ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/126 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/126
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 126/HC
-
A/2012
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޝާމް ޢަލީ މުޙައްމަދު
އައިޑީ
ކާޑު ނަންބަރ: A048255
*
ދާއިމީ އެޑްރެސް: ބ. ހިޔާ
މިހާރުގެ އެޑްރެސް: ހުޅުމާލެ ފުލެޓް 01-G-20
*
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢިނާޔާ ޢަލީ
ކާޑު ނަންބަރ: A077423
* އައި ޑީ
ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު ރ.ސ.8636
މިހާރުގެ އެޑްރެސް: ހދ. މަކުނުދޫ/ ފެހިވިލާގެ
i
• ހުށަހެޅުނު ތާރީޚް: 26 އޭޕްރީލް 2012
ނިމުނު ތާރީޚް: 13 ނޮވެމްބަރު 2012
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2011/Fm
-
C/412
• ނިންމެވިކޯޓު: ފެމެލީ ކޯޓު
ޤަޟިއްޔާގެ ބާވަތް: ސާބިތު ޚަރަދާމެދު ގޮތެއް ކަނޑައެޅުން
ށަހެޅުނުތާރީޚް: 03-04-2011
ނިމުނު ތާރީޚް: 01-11-2011
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޔޫސުފް ޙުސައިން ފަނޑިޔާރުޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް
www.highcourt.gov.my ieman ;
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/126
ދަޢުވާގެ ޚުލާޞާ:
މިއީ، ފެމިލީ ކޯޓުގެ ނަންބަރު 2011/Fm
-
C/412
ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުސޫލު ތަކާއި ޚިލާފަށް ކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި
ހިޔާ، ޝާމް ޢަލީ މުޙައްމަދު ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވަނީ ޢިނާޔާ ޢަލީ، ދަފްތަރު ނަންބަރު ރ.ސ.8636
އަށެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ފެމިލީ ކޯޓުގެ ނަންބަރު 2011/Fm
-
C/412 ޤަޟިއްޔާ އަކީ، ގ. ހިޔާ ޝާމް ޢަލީ
މުޙައްމަދު އާއި މާލެ ދަފްތަރު ނަންބަރު ރ.ސ.8636 ޢިނާޔާ ޢަލީއާ ދެމީހުން ވަރީގެ މައްސަލާގައި ފެމިލީ
ކޯޓުގެ ނަންބަރު (2010/Fm
-
C
/
2010
(
1585
/
AC/235 ޤަޟިއްޔާއިން ވަރިސާބިތުކޮށް ނިންމެވި
އިރު މިދެމީހުން އިދެގެން ލިބިފައިވާ ދަރިފުޅުގެ ޚަރަދަށް މަހަކު -/4000ރ (ހަތަރުހާސް ރުފިޔާ)
ދިނުމަށް ކުއްޖާގެ ބައްޕަ ޝާމް ޢަލީ މުޙައްމަދު އެޤަޟިއްޔާގައި އެއްބަސްވެފައި ވުމުން އެޤަޟިއްޔާގެ
ޙުކުމުގައި މަހަކު -/4000ރ (ހަތަރުހާސް ރުފިޔާ) ދަރިފުޅުގެ ޚަރަދަށް ކަނޑައަޅާފައި އޮތްއޮތުން
ބަދަލުކުރުމަށްޓަކައި ޝާމް ޢަލީ މުޙައްމަދުގެ ފަރާތުން ހުށަހެޅުމުން ފެމެލީ ކޯޓުން ބައްލަވާފައިވާ
ޤަޟިއްޔާއެއް ކަމާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް
www.highcourt.gov.my ieman ;
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/126
O XLC
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ”ދެންފަހެ، މާލެ، ގ. ހިޔާ ޝާމް ޢަލީ މުޙައްމަދު (އައިޑީކާޑު
ނަންބަރު: A048255) އާއި މާލެ، ދަފްތަރު ނަންބަރު ރސ 8636 ޢިނާޔާ ޢަލީ (އައިޑީކާޑު ނަންބަރު:
A077423) އާ ދެމީހުން އިދެގެން ލިބިފައިވާ ދަރިފުޅުގެ ޚަރަދަށް މަހަކު -/4000ރ (ހަތަރުހާސް
ރުފިޔާ) ދޭގޮތަށް ޝާމް ޢަލީ މުޙައްމަދު އެއްބަސްވެ މިދެމީހުންގެ ވަރިސާބިތުކުރި ފެމިލީ ކޯޓުގެ ނަންބަރު
(2010/Fm
-
C
/
2010
(
1585
/
AC/235 ޤަޟިއްޔާއަށް ބަޔާންދީ އެޤަޟިއްޔާގެ ޙުކުމުގައި މަހަކު -
/4000ރ (ހަތަރުހާސް ރުފިޔާ) ދަރިފުޅުގެ ޚަރަދުގެ ގޮތުގައި ކަނޑައަޅާފައި އޮތްގޮތުން ބަދަލުކުރުމަށް
އެދި ދަރިފުޅުގެ މަންމަ އިނާޔާ ޢަލީގެ މައްޗަށް ދަރިފުޅުގެ ބައްޕަ ޝާމް ޢަލީ މުޙައްމަދު ދަޢުވާ ކުރުމުން
ބެލުނު މިޤަޟިއްޔާއަށް ޝާމް ޢަލީ މުޙައްމަދު ދީފައިވާ ބަޔާނުގައި، -/4000ރ (ހަތަރުހާސް ރުފިޔާ)
ނުދޭގޮތަށް ހަމަޖައްސަން ބޭނުންވަނީ ޝާމް ޢަލީ މުޙައްމަދު އަށް އިތުބާރު ކުރެވޭގޮތަށް ދަރިފުޅަށް
ބޭނުންވާ ތަކެތި ގެނެސް އިނާޔާ ޢަލީ ގެއަށް ނުވައްދާތީއާއި، ދަރިފުޅަށް ބޭނުންވާ ބައެއް ތަކެތި ޝާމް
ޢަލީ މުޙައްމަދު ގަނެ ގެއަށް ގެންނާތީ ކަމަށް ޝާމް ޢަލީ މުޙައްމަދު ބުނެފައިވާކަމާއި، ޝާމް ޢަލީ
މުޙައްމަދު ގެ މިވާހަކަތަކަކީ ޙުކުމުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އެއަދަދަށް ފައިސާ ދައްކަންނުޖެހޭ
ގޮތަށް ހަމަޖެއްސިދާނެ ޢުޛުރެއްކަމަށް ޝަރީޢަތަށް ޤަބޫލުނުރެވޭކަމާއި މިގޮތަށް މިދަޢުވާ ކުރިނަމަވެސް
މިހާރު ޝާމް ޢަލީ މުޙައްމަދު ހުށަހަޅާފައިވާ ހަޟާނަތުގެ މައްސަލަ ނިމެންދެން ޤާނޫނުގައިވާ ގޮތުގެ މަތީން
-/450ރ (ހަތަރު ސަތޭކަ ފަންސާސް ރުފިޔާ) ކޯޓު މެދުވެރިކޮށް ދޭގޮތަށް ހުރިކަމަށް ޝާމް ޢަލީ
މުޙައްމަދު ބުނާކަމާއި، ދަރިފުޅުގެ ޚަރަދުގެ ގޮތުގައި ލިބޭ -:4000ރ. (ހަތަރުހާސް ރުފިޔާ) ޚަރަދުކުރާނީ
ދަރިފުޅުގެ ބޭނުންތަކަށްކަމަށާއި، މިފައިސާއަކީ ދަރިފުޅުގެ ޚަރަދުގެ ގޮތުގައި ދޭފައިސާ އެއްކަމަށާއި
އެފައިސާ (-/
40000ރ) އިން އެއްވެސް އަދަދެއް އުނިކުރަންވެސް އަދި -/450ރ (ހަތަރު ސަތޭކަ
ފަންސާސް ރުފިޔާ) އަށް ބަދަލުކުރަންވެސް އިނާޔާ ޢަލީ
ބޭނުންނުވާކަން
އިނާޔާ ޢަލީގެ ބަޔާނުން
އެނގޭކަމާއި، އިނާޔާ ޢަލީ އާއި ޝާމް ޢަލީ މުޙައްމަދު އާ ދެމީހުންނަށް ލިބިފައިވާ ދަރިފުޅާއި މީގެ
އިތުރުން ޝާމް ޢަލީ މުޙައްމަދު ގެންގުޅޭ އެހެން އަންހެނަކާ ދިރިއުޅެނީ އެއްގެއެއްގެކަމާއި، ޝާމް ޢަލީ
މުޙައްމަދު ގެއަށް ގަންނަ ތަކެއްޗަކީ ދަރިފުޅަށް ގަންނަ ތަކެތިކަމަށް ޤަބޫލުނުކުރާ ކަމަށާއި،ޝާމް ޢަލީ
މުޙައްމަދު ގެއަށް ގަންނަ ތަކެތި އިނާޔާ ޢަލީ ކައިބޮއި ނުހަދާކަމަށް އިނާޔާ ޢަލީ ބުނާކަމާއި، ފެމިލީ ކޯޓުގެ
xތޏ
200 20 2 0 22
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް
www.highcourt.gov.my ieman ;
2012/HC-A/126
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނަންބަރު 2011/Fm
-
C/412
ޤަޟިއްޔާ ގެ ހުކުމުން 7 ނޮވެމްބަރު 2011 ވަނަ ދުވަހުން ފެށިގެން
ދަރިފުޅުގެ ޚަރަދުގެ ގޮތުގައި ކޯޓު މެދުވެރިކޮށް އިނާޔާ ޢަލީއަށް ލިބިދިނުމަށްޓަކައި މަހުންމަހަށް -/4000ރ
(ހަތަރުހާސް ރުފިޔާ) ޝާމް ޢަލީ މުޙައްމަދު ފެމިލީ ކޯޓަށް ދައްކަންޖެހޭކަން އެނގޭކަމާއި، އަދި
މިފައިސާއަކީ ދެފަރާތުން އެއްބަސްވެގެން މަސްހަމަކޮށް ކޯޓަށް ދައްކަންޖެހޭ ފައިސާއެއްކަންވެސް
ޙަވާލާދެވިފައިވާ ޤަޟިއްޔާގެ ހުކުމުން އެނގޭކަމާއި، ޙަވާލާ ދެވިފައިވާ ޤަޟިއްޔާގެ ހުކުމުގައި
ކަނޑައެޅިފައިވާ -/4000ރ (ހަތަރުހާސް ރުފިޔާ) އަކީ ޢާއިލާއާ ބެހޭ ޤަވާއިދު 65 ވަނަ މާއްދާގެ (ށ)
ގައި ބުނާ ގޮތުގެ މަތިން އެމާއްދާގެ (ހ) ގައި ބުނާ އަދަދަށް ވުރެ ކޯޓުން އިތުރުކޮށް ދީފައިވާ
މިންވަރާއެކު ކަނޑައެޅިފައިވާ -/4000ރ (ހަތަރުހާސް ރުފިޔާ) ނޫންކަމާއި، ޚަރަދު ދޭފަރާތުން އެދިގެން
ކަނޑައެޅިފައިވާ އަދަދަކަށްވާތީ އާއި ފައިސާ ލިބެންވާ ފަރާތުން ޙަވާލާދެވިފައިވާ ފެމިލީ ކޯޓުގެ ނަންބަރު
(2010/Fm
-
C
/
2010
(
1585
/
AC/235 ޤަޟިއްޔާގެ ހުކުމުގައިވާ -/4000ރ (ހަތަރުހާސް ރުފިޔާ)
އިން އެއްވެސް މިންވަރެއް އުނިކުރަން ބޭނުންނުވާކަމަށް ބުނާތީ ޙަވާލާދެވިފައިވާ ޤަޟިއްޔާގެ ހުކުމުގައި
ގޮތުގެ މަތިން ދަރިފުޅުގެ ޚަރަދުގެ ގޮތުގައި އިނާޔާ ޢަލީއަށް ކޯޓު މެދުވެރިކޮށް ޝާމް ޢަލީ މުޙައްމަދުގެ
އަތުން ލިބެންޖެހޭ -/4000ރ (ހަތަރުހާސް ރުފިޔާ) ދޭން ނުޖެހޭ ފައިސާއެއްކަމަށް ޝަރީޢަތުން
ހަމަޖައްސައި ދެވެން ނެތްކަން ޝާމް ޢަލީ މުޙައްމަދު އަށް އަންގައި މިޤަޟިއްޔާ ނިންމީއެވެ.“
މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
2 20
02
02- އިސްވެ ބަޔާންކުރެވުނު ފެމިލީ ކޯޓުގެ ނަންބަރު 2011/Fm
-
C/412 ޤަޟިއްޔާ
ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ ޝާމް ޢަލީ މުޙައްމަދުގެ
ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާއާއިމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެއީ:-
2
• ފުރަތަމަ ނުކުތާއަކީ، ދަރިފުޅުގެ ޙަޟާނަތުގެ މައްސަލަ ނިމެންދެން ޢާއިލާއާ ބެހޭ
ޤަވާޢިދުގެ 65 ވަނަ މާއްދާގެ (ހ) ގައިވާ ޤާނޫނީ މިންގަނޑު -/450 ރުފިޔާ ކޯޓް މެދުވެރިކޮށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް: [email protected] ވެބް
www.highcourt.gov.my ieman ;
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/126
ދައްކާގޮތަށް މިދަރިފުޅުގެ ޚަރަދު ކުޑަކޮށްދެއްވުމަށް ދަޢުވާކުރި ފަރާތުން އެދިފައިވާއިރު ހަޟާނަތުގެ
މައްސަލަ ނިމުމުންވެސް ޚިލާފު އުފެދިފައިވާ މިދަރިފުޅުގެ ސާބިތު ޚަރަދާއިމެދު ގޮތެއް
ކަނޑައެޅުމުގައި މި އިސްތިއުނާފަށް ހުށަހެޅޭ ފެމިލީ ކޯޓުގެ ޤަޟިއްޔާ އެމައްސަލައިގައި
އެދަރިފުޅަށް ޚަރަދު ހަމަޖައްސާނީ ވަކިގޮތެއް ޞަރީޙަކޮށް ކަނޑައަޅުއްވާފައި ނުވުމުން ކޯޓް
މެދުވެރިކޮށް މިދަރިފުޅަށް ޚަރަދުދޭނޭ ވަކި ގޮތެއް ނޭގި އޮޅުން އަރާ ޙާލަތްތަކަށް މިކަން
ގޮސްފައިވާކަމާއި އަދި އަމިއްލަގޮތުން ވެވޭ އެއްބަސްވުމަކަށްވުރެން އަމުދުން އެފަދަ އެއްބަސްވުމެއް
ދިމާވާ ސަބަބަކާއިހުރެ އަނބުރާ ގެނެސްފައިވަނިކޮށް އެ ޚަރަދާއި ބެހޭގޮތުން ޝަރީޢަތުން ގޮތެއް
ކަނޑައެޅުމަށް ޢާއިލާއާ ބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުގެ 65 ވަނަ މާއްދާއަށް ރިޢާޔަތް
ނުކުރައްވަވާ އެމާއްދާގެ (ހ) ގައިވާ މިންގަނޑު ހަމަޖައްސަވާދެއްވުން އެދި ދަޢުވާކުރުމުންވެސް
އެޤަވާޢިދަށް ނުބައްލަވާ މިޚަރަދާއިބެހޭ މައްސަލަ ނިންމެވިކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، ދަރިފުޅުގެ ޚަރަދާއިމެދު ހަމަޖެއްސިދާނެ ޤާނޫނީ މިންގަނޑުގެ
އިތުރުންވެސް ދަރިފުޅުގެ ޚަރަދު ވީހާވެސް ރަނގަޅަކަށް ފޯރުކޮށްދެވިދާނެ ގޮތްތަކެއް ވާއިރު،
ޝަރީޢަތުން މިއިން އެއްވެސް ރަނގަޅު ގޮތެއް އޮތްތޯ އިތުރަށް ސާފުނުކުރައްވަވާ ވަރަށް
ކަންފަސޭހަ ގޮތަކަށް މިމައްސަލަ ނިންމެވިކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ، ދަރިފުޅުގެ ޚަރަދަށް މަހަކު -/4,000 ރުފިޔާ ދެއްކުމަށް
އެއްބަސްވެފައިވާނީ ޢާއިލާއާއިބެހޭ ޤަވާޢިދުގެ 65 ވަނަ މާއްދާގެ ބޭރުން ކުރެވުނު މުޢާމަލާތެއްގައި
ކަމަށްވާއިރު، އަދި މިއީ ޙާލަތަށް ރިޢާޔަތްކުރައްވާ ޝަރީޢަތުން އަނބުރާ އިޢާދަކުރެވިދާނެ ޢާއިލީ
މަދަނީ މުޢާމަލާތަކަށް ވާއިރު، ޤާނޫނީ މިންގަނޑުގެ ތަކާއި ވަރުގަދަ ހަމަތަކާއި އެކުލެވޭ ޤާނޫނީ
މުޢާމަލާތްތަކުގައި ވެސް ކަމެއް ކަނޑައެޅިއްޖައުމަށްފަހު ހިފަހައްޓަވަންޖެހޭ އުޞޫލު
މިމައްސަލައިގައި ގެންގުޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ، މިޙާލަތުގައި ޢާއިލާއާ ބެހޭ ޤަވާޢިދުގެ 65 ވަނަ މާއްދާގެ
(ހ) ގެ ޤާނޫނީ ބާރު ޝަރީޢަތް ހިންގެވުމުގައި ކަނޑުއްވާލައްވާފައިވާކަމަށް ބުނެ ހުށަހެޅި
u come
ތަކތއވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް
www.highcourt.gov.my ieman ;
6
2{12HC-A/126
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
03- ފެމިލީ ކޯޓުގެ ނަންބަރު 2011/Fm
-
C/412 ޤަޟިއްޔާ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޝާމް ޢަލީ މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް ފާހަގަކުރެވެއެވެ.
(ހ) ފެމިލީ ކޯޓުގެ ނަންބަރު 2011/Fm
-
C/412 ޤަޟިއްޔާ އަކީ، ގ. ހިޔާ ޝާމް ޢަލީ
މުޙައްމަދު އާއި މާލެ ދަފްތަރު ނަންބަރު ރ.ސ.8636 ޢިނާޔާ ޢަލީއާ ދެމީހުން ވަރީގެ މައްސަލާގައި ފެމިލީ
ކޯޓުގެ ނަންބަރު (2010/Fm
-
C
/
2010
(
1585
/
AC/235 ޤަޟިއްޔާއިން ވަރިސާބިތުކޮށް ނިންމެވި
އިރު މިދެމީހުން އިދެގެން ލިބިފައިވާ ދަރިފުޅުގެ ޚަރަދަށް މަހަކު -/4000ރ (ހަތަރުހާސް ރުފިޔާ)
ދިނުމަށް ކުއްޖާގެ ބައްޕަ ޝާމް ޢަލީ މުޙައްމަދު އެޤަޟިއްޔާގައި އެއްބަސްވެފައި ވުމުން އެޤަޟިއްޔާގެ
ޙުކުމުގައި މަހަކު -/4000ރ (ހަތަރުހާސް ރުފިޔާ) ދަރިފުޅުގެ ޚަރަދަށް ކަނޑައަޅާފައި އޮތްއޮތުން
ބަދަލުކުރުމަށްޓަކައި ޝާމް ޢަލީ މުޙައްމަދުގެ ފަރާތުން ފެމިލީ ކޯޓަށް ހުށަހެޅުމުން ފެމެލީ ކޯޓުން
ބައްލަވާފައިވާ މައްސަލައެއްކަން
2 2 2x 0 22
އއގއގއ.
ހއ 2
2
2
19ނޅުގެ
(ށ) ޢާއިލާއާ ބެހޭ ޤަވާއިދުގެ 65 ވަނަ މާއްދާގެ (ހ) ގައި " ކުއްޖާގެ އުމުރުން
16(ސޯޅަ) އަހަރު ފުރެންދެން ކުއްޖާގެ ޚަރަދުގެ ގޮތުގައި ޢާންމު ގޮތެއްގައި ނަގައިދެވޭނީ ކުއްޖަކަށް މަހަކު
-/450 (ހަތަރު ސަތޭކަ ފަންސާސް) ރުފިޔާއެވެ." މިގޮތަށް ބަޔާންކޮށް އެމާއްދާގެ (ށ) ގައި " މިމާއްދާގެ
(ހ) ގައި ދެވެގެންވާ މިންވަރަށްވުރެ އިތުރަށް ހޯދައިދެވޭނީ ޚަރަދު ދޭންވާ ފަރާތުގެ ތަނަވަސް
ކަމަށާއި، ލިބޭ އާމްދަނީއަށް ރިޢާޔަތް ކުރުމަށްފަހު، ކުއްޖާގެ މަންމަ ނުވަތަ ކުއްޖާ ބަލަމުންދާ ފަރާތުން
އެދޭނަމަ، ކޯޓަށް ޚަރަދުގެ މިންވަރު އިތުރު ކުރުމަށް ފެނިއްޖެނަމައެވެ." މިފަދައިން ބަޔާންކޮށްފައިވާ އިރު
ފެމިލީ ކޯޓުގެ ނަންބަރު (2010/Fm
-
C
/
2010
(
1585
/
AC/235 ޤަޟިއްޔާގެ ޙުކުމުގައި
ކަނޑައަޅުއްވާފައިވާ -/4000ރ (ހަތަރުހާސް ރުފިޔާ) ގެ މިންވަރަކީ ޢާއިލާއާބެހޭ ޤަވައިދުގެ 65 ވަނަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް
www.highcourt.gov.my ieman ;
7
2012/HC-A/126
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މާއްދާގެ (ށ)ގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތީން އެމާއްދާގެ (ހ)ގައި ބަޔާންވެގެންވާ އަދަދަށް ވުރެން
ކޯޓުން އިތުރު ކޮށްދީފައިވާ މިންވަރަކާ އެކު ކަނޑައެޅިފައިވާ މިންވަރެއް ނޫންކަމާއި، އެމިންވަރު ކޯޓުން
ކަނޑައަޅުއްވާފައިވަނީ ޝާމްޢަލީ މުޙައްމަދު އެއަދަދަށް ފައިސާ ދިނުމަށް އެއްބަސް ވުމުން ކަންވެސް
އިސްތިއުނާފު ކުރެވިފައިވާ މިވާ މައްސަލާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުންނާއި މިކޯޓަށް ހުށަހެޅިފައިވާ
ލިޔުންތަކުން އެގެއެވެ.
(ނ) ޝާމް ޢަލީ މުޙައްމަދުގެ ދަރިފުޅުގެ ޚަރަދަށް މަހަކު -/
4000ރ. (ހަތަރުހާސް ރުފިޔާ) ދޭގޮތަށް
އެއްބަސްވެގެން އޭނާގެ މައްޗަށް ފެމިލީ ކޯޓުގެ ނަންބަރު 2010/Fm
-
C
/
2010
(
1585
/
AC/235
ޤަޟިއްޔާއިން ލައްވާފައިވާ -/
4000ރ. (ހަތަރުހާސް ރުފިޔާ) މިމިންވަރު ބަދަލުކުރުމަށްޓަކައި ޝާމް ޢަލީ
މުޙައްމަދު ފެމިލީ ކޯޓަށް ހުށަހެޅުމުން އެކޯޓުގެ ނަންބަރު 2011/Fm
-
C/412 ޤަޟިއްޔާއިން އެމައްސަލަ
ބައްލަވާ ފައިސާ ލިބެންވާ ފަރާތް ކަމަށްވާ ކުއްޖާގެ މަންމަ އިނާޔާ ޢަލީ، ފެމިލީ ކޯޓުން
ކަނޑައަޅުއްވާފައިވާ އަދަދަށް ބަދަލު ގެންނަން ބޭނުން ނުވާތީ އެފައިސާއަކީ ޝާމް ޢަލީ ދޭން ނުޖެހޭ
ފައިސާއެއް ކަމަށް ޝަރީޢަތުން ހަމަޖައްސައި ދެވެން ނެތް ކަމަށް ޝާމް ޢަލީ މުޙައްމަދުއަށް އަންގަވާ
އެމައްސަލަ ނިންމަވާފައިވާއިރު އިސްތިއުނާފު ކުރެވިފައި މިވާ މައްސަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ކުއްޖާއަށް އާންމު ގޮތެއްގައި މަހަކު ޚަރަދުވާނީ ކިހާ މިންވަރެއްތޯ ކުއްޖާގެ މަންމަ
ޢިނާޔާ ޢަލީއާ ތަކުރާރުކޮށް ސުވާލު ކުރުމުންވެސް ކުއްޖާއަށް މަހަކު ޚަރަދުވާނީ -/2000ރ (ދެހާސް
ރުފިޔާ) ކަމަށް ކުއްޖާގެ މަންމަ އިނާޔާ ޢަލީ ތަކުރާރުކޮށް ބުނެފައިވުމުން ކުއްޖާގެ ބައްޕަ ޝާމް ޢަލީ
މުޙައްމަދުގެ ފަރާތުން ޝަރީޢަތުގައި އެވަގުތު އެމިންވަރު ޤަބޫލުކުރި ހިނދު ކުއްޖާގެ މަންމަ އިނާޔާ ޢަލީ
އެކަމަށް އިންކާރު ކޮށްފައި ނުވާތީ ކުއްޖާގެ ޚަރަދަށް މަހަކު-/2000ރ (ދެހާސް ރުފިޔާ) ގެ މިންވަރަށް
ކުއްޖާގެ މަންމަވެސް ރުހިފައިވާ ކަމަށް ޤަބޫލުކުރެވެއެވެ.
<
މުޙައްމަދުއާއި އިނާޔާ ޢަލީ އާ ދެމީހުންނަށް ލިބިފައިވާ ދަރިފުޅުގެ ޚަރަދުގެ ގޮތުގައި ޝާމް ޢަލީ
މުޙައްމަދުގެ މައްޗަށް ފެމިލީ ކޯޓުގެ ނަންބަރު (2010/Fm
-
C
/
2010
(
1585
/
AC/235 ޤަޟިއްޔާއިން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް: [email protected] ވެބް
www.highcourt.gov.my ieman o
8
2{12HC-A/126
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
<< O
ލައްވާފައިވާ -/4000ރ (ހަތަރުހާސް ރުފިޔާ) އިން އެއްވެސް މިންވަރެއް އުނިކުރަން ބޭނުންނުވާ ކަމަށް
ދަށުކޯޓުގައި ކުއްޖާގެ މަންމަ އިނާޔާ ޢަލީ ބުނެފައިވިއަސް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ކުއްޖާއަށް މަހަކު ޚަރަދުވާނީ -/2000ރ (ދެހާސް ރުފިޔާ) ކަމަށް އިޤުރާރުވުމުން ކުއްޖާގެ
ބައްޕަ ޝާމް ޢަލީ މުޙައްމަދުގެ ފަރާތުން އެމަޖިލީހުގައި އިނާޔާ ޢަލީ ބުނި އަދަދު ޤަބޫލުކޮށް އެއަދަދަށް
ފައިސާ ދެއްކުމަށް އެއްބަސްވި ހިނދު އިނާޔާ ޢަލީ އެކަމަށް އިންކާރުކޮށްފައި ނުވާތީ ކުއްޖާގެ ޚަރަދަށް
މަހަކު -/2000ރ (ދެހާސް ރުފިޔާ) އަކީ ދެފަރާތުން ރުހި ޤަބޫލުކޮށްފައިވާ މިންވަރުކަމަށް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހަށް ފެނުނު ހިނދު މިފަދަ އާއިލީ މައްސަލަ ތަކަކީ
ދެފަރާތުގެ ޙައްޤު ހިމެނޭ މައްސަލަތަކެއް ކަމަށް ވުމުން މިބާވަތުގެ މައްސަލަތަކުގައި ދެފަރާތުގެ
މަސްލަހަތަށްވެސް ރިޢާޔަތްކުރެވޭއިރު ޝަރުއީ އަދި ޤާނޫނީ ހަމަތަކުގެ މަތީން ދެފަރާތްއެއްބަސް ވާގޮތަށް
މިފަދަ މައްސަލަތައް ނިންމުމަކީ އެންމެ މަސްލަހަތު ބޮޑުގޮތް ކަމަށް މިމައްސަލަ ބެލިފަނޑިޔާރުން ދެކޭތީ
ފެމިލީ ކޯޓުގެ ނަންބަރު 2011/Fm-
C/412 ޤަޟިއްޔާގައި ޝާމް ޢަލީ މުޙައްމަދު ދަރިފުޅުގެ ޚަރަދަށް
ކޯޓަށް ދައްކަންޖެހޭ -/4000ރ (ހަތަރުހާސް ރުފިޔާ) އުނިނުކުރެވޭ ގޮތަށް ނިންމަވާފައިވާ ނިންމެވުމަށް
ބަދަލުގެންނަންޖެހޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަބެލި ފަނޑިޔާރުންނަށް ޤަބޫލުކުރެވެއެވެ.
0 0
<< O
ޙުކުމް:
ފެމިލީ ކޯޓުގެ
24 2
ދެންފަހެ، އިސްވެބަޔާން ކުރެވުނު ސަބަބުތައް ބަޔާންކުރެވިދިޔަ ގޮތަށް ހުރުމާއެކު
ނަންބަރު 2011/Fm
-
C/412 ޤަޟިއްޔާގެ ހުކުމުގައި ދަރިފުޅުގެ ޚަރަދުގެ ގޮތުގައި އިނާޔާޢަލީއަށް ކޯޓު
މެދުވެރިކޮށް ޝާމް ޢަލީ މުޙައްމަދުގެ އަތުން ލިބެންޖެހޭ -/ 4000ރ (ހަތަރުހާސް ރުފިޔާ) ދޭން ނުޖެހޭ
ފައިސާ އެއްކަމަށް ޝަރީޢަތުން ހަމަޖައްސައި ދެވެންނެތްކަން ޝާމް ޢަލީ މުޙައްމަދުއަށް އަންގަވާ ފައިވާ
އެންގެވުމުގައި ހިމެނޭ ފައިސާގެ އަދަދުކަމަށްވާ -/4000ރ (ހަތަރުހާސް ރުފިޔާ) ގެ މިބައި ބާޠިލުކޮށް
ދަރިފުޅުގެ ޚަރަދުގެ ގޮތުގައި ކޯޓުމެދުވެރިކޮށް ދަރިފުޅުގެ މަންމަ އިނާޔާޢަލީ އަށް ރައްދުކުރުމަށްޓަކައި
ޝާމް ޢަލީ މުޙައްމަދު ކޯޓައް ދައްކަންޖެހޭ މިންވަރަކީ -/2000ރ (ދެހާސް ރުފިޔާ) ކަމަށް ކަނޑައަޅާ
މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް: [email protected] ވެބް
www.highcourt.gov.my ieman ;
9
212/HC-A/126
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މިޤަޟިއްޔާ ބަލާ ޙުކުމްކުރީ:
ޔޫސުފް ހުސައިން
(ފަނޑިޔާރު)
ޢަބްދުލްޣަނީ މުޙައްމަދު
،ފަނޑިޔާރު)
ޢަބްދުއްރައޫފު އިބްރާހީމް
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް
www.highcourt.gov.my ieman ;