ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/252 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A/22
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
-
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 252/HC
-
A/2014
އިސްތިއުނާފު ކުރިފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލު: -
* ދާއިމީ އެޑްރެސް:
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޙަސަން ޢަބްދުލްޣަފޫރު
އައިޑީ ކާޑު ނަންބަރު: A112633
* ދާއިމީ އެޑްރެސް: ގުލްފާމުގެ ނ. ކެނދިކުޅުދޫ
ސްޓްރީކުރެވުނު ތާރީޚް: 13 ޛުލްޤައިދާ 1435
8 ސެޕްޓެމްބަރ 2014
ނިމުނު ތާރީޚް: 21 ޛުލްޤަޢިދާ 1435
16 ސެޕްޓެމްބަރ 2014
ގ 3
334 *
އދ
އިސްތިގު ކުރެވުނު ކޯޓުއަމުރު ނަންބަރު: 2014/7941(J(MD-145
ޤަޟިއްޔާގެ ބާވަތް: ކޯޓުއަމުރު
ނިންމެވި ކޯޓް: ކްރިމިނަލް ކޯޓު
ހެޅުނު ތާރީޚް: 4 ސެޕްޓެމްބަރ 2014 ނިމުނު ތާރީޚް: 4 ސެޕްޓެމްބަރ 2014
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު
ޢައްބާސް ޝަރީފް، ފަނޑިޔާރު
އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2
ޤަޟިއްޔާ
2014/HC-A/22
ނިމުނު 1
يمر من *
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2014/7941(J
(
MD-145 ކޯޓުއަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫން ކަމަށްބުނެ އެ ކޯޓުއަމުރު އިސްތިއުނާފު
ކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ، ނ. ކެނދިކުޅުދޫގުލްފާމުގެ،
ޙަސަން ޢަބްދުލްޣަފޫރު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A112633) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2014/7941(JMD-145 ކޯޓުއަމުރަށް ބަލާއިރު،
ކޯޓުއަމުރަކީ، ނ. ކެނދިކުޅުދޫ/ ގުލްފާމުގެ، ޙަސަން ޢަބްދުލްޣަފޫރުގެ މައްޗަށް ތުހުމަތުކުރެވިފައިވާ،
ކުޑަކުއްޖަކާމެދު ގަދަކަމުން ޖިންސީގޯނާކުރުމުގެ ކުށުގެ މައްސަލާގައި އޭނާ މުޖްތަމަޢުގެ ތެރެއަށް
ދޫކޮށްލާފިނަމަ އެމައްސަލާގައި ހެކިބަސްދޭންހުރި މީހަކަށް ނުފޫޒު ފޯރުވައި، ހެކި ނައްތާލަފާނެކަމަށް
ފެނުތީއާއި، އޭނާގެ ސަބަބުން މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނާތީ،
ޙަސަން ޢަބްދުލްޣަފޫރުގެ ބަންދާމެދު ގޮތެއް ނިންމައިދިނުން އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅުމާގުޅިގެން، "މުޖްތަމަޢުގެ ސަލާމަތަށްޓަކައި" ކަމަށް ވިދާޅުވެ،
2014 އޮކްޓޫބަރު 4 ވަނަ ދުވަހުގެ 15:52 އިން ފެށިގެން 7 (ހަތެއް) ދުވަހުގެ މުއްދަތަށް، ނ.
ކެނދިކުޅުދޫ
ކަޅުދޫ/ގުލްފާމުގެ، ޙަސަން ޢަބްދުލްޣަފޫރު ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް، ކްރިމިނަލް ކޯޓުން
ނެރުއްވާފައި އޮންނަ އަމުރެއްކަން އެނގެއެވެ.
.ރާއްޖޭގެ
ބައިކޯޑު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471 *
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
¢ ¢.
2014/HC-A/22
و مری
3 ޤަޟިއްޔާ ނިމުނު ގޮ
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2014/7941(J
(
MD-145 ކޯޓުއަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނޫންކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުގެ ފަރާތުން އެއަމުރު އިސްތިއުނާފުކުރަމުން، އަންނަނިވި 2 (ދޭއް) ނުކުތާ ފާހަގަކޮށް،
އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަކީ؟
މ 04
4
ތުހުމަތުގެ
ކްރިމިނަލް ކޯޓުގެ ނަންބަރު 2014/7941(J
(
MD-145 ކޯޓު އަމުރުން
ނިންމަވާފައިވާ ނިންމެވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި،
.މަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާޢިދާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓުގެ 9 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ ޚިލާފަށް
ނިންމަވާފައިވާ ނިންމެވުމެއްކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
2018+
3. ކްރިމިނަލް ކޯޓުގެ ނަންބަރު
201417941(JMD-145 ކޯޓުއަމުރު
އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާއާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި މައްސަލާގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ
މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބެލިއިރު، މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ނު
-34.އެވެ
(ހ) ފުރަތަމަ ކަމަކީ، ކުށެއްގެ ތުހުމަތުގަ
މީހެއްގެ ބަންދާމެދު ގޮތެއް
ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 13316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ވާ، ދިވެހިރާއް
4
ޤަޟިއްޔާ ނިމުނު
4 43
=32
2014/HC-A/22
22 22
މާއްދީއާއި
ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 (ފަހެއް)
OLX
ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއި،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ
(ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ
ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު
ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް
ދައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި
ބެހެއްޓުމުގެ އަމުރެއް
ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން އޮންނަކަމާއި،
މިގޮތުން ބަލާއިރު، 2014 އޮކްޓޫބަރު 4 ވަނަ ދުވަހުގެ 15:52 އިން ފެށިގެން 7
(ހަތެއް) ދުވަހުގެ މުއްދަތަށް، ކެނދިކުޅުދޫ/ގުލްފާމުގެ، ޙަސަން ޢަބްދުލްޣަފޫރު ބަންދުކޮށްފައި
ބެހެއްޓުމަށް، ކްރިމިނަލް ކޯޓުން އަމުރުކުރައްވާފައިވަނީ، އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ
ކުޑަކުއްޖަކާމެދު ގަދަކަމުން ޖިންސީގޯނާ ކުރުމުގެ ކުށުގެ މައްސަލާގައި އޭނާ ބަންދުން ދޫކޮށްލައިފިނަމަ
އޭނާގެ ފަރާތުން މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ކްރިމިނަލް ކޯޓުގައި
މައްސަލަ ބެއްލެވި ފަނޑިޔާރަށް ޤަބޫލުކުރެއްވޭތީކަން އެނގޭކަމާއި، އެސަބަބަކީ، ކުށެއްގެ ތުހުމަތުގައިވާ
މީހެއްގެ
އެގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 (ފަހެއް) ސަބަބުގެ ތެރޭގައި
ހިމެނޭ ސަބަބެއްކަމެވެ.
ވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [1331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
5 ޤަޟިއްޔާ ނިމުނު 1
2014/HC-A/22
می هرکی
ދެވެ
ނަންބަރު
2013/HC-A/355
(ށ) ދެވަނަ ކަމަކީ، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު
ގޮތެއް ނިންމުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކުރެވޭ މީހާއަކީ މުޖްތަމަޢުގެ ސަލާމަތަށް
ނުރައްކާތެރިވެދާނެ މީހެއްކަމަށް ފަނޑިޔާރަށް ފެންނަ ޙާލަތްތަކުގައި އެމީހަކު ބަންދުކޮށްފައި ބަހައްޓާނެ
ތަނެއް ކަނޑައެޅުމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 260/HC
-
A/2012 ޤަޟިއްޔާއާއި
ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލަށް ބަލާއިރު، ކުށުގެ
ތުހުމަތުގައިވާ މީހެއްގެ ބަންދުގައި ބަހައްޓަންޖެހޭ ސަބަބަކީ އެމީހަކު ދޫކޮށްލައިފިނަމަ އެމީހެއްގެ ފަރާތުން
މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނުންކަމަށްވާނަމަ، އެމީހަކު
ބަންދުގައި ބަހައްޓަންޖެހޭނީ އެމީހެއްގެ ފަރާތުން މުޖްތަމަޢަށް ނުރައްކާތެރިކަމެއް ނުފޯރުވޭނޭފަދަ
ތަނެއްގައިކަމާއި، އަދި އެމީހަކު ބަންދުގައި ބަހައްޓާ ތަނަކީ އެމީހަކު ދިރިއުޅޭ ގެ ކަމަށްވުމަކީ އެމީހެއްގެ
ފަރާތުން މުޖްތަމަޢަށް ފޯރާފާނެ ނުރައްކާތެރިކަމެއް ނެތިކޮށްނުލެވޭނޭ ކަމެއްކަމަށް، މޯލްޑިވްސް ޕޮލިސް
ސަރވިސް އަށް ޤަބޫލުކުރެވޭ ޙާލަތްތަކުގައި އެމީހަކު ގޭގައި ބަންދުކޮށްފައި ބަހައްޓަން މަޖުބޫރުވާ ގޮތަށް
ކޯޓުތަކުން އަމުރު ނެރެގެން ނުވާނެކަމާއި، އެފަދަ ޙާލަތުތަކުގައި އެމީހަކު ބަންދުގައި ބަހައްޓާނެ ތަނެއް
ކަނޑައެޅުމުގެ އިޚްތިޔާރު ލިބިދޭންވާނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒަށްކަމާއި، އަދި މިދެންނެވުނު
މިންގަނޑަށް ލުޔެއް ދެވޭނީ ދިމާވެފައިވާ ޞިއްޙީ ޢުޛުރަކަށްޓަކައި، ނުވަތަ އިންސާނިއްޔަތަށްޓަކައިކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 102;HC
-
A;2014 ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާކަމާއި،
މިދެންނެވުނު ކަންކަމުގެ އަލީގައި އިސްތިއުނާފަށް ހުށަހެޅިފައިމިވާ ކްރިމިނަލް ކޯޓުގެ
ނަންބަރު 2014/7941(JMD-145 ކޯޓުއަމުރަށް ބަލާއިރު، އެކޯޓުއަމުރުގެ ދަށުން ޙަސަން
ޢަބްދުލްޣަފޫރު ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރައްވާފައިވަނީ، އޭނާ މުޖްތަމަޢުގެ
ތެރެއަށް ދޫކޮށްފިނަމަ އޭނާގެ ސަބަބުން މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް،
އެއަމުރު ނެރުއްވި ފަނޑިޔާރަށް ފެނިވަޑައިގަންނަވާތީކަން އެނގެން އޮތްއިރު، އެއަމުރުގައި އޭނާ
ބަންދުގައި ބެހެއްޓުމަށް އަމުރުކުރައްވާފައިވަނީ ގޭގައިކަމާއި، އަދި އެގޮތަށް އެކޯޓުން އަމުރުކުރައްވާފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުދީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 998316471، ދިވެހިންގެ
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ޤަޟިއްޔާ ނިމުނު
4 *3
3,
2014/HC-A/22
سے ان کی عمری
22
ސަބަބަކީ،
އާ
"ބަންދުގައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާތީ" ކަމަށް އެއަމުރުގައި
ބަޔާންކޮށްފައިވާކަމާއި، އަދި އެސަބަބަކީ، އިސްވެދެންވެފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
260/HC
-
A/2012 ޤަޟިއްޔާއާއި ނަންބަރު 355/HC
-
A/2013 ޤަޟިއްޔާގައި ކަނޑައަޅާފައިވާ
އުސޫލަށް ލުޔެއް ދެވޭނެ ޙާލަތްތައްކަމަށް، އިސްވެދެންނެވިފައިވާ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
102/HC
-
A/2014 ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާފަދަ ސަބަބެއްކަމަށް، މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ޤަބޫލުނުކުރެވޭކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ކްރިމިނަލް ކޯޓުގެ
ނަންބަރު 2014/7941(J
(
MD-145 ކޯޓުއަމުރުގައި، ކެނދިކުޅުދޫގުލްފާމުގެ، ޙަސަން
ޢަބްދުލްޣަފޫރު، 2014 އޮކްޓޫބަރު 4 ވަނަ ދުވަހުގެ 15:52 އިން ފެށިގެން 7 (ހަތެއް) ދުވަހުގެ
މުއްދަތަށް ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް އެކޯޓުން ކުރައްވާފައިވާ އަމުރަށް ބަދަލު ގެންނަޖެހޭކަމަށް
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އިއްތިފާޤު
0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 336471/st
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
7
ޟިއްޔާ ނިމުނު ގޮތު
کمر متمم مب
2014/HC-A/252
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2014/7941(JMD-145
ކޯޓުއަމުރުގައި، ކެނދިކުޅުދޫ/ ގުލްފާމުގެ، ޙަސަން ޢަބްދުލްޣަފޫރު، 2014 އޮކްޓޫބަރު 4 ވަނަ
ދުވަހުގެ 15:52 އިން ފެށިގެން 7 (ހަތެއް) ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ބަހައްޓަނީ އޭނާ
ދިރިއުޅޭ ގޭގައިކަމަށް ކަނޑައަޅުއްވާފައިވާ ބައި، މައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށް، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv