ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/105 ޤަޟިއްޔާގެ ޙުކުމް
1
2{11/HC-A/15
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 105/HC
-
A/2011
• އިސްތިއުނާފު ކުރިފަރާތް:
*ނަން: އަޙްމަދު އިސްމާޢީލް
އައިޑީ ކާޑު ނަންބަރު: A032678
"ވަކީލު: އޏ.އިބްރާހީމް ރިޝާ
އައިޑީ ކާޑު ނަންބަރު: A077768
* ދާއިމީ އެޑްރެސް: މއ.ހިންނަވަރު
*
*
މިހާރުގެ އެޑްރެސް: ގ.ކްރޭބްޓްރީ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލާ: އކ.ޖިހާދާ އަނީސް
043x ތ
16
2011
27 ނޮވެމްބަރ
2011
ރަޖިސްޓްރީކުރެވުނު ތާރީޚް: 13 ޖުމާދަލްއާޚިރާ 1432 * ނިމުނު ތާރީޚް: 02 މުޙައްރަމް 1433
މެއި
އިސްތިއުނާފުކުރެވުނު ޤަޟިއްޔާނަންބަރު: 2010/JC
/
2010
)
703
/
Cr
-
C/20)
• ނިންމެވި ކޯޓް: ކްރިމިނަލްކޯޓް (ޖިނާއީކޯޓް)
• ޤަޟިއްޔާގެ ބާވަތް: ރިޝްވަތު ލިބިގަތުމަށް އެދުން
ހުށަހެޅުނު ތާރީޚް: 09 ފެބްރުއަރީ 2010 ނިމުނު ތާރީޚް: 10 މާރޗް 2011
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު، ޢައްބާސް ޝަރީފު
*
ތިވެހިރާއްޖޭ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި| މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: [331647
އީމެއިލް: [email protected] ވެބް ސައިޓް: WWW
.
fighcourt.gov.mv
2
2{11/HC-A/15
ދައުވާގެ ޚުލާޞާ
60
703/Cr-C/2010
02
xއ ވ މހ ބ 2
އއ 3ތން ވާކަމަށްބުނެ،
ކްރިމިނަލްކޯޓުގެ ނަންބަރު
(2010/JC/320) ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
ބުނެ، އެނިންމުން އިސްތިއުނާފު
ކޮށްދިނުންއެދި އއ. ހިންނަވަރު އަހުމަދު އިސްމާޢީލް ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ މައްސަލައެކެވެ. މި ޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރޖެނެރަލްގެ
47993
* ފާހަ
އއނއ
- 01
ކްރިމިނަލްކޯޓުގެ ނަންބަރު 2010/JC
/
2010
)
703
/
Cr
-
C/320) ގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ މއ.ހިންނަވަރު އައްމަދު އިސްމާޢީލު، މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ކްރިމިނަލް އިންވެސްޓިގޭޓްޝަން ޑިޕާރޓްމަންޓުގެ ޑްރަގް އެންފޯސްމަންޓް ޔުނިޓްގައި
ކޮންސްޓަބަލްއެއްގެ މަގާމުގައި ހުރެ މީނާ ބަލަމުން ގެންދިޔަ މައްސަލައެއްގައި ހިމެނޭ މ.ޖެއިނާ މަބާޙު
ވަޙީދުގެ ފަރާތުން 02 އަންހެންކުދިން ހޯދައި ދިނުމަށާއި،މިކުދިންނަކީ ޢުމުރުން 16 އަހަރާއި 25
އަހަރާއި ދެމެދުގެ ކުދިންކަމުގައި ވާންޖެހޭނެކަމާއި، އެކުދިން މީނާ ބުނާ ގޮތަށް ބަދުއަޚުލާޤީ ޢަމަލާއި
ޖިންސީ ގުޅުން ހިންގާނެފަދަ ކުދިންނަށްވުމާއި މިކުދިން މީނާއާ އެކު 03 ރޭމަތިން ކޮންމެ ރެއަކު 20:00
އިން ފެށިގެން ދަންވަރު 01:00 އަށް ބަދުއަޚުލާޤީ ޢަމަލާއި ޖިންސީ ގުޅުން ހިންގަންވާނެ ކަމަށް
އިނގިރޭސި ބަހުން ލިޔެފައިވާ ހުށަހެޅުމެއް މަބާޙު ވަޙީދަށް ހުށަހަޅާފައިވާތީއާއި، މިކަންތައް މީނާއަށް
ފުރިހަމަ ކޮށްދީފިނަމަ މީނާ ބަލަމުން ގެންދާ މަބާޙުވަޙީދުގެ މައްސަލަ ފިޔަވަޅެއް ނާޅައި ދޫކޮށްލާނެ
ކަމަށްބުނެ، ރިޝްވަތު ލިބިގަތުމަށް އެދިފައިވާތީ، ޤާނޫނު ނަންބަރު 02/2000 (ކޮރަޕްޝަން ހުއްޓުވުމާ
މަނާކުރުމުގެ ޤާނޫނު) ގެ 02 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން
އަޙްމަދުއިސްމާޢީލްގެ މައްޗަށް ރިޝްވަތު ލިބިގަތުމަށް އެދުމުގެ ކުށުގެ ދަޢުވާ ކުރުމުންބެލުނު
މައްސަލައެއްކަން އެނގޭކަމާއި،
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި| މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: WWW.flighcourt.gov.mv
3
2011/HC-A/135
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ އަޙްމަދު އިސްމާޢީލުގެ މައްޗަށް ދައުލަތުން ކުޅަ
ރިޝްވަތު ލިބިގަތުމަށް އެދުމުގެ ކުށުގެ ދަޢުވާ ޝަރީޢަތުން ބެލިބެލުމުން، އަޙްމަދުއިސްމާޢީލު މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ކުރައިމް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓްގެ ޑްރަގް އެންފޯސްމަންޓް ޔުނިޓްގެ
ކޮންސްޓަބަލްއެއްގެ މަގާމުގައި ހުރެ، އަޙްމަދު އިސްމާޢީލު ބަލަމުން ގެންދިޔަ މަސްތުވާތަކެތީގެ
މައްސަލައެއްގައި ހިމެނޭ މާލެ/ މ.ޖެއިން މަބާޙު ވަޙީދުގެ ފަރާތުން އެއްވެސް ކަހަލަ މަންފާއެއް ލިބިގަތުމަށް
މަބާޙު ވަޙީދުގެ ގާތު އެދިފައިނުވާނެކަމަށް އަޙްމަދު އިސްމާޢީލު ޝަރީޢަތުގައި ބުނާއިރު، ޝަބާޙުވަޙީދުގެ
މައްޗަށް ތުހުމަތު ކުރެވުނު މަސްތުވާތަކެތީގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙުޤީޤު
ކުރަމުން ގެންދިޔައީ އަޙްމަދުއިސްމާޢީލު ކަން އަޙްމަދުއިސްމާޢީލުގެ ބަހުން އެނގޭކަމާއި، އަޙްމަދުއިސްމާޢީލު
ބުނެވިދިޔަ މައްސަލަ ބަލަމުން ދިޔަ ދުވަސްވަރު މަބާޙު ވަޙީދު ގާތު އަޙްމަދު އިސްމާޢީލު ބަދުއަޙުލާޤީ
ޢަމަލާއި، ޖިންސީ ގުޅުން ހިންގުމަށްޓަކައި 02 އަންހެން ކުދިން ހޯދައި ދިނުމަށާއި، އެކުދިން އަޙްމަދު
އިސްމާޢީލު ބުނާ ގޮތަށް 03 ރޭމަތިން ޖިންސީ ގުޅުން ހިންގައި ދީފިނަމަ މަބާޙުވަޙީދުގެ މައްޗަށް
ތުހުމަތުކުރެވުނު މަސްތުވާތަކެތީގެ މައްސަލާގައި ފިޔަވަޅެއް ނާޅައި މަބާޙުވަޙީދު ދޫކޮށްލާނެ ކަމަށް އަޙްމަދު
އިސްމާޢީލު ބުނެފައިވާކަން މަބާޙުވަޙީދުގެ ބަހުންނާއި، ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެންއޮތުމާއި،
އަޙްމަދުއިސްމާޢީލުގެ މޯބައިލު ފޯނުން މަބާޙު ވަޙީދަށް ފޮނުވާފައިވާ އެސް.އެމް. އެސްތަކުން، މަބާޙު ވަޙީދުގެ
ވާހަކަތަކަކީ ޙަޤީޤަތެއްކަން ޤަބޫލުކުރެވޭވަރުގެ ކަންތައްތަކެއް ހުރުމުން، މިއީ ގުޅިފައިވާ ޤަރީނާތަކެއްކަމުން،
މުބާޙުވަޙީދުގެ ބަހުންނާއި ހުށަހެޅިފައިވާ ޤަރީނާތަކުގެ މައްޗަށް ބިނާކޮށް، ޤާނޫނު ނަންބަރު 02/2000
ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 02 ވަނަ މާއްދާގެ (ހ) ގެ ދަށުން ރިޝްވަތު
ލިބިގަތުމަށް އެދުމުގެ ކުށުން އަޙްމަދުއިސްމާޢީލު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ
ގޮތުން ބުނެވިދިޔަ ޤާނޫނުގެ 02 ވަނަ މާއްދާގެ (ނ) ގެ ދަށުން މާލެ/ މއ. ހިންނަވަރު އަޙްމަދު
އިސްމާޢީލް 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ޙުކުމްކޮށް މައްސަލަ ނިންމީއެވެ."
މިފަދައިންނެވެ.
02- ކްރިމިނަލްކޯޓުގެ ނަންބަރު 2010/JC
/
2010
)
703
/
Cr
-
C/320) ޤަޟިއްޔާ ނިމިފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތް ނުވާކަމަށް ބުނެ އަޙުމަދު އިސްމާޢީލުގެ ފަރާތުން 06 (ހައެއް)
ވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި| މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 316471
އީމެއިލް: [email protected] ވެބް ސައިޓް: WWW
.
fighhcourt.gov.mv
4
2011}HC-A/105
ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، ދައުލަތުގެ ފަރާތުން އަޙްމަދު އިސްމާޢީލްގެ މައްޗަށް ކޮށްފައިވާ ދަޢުވާއަށް
އަޙްމަދުއިސްމާޢީލް އިންކާރު ކޮށްފައިވާއިރު އެދަޢުވާ ޘާބިތުވާ ކަމަށް ކަނޑައަޅުއްވާފައިވުން.
ދެވަނަ ނުކުތާއަކީ، ދައުލަތުގެ ފަރާތުން ހުށަހެޅި، އިނގިރޭސިބަހުން ލިޔެފައިވާ ލިޔުމަކީ މަބާޙު
ވަޙީދަށް އަޙްމަދު އިސްމާޢީލު ފޮނުވި ލިޔުމެއްކަމަށް ބައްލަވާފައިވުން.
• ތިންވަނަ ނުކުތާއަކީ، ޓެކްނޮލަޖީގެ ގޮތުން ކުރިއަރާފައިވާ ޒަމާނެއްގައި އެސް.އެމް.އެސްއަށް
ބައްލަވައިގެން މައްސަލަ ނިންމަވާފައިވުން.
• ހަތަރުވަނަ ނުކުތާއަކީ، މަބާޙު ވަޙީދަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ތަޙްޤީޤު ކުރެވިފައިވާ
މީހަކަށްވެފައި އަދި މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަން އޭނާ ފަރުވާ ހޯދިކަމަށް އޭނާ ބުނާ ބުނުމުން
އެނގޭއިރު އަދި މަސްތުވާތަކެތީގެ އެމައްސަލަ ބަލައި ތަޙްޤީޤް ކުރި ފަރާތަކީ އަޙްމަދުއިސްމާޢީލް
ކަމަށްވާއިރު އަޙްމަދު އިސްމާޢީލްއާ ދެކޮޅަށް މަބާޙުވަޙީދު ދޭ ހެކިބަހުގައި ޢަދުލުވެރިކަން ނުހުންނާނެކަން
އެނގޭއިރު އެކަމުގެ މައްޗަށް ބައްލަވާފައި ނުވުން.
0
ފަސްވަނަ ނުކުތާއަކީ، މަބާޙުވަޙީދު ތަޙްޤީޤުގައާއި ޝަރީޢަތުގައި ދެގޮތަށް ބުނެފައިވާއިރު
އެކަންކަމުގެ މައްޗަށް ބައްލަވާފައި ނުވުން.
• ހަވަނަ ނުކުތާއަކީ، ޤަބާޙުވަޙީދުގާތު އަޙްމަދު އިސްމާޢީލް ބަދުއަޙްލާޤީ ޢަމަލު ހިންގުމަށްޓަކައި
އަންހެންކުދިން ހޯދައިދިނުމަށް އެދިފައިވަނީ އަޙްމަދު އިސްމާޢީލް ބަލަމުންދިޔަ މަސްތުވާތަކެތީގެ މައްސަލަ
ބަލަމުން ދިޔަ ދުވަސްވަރު ކަމަށް ޙުކުމްގައި ބުނެފައިވާއިރު، ޝަރީޢަތުގެ މަޖިލީހުގައި މަބާޙުވަޙީދު
ބުނެފައިވަނީ އަޙްމަދު އިސްމާޢީލް އެކަމަށް ޕްރޮޕޯސްކުރީ އޭނާ ރީހެބަށް ގޮސްފައި އައިފަހުން ކަމަށް
ވުމާއެކު މިކަމުގައި ދެގޮތަށް ދެފަހަރު ބުނެފައިވުން.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި/ މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331621
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5
2{11/HC-A/15
02 - މިމައްސަލައާއި ގުޅިގެން ކްރިމިނަލްކޯޓުގެ ނަންބަރު
-JC
/
2010
)
703
/
Cr/320)
2010/C ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި އެޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު
ހިތްހަމަ ނުޖެހޭ ކަމަށްބުނެ އަޙުމަދު އިސްމާޢީލުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާއާ
ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަކަމަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އަޙުމަދުއިސްމާޢީލްގެ މައްޗަށް
ކުޅު ރިޝްވަތުލިބިގަތުމަށް އެދުމުގެ ކުށުގެ ދަޢުވާ ސާބިތުކުރުމުގެ ގޮތުން ދައުލަތުން ހުށައަޅާފައިވަނީ
އަޙުމަދު އިސްމާޢީލްގެ ފަރާތުން ރިޝްވަތު ލިބިގަތުމަށް އެދުނުކަމަށް ބުނާ މ. ޖެއިނާ މަބާޙުވަޙީދުގެ
ދެކިބަހާއި، ރިޝްވަތު ލިބިގަތުމަށް އެދި މަބާޙުވަޙީދަށް އަޙުމަދު އިސްމާޢީލްގެ ފަރާތުން ދީފައިވާކަމަށްބުނާ
ލިޔުމާއި، އަދި މަބާޙު ވަޙީދުގެ ފޯނުން ފެނިފައިވާ މިދެފަރާތުގެ ދެމެދުގައި ބަދަލުކުރެވިފައިވާކަމަށްބުނާ
އެސް އެމް އެސް ތައް ކަން އެނގޭކަން.
(ނ) ދެވަނަކަމަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށައަޅާފައިވާ އިސްވެ
އިޝާރާތްކުރެވުނު ހެކިތަކަށް ބަލާއިރު، މަބާޙުވަޙީދު ގެ ފަރާތުން ރިޝްވަތުލިބިގަތުމަށް އެދި އަޙުމަދު
އިސްމާޢީލް އިނގިރޭސި ބަހުން ލިޔެފައިވާ ގަނޑެއް ދިންކަމަށް ވަބާޙުވަޙީދު ބުނާ ބުނުމާއި، އަޙުމަދު
އިސްމާޢީލް ދިންކަމަށް މަބާޙުވަޙީދު ބުނާ ގަނޑާއި، މަބާޙުވަޙީދުގެ ފޯނުން ފެނިފައިވާ އެސް އެމް އެސް
އާއި މިއީ ހަމައެކަނި މަބާޙުވަޙީދު ފަރާތުން ލިބިފައިވާ ހެކިތަކަކާއި ޤަރީނާތަކެއްކަން އެނގެން އޮތް
އިރު،މަބާޙުވަޙީދަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ޙާޟިރުކުރެވި
ތަޙްޤީޤުކުރެވިފައިވާ ފަރާތެއްކަމާއި، އަދި މިމައްސަލަ ތަޙްޤީޤުކޮށްފައިވަނީ އަޙުމަދު އިސްމާޢީލް ކަމާއި، މި
ދެމީހުންނަކީ ކުޑައިރު ރަޙްމަތްތެރިކަން އޮތް ދެފަރާތްކަމާއި، މައްސަލަ އަޙުމަދު އިސްމާޢީލްގެ
ފަރާތުން ތަޙްޤީޤުކޮށް މަބާއުވަޙީދުއަށް އިތުރު ފަރުވާ ހޯދުމަށް ރިހެބަށް ދިޔުމުގެ ފުރުސަތު
ދެވިފައިވާކަމާއި، މި ތަޙްޤީޤު ކުރެވެމުން ދިޔައިރު މަބާޙުވަޙީދަށް އަޙުމަދު އިސްމާޢީލް އެއްވެސް
ލުޔެއްދީފައިނުވާތީއާއި، މަބާޙުވަޙީދު ތަޙްޤީޤްކުރުމަށްޓަކައި ބަންދުކޮށް ބަޔާންނުގައި އަދި އޭނާއަށް ޙައްޤުވާ
4 22
ތިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
6
2{11/HC-A/15
އަދަބުދިނުމަށް މަސައްކަތްކުރު
ކުރުމުން އެކަމުގެ ބަދަލު ހިފުމުގެ ގޮތުން މަބާޙުވަޙީދު ކިތަންމެ ބޮޑު ދޮގެއް
ހަދާފާނެ ކަމަށާއި، މަބާޙުވަޙީދުދޭ ހެކިބަހަކީ އަޙުމަދު އިސްމާޢީލް އާއި ދެކޮޅަށް ބޭނުންކުރެވޭނެ ހެއްކެއްގެ
ގޮތުގައި ޤަބޫލުކު
މިކުރެވިގެން ނުވާނެކަމަށް އަޙުމަދު އިސްމާޢީލް ދެކޭކަމަށް ބުނެ އަޙުމަދު އިސްމާޢީލްގެ
ފަރާތުން މި ދަޢްވާ އަށް އިންކާރުކޮށްފާވާކަން.
(ނ) ތިންވަނަކަމަކީ، މި މައްސަލަ ތަޙްޤީޤުކުރުމުގައި އަޙުމަދު އިސްމާޢީލްގެ ފޯނުވެސް
ބެލިފައިވާކަން ހަނދާންވާކަމުގައި މި މައްސަލަ ތަޙްޤީޤުކުރި ފަރާތުން ބުނެފައިވާއިރު، މި މައްސަލައިގެ
ހެއްކެއްގެ ގޮތުގައި އަޙުމަދު އިސްމާޢީލްގެ ފޯނުގެ ޑިޖިޓަލް އެވިޑެންސް އެނަލިސިސް ރިޕޯޓެއް
ހުށައަޅާފައިވާކަން އެނގެން ނެތުމުން އަޙުމަދު އިސްމާޢީލްގެ ފޯނުން މަބާޙު ވަޙީދަށް ފޮނުވިކަމަށް ބުނާ
އެސް އެމް އެސް ތައް އަޙުމަދު އިސްމާޢީލް ފޮނުވިކަން ޔަޤީންގޮތެއްގައި ކަށަވަރުވާން ނެތްކަމާއި، އަދި
އަޙުމަދު އިސްމާޢީލްގެ ފަރާތުން ދީފައިވާކަމަށް ބުނާ ލިޔުމަކީވެސް އަޙުމަދު އިސްމާޢީލް މަބާޙު ވަޙީދަށް
ދިން ލިޔުމެއް ކަމަށް މަބާޙު ވަޙީދު ބުނާ ބުނުން ފިޔަވާ މިކަމަށް ބާރު ލިއްބައިދޭ އިތުރުހެއްކެއް
ހުށައެޅިފައިނެތްކަމާއި، އިސްވެ އިޝާރާތްކުރެވުނު ހަމައެކަނި މަބާޙުވަޙީދު ބުނާ ބުނުމާއި ،މަބާޙުވަޙީދުގެ
ފަރާތުން ލިބުނު ޤަރީނާތަކުގެ އިތުރުން އިތުރު ހެއްކެއްވިޔަސް އަދި ޤަރީނާއެއްވިޔަސް މި މައްސަލައިގައި
ހުށައެޅިފައިވާކަން އެނގެން ނެތްކަން.
(ރ) ހަތަރުވަނަކަމަކީ، ޙަޤީޤަތެއް ސާބިތުވެއްޖެކަމަށް ޝަރީޢަތުން ބެލޭނީ އެކަމެއް ސާބިތުކުރުމަށް
ކަނޑައަޅާފައިވާ ހަމަތަކުގެ މަތިން އެކަމެއް ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ޤަބޫލުކުރެވިއްޖެ
ހިނދެއްގައިކަމަށާއި، މިގޮތުން ހެކި ވަޒަންކުރުމުގައި، ޤާނޫނު ނަންބަރު 24/76 (ހެއްކާއި ބެހޭ ޤާނޫނު)
ގެ 06 ވަނަ މާއްދާގައި، ބުއްދި ސަލާމަތުން ހުރިމީހަކު އެކަމެއް ހިނގާފައިވާކަމަށް ބަލައި، އެމައްޗަށް
ޢަމަލުކުރަންޖެހޭ ފަދަ މިންވަރަކަށް އެކަމެއް ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ބުރަވެވިއްޖެނަމަ
ކަމަށް އޮންނަ އޮތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި
އެމީހަކު ކުށެއް ކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭނަމަ
އެމީހަކީ ކުށެއް ނެތްމީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާ ކަމަށް އޮންނަ އޮތުމަށާއި، ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 34/SC-A/2011 ނަންބަރު ޤަޟިއްޔާގައި، ޖިނާއީ މައްސަލަތައް
ނިންމުމުގައި ޤާނޫނީ ޤާރީނާ ފިޔަވައި، ވަކިހެކިތަކަކަށް ނުވަތަ ދަލީލުތަކަކަށް ބުރަވުން ފަނޑިޔާރުންގެ
ހައިކޯ؟
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
7
2{11/HC-A/15
މައްޗަށް ލާޒިމްވެގެން ނުވާކަމަށާއި، ހުށަހެޅޭ ދަލީލުތަކުގެ ތެރެއިން ފަނޑިޔާރަށް ޤަބޫލުކުރެވޭ ދަލީލުތަކާއި
އެދަލީލުތަކުން ކުރެވޭ އިސްތިންޖާޖުތަކުގެ މައްޗަށް ބުރަވެހުރެ، ޔަޤީނާ ގާތްކުރާ މިންވަރަކަށް އިޤުތިޞާޢު
(convince) ވެގެން މެނުވީ ކުށެއް ސާބިތުވެއްޖެކަމަށް ޖިނާއީ މައްސަލައެއްގައި
ނުވާނެކަމަށް ބުނެފައިވާ މަބްދައަށް ރިޢާޔަތްކުރަން ޖެހޭކަން.
02 2x 222
ހ3ކށްގެން
(ބ) ފަސްވަނަކަމަކީ، މިމައްސަލައިގައި ކަންހިނގާފައިވާ ގޮތަށްބަލާއިރު، މަބާޙު ވަޙީދަކީ
މަސްތުވާތަކެތީގެ މައްސަލައެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ގެނެވި ތަޙްޤީޤުކޮށްފައިވާ
ފަރާތަކަށްވާއިރު، މި ތަޙްޤީޤުކޮށްފައިވަނީ އަޙުމަދު އިސްމާޢީލް ކަމަށްވެފައި، މި މައްސަލަ ތަޙްޤީޤުކުރަމުން
ދިޔައިރު އަޙުމަދު އިސްމާޢީލްގެ ފަރާތުން މިބާރުވަޙީދަށް އެއްވެސް ލުޔެއް ދީފައިވާކަން އެނގެންނެތުމުން
މިދެފަރާތުގެ ދެމެދުގައި ނުރުހުންތެރިކަމެއް އުފެދުމަކީ ވުން އެކަށީގެންވާ ކަމެއްބެލެވޭތީއާއި، އަދި މި
ޙާލަތުގައި މަބާޙުވަޙީދު ދޭހެކި ބަހަކީ ބަލިކަށި ހެކިބަހެއް ކަމުން ހަމައެކަނި މަބާޙުވަޙީދުގެ ހެކިބަހުގެ
މައްޗަށް ބިނާކޮށް މިމައްސަލައިގައި ކުށް ސާބިތުވާންޖެހޭ މިންވަރަށް ސާބިތުނުވާކަމާއި،
ޤަބާޙުވަޙީދު ބުނާ ބުނުމުގެ އިތުރުން، އަޙުމަދުއިސްމާޢީލް ރިޝްވަތު ލިބިގަތުމަށް އެދުނުކަމަށްބުނެ
ދައުލަތުން ހުށައެޅި ހެކިތަކަކީ މަބާޙު ވަޙީދުގެ ފޯނުން ފެނުނުކަމަށް ބުނާ ތަކެއްޗާއި، މަބާޙުވަޙީދުގެ އަތުން
ފެނުނު، އަޙްމަދު އިސްމާއީލް އޭނާއަށް ދީފައިވާކަމަށް ބުނާ ގަނޑެއް ކަމުގައިވެފައި، މަބާޙު ވަޙީދުގެ
ހެކިބަހަކީ، އިސްވެދެންނެވިފައިވާ ފަދައިން ބަލިކަށި ހެއްކެއްކަމުން، އަޙްމަދު އިސްމާޢީލްގެ މައްޗަށް މިށް
ސާބިތުވާނީ މަބާޙު ވަޙީދުގެ ފޯނުން ފެނުނުކަމަށް ބުނާ ތަކެއްޗާއި، މަބާޙުވަޙީދުގެ އަތުން ފެނުނު، އަޙްމަދު
އިސްމާޢީލް
އޭނާއަށް
ދީފައިވާކަމަށް ބުނާ ގަނޑަކީ އޭގެމައްޗަށް ބިނާކޮށް ޔަޤީނާ ގާތަށް، ނުވަތަ
އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް، އަޙްމަދު އިސްމާއީލްގެ މައްޗަށް ހުށަހެޅިފައިވާ ކުށް ސާބިތުވާނެ
ދެ ހެކިކަމަށްވާނަމަ ކަމާއި،
މިގޮތުން ބަލާއިރު، މަބާޙުވަޙީދުގެ ފޯނުން ފެނުނުކަމަށް ބުނާ ތަކެއްޗަކީ، އަޙްމަދު އިސްމާއީލްގެ
ފޯނުން މަބާޙު ވަޙީދަށް ފޮނުވާފައިވާ އެސް. އެމް. އެސް. ތަކެއްކަމަށް ދައުލަތުގެ ފަރާތުން
ބުނެފައިވާކަމާއި، މި އެސް.އެމް.އެސް. ތަކަކީ އަހްމަދު އިސްމާއީލް ފޮނުވާފައިވާ އެސް.އެމް.އެސް. ތަކެއް
ނޫންކަމަށް އަޙުމަދު އިސްމާޢީލް ބުނާއިރު، އެއީ ޙަޤީޤަތުގައިވެސް އަޙުމަދު އިސްމާޢީލްގެ ފޯނުން
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.flighcourt.gov.mv
8
2{11/HC-A/15
އެކުޏ
ފޮނުވާފައިވާ އެސް. އެމް.އެސް ތަކެއް ކަން ޔަޤީންކުރަންޖެހޭކަމާއި، ކަންކުރުމަށްޓަކައި އަޙްމަދު
އިސްމާއީލްގެ ފޯނުގެ ފޮރެންސިކް ތަޙުލީލުކުރެވި އޭގައި ވާ މަޢުލޫމާތު ބަލަންޖެހޭކަމާއި، އަދި
މިމައްސަލައިގެ ތަޙްޤީޤުގައި އަޙުމަދުއިސްމާޢީލްގެ ފޯނުވެސް ބެލިފައިވާކަން ހަނދާންވާކަމަށް މިމައްސަލަ
ތަޙްޤީޤުކުރާ ފަރާތުން ބުނެފައިވީނަމަވެސް، އަޙުމަދު އިސްމާޢީލްގެ ފޯނުން ފެނުނު އެއްވެސް ހެއްކެއް
ހުށައަޅާފައިވާކަން އެނގެން ނެތުމަކީ މިމައްސަލައިގައި އިތުރު ޝައްކުތަކެއް އުފައްދާކަމެއްކަމާއި،
04 04
އަޙުމަދުއިސްމާޢީލްގެ ފަރާތުން ރިޝްވަތު ލިބިގަތުމަށް އެދި އޭނާ ދީފައިވާކަމަށް ބުނާ
ލިޔުމާބެހޭގޮތުން ނަޒަރުކުރާއިރު، އެ ލިޔުމުގައިވާ ކަންކަމަކީ އެގޮތަށް ގަނޑެއްގައި ލިޔެ މީހަކަށް
ދިފާނެފަދަ ލިޔުމެއްކަމުގައި ޤަބޫލުކުރަން ދަތިކަމަކަށްވާއިރު، މިމައްސަލައިގެ ތަޙްޤީޤަށް އެ ގަނޑު ލިބުމުން
އެގަނޑަކީ އަޙްމަދު އިސްމާއީލް ދީފައިވާ ގަނޑެއްތޯ ކަށަވަރުކުރުމުގެ ގޮތުން، އެގަނޑުން ފިންގަރ
ޕްރިންޓު ނެގުންފަދަ އެއްވެސް ސައިންޓިފިކް ތަޙުލީލެއް ކުރެވިފައިވާކަން އެނގެން ނެތްކަމާއި، މިއީވެސް
މިމައްސަލައިގައި އިތުރު ޝައްކުތަކެއް އުފައްދާ ކަމެއްކަމާއި،
އެހެންކަމުން، އިސްވެދެންނެވިފައިވާ ކަންކަމުގެ މައްޗަށާއި މި މައްސަލައިގެ މުޅި ޙާދިސާއަށް
ނަޒަރުކުރާއިރު، އަޙުމަދުއިސްމާޢީލް ރިޝްވަތު ލިބިގަތުމަށް އެދުނުކަން ޔަޤީނާއި ގާތްކުރާ މިންވަރަށް
ސާބިތުވާކަމުގައި ބެލެވެން ނެތްކަމާއި، އިތުރުހެއްކާއި ޤަރީނާއާނުލައި މަބާޙުވަޙީދުގެ އަތުން ރިޝްވަތު
ލިބިގަތުމަށް އަޙުމަދު އިސްމާޢީލް އެދުނުކަން، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި
ބަޔާންކޮށްފައިވާ ގޮތުގެމަތިން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވާން
އޮތްކަމަކަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ޤަބޫލެއް ނުކުރެވެއެވެ.
• ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށްބެލުމުން، ޤާނޫނު ނަންބަރު
02/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 02 ވަނަ މާއްދާގެ (ހ) ގެ ދަށުން
ރިޝްވަތުލިބިގަތުމަށް އެދުމުގެ ކުށުން މއ. ހިންނަވަރު، އަޙުމަދު އިސްމާޢީލް ކުށްވެރިވާކަމަށާއި، އެކުށުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި| މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
9
2{11/HC-A/15
ޢުޤޫބާތެއްގެ ގޮތުން އަޙުމަދު އިސްމާޢީލް 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް
ކޯޓުގެ ނަންބަރު 2010/JC
/
2010
)
703
/
Cr
-
C/320) ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ބާޠިލުވެއްޖެ
ކަމަށް ކަނޑައަޅައި، މި މައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް
ކޮށްފީމެވެ.
ވިޤަޟިއްޔާ ބަލާ ނިޔާ ކަންޑައެޅީ
ޢަލީ ސަމީރު
ފަނޑިޔާރު)
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ފަނޑިޔާރު)
ޢައްބާސް ޝަރީފު
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW
.
fighcourt.gov.mv