ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/195 ޤަޟިއްޔާގެ ޙުކުމް
1
2009/HC-A/195
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރ: 195/HC
-
A/2009
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ޙަސަން ޢަލިމަނިކު
އައިޑީ ކާޑު ނަންބަރ: A045423
*
ދާއިމީ އެޑްރެސް: ހ. ކާމިނީޕޫލް
މިހާރުގެ
އެޑްރެސް:
ކިނޮޅަސް
)
• އިސްތިއުނާފު ރައްދުވި ފަރާތް:
*
2
* ނަން: އަޙްމަދު ޖަނާޙް
އައިޑީ ކާޑު ނަންބަރ: A041615
ދާއިމީ އެޑްރެސް:
ވަލުމައިޒާންދޮށުގެ
މިހާރުގެ އެޑްރެސް: ހ. ސޯނަރީ
1430
• ރަޖިސްޓްރީކުރެވުނު ތާރީޚް:
15 ރަޖަބު
08 ޖުލައި 2009
ނިމުނު ތާރީޚް: 18 ރަބީޢުލްއައްވަލް 1431
04 މާރޗް
2010
* ނިންމެވިކްޓް: މަދަނީކޯޓް
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު:2009/MC/1135
• ޤަޟިއްޔާގެ ބާވަތް: ފައިސާހޯދުން
ހުށަހެޅުނުތާރީޚް: 2009-003-03
* ނިމުނު ތާރީޚް: 2009-06-07
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2009/HC-A/195
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/1135 ގެ ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތާމެދު ހިތްހަމަނުޖެހޭ ކަމަށްބުނެ ހ.ކާމިނީޕޫލް / ހ. ކިނޮޅަސް ޙަސަން ޢަލިމަނިކު އެޤަޟިއްޔާ
އިސްތިއުނާފްކޮށް ދެއްވުން އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
* ފާހަގަކުރެވުނު ނުކުތާތައް:
މިމައްސަލައާއި ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ
މައްޗަށާއި، މަދަނީ ކޯޓުގެ ނަންބަރު 2009/MC/1135 ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯރޓްގެ
މައްޗަށާއި، މިމައްސަލައާ ގުޅޭގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކާއި ބަޔާންތަކުގެ މައްޗަށް
ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ފުރަތަމަކަމަކީ މަދަނީ ކޯޓުގެ ނަންބަރު 2009/MC/1135 ގެ ޤަޟިއްޔާ ނިންމަވާފައިވާ
ގޮތާމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ ޙަސަން ޢަލިމަނިކުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްވެ
ބުނެވުނު ދެނުކުތާއަށް ބަލާއިރު، އެޤަޟިއްޔާގައި އަޙްމަދު ޖަނާޙަށް ޙަސަން އަލިމަނިކު ދެއްކުމަށް
ޙުކުމްކުރައްވާފައިވާ 30,000.00 $US (ތިރީސްހާސް) ޔޫ.އެސް ޑޮލަރަކީ އަޙްމަދު ޖަނާއަށް ޙަސަން
ޢަލިމަނިކު ދައްކަންޖެހޭ އަދި ދައްކަންޖެހިފައިވާ ފައިސާއެއް ކަމާމެދު ޙަސަން ޢަލިމަނިކު
ޙަސަން ޢަލިމަނިކު އިންކާރުނުކުރާކަމަށް
ޙަސަން އަލިމަނިކު ބުނާކަމާއި، އަދި އެފައިސާއަކީ އަޙްމަދު ޖަނާއަށް ޙަސަން ޢަލިމަނިކު ދައްކަންޖެހޭ
ފައިސާއެއްކަމަށް ހަސަން ޢަލިމަނިކު ޤަބޫލުކުރާ ފައިސާއެއްކަމާއި، މިގޮތުން ޙަސަން ޢަލިމަނިކު ބުނެވުނު
ޤަޟިއްޔާ އިސްތިއުނާފްކުރުމުގެ ބޭނުމަކީ އެޤަޟިއްގައި ޙަސަން ޢަލިމަނިކު، އަޙްމަދު ޖަނާއަށް ދެއްކުމަށް
ޙުކުމް ކުރައްވާފައިވާ ފައިސާ 07 ޖޫން 2009 ދުވަހުން ފެށިގެން 01 މަސްދުވަހުގެ ތެރޭގައި ދައްކާ
ޚަލާޞްކުރުމަށް އޮތްއޮތުމުގެ ބަދަލުގައި 06 މަސްދުވަހުގެ ތެރޭގައި މިފައިސާ ދެއްކޭނެގޮތެއް ހަމަޖެހިގެން
ދިޔުންކަމާއި، މިކަންކަން މިމައްސަލައާއި ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ޙަސަން ޢަލިމަނިކު
ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމެވެ.
ހ 2
0
0
• ދެވަނަކަމަކީ މަދަނީ ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ޙުކުމްގައިބުނާ 30,000.00
$US (ތިރީސްހާސް) ޔޫ.އެސް ޑޮލަރު ލިބެންޖެހޭ ފަރާތްކަމުގައި ބައްލަވާފައިވާ އަޙްމަދު ޖަނާޙް، ޙަސަން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
3
2009/HC-A/195
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޢަލިމަނިކު ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހަށް ހުށަހެޅި ހުށަހެޅުން ޤަބޫލުކޮށްފައި ނުވާކަން މިމައްސަލައާއި
ގުޅިގެން އަޙްމަދު ޖަނާހް ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހަށް ދީފައިވާ ބަޔާނުން އެނގެން އޮންނަކަމެވެ.
ތިންވަނަކަމަކީ މަދަނީ ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގައި ޙަސަން ޢަލިމަނިކު
އަޙްމަދު ޖަނާއަށް ދެއްކުމަށް ޙުކުމް ކުރައްވާފައިވާ 30,000.00 $US (ތިރީސްހާސް) ޔޫ.އެސް ޑޮލަރަކީ
އަޙްމަދު ޖަނާއަށް ޙަސަން ޢަލިމަނިކު ދައްކަންޖެހޭ ފައިސާއެއްކަން ޙަސަން ޢަލިމަނިކުގެ ފަރާތުން ހައިކޯޓުގެ
ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނައިރު، އަދި އަޙްމަދު ޖަނާޙް މަދަނީ ކޯޓުގެ އިސްވެ
އިޝާރާތްކުރެވުނު ޤާޟިއްޔާގައި ދަޢުވާކޮށްފައިވަނީ މިފައިސާ އެއްފަހަރާ ލިބިދިނުމަށްކަން އެޤަޟިއްޔާގެ
ރިޕޯރޓުން އެނގެން އޮންނައިރު، މިފައިސާ 06 މަސްދުވަހުގެ ތެރޭގައި ދެއްކުމަށް އެދި ޙަސަން ޢަލިމަނިކު،
ހައިކޯޓުގެ ޝަރީޢަތުގެ މަޖްލިސްއަށް ހުށަހެޅި ހުށަހެޅުން އަޙްމަދު ޖަނާޙް ޤަބޫލުކޮށްފައިނުވާތީ، އަޙްމަދު
ޖަނާއަށް ދެއްކުމަށް ޙުކުމްކުރައްވާފައިވާ ބުނެވުނު ފައިސާ ދެއްކުމަށް އެޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ
މުއްދަތަށް އަޙްމަދު ޖަނާހްގެ ނުރުހުމުގައި ޝަރީޢަތުގެ ފަރާތުން ބަދަލުގެނެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް
ނެތުމެވެ.
2 20
ހަތަރުވަނަކަމަކީ އިސްވެ ބަޔާންކުރެވުނު ކަންކަން މިބަޔާންކުރެވުނު ގޮތުގެމަތިން ހުރުމާއެކު
މަދަނީކޯޓުގެ އިސްވެ ޙަވާލާދެވުނު ޤާޟިއްޔާގައި ޙަސަން ޢަލިމަނިކު، އަޙްމަދު ޖަނާއަށް ދެއްކުމަށް ޙުކުމް
ކުރައްވާފައިވާ 30,000.00 $US (ތިރީސްހާސް) ޔޫ.އެސް ޑޮލަރު 07 ޖޫން 2009 ދުވަހުން ފެށިގެން 01
މަސްދުވަހުގެ ތެރޭގައި މަދަނީ ކޯޓަށް ދައްކައި ޚަލާޞްކުރުމަށް ޙަސަން ޢަލިމަނިކަށް އަންގަވައި ކުރައްވާފައިވާ
ޙުކުމާބެހޭ ބަޔަށް ބަދަލެއް
އޮތްކަމަކަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަބެލި
ފަނޑިޔާރުންނަށް ނުފެނުމެވެ.
02 22 22 2
ގެނެވޭނެނައެ
443
ޙުކުމް:
އިސްވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، ބަލާއިރު،
ވަލުމައިޒާންދޮށުގެ އަޙްމަދު ޖަނާއަށް ހ. ކާމިނީޕޫލްގޭ ޙަސަން ޢަލިމަނިކު ދައްކަންޖެހޭކަމަށް މަދަނީ ކޯޓުގެ
ނަންބަރު 2009/MC/1135 ގެ ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ 30,000.00 $US (ތިރީސްހާސް
ޔޫ.އެސް ޑޮލަރު) އަޙްމަދު ޖަނާއަށް ލިބިދިނުމަށްޓަކައި 07 ޖޫން 2009 ދުވަހުން ފެށިގެން 01 މަސްދުވަހުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
4
2009/HC-A/195
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ތެރޭގައި މަދަނީ ކޯޓަށް ދައްކައި ޚަލާޞްކުރުމަށް ޙަސަން ޢަލިމަނިކަށް އަންގަވައި، އެޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެނެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއްވިޔަސް އޮތްކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުންނަށް ނުފެނުނުހިނދު، އެޤަޟިއްޔާގައި ކުރައްވާފައިވާ މިޙުކުމާބެހޭ
ބަޔަށް ތާއީދުކޮށް މިމައްސަލަ ނިންމީއެވެ.
.ނޯޓް:
ހައިކޯޓުގެ މިޤަޟިއްޔާގައި ބެލެވިފައިވަނީ މަދަނީކޯޓުގެ ނަންބަރު 2009/MC/1135 ޤަޟިއްޔާ
ނިންމަވާފައިވާ ގޮތާމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ ޙަސަން ޢަލިމަނިކުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތައް
4ތ 0
22
އެކަންޏެވެ"
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
Cink
އާދަމް މުޙައްމަދު ޢަބްދު
(ފަނޑިޔާރު)
ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު)
ރާއްޖޭގެ ޒި
ފަނޑިޔާރު)
އެޢި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv