ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/49 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/49
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 49/HC
-
A/2014
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އިބްރާހީމް ޝަފާޒް ޢަބްދުއްރައްޒާޤް
އައިޑީ ކާޑު ނަންބަރު: A025593
A
ދާއިމީ އެޑްރެސް: މ.ލޮނުމިދިލިގެ/ ކ. މާލެ
މިހާރުގެ އެޑްރެސް: ފ. ފަށަން| ކ. މާލެ
އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
0
ހޮވުނު ތާރީޚް: 09 ފެބްރުއަރީ 2014
ނިމުނު ތާރީޚް: 19 ޖެނުއަރީ 2015
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cr-C/1272
ނިންމެވިކޯޓު: ކްރިމިނަލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: މަނާކުރެވިފައިވާ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރަން އުޅުން
ހުށަހެޅުނުތާރީޚް: 31 އޮކްޓޯބަރ 2011
ނިމުނު ތާރީޚް: 26 ނޮވެމްބަރު 2013
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަލީ ސަމީރު
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/49
އަބްދުއްރައްޒާޤް
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr
-
C/1272 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ، އިބްރާހީމް ޝަފާޒް ޢަބްބު
އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާއީ ދަޢުވާ ރައްދުވަނީ ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
އަށެވެ.
ce O
CCCO
....)
0
ފާހަގަކުރެވުނު ނުކުތާތައް:
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/1272 ޤަޟިއްޔާގައި، އިބްރާހީމް ޝަފާޒް
ޢަބްދުއްރައްޒާޤްގެ މައްޗަށް ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) އިން ކޮށްފައިވާ ދަޢުވާއަކީ،
އިބްރާހީމް ޝަފާޒް ޢަބްދުއްރައްޒާޤް، 2006 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާ ދެމެދު،
މަނާކުރެވިފައިވާ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމަށްޓަކައި ޝަމްސުއްދީން ޝަމީސް ކިޔާ
ސްރީލަންކާގެ ރައްޔިތަކަށް ގިނަ ޢަދަދެއްގެ ފައިސާ ފޮނުވައި، 2011 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި
ބިދޭސީންނާ ގުޅިގެން މަނާކުރެވިފައިވާ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރަން އުޅެފައިވާތީ، ޤާނޫނު
ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ އެމާއްދާގެ (ރ) ގެ
ދަށުން އިބްރާހީމް ޝަފާޒް ޢަބްދުއްރައްޒާޤްގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާތަކެތި ދިވެހިރާއްޖެއަށް
އުޅުމުގެ ކުށުގެ ދަޢުވާ ކަމާއި
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ”ދެންފަހެ، ލޮނުމިދިލިގެ އިބްރާހީމް ޝަފާޒް
ޢަބްދުއްރައްޒާޤްގެ މައްޗަށް ކުށް މަނާކުރެވިފައިވާ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރަން އުޅުމުގެ ކުށުގެ
ދަޢުވާ ޝަރީޢަތުން ބެލިއިރު، އިބްރާހީމް ޝަފާޒް ޢަބްދުއްރައްޒާޤް، 2006 ވަނަ އަހަރުން ފެށިގެން 2011
ވަނަ އަހަރާ ދެމެދު، މަނާކުރެވިފައިވާ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމަށްޓަކައި ޝަމްސުއްދީން
ސަމީސް ކިޔާ ސްރީލަންކާގެ ރައްޔިތަކަށް ގިނަ ޢަދަދެއްގެ ފައިސާ ފޮނުވައި، 2011 ވަނަ އަހަރުގެ ޖޫން
މަހުގެ ތެރޭގައި ޝަމްސުއްދީން ސަމީސް ކިޔާ ބިދޭސީއަކާ ގުޅިގެން މަނާކުރެވިފައިވާ މަސްތުވާތަކެތި
ދިވެހިރާއްޖެއަށް އެތެރެކުރަން އުޅެފައިވާކަން، މިމައްސަލައިގައި ޝަރީޢަތަށް ހުށަހަޅާފައިވާ ފޯނު ކޯލުތަކާއި
24 22
އެތެރެކުރސް
10
ދިވެހިރާއްޖޭގެ
ޝާއި
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/49
އެއާއި ގުޅިފައިވާ ހަރުދަނާ ޤަރީނާތަކުން އެކަށީގެންވާ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވާތީ، ޤާނޫނު ނަންބަރު
17/2011 (މަސްތުވާތަ
ސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 110 ވަނަ މާއްދާގެ (ހ)ގެ ދަށުން، ޖަދުވަލު 1 ގައިވާ
މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރަން އުޅުމުގެ ކުށުން އިބްރާހީމް ޝަފާޒް ޢަބްދުއްރައްޒާޤް
ކުށްވެރިވެއްޖެއްކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ މާއްދާގެ (ރ) ގެ ދަށުން، މާލެ
ލޮނުމިދިލިގެ އިބްރާހީމް ޝަފާޒް ޢަބްދުއްރައްޒާޤް 18 (އަށާރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު،
-/75000ރ. (ހަތްދިހަފަސްހާސްރުފިޔާ) އިން ޖޫރިމަނާކުރުމަށް ޙުކުމްކޮށް، މިޖޫރިމަނާ ފައިސާ މިއަދު (26
ނޮވެމްބަރު 2013) ން ފެށިގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި މިކޯޓަށް (ކްރިމިނަލް ކޯޓަށް) ދައްކާ
ޚަލާޞްކުރުމަށް އިބްރާހީމް ޝަފާޒް ޢަބްދުއްރައްޒާޤަށް އަންގާ ޙުކުމްކޮށްފީމެވެ.“ މިފަދައިންކަން އެޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެގެން އޮވެއެވެ.
22/?
621
4
493 ހއ ޑ
އެކުކމެދު
0
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr
-
C/1272
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އިބްރާހީމް ޝަފާޒް ޢަބްދުއްރައްޒާޤްގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު
05 (ފަހެއް) ނުކުތާ ފާހަގަކޮށް
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ. އެއިގެ ތެރެއިން:
ފުރަތަމަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި
ބަޔާންކޮށްފައިވާ އުސޫލާ ޚިލާފަށް މައްސަލަ ނިންމަވާފައިވުން ކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގައި ކަނޑައަޅާފައިވާ
އުޞޫލުތަކާ ޚިލާފަށް، ޚާއްޞަކޮށް އެޤާނޫނުގެ 110 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް، އެޤާނޫނުގެ ޖަދުވަލު 1
އަށް ޙަވާލާދީ އިބްރާހީމް ޝަފާޒް ޢަބްދުއްރައްޒާޤްގެ މައްޗަށް ޙުކުމް ކުރައްވާފައިވުން ކަމަށް ބުނެ ފާހަގަކުރި
ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ތުހުމަތުކުރެވޭ ކުށްތަކާ ގުޅިގެން އަތުލައިގަނެވޭ ތަކެއްޗާއި ނެގޭ ސާމްޕަލްތަކާއި
ހެކިތައް އެއްތަނުން އަނެއް ތަނަށް ނަގުލުކުރުމުގައި ނުވަތަ ގެންދިއުމުގައި ފުލުހުން ޢަމަލުކުރަމުން އަންނަ
0
ދިވެހިރާއްޖެ
ހައިޓީ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/49
އުޞޫލާ ޚިލާފަށް އިބްރާހީމް ޝަފާޒް ޢަބްދުއްރައްޒާޤްގެ ފޯނު ރެކޯޑިންގ ނަގުލުކުރުމުގައި ޢަމަލުކޮށްފައިވުން
ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ: މައްސަލަ ސާބިތުކުރުމުގައި ހޯދޭ ހެކި ޤަރީނާތަކަކީ ޤާނޫނީ އިމުގެ ތެރެއިން
ހުއްދަ ގޮތުގައި ހޯދަންޖެހޭ ހެކި ޤަރީނާތައް ކަމަށްވާންޖެހޭ ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެއާ ޚިލާފަށް ހޯދާފައިވާ ހެކި ބޭނުންކޮށްގެން
މައްސަލައިގެ ޙުކުމަށް ވާޞިލްވެފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ފަސްވަނަ ނުކުތާއަކީ: ދައުލަތުން އިބްރާހީމް ޝަފާޒް ޢަބްދުއްރައްޒާޤްގެ މައްޗަށް ދަޢުވާކުރުމުގައި
ނޫނުއަސާސީގެ 17 ވަނަ މާއްދާއާއި 20 ވަނަ މާއްދާއާއި ޚިލާފަށް ދަޢުވާކޮށްފައިވުން ކަމަށްބުނެ ފާހަގަކުރި
0
24
3 ދ ތ
3ނ
ންކުޏއވާ
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr
-
C/1272 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އިބްރާހީމް ޝަފާޒް ޢަބްދުއްރައްޒާޤްގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާތަކަށާއި، އެނުތާތަކާއި ގުޅިގެން ދައުލަތުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު އަންނަނިވި
CCCC
ފިތައްތައް ފާހަގަކުރެވެ
ފައ
(ހ) ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި
ޙަވާލާދީ އެމާއްދާގެ (ރ) ގެ ދަށުން އިބްރާހީމް ޝަފާޒް ޢަބްދުއްރައްޒާޤްގެ މައްޗަށް ކްރިމިނަލް ކޯޓުގެ
ނަންބަރު 2011/Cr
-
C/1272 ޤަޟިއްޔާގައި މަނާކުރެވިފައިވާ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރަން
އުޅުމުގެ ކުށުގެ ދަޢުވާ ދައުލަތުން ކޮށްފައިވާއިރު، އެދަޢުވާ އިބްރާހީމް ޝަފާޒް ޢަބްދުއްރައްޒާޤްގެ މައްޗަށް
ކޮށްފައިވަނީ، 2006 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާއި ދެމެދު ޝަމްސުއްދީން ޝަމީސް ކިޔާ
ސްރީލަންކާގެ ރައްޔިތަކާއި ގުޅިގެން އޭނައަށް ގިނަ ޢަދަދެއްގެ ފައިސާ ފޮނުވާފައިވާކަން އެމައްސަލައިގެ
ތަޙްޤީޤާ ގުޅިގެން ލިބިފައިވާ ބަޔާންތަކާއި ލިޔުންތަކަށް ބެލުމުން އެނގެން އޮންނާތީއާއި، 2011 ވަނަ އަހަރުގެ
ޖޫން މަހުގެ ތެރޭގައި ބިދޭސީންނާއި ގުޅިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ މަޢުލޫމާތު ދައުލަތަށް
ދިވެހިރާއްޖޭގެ
ހައިކް
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/49
ލިބިފައިވާތީކަމަށް މިމައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް 2011
ޑިސެމްބަރު 29 ވަނަ ދުވަހު ދީފައިވާ ބަޔާންނުގައި ބުނެފައިވާކަމާއިގެ
އިބްރާހީމް ޝަފާޒް ޢަބްދުއްރައްޒާޤްގެ މައްޗަށް އުފުލުން ދަޢުވާއަށް އިންކާރުކޮށްފައިވާތީ، އެދަޢުވާ
ޝަރީޢަތަށް ސާބިތުކޮށްދިނުމުގެ ގޮތުން، އިބްރާހީމް ޝަފާޒް ޢަބްދުއްރައްޒާޤް އާއި ސްރީލަންކާގެ
ރައްޔިތެއްކަމަށްވާ ސަމްސުއްދީން ސަމީސް އާއި ދެމެދު ފޯނުން ކުރެވުނު މުޢާމަލާތަކާއި ގުޅިގެން ކުރެވިފައިވާ
އޯޑިއޯ ރިކޯޑިންގތަކާއި، އެ އޯޑިއޯ ރިކޯޑިންގތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ސްކްރިޕްޓްތަކާއި، އެ
އޯޑިއޯގައި އިވިގެންދަނީ އިބްރާހީމް ޝަފާޒް ޢަބްދުއްރައްޒާޤްގެ އަޑުކަން ސާބިތުކޮށްދިނުމަށްޓަކައި ފުލުހުން
ހަދާފައިވާ އޯޑިއޯ އެނާލިސިސް ރިޕޯޓާއި އެރިޕޯޓް ތައްޔާރުކުރި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޓާފް
ސަރޖަންޓް އަމީން ޢަބްދުލްޤައްޔޫ
ޢަބްދުލްޤައްޔޫމް (ސަރވިސް ނަންބަރު: 1603) ދައުލަތުގެ ފަރާތުން ޝަރީޢަތަށް
ހުށަހަޅާކަމާއި؛
އަދި ގިނަ ޢަދަދެއްގެ ފައިސާ ސްރީލަންކާގެ ރައްޔިތަކަށް ފޮނުވިކަމަށް ބުނާބުނުން ސާބިތުކުރުމުގެ
ގޮތުން އިބްރާހީމް ޝަފާޒް ޢަބްދުއްރައްޒާޤް ވެސްޓަން ޔޫނިއަން އާއި އޭ.ޖޭ.އީ އެންޕޯރިއަމް މެދުވެރިކޮށް
ކޮށްފައިވާ މުޢާމަލާތްތަކުގެ ޑީޓެއިލްސް އެނގޭނެ ލިޔުންތައް ޝަރީޢަތަށް ހުށަހަޅާކަމަށް ކްރިމިނަލް ކޯޓުގެ
ޝަރީޢަތުގެ މަޖިލީހަށް 2012 ޖުލައި 08 ވަނަ ދުވަހު ދައުލަތުގެ ފަރާތުންދީފައިވާ ބަޔާނުގައި ބުނެފައިވާކަން
އެނގެން އޮވެއެވެ.
ނަންކޮށްގެން
(ށ) މައްސަލަ ސާބިތުކުރުމުގައި ހޯދޭ ހެކި ޤަރީނާތަކަކީ ޤާނޫނީ އިމުގެ ތެރެއިން ހުއްދަ ގޮތުގައި
ހޯދަންޖެހޭ ހެކި ޤަރީނާތައް ކަމަށްވާންޖެހޭ ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާއިރު، އެއާ ޚިލާފަށް ހޯދާފައިވާ ހެކި ބޭނުން މައްސަލައިގެ ޙުކުމަށް
ވާޞިލްވެފައިވާކަމަށް ބުނެ އިބްރާހީމް ޝަފާޒް ޢަބްދުއްރައްޒާޤްގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއަށް ޝަރުޢީ
އަދި ޤާނޫނީ ނަޒަރަކުން ބަލާއިރުގެ
އިބްރާހީމް ޝަފާޒް ޢަބްދުއްރައްޒާޤުގެ މައްޗަށް ތުހުމަތުކުރެވިފައިވާ މަނާކުރެވިފައިވާ މަސްތުވާތަކެތި
ދިވެހިރާއްޖެއަށް
ޝަރީޢަތަށް ސާބިތުކުރުމުގެ ގޮތުން ހުށަހަޅާފައިވާ، ފޯނުން
ޏ ސ ޑ 3 ފ 8
އއބއނ
އުޅުމުގެ
ކުށް
R
ހައިކަ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/49
ދެކެވިފައިވާ ވާހަކަތަކެއްކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާ އޯޑިއޯ ރެކޯޑިންގތަކުގެ ސްކްރިޕްޓްތަކަށް
ބަލާއިރު؛
އޭގެ ތެރޭގައި ހިމެނެނީ 23 ޖޫން 2011 ގެ ތާރީޚުގައި ރެކޯޑުކޮށްފައިވާކަމަށް ބުނާ 14 (ސާދަ)
ފޯނުކޯލުގެ ރެކޯޑިންގގެ ސްކްރިޕްޓާއި، 22 ޖޫން 2011 ގެ ތާރީޚުގައި ރެކޯޑުކޮށްފައިވާކަމަށް ބުނާ 1
(އެކެއް) ފޯނުކޯލުގެ ރެކޯޑިންގގެ ސްކްރިޕްޓާއި، 21 ޖޫން 2011 ގެ ތާރީޚުގައި ރެކޯޑުކޮށްފައިވާކަމަށް ބުނާ
1 (އެކެއް) ފޯނުކޯލުގެ ރެކޯޑިންގގެ ސްކްރިޕްޓާއި، 20 ޖޫން 2011 ގެ ތާރީޚުގައި ރެކޯޑުކޮށްފައިވާކަމަށް ބުނާ
1 (އެކެއް) ފޯނުކޯލުގެ ރެކޯޑިންގގެ ސްކްރިޕްޓާއި، 19 ޖޫން 2011 ގެ ތާރީޚުގައި ރެކޯޑުކޮށްފައިވާކަމަށް ބުނާ
1 (އެކެއް) ފޯނުކޯލުގެ ރެކޯޑިންގގެ ސްކްރިޕްޓާއި، 18 ޖޫން 2011 ގެ ތާރީޚުގައި ރެކޯޑުކޮށްފައިވާކަމަށް
ބުނާ 2 (ދޭއް) ފޯނުކޯލުގެ ރެކޯޑިންގގެ ސްކްރިޕްޓާއި، 17 ޖޫން 2011 ގެ ތާރީޚުގައި ރެކޯޑުކޮށްފައިވާކަމަށް
ބުނާ 2 (ދޭއް) ފޯނުކޯލުގެ ރެކޯޑިންގގެ ސްކްރިޕްޓާއި، 16 ޖޫން 2011 ގެ ތާރީޚުގައި ރެކޯޑުކޮށްފައިވާކަމަށް
ބުނާ 4 (ހަތަރެއް) ފޯނުކޯލުގެ ރެކޯޑިންގގެ ސްކްރިޕްޓާއި، 14 ޖޫން 2011
ގެ ތާރީޚުގައި
ރެކޯޑުކޮށްފައިވާކަމަށް ބުނާ 1 (އެކެއް) ފޯނުކޯލުގެ ރެކޯޑިންގގެ ސްކްރިޕްޓާއި، 13 ޖޫން 2011 ގެ
ތާރީޚުގައި ރެކޯޑުކޮށްފައިވާކަމަށް ބުނާ 4 (ހަތަރެއް) ފޯނުކޯލުގެ ރެކޯޑިންގގެ ސްކްރިޕްޓާއި، 12 ޖޫން 2011
ގެ ތާރީޚުގައި ރެކޯޑުކޮށްފައިވާކަމަށް ބުނާ 1 (އެކެއް) ފޯނުކޯލުގެ ރެކޯޑިންގގެ ސްކްރިޕްޓާއި،
އިސްވެ އިޝާރާތްކުރެވުނު ފޯނު ކޯލްތައް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
ރެކޯޑްކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންތޯ ބަލާއިރު، 06 ޖޫން 2011 ގެ 22:00 ގައި ކްރިމިނަލް
ކޯޓުން ނެރުއްވާފައިވާ އެކޯޓުގެ ނަންބަރު 2011
/
001/JSMFD-145 ކޯޓުއަމުރަށް ބަލާއިރު، އެއަމުރުގެ
ދަށުން، އިބްރާހީމް ޝަފާޒް ޢަބްދުއްރައްޒާޤް ބޭނުންކުރާ 9999935 ނަންބަރު ފޯނާއި، އަދި އޭނާއާއި ޙާއްޞަ
ޅުމެއް އޮންނަކަމަށް ފުލުހުންނަށް އެނގިފައިވާ ނަންބަރު 9771666 ފޯނާއި، އަދި 9969982 ނަންބަރު
ފޯނާއި މިދެ ނަންބަރު ފޯނު މެދުވެރިކޮށް ހިންގޭ މުއާސަލާތުގެ އަޑުތަކުގެ ރިކޯޑިންގއާއި، ކޯލްތަކުގެ
ތަފްސީލާއި، ޓެކްސްޓް މެސެޖްތަކުގެ މަޢުލޫމާތު ހޯދާ ބޭނުންކުރުމުގެ ހުއްދަ 06 ޖޫން 2011 އިން ފެށިގެން
06 ސެޕްޓެމްބަރު 2011 އަށް ދެއްވާފައިވާކަން އެއަމުރަށް ބެލުމުން އެނގެން އޮންނަކަމާއި
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
? ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2{014/HC-A/49
63
2 ހހހ
އިޝާރާތްކުރެވުނު ފޯނު ކޯލުތަކުގެ ތެރެއިން 2011 ޖޫން 23 ވަނަ ދުވަހުގެ 18:34 ގައި
ކޮށްފައިވާކަމަށް އެނގެން އޮންނަ ފޯން ކޯލް ކުރިފަރާތުގެ ނަންބަރެއްގެ ގޮތުގައި ބަޔާންކުރެވިފައިވަނީ
9999959 ކަމާއި އަދި އެފޯނު ކޯލް ރިސީވްކުރި ފަރާތުގެ ނަންބަރުގެ ގޮތުގައިވެސް އޮތީ ހަމަ
އެނަންބަރުކަމާއި، ފޯނުކޯލް ރިސީވްވި ފަރާތުގެ ގޮތުގައި ބަޔާން ކުރެވިފައިވަނީ އިބްރާހީމް ޝަފާޒް
ޢަބްދުއްރައްޒާޤްކަމާއި، އިސްވެ އިޝާރާތްކުރެވުނު ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގެ ދަށުން ރެކޯޑު ކުރުން
ހުއްދަ ކުރެވިފައިވާ ފޯނުކޯލެއްގެ ގޮތުގައި އެފޯނު ކޯލް ބެލުމާމެދު ޤާނޫނީ ގޮތުން ސުވާލު އުފެދުނުނަމަވެސް އެ
ފޯނު ކޯލު ޑިޓެއިލްސްގެ އިތުރަށް މިމައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ފޯނު ކޯލް
ރެކޯޑިންގތައް ހޯދާފައިވާ ގޮތުގެ ޝަރުޢިއްޔަތާމެދު ޤާނޫނީ ގޮތުން ސުވާލު އުފެދޭނެ ޖާގައެއް އޮތްކަމަކަށް
ނުފެންނަކަމާއިގެ
މިމައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ފޯނު ކޯލްތަކުގެ ރެކޯޑިންގ ތަކަކަކީ
އުޞޫލެއްގެ ގޮތުން ހުއްދަ ގޮތުގައި ހޯދިފައިވާ ރެކޯޑިން ތަކެއްކަމަށްވާއިރު، އަދި އެކަން ކޮށްފައިވަނީ ކޯޓު
އަމުރެއްގެ ދަށުން ކަމަށް އިބްރާހީމް ޝަފާޒްގެ ފަރާތުން ޤަބޫލުކޮށްފައިވީނަމަވެސް އެރެކޯޑިންގ
އަޅާކިޔުމަށްޓަކައި ބޭނުންކުރި އަޑުގެ ސާމްޕަލް ނަގާފައިވާ ގޮތާމެދު އިބްރާހީމް ޝަފާޒް ޢަބްދުއްރައްޒާޤުގެ
ފަރާތުން ސުވާލު އުފައްދާފައިވާތީ އެކަމަށް ޝަރީޢަތުން ނަޒަރުކުރާއިރު؛
18 އޭޕްރީލް 2011 އިން ފެށިގެން 18 ޖުލައި 2011 ގެ ނިޔަލަށް ހިނގާ މުއްދަތުގައި އިބްރާހީމް
ޝަފާޒް ޢަބްދުއްރައްޒާޤްގެ އަޑާއި މަންޒަރު ރެކޯޑުކުރުމުގެ އަމުރު ކްރިމިނަލް ކޯޓުން ދެއްވާފައިވާކަން 18
ގައި އެކޯޓުން
ނެރުއްވާފައިވާ އެކޯޓުގެ ނަންބަރު
2011
/
001/(J
(
DM-145 ކޯޓު އަމުރަށް ބެލުމުން އެނގެން އޮންނައިރު، އިބްރާހީމް ޝަފާޒު
ޢަބްދުއްރައްޒާޤްގެ ސާމްޕަލް އަޑުގެ ރެކޯޑު ނެގިކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
299-FSD
(
B
)
2011
-
DEU ”އޯޑިއޯ އެނާލިސިސް ޕްރިލިމިނަރީ ރިޕޯޓް“ގައި ބަޔާންކޮށްފައިވަނީ 28 ޖޫން
2011 ވަނަ ދުވަހުގެ ތާރީޚުގައި ކަމާއި؛
އިބްރާހީމް ޝަފާޒް ޢަބްދުއްރައްޒާޤުގެ ފޯނު ކޯލް ރެކޯޑިންގ އަޅާކިޔުމަށްޓަކައި ބޭނުންކުރި އަޑުގެ
ސާމްޕަލް ނަގާފައިވަނީ އިސްވެ އިޝާރާތްކުރެވުނު ކްރިނަލް ކޯޓުގެ އަމުރުގެ ދަށުން އިބްރާހީމް ޝަފާޒު
2011
ގެ
21:20
RE
ހައި9
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/49
އެނގެން
ޢަބްދުއްރައްޒާޤްގެ އަޑު ރެކޯޑު ކުރުމުގެ ހުއްދަ ލިބިފައިވާ މުއްދަތުގެ ތެރޭގައި ހިމެނޭ ތާރީޚެއްގައިކަން
އޮތުމުން އިބްރާހީމް ޝަފާޒް ޢަބްދުއްރައްޒާޤްގެ ފޯނު ކޯލްތަކުގެ އަޑާއި އަޅާ ބެލުމަށް ނަގާފައިވާ
އިބްރާހީމް ޝަފާޒް ޢަބްދުއްރައްޒާޤުގެ ސާމްޕަލް އަޑު ރެކޯޑުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބެލެވެން
ނެތްކަމާއި
މިމައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އަޅާކިއުމަށް
ނަގާފައިވާ މިމައްސަލައިގެ ތުހުމަތު ކުރެވިފައިވާ ފަރާތުގެ އޯޑިއޯ ރެކޯޑިންގ ނުވަތަ ސާމްޕަލް އަޑުގެ ”ޗެއިން
އޮފް ކަސްޓަޑީ“އަށް ބަލާއިރު، އެ އަޑު ރެކޯޑު ކުރެވިފައިވަނީ 2011 ޖޫން 28 ވަނަ ދުވަހުގެ 20:15 ގައި
ކަން އެނގެން އޮންނަކަމާއި، އަދި އެއޯޑިއޯ ފައިލް ނަޤުލުކުރުމުގައި އޭގެ ޞައްޙަކަން ގެއްލޭފަދަ ކަމެއް
ހިނގާފައިވާކަމަށް ބެލެވެން ނެތްކަމާއި؛
އެހެންމެ އިސްވެ އިޝާރާތްކުރެވުނު ފޯނު ކޯލްތަކުގެ އޯޑިއޯ ރެކޯޑިންގ ފައިލްތައް
ނަގުލުކުރުމުގައިވެސް އެ ފައިލްތަކުގެ ޞައްޙަކަމާމެދު ސުވާލު އުފެދޭފަދަ ކަމެއް އޮތްކަން އެ ތަކެތީގެ ”ޗެއިން
އޮފް ކަސްޓަޑީ އަށް ބެލުމުން ފާހަގަކުރެވެން ނެތުމުގެ އިތުރުން، އެތަކެތީގެ ތަޙްލީލުކުރި ފަރާތުން
ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައި އެތަކެތި ގެންގުޅުމުގައި ސުވާލު އުފެދޭ އެއްވެސް ކަމެއް
ފާހަގަކުރިފައި ނުވާކަމަށް ބުނެފައިވާކަން އެނގެން އޮންނަކަމާއި،
އެހެންކަމުން މިމައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ އިބްރާހީމް ޝަފާޒް
ޢަބްދުއްރައްޒާޤްގެ ފޯނު ކޯލް ރެކޯޑިންގ ތަކާއި އެފޯނު ކޯލް ރެކޯޑިންގ އަޅާ ކިޔުމަށް ނެގިފައިވާ އިބްރާހީމް
ޝަފާޒް ޢަބްދުއްރައްޒާޤްގެ ސާމްޕަލް އަޑު އެއްތަނުން އަނެއް ތަނަށް ނަގުލުކުރުމުގައި ފުލުހުން ޢަމަލުކުރަމުން
އަންނަ އުސޫލާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ބެލެވެން ނެތްކަމާއި؟
2011 ޖޫން 28 ވަނަ ދުވަހު ރެކޯޑު ކުރެވިފައިވާ އިބްރާހީމް ޝަފާޒް ޢަބްދުއްރައްޒާޤްގެ އަޑު،
އިސްވެ އިޝާރާތްކުރެވުނު ފޯނު ކޯލް ރެކޯޑިންގތަކުގައި ފާހަގަކުރެވިފައިވާ މީހާގެ އަޑާއި ގޮތްކަން ބެލުމަށް
ހެދިފައިވާ ޕަރސެޕްޓިވް އެނާލިސިސް އިން އެއީ އެކެއްގެ އަޑުކަން އެނގިފައިވާކަމަށް މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ނަންބަރު 299-FSD
(
B
)
2011
-
DEU ”އޯޑިއޯ އެނާލިސިސް ޕްރިލިމިނަރީ ރިޕޯޓް“ގައި
ކޮށްފައިވާކަން އެނގެން އޮންނައިރު މިމައްސަލައާގުޅިގެން އެކަންކަމުގެ މައްޗަށް އެތަކެތި އެގްޒެމިންކުރި
އދ8 ދ ތތ 8
COC
ބަޔާންކޮށް
z
ހައިކަ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/49
8
پر سنسر
މުޢާމަލާތެތްކުގެ
ޕޮލިސް ސްޓާފް ސަރޖަންޓް އަމީން ޢަބްދުލްޤައްޔޫމު ކްރިނަލް ކޯޓުގެ ޝަރީޢަތުގެ ހެކިބަސް ދީފައިވާކަން
އޮންނަކަމާއިގެ
އެހެންކަމުން، އިބްރާހީމް ޝަފާޒް ޢަބްދުއްރައްޒާޤްގެ މައްޗަށް ހުށަހެޅުނު ދަޢުވާ ޝަރީޢަތަށް
ސާބިތުކޮށްދިނުމުގެ ގޮތުން ހުށަހެޅިފައިވާ ފޯނު ކޯލްތަކުގެ އޯޑިއޯ ރިކޯޑިންގތަކާއި، އެ އޯޑިއޯ ރިކޯޑިންގތަކުގެ
މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ސްކްރިޕްޓްތަކާއި، އެތަކެތީގެ މައްޗަށް ބިނާކޮށް ހަދާފައިވާ އޯޑިއޯ
އެނާލިސިސް ރިޕޯޓު އޭގެ ޒާތުން ޝަރީޢަތަށް ބަލައިނުގަނެވޭނެ ސަބަބެއް އޮތްކަމަށް ބެލެވެން ނެތްކަމާއި؛
އިބްރާހީމް ޝަފާޒް ޢަބްދުއްރައްޒާޤްގެ މައްޗަށް ޝަރީޢަތަށް ހުށަހެޅިފައިމިވާ މައްސަލަ ސާބިތުކުރުމުގެ
ގޮތުން އެމައްސަލަ ބިނާކުރެވިފައިވާ ގިނަ ޢަދަދެއްގެ ފައިސާ ސްރީލަންކާގެ ރައްޔިތަކަށް ފޮނުވިކަމަށް ބުނާ
ބުނުން، ސާބިތުކުރުމުގެ ގޮތުން ވެސްޓަން ޔޫނިއަންގެ އިތުރުން އޭ.ޖޭ.އީ އެންޕޯރިއަމް މެދުވެރިކޮށް ކޮށްފައިވާ
ޑީޓެއިލްސް އެނގޭނެ ލިޔުންތައް ޝަރީޢަތަށް ހުށަހަޅާކަމަށް ދައުލަތުގެ ފަރާތުން
ބުނެފައިވީނަމަވެސް، އޭ.ޖޭ.އީ އެންޕޯރިއަމް މެދުވެރިކޮށް، ކޮށްފައިވާ މުޢާމަލާތަކާ ބެހޭ އެއްވެސް ލިޔުމެއް
ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ނުވަތަ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށްވެސް ހުށަހަޅާފައި ނުވާކަމާއިގެ
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 2011
/
686/C1
/
PRIV-171 (29 ޖޫން 2011)
ސިޓީން އެދުމާގުޅިގެން އިބްރާހީމް ޝަފާޒް ޢަބްދުއްރައްޒާޤް ހިމެނިގެން 4 މީހަކު ވިލާ ޓްރެވަލްސް އެންޑް
ޓްއާރސް ޕްރައިވެޓް ލިމިޓެޑުގެ ވެސްޓަރން ޔުނިއަން މަނީ ޓްރާންސްފަރ ސާރވިސް މެދުވެރިކޮށް އެކި
ފަހަރުމަތިން ބޭރު ޤައުމަކަށް ފައިސާ ފޮނުވާފައިވާކަން (ތަފްޞީލާއެކު) އެނގޭ ލިޔުން ތަކެއް މޯލްޑިވްސް
ޕޮލިސް ސަރވިސްއަށް ފޮނުވާފައިވާކަން ވިލާ ޓްރެވަލްސް އެންޑް ޓުއާރސް ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު
2011
/
031/VTT
/
ADMIN (02 ޖުލައި 2011) ސިޓީން އެނގެން އޮވެފައި، ދައުލަތުގެ ފަރާތުން
ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ވެސްޓަން ޔޫނިއަން މެދުވެރިކޮށް އިބްރާހީމް ޝަފާޒް ޢަބްދުއްރައްޒާޤް
ކޮށްފައިވާ ފައިސާގެ މުޢާމަލާތްތަކެއް ކަމަށް ބުނާ ލިޔުންތަކުގައި އެލިޔުންތަކަކީ، ވިލާ ޓްރެވަލްސް އެންޑް
ޓްއާރސް ޕްރައިވެޓް ލިމިޓެޑުގެ ނުވަތަ ވެސްޓަރން ޔުނިއަން މަނީ ޓްރާންސްފަރ ސާރވިސްގެ ލިޔުން
ތަކެއްކަން ދަލާލަތުކުރާ ފަދަ ނިޝާނެއް ވިޔަސް ހިމެނިފައިނުވާއިރު ޝަރީޢަތުން އެ ލިޔުންތަކުގެ މައްޗަށް
އިޢްތިބާރެއް ދެވިދާނެ ކަމާމެދު ސުވާލު އުފެދޭކަމާއިގެ
4
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/49
4
އެއްވެސް ބައެއްގެ މެދުގައި ހިނގާފައިވާ ޒާތީ މުއާޞަލާތެއް ނުވަތަ މުޢާމަލާތެއް ހެއްކެއްގެ ގޮތުގައި
ބޭނުންކުރެވޭނީ އެކަމެއް ހޯދައިގަނެވިފައިވަނީ ކަމާބެހޭ ޝަރުޢީ ކޯޓެއްގެ ހުއްދަ އޮވެގެން ކަމަށްވާއިރު،
ވެސްޓަރން ޔުނިއަން މަނީ ޓްރާންސްފަރ ސާރވިސް މެދުވެރިކޮށް އިބްރާހީމް ޝަފާޒް ޢަބްދުއްރައްޒާޤް
ކޮށްފައިވާ ފައިސާގެ މުޢާމަލާތުތަކާބެހޭ ތަފްޞީލްތައް ހޯދާ އޭގެ ބޭނުންކުރުމުގެ ހުއްދަ ކްރިމިނަލް ކޯޓުން
ނުވަތަ އެނޫންވެސް ދިވެހިރާއްޖޭގެ ކޯޓަކުން ދެއްވާފައިވާކަން ސާބިތުވާފަދަ ދަލީލެއް ދައުލަތުގެ ފަރާތުން
މިޝަރީޢަތާއި ގުޅިގެން ހުށަހަޅާފައިވާކަން އެނގެން ނެތުމާއެކު އެ ލިޔުންތަކަކީ ޤާނޫނުއަސާސީގެ 52 ވަނަ
މާއްދާއާ އެއްގޮތް
ގޮތްވާ ގޮތުގެ މަތީން ހޯދިފައިވާ ”ޤާނޫނީ ހެކި) ޤަރީނާ“ ކަމަށް ބެލެވެން ނެތްކަމާއި؟
މިމައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ވެސްޓަރން ޔުނިއަން މަނީ ޓްރާންސްފަރ
ސާރވިސް މެދުވެރިކޮށް ކޮށްފައިވާ ކަމަށް ބުނާ މުޢާމަލާތްތަކަކީ މިމައްސަލައިގެ ޝަރީޢަތަށް ބަލައިގަނެވޭނެ
ޤާނޫނީ ހެކި ކަމަށް ބެލިކަމުގައިވީނަމަވެސް، ވެސްޓަރން ޔުނިއަން މަނީ ޓްރާންސްފަރ ސާރވިސް މެދުވެރިކޮށް
އިބްރާހީމް ޝަފާޒް ޢަބްދުއްރައްޒާޤް ކޮށްފައިވާ މުޢާމަލާތްތަކަކީ 2006 ވަނަ އަހަރުގެ މުޢާމަލާތްތަކެއްކަން
އެނގެން އޮންނައިރު މިމައްސަލާގައި ހުށަހެޅިފައިވާ ފޯނު ކޯލް ޑިޓެއިލްސް ތަކަކީ 2011 ވަނަ އަހަރުގެ ޖޫން
މަހުގެ ތެރޭގައި ރެކޯޑު ކުރެވިފައިވާ ފޯނު ކޯލް ތަކެއްގެ ޑިޓެއިލްސް ކަމަށްވާއިރު، ފައިސާގެ މުޢާމަލާތް
ހިންގާފައިވާ ކަމަށް ބުނާ ތާރީޚާއި ފޯނުން ވާހަކަދެކެވިފައިވާ ކަމަށް ބުނާ ތާރީޚާ ދެމެދު ދިގު މުއްދަތެއް
ފާއިތުވެފައިވާއިރު މިދެ މުޢާމަލާތުގައި މުޢާލާތް ކެޑިފައިވުމުން، މި ދެ ވާޤިޢާ ގުޅުވުމުގައި ސުވާލު
އުފެދޭކަމާއި؛
އެހެންކަމުން، މިމައްސަލައިގެ ދަށުކޯޓު މަރުޙަލާގައި އިބްރާހީމް ޝަފާޒް ޢަބްދުއްރައްޒާޤް އިދިކޮޅަށް
ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ދަލީލުތަކުގެ ތެރެއިން، ވެސްޓަން ޔުނިއަން މެދުވެރިކޮށް ހިންގާފައިވާކަމަށް
ބުނާ ފައިސާގެ މުޢާމަ ލިޔުންތަކަކީ އެމައްޗަށް އިއްތިބާރެއްދީ ޝަރީޢަތުން ބަލައިގަނެވޭނެ
ލިޔުންތަކެއްކަމަށް ބެލެވެންނެތްކަން އެނގެއެވެ.
4 22
ހއ 8 ހއ ޑ 4
4މލިކުބޮހޭ
(ނ) ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ޝަރީޢަތަށް ހުށަހެޅޭ މުސްތަނަދުތަކާއި ދަލީލުތައް
މާނަކުރުމާއި، ވަޒަންކުރުމާއި، ތަރުޖީޙުކުރުމާއި، މައްސަލަ ސާބިތުކުރުމަށްޓަކައި އެމަސްތަނަދުތަކާއި ދަލީލުތައް
R
، ހައިކޯޓް
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/49
މ 24ވ
ހ2 3275
މައެލާމުe
2 ދ ހއ
އިހޤީeކށް
COCO
ފުދޭތޯއާއި، މިފަދަ އެންމެހައި ކަންކަމަކީ މައްސަލާގެ ”ފެކްޓްސް“ ގެ ތެރޭގައި ހިމެނޭ އެހެކިތައް ވަޒަންކުރާ
ކޯޓެއްގެ ތަޤްރީ ބާރުގެ ދަށުން ކަނޑައެޅޭ ކަމެއްކަމަށް ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ ނަންބަރު -SC/2009
30/A ޤަޟިއްޔާގައި ފާހަގަކުރައްވާ ބަޔާންކުރައްވާފައިވާކަން އެނގެން އޮންނަކަމާއި؛
ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި، ގޮވަތި ގެދޮރާއި، އަނެކުންނާކުރާ ޒާތީ
މުއާޞަލާތުތަކަކީ ޙުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަންކަމަށާއި، ހަމަ ކޮންމެ މީހަކުމެ، އަނެކުންގެ
މިބުނެވުނު ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތަންވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 24
ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެއްވެސް ބައެއްގެ މެދުގައި ހިނގާފައިވާ ޒާތީ މުއާޞަލާތަކާއި ޒާތީ
ހެއްކެއްގެ ގޮތުގައި ބޭނުންކުރެވޭނީ އެމުއާޞަލާތެއް ނުވަތަ އެ މުޢަމާލާތަކާ ބެހޭ
ހޯދާފައިވަނީ ކަމާބެހޭ ޝަރުޢީ ކޯޓެއްގެ ހުއްދަ އޮވެގެންކަމަށް
ގެންކަމަށްވާނަމަކަމާއި، އަދި ޤާނޫނެއްގައި
ކަނޑަނާވަނީސް، އެނޫންގޮތަކަށް ހޯދާފައިވާ، ދެމީހެއްގެ ދެމެދުގައި ފޯނަކުން ކުރެވިފައިވާ މުޢާމަލާތާއި ބޭންކާ
މާލީ އިދާރާތައް މެދުވެރިކޮށް ކޮށްފައިވާ އެއްވެސް ޒާތީ މުއާޞަލާތެއް ނުވަތަ މުޢާމަލާތެއް ހެއްކެއްގެ ގޮތުގައި
ޝަރީޢަތަށް ބަލައިގަތުމަކީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ޚިލާފުކަމެއްކަމާއި؛
އަދި ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީޢަތްތައް ހިންގަންވާނީ ޢަދުލުވެރިކަމާއެކު،
ވަކިފަރާތަކަށްނުޖެހި، ހާމަކަމާއެކުގައިކަމަށް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި ކަނޑައެޅިގެން
ބަޔާންކޮށްފައިވާއިރު، ކުށުން ބަރީއަވުމަށް މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ ވަސީލަތްތައް، ކުށެއްކުރިކަމުގެ
ދަޢުވާ އުފުލިފައިވާ ކޮންމެމީހަކަށްވެސް ލިބެންވާނެކަމަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައި
ބަޔާންކޮށްފައިވާއިރު، ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހުށަހެޅިފައިވާ ހެއްކަކީ ޤާނޫނީގޮތުން
ޝަރީޢަތަށް ބަލައިގަނެވޭނެ ހެކިކަމާމެދު ސުވާލު އުފެދޭ ޙާލަތްތަކުގައި އެފަދަ ހެއްކަކީ ޤާނޫނީ ހަމަތަކުގެ
މަތިން ހޯދިފައިވާ ހެކިކަން ކަށަވަރުކުރުމަށްޓަކައި ޝަރީޢަތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަކާނުލައި
އެފަދަ ހެކީގެ މައްޗަށް ކުށް ސާބިތުކުރުމަކީ، އަދި/ނުވަތަ އެމީހަކާ އިދިކޮޅަށް ހުށަހެޅިފައިވާ ހެއްކަކީ
ޤާނޫނީގޮތުން ޝަރީޢަތަށް ބަލައިގަނެވޭ ހެކިކަމާމެދު ދަޢުވާލިބޭ ފަރާތަކުން ސުވާލުއުފައްދާ، އެހެކި
ހޯދިފައިވާގޮތް ދައުލަތުގެ ކިބައިން އޮޅުންފިލުވުމަށް ޝަރީޢަތުގައި އެދިފައިވާ ޙާލަތުގައި އެކަން ނުކޮށް،
OXO
އްޖޭގެ
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/49
އެހެކީގެ މައްޗަށް ބިނާކޮށް މައްސަލާގެ ޙުކުމަށް ވާސިލުވުމަކީ، އިސްވެ އިޝާރާތްކުރެވުނު ޤާނޫނުއަސާސީގެ
މާއްދާތަކާ ޚިލާފުވާނެ ކަމެއްކަމާއި؛
ޖިނާއީ މައްސަލަތައް ނިންމުމުގައި، ހުށަހެޅޭ ހެކިތަކާއި ދަލީލުތަކުގެ ތެރެއިން، ޤާނޫނީ ޤަރީނާ
ފިޔަވައި، ވަކި ހެކިތަކަކަށް ނުވަތަ ދަލީލުތަކަކަށް ބުރަވުން ފަނޑިޔާރުންގެ މައްޗަށް ލާޒިމްވެގެން ނުވާކަމަށާއި،
ހުށަހެޅޭ ދަލީލުތައް ތަޤްލީމް (evaluate) ކޮށް ވަޒަންކުރުމަށްފަހު ފަނޑިޔާރަށް ޤަބޫލުކުރެވޭ ދަލީލުތަކާއި، އެ
ދަލީލުތަކުން ކުރެވޭ އިސްތިންތާޖުތަކުގެ މައްޗަށް ބުރަވެހުރެ، ޔަޤީނާ ގާތްކުރާ މިންވަރަށް އިޤްތިޞާޢު ވެގެން
މެނުވީ ކުށެއް ސާބިތުވެއްޖެކަމަށް ޖިނާއީ މައްސަލައެއްގައި ޙުކުމެއް ކޮށްގެން ނުވާނެކަމީ އިސްތިޤްރާރުވެފައިވާ
ޖިނާއީ މައްދައެއްކަން އެނގެން އޮންނަކަމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 23/SC-A/2011
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާއިރު އެ މީހަކު ކުށެއްކޮށްފިކަން،
އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު
ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާކަން
އެނގެން އޮވެއެވެ.
ހ4 8
9 ވ މ
ه0ނކުން
ވީމާ، އިސްވެ އިޝާރާތްކުރެވުނު އެންމެހައި ނުކުތާތަކުގައި
ކަންކަމުގެ މައްޗަށް
ރިޢާޔަތްކޮށް، އިބްރާހީމް ޝަފާޒް ޢަބްދުއްރައްޒާޤްގެ މައްޗަށް ހުށަހަޅާފައިވާ މަނާކުރެވިފައިވާ މަސްތުވާތަކެތި
ދިވެހިރާއްޖެއަށް އެތެރެކުރަން އުޅުމުގެ ކުށުގެ ދަޢުވާ ސާބިތުކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ
ދަލީލުތަކަށް ބަލާއިރު، މިމައްސަލައިގާ ޝަރީޢަތުން އެމައްޗަށް އިޢްތިބާރެއްދީ ބަލައިގަނެވޭނެ ހަމައެކަނި
ދަލީލަކީ އިބްރާހީމް ޝަފާޒް ޢަބްދުއްރައްޒާޤް އާ އެހެން ބަޔަކާ ދެމެދު ފޯނަކުން ދެކެވިފައިވާ ވާހަކަތަކެއްގެ
އޯޑިއޯ ރެކޯޑިންގ ގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ އިބްރާހީމް ޝަފާޒް ޢަބްދުއްރައްޒާޤް އަޑުގެ އޯޑިއޯ
އެނަލިސިސް ރިޕޯޓަށްވާއިރު، އެ ރިޕޯޓަކީ އޭގެ ޒާތުގައި ޤަރީނާއެއްގެ ގޮތުގައި މައްސަލަތަކުގައި ބަލައިގަނެވޭ
އެއްޗަކަށްވުމާއެކު، ހަމައެކަނި ޤަރީނާއެއްގެ މައްޗަށް ބުރަވެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި
ބަޔާންކޮށްފައިވާ، އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް، އިބްރާހީމް ޝަފާޒް ޢަބްދުއްރައްޒާޤްގެ މައްޗަށް
ތުހުމަތުކުރެވިފައިވާ ކުށް އޭނާގެ މައްޗަށް ސާބިތުކުރެވިގެންވާނޭކަމަކަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި
ބެލި ފަނޑިޔާރުންނަކަށް ނުފެނުނެވެ.
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/49
0
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު
2011/Cr
-
C/1272 ޤަޟިއްޔާގައި، ލޮނުމިދިލިގެ/ މާލެ އިބްރާހީމް ޝަފާޒް ޢަބްދުއްރައްޒާޤްގެ މައްޗަށް
ހުށަހަޅާފައިވާ މަނާކުރެވިފައިވާ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރަން އުޅުމުގެ ކުށުގެ ދަޢުވާ،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ، އެކަށީގެންވާ
ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާ ނިސްބަތަށް ހެކި ދެއްކިފައިނުވާތީ، އެޤަޟިއްޔާގައި ކްރިމިނަލް
ކޯޓުން އިބްރާހީމް ޝަފާޒް ޢަބްދުއްރައްޒާޤްގެ މައްޗަށް ކުރައްވާފައިވާ ޙުކުމް މިމައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލްކޮށްފީމެވެ.
*
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ