ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/167 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/161
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
6
ޤަޟިއްޔާ ނަންބަރ: 167/HC-A/2012
އިސްތިއުނާފުކުރި ފަރާތް:
* ނަން: ފާޠިމަތު ޙުސައިން
ރަޖިސްޓްރީ ނަންބަރ: A108702
އެޑްރެސް: މުނިޔާގެ /ބ.ކެންދޫ
މިހާރުގެ އެޑްރެސް: މުނިޔާގެ/ބ.ކެންދޫ
0
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ނޯދަން ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑް * ދާއިމީ އެޑްރެސް:
ރަޖިސްޓްރީ ނަންބަރު: 651
/
2010-C މިހާރުގެ އެޑްރެސް: ނޯދަން ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑް
F
5
ޓްރީކުރެވުނު ތާރީޚް: 29 މެއި 2012
ނިމުނު ތާރީޚް: 28 ނޮވެމްބަރު 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/VTR/160
ނިންމެވިކޯޓް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
މައްސަލައިގެ ބާވަތް: ވަޒީފާ އަނބުރާ ލިބިދިނުމަށް އެދި
ހުށަހެޅި ތާރީޚް: 2011-11-28 ނިމުނު ތާރީޚް: 2012-02-27
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީސް:
ފަނޑިޔާރުން އަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޔޫސުފު ޙުސައިން ފަނޑިޔާރުން އަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2012/HC-A/161
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
160/VTR/2011
• ދަޢުވާގެ ޚުލާޞާ
ވަޒީފާއާބެހޭ ޓްރައިބިއުނަލް ނަންބަރ
މައްސަލަ
އެޓްރައިބިއުނަލުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ވ.ކެންދޫމުނިޔާގެ
ފާޠިމަތު ޙުސައިން (ދ.ރ.ކ. ނަންބަރު:A108702) ގެ ފަރާތުން ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ހެލްތު ސަރވިސަސް ކޯޕަރޭޝަން
ލިމިޓެޑް (ރަޖިސްޓްރޭޝަން ނަންބަރު651
/
2010-C) އެވެ.
ނޯދަން
ތަންތަ4
41
160/VTR/2011
CCC
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލް ނަންބަރ
މައްސަލަ
އެޓްރައިބިއުނަލުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ވ.ކެންދޫ މުނިޔާގެ
ފާޠިމަތު ޙުސައިން (ދ.ރ.ކ. ނަންބަރު:A108702) ގެ ފަރާތުން ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، މައްސަލަ
ރައްދުވާ ފަރާތަކީ
ނޯދަން ހެލްތު ސަރވިސަސް ކޯޕަރޭޝަން
ލިމިޓެޑް(ރަޖިސްޓްރޭޝަން ނަންބަރު651
/
2010-C) އެވެ.
02 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2011/VTR/160 މައްސަލައިގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެމައްސަލައަކީ، ބ.ކެންދޫ، މުނިޔާގެ ފާޠިމަތު ޙުސައިން (ދ.ރ.ކ.
ނަންބަރު: A108702) ނޯދަން ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑް/ބ.ކެންދޫ ހެލްތް ސެންޓަރގެ
ފޫޅުމަކަމުގެ ވަޒީފާގައި ހުއްޓާ އެ ކޯޕަރޭޝަންގެ އޮނިގަނޑަށް ގެނައި ބަދަލަކާއި ގުޅިގެން ފާޠިމަތު ޙުސައިން
ހުރި މަޤާމު އުވާލާ 18 ސެޕްޓެމްބަރ 2011 ގައި ފާޠިމަތު ޙުސައިން ވަޒީފާއިން ވަކިކޮށްފައިވާކަމަށްބުނެ،
އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާގެ އެއްބަސްވުމާއި އަދި ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް ބުނެ އަލުން
އަނބުރާ ވަޒީފާ ލިބިދިނުމަށް އެދި 28 ނޮވެމްބަރ 2011 ގައި ހުށަހަޅާފައިވާ މައްސަލައެއްކަމާއި،
އެމައްސަލަ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި،"ދެންފަހެ، މައްސަލަ ރައްދުވާ ނޯދަން ހެލްތް
ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ ވަޒީފާއިން މައްސަލަ ހުށަހެޅި ބ.ކެންދޫ، މުނިއާގެ ފާޠިމަތު ޙުސައިން
ވަކިކޮށްފައިވަނީ، އެކުންފުނީގެ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅިގެން ފާޠިމަތު ޙުސައިން ހުރި މަޤާމު
އުވާލުމާ ގުޅިގެން ކަމަށް މައްސަލަ ރައްދުވާ ފަރާތުން ބުނާއިރު، މުވައްޒަފަކު ރިޑަންޑަންޓް ކުރަންޖެހޭ ޙާވަތްޕެއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2012/HC-A/161
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ox
މެދުވެރިވެގެން، އިންސާފުވެރިގޮތަކަށް އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެކަމަށް ދެކޭ ހިނދު، މައްސަލަ
ރައްދުވާ ކުންފުނީގެ މުވައްޒަފުން ރިޑަންޑަންޓް ކުރާއިރު އެމަރުކަޒެއްގެ އެހެން މަޤާމަކަށް ބަދަލުކޮށްދެވޭފަދަ
މުވައްޒަފަކު ހުރިނަމަ، އެފުރުސަތު އެފަރާތަށް ހޯދައިދިނުމަށް މައްސަލަ ރައްދުވާ ކުންފުނީގެ ޑިރެކްޓަރުންގެ
ބޯޑުން ނިންމާފައިވަނިކޮށް .ކެންދޫ ހެލްތް ސެންޓަރުގެ ފޫޅުވާކަމުގެ މަޤާމުގައި ހުރި ފާޠިމަތު ޙުސައިން އެ
މަޤާމުން ވަކިކުރިއިރު ކެންދޫ ހެލްތް ސެންޓަރުގައި އޭނާއަށް އަދާކުރެވޭވަރުގެ ހުސްމަޤާމެއް
ބަލާފައިވާކަން އެނގެން ނެތަތީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާއަށް
ރިޢާޔަތްކޮށް، ފާތިމަތު ޙުސައިން ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް މައްސަލަ ބެލި
މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅާ، ފާތިމަތު ޙުސައިން ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން މައްސަލަ
ނިމުނު ދުވަހާ ހަމައަށް އޭނާހުރި ވަޒީފާގެ މުސާރައާއި އެންމެހައި ޢިނާޔަތްތަކަށްޖެހޭ ފައިސާގެ ތެރެއިން އޭނާ
ވަޒީފާއިން ވަކިކުރި އިރު ދީފައިވާ ފައިސާ އުނިކުރުމަށްފަހު ބާކީ ޖެހޭ މިންވަރު، މިއަދު 27 ފެބްރުއަރީ
2012) އިން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ އޭނާއަށް ދިނުމަށާއި، ރިޑަންޑަންޓް
ކުރާ މުވައްޒަފުންނާ މެދު ޢަމަލުކުރަން ކުންފުނީގެ ބޯޑުން ނިންމާފައިވާ ގޮތާ އެއްގޮތްވާ ގޮތުގެމަތިން ފާޠިމަތު
ޙުސައިންއާ މެދު ޢަމަލުކުރުމަށް މައްސަލަ ރައްދުވާ ނޯދަން ހެލްތް ސާރވިސަސް ކޯޕަރޭޝަން ލިމިޓެޑަށް
އަންގާ އަމުރުކުރަމެވެ." މިފަދައިން ބަޔާން ކޮށްފައިވާކަން އެމައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން
aޑ 4
އއ.
.....
03- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2011/VTR/160 މައްސަލަ ނިންމުމާއި ގުޅިގެން ބ.ކެންދޫ މުނިޔާގެ ފާޠިމަތު ޙުސައިން ގެ ފަރާތުން
އެމައްސަލަ އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާއި މެދު ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކު
ނުކުތާއަކީ: ރިޑަންޑަންސީއަކީ ވަޒީފާއާބެހޭ ޤާނޫނުގައި ވަޒީފާއިން ވަކިކުރުމުގައި
ޢަމަލުކުރެވިދާނެ އުސޫލެއްކަމުގައި ބަޔާންކޮށްފައި ނުވިނަމަވެސް ރިޑަންޑަންސީގެ އުސޫލުގެ މައްޗަށް
ރިޢާޔަތްކޮށް މައްސަލަ ނިންމަވާފައިވުން ކަމަށްބުނެ ހުށަހެޅި ނުކުތާ އެވެ.
* ދެވަނަ ނުކުތާއަކީ: ފާޠިމަތު ޙުސައިން ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ
ޚިލާފަށްކަމަށް މައްސަލަ ބެއްލެވި ހުރިހައި މެމްބަރުން އިއްތިފާޤު ވެފައިވާކަން މައްސަލައިގެ ނިންމުމުން
: 2
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2012/HC-A/161
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
cucOS
އެނގެން އޮތްނަމަވެސް ފާޠިމަތު ޙުސައިންއަށް ވަޒީފާ ދިނުމަށް ނޮދަން ހެލްތް ސަރވިސަސް ކޯޕަރޭޝަން
ލިމިޓެޑުގެ މައްޗަށް އަމުރު ކުރެއްވުމެއްނެތި، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް
މައްސަލަ ނިންމަވާފައިވުން ކަމަށްބުނެ ހުށަހެޅި ނުކުތާ އެވެ.
* ތިންވަނަ ނުކުތާއަކީ: ފާޠިމަތު ޙުސައިން ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫން
ޚިލާފަށްކަމަށް މައްސަލަ ބެއްލެވި ހުރިހައި މެމްބަރުން އިއްތިފާޤު ވެފައިވާކަން މައްސަލައިގެ ނިންމުމުން
އެނގެން އޮތްހިނދު، އަދި ރިޑަންޑަންޓްކުރާ މުވައްޒަފުންނާ މެދު ޢަމަލުކުރަން ހޯދަން ހެލްތު ސަރވިސަސް
ކޯޕަރޭޝަން ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ގޮތާ އެއްގޮތްވާ ގޮތުގެ މަތީން ފާޠިމަތު ޙުސައިންއާ
މެދު ޢަމަލުކުރުމަށް އަންގައި މައްސަލަ ނިންމަވާފައި ވީނަމަވެސް، ފާޠިމަތު ޙުސައިނަށް ހޯދަން ހެލްތު
ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑުގެ ވަޒީފާ އަލުން ހަމަޖައްސައި ނުދީފިނަމަ އޭގެ ބަދަލުގެ ގޮތުގައި
ލިބެންޖެހޭނެ ފައިސާއާއި ޢިނާޔަތްތަކުގެ ވާހަކަ ބަޔާންކުރުމެއްނެތި ވަޒީފާއާބެ
ފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ
(ހ) އާ ޚިލާފަށް މައްސަލަ ނިންމަވާފައިވުން ކަމަށްބުނެ ހުށަހެޅި ނުކުތާ އެވެ.
04- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 2011/VTR/160 މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފު ކުރުމަށް ފާޠިމަތު ޙުސައިންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާއި ގުޅިގެން ދެފަރާތުން، ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި
ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ބ.ކެންދޫ/މުނިޔާގެ، ފާޠިމަތު ޙުސައިން ނޯދަން ހެލްތު ސަރވިސަސް
ކޯޕަރޭޝަން ލިމިޓެޑްގެ ދަށުން ހިންގާ ބ.ކެންދޫ ހެލްތު ސެންޓަރުގެ ފޫޅުމާ ކަމުގެ މަޤާމުގައި ހުއްޓާ
18 ސެޕްޓެމްބަރ 2011 ން ފެށިގެން ފާޠިމަތު ޙުސައިން އެ ވަޒީފާއިން ވަކިކޮށްފައިވާކަމާއި، ފާޠިމަތު
ޙުސައިން އެ ވަޒީފާއިން ވަކިކުރި ސަބަބަކީ، ތަނުގެ އޮނިގަނޑަށް ގެނައި ބަދަލަކާއި ގުޅިގެން މަޤާމު
އުވާލުމުންކަން ފާޠިމަތު ޙުސައިނަށް ހޯދަން ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑް އިން ދޫކޮށްފައިވާ
ނަންބަރު: 2011
/
67/NHSC "ވަޒީފާއިން ދޫކޮށްލިކަން އަންގާ ޗިޓް" އަށް ބެލުމުން އެނގެން
CCCC
އޮންނަކަމެވެ.
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2012/HC-A/161
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
05
4
(ނ) ދެވަނަ ކަމަކީ: މުވައްޒަފަކު ވަޒީފާއިން ވަކިކޮށްގެން ހުށަހެޅޭ މައްސަލަތަކުގައި
އެމުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ، އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ
ފަރާތެއްގެ ޒިންމާއެއްގެ ގޮތުގައި ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާކަމެއްކަމާއި،
ވަޒީފާއާބެހޭ ޤާނޫނު ގައި ނުވަތަ އެޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދެއްގައިވެސް
"ރިޑަންޑަންސީ" އަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން އެކަށީގެންވާ ސަބަބެއްކަމަކަށް ބަޔާންކޮށްފައި
ނުވާކަމާއި، ނަމަވެސް ވަޒީފާއަކީ އޭގެ ޒާތުގައި ވަޒީފާ ދޭ ފަރާތުގެ ބޭނުންތަކެއްގެ މައްޗަށް ވުޖޫދަށް އަންނަ
އެއްޗެއްކަމުން، ވަޒީފާ ދޭ ފަރާތެއްގައި ނެތް މަސައްކަތެއް ކުރުވުމަށް މުވައްޒަފަކު ވަޒީފާގައި ބެހެއްޓުމަށް
ވަޒީފާ ދިން ފަރާތަށް ލާޒިމްކުރުމަކީ ކުރެވިގެންވާނެ ކަމެއްނޫންކަމާއި،
ވަޒީފާ ދިން ފަރާތެއްގެ އެވަގުތެއްގެ މާލީ ޙާލަތު ހުރި ގޮތުންނާއި ކުރިއަށް ލަފާކުރާގޮތަށްބަލާ،
އަދި ތަނުގައި ކުރާ މަސައްކަތަށް ޒަމާނާއި ގުޅިގެން ގެންނަ ބަދަލާއި، އަންނަ ބަދަލުތަކަށް ބަލާ، މުވައްޒަފުން
ރިޑަންޑަންޓް ކުރަންޖެހޭ ފަދަ ޙާލަތެއް ދިމާވުމަކީ ޤާބޫލުކުރެވޭ ކަމެއްކަމާއި، އެހެންކަމުން މީގެ ކުރިން
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ މައްސަލަތަކުގައިވެސް އަދި އެމައްސަލަތައް އިސްތިއުނާފު
ބެލިފައިވާ ހައިކޯޓުގެ ޤަޟިއްޔާ ތަކުގައިވެސް ރިޑަންޑަންސީގެ ޙާލަތެއް ދިމާވެގެން
އިންސާފުވެރިކަމާއެކު އެކަން ކޮށްފައިވާނަމަ، ރިޑަންޑަންސީ އަކީ ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ
ސަބަބެއްކަމުގައި ބަލާފައިވާކަން އެނގޭކަމާއި،
އިސްތިއުނާފް މިކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ
މައްސަލާގައި ހިމެނިފައިވާ ލިޔުންތަކަށް ބަލާއިރު، ނޯދަން ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑުގެ ދަށުން
ޚިދުމަތް ދޭ ތަންތަނުގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނައުމަށް އެކުންފުނީގެ މެނޭޖްމަންޓުން ނިންމާފައިވާކަން
އެނގޭ ލިޔެކިއުންތައް ހުށަހެޅިފައިވާކަމާއި، އަދި އެގޮތުން އެތަންތަނުގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނެވުނު
ކަމާއި މެނޭޖްމަންޓުގެ އެނިންމުން ތަންފީޛު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނު ކަން އެނގެން އޮންނާތީ
ރިޑަންޑަންސީ ގެ ޙާލަތެއް މެދުވެރިގެން އެމަސައްކަތް އެކުންފުނީގެ ފަރާތުން ކޮށްފައިވާކަމީ ފެންނަން އޮތް
ޙަޤީޤަތެއްކަން އެނގޭކަމެވެ.
(ނ) ތިންވަނަ ކަމަކީ އިސްވެ ބަޔާންކުރެވުނުފަދައިން ހޯދަން ހެލްތު ސަރވިސަސް
ކޯޕަރޭޝަން ލިމިޓެޑް ގެ ދަށުން ހިންގަމުންއައި ތަންތަނުގެ އިދާރީ އޮނިގަނޑަށް ގެނެވުނު ބަދަލާއި ގުޅިގެންޓީގެ ދި
1 2 3 4 3
"160/VTR2011
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
"ފިހިއްޖެ
6
2012/HC-A/161
If
ޖެހިރާއްޖޭގެ ހައިކޯ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފާޠިމަތު ޙުސައިން ވަޒީފާއިން ވަކިކޮށްފައިވާކަން ފާތިމަތު ޙުސައިނަށް އެކުންފުނީން ދޫކޮށްފައިވާ ނަންބަރު:
2011
/
67/NHSC "ވަޒީފާއިން ދޫކޮށްލިކަން އަންގާ ޗިޓް" އަށް ބެލުމުން އެނގެން އޮތް ހިނދު، ކުންފުނީގެ
އޮނިގަނޑަށް ގެނެވުނު ބަދަލާއި ގުޅިގެން ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުން ވަކިކުރުމަށް ކުންފުނީގެ ބޯޑުން
ވަކިގޮތެއް ނިންމާފައިވޭތޯ ބަލާއިރު، 27 މާރޗް 2011 ގައި ހޯދަން ހެލްތު ސަރވިސަސް ކޯޕަރޭޝަން
ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ 5 ވަނަ ޖަލްސާގެ ޔައުމިއްޔާއިން، އޮނިގަނޑަށް ގެނެވުނު ބަދަލާއި ގުޅިގެން
ވަޒީފާއިން ވަކިކުރަންޖެހޭ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން އައު އޮނިގަނޑުގައި އެމުވައްޒަފަކަށް
އަދާކުރެވޭފަދަ އެހެން މަޤާމެއް އޮތްތޯ ބެލުމަށްފަހު، އެފަދަ މަޤާމެއް އައު އޮނިގަނޑުގައި އޮތްނަމަ،
މަޤާމަކަށް އެމުވައްޒަފަކު ހަމަޖެއްސުމަށާއި، އެފަދައިން ހަމަޖައްސާނެ މަޤާމެއް ނެތިގެން ނޫނީ މުވައްޒަފަކު
ވަޒީފާއިން ވަކިނުކުރުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އެދުވަހު ނިންމާފައިވާކަން އެނގެން އޮންނަކަމާއި،
ނަމަވެސް ފާޠިމަތު ޙުސައިން ވަޒީފާއިން ވަކިކުރުމުގެ ކުރިން އެނިންމުމާ އެއްގޮތަށް އޭނާއަށް އަދާކުރެވޭފަދަ
އެހެން މަޤާމެއް އައު އޮނިގަނޑުގައި އޮތްތޯ ހޯދަން ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑް އިން
ބަލާފައިވާކަން އެގެން ނެތްކަމާއި، އެހެންކަމުން ފާޠިމަތު ޙުސައިން ވަޒީފާއިން ވަކިކޮށްފައިވަނީ ހޯދަން ހެލްތު
ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ އައު އޮނިގަޑާ ގުޅިގެން އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ
ނިންމެވުމާއި ޚިލާފަށް ކަން އެނގޭކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ: މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ނުވަތަ ވަޒީފާއިން ވަކިކުރުމުގެ
ކުރިން، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރިކުރުމަކީ ޢަދުލުވެރިކަމާއެކު ކުރެވޭކަމެއްކަން ކަށަވަރުކުރުމަށްޓަކައި
ވަޒީފާދޭ ފަރާތުން ޢަމަލުކުރަންޖެހޭ ގޮތްތަކެއް ނުވަތަ އަޅަންޖެހޭ ފިޔަވަޅުތަކެއް ހުންނަކަމާއި، މިގޮތުން،
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، މިޒަމާނުގެ ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމަޢުތަކުން ބަލައިގަނެ
(މިސާލަކަށް: އިނގިރޭސިވިލާތް، އޮސްޓްރޭލިއާ، ނިއުޒިލޭންޑް އަދި ކެނެޑާ) އެޤައުމުތަކުގެ ޤާނޫނުތަކުގައި
ހިމަނާފައިވާ އުސޫލުތަކަށް ބަލާއިރު، ޢާންމު އުސޫލެއްގެގޮތުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ،
އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަން substantive)
(faimess އާއި އިޖްރާޢީ ޢަދުލުވެރިކަން (procedural fairness) ޤާއިމުކުރުމަށް ފަހުގައިކަމާއި،
މިއުސޫލަކީ އިންޓަނޭޝަނަލް ލޭބަރ އޮގަނިޒޭޝަން (ILO) ގެ ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް
UCO
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
7
2012/HC-A/161
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކޮންވެންޝަން 1982 (ނަންބަރު 158) އާއި ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ރެކޮމެންޑޭޝަން 1982
(ނަންބަރު 166) ގައިވެސް ކަނޑައެޅި ބަޔާންވެގެންވާ އުޞޫލެއް ކަމާއި،
އަދި މީގެއިތުރުން، ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ މުވައްޒަފުންގެ ޙައްޤުތައް
ޙިމާޔަތްކުރުމަށްޓަކައި ހެދިފައިވާ ވަޒީފާއާބެހޭ ޤާނޫނަށް ބަލާއިރު، އިސްވެދެންނެވުނު ހަމަތަކާއި އުޞޫލުތަކަކީ
އެޤާނޫނުގައިވެސް ބަލާގެންފައިވާ ހަމަތަކަކާއި އުޞޫލުތަކެއްކަމާއި، އެހެންކަމުން، އެ ޤާނޫނު ހިންގޭ ދާއިރާގެ
ތެރޭގައި ހިމެނޭ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި
ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާޢީ ޢަދުލުވެރިކަން ޤާއިމުކުރުމަށް ފަހުގައިކަން އެނގޭކަމާއި،
މަޢުޟޫއީ ޢަދުލުވެރިކަމަކީ؛ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި
ނުވަތަ އެކަށީގެންވާ ސަބަބެ
ސަބަބެއްކަމަށް ވުންކަމަށާއި،
އިޒްރާއީ ޢަދުލުވެރިކަމަކީ؛ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، އެމުވައްޒަފަކު
ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖްރާޢާތަކީ ޢަދުލުވެރި އިޖްރާޢާތަކަށް ވުންކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 134/HC
-
A/2011 ޤަޟިއްޔާގައިވެސް ބަޔާންކޮށްފައިވާކަން އެނގެން
އޮންނަކަމާއި،
އިސްތިއުނާފް މިކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ
މައްސަލާގައި ހިމެނިފައިވާ ލިޔުންތަކަށް ބަލާއިރު، ނޯދަން ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑުގެ ދަށުން
ޚިދުމަތް ދޭ ތަންތަނުގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނައުމަށް އެކުންފުނީގެ މެނޭޖްމަންޓުން ނިންމާފައިވާކަން
އެނގޭ ލިޔެކިއުންތައް ހުށަހެޅިފައިވުމާއި، އަދި އެގޮތުން އެތަންތަނުގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނެވުނު
ކަމާއި މެނޭޖްމަންޓުގެ އެނިންމުން ތަންފީޛު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނު ކަން އެނގެން އޮންނާތީ
ރިޑަންޑަންސީ ގެ ޙާލަތެއް މެދުވެރިގެން އެމަސައްކަތް އެކުންފުނީގެ ފަރާތުން ކޮށްފައިވާކަމީ ފެންނަން އޮތް
ޙަޤީޤަތެއްކަން އެނގޭތީ، ފާޠިމަތު ޙުސައިން ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބަކާ ލައިގެންކަމަށް
ބެލެވޭކަމާއި،
160/VTR/2011
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
2012/HC-A/161
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނަމަވެސް ފާޠިމަތު ޙުސައިން ވަޒީފާއިން ވަކިކުރުމުގެ ކުރިން އެނިންމުމާ އެއްގޮތަށް އޭނާއަށް
އަދާކުރެވޭފަދަ އެހެން މަޤާމެއް އައު އޮނިގަނޑުގައި އޮތްތޯ ހޯދަން ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑް
އިން ބަލާފައިވާކަން އެގެން ނެތްކަމާއި، އެހެންކަމުން ފާޠިމަތު ޙުސައިން ވަޒީފާއިން ވަކިކޮށްފައިވަނީ ނޯދަން
ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ އައު އޮނިގަޑާ ގުޅިގެން އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން
ނިންމާފައިވާ ނިންމެވުމާއި ޚިލާފަށް ކަން އެނގޭކަމާއި،
ރިޑަންޑަންސީ ގެ ޙާލަތެއް ދިމާވެގެން ވަޒީފާއިން ވަކި ކުރުމަށް ނިންމޭ މުވައްޒަފުން
ވަޒީފާއިން ވަކިކުރުމުގައި އިޖްރާޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް، ޢާންމު ޙާލަތުތަކުގައި
ކަނޑައެޅޭނީ، ވަޒީފާދޭ ފަރާތުން، ރިޑަންޑަންސީ ގެ ޙާލަތުގައި ޢަމަލުކުރުމަށް ނިންމާފައިވާ އުޞޫލަށް
ތަބާވެވިގެން އެކަން ކޮށްފައިވާނަމަ ކަމުން، ފާޠިމަތު ޙުސައިން ވަޒީފާއިން ވަކިކުރުމުގައި އިޖްރާއީ
ޢަދުލުވެރިކަން ޤާއިމް ކުރެވިފައި ނުވާކަމަށް ޤަބޫލުކުރެވޭކަމާއި،
އިސްވެ ދެންނެވިފައިވާ ގޮތުގެމަތިން އިޖްރާޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިނުވާނަމަ،
ވައްޒަފަކު ވަޒީފާއިން ވަކިކުރި ވަކިކުރުން ބެލެވޭނީ އިންސާފުވެރިނޫން ވަކިކުރުމެއްގެ unfair)
(dismissal ގޮތުގައިކަމާއި، އެހެންކަމަށްވާނަމަ އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން ލިބުނު ގެއްލުމުގެ
ބަދަލު (damages) ނަގައިދެވޭނެކަމާއި، އެފަދަ ޙާލަތުގައި ނަގައިދެވޭ ބަދަލުގެ މިންވަރު ކަނޑައަޅަނީ،
މައްސަލައިގެ ބާވަތަށާއި، އެ މުވައްޒަފަކު ވަކިކުރުމުގައި އިޖްރާޢީ އަދުލުވެރިކަން ޤާއިމުކޮށްފައިވާ މިންވަރަށް
ބަލައިގެންކަން އެނގޭކަމާއި، މިއުޞޫލުތަކަކީ އިސްވެދެންނެވިފައިވާ ފަދަ ހުޅުވިގެންވާ ދީމިޤްރާޠީ ގިނަ
.ޖްތަމާއުތަކުން ވެސް ބަލައިގަނެފައިވާ އުޞޫލުތަކެއްކަން އެނގޭކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ސަބަބުތަކުގައި ބަޔާންކުރެވުނު
ކަންތައްތައް އެފަދައިން
ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 2011/VTR/160 މައްސަލަ ބައްލަވާ، އެމައްސަލަ
ހުށަހެޅި ފާޠިމަތު ޙުސައިން ހޯދަން ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑް ގެ އ.ކެންދޫ ހެލްތު
ސެންޓަރުގެ ފޫޅުމާ ކަމުގެ ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުނީގެ އޮނިގަނޑަށް ގެނެވުނު ބަދަލަކާއި ގުޅިގެން
ރިޑަންޑަންސީ ގެ އާލަތެއް ދިމާވުމުންކަމާއި، ރިޑެންޑަންސީ އަކީ ވަޒީފާއިން ވަކިކުރުމަށް އެކަށީގެންޔާގެ މި
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
2012/HC-A/161
8924 2
ހޤީeނ
ނިންމާފައިވާގޮތަށް ޢަމަލު ކުރުމަށާއި، ފާޠިމަތު ޙުސައިން ވަޒީފާއިން ވަކިކުރިކަމަށް ބުނެފައިވާ ގުރޭޑެއްގެ ސި
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކަމެއްކަމަށް ބެލެވުނު ކަމުގައިވިޔަސް، ރިޑަންޑަންޓް ކުރެވިފައިވަނީ އެކަމަށް ކަނޑައެޅުނު އުޞޫލުތަކާއި
ހަމަތަކާއި ޚިލާފަށްކަމަށްވާތީ،
އޭނާގެ ވަޒީފާއާއި
ވަކިގޮތެއް ނިމެންދެން އޭނާ ކުރިން
ދާކުރަމުންދިޔަ ވަޒީފާގައި ލިބެމުން އައި މުސާރައާއި އިނާޔަތްތައް ލިބިދޭންޖެހޭނެކަމަށް މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އެއްބަސްވެވިފައިވާތީ،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 2011/VTR/160 މައްސަލަ ބައްލަވާ ނިންމަވާފައިވާ
ނިންމެވުމުގައި، މުސާރައާއި ޢިނާޔަތް ދެވޭނީ ފާޠިމަތު ޙުސައިން ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން
އެމައްސަލަ ނިމުނު ދުވަހާއި ހަމައަށްކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަށް ބަދަލު ގެންނަން ޖެހޭނެކަމަށް
މިމައްސަލަ ބެލި ފަނޑިޔާރުން އިއްތިފާޤުވެއެވެ.
ދެންފަހެ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް
އެގޮތުގެ މަތިން ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 2011/VTR/160 މައްސަލާގައި
ބ.ކެންދޫ މުނިޔާގެ ފާޠިމަތު ޙުސައިން ހުށަހެޅި މައްސަލަ ބައްލަވާ، އޭނާ ހޯދަން ހެލްތު ސަރވިސަސް
ކޯޕަރޭޝަން ލިމިޓެޑް/ ބ. ކެންދޫ ހެލްތު ސެންޓަރ ގެ "ފުޅުމާ" ކަމުގެ މަޤާމުން ވަކިކޮށްފައިވަނީ އެކުންފުނީގެ
އޮނިގަނޑަށް ގެނެވުނު ބަދަލަކާއި ގުޅިގެން ފާޠިމަތު ޙުސައިން ހުރި މަޤާމު އުވާލުމާއި ގުޅިގެންކަމަށްވާތީ،
ރިޑެންޑަންސީ ގެ ޙާލަތެއް ދިމާވެގެން އިންސާފުވެރިކަމާއެކު މުވައްޒަފުން ރިޑެންޑަންޓް ކުރުމަކީ ވަޒީފާ ދޭ
ފަރާތަކަށް ކުރެވިދާނެ ކަމެއްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބައްލަވާފައިވާ ބެއްލެވުން ރަނގަޅުކަމަށާއި،
އަދި ފާޠިމަތު ޙުސައިން ރިޑަންޑަންޓް ކޮށްފައިވަނީ ހޯދަން ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑް ގެ
ޑިރެކްޓަރުންގެ ބޯޑުން ރިޑަންޑަންޓް ކުރާ މުވައްޒަފުންނާމެދު ޢަމަލު ކުރުމަށް ނިންމާފައިވާ އުސޫލާ ޚިލާފަށް
ކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުން ވެސް ރަނގަޅު ކަމަށް މިމައްސަލަ ބެލި ފަނޑިޔާރުންނަށް
އެއްބަސްވެވިފައިވާތީ، ރިޑަންޑަންޓް ކުރާ މުވައްޒަފުންނާމެދު ޢަމަލުކުރުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން
ނިންމާފައިވާ ފަދައިން ފާޠިމަތު ޙުސައިން އާއި މެދު ޢަމަލުކޮށް، އޭނާ ވަޒީފާ އަދާކުރި ތަނުގެ އައު
އޮނިގަނޑުގައި އޭނާއަށް އަދާކުރެވޭފަދަ މަޤާމެއް އޮތްތޯ ބެލުމަށްފަހު، އެފަދަ މަޤާމެއް އޮތްނަމަ، ބޯޑުން
228 6
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
2012/HC-A/161
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދވ
ފެށިގެން އޭނާގެ ވަޒީފާއާއި މެދު ގޮތެއް ކަނޑައެޅެންދެން ކުރިންހުރި މަޤާމުގެ މުސާރައާއި ޢިނާޔަތްތަކުގެ
މައްޗަށް ބިނާކޮށް،
މުސާރައާއި އިނާޔަތްތައް ދިނުމަށް ނޮދަން ހެލްތު ސަރވިސަސް ކޯޕަރޭޝަން
ލިމިޓެޑަށް އަންގާ އެގޮތުގެ މަތީން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv