ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-DM/08 ޤަޟިއްޔާގެ ޙުކުމް
201FIC-DM/08
1 ޤަޟިއްޔާ -
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
1
• ޤަޟިއްޔާ ނަންބަރު: 08/HC
-
DM/2011
• މައްސަލަ ހުށަހެޅި ފަރާތް:
1- ނަން: މޫސާ އަންވަރު
* އައިޑީކާޑު ނަންބަރު:
A-294988
* ދާއިމީ އެޑްރެސް: ލާމިގެ{ ސ. ހިތަދޫ
މިހާރުގެ އެޑްރެސް:
*
2- ނަން: އަޙްމަދު މަޢުރޫފް
އައިޑީކާޑު ނަންބަރު: 133525-A
* ދާއިމީ އެޑްރެސް: ކޯފީގެ / ލ. އިސްދޫ
މިހާރުގެ އެޑްރެސް:
ބްލޫޑްރީމް | މާލެ
3- ނަން: ޠާހާ މުޙައްމަދު
* އައިޑީކާޑު ނަންބަރު، 030988-A
ދާއިމީ އެޑްރެސް: ކަޅިހާރުގެ/ އދ. މާމިގިލި * މިހާރުގެ އެޑްރެސް: މއ. ރަފްރަފް | މާލެ
4- ނަން: އިބްރާހީމް އިޙްސާން
، ދާއިމީ އެޑްރެސް އެކެވެލި!
*
ސ. މަރަދޫ
*
* އައިޑީކާޑު ނަންބަރު: 274911-A
މިހާރުގެ އެޑްރެސް: މ. އަބީރުގެއާގެ / ކ.މާލެ
* އައިޑީކާޑު ނަންބަރު: 101049-A
5- ނަން: އަޙްމަދު ރަޝީދު
ދާއިމީ އެޑްރެސް: ސީވިޔު / ގދ. ތިނަދޫ
މިހާރުގެ އެޑްރެސް: އެލަމް | ކ.
ވިލިނގިލި
3
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތިތްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
201 1/HC-DM/38
6- ނަން: އިބްރާހީމް ޝަމީލް
އައިޑީކާޑު ނަންބަރު: 060757-A
*
* ދާއިމީ
އެޑްރެސް: ޖަންބުމާގެ / ސ. ހިތަދޫ
މިހާރުގެ އެޑްރެސް: ލ. އަމްޝާހު | މާލެ
7- ނަން: މުޙައްމަދު ކަމާލް
*
އައިޑީކާޑު
ކާޑު ނަންބަރު: 17750-A
*
ދާއިމީ އެޑްރެސް: ފޮނިތޮށިގެ / ގއ. ދާންދޫ
: މިހާރުގެ އެޑްރެސް: މއ. މެޑަލިން / މާލެ
8- ނަން: ޞަފްތު ޙަބީބު
އައިޑީކާޑު ނަންބަރު: 150367-A
*
*
އެޑްރެސް: ރީގަލް | ގދ. މަޑަވެލި
މިހާރުގެ އެޑްރެސް:
*2
ނަސީމީހަނދުވަރު | މާލެ
9- ނަން: ޢުމަރު ޢަބްދު
*
: އައިޑީކާޑު ނަންބަރު: 278586-A
* ދާއިމީ އެޑްރެސް: އުފާ ! ޏ. ފުވައްމުލައް
މިހާރުގެ އެޑްރެސް: ވަފާ | ކ. ވިލިނގިލި
• މައްސަލަ ރައްދުވާ ފަރާތް:
* ނަން: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
440 4
* ދާއިމީ އެޑްރެސް: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒްމާލެ
* މިހާރުގެ އެޑްރެސް: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީމަރުކަޒުމާލެ
*
*
ނިމުނު ތާރީޚް: 03 ރަޖަބު 1431
• ރަޖިސްޓްރީކުރެވުނު ތާރީޚް: 21 ޛުލްޤައިދާ 1432
އޮކްޓޯބަރ 2011
19
24 މެއި
2012
މައްސަލައިގެ ބާވަތް: ދުސްތޫރީ
ދިވެހިރާއްޖޭގެ ހައިކޯޓު، ޙާބުރުޒު ހިނގުން، ތީގޭ 3 ނަންބަރު ދޮރާށި ތާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
201 I/HC-04/08
ޞަފްހާ ނަންބަރ. 02
01- ދަޢުވާގެ ޚުލާޞާ
02- ފާހަގަކުރެވުނު ނުކުތާތައް:
15 :
05
03- ހުކުމް:
It
16 - 16 :
04- މަޙްޝަރު ބަޔާންތައް:
04.1
ހިތަދޫ
އިސްތިއުނާފުކުރި ފަރާތުގެ މަޙްޝަރު ބަޔާންތައް:
1- މޫސާ އަންވަރު ލާމީގެ
2- އަޙްމަދު މަޢުރޫފް ކޯފީގެ / ލ. އިސްދޫ
3- ޠާހާ މުޙައްމަދު ކަޅިހުރާގެ / އދ. މާމިގިލި
- އިބްރާހީމް އިޙްސާން އެކެވެލި | ސ. މަރަދޫ
5- އަޙްމަދު ރަޝީދު ސީވިޔު | ގދ. ތިނަދޫ
އިބްރާހީމް ޝަމީލު ޖަންބުމާގެ { ހިތަދޫ
7- މުޙައްމަދު ކަމާލް ފޮނިތޮށިގެ ގއ. ދާންދޫ
8- ޞައްފަތު ޙަބީބު ރީގަލް | ގދ. މަޑަވެލި
9- ޢުމަރު ޢަބްދުﷲ އުފާ | ސ. ހިތަދޫ
ބަދަލުގައި މޫސާ އަންވަރު ލާމީގެ - ހިތަދޫ ދެއްކި ވާހަކަ:
މަޙްޝަރު ނަންބަރ: HC
-
DM
-
08 Mpg
:
01-1
&
f-2011
މަޙްޝަރު ނަންބަރ: 36-24 :HC
-
DM-
08 Mpg-2011
-6
(
04.2 އިސްތިއުނާފު ރައްދުވި ފަރާތުގެ މަޙްޝަރު ބަޔާންތައް:
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެފަރާތުން
ވަކީލު: އގ. / ޢާއިޝަތު އާޒިމާ ޝަކޫރު މ. އާސްތާނާ ދެއްކިވާހަކަ:
މަޙްޝަރު ނަންބަރ: 23-12 :DM-
08 Mpg
މަޙްޝަރު ނަންބަރ: 45-37 :HC-DM-08_Mpg-2011
ދިވެހިރާއްޖޭގެ ހައިކޯޓު، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާ މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2011/HC-TA/f08
ގޮތުގެ ވޕޯޓް
05 - މައްސަލައާއި ގުޅިގެން ހުށަހެޅުނު ލިޔުންތައް:
05.1- ދިވެހިރާއްޖޭގެ
ޤައުމީ ޔުނިވަރސިޓީގެ ނަންބަރު 2011
/
146/MNU
-
CA
-
FM
ހިންގާކޮމެޓީއަށް މެމްބަރުން އިންތިޙާބު ކުރުމަށް ބާއްވާ އިންތިޙާބާބެހޭ އިޢުލާންގެ ކޮޕީ.
ގެ
cusu constitution-05.2
Last Modified February 2010
)
The) ލިޔުމުގެ 18
s
ޞަފްޙާގެ ކޮޕީ.
05.3- (2008
DISCUSSION PAPER
(
August ލިޔުމުގެ 15 ޞަފްޙާގެ ކޮޕީ.
CONSTITUTION OF THE UNIVERSITY OF CALIFORNIA, SANTA CRUZ -05.4
(STUDENT UNION) ލިޔުމުގެ 16 ޞަފްޙާގެ ކޮޕީ.
05.5- (MEDICAL COUNCIL OF INDIA
(
NOTIFICATION ލިޔުމުގެ 12
ޞަފްޙާގެ ކޮޕީ.
06 - ރިޕޯޓުގައިވާ ޞަފްޙާގެ ޖުމްލަ ޢަދަދު: 127
ދިވެހިރާއްޖޭގެ ހައިކޯޓު، ޢާބުރުޒު ހިނގުން؛ ތިލްގެ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.inv
5
2011HC-DM/08
44
OX
coc
ދަޢުވާގެ ޚުލާޞާ
މިއީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން ޤަވާއިދުގެ 11.3 ވަނަ
މާއްދާގެ (ނ) އާއި، (ށ) އާއި، އަދި (ރ) އަކީ ޤާނޫނުއަސާސީއާއި ޚިލާފު ބާޠިލް އަކުރުތަކެއްކަމަށް
ކަނޑައަޅައި ދިނުމަށާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން 19 ސެޕްޓެމްބަރު 2011 ގައި
ޢާންމުކޮށްފައިވާ ޔުނިވަރސިޓީގެ ނަންބަރު 2011
/
146/MNUCA
-
FM އިޢުލާނުގައި ދިވެހިރާއްޖޭގެ ޤައުމީ
ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުގެ އިންތިޚާބަށް ކުރިމަތިލާ ދަރިވަރުންގެ ޝަރުޠުގެ ގޮތުގައި
ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ ތެރެއިން، އުމުރުން 18 އަހަރުވެފައިވުމާއި، ސިޔާސީ އެއްވެސް ޕާޓީއެއްގެ
އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަންކުރެވޭ މަޤާމެއް ފުރަމުންދާ ދަރިވަރަކު ކަމުގައި ނުވުމާއި، އަދި ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ
މަޤާމެއް ފުރަމުންދާ ދަރިވަރަކު ކަމުގައި ނުވުމަށް ކޮށްފައިވާ މި 3 (ތިނެއް) ޝަރުތަކީ ބާޠިލް
ޝަރުޠުތަކެއްކަމަށް ކަނޑައަޅައިދިނުމަށްއެދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި އުގެނެމުންދާ މޫސާ
ޢަންވަރާއި، އަޙްމަދު މަޢުރޫފާއި، ޠާހާ މުޙައްމަދާއި، އިބްރާހީމް އިޙްސާންއާއި، އަޙްމަދު ރަޝީދާއި، އިބްރާހީމް
ޝަމީލާއި، ޢުމަރު ޢަބްދުﷲ އާއި، ޞަފްޢަތު ޙަބީބާއި، މުޙައްމަދު ކަމާލްއާ، މި 9 ދަރިވަރުންގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެކެވެ.
¢ ¢ ¢
އެވެ
މިމައްސަލައިގައި ދަޢުވާ ރައްދުވާފަރާތަކީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއެވެ.
¢ ¢ 2
4 & 0
ނުކުތާތައް:
1- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން ޤަވާއިދުގެ 11.3 ވަނަ
މާއްދާގެ (ށ) އާއި، (ށ) އާއި، އަދި (ރ) އަކީ ޤާނޫނުއަސާސީއާއި ޚިލާފު ބާތިލް އަކުރުތަކެއްކަމަށް
ކަނޑައަޅައި ދިނުމަށާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން 19 ސެޕްޓެމްބަރު 2011 ގައި
ޢާންމުކޮށްފައިވާ ޔުނިވަރސިޓީގެ ނަންބަރު 2011
/
146/MNUCA
-
FM އިޢުލާނުގައި ދިވެހިރާއްޖޭގެ ޤައުމީ
ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުގެ އިންތިޚާބަށް ކުރިމަތިލާ ދަރިވަރުންގެ ޝަރުޠުގެ ގޮތުގައި
ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ ތެރެއިން، އުމުރުން 18 އަހަރުވެފައިވުމާއި، ސިޔާސީ އެއްވެސް ޕާޓީއެއްގެ
އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަންކުރެވޭ މަޤާމެއް ފުރަމުންދާ ދަރިވަރަކު ކަމުގައި ނުވުމާއި، އަދި ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަރ
ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ
0 ވާ
މީގެ 3 ފ ދަ
ދިވެހިރާއްޖޭގެ ހައިކޯޓު، ދޯބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: Www.highcourt.gov.mv
މުނު ގޮތުގެ ރިޕޯޓް
21/HC-DM/08
44 44 4
ވެސް މަޤާމެއް ފުރަމުންދާ ދަރިވަރަކު ކަމުގައި ނުވުމަށް ކޮށްފައިވާ ޝަރުޠުތަކަކީ، ބާޠިލް
ޝަރުޠުތަކެއްކަމަށް ކަނޑައަޅައިދިނުމަށްއެދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި އުގެނެމުންދާ
ދަރިވަރުންކަމުގައިވާ، މޫސާ އަންވަރާއި، އަޙްމަދު މަޢުރޫފާއި، ތާހާ މުޙައްމަދާއި، އިބްރާހީމް އިޙްސާންއާއި،
އަޙްމަދު ރަޝީދާއި، އިބްރާހީމް ޝަމީލާއި، ޢުމަރު ޢަބްދުﷲ އާއި، ޞަފްޢަތު ޙަބީބާއި، މުޙައްމަދު ކަމާލުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
w/
OX
2- މިމައްސަލަ ހުށަހެޅި ފަރާތްތަކުން މައްސަލައިގައި ދަޢުވާ ބިނާކޮށްފައިވާ ސަބަބުތަކުގެ
މައްޗަށް ބަލާއިރު، އަންނަނިވި 7 (ހަތެއް) ސަބަބު ފާހަގަކޮށް، އެކަންކަމާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
{
(ހ) ފުރަތަމަ ސަބަބަކީ: މައްސަލަ ހުށަހެޅި ފަރާތްތަކަކީ، ދިވެހިރާއްޖޭގެ ޤައުމީ
ޔުނިވަރސިޓީގެ ދަރިވަރުންކަމާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ
ޤަވާއިދުގެ 11.3 ގައި ހިންގާ ކޮމެޓީ މެމްބަރުންގެ ޝަރުޠުތަކުގެ ތެރޭގައި ހިމެނޭ،
(ހ) ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ މެމްބަރެއް
ކަމުގައިވުން.
(ނ) ޢުމުރުން 18 އަހަރުވެފައިވުން.
އެއްވެސް ޕާޓީއެއްގެ އިންތިޚާބު ކުރެވޭ ނުވަތަ ޢައްޔަން ކުރެވޭ މަޤާމެއް
ފުރަމުންދާ ދަރިވަރެއްކަމުގައި ނުވުން.
2
8
4
ޖެމހރއޔާގެ
(ރ) ދިވެހިރާއްޖޭގެ އެޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން
އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަންކުރެވޭ އެއްވެސް މަޤާމެއް ފުރަމުންދާ ދަރިވަރަކު ކަމުގައި ނުވުން.
(ބ) ކުރިމަތިލާ ހިންގާ ކޮމެޓީގެ މުއްދަތުގައި ގްރެޖުއޭޓްވާ މެމްބަރެއް ކަމުގައި ނުވުން، އާއި،
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު، ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2(11/HC-DM/08
444/
Get O
244
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންއަށް މެމްބަރުން ހޮވުމަށް ބާއްވާ
އިންތިޚާބާ ބެހޭ ޤަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ
ދަރިވަރުންގެ ޔޫނިއަން ޤަވާޢިދުގެ 11.3 ގެ (ހ)، (ނ)، (ނ)، (ރ) އާއި (ބ) ގައި ބަޔާންކޮށްފައިވާ
ޝަރުޠުތައް ހަމަވާ ފަރާތްތަކުންކަމަށް ބަޔާންކޮށްފައިވާ ކަމާއި، މިޤަވާއިދުގެ ދަށުން ދަރިވަރުން ޔޫނިއަންގެ
ހިންގާ ޤަވާއިދު އެކުލަވާލުމަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން 19 ސެޕްޓެމްބަރ 2011 ގައި
ޢާއްމުކޮށްފައިވާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ނަންބަރު
އިއުލާނުގައިވާ ގޮތުން އެއިންތިޚާބަށް ކުރިމަތިލެވޭ ދަރިވަރުންގެ ޝަރުޠުތަކުގެތެރޭގައި، (ށ) އާއި (ނ) އަދި
(ރ) ގައި ބަޔާންކޮށްފައިވާ ޝަރުޠުތަކަކީ ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފު ޝަރުޠުތަކެއް ކަމަށްބުނެ ހުށަހެޅި
MNU-CA-F/2011/146
COC
¢¢ ¢9
(ށ) ދެވަނަ ސަބަބަކީ، ސިޔާސީ އެއްވެސް ޕާޓީއެއްގެ އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަން
އެއްވެސް މަޤާމެއް ފުރަމުންދާ ދަރިވަރުންނަށާއި، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ
ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ ނުވަތަ ޢައްޔަންކުރެވޭ އެއްވެސް މަޤާމެއް ފުރަމުންދާ
ދަރިވަރުންނަށް އަދި ޢުމުރުން 18 އަހަރު ނުފުރޭ ދަރިވަރުންނާއި، ޔޫނިއަންގެ ހިންގާ ކޮމެޓީގެ މަޤާމުތައް
ހިންގޭގޮތަށް ހަމަޖެއްސުމަކީ ދަރިވަރުންގެ މެދުގައި ކުރެވޭ ވަރަށް ބޮޑު ތަފާތު ކުރުމެއްކަމާއި، އެއީ މިފަދަ
ދަރިވަރުންގެ ޔޫނިއަންތަކުގެ މަޤްޞަދުތަކާ ވެސް ޚިލާފު ކަމެއްކަމާއި، އަދި އެއީ ޤާނޫނު އަސާސީގެ 16 ވަނަ
މާއްދާގެ (ހ) އާއި، 17 ވަނަ މައްދާގެ (ހ) އާއި ޚިލާފަށް ކަނޑައަޅާފައިވާ ކަމެއްކަމާއި، އަދި ޤާނޫނު
އަސާސީގެ 26 ވަނަ މާއްދާގެ (ށ) އާއި، 20 ވަނަ މާއްދާއާއި، 30 ވަނަ މާއްދާގެ (ހ) އާއި އަދި 36 ވަނަ
މާއްދާގެ (ހ) އިން ލިބިދީފައިވާ ޙައްޤުތަކަށް އުނިކަން ލިބޭ ކަމެއްކަމަށް ބުނެ ހުށަހެޅި ސަބަބު
(ނ) ތިންވަނަ ސަބަބަކީ: ޤާނޫނުއަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު،
ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ، އިންތިޚާބުތަކުގައްޔާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ
ޢާއްމު ވޯޓްތަކުގައި، ވޯޓްދިނުމުގެ ޙައްޤާއި، އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތި ލުމުގެ ޙައްޤާއި،
އެމީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިޚްތިޔާރު ކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ
ކަންތައްތައް ހިންގުމުގައި ބައިވެރި ވުމުގެ ޙައްޤު، ޤާނޫނު އަސާސީގެ 26 ވަނަ މާއްދާއިން ލިބިދީފައިވާ ކަމާއި،
ސިޔާސީ އެއްވެސް ޕާޓީއެއްގެ އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަންކުރެވޭ އެއްވެސް މަޤާމެއް ފުރަމުންދާތީ ނުވަތަ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން ތީމް 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325929، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2011/HC-DI
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދަށުން ނުވަތަ ޤާނޫނުތަކުގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ
ޢައްޔަން ކުރެވޭ މަޤާމެއް ފުރަމުންދާތީ ދަރިވަރުންގެ ޔޫނިއަންގެ ހިންގާ ކޮމެޓީގެ މަޤާމަކަށް އެޔޫނިއަންގެ
މެމްބަރަކު ކުރިމަތިނުވާގޮތަށް ހަމަޖެއްސުމަކީ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) އިން ލިބިދީފައިވާ
އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤަށް އުނިކަން އަންނަ ކަމެއްކަމަށްބުނެ ހުށަހެޅި
ސަބަބު
(ނ) ހަތަރުވަނަ ސަބަބަކީ ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ސިޔާސީ ޕާޓީ ތަކުގެ
ހަރަކާތުގައި ބައިވެރިވުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށް ލިބިގެންވާކަމަށް ޤާނޫނު އަސާސީގެ 30 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކޮށްފައިވާކަމާއި، މިއީ މުތުލަޤްކޮށް ދިވެހިރައްޔިތުންނަށް ލިބިގެންވާ ޙައްޤެއްކަމާއި، ސިޔާސީ
ޕާޓީގައި ބައިވެރިވެ ސިޔާސީ ޕާޓީގެ މަޤާމެއް އަދާކުރުމަކީ އޭގެ ސަބަބުން ޤާނޫނު އަސާސީން ލިބިދީފައިވާ
އެހެން ޙައްޤަކުން ޤާނޫނު އަސާސީއާއި ޚިލާފަށް މަޙްރޫމްކުރެވޭނެ ކަމެއް ނޫންކަމާއި، ސިޔާސީ އެއްވެސް
ޕާޓީއެއްގެ އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަން ކުރެވޭ އެއްވެސް މަޤާމެއް ފުރަމުންދާތީ ދަރިވަރުންގެ ޔޫނިއަންގެ
ހިންގާ ކޮމެޓީގެ މަޤާމަކަށް އެ ޔޫނިއަންގެ މެމްބަރަކަށް ކުރިމަތި ނުލެވޭނެ ގޮތަށް ހަމަޖެއްސުމަކީ ޤާނޫނު
އަސާސީގެ 30 ވަނަ މާއްދާގެ (ހ) އިން ލިބިދީފައިވާ ޙައްޤަށް އުނިކަން ލިބޭކަމެއްކަމަށްބުނެ ހުށަހެޅި ސަބަބު.
1 9
OXO
(ބ) ފަސްވަނަ ސަބަބަކީ: ޤާނޫނު އަސާސީގެ 17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ
ޙައްޤުތަކާއި، މިނިވަންކަން މިބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެއްވެސް ގޮތަކަށް ތަފާތުކުރުމެއްނެތި
ކޮންމެ މީހަކަށް ލިބިގެންވާ ކަމަށާއި، މިޙައްޤުތަކާއި މިނިވަންކަން ލިބުމުގައިވެސް އެމީހެއްގެ ނަސްލަށް ނުވަތަ
އުފަންވި ޤައުމަށް ނުވަތަ ކުލައަށް ނުވަތަ ޖިންސަށް ނުވަތަ ޢުމުރަށް ނުވަތަ ޖިސްމާނީ ނުވަތަ ނަފުސާނީ
ނުކުޅެދުންތެރިކަމަކާއި، ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް ނުވަތަ މާލީ
ފުދުންތެރިކަމަކަށް ނުވަތަ ނިސްބަތްވާ ޢާއިލާއަށް ނުވަތަ އުފަން ރަށަށް ނުވަތަ މިނޫންވެސް ކަމަކަށް ބަލައިގެން
ތަފާތުކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާކަމާއި،
އަދި ޤާނޫނު އަސާސީގެ 36 ވަނަ މާއްދާގެ (ހ) ގައި އެއްވެސް ބާވަތެއްގެ ތަފާތު
ކުރުމެއްނެތި އުނގެނުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ބަޔާންކޮށްފައިވާކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: ]331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
9
2013/HC-DM/08
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ލިބުމަކީ ހަމަ
މުހއގ
އަދި ޤާނޫނު އަސާސީގެ 20 ވަނަ މާއްދާގައި ޤާނޫނުގެ ކުރިމަތީގައި އަދި އެމީހެއްގެ މައްޗަށް
ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީވެސް ހަމަހަމަވެގެންވާ މީހެއް ކަމަށާއި، އަދި ޤާނޫނުގެ ރައްކާތެރިކަމާއި،
ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު
ކޮންމެ
އެގެވެސް ޙައްޤެއްކަމަށް
ބަޔާންކޮށްފައިވާކަމާއި، މިކަންކަން މިހެން އޮތުމުން ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤުތައް
ލިބިދިނުމުގައި އަދި ޤާނޫނަކުން ލިބިދޭ މަންފާތައް ލިބިދިނުމުގައިވެސް އެއްވެސް ގޮތަކުން ތަފާތުކޮށްގެން
ނުވާނޭކަން ސާފުކޮށް އެނގޭކަމަށާއި، ޤައުމީ ޔުނިވަރސިޓީގެ ވަކި ދަރިވަރުންތަކަކަށް ޤާނޫނީ ޙައްޤެއް ނުވަތަ
ޤާނޫނަކުން ލިބެންޖެހޭ މަންފާ ލިބިދިނުމުގައި އިސްތިސްނާކޮށް ތަފާތުކުރުމަކީ ޤާނޫނުއަސާސީގެ 17 ވަނަ
މާއްދާގެ (ހ) އާއި ޚިލާފުކަމެއްކަމާއި، އަދި ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާއި، 36 ވަނަ މާއްދާގެ (ހ)
އިން ލިބިދީފައިވާ ޙައްޤަށް އުނިކަން ލިބޭކަމެއްކަމަށްބުނެ ހުށަހެޅި ސަބަބު.
ން
(ޅ) ހަވަނަ ސަބަބަކީ: ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) މިބާބުގައި
ކޮށްފައިވާ އެންމެހާ ޙައްޤުތަކާއި، މިނިވަންކަން އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާނޭގޮތުގެމަތިން ކޮންމެ
މީހަކަށްމެ ލިބިގެންވާކަން މިޤާނޫނު އަސާސީން ކަށަވަރު ކޮށްދޭކަމަށާއި، އަދި މިއިން އެއްވެސް ޙައްޤެއްގެ
ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ޤާނޫނުއަސާ އާއި ތަޢާރުޟު ނުވާގޮތެއްގެ މަތިން
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންކަމަށާއި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ވެސް
އެއިން ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މިނިވަން ދިމުޤްރާތީ
މުޖުތަމަޢުއެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށްކަމަށް
ބަޔާންކޮށްފައިވާ ކަމަށާއި، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ، އޮސްޓްރޭލިޔާ އަދި
މިނޫންވެސް މިފަދަ މިނިވަން ދިމުޤްރާތީ ޤައުމެއްގެ (ދައުލަތުގެ ޔުނިވަރސިޓީއެއްގެ ސްޓޫޑަންޓްސް ޔޫނިއަންގެ
ހިންގާ ކޮމެޓީގެ މަޤާމަކަށް އެ ޔޫނިއަންގެ މެންބަރުންގެ ތެރެއިން ސިޔާސީ ޕާޓީ އެއްގެ މަޤާމަށް ނުވަތަ
އެނޫންވެސް ޤާނޫނީ އިންތިޚާބީ މަޤާމެއް ފުރަމުންދާ ދަރިވަރުންނަން ކުރިމަތިނުލެވޭނެގޮތަށް ޝަރުތުކޮށްފައި
އ ހދ 30
2
ޗިސްކޮށް00ނ
ހުށަހެޅި ސަބަބު.
(ކ) ހަތްވަނަ ސަބަބަކީ: ޤާނޫނުއަސާސީގެ 63 ވަނަ މާއްދާގައި އެއްވެސް ޤާނޫނެއް ނުވަތަ
ޤާނޫނަކުން ބައެއްވިޔަސް މިބާބުގައި ބަޔާންވެގެންވާ އަސާސީ ޙައްޤަކާ ނުވަތަ މިނިވަންކަމަކާ ތަޢާރުޟްވާނަމަ
އެ ޤާނޫނެއް ނުވަތަ އެޤާނޫނަކުން އެޙައްޤަކާ ނުވަތަ އެމިނިވަންކަމަކާ ތަޢާރުޝްވާ މިންވަރެއްވާނީ ބާޠިލު
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތަމްގޭ 3 ނަންބަރު، ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.may
10 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2011/HC-DM1/08
އެއްޗެއްކަމަށް ކަނޑައެޅި ބަޔާންކޮށްފައިވާހިނދު، އަދި ޤާނޫނުއަސާސީގެ 258 ވަނަ މާއްދާގައި
ދިވެހިރާއްޖޭގައި ހަދާ އެންމެހާ ޤާނޫނުތައް ހަދަންވާނީ މިޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެ
މަތިންކަމަށާއި، މިޤާނޫނުއަސާސީން ލާޒިމުކުރާ އެންމެހާ ކަންކަން ފުރިހަމަކުރަން ވާނެކަމަށާއި،
ނޫނުއަސާސީއާ ޚިލާފުވާގޮތަށް ހަދާ ކޮންމެ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްވިޔަސްވާނީ ބާޠިލުއެއްޗަކަށް
ކަމަށާއި، އަދި އެފަދަ ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބާރެއް ނުހިނގާނެކަމަށާއި، މިޤާނޫނުއަސާސީއާ ޚިލާފަށްކުރާ
ކޮންމެކަމަކީ ބާޠިލުކަމެއްކަމަށް ކަނޑައެޅި ބަޔާންކޮށްފައިވާހިނދު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ
ދަރިވަރުންގެ ޔޫނިއަންގެ ޤަވާޢިދުގެ 11.3 ގެ (ށ) ,(ނ) އަދި (ރ) އަކީ ޤާނޫނުއަސާސީގެ 16 ވަނަ
މާއްދާގެ (ހ) އާއި، 17 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް، އަދި ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ)
އާއި، 20 ވަނަ މާއްދާއާއި، 30 ވަނަ މާއްދާގެ (ހ) އާއި، 36 ވަނަ މާއްދާގެ (ހ) އިން ލިބިދީފައިވާ
ޙައްޤުތަކާއި ތަޢާރަޟްވާގޮތަށް އެކުލަވާލާފައި އޮތް ބާޠިލު އަކުރުތަކެއްކަމަށާއި، އަދި ދިވެހިރާއްޖޭގެ ޤައުމީ
ޔުނިވަރސިޓީން 19 ސެޕްޓެމްބަރ
ޢާއްމުކޮށްފައިވާ ޔުނިވަރސިޓީގެ ނަންބަރު
2011
/
146/MNU
-
CA
-
FM އިޢުލާނުގައި އިންތިޚާބަށް ކުރިމަތިލެވޭ ދަރިވަރުންގެ ޝަރުޠުގެ ގޮތުގައި
ބަޔާންކޮށްފައިވާ ޝަރުޠުތަކުގެތެރޭގައި ހިމެނޭ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ
ޤަވާއިދުގެ 11.3 ގެ (ހ)، (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާ ޝަރުޠުތަކަކީވެސް ބާޠިލު ޝަރުޠުތަކެއް
ކަމަށްބުނެ
2011
##
ހުށަހެޅި ސަބަބު.
-3
މިމައްސަލަ ހުށަހެޅި ފަރާތްތަކުން މައްސަލައިގައި ދަޢުވާ ބިނާކުރި ސަބަބުތަކަށާއި،
މައްސަލަ ހުށަހެޅި ފަރާތްތަކުންނާއި މައްސަލަ ރައްދުވާފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު،
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
Gut O
3,
(ހ) ފުރަތަމަ ކަމަކީ: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނަކީ،
ޔުނިވަރސިޓީގެ ކަންތައްތަކުގައި ދަރިވަރުންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ މަޤްޞަދުގައި، ދިވެހިރާއްޖޭގެ
ޤައުމީ ޔުނިވަރސިޓީ ކައުންސިލުގެ 22 އޯގަސްޓް 2011 ގައި ބޭއްވުނު އެކައުންސިލުގެ 26 ވަނަ
ޖަލްސާއިން ފާސްކޮށްގެން އުފެއްދިފައިވާ ޔޫނިއަނެއްކަމާއި، އެގޮތަށް ދަރިވަރުންގެ ޔޫނިއަން އުފެއްދުމުގެ ބާރު
ދިވެހިރާއްޖޭގެ ހައިކޯޓު، ކާބުރުޒު ހިނގުން ތީމްގޭ 3 ނަންބަރު، ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
11
2011/HC-Detitl8
ޤާނޫނުނަންބަރު 5/2011 (ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) ގެ 3
ވަނަ ނަންބަރުންނާއި، އެޤާނޫނުގެ 42 ވަނަ މާއްދާއިން ޔުނިވަރސިޓީ ކައުންސިލަށް ލިބިދީފައި އޮންނަކަމާއި،
އެމާއްދާގެ ދަށުން ލިބިދޭ ބާރުގެ ދަށުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން
އުފައްދައި، އެޔޫނިއަނުގެ ޤަވާޢިދު އެކުލަވާލައި، 01 ސެޕްޓެމްބަރ 2011 ގައި، ޔުނިވަރސިޓީ ގެޒެޓުގައި
އެޤަވާޢިދު ޝާއިއުކޮށްފައިވާކަން އެނގޭކަމާއި، އެޤަވާޢިދުގެ 11.3 ވަނަ ނަންބަރަށް ބަލާއިރު، އެނަންބަރުގައި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުގެ ހިންގާ ކޮމިޓީއަށް އިންތިޚާބުކުރާ މެންބަރުންގެ
ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް ބަޔާންކޮށްފައިވާކަމާއި، އެގޮތުން އެނަންބަރުގެ (ނ) ގައި، އުމުރުން 18
(އަށާރަ) އަހަރު ފުރިފައިވުން، (ނ) ގައި، ސިޔާސީ އެއްވެސް ޕާޓީއެއްގެ އިންތިޚާބުކުރެވޭ ނުވަތަ
އައްޔަންކުރެވޭ އެއްވެސް މަޤާމެއް ފުރަމުންދާ ދަރިވަރަކުކަމުގައި ނުވުން، އަދި (ރ) ގައި، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ
އެއްވެސް މަޤާމެއް ފުރަމުންދާ ދަރިވަރަކު ކަމުގައި ނުވުން، މިފަދައިން ބަޔާންކޮށްފައި އޮންނަކަމާއި، އަދި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން 19 ސެޕްޓެމްބަރ 2011 ގައި ޢާއްމުކޮށްފައިވާ ޔުނިވަރސިޓީގެ
ނަންބަރު 2011
/
146/MNU
-
CA
-
M އިޢުލާނުގެ (ށ) އާއި، (ބ) އަދި (ރ) ގައި އިންތިޚާބަށް
ކުރިމަތިލެވޭ ދަރިވަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ގޮތުގައި ބަޔާންކޮށްފައިވަނީ، އިސްވެ
ހުންކުރެވުނު ދަރިވަރުންގެ ޔޫނިއަނުގެ ޤަވާޢިދުގެ 11.3 ގެ (ނ) އާއި (ނ) އާއި (ރ) ގައި،
ބަޔާންކޮށްފައިވާ ޝަރުޠުތައްކަން އެނގެން އޮންނަކަމެވެ.
1
6ޔާންކުރެވެނ
44
(ށ) ދެވަނަ ކަމަކީ: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ
މެންބަރުކަން ލިބޭ ގޮތަށް ބަލާއިރު، އެޔޫނިއަންގެ މެންބަރުކަން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި
ރަޖިސްޓްރީ ވެގެން ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން، ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުގެ
މެންބަރަކަށްވާން ބޭނުންނޫންކަމަށް، އެކަމަށް ކަނޑައެޅިފައިވާ އުސޫލުން އެޔޫނިއަނަށް އަންގާފައިވާ ދަރިވަރުން
ފިޔަވައި، އެހެން ހުރިހާ ދަރިވަރުންނަކީ އެޔޫނިއަންގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނޭ މެންބަރުން
ކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުގެ ޤަވާއިދުގެ 5 ވަނަމާއްދާގައި ބަޔާން
ކޮށްފައި އޮތުމުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ދަރިވަރެއްގެ ގޮތުގައި ރަޖިސްޓްރީވުމާއެކު،
އެދަރިވަރަކީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ މެންބަރެއްގެ ގޮތުގައި ބެލެވެމުންދާ ކަމާއި، މިގޮތުން
ބަލާއިރު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ މެންބަރުންގެ ތެރޭގައި އުމުރުން 18
k
4& 0
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީލްގޭ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
12
2011/HC-DM/08
(އަށާރަ) އަހަރު ނުފުރޭ ދަރިވަރުންވެސް ހިމެނޭކަން މިމައްސަލައިގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް
ބެލުމުން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި
ބަޔާންކޮށްފައިވާ އަސާސީ ޙައްޤުތަކަކީ، އެއްވެސް ޤައިދެއްނެތް ގޮތެއްގައި ލިބިދީފައިވާ ޙައްޤުތަކެއްނޫންކަމާއި،
އެބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކަކީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަމަތަކާއި
އުސޫލުތަކުގެ ދާއިރާގެ ތެރޭގައި ހަނި ކުރެވިދާނެ ޙައްޤުތަކެއްކަން އެމާއްދާއަށް ބެލުމުން އެނގެން އޮންނައިރު،
ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) ގައި އެޤާނޫނުއަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައި
ނުވާހާހިނދަކު، އުމުރުން 18 (އަށާރަ) އަހަރުންމަތީގެ ކޮންމެ ރައްޔިތަކަށްމެ އިންތިޚާބުތަކުގައި އެކިއެކި
މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައި އޮންނައިރު، ޤާނޫނުއަސާސީގައި
ބަޔާންކޮށްފައިވާ އިންތިޚާބުތަކަކީ، ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ހަދާ ޤާނޫނުގެ ދަށުން
ޢާންމުކޮށް ރައްޔިތުން ވޯޓުލައިގެން އެކިއެކި ކައުންސިލުތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުތަކަށާއި،
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް މީހުން ހޮވުމަށް ބާއްވާ
ޢާންމު އިންތިޚާބުތަކަށާއި،
ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް މީހަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިޚާބުތައްކަމަށާއި، އިންތިޚާބުގެ
މާނައިގެ ތެރޭގައި އެއިން މަޤާމެއް ހުސްވެގެން އެމަޤާމަށް މީހަކު އިންތިޚާބުކުރުމަށް ބާއްވާ ބައި
އިލެކްޝަންތައް ހިމެނޭކަމަށް ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި "އިންތިޚާބު" މިބަސް
މާނަކޮށްފައިވާ ގޮތަށް ބެލުމުން އެނގެން އޮތުމުން، ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) ގައި
ބަޔާންކޮށްފައިވާ އިންތިޚާބުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނަށް
މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބު ނުހިމެނޭކަން އެނގެން އޮންނަކަމެވެ
OXO
(ރ) ހަތަރުވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުގެ
މެންބަރުކަން އެޔުނިވަރސިޓީގައި ދަރިވަރެއްގެ ގޮތުގައި ރަޖިސްޓްރީވުމާއެކު ލިބިގެންދާކަމާއި، ދަރިވަރަކަށް
މެންބަރުކަން ދިނުމުގައި އެދަރިވަރެއްގެ ޢުމުރަށް ބަލައި ރިޢާޔަތްކުރެވިފައި ނުވާކަން އެޔޫނިއަނުގެ ޤަވާއިދަށް
ބެލުމުން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ދަށުންނާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ
ދަރިވަރުންގެ ޔޫނިއަނުގެ ޤަވާޢިދުގެ ދަށުން އެޔުނިވަރސިޓީގެ ދަރިވަރުންނަށް ލިބިދޭ ޙައްޤުތަކާއި، މަންފާތައް
ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު ލިބިދޭންޖެހޭނެކަމަށް ޤަބޫލުކުރެވޭކަމާއި، އަދި ޤާނޫނުއަސާސީގެ ދެވަނަ
ދިވެހިރާއްޖޭގެ ހައިކޯޓު، ޢާބުރުޒު ހިނޗުން، ތީމްގޭ 3 ނަންބަރު، ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
13
2{UIC-DM:08
ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން އެބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެއްވެސް ގޮތަކުން
ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށް ލިބިގެންވާކަމަށާއި، އެޙައްޤުތަކާއި މިނިވަންކަން ލިބުމުގައި އެމީހެއްގެ
ނަސްލަށް ނުވަތަ އުފަންވީ ޤައުމަށް ނުވަތަ ކުލަޔަށް ނުވަތަ ޖިންސަށް ނުވަތަ އުމުރަށް ނުވަތަ ޖިސްމާނީ
ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް ނުވަތަ
މާލީ ފުދުންތެރިކަމަކަށް ނުވަތަ ނިސްބަތްވާ ޢާއިލާއަށް ނުވަތަ އުފަންރަށަށް ނުވަތަ މިނޫންވެސް ކަންކަމަށް
ބަލައި ތަފާތުކޮށްގެން ނުވާނެކަމަށް ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އޮންނައިރު،
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުގެ ހިންގާ ކޮމިޓީއަށް މެންބަރުން އިންތިޚާބުކުރުމަށް
ބާއްވާ އިންތިޚާބަށް ވާދަކުރެވޭ ދަރިވަރުންނަކީ އުމުރުން 18 އަހަރު ފުރިފައިވާ ދަރިވަރުން ކަމުގައިވުމަށް
ކޮށްފައިވާ ޝަރުޠަކީ، ހަމައެކަނި ދަރިވަރުގެ ޢުމުރަށް ބަލައިގެން ކޮށްފައިވާ ޝަރުތެއްކަން ފާހަގަ ކުރެވޭކަމެވެ.
OXO
(ބ) ފަސްވަނަ ކަމަކީ: ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ހަރަކާތްތަކުގައި،
ބައިވެރިވުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށް ލިބިގެންވާކަމަށް ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައި އޮންނައިރު، ސިޔާސީ ޕާޓީތައް އުފެއްދުމާއި، އެޕާޓީތަކުގެ ހަރަކާތްތަކަކީ ސިޔާސީ ޕާޓީތަކާބެހޭ
ޤަވާޢިދުގެ ދަށުން އަމަލުކުރެވޭ ކަންތައްތަކެއްކަން
މިކަން އެނގޭއިރު، އެޕާޓީތަކުގައި ބައިވެރިނުވެވޭ މީހުން
އެޤަވާޢިދުގެ 5 ވަނަ ނަންބަރުގައި ބަޔާންކޮށްފައި އޮންނަކަމާއި، މިގޮތުން ސާނަވީ ސްކޫލުތަކާއި،
މަދަރުސާތަކުގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށް ނުވެވޭނެކަން
ސިޔާސީ ޕާޓީތަކާބެހޭ ޤަވާޢިދުގެ 5 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައި އޮތުމުން، ޔުނިވަރސިޓީ ތަޢުލީމު
ހާސިލްކުރާ ދަރިވަރުން އެޤަވާޢިދުން އިސްތިސްނާކޮށްފައިވާކަން އެނގެން އޮންނަކަމާއި، ޔުނިވަރސިޓީ ތަޢުލީމު
ހާސިލްކުރަމުން ގެންދާ ޢުމުރުން 18 އަހަރުން މަތީގެ ދަރިވަރުންނަށް ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ
ގޮތުގައި ރަޖިސްޓްރީވުމުގެ ޙައްޤު ލިބިގެންވާކަން އެއްވެސް އޮޅުމެއްނެތް ގޮތެއްގައި އެނގެން އޮތްނަމަވެސް،
ސިޔާސީ ޕާޓީއެއްގެ އިންތިޚާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މަޤާމެއް އަދާކުރަމުންދާ ދަރިވަރަކު، އެމަޤާމުގައި
ހުރެ، ޔުނިވަރސިޓީ ދަރިވަރުންގެ ޔޫނިއަން ހިންގާ ކޮމެޓީގެ މަޤާމެއް އަދާކުރުމަށް، އެޤަވާޢިދުގެ 11.3 ގެ
(ނ) އިން މަނާކޮށްފައިވާކަމާއި، އަދި ދިވެހިރާއްޖޭގެ ޖުމްހޫއްރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ
ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަންކުރެވޭ އެއްވެސް މަޤާމެއް ފުރަމުންދާ ދަރިވަރަކު
އެމަޤާމުގައި ހުރެ، ޔުނިވަރސިޓީ ދަރިވަރުންގެ ޔޫނިއަން ހިންގާ ކޮމެޓީގެ މަޤާމެއް އަދާކުރުމަށް، އެމާއްދާގެ
(ރ) އިން މަނާކޮށްފައިވާކަމާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ދަރިވަރުންގެ ހަރަކާތްތަކަކީ، ސިޔާސީ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
އ(49
2 ބ ސކް
14ޤަޅއްޔާ
20 1/HC-DM/08
¢ ¢ ¢99
ޕާޓީތަކުގެ ހަރަކާތުން މިނިވަންވެ، މިނިވަންކަމާއި މުސްތަޤިއްލުމަކާއެކު، ދިވެހި ޤައުމީ ޔުވަރސިޓީއާއި
ދަރިވަރުންގެ މަސްލަހަތާއެއްގޮތަށް ހިންގަންޖެހޭ ހަރަކާތްތަކަކަށްވުމާއެކު، ސިޔާސީ ޕާޓީއެއްގެ މަޤާމެއް
އަދާކުރަމުންދާ ދަރިވަރަކަށް ނުވަތަ ދިވެހިރާއްޖޭގެ ޖުމްހޫއްރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ
ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަންކުރެވޭ އެއްވެސް މަޤާމެއް ފުރަމުންދާ ދަރިވަރަކަށް،
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުގެ މަލެއް، މަސްލަހަތު ފުށުއަރާގޮތަށް
އެއްވަގުތެއްގައި އަދާކުރުމަށް ދޫކޮށްލާފައި އޮތުމަކީ، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރެއިން ބަލައި ގަންނަ
ރަށު ކައުންސިލްތަކަށް
އިންތިޚާބުކުރެވޭ މީހުންގެ ޝަރުޠުތައް ބަޔާންކުރަމުން
ޤާނޫނުނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 28
ވަނަ މާއްދާގެ (ހ) އާއި (ނ) ގެ 6 ވަނަ ނަންބަރުގައި، ރަށު ކައުންސިލްތަކަށް ކުރިމަތިލާ މީހުންނަކީ
ފުލްޓައިމް ދަރިވަރަކު ކަމުގައި ނުވުން، ކަމަށް ބަޔާންކޮށްފައި އޮތުމުންނާއި، ދިވެހިސިވިލް ސަރވިސްގައި
ވަޒީފާއަދާކުރާ މުވައްޒަފަކު ޤާނޫނުއަސާސީއާއި ޤާނޫނުގެ ދަށުން ބާއްވާ އިންތިޚާބެއްގައި ބައިވެރިވުމަށް
އޭނާ އަދާކުރަމުން ގެންދާ މަޤާމުން އިސްތިއުފާ ދޭންޖެހުމުންނާއި، އަދި މިނިވަން
މުއައްސަސާއެއްގެ މެންބަރުކަން ނުވަތަ މަޤާމެއް ފުރަމުން ގެންދާ މީހަކު، ސިވިލްސާރވިސްގެ މަޤާމެއް ނުވަތަ
އެހެންވެސް މަޤާމެއް އަދާ ނުކުރެވޭނެކަމަށް ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި ކަނޑައަޅާފައިވުމުން، ދިވެހިރާއްޖޭގެ
ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުގެ ހިންގާ ކޮމިޓީގެ މަޤާމަކަށް ކުރިމަތިލުމަށްޓަކައި، ސިޔާސީ
ޕާޓީއެއްގެ އިންތިޚާބު ކުރެވޭ މަޤާމެއް ފުރަމުން ދާ ދަރިވަރަކު ކަމުގައި ނުވުމާއި، އަދި ޤާނޫނުއަސާސީގެ
ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މަޤާމެއް ފުރަމުންދާ ދަރިވަރަކު
ކަމުގައި ނުވުމަށް، އެޔޫނިއަނުގެ ޤަވާއިދުގެ 11.3 ގެ (ނ) އާއި، (ށ) އާއި އަދި ދިވެހިރާއްޖޭގެ ޤައުމީ
ޔުނިވަރސިޓީގެ ނަންބަރު 2011
/
146/MNU
-
CA
-
FM އިޢުލާނުގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ
ދެ ޝަރުޠަކީ، ޤާނޫނުއަސާސީއާއި ޚިލާފު ޝަރުޠުތަކެއްކަމަށް ޤަބޫލު ނުކުރެވޭކަމެވެ.
ޖމްޝީނަމަ
ބޭނުންވާނަމަ
¢ ¢ ¢ 22
OG
(ޅ) ހަވަނަ ކަމަކީ: ދުނިޔޭގެ އެކި ޤައުމުތަކުގެ ޔުނިވަރސިޓީ ނުވަތަ ކޮލެޖްތަކުގެ
ދަރިވަރުންގެ ޔޫނިއަނަށް މެންބަރުން އިންތިޚާބު ކުރުމުގައި އަމަލުކުރާ ޤަވާޢިދުތަކަށް ބަލާއިރު، އެފަދަ
ދަރިވަރުންގެ ޔޫނިއަންތަކަކީ ސިޔާސީ ޕާޓިތަކުގެ ހަރަކާތްތަކާއި، ނުފޫޒުން އެއްކިބާވެ، މިނިވަންކަމާއެކު
ހަރަކާތްތެރިވާ ތަންތަންކަމަށް ވާންޖެހޭކަމާއި، އަދި އެފަދަ ޔޫނިއަންތަކުން ހިންގާ ހަރަކާތްތަކަކީ
ޔުނިވަރސިޓީގެ ދަރިވަރުންގެ ތަޢުލީމާއި ޤާބިލުކަން އިތުރު ކުރުމާއި، ކުރިއެރުވުމަށް މަސައްކަތްކުރުމާއި،
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ، ފޯން: 29(3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
15
20]1/HC-DVI;}8
ދަރިވަރުންނަށް ދިމާވާ މައްސަލަތައް ފާހަގަކޮށް އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭކަން
އެނގޭއިރު، ސިޔާސީ ޕާޓީއެއްގެ މަޤާމެއް ފުރަމުންދާ ދަރިވަރަކަށް ނުވަތަ ޤާނޫނުއަސާސީގެ ދަށުން ނުވަތަ
ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މަޤާމެއް ފުރަމުންދާ ދަރިވަރަކަށް ޔުނިވަރސިޓީގެ
ދަރިވަރުންގެ ޔޫނިއަނުގެ މަޤާމަކަށް ކުރިމަތި ލެވޭ ގޮތަށް އޮތުމަކީ، ދަރިވަރުންގެ މެދުގައި ހަމަހަމަކަމާއި،
އިންސާފުވެރި ކަމާއެކު އިންތިޚާބު ބޭއްވުމަށް ހުރަސްއެޅޭނެކަމެއްކަން އެނގޭއިރު، އިންތިޚާބުތަކުގައި
މަޤާމުތަކަށް ކުރިމަތިލުމުގައި ޝަރުތުކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ދަރިވަރުން ކިޔަވަމުންދާ ކޯހަށް
ބެލުމާއި، ހާޒިރީއަށް ބެލުމާއި، ހޯދާފައިވާ މާރކްސްއަށް ބެލުމާއި، ޔުނިވަރސިޓީގެ ޤަވާޢިދުތަކާއި
ޚިލާފުވެފައިވޭތޯ ބެލުމާއި، އިންތިޚާބުކުރެވޭ މަޤާމުގެ ދައުރު ފުރިހަމަ ކުރުމުގެ މުއްދަތު އޮތްތޯ ބެލުން ފަދަ
ކަންކަން ހިމެނޭކަމެވެ.
އެހެންކަމުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުގެ ޤަވާޢިދުގެ
11.3 ވަނަ މާއްދާގެ (ނ) އާއި، (ނ) އާއި (ރ) އާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ނަންބަރު
2011
/
146/MNU
-
CA
-
FM އިޢުލާނުގެ (ށ) އާއި (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ
ތެރެއިން، (ށ) ގައި ބަޔާންކޮށްފައިވާ ޝަރުޠަކީ، ދަރިވަރުންގެ އުމުރަށް ބަލައިގެން ކޮށްފައިވާ
ޝަރުތެއްކަމާއި، މިފަދަ ގޮތަކަށް ދަރިވަރުންގެ މެދުގައި ތަފާތުކުރުމަކީ، ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ
(ހ) އާއި، ދަރިވަރުންގެ ޔޫނިއަނުގެ ޤަވާޢިދުގެ 7 ވަނަ މާއްދާއިން ލިބިދީފައިވާ ޙައްޤުތަކާއި ތަޢާރުޟުވާ
ގޮތަށް ކަނޑައަޅާފައިވާ ޝަރުތެއްކަން ފާހަގަ ކުރެވޭކަމާއި، އަދި (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ
ޝަރުޠުތަކަކީ ޔުނިވަރސިޓީގެ މަޤްޞަދުތަކާއި، ދަރިވަރުންގެ މެދުގައި ހަމަހަމަ، މިނިވަން އިންޞާފުވެރި
އިންތިޚާބެއް ބޭއްވުމަށް މަގުފަހިކޮށް ދޭފަދަ ގޮތަކަށް ކަނޑައަޅާފައިވާ ޝަރުޠުތަކެއްކަމަށް ޤަބޫލުކުރެވޭކަމެވެ.
(
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީޘްގޭ 3 ނަންބަރު، ދޮރާށި މާލޭ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2{
pl/HC-DM/
16 ޤަޟިއްޔާ ނިމުނުގޮތުގެ
ދެންފަހެ، އިސްވެބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމާއެކު،
ދިވެހިރާއްޖޭގެ ޤައުމީ
ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުގެ ޤަވާޢިދުގެ 11.3 ވަނަ މާއްދާގެ (ށ) އާއި، ދިވެހިރާއްޖޭގެ ޤައުމީ
ޔުނިވަރސިޓީގެ ނަންބަރު 2011
/
146/MNU
-
CA
-
FM އިޢުލާނުގެ (ނ) ގައި، ޢުމުރުން 18 (އަށާރަ)
އަހަރު ފުރިފައިވުމަށް ކޮށްފައިވާ ޝަރުޠަކީ، ދަރިވަރުންގެ އުމުރަށް ބަލައިގެން ކޮށްފައިވާ ޝަރުތެއްކަމަށްވާތީ،
މިގޮތަށް ދަރިވަރުންގެ ޢުމުރަށް ބަލައި ދަރިވަރުންގެ މެދުގައި ތަފާތުކުރުމަކީ، ޤާނޫނުއަސާސީގެ 17 ވަނަ
މާއްދާގެ (ހ) އާއި، ދަރިވަރުންގެ ޔޫނިއަނުގެ ޤަވާޢިދުގެ 7 ވަނަ މާއްދާއިން ލިބިދީފައިވާ ޙައްޤުތަކާއި ޚިލާފަށް
ކޮށްފައިވާ ޝަރުތެއްކަމަށްވާތީ އެޝަރުޠު ބާޠިލުކޮށް، އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ
ޔޫނިއަނުގެ ޤަވާޢިދުގެ 11.3 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ
ނަންބަރު 2011
/
146/MNU
-
CA
-
FM އިޢުލާނުގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ދެ ޝަރުޠަކީ،
ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފު ޝަރުޠުތަކެއް ކަމަށް ކަނޑައަޅާނެ ތަނެއްނެތްކަމަށް މިޤަޟިއްޔާ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ހުކުމް ކުރީ
ޙުސައިން
ޢަބްދުއްރައޫފު އިބްރާހީމް
ފަނޑިޔާރު
ޢައްބާސް ޝަރީފް
ފަނޑިޔާރު
ފަނޑިޔާރު
o
ތައްޔާރުކުރީ: އާމިނަތު މުޙައްމަދު
ޗެކްކުރީ: ފާތިމަތު ނީޝާ
ޗެކްޓު
ދިވެހިރާއްޖޭގެ ހައިކޯޓު، ދޯބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv