ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/285 ޤަޟިއްޔާގެ ޙުކުމް
1
2008/HC-A/285
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 285/HC
-
A/2008
އިސްތިއުނާފުކުރި ފަރާތް:
* ނަން: މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)
އެޑްރެސް: ބްލޮޓް ނަންބަރު 389، ހިލާލީމަގު)މާލެ
މިހާރުގެ އެޑްރެސް: ބްލޮޓް ނަންބަރު 389، ހިލާލީމަގު)މާލެ
ރެޖިސްޓްރީ ނަންބަރ: 173193-C
* ވަކީލު: އޒް. ޢަލީ ޝަރީފް، ގ. ވެލެންސިޔާ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އިބްރާހީމް ޒަހީން
ކާޑު ނަންބަރ: A144465
ބަދަލުގައި : އޒޫ. ޢަބްދުﷲ ޙަސީން
* ދާއިމީ އެޑްރެސް: ތ. ވިލުފުށި! އަތިރީގެ
މިހާރުގެ އެޑްރެސް: ތ. ވިލުފުށި އަތިރީގެ
އައިޑީ
ހުށަހެޅުނު ތާރީޚް: 19 އޮކްޓޯބަރ 2008
ނިމުނު ތާރީޚް: 07 ސެޕްޓެމްބަރު 2011
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު އަޙްމަދު ޝަރީފު، ފަނޑިޔާރު ޔޫސުފު ޙުސައިން
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2
2008/HC-A/285
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީކޯޓުގެ ނަންބަރު 2008/MC/766 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާއިމެދު
ހިތްހަމަ ނުޖެހިގެން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ފަރާތުން
އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ތ. ވިލުފުށި އަތިރީގެ އިބްރާހީމް
ޒަހީނެވެ.
ހަގަކުރެވުނު ނުކު
OLC
01- މަދަނީކޯޓު ނަންބަރު 2008/MC/766 ޤަޟިއްޔާއަކީ، ތ. ވިލުފުށި އަތިރީގެ އިބްރާހީމް
ޒަހީނަށް މިފްކޯއިން ވިއްކާފައިވާ [242
MIFCO، ދޯންޏަށް 19 އޭޕްރީލް 2008 ގެ ނިޔަލަށް
-/113,501ރ. (އެއްލައްކަ ތޭރަހާސް ފަސްސަތޭކަ އެއް ރުފިޔާ) ދައްކަންޖެހި ނުދައްކާ ވާތީ، އެފައިސާ
ހޯދުމަށް އެދި މިފްކޯގެ ފަރާތުން، އިބްރާހީމް ޒަހީންގެ މައްޗަށް ދަޢުވާކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއް
ކަމާއިޑް
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ”ދެންފަހެ، ހުށަހެޅިފައިވާ ލިޔުންތަކާއި، ފާހަގަ ކުރެވުނު
ނުކުތާތަކަށް ބަލައި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އާއި، ތ. ވިލުފުށި
އަތިރީގެ އިބްރާހީމް ޒަހީނާއި ދެމެދު، ރަޖިސްޓްރީ ނަންބަރ T-03-5466-10 އުޅަނދު ވިއްކުމަށް ވެފައިވާ
އެއްބަސްވުމާއި އެއްގޮތަށް ދަޢުވާލިބޭ އިބްރާހީމް ޒަހީން ދަޢުވާކުރާ ފަރާތަށް 19 އޭޕްރީލް 2008 ގެ ނިޔަލަށް
ދައްކަންޖެހި ނުދައްކައިވާ ފައިސާގެ ތެރެއިން -/
80,000ރ. (އަށްޑިހަހާސް ރުފިޔާ) އުނިކުރުމުން ބާކީވާ
ފައިސާ 2008 ޖުލައި 17 ވަނަ ދުވަހުން ފެށިގެން ކޮންމެ މަހަކުވެސް މަދުވެގެން އެމަހަކަށްޖެހޭ މިންވަރު
މިފްކޯއަށް ދައްކާ 12 (ބާރަ) މަސް ދުވަހުގެ މުއްދަތުގައި މިދަރަނި ޚަލާސް ކުރުމަށް ދަޢުވާލިބުނު އިބްރާހީމް
ޒަހީނަށް އަންގައި ޙުކުމް ކޮށްފީމެވެ.] މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން
އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް www.fnighcourt.gov.mv
3
2008/HC-A/285
02- އިސްވެ
MIFCO-
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ބަޔާންކުރެވުނު ގޮތުގެ މަތީން މަދަނީކޯޓު ނަންބަރު 2008/MC/766 ޤަޟިއްޔާ
އެކޯޓުން ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހިގެން، މިފްކޯގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު
ކުރަމުން، ހަތަރު ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ.
03- މަދަނީކޯޓުގެ ނަންބަރު 2008/MC/766 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި
އެޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ މިފްކޯގެ ފަރާތުން އިސްތިއުނާފު ކުރުމަށް
ހުށަހަޅާފައިވާ ނުކުތާތަކަށާއި، ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާ
ވާހަކަ ތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) މިފްކޯގެ "242-MIFCO، އިންޖީނުއެޅި މަސްދޯނި ތ. ވިލުފުށި! އަތިރީގެ އިބްރާހީމް
ޒަހީނަށް ވިއްކުމަށްޓަކައި މިފްކޯ އާއި އިބްރާހީމް ޒަހީން އާއި ދެމެދު ނަންބަރު
CFPP
/
242
/
96
/
37
-
A އެގްރީމެންޓުގައި ސޮއިކުރެވިފައިވާކަން އެނގެން އޮވެއެވެ.
(ށ) މިފްކޯ އާއި ޙަސަން މުޙައްމަދު އާއި ދެމެދު ވެވިފައިވާ އެގްރީމެންޓަށް ބަލާއިރު، ދޯނީގެ
އަގަކީ -/274,752ރ. (ދެލައްކަ ހަތްދިހަ ހަތަރުހާސް ހަތްސަތޭކަ ފަންސާސް ދެރުފިޔާ) ކަމާއި، އެފައިސާ
މީލާދީ 08 (އަށެއް) އަހަރު ދުވަހުގެ ތެރޭގައި ގަންނަފަރާތުން ދައްކާ ނިންމަންވާނެ ކަމާއި، އެގޮތުގެ މަތީން
ދޯނީގެ އަގު އަދާ ކުރުމަށްޓަކައި، ކޮންމެ މީލާދީ ދެބަހުން އެއްމަހު ދައްކާނީ -/5,724ރ. (ފަސްހާސް
ހަތްސަތޭކަ ސައްވީސްރުފިޔާ) ކަމާއި، ގަންނަ ފަރާތުން އެފައިސާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް
ކޮމްޕެނީ ލިމިޓެޑަށް ނުވަތަ އެފަރާތުން އަންގާ ފަރާތަކަށް ދައްކަންވާނެ ކަމާއި، އެފައިސާ ދައްކަން ފަށާނެ
ތާރީޚަކީ ދޯންޏާއި ޙަވާލުވެ އެގްރީމެންޓްގައި ސޮއިކުރާ ތާރީޚުން ފެށިގެން ދެމަސް ހަމަވާ ދުވަހުކަން
އެގްރީމެންޓްގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
(ނ) ދެފަރާތުގެ މެދުގައި ވެވިފައިވާ އެގްރީމެންޓާއި އެއްގޮތްވާ ގޮތުގެ މަތީން ދެމީހުން އެއް މަހު
ދައްކަން ޖެހޭ ފައިސާ، އެގޮތުގެ މަތީން ދެއްކިފައި ނުވަނީ 26 ޑިސެމްބަރ 2004 ދުވަހުގެ ސުނާމީ
ކާރިސާގެ ސަބަބުން އެދޯންޏަށް ލިބުނު ގެއްލުން މަރާމާތު ކުރުމަށްޓަކައި -/
80,000ރ. (އަށްޑިހަހާސް
ރުފިޔާ)އިބްރާހީމް ޒަހީންގެ އަތުން ޚަރަދު ވެފައިވާތީ ކަމާއި، މިފްކޯއަށް އިބްރާހީމް ޒަހީން ދައްކަންޖެހޭ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2008/HC-A/285
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
-113,501ރ. (އެއްލައްކަ ތޭރަހާސް ފަސްސަތޭކަ އެއް ރުފިޔާ) ދެއްކުމުގައި ލުއި ގޮތެއް ހަމަޖައްސައި
ދިނުމަށް އިބްރާހީމް ޒަހީން އެދިފައިވާ ކަން އިބްރާހީމް ޒަހީން 2008 މެއި 22 ވަނަ ދުވަހު މަދަނީކޯޓުގެ
ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުން އެނގެން އޮވެއެވެ.
(ރ) ގަންނަ ފަރާތުން ދޯންޏާއި ޙަވާލު ވުމަށްފަހު ދޯންޏަށް ލިބޭ ހުރިހާ ގެއްލުމެއްގައި ގަންނަ
ފަރާތުން ޒިންމާވާން ޖެހޭނެ ކަމަށް ދެފަރާތުގެ މެދުގައި ވެވިފައިވާ އެގްރީމެންޓްގެ 5 ވަނަ މާއްދާގެ (ށ) ގެ
ސާފު ޢިބާރާތުން ބަޔާން ކުރެވިފައިވާ އިރު، ސުނާމީ ކާރިސާގައި ދޯންޏަށް ލިބުނު ގެއްލުން މަރާމާތު ކުރުމަށް
ހިނގި ކަމަށް އިބްރާހީމް ޒަހީންގެ ފަރާތުން ބުނެފައިވާ -/
80,000ރ. (އަށްޑިހަހާސް ރުފިޔާ) އިޝާރާތް
ކުރެވުނު އެއްބަސްވުމުގައިވާ ގޮތުގެ މަތިން 19 އޭޕްރީލް 2008 ނިޔަލަށް މިފްކޯއަށް އިބްރާހީމް ޒަހީން
ދައްކަން ޖެހިފައިވާ ފައިސާއިން އުނި ކުރުމަށްފަހު ބާކީވާ ފައިސާ ދެއްކުމަށް އިބްރާހީމް ޒަހީނަށް އަންގަވާ
މަދަނީކޯޓުގެ ނަންބަރު 2008/MC/766 ޤަޟިއްޔާގައި ކަނޑައަޅުއްވާ ނިންމަވާފައިވާ ނިންމެވުމަކީ
هللهلا للللاقلهلا (އަލްޢަޤުދު ޝަރީޢަތުލްމުތަޢާޤިދައިން) ގެ ޝަރުޢީ އުޞޫލާއި އެއްގޮތް ނިންމެވުމެއް
ކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
ވީމާ، އިޝާރާތް ކުރެވުނު ކަން ކަން އެގޮތަށް ހުރުމުން، މަދަނީކޯޓުގެ ނަންބަރު
2008/MC/766 ޤަޟިއްޔާގެ އުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން
ބެލި މަޖިލީހުގެ ފަނޑިޔާރުން އިއްތިފާޤުވެއެވެ.
79|ލޑާ
ޙުކުމް:
ދެންފަހެ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ
-MIFCO،
[242 އިންޖީނުއެޅި މަސްދޯނި ތ. ވިލުފުށި އަތިރީގެ އިބްރާހީމް ޒަހީނަށް ވިއްކުމަށްޓަކައި، މިފްކޯ އާއި
އިބްރާހީމް ޒަހީން އާއި ދެމެދު ސޮއިކުރެވިފައިވާ ނަންބަރު MIFCO
-
CFPP
/
242
/
96
/
37
-
A
އެގްރީމެންޓުގެ 5 ވަނަ މާއްދާގެ (ށ) ގައި ގަންނަ ފަރާތުން ދޯންޏާއި ޙަވާލު ވުމަށްފަހު ދޯންޏަށް ލިބޭ
ހުރިހާ ގެއްލުމެއްގައި ގަންނަ ފަރާތުން ޒިންމާވާން ޖެހޭނެ ކަމަށް ސާފު ޢިބާރާތުން ބަޔާންކޮށްފައިވާއިރު،
އެގްރީމެންޓްގެ ބައިވެރިންގެ މެދުގައި ނިޔާކަނޑައަޅައި ފައިޞަލާ ކުރެވެންވާނީ އެގްރީމެންޓުގައި
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2008/HC-A/285
04.
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ބަޔާންކުރެވިފައިވާ އުޞޫލުތަކާއި ޚިލާފު ނުވާނޭ ގޮތެއްގެ މަތީން ކަމަށްވެފައި، މިފްކޯއަށް އިބްރާހީމް ޒަހީން
ދައްކަންޖެހޭ -/
113,501ރ. (އެއްލައްކަ ތޭރަހާސް ފަސްސަތޭކަ އެއް ރުފިޔާ) ދެއްކުމުގައި ލުއި ގޮތެއް
ހަމަޖައްސައި ދިނުމަށް އެދިފައިވާކަން 2008 މެއި 22 ވަނަ ދުވަހު މަދަނީކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
އިބްރާހީމް ޒަހީން ދީފައިވާ ބަޔާނުން އެނގެން އޮންނާތީ،
19 އޭޕްރީލް 2008 ގެ ނިޔަލަށް -/113,501ރ.
(އެއްލައްކަ ތޭރަހާސް ފަސްސަތޭކަ އެއް ރުފިޔާ) ދައްކަންޖެހި ނުދައްކާވާކަން ޝަރީޢަތަށް ސާބިތުވާކަމަށް
ކަނޑައަޅައި، މިފައިސާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑަށް ލިބިދިނުމުގެ ގޮތުން
މިއަދު (2011 ސެޕްޓެމްބަރު 07 ވަނަ ދުވަހު) ން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ މުއްދަތުގައި،
މަދުވެގެން އެމަހަކަށް ޖެހޭ މިންވަރު އެމަހަކު، ސިވިލް ކޯޓަށް ދައްކާ ޚަލާޞް ކުރުމަށް، ތ. ވިލުފުށި އަތިރީގެ
އިބްރާހީމް ޒަހީނަށް އެންގުމާއިއެކު، މަދަނީކޯޓުގެ ނަންބަރު 2008/MC/766 ޤަޟިއްޔާގެ ޙުކުމް، މިމައްސަލަ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލް ކޮށްފީމެވެ.
<< O
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް www.fnighcourt.gov.mv