ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/184 ޤަޟިއްޔާގެ ޙުކުމް
1
2008/HC-A/184
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓް
• ޤަޟިއްޔާ ނަންބަރ:184/HC
-
A/2008
އިސްތިއުނާފު ކުރިފަރާތް:
*ނަން: އިބްރާހީމް ޒަމީލް
ކާޑު ނަންބަރ: A043074
* ދާއިމީ އެޑްރެސް: މއ.ސީނުމާ
މިހާރުގެ އެޑްރެސް: މއ.ސީނުމާ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އިސްމާޢިލް ނަސީރު
އައިޑީ ކާޑު ނަންބަރ: A001311
ދާއިމީ އެޑްރެސް: ފ.ތަންބީގެ
މިހާރުގެ އެޑްރެސް: ފ.ތަންބިއާގެ
*
• ރަޖިސްޓްރީކުރެވުނު ތާރީޚް: 21ޖުމާދަލްއާޚިރާ 1429
25 ޖޫން 2008
ނިމުނު ތާރީޚް: 15 ޞަފަރު 1430
9 ޖެނުއަރީ 2012
ޝިއެއްނަންބަރ:
1664/MC/2007
• ޤަޟިއްޔާގެ
4.84
އިސް ދެވުނުޤަ މިއްޔާނަ
.ޟިއްޔާގެ ބާވަތް: ފައިސާ
• ނިންމެވިކޯޓް: މަދަނީ ކޯޓު
ހުށަހެޅުނު ތާރީޚް: 09 އޮކްޓޯބަރ 2007
ނިމުނު ތާރީޚް: 16 އެޕްރިލް 2008
0
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޔޫސުފް ޙުސައިން ،ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް
ވެބް ސައިޓް: www.highcourt.gov.mv
[email protected]
2
20[08/HC-A/184
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދަޢުވާގެ ޚުލާޞާ
މިއީ މަދަނީ ކޯޓުގެ ނަންބަރ 2007/MC/1664 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ދެކިގެން އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް
އިސްތިއުނާފުކުރުމަށް މއ.ސީނުމާ އިބްރާހީމް ޒަމީލު ގެ ފަރާތުން ހ.ތަންބިއާގެ އިސްމާޢީލް ނަސީރު ގެ
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މައްޗަށް ހުށަހެޅުމާލޭ
2 20
ފާހަގަކުރެވުނު ނުކުތާތައް:
1. އިސްތިއުނާފު ކުރެވޭ މަދަނީ ކޯޓުގެ ނަންބަރ 2007/MC/1664 ޤަޟިއްޔާއަކީ
ހ.ތަންބީގެ އިސްމާޢީލް ނަޞީރު އަތުން މއ.ސީނުމާ އިބްރާހީމް ޒަމީލް އަނބުރާ ދައްކާގޮތަށް 07 މެއި
2007ގައި ނަގާފައިވާ -/256,000ރ (ދެލައްކަ ފަންސާސްހަހާސް ރުފިޔާ) އެއްފަހަރާ އިބްރާހީމް ޒަމީލްގެ
އަތުން ހޯދުމަށް އެދި، އިސްމާޢީލް ނަޞީރުގެ ފަރާތުން ދަޢުވާކުރުމުން ބެލެވިފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގެ އުކުމުގައިވަނީ" ދެންފަހެ، ހ.ތަންބިއާގެ އިސްމާޢީލް ނަޞީރުގެ
އަތުން އަނބުރާ ދައްކާގޮތަށް -/256,000 (ދެލައްކަ ފަންސާސްހަހާސް ރުފިޔާ) މއ.ސީނުމާ އިބްރާހީމް
ޒަމީލް އަތުލުމަށްފަހު އަނބުރާ އަދާކުރުމުގެ ގޮތުން އިބްރާހީމް ޒަމީލް ދީފައިވާ، ބޭންކް އޮފް މޯލްޑިވްސްގައި
އޮންނަ އިބްރާހީމް ޒަމީލްގެ އެކައުންޓުން ދޫކުރި 000082 ޗެކް ބައުންސްވެފައިވާތީ، މިފައިސާ އިބްރާހީމް
ޒަމީލް އަތުން ހޯދުމަށް އިސްމާޢިލް ނަސީރު ހުށަހެޅި ދަޢުވާއަށް އިބްރާހީމް ޒަމީލް އިންކާރުކޮށް މިޗެކްގައިވާ -
/256,000 (ދެލައްކަ ފަންސާސްހަހާސް ރުފިޔާ) އަކީ، އިސްމާޢީލް ނަޞީރަށް ދޭންޖެހޭ ފައިސާއެއް
ނޫންކަމަށް ބުނާއިރު ފައިސާ ދޭންނުޖެހޭކަން އިބްރާހީމް ޖަމީލަށް ޘާބިތުކޮށް ދެވިފައި ނުވުމާއި އަދި އިބްރާހީމް
ޒަމީލްގެ ބަޔާންތަކަށް ބަލާއިރު ޤާނޫނީ ބުރަދަނެއް ނެތުމާއި، އިބްރާހީމް ޒަމީލް ފުލުސް އޮފީހަށް ދެއްވާފައިވާ
ބަޔާނުގައި އިސްމާޢީލް ނަޞީރު -/256,000ރ (ދެލައްކަ ފަންސާސްހަހާސް ރުފިޔާ)ދިންކަމަށާއި، އިބްރާ
ޒަމީލުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކގެ އެކައުންޓުން -/256,000ރ (ދެލައްކަ ފަންސާސްހަހާސް
ރުފިޔާ)ގެ ޗެކެއް އިސްމާޢީލް ނަޞީރަށް 20 (ވިހި) ދުވަހުގެ ތެރޭ ފައިސާ ނެގޭގޮތަށް 000082 ޗެކް
ދީފައިވާކަމަށާއި، ޗެކް ބައުންސްވެފައިވާކަން އިބްރާހީމް ޒަމީލުގެ އިޢުތިރާފުންވެސް އެނގޭތީ މިޗެކުގައިވާ
ފައިސާއަކީ އިބްރާހީމް ޒަމީލް، އިސްމާޢީލް ނަޞީރަށް ދައްކަންޖެހޭ ފައިސާއެއްކަން ހުށަހެޅިފައިވާ ލިޔުންތަކުން
ޝަރީޢަތަށް ސާބިތުވާތީ މިފައިސާ 16އެޕްރިލް 2008 ދުވަހުން ފެށިގެން މަހަކު -/64,000ރ. (ފަސްދޮޅަސް
ހަތަރުހާސް ރުފިޔާ)ގެ ރޭޓުން 02(ހަތަރެއް) މަސް ދުވަހުގެ ތެރޭ އިސްމާޢީލް ނަޞީރަށް ދެއްކުމަށް، މަދަނީ
ކޯޓަށް ދައްކާ ޚަލާސްކުރުމަށް އިބްރާހީމް ޖަމީލަށް އަންގައި ޙުކުމްކޮށް މިޤާޟިއްޔާ ނިންމީއެވެ." މިފަދައިންކަން
އަw/ހއ
2 4 2 2
1.5M
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2«
3
2008/HC-A/184
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2- މަދަނީ ކޯޓުގެ ނަންބަރ 2007/MC/1664 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫކުތަކާ ޚިލާފަށްކަމަށް ބުނެ މައްސަލަ އިސްތިއުނާފު ކުރި ފަރާތުން މައިގަނޑު ހަތަރު ކަމެއް
ފާހަގަކޮށް އެކަންކަމުގެ މައްޗަށް ޝަރީޢަތުގެ މަޖިލީހުގައި ތަފްޞީލުކޮށް ވާހަކަ ދައްކާފައިވެއެވެ.
exử
/4ވކަރ
ފުރަތަމަނުކުތާއަކީ، ދަޢުވާކުރާފަރާތުން ދަޢުވާއަށް އިންކާރުކޮށް އަނބުރާ ދައްކާގޮތަށް
އިސްމާޢީލް ނަޞީރު އަތުން ފައިސާތަކެއް ނަގާފައި ނުވާނޭކަމަށް އިންކާރުކޮށް އަނބުރާ ދައްކާގޮތަށް
ދަޢުވާކުރާ އިސްމާޢީލް ނަޞީރުއަތުން ފައިސާތަކެއް ނަގާފައި ނުވާނެކަމާއި، ދަޢުވާގައިވާ ހޯދުމަށް އެދިފައިވާ
ފައިސާއަކީ އޭނާއަށް ދޭންޖެހޭ ފައިސާއެއް ނޫންކަމަށާއި، އޭނާއަތަށް ޗެކެއްދީފައިވަނީ އޭނާއާ މެދުގައި އޮތް
ކޮންސްޓްރަކްޝަން މަސައްކަތެއްގެ މައްޗަށް ބިނާ އެމަސައްކަތް ގެރެންޓީއެއްގެ ގޮތުން ދަޢުވާކުރާ ފަރާތުން
އެދިގެން އިބްރާހީމް ޒަމީލު އަމިއްލަ ނަމުގައި ދެވިފައިވާ ޗެކެއްކަމަށް ޝަރީޢަތުގެ މަޖްލީހުގައި އިބްރާހީމް
ޒަމީލު ބުނެފައިވާއިރު މިއިން އެއްވެސް ކަމަކަށް ނުބަލާ މައްސަލަ ނިންމަވާފައިވާ ކަމަށްބުނެ ފާހަގަކޮށްފައިވާ
ނ
.
ނުކުތާއެވެ"
04 04
ދ0 2 ތތ
کر مل کر
• ދެވަނަ ނުކުތާއަކީ، ދަޢުވާކުރާ ފަރާތުން އަނބުރާ ދައްކާގޮތަށް ފައިސާއެއް ދިންކަމަށް
ސާބިތުކޮށް ދީފައިނުވާއިރު ދަޢުވާލިބޭ ފަރާތުން ޝަރީޢަތަށް ހުށަހެޅުނު އިބްރާހީމް ޒަމީލު ހުށަހެޅި އެއްވެސް
ޙާޟިރުކުރުމަކާނުލައި، އަދި ހެކިންގެ ގޮތުގައި ހުށަހެޅި އެއްވެސް އެއްޗެއްވެސް ނުބަލާ އެއިން
އެއްވެސް މިންވަރަކަށް ރިޢާޔަތް ނުކޮށް މައްސަލަ ނިންމަވާފައިވުން. އެންމެކުޑަމިނުން ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯރޓްގައި އެފަދަ އެއްވެސް ލިޔުމެއް ހިމަނާފައިނުވާ ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، ކޮންޕެނީންކުރި މަސައްކަތްތަކެއްގެ މުޢާމަލާތެއްގެ ދަށުން
ފިއްތުންތަކެއް ކުރިމަތި ކުރުމަށްފަހު، އިބްރާހީމް ޒަމީލުގެ އަމިއްލަނަމުގައި ޗެކެއްހޯދާ އެޗެކަކީ އަނބުރާ
ނެގި ފައިސާއެއް އަދާކުރުމުގެ ގޮތުން ދިން ޗޮކެއްކަމަށް ދަޢުވާކުރާ ފަރާތުން ބުނެފައިވާއިރު،
ދެފަހަރެއްގެ މަތިން ދަޢުވާގައި ބުނެފައިވާ ޢަދަދަށް ފައިސާ ދީފައިނުވުން. ދަޢުވާގައި ބުނެފައިވާ ފައިސާގެ
ޢަދަދުގެ މިންވަރަކީ ވަކި އެއްބަސް ވުމެއްގެދަށުން ދަޢުވާކުރާ ފަރާތުން ދިނުމަށް ލާޒިމްކޮށް އެގޮތުން
އެއްބަސްވުމުގެ ދަށުން މަސައްކަތްތަކެއް ކުރެވިފައިވާއިރު އެމަސައްކަތަކާއި ނުގުޅޭގޮތުން ދަރަންޏަށް އެއްވެސް
މިންވަރެއްގެ ފައިސާއެއް އަނބުރާ ދައްކާގޮތަށް ދަޢުވާކުރާ ފަރާތުން ދީފައިވޭތޯ ނުވަތަ
ޝަރީޢަތުން ބެލުމަކާނުލައި، މައްސަލަ ނިންމަވާފައިވާ ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ، މައްސަލާގައި ބަލަންވާވަރަށް ނުބަލާ މައްސަލަ ނިންމަވާފައިވާ
ކަމަށްބުނެ ފާހަގަކޮށްފައިވާ
3- މިމައްސަލައާއި ގުޅިގެން މަދަނީ ކޯޓުގެ ނަންބަރ 2007/MC/1664
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި މިމައްސަލާގެ ދެފަރާތުން މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
2
8 އ ހވ
ދައްޗެވެ
02 20 22
2 2
ރެކުތައވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް
ވެބް ސައިޓް: www.highcourt.gov.mv
[email protected]
4
20[08/HC-A/184
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ހ ށ ކތ ހތ
ކަންތައްތއ
ދީފައިވާ ބަޔާންތަކަށާއި މައްސަލައާއި ގުޅިގެން ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާ ނަޒަރުކުރުމުން އަންނަނިވި
ފާހަގަކުރެވިފައިވެއެވެ.
(ހ) މިމައްސަލާގައި ކަންހިގާފައިވާ ގޮތަށް ބަލާއިރު މއ.ސީނުމާ އިބްރާހީމް ޒަމީލުގެ
މައްޗަށް މަދަނީ ކޯޓުގައި އުފުލިފައިވާ ދަޢުވާއަކީ ހ.ތަންބިއާގެ އިސްމާޢީލް ނަޞީރުގެ އަތުން އަނބުރާ
ދައްކާގޮތަށް -/256000ރ (ދެލައްކަ ފަންސާސްހަހާސް ރުފިޔާ) މއ.ސީނުމާ އިބްރާހީމް ޒަމީލް އަތުލުމަށްފަހު
އެފައިސާ އަނބުރާ އަދާކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްގައި އޮންނަ އިބްރާހީމް ޒަމީލްގެ އެކައުންޓުން
ދޫކުރި 000082 ޗެކް ބައުންސްވެފައިވާތީ، މިފައިސާ އިބްރާހީމް ޒަމީލް އަތުން ހޯދުމަށް އިސްމާޢިލް ނަސީރު
ހުށަހެޅި ދަޢުވާއެއްކަން އެގޭ ކަމަށާއި،
އެމައްސަލަ އިބްރާހީމް ޒަމީލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު
ކުރަމުން ބުނެފައިވަނީ އިސްމާއިލް ނަސީރުގެ އަތުން ފައިސާތަކެއް ނަގާފައިނުވާނެކަމަށާއި ދަޢުވާގައި ހޯދުމަށް
އެދިފައިވާ ފައިސާއަކީ ދޭންޖެހޭނެ ފައިސާއެއް ނޫންކަމަށާއި އޭނާ އަތަށް ޗެކެއް ދީފައިވަނީ އިސްމާޢީލް
ނަސީރުއާއި އިބްރާހީމް ޒަމީލްއާއި ދެމެދުގައި އޮތް ކޮންސްޓްރަކްޝަން މަސައްކަތެއްގެ މައްޗަށް ބިނާކޮށް
އެމަސައްކަތުގެ ގެރެންޓީއެއްގެ ގޮތުން އިސްމާޢިލް ނަޞީރު އެދިގެން އިބްރާހީމް ޒަމީލު ދޫކޮށްފައިވާ ޗެކެއް
ކަމަށާއި އެޗެކުގައިވާ -/256,000ރ (ދެލައްކަ ފަންސާސްހަހާސް ރުފިޔާ) އިސްމާޢީލް ނަސީރުއަށް އިބްރާހީމް
ޒަމީލް ދޭންޖެހޭ ފައިސާއެއް ނޫން ކަމަށްވެސް އިބްރާހީމް ޒަމީލުބުނެފައިވާއިރު އިބްރާހީމް ޒަމީލުގެ ނަމުގައި
އޮންނަ ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ އެކައުންޓުން 000082 ގެ ޗެކުން -/
256000ރ (ދެލައްކަ
ފަންސާސްހަހާސް ރުފިޔާ) މިފައިސާ އިސްމާޢީލް ނަޞީރުއަށް ނެގޭ ގޮތަށް އިސްމާޢީލް ނަޞީރަށް އިބްރާހީމް
ޒަމީލު ޗެކެއް ދީފައިވާއިރު އެޗެކެއްގައިވާ ފައިސާއަކީ އިބްރާހީމް ޒަމީލު އިސްމާޢީލް ނަސީރުއަށް ދޭންޖެހޭ
ފައިސާއެއް ނޫންކަން ޝަރީޢަތަށް ސާބިތު ކުރެވޭވަރުގެ ހެއްކެއް ޤަރީނާއެއް ހުށަހެޅިފައިނުވާކަން އެގެއެވެ.
(ހ) ޤާނޫނު ނަންބަރު 16/95 (ފައިސާއަށް ބަދަލު ކުރެވޭ ގޮތުގައި ގެންގުޅޭ
ލިޔުމާބެހޭ ޤާނޫނު) ގެ 39 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެއަކުރުގައި " މިޤާނޫނުގައިވާ ގޮތުގެ މަތީން
ޗެކަކަށް ފައިސާ ނެގުމަށް އެޗެކެއްގައިވާ ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި ބޭންކަށް ހުށަހެޅުމުން،
ޗެކް ދޫކުރި އެކައުންޓުގައި ފައިސާ ނެތުމުގެ ސަބަބުން، ނުވަތަ އެޗެކްގައިވާ ޢަދަދަށް ފައިސާ ލިބޭނެގޮތް
ހަމަޖައްސައިދީފައި ނުވުމުގެ ސަބަބުން ނުވަތަ އެޗެކަށް ފައިސާ ދެވެންނެތްކަން އެޗެކް ހުށަހެޅި ފަރާތަށް
ބޭންކުން އަންގާ ދުވަހުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި، ޗެކަށް ފައިސާ ލިބެންވީ ފަރާތުން،
އެޗެކުގައިވާ ޢަދަދަށް ފައިސާ ދިނުމަށް އެޗެކް ދޫކުރި ފަރާތަށް ލިޔުމަކުން އެންގުމުން،
24 22
02 0 44
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް
ވެބް ސައިޓް: www.highcourt.gov.mv
[email protected]
5
2008/HC-A/184
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި އެޗެކުގައިވާ އަދަދަށް ފައިސާ ނުދީފިނަމަ، އެޗެކް ދޫކުރި ފަރާތް
ކުށްވެރިވާނެއެވެ."
މިގޮތަށް ބަޔާންކޮށްފައިވާއިރު އިބުރާހީމް ޒަމީލް ބޭންކް އޮފް މޯލްޑިވްސްގައިވާ
އޭނާގެ އެކައުންޓުން ފައިސާނެގޭ ގޮތަށް އިސްމާޢީލް ނަޞީރުއާއި ޙަވާލުކޮށްފައިވާ ޗެކްގައިވާ ފައިސާއަކީ
އިބްރާހީމް ޒަމީލު އެއަށް ޒިންމާވާފައިސާއެއްކަން ހުށަހެޅިފައިވާ ލިޔުންތަކުންނާއި އިބްރާހީމް ޒަމީލުގެ
ބަޔާންތަކުން ވަރަށް ރަގަޅަށް އެގެއެވެ.
oc
<<
(ނ) އިބްރާހީމް ޒަމީލުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި
އޮންނަ 101
223234
7703 ނަންބަރު އެކައުންޓުން 20 ޖުލައި 2007 ދުވަހު -/
256000ރ
(ދެލައްކަ ފަންސާސްހަހާސް ރުފިޔާ) ނެގޭ ގޮތަށް އިސްމާޢީލް ނަޞީރަށް އިބްރާހީމް ޒަމީލް ސޮއިކޮށް
ދޫކޮށްފައިވާ 100082 ނަންބަރު ޗެކަށް ފައިސާ ނެގުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް އަށް ހުށަހެޅުމުން
އެޗެކް ބައުންސްވުމުން ޤާނޫނުގައިވާ ގޮތުގެ މަތީން އެޗެކްގައިވާ އަދަދަށް 07 ދުވަހުގެ ތެރޭގައި ފައިސާ
ދެއްކުމަށް އިސްމާޢީލް ނަސީރު ލިޔުމަކުން އިބްރާހީމް ޒަމީލްއަށް އެންގުމުންވެސް އެމުއްދަތުގައިވެސް
އެޗެކްގައިވާ ފައިސާ ދައްކާފައިނުވާކަންވެސް އިބްރާހީމް ޒަމީލް އިޤުރާރުވެފައިވާކަން އޭނާގެ ބަޔާންތަކުންނާއި
މިކޯޓަށް ހުށަހެޅިފައިވާ ލިޔުންތަކަށް ބެލުމުން އެގެއެވެ.
(ރ) މިމައްސަލައާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ ލިޔުންތަކަށް
ބަލާއިރު ޖިނާއީ ކޯޓުގެ ނަންބަރ 2007/JC/1275 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު
ހުށަހެޅިފައިވާ ކަމާއި އެޤަޟިއްޔާއަކީ އިބްރާހީމް ޒަމީލުގެ މައްޗަށް އެކައުންޓުގައި ފައިސާނެތި ޗެކްދޫކޮށް
އެޗެކްގައިވާ އަދަދަށް ފައިސާ ނުދެއްކުމުން ދަޢުލަތުން ހުށަހަޅާފައިވާ ކުށުގެ މައްސަލައެއް ކަމާއި އަދި އެއީ
އިބްރާހީމް ޒަމީލުއާއި އިސްމާޢިލް ނަޞީރުއާއި ދެމެދު ހިނގާފައިވާ އިސްވެބަޔާންކުރެވުނު އިބްރާހީމް ޒަމީލު
ސޮއިކޮށް ދޫކޮށްފައިވާ 000082 ނަންބަރު ޗެކާއި ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލައެއްކަންވެސް އެގޭކަމާއި
އަދި އެޤަޟިއްޔާގެ ޙުކުމުގައި ޤާނޫނު ނަންބަރު16
/
95(ފައިސާއަށް ބަދަލު ކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ
ޤާނޫނު)ގެ ދަށުން އެކައުންޓުގައި ފައިސާނެތި ޗެކުދޫކޮށް އެޗެކުގައިވާ އަދަދަށް ފައިސާ ނުދެއްކުމުގެ ކުށުން
އިބްރާހީމް ޒަމީލް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅުއްވައި، އިބްރާހީމް ޒަމީލް 6 (ހައެއް) މަސްދުވަހުގެ
މުއްދަތަށް އަރުވާލުމަށް އޭނާގެ ޣައިރު ހާޟިރުގައި ހުކުމް ކުރައްވާފައިވާކަމާއި އެމައްސަލަ ޖިނާއީ ކޯޓުން
ނިންމަވާފައިވަނީ 09 ޖުލައި 2008 ގައިކަމާއި އެޤަޟިއްޔާ އިސްތިއުނާފުކޮށްފައިވާކަން އެގެންނެތްކަމާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
20[08/HC-A/184
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޤާނޫނު ނަންބަރު 16/95 (ފައިސާއަށް ބަދަލު ކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ
ޤާނޫނު) ގެ 39 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެއަކުރުގައި މިޤާނޫނުގައިވާ ގޮތުގެ މަތީން ޗެކަކަށް
ފައިސާ ނެގުމަށް އެޗެކެއްގައިވާ ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި ބޭންކަށް ހުށަހެޅުމުން، ޗެކް
ދޫކުރި އެކައުންޓުގައި ފައިސާ ނެތުމުގެ ސަބަބުން، ނުވަތަ އެޗެކްގައިވާ ޢަދަދަށް ފައިސާ ލިބޭނެގޮތް
ހަމަޖައްސައިދީފައި ނުވުމުގެ ސަބަބުން ނުވަތަ އެޗެކަށް ފައިސާ ދެވެންނެތްކަން އެޗެކް ހުށަހެޅި ފަރާތަށް
ބޭންކުން އަންގާ ދުވަހުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި، ޗެކަށް ފައިސާ ލިބެންވީ ފަރާތުން،
އެޗެކުގައިވާ ޢަދަދަށް ފައިސާ ދިނުމަށް އެޗެކް ދޫކުރި ފަރާތަށް ލިޔުމަކުން އެންގުމުން، އެއެންގުން އަންގާ
ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި އެޗެކްގައިވާ އަދަދަށް ފައިސާ ނުދީފިނަމަ، އެޗެކް ދޫކުރި ފަރާތް
ކުށްވެރިވާނެއެވެ." މިފަދައިން ބަޔާންކޮށްފައިވާއިރު އިބްރާހީމް ޒަމީލު އިސްމާޢިލް ނަސީރަށް ދީފައިވާ ޗެކަކީ
ފައިސާއަށް ބަދަލުކުރެވޭ ގޮތަށް ދީފައިވާ ޗެކަކަށްވާއިރު އެޗެކުގައިވާ ފައިސާ އިސްވެބަޔާން ކުރެވުނު ޤާނޫނީ
ހަމަތަކުގެ މަތީން ނުލިބުމުން އެކަމުގެ ސަބަބުން އެޗެކަށް ފައިސާ ލިބެންވީ ފަރާތަށް ލިބޭ މަދަނީ ގެއްލުމުގެ
ބަދަލަށް ޗެކްދޫކުރި ފަރާތުން ޒިންމާވާން ނުޖެހޭ ކަމަށް ބެލޭނެ ޤާނޫނީ އެއްވެސް ހުއްޖަތެއްނެތް ކަމާއި
ވީމާ އިސްވެ ބަޔާން ކުރެވުނު ކަންކަން އެގޮތަށް ހުރުމުން މަދަނީ ކޯޓުގެ ނަންބަރ
2007/MC/1664 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ
ހަމައެއް އޮތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކަށް
ނުފެނެއެވެ.
ހުކުމް:
ދެންފަހެ އިސްވެބަޔާން ކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު މަދަނީ
ކޯޓުގެ ނަންބަރު 2007/MC/1664 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ހުކުމަކީ ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ ޚިލާފަށް ކުރައްވާފައިވާ ހުކުމެއްކަމަށް ބަލާނެތަނެއް އޮތް ކަމަށް ނުފެންނަ ކަމަށް މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެފައިވާތީ މަދަނީ ކޯޓުގެ ނަންބަރ
2007/MC/1664 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާޢީދުކޮށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް
ވެބް ސައިޓް: www.highcourt.gov.mv
[email protected] isso