ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/82 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/22
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
9
ކޯޓު
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 82/HC-A/2012
އިސްތިއުނާފުކުރި ފަރާތް:
ނަން: މުޙައްމަދު ސަޢީދު
އައިޑީ ކާޑު ނަންބަރު: A045302
އެޑްރެސް: ފ.ކުދިމާވާދީ މާލެ
މިހާރުގެ އެޑްރެސް: ފ.ކުދިމާވާދީ މާލެ
0
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޤާސިމް އިބްރާހީމް
އެޑްރެސް: ހ.ޕޮއިންޓްވިލާ/މާލެ
އައިޑީ ކާޑު ނަންބަރު: A056001
*
މިހާރުގެ އެޑްރެސް: ހ.ޕޮއިންޓްހިޔާ/މާލެ
• ރަޖިސްޓްރީ ތާރީޚް: 26 ރަބީޢުލްއާޚިރު 1433
މާރޗް 2012
* ނިމުނު ތާރީޚް: 10 ޛުލްޤަޢިދާ 1433
26 ސެޕްޓެމްބަރ
19
2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/775
. ނިންމެވި ފަރާތް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
• ހުށަހެޅި ތާރީޚް: 24.06.2010
* ނިމުނު ތާރީޚް: 14.06.2011
0
ދިވެހިރާއްޖޭގެ
ހައިކޯޓް
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޔޫސުފް ޙުސައިން
ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
2012/HC-A/82
ދަޢުވާގެ ޚުލާޞާ:
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/775 ޤަޟިއްޔާ، އެކޯޓުން ނިންމެވީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ވ.ކުދިމާވާދީ/މާލެ މުޙައްމަދު ސަޢީދުގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ހ.ޕޮއިންޓްވިލާ/މާލެ ޤާސިމް އިބްރާހީމްއެވެ.
CCCO
0
(1
ފާހަގަކުރެވުނު ނުކުތާތައް:
އިސްތިއުނާފު ކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/775 ޤަޟިއްޔާގައި
ހ.ޕޮއިންޓްވިލާ (ހ.ޕޮއިންޓްހިޔާ) ޤާސިމް އިބްރާހީމް (ދ.ރ.ކާޑު ނަންބަރު A056001) އާއި
ޏ.ފުވައްމުލައް ރޭޝަމް (ޅ.ކުދިމާވާދީ) މުޙައްމަދު ސަޢީދު (ދ.ރ.ކާޑު ނަންބަރު A045302) އާދެމެދު
އަނގަބަހުން ވެވުނު އެއްބަސްވުމެއްގެ ދަށުން، ދެފަރާތުން ވިޔަފާރިއެއް ފެށުމަށްޓަކައި، ޤާސިމް އިބްރާހީމްގެ
ފަރާތުން މުޙައްމަދު ސަޢީދަށް ދީފައިވާ 15,000.00$US (ފަނަރަހާސް އެމެރިކާ ޑޮލަރު)، ދެފަރާތް
އެއްބަސްވެފައިވާ ގޮތުގެ މަތިން މިވިޔަފާރި މުޢާމަލާތް ކުރިއަށް ގެންގޮސްފައިނުވާތީ، މިފައިސާއާއި މިވިޔަފާރި
ހިންގުމަށް ހިފާފައިވާ ޢިމާރާތުގެ 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ކުއްޔަށްވާ -/3,500ރ. (ތިންހާސް
ފަސްސަތޭކަ ރުފިޔާ) ހޯދުމަށް ޤާސިމް އިބްރާހީމްގެ ފަރާތުން މުޙައްމަދު ސަޢީދުގެ މައްޗަށް ދަޢުވާކުރުމުން،
ސިވިލް ކޯޓުން ބެއްލެވި މައްސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ "... ހ.ޕޮއިންޓްވިލާ (ހ.ޕޮއިންޓް ހިޔާ) ޤާސިމް
އިބްރާހީމް (ދ.ރ.ކާޑު ނަންބަރު A056001) އާއި ޏ.ފުވައްމުލައް | މިސްކިތްމަގު، ރޭޝަމް (ޅ.ކުދިމާ ވާދީ)
މުޙައްމަދު ސަޢީދު (ދ.ރ.ކާޑު ނަންބަރު A045302) އާދެމެދު އަނގަބަހުން ވެވުނު އެއްބަސްވުމެއްގެ ދަށުން،
ދެފަރާތުން ވިޔަފާރިއެއް ފެށުމަށްޓަކައި، ޤާސިމް އިބްރާހީމްގެ ފަރާތުން މުޙައްމަދު ސަޢީދަށް ދީފައިވާ
US
$
15,000.00 (ފަނަރަހާސް އެމެރިކާ ޑޮލަރު)، ދެފަރާތް އެއްބަސްވެފައިވާ ގޮތުގެ މަތިން މިވިޔަފާރި
މުޢާމަލާތް ކުރިއަށް ގެންގޮސްފައިނުވާތީ، މިފައިސާއާއި މިވިޔަފާރި ހިންގުމަށް ހިފާފައިވާ ޢިމާރާތުގެ 2010 ވަނަ
އަހަރުގެ ޖެނުއަރީ މަހުގެ ކުއްޔަށްވާ -/3,500ރ. (ތިންހާސް ފަސްސަތޭކަ ރުފިޔާ) ހޯދުމަށް ޤާސިމް
ޖެހިރާއްޖޭގެ
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
2012/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
އިބްރާހީމްގެ ފަރާތުން މުޙައްމަދު ސަޢީދުގެ މައްޗަށް ކުޅަ ދަޢުވާއަށް ބަލައި ނަޒަރުކުރާއިރު، އެދަޢުވާއަށް
މުޙައްމަދު ސަޢީދުގެ ފަރާތުން އިންކާރުކުރާކަން އެނގޭހިނދު،
ޤަޟިއްޔާއާއި ގުޅިގެން ޝަރީޢަތަށް ޙާޟިރުކުރެވުނު ހެކިންގެ ބަހަށާއި، ދަޢުވާކުރާ ފަރާތާއި
ދަޢުވާލިބޭ ފަރާތުގެ ޝަރީޢަތުގެ މަޖިލިހަށް ހުށަހަޅާފައިވާ ބަޔާންތަކަށް ރިޢާޔަތްކުރާއިރު، ޤާސިމް އިބްރާހީމްގެ
ފަރާތުން މުޙައްމަދު ސަޢީދަށް 15,000.00 $US (ފަނަރަހާސް އެމެރިކާ ޑޮލަރު) ދީފައިވާކަން އެ ހުރިހާ
ފަރާތެއްގެ ބަހުން އެނގެން އޮތް ކަމާއި، އެފައިސާއަކީ އަނބުރާ ދައްކާގޮތަށް ދީފައިވާ ފައިސާއެއްކަން ހެކިންގެ
ތެރެއިން ބަޔަކު ބުނާކަމާއި، މުޙައްމަދު ސަޢީދަށް ޤާސިމް އިބްރާހީމްގެ ފަރާތުން ދީފައިވާ މި ފައިސާއަކީ ޤާސިމް
އިބްރާހީމްގެ ފިހާރައަށް މުދައު ގަންނަން ޚަރަދުކުރި ފައިސާކަމުގައި ޝަރީޢަތަށް ޘާބިތުކޮށްދިނުމަށްޓަކައި
މުޙައްމަދު ސަޢީދުގެ ފަރާތުން ހެކި ހުށަހަޅާފައި ނެތްކަމުން، ބަޔާންކުރެވުނު 15,000.00$US (ފަނަރަހާސް
އެމެރިކާ ޑޮލަރު) އަކީ ޤާސިމް އިބްރާހީމްގެ ފަރާތުން މުޙައްމަދު ސައީދުއަށް އަނބުރާދޭގޮތަށް ދީފައިވާ ފައިސާ
ކަމުގައި ބަލަންޖެހޭ ކަމަށާއި، މައިންބަފައިން ދަރިންނަށް ތަބައްރުޢު (gift) ކޮށްދޭ ތަކެތި ފިޔަވާ، އެހެން
މީހުން އެކަކު އަނެކަކަށްދޭ ފައިސާއާއި ތަކެއްޗަކީ ތަބައްރުޢު އެއްގެ ގޮތުގައި ދިން އެއްޗެއްކަން އެފައިސާއެއް
ނުވަތަ އެއްޗެއް ލިބިގަތް ފަރާތަކަށް ޘާބިތުކޮށް ނުދެވޭނަމަ، އެފަދަ ފައިސާ ނުވަތަ އެއްޗަކީ އަނބުރާ
ދައްކާގޮތަށް ދީފައިވާ އެއްޗެއް ކަމުގައި ޝަރުޢީ އުޞޫލުތަކުގެ ދަށުން ބަލަންޖެހޭތީ، މި 15,000.00$US
(ފަނަރަހާސް އެމެރިކާ ޑޮލަރު) އަކީ ޤާސިމް އިބްރާހީމްގެ ފަރާތުން މުޙައްމަދު ސަޢީދުއަށް އަނބުރާދޭގޮތަށް
ދީފައިވާ ފައިސާ ކަމުގައި މަދަނީ މިންގަނޑުތަކުން ޘާބިތުވާކަމުގައާއި،
coc
ދަޢުވާގައި ބަޔާންކޮށްފައިވާ ފިހާރައިގެ ކުއްޔަށްވާ ފައިސާއާއި ގުޅިގެން ދަޢުވާކުރާ ފަރާތުން
އަދި ދަޢުވާލިބޭ ފަރާތުން ޝަރީޢަތުގައި ވާހަކަ ދައްކާފައިވާހިނދު، އެމިންވަރަށްވާ ފައިސާ އެއީ ކުލީގެ ގޮތުގައި
ދައްކަންޖެހޭ އެއްޗެއްކަން ނުވަތަ ދައްކަންޖެހޭ އެއްޗެއް ނޫންކަން ޘާބިތުކުރުމުގެ ގޮތުން، ދަޢުވާކުރާ ފަރާތުން
އަދި ދަޢުވާލިބޭ ފަރާތުންވެސް ހެއްކާއި ޤަރީނާ ހުށަހަޅާފައި ނެތަތީ، ދަޢުވާގައި ހޯދުމަށް އެދި ހުށަހަޅާފައިވާ
-/3,500ރ. (ތިންހާސް ފަސްސަތޭކަ ރުފިޔާ) ގެ ކުލީގެ ފައިސާއަކީ މުޙައްމަދު ސަޢީދުގެ ފަރާތުން ޤާސިމް
އިބްރާހީމްއަށް ދައްކަންޖެހޭ ފައިސާއެއްކަން ޘާބިތުނުވާކަމުގައި ކަނޑައަޅައި،
ދިވެހިރާއްޖޭގެ
،ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/82
މުޙައްމަދު ސަޢީދުގެ ފަރާތުން ބަޔާންކުރެވުނު 15,000.00$US (ފަނަރަހާސް އެމެރިކާ
ޑޮލަރު) ޤާސިމް އިބްރާހީމް އަށް ރައްދުކުރުމުގެ ގޮތުން، 14 ޖޫން 2011 ދުވަހުން ފެށިގެން 03 (ތިނެއް)
މަސްދުވަހުގެ ތެރޭގައި، ކޮންމެ މަހަކުމެ، އެމީހަކަށް ޖެހޭ ޢަދަދަށް ވުރެ މަދުނޫން މިންވަރެއް، ސިވިލް ކޯޓަށް
ދައްކާ ޚަލާސްކުރުމަށް ޏ.ފުވައްމުލައް | މިސްކިތްމަގު، ރޭޝަމް (ޅ.ކުދިމާ ވާދީ) މުޙައްމަދު ސަޢީދު އަށް
އަންގައި" ޙުކުމްކުރައްވާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
(2
ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/775 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ވ.ކުދިމާވާދީ/މާލެ މުޙައްމަދު ސަޢީދުގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފު ކުރަމުން 04 (ހަތަރެއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާ
ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ހ.ޕޮއިންޓްވިލާ މާލެ ޤާސިމް އިބްރާހީމް އާއި ޏ.ފުވައްމުލައް
ރޭޝަމް (ޅ.ކުދިމާވާދީ) މުޙައްމަދު ސަޢީދުއާ ދެމީހުން ދެމެދު އެއްވެސް އިރެއްގައި އަނގަބަހުން އަދި އެނޫންވެސް
ގޮތަކަށް ދެމީހުން ޙިއްސާވާ ގޮތަށް ވިޔަފާރިއެއް ހިންގުމަށްޓަކައި އެއްބަސްވެފައިނުވާނެކަމަށް ބުނެ ހުށަހެޅި ނުކުތާ
u
ދެވަނަ ނުކުތާއަކީ، ކ.ވިލިނގިލީގައި ހުރި ޕޮއިންޓް ބިއުޓީ" ފިހާރައަކީ ޤާސިމް
އިބްރާހީމްގެ ނަމުގައި ހަދާފައިވާ ފިހާރައެއްކަމަށާއި މުޙައްމަދު ސަޢީދު އެތަނުގައި މަސައްކަތް ކުރީ
މުސާރަވެރިއެއްގެ ގޮތުގައިކަމަށް ބުނެ ހުށަހެޅި ނުކުތާ.
ތިންވަނަ ނުކުތާއަކީ، "ޕޮއިންޓް ބިއުޓީ" ފިހާރައިގެ ވިޔަފާރި ދަށްވެ، ޤާސިމް
އިބްރާހީމް ބުނެގެން ތަން ބަންދުކުރަން ޖެހުމަކީ މުޙައްމަދު ސަޢީދު އޭގެ ޒިންމާ އުފުލަންޖެހޭ ކަމެއްކަމުގައި
ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
212/HC-A/82
ހަތަރުވަނަ ނުކުތާއަކީ، ޤާސިމް އިބްރާހީމްގެ ފަރާތުން މިމައްސަލަ ސާބިތުކުރުމަށްޓަކައި
ހަމައެކަނި ހުށަހަޅާފައިވަނީ އޭނާގެ ގާތް އެކުވެރިންކަމަށް ބުނެ ހުށަހެޅި ނުކުތާ
މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/775 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު،
އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ހ) ފުރަތަމަ ކަމަކީ، ޤާސިމް އިބްރާހީމްގެ ފަރާތުން މިމައްސަލަ ސާބިތުކުރުމަށްޓަކައި ހަމައެކަނި
ހުށަހަޅާފައިވަނީ އޭނާގެ ގާތް އެކުވެރިންކަމަށް މުޙައްމަދު ސަޢީދުގެ ފަރާތުން ބުނެފައިވާކަމާއި،
އެގޮތުން، ޤާސިމް އިބްރާހީމްގެ ފަރާތުން ޝަރީޢަތަށް ޙާޟިރުކޮށްދެއްވުމަށް އެދި ހުށަހެޅި
ހެކިންގެ ތެރެއިން، އިބްރާހީމް ޢަބްދުއްރަޙްމާން ލ.މާމެންދޫ ދިލްކަޝްގެ އާއި ޢަލީ ނާޝިދު، މ.ލޯކަ އާއި އަޙްމަދު
ސަލީމް، ވ. ވަފާ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/775 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހަށް
ޙާޟިރުކުރެވުނުކަން އެނގޭކަމާއި،
މުޙައްމަދު ސަޢީދުގެ ފަރާތުންވެސް އަޙްމަދު ސަލީމް އިސްވެ ބުނެވުނު ޤަޟިއްޔާގެ ޝަރީޢަތުގެ
މަޖިލިހަށް ޙާޟިރުކޮށްދެއްވުމަށް އެދިފައިވާކަން މުޙައްމަދު ސަޢީދުގެ ބަދަލުގައި ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުވި
ޢަލީ ޝިހާމް 2 ފެބްރުއަރީ 2011 ގައި ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/775
ޝަރީޢަތުގެ މަޖިލިހަށް ދީފައިވާ ބަޔާނުން އެނގެން އޮންނަކަމާއި،
އެގޮތުން، އަޙްމަދު ސަލީމް އިސްވެ ބުނެވުނު ޤަޟިއްޔާގެ ޝަރީޢަތަށް ދީފައިވާ ހެކިބަހަށް
ރިޢާޔަތްކުރާއިރު، ޤާސިމް އިބްރާހީމްއާއި މުޙައްމަދު ސަޢީދުއާ ދެމެދު ވިޔަފާރީގެ މުޢާމަލާތެއް ހިނގާފައިވާކަން
މުޙައްމަދު ސަޢީދު އެފަދައިން އަޙްމަދު ސަލީމްގެ ގާތުގައި ބުނުމުން އެނގޭކަމަށާއި، މުޙައްމަދު ސަޢީދުއަށް
ޤާސިމް އިބްރާހީމް 15,000.00$US (ފަނަރަހާސް އެމެރިކާ ޑޮލަރު) އާއި -/100,000
(އެއްލައްކަ ރުފިޔާ) ދިން ވާހަކައާއި، ޤާސިމް އިބްރާހީމް ޚަރަދުކުރާ ގޮތަށް އަދި މުޙައްމަދު ސަޢީދު ފިހާރަ ހިންގާ
ގޮތަށް، ދެ ފަރާތުން ފައިދާ ބަހަން އެއްބަސްވެގެ ފިހާރައެއް ހުޅުވިކަމަށް ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
ޤަޟިއްޔާގެ
ސްވެގެން
ރާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
6
2012/HC-A/82
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
775/Cv-C/2010
ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/775 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހުގައި
މުޙައްމަދު ސަޢީދުގެ ފަރާތުންވެސް އަޙްމަދު ސަލީމް ހެއްކެއް ގޮތަށް ހުށަހެޅިކަމަށް މުޙައްމަދު ސަޢީދުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަން ފާހަގަކުރެވޭކަމާއި، އަދި އަޙްމަދު ސަލީމް
ޝަރީޢަތުގެ މަޖިލިހުގައި ހެކިބަސްދިނީ އިސްވެ ބުނެވުނު ގޮތަށްކަން މުޙައްމަދު ސަޢީދުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަންވެސް ފާހަގަކުރެވޭކަމާއި،
ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ޝަރީއަތުގެ މަޖިލިހަށް
ޙާޟިރުކުރެވުނު ވ.ލޯކަ ޢަލީ ނާޝިދު ބުނެފައިވަނީ، ޤާސިމް އިބްރާހީމްއާއި މުޙައްމަދު ސަޢީދުއާ ދެމެދު ވިޔަފާރި
ކުރާކަމަށާއި، މިގޮތުން، ހ.ރުވާމާގޭގައި ހުންނަ ފިހާރައަކާއި، ވ.ކަންދުގައި ހުންނަ ފިހާރައެއް ޤާސިމް
އިބްރާހީމްގެ ފަރާތުން މުޙައްމަދު ސަޢީދުއަށް ކުއްޔަށް ދީފައިވާކަން އެނގޭކަމަށާއި، އަދި 15,000.00$US
(ފަނަރަހާސް އެމެރިކާ ޑޮލަރު) އެއްގެ ވާހަކަ ދެކެވުނުކަމަށާއި، އެތަނުން އެ ފައިސާއަކީ ޤާސިމް އިބްރާހީމްއާއި
މުޙައްމަދު ސަޢީދު އެކުގައި ޅ. ކަންދުގައި ފިހާރަ ހިންގައި އެތަނަށް މުދާ ގެނެއުމަށްޓަކައި ޤާސިމް އިބްރާހީމްގެ
ފަރާތުން މުޙައްމަދު ސަޢީދުއަށް ދީފައިވާ ފައިސާކަން އެނގުނުކަމަށާއި، އެ ޑޮލަރުތަކާބެހޭ ގޮތުން ޤާސިމް
އިބްރާހީމްގެ ފަރާތުން މުޙައްމަދު ސަޢީދުއާ ސުވާލުކުރުމުން، އެފައިސާ ލިބިގަތްކަމަށާއި، އެ ފައިސާއިން މުދާ
ގެނައިކަމަށް މުޙައްމަދު ސަޢީދު އެއްބަސްވިކަމަށް ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
އަދި މި މައްސަލައިގައި ލ.މާމެންދޫ ދިލްކަޝްގެ އިބްރާހީމް ޢަބްދުއްރަޙްމާން ޝަރީޢަތުގެ
މަޖިލިހުގައި ބުނެފައިވަނީ ޤާސިމް އިބްރާހީމްއާއި މުޙައްމަދު ސަޢީދުއާ ދެމެދު ވިޔަފާރި މުޢާމަލާތެއް
ހިނގާފައިވާކަމަށާއި، ޤާސިމް އިބްރާހީމްއާއި މުޙައްމަދު ސަޢީދު ބައިވެރިވެގެން "ޕޮއިންޓް ބިއުޓީ" ހަދައި،
އެތަނަށް މުދާ ގެނެސް ވިޔަފާރި ކުރުމަށް ޤާސިމް އިބްރާހީމްގެ ފަރާތުން މުޙައްމަދު ސަޢީދަށް 15,000.00$US
(ފަނަރަހާސް އެމެރިކާ ޑޮލަރު) ދީފައިވާކަމުގައި އިބްރާހީމް އަބްދުއްރަޙްމާން ކައިރީގައި މުޙައްމަދު ސަޢީދު
ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/775 ޤަޟިއްޔާގައި ޤާސިމް އިބްރާހީމްގެ
ދަޢުވާގައި ޤާސިމް އިބްރާހީމްއާއި މުޙައްމަދު ސަޢީދުއާ ދެމެދު ވިޔަފާރި މުޢާމަލާތެއް ހިނގާފައިވާކަމާއި، ޤާސިމް
އިބްރާހީމް މުޙައްމަދު ސަޢީދަށް 15,000.00$US (ފަނަރަހާސް އެމެރިކާ ޑޮލަރު) ދިންކަން ހެކިންގެ ހެކިބަހުން
ސާބިތުވާކަން ފާހަގަކުރެވޭކަމާއި، އަދި މުޙައްމަދު ސަޢީދު މި ދަޢުވާއަށް އިންކާރުކޮށްފައިވީ ނަމަވެސް، މުޙައްމަދު
ދ8 7
8 ހ8 4
2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2012/HC-A/82
ސަޢީދުއާ ޤާސިމް އިބްރާހީމްއާ ދެމެދު ވިޔަފާރީގެ މުޢާމަލާތެއް ހިނގާފައިނުވާކަން މުޙައްމަދު ސަޢީދުއަށް
ސާބިތުކޮށްދެވިފައި ނުވާކަމާއި، މުޙައްމަދު ސަޢީދު ޤާސިމް އިބްރާޙިމްއަށް 15,000.00$US (ފަނަރަހާސް
އެމެރިކާ ޑޮލަރު) ދައްކަން ނުޖެހޭކަންވެސް ސާބިތުކޮށްދެވިފައިނުވާކަން އެނގޭކަމާއި، އަދި މުޙައްމަދު
ސަޢީދުއަށްވެސް ހެކި ހުށަހަޅަން ފުރުޞަތުދެއްވުމުން، މުޙައްމަދު ސަޢީދު ހުށަހެޅި ހެއްކެއް ކަމުގައިވާ އަޙްމަދު
ސަލީމްވެސް ހެކިބަސް ދީފައިވަނީ މުޙައްމަދު ސަޢީދުއާ ދެކޮޅަށްކަން އެނގޭކަމެވެ.
ށ) ދެވަނަ ކަމަކީ، މުޙައްމަދު ސަޢީދުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/775
ޤަޟިއްޔާ އިސްތިއުނާފު ކުރަމުން ހުށަހެޅި 1 ވަނަ ނުކުތާއާއި 2 ވަނަ ނުކުތާއާއި 3 ވަނަ ނުކުތާއަށް މި
މައްސަލަބެލި ފަނޑިޔާރުން ވިސްނައި ބެލިއިރު،
އިސްވެ ބުނެވުނު ނުކުތާތަކަކީ ޖުމްލަކޮށް ދަށު ކޯޓުގައި ދެކެވިފައިހުރި ވާހަކަތައް ތަކުރާރުވާ،
މައްސަލައިގެ ވަޤާއިއުތަކާ ނުކުތާތަކެއްކަން
ފާހަގަކުރެވޭކަމާއި،
ސިވިލް ކޯޓުގެ
ނަންބަރު
2010/Cv
-
C/775 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އެއްވެސް އުސޫލަކާ
ޚިލާފަށްކަން އަންގައިދޭ އެއްވެސް ޤާނޫނީ ބުރަދަންހުރި ނުކުތާއެއް ހުށަހަޅާފައި ނުވާތީ، އަދި ޤާނޫނު ނަންބަރު
22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގައި ބުނާފަދަ އެއްވެސް ޙާލަތެއް މުޙައްމަދު
ސަޢީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެއްކިފައި ނެތުމުން،
ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/775 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ ޤާނޫނީ
ނުވަތަ ޝަރުޢީ އުސޫލަކާ ޚިލާފަށްކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަން މި މައްސަލަ ބެލި ފަނޑިޔާރުންނަށް
ce O
ސެކްރެވަންކުމެފަ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/82
• ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަކަންކަން އެގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު
2010/Cv-C/775 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ވ.ކުދިމާވާދީ(މާލެ މުޙައްމަދު ސަޢީދުގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ހަމައެއް ނެތްކަމަށް
މި މައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، އެ ޤަޟިއްޔާގައި ސިވިލް
ކޯޓުން ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv