ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/318 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/318
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 318/HC
-
A/2013
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޢަބްދުﷲ އުނައިސް
އައިޑީ ކާޑު ނަންބަރ: A295016
އެޑްރެސް: ރައިހާނުގެ ސ.ފޭދޫ
މިހާރުގެ އެޑްރެސް: ރައިހާނުގެ ސ.ފޭދޫ
އިސްތިޢުނާފް ރައްދުވި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް
އައިޑީ ކާޑުނަންބަރު:
*
ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް
މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް
ރަޖިސްޓްރީކުރެވުނު ތާރީޚް: 28 ޖުމާދަލްއާޚިރާ 1434
ނިމުނު ތާރީޚް: 29 ރަބީޢުލްއައްވަލް 1435
30 ޖެނުއަރީ 2014
07 އޮކްޓޯބަރ 2013
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cr
-
C/664
ނިންމެވިކޯޓް: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ޑައިމޯފިން ޓްރެފިކްކުރުން
ހުށަހެޅި ތާރީޚް: 2012-09-29 ނިމުނު ތާރީޚް: 2013-05-09
ދިވެހިރާއްޖޭގެ
0
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރުން ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޔޫސުފް ޙުސައިން ފަނޑިޔާރުން ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2013/HC-A/318
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
•ދައުވާގެ ޚުލާޞާ:
މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު:2012/Cr
-
C/664 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށް ދިނުން އެދި ސ.ފޭދޫ/ރައިހާނުގެ،
ޢަބްދުﷲ އުނައިސް (ދ.ރ.ކާޑު ނަންބަރު:A295016) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހެވެ.
•ފާހަގަކުރެވުނު ނުކުތާތައް:
34
A01 އިސްތިއުނާފު މިކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު:2012/Cr
-
C/664 ޤަޟިއްޔާ
ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ސ.ފޭދޫ ރީތިގަސްދޮށުގެ، އިބްރާހީމް
ޝަޒްލީލްއާއި، ސ.ފޭދޫ ރައިހާނުގެ، ޢަބްދުﷲ އުނައިސްގެ މައްޗަށް ދައުލަތުން ދަޢުވާ ކުރައްވާ ޑައިމޯފިން
ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައެއް ކަމާއި، މި ދަޢުވާގައި، ޢަބްދުﷲ އުނައިސްއާއި އިބްރާހިމް ޝަޒްލީލް،
07 މެއި 2012 ދުވަހު 23:00 އެހާކަންހާއިރު ސ.މަރަދޫ "ޖުވޭސް ކެފޭ" ކުރިން ހިންގި ތަނުގެ ކައިރީގައި
ދެމީހަކު މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަމުގެ މައުލޫމާތު ފުލުހުންގެ ބޭކަލުންނަށް ލިބުމާއި ގުޅިގެން އެ
ސަރަހައްދުގައި މިދެމީހުންގެ ހަރަކާތްތަކަށް ފުލުހުން ފާރަލަމުން ދަނިކޮށް، އިބްރާހީމް ޝަޒްލީލް ދުއްވަންއިން
ސައިކަލުގެ ފަހަތަށް ޢަބްދުﷲ އުނައިސް އެރިވަގުތު، މިދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަވައި
މިދެމީހުން ތިބި ސައިކަލު ކައިރީގައި އޮތް ހުދުކުލައިގެ ސިޓީއުރަ ނަގައި ފުލުހުން ޗެކްކުރިއިރު އޭގެ ތެރެއިން
ފެނުނު ބްލެޓް ސައިޒުގެ 20 ރަބަރު ޕެކެޓާއި އޭގެ ތެރެއިން ފެނުނު 01 ރަބަރު ޕެކެޓް ތެރެއިން ފެނުނު
ބްލެޓް ސައިޒްގެ 10 ރަބަރު ޕެކެޓްގެ ޖުމްލަ ބަރުދަނުގައި 14.9058 ގްރާމް ޑައިއެސިޓައިލްމޯފިން ހުރިކަމަށް
އެތަކެތީގެ ތަޙްލީލް ރިޕޯޓުން ދައްކާތީއާއި، ސިޓީ އުރައިގެ ބޭރުން ނެގުނު ފިންގަރޕްރިންޓާއި
ޝަޒްލީލް ވައަތު މެދުއިނގިލީގެ ނިޝާނާއި ކަނާއަތު މެދު އިނގިލީގެ ނިޝާނާއި ދިމާވާކަން ފިންގަރ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/318
ކޮމްޕްރިސަށް ރިޕޯޓުން ދައްކާތީއާއި، މިދެމީހުންގެ ހަށިގަނޑުބަލާ ފާސްކުރެއްވި އިރު ޢަބްދުﷲ އުނައިސް
ލައިގެންހުރި ސޯޓުބުރީގެ ވާތްފަރާތު ފަހަތު ޖީބުގައި އޮތް ހުދުކުލައިގެ ސިޓީއުރައިން ފެނުނު ބްލެޓް ސައިޒްގެ
20 ރަބަރު ޕެކެޓާއި ހަމަ އެސިޓީ އުރައިގެތެރޭގައި އޮތް ހުދުކުލައިގެ ޓިޝޫ ގަނޑެއްގެ ތެރެއިން ފެނުނު
ބްލެޓް ސައިޒްގެ 01 ރަބަރު ޕެކެޓްގެ ޖުމްލަ ބަރުދަނުގައި 46.084 ގްރާމް ޑައިއެސިޓައިލް މޯފިން ހެރޮއިން
ހުރިކަމަށް އެތަކެތީގެ ތަޙްލީލް ރިޕޯޓުން ދައްކާތީ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)
ގެ 103 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން، ޢަބްދުﷲ އުނައިސްއާއި އިބްރާހީމް
ޝަޒްލީލްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ ކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، "ދެންފަހެ ސ.ފޭދޫ/ރީތިގަސްދޮށުގެ،
އިބްރާހީމް ޝަޒްލީލް އާއި، ސ.ފޭދޫ/ރައިހާނުގެ، ޢަބްދުﷲ އުނައިސްގެ މައްޗަށް ދައުލަތުން ކުޅަ ޑައިމޯފިން
ޓްރެފިކް ކުރުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން 07 މެއި 2012 ދުވަހު 23:30 ހާއިރު،
ސ.މަރަދޫ "ޖުވޭސް ކެފޭ" ކުރިން ހިންގި ތަނުގެ ކައިރީގައި ދެމީހަކު މަސްތުވާތަކެތީގެ ވިޔަފާރި
ކުރަމުންދާކަމުގެ މައުލޫމާތު ފުލުހުންގެ ބޭކަލުންނަށް ލިބުމާއި ގުޅިގެން އެ ސަރަހައްދުގައި މިދެމީހުންގެ
ހަރަކާތްތަކަށް ފުލުހުން ފާރަލަމުން ދަނިކޮށް، އިބްރާހީމް ޝަޒްލީލް ދުއްވަންއިން ސައިކަލުގެ ފަހަތަށް ޢަބްދު
އުނައިސް އެރިވަގުތު، މިދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މިދެމީހުންނާއި މިދެމީހުން ތިބިތަން ބަލާ
ފާސްކުރިއިރު މިދެމީހުން ތިބި ސައިކަލު ކައިރީ ބިންމަތިން ހުދުކުލައިގެ ސިޓީއުރައެއް ފެނިފައިވާކަމާއި،
ޢަބްދުﷲ އުނައިސް ލައިގެން ހުރި ސޯޓުގެ ޖީބުން ހުދުކުލައިގެ ސިޓީއުރައެއް ފެނިފައިވާކަން ހެކިންގެ
ހެކިބަހުން އެނގެން އޮންނާތީއާއި، ޢަބްދުﷲ އުނައިސްގެ ޖީބުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި
21.537 ގްރާމް ޑައިމޯފިން ހުރިކަން އެތަކެތީގެ ތަޙުލީލު ރިޕޯޓުން އެނގެން އޮންނާތީ، ހެކިންގެ
ހެކިބަހުންނާއި ގުޅިފައިވާ ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށް ޤާނޫ ނަންބަރު 17/2011 (މަސްތުވާ
ޗާބެހޭ ޤާނޫނު) ގެ 103 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުން
ޢަބްދުﷲ އުނައިސް ކުށްވެރި ވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ ޤާނޫޒުޖޭގެ /
44ه2
24
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2013/HC-A/318
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
CCCX
103 ވަނަ މާއްދާގެ (ނ) ގެ ދަށުން ޢަބްދުﷲ އުނައިސް އުމުރަށް ޖަލަށްލުމާއެކު 100،000 (އެއްލައްކަ)
ރުފިޔާއިން ޖޫރިމަނާކޮށް، މިފައިސާ މިއަދުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި މިކޯޓަށް
(ކްރިމިނަލް ކޯޓަށް) ދެއްކުމަށް ޢަބްދުﷲ އުނައިސް އަށް އަންގައި، މި މައްސަލާގައި ދަޢުވާލިބޭ އިބްރާހީމް
ޝަޒްލީލްގެ މައްޗަށް މިދަޢުވާ ސާބިތުވާވަރުގެ ކާފީހެކި ޤަރިން ލިބިފައިނުވާތީ، އިބްރާހީމް ޝަޒްލީލްގެ މައްޗަށް
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅައި މިގޮތުގެ މަތިން
ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ." މިފަދައިން ބަޔާން ކޮށްފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
02- އިސްވެ
ބަޔާންކުރެވުނު ގޮތުގެ މަތީން ކްރިމިނަލް
ކޯޓުގެ ނަންބަރު:
2012/Cr
-
C/664 ޤަޟިއްޔާ ގެ ޙުކުމް ކުރުމާއި ގުޅިގެން ސ.ފޭދޫ ރައިހާނުގެ، ޢަބްދުﷲ އުނައިސްގެ
ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާ
ތެތަކާއި މެދު ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ 53 ވަނަ މާއްދާއާއި 51 ވަނަ
މާއްދާގެ (ބ) އާއި ޚިލާފަށް ޤާނޫނީ ވަކީލެއްގެ ފުރުޞަތުނުދީ މައްސަލަ ނިންމާފައިވާކަމަށްބުނެ ފާހަގަކޮށްފައިވާ
ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: މައްސަލައިގައި މަޞްލަޙަތު ފުށުއަރާ ފަރާތެއްގެ ހެކިބަސް ނަގައި،
އޭނާގެ ހެކިބަހަށް ރިޢާޔަތްކޮށް މައްސަލަ ނިންމާފައިވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ދިފާއީ ހެކިން ހާޟިރުކުރުމުގެ ފުރުސަތުނުދީ މައްސަލަ
ނިންމާފައިވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ހަތަރުވަނަ ނުކުތާއަކީ: މައްސަލައާ ގުޅިގެން ކަންހިގައިދިޔަ ގޮތުގައާއި ހެކިންގެ ހެކިބަހުގައި
ތަފާތުތަކެއް ހުރިއިރު އެކަމަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2013/HC-A/318
cccc
-3.1
ދިވެހިރާއްޖޭގެ ހައިކޯ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
03- މިމައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު:2012/Cr
-
C/664 ޤަޟިއްޔާ
ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިމުނުގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށް ބުނެ ޢަބްދުﷲ އުނައިސް
އިސްތިއުނާފްކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް ފާހަގަކުރެވެއެވެ.
ފުރަތަމަކަމަކީ: ޢަބްދުﷲ އުނައިސްގެ ފަރާތުން ކްރިމިނަލް ކޯޓުގެ
ނަންބަރު:2012/Cr
-
C/664 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވަނީ ހަތަރު ނުކުތާ ކަމާއި، އެ
ހަތަރު ނުކުތާގެ ތެރެއިން ފުރަތަމަ ނުކުތާއާއި ތިންވަނަ ނުކުތާގައި ވަކިވަކިން، އިސްތިއުނާފު މިކުރެވޭ
ޤަޟިއްޔާ ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާއާއި 51 ވަނަ
މާއްދާގެ (ބ) އާއި ޚިލާފަށް ޤާނޫނީ ވަކީލެއްގެ ފުރުޞަތު ނުދީ ކަމަށާއި، އަދި ދިފާޢުގައި ހެކި ހުށަހެޅުމުގެ
ފުރުޞަތުވެސް ނުދީކަމަށް ފާހަގަކޮށްފައިވާތީ، އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނިފައިވާ
އެންމެހާ މަޙްޝަރު ބަޔާންތަކަށް ބެލުމުން، އެޤަޟިއްޔާގެ ޝަރީޢަތުގެ އަޑުއެހުމެއް އެންމެ ފުރަތަމަ
ބޭއްވިފައިވަނީ 2012 އޮކްޓޯބަރ 31 ވަނަ ދުވަހު ކަމާއި، އެމަޖިލީހުގައި ދައުލަތުގެ ފަރާތުން ދަޢުވާ
ހުށަހެޅުމުން، މައްސަލަ ބެއްލެވި ފަނޑިޔާރުގެ އިސްނެގުމަށް މައްސަލަ ރައްދުވާ ފަރާތްތަކަށް ޝަރީޢަތުގެ
އިޖްރާޢާތު އޮންނަގޮތް ސާފުކޮށް ކިޔައިދީފައިވާކަމާއި، އެގޮތުން ޝަރީޢަތް ކުރިއަށް ގެންދަން ބޭނުންވަނީ
ޤާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކުގައި ކަމަށްވާނަމަ، އެފުރުސަތު ދެއްވާނެކަމަށް ވިދާޅުވެފައިވާކަމާއި،
އަދި ޢަބްދުﷲ އުނައިސް ކުރިއަށް ދާން ބޭނުންވަނީ ވަކީލެއްގެ އެހީތެރިކަމާ އެކުގައިކަމަށް
ބުނުމާއި ގުޅިގެން 10 ދުވަހުގެ ފުރުޞަތެއް ދެއްވާފައިވާކަމާއި، އަދި އެ މުއްދަތަށްފަހު ބޭއްވޭ ޝަރީޢަތުގެ
މަޖިލީހަކަށް ވަކީލު ޙާޟިރުނުވި ކަމުގައިވިޔަސް ކުރިއަށް ގެންދަންޖެހޭނެކަމަށް ފަނޑިޔާރު ވިދާޅުވެފައިވާކަން
31 އޮކްޓޯބަރ 2013 ގެ ތާރީޚުގައި ޢަބްދުﷲ އުނައިސް ދީފައިވާ ބަޔާނުން އެނގެން އޮންކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2013/HC-A/318
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ތއބވއވ
MR.MP4
އޭގެފަހުން އެޤަޟިއްޔާގެ އަޑުއެހުމެއް ބާއްވާފައިވަނީ، 2012 ނޮވެމްބަރ 19 ވަނަ
ދުވަހުކަމާއި، އެދުވަހުގެ ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރު އެންމެފުރަތަމަވެސް ސުވާލު ކުރައްވާފައިވަނީ
ޢަބްދުﷲ އުނައިސް ގެ ޤާނޫނީ ވަކީލު އާއި ބެހޭގޮތުންކަމާއި، އެސުވާލުގެ ޖަވާބުގައި، "ވަކީލުވީ މިތަނުން
ނަގާފައި، ދެން އޭގެ ފަހުން ވަކީލުގެ ޚަބަރެއް ނުވެއެވެ." މިފަދައިން ޢަބްދުﷲ އުނައިސް
ޖަވާބު ދީފައިވާކަމާއި، އަދި އެދުވަހު ވަކީލެއްގެ ހާޒިރުގައި ނޫނީ ކުރިއަށް ގެންދަން ބޭނުން ނުވާކަމަށްބުނެ
އެކަމަށް އިތުރު ފުރުސަތަކަށް ޢަބްދުﷲ އުނައިސް އެދިފައިވާކަން އެނގެން ނެތްކަމާއި،
އަދި އެދުވަހު ދަޢުވާއަށް ޖަވާބުދީ، އެދަޢުވާއަށް ޢަބްދުﷲ އުނައިސް އިންކާރު ކުރުމުން
.ލަތުން ކުޅި ދަޢުވާއާއި ގުޅިގެން އެދަޢުވާ ސާބިތުކުރުމަށް ހުށަހަޅާ ހެކި ހުށަހަޅަން ފަނޑިޔާރު އެންގެވުމުން
ދައުލަތުން ހުށަހަޅަން ބޭނުންވާ ހެއްކާއި ޤަރީނާ އެމަޖިލީހަށް ދައުލަތުގެ ވަކީލު ހުށަހަޅާފައިވާކަމާއި،
އަދި އޭގެ ފަހުން ފަނޑިޔާރުގެ އިސްނެގުމަށް ޢަބްދުﷲ އުނައިސް ގެ ފަރާތުން ދިފާޢީ ހެކި
ހުށަހަޅަން ބޭނުންތޯ ސުވާލުކޮށް، އޭނާގެ ފަރާތުން ދިފާޢީ ހެކި ހުށައަޅަން ބޭނުންވާކަމަށް ބުނުމުން އެކަން
އޮންނަގޮތް އޮޅުން ފިލުވައިދީފައިވާކަމާއި، އެގޮތުން ހެކިވެރިންގެ ފުރިހަމަނަމާއި އެޑްރެސް، އަދި މިހާރު
ދިރިއުޅޭ އެޑްރެސް ކޯޓަށް ހުށަހަޅަން ވާނެކަމަށާއި، ދެން އޮންނަ އަޑުއެހުމެއްގެ ކުރިން އެމަޢުލޫމަތު
ހުށަހަޅަންވާނެ ކަމަށް ވިދާޅުވެ، ހުށަހަޅާ ދިފާޢީ ހެކީންތިބީ މާލެއިން ބޭރުގައި ކަމުގައިވާނަމަ ޑިޕޮޒިޓް ފައިސާ
ބަހައްޓަންވާނެކަމާއި، މިކަންތައްތައް އޮޅުން ފިލުވައި ދެއްވުމަފަހު، ދެން އަންނަ މަޖިލީހަކަށްވެސް ވަކީލަކު
ޢައްޔަންކުރަން ބޭނުންވާނަމަ އެކަން ހަމަޖެއްސުމަށާއި، ދެން ބާއްވާ ޝަރީޢަތުގެ މަޖިލީހަކީ ދައުލަތުން ހުށަހެޅި
ހެކީންގެ ހެކިބަސް ނަގާނެ މަޖިލީސް ކަމާއި އެކަމުގެ މަޢުލޫމާތުވެސް ވަކީލާ ޙިއްޞާކުރުމަށް އެދިފައިވާކަން
ފާހަގަކުރެވޭކަމާއި،
އަދި އޭގެ ފަހުން އެޤަޟިއްޔާގެ ތިންވަނަ އަޑުއެހުން ބޭއްވިފައިވަނީ 2013 ފެބްރުއަރީ 14
ވަނަ ދުވަހުކަމާއި، އެހާތަނަށްވެސް ޢަބްދުﷲ އުނައިސްގެ ފަރާތުން ވަކީލަކު ހަމަޖައްސާފައި ނުވާތީއާއި އަދި
ދިފާޢީ ހެކީންގެ ފުރިހަމަ މަޢުލޫމާތުވެސް ހުށަހަޅާފައި ނުވާތީ، ވަކީލަކު ހަމަޖައްސަން ބޭނުންވާނަމަqއިބައްޖޭގެ ޚައި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1
2013/HC-A/318
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިފާޢީ ހެކި ހުށަހަޅަން ބޭނުންވާނަމަ، އަވަސް ފުރުޞަތެއްގައި އެކަން ހަމަޖެއްސުމަށް ފަނޑިޔާރު
އަންގާފައިވާކަން އެތާރީޚުގައިވާ ޢަބްދުﷲ އުނައިސްގެ ބަޔާނުން އެނގެން އޮންނަކަމާއި،
އެޤަޟިއްޔާގައި ޢަބްދުﷲ އުނައިސްގެ ފަރާތުން އެންމެ ފުރަތަމަވެސް ވަކީލެއް
ހާޒިރުވެފައިވަނީ 2013 މާރޗް 13 ވަނަ ދުވަހު ކަމާއި، އޭރުވަނީ ދައުލަތުން ހުށަހެޅި 4 ހެކީންކުރެ 3
މީހުންގެ ހެކިބަސް ނަގާފައިކަމާއި، އެހެންކަމުން އެހެކީންގެ ހެކިބަޔާންތައް ކިޔާލުމުގެ ފުރުޞަތު ދެއްވުމަށް
ޤާނޫނީ ވަކީލު އަލްއުސްތާޛާ އާމިނަތު ޝިޒްލީނާ އެދުމުން އެފުރުޞަތުވެސް ޝަރީޢަތުން
ދެއްވާފައިވާކަމާއި، އަދި އޭގެ ފަހުގެ ތާރީޚެއްގައި އާމިނަތު ޝިޒްލީނާ ޚުލާޞާ ބަޔާން ހުށަހަޅާފައިވާކަން
ފާހަގަކުރެވޭކަމާއި،
ه4
6
އެންޤި
ދިވެހިރާއްޖޭ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައި، ކުނުން
ބަރީއަވުމަށް މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި، އެކަށީގެންވާ ވަސީލަތްތައް ލިބެންވާނެއެވެ. އަދި
އެ މީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލަކާ މަޝްވަރާކުރުމަށް ފުރުޞަތު ދޭންވާނެއެވެ." މިފަދައިން ބަޔާން
ކޮށްފައިވާކަމާއި، އަދި ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ) ގައި، "ޤާނޫނީ ވަކީލެއްގެ އެހީއަކަށް
ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ."
މިފަދައިން ބަޔާންކުރުމަށްފަހު (ށ) ގައި، "ޖިނާއީ ބޮޑެތި މައްސަލަތަކުގައި، ތުހުމަތުކުރެވޭ މީހާއަކީ ޤާނޫނީ
ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހަކު ނަމަ، އޭނާއަށް ދައުލަތުން ޤާނޫނީ
ވަކީލަކު ޢައްޔަން ކޮށްދޭން ވާނެއެވެ." މިފަދައިން ބަޔާންކޮށްފައިވާކަމާއި،
އިސްތިއުނާފު މިކުރެވޭ ޤަޟިއްޔާގެ ރިޕޯޓުގައިވާ އިސްވެ ބަޔާންކުރެވުނު މަޙް ޝަރު
ބަލާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާ އާއި 51 ވަނަ
މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށް ކޯޓުން ކޮށްފައިވާކަމެއް ސާފުކޮށް އެނގެން ނެތްކަމާއި،
އަދި އޭގެ އިތުރަށް ދިފާޢީ ހެކި ހުށައެޅުމަށްވެސް ތަކުރާރުކޮށް ކޯޓުން ފުރުޞަތު ދީފައިވާކަމާއި، ޢަބްދު
އުނައިސް ގެ ފަރާތުން ޤާނޫނީ ވަކީލް ޢަބްދުﷲ ޙަސީން ފޯމް ހުށަހަޅާފައިވާކަމަށް ބުނާ ބުނުން ފިޔަވައި އެކަންމިއްޖޭގެ ކިQ
22
4 އދ8
249
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
2013/HC-A/318
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެބައޮތްކަމާއި،
ސާބިތުކުރުމަށް އެއްވެސް ހެއްކެއް ކްރިމިނަލް ކޯޓަށްވެސް އަދި ދިވެހިރާއްޖޭ ހައިކޯޓަށްވެސް ޢަބްދު
އުނައިސް ގެ ފަރާތުން ހުށަހަޅާފައިނުވާކަމާއި،
އިސްތިއުނާފު މިކުރެވޭ ޤަޟިއްޔާ ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 53 ވަނަ މާއްދާއާއި 51 ވަނަ މާއްދާގެ (ބ) އާއި ޚިލާފަށް ޤާނޫނީ ވަކީލެއްގެ ފުރުޞަތު
ނުދީ ކަމަށާއި އަދި ދިފާޢީ ހެކި ހުށަހެޅުމުގެ ފުރުޞަތު ނުދީކަމަށް، ހަމައެކަނި ބުނާ ބުނުމެއްގެ މައްޗަށް
ބިނާކޮށް ކޯޓުގެ މަޙްޝަރު ބަޔާންތަކުން ފެންނަން އޮތް ޙަޤީޤަތްތައް ނަފީކުރެވެން ނޯންނާނެކަމާއި، ކޯޓުގެ
މަޙްޝަރު ބަޔާންތަކުގައި ކޯޓުން ޢަމަލުކޮށްފައިވާގޮތް ސާފުކޮށް އެނގެން
ކޯޓުން
ޢަމަލުކޮށްފައިވާގޮތް
ގޮތް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާއާއި 51 ވަނަ މާއްދާގެ
(ބ) އާއި ޚިލާފުކަމަށް ބެލެވެން ނެތްކަން ފާހަގަކުރެވެއެވެ.
3.2- ދެވަނަ ކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު:2012/Cr
-
C/664 ޤަޟިއްޔާ
އިސްތިއުނާފު ކުރަމުން ޢަބްދުﷲ އުނައިސްގެ ފަރާތުން ފާހަގަކޮށްފައިވާ ހަތަރު ނުކުތާގެ ތެރެއިން، ދެވަނަ
ނުކުތާގައާއި ހަތަރުވަނަ ނުކުތާގައި، މަޞްލަޙަތު ފުރުއަރާ މީހެއްގެ ހެކިބަސް އެޤަޟިއްޔާގައި ނަގާފައިވާ
ކަމަށާއި، އަދި ހެކީންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރިކަމަށާއި، ނަމަވެސް އެކަމަށް ކްރިމިނަލް ކޯޓުން
ރިޢާޔަތް ކޮށްފައި ނުވާކަމަށް ބުނެފައިވާތީ، އެ ދެނުކުތާއާއި ގުޅިގެން ބެލި ބެލުމުންގެ
މަޞްލަޙަތު ފުށުއަރާ ހެކިވެރިއަކީ ދައުލަތުން ހުށަހެޅި 4 ހެކީންކުރެ މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ލާންސް ކޯޕްރަލް ޢަލީ ޢާމިރު ކަމަށާއި، ސަބަބަކީ އޭނާއަކީ ޢަބްދުﷲ އުނައިސްގެ ޖީބަށް
މަސްތުވާތަކެތި ލީ މީހާ ކަމަށް ޢަބްދުﷲ އުނައިސްގެ ފަރާތުން ބުނެފައިވާއިރު، ޢަލީ ޢާމިރު އެފަދަ ކަމެއް
ކުރަންޖެހޭ ސަބަބެއް ނުވަތަ ޢަލީ ޢާމިރު އާއި ޢަބްދުﷲ އުނައިސް އާއި ދެމެދު ޒާތީ ހަސަދަވެރިކަމެއް ނުވަތަ
ކްރިމިނަލް ކޯޓުގައި ޢަބްދުﷲ އުނައިސް ބުނެފައިނުވާކަން އެނގެން އޮވެއެވެ.
ދެކޮޅުވެރިކަމެއް އޮތްކަމަކަށް ކް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
2013/HC-A/318
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އަދި ހެކިވެރިންގެ ބަޔާނުގައި ފުށުއެރުން ހުރިކަމަށް ބުނެފައިވާއިރު، އެކަން އެގޮތަށް
ފާހަގަކުރުން ފިޔަވައި، ހެކީންގެ ހެކިބަޔާނުގައި އެފަރާތަށް ފާހަގަކުރެވުނު ފުށުއެރުންތައް ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ޢަބްދުﷲ އުނައިސްގެ ފަރާތުން ފާހަގަކޮށްފައި ނުވާކަން އެނގެން އޮވެއެވެ.
އަދި ޢަބްދުﷲ އުނައިސްގެ ފަރާތުން ތަޢުނު ކޮށްފައިވާ ހެކިބަހަކީ ލާންސް ކޯޕްރަލް ޢަލީ
ޢާމިރުގެ ހެކިބަސް ކަމުގައިވާއިރު، ކްރިމިނަލް ކޯޓުގައި ޢަލީ ޢާމިރު ހެކިބަސް އަދާކުރަމުންދިޔައިރު، ސީދާ
ޢަބްދުﷲ އުނައިސް ޢަލީ ޢާމިރު އާއި ސުވާލު ކުރަމުން ގޮސްފައިވާކަމާއި، ނަމަވެސް އެއިން އެއްވެސް
ފަހަރަކު، ހައިކޯޓުގައި ޢަބްދުﷲ އުނައިސްގެ ވަކީލުގެ ފަރާތުން ފާހަގަކޮށްފައިވާފަދައިން ޢަލީ ޢާމިރަކީ އޭގެ
ކުރިން ޢަބްދުﷲ އުނައިސް އާއި ޢަދާވާތްތެރިކަން ފާޅުކޮށް ދެކޮޅުވެރިވެފައިވާ މީހެއް ކަމަކަށް ޢަބްދު
އުނައިސްގެ ފަރާތުން ކްރިމިނަލް ކޯޓުގައި ފާހަގަކޮށްފައިނުވާކަން އެގެން އެވެއެވެ.
އަދި ޢަބްދުﷲ އުނައިސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކޮށްފައިވާ
ކަންތައްތަކުގެ ތެރޭގައި، ކްރިމިނަލް ކޯޓުގެ ނަންބަރު:2012/Cr
-
C/664 ޤަޟިއްޔާގެ ރިޕޯޓުގައިވާ ދަޢުވާގެ
ޚުލާޞާގައާއި ޙުކުމުގައި، މިޙާދިސާ ހިނގިރޭ ޢަބްދުﷲ އުނައިސް އާއި އިބްރާހީމް ޝަޒްލީލް ހިފެހެއްޓީ،
"އިބްރާހީމް ޝަޒްލީލް ދުއްވަން އިން ސައިކަލްގެ ފަހަތަށް ޢަބްދުﷲ އުނައިސް އެރިވަގުތު" ކަމަށް
ސިފަކޮށްފައި އޮތް އޮތުމަކީ ޙަޤީޤަތާއި ޚިލާފަށް ބަޔާންކޮށްފައިވާ ކަމެއްކަމަށާއި، ރަގަޅު ގޮތަކީ ފުލުހުން
އެދެމީހުން ހިފެހެއްޓީ ޢަބްދުﷲ އުނައިސް ދުއްވަންއިން ސައިކަލްގެ ފަހަތަށް އިބްރާހީމް ޝަޒްލީލް އެރިވަގުތު
ކަމަށް ބަޔާންކޮށްފައިވާތީ، ޙާދިސާ ހިނގިތަނުގައި ތިބި ފުލުހުން މައްސަލާގެ ތަޙްޤީޤަށާއި ޝަރީޢަތަށް ދީފައިވާ
ބަޔާންތަކަށް ބަލާއިރު، ފުލުހުން އެދެމީހުން ހިފެހެއްޓިއިރު، ސައިކަލް ދުއްވަން އިނީ ޢަބްދުﷲ އުނައިސްކަމާއި،
ފަހަތަށް އެރި މީހަކީ އިބްރާހީމް ޝަޒްލީލްކަން އެނގެން އޮންނަކަމާއި، ނަމަވެސް މިކަމަކީ އެކަމެއްގެ ސަބަބުން
އެ ޙާދިސާއާއި ގުޅިގެން އެކަމެއްގެ މައްޗަށް ދަޢުވާކޮށްފައިވާ ޙަޤީޤަތްތަކާއި ނަތީޖާތަކަށް އަސަރުކުރާފަދަ
ޚިލާފެއް ނޫންކަން ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/318
ބަޔާންކޮށް6
ccc
3.3- ތިންވަނަ ކަމަކީ: ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު) ގެ
ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޢަބްދުﷲ އުނައިސްގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ ޑައިމޯފިން
ޓްރެފިކްކުރުން ކަމުގައިވާތީ، ޓްރެފިކްކުރުމަކީ އެޤާނޫނުގެ ދަށުން ތަޖްރީމް ކުރެވޭ ޢަމަލެއްތޯއާއި، އެޤާނޫނުގެ
ދަށުން ޓްރެފިކްކުރުން ކަމުގައި ބެލޭ ޙާލަތްތަކަކީ ކޮބައިތޯ ބަލާއިރު؛
އެޤާނޫނުގެ 103 ވަނަ މާއްދާގެ (ހ) ގައި، ޑައިމޯފިން ޓްރެފިކް ކުރުމަކީ ކުށެއްކަމަށް
އެކުށުގެ އަދަބަކީ، ޢުމުރަށް ޖަލަށްލުމާއެކު -/100000ރ.(އެއްލައްކަ) ރުފިޔާއިން ފެށިގެން
-/
000000'10 ރ.(ދިހަމިލިއަން) ރުފިޔާއާ ދެމެދުގެ ޢަދަދަކުން
ކަމަށް އެމާއްދާގެ (ށ) ގައި
ބަޔާންކޮށްފައިވާކަން، ފަހަގަކުރެވޭކަމާއި،
އަދި "ޓްރެފިކްކުރުން" ކަމަށް ބުނެފައިވަނީ، ޑްލަރަކަށް ނުވާމީހަކު، އެޤާނޫނުގެ 142
ވަނަ މާއްދާގައި
ދިންކުރާ ކަންހަ
ވަންކަމުގެ ތެރެއިން ކަމެއް ފުރިހަމަވާގޮތަށް މަސްތުވާތަކެތިން މުޢާމަލާތް ކުރުމަށް،
ނުވަތަ ޕެޑްލަރަކަށް ހުރެ، އެ ޤާނޫނުގެ 142 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ދެ ކަމެއް
ފުރިހަމަވާގޮތަށް މަސްތުވާތަކެތިން މުޢާމަލާތު ކުރުމަށްކަން އެޤާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކޮށް
ފައިވާކަމާއި،
"ޓްރެފިކްކުރާ މީހާ" ކަމަށް ބުނެފައިވަނީ، ޓްރެފިކްކުރުންކަމަށް ބެލެވޭނެ ޢަމަލެއް ކަމުގައި
އެޤާނޫނުގައި ބަޔާންކޮށްފައިވާ ޢަމަލުތަކުގެ ތެރެއިން ޢަމަލެއް ކުރުމާއެކު، މަސްތުވާތަކެތިން މުޢާމަލާތްކުރާ
މީހާއަށް، ނުވަތަ ޕެޑްލަރަކަށްހުރެ، ޓްރެފިކްކުރުން ކަމަށް ބެލެވޭނެ ޢަމަލެއްކަމުގައި އެ ޤާނޫނުގައި
ބަޔާންކޮށްފައިވާ ޢަމަ
ޢަމަލުތަކުގެ ތެރެއިން ދެ ކަމެއް ކުރާ މީހާއަށްކަން، އެޤާނޫނުގެ 18 ވަނަ މާއްދާގައި ބަޔާން
ކޮށްފައިވާކަމާއި،
ޕެޑްލްކުރުން"
ކަމަށް ބުނެފައިއެވަނީ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހަކު، އޭނާ
ބޭނުންވާ ނިސްބަތް ދެމެހެއްޓުމަށްޓަކައި، މަސްތުވާތަކެތިން މުޢާމަލާތު ކުރުމަށްކަން،
އެޤާނޫނުގެ 19 ވަނަ މާއްދާއިން އެނގެން އޮންނައިރު،
c 3
s
މަސްތުވާތަކެއްޗަށް
ދިވެހިރާއްa
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/318
iuޑ 4
192
4
43 ހޑ އދވ
ސިތުވާތަކެއްޗަށް
44
I
ވޮލިފުނއވ.
etcc
2 8ޑ 8
4 24
324
ޕެޑްލަރު" ކަމަށް ބުނެފައިވަނީ، މަސްތުވާތަކެތިން މުޢާމަލާތްކުރާ، މަސްތުވާތަކެ
ދެވިހިފާފައިވާ މީހާއަށްކަން އެޤާނޫނުގެ 20 ވަނަ މާއްދާއިން އެނގެން އޮންނަކަމާއި،
މީގެ އިތުރުން އެޤާނޫނުގެ 142 ވަނަ މާއްދާއަށް ބަލާއިރު، އެމާއްދާގައި، "މި ޤާނޫނުގައި
އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މަސްތުވާތަކެތިން މުޢާމަލާތުކުރާ މީހަކު، އަންނަނިވި ކަންކަމުގެ
ތެރެއިން ކަމެއް ކޮށްފިކަމަށް ސާބިތުކުރެވޭނަމަ، އޭނާއަކީ މަސްތުވާތަކެތި ޓްރެފިކްކުރާ މީހެއްކަމަށް
މިފަދައިން ބަޔާންކޮށް ޖުމްލަ 11 (އެގާރަ) ކަމެއް ބަޔާންކޮށްފައިވާއިރު އެއަކުރު ތަކުގެ
ތެރެއިން (ޅ) ގައި، "ޓްރެފިކްކުރާ މީހެއްކަމަށް ބެލެވޭ މިންވަރަށް މިޤާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށް
މަސްތުވާތަކެތި އަތުގައި ހުރުން"; މިފަދައިން ބަޔާންކޮށްފައިވާއިރު، އެޤާނޫނުގެ 135 ވަނަ މާއްދާގެ (ބ)
ގައި، މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި، 4 (ހަތަރެއް) ގްރާމަށްވުރެ ގިނަ ޢަދަދަކަށް
ޑައިމޯފިން ހުރެއްޖެނަމަ، އެ
އަތުގައި އެހުރީ، އެ އެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި
ބަޔާންކޮށްފައިވާކަމާއި،
ޢަބްދުﷲ އުނައިސް އަތުން ފެނިފައިވާ މަސްތުވާތަކެތީގެ ބަރުދަނުގައި 21.537
ހުރިކަން ތަޙްލީލު ނަންބަރު2012
/
0623/Ke
)
/
DR ރިޕޯޓުން އެނގެން އޮންނާތީ، ޢަބްދުﷲ އުނައިސްގެ
އެޢަމަލު ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 142 ވަނަ މާއްދާގެ (ފ) އަށް
ފެތިގެންދާކަން ފާހަގަކުރެވެއެވެ.
3.4- ހަތަރުވަނަ ކަމަކީ: ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު) އިން
ފާހަގަކުރެވިފައިވާ އިސްވެ ބަޔާންކުރެވުނު މާއްދާތަކުގެ އަލީގައި، ޢަބްދުﷲ އުނައިސް ގެ މައްޗަށް ކޮށްފައިވާ
ދަޢުވާގައި ބަޔާންކޮށްފައިވާ މަސްތުވާތަކެތީގެ މުޢާމަލާތާ ގުޅޭ އޮޕަރޭޝަނުގައި ބައިވެރިވި އަދި ދައުލަތުން
ދުﷲ އުނައިސް އާއި ދެކޮޅަށް ހުށަހަޅާފައިވާ ހެކީން ކްރިމިނަލް ކޯޓަށް ހާޒިރުވެ ދީފައިވާ ހެކިބަހަށް ބަލައި،
އެ މުޢާމަލާތުގައި ޢަބްދުﷲ އުނައިސް ގެ ޢަމަލުތައް ހުރިގޮތާއި އޮޕަރޭޝަނުގައި ޢަބްދުﷲ އުނައިސް
އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި އޭގެ ބަރުދަނަށް ބަލައި، އެ އެންމެހައި ކަންތައްތައް
2
2
4
2 ހދه
ލިވާނެކަމަށް
072
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/318
ބަޔާންކުރެވުނު ޤާނޫނީ މާއްދާތަކަށް ތަޠުބީޤު ކުރުމަށް ބަލާއިރު، ޙާޟިރުކުރެވުނު ހުރިހާ ހެކީންގެ
ހެކިބަހުންވެސް ޢަބްދުﷲ އުނައިސް ބަލާފާސްކުރެވުނު އިރު އޭނާގެ ޖީބުން ފެނިފައިވާ ސިޓީ އުރައެއްގައި
މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބްލެޓް ސައިޒްގެ 20 ރަބަރު ޕެކެޓް ފެނިފައިވާކަމަށް
ބުނެފައިވާތީއާއި، އެތަކެތި ތަޙްލީލު ކުރެވުނު އިރު އެތަކެތި ޑައިމޯފިން އަށް ޕޮސިޓިވް ވެފައިވާތީއާއި، އަދި
ޢަބްދުﷲ އުނައިސްގެ ޖީބުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 21.537 ގްރާމް ޑައިމޯފިން ހުރިކަމަށް
އެތަކެތީގެ ތަޙްލީލު ނަންބަރު2012
/
0623/Ke
)
/
DR ރިޕޯޓުގައި ބަޔާންކޮށްފައިވާތީ، އެއީ ޤާނޫނު
ނަންބަރު:17/2011 ގެ 135 ވަނަ މާއްދާގެ (ބ) ގައި ބުނާ މިންވަރަށްވުރެ އިތުރު މިންވަރެއްކަން
oxo
ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ކަންތައްތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކުގެމަތިން ރިޢާޔަތްކުރާއިރު، ކްރިމިނަލްކޯޓުގެ ނަންބަރު:2012/Cr
-
C/664 ޤަޟިއްޔާގައި ޢަބްދު
އުނައިސް ގެ މައްޗަށް އުފުލިފައިވާ ދަޢުވާ ބައްލަވައި އޭނާގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް
ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ، ޤާނޫނުއަސާސީގައި ބުނެފައިވާ އެކަށީގެންވާ ޝައްކެތް ނެތް މިންވަރު
ޙާޞިލްވެގެންކަމުގައި ނޫނީ
އަދި އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޢަބްދުﷲ އުނައިސް
ފަރާތުން ހުށަހެޅި އެއްވެސް ނުކުތާއެއްގައި ބުނެފައިވާ ފަދައިން އެކަންކަން ހުރިކަން
ސާބިތުކޮށްދެވިފައިނުވާތީ، އެޤަޟިއްޔާގައި ޢަބްދުﷲ އުނައިސް ގެ މައްޗަށް ކުރައްވާފައިވާ ޙުކުމަށް
ބަދަލުގެންނަންޖެހޭނެ އެއްވެސް ސަބަބެއް އޮތްކަމަކަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް
ފަނޑިޔާރަކަށް ނުފެނުނެވެ.
ޏ ސ ޑ ވ ޑ3 4 ޑ 3
@ނނ420ހ4
ގެ
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން
ރިޢާޔަތްކޮށް ބަލާއިރު، ކްރިމިނަލް ކޯޓުގެ ނަންބަރު:2012/Cr
-
C/664 ޤަޟިއްޔާގައި ސ.ފޭދޫ/ރަ
ސ.ފޭދޫ/ރައިހާނުގެ.
(ދ.ރ.ކާޑް ނަންބަރު:A295016} ޢަބްދުﷲ އުނައިސް ގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާޘުން
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/318
مستر
ހދ8
އިrކަމަށް
ކޮށްފައިވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ދަޢުވާ ބައްލަވައި، އެކުށް މައްޗަށް ސާބިތުވާކަމަށް
ކަނޑައަޅުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބެލެވޭނެ އެއްވެސް ސަބަބެއް
ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާ ބެލި އެއްވެސް ފަނޑިޔާރަކަށް ނުފެންނަކަމަށް ކަނޑައަޅައި، އެގޮތުގެ
މަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv