ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/24 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/24
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
:މިޚާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 24/HC-A/2011
• އިސްތިއުނާފުކުރި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
އިސްތިއުނާފް ރައްދުވި ފަރާތް:
:
0ވ
ހެޅުނު ތާރީޚް: 17 ޖެނުއަރީ 2011
ނިމުނު ތާރީޚް:
ޚް: 30 އޭޕްރީލް 2013
ޤަޟިއްޔާގެ އިޖްރާއީ ގޮތުން
އިސްތިއުނާފުކުރެވުނު ނިންމުން ނަންބަރު: 2010/Cv
-
C/1219
ނިންމިގޮތް.
ނިންމެވިކޯޓް: ސިވިލް ކޯޓު
ނިންމި ތާރީޚް: 04 ޖެނުއަރީ 2011
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/24
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލްކޯޓު ނަންބަރު 2010/Cv-C/1219 ޤަޟިއްޔާގައި 2011 ޖެނުއަރީ 04 ގައި
އިޖްރާއީ ގޮތުން ނިންމި ނިންމުމަކީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފު ނިންމެވުމެއް ކަމަށް ބުނެ
ދައުލަތުގެ ފަރާތުން އެނިންމުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
cu o
cucc
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލްކޯޓު ނަންބަރު 2010/Cv
-
C/1219 ޤަޟިއްޔާގައި 2011 ޖެނުއަރީ 04 ގައި އިޖްރާއީ
ގޮތުން ނިންމި ނިންމުމަކީ، [ވިއު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުގެ މައްޗަށް ސިވިލްކޯޓުގެ ނަންބަރު (2010/Cv
-
C
/
2010
(
2247
/
MC/1219 ޤަޟިއްޔާއިން
ކޮށްފައިވާ ދަޢުވާއަކީ މައްސަލައިގެ ބާވަތުން ޝަރުޢީ ކޯޓަކުން ބެލޭނެ މައްސަލައެއް ނޫންކަމަށާއި،
ޕްރޮސިކިއުޓަރ ޖެނެރަލް ޒިންމާދާރު ކުރުމުގެ މަސައްކަތް ޤާނޫނު ނަންބަރު 9/2008 (ޕްރޮސިކިއުޓަރ
ޖެނެރަލްގެ ޤާނޫނު) އިން ޙަވާލުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހަށްކަމުގައި ބުނެ، ސިވިލްކޯޓުގެ ނަންބަރު
(2010/Cv
-
C
/
2010
(
2247
/
MC/1219 ޤަޟިއްޔާއިން ހުށަހަޅާފައިވާ މައްސަލައަކީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނު ނަންބަރު 9/2008 (ޕްރޮސެކިއުޓަރ ޖެނެރަލްގެ ޤާނޫނު) ނިޔާކުރާ
ގޮތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މައްޗަށް ހުށަހެޅި ކުރިއަށް ގެންދެވޭނެ ދަޢުވާއެއް ނޫންކަމުގައި
ކަނޑައަޅައިދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ ހިނދު،
ސިވިލްކޯޓުގެ ނަންބަރު (2010/Cv
-
C
/
2010
(
2247
/
MC/1219 ޤަޟިއްޔާއިން ހުށަހަޅާފައިވާ
މައްސަލައަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަކި މައްސަލައަކާއި ގުޅިގެން، ކަން ކޮށްފައިވަނީ ޤާނޫނުގެ
ޙުދޫދުގެ ތެރެއިން ނޫންކަމަށް ކަނޑައަޅައި ދިނުން އެދި ހުށަހަޅާފައިވާ މައްސަލައަކަށް ވެފައި، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ) ގެ ދަށުން އިދާރީ ގޮތުން އަޅާ ފިޔަވަޅެއްގެ
ސަބަބުން އެއްވެސް މީހެއްގެ ޙައްޤަކަށް ނުވަތަ ބައެއްގެ ޙައްޤަކަށް ނުވަތަ މުޖުތަމަޢުގެ ޙައްޤަކަށް އުނިކަމެއް
ލިބިއްޖެ ކަމަށް ފެނިއްޖެނަމަ، އެކަމެއް ކޯޓަށް ހުށަހެޅުމުގެ ޙައްޤު ލިބިދީފައިވާތީ، މިޤަޟިއްޔާއިން ބެލުމަށް
އެދި ހުށަހަޅާފައިވާ މައްސަލައަކީ މަދަނީ ޙައްޤަކާއި ގުޅޭ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ
ކޯޓުތަކުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ކޯޓުތަކުގެ އިޚްތިޞާޞް ފުށުއަރާ ފަދަ މައްސަލައެއް ކަމުގައި ނުވާތީ
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/24
އާއި، މަދަނީ ކޯޓުގެ ނަންބަރު 2010/MC/1920ޤަޟިއްޔާއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މަދަނީ
ކޯޓުގައި ދަޢުވާކުރެވުނު ފަދައިން، ޤާނޫނު ނަންބަރު 9/2008 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) ގެ 2
ވަނަ މާއްދާގެ (ށ) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމުގެ އިތުރުން،
ދަޢުވާލިބިގަތުމުގެ ބާރުވެސް ލިބިފައިވާ މިނިވަން ޤާނޫނީ ޝަޚް ޞައްކަމުގައި ބަޔާންކޮށްފައިވާތީ، އަދި
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 02/SC-C/2009 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާގެ
(ނ) ގައި ހާމަ ކުރައްވާފައިވާ މައްދައުއަށް ޤިޔާސްކޮށް،
ވިއު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މައްޗަށް
ހުށަހަޅާފައިވާ މައްސަލައިގެ މައުޟޫޢަށް ބަލައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކަން ކޮށްފައިވަނީ
ޤާނޫނުގެ ޙުދޫދުގެ ތެރެއިން ކަން ނުވަތަ ނޫންކަން ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެންވާކަމުގައާއި،
ދަޢުވާ ދެމިއޮތްހާ ހިނދަކު މިޤަޟިއްޔާ ކުރިއަށް ގެންދެވޭނެކަމުގައި ނިންމާފީމެވެ. މިފަދައިން ނިންމާފައިވާ
ނިންމެވުމެއްކަން އެނިންމެވުމުން އެގެން އޮވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ސިވިލްކޯޓު ނަންބަރު 2010/Cv
-
C/1219ޤަޟިއްޔާގައި
އިޖްރާއީ ގޮތުން ނިންމެވި ނިންމެވުމާއި ގުޅިގެން ދައުލަތު (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ގެ ފަރާތުން
އެނިންމުން އިސްތިއުނާފު ކުރަމުން، 05 (ފަހެއް) ނުކުތާ ފާހަގަކޮށް އެނުކުތާ ތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
03- ސިވިލްކޯޓު ނަންބަރު 2010/Cv-C/1219 ޤަޟިއްޔާގައި 2011 ޖެނުއަރީ 04 ގައި
އިޖްރާއީ ގޮތުން ނިންމި ނިންމުމަށާއި އެނިންމުން އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކާއި މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް ފާހަގަކުރެވެއެވެ.
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/24
(ހ) ސިވިލްކޯޓުގެ ނަންބަރު (2010/Cv
-
C
/
2010
(
2247
/
MC/1219 ޤަޟިއްޔާއަކީ، ފަލިމް
ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި ވިއު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ހ. ފޭރުގަސްދޮށުގޭގައި 10 ބުރީގެ
ޢިމާރާތެއް ކުރުމަށްޓަކައި 16 އޭޕްރީލް 2007 ދުވަހު ވެފައިވާ އެއްބަސްވުމުގެ ދަށުން ފަލިމް ގްރޫޕް
ޕްރައިވެޓް ލިމިޓެޑުން ވިއު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ފައިސާ ދިނުމުގެ ގޮތުން ދޫކޮށްފައިވާ
ޗެކްތަކަކަށް ފައިސާ ނެގުމަށްޓަކައި އެޗެކްތައް ބޭންކަށް ހުށަހެޅުމުން އެޗެކްތަކަށް ފައިސާ ދެވެން ނެތްކަމަށް
އަންގައި ބޭންކުން އެޗެކްތައް އަނބުރައި ރައްދުކޮށްފައިވާތީ، އެޗެކްތަކުގައިވާ ޢަދަދަށް 7 ދުވަހުގެ ތެރޭގައި
ފައިސާ ދިނުމަށް އެދި ފަލިމް ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް ސިޓީ ފޮނުވުމުންވެސް އެޗެކްގައިވާ ޢަދަދަށް
ފައިސާ ދައްކާފައިނުވާތީ، ވިއުބިލްޑާރސްގެ ފަރާތުން މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވުމުން
އެސަރވިސްގެ ފަރާތުން އެމައްސަލަ ތަޙްޤީޤްކޮށް ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް
ފޮނުވާފައިވާތާ 7 މަސް ދުވަހަށްވުރެ ދިގު މުއްދަތެއް ފާއިތުވެގެން ދިޔަފަހުން ދެއްވި ޖަވާބުގައި
މިމައްސަލައިގައި ބަދަލު ލިބެންޖެހޭ ފަރާތަށް ލިބެންޖެހޭ ފައިސާއަކީ ބަދަލު ލިބޭފަރާތަށް ލިބެންޖެހޭ
ފައިސާއެއްކަމާމެދު ޝައްކު އުފެދޭތީ، މައްސަލައިގައި ދަޢުވާކުރެވެން ނެތްކަމަށް ކަނޑައަޅާފައިވަނީ
ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ޤާނޫނީ އުސޫލުތަކާއި ޚިލާފަށް ކަމަށްބުނެ
މިމައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލް ޢަމަލު ކުރައްވާފައިވަނީ ޤާނޫނުއަސާސީއާ ޚިލާފަށްކަމަށް
ކަނޑައަޅައި ދެއްވުމަށާއި ބަޔާންކުރެވުނު މައްސަލައަކީ ޖިނާއީ ކުށުގެ ދަޢުވާކުރަންޖެހޭ މައްސަލައެއްކަމަށް
ކަނޑައަޅުއްވައި ދެއްވުން އެދި ވިއު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުގެ މައްޗަށް ކޮށްފައިވާ ދަޢުވާއެއްކަމާއި،
މިދަޢުވާއަކީ ނުވަތަ މިދަޢުވާގެ މައުޟޫޢަކީ ޕްރޮސިކިއުޓަރ ޖެނެރަލް ކުށުގެ ދަޢުވާއެއް ނުކުރުމަށް
ނިންމާފައިވާ ނިންމުމެއް ސިވިލް ކޯޓުން އަލުން ބަލައިދިނުންކަން އެނގެން އޮވެއެވެ.
ce O
(ށ) 2008 އޮގަސްޓް 207 ވަނަ ދުވަހު ތަޞްދީޤުކުރެވުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީ ވުޖޫދަށް އައުމާއެކު، އެޤާނޫނުއަސާސީގެ ރޫޙަކީ ބާރުތައް ވަކިކުރުންކަން އެނގެން އޮންނައިރު،
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/24
އެކަން އެނގެން އޮވެފައިގެ
މުސްތަޤިއްލު އިދާރާތައް ހަދާ އެއިދާރާތަކަށް ބާރުތަކެއްދިނުމުގެ މަޤްޞަދަކީ ނުފޫޒުން އެއްކިބާވެ މަސައްކަތް
ކުރުންކަން
ޖިނާއީ ތުހުމަތުތަކާއި ގުޅިގެން އުފުލޭ ޝަކުވާތަކާއި ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން
ތަޙްޤީޤުކުރާ މައްސަލަތަކުގައި ހެކި ވަޒަންކުރުމާއި، ދަޢުވާކުރުމާއި ދަޢުވާ އަނބުރާ ގެނައުމާއި، އެފަދަ
މައްސަލައަކާއި ގުޅިގެން ނިންމާ ނިންމުމެއް މުރާޖަޢާ ކުރުމުން ފަދަ ޖިނާއީ މައްސަލަތަކާގުޅޭ ކަންކަން
ޙަވާލުކުރެވިފައިވަނީ ޕްރޮސިކިއުޓަރޖެނެރަލަށް ކަމަށްވާއިރު،
ޖިނާއީ ތުހުމަތުތަކާ ގުޅިގެން ކޯޓުތަކުން އެފަދަ މައްސަލަތަކުގައި ދަޢުވާކުރުމަށް ނުވަތަ ނުކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްއަށް އަންގަވާ ނިންމާ ނިންމެވުމެއްވާނީ ބާރުތައް ވަކިކުރުމުގެ ޕްރިންސިޕަލްއާ ޚިލާފު،
މުޅި ޢަދުލު އިންޞާފުގެ ނިޒާމު މަސްހުނިވެގެން ހިނގައިދާނެ ކަމެއް ކަމާއި، އެހެނީ ޖިނާއީ މައްސަލައެއްގައި
ޕްރޮސިކިއުޓަރ ޖެނެރަލް ނިންމާ ނިންމުމަކާއި ގުޅިގެން، އެ ނިންމުމާމެދު ކޯޓުތަކުން ވަކިގޮތަކަށް
ޢަމަލުކުރުމަށް ނުވަތަ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ލާޒިމްވާނެ ފަދައަކުން ގޮތެއް ކަނޑައެޅޭ
ކަނޑައެޅުމުގެ ނަތީޖާއަކަށްވާނީ ޝަރުޢީ ނިޒާމު މަސްހުނިވެ، ޕްރޮސިކިއުޓަރ ޖެނެރަލް މައްސަލަތަކުގައި
ގޮތެއް ކަނޑައެޅުމުގެ ކުރިން މަސައްކަތް ހަލުވިކުރުމަށްޓަކައި ކޯޓުތަކަށް މައްސަލަ ފޮނުވާ ރައުޔެއް ނުވަތަ
ޤަޟާއީ ނިންމެވުމެއް ހޯދަންޖެހުންކަމާއި؛
ޕްރޮސިކިއުޓަރޖެނެރަލް އެފަރާތަށް ދީފައިވާ ބާރުތައް ނަހަމަގޮތުގައި
ޤަބޫލުކުރެވޭނަމަ، އެ ޙާލަތްތަކުގައި އެހެނިހެން މުއައްސަސާތަކުން ފާރަވެރިވާގޮތަށް ދިވެހިރާއްޖޭގެ ޤާނޫނީ
ނިޒާމު ބައްޓަންކުރެވިފައިވާކަމާއި، އެގޮތުން ޕްރޮސިކިއުޓަރ ޖެނެރަލް އަށް ދެވިފައިވާ ބާރު ނަހަމަގޮތުގައި
ހިފައި، ކޮރަޕްޝަނާއި، ރިޝްވަތު ފަދަ ޢަމަލެއްހިންގާ، މައްސަލަތަކުގައި ގޮތް ކަނޑައަޅާނަމަ އެކަން
ބެލުމަށްޓަކައި އެންޓިކޮރަޕްޝަނާއި، ރިޔާސީ ކޮމިޝަންފަދަ މުއައްސަސާތައް ހުންނާނެކަމާއި،
ޕްރޮސިކިއުޓަރ ޖެނެރަލް ޒިންމާދާރު ކުރުވުމުގެ ގޮތުން ކަމެއް ކުރަންޖެހިއްޖެ ނަމަ ނުވަތަ
ކޮރަޕްޝަންގެ މައްސަލައެއް، ނުވަތަ ރިޝްވަތުގެ މައްސަލައެއް ފެންމަތިވެއްޖެކަމުގައިވާނަމަ، ޕްރޮސިކިއުޓަރ
ޖެނެރަލް ޒިންމާދާރު ކުރުވުމުގައި ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުން ވަކިކުރުމުގައި ގޮތެއް ނިންމުމަކީ
ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ކަނޑައެޅިފައިވާ ކަމެއް ކަން އެނގެން އޮވެއެވެ.
434
2 ހ43 2 ހދه
ބޭނުންކުރަމުންދާކަމަށް
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2011/HC-A/24
ހ2
ce O
(ނ) ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ދައުލަތް ތަމްސީލްކޮށް ކުށުގެ
މަތުކުރުމާއި އަދި އަމަން ޢާންމާއި ނިޒާމު ރައްކާތެރިކުރުމަށްޓަކައި، މުއްތަހަމަށް އަދަބު ދިނުމަށް އެދި
ދަޢުވާކުރުމަކީ ދައުލަތުގެ ތަންފީޒީ ބާރުގެ ތަންފީޒީ ޠަބީޢަތުގެ ފަންކްޝަންތަކަށްވާއިރު، ޖިނާއި ކުށުގެ ތަޙްޤީޤް
ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލް އަދާކުރާ މަސްއޫލިއްޔަތުތަކަކީ ޤަޟާއީ (ޖުޑިޝަލް) ޠަބީޢަތުގެ
މަސްއޫލިއްޔަތުތަކެއްކަން އެނގޭކަމާއި، ހަމައެއާއެކު ވަކިފަރާތަކަށް ބުރަނުވެ، ދައުލަތުގެ އެއްވެސް ބާރެއްގެ
ނުފޫޒެއްގެ ދަށުގައިނުވެ އެއްވެސް ފަރާތަކުން ކުރިމަތިކޮށްފާނެ ބިރަކަށް ނުވަތަ ފިއްތުމަކަށް ނުވަތަ ޖަވާބުދާރީ
ކުރުމަކަށް ޖެހިލުމެއްނެތި، ފުރިހަމަ މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު ދައުލަތް ނުވަތަ މުޖްތަމަޢުގެ ނަމުގައި
ޖިނާއީ ކުށުގެ ދަޢުވާކުރުމާއި، އެކުށް ސާބިތުކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތެއްކަމަށް
ވީހިނދު، ދައުލަތުގެ ފަރާތުން ކުށުގެ ދަޢުވާކުރުން ނުވަތަ ޕްރޮސިކިއުޝަން މަސައްކަތް ހިމެނިފައިވަނީ
ދިވެހިރާއްޖޭގެ ކްރިމިނަލް ޖަސްޓިސް ނިޒާމުގެ ތެރޭގައިކަމާއި، އެހެންކަމުން ޕްރޮސިކިއުޓަރ ޖެނެރަލް ކުށުގެ
ދަޢުވާކުރުމަށް ނުވަތަ ކުށުގެ ދަޢުވާކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ނިންމާ ނިންމުމަކީ ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ (އެޑްމިނިސްޓްރޭޓިވް) އިދާރީ ނިންމުމެއް ނޫންކަމާއި، ޕްރޮސިކިއުޓަރ ޖެނެރަލް ނިންމާ
ޖިނާއީ އިޖްރާއާތުގެ މިފަދަ ނިންމުންތައް ހިމެނިފައިވަނީ އިދާރީ ޤާނޫނުގެ ދާއިރާގައި ނޫންކަން ސާފުކޮށް
އެނގެން އޮންނަކަމާއި، ޕްރޮސިކިއުޓަރ ޖެނެރަލް ނިންމާ ޖިނާއީ އިޖްރާއާތުގެ އެއްވެސް ނިންމުމެއް ރިވިޔުކޮށް
ބެލުމަކީ އިދާރީ ނުވަތަ މަދަނީ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ ކޯޓުތަކުގެ އިޚްތިޞާޞްގެ ތެރޭގައި
ހިމެނޭ ކަމެއްނޫންކަން އެނގެން އޮންނަކަމާއި، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ޤާނޫނުއަސާސީގެ ދަށުން ދައުލަތުގެ
ނަމުގައި ދަޢުވާކުރުމާ ގުޅިގެން ޙަވާލުކުރެވިފައިވާ އިޚްތިޞާޞްތަކާއި ބާރުތަކަކީ ޖުޑިޝަލް ތަބީޢަތުގެ
ފަންކްޝަނެއްކަން އެނގޭތީ، ޕްރޮސިކިއުޓަރ ޖެނެރަލް ދަޢުވާއެއް ކުރުމަށް ނުވަތަ ނުކުރުމަށް ނިންމާ
ނިންމުމެއް ޖުޑިޝަލް ރިވިއުކުރެވޭނީ އިދާރީ ނިންމުންތައް ރިވިޔުކުރެވޭ އުޞޫލުން ނޫންކަމާއި، އަދި ޖިނާއީ
ދަޢުވާއެއް ކުރުމަށް ނުވަތަ ނުކުރުމަށް ނިންމާ ނިންމުމުގެ މުސްތަޤިއްލުކަމަށް އަސަރުކުރާ ގޮތަކަށް ނޫންކަން
ސާފުކޮށް އެނގެން އޮންނަކަމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 22/SC-A/2012 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ހ) ގައި ކަނޑައަޅުއްވާ
ބަޔާންކުރައްވާފައިވާއިރު،
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2011/HC-A/24
3/
އެޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ށ) ގައި، ތަފާތު ޖޫރިސްޑިކްޝަންތަކަށާއި ޖިނާއީ
އިޖްރާތުގެ މަބާދީތަކަށް ބަލާއިރު، ޕްރޮސިކިއުޓަރ ޖެނެރަލް ކުށުގެ ދަޢުވާކުރާނެ ތަނެއް ނެތްކަމަށް ނިންމާ
ނިންމުން މުރާޖަޢާކުރެވޭ ގޮތްތަކެއް ހުންނަކަމާއި އޭގެތެރޭގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތާއި
ބާރުގެ ތެރެއިން އެނިންމުން މުރާޖަޢާކޮށް ބަދަލުކުރުން ހިމެނޭކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (އ) ގައި މިއުޞޫލު ބަޔާންވެފައިވާކަމާއި، މި އުޞޫލަށް
އަމަލުކުރުމުގައި އެންމެ ހަމަޖެހޭ ގޮތަކީ މި މުރާޖަޢާކުރުމަށްވެސް ވަކި މުއްދަތެއް ޤާނޫނީ ގޮތުން ކަނޑައެޅިފައި
އޮތުންކަން ފާހަގަކުރެވޭކަމާއި،
ޕްރޮސިކިއުޓަރ ޖެނެރަލްގެ ނިންމުން މުރާޖަޢާކުރެވޭ އަނެއް ގޮތަކީ ޕްރޮސިކިއުޓަރ ޖެނެރަލް
ދަޢުވާކުރާނެ ތަނެއް ނެތްކަމަށް ނިންމާފައިވާ މައްސަލައާ ގުޅިގެން މަދަނީ ޙައްޤެއް ހޯދުމުގެ ދަޢުވާ
އޮތްފަރާތުން، ޖިނާއީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް އޮންނަ އަދި މިފަދަ އިސްތިލާފު ބެލުމުގެ
އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އިސްތިއުނާފުކުރުންކަމާއި، އެފަދަ ކޯޓަކުން އެ ޠަޢުނު ބަލައިގަތުމަށްފަހު،
ސާބިތުކުރެވެން އޮތް ކުށުގެ ޢަމަލެއް އޮތްތޯ ބަލައި، ސާބިތުކުރެވެން އޮތީ ކުށުގެ ކޮން ޢަމަލެއްކަމާއި، އަދި
ކުށުގެ އެ ޢަމަލަށް ތަޠްބީޤްކުރެވޭ ޤާނޫނުގެ މާއްދާއަކީ ކޮބައިކަން ކަނޑައަޅައި،
ކަމާބެހޭ ކޯޓަށް މައްސަލަ
އިޢާލާކުރުމުގެ އުޞޫލުކަމާއި، މިފަދަ އިސްތިއުނާފެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް ދަޢުވާނުކުރަން ނިންމާފައިވާ
ނިންމުމަށް ކޯޓުން ތާއީދުކޮށްފިނަމަ، ޕްރޮސިކިއުޓަރ ޖެނެރަލް ބަޔާންކޮށްފައިވާ ސަބަބުތަކަށް ތާއީދުކުރުން
ފިޔަވައި އެއްވެސް އިތުރު ސަބަބެއް ބަޔާންކުރުމަކާނުލައި އިސްތިއުނާފު ބަލައިނުގަތުމަށް ކަނޑައަޅައި
ނިންމުމުގެ އުޞޫލަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ނިންމުން އިސްތިއުނާފުކުރެވޭ އުޞޫލުގެ ގޮތުގައި ބައެއް
ޖުރިސްޑިކްޝަންތަކާއި ޖިނާއީ ފިޤްހުގައި އިސްތިޤްރާރުވެފައިވާ ގޮތެއްކަން އެނގެން އޮންނަކަމާއި،
އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، މި އުޞޫލުގައިވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ މައްޗަށް ވަކި
ކުށެއްގެ ދަޢުވާކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް ކޯޓު އަމުރު ނެރޭ އުޞޫލަށް ބުރަނުވެވޭކަމަށް..
ހިއްވާފައިވާކަން އެނގެން އޮވެއެވެ.
CCCX
3
01/ އ
ބަޔާންކުރައްވާފައިވާ
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2011/HC-A/24
(ށ) އިސްވެ ބަޔާންކުރެވުނު ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ ޤަޟިއްޔާގައި ކަނޑައެޅިފައިވާ ޤާނޫނީ
އުޞޫލުތަކާއި މިމައްސަލައާއި ގުޅޭ ޤާނޫނީ ނައްޞުތަކުގެ އަލީގައި އިސްތިއުނާފުކުރެވޭ މި މައްސަލައަށް
ބަލާއިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މައްސަލައެއްގައި ދަޢުވާކުރުމަށް ނިންމާ ނިންމެވުމަކީ
ޤާނޫނުއަސާސީން ބާރު ލިބިގެން މައްސަލައިގެ ހެކި، ޤަރީނާ ވަޒަންކުރުމަށްފަހު ޤާނޫނީ ތަޖުރިބާގެ ޢިލްމާއި،
ހުނަރު ލިބިފައިވާ ބަޔަކު ނިންމަވާ ޤާނޫނީ ނިންމެވުމެއްކަމާއި، އެއީ (ހެކި، ޤަރީނާ ވަޒަންކޮށް ކަނޑައަޅާ
ކަނޑައެޅުމަކަށްވުމާއެކު)، ޝިބުހު ޤަޟާއީ (Quasi Judicial) ނިންމެވުމެއްކަން އެނގޭކަމާއި،
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާ ނިންމުންތަކަށް ބަލާއިރު، އެއޮފީހުން އިދާރީ
ނިންމުންތައްވެސް ނިންމާކަމާއި، އެގޮތުން އެއޮފީހުގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނުވަތަ ޑީމޯޓް
ޕްރޮސިކިއުޓަރޖެނެރަލް ނިންމާ ނިންމުމަކީ އިދާރީ ނިންމުމެއްކަމާއި، އެފަދަ ނިންމުންތަކަކީ ޖިނާއި
ޢަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ހެކި ޤަރީނާ ވަޒަންކުރުމަކާއި ނުލައި ނިންމާ ނިންމުމެއްކަމާއި، އެފަދަ
ނިންމުމެއްގައި އެއްވެސް ފަރާތެއްގެ ޙައްޤަކަށް އުނިކަމެއް އައިސްފައިވާކަމަށް ޤަބޫލުކުރެވޭނަމަ، އެމައްސަލައެއް
ޝަރީޢަތް މެދުވެރިކޮށް އިންޞާފު ހޯދުމުގެ ޙައްޤު އެފަރާތަކަށް ލިބިގެންވާކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ސާސީގެ 43 ވަނަމާއްދާގެ (ނ) ގައި މިއުޞޫލު ބަޔާންވެފައިވާކަމާއި،
ޤާނޫނުއަސާސީގެ 223 ވަނަމާއްދާގެ (ހ) އަދި (ބ) އަށް ބަލާއިރު، ޕްރޮސިކިއުޓަރ ޖެނެރަލް
ޢައްޔަން ކުރުމަށްފަހު އެހެން އިދާރާތަކުން ކުރިއަށް ގެންގޮސްފައިވާ މައްސަލަތައް ކުރިއަށް ގެންދިޔުމާ
އެމައްސަލަތައް މުރާޖަޢާކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފެނިއްޖެނަމަ އެފަދަ މައްސަލަތައް އަނބުރާ
ގެނައުމާއި ދަޢުވާ އުފުލުމަށް ނުވަތަ ނުއުފުލުމަށް ނިންމާފައިވާ ނިންމުމެއް ބަދަލު ކުރުމާއި އުފުލިފައިވާ
ދަޢުވާއެއް އަނބުރާ ގެނައުމުގެ ބާރު ޤާނޫނުއަސާސީން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދީފައިވާކަން
އެނގޭކަމާއި؛
ޕްރޮސިކިއުޓަރ ޖެނެރަލް ޖިނާއީ މައްސަލައަކާ ގުޅިގެން ނިންމާ ޤާނޫނީ ނިންމުމެއް ނިންމުމުގައި
އެއްވެސް ފަރާތެއްގެ ނުފޫޒެއްގެ ދަށުގައިވާ މީހަކަށްވެގެން ނުވާނެކަމަށް ޤާނޫނުއަސާސީގެ 220 ވަނަމާއްދާގެ
(ނ) ގެ ޞަރީޙަ ޢިބާރާތުން ބަޔާންކުރެވިފައިވުމުން އެފަރާތުން ޖިނާއީ މައްސަލަތަކާ ގުޅިގެން އަޅާ ފިޔަވަޅު
ނުވަތަ ނިންމާ ނިންމުން މުރާޖަޢާކުރަން ނުވަތަ އެނިންމުން ބަދަލު ކުރަން އެހެން އެއްވެސް ފަރާތަކުން
ޤާނޫނުއަސާސީ
COC
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2011/HC-A/24
އިމަރކ
ކުރެވިދާނެކަމަށް ނުވަތަ އެންގިދާނެކަމަށް ބެލެވެން ނެތްކަމާއި، އެފަދަ މައްސަލައެއް ނުވަތަ ނިންމުމެއް
މުރާޖަޢާކުރެވޭނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށްކަން އެނގެއެވެ.
ވީމާ، ސިވިލްކޯޓުގެ ނަންބަރު (2010/Cv
-
C
/
2010
(
2247
/
MC/1219 ޤަޟިއްޔާގައި
އިޖްރާއީ ގޮތުން ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭ ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި
މަޖިލީހުގެ ހުރިހާ ފަނޑިޔާރުން އެއްބަސްވެއެވެ.
0
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތަށް
ހުރުމާއެކު،
ޕްރޮސިކިއުޓަރ ޖެނެރަލް ކުށުގެ ދަޢުވާކުރުމަށް ނުވަތަ ކުށުގެ ދަޢުވާކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި
ނިންމާ ނިންމުމަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިދާރީ ނިންމުމެއްކަމަށް ބެލެވެން ނެތްއިރު، އެފަދަ
ނިންމުމެއް މުރާޖަޢާކޮށް ބެލުމަކީ އިދާރީ ނުވަތަ މަދަނީ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ ކޯޓުތަކުގެ
އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމެއްނޫންކަން އެނގެން އޮންނާތީ އާއި،
ޕްރޮސިކިއުޓަރ ޖެނެރަލްއަށް ޤާނޫނުއަސާސީގެ ދަށުން ދައުލަތުގެ ނަމުގައި ދަޢުވާކުރުމާއި ގުޅިގެން
ޙަވާލުކުރެވިފައިވާ އިޚްތިޞާޞްތަކާއި ބާރުތަކަކީ ޖުޑިޝަލް ޠަބީޢަތުގެ ފަންކްޝަނެއްކަން އެނގޭތީ އާއި،
ޕްރޮސިކިއުޓަރ ޖެނެރަލް ޖިނާއީ ދަޢުވާއެއް ކުރުމަށް ނުވަތަ ނުކުރުމަށް ނިންމާ ނިންމުމެއް ރިވިލުކުރެވޭނީ
އިދާރީ ނިންމުންތައް ރިވިޔުކުރެވޭ އުޞޫލުން ކަމަށް ނުވާއިރު، ޖިނާއީ ދަޢުވާއެއް ކުރުމަށް ނުވަތަ ނުކުރުމަށް
ނިންމާ ނިންމުމެއް ރިވިޔު ކުރެވެންވާނީ އެފަދަ ނިންމުމުގެ މުސްތަޤިއްލުކަމަށް އަސަރުނުކުރާ ފަދަ ގޮތަކަށް
ކަމަށްވާތީ،
ސިވިލްކޯޓުގެ ނަންބަރު (2010/Cv
-
C
/
2010
(
2247
/
MC/1219 ޤަޟިއްޔާގައި އެކޯޓުން
އިޖްރާއީ ގޮތުން ނިންމި ނިންމުމުން، ވިއު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައިގެ މައުޟޫޢަށް ބަލައި ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުން ކަން ކޮށްފައިވަނީ ޤާނޫނުގެ ޙުދޫދުގެ ތެރެއިންކަން ނުވަތަ ނޫންކަން ބެލުމުގެ އިޚްތިޞާޞް ސިވިލް
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/24
ކޯޓަށް ލިބިގެންވާކަމުގައާއި، ދަޢުވާ ދެމިއޮތްހާ ހިނދަކު އެޤަޟިއްޔާ ކުރިއަށް ގެންދެވޭނެކަމުގައި
ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުން،
ފުއްވުން، މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން ބާތިލް ކޮށްފީމެވެ.
cut o
އެހިރާއް
**
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv