ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/282 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/282
އަAu
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 282/HC
-
A/2013
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: މަހުމޫދު ޢަލީ
ދާއިމީ އެޑްރެސް: ސިނާއީ ގދ. ތިނަދޫ
އައި.ޑީ ކާޑު ނަންބަރު: A042470
މިހާރުގެ އެޑްރެސް: ގޮއްކޮޅު| މާލެ
ބަދަލުގައި، މުޙައްމަދު ސަޢީދު، މީނާނީޒް / ގދ. ތިނަދޫ
0
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ގދ. ތިނަދޫ ކައުންސިލްގެ އިދާރާ
އެޑްރެސް: ގދ. ތިނަދޫ ކައުންސިލްގެ އިދާރާ| ގދ. ތިނަދޫ
އައި.ޑީ ކާޑު ނަންބަރު:-
މިހާރުގެ އެޑްރެސް: ގދ. ތިނަދޫ ކައުންސިލްގެ އިދާރާ ގދ. ތިނަދޫ
ވަކީލް: އދ. ޢަބްދުﷲ ޙަސީން ދަފްތަރު ނަންބަރު 4059
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 09 ޛުލްޤައިދާ 1434 ނިމުނު ތާރީޚް: 24 ޝަޢުބާން 1436
15 ސެޕްޓެމްބަރ 2013
11 ޖޫން
2015
• އިސްތިއުނާފް ކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Q10C/217
• ނިންމެވި ކޯޓު: ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ބާޠިލް ޤަރާރެއްކަމަށް ކަނޑައަޅައިދިނުން
• ޤަޟިއްޔާ ހުށަހެޅުނު ތާރީޚް: 15 އޮކްޓޯބަރ 2012
• ޤަޟިއްޔާ ނިމުނު ތާރީޚް: 28 ފެބްރުއަރީ 2013
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސްގެ
ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިއާރު. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު. ޢަލީ ސަމީރު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
sa
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2013/HC-A/282
ޑ 8 *ހ2
އއ 3ނށް
« ވ މހ8 4
ނނވނ ނ،
ދަޢުވާގެ ޚުލާޞާ
މިއީ، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/Q10C/217
ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
އެޤަޟިއްޔާ
އިސްތިއުނާފުކޮށްދިނުމަށް އެދި، ގދ. ތިނަދޫ ސިނާއީ މަޙްމޫދު ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ގދ. ތިނަދޫ ކައުންސިލްގެ އިދާރާއެވެ.
....
0
ފާހަގަކުރެވުނު
ފޮކްގެވެރިން ޝަކުވާ
1. ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/Q10C/217 ޤަޟިއްޔާ
ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު
ކޮށްދިނުމަށް އެދި، ގދ. ތިނަދޫ ސިނާއީ މަޙްމޫދު ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައި
ވެއެވެ.
5
2. ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/Q10C/217
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ގދ. ތިނަދޫ 7-N ބްލޮކާއި،
މަސްމާރުކޭޓް ހުޅަނގު ބްލޮކުން ގދ. އަތޮޅު ކައުންސިލްގެ އިދާރާއާއެކު އެގްރީމެންޓްކޮށް ކުއްޔަށް ހިފާފައިވާ
ބިންތަކަށް މަހަކު އަކަފޫޓަކަށް 15/- (ފަނަރަ) ލާރިގެ ރޭޓުން ނަގަމުންއައި ކުލި، އަކަފޫޓަކަށް މަހަކު -/1
(އެކެއް) ރުފިޔާއަށް ބޮޑުކުރުމަށް 15 ޑިސެމްބަރ 2011 ވަނަ ދުވަހު ބޭއްވި ކައުންސިލްގެ 33 ވަނަ
ޖަލްސާއިން ފާސްކޮށް، އެ ދެސަރަޙައްދުގައިވާ މަޙްމޫދު ޢަލީގެ 03 ބިމުގެ ޞައްޙަ އެގްރީމެންޓް ބާޠިލްކޮށް
ކުލި ބޮޑުކޮށް، އަލުން އެގްރީމެންޓް ކުރުމަށް މަޖުބޫރުކޮށްގެން އެގްރީމެންޓްތައް އާކޮށްފައިވަނިކޮށް، ތިނަދޫ
ކައުންސިލުން ކުލިބޮޑުކޮށް އެގްރީމެންޓް އާކުރަން ފާސްކޮށްފައިވާ ނަންބަރު: 415/2011/27 ޤަރާރަކީ އޭގައި
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ވޯ، ދިވެހި
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/282
އެއްވެސް ޤާނޫނީ ޙައިސިއްޔަތެއް ނެތް އަދި އެއީ، ކޮންޤާނޫނެއްގެ، ކޮންމާއްދާއަކުން ބާރުލިބިގެން
ފާސްކޮށްފައިވާ ޤަރާރެއްކަންވެސް އެނގެންނެތުމާއި، އެޤަރާރުގައި ބުނާ އެއްޗެއް ރަނގަޅަށް ސާފުނުވާ ޤަރާރެއް
އެޤަރާރަކީ ބާޠިލް ޤަރާރެއްކަމަށް ކަނޑައަޅައިދިނުން އެދި މަޙްމޫދު ޢަލީ ހުށަހެޅުމުން
ބައްލަވައި
ނިންމަވާފައިވާ މައްސަލައެއްކަން އެނގެންއޮވެއެވެ.
ކ09އ*
CCCX Oc
3. މިމައްސަލައާ ގުޅިގެން ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2012/Q10C/217 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް
ކުރައްވާފައިވަނީ، "އިސްވެދިޔަ ބަޔާންތަކާއި ފާހަގަކުރެވުނު ނުކުތާތަކަށް ބަލާއިރު ގދ. ތިނަދޫ ސިނާއީ
މަޙްމޫދު ޢަލީ، ގދ. ތިނަދޫ ކައުންސިލްގެ އިދާރާގެ މައްޗަށް ހުށަހަޅާފައިވާ ބާޠިލް ޤަރާރެއް ކަމަށް
ކަނޑައަޅައިދިނުމަށް އެދޭ މައްސަލަ (7-N ބްލޮކާއި، މަސްމާރުކޭޓް ހުޅަނގު ބްލޮކްގައިވާ ބިންތަކުގެ ކުލި
ފަނަރަލާރިން އެއްރުފިޔާއަށް ބޮޑުކުރި މައްސަލަ) މިކޯޓުން ބެލިބެލުމުން އެރަށެއްގެ ބިންތައް ކެޓަގަރައިޒް
ކުރުމަށްފަހު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ކުލީބިން ބޭނުންކުރުމާއި ބެހޭގޮތުން ހަދަންޖެހޭ ޤަރާރުތަކަކީ
ލޯކަލް ގަވަރމެންޓް އޮތޯރިޓީން އަތޮޅު ކައުންސިލްތަކާއި، ރަށުކައުންސިލްތަކަށް ދެއްވާފައިވާ ބާރުގެދަށުން
ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ޤާނޫނާއި ޚިލާފުނުވާގޮތަށް އެކައުންސިލްތަކުން ޢަމަލުކުރަމުންދާ ދިއުމުގައި
ހަދާފައިވާ އެފަދަ އެއްވެސް ޤަރާރަކީ ޤާނޫނީ ހަމަތަކާއި ޚިލާފަށް ހިގަމުންދާ ބާޠިލް ޤަރާރެއްކަމަށް ކަނޑައެޅެން
ނޯންނާނެ ކަމަށް މަޙްމޫދު ޢަލީއަށް އަންގައި ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ" މިފަދައިންނެވެ.
4. ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/Q10C/217
ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، ގދ. ތިނަދޫ ސިނާއީ
ޙްމޫދު ޢަލީގެ ފަރާތުން 04 (ހަތަރެއް) ނުކުތާއެއް ފާހަގަކޮށް އެކަންކަމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ހ2388
CCC
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/282
• ފުރަތަމަ ނުކުތާއަކީ: ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލް އިދާރާގެ ޤަރާރު ނަންބަރު
415/2011/27 (15 ޑިސެމްބަރ 2011) އަކީ، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލާއި މަޙްމޫދު
ޢަލީއާއި، ދެމެދު ވެވިފައިވާ އެއްބަސްވުން ނަންބަރު 2010
/
54-AG
)
C1} (11 ނޮވެމްބަރ 2010) އާއި
ޚިލާފަށް މުއްދަތު ހަމަވުމުގެ ކުރިން އެކަށަ އަޅާފައިވާ ޤަރާރަކަށްވާތީ، އެއީ އިސްލާމީ ޝަރީޢަތާއި ޚިލާފު
ބާޠިލު ޤަރާރެއްކަމަށާއި، އެހެނީ އަޙުދާއި، ވައުދުތަކަކީ އެއަށް ޙުރުމަތްތެރިކޮށް ހިތުމަށް މާތްﷲ އަންގަވާފައިވާ
ކަމެއްކަމަށާއި، މިހެންކަމުން މިއެންގުމާއި ޚިލާފު ކޮންމެ ނިންމުމަކީ ޝަރީޢަތާއި ޚިލާފު ނިންމުމެއްކަމަށް ބުނެ
ހުށަހެޅި ނުކުތާއެވެ.
CC
• ދެވަނަ ނުކުތާއަކީ: މަޙްމޫދު ޢަލީ އާއި ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުއިފީހާއި ދެމެދު ވެވިފައިވާ
އެއްބަސްވުން ނަންބަރު 2010
/
54-AG
)
C1} (11 އޮކްޓޫބަރ 2010) އަކީ މިލާދީ ދެއަހަރު ދުވަހުގެ
މުއްދަތަށް ދެފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން، އެއެއްބަސްވުމުގެ މަފުހޫމަށް
އަކުރަކަށް ފިއްޔަކަށްވެސް ބަދަލުގެނައުމުގެ ބާރު ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ން
ދީފައިނުވާ
2
8 ދ ތ ދދ8
އެއްފާރާތަކުށް
4 ،42
ޑީވީދަސްވުމެއް ކަމަށް ބުނެ ހުށަހެޅި
• ތިންވަނަ ނުކުތާއަކީ: ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު އޮފީހާއި، މަޙްމޫދު ޢަލީއާއި ދެމެދު
11 އޮކްޓޫބަރ 2010 ގައި ވެވިފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން، އަކަފޫޓަކަށް 15/-
(ފަނަރަ) ލާރީގެ ރޭޓުން ދޫކުރި ބިމުގެ ޑިމާންޑު މައްޗަށް ދިޔަކަމަށްބުނެ ބިމުގެކުލި އަކަފޫޓަކަށް -/1 (އެކެއް)
ރުފިޔާއަށް ބޮޑުކުރި ކުރުމަކީ ޝަރުޢީ އުޞޫލުތަކާއި ޚިލާފަށް، ކުރިކަމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ: ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ތަފާތު
ނުކުރުމުގެ ޙައްޤަކީ އެއްވެސް މީހަކު ކަރިއްޔަ ކުރެވޭނެ ކަމެއްނޫންކަމަށާއި، މިހެންމިކަން އޮތްއިރު، ތިނަދޫން
ދިވެހިރާއް12
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
2013/HC-A/22
ކުއްޔަށް
ބިންދޫކޮށްފައިވާ ބައެއްމީހުންގެ ބިންތައް، ޑިމާންޑް އޮތްކަމަށްބުނެ އެއްބަސްވެފައިވާ ކޮންޓްރެކްޓްގައި
ބުނާ މުއްދަތު ހަމަވުމުގެކުރިން، ވަކިބަޔަކަށް ދޫކޮށްފައިވާ ބިންތައް އަކަފޫޓެއް 15/- (ފަނަރަ) ލާރިން،
އަކަފޫޓަކަށް -/1 (އެކެއް) ރުފިޔާއަށް ބޮޑުކުރި ކުރުމަކީ ތަފާތުކުރުމެއް ކަމުގައި ނޫނީ ނުވާނެކަމަށާއި،
އެހެންކަމުން ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާ ޚިލާފު ކަމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
މިއީ
479ހ
23=43
5. ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/Q10C/217
ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ގދ. ތިނަދޫ ސިނާއީ މަޙްމޫދު ޢަލީގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި،
މިމައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު،
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
އެނެކު ބަe
رومینس
(ހ) ފުރަތަމަ ކަމަކީ، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2012/Q10C/217 ޤަޟިއްޔާގައި ހުށަހެޅިފައިވާ މައްސަލައަކީ، ގދ. ތިނަދޫ ސިނާއީ މަޙްމޫދު ޢަލީ އާއި
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު އޮފީހާދެމެދު އެގްރީމެންޓްކޮށް ގދ. ތިނަދޫ 7-N ބްލޮކާއި، މަސްމާރުކޭޓް
ހުޅަނގު ބްލޮކުން މަޙްމޫދު ޢަލީ ކުއްޔަށް ހިފާފައިވާ ބިންތަކަށް، އަކަފޫޓަކަށް މަހަކު 15/- (ފަނަރަ) ލާރީގެ
ރޭޓުން ކުރިނަގަމުން ދަނިކޮށް، ގދ. ތިނަދޫ 7-N ބްލޮކާއި، މަސްމާރުކޭޓް ހުޅަނގުން ދޫކުރެވިފައިވާ ކުލީ
ބިންތަކުގެ އެންމެ ކުޑަ އަގެއްގެ ގޮތުގައި އަކަފޫޓަކަށް -/1 (އެކެއް) ރުފިޔާކަމަށް ކަނޑައަޅައި، 1 ޖެނުއަރީ
2012 ވަނަ ދުވަހުން ފެށިގެން އެގޮތަށް ޢަމަލުކުރުމަށް، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ
އިދާރާގެ ނަންބަރު 415/2011/17 (15 ޑިސެމްބަރ 2011 ޤަރާރުން ފާސްކުރުމާގުޅިގެން އެޤަރާރަކީ
އޭގައި އެއްވެސް ޤާނޫނީ ޙައިސިއްޔަތެއްނެތް އަދި އެއީ ކޮންޤާނޫނެއްގެ ކޮންމާއްދާއަކުން ބާރުލިބިގެން
ފާސްކޮށްފައިވާ ޤަރާރެއްކަންވެސް އެނގެންނެތްކަމަށާއި، އެޤަރާރުގައި ބުނާއެއްޗެއް ރަނގަޅަށް ސާފުނުވާ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/282
ޤަރާރެއްކަމަށް
މަށްބުނެ، އެޤަރާރަކީ ބާޠިލް ޤަރާރެއްކަމަށް ކަނޑައަޅައިދިނުންއެދި މަޙްމޫދު ޢަލީގެ ފަރާތުން
ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން ބައްލަވައި ނިންމަވާފައިވާ މައްސަލައެއްކަމާއި،
އެމައްސަލާގައި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކުރައްވާފައިވަނީ، ގދ. ތިނަދޫ 7-N ގެ
ބްލޮކާއި، މަސްމާރުކޭޓް ހުޅަނގު ބްލޮކްގައިވާ ބިންތަކުގެ ކުލި ފަނަރަލާރިން އެއްރުފިޔާއަށް ބޮޑުކުރި މައްސަލަ
އެކޯޓުން ބެލިބެލުމުން، އެރަށެއްގެ ބިންތައް ކެޓަގަރައިޒް ކުރުމަށްފަހު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ
ކުލީބިން ބޭނުންކުރުމާ
ބެހޭގޮތުން ހަދަންޖެހޭ ޤަރާރުތަކަކީ ލޯކަލް ގަވަރމެންޓް އޮތޯރިޓީން އަތޮޅު
ކައުންސިލްތަކާއި، ރަށުކައުންސިލްތަކަށް ދެއްވާފައިވާ ބާރުގެދަށުން ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ޤާނޫނާއި
ޚިލާފުނުވާގޮތަށް އެކައުންސިލްތަކުން ޢަމަލުކުރަމުންދާ ދިއުމުގައި ހަދާފައިވާ އެފަދަ އެއްވެސް ޤަރާރަކީ ޤާނޫނީ
ހަމަތަކާއި ޚިލާފަށް ހިގަމުންދާ ބާޠިލް ޤަރާރެއްކަމަށް ކަނޑައެޅެން ނޯންނާނެކަމަށް މަޙްމޫދު ޢަލީ އަށް އަންގައި
އެގޮތުގެމަތިންކަން އެނގެންއޮންނަކަމެވެ.
uco
(ނ) ދެވަނަ ކަމަކީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ
އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ބަލާއިރު، ރަށްރަށުގެ މިފަދަ ބިންތައް ކުއްޔަށްދިނުމާއި،
އެކަންކަމާގުޅޭގޮތުން ކުރަންޖެހޭ ކަންކަންކުރުމުގެ ބާރު ކައުންސިލަށް، ޤާނޫނާއި، އަދި އެކަންކަމުގައި
ޢަމަލުކުރުމަށް ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް ލިބިދޭކަން އެނގޭއިރު، އެޤާނޫނުގެ 114 ވަނަ
މާއްދާގައި "ކައުންސިލްގެ އެއްވެސް ބައްދަލުވުމެއް ބޭއްވޭނީ، އެކައުންސިލެއްގެ މެންބަރުންގެ ދެބައިކުޅަ
އެއްބަޔަށްވުރެ ގިނަ މެންބަރުން ޙާޟިރުވެގެންނެވެ. އަދި ކައުންސިލުން އެއްވެސްކަމެއް ނިންމޭނީ، ޖަލްސާއަށް
ޙާޟިރުވެ ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތު އެކަމަށް ލިބިގެން." ކަމަށް ބަޔާންކޮށްފައި ވާކަމާއި، އަދި
އެޤާނޫނުގެ 118 ވަނަ މާއްދާގައި، "ކައުންސިލުން ފާސްކުރާ ޤަރާރުތަކާއި އަމުރުތަކާއި ކަންތައްތައް ޢާންމުކޮށް
މިގޮތަށް ހާމަނުކުރެވޭ އަމުރުތަކަކީ ޞައްޙަ އަމުރެއް ކަމުގައި ނުބެލެވޭނެއެވެ" މިފައިން
01
އގދ ޏ އ ސ ޑ ވ
ހާމަކުނޭވާނޭއެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ކުއް9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/282
ބަޔާންކޮށްފައިވުމުން، ކައުންސިލުގެ މަސައްކަތްތަކާގުޅޭގޮތުން ކައުންސިލުން ޤަރާރުތައް ފާސްކުރެވޭނެކަން
އެނގޭކަމާއި،
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާގެ ނަންބަރު 415/2011/17 (15 ޑިސެމްބަރ
2011) ޤަރާރަށް ބަލާއިރު، އެޤަރާރަކީ ގދ. ތިނަދޫ 7-N ބްލޮކާއި މަސްމާރުކޭޓުގެ ހުޅަނގުން ދޫކުރެވިފައިވާ
ބިންތަކުގެ އަގަކީ މިހާރަށް ބަލާއިރު އެންމެ އެކަށީގެންވާ އަގަކަށްނުވާތީ 28 ސެޕްޓެމްބަރ 2011 ގައި
ބޭއްވުނު ކައުންސިލުގެ 28 ވަނަ ޖަލްސާގައި ބިންތަކުގެ އަގާބެހޭގޮތުން މަޝްވަރާކުރުމަށްފަހު، އެ ކުލީ
ބިންތަކުގެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް -/1 ރުފިޔާކަމަށް އެކައުންސިލުގެ 37 ވަނަ ޖަލްސާއިން ނިންމައި،
01 ޖެނުއަރީ 2012 ދުވަހުން ފެށިގެން އެނިންމުމަށް ޢަމަލުކުރަން ފެށުމަށް ކަނޑައަޅައި، ފާސްކޮށްފައިވާ
ޤަރާރެއްކަމާއި، އެޤަރާރު ފާސްކުރެވިފައިވަނީ އެކައުންސިލްގެ ހުރިހާ މެންބަރުން ޙާޟިރުވެތިބި ޖަލްސާއަކުން،
ހުރިހާ މެންބަރުންގެ އިއްތިފާޤުންކަން އެޤަރާރަށް ބެލުމުން އެނގެންއޮންނައިރު، އެޤަރާރަކީ، ދިވެހިރާއްޖޭގެ
އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި އެޤާނޫނުގެދަށުން ހެދިފައިވާ ޤަވާއިދަކާވިޔަސް
ޚިލާފަށް ފާސްކުރެވިފައިވާ ޤަރާރެއްކަން އެނގެންނެތްކަމާއި،
އަދި އެޤަރާރަކީ ވަކިމީހަކަށް ދޫކުރެވިފައިވާ ވަކި ބިމެއްގެ ކުލި ބޮޑުކުރުމަށް ފާސްކުރި
ޤަރާރެއް ނޫންކަމާއި، އެއީ ތިނަދޫގެ ވަކި ސަރަޙައްދެއްގައި ހިމެނޭ ކުލީ ބިންތަކުގެ ބިމު ކުލީގެ ގޮތުގައި
ކަނޑައެޅިފައިވާ މިންވަރު ބޮޑުކުރުމަށް ފާސްކޮށްފައިވާ ޢާންމު ޤަރާރެއްކަން އެނގޭކަމާއި،
އެހެންކަމުން، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާގެ ނަންބަރު 415/2011/27
(15 ޑިސެމްބަރ 2011 ޤަރާރަށް ބަލާއިރު، އެޤަރާރަކީ ވަކިމީހަކަށް ކުއްޔަށް ދޫކުރެވިފައިވާ ވަކި ބިމެއްގެ
ކުލި ބޮޑުކުރުމަށް ފާސްކުރި ޤަރާރަކަށް ނުވުމުންނާއި، އެއީ ތިނަދޫގެ ވަކި ސަރަޙައްދެއްގައި ހިމެނޭ ކުލީ
ބިންތަކުގެ ބިމު ކުލީގެ ގޮތުގައި ކަނޑައެޅިފައިވާ މިންވަރު ބޮޑުކުރުމަށް ފާސްކޮށްފައިވާ ޢާންމު ޤަރާރެއްކަމަށް
ވުމުންނާއި، އެޤަރާރަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި ނުވަތަ
ދިވެހިރާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
#
8
2013/HC-A/282
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
އެޤާނޫނުދަށުން ހެދިފައިވާ ޤަވާއިދަކާވިޔަސް ޚިލާފަށް ފާސްކުރެވިފައިވާ ޤަރާރެއްކަން އެނގެންނެތުމުން،
އެޤަރާރަކީ ބާޠިލް ޤަރާރެއްކަމުގައި ކަނޑައެޅިދާނެ އަސާސެއް އޮތްކަމަށް ނުފެންނަކަމެވެ.
2 20
(ނ) ތިންވަނަ ކަމަކީ، ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު އޮފީހާއި، މަޙްމޫދު ޢަލީއާ ދެމެދު 11
2010 ގައި ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން، އެއެއްބަސްވުމާ ޚިލާފަށް
އަކަފޫޓަކަށް 15/- ލާރީގެ ރޭޓުން ނަގަމުން އައި ކުލަ އަކަފޫޓަކަށް -/1 ރުފިޔާއަށް ބޮޑުކޮށްފައިވާތީ ކުލި
ބޮޑުކުރި ކުރުމަކީ ޝަރުޢީ އުޞޫލުތަކާ ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށްބުނެ މަޙްމޫދު ޢަލީގެ ފަރާތުން ހުށަހެޅި
ނުކުތާއަށާއި އެނުކުތާއާއި ގުޅިގެން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު،
OXO
11 އޮކްޓޯބަރ 2010 ދުވަހުން ފެށިގެން މީލާދީ 02 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް
ގދ. ތިނަދޫ އުތުރުފަރާތުން 2000 (ދެހާސް) އަކަފޫޓުގެ ބިމެއް ވިޔަފާރީގެ މަސައްކަތް ކުރުމަށްޓަކައި
ކުއްޔަށްދިނުމާ ގުޅޭގޮތުން ގދ. ތިނަދޫ ސިނާއީ މަޙްމޫދު ޢަލީއާއި ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު އޮފީހާއި
ދެމެދު ނަންބަރު 2010
/
54-AG
)
C1) (11 ނޮވެމްބަރ 2010} އެއްބަސްވުން ވެފައިވާކަމާއި، އެ
އެއްބަސްވުމުގެ ދަށުން ކުއްޔަށްދެވިފައިވާ 2000 (ދެހާސް) އަކަފޫޓުގެ ބިމުގެ ކުއްޔަކީ އަކަފޫޓަކަށް 15/-
(ފަނަރަ ލާރި) ކަމުގައި އެއެއްބަސްވުމުގެ 2 ވަނަ މާއްދާއާއި 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު،
އެއްބަސްވުމުގައި ކަނޑައެޅިފައިވާ އެކުއްޔަށް ބަދަލު ގެނެވިދާނެ ޙާލަތެއް ނުވަތަ ޙާލަތްތަކެއް
އެއެއްބަސްވުމުގައި ބަޔާންކުރެވިފައި ނުވާކަމާއި، ވުމާއެކު، އެއެއްބަސްވުން ޞައްޙަކަންމަތީ ދެމިއޮތްހާ
ހިނދަކު، މަޙުމޫދު ޢަލީގެ ރުހުމާއި އެއްބަސްވުން ނެތި އެކުއްޔަށް ބަދަލުނުގެނެވޭނަކަން އެނގެން އޮންނަކަމާއި،
ނަމަވެސް، މިމައްސަލާގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު، ގދ. ތިނަދޫ
ސިނާއީ މަޙްމޫދު ޢަލީއާއި ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު އޮފީހާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގެ މުއްދަތު
ހަމަވުމުގެ ކުރިން، އެއްބަސްވުމުގައި ކަނޑައެޅިފައިވާ ކުއްޔަށް ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
2013/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
އިދާރާއިން ބަދަލު ގެނެސްފައިވަނީ މަޙްމޫދު ޢަލީއާއެކު އާއެއްބަސްވުމެއް ވެވި، އެއެއްބަސްވުމުގެ ދަށުންކަން
އެނގޭކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަން އެފަދައިން ހުރުމުން މިމައްސަލަ
މިކޯޓުގައި ބެލި ފަނޑިޔާރުން ދެކެނީ، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2012/Q10C/217 ޤަޟިއްޔާގައި އެކޯޓަށް ހުށަހެޅުނު ދަޢުވާގައިވާ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ
ކައުންސިލްގެ އިދާރާގެ ނަންބަރު 415/2011/27 (15 ޑިސެމްބަރ 2011 ޤަރާރު ބާޠިލްކުރުމަށް ހުށަހެޅި
ހުށަހެޅުމާމެދު އެކޯޓުން ނިންމަވާފައިވާ ނިންމެވުމަށް ބަދަލުގެންނާނެތަނެއް ނެތްކަމުގައެވެ.
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/Q10C/217 ޤަޟިއްޔާގައި އެކޯޓުން ނިންމަވާފައިވާ ނިންމެވުމަށް
ވެގެންނާނެތަނެއް ނެތްކަމަށް މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި
އެގޮތުގެމަތިން ޙުކުމްކޮށްފިމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv