ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/310 ޤަޟިއްޔާގެ ޙުކުމް
l
23
2009/HC-A/310
محرم کی عمر
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
• ޤަޟިއްޔާ ނަންބަރ: 310/HC
-
A/2009
• އިސްތިއުނާފުކުރި ފަރާތް
* ނަން: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރ:-
*
ދާއިމީ އެޑްރެސް:.
މިހާރުގެ އެޑްރެސް:.
• އިސްތިއުނާފު ރައްދުވި ފަރާތް:
*
z ނަން: ސުލްހަތު ޢަބްދު
އައިޑީ ކާޑު ނަންބަރ: A104153
ދާއިމީ އެޑްރެސް: މ.ކުރެވީ (މާލެ
މިހާރުގެ އެޑްރެސް: މ.ކުރެވި / މާލެ
*
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 12 ޛުލްޤައިދާ 1430 * ނިމުނު ތާރީޚް: 26 ޖުމާދަލްއާޚިރާ 1431
20 އޮކްޓޯބަރ 2009
09
2010
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު:
*
2009/JC/1642 * ނިންމެވިކޯޓް: ޖިނާއީކޯޓް
ޤަޟިއްޔާގެ ބާވަތް: އަމުރަށް ނުކިޔަމަންތެރިވުން
ހުށަހެޅުނުތާރީޚް: 07 -
2009 - 07 - 0
ނިމުނު ތާރީޚް: 13 - 09 - 2009
އައިމޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 2316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2009/HC-A/310
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
މިއީ، ޖިނާއީކޯޓްގެ ނަންބަރު 2009/JC/1642 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއެއްގޮތްވާނުވާ ކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ޕްރޮސެކިއުޓަރ
ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ރ.ކުރެވި ޞުލްޙަތު ޢަބްދުﷲ އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01 - މިއީ ޖިނާއީކޯޓްގެ ނަންބަރު 2009/JC/1642 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަކާއެއްގޮތްވާނުވާ ކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި
ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
މައްސަލައެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ރ.ކުރެވި ޞުލްޙަތު ޢަބްދުﷲ އެވެ.
02- ޖިނާއީކޯޓްގެ ނަންބަރު 2009/JC/1642 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު އެޤަޟިއްޔާއަކީ 2009 ވަނަ އަހަރުގެ މެއިމަހުގެ 09 ވަނަ ދުވަހުގެ 09:50
އެހާކަށްހާއިރު އައިޖީއެމްއެޗްގެ 23 ނަންބަރު ކޮޓަރީގައި ބަލިމީހުންބެލުމަށްއިން ޑރ، ހިމާނީ
މަރާތީގެ ކިބައިން ބޭސްސިޓީގައި ކޮންޓްރޯލް ޑްރަގެއް ލިޔެދިނުމަށް ޞުލްޙަތު ޢަބްދުﷲ އެދުމުން
ޞުލްޙަތު ޢަބްދުﷲގެ އެދުމަށް ޑރ.ހިމާނީ މަރާތޭ އިންކާރު ކުރުމާގުޅިގެން އެކޮޓަރިތެރޭގައި
ހަމަނުޖެހުން ހިންގާ އަޑުގަދަކޮށް، ހުތުރުބަހުން މުޙާތަބުކޮށް އަދި އެކޮޓަރީގައި ހުރި މޭޒެއްގައި
އަތުންތަޅާ ހެދިކަމަށް ޑރ.ޕުރަދޭޝްޑިއޯޓޭލް ބުނެފައިވާކަމަށާއި އަދި ޑރ. ހިމާނީމަރާތެއަށް
ނިސްބަތްވާގޮތަށް ހޭއަރުވާލާނަމޭ ބުނިއަޑުއެހިކަމަށް ދ.ތިލައައްސޭރި އަޙްމަދު ޢަލީ ބުނެފައިވާ
ކަމަށާއި އަދި އެކޮޓަރީގައި ޞުލްޙަތު ޢަބްދުﷲ ހަމަނުޖެހުން ހިންގާކަމުގެ މަޢުލޫމާތު ލިބިގެން
އެކޮޓަރިއަށް ދިޔައިރު ޞުލްޙަތު ޢަބްދުﷲ ބޭނުންވާބޭހެއް ލިޔެދިނުމަށް ޑޮކްޓަރުގެ ކިބައިން އެދި
ޒުވާންކޮށް ޑޮކްޓަރަށް އިންޒާރު ދެމުންދިޔަތަން ދުށްކަމަށް ގ.ގްރީންހައުސް ޙަސަން ޝައުމީ
ބުނެފައިވާ ކަމަށްބުނެ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ޞުލްޙަތު
04c
pk
ދިވެހިރާއްޖޭގެ ހައިކޯޓް، ޣާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު، ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325d29، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
ޤާސިeއ
2009/HC-A/31{
*ވ 00ވ
މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ ކުރުމުން ބެލެވިފައިވާ މައްސަލައެއްކަން
އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
03- ޖިނާއީކޯޓްގެ ނަންބަރު 2009/JC/1642 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަކާއެއްގޮތްވާނުވާ ކަމަށްބުނެ ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ
ސަބަބުތަކުގެ މައްޗަށް ބެލިއިރު، ތިންސަބަބެއް ހުށަހަޅާ އެކަންކަމާ ބެހޭގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ސަބަބަކީ: މ.ކުރެވި ޞުލްޙަތު ޢަބްދުﷲ 09 މެއި 2009 ދުވަހުގެ 09:50
އެހައިކަށްހައިއިރު، އައި.ޖީ.އެމް.އެޗްގެ 23 ނަންބަރު ކޮޓަރީގައި ބަލިމީހުން ބެއްލެވުމަށް އިންނެވި
އިންޑިޔާގެ ރައްޔިތެއްކަމަށްވާ ޑރ.ހިމާނީ މަރާތޭގެ ރޫމަށްވަދެ، ޑރ.ހިމާނީ މަރާތޭ ލައްވާ ބޭސް
ސިޓީގައި ކޮންޓްރޯލް ޑްރަގެއް ލިޔެދިނުމަށް އެދުމުން ޑރ.ހިމަނީ މަރާތޭ، މީނާގެ ބޭސް ސިޓީގައި
ޑްރަގެއް ލިޔެ ނުދެވޭނެ ކަމަށް ބުނުމުން، އެރޫމްގައި (ރޫމް ނަންބަރު 23) ހަމަނުޖެހުން
އުފައްދާ އަޑުގަދަކޮށް ހުތުރުބަހުން ވާހަކަދައްކާ
އުމްގައި ހުރި މޭޒުމަތީގައި އަތުންތަޅާ،
ޑރ.ހިމާނީ މަރާތެއަށް ނިސްބަތްވާ ގޮތަށް "އަދި ހޭއަރުވާލާނަމޭ" ބުނިކަމަށް ޝަރީޢަތުގެ
މަޖިލީހުގައި އިޢުތިރާފު ވެފައިވާއިރު، އެކަމަށް ރިޢާޔަތް ނުކުރައްވާ މައްސަލަ ނިންމަވާފައިވުމެވެ.
(ށ) ދެވަނަސަބަބަކީ: ހޭއަރުވާލާނަމޭބުނެ އިންޒާރު ދިނުންފަދަ ކަންކަމަކީ، އިސްލާމީ
ޝަރީޢަތުގައި ކަނޑައެޅިގެން މަނާކުރައްވާފައިވާ ކަންކަމަށް ވީހިނދުވެސް، މ.ކުރެވި ޞުލްޙަތު
ޢަބްދުﷲ ނުކިޔަމަންތެރިވި އަމުރަކީ ކޮބައިކަން އެނގެން ނެތްކަމަށް ވިދާޅުވެ މައްސަލަ
ނިންމަވާފައިވުމެވެ.
(ނ) ތިންވަނަސަބަބަކީ، ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގައި ޝަރުޢީ ނުވަތަ
ޤާނޫނީގޮތުން ކުރާ ޢަމުރަކަށް ނުކިޔަމަންތެރިވުމަކީ ކުށެއްކަމަށް ބަޔާންކޮށްފައިވާއިރު،
ހޭއަރުވާލާނަމާބުން އިންޒާރު ދިނުންފަދަ ކަންކަމާމެދު
ޝަރީޢަތުގައި
ކަނޑައަޅުއްވާފައިވާގޮތަކީ ކޮބައިތޯ ބެއްލެވުމެއްނެތި، ހޭއަރުވާލާނަމޭ ބުނެ އިންޒާރު ދިނުމަކީ
މަނާކަމެއްކަން އަންގައިދޭ ޤާނޫނެއް ހެދި ޢާއްމުކޮށްފައި ނެތުމުން މ.ކުރެވި ޞުލްޙަތު ޢަބްދުﷲގެ
އެޢަމަލަކީ އަމުރަށް ނުކިޔަމަންތެރިވުންކަމަށް ބެލެވެންނެތްކަމަށް ކަނޑައަޅުއްވާފައިވުމެވެ.
443
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: p3
&
i647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2009/HC-A/310
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
08
412 442 43
0944އކު9ނ
04- މިމައްސަލައާއި ގުޅިގެން ޖިނާއީކޯޓްގެ ނަންބަރު 2009/JC/1642 ޤަޟިއްޔާގައި
ފާހަގަ ކުރައްވާފައިވާ ނުކުތާތަކުގެ ވަނަ ނަންބަރުގައި މީހަކަށް ނުވަތަ އެއްޗަކަށް
ގެއްލުންދިނުމާއި، ބިރުދެއްކުމާއި، އެކިއެކި މަޤާމްތަކުގައި ތިބޭމީހުންގެ ވާޖިބްތަކައް ހުރަސްއެޅުމަކީ
މުޅިންތަފާތު ކަމެއްކަމަށާއި، މީހަކު އެހެންމީހަކަށް އިންޒާރުދީ ބިރުދެއްކުން މަނާކުރާ
އުޞޫލުތަކެއްނެތި ހަމައެކަނި މީހަކު ދުލުންބުނާ ބަހެއްގެ ސަބަބުން އެމީހެއްގެ މައްޗަށް
ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން އަމުރަށް ނުކިޔަމަންތެރިވުމުގެ ދަޢުވާ
ކުރަންވެއްޖެނަމަ ޤާނޫނުއަސާސީގެ ރޫހާ ޚިލާފްވެ ޖުމްތަމަޢުގެ ހަމަޖެހުމަށްބުރޫ އަރާފާނެކަމަށް
ޝަރީޢަތަށް ޤަބޫލު ކުރެވޭކަމަށާއި އަދި އެއީ އަމުރަށް ނުކިޔަމަންތެރިވުމެއް ކަމަށްބެލެވޭފަދަ ޤާނޫނީ
ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ އެކަން އެގޮތުގެމަތިން ފާހަގަ
ކުރައްވާފައިވާކަން
މިހިގީގަދަވާކަން އެނގެން އޮވެއެވެ.
05- މިމައްސަލައާ ގުޅިގެން ޖިނާއީކޯޓްގެ ނަންބަރު 2009/JC/1642 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ މިފަދައިންނެވެ.
މ.ކުރެވި ޞުލްޙަތު ޢަބްދުﷲ 09 މެއި 2009 ދުވަހުގެ 09:50 އެހައިކަންހާއިރު،
އައި.ޖީ.އެމް.އެޗްގެ 23 ނަންބަރު ކޮޓަރީގައި ބަލިމީހުން ބެއްލެވުމަށް އިންނެވި އިންޑިޔާގެ
ރައްޔިތެއްކަމަށްވާ ޑރ.ހިމާނީ މަރާތޭގެ ރޫމަށްވަދެ، ޑރ. މާނީ މަރާތޭ ލައްވާ ބޭސްސިޓީގައި
ކޮންޓްރޯލް ޑްރަގެއް ލިޔެދިނުމަށް އެދުމުން ޑރ.ހިމާނީ މަރާތޭ، މީނާގެ ބޭސްސިޓީގައި ކޮންޓްރޯލް
ގެއް ލިޔެނުދެވޭނެ ކަމަށް ބުނުމުން، އެރޫމްގައި (ރޫމް ނަންބަރު23) ހަމަ ނުޖެހުން އުފައްދާ
އަޑުގަދަކޮށް ހުތުރުބަހުން ވާހަކަދައްކާ އެރޫމްގައިހުރި މޭޒުމަތީގައި އަތުންތަޅައި، ޑރ.ހިމާނީ
މަރާތެއަށް ނިސްބަތްވާގޮތަށް އަދި ހޭއަރުވާލާނަމޭ" ބުނިކަމަށްބުނެ، ދައުލަތުން ޞުލްޙަތު
ޢަބްދުﷲގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާކުރާއިރު، ޤާނޫނެއް ނުވަތަ
ޤާނޫނަކުން ބާރުލިބިގެންހަދާ ޤަވާއިދެއްގެ ދަށުންވިޔަސް އެއްވެސް މީހަކަށް އަދަބެއް ދޭންވާނީ
އެޤާނޫނެއް ނުވަތަ ޤަވާއިދަކީ ޢާއްމުކޮށް ޝާއިޢުކޮށްފައިވާ އެއްޗަކަށް ވެގެންކަމަށްވެފައި، އަދި
އެޤަވާޢިދެއް ނުވަތަ ޤާނޫނެއްގައި މަނާކުރެވޭ ކަންތައްތަކާއި، އެއިންކަމެއްކޮށްފިނަމަ މީހަކަށްދެވޭ
އަދަބު ސާފުކޮށް އެނގެން އޮވެގެންކަމުގައި ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ނ)
ބުނެފައިވާތީ، މިމައްސަލާގައި ޤާނޫނަކުން މަނާކުރެވިފައިވާކަމެއް ނުވަތަ ޤާނޫނެއްގެ ދަށުން
ﷲ ގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އްބުރުޒު ހިނގުން، ތިމާގޭ 3 ނަންބަރު ދޮރޯށި މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް: 3816471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
1
2009/HC-A/310
تم مشعر ممي ممي مم چرب
4 5,
ބާރުލިބިގެންހަދާފައިވާ ޤަވާއިދެއްގައި ކުރަން ނުވަތަ ނުކުރަން އަންގާފައިއޮތްކަމެއް ޤާނޫނަކާ ނުވަތަ
ޤަވާއިދަކާ ޚިލާފަށް ޞުލްޙަތު ޢަބްދުﷲ ކުރިކަން ދައުލަތުން ޝަރީޢަތަށް ޘާބިތު ކޮށްދީފައިނުވާތީ،
ޞުލްޙަތު ޢަބްދުﷲގެ މައްޗަށް ދައުލަތުން ކުޅަ ޢަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ
ޝަރީޢަތަށް ޘާބިތުނުވާކަމަށް ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
06- މިމައްސަލައާ ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި އަދި ޖިނާއީކޯޓްގެ ނަންބަރު
2009/JC/1642 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތްނުވާ
ކަމަށްބުނެ ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ވިސްނާބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުންނަށް އަންނަނިވި
ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ: އައިޖީއެމްއެޗްގެ 23 ނަންބަރު ކޮޓަރީގައި ޑރ. ހިމާނީމަރާތޭ
ބަލިމީހުންބަލަން ހުއްޓާ 2009 ވަނައަހަރުގެ މެއި މަހުގެ 09 ވަނަ ދުވަހު ޞުލްޙަތު ޢަބްދު
އެކޮޓަރިއަށްވަދެ ކޮންޓްރޯލް ޑްރަގެއް ލިޔެދިނުމަށް އެދުމުން ޑރ.ހިމާނީ މަރާތީ އެކަމާމެދު އިންކާރު
ކުރުމާގުޅިގެން ސުލްހަތު ޢަބްދުﷲ ޒުވާބުކޮށް އަޑުގަދަކޮށް ހެދިކަމާއި މިކަންކަން ޞުލްޙަތު
ޢަބްދުﷲ ދަށުކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވެފައިވާ އިޤުރާރުން
ރަނގަޅަށް އެނގެން އޮންނައޮތުމެވެ.
(ށ) ދެވަނަކަމަކީ: ކޮންޓްރޯލް ޑްރަގަކީ ވަކި ޚާއްޞަ ޙާލަތެއްގައި ޑޮކްޓަރުންގެ
ޕްރިސްކުރިޕްޝަނަކަށްމެނުވީ ދޫކުރުން މަނާ އެއްޗަކަށްވެފައި، ކޮންޓްރޯލް ޑްރަރެއްގެ ގޮތުގައި
ހަމަޖެހިފައިވާ އެއްވެސް ބޭހެއް ދިވެހިރާއްޖޭގައި ޑޮކްޓަރަކު ލިޔެދޭންވާނީ އެކަމަށް ބޭނުންވާ ޚާއްޞަ
ޙާލަތަކާގުޅިގެން އެޑޮކްޓަރެއްގެ މަޝްވަރާއާ އިރުޝާދުގެ މަތިން ބޭނުންކުރުމުގެ އިތުރަށް،
ނަހަމަގޮތުގައި އެފަދަ ބޭހެއްގެ ނާޖާއިޒު ފައިދާއެއް އެއްވެސް ފަރާތަކަށް ނުނެގޭނެ ގޮތެއްގެ މަތިން
ކަމަށްވާތީ، އެފަދަބޭހަކަށް އެދި ޞުލްޙަތު ޢަބްދުﷲ ހުށަހެޅި ހުށަހެޅުމަށް ޑރ.ހިމާނީ މަރާތޭ
އިންކާރު ކުރުމާ ގުޅިގެން އެކޮޓަރިތެރޭގައި އަޑުގަދަކޮށް، ޒުވާބު ކުރުމާއި އިންޒާރުދީ ބިރުދެއްކުމުގެ
ގޮތުން މާރާމާރީއެއް ހިންގަން އުޅޭކަހަލަ ގޮތްތަކެއް ޞުލްޙަތު ޢަބްދުﷲގެ ފަރާތުން
ގޮސްފައިވާކަން މިމައްސަލައާ ގުޅިގެން ޝަރީއަތުގެ މަޖިލިސްއަށް ހުށަހެޅިފައިވާ ލިއުންތަކުގެ
ޖެހި
r
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 325029، ފެކްސް: 3316471/
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
ގެނ 33
8
2009/HC-A/310
3
72 73
¢ ¢¢ ¢4
އިތުރަށް ޚުދު ޞުލްޙަތު ޢަބްދުﷲ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ވިސްނުމުން
އެނގެން އޮތުމާއެކުވެސް، ޞުލްޙަތު ޢަބްދުﷲގެ މައްޗަށް ކުށެއް ޘާބިތު ނުވާކަމަށް
ދަށުކޯޓުން ކަނޑައަޅުއްވާފައިވަނީ، އިންޒާރު ދިނުމާއި، ބިރުދެއްކުން ފަދަކަންކަން ތަޖްރީމްކުރާ
ޤާނޫނެއް ނުވަތަ ޤަވާއިދެއްވިޔަސް ނެތުމާއި، އަދި އެފަދަ ޤާނޫނެއް ނުވަތަ ޤަވާއިދަކާނުލައި ޢުޤޫބާތް
ކަނޑައެޅުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 61 ވަނަ މާއްދާގެ (ށ) އެކަމަށް
ހުރަސްއަޅާ ކަމެއްކަމަށް ދަށުކޯޓުން ދެކެވަޑައިގެންނެވި ދެކެވަޑައިގަތުމުގެ ސަބަބުންކަން ފާހަގަ
ކުރެވިފައި އޮންނައޮތުމެވެ.
(ނ) ތިންވަނަކަމަކީ، ދިވެހިމުޖުތަމަޢުގައި ދިރިއުޅޭ ކޮންމެމީހަކީވެސް އަނެކާގެ ފަރާތުން
ކުރިމަތިވެދާނެ އަނިޔާވެރިކަމަކާއި ބިރުވެރިކަމުން ސަލާމަތްވެފައިވާ އަދި އަމާންކަންމަތީ
ދިރިއުޅޭމީހަކަށް ވާންޖެހޭއިރު، މީސްމީހުންގެ މުދަލާއި ޝަރަފާއި މިލްކަށް ގެއްލުން ދޭނެކަމަށްބުނެ
އިންޒާރު ދިނުމާއި، އެއްވެސް ބާވަތެއްގެ ބިރުދެއްކުމަކީ ދިވެހިމުޖުތަމަޢުގައި ޤާއިމުވެފައިވާ
ހަމަހިމޭންކަން ގެއްލިދާފަދަ ޢަމަލަކަށްވެފައި، އެފަދަކޮންމެ ޢަމަލަކުން މުޖުތަމަޢު ސަލާމަތް ކުރުމަކީ
ޝަރީޢަތާއި ޤާނޫނު ލާޒިމްކުރާ ކަމެއްކަމަށްބުނެ، އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެމަތިން މިޤަޟިއްޔާގައި ދަޢުވާ އުފުލާފައިވާ
މައްސަލައާއި އަދި އެފަދައެހެނިހެން ކުށުގެ މައްސަލަތަކަށްވެސް ދިވެހިރާއްޖޭގެ ހައިކޯޓުން ޙައްލެއް
ހޯދައިދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން އެދިފައިވާކަން ފާހަގަ ކުރެވިފައިވެއެވެ.
(ރ) ހަތަރުވަނަކަމަކީ: ދިވެހިރާއްޖެއަކީ އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ
ދައުލަތެއްކަމަށާއި އިސްލާމީ ޝަރީޢަތަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަޑު މަޞްދަރުކަމަށާއި،
އިސްލާމްދީނާއި ޚިލާފު ޤާނޫނެއް ދިވެހިރާއްޖޭގައި ނެހެދޭނެކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 02 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާއިރު، އިސްލާމީ ޝަރީޢަތުގައި ނުވަތަ
ޤާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިނުވާ ކޮންމެކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ
ރައްޔިތަކަށްމެ ލިބިގެންވާކަމަށް ޤާނޫނުއަސާސީގެ 19 ވަނަ މާއްދާގައި ސާފުބަހުން ބުނެފައިވާތީ،
އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާކުރެވޭ ކޮންމެ އިސްލާމީ މުޖުތަމައެކޭވެސް އެއްފަދައަކުން
ޤާނޫނެއްގެ ދަށުން
ކަންތައްތަކާއި، މަނާކަންތައްތަކެއް ކަމަށް ބެލެވޭނެ ކަންތައްތައް ކަނޑައެޅުމުގައި
މ 44
2
44 24 2
0 މވ ހ23
A
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 2316471_
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2009/HC-A51
4
މާއްދާގެ (ށ) ގައި ޤާނޫނެއް ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހަދާ ޤަވާއިދެއްގެ ދަ ގޭގެ އަޑިކް
. ނިމުނު ގޮތުގެ
ބެލެވޭނީ އިސްލާމީ ޝަރީޢަތުގައި އެކަމެއްގެ ޙުކުމް އޮންނަގޮތެއްގެ މައްޗަށްކަމާއި އިސްލާމީ
ޝަރީޢަތުގައި ކަނޑައެޅި ބަޔާންވެފައިވާ ހަމަތަކާއި އެއްގޮތްވާ ގޮތުގެމަތިން އިސްތިޘްނާ ޙާލަތެއްގައި
އެފަދަ ޚާއްޞަ ޙާލަތަކަށް ބޭނުންވާ މިންވަރަކަށްމެނުވީ އިސްލާމީ ޝަރީޢަތުގައި މަނާ ކުރެވިފައިވާ
އެއްވެސްކަމެއް ދިވެހިރާއްޖޭގައި ހުއްދަކުރެވޭނެ ހަމައެއްވެސް ފުރުޞަތެއް ނޯންނާނެކަން ރަނގަޅަށް
އެނގެން އޮންނައިރު، ޤާނޫނެއްގެ ދަށުން ނުވަތަ އިސްލާމީ ޝަރީޢަތުގައި މަނާކަމެއްގެ ގޮތުގައި
ބެލެވޭކޮންމެ ކަމަކީ ކުށެއްކަމަށް ބެލެވޭނޭކަމާއި އެފަދަކުށެއް ކޮށްފި ކޮންމެމީހަކަށް ދިވެހިރާއްޖޭގައި
ޢުޤޫބާތް ޙައްޤުވާނެކަން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ)
އިން ރަނގަޅަށް އެނގެން އެބައޮތްކަމާއި، އަދި އެމާއްދާގައި ވަކިކަމެއްކުރުން ނުވަތަ
ވަކިކަމެއްނުކޮށް ދޫކޮށްލުން އެއީ ކުށެއްކަމުގައި އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި
ބަޔާންކޮށްފައިނެތަސް އެކަމެއްކުރި މީހަކަށް ނުވަތަ އެކަމެއް ނުކޮށްދޫކޮށްލި މީހަކަށް އެކަމަކާ
ގުޅުވައިގެން އަދަބު ދީގެންނުވާނެކަމަށް ކަނޑައެޅި ބަޔާންވެފައި އޮތުމުން އެކިއެކި ފަރާތްތަކުގެ
ޢަމަލުތައް ތަޖްރީމް ކުރެވޭނީ ހަމައެކަނި ޤާނޫނެއްގެ ދަށުންނޫންކަމާއި، އަމަލުތައް ދިވެހިރާއްޖޭގައި
ތަޖްޒީމްކުރެވޭ ދެއަސާސަކީ ޝަރީޢަތާއި ޤާނޫނުކަމާމެދު ޙުކޫމަތެއް އުފެދެންޖެހޭ ޝަރުޢީ އަދި
ޤާނޫނީވިޔަސް ހަމައެއްނެތުމެވެ.
ބި) ފަސްވަނަކަމަކީ: ކުށެއްގެ ތުހުމަތާ ގުޅިގެން އެއްވެސް ފަރުދެއްގެ މައްޗަށް ޖިނާއީ
ކުށެއްގެ ދަޢުވާ އުފުލޭ ހިނދު، ތަޢައްޞުބުން އެއްކިބާވެފައިވާ ހުޅުވާލެވިފައިވާ މިނިވަން
މުސްތަޤިއްލު ފަނޑިޔާރު ގެއެއްގައި އެމީހަކާމެދު އިންސާފުވެރި ޝަރީޢަތެއް ކުރެވުމުގެ ޙައްޤަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން އަސާސީ ޙައްޤެއްގެ ގޮތުގައި
ކަށަވަރު ކޮށްދީފައިވާ ޙައްޤަކަށް ވުމާއެކުވެސް، މީހެއްގެ މައްޗަށް ދަޢުވާއެއް އުފުލޭ ހިނދު ނުވަތަ
މައްޗަށް ޢުޤޫބާތެއް ކަނޑައެޅޭ ހިނދު އެދަޢުވާއެއް އުފުލުނީ ނުވަތަ އެޢުޤޫބާތެއް
ކަނޑައެޅުނީ ދިވެހިމުޖުތަމަޢުގައި ކުށްވެރި ޢަމަލެއް ކަމަށް ބެލެވިފައިވާކަމެއްގެ މައްޗަށް ނަހަމަ
ގޮތުގައި އަރައިގަތުމުގެ ސަބަބުންކަން މުޖުތަމަޢުގެ ކޮންމެފަރުދަކަށްވެސް އިސްވެ އެނގިހާމަވެފައި
އޮތުމުގެ އިތުރަށް ކަށަވަރު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 61 ވަނަ
އެއްވެސް މީހަކަށް އަދަބެއްދެވޭނީ އެޤާނޫނެއް ނުވަތަ އެޤަވާޢިދުކީ ޢާއްމުކޮށް ޝާއިޢުކޮށްފައިވާ
404
އެގެ
ހ05
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނޤުން، ތީމްގޭ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: B816471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
މާމަ
10
ޤަޟިއްވާ ތިމަން ޤަގ ރިޕޯޓް
2009/HC-A/310
އެއްޗަކަށްވާނަމަ ކަމަށާއި، އަދި މަނާކުރެވޭ ކަންތަކާއި އެއިން ކަމެއްކޮށްފި މީހަކަށް ދެވޭނޭ އަދަބު
ސާފުކޮށް ބަޔާންކޮށްފައި އޮވެގެން ކަމަށް ބުނެފައި އޮންނައޮތުމަކީ އިސްވެ ބަޔާންކުރެވުން
ކަންތައްތައް އެގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 19 ވަނަ
މާއްދާއާއި 59 ވަނަ މާއްދާގެ (ހ) ގައި ކަނޑައެޅިފައިވާ އުޞޫލަކާ ފުށުއަރާކަމެއް ކަމަށް
ބެލެވެންޖެހޭ އެއްވެސް ހަމައެއްނެތް ކަމަށެވެ.
އަދި ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުންދެކެނީ ޝަރީޢަތުގައި މަނާކުރެވިފައިވާ
ކަންތައްތަކަކީ ދިވެހިރާއްޖޭގައިވެސް މަނާކަންތައްތަކެއްގެ
ކެއްގެ ގޮތުގައިމެނުވީ، އުޞޫލެއްގެ ގޮތުންބެލެވޭނެ
އެއްވެސް ހަމައެއްނެތްކަމަށާއި، ޝަރީޢަތުގައި މަނާކުރެވިފައިވާ ކަންތައްތަކަށް ނަހަމަގޮތުގައި
އަރައިގަނެވޭ ހިނދު އެފަދަފަރާތްތަކުގެ ނުރައްކަލުން ދިވެހިމުޖުތަމަޢު ސަލާމަތް ކުރުމަށްޓަކައި
ޖިނާއީ ދައުވާ އުފުލަންޖެހިއްޖެ ޙާލަތެއްގައި ދައުވާ އުފުލުމާއި ޢުޤޫބާތް ކަނޑައެޅުމުގެ ފުރުޞަތު
ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމްގެ ތެރެއިން ފަހިކޮށްދެވިފައި އޮތުމަކީވެސް ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 19 ވަނަ މާއްދާއާއި 59 މާއްދާއިން ލާޒިމްވާކަމެއް ކަމަށެވެ.
(ޅ) ހަވަނަކަމަކީ: ޤާނޫނެއް ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހަދާ ޤަވާއިދެއްގެ
ދަށުންވިޔަސް އެއްވެސް މީހަކަށް އަދަބެއްދޭންވާނީ އެޤާނޫނެއް ނުވަތަ އެޤަވާއިދަކީ ޢާއްމުކޮށް
ޝާއިޢުކޮށްފައިވާ އެއްޗަކަށް ވާނަމައެވެ. އަދި މަނާކުރެވޭ ކަންތަކާއި އެއިންކަމެއްކޮށްފި
މީހަކަށްދެވޭނޭ އަދަބު ސާފުކޮށްބަޔާންވެފައި އޮވެގެންކަމަށް ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ
(ށ) ގައި ބުނެފައިވިޔަސް ޤާނޫނުއަސާސީގެ 19 ވަނަ މާއްދާއާއި 59 ވަނަ މާއްދާގެ (ހ) ގެ
ދަށުން ޝަރީޢަތުގައި މަނާކުރެވިފައިވާ ކަންތައްތަކަކީ ދިވެހިރާއްޖޭގައި މަނާކަންތައްތަކެއް ކަމަށް
ކަނޑައެޅިފައިވާތީއާއި، ޤާނޫނުއަސާސީއާއި، ޤާނޫނުގައި ވަކިގޮތަކަށް ކަނޑައެޅިފައިނުވާ ކަންކަން
ނިންމުމުގައި އިސްލާމީ ޝަރީއަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތް
ކުރަންވާނެކަމަށް ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ސާފުބަހުން ބުނެފައިއޮންނާތީ،
ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ނ) ގައި ބަޔާންވެފައިވާ ނައްޞަކީ އުޞޫލެއްގޮތުން އެކަން
އޮންނަންވާގޮތް ބަޔާންކުރާ ނައްބެއްކަމާއި ޤާނޫނާއި ޤަވާއިދުގައި ކަނޑައެޅިގެން މަނާކުރެވިފައިނުވާ
އެހެންނަމަވެސް ޝަރީޢަތުގައި މަނާކުރެވިފައިވާ ކަމަކާގުޅިގެން ދަޢުވާ
އެދަޢުވާތަކާމެދު ޝަރީޢަތުން ގޮތެއްކަނޑައަޅާއިރު، 142 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން
44 ވ 412
6
7
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި މާވެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
11
نمیشم چی مسافر بس تم مجھ
2009HC-A/310
4
ޝަރީޢަތުގެ ޢާއްމު ޤަވާއިދުތަކާއި ތަނަވަސް އުޞޫލުތަކަށް ރިޢާޔަތްކޮށް އެފަދަމަސައްކަތަކަށް
ޖިނާއީޢަދުލުގެ ނިޒާމްގެ ތެރެއިން ޙައްލެއް ހޯދާދިނުމަކީ ދިވެހިރާއްޖޭގެ ކޯޓްތަކުގެ ފަނޑިޔާރުންގެ
މަސްއޫލިއްޔަތެއްކަން އެމާއްދާގެ ޞަރީޙަ ނައްޞުން ކަށަވަރުކޮށްދީފައިވާތީ، ދިވެހިރާއްޖޭގެ
ހައިކޯޓްގެ ފަނޑިޔާރުންދެކެނީ ޤާނޫނާއި ޤަވާއިދުގައި ނައްޞުން ކަނޑައެޅި ބަޔާންވެފައިނުވާ
ކޮންމެކަމަކީ (ޝަރީޢަތުގައި މަނާކުރެވިފައިވިޔަސް) ހުއްދަކަމެއްކަމަށް ދިވެހިރާއްޖޭގެ އެއްވެސް
ކޯޓަކުން އަދި އެނޫންފަރާތަކުންވިޔަސް ބަލައިގެންނުވާނެކަމަށާއި އަދި އެފަދަގޮތަކަށް ބެލުމަކަށް
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ތަންނުދޭ ކަމަށެވެ.
އަދި އިސްލާމީ ޝަރީޢަތުގައި މަނާކުރެވިފައިވާ ޢަމަލުތަކަކީ ދިވެހި އިސްލާމީ މުޖުތަޢުގައި
ހުއްދަކަންތައްތަކެއް ކަމަށް ޤާނޫނީ ނިޒާމްގެ ތެރެއިން ބެލެވިގެން ދިއުމަކީ ދިވެހިޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 2 ވަނަ މާއްދާއާއި 10 ވަނަ މާއްދާއާއި 19 ވަނަ މާއްދާއާއި 59 ވަނަ މާއްދާގެ
(ހ) އާއި އަދި ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި ފާޅުކަންބޮޑުގޮތެއްގައި ފުށުއަރާ
ކަމަކަށްވާތީ، ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުން ދެކެނީ ދިވެހިދައުލަތުގެ އަސާސީ ސިފަތައްކަމަށް
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައެޅިބަޔާންވެފައިވާ އެއްވެސް ސިފައަކަށް
ކިލަނބުކަމެއް އަތުވެދާނެފަދަ ގޮތަކަށް އެއްމާއްދާ އަނެއްމާއްދާއާ ގުޅުވައިގެން މާނަކޮށް ތަފްސީރު
ކުރަންޖެހޭ ގޮތަށް ޤާނޫނުއަސާސީގައި އެކަށައެޅިފައިވާ މާއްދާތައް ވަކިވަކިން މާނަކޮށް ތަޠުބީޤު
ކުރަންއުޅުމަކީ ޤާނޫނުއަސާސީގެ އަސާސީ މަފުހޫމްތައްއޮޅި، ޤާނޫނީގޮތުންނާއި އިޖުތިމާޢީ ގޮތުން
ދިވެހިއުއްމަތް ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ކަމަކަށްވާތީ، އެފަދަގޮތަކަށް
ޤާނޫނުތަކާ ޤަވާއިދުތައް މާނަކޮށް ތަފުސީރު ކުރުމަށް ދިވެހިރާއްޖޭގައި ޖާގަދެވިގެން ނުވާނެކަމަށެވެ.
(އ) އަށްވަނަކަމަކީ: ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަޑު މަޞްދަރު ކަމުގައިވާ އިސްލާމީ
ޝަރީޢަތް ބާއްވާލެއްވުމާއި ދިވެހިރާއްޖެފަދަ ކޮންމެ އުއްމަތެއްގައިވެސް ޤާނޫނުތަކާއި ޤަވާޢިދުތައް
އެކަށައެޅުމުގެ އެންމެބޮޑުއެއް މަޤްޞަދަކީ ފަރުދުންނާއި ޖަމާޢަތުގެ ޙައްޤުތަކާއި ވާޖިބުތައް ރައްކާތެރި
ކުރުމުގެ އިތުރަށް އިންސާނީ ފިކުރާއި ވިސްނުމުގެ ބޭނުންމުޅި އިންސާނީ ޖަމާޢަތުގެ ލާބަޔަށްޓަކައި
މެނުވީނުހިފާނޭ އަމާންއޮމާން އަދި ފާގަތި މުޖުތަމައެއް ބިނާކޮށް ކުރިއެރުވުން ކަމަށްވެފައި،
ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ޖިނާއީޤާނޫނާއި ޤަވާއިދާ އެއްފަދައަކުން އިސްލާމީ ޝަރީޢަތުގައި
މަނާކުރެވިފައިވާ އެއްވެސްކަމެއް ދިވެހިރާއްޖޭގައި އުޞޫލެއްގެ ގޮތުން
OX
9ވދެ "&
.ހައިކޯޓް
· 4
.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
12
25
ہر لم
2009/HC-A/310
تن کی عمر تیسری مریم
އަމުރަކަށް
ޢީ
ހަމައެއްނެތްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާއާއި 59 ވަނަ
މާއްދާގެ (ހ) އިން އެނގެން އޮންނާތީއާއި ޝަރުޢީ ނުވަތަ ޤާނޫނީގޮތުން ކުރެވޭ
ނުކިޔަމަންތެރިވުމަކީ ކުށެއްކަމަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގައި
ކަނޑައެޅި ބަޔާންވެފައިވާ ނައްޞަކީ އީޖާބީގޮތުން ނުވަތަ ސަލްބީގޮތުންވިޔަސް ވަކިކަމެއް ކުރުމަށް
ނުވަތަ ވަކިކަމަކުން އެއްކިބާވުމަށް އިސްލާމީ ޝަރީޢަތުގައި ޢަމުރުކުރެވިފައިވާ ކޮންމެކަމަކަށް
ނަހަމަގޮތުގައި އަރައިގަތުމަކީ ކުށުގެ ޢަމަލެއްކަން ކަނޑައަޅާ މާއްދާއަކަށްވެފައި، ޝަރުޢީގޮތުންނާއި
ޤާނޫނީގޮތުން ޢަމުރު ކުރުމާއި މަނާކުރުމުގެ ބާރު ލިބިގެންވާ ފަރާތަކުންކުރާ އަމުރަކަށް
ނުކިޔަމަންތެރި ވުމަކީވެސް ކުށްވެރި ޢަމަލެއްކަމަށާއި، އެފަދަކުށެއް ކޮށްފިމީހެއްގެ މައްޗަށް
ކަނޑައަޅަން ޖެހޭނޭ ޢުޤޫބާތްވެސް އެމާއްދާގެ (ހ) (ހ) އަދި (ނ) ގައި ކަނޑައެޅި ބަޔާންވެފައި
އޮތުމާއެކުވެސް އިސްލާމީ ޝަރީޢަތުގައި ޙަރާމް ކުރައްވާފައިވާ ކަންތައްތަކުގެ ތެރެއިން ޙައްޤަކާނުލާ
މީސްމީހުންނަށް ބިރުދެއްކުމާއި، ގެއްލުންދޭނެކަމަށް ބުނެއިންޒާރު ދިނުމާއި، އެއްވެސް ފަރުދެއްގެ
އެއްވެސް ޙައްޤަކަށް ނަހަމަގޮތުގައި އަރައިގަތުމާއި، އަބުރާއި ޝަރަފުގެ ރައްކާތެރިކަމަކީ ހަމަ
ކޮންމެމީހެއްގެވެސް އަސާސީ ޙައްޤަކަށްވާއިރު، އަނެކާގެ ކަރާމަތާ ޢިއްޒަތުއްނަފުސަށް ބެލުމެއްނެތި
ހަޑިހުތުރު ބަހުން މުޚާޠަބް ކުރުމާއި މުޖުތަމަޢުގެ އަމަންއަމާންކަން ނަގާލުމަށް މަސައްކަތް ކުރުމާއި،
އިޤްތިޞާދީގޮތުން ޤައުމަށް ގެއްލުމެއް ލިބިދާފަދަކަމެއް ކުރުމާއި، ޤާނޫނަކުން ބާރުލިބިގެންކުރެވޭ
ތަޙްޤީޤަކަށް ބޭނުންވާ ކަންތައްތައް ފަހިނުކުރުމާއި އެފަދަކަންކަމަށް ޙައްޤަކާނުލާ ހުރަސްއެޅުމާއި
ދިވެހިންގެ ޢާއްމު ޞިއްޙަތާއި އަޚްލާޤާއި އެއްގޮތްނުވާ ކަންތައްތައް ކުރުމާއި އެކަންކަމަށް ހިތްވަރުދީ
ރާވާހެދުމާއި ބަދުއަޚްލާޤީ ކަންތައްތައްކަށް މަގުފަހިކުރުމާއި މިފަދަކަންކަމުގައި ބައިވެރިވުމާއި އަދި
އެފަދަކަންކަމަށް ހިތްވަރުދިނުމާއި ދިވެހިއުއްމަތަށް އެއްވެސް ސިފައެއްގައި ގެއްލުމެއް ދިނުމާއި
ގެއްލުމެއް ދިނުމަށް ރޭވުމާއި އެފަދަކަމެއް ކުރަންއުޅުމަކީވެސް ދިވެހިރާއްޖޭގައި ކުށުގެ ޢަމަލުތަކެއް
ކަމަށް ބެލެވޭނެތީ، ޤާނޫނުއަސާސީގެ 2 ވަނަ މާއްދާއާއި، 10 ވަނަ މާއްދާއާއި، 19 ވަނަ
މާއްދާއާއި، 59 ވަނަ މާއްދާގެ (ހ) އާއި، 142 ވަނަ މާއްދާގެ އިތުރަށް ޤާނޫނުލްޢުޤޫބާތުގެ 88
ވަނަ މާއްދާގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓްގެ
ފަނޑިޔާރުންދެކެނީ ބުނެވިދިޔަ ކަންކަން ތަޖްރީމްކުރާ މާއްދާއެއް ޤާނޫނާއި ޤަވާއިޖު
ނެތްކަމަށްބުން ޤާނޫނުއަސާ 62 ވަނަ މާއްދާގެ (ށ) އަށް ޙަވާލާދެއްވާ އެކަންކަމަކީ ކުށުގެ
¢ ¢
404
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
13
#
ގޮނބިއްޔާ
ނިމުނު 7
2009{HC-A/3f0
ޗިގ rއޓް
44 412 2
4
24ކއ
30
62 ށ 22
4
ކަމަށް ބަލާނެތަނެއްނެތް ކަމަށާއި އަދި އެކަންކަމަށް ޢުޤޫބާތް ކަނޑައެޅުމަކީވެސް
ޤާނޫނުއަސާސީގެ 62 ވަނަ މާއްދާގެ (ށ) އެކަމަށް ހުރަސްއަޅާ ކަމެއްކަމަށް ދަށުކޯޓްތަކުން ބައްލަވަމުން
އައިސްފައިވާގޮތަކީ އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ އަދި އިސްލާމީ ޝަރީޢަތުގައި
މަނާކުރެވިފައިވާ އެންމެހައި ކަންތައްތައް ދިވެހިރާއްޖޭގައި މަނާ ކަންތައްތަކެއްގެ ގޮތުގައި ބެލެވޭނެކަމަށް
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށް ދީފައިވާ ކަށަވަރު ކޮށްދިނުމާއި ފުށުއަރާކަމެއް
ކަމަށެވެ.
މިކަންކަން މިހެންހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުންދެކެނީ ޤާނޫނުއަސާސީގައި
ކަނޑައެޅިފައިވާ އުޞޫލުތަކާ ޚިލާފުއެފަދަ ކޮންމެނިންމުމެއްވެސް ޤާނޫނީގޮތުން ވެގެންދާނީ ބާޠިލް
ނިންމުމެއްކަމަށެވެ.
(ވ) ނުވަވަނަކަމަކީ އިސްތިއުނާފު ކުރެވޭ ޖިނާއީކޯޓްގެ ނަންބަރު 2009/JC/1642
ޤަޟިއްޔާގައި މ.ކުރެވި ޞުލްޙަތު ޢަބްދުﷲގެ މައްޗަށް ޤާނޫނުލް ޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ)ގެ
ދަށުން އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ ސުލްހަތު ޢަބްދުﷲ އައިޖީއެމްއެޗްގެ
ޑޮކްޓަރަކު ބަލިމީހުން ބަލަންއިންދާ އެކޮޓަރިއަށްވަދެ ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާ ތަކެތީގެ
ތެރޭގައިހިމެނޭ ކޮންޓްރޯލް ޑުރަގެއް ލިޔެދިނުމަށްއެދުމުން، ޞުލްޙަތު ޢަބްދުﷲގެ އެއެދުމާމެދު، އެދުވަހު
އެކޮޓަރީގައި ބަލިމީހުން ބެލުމަށްއިން ޑޮކްޓަރު އިންކާރު ކުރުމާގުޅިގެން ސުލްހަތު ޢަބްދުﷲ ޑޮކްޓަރާ
މުޚާތަބުކޮށް ހަޑިހުތުރު ބަހުންއެއްޗެތިގޮވާ ބިރުދައްކާ އިންޒާރުކޮށް ހަދާފައިވާތިއާއި ޞުލްޙަތު ޢަބްދުﷲގެ
މިޢަމަލަކީ ޝަރީޢަތުގައި މަނާކުރެވިފައިވާ ކަމަކަށްވެފައި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ
މާއްދާއަކީ އެފަދަ ޢަމަލުތައް ތަޖްރީމް ކުރުމާއެކު އެފަދަކުށްކުށަށް ކަނޑައަޅަންޖެހޭ ޢުޤޫބާތްވެސް ކަނޑައެޅި
ބަޔާންވެފައިވާ މާއްދާއަށް ވުމާއެކުވެސް މިކަންކަމުގެ މައްޗަށް ރިޢާޔަތް ކުރެއްވުމަކާނުލާ، ޤާނޫނަކުން ނުވަތަ
ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ޤަވާޢިދަކުން މަނާކުރެވިފައިވާކަމެއް އެޤާނޫނަކާ ނުވަތަ އެޤަވާޢިދަކާ
ޚިލާފަށް ޞުލްޙަތު ޢަބްދުﷲ ކޮށްފައިވާކަން ދައުލަތުގެ ފަރާތުން ޝަރީޢަތަށް ޘާބިތުކޮށް ދެއްވާފައިނުވާ
ކަމަށް ވިދާޅުވެ ސުލްހަތު ޢަބްދުﷲގެ މައްޗަށް އުފުލާފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ
ޝަރީޢަތަށް ޘާބިތުނުވާ ކަމަށް ޖިނާއީ ކޯޓްގެ ނަންބަރު 2009/JC/1642 ޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 02 ވަނަ މާއްދާއާއި 10 ވަނަ މާއްދާއާއި 19 ވަނަ
މާއްދާއާއި 59 ވަނަ މާއްދާގެ (ހ) އާއި 142 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެފައިވާ އުޞޫލުތަކާއި
އެއްގޮތްނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުން ދެކެނީ އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ އި
ބާޠިލް ޙުކުމެއް ކަމަށާއި، މިބާވަތުގެ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ކޯޓްތަކުން ރިޢާޔަތް ކުރަންޖެހޭނެ
. !
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށި މްވެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
20[09/HC-A/310
14 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
އުޞޫލު މިޤަޟިއްޔާއިން ކަނޑައެޅިނިމުމުން ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި
ކަނޑައެޅި ބަޔާންވެފައިވާ ގޮތުގެމަތިން އެއުޞޫލަށް ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓްތަކުން ތަބާވާން
ޖެހޭނެކަމަށެވެ.
48ލޖީ4
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ 23 ނަންބަރު ކޮޓަރީގައި 2009 ވަނަ އަހަރުގެ މެއި
މަހުގެ 09 ވަނަ ދުވަހު ޑޮކްޓަރު ހިމާނީ މަރާތޭ ބަލިމީހުން ބަލަންއިންދާ މ.ކުރެވި ޞުލްޙަތު ޢަބްދު
އެކޮޓަރިއަށްވަދެ، ޑރ.ހިމާނީ މަރާތޭ ގާތު މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ
ކޮންޓްރޯލް ޑުރަގެއް ލިޔެދިނުމަށް އެދުމުން، ޑރ. ހިމާނީ މަރާތީ އެކަމާ އިންކާރުކުރުމާ ގުޅިގެން އެކޮޓަރި
ތެރޭގައި އަޑުގަދަކޮށް ޒުވާބު ކުރުމާއި ބިރުދެއްކުމާއި އަދި ހޭއަރުވާލާނަމޭބުނެ، އިންޒާރުދީފައިވާ ކަމަށާއި،
ޞުލްޙަތު ޢަބްދުﷲގެ މިޢަމަލަކީ ޝަރުއީ ގޮތުން ކުރެވިފައިވާ އަމުރަކަށް ނުކިޔަމަންތެރި ވުމުގެކުށުގެ
ޢަމަލެއްކަމަށްބުނެ، ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ޕްރޮސެކިއުޓަރ ޖެނެރަލްގެ
ފަރާތުން ކޮށްފައިވާ ދަޢުވާއަށް ބަލާއިރު، އެދަޢުވާގައި ބުނެފައިވާ ކަންތައްތައް އެދަޢުވާގައި ބުނެފައިވާ
ގޮތުގެމަތިން ހިނގާފައިވާކަމާއި، އަދި އެކަމާގުޅިގެން މަޢާފަށްވެސް އެދިފައިވާކަން ޞުލްޙަތު ޢަބްދު
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނައިރު، ޤާނޫނާއި އިސްލާމީ
ޝަރީޢަތުގައި މަނާކުރެވިފައިވާ ކޮންމެކަމަކީ ދިވެހިރާއްޖޭގައި މަނާކަމެއްކަމަށް ބެލުމަށް
ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 02 ވަނަ މާއްދާއާއި 10 ވަނަ މާއްދާއާއި 19 ވަނަ މާއްދާއާއި 59 ވަނަ
މާއްދާގެ ދަށުން ލާޒިމްވާތީއާއި، އަދި ޤާނޫނުގައި ނައްޞުން ބަޔާންކުރެވިފައިނުވާ ކަންކަން ނިންމުމުގައި
އިސްލާމީ ޝަރީޢަތުގައި އެކަމުގެ ޙުކުމް އޮންނަގޮތުގެ މައްޗަށް ރިޢާޔަތް ކުރުންވެސް ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގެ (ހ) އިން ދިވެހިރާއްޖޭގެ ކޯޓްތަކުގެ ފަނޑިޔާރުންގެ
މައްޗަށް ލާޒިމްވެފައިވާތީއާއި ޤާނޫނުލް ޢުޤޫބާތުގެ 88 ވަނަ މާއްދާއަކީ ޖިނާއީ ޤާނޫނާއި ޤަވާޢިދުގައި
ނައްޞުން ބަޔާންވެފައިނުވާ، އެހެންނަމަވެސް ޝަރީޢަތުގައި މަނާކުރެވިފައިވާ ކަންކަމަށް
ނަހަމަގޮތުގައި އަރައިގަނެވޭ ހިނދު، ދިވެހިއިސްލާމީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމުގެ މައްޗަށް
ރިޢާޔަތްކޮށް، އެފަދަމީސްމީހުންގެ މައްޗަށް ދަޢުވާ އުފުލުމާއި ޢުޤޫބާތް ކަނޑައެޅުމަށް މަގު ފަހިކުރާ
މާއްދާއަކަށްވެފައި، އެމާއްދާގައި އެފަދަކޮންމެ ޙާލަތަކަށް އެކަށީގެންވާ ޢުޤޫބާތެއް ބަޔާންވެފައިވާއިރު
މީސްމީހުނާއި ހަޑިހުތުރު ބަހުން މުހާތަބު ކުރުމާއި ހަމައެއްވެސް ފަރާތެއްގެ މިލްކަކަށް ނުވަތަ
440
ޢީ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢިބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: ?331641/
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ންޓަހން
2009}HC-A/310
15 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
643 މތ
eރިދ
ގެއްލުންދީފާނެ ކަމަށްބުނެ އިންޒާރުދިނުމާއި، ހަމައެކެއްގެ ހިތުގައިވެސް ބިރުވެރިކަން އުފެއްދުމާއި،
އެކިއެކި ކުށުގެ އަމަލުތަކުން މުޖުތަމަޢު ރައްކާތެރި
ކާތެރިކޮށް، މުޖުތަމަޢަކީ އަމާންތަނަކަށް
ހެދުމަށްޓަކައި ޤާނޫނުން ބާރުލިބިގެން ޤާނޫނާއި ޚިލާފު ނުވާގޮތަށްކުރެވޭ ތަޙްޤީޤަކަށް ހުރަސްއެޅުމާއިއެފަދަ
ތަޙްޤީޤަކަށް ބޭނުންވާ ސާމްޕަލްފަދަތަކެތި ދިނުމަށް އިންކާރު ކުރުމާއި، މުޖުތަމައުގެ ފަރުދުންގެ ހިތުގައި
ބިރުވެރިކަން އުފެދޭގޮތަށް ތޫނު ހަތިޔާރާއި، ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިދާފަދަ ވަސީލަތްތައް
ބޭނުންކުރުމާއި، ގެންގުޅުމާއި ދިވެހިދައުލަތުގެ އިޖުތިމާއީ އަދި އިޤްތިޞާދީ ނިޒާމްގެ އަސާސްތަކަށް
ލޮޅުމެއްއަރާފާނެ އެއްވެސް ޢަމަލެއް ކުރުމާއި ޝަރުޢުގައި މަނާ ކުރެވިފައިވާ މިފަދައެންމެހައި ކަންކަމަކީ
ޤާނޫނެއްގައި ނުވަތަ ޤަވާއިދެއްގައި ނައްޞުން ބަޔާންވެފައިނެތަސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 02 ވަނަ މާއްދާއާއި، 10 ވަނަ މާއްދާއާއި، 19 ވަނަ މާއްދާއާއި، 59 ވަނަ މާއްދާގެ
(ހ) ގެ ދަށުން ދިވެހިރާއްޖޭގައި މަނާކަމަށް ބެލެވެންޖެހޭ ކަންކަންކަމަށް ކަނޑައަޅައި، ޤާނޫނާއި
ޤަވާއިދުގައި ނައްޞުން ކަނޑައެޅިފައިނެތަސް، އެއީ ކީރިތި ޤުރުއާން ނުވަތަ މާތް ރަސޫލާގެ ސުއްނަތް
ނުވަތަ އިޖުމާޢު ނުވަތަ ޤިޔާސް ފަދަ ޝަރުޢީ އަޞްލެއްގެ މައްޗަށް ބިނާވެގެން މަނާ
މަނާކުރެވިފައިވާ
ކަންކަމަށްވެފައި، އެފަދަކޮންމެ ޢަމަލަކީ ޝަރުޢީ ނުވަތަ ޤާނޫނީގޮތުން ކުރެވިފައިވާ އަމުރަކަށް
ނުކިޔަމަންތެރިވުމުގެ ކުށުގެ ޢަމަލަކަށްމެނުވީ ދިވެހިރާއްޖޭގައި ޤާނޫނީގޮތުން ބެލެވޭތަނެއް ނެތްކަމަށްޓަކައި،
ޖިނާއީކޯޓްގެ ނަންބަރު 2009/JC/1642 ޤަޟިއްޔާގައި ދަޢުވާ ލިބުނު މ.ކުރެވި ޞުލްޙަތު ޢަބްދުﷲގެ
މައްޗަށް ޘާބިތުވި އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށަށް ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގެ (ހ) އަށް
ރިޢާޔަތްކޮށް ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ސުލްހަތު ޢަބްދުﷲ މިއަދު 2010
ވަނަ އަހަރުގެ މެއި މަހުގެ 09 ވަނަ ދުވަހުން ފެށިގެން 04 (ހަތަރެއް) މަސްދުވަހުގެ މުއްދަތަށް ގޭގައި
ބަންދުކުރުމަށް ޙުކުމް ކުރުމާއެކު، ޤާނޫނާއި ޝަރީޢަތުގައި މަނާ ކުރެވިފައިވާ އެންމެހައި ކުށްތައް ޖިނާއީ
ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދޭ ޤަވާއިދެއްގައި ނައްޞުން ކަނޑައަޅާ ބަޔާންކުރުމަކީ މުސްތަޙީލް
ކަމަކަށްވާތީއާއި، ދިވެހިރާއްޖޭގައި މަނާކުރެވިފައިވާ ކަންތައްތަކެއްކަމަށް ޤާނޫނީގޮތުން ބެލެވިފައިވާ
ކަންތައްތަކުގެތެރެއިން އިސްލާމްދީނުގައި މަނާކުރެވިފައިވާ ކަންތައްތަކުގެ ތެރެއިންކަމެއްގެ މައްޗަށް
ނަހަމަގޮތުގައި އަރައިގަނެވޭ ހިނދު، އެކަމުގެ ނުރައްކަލުން ދިވެހިމުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި
ޤާނޫނީގޮތުން އަޅަންޖެހިއްޖެ ފިޔަވަޅެއްއެޅުމަށް މަގުފަހިވާގޮތަށް ޖިނާއީޢަދުލުގެ ނިޒާމު ބިނާވެފައި އޮތުމަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ލާޒިމްކުރާ ކަމަކަށްވެފައި، ޤާނޫނާއި ޤަވާއިދުގައި ހުރެދާނެ
ސަބަބުން ޢުޤޫބާތް ކަނޑައެޅުމަށް ޤާނޫނީގޮތުން ހުރަސްއެޅިދާނެ
ހުސްކަމެއްގެ
43 އ ވ3ތ
440,93
ދިވެހިރާއްޖޭގެ ހައިކޯޓް، ޣާބުރުޖު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325229، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
16
2009/HC-A/310
ޤަޟިއްޔާ ނިމުނު ގޮތުގެ
08 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ޤާނޫނުގެ ސިޔާދަތާއި ޤާނޫނުގެ ވެރިކަމުގެ މައްޗަށާއި،
ޤާނޫނުއަސާސީގެ 299 ވަނަ މާއްދާގެ (ހ) ގެ އިތުރަށް ދިވެހިމުޖްތަމަޢުގެ ކުރިއެރުމާއި ސަލާމަތާއި
ރައްކާތެރިކަމުގެ މައްޗަށާއި، ދިވެހިރާއްޖޭގެ ހައިކޯޓްގެ ޤަވާއިދުގެ 26 ވަނަ މާއްދާގެ މައްޗަށް
ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް މިހާރު ގެނައުމަށް ހަމަޖެހިފައިވާ އިސްލާޙްތަށް
ގެންނައިރު، ޤާނޫނުއަސާސީ ލާޒިމްކުރާ ގޮތުގެ މަތިން އިސްލާމީ ޝަރީޢަތުގެ ދަށުން މަނާ ކުރެވިފައިވާ
ކަނޑައަޅަން ޖެހިއްޖެ ހިނދެއްގައި އެކަމަށް ހުރަސް
ޤާނޫނުލްޢުޤޫބާތަށްގެނެވޭ އިސްލާޙްތަށް ގެނައުމަށް ދިވެހިދައުލަތުގެ ކަމާބެހޭ މުއައްސަސާއަށް އަންގާ ޙުކުމް
ކޮށްފީމެވެ.
ނޯޓް: މިޤަޟިއްޔާގައި ޤާއިމު ކުރެވުނު އުޞޫލު އެގޮތުގެމަތިން ޤާއިމުވުމުން ޖިނާއީ ކޯޓްގެ ނަންބަރު
2009/JC/1642 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްވީއެވެ.
644,ތ
ޢުޤޫބާތް
9ނށް
މިޤަޟިއްޔާބަލާ ނިޔާ ކަނޑައެޅީ:
ent
( /
އަލީ ޙަމީދު މުޙައްމަ
(ފަނޑިޔާރު)
ޢަބްދުލް ޣަނީ މުޙައްމަދު
(އިސް ފަނޑިޔާރު)
ޢަބްދުﷲ ޙަމީދު
ފަނޑިޔާރު)
• ޓައިޕްކުރީ: ޝަކީބާ.
ޗެކްކުރީ: މަރިޔަމް ސަޢީދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv