ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/151 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/151
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 151/HC
-
A/2012
އިސްތިއުނާފު ކުރިފަރާތް:
* ނަން: ޢަބްދުﷲ ނާފިޛު * ދާއިމީ އެޑްރެސް: މާދަޑު، ސަންލައިޓް/ ޏ. ފުވައްމުލައް
އައިޑީ ކާޑު ނަންބަރ: A006934 * މިހާރުގެ އެޑްރެސް: މާދަޑު، ސަންލައިޓް/ ހ
ބަދަލުގައި: ޙަސަން ވަޙީދު . ހިތަދޫ ރެސްޓްވިލާ
ޏ. ފުވައްމުލައް
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން
ރެޖިސްޓްރީ ނަންބަރު: 51
/
2009-C
* ކުންފުނީގެ ފަރާތުން: ވަކީލު އގ، އިސްމާޢީލް ވިޝާމް
ހުށަހެޅުނު ތާރީޚް: 20 މެއި 2012
، ނިމުނު ތާރީޚް:
11 ސެޕްޓެމްބަރ 2013
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2011/VTR/14
ނިންމެވިތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ހެޅުނުތާރީޚް: 30-01-2011
ނިމުނު ތާރީޚް: 18-05-2011
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު
އަޒްމިރާލްދާ ޒާހިރު
އެއިކް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު އިނ.ގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/151
ލާޞާ
cu o
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/14 މައްސަލަ ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ އެމައްސަލަ އިސްތިއުނާފުކޮށްދިނުމަށް އެދި، ޏ.
ފުވައްމުލައް މާދަޑު، ސަންލައިޓް ޢަބްދުﷲ ނާފިޛުގެ ފަރާތުން އެމައްސަލަ، ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއުނާފު ކުރުމުން ބެލި ހައިކޯޓުގެ ނަންބަރު 255/HC-A/2011 ޤަޟިއްޔާގެ ދަޢުވާ ފޯމު ބާޠިލު
ކުރުމާއި ގުޅިގެން، ހައިކޯޓުގެ ގަވާއިދުގެ 48 ވަނަ މާއްދާގެ (ނ)ގެ ދަށުން އެމައްސަލަ ދެވަނަ ފަހަރަށް
ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ މައްސަލައެކެވެ.
މި މައްސަލައިގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތްތަކަކީ، މޯލްޑިވްސް ނޭޝަނަލް
ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (51/2009-C) އެވެ.
ކުރެވުނު ނުކުތާތައް:
01- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/14 މައްސަލައަކީ، ޏ.
ފުވައްމުލައް | މާދަޑު، ސަންލައިޓް ޢަބްދުﷲ ނާފިޛު، މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ
ކޯޕަރޭޝަންގެ ޏ.
ފުވައްމުލައް މީޑިއާ ސެންޓަރުގައި ފާޑެއްގެ މަޤާމު ފުރަމުންދަނިކޮށް 31 އޮކްޓޯބަރު
2010 ގައި ވަޒީފާއިން ވަކިކުރިއިރު ދިވެހި ސިވިލްސަރވިސް މުވައްޒަފުން ވަކިކުރާއިރު ދޭ ޢިނާޔަތްތަކުގެ
ތެރެއިން މަހުންމަހަށް މުޅި އުމުރު ދުވަހަށް ދެވޭ ޢިނާޔަތާއި ވަޒީފާއިން ވަކިކުރާ ތާރީޚުން ފެށިގެން މުޅި
އުމުރަށް ދެވޭ ސޯޝަލް ހެލްތް އިން ޝުއަރަންސް ސްކީމުގެ ޚިދުމަތުގެ ޢިނާޔަތް އެކޯޕަރޭޝަނުން
ދީފައިނުވާތީ، އެ ޢިނާޔަތްތައް ފުރިހަމަކޮށްދިނުމަށް މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ
މައްޗަށް އަމުރުކޮށްދިނުން އެދި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ބައްލަވާފައިވާ މައްސަލައެއްކަމާއިގެ
އެމައްސަލަ ނިންމަވާފައިވަނީ، ”ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތުންނާއި މައްސަލަ ރައްދުވާ
ފަރާތުން ހުށަހެޅި އެންމެހައި ލިޔެކިޔުންތަކަށާއި ފާހަގަކުރި ކަންކަމަށް ނަޒަރުކުރާއިރު، މައްސަލަ ހުށަހެޅި
ޢަބްދުﷲ ނާފިޛު،
ޏ. ފުވައްމުލައް، މާދަޑު، ސަންލައިޓް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު:
A006934} މައްސަލަ ރައްދުވާ ފަރާތް ކަމުގައިވާ މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ
ޏ. ފުވައްމުލައް މީޑިއާ ސެންޓަރުގައި ފާޑެއްގެ މަޤާމު ފުރަމުންދަނިކޮށް، އޭނާ ހުރި މަޤާމު އުވުމާއި
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ރާއްޖެ.
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/151
ގުޅިގެން ވަޒީފާއިން ވަކިކުރިއިރު ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރާއިރު ދޭ
ޢިނާޔަތްތަކުގެ ތެރެއިން މަހުން މަހަށް މުޅި އުމުރު ދުވަހަށް ދެވޭ ޢިނާޔަތާއި ވަޒީފާއިން ވަކިކުރާ ތާރީޚުން
ފެށިގެން މުޅި އުމުރަށް ދެވޭ ޝޯޝަލް ހެލްތް އިންޝުއަރެންސް ސްކީމުގެ ޚިދުމަތުގެ ޢިނާޔަތް އެ
ކޯޕަރޭޝަނުން ޢަބްދުﷲ ނާފިޛުއަށް ދީފައިނުވާތީ، އެ ޢިނާޔަތްތައް ފުރިހަމަކޮށްދިނުމަށް މޯލްޑިވްސް
ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ މައްޗަށް ލާޒިމުކޮށްދިނުމަށް އެދިފައިވީނަމަވެސް، މައްސަލަ
ހުށަހެޅި ޢަބްދުﷲ ނާފިޛު ވަޒީފާއިން ވަކިކުރާއިރު އެފަދަ ޢިނާޔަތްތަކެއް ޢަބްދުﷲ ނާފިޛުއަށް ދިނުމަށް
މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނުން އެއްބަސްވެފައިވާކަން ނުވަތަ ދޭންޖެހޭ އެއްވެސް
ސަބަބެއް މައްސަލަ ބެލި މަޖިލީހަށް މައްސަލަ ހުށަހެޅި ފަރާތުން ސާބިތުކޮށްދީފައިނުވާތީ، މޯލްޑިވްސް
ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ރިޑަންޑަންސީ ޕެކޭޖްގެ ދަށުން މައްސަލަ ހުށަހެޅި ޢަބްދު
ނާފިޛުއަށް ކުންފުނިން މިހާރު ދީފައިވާ ފައިސާގެ އިތުރުން ޢަބްދުﷲ ނާފިޛު އެދިފައިވާ ޢިނާޔަތްތައް
ދިނުމަށް މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ މައްޗަށް އަމުރުކުރާނެ ތަނެއް ނެތްކަމަށް
މައްސަލަ ބެލި މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅާ މިމައްސަލަ ނިންމައިފީމެވެ. މިފަދައިންކަން
އެމައްސަލައިގެ މައްސަލަނިމުނު ގޮތުގެ ރިޕޯޓުން އެގެން އޮވެއެވެ.
2 3 4 3 2 22
އނރަނ
02- އިސްވެ
ގޮތުގެމަތީން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2011/VTR/14 މައްސަލަ ނިންމެވުމުން، އެ މައްސަލަ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލު
ތަކާއި ޚިލާފަށް ކަމަށްބުނެ، ޏ. ފުވައްމުލައް | މާދަޑު، ސަންލައިޓް ޢަބްދުﷲ ނާފިޛުގެ ފަރާތުން
އިސްތިއުނާފު ކުރުމަށް 04 (ހަތަރެއް) ނުކުތާ ފާހަގަކޮށް އެނުކުތާތަކާއި މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއީ،
• ފުރަތަމަ ނުކުތާއަކީ: ވަޒީފާގެ އެއްބަސްވުމެއް ހެދުމުގެ ކުރިން އެމް.އެން.ބީ.ސީ އިން ޢަބްދު
ނާފިޛު ލައްވާ އިޤްރާރެއްގައި ސޮއިކުރުވާފައިވާއިރު، އެއިޤްރާރަށް ރިޢާޔަތްކުރުމަކާއި ނުލައި މައްސަލަ
ނިންމަވާފައިވުންކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: ކޮންޓްރެކްޓާއިބެހޭ ޤާނޫނާއި ޚިލާފަށް އެއްބަސްވުން އެކުލަވާލާފައިވާކަން
ފާހަގަކުރުމުން، އެކަމަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމަވާފައިވުންކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
OcOOX
ދިވެހިން
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު އިނ.ގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/151
4 6 8 2
ތިންވަނަ ނުކުތާއަކީ: ޓްރައިބިއުނަލުގައި މައްސަލަ ކުރިއަށް ދަނިކޮށް ވަޒީފާއިން ވަކިކުރި މައްސަލަ
ބައްލަވައިދެއްވުމަށް ޢަބްދުﷲ ނާފިޛުގެ ފަރާތުން ޓްރައިބިއުނަލުގައި އެދުނު ހިނދު، މައްސަލަ ރައްދުވާ
ފަރާތައް ދަޢުވާއަށް ޖަވާބުދާރީވުމަށް ދަތިތަކެއް ކުރިމަތިވާނެކަމަށް ދަންނަވައި އެއްވެސް ހަމައެއް
އިންސާފެއްނެތް ސަބަބުތަކެއް ބަޔާންކޮށް މައްސަލަ ރައްދުވާ ފަރާތުގެ ކޮޅަށް ބުރަވެވަޑައިގެން އެމައްސަލަ
ހުށަހެޅިފައިވާ މައްސަލައާއިއެކު ނުބެލޭނެކަމަށް ނިންމަވައި ހަމަހަމަކަމާއި އިންސާފުން މައްސަލަ
ބަލާފައިނުވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ: އެމް.އެން.ބީ.ސީ އިން ތަކުރާރުކޮށް ހުރިހާ މީޑިއާތަކަށް 9 ޖޫން 2009 ގައި
ބޭއްވުނު ފޯނު ކޮންފަރެއްސުގައި ޔަޤީންކަންދެއްވައި އަގަބަހުން ކޮންޓްރެކްޓް ހެދުމަށްފަހު، އެއެއްބަސްވި
އެއްބަސްވުމާއި ޚިލާފުވެފައިވާއިރުވެސް، އެކަމަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމަވާފައިވުންކަމަށް ބުނެ
ފާހަގަކުރި ނުކުތާއެވެ.
03- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/14 މައްސަލައިގެ މައްސަލަ
ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފު ކުރުމަށް ޢަބްދުﷲ ނާފިޛުގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ބެލިހިނދު، މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް އަންނަނިވި
ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
(ހ) 01 ޑިސެމްބަރު 1999 އިން ފެށިގެން ޏ. ފުވައްމުލަކު މީޑިއާ ސެންޓަރުގައި ޤާރޑެއްގެ
ވަޒީފާ އަދާކުރަމުން ދަނިކޮށް، މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ނަމުގައި ސަރުކާރުން
ކުންފުންޏެއް އުފެއްދުމާއި ގުޅިގެން، މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ”ވަޒީފާ
ޚިޔާރުކުރުމަށް ކުރެވޭ އިޤްރާ“ އާއި ”ވަޒީފާއަށް ޝައުޤުވެރިވާކަން ބަޔާންކުރާ އިޤްރާރު“ ގެ ލިޔުމުގައި
2009 ޖޫން 01 ވަނަ ދުވަހު ޢަބްދުﷲ ނާފިޛު ސޮއިކޮށްފައިވާކަން އެނގެން އޮންނަކަމާއި،
ޢަބްދުﷲ ނާފިޛު އެމް އެން ޑީ ސީގެ ވަޒީފާއަށް އެދި އެވަޒީފާ ހަމަޖެހިފައިވާތީ، 01 ޖުލައި
2009 އިން ފެށިގެން ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިކޮށް ދިނުމަށް އެދި މިނިސްޓްރީ އޮފް ޓޫރިޒަމް،
އާޓްސް އެންޑް ކަލްޗަރަށް އަބްދުﷲ ނާފިޛު 2009 ޖޫން 30 ވަނަ ދުވަހުގެ ތާރީޚުގައި ސިޓީއެއް
އެއިކް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު އިނ.ގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/151
ފޮނުވާފައިވާކަން އެނގެން އޮތުމުގެ އިތުރުން، މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ
ވަޒީފާ ޢަބްދުﷲ ނާފިޛު ޚިޔާރުކޮށް އެކުންފުންޏާއި ޢަބްދުﷲ ނާފިޛުއާދެމެދު 01 ޖުލައި 2009 ގައި
ވަޒީފާގެ އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާކަން އެނގެން އޮންނަކަމާއި،
އެހެންކަމުން، ޢަބްދުﷲ ނާފިޛު އަދާކުރަމުންދިޔަ ސިވިލް ސާރވިސްގެ ވަޒީފާ ދޫކޮށް، 01
ޖުލައި 2009 އިން ފެށިގެން މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ދަށުން ހިންގާ
ފުވައްމުލަކު މީޑިއާ ސެންޓަރުގެ ގާރޑެއްގެ ވަޒީފާއަށް ޢަބްދުﷲ ނާފިޛު ބަދަލުވެފައިވާކަން އެނގެއެވެ.
Occ
ހ) 01 ޖުލައި 2009 ވަނަ ދުވަހު މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނާއި
ޢަބްދުﷲ ނާފިދާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ ދަށުން މުސާރައާއި އެލަވަންސްގެ އިތުރުން ވަޒީފާ
ދޭފަރާތުން ކަށަވަރު ކޮށްދީފައިވާ ކަންތައްތަކަކީ، މެޑިކަލް އިންޝުއަރެންސް ސްކީމުގެ ދަށުން މެޑިކަލް
އިންޝުއަރެންސް ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ބިލުގައިވާ ގޮތުގެ މަތިން ޕެންޝަން
ދިނުމުގެ ކަންތައް ހަމަޖައްސައިދިނުންކަން ވަޒީފާގެ އެއްބަސްވުމުގެ 11 ވަނަ މާއްދާއިން އެނގެން
އޮންނައިރު، ”ރިޓަޔަރމަންޓް ބެނެފިޓް] ގެ ގޮތުގައި ޕެންޝަން ލިބޭ އުމުރަކީ 65 އަހަރުކަން، ޤާނޫނު
ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ
(ހ) އިން
އެނގެންއވއ.
(ނ) މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ރީސްޓްރަކްޗަރ ކުރުމާއި ގުޅިގެން،
އެކޯޕަރޭޝަންގެ ދަށުން ހިންގަމުން ގެންދިޔަ ޏ. ފުވައްމުލަކު މީޑިއާ ސެންޓަރުގެ ގާރޑެއްގެ މަޤާމު
އުވުމާއި ގުޅިގެން، މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ނަންބަރު
2010
/
200/H
-
STAFF (27 އޮކްޓޯބަރ 2010) ”ވަޒީފާ ވަކިކުރެއްވިކަން އަންގާ ލިއުން“ އިން
ޢަބްދުﷲ ނާފިޛު މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ދަށުން ހިންގާ ޏ. ފުވައްމުލަކު
މީޑިއާ ސެންޓަރުގެ ޤާރޑެއްގެ މަޤާމުގެ ވަޒީފާއިން ވަކިކުރެވިފައިވާކަން އަންގައި، އަދި ދެފަރާތުގެ
ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 12 ވަނަ މާއްދާގެ ދަށުން ލިބެންޖެހޭ ރިޑަންޑަންސީ ޕެކޭޖާއި، 3 މަހުގެ
uc.c
uc
ދިވެހިން
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/151
etc ou
މުސާރައާއި 3 މަހުގެ ސާރވިސް އެލަވަންސާއި އަދި ޙައްޤުވާ އަހަރީ ޗުއްޓީގެ ބާކީ އޮތުމުން އެދުވަސްތަކަށް
ދޭންޖެހޭ ފައިސާ ހަމައަށް ލިބިދީފައިވާކަން ދެފަރާތުގެ ބަހުން އެނގެންއޮވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2011/VTR/14 މައްސަލައިގައި ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް
އޮތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
0
ޙުކުމް:
ހޗ 28
36
ބަންކީ
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ފިކުރެވުނު ކަންކަމަށް ރިޢާޔަތް ކުރުމުން،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/14 މައްސަލައިގައި، ނިންމަވާފައިވާ ނިންމެވުމަށް
ބަދަލުގެނެވެން ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން
ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ބައިކް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv