
ރަޖިސްޓްރީ ތާރީޚް: 17 ރަބީޢުލްއާޚިރު 1436
03 ފެބްރުއަރީ 2015
ނިމުނު ތާރީޚް: 21 ރަބީޢުލްއާޚިރު 1436
11 ފެބްރުއަރީ 2015
0
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: 2015
/
09/P2C
• ނެރުނު ކޯޓް: ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓް ކޯޓު
ޤަޟިއްޔާގެ ބާވަތް: ކޯޓް އަމުރު
މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު: ޢައްބާސް ޝަރީފް
0
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
'2
2015/HC-A/48
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
ދަޢުވާގެ ޚުލާޞާ
މިއީ، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015
/
09/P2C ކޯޓު
އަމުރު، އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެކޯޓު އަމުރު
އިސްތިއުނާފު ކުރުމަށް އެދި ރީލްމަންޒިލް ގއ.ވިލިނގިލި އިލްހާމް ޝަކޫރުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
ކަޑ
1. ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންތަ
ނަންބަރު 2015
/
09/P2C ކޯޓު
އަމުރު، އެކޯޓުން ނެރެފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
ފެބުނެ އެކޯޓު އަމުރު
އިސްތިއުނާފު ކުރުމަށް ރީލްމަންޒިލް( ގއ.ވިލިނގިލި އިލްހާމް ޝަކޫރުގެ ފަރާތުން ހުށަހަޅާފައިވެއެވެ.
2
8
9 ދވ
ބެހެއްޓުމަށް
2. ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015
/
09/P2C ކޯޓު
އަމުރަށް ބަލާއިރު އެކޯޓު އަމުރު ނެރެފައިވަނީ، 23 ޖަނަވަރީ 2015 ވަނަ ދުވަހުގެ 14:40 އިން 02
ފެބްރުއަރީ 2015 ވަނަ ދުވަހުގެ 14:40 އަށް ރީލްމަންޒިލް| ގއ.ވިލިނގިލި އިލްހާމް ޝަކޫރު ބަންދުގައި
ކުށްކަމަށާއި، މިގޮތަށް އިލްހާމް ޝަކޫރު ބަންދުގައި ބެހެއްޓުމަށް އަމުރު ކުރެއްވި ސަބަބަކީ،
"މީނާ ބަންދުން ދޫކޮށްލައިފިނަމަ ހެކިބަސްދޭން ތިބި މީހުންނަށް ނުފޫޒު ފޯރުވާފާނެކަމަށް ފެންނާތީއާއި، މީނާގެ
ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނާތީ" ކަމަށް މިއަމުރަށް ބެލުމުން
އެނގެން އޮވެއެވެ.
8552
އަމުރަކަށްވ
3. ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015
/
09/P2C ކޯޓު
އަމުރު ނެރެފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ ރީލްމަންޒިލް| ގއ.ވިލިނގިލި
އިލްހާމް ޝަކޫރުގެ ފަރާތުން ހުށަހަޅާފައިވަނީ އެއް ނުކުތާކަމާއި، އެއީ، އިލްހާމް ޝަކޫރު 10 ދުވަހުގެ
މުއްދަތަށް ބަންދުކޮށްފައި ބެހެއްޓުމަށް ކޮށްފައިވާ އަމުރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާ
ހައި29
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
3
2015/HC-A/48
ވަނަ މާއްދާއާއި 49 ވަނަ މާއްދާއާއި ޚިލާފަށް ކޮށްފައިވާ އަމުރެއްކަމުން އެއަމުރުގެ އިންސާފު
ގެއްލިފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ.
4. މިމައްސަލައާއި ގުޅިގެން ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2015
/
09/P2C ކޯޓު އަމުރު އިސްތިއުނާފް ކުރުމަށް ރީލްމަންޒިލް ގއ.ވިލިނގިލި އިލްހާމް ޝަކޫރުގެ
ފަރާތުން ހުށަހެޅި ނުކުތާއާއި، އެނުކުތާއާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
CCCC
(ހ) ފުރަތަމަކަމަކީ، އިސްތިއުނާފު މިކުރެވޭ ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2015
/
09/P2C ކޯޓު އަމުރަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު TD075326
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯމުން ގއ.ވިލިނގިލި، ރީލްމަންޒިލް އިލްހާމް ޝަކޫރު ބަންދުގައި
ބަހައްޓައިދިނުމަށް އެދި ހުށައެޅުމުން ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ނެރުއްވާފައިވާ
އަމުރެއްކަން އެނގޭކަމާއި، އިލްހާމް ޝަކޫރުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލައިގެ ބާވަތަކީ
"ވައްކަން"ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިޝާރާތްކުރެވުނު ފޯމުގައި ބަޔާންކޮށްފައިވާކަމާއި،
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015
/
09/P2C ކޯޓު އަމުރުގައި
ކަނޑައަޅާފައިވަނީ 23 ޖެނުއަރީ 2015 އިން ފެށިގެން މިނިސްޓްރީ އޮފް ހޯމް އެފެއާރޒްއިން ކަނޑައަޅާ
ތަނެއްގައި 10 ދުވަހުގެ މުއްދަތަށް އިލްހާމް ޝަކޫރު ބަންދުކޮށްފައި
އަދި މިގޮތަށް
ކަނޑައަޅަން ޖެހުނު ސަބަބަކީ އިލްހާމް ޝަކޫރު ދޫކޮށްލައިފިނަމަ ހެކިބަސްދޭން ތިބި މީހުންނަށް ނުފޫޒު
ފޯރުވާފާނެކަމަށް ފެންނާތީއާއި، މީނާގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް
ފެންނާތީ ކަމުގައި އެއަމުރުގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
2
4
2 ހއ ހއ
ބޮހެއްޓުމަށްކަމާއި
SCOX
(ނ) ދެވަނަކަމަކީ، ކުށެއްގެ ތުހުމަތުގައި ހުރިމީހަކު ބަންދުގެ މުއްދަތު އިތުރު ކޮށްދިނުމަށް އެދި
ހުށައަޅާ މައްސަލަތަކުގައި، ކުށުގެ ތުހުމަތުގައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު
ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުޤަގެ
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2015/HC-A/48
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 7
ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއި،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު،
އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް
ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ
ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް
ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް
ލިބިގެންވާކަން އެނގެން އޮންނަކަމާއި،
މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެދިފައިވާ ގޮތުގެމަތިން، އިލްހާމް ޝަކޫރު 10
(ދިހަ ދުވަހަށް ބަންދުކުރެއްވުމަށް ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން
އަމުރުކުރައްވާފައިވަނީ އޭނާގެ ތުހުމަތުކުރެވިފައިވާ ވައްކަންކުރުމުގެ މައްސަލާގައި އޭނާ
"ދޫކޮށްލައިފިނަމަ މައްސަލައިގެ ހެކި ފޮރުވަފާނެތީއާއި، މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެތީ" ކަން
އެނގޭކަމާއި، އެސަބަބުތަކަކީ، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު
ބަލަންޖެހޭ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ)
ގައި ބަޔާންކޮށްފައިވާ 5 ސަބަބުގެ ތެރޭގައި ހިމެނޭ ދެ ސަބަބުކަމެވެ.
މައްޗަށް
J
ދ 38
333
2
ބަންދުކުރުމުގައި،
24 633/32
ކުށުގެ
(ނ) ތިންވަނަކަމަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު
ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ
ނުރައްކާތެރިކަމަށާއި އެކުށް ތަޙުޤީޤުކުރުމުގައި ހުރި އުނދަގޫތަކަށާއި، ކުށުގެ ޠަބީޢަތަކާއި ހެކިތަކާކުޅެ
ހެކިތައް ނައްތާލުމުގެ ބިރު އޮތް މިންވަރެއް ފަނޑިޔާރު ވަޒަން ކުރަންޖެހޭނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގައި ބަޔާންކޮށްފައި އޮންނަ އޮތުމަށް ރިޢާޔަތްކުރާއިރު،
އިލްހާމް ޝަކޫރު ހައްޔަރުކޮށްފައިވަނީ 2015 ޖެނުއަރީ 21 ވަނަ ދުވަހުގެ 21:30 ހާއިރު ގއ.މާމެންދޫ
ސުނާމީ ސައިޓް އިން ގިނަ ޢަދަދެއްގެ ކަރަންޓު ސާމާނާއި، އެސައިޓްގައި ހުރި ގެހެދުމަށް ބޭނުންކުރާ ގިނަ
ޢަދަދެއްގެ އެހެނިހެން ސާމާނު ވަގަށް ނަގާފައިވާކަމަށް ކުރެވޭ ތުޙުމަތުގެމައްޗަށްކަން އެނގެން އޮތުމުންނާއި،
މިޙާދިސާ ހިނގާދިޔަކަމަށް ބުނާއިރު އިލްހާމް ޝަކޫރު ހުރި މަޤާމުގެ ގޮތުންނާއި، މިމައްސަލައާއި ގުޅިގެން
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
2015/HC-A/48
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެކޯޓަށް ހުށަހެޅި ހެކިތަކުން އިލްހާމް ޝަކޫރުގެ މައްޗަށް ކުށެއް
ކުރިކަމުގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހެޅިފައިވާކަން އެނގެން އޮތުމުންނާއި،
މިމައްސަލައިގައި ހުށަހެޅިފައިވާ ހެކީގެ ނިސްބަތަށާއި، ބާވަތަށާއި، އިލްހާމް ޝަކޫރު ބަންދުން ދޫކޮށްލެވުނު
ނަމަ އޭނާގެ ފުށުން ހެކިންނަށް ނުފޫޛު ފޯރުވެން އޮތް މިންވަރުގެ މައްޗަށް ބަލައި ވަޒަންކުރާއިރު،
މިމައްސަލައިގައި ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ނެރުއްވާފައިވާ އަމުރަށް ބަދަލެއް
ގެންނަންޖެހޭތަނެއް އޮތްކަމުގައި ނުފެންނަކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ މަޖިލީހަށް
8
2
8
6 4ހ ޑ
އެއްބަސްވެފޭކެމެވެ.
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް
ހުރުމާއެކު، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015
/
09/P2C ކޯޓުއަމުރު
އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، ގއ.ވިލިނގިލި
ރީލްމަންޒިލް އިލްހާމް ޝަކޫރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް
ބިނާކޮށް، އެއަމުރަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭފަދަ އެއްވެސް ސަބަބެއް ނެތްކަމަށް
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި،
އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv