ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/291 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A/291
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
14
رفع
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤާލއްޔާ ނަންބަރ: 291/HC
-
A/2014
• އިސްތިއުނާފުކުރި ފަރާތް
* ނަން: އަޙްމަދު ނާޞިރު މުޙައްމަދު
*އައިޑީ ކާޑް ނަންބަރު: A100492
* ދާއިމީ އެޑްރެސް: ލިލީމާގެ ހދ.ނޮޅިވަރަންފަރު
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
1436
• ރަޖިސްޓްރީ ތާރީޚް: 27 ޛުލްޙައްޖާ 1435
21 އޮކްޓޯބަރ 2014
' ނިމުނު ތާރީޚް: 04 ރަޖަބް
23 އޭޕްރީލް 2015
OLC
އެހިރާއްޖޭގެ ރި
9
ހައިކޯޓް
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު2014/VTR/14
ނިންމެވި ކޯޓް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
• މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު: ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2014/HC-A/291
• ދައުވާގެ ޚުލާޞާ
Ox
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2014/VTR/14 މައްސަލަ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ލިލީމާގެ
ހދ.ނޮޅިވަރަންފަރު އަޙްމަދު ނާޞިރު މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑެވެ.
• ފާހަގަކުރެވުނު ނުކު
ނުކުތާތައް:
01 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2014/VTR/14 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް
ބެލިއިރު، އެމައްސަލައަކީ، ހދ.ނޮޅިވަރަންފަރު ލިލީމާގެ، އަޙްމަދު ނާޞިރު މުޙައްމަދު، މޯލްޑިވްސް
އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޑިއުޓީ ފްރީގެ ސޭލްސް ސުޕަވައިޒަރގެ ވަޒީފާ އަދާކުރަމުންދަނިކޮށް
އެއްވެސް އެންގުމަކާނުލައި ކޮންޓްރެކްޓް ހަމަވެއްޖެކަމަށް ބުނެ ވަޒީފާއިން ވަކިކޮށް އަދި 2011 ވަނަ އަހަރުގެ
ޑިސެމްބަރުމަހު އެއްވެސް ސަބަބެއް ނާންގައި ބެކް އޮފީހަށް ބަދަލުކޮށް އެއްވެސް މަސައްކަތެއް ޙަވާލުނުކޮށް
ސޭލްސް ސުޕަވައިޒަރެއްގެ ގޮތުން ދޭން ހަމަޖެހިފައިވާ ޢިނާޔަތްތައް އުނިކޮށްފައިވާތީ، ވަޒީފާ އަނބުރާ
ހޯދުމަށާއި ވަޒީފާގައިހުރި މުއްދަތުގައި އުނިކުރި ޢިނާޔަތްތައް ލިބިދިނުމަށާއި، ޕްރޮފެޝަނާއި ދުރުގައި
ބަހައްޓާފައިވާތީވެ އެކަމުގެ ބަދަލު ހޯދުމަށާއި އަދި ނަފްސާނީ ގޮތުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދި
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް ރައްދުވާގޮތަށް ހުށަހެޅި މައްސަލައެއްކަން އެނގޭކަމާއި،
0
އެމައްސަލަ ނިންމަވާފައިވާ ގޮތަކީ "ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތާއި، މައްސަލަ ރައްދުވި
ފަރާތުން ހުށަހެޅި އެންމެހައި ލިޔެކިޔުންތަކަށާއި، ފާހަގަކުރި ކަންކަމުގެ މައްޗަށް ރިޢާޔަތްކުރާއިރު،
މިމައްސަލައަކީ، ލިލީމާގެ، ހދ.ނޮޅިވަރަންފަރު، އަޙްމަދު ނާޞިރު މުޙައްމަދު، (ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު A100492) 2012 ވަނަ އަހަރުގެ ޖެނުއަރީމަހު 1 ވަނަ ދުވަހުން ފެށިގެން
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޑިއުޓީފްނީގެ ސޭލްސް ސުޕަވައިޒަރެއްގެ ގެއެއްގައި
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
3
2014/HC-A/291
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
404
އަދާކުރަމުންދަނިކޮށް އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑާ
ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެއްޖެކަމަށްބުނެ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 2 ވަނަ
ދުވަހު ވަޒީފާއިން ވަކިކޮށްފައިވާކަމަށާއި 2011 ވަނައަހަރުގެ ޑިސެމްބަރުމަހު އެއްވެސް ސަބަބެއް ނަންގައި
ބެކްސް އޮފީހަށް ބަދަލުކޮށް އެއްވެސް މަސައްކަތެއް ޙަވާލުނުކޮށް އަދި މަޤާމަށްވެސް ބަދަލެއް ނުގެނެސް
ބަހައްޓާފައިވާކަމަށާއި އަދި މިމުއްދަތުގެ ތެރޭގައި ސޭލްސް ސުޕަވައިޒަރެއްގެ ގޮތުން އޭނާއަށް ލިބެންޖެހޭ
ޢިނާޔަތްތައް އުނިކޮށްފައިވާތީ، ވަޒީފާއިން ވަކިކުރިއިރު ހުރި ވަޒީފާ އަނބުރާ ހޯދުމަށާއި، ވަޒީފާގައި ހުރި
މުއްދަތުގައި އުނިކުރި ޢިނާޔަތްތައް ލިބިދިނުމަށާއި، ވަޒީފާއިން ވަކިކޮށްފައިވާތީ ލިބުނު ގެއްލުމުގެ ބަދަލު
ހޯދުމަށާއި، އަދި ނަފްސާނީގޮތުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި ހުށަހަޅާފައިވާ މިމައްސަލައިގައި
ކަންހިނގާފައިވާ ގޮތަށް ނަދަރުކުރާއިރު، މައްސަލަ ހުށަހެޅި އަޙްމަދު ނާޞިރު މުޙައްމަދު ވަޒީފާއިން
ވަކިކޮށްފައިވަނީ، މައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވި ފަރާތާ ދެމެދު ކުރެވިފައިވާ ވަޒީފާގެ
އެއްބަސްވުމުގެ މުއްދަތު 2014 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 1 ވަނަ ދުވަހު ހަމަވެފައިވާތީ، ޤާނޫނު
ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތީން ވަޒީފާގެ
އެއްބަސްވުމުގެ މުއްދަތު ނިމުމަކަށްއައިސްފައިވާކަން މައްސަލަ ރައްދުވި ފަރާތުން ސާބިތުކޮށްދީފައިވާތީ،
މައްސަލަ ހުށަހެޅި ފަރާތުގެ ވަޒީފާ ޢިއާދަކުރުމަށް އަންގާނެ ތަނެއް ނެތްކަމަށް މައްސަލަ ބެލި މަޖިލީހުގެ
މެންބަރުންގެ އިއްތިފާޤުން ކަނޑައަޅައި، މައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވި މޯލްޑިވްސް
އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑްއާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގައިވަނީ މޯލްޑިވްސް އެއަރޕޯރޓްސް
ކޮމްޕެނީ ލިމިޓެޑްއާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވަނީ މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑްގެ
ޑިއުޓީފްނީގެ ސޭލްސް ސުޕަވައިޒަރެއްގެ ވަޒީފާއަދާކުރަންކަމަށާއި، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން
ވަކިކުރިއިރު އަދާކުރަމުން އައިސްފައިވަނީ، ޑިއުޓީފާރީގެ ސޭލްސް ސުޕަވައިޒަރުންނަށް ދޭން ކަނޑައަޅާފައިވާ
ސޭލްސް އިންސެންޓިވް އެލަވަންސްގެ ތެރެއިން 2013 ވަނަ އަހަރުގެ ނޮވެމްބަރު އަދި ޑިސެމްބަރުމަހަށް
ނުލިބިވާ -/2,900 (ދެހާސް ނުވަސަތޭކަ) ރުފިޔާ މިއަދު، 13 އޯގަސްޓް 2014 އިން ފެށިގެން 10
ދިހައެއް) ދުވަހުގެ ތެރޭގައި މައްސަލަ ހުށަހެޅި އަޙްމަދު ނާޞިރު މުޙައްމަދުއަށް އެކީ އެއްފަހަރާ ދިނުމަށްފަހު
އެކަން 7 (ހަތެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް މައްސަލަ ރައްދުވި
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް އަންގާ އަމުރުކުރަމެވެ" '. މިފަދައިންނެވެ.
99
OLC
02
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2014/VTR/14 މައްސަލަ ނިމިފައިވާގޮތް ޝަރުޢީ
ޤާނޫނީ ހަމަތަކާ
ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެއީ
0x02
4341
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
4
2014/HC-A/291
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
6
ލިލީމާގެ ހދ.ނޮޅިވަރަންފަރު އަޙްމަދު ނާޞިރު މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވާ އެންމެ ނުކުތާއެއްކަމާއި،
އެނުކުތާއަކީ، އަޙްމަދު ނާޞިރު މުޙައްމަދާއި، މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑާ ދެމެދު ވަޒީފާގެ
ގުޅުން އޮތްގޮތުގެ
މައްޗަށް ރިޢާޔަތްކުރާއިރު، އަޙުމަދު ނާސިރު މުޙައްމަދަށް އެންމެ ފުރަތަމަ ވަޒީފާ
ދީފައިވަނީ، ޑިސެމްބަރު 2011 ގައި ކަމަށްވާއިރު، އަދި އަޙްމަދު ނާޞިރު މުޙައްމަދު ވަޒީފާއިން
ވަކިވެފައިވާކަމަށް މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ބުނެފައިވަނީ، 1 ޖެނުއަރީ 2014
ގައި ކަމަށްވާއިރު، ބުނެވެދިޔަ މުއްދަތަކީ، ދޭއް އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއް ކަމަށްވުމުން، އަޙްމަދު
ނާޞިރު މުޙައްމަދުގެ ވަޒީފާއަކީ ވަކި މުއްދަތެއް ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއް
ދުންކަމަށް
ވާއިރުވެސް، ޤާނޫނު ނަންބަރު 2/2008 ގެ 13 ވަނަ މާއްދާގެ (ބ) އާ ޙަވާލާދެއްވައި ވަޒީފާގެ
އެއްބަސްވުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލް
އިން ނިންމާފައިވާ ނިންމެވުން، ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ށ) އާއި ޚިލާފުވެފައިވާކަމަށް ބުނެ
ހުށަހެޅި ނުކުތާކަން އެނގޭކަމެވެ.
03 މިމައްސަލައާއި ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2014/VTR/14
މައްސަލަ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ލިލީމާގެ: ހދ.ނޮޅިވަރަންފަރު އަޙްމަދު
ނާޞިރު މުޙައްމަދުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާއަށާއި، އެނުކުތާއާއި ގުޅިގެން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަކަމަކީ، ހދ.ނޮޅިވަރަމްފަރު ލީމާގެ އަޙުމަދު ނާސިރު މުޙައްމަދުގެ ފަރާތުން
ވަޒީފާއާއިބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައަކީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޑިއުޓީ
ފްރީގެ ސޭލްސް ސުޕަވައިޒަރގެ ވަޒީފާ އަދާކުރަމުންދަނިކޮށް އެއްވެސް އެންގުމަކާނުލައި ކޮންޓްރެކްޓް
ހަމަވެއްޖެކަމަށް ބުނެ ވަޒީފާއިން ވަކިކޮށް އަދި 2011 ވަނަ އަހަރުގެ ޑިސެމްބަރުމަހު އެއްވެސް ސަބަބެއް
ނާންގައި ބެކް އޮފީހަށް ބަދަލުކޮށް އެއްވެސް މަސައްކަތެއް ޙަވާލުނުކޮށް ސޭލްސް ސުޕަވައިޒަރެއްގެ ގޮތުން ދޭން
ހަމަޖެހިފައިވާ ޢިނާޔަތްތައް އުނިކޮށްފައިވާކަމަށް ބުނެ އޭނާ އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ ހޯދުމަށާއި
ވަޒީފާގައިހުރި މުއްދަތުގައި އުނިކުރި ޢިނާޔަތްތައް ލިބިދިނުމަށާއި، ޕްރޮފެޝަނާއި ދުރުގައި ބަހައްޓާފައިވާތީވެ
މީހެއްގެ
އެކަމުގެ ބަދަލު ހޯދުމަށާއި އަދި ނަފްސާނީ ގޮތުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެ
ހައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2014/HC-A/291
22 22
އެނގޭ ކަމެވެ.
03 ބާވަތެއްގެ ވަޒީފާގެ އެއްބަސްވުމެއް އޮތުމަކީ ހުއްދަކަމެއްކަމުގައި ބަޔާންކޮށްފައިވާކަން އެންވާނޭ
މައްސަލައެއްކަން އެނގޭކަމާއި، ޤާނޫނުނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް ބަލާއިރު، މުވައްޒަފަކު
ވަޒީފާއިން ވަކިކުރެވޭނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން އެޤާނޫނުގެ 21 އަދި 28 ވަނަ މާއްދާއަށް
ބެލުމުން އެނގޭކަމާއި، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން، އެމުވައްޒަފަކު ހުށައަޅާ ޝަކުވާއެއް
ނުވަތަ ދަޢުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށް ދިނުމަކީ
ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި، އެހެނިހެން ޙާލަތްތަކުގައި
ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަން ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންވެގެން އޮންނަކަން
(ނ) ދެވަނަކަމަކީ، އަޙުމަދު ނާސިރު މުޙައްމަދަކީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ
ޑިއުޓީ ފްރީގެ ސޭލްސް ސުޕަވައިޒަރގެ ވަޒީފާ އަދާކުރަމުން ގޮސްފައިވާ ފަރާތެއްކަމާއި، އޭނާ އަދާކުރަމުންދިޔަ
ވަޒީފާއިން 1 ޖެނުއަރީ 2014 މިތާރީޚުގައި ވަކިކޮށްފައިވާކަމާއި، އަޙުމަދު ނާސިރު މުޙައްމަދު އަދާކުރަމުންދިޔަ
ވަޒީފާއިން އޭނާ ވަކިކޮށްފައިވާ ސަބަބެއްގެ ގޮތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން
ބުނެފައިވަނީ، އަޙުމަދު ނާސިރު މުޙައްމަދު އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ، އަޙުމަދު ނާސިރު
މުޙައްމަދާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި ދެމެދުވެފައިވާ އެއްބަސްވެވުނު ވަޒީފާގެ މުއްދަތު
މިއެއްބަސްވުމަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާގެ
(ޅ) ގެ ދަށުން ކުރެވިފައިވާ އެއްބަސްވުމަކަށްވާތީ، އެއެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެއެއްބަސްވުން
ނިމުމަކަށް އައިސްފައިވާކަމަށާއި، އަޙުމަދު ނާސިރު މުޙައްމަދު ވަޒީފާއިން ވަކިކޮށްފައިވަނީ އަޙުމަދު ނާސިރު
މުޙައްމަދަށް ދޭންޖެހޭ އެންމެހައި ފައިސާ ދިނުމަށް ފަހުގައިކަމަށެވެ.
(ނ) ތިންވަނަކަމަކީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް ބަލާއިރު، އެ
ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައި " މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އެ
ބާބުގައި ބަޔާންކޮށްފައިވާ މާއްދާތައް، ހުރިހާ ބާވަތެއްގެ ވަޒީފާގެ އެއްބަސްވުންތަކެއްގެ މައްޗަށް ހިންގޭނެ"
ކަމަށް އޮންނަކަމާއި، އަދި އެ މާއްދާގެ (ނ)ގެ 01، 02، 03 ގައި ވަޒީފާގެ އެއްބަސްވުންތަކުގެ ތެރެއިން
ހމަވުމުންކަމަށާއި،
.ޓް
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
6
2014/HC-A/291
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
އޮންނަކަމާއި، މި ގޮތުން ވަޒީފާގެ ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ އެއްބަސްވުމާއި، ވަޒީފާގެ ވަކި މުއްދަތެއް
ކަނޑައެޅިފައިވާ އެއްބަސްވުމާއި، ވަކި މަސައްކަތަކަށް ޚާއްސަ އެއްބަސްވުމެއް ވެވިދާނެކަމަށް އޮންނައިރު، މި
03 ބާވަތުގެ ވަޒީފާގެ އެއްބަސްވުންތަކުގައި ވެސް ވަޒީފާއިން ވަކިކުރުމަށް ނުވަތަ ވަޒީފާއިން ވަކިވުމަށް
ނޯޓިސް ދިނުމާއިގުޅޭ ގޮތުން ކަން ކުރަންޖެހޭ ގޮތުގައި ތަފާތު ތަކެއްވާކަމާއި، މި ގޮތުން
• 04 2
އެއެއެބ
24 2 2
ވަޒީފާގެ އެއްބަސްވުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައި ނުވާ ވަޒީފާގެ އެއްބަސްވުމެއްނަމަ
އްބަސްވުމުގައި ހިމެނޭ ދެފަރާތުން ކުރެ ކޮންމެ ފަރާތަކަށްވެސް، އެއްބަސްވުން ބާޠިލުކުރެވިދާނެކަމަށް
ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ރ) ގައި އޮންނައިރު، އެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި،
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައިވާ ޙާލަތްތަކުގައި މެނުވީ ވަކި މުއްދަތެއް ކަނޑައެޅިފައި ނުވާ
ވަޒީފާގެ އެއްބަސްވުމެއް ވަޒީފާދޭފަރާތަށް ބާޠިލުކުރެވޭނީ އެންމެ މަދުވެގެން ނޯޓިސް ދޭން ޖެހޭކަމަށް،
ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގެ 1، 2، 3 ގައި ބަޔާންކޮށްފައިވާ ނޯޓިސް ދިނުމަށް
ފަހުގައިކަމަށް އޮންނަކަމާއި،
ވަޒީފާގެ އެއްބަސްވުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމެއްނަމަ، ވަޒީފާއާބެހޭ
ޤާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގައިވާ ޙާލަތުގައި މެނުވީ، އެއްބަސްވުމުގެ މުއްދަތު ހަމަވާނެކަމަށް
ކަނޑައަޅާފައިވާ ތާރީޚުގައި އިތުރު ނޯޓިހެއް ދިނުމަކާއި ނުލައި، އެއެއްބަސްވުން ނިމުމަކަށް އަންނާނެކަމަށް
ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ބ) ގައި އޮންނަކަމާއި،
ވަޒީފާގެ އެއްބަސްވުމަކީ ވަކި މަސައްކަތަކަށް ޚާއްސަ ކޮށްފައިވާ ވަޒީފާގެ އެއްބަސްވުމެއްނަމަ،
އެމަސައްކަތެއް ނިމުމުން، އެއްވެސް ނޯޓިއް ދިނުމަކާނުލައި، ދެފަރާތުން ކުރެކޮންމެ ފަރާތަކަށްވެސް ވަޒީފާގެ
އެއްބަސްވުން ބާޠިލު ކުރެވިދާނެ ކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގައި
ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
(ނ) ހަތަރުވަނަކަމަކީ، އިސްތިއުނާފުމިކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލައިގައި
އިސްތިއުނާފުކުރާ އަޙުމަދު ނާސިރު މުޙައްމަދު އިސްތިއުނާފު ރައްދުވާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ
ލިމިޓެޑުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން މިދެފަރާތުގެ ދެމެދުގައި އުފެދިފައިވާ ޚިލާފުގެ މައިގަސްޑް
ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
2014/HC-A/291
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
LOX
04 ތ 33
4
އެއަ@29 ޖެ
ދިވެހިރާއްގެ ހައިކޯޓް
އަސްލަކީ، އަޙުމަދު ނާސިރު މުޙައްމަދާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި ދެމެދު އޮތް ވަޒީފާގެ
ބާވަތާއިމެދު އުފެދިފައިވާ ޚިލާފެއްކަން އެނގެން އޮންނަކަމާއި، މިގޮތުން އަޙުމަދު ނާސިރު
މުޙައްމަދާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި ދެމެދުއޮތް ވަޒީފާގެ ގުޅުމުގެ މައްޗަށް ބަލާއިރު،
އަޙުމަދު ނާސިރު މުޙައްމަދަށް އެންމެ ފުރަތަމަ ވަޒީފާދީފައިވަނީ 11 ޑިސެމްބަރ 2011 ގައި ކަމަށާއި، އަދި
އަޙުމަދު ނާސިރު މުޙައްމަދު ވަޒީފާއިން ވަކިވެފައިވަނީ 01 ޖެނުއަރީ 2014 ގައި ކަމަށްވާއިރު، އެމުއްދަތަކީ
02 (ދޭއް) އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށްވުމުން، އަޙުމަދު ނާސިރު މުޙައްމަދުގެ ވަޒީފާއަކީ ވަކި
މުއްދަތެއް ކަނޑައެޅިފައިނުވާ އެއްބަސްވުމެއްކަމަށް ބަލަންޖެހޭނެކަމަށް އަޙުމަދު ނާސިރު މުޙައްމަދުގެ ފަރާތުން
ބުނާއިރު،
އަޙުމަދު ނާސިރަކީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 01 ވަނަ ދުވަހުން ފެށިގެން
ޖީ.އެމް.އާރު މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް
ކުރަމުންދަނިކޮށް މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގުން މޯލްޑިވްސް އެއަރޕޯރޓް ކޮމްޕެނީ ލިމިޓެޑަށް
ބަދަލުވުމުން، އެކުންފުންޏަށް ބަދަލުކުރެވިފައިވާ މުވައްޒަފެއްކަމަށާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ
ލިމިޓެޑާއި ދެމެދު ވެފައިވާ އެއްބަސްވުމުގައި ވަޒީފާއަދާކުރަން ފަށާފައިވަނީ 2012 ޖެނުއަރީ 1 ވަނަ
ދުވަހުގައިކަމަށް ބަޔާންކޮށްފައިވާކަމަށާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި އަޙުމަދު ނާސިރު
މުޙައްމަދާއި ދެމެދު 2012 ވަނަ އަހަރުގެ ޑިސެމްބަރމަހުގެ 8 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމަކީ، 2012
ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން 2 އަހަރު ދުވަހުގެ އެއްބަސްވުމެއްކަމަށާއި، އެއެއްބަސްވުން ހަމަވުމުގެ
ކުރިން 2013 ވަނަ އަހަރު ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހުގެ ތާރީޚުގައި 2014 ވަނަ އަހަރުގެ ޖެނުއަރީ
މަހުގެ 1 ވަނަ ދުވަހު ވަޒީފާއިން ވަކިކުރެވޭނެކަން ބަޔާންކޮށް އަޙުމަދު ނާސިރު މުޙައްމަދަށް ސިޓީ
ތައްޔާރުކުރެވުނު ކަމަށާއި، 10 ޑިސެމްބަރ 2013 ވަނަ ދުވަހުން ފެށިގެން 01 ޖެނުއަރީ 2014 ވަނަ
ދުވަހުގެ ނިޔަލަށް އަޙުމަދު ނާސިރު ޗުއްޓީގައި ހުރުމުން، 2014 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ރަސްމީ
މަސައްކަތު ފުރަތަމަ ދުވަސްކަމަށްވާ 05 ޖެނުއަރީ 2014 ވަނަ ދުވަހު އެސިޓީ ޙަވާލުކުރުމުން އެސިޓީއާއި
އަޙުމަދު ނާސިރު މުޙައްމަދު ޙަވާލުނުވާނެކަމަށް ބުނުމުން އެސިޓީ 2 ހެކިންގެ ޙާޟިރުގައި އަޙުމަދު ނާސިރު
މުޙައްމަދަށް އިއްވައި ސޮއިކޮށްފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނެފައިވާކަން
އެނގޭކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2014/HC-A/291
2
22
xތތ
ہر فورم کویر
ރިޢާޔަތްކޮށް އަޙުމަދު ނާސިރު މުޙައްވަން
(ބ) ފަސްވަނަކަމަކީ، ވަޒީފާގެ އެއްބަސްވުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމެއްތޯ
ނުވަތަ ނޫންތޯ ބަލާނެ މިންގަނޑެއް ބަޔާންކޮށްދިނުމުގެ ގޮތުން ވަޒީފާއާ ބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ބ)
ގައި (ވަޒީފާއާބެހޭ ޤާނޫނަށް 1 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގެ 02 ވަނަ މާއްދާ) ބަޔާންކުރަނީ،
"ވަކި މުއްދަތެއް ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއް، ވަޒީފާގެ ޖުމްލަ މުއްދަތު ދެއަހަރު ދުވަހަށްވުރެ
އާކޮށްފިނަމަ، ނުވަތަ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފިނަމަ، ނުވަތަ ދެފަރާތުންމެ ޢަމަލުތައް
ބަހައްޓާގޮތަކުން، އާކޮށްފިކަން، ނުވަތަ އިތުރުކޮށްފިކަން ދޭހަވާނަމަ، އެއެއްބަސްވުމަކީ ވަކި މުއްދަތެއް
ކަނޑައެޅިފައިނުވާ އެއްބަސްވުމެއްކަމަށް ބަލަންޖެހޭނެއެވެ." މިފަދައިން ކަމާއި، މި މާއްދާއަށް ބަލާއިރު،
ވަޒީފާގެ ބާވަތަކީ މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއްކަން ނިންމުމުގައި، ކުރިން ހެދިފައިވާ
ވަޒީފާގެ އެއްބަސްވުމަކީ މުއްދަތެއް ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއްކަމުގައިވެފައި، ފަހުން ހެދޭ
އެއްބަސްވުމެއްގެ ދަށުން އޭނާގެ ވަޒީފާގެ މުޅި ޖުމްލަ މުއްދަތު 02 އަހަރު ދުވަހަށް ވުރެ އިތުރުވާ ގޮތަށް
އާކޮށްފިނަމަ، ނުވަތަ ދެފަރާތުންމެ ޢަމަލުތައް ބަހައްޓާގޮތަކުން، އާކޮށްފިކަން، ނުވަތަ އިތުރުކޮށްފިކަން
ދޭހަވާނަމަ، މިފަދަ އެއްބަސްވުމަކީ މުއްދަތެއް ކަނޑައެޅިފައި ނުވާ އެއްބަސްވުމެއްކަމުގައި ބެލިދާނެކަމާއި،
މިމައްސަލައާއި ގުޅިގެން ހުށަހެޅުނު ލިޔެކިޔުންތަކުގެ މައްޗަށާއި ދެފަރާތުންމެ ދެއްކި ވާހަކަތަކަށް
ބެލުމުން، އަޙުމަދު ނާސިރު މުޙައްމަދަކީ އެންމެ ފުރަތަމައިން ޖީ.އެމް.އާރ އިންޓަރނޭޝަނަލް އެއަރޕޯޓް
ޕްރައިވެޓް ލިމިޓެޑުން ވަޒީފާދިން ފަރާތެއްކަމާއި، ޖީ.އެމް.އާރާއި އަޙުމަދު ނާސިރު މުޙައްމަދާއި ދެމެދު ވެވުނު
ވަޒީފާގެ އެއްބަސްވުމަށް ބަލާއިރު، އެއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 16 ޑިސެމްބަރ 2011 ގައި ކަމަށް
ބުނެފައި ވީނަމަވެސް އަޙުމަދު ނާސިރު މުޙައްމަދުގެ ވަޒީފާ ފެށޭ ތާރީޚުކަމުގައި ބެލެވޭނީ ވަޒީފާއަށް ނިކުންނަ
ތާރީޚުކަމުގައިކަމަށް އެއެއްބަސްވުމުގައި ބަޔާންކޮށްފައިވާކަމާއި އަދި އެއެއްބަސްވުމުގައި ވަޒީފާގެ އެއްބަސްވުމުގެ
މުއްދަތަކީ 01 އެއްއަހަރު ދުވަހުގެ މުއްދަތުކަމުގައި ބަޔާންވެގެން އޮންނަކަމާއި، އަޙުމަދު ނާސިރު މުޙައްމަދު
ޖީ.އެމް.އާރުގެ ވަޒީފާއަށް ނިކުމެފައިވަނީ 2012 ޖެނުއަރީ 1 ވަނަ ދުވަހުކަމަށް މޯލްޑިވްސް އެއަރޕޯޓްސް
ކޮމްޕެނީ ލިމިޓެޑުން ބުނާކަމާއި، މިފަދައިން އެއްބަސްވުން ވަނިކޮށް މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް
ހިންގުން މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑަށް ބަދަލުކުރެވުނުކަމާއި، މިގޮތަށް ކުންފުނީގެ ހިންގުން
ބަދަލުކުރެވުމުން ވަޒީފާއާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާއަށް
OX2
2 2 2 4 2
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
9
2014/HC-A/291
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ޖީ.އެމް.އާރުގައި އަދާކުރަމުން ދިޔަ ވަޒީފާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް ބަދަލުވީކަމާއި، އަދި
މިގޮތަށް ބަދަލުވުމުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ އާއި އަޙުމަދު ނާސިރު މުޙައްމަދާއި ދެމެދު 2014
ވަނަ އަހަރުގެ ޑިސެމްބަރ 08 ވަނަ ދުވަހު ވަޒީފާގެ އެއްބަސްވުމެއް ވެވުނުކަމާއި، އެއެއްބަސްވުމުގައި
ވަޒީފާގެ އެއްބަސްވުމުގެ މުއްދަތަކީ ވަޒީފާދިން ތާރީޚުން ފެށިގެން 2 އަހަރު ދުވަހުގެ މުއްދަތުކަމަށް
ބަޔާންކުރެވިފައިވާއިރު، ވަޒީފާދިން ތާރީޚެއްގެ ގޮތުގައި އޮތީ 1 ޖެނުއަރީ 2012 ކަމަށް މިއެއްބަސްވުމުގައި
ބަޔާންކޮށްފައިވާކަމާއި މީގެ އިތުރުން ފަހުން ވެވުނު މިއެއްބަސްވުމުގައި ވަޒީފާގެ ބާވަތް މިހެން ބަޔާންކޮށް އަދި
ބްރެކެޓެއްގެ ތެރޭގައި އެއީ ދާއިމީ ވަޒީފާއެއްކަން ނުވަތަ ނޫންކަން އޮތް ތަނުގައި މިއީ މުއްދަތު
ކަނޑައެޅިފައިވާ ވަޒީފާއެއްކަމުގައި ސާފުބަހުން ބަޔާންކޮށްފައިވާކަންވެސް އެނގެން އޮންނަކަމާއި، މިހެންކަމުން
ވަޒީފާގެ މިއެއްބަސްވުމަށް ބެލުމުން މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީގެ ނިޔަތަކީވެސް މުއްދަތު ކަނޑައެޅިފައިވާ
ވަޒީފާގެ އެއްބަސްވުމެއް އެކުލަވާލުންކަން އެނގޭކަމާއި، އަދި މިއެއްބަސްވުން މިގޮތުގައި ވަނިކޮށް އަޙުމަދު
ނާސިރު މުޙައްމަދު މިއެއްބަސްވުމުގައި ސޮއިކުރުމުން އަޙުމަދު ނާސިރުވެސް އެގޮތް ޤަބޫލުކުރީކަމުގައި ބެލެވެން
އޮތް އިރު، އަޙުމަދު ނާސިރު މުޙައްމަދުގެ ވަޒީފާގެ އެއްބަސްވުން އިތުރަށް ދަމަހައްޓަން މޯލްޑިވްސް
އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑުން ބޭނުންނުވާނަމަ ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ބ) އަށް
ރިޢާޔަތްކުރުމުން 31 ޑިސެމްބަރ 2013 ތާރީޚުގައި އިތުރު ނޯޓިހެއް ދިނުމަކާއި ނުލައި، އެއެއްބަސްވުން
ނިމުމަކަށް އައިސް އެއްބަސްވުން އޭގެ ޒާތުގައި ނިމިގެންދާނެކަން އެނގޭކަމެވެ.
oxo
ވީމާ، އިސްވެދިޔަ ސަބަބުތައް އެގޮތަށް ހުރުމުން މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން
ދެކެނީ، އަޙުމަދު ނާސިރު މުޙައްމަދު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ވަޒީފާއިން ވަކިކޮށްފައިވަނީ
ވަޒީފާއާބެހޭ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތީންކަމަށް ކަނޑައަޅައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2014/VTR/14 މައްސަލައިގައި ނިންމާފައިވާ ނިންމުން އަޙުމަދު ނާސިރު މުޙައްމަދުގެ ފަރާތުން ހުށަހެޅި
އިސްތިއުނާފް ނުކުތާގެ މައްޗަށް ބިނާކޮށް ބަދަލެއް ގެންނަންޖެހޭނެ ސަބަބެ
ޖީންނަންޖެހޭނެ ސަބަބެއް ނުވާކަމަށެވެ.
OX
26 0
4 3 9
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއިއެކު، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2014/VTR/14 މައްސަލައިގައި އެޓްރައިބިއުނަލުން ނިންމާފައިވާ
އިސްތިއުނާފުކުރުމަށް އަޙުމަދު ނާސިރު މުޙައްމަދު ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލައިގެ
.ޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
10
2014/HC-A/291
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ވަޒީފާއާބެހޭ ޓްރައިބިނަލުން އެމައްސަލައި ނިންމާފައި ނިންމުން ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި
ޚިލާފުނޫންކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2014/VTR/14 މައްސަލައިގައި އެޓްރައިބިއުނަލުން ނިންމާފައިވާ
ނިންމުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
4 2 4 2 4 2
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv