ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/286 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A/286
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
-
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 286/HC
-
A/2011
އިސްތިއުނާފު ކުރިފަރާތް:
ނަން: އީ-ނެޓް ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑް
ޖިސްޓްރީ ނަންބަރު: 305
/
2003-C
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އީސްޓް އިންވެސްޓް ޕްރައިވެޓް ލިމިޓެޑް
ދާއިމީ އެޑްރެސް: ލ. މާނެލް (1 ވަނަ ފަންގިފިލާ)މާލެ
* ދާއިމީ އެޑްރެސް:
އ.
އާގެމާލެ
ރަޖިސްޓްރީ ނަންބަރު: 11
/
90-C
• ތަދައްޚުލުވީ ފަރާތް:
* ނަން: ފޯކަސް އިސްފޯކޮމް ޕްރައިވެޓް ލިމިޓެޑް
* ރަޖިސްޓްރީ ނަންބަރު: 02
/
2003-C
ރަޖިސްޓްރީކުރެވުނު ތާރީޚް: 13 މުޙައްރަމް 1432
8 ޑިސެމްބަރު 2011
* ދާއިމީ އެޑްރެސް:
17
ފަސްމީރު ބިލްޑިންގ |މާލެ
ނިމުނު ތާރީޚް: 7 ރަޖަބް 1433
28 މެއި 2012
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cv-C/819
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ނިންމެވި ކޯޓް: ސިވިލް ކޯޓު
* ހުށަހެޅުނު ތާރީޚް: 25 އެޕްރީލް 2011 * ނިމުނު ތާރީޚް: 6 އޮކްޓޫބަރު 2011
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު އަޒްމިރާލްދާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
ޤަޟިއްޔާ
ނިމުނު ގޮ
2011/HC-A/286
مل من *
ދަޢުވާގެ ޚުލާޞާ
2ތ 2x
3
2 ދ ތތ 3
އެއެގެންވާކަމަށްބެކީ
މިއީ، ސިވިލް ކޯޓުގެ ނަންބަރު
2011/Cv
-
C/819 ޤަޟިއްޔާ އެކޯޓުން
ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ފުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު
ކޮށްދިނުންއެދި ބީ-ނެޓް ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 305
/
2003-C) ގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މިޤަޟިއްޔާގައި، މައްސަލަ
ރައްދުވާ ފަރާތަކީ އީސްޓައިންވެސްޓް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 11
/
90-C) އެވެ. އަދި
މިމައްސަލައިގައި ފޯކަސް އިން ފޯކޮމް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 02
/
2003-C) ގެ
ފަރާތުންވަނީ ތަދައްޚުލްވެފައެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/819
ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ، މ. މާނެލް އޭކިޔާ ބަންޑާރަ ގޯއްޗަކީ އީސްޓް އިންވެސްޓް
ޕްރައިވެޓް ލިމިޓެޑުން ދިގު މުއްދަތަކަށް ނަގައި، އެކުންފުނީގެ ޚަރަދުގައި ޢިމާރާތްކޮށްފައިވާ
ތަނަކަށްވާއިރު، އެ ޢިމާރާތުގައި އީސްޓް އިންވެސްޓް ޕްރައިވެޓް ލިމިޓެޑުގެ ނުރުހުމުގައި އެއްވެސް
ބަޔަކަށް ޤާނޫނު ހުއްދަކުރާ ގޮތަކުން މެނުވީ އުޅުމުގެ ހައްޤު ލިބިގެންނުވާއިރު، ބީ-ނެޓް ކޮމިއުނިކޭޝަން
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ޢިމާރާތް ބޭނުން ކުރަމުންދަނީ ޤާނޫނާއި ޤަވާއިދާއި ޚިލާފަށްކަމަށްބުނެ،
ބީނެޓް ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ތަންހުސްކޮށް އީސްޓް އިންވެސްޓް ޕްރައިވެޓް
ލިމިޓެޑާއި ޙަވާލުކޮށްދިނުމަށާއި، އީ-ނެޓް ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޤާނޫނާއި
ޤަވާއިދާ ޚިލާފަށް މާނެލްގެ ފުރަތަމަ ފަންގިފިލާ ބޭނުންކުރަމުން ގެންދިއުމުގެ ސަބަބުން
އީސްޓްއިންވެސް ޕްރައިވެޓް ލިމިޓެޑަށް ލިބެމުންދާ ގެއްލުމުގެ ބަދަލާއި، އެފަރާތުން ދައްކަންޖެހި
ނުދައްކާވާ ކުލީގެ ފައިސާ އެއްފަހަރާ ހޯދުން އެދި އީސްޓް އިންވެސްޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ބީ-ނެޓް ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާކުރުމުން، ސިވިލް ކޯޓުން ބައްލަވައި
ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދަޢުވާއާ ގުޅިގެން ހުށަހެޅިފައިވާތީ
ލިޔެކިއުމާއި ދެފަރާތުގެ ވާހަކައަށް ނަޒަރުކުރުމުން، މ. މާނެލް އެވެ ކިޔާ ބަންޑާރަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮ
2011/HC-A/286
کی مرکی
ދެވެ
ފަންގިފިލާއާއި 5 ވަނަ ފަންގިފިލާ ކުއްޔަށް ދިނުމާގުޅޭގޮތުން އީސްޓް އިންވެސްޓް ޕްރައިވެޓް ލިމިޓެޑާއި
ބީ.ނެޓް ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްވެފައިވާކަމާއި، މި އެއްބަސްވުމުގެ
ދަށުން 1 ނޮވެމްބަ
ވެމްބަރު 2005 ން ފެށިގެން މ. މާނެލް އެވެ ކިޔާ ގޯތީގެ 1 ވަނަ ފަންގިފިލާ އަދި 1
ނޮވެމްބަރު 2006 ން ފެށިގެން، ދ. މާނެލް އެވެކިޔާ ގޯތީގެ 5 ވަނަ ފަންގިފިލާ ބީ.ނެޓް ކޮމިއުނިކޭޝަން
ޕްރައިވެޓް ލިމިޓެޑުން ބޭނުންކުރުމަށް ދޫކުރެވިފައިވާކަމާއި، 1 ނޮވެމްބަރު 2005 ން ފެށިގެން 12
(ބާރަ) މަސްދުވަހުގެ މުއްދަތަށް 1 ވަނަ ފަންގިފިލާގެ ކުލީގެ ގޮތުގައި އަކަފޫޓަކަށް -/10ރ. (ދިހަރުފިޔާ)
ގެ މަގުން ކުލި ދެއްކުމަށާއި، 1 ނޮވެމްބަރު 2006 ން ފެށިގެން 1 ވަނަ ފަންގިފިލާ އަދި 05 ވަނަ
ފަންގިފިލާގެ ކުލީގެ ގޮތުގައި އަކަފޫޓަކަށް -/22 (ބާވިސްރުފިޔާ) ގެ މަގުން ކުލި ދެއްކުމަށް ދެފަރާތް
ދެމެދު އެއްބަސްވެފައިވާކަން އެނގެންއޮންނަކަމާއި،
ބީ-ނެޓް ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދަނީ
މ. މާނެލް އެވެ
ކިޔާ ގޯތީގެ 1 ވަނަ އަދި 5 ވަނަ ފަންގިފިލާ މިހާރުވެސް ބޭނުންކުރަމުންކަމާއި، ދެފަރާތް ދެމެދު
އެއްބަސްވެފައިވާ ގޮތުގެމަތީން ބީ.ނެޓް ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކުލި ދައްކަމުން
ގޮސްފައިނުވާކަން ދެފަރާތުގެ ބަހުންނާއި ހުށަހެޅިފައިވާ ލިޔެކިއުމަށް ބެލުމުން އެނގެން އޮންނާތީ،
މ. މާނެލް އެވެކިޔާ ގޯތީގެ 1 ވަނަ ފަންގިފިލާގެ 1 ނޮވެމްބަރު 2005 ން 31
އޮކްޓޯބަރ 2006 ގެ ނިޔަލަށް ކުލީގެ ގޮތުގައި -/204,000 (ދެލައްކަ ހަތަރުހާސް ރުފިޔާ) އާއި، 1
ނޮވެމްބަރު 2006 ން 28 ފެބްރުއަރީ 2011 ގެ ނިޔަލަށް ކުލީގެ ގޮތުގައި 1 ވަނަ އަދި 5 ވަނަ
ފަންގިފިލާއިން ކޮންމެ ފަންގިފިލާއަކަށް -/
1,944,800ރ. (އެއްމިލިއަން ނުވަލައްކަ ސާޅިސްހަތަރުހާސް
އަށްސަތޭކަ ރުފިޔާ) އާއެކު 1 ނޮވެމްބަރު 2005 ން 28 ފެބްރުއަރީ 2011 ގެ ނިޔަލަށް 1 ވަނަ އަދި
5 ވަނަ ފަންގިފިލާގެ ކުލީގެ ގޮތުގައި ޖުމްލަ -/4,093,600 (ހަތަރު މިލިއަން ނުވަދިހަ ތިންހާސް
ހަސަތޭކަ ރުފިޔާ) ދައްކަންޖެހި ނުދައްކާވާކަން އެނގެން އޮންނާތީ، މިފައިސާއަކީ ބީ-ނެޓް ކޮމިއުނިކޭޝަން
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އީސްޓް އިންވެސްޓް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ
ފައިސާއެއްކަމަށާއި،
ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލަށް ބަލާއިރު،
މިމައްސަލައާ ގުޅިގެން ޤާނޫނީ ވަކީލަށް ޚަރަދުވި -;30,000 (ތިރީސްހާސް ރުފިޔާ)
ނަގައިދެވޭނެތަނެއްކަމަށާއި، ޢިމާރާތް ހުސްކޮށް ތަން ޙަވާލުކުރުމަށް އީސްޓް އިންވެސްޓް ޕްރައިވެޓް
ލިމިޓެޑުން ބީ-ނެޓް ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑަށް އެންގި އެންގުމާ އެއްގޮތަށް ތަންހުސްކޮށް ތަންޖޭގެ ހައި
ޙަވާލުކުރިނަމަ، ޢިމާރާތް އެހެން ފަރާތަކަށް ކުއްޔަށްދީގެން ދަޢުވާކުރާ ފަރާތަށް ލިބޭނެ މަންފާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮ
2011/HC-A/286
کی عمری
ނުޙައްޤު
މަންފާއެއް
ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑުން ތަން ހަވާލުނުކުރުމުގެ ސަބަބުން ގެއްލިފައިވާތީ، އެކަމުގެ ބަދަލު
ހޯދުމަށް އެދިފައިވީހިނދު، ދަޢުވާކުރާ ފަރާތަށް މިބަދަލު ޙައްޤުވާކަމަށާއި، ދަޢުވާކުރާ ފަރާތުން
އެދިފައިވަނީ 31 އޮކްޓޯބަރ 2010 ން ފެށިގެން ކޮންމެ މަހަކު -/
40,000ރ. (ސާޅިސްހާސް ރުފިޔާ)
އަށް ކުއްޔަށް ދެވޭނެކަމަށް ބަލައިގެން އެނިސްބަތުން ބަދަލު ނަގައިދިނުމަށްކަމުގައިވެފައި، މިޢަދަދު
ޘާބިތުކުރުމަށް އެއްވެސް ހެއްކެއް ހުށަހަޅާފައި ނެތުމުން، އެދިފައިވާ މިންވަރު ނަގައިދެވެންނެ
ދިވެންނެތްކަމާއި،
ބަދަލު ހޯދުމަށް އެދިފައިވަނީ 31 އޮކްޓޯބަރު 2010 ން ފެށިގެން 31 އޮކްޓޯބަރު 2011 ގެ ނިޔަލަށް
ކަމުގައިވީހިނދު، މި މުއްދަތުގެ ތެރޭގައި ހިމެނޭ 2010 އޮކްޓޯބަރ އިން ފެށިގެން 2011 ފެބުރުއަރީގެ
މުއްދަތަކީ ދަޢުވާލިބޭ އީ-ނެޓް ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑްގެ ކިބައިން އެތަނުގެ ކުލި ހޯދުމަށްވެސް
އެދިފައިވާ މުއްދަތެއްކަމުގައިވުމުން، މި މުއްދަތަށް ދަޢުވާލިބޭ ފަރާތުގެ ކިބައިން ކުރި ހޯދައި އޭގެ
އިތުރުން މިމުއްދަތުގެ ތެރޭގައި ޢިމާރާތް އެހެންބަޔަކަށް ކުއްޔަށްނުދެވުމުގެ ސަބަބުން ކުލީގެ ގޮތުގައި
ލިބުނު ގެއްލުމުގެ ބަދަލުވެސް ލިބިދިނުމަކީ ދަޢުވާކުރާ ފަރާތުން
ހޯދުންކަމުގައިވާނެކަމާއި، މިގޮތުން 2011 މާރޗް މަހުން ފެށިގެން ޢިމާރާތް ހަވާލުކުރާ ދުވަހާއި ހަމައަށް
ޢިމާރާތުގެ މިޘާލީ ކުއްޔެއްގެ ގޮތުގައި ޢިމާރާތުގެ ކުލީގެ ގޮތުގައި މިހާރު ފެންނަންއޮތް ބީ-ނެޓް
ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދީފައިހުރި އަގުކަމުގައިވާ 1 ވަނަ އަދި 5 ވަނަ
ފަންގިފިލާއިން ކޮންމެ ފަންގިފިލާއަކަށް އަކަފޫޓަކަށް -221ރ. (ބާވީސް ރުފިޔާ) ގެ ރޭޓުން 31 އޮކްޓޯބަރ
2011 ގެ ނިޔަލަށް 10 (ދިހަ) މަސްދުވަހަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި -/748,000 (ހަތްލައްކަ
ސާޅިސްއަށްހާސް ރުފިޔާ) ނަގައިދިނުމަށާއި،
މިގޮތުން ކުލީގެ ގޮތުގައި ބީނެޓް ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑުން އީސްޓް
އިންވެސްޓް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހި ނުރައްކާވާ -/
4,093,600ރ. (ހަތަރު މިލިއަން
ނުވަދިހަތިންހާސް ހަސަތޭކަ ރުފިޔާ) އާއި، ގެއްލުމުގެ ބަދަލުގެ ގޮތުގައި -/
748,000ރ. (ހަތްލައްކަ
ސާޅިސްއަށްހާސް ރުފިޔާ) އާއެކު ޖުމުލަ -/4,841,600 (ހަތަރުމިލިއަން އަށްލައްކަ ސާޅިސްއެއްހާސް
ހަސަތޭކަ ރުފިޔާ) އަކީ ބީ-ނެޓް ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އީސްޓް އިންވެސްޓް
ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާކަމުގައި ކަނޑައަޅައި، މިފައިސާ އީސްޓް އިންވެސްޓް
ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމުގެ ގޮތުން މިއަދު 06 އޮކްޓޯބަރ 2011 ވަނަ ދުވަހުން ފެށިގެން 06
ދޭހައެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކު އެބަހަކަށްޖެހޭ ޢަދަދަށްވުރެ މަދުނޫން މިންވަރެއް ސިވިލް
ކޯޓަށް ދައްކަމުންގޮސް، މިމުއްދަތުގެ ތެރޭގައި މިފައިސާ އެއްކޮށް ދައްކާ ޚަލާސްކުރުމަށް ބީ-ނެޓް
ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑަށް އަންގައި، ބީނެޓް ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑާއި ސްޓޯއްޖޭގެ މައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު "
2011/HC-A/286
می هرکی
ދެވެ
އިންވެސްޓް ޕްރައިވެޓް ލިމިޓެޑާދެމެދު މ. މާނެލް އެވެކިޔާ ގޯތީގެ 1 ވަނަ އަދި 5 ވަނަ ފަންގިފިލާ
ކުއްޔަށްދިނުމާމެދު އޮތް އެއްބަސްވުން ބާޠިލްވެއްޖެކަމަށާއި، މިއަދު 06 އޮކްޓޯބަރ 2011 ވަނަ ދުވަހުން
ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ތަންހުސްކޮށް އީސްޓް އިންވެސްޓް ޕްރައިވެޓް ލިމިޓެޑާއި
ޙަވާލުކުރުމަށާއި، މިގޮތުން ތަންހުސްކޮށް އީސްޓް އިންވެސްޓް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރުމާއި
ހަމައަށް 1 ވަނަ އަދި 5 ވަނަ ފަންގިފިލާއިން ކޮންމެ ފަންގިފިލާއަކަށް އަކަފޫޓަކަށް -/22ރ. (ބާވަސް
ރުފިޔާ) ގެ ރޭޓުން ކުލި ހިނގާނެކަމާއި، އަދި އެކުއްޔަކީ އީ-ނެޓް ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން އީސްޓް އިންވެސްޓް ޕްރައިވެޓް ލިމިޓެޑަށް ލިބިދެންޖެހޭ ކުއްޔެއްކަމަށް ބީ-ނެޓް ކޮމިއުނިކޭޝަން
ޕްރައިވެޓް ލިމިޓެޑަށް އަންގައި" އެގޮތުގެމަތިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން
އެނގެން އޮންނަކަމެވެ.
2& · 4
819/Cv-C/2011
2. އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ބީ.ނެޓް
ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި 2
(ދޭއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، އީސްޓް އިންވެސްޓް ޕްރައިވެޓް ލިމިޓެޑުން އީ-ނެޓް
ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރ 2011/Cv-C/819
ޤަޟިއްޔާއިން ހިންގާފައިވާ މައްސަލައިގައި ސިވިލް ކޯޓުން ޙުކުމްކުރައްވާފައިވަނީ، ދަޢުވާއާގުޅޭ
ޙަޤީޤަތްތަކަށާއި ދަޢުވާއާ ގުޅިގެން ހުށަހަޅާފައިވާ ހެކިތަކަށް ފުރިހަމައަށް ރިޢާޔަތް ނުކުރައްވާކަމަށްބުނެ
ހުށަހަޅާފައިވާ
22 422
• ދެވަނަ ނުކުތާއަކީ، އީސްޓް އިންވެސްޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ސިވިލް
ކޯޓުގެ ނަންބަރު 2011/Cv
-
C/819 ޤަޟިއްޔާއިން ހިންގަވާފައިވާ މައްސަލައިގައި ބީ-ނެޓް
ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ އެކުންފުނީގެ 2007 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު
އެކުލަވާލެވުނުއިރު އީސްޓް އިންވެސްޓް ޕްރައިވެޓް ލިމިޓެޑަކީ ބީ-ނެޓް ކޮމިއުނިކޭޝަން ޕްރައިވެޓް
ލިމިޓެޑްގެ ޙިއްޞާދާރެއްކަން ކަނޑައެޅިގެން އެނގޭނެ ލިޔުންތައް ހުށަހަޅާފައިވާއިރު މައްސަލަ
ނިންމުމުގައި މި ލިޔުންތަކަށް ރިޢާޔަތް ކުރައްވާފައިނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
27
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 316471*
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2011/HC-A/286
کی مرکی
ދެވެ
819/Cv-C/2011
ޤަޟިއްޔާ ނިމުނު ގޮތު
3. މިމައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން އީ-ނެޓް
ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ
ވާހަކަތަކަށާއި، އެވާހަކަތަކާ ގުޅިގެން މައްސަލަ ރައްދުވާ އީސްޓް އިންވެސްޓް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މިމައްސަލައަށް ތަދައްޚުލްވެފައިވާ ފޯކަސް އިންފޯކޮމް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، މިމައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި
ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
<< O
(ހ) ފުރަތަމަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/819 ޤަޟިއްޔާގައި
ހިމެނޭ މައްސަލައާ ގުޅިގެން، އީ-ނެޓް ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ އެކުންފުނީގެ
2007 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު އެކުލަވާލެވުނުއިރު އީސްޓް އިންވެސްޓް ޕްރައިވެޓް ލިމިޓެޑަކީ
ބީނެޓް ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑްގެ ޙިއްޞާދާރެއްކަން ކަނޑައެޅިގެން އެނގޭނެ ލިޔުންތައް
ހުށަހަޅާފައިވާއިރު
މައްސަލަ ނިންމުމުގައި
އެލިޔުންތަކަށް ސިވިލް ކޯޓުން
ރިޢާޔަތް
ކުރައްވާފައިނުވާކަމަށްބުނެ އީ-ނެޓް ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާއަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު،
ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/819 ޤަޟިއްޔާއާ ގުޅިގެން ބީ.ނެޓް
ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ، އެކުންފުނީގެ 2007 ވަނަ
އަހަރުގެ އޮޑިޓަރސް ރިޕޯޓް އެންޑް ފައިނޭންޝަލް ސްޓޭޓްމަންޓްސްއަށް ބަލާއިރު، އެރިޕޯޓަކީ 31
ޑިސެމްބަރު 2007 ގެ ކުރިއަށް ހިނގާފައިވާ 16 (ސޯޅަ) މަސްދުވަހުގެ ހިސާބުތަކަށް ބަލައި
ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަން އެނގޭކަމާއި، އެހެންނަމަވެސް އެރިޕޯޓު ކުންފުނީގެ ބޯޑުން
ފާސްކޮށްފައިވަނީ 7 ޖޫން 2008 ގައި ކަމާއި،
އިސްތިއުނާފުކުރެވިފައިމިވާ މައްސަލައާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅިފައިވާ
ލިޔުންތަކުގެ ތެރޭގައި ހިމެނޭ، 1 ފެބްރުއަރީ 2008 ގެ ތާރީޚުގައި ބީ-ނެޓް ކޮމިއުނިކޭޝަން ޕްރައިވެޓް
ލިމިޓެޑުގެ ޙިއްސާދާރުން ފާސްކޮށްފައިވާ ރެޓޮލޫޝަންއަށް ބަލާއިރު، އިސްވެދެންނެވިފައިވާ އީ-ނެޓް
ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑު 2007 ވަނަ އަހަރުގެ އޮޑިޓަރސް ރިޕޯޓް އެންޑް ފައިނޭންޝަލް
ސްޓޭޓްމަންޓްސް ގައި ހިސާބުކުރެވިފައިވާ މުއްދަތުގައި އީސްޓް އިންވެސްޓް ޕްރައިވެޓް ލިމިޓެޑްތަޑީގެ މިށް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
44
/ޤަޟިއްޔާ ނިމުނު ގޮތު
2011/HC-A/286
کی عمری
ދެވެ
0x
0 0
ބީ-ނެޓް ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑު ޙިއްސާދާރެއްކަން އެނގޭކަމާއި، އެހެންނަމަވެސް، ބީ-ނެޓް
ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑުގައި އޮތް އީސްޓް އިންވެސްޓް ޕްރައިވެޓް ލިމިޓެޑުގެ ޙިއްސާ،
އީސްޓް އިންވެސްޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވިއްކާލާފައިވާކަން، 1 ފެބްރުއަރީ 2008 ގެ
ތާރީޚުގައި ބީ.ނެޓް ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑުގެ ޙިއްސާދާރުން ފާސްކޮށްފައިވާ ރެޓޮލޫޝަންއަށް
ބެލުމުން އެނގެން އޮތްއިރު، އަދި އިސްވެދެންނެވިފައިވާ އޮޑިޓް ރިޕޯޓު ބީ-ނެޓް ކޮމިއުނިކޭޝަން
ޕްރައިވެޓް ލިމިޓެޑުގެ ބޯޑުން 7 ޖޫން 2008 ގައި ފާސްކުރިއިރު، އީސްޓް އިންވެސްޓް ޕްރައިވެޓް
ލިމިޓެޑަކީ ބީ-ނެޓް ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑުގެ ޙިއްސާދާރެއްކަން އީ-ނެޓް ކޮމިއުނިކޭޝަން
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސާބިތުކޮށްދެވިފައިނުވާއިރު، 7 ޖޫން 2008 ގައި އީ-ނެޓް
ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑުން ފާސްކޮށްފައިވާ އެކުންފުނީގެ 2007 ވަނަ އަހަރުގެ އޮޑިޓަރސް
ރިޕޯޓް އެންޑް ފައިނޭންޝަލް ސްޓޭޓްމަންޓްސްގައި ބަޔާންކޮށްފައިވާ ކަންކަމަށް އީސްޓް އިންވެސްޓް
ޕްރައިވެޓް ލިމިޓެޑުގެ
ލިމިޓެޑުގެ ފަރާތުން
އެއްވެސް ޒިންމާއެއް ނަގަންޖެހޭނެކަމަށް ޝަރީޢަތަށް
ޤަބޫލުނުކުރެވޭކަމާއި،
ސުޕްރީމް ކޯޓުގެ ނަންބަރު 32/SC
-
A/2011 ޤަޟިއްޔާގައި، ކުންފުންޏަކުން ކުރާ
ގުޅިގެން، ޝަރީއަތުން އެކުންފުންޏެއްގެ ކޯޕަރޭޓް ވެއިލް އުފުލޭނީ، އެކުންފުންޏަކުން މާލީ
މުޢާމަލާތްކުރުމުގައި އޮންނަޖެހޭ ދެތުވެރިނިޔަތް ނެތި، މުޢާމަލާތުގެ ދެވަނަ ބައިވެރިޔާއަށް ގެއްލުންވާގޮތަށް
ކުރާ މުޢާމަލާތްތަކުގައި ނުވަތަ ކުންފުނި ނިވާފަތްގަނޑަކަށް ހަދައިގެންކުރާ މުޢާމަލާތްތަކުގައިކަމަށް
ބަޔާންކޮށްފައިވާއިރު، އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގައި ހިމެނޭ ބީ.ނެޓް ކޮމިއުނިކޭޝަން
ޕްރައިވެޓް ލިމިޓެޑާއި އީސްޓް އިންވެސްޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ކުރެވިފައިވާ މުޢާމަލާތް ގުޅިގެން
އީސްޓް އިންވެސްޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން، އިސްވެދެންނެވިފައިވާ ސުޕްރީމް ކޯޓުގެ
ޤަޟިއްޔާގައި ބަޔާންކޮށްފައިވާފަދަ އެއްވެސް ގޮތަކަށް ޢަމަލުކޮށްފައިވާކަން އީ-ނެޓް ކޮމިއުނިކޭޝަން
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ނުވަތަ މިމައްސަލައަށް ތަދައްޚުލްވެފައިވާ ފޯކަސް އިން ފޯކޮމް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ޝަރީޢަތަށް ސާބިތުކޮށްދެވިފައިނުވާކަމެވެ.
/ ހދ ހޗ 2
22ފޗކ ޤަޅު
34
(ށ) ދެވަނަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގެ ސިވިލް ކޯޓުގެ
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނިފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނިފައިވި،
ބީ-ނެޓް ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ ސޮއިކޮށް، އެކުންފުނީގެ
ލެޓަރހެޑްގައި، 11 ޑިސެމްބަރު 2006 ގެ ތާރީޚުގައި އީސްޓް އިންވެސްޓް ޕްރައިވެޓް ލިމިޓެޑަން،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2011/HC-A/286
کی عمری
oxo
8 ޤަޟިއްޔާ ނިމުނު ގޮތު
ފޮނުވާފައިވާ ސިޓީއަށް ބަލާއިރު، މ. މާނެލް ގެ 1 ވަނަ ފަންގިފިލާއާއި 5 ވަނަ ފަންގިފިލާ ބީ-ނެޓް
ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑުން ބޭނުންކުރަމުންދާކަމަށާއި، އަދި އެފަންގިފިލާތަކުގެ ކުލި،
އެސިޓީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދައްކަމުން ގެންދެވިފައިނުވާތީ އެކަމަށް މަޢާފަށް އެދުމަށްފަހު،
އެކުލި ޤަވާޢިދުން ދައްކާނެކަމަށް އެސިޓީގައި ބަޔާންކޮށްފައިވާކަމާއި،
ބީ-ނެޓް ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އީސްޓް އިންވެސްޓް
ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާކަމަށް ބުނެ އީސްޓް އިންވެސްޓް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް
ހުށަހަޅާފައިވާ، އިސްވެދެންނެވިފައިވާ ސިޓީއަކީ، ބީ-ނެޓް ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑުން
ފޮނުވާފައިވާ ސިޓީއެއްކަމަށް އެކުންފުނީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ބުނެފައިވާކަމާއި، އެސިޓީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ބީ-ނެޓް ކޮމިއުނިކޭޝަން ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން އީސްޓް އިންވެސްޓް ޕްރައިވެޓް ލިމިޓެޑަށް ކުލީގެ ފައިސާ ދައްކާފައިވާކަން
ސާބިތުވާފަދަ އެއްވެސް ހެއްކެއް ބީ-ނެޓް ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޝަރީޢަތަށް
ހުށަހެޅިފައިނުވާކަމާއި،
އެހެންކަމުން، 7 ޖޫން 2008 ގައި ބީ.ނެޓް ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑުން
ފާސްކޮށްފައިވާ އެކުންފުނީގެ 2007 ވަނަ އަހަރުގެ އޮޑިޓަރސް ރިޕޯޓް އެންޑް ފައިނޭންޝަލް
ސްޓޭޓްމަންޓްސްގައި ބީ-ނެޓް ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އީސްޓް އިންވެސްޓް
ޕްރައިވެޓް ލިމިޓެޑަށް، އެހާތަނަށް ދައްކަންޖެހި ނުދައްކާވާ ޖުމްލަ ޢަދަދަކީ -/69 (ފަސްދޮޅަސް
ނުވައެއް) ރުފިޔާކަމުގައި ބަޔާންކޮށްފައިވީނަމަވެސް، އިސްވެދެންނެވިފައިވާ ބީ.ނެޓް ކޮމިއުނިކޭޝަން
ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ ސޮއިކޮށް، އެކުންފުނީގެ ލެޓަރހެޑްގައި، 11 ޑިސެމްބަރު
2006 ގެ ތާރީޚުގައި އީސްޓް އިންވެސްޓް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ
ގޮތުގެމަތިން، ބީ-ނެޓް ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑުން އީސްޓް އިންވެސްޓް ޕްރައިވެޓް ލިމިޓެޑަށް
ކުލިދައްކަންޖެހޭނެކަމަށް ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލަކާ
ޚިލާފަށްކަމަށް
އ ހ އ ހއ
04 04ތ 44
ވަންނަހ2
(ނ) ތިންވަނަ ކަމަކީ، 11 މާޗް 2009 ގެ ފަހުން، ފޯކަސް އިން ފޯކޮމް ޕްރައިވެޓް
ލިމިޓެޑްއަކީ އީ-ނެޓް ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑުގެ %71 (ހަތްދިހަ އެކެއް އިންސައްތަ)
ޙިއްސާ އޮންނަ، އެކުންފުނީގެ ކްންޓްރޯލިން ޙިއްސާދާރުކަމަށާއި، އިސްތިއުނާފަށް ހުށަހެޅިފައިމިވާ
މައްސަލައިގައި ހިމެނޭ މުޢާމަލާތަކީ އެތާރީޚުގެ ކުރިން ހިނގާފައިވާ މުޢާމަލާތެއްކަމަށްވެފައި، ޖުދި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
9
2011/HC-A/286
ދެވެ
14
ޤަޟިއްޔާ ނިމުނު
އެމުޢާމަލާތުގެ ސަބަބުން ބީ.ނެޓް ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑުން އީސްޓް އިންވެސްޓް ޕްރައިވެޓް
ލިމިޓެޑަށް ދައްކަންޖެހޭކަމަށް ޝަރީޢަތުން ކަނޑައަޅުއްވާފައިވާ ފައިސާއަކީ، ބީ.ނެޓް ކޮމިއުނިކޭޝަން
ޕްރައިވެޓް ލިމިޓެޑުގެ ހިސާބުތަކުގައި ހިމެނިފައިވާ ފައިސާއަކަށް ނުވާކަމަށާއި، އެމުޢާމަލާތަކީ 11 މާޗް
2009 ގެ ކުރީގެ އެއްވެސް ތާރީޚެއްގައި ހިނގާފައިވާ މުޢާމަލާތެއްކަން އެއްވެސް ލިޔެކިޔުމަކުން
ސާބިތުވާންނެތް މުޢާމަލާތެއްކަމަށާއި، އެހެންކަމުން އެފައިސާ ދައްކަންޖެހުމަކީ ފޯކަސް އިންފޯކޮމް
ޕްރައިވެޓް ލިމިޓެޑަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއްކަމަށް ބުނެ ފޯކަސް އިންފޯކޮމް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު،
ސްވެދެންނެވިފައިވާ ފަދައިން، މ. މާނެލް ގެ 1 ވަނަ ފަންގިފިލާއާއި 5 ވަނަ
ފަންގިފިލާ ބީ-ނެޓް ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑުން ބޭނުންކުރަމުން ގޮސްފައިވާކަމަށާއި، އަދި
އެފަންގިފިލާތަކުގެ ކުދި، އެއްބަސްވެފައިވާ ގޮތުގެމަތިން ދައްކަމުން ގެންދެވިފައިނުވާކަމަށާއި، އެކުލި
ޤަވާޢިދުން ދައްކާނެކަމަށް ބަޔާންކޮށް، ބީ.ނެޓް ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ
ޑިރެކްޓަރ ސޮއިކޮށް، އެކުންފުނީގެ ލެޓަރހެޑްގައި، 11 ޑިސެމްބަރު 2006 ގެ ތާރީޚުގައި އީސްޓް
އިންވެސްޓް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ ސިޓީއަށް ބެލުމުން، ބީ-ނެޓް ކޮމިއުނިކޭޝަން ޕްރައިވެޓް
ލިމިޓެޑާއި އީސްޓް އިންވެސްޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ކުރީގެ މުޢާމަލާތެއް ހިނގާފައިވާކަން
ސާބިތުވާކަމާއި، އަދި އިސްވެދެންނެވިފައިވާ ފަދައިން، މ. މާނެލް ގެ 1 ވަނަ ފަންގިފިލާއާއި 5 ވަނަ
ފަންގިފިލާ ބީ.ނެޓް ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑުން ބޭނުންކުރަމުން ގޮސްފައިވުމުގެ ސަބަބުން
އެކުންފުނިން އީސްޓް އިންވެސްޓް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭކަމަށް ބީ-ނެޓް ކޮމިއުނިކޭޝަން
ޕްރައިވެޓް ލިމިޓެޑުގެ ސިޓީގައި ބަޔާންކޮށްފައިވާ ފައިސާ، އެސިޓީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން
ދައްކާފައިވާކަން އެކުންފުންޏަށް ސާބިތުކޮށްދެވިފައިނުވުމާއެކު، އެފައިސާއަކީ ބީ.ނެޓް ކޮމިއުނިކޭޝަން
ޕްރައިވެޓް ލިމިޓެޑުން އެއަށް ފުރިހަމައަށް ޒިންމާވާންޖެހޭނެ ފައިސާއެއްކަމާއި،
އީ-ނެޓް ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑްގެ ޙިއްސާދާރަކަށް ފޯކްސް އިންފޯކޮމް
ޕްރައިވެޓް ލިމިޓެޑު ވެފައިވަނީ، އިސްވެދެންނެވިފައިވާ މުޢާމަލާތުގެ ފަހުންކަމަށްވުމަކީ ނުވަތަ ބީ-ނެޓް
ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑްގެ ޙިއްސާދާރަކަށް ފޯކްސް އިން ފޯކޮމް ޕްރައިވެޓް ލިމިޓެޑު
ވުމުގެކުރިން އެމުޢާމަލާތާ ބެހޭ މަޢުލޫމާތު ފޯކްސް އިންފޯކޮމް ޕްރައިވެޓް ލިމިޓެޑަށް ލިބިފައި ނެތުމަކީ،
ބީނެޓް ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑްއާއި އީސްޓް އިންވެސްޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު
ކުރެވިފައިވާ، އިސްވެދެންނެވިފައިވާ ކުރީގެ މުޢާމަލާތުގެ ސަބަބުން ބީ.ނެޓް ކޮމިއުނިކޭޝަން ޕްރައިވެޓް
ޓެޑުން އަދާކުރަންޖެހޭ ޒިންމާއިން އެކުންފުނި ބަރީޢަވާނޭކަމެއް ނޫންކަމެވެ.
02
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2011/HC-A/286
می هرکی
=32
10 ޤަޟިއްޔާ ނިމުނު ގޮ
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2011/Cv
-
C/819 ޤަޟިއްޔާގައި ހިމެނޭ މައްސަލަ އިސްތިއުނާފުކުރުމަށް ބީ-ނެޓް ކޮމިއުނިކޭޝަން
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް ބިނާކޮށް، ސިވިލް ކޯޓުގެ ނަންބަރު
2011/Cv
-
C/819 ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭ އެއްވެސް ސަބަބެއް އޮތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
ނުކުތާ
ފިކުތާތަކުގައި
OX
ދެންފަހެ، އިސްވެފާހަގަކުރެވުނު
ބަޔާންކުރެވުނު ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/819 ޤަޟިއްޔާގައި ހިމެނޭ
މައްސަލަ އިސްތިއުނާފުކުރުމަށް ބީނެޓް ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާތަކަށް ބިނާކޮށް، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/819 ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި
އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ
ވިއަސް ހަމައެއް އޮތްކަމަށް ނުފެންނަކަމަކަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/819 ޤަޟިއްޔާގައި
ހިމެނޭ މައްސަލާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށް، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
މިޖީހިރާއްޖޭގެ
ހައީކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv