ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/165 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/165
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ދާއިމީ އެޑްރެސް: ގައުމާތިގެ/ ގދ.ގައްދޫ
ޤަޟިއްޔާ ނަންބަރު: 165/HC
-
A/2010
• އިސްތިއުނާފު ކުރިފަރާތް:
*ނަން: މުޙައްމަދު ރަޝީދު
* އައިޑީ ކާޑު ނަންބަރު: A063197
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
ވަކީލު: އޒް. ޙުސައިން ނާޝިދު
އައިޑީ ކާޑު ނަންބަރު: A104680
0
ރަޖިސްޓްރީކުރެވުނު ތާރީޚް: 17 ޝަޢުބާން 1431 *
19 ޖުލައި 2010
ނިމުނު ތާރީޚް: 03 ރަބީޢުލްއައްވަލު 1433
ޖެނުއަރީ 2012
26
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާނަންބަރު: 2008/137Q4C
، ޤަޟިއްޔާގެ ބާވަތް: އެކައުންޓްގައި ފައިސާނެތި ޗެކްދޫކުރުން
ނިންމެވި ކޯޓް: ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓް
• ހުށަހެޅުނު ތާރީޚް: 21 ޑިސެމްބަރ 2008 * ނިމުނު ތާރީޚް: 01 ޖޫން 2010
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: އަޙްމަދު ޝަރީފު، ފަނޑިޔާރު:ޢައްބާސް ޝަރީފު.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2010/HC-A/165
ދަޢުވާގެ ޚުލާޞާ
މިއީ، ގދ.ގައްދޫ ކޯޓްގެ ނަންބަރ 2008/Q4C/137 ޤަޟިއްޔާ ނިމިފަވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ
އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ގދ.ގައްދޫ
|ގައުމާތިގެ މުޙައްމަދު ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް
-01
20
4 3 2 92 22
ގދ.ގައްދޫ ކޯޓްގެ ނަންބަރ 2008/Q4C/137 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ މުޙައްމަދު ރަޝީދު 2008 ވަނަ އަހަރުގެ ތެރޭގައި ސީނުމޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުން ނަގާފައިވާ މުދަލުގެ އަގަށްވާ ފައިސާ ދެއްކުމުގެ ގޮތުން ޓްވާރޑަރސް ނަމުގައި
ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި އޮންނަ ނަންބަރު 001-259391-7704 އެކައުންޓުން،
މެއި 2008 ދުވަހު ފައިސާނެގޭ ގޮތަށް އެއެކައުންޓުގެ ނަންބަރު 000041 ޗެކުން 120,000ރ.
(އެއްލައްކަ ވިހިހާސްރުފިޔާ) އާއި، 000043 ޗެކުން -/
11500ރ. ( އެގާރަހާސްފަސްސަތޭކަ ރުފިޔާ)
މި ދެޗެކުގައި މުޙައްމަދު ރަޝީދުގެ ފަރާތުން ސޮއިކޮށް އެފަރާތާއި ޙަވާލުކުރުމުން އެޗެކްގައިވާ
ފައިސާނެގުމަށްޓަކައި، އެދެޗެކް ބޭންކްއޮފް މޯލްޑިވްސް އަށް ހުށައެޅުމުން އެކައުންޓުގައި ފައިސާ ނެތުމުގެ
ސަބަބުން، އެދެޗެކްގައިވާ ޢަދަދަށް ފައިސާ ދެވެންނެތްކަމަށް އެދެޗެކް ހުށައެޅި ފަރާތަށް ބޭންކް އޮފް
މޯލްޑިވްސް އިން އެންގުމުން އެދެޗެކްގައިވާ ޢަދަދަށް ފައިސާ ދެއްކުމަށް ސީނު މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުން ލިއުމަކުން މުޙައްމަދު ރަޝީދަށް އެންގުމުން 07 ދުވަހުގެ ތެރޭގައި އެދެޗެކްގައިވާ ޢަދަދަށް
ފައިސާ ދައްކާފައިނުވާތީ، ޤާނޫނު ނަންބަރ 16/95 ( ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ
ލިޔުމާބެހޭ ޤާނޫނު) ގެ 39 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން، މުޙައްމަދު
ރަޝީދުގެ މައްޗަށް އެކައުންޓްގައި ފައިސާނެތި ޗެކް ދޫކޮށް އެޗެކުގައިވާ އަދަދަށް ފައިސާ ނުދެއްކުމުގެ
ކުށުގެ ދަޢުވާއާއި، މުޙައްމަދު ރަޝީދުގެ އަތުން ސީނު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ
ފައިސާގެ ތެރެއިން ނުލިބިވާ ފައިސާ މުޙައްމަދު ރަޝީދުގެ އަތުން ހޯދުމަށް ޕްރޮސިކިއުޓަރ ޖެނެރަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 28316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4 3 24 25
3
2010/HC-A/165
ފަރާތުން ދަޢުވާކުރުމުން ގދ.ގައްދޫކޯޓުން ބައްލަވާ ނިންމަވާފައިވާ ޤަޟިއްޔާއެއްކަން އެޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެންއޮވެއެވެ.
02- މައްސަލައާ ގުޅިގެން ގދ.ގައްދޫ ކޯޓްގެ ނަންބަރ 2008/Q4C/137 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު، އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ މިފަދައިންނެވެ.
fi
ދެންފަހެ، ބަޔާންވެ ދިޔަގޮތުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތްކޮށް ބެލުމަށްފަހު ގދ.ގައްދޫ ގައުމާތިގެ
މުޙައްމަދު ރަޝީދުގެ މައްޗަށް ދައުލަތުން ދަޢުވާ ކުރައްވާފައިވާ އެކައުންޓުގައި ފައިސާނެތި ޗެކްދޫކޮށް
އެޗެކުގައިވާ ޢަދަދަށް ފައިސާ ނުދެއްކުމުގެ ކުށުގެ ދަޢުވާ ޝަރީޢަތުން ބެލިބެލުމުން ގދ.ގައްދޫ ގައުމަތީގެ
މުޙައްމަދު ރަޝީދު 2008 ވަނަ އަހަރުގެ ތެރޭގައި ސީނުމޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ވިއްކަމުންދިޔަ
ހިލަޔާއި، ހިލަވެއްޔާއި، ސިމެންތިން މީނާ ނަގާފައިވާ މުދަލުގެ އަގަށްވާ 120,000ރ. ( އެއްލައްކަ
ވިހިހާސްރުފިޔާ) އާއި، -/
11500ރ. ( އެގާރަހާސްފަސްސަތޭކަ ރުފިޔާ) އަދާކުރުމުގެ ގޮތުން މީނާ
ޓްވާރޑަރސް ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި އޮންނަ ނަންބަރު 001-259391-7704
މިކައުންޓުން، 20 މެއި 2008 ދުވަހު 120,000ރ. ( އެއްލައްކަ ވިހިހާސްރުފިޔާ) ނެގޭގޮތަށް
މުޙައްމަދު ރަޝީދު ސޮއިކޮށް ދޫކޮށްފައިވާ ނަންބަރު 000041 ޗެކާއި، އެކައުންޓުން 20 މެއި 2008
ވަނަ ދުވަހު -/
11500ރ. ( އެގާރަހާސްފަސްސަތޭކަ ރުފިޔާ) ނެގޭގޮތަށް މީނާ ދޫކޮށްފައިވާ ނަންބަރު
ދެޗަކަށް ފައިސާ ނެގުމަށްޓަކައި ބޭންކްއޮފް މޯލްޑިވްސް އަށް މުން އެކައުންޓުގައި
ފައިސާ ނެތުމުގެ ސަބަބުން އެދެޗެކްގައިވާ ޢަދަދަށް ފައިސާ ދެވެންނެތްކަމަށް އެދެޗެކް ހުށައެޅި ސީނު
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ބޭންކް އޮފް މޯލްޑިވްސް އިން އެދެޗެކްގައިވާ -/131500 ރ.
( އެއްލައްކަ ތެއްތިރީސްހާސް ފަސްސަތޭކަރުފިޔާ) 07 ދުވަހުގެ ތެރޭގައި ދެއްކުމަށް މުޙައްމަދު ރަޝީދަށް
އެންގުމުންވެސް މި ފައިސާ ދައްކާފާ ނުވާތީއާއި، މި ދެޗެކްގައިވާ ފައިސާ ސީނުމޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑަށް ދައްކާ ޚަލާސްކުރުމަށް މީނާއަށް ދެވިފައިވާ މުޙުލަތުގެ ތެރޭގައި މި ފައިސާ ދައްކާފައި ނުވާކަން
މިދެފަރާތުގެ ބަހުންނާއި ހުށައެޅިފައިވާ ލިޔުންތަކުން އެނގެން އޮތުމުން ޤާނޫނު ނަންބަރު 24/76
(ހެއްކާއި ބެހޭ ޤާނޫނުގެ) ގެ 06 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ގދ.ގައްދޫ {ގައުމާތިގެ މުޙައްމަދު
ރަޝީދު އެކައުންޓުގައި ފައިސާނެތި ޗެކްދޫކޮށް އެޗެކުގައިވާ ޢަދަދަށް ފައިސާ ނުދެއްކުމުގެ އުފަރު
ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި މިއީ މީނާގެ މައްޗަށް މިބާވަތުގެ ކުށެއް
000043
4
02 9 8 2
2 0¢¢ ¢
އެންގީ7ނ އ
ދިވެހިރާއްޖޭގެ ހައިކޯޓް، އާ ފުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 316471/
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2010/HC-A/165
3 8
ގޭ ގެވެ
46
0
ކޮށްދީފައިވާއިރު، އެކަމަށް ނުބައްލަވާ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށައެޅި ނުކުތާ. ރާއްޖޭގެ
ފަހަރުކަމަށްވާތީ މިކުށުގެ ޢުޤޫބާތެއްގެ ގޮތުންޤާނޫނު ނަންބަރ 16195 ( ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި
ލިޔުމާބެހޭ ޤާނޫނު) ގެ 39 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން،
ގދ.ގައްދޫ ގައުމާތިގެ މުޙައްމަދު ރަޝީދު 06 ( ހައެއް) މަސްދުވަހުގެ މުއްދަތަށް އަރުވާލުމަށް ޙުކުމްކޮށް
މިޤަޟިއްޔާ ނިންމީމެވެ. " މިފަދައިންނެވެ.
03- ގދ.ގައްދޫ ކޯޓްގެ ނަންބަރު 2008/Q4C/137 ޤަޟިއްޔާ ނިމިފަވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ގދ.ގައްދޫ ގައުމާގެ
މުޙައްމަދު ރަޝީދުގެ ފަރާތުން 06 (ހައެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، ސީނުމޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު ރަޝީދާއި ދެމެދު
ދުވަހެއްގައިވެސް ވިޔަފާރީގެ މުޢާމަލާތެއް ހިންގާފައި ނުވާއިރު އެކަމަށް ރިޢާޔަތް ކުރުމެއްނެތި މައްސަލަ
ނިންމާފައިވާކަމަށް ބުނެ ހުށައެޅި ނުކުތާ.
| ދެވަނަ ނުކުތާއަކީ، ސީނު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން އެއްވެސް މުދަލެއް އަދި
ތަކެއްޗެއް ކްރެޑިޓަށް މުޙައްމަދު ރަޝީދު ނަގާ އެއްވެސްދުވަހަކު ވިޔަފާރި ހިންގާފައިވާކަމެއް މުޙައްމަދު
ރަޝީދުގެ މައްޗަށް ސީނު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ކިތާބީ ހެއްކަކުންވެސް އަދި ހެކިބަހަކުންވެސް
އިޢުތިރާފަކުންވެސް ޘާބިތުކޮށްދެވެން ނެތްއިރު އެކަމަށް ބެލުމެއްނެތި މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ
ހުށައެޅި ނުކުތާ.
ތިންވަނަ ނުކުތާއަކީ، ސީނު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ދޯންޏެއްގައި މުޙައްމަދު ރަޝީދު
ކޮށްފައިވާ ދަތުރެއްގެ އަގަށް މުޙައްމަދު ރަޝީދު ދީފައިވާ ބޭންކް އޮފް މޯލްޑިވްސްގެ ދެ ޗެކެއް ބައުންސް
ވެފައިވާކަމަށްބުނެ ސީނު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު 472/2008/060
-C (3އޮގަސްޓް
2008) ސިޓީން މުޙައްމަދު ރަޝީދަށް އެންގިނަމަވެސް ސީނު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ
ދޯންޏަކުން އެފަދަ ދަތުރެއް ދުވަހެއްގައިވެސް މުޙައްމަދު ރަޝީދު ކޮށްފައިވާ ނުވާކަން ޘާބިތު
COC
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް i6471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2010/HC-A/165
• ހަތަރުވަނަ ނުކުތާއަކީ، ދައުލަތުން މުޙައްމަދު ރަޝީދުގެ މައްޗަށް ސީނު މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްއިން ނަގާފައިވާ މުދަލުގެ އަގަށްވާ ފައިސާ ދެއްކުމުގެ ގޮތުން ނަންބަރު: 000043 ޗެކުން
11500.00 (އެގާރަހާސް ފައްސަތޭކަ ރުފިޔާ) އާއި ނަންބަރު: 000041 ޗެކުން 120000.00
(އެއްލައްކަ ވިހިހާސް ރުފިޔާ) ގެ ބައުންސް ޗެކް (ބޭންކް އޮފް މޯލްޑިވްސްގެ) ސީނު މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑަށް މުޙައްމަދު ރަޝީދު ދޫކޮށްފައިވާ ކަމަށްބުނެ ދޮގު ދަޢުވާއެއް ކޮށްފައިވާއިރު އެކަމަށް
ނުބައްލަވާ މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށައެޅި ނުކުތާ
• ފަސްވަނަ ނުކުތާއަކީ، ދައުލަތުން މުޙައްމަދު ރަޝީދުގެ މައްޗަށް ކުރެއްވި ދަޢުވާގެ ޤަޟިއްޔާގެ
ތަޙްޤީޤް ރިޕޯރޓަށާއި، ޝަރީޢަތަށް މުޙައްމަދު ރަޝީދާއި ގއ.ގެމަނަފުށީ ހިލިހިލާގެ ޙަސަންދީދީ (ނުވަތަ
އިބްރާހީމްދީދީ) ދެމީހުން ދީފައިވާ ބަޔާނަށް ނަޒަރުކުރައްވާ ތަޙްޤީޤް ފުރިހަމަ ކުރެއްވިނަމަ ނުވަތަ
ޝަރީޢަތުން ޢަދުލު އިންޞާފުގެ ޙައްޤުގައި މިދެމީހުންގެ ވާހަކައަށް ރިޢާޔަތް ކުރައްވާ ޝަރީޢަތް ކުރިއަށް
ގެންދެވިނަމަ ސީނު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ފުލުސް އޮފީސް މެދުވެރިކޮށް މިމައްސަލަ މިގޮތަށް
ގދ.ގައްދޫކޯޓަށް ވެއްދެން ނޯންނާނެކަން ޘާބިތު ކޮށްދެވެންހުރިކަމަށް ބުނެ ހުށައެޅި ނުކުތާ.
• ހަވަނަ ނުކުތާއަކީ: ޙަޤީޤަތާއި ހަމައަށް ނުބައްލަވާ ޙަޤީޤަތާއި ޚިލާފު ނުކުތާތަކެއް ފާހަގަ ކުރައްވާ
އެނުކުތާގެ އަލީގައި ކޮށްފައިވާ ޙުކުމެއްކަމަށްވާކަމަށް ބުނެ ހުށައެޅި ނުކުތާ.
04- މިމައްސަލައާ ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކަވާފައިވާ ވާހަކަތަކަށާއި،
ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި، އަދި ގދ.ގައްދޫ ކޯޓްގެ ނަންބަރު
2008/Q4C/137 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތްނުވާ ކަމަށްބުނެ
މުޙައްމަދު ރަޝީދުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށާއި، މިމައްސަލާގައި ކަންހިނގާފައިވާ ގޮތުގެ
މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާބެލިއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
ޢާއިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އަބުރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2{010/HC-A/165
ދިނުމަކީ މުޙައްމަދު ރަޝީދު ސީނު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދިން އެއްޗެއްކަމަށް ބެލުމުގެ މައިކް
(ހ)ފުރަތަމަކަމަކީ، ގދ.ގައްދޫކޯޓުގައި ދައުލަތުގެ ފަރާތުން ކޮށްފައިވާ ދަޢުވާގެ ޚުލާސާއަށް
ބަލާއިރު، ދައުލަތުގެ ފަރާތުން ދެކަމެއްގެ މައްޗަށް ދަޢުވާކޮށްފައިވާކަން އެނގެން އޮންނަކަމާއި، އެއީ
ޤާނޫނު ނަންބަރ 16/95 ( ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 39 ވަނަ
މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން، މުޙައްމަދު ރަޝީދުގެ މައްޗަށް އެކައުންޓްގައި
ފައިސާނެތި ޗެކް ދޫކޮށް އެޗެކްގައިވާ އަދަދަށް ފައިސާ ނުދެއްކުމުގެ ކުށުގެ ދަޢުވާއާއި، މުޙައްމަދު
ރަޝީދުގެ އަތުން ސީނު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ލިބިވާ ފައިސާ
މުޙައްމަދު ރަޝީދުގެ އަތުން ހޯދުމުގެ ދަޢުވާކަމާއި، ނަމަވެސް ގދ.ގައްދޫކޯޓުން ޙުކުމް ކުރެއްވިއިރު
މުޙައްމަދު ރަޝީދުގެ
މައްޗަށް އެކައުންޓްގައި ފައިސާނެތި ޗެކް ދޫކޮށް އެޗެކްގައިވާ ޢަދަދަށް ފައިސާ
ނުދެއްކުމުގެ ކުށުގެ ދަޢުވާގެ މައްސަލަ ނިންމާފައިވާއިރު، މުޙައްމަދު ރަޝީދުގެ އަތުން ސީނު މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބިވާ ފައިސާ މުޙައްމަދު ރަޝީދުގެ އަތުން
ހޯދުމަށް ދައުލަތުން އެދުނު އެދުމާއި މެދު ގޮތެއް ނިންމާފައި ނުވާކަން ގދ.ގައްދޫ ކޯޓްގެ ނަންބަރު
2008/137Q4C ޤަޟިއްޔާގެ ޙުކުމުން އެނގެންއޮތުމެވެ.
(ށ) ދެވަނަކަމަކީ، ގދ.ގައްދޫ ކޯޓްގެ ނަންބަރު 2008/Q4C/137 ޤަޟިއްޔާގައި ކޮށްފައިވާ
ދަޢުވާގައި ބުނެފައިވާ އެކައުންޓް ނަންބަރު 001
259391
7704 ގެ ނަންބަރު 000041، 000043
ޗެކަކީ އެ ޤަޟިއްޔާގައި ދަޢުވާ ލިބުނު ގދ.ގައްދޫ ގައުމާތިގެ މުޙައްމަދު ރަޝީދުގެ ދެޗެއްކަމާއި،
އެދެޗެކްގައިވާ ސޮޔަކީވެސް މުޙައްމަދު ރަޝީދުގެ ސޮއިކަމަށް މުޙައްމަދު ރަޝީދު 04 އޮގަސްޓް 2010
ވަނަ ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތުމެވެ.
(ނ) ތިންވަނަކަމަކީ، ދަޢުވާގައި ބުނެފައިވާ ދެޗަކަކީ މުޙައްމަދު ރަޝީދުގެ ފަރާތުން ސީނު
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި ޗެކްތަކެއް ނޫންކަމަށާއި، މި ދެޗަކަކީ މުޙައްމަދު ރަޝީދު ފަހުން
ފައިސާދައްކާގޮތަށް ގެމަނަފުށި ހިލިހިލާގެ ޙަސަންދީދީ އަތުން ގެނައި މުދަލަށް ގެރެންޓީއަކަށް ދިން
ދެޗެކްކަމުގައި ބުނެފައިވާކަމާއި، އަދި މި ދެޗެކް ދޫކޮށްފައިވަނީ އެއްވެސް ފަރާތެއްގެ ނަމެއް އަދި ތާރީޚެއް
ޖެހުމެއްނެތި ހަމައެކަނި ފައިސާގެ އަދަދު ޖެހުމަށްފަހު ކަމަށާއި، މި ދެޗެކް މުޙައްމަދު ރަޝީދުގެ ފަރާތުން
ހަސަންދީދީއަށް ދިނުމުން ޙަސަން ދީދީ މި ދެޗެކް ފުރިހަމަކޮށް ސީނު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
22/8
ދވތ هހ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
2010/HC-A/165
އެއްވެސް ޙައްޤެއް ނެތްކަމެއްކަމުގައި މުޙައްމަދު ރަޝީދު ބުނެފައިއޮންނަ އިރު، ޙަސަންދީދީ ގެ ފަރާތުން
މުޙައްމަދު ރަޝީދަށް ވިއްކާފައިވާ މުދަލަކީ ޙަސަންދީދީ ސީނު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުރެޑިޓަށް
ނެގި މުދާކަމަށާއި، މުޙައްމަދު ރަޝީދު މުދާގަތްއިރު މިމުދަލަކީ ޙަސަންދީދީ ކުރެޑިޓަށް ނެގި މުދާކަން
އެނގޭނެކަމަށާއި، މުދާތައް ގެންގޮސްފައިވަނީ ސީނު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ދޯންޏެއްގައި
ކަމަށާއި، އެދަތުރުގައި ދޯނީގައި ޙަސަންދީދީ ނެތުމުން މުޙައްމަދު ރަޝީދުގެ ފަރާތުން ދަޢުވާގައި މި ހިމެނޭ
ދެޗެކް ދޯނީގެ ކެޕްޓަނާއި ޙަވާލުކުރީ ކަމަށާއި، ޗެކްތައް މުޙައްމަދު ރަޝީދު ދިނުމުން މިޗެކްތަކަކީ ސީނު
މޯލްޑިވްސް ޕްރައިވެޓް އަށް ލިބިފައިވާ ފައިސާކަމަށް ބަލާ އެޗެކްތައް ދޯނީގެ ކެޕްޓަންގެ އަތުން ހޯދާފާ
ނުވާނެކަމަށް ޙަސަންދީދީގެ ފަރާތުން 29 އޮކްޓޯބަރ 2009 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް
ދީފައިވާ ބަޔާނުގައި ބުނެފައިވާކަން އެނގެން އޮވެއެވެ.
CCCX
ޢީދު * 4
s ފ ދ ތ ދ
ނެތުމުގެ
##
OX cec
(ރ) ހަތަރުވަނަކަމަކީ: ޤާނޫނު ނަންބަރު 16/95 ( ފައިސާއަށް ބަދަލުކުރެވޭގޮތުގައި ގެންގުޅޭ ލިޔުމާ
ޤާނޫނު) ގެ 39 ވަނަ މާއްދާގެ (ހ) ގައި "މިޤާނޫނުގައިވާ ގޮތުގެމަތިން ޗެކަކުން ފައިސާ ނެގުމަށް
އެޗެކެއްގައިވާ ތާރީޚުން ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި ބޭންކަށް ހުށަހެޅުމުން ޗެކްދޫކުރި
ފައިސާ
ސަބަބުން ނުވަތަ އެޗެކްގައިވާ އަދަދަށް ފައިސާ ލިބޭނެގޮތް
ސައިދީފައި ނުވުމުގެ ސަބަބުން، އެޗެކަށް ފައިސާދެވެން ނެތްކަން އެޗެކް ހުށަހެޅި ފަރާތަށް ބޭންކުން
އަންގާދުވަހުން ފެށިގެން 01 (އެކެއް) މަސްދުވަހުގެ ތެރޭގައި ޗެކަށް ފައިސާ ލިބެންވީ ފަރާތުން
އެޗެކުގައިވާ އަދަދަށް ފައިސާ ދިނުމަށް އެޗެކް ދޫކުރި ފަރާތަށް ލިޔުމަކުން އެންގުމުން، އެއެންގުން އަންގާ
ދުވަހުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި އެޗެކުގައިވާ ޢަދަދަށް ފައިސާ ނުދީފިނަމަ، އެޗެކް
ދޫކުރި ފަރާތް ކުށްވެރިވާނެކަމަށް އޮންނަކަމާއި،
މިމާއްދާއަށް ބަލާއިރު، ޗެކް ދޫކުރުމުގައި ކުށުގެ ޢަމަލެއްކަމަށް ބެލެވޭނީ އެޗެކެއް ދޫކުރާ ތާރީޚުން
ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި ފައިސާ ނެގޭގޮތަށް އެޗެކް ދޫކުރާ އެކައުންޓްގައި ފައިސާ
ނެތުމުންކަން، ރަނގަޅަށް އެނގެން އޮންނައިރު، ޗެކަކީ ފައިސާގެ ގޮތުގައި ގެންގުޅެވޭ ލިއުމެއްކަމަށްވެފައި،
އަދި ޗެކެއްލިބޭ ފަރާތުން އެހެންފަރާތަކަށްވެސް އެޗެކް މިލްކުކޮށްދެވިދާނެކަން އެނގެން އޮތް އިރު،
އެކައުންޓުގައި ފައިސާނެތި ޗެކްދޫކޮށް އެޗެކްގައިވާ ޢަދަދަށް ފައިސާ ނުދެއްކުމުގެ ޢަމަލު ތަޖްރީމް
ކުރުމުގައި އެޗެކް އެންމެ ފުރަތަމަ ލިބޭ ފަރާތުގެ އަތުގައި އޮވެގެން އެފަރާތުން ބޭންކަށް
COX >>
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން ތީމުގެ 3ވަނަދޮރޯށި، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
2010/HC-A/165
ލާޒިމްކުރާ ހަމައެއް ނެތްކަމަށާއި، ޤާނޫނު ނަންބަރު 16/95 ގެ 39 ވަނަ މާއްދާގައި ބުނެފައިވާ މުއްދަތުގެ
ތެރޭގައި އެޗެކް ދޫކުރި އެކައުންޓްގައި ފައިސާ ނެތުމުގެ ސަބަބުން އެޗެކެއް ބައުންސްވެއްޖެނަމަ، އެޗެކް
ދޫކުރި ފަރާތް ކުށްވެރިވާނެކަމަށް އެމާއްދާގައި ސާފުބަހުން ބުނެފައި އޮތުމާއެކު، އެޗެކް ދޫކުރެވިފައިވަނީ
ކޮންފަރާތަކަށްތޯއާއި، ފައިސާ ލިބެންވީ ފަރާތުގެނަން ލިއުނީ ކޮންފަރާތެއްތޯ ބެލުމަކީ، ބުނެވިދިޔަ ޤާނޫނުގެ
39 ވަނަ މާއްދާގައި ބުނެފައިވާ މުއްދަތުގައި އެކައުންޓްގައި ފައިސާ ނެތުމުގެ ސަބަބުން އެޗެކް ބައުންސްވާ
ޙާލަތުގައި އެޗެކް ދޫކުރިފަރާތް އެކުރީ ކުށެއްކަމަށް ޤާނޫނީގޮތުން ބެލެވެންޖެހޭ ބެލެވުމަށް އަސަރުކުރާ ކަމެއް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 233/HC
-
A/2009 ޤަޟިއްޔާގައި ފާހަގަ
ރައްވާފައިވާކަން އެނގެން އޮންނައޮތުމެވެ.
etc Occc
2
4 އދ8
ނނށ2ނ
4 ، 3 0 2
ގެންގުޅެވޭ
ލިއުމެއްކަމަށްވެފައި،
(ޅ) ފަސްވަނަކަމަކީ، ޗެކެއް ދޫކުރެވޭއިރު އެޗެކުގައި ފައިސާގެ ޢަދަދާއި ، ފައިސާ ލިބެންވާ
ފަރާތަކާއި، އަދި ތާރީޚެއް އޮތުމަކީ ބޭންކު ތަކުން އެޗެކަށް ފައިސާ ޖަމާކުރުމުގައި ބޭންކުގެ މުޢާމަލާތުގެ
ތެރެއިން ފުރިހަމަކުރުމަށްޓަކައި ބޭނުންވާ އިޖުރާއަތެއް ކަމުގައިވީ ނަމަވެސް، ޗެކަކީ ފައިސާގެ ގޮތުގައި
އަދި ޗެކެއްލިބޭ ފަރާތުން އެހެންފަރާތަކަށްވެ
އެހެންފަރާތަކަށްވެސް އެޗެކް މިލްކުކޮށް
ވިދާނެކަން އެނގެން އޮތުމުން، ޗެކް ދޫކުރެވޭއިރު އެ ޗެކްގައި ނަމެއް ނެތުމަކީ ނުވަތަ ތާރީޚެއް ނެތުމަކީ
އެސަބަބަށްޓަކައި އެޗެކުގެ މަސްލަޙަތު ހިމެނޭ ފަރާތްތަކުގެ ކުރިމަތީގައި ބާތިލުވެގެންވާނެ ޗެކެއް ކަމުގައި
ނުބެލެވޭކަމާއި، ޗެކްދޫކުރާ އެޗެކްގައި ތާރީޚެއް ނުވަތަ ނަމެއް ނުޖަހާ ދޭ ދިނުމަކީ ޗެކްގެ ވެރިފަރާތުން
އެ ޗެކެއްގެ އަތުގެ ވެރިޔާ ބޭނުންވާ ނަމަކާއި، ތާރީޚެއް ޖެހުމަށް ދޭ އިޚްތިޔާރެއްކަމުގައި ބެލެވެން
އޮންނަކަމާއި، އަދި ވަކި ތާރީޚެއް ނުޖަހާ މި ގޮތަށް ދޫކުރެވޭ ޗެކް ތަކުގެ ތާރީޚެއްގެ ގޮތުގައި ބެލެވޭނީ
އެޗެކެއް ދޫކުރެވޭ ދުވަސް ކަމުގައި ކަން ބަލަން ޖެހެއެވެ.
44
49
2 4ދތީ
(ކ) ހަވަނަކަމަކީ، މުޙައްމަދު ރަޝީދުގެ މައްޗަށް އުފުލިފައިވާ ދަޢުވާގައި ބުނެފައިވާ 2 (ދޭއް)
ޗެކަކީ މުޙައްމަދު ރަޝީދު ދޫކޮށްފައިވާ ދެޗެއްކަމާއި، އޭގައިވާ ސޮޔަކީވެސް މުޙައްމަދު ރަޝީދުގެ ސޮއިކަން
މުޙައްމަދު ރަޝީދުގެ އިޤްރާރުން އެނގެން އޮތްއިރު، ޤާނޫނު ނަންބަރު 16/95 ގެ 39 ވަނަ މާއްދާގައި
ބުނެފައިވާ މުއްދަތުގެ ތެރޭގައި އެދެޗެކް ބޭންކަށް ހުށަހެޅި ބައުންސްވެފައިވާކަމާއި، އަދި އެދެޗެކް
ބައުންސްވި ތާރީޚުން ފެށިގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި އެފައިސާ ދެއްކުމަށް އެދި ސީނު
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މުޙައްމަދު ރަޝީދަށް ފޮނުވި ސިޓީ ލިބުނުކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 33j6471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
2010/HC-A/165
އަންގާފައިވާގޮތަށް ފައިސާ ދައްކާފައިވާ ނުވާކަމަށް މުޙައްމަދު ރަޝީދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީސްގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮވެއެވެ.
މިކަންކަން މިހެންހުރުމާއެކު ގދ.ގައްދޫ ކޯޓްގެ ނަންބަރ 2008/Q4C/137 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ބަދަލެއްގެނެވިދާނެފަދަ ޝަރުޢީ އަދި
ޤާނޫނީވިޔަސް ހަމައެއް އޮތްކަމަކަށް މި މައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުންނަށް
ނުފެނެއެވެ.
* * * *
ޙުކުމް
uc Occc
ދެންފަހެ، އިސްވެ ފާހަގަކުރި ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކުރުމުން، ގދ.ގައްދޫ
ކޯޓްގެ ނަންބަރ
2008/Q4C/137 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފުކަމަށް
ލެވެންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމައެއްނެތް ކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރު
ފޑިޔާރުންނަށް ޢިއްތިފާޤުވެވުނުހިނދު، ގދ.ގައްދޫކޯޓްގެ
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށްފީމެވެ.
137/Q4C/2008
OX >
ދިވެހިރާއްޖޭގެ ހައިކޯޓް، އަބުރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv