ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/229 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/229
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓް
• ޤަޟިއްޔާ ނަންބަރ: 229/HC
-
A/2010
• އިސްތިއުނާފު ކުރިފަރާތް:
ނަން: މުޙައްމަދު ސަޢީދު އިސްމާޢިލް
އައިޑީ ކާޑު ނަންބަރ: A131003
ދާއިމީ އެޑްރެސް: މމދ ދަފްތަރު 739
މިހާރުގެ އެޑްރެސް: މ.ގެދަ| ކ.މާލެ
• ރަޖިސްޓްރީކުރެވުނު ތާރީޚް: 27ޛުލްޤައިދާ 1431
4 ނޮވެމްބަރު 2010
' ނިމުނު ތާރީޚް: 28 ރަބީޢުލްއާޚިރު 1433
21 މާރޗް 2012
އިސްތިއުނާފުކުރެ
ކުރެވުނުޤަޟިއްޔާނަންބަރު: ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010
/
1141/VTR
/
INDIV/200
ލިޔުން.
• ޤަޟިއްޔާގެ ބާވަތް: މައްސަލަ ބަލައި ނުގަތުން.
ނިންމެވިކާޓް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ރީޚް: 29 ސެޕްޓެމްބަރު 2010
2c220
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ޙަމީދު ، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2
4
2 ގެ*
2
2010/HC-A/229
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
މ.
ވަޒީފާއާއިބެހޭ ޓްރިބިއުނަލު ނިންމާފައިވާ ނަންބަރު 2010
/
1141/VTR
/
INDIV/200" ނިންމުން
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމަށް ބުނެ އެނިންމުން ދިވެހިރާއްޖޭގެ ހައިކޯޓަށް
އިސްތިއުނާފުކުރުމަށް ދަފްތަރު 139 (މ.ގެދަ) މުޙައްމަދު ސަޢީދު އިސްމާޢިލް
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުނަންބަރު A131003 ) ފަރާތުން ހުށަހެޅުމުން ބެލެވިފައިވާ
22
94
0
OL
149
ގަކުރެވުނު ނުކުތާތައް:
1. މމދ ދަފްތަރު 739 (މ.ގެދަ) މުޙައްމަދު ސަޢީދު އިސްމާޢީލް ފަރާތުން ހައިކޯޓުގައި
އިސްތިއުނާފްކުރާ ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010
/
1141/VTR
/
INDIV/200 ލިޔުމަށް
ބަލާއިރު އެލިޔުމުގެ މައިގަނޑު ސުރުޚީ އަކަށް ލިޔެފައިވަނީ " ޓްރައިބިއުނަލުން ދެވެން ނެތްމަ
ނެތްމައްސަލައެއްކަން
އަންގާ ދިއުން " މިގޮތަށްކަމާއި އެލިޔުމަށްބަލާއިރު އެލިޔުމުގައި އޮންނަނީ،
މމދ ދަފްތަރު ނަންބަރު 739 (މ.ގެދަ) މުޙައްމަދު ސަޢީދު އިސްމާޢިލް (ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑުނަންބަރު A131003 ) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެސިސްޓަންޓް ޑިރެކްޓަރ
2 ގެ މަޤާމުން ސީނިއަރ ކޭސް ވަރކަރ ގްރޭޑް 2 ގެ މަޤާމަށް ބަދަލުކޮށްފައިވާތީއާއި، ލިބެންވާ
އެލަވަންސް ނުލިބިވާތީ އެމައްސަލަ ބަލައިދިނުމަށްއެދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ރައްދުވާގޮތަށް 28
ސެޕްޓެމްބަރު 2010 ދުވަހު ވަޒީފާއާއިބެހޭޓްރައިބިއުނަލަށް ހުށަހެޅުއްވި ނަންބަރު 2010/VTR/218
މައްސަލައަކީ، އެމައްސަލައިގައި މުޙައްމަދު ސަޢީދު އިސްމާޢީލް ހުށަހެޅުއްވި އެންމެހައި ލިޔެކިޔުންތައް ބަލައި
ދިރާސާކުރިއިރު، ވަޒީފާގެ މައްސަލަ ނުވަތަ ޚިލާފު އުފެދުނު ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ
މުއްދަތު ފާއިތުވެފައިވާ މައްސަލައެއް ކަމުން ބުނެވިދިޔަ މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލެންނެތް
މައްސަލައެއް ކަމަށް ވާތީ މުޙައްމަދު ސަޢީދު އިސްމާޢީލް ހުށަހަޅުއްވާފައިވާ މައްސަލަ ބެލެންނެތްކަމަށް
ކަނޑައަޅައި، މިމައްސަލަ ނިންމައިފީމެވެ." މިފަދައިންކަމާއި އަދި އެނިންމުން ނިންމާފައިވާ ތާރީހަކީ
29ސެޕްޓެމްބަރު 2010 ގައި ކަން އެލިޔުމަށް ބެލުމުން އެނގެން އޮވެއެވެ.
2
މިކަމަށް
2 - ވަޒީފާއާއިބެހޭޓްރައިބިއުނަލްގެ އިސްވެދިޔަ ނިންމުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ ޚިލާފަށްކަމަ ބުނެ އެނިންމުން ހައިކޯޓުގައި އިސްތިއުނާފްކުރަމުން މުޙައްމަދު ސަޢީދު
އިސްމާޢީލްގެ ފަރާތުން 02 ނުކުތާއެއް ފާހަގަކޮށް އެ ނުކުތާތަކާއި މެދު ހައިކޯޓުގެ ޝަރީއަތުގެ
ވާހަކަދައްކާފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
201{}}HC-A/229
ފުރަތަމަ ނުކުތާއަކީ: މުޙައްމަދު ސަޢީދު އިސްމާޢީލް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި،
އެލަވަންސް ހޯދުމުގެ ޝަކުވާއާއި އަދި އަޅުގަނޑަށް އެނގުމަކާއި ނުލައި މަޤާމް ދަށްކުރުމުގެ ހާދިޘާ
ހިނގާފައިވަނީ 2008 ނޮވެމްބަރު މަހުން ފެށިގެން ކަމުގައިވެފައި ވަޒީފާއާބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށުނު
ތާރީޚަކީ 09 ޖުލައި 2008 ކަމުގައި ވުމާއެކުވެސް، ޓްރައިބިއުނަލުން މުޙައްމަދު ސަޢީދު އިސްމާޢީލް ހުށަހެޅި
މައްސަލަ ޔުނެތްކަމުގައި ކަނޑައަޅުއްވާފައިވަނީ، ޓްރައިބިއުނަލްގެ އިޚްތިސާސްގެ އެންމެފަހު
ޕެރެގްރާފުގައި " ވަޒީފާއިން ވަކިކުރުމުގެ މައްސަލަތައް ފިޔަވައި އެހެނިހެން މައްސަލަތައް ޓްރައިބިއުނަލުން
ބަލާނީ ވަޒީފާއާބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށިތާރީޚް ކަމުގައިވާ 09 ޖުލައި 2008 ގެ ފަހުން ހިނގާފައިވާ
މައްސަލަތައް." ކަމުގައި ކަނޑައަޅުއްވާފައިވާ ގޮތާއި ޚިލާފަށް ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
22
22
22 ވ3
8ނނ
2x
ދެވަނަ ނުކުތާއަކީ: މިހާރުވެސް މުޙައްމަދު ސަޢީދު އިސްމާޢީލް ހުރީ ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ވަޒީފާގައި ކަމަށް ވުމާއި އަދި މިއެލަވަންސް އަކީ މިހާރުވެސް ހިގަމުންދާ
ކޮންމެމަހަކަށްވެސް ދޭންޖެހޭ އެއްޗަކަށްވެފައި މިހާރުވެސް މިއެލަވަންސް ނުދީ ހިފަހައްޓާފައި އޮތް
އޮތުމަކީ ހިނގަހިނގައި ހުރިކަމެއްކައިވުން ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
3 - ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްއިން ނިންމި ނިންމުން ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ
ޚިލާފުކަމަށް ބުނެ މުޙައްމަދު ސަޢީދު އިސްމާޢީލް އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ކަންކަމާއި،
މައްސަލައާއި ގުޅިގެން ހުށަހަޅާފައިވާ ލިޔުންތަކަށާއި، އިސްތިއުނާފުކުރި ފަރާތުގެ ބަޔާނަށާއި، މިކަންކަމުގެ
މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: މިމައްސަލާގައި ހިމެނޭ މމމ ދަފްތަރު 739
(މ.ގެދަ) މުޙައްމަދު ސަޢީދު އިސްމާޢީލްގެ މަޤާމު ބަދަލުކުރުމާއި ބައެއް އެލަވަންސް ނުލިބުމުގެ މައްސަލަ
ހިގާފައިވަނީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައިކަން މުޙައްމަދު ސަޢީދުގެ ބަޔާނުންނާއި ހުށަހެޅިފައިވާ
ލިޔުންތަކުން އެގޭއިރު
މުޙައްމަދު ސަޢީދު އިސްމާޢީލް އެމައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ހުށަހަޅާފައިވަނީ 28 ސެޕްޓެމްބަރު 2010 ގައިކަން ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2010
/
1141/VTR
/
INDIV/200 ޓްރައިބިއުނަލުން ބެލެންނެތް މައްސަލައެއްކަން އަންގާ ލިޔުމުން
22ފ2
އެ ޤަކވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2{010/HC-A/229
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
0x0
އަދި ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދުގެ 6 ވަނަ މާއްދާގެ (ހ)ގައި
ވަޒީފާއާއި ބެހޭ ޤާނޫނުގައި އެހެން ގޮތަކަށް ކަނޑައެޅިގެން ބަޔާންކޮށްފައިނުވާނަމަ، ވަޒީފާއާ ގުޅޭ މައްސަލައެއް
ނުވަތަ ޚިލާފެއް، އުފެދުނު ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެމައްސަލަ ޓްރައިބިއުނަލަށް
ހުށަހަޅަންވާނެ ކަމަށާއި، އެމުއްދަތު ފާއިތުވުމަށްފަހު ހުށަހެޅޭ މައްސަލަތައް ޓްރައިބިއުނަލަށް ބަލައެއް
ނުގަނެގެ
ބުނެވޭނެ ކަމަށް ބަޔާންކޮށްފައިވާކަމާއި، އިސްވެ ދެންނެވުނު 3 (ތިނެއް) މަސްދުވަހުގެ މުއްދަތު
ފާއިތުވުމަށްފަހު، މައްސަލަ އެމުއްދަތުގައި ހުށަހެޅިފައި ނުވާސަބަބު ބަޔާންކޮށް ހުށަހަޅާ މައްސަލައެއްގައި،
އެސަބަބަކީ މަޤުބޫލު ސަބަބެއްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ފެންނަނަމަ އެކަމަށް ރިޢާޔަތްކޮށް،
އެމައްސަލައެއް ބަލައިގަތުމުގެ އިޙްތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވާކަމަށް އެޤަވާއިދުގެ 6 ވަނަ
މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާކަން އެގޭކަމެވެ.
(ށ) ދެވަނަ ކަމަކީ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ ޢަމަލީ މަސައްކަތް
ފެއްޓުމަށްފަހު، 6 މެއި 2009 ގެ ތާރީޚުގައި ނެރެފައިވާ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދު" އަށް ބަލާއިރު، އެޤަވާޢިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީ
ނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލާނީ ވަޒީފާއާބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށުނު ތާރީޚު ކަމަށްވާ 9
ޖުލައި 2008 ގެ ފަހުން ހިނގާފައިވާ ވަޒީފާއާއި ބެހޭ މައްސަލަތައްކަމަށް އެޤަވާއިދުގެ 5 ވަނަ މާއްދާގައި
ބަޔާންކޮށްފައި އޮންނަކަމާއި އިސްވެދެންނެވުނު ޤަވާއިދު އިސްލާޙުކުރުމަށްފަހު 17 ފެބުރުއަރީ 2010ގެ
ތާރީޙުގައި ނެރެފައިވާ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ، މިހާރު ޢަމަލުކުރެވެމުންދާ
"ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދު" އިން ކުރިން ޢަމަލުކުރެވެމުންދިޔަ " ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ޤަވާޢިދު" ގެ އިސްވެދެންނެވުނު 5 ވަނަ މާއްދާ އުނިކުރެވިވިފައިވާކަމާއި
ނަމަވެސް، ވަޒީފާއާއި ބެހޭ ޤާނޫނުގެ 2 ވަނަ ބާބުގައި ބަޔާންކޮށްފައިވާ
އަސާސީ އުސޫލުތަކުގެ ދަށުން މީހަކަށް ލިބިދޭ ޙައްޤަކަށް އުނިކަމެއް ލިބޭ ޢަމަލެއް ހިންގައިފިނަމަ އެއުނިކަން
ލިބޭކަމަށް ދެކޭ ފަރާތުން އެކަމުގެ ޝަކުވާ އެޤާނޫނުގެ 10 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ޓްރައިބިއުނަލަށް
ހުށަހެޅިދާނެކަމަށް ވަޒީފާއާއި ބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އޮންނަ އޮތުމަށާއި
މިހާރު ޢަމަލުކުރެވެމުންދާ "ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދު" ގެ 3 ވަނަ މާއްދާގައި، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނެނީ" ވަޒީފާއާއި ބެހޭ ޤާނޫނު ނުވަތަ އެހެންވެސް ޤާނޫނެއް
ނުވަތަ ޤަވާޢިދެއްގެ ދަށުން ވަޒީފާއާއިބެހޭ ޓްރައިބިއުނަލުން ބެލުމަށް ކަނޑައަޅާ މައްސަލަތައް" ކަމަށާއި،
އެމައްސަލަތައް ޓްރައިބިއުނަލުން ބަލަންވާނީ
ޒީފާއާއިބެހޭ ޤާނޫނާ ޚިލާފުނުވާ ގޮތައް މަތިން" ކަމަށް
24
OXO
0
22
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް* 184
އީމެއިލް
ވެބް ސައިޓް: ww.ighcourt.gov.mv
[email protected]
5
2{010/HC-A/229
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
24
22
ބަޔާންކޮށްފައި އޮންނަ އޮތުމަށާއި، އަދި ވަޒީފާއާއި ބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން އުފެދިފައިހުރި
ވަޒީފާއާއިބެހޭ މައްސަލަތައް ބެލުމުގެ އިޚްތިސާސް އެއްވެސް ޤާނޫނަކުން ނުވަތަ އެއްވެސް ޤަވާޢިދަކުން ވިއަސް
ވަޒީފާއާއިބެހޭ ޓްރައިބިއުނަލަށް ދީފައިނުވާކަމާއި، މިކަންކަމަށް ބަލާއިރު، 6 މެއި 2009 ގެ ތާރީޚުގައި
ނެރެފައިވާ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ " ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދު" ގެ 5
ވަނަ މާއްދާ މިހާރު ޢަމަލުކުރެވެމުންދާ "ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދު" އިން
އުނިކުރެވިފައިވީނަމަވެސް ވަޒީފާއާއިބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ވަޒީފާއާއިބެހޭ
މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ވަޒީފާއާއިބެހޭ ޓްރައިބިއުނަލަށް ލިބިގެންނުވަކަމެވެ.
(ނ) ތިންވަނަ ކަމަކީ: ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 203/HC
-
A/2009 ޤަޟިއްޔާ
ނިމުނު ގޮތުގެ ރިޕޯޓާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 130/HC
-
A/2009 ޤަޟިއްޔާ ނިމުނު ގޮތުގެ
ރިޕޯޓަށް ބަލާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން އުފެދިފައިވާ ޓްރައިބިއުނަލް 29 ޑިސެމްބަރު 2008ގައި
އުފެދިފައިވާއިރު، ޢަމަލީ ގޮތުން އެޓްރައިބިއުނަލްގައި މަސައްކަތް ފެށިފައިވަނީ 2009 އޭޕްރީލް 15 ވަނަ
ދުވަހު ކަމަށް ވެފައި ވަޒީފާއާއިބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށުނު ތާރީޚާއި، އެޤާނޫނުގެ ދަށުން
ޓްރައިބިއުނަލެއް އުފެދި ޢަމަލީ ގޮތުން މަސައްކަތް ފެށުނު ތާރީޚާއި ދެމެދު އުފެދިފައިވާ ވަޒީފާއާއި ބެހޭ
މައްސަލަތަކުގެ ތެރެއިން 3 (ތިނެއް) މަސް ދުވަސް ފާއިތުވެފައިވާ މައްސަލަތަކުގެ ޚަސްމުންނަށް އިންސާފު
ލިބުމުގެ އަސާސީ ޙައްޤުން މަޙްރޫމްވާތީއާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 7 ވަނަ
މާއްދާގައި ޢަދުލު އިންސާފު ޤާއިމު ކުރުމުގެ ބާރުލިބިގެންވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށް ކަމަށް ބަޔާންކޮށް،
އެކަން ކަށަވަރު ކޮށްދީފައިވާތީ، ވަޒީފާއާއިބެހޭ ބެހޭ ޓްރައިބިއުނަލް އުފެދުމުގެ ފަހުން މައްސަލަ އުފެދި އަދި
އެޓްރައިބިއުނަލުގެ މަސައްކަތް ޢަމަލީ ގޮތުން ފެށުމުގެ ކުރިން 3 (ތިނެއް) މަސް ދުވަސް ފާއިތުވެފައިވާ
ވަޒީފާއާއިބެހޭ މައްސަލަތަކާއި، އެޓްރައިބިއުނަލް އުފެދުމުގެ ކުރިން އުފެދިފައިވާ ވަޒީފާއާއިބެހޭ މައްސަލަތައް
ބެލުމުގެ އިޚްތިސާސް ޝަރުޢީ ކޯޓުތަކަށް ލިބިގެންވާކަމަށް ކަނޑައަޅައި، އެފަދަ މައްސަލައެއް ކަމާބެހޭ
ފަރާތަކުން ހުށަހަޅައިފިނަމަ އެމައްސަލައެއްގެ މަޢުޟޫއާމެދު ގޮތެއް ކަނޑައެޅުމަށް އަންގަވާފައިވާކަން އެގޭއިރު،
ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާއިބެހޭ ޤާނޫނު) ގެ ދަށުން ޓްރައިބިއުނަލެއް އުފެދި
ޢަމަލީ ގޮތުން މަސައްކަތް ފެށުނުއިރު އުފެދިފައިވާ ވަޒީފާއާއިބެހޭ މައްސަލަތަކުގެ ތެރެއިން 3 މަސްދުވަސް
ފާއިތުވެފައިވާ މައްސަލަތަކާއި ވަޒީފާއާއިބެހޭ ޓްރައިބިއުނަލް އުފެދުމުގެ ކުރިން އުފެދިފައިވާ ވަޒީފާއާއިބެހޭ
މައްސަލަތަކުގައި އިންސާފު ޤާއިމުކުރުމުގެ އިޚުތިސާސް ލިބިގެންވަނީ ޝަރުޢީ ކޯޓުތަކަށްކަން އެގެން އޮތް
ކަމެވެ.
2
ހަޢީa
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް
ވެބް ސައިޓް: www.highcourt.gov.mv
[email protected] ube
6
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
201{}}HC-A/229
28
ވީމާ އިސްވެބަޔާން ކުރެވުނު ކަންކަން އެގޮތަށް ހުރުމުން މުޙައްމަދު ސަޢީދު އިސްމާޢީލް
ސެޕްޓެމްބަރު 2010 ވަނަ ދުވަހު ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ނަންބަރު
2010/VTR/218 މައްސަލައަކީ ވަޒީފާއާއިބެހޭ ޓްރައިބިއުނަލުން ބެލެންނެތް މައްސަލަ އެއްކަމަށް
އެޓްރައިބިއުނަލްގެ ނަންބަރު
ޓްރައިބިއުނަލުން ބެލެން
ނެތްމައްސަލައެއްކަން އަންގާ ލިޔުންމުން ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމަކީ ބަދަލު ގެންނަންޖެހޭ
ނިންމެވުމެއްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް ނުފެނެއެވެ.
200/VTR/INDIV/2010/1141
..
ދެންފަހެ އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު ކަންކަން
ބަޔާން ކުރެވުނު ގޮތަށް ހުރުމާއެކު މިމދ ދަފްތަރު 739 (މ.ގެދަ) މުޙައްމަދު ސަޢީދު އިސްމާޢީލް 28
ސެޕްޓެމްބަރު 2010 ވަނަ ދުވަހު ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ނަންބަރު 2010/VTR/218
މައްސަލައަކީ ވަޒީފާއާއިބެހޭ ޓްރައިބިއުނަލުން ބެލެން ނެތް މައްސަލަ އެއްކަމަށް އެޓްރައިބިއުނަލްގެ ނަންބަރު
141
2010
/
1/VTR
/
INDIV-200 ގެ "ޓްރައިބިއުނަލުން ބެލެން ނެތްމައްސަލައެއްކަން އަންގާ ލިޔުންމުން"
ކަނޑައަޅުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން
ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި އެގޮތުގެ މަތީން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv