ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/256 ޤަޟިއްޔާގެ ޙުކުމް
1
2{11/HC-A/256
ޤަޟިއްޔާ ނިމުނު ގޮތު
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
އެހެން
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 256/HC
-
A/2011
އިސްތިއުނާފު ކުރިފަރާތް:
* ނަން: މުހައްމަދު ޢަލީ
އައިޑީ ކާޑު ނަންބަރު: A227842
* ދާއިމީ އެޑްރެސް: އިރުމަތީގެހދ. ނައިވާދޫ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އިބްރާހީމް ތައުފީޤު
ނަންބަރު: A058201
..
ދާއިމީ އެޑްރެސް: ލ. އަރީކާ މާލެ
ރަޖިސްޓްރީކުރެވުނު ތާރީޚް: 05 ޛުލްޙިއްޖާ 1432
ނިމުނު ތާރީޚް: 25 ޛުލްޙިއްޖާ 1432
21 ނޮވެމްބަރު 2011
sxމްބަރު 2011
ނފަ2ތ #
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cv-C/1043
ޤަޟިއްޔާގެ ބާވަތް: ސާބިތު ދަރަނި
• ނިންމެވި ކޯޓް: ސިވިލް ކޯޓު
* ހުށަހެޅުން ތާރީޚް:
17 މެއި 2011
ނިމުނު ތާރީޚް: 9
*
ހ3
އކޓބރ
2011
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު
ޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު
އަޒްމިރާލްދާ ޒާހިރު
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2011/HC-A/25
ޤަޟިއްޔާ ނިމުނު ގޮތު
ޚުލާޞާ
30
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1043 ޤަޟިއްޔާ އެކޯޓުން
ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު
ކޮށްދިނުންއެދި މުޙައްމަދު ޢަލީ، އިރުމަތީގެ ހދ. ނައިވާދޫ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު
A227842) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ އިބްރާހީމް ތައުފީޤް މ.އަރީކާ!މާލެ (ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު A058201) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1043/Cv-C/2011
168/Cv-C/2010
9
04
rތ4
". އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު
(2009/MC/1872) ޤަޞިއްޔާއިން ސާބިތުވެ، އަރީކާޑްމާލެ، އިބްރާހީމް ތައުފީޤްއަށް
އިރުމަތީގެ (ހދ. ނައިވާދޫ މުޙައްމަދު ޢަލީ ދައްކަންޖެހޭ ފައިސާ، އެޤަޟިއްޔާގެ ޙުކުމާ
ނުދައްކާވާކަމަށް ބުނެ، މުޙައްމަދު ޢަލީގެ މައްޗަށް އިބްރާހީމް ތައުފީޤް ދަޢުވާކުރުމުން ސިވިލް ކޯޓުން
ބައްލަވައި ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ސިވިލް ކޯޓުގެ "ނަންބަރު
2010/MC
/
2009
)
168
/
Cv
-
C/1872) ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް، . އަރީކާ މާލެ، އިބްރާހީމް
ތަޢުފީޤާ (އައި. ޑީ. ކާޑު ނަންބަރު A058201) އަށް ހދ. ނައިވާދޫއިރުމަތީގެ، މުޙައްމަދު ޢަލީ
(އައި. ޑީ. ކާޑް ނަންބަރު A227842) ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާކަން މުޙައްމަދު ޢަލީގެ
އިޢުތިރާފުންނާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، މިއީ،
ބުނެވިދިޔަ ޤާޟިއްޔާގެ ޙުކުމާއި އެއްގޮތަށް ފައިސާ ނުދައްކައިގެން މުޙައްމަދު ޢަލީއާމެދު ފިޔަވަޅުއަޅާ
ފުރަތަމަ ފަހަރުކަމަށްވާތީ، "ރަހުނެއް ނުހިމެނޭ ސާބިތުދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީގޮތުގެ
ޤަވާޢިދު" ގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން ދަޢުވާލިބުނު މުޙައްމަދު ޢަލީ، 1 (އެކެއް) މަސްދުވަހުގެ
މުއްދަތަށް ގޭގައި ބަންދުކުރުމަށް ނަންބަރު 2010/MC
/
2009
)
168
/
Cv
-
C/1872)
2&.
05x077
އެކު ކޭން،
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2011}HC-A/256
00x82
ޤަޟިއްޔާގެ
و کرم
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޙުކުމާ
އަމަލުކުރުމަށް ދަޢުވާލިބުނު މުޙައްމަދު ޢަލީއަށް އަންގައި"
ތެގެމަތިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެގެން އޮންނަކަމެވެ.
2 2x4
ہی گر فکر
1043/Cv-C/2011
2&
2. ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ މުޙައްމަދު ޢަލީގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި 3 (ތިނެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެގު
ތަކާމެދު
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، ދަޢުވާކުރާ އިބްރާހީމް ތަޢުފީޤާއަށް މުޙައްމަދު ޢަލީ ދަރާފައި
ނެތްކަމާއި، އޭނާ ސިވިލް ކޯޓުގައި މުޙައްމަދު ޢަލީގެ މައްޗަށް ހުށަހަޅާފައިވާ، ސިވިލް ކޯޓުގެ ނަންބަރު
2010/MC
/
2009
)
168
/
Cv
-
C/1872) ޤަޟިއްޔާއަކީ އޭނާގެ އަމިއްލަ ނަމުގައި ހުށަހެޅޭނެ
މައްސަލައެއް ނޫންކަމާއި، މުޙައްމަދު ޢަލީއާއެކު ވިޔަފާރީގެ މުޢާމަލާތް ހިނގާފައިވަނީ، "ނޯމާ
އިންވެސްޓްމަންޓް" ކިޔާ ތަނަކުން ކަމާއި، މި މައްސަލަ ނިންމަވާފައިވަނީ މުޙައްމަދު ޢަލީގެ ޣައިރު
ހާޟިރުގައި ކަމަށްވާތީ، މި މައްސަލަ އިސްތިއުނާފުކުރުމަށްޓަކައި ފުރުޞަތެއް މުޙައްމަދު ޢަލީއަށް
ދިނުމަކުން ދަޢުވާކުރާ ފަރާތުގެ ޙައްޤަކަށް އުނިކަމެއް ނާންނާނެކަމާއި، މިމައްސަލަ އިސްތިއުނާފުކުރުމުގެ
ފުރުޞަތަށް ހައިކޯޓުގައި އެދިފައިވާތީ، އިސްތިއުނާފުކުރުމުގެ ފުރުޞަތަށް އެދުމުން، ދަޢުވާކުރާ ފަރާތުން
އެދުނު ގޮތަށް އެފުރުޞަތު މުޙައްމަދު ޢަލީއަށް ނުދެއްވައި މުޙައްމަދު ޢަލީގެ މުޅި ހައްޤު ގެއްލޭ ގޮތަށް
މުޙައްމަދު ޢަލީ ދަރަނިވެރިއަކަށް ހައްދަވައި، ދަރަނި ދައްކާފައި ނުވާކަމަށް ކަނޑައަޅުއްވައި 1 (އެކެއް)
މަސްދުވަހު ގޭގައި ބަންދުކުރުމަށް ޙުކުމް ކުރައްވައި މައްސަލަ ނިންމާފައިވާކަމަށްބުނެ ހުށަހަޅާފައިވާ
ނުކުތާއެވެ.
20
ދެވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1043 ޤަޟިއްޔާ
ނިންމާފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2009
)
168
/
Cv
-
C/1872) ޤަޟިއްޔާއިން
މުޙައްމަދު ޢަލީގެ މައްޗަށް ކަނޑައަޅުއްވާފައިވާ ދަރަނީގެ މައްސަލައިގައި، ދަރަނި އަދާކޮށްފައިވާކަމުގެ
ލިޔުންތައް ހުށަހެޅުމަށް ޝަރީޢަތުގެ މަޖިލީހުގައި އެދުމުން އެފުރުޞަތު ޝަރީޢަތުގެ ފަރާތުން މުޙައްމަދު
ޢަލީއަށް ނުދެއްވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ، މުޙައްމަދު ޢަލީ 3 (ތިނެއް) ދުވަސްމަތިން ޝަރީޢަތުގެ
މަޖިލީހުގައި ދެއްކި ވާހަކަތަކާއި، މުޙައްމަދު ޢަލީގެ ވަކީލު ޝަރީޢަތުގެ މަޖިލީހުގައި 1 (އެކެއް) ދުވަހު
ދެއްކި ވާހަކަތައް މަޙްޝަރު ނުކުރުމާއި، މ. އަރީކާ މާލެ، އިބްރާހީމް ތަޢުފީޤު އާއި މުޙައްމަދު ޢަލީއާ
3
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2011/HC-A/256
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދެމެދު ވިޔަފާރީގެ މުޢާމަލާތެއް ކޮށްފައި ނުވާނެކަމަށާއި، މުޙައްމަދު ޢަލީ މިމުޢާމަލާތް ކޮށްފައިވާނީ "ނޯމާ
އިންވެސްޓްމަންޓް" ކިޔާ ތަނަކާއެކު ކަމަށާއި، ނޭމާ އިންވެސްޓްމަންޓަށް މުޙައްމަދު ޢަލީ ދައްކަންޖެހޭ
އެއްވެސް ފައިސާއެއް ނުދައްކާ ނޯންނާނެކަމަށް ޝަރީޢަތުގައި ބުނެފައިވާއިރު،
ރިޢާޔަތްނުކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ހހހހ
މަށް
.3
ޚި
މައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1043
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަނާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން މުޙައްމަދު ޢަލީގެ
ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، އެވާހަކަތަކާ ގުޅިގެން މައްސަލަ
ރައްދުވާ އިބްރާހީމް ތައުފީޤްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ
ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، މި މައްސަލަ ބެލި ފަނޑިޔާރުންގެ
މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ކުގެ ތަށް "
24
(ހ) ފުރަތަމަ ކަމަކީ، ފަހުން ފައިސާ ދައްކާގޮތު އަރީކާ އިބްރާހީމް ތައުފީޤުގެ
އަތުން އިރުމަތީގެ/ހދ. ނައިވާދޫ މުޙައްމަދު ޢަލީ ގެންގޮސްފައިވާ މުދަލަށް ދައްކަންޖެހޭ ފައިސާގެ
ތެރެއިން 207,298
/
50ރ. (ދެލައްކަ ހަތްހާސް ދުއިސައްތަ ނުވަދިހަ އަށެއް ރުފިޔާ ފަންސާސް ލާރި)
އަކީ އިބްރާހީމް ތައުފީޤްއަށް މުޙައްމަދު ޢަލީ ދަންކަންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން
ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅުއްވައި، ފައިސާ އިބްރާހީމް ތައުފީޤުއަށް ލިބިދިނުމަށްޓަކައި 27
ފެބްރުއަރީ 2011 އިން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެމަހަކަށް ޖެހޭ
މިންވަރު ސިވިލް ކޯޓަށް ދައްކަމުންގޮސް އެމުއްދަތުގެ ތެރޭގައި 207,298
/
50ރ. (ދެލައްކަ ހަތްހާސް
ދުއިސައްތަ ނުވަދިހަ އަށެއް ރުފިޔާ ފަންސާސް ލާރި) ގެ މި ދަރަނި ޚަލާސްކުރުމަށް އިރުމަތީގެ ހދ.
ނައިވާދޫ މުޙައްމަދު ޢަލީއަށް އަންގައި، މުޙައްމަދު ޢަލީގެ ޣައިރު ޙާޟިރުގައި އޭނާގެ މައްޗަށް ޙުކުމް
ކުރައްވާފައިވާކަން ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2009
)
168
/
Cv
-
C/1872) ޤަޟިއްޔާއަށް
ބެލުމުން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވިފައިމިވާ މައްސަލަ
ނިންމަވާފައިވަނީ މުޙައްމަދު
ޣައިރު ޙާޟިރުގައި ކަމަށްވާތީ، މިމައްސަލަ
އިސްތިއުނާފުކުރުމަށްޓަކައި ފުރުޞަތެއް މުޙައްމަދު ޢަލީއަށް ދެއްވުމަކުން ދަޢުވާކުރާ ފަރާތުގެ ޙައްޤަކަށް
މިއުނިކަމެއް ނާންނާނެކަމާއި، މިމައްސަލަ އިސްތިއުނާފުކުރުމުގެ ފުރުޞަތަށް ހައިކޯޓުގައި އެދިފައިވާތީ،
2/
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2{11/HC-A/256
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އިސްތިއު
04 9,
މެޗެއް
02 294
އއޅ2
ސްތިއުނާފުކުރުމުގެ ފުރުޞަތަށް އެދުމުން، ދަޢުވާކުރާ ފަރާތުން އެދުނު ގޮތަށް އެފުރުޞަތު މުޙައްމަދު
ޢަލީއަށް ނުދެއްވައި މުޙައްމަދު ޢަލީގެ މުޅި ހައްޤު ގެއްލޭ ގޮތަށް މުޙައްމަދު ޢަލީ ދަރަނިވެރިއަކަށް
ހައްދަވައި، ދަރަނި ދައްކާފައި ނުވާކަމަށް ކަނޑައަޅުއްވައި 1 (އެކެއް) މަސްދުވަހު ގޭގައި ބަންދުކުރުމަށް
ޙުކުމްކުރައްވައި މައްސަލަ ނިންމާފައިވާކަމަށްބުނެ މުޙައްމަދު ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވާ ނުކުތާއަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، ޖިނާއީ މައްސަލަތަކުގައްޔާއި
މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓު އަމުރުތައް އިސްތިޢުނާފަށް ހުށަހެޅުމަކީ
މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށްވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ
މާއްދާއިން ލިބިދީފައިވާ ޙައްޤެއްކަމާއި، އެހެންނަމަވެސް، އިސްތިއުނާފުކުރުމުގެ ޙައްޤު ނުވަތަ ފުރުސަތު
މައްސަލައިގައި ހިމެނޭ ފަރާތަކަށް އޮތްކަމުގައި ވީނަމަވެސް، އެޙުކުމެއް ކުރި ކޯޓަކަށްވެރު މަތީ ކޯޓަކުން،
ޙުކުމެއް ބަދަލުނުކުރާހާ ހިނދަކު، ނުވަތަ އެޙުކުމެއް ތަންފީޒުކުރުން ފަސްކުރުމަށް
ނުނެރޭހާހިނދަކު، އެޙުކުމަކާ އެއްގޮތަށް ޢަމަލުކުރުމަކީ އެމައްސަލައެއްގައި ހިމެނޭ ހަސްމުންގެ މައްޗަށް
ލާޒިމުކަމެއްކަމަށާއި، އެހެންކަމުން، އެޙުކުމެއް ކުރި ކޯޓަކަށްވުރެ މަތީ ކޯޓަކުން އެޙުކުމެއް ބަދަލުނުކުރާހާ
ހިނދަކު، ނުވަތަ އެޙުކުމެއް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނުނެރޭހާ ހިނދަކު،
ތަންފީޒުނުކޮށްގެން ކޯޓަށް ހުށަހެޅިއްޖެނަމަ، އިތުރު ފުރުޞަތުތަކެއް ދިނުމަކާނުލައި، އެފަދަ
މައްސަލަތަކުގައި ޢަމަލުކުރުމަށް ޤަވާޢިދުން ކަނޑައެޅިފައިވާ ގޮތަކަށް ޢަމަލުކުރުމަކީ ކޯޓަށް ލިބިގެންވާ
ރެއްކަމާއި،
މިމައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ދަރަނި ސާބިތުވެފައިވާ،
ސްވެދެންނެވުނު ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2009
)
168
/
Cv
-
C/1872) ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ދިވެހިރާއްޖޭގެ ހައިކޯޓުން ނުވަތަ އެނޫން
ކޯޓަކުންވެސް މިހާތަނަށްވެސް ނެރެފައިނުވާކަމާއި، އެހެންކަމުން އެޙުކުމާ އެއްގޮތަށް މުޙައްމަދު ޢަލީ
ދައްކަންޖެހޭ ދަރަނި ދައްކާފައިނުވާނަމަ، "ރަހުނު ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލު
ކުރަންވީ ގޮތުގެ ޤަވާޢިދު ގައިވާ ގޮތުގެމަތިން މުޙައްމަދު ޢަލީއާމެދު ފިޔަވަޅުއެޅުމުގެ ބާރު ސިވިލް
ކޯޓަށް ލިބިގެންވާކަމެވެ.
ބ) ތިންވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1043 ޤަޟިއްޔާ
ނިންމާފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2009
)
168
/
Cv
-
C/1872) ޤަޟިއްޔާއިން
މުޙައްމަދު ޢަލީގެ މައްޗަށް ކަނޑައަޅާފައިވާ ދަރަނީގެ މައްސަލައިގައި، ދަރަނި އަދާކޮށްފައިވާކަމުގެ
ލިޔުންތައް ހުށަހެޅުމަށް ޝަރީޢަތުގެ މަޖިލީހުގައި އެދުމުން އެފުރުޞަތު ޝަރީޢަތުގެ ފަރާތުން މުޙައްމަދު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2{11/HC-A/256
168/Cv-C/2010
2 / 2
استر
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޢަލީއަށް ނުދެއްވާކަމަށްބުނެ މުޙައްމަދު ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ
ނުކުތާއަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު (2009/MC/1872)
ޤަޟިއްޔާއިން މުޙައްމަދު ޢަލީގެ މައްޗަށް ސާބިތުކޮށްފައިވާ ދަރަނީ
އަދާކޮށްފައިވާކަމަށް ބުނެ އެކަން ސާބިތުކުރުމަށްޓަކައި، އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު
2011/Cv
-
C/1043 ޤަޟިއްޔާގެ ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅަން މުޙައްމަދު
ޢަލީއަށް ފުރުޞަތު ނުލިބުނުކަމަށްބުނާ ލިޔެކިޔުންތަކަށް ބަލާއިރު، އެލިޔެކިޔުންތަކަކީ އިސްވެ ދެންނެވުނު
ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2009
)
168
/
Cv
-
C/1872) ޤަޟިއްޔާއިން މުޙައްމަދު ޢަލީގެ
މައްޗަށް ކުރައްވާފައިވާ
ޙުކުމާ އެއްގޮތަށް ސިވިލް ކޯޓަށް ފައިސާ ދައްކާފައިވާކަން ސާބިތުކޮށްގޭ
ލިޔެކިޔުންތަކެއް ނޫންކަމާއި،
އެހެންކަމުން
ސިވިލް
ކޯޓުގެ ނަންބަރު
2010/MC
/
2009
)
168
/
Cv
-
C/1872) ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމާ އެއްގޮތަށް
މުޙައްމަދު ޢަލީ ޢަމަލުނުކުރާކަމަށް ބުނެ، އެޙުކުމް ތަންފީޒުކުރުމަށްޓަކައި އިބްރާހީމް ތައުފީގުގެ ފަރާތުން
ސިވިލް ކޯޓަށް ހުށަހެޅުމުން އެކޯޓުން ބެއްލެވި އެކޯޓުގެ ނަންބަރު 2011/Cv
-
C/1043 ޤަޟިއްޔާގެ
ޝަރީޢަތުގެ މަރުޙަލާގައި އެލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުޞަތު ދިނުމަކީ ސިވިލް ކޯޓަށް ލާޒިމުކަމެއް
ނޫންކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، މުޙައްމަދު ޢަލީ 3 (ތިނެއް) ދުވަސްމަތިން ޝަރީޢަތުގެ
މަޖިލީހުގައި ދެއްކި ވާހަކަތަކާއި، މުޙައްމަދު ޢަލީގެ ވަކީލު ޝަރީޢަތުގެ މަޖިލީހުގައި 1 (އެކެއް) ދުވަހު
ދެއްކި ވާހަކަތައް މަޙްޝަރު ނުކުރުމާއި، އިބްރާހީމް ތަޢުފީޤާ އާއި މުޙައްމަދު ޢަލީއާ ދެމެދު ވިޔަފާރީގެ
މުޢާމަލާތެއް ކޮށްފައި ނުވާނެކަމަށާއި، މުޙައްމަދު ޢަލީ މިމުޢާމަލާތް ކޮށްފައިވާނީ "ނޯމާ
އިންވެސްޓްމަންޓް" ކިޔާ ތަނަކާއެކު ކަމަށާއި، ނޭމާ އިންވެސްޓްމަންޓަށް މުޙައްމަދު ޢަލީ ދައްކަންޖެހޭ
އެއްވެސް ފައިސާއެއް ނުދައްކާ ނޯންނާނެކަމަށް ސިވިލް ކޯޓުގެ ޝަރީޢަތުގައި ބުނެފައިވާއިރު، އެކަމަށް
ރިޢާޔަތްނުކޮށް މައްސަލަ ނިންމަވާފައިވާކަމަށްބުނެ މުޙައްމަދު ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވާ ނުކުތާއަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މުޙައްމަދު ޢަލީއާއި އޭނާގެ ޤާނޫނީ
ވަކީލުގެ ފަރާތުން ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގެ ތެރެއިން މަޙްޝަރު
ނުކުރައްވާކަމަށް ބުނެފައިވާ، އިސްވެ ދެންނެވިފައިވާ ވާހަކަތަކަކީ، ސިވިލް ކޯޓުގެ ނަންބަރު
2010/MC
/
2009
)
168
/
Cv
-
C/1872) ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމާ އެއްގޮތަށް
މުޙައްމަދު ޢަލީ ޢަމަލުނުކުރާކަމަށް ބުނެ، އެޙުކުމް ތަންފީޒުކުރުމަށްޓަކައި އިބްރާހީމް ތައުފީޤުގެ ފަރާތުން
ސިވިލް ކޯޓަށް ހުށަހެޅުމުން އެކޯޓުން ބެއްލެވި އެކޯޓުގެ ނަންބަރު 2011/Cv
-
C/1043 ޤަޟިއްޔާގެ
ދިވެހިރާއްa؟
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2011/HC-A/256
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޝަރީޢަތުގެ މަރުޙަލާގައި ދެއްކޭނެ ވާހަކަތަކެއްކަމަށް ޤަބޫލުނުކުރެވޭކަމާއި، އެވާހަކަތަކީ ސިވިލް ކޯޓުގެ
ނަންބަރު 2010/MC
/
2009
)
168
/
Cv
-
C/1872) ޤަޟިއްޔާގެ ޝަރީޢަތުގެ މަރުޙަލާގައި، ނުވަތަ
އެމަރުޙަލާގައި ފުރުޞަތު ލިބިފައިނުވާނަމަ އެޤަޟިއްޔާގެ އިސްތިއުނާފުގެ މަރުޙަލާގައި ދައްކަންޖެހޭ
ވާހަކަތަކެއްކަމާއި، އެހެންކަމުން އެވާހަކަތައް ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ޝަރީޢަތުގެ މަރުޙަލާގައި މަޙްޝަރުކުރުމަކީ ޝަރީޢަތުގެ މައްޗަށް ކޮންމެހެން ލާޒިމުކަމެއް
1043/Cv-C/2011
22 ތ ގ 2
4
ނޫންކަމެވެ"
OXO
• ފަސްވަނަ ކަމަކީ، ސާބިތު ދަރަނީގެ މައްސަލަތައް ޝަރީޢަތަށް ހުށަހެޅުމުން
ޢަމަލުކުރާނެ ގޮތް "ރަހުނު ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލު ކުރަންވީ ގޮތުގެ
ޤަވާޢިދު" ގައި ބަޔާންކޮށްފައިވާކަމާއި، މިގޮތުންބަލާއިރު، ޝަރީއަތަށް ސާބިތުވެފައިވާ ފައިސާއެއް،
ކަނޑައެޅިގެންވާ ޢަދަދައް ކަނޑައެޅިގެންވާ މުއްދަތުގައި ނުދައްކައިގެން ޝަރީޢަތަށް ހުށަހެޅު
ހެޅުމުން
އެކަންބަލާއިރު ޙުކުމާ އެއްގޮތަށް ޢަމަލުކޮށްފައިނުވާނަމަ، އުކުމަށް ނުކިޔަމަންތެރިވީކަމަށް ބަލައި، ސާބިތު
ދަރަންޏަށް ފައިސާ ނުދައްކައިގެން ހުށަހެޅޭ ފުރަތަމަ ފަހަރު ޙުކުމާ އެއްގޮތަށް ޢަމަލުކުރަން އެންގުމާއެކު،
ސާބިތު ދަރަންޏަށް ފައިސާ ނުދެއްކި ފަރާތް 1 (އެކެއް) މަސްދުވަހުގެ މުއްދަތަށް ގޭގައި
ބަންދުކުރެވޭނެކަމަށް އިސްވެދެންނެވުނު ޤަވާޢިދުގެ 2 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި،
މިމައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މުޙައްމަދު ޢަލީގެ މައްޗަށް
ދަރަންޏެއް ސާބިތުވެފައިވާކަމާއި، އަދި އެދަރަނި ސާބިތުކުރެވުނު ސިވިލް ކޯޓުގެ ނަންބަރު
(2009/MC/1872) ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވާ ގޮތުގެމަތިން
މުޙައްމަދު ޢަލީ އެފައިސާ ސިވިލް ކޯޓަށް ދައްކާފައިނުވާކަން، ދިވެހިރާއްޖޭގެ ހައިކޯޓުގައި މުޙައްމަދު ޢަލީ
ބަޔާނުގައި ބުނެފައިވާކަމާއި،
އަދި
ސިވިލް ކޯޓުގެ ނަންބަރު
2010/MC
/
2009
)
168
/
Cv
-
C/1872) ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމާ އެއްގޮތަށް
މުޙައްމަދު ޢަލީ ޢަމަލުނުކުރާކަމަށް ބުނެ، އެޙުކުމް ތަންފީޒުކުރުމަށްޓަކައި، އެފައިސާ ލިބެންޖެހޭކަމަށް
ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވާ އިބްރާހީމް ތައުފީޤުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާކަމާއި
އަދި، މިއީ މިސާބިތު ދަރަންޏަށް ފައިސާ ނުދައްކައިގެން މުޙައްމަދު ޢަލީގެ މައްސަލަ ހުށަހެޅުނު ފުރަތަމަ
ފަހަރުކަމާއި، އެހެންކަމުން މިޙާލަތުގައި މުޙައްމަދު ޢަލީގެ މައްޗަށް، އިސްވެދެންނެވުނު "ރަހުނު ނުހިމެނޭ
ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލު ކުރަންވީ ގޮތުގެ ޤަވާޢިދު" ގެ 2 ވަނަ މާއްދާގެ (ހ) ގައިވާ
ގޮތުގެމަތިން ފިޔަވަޅު އެޅުމުގެ ބާރު ސިވިލް ކޯޓަށް ލިބިގެންވާކަމެވެ.
168/Cv-C/2010
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 10471=
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2011/HC-A/256
ޤަޟިއްޔާ ނިމުނު ގޮތު
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2011/Cv
-
C/1043 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ބަދަލު ގެންނަންޖެހޭ ޙުކުމެއްކަމަށް
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ޤަބޫލުނުކުރެވެއެވެ.
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1043 ޤަޟިއްޔާގައި
އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް
ބަލާނެ ތަނެއް ނެތްކަމަށް، މި މައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޑިޔާރުންނަށް
އިއްތިފާޤުވެވިފައިވާތީ، ސިވިލް ކޯޓުގެ ނަންބަރު 2011;Cv
-
C:1043 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް
އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ex e 22
ޤަޟިއްޔާ ބަލާ ޙުކުމްކުރީ:
ޢައްބާސް ޝަރީފް
ފަނޑިޔާރު)
ޔޫސުފް ޙުސައިން
(ފަނޑިޔާރު)
އަޒްމިރާލްދާ ޒާހިރު
(ފަނޑިޔާރު)
އައިކޯއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv