ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/291 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/291
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެލި
بم استان مراسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ.291/HC
-
A/2012
• އިސްތިއުނާފު ކުރިފަރާތް:
ނަން: ވާރކްސް ކޯޕަރޭޝަން ލިމިޓެޑް ރެޖިސްޓްރޭޝަން ނަންބަރު: 550
/
2009-C
ދާއިމީ އެޑްރެސް: 392 ޢިއްޒުއްދީން މަގު މާލެ * މިހާރުގެ އެޑްރެސް: 392 ޢިއްޒުއްދީން މަގު މާލެ
، އިސްތިއުނާފް ރައްދުވި ފަރާތް:
ނަން: ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
އެޑްރެސް: ކޮމާރޝަލް ޔުނިޓް 03-B1/ ހުޅުމާލެ
*
400
ރެޖިސްޓްރޭޝަން ނަންބަރު: 174
/
2009-C
* މިހާރުގެ އެޑްރެސް: ކޮމާރޝަލް ޔުނިޓް 03-B1/ ހުޅުމާލެ
ދެވުނު ތާރީޚް: 16 އޮކްޓޯބަރު 2012
ނިމުނު ތާރީޚް: 21 ފެބުރުއަރީ 2013
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ:
* ނަންބަރު: 2012/Cv
-
C/372
ކޯޓު: ސިވިލް ކޯޓު
* ނިންމެވި ތާރީޚް: 21 މެއި 2012
• މައްސަލަ ބެވީ ފަނޑިޔާރުންގެ މަޖްލިސް
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު،
ފަނޑިޔާރު ޢައްބާސް
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 31411، ދިވެހި
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2
ޤަޟިއްޔާ
ނިމުނު
2012/HC-A/291
يمر مني .*
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/372 ޤަޟިއްޔާ، އެކޯޓުން ބައްލަވައި،
ޙުކުމްކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް ވާރކްސް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދަޢުވާ ރައްދުވާ ފަރާތަކީ ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްއެވެ.
0
ފާހަގަ ކުރެވުނު ނުކުތާތައް:
1. ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/372 ޤަޟިއްޔާ، އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ވާރކްސް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/372 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ސިނާޢީ ބޭނުމަށް އަލަށް ތަރައްޤީ ކުރަމުންދާ ރަށެއްކަމުގައިވާ
ގުޅީފަޅުގައި ރިވެޓްމެންޓް މަސައްކަތްކުރުމަށް ވާރކްސް ކޯޕަރޭޝަން ލިމިޓެޑަށް ތިންވަނަ އެހެން
ފަރާތަކުން ހަވާލުކުރި ކޮންޓްރެކްޓް ފުރިހަމަކުރުމަށް ބޭނުންވާނޭ ތަކެތި ސަޕްލައިކޮށްދިނުމަށް 10
އޮކްޓޯބަރު 2010 ވަނަ ދުވަހު ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ވާރކްސް ކޯޕަރޭޝަން
ލިމިޓެޑާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ކޮށްފައިވާ މަސައްކަތާއި ފޯރުކޮށްދީފައިވާ ތަކެތީގެ
މުޤާބިލުން ބާކީ އަދާނުކޮށްވާ 286,649.23$US (ދެލައްކަ އަށްޑިހަ ހަހާސް ހަސަތޭކަ ސާޅީސް ނުވައެއް )
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471/
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2012/HC-A/291
3 ޤަޟިއްޔާ ނިމުނު
می هرکی
ދެވެ
ޕޮއިންޓް ދޭއް ތިނެއް އެމެރިކާ ޑޮލަރު) އާއި، ފައިސާ ނުދައްކާވާ ދުވަސްތަކުގެ ޖޫރިމަނާ ފައިސާކަމުގައިވާ
US
$
4,130,797.70 (ހަތަރުމިލިއަން އެއްލައްކަ ތިރީސްހާސް ހަތްސަތޭކަ ނުވަދިހަ ހަތެއް ޕޮއިންޓް
އަތެއް ސުމެއް އެމެރިކާ ޑޮލަރު) އާ އެކުޖުމްލަ 4,417,446.93$US (ހަތަރުމިލިޔަން ހަތަރުލައްކަ
ސަތާރަހާސް ހަތަރުސަތޭކަ ސާޅީސް ހައެއް ޕޮއިންޓް ނުވައެއް
ތިނެއް އެމެރިކާ ޑޮލަރު) ހޯދުމަށް ވާރކްސް
ކޯޕަރޭޝަން ލިމިޓެޑުގެ މައްޗަށް ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރުމުން ބެލެވުނު
ޤަޟިއްޔާއެއް ކަމާއި،
އެޤަޟިއްޔާގެ ޙުކުމް ކުރައްވާފައިވަނީ ދަޢުވާކުރާފަރާތުގެ މިދަޢުވާގައި އެދިފައިވަނީ
ދެކަމަކަށްކަމާއި، އެއީ ދަޢުވާކުރާފަރާތާއި ދަޢުވާލިބޭފަރާތާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ކޮށްފައިވާ
މަސައްކަތާއި ފޯރުކޮށްދީފައިވާ ތަކެތީގެ މުޤާބިލުން ބާކީ އަދާނުކޮށްވާ 286,649.23$US (ދެލައްކަ
އަށްޑިހަ ހަހާސް ހަސަތޭކަ ސާޅީސް ނުވައެއް ޕޮއިންޓް ދޭއް ތިނެއް އެމެރިކާ ޑޮލަރު) ހޯދުމަށާއި، ފައިސާ
ދައްކަންޖެހޭ މުއްދަތުގައި ފައިސާ ނުދައްކާވާ ދުވަސްތަކުގެ ޖޫރިމަނާ ފައިސާކަމުގައިވާ
US
$
4,130,797.70 (ހަތަރުމިލިއަން އެއްލައްކަ ތިރީސްހާސް ހަތްސަތޭކަ ނުވަދިހަ ހަތެއް ޕޮއިންޓް
އަތެއް ސުމެއް އެމެރިކާ ޑޮލަރު) ހޯދުންކަން އެނގޭކަމާއި،
2 22 22 22
މިގޮތުން ދަޢުވާގައި އެދިފައިވާ ފުރަތަމަކަމަށް ބަލާއިރު، ދަޢުވާކުރާފަރާތާއި
ދަޢުވާލިބޭފަރާތާ ދެމެދު ވެވުނު އެއްބަ
އިއްބަސްވުމުގެ ދަށުން ކޮށްފައިވާ މަސައްކަތާއި ފޯރުކޮށްދީފައިވާ ތަކެތީގެ
މު ޤާބިލުން ބާކީ ދައްކަންޖެހޭ ފައިސާވާކަމާމެދު ދަޢުވާލިބޭފަރާތުން އިންކާރުކޮށްފައިނުވާކަމާއި، މިނުކުތާގައި
ދަޢުވާލިބޭފަރާތުން އިންކާރުކޮށްފައިވަނީ އެމެރިކާ ޑޮލަރުން ފައިސާ ހޯދުމަށް ދަޢުވާކޮށްފައި އޮތުމުގެ
މައްޗަށްކަމާއި، ދެފަރާތް ދެމެދު ކުރެވިފައިވާ އެއްބަސްވުމުގައި ފައިސާ ދައްކަންޖެހެނީ ދިވެހި
ރުފިޔާއިންކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދެފަރާތް ދެމެދު ކުރެވިފައިވާ މުޢާމަލާތުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4
2{12/HC-A/291
ޤަޟިއްޔާ ނިމުނު "
کی مرکی
މައްޗަށް
ދިވެހި ރުފިޔާގެ ބަދަލުގައި އެމެރިކާ ޑޮލަރުން އިންވޮއިސް ބަދަލުކުރެވި، އެކަމުގެ
ޝަކުވާއެއްނެތުމުންނާއި، އަދި އެއީ ދެފަރާތް ދެމެދު ބަލައިގަނެފައިވާ އުޞޫލެއްކަމަށް ބެލެވެން އޮތުމުން،
އެމެރިކާ ޑޮލަރުން ފައިސާ ހޯދުމަށް ދަޢުވާކޮށްފައި އޮތް އޮތުމަކީ އޭގެ ޒާތުން ދަޢުވާ ނަފީވާންޖެހޭ
24 0 0
ސަބަބެއްކަމަށް ބެލެވެން ނެތްކަމާއި،
މިނުކުތާގެ ދަށުން ދަޢުވާކުރާފަރާތުން ހޯދުމަށް އެދިފައިވާ ފައިސާއަކީ ދައްކަންޖެހޭ
ފައިސާއެއްކަމާމެދު ދަޢުވާލިބޭފަރާތުން އިންކާރުނުކުރާކަން ފާހަގަކުރުމާއެކު، ދަޢުވާއާއެކު، ހުށަހެޅިފައިވާ
ލިޔެކިޔުމާއި ދެފަރާތް ދެމެދު ބަދަލުކުރެވިފައިވާ މުޢާމަލާތްތަކަށް ބެލުމުން، ދަޢުވާކުރާފަރާތާއި ދަޢުވާލިބޭ
ފަރާތާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ކޮށްފައިވާ މަސައްކަތާއި ފޯރުކޮށްދީފައިވާ ތަކެއްޗަށް
ދައްކަންޖެހި ނުދައްކާ 286,649.23$US (ދެލައްކަ އަށްޑިހަ ހަހާސް ހަސަތޭކަ ސާޅީސް
ޕޮއިންޓް ދޭއް ތިނެއް އެމެރިކާ ޑޮލަރު) ވާކަން އެނގެން އޮތްކަމާއި
9 ވ 02
ނުވައެއް
ދަޢުވާގައި އެދިފައިވާ ދެވަނަކަމަށް ބަލާއިރު، ދެފަރާތް ދެމުދު ކުރެވިފައިވާ
އެއްބަސްވުމުގައި ފައިސާ ދައްކަންޖެހޭ މުއްދަތުގައި ފައިސާ ނުދައްކާ ހާލަތުގައި ޖޫރިމަނާއެއް ނެގުމާބެހޭ
ގޮތުން ވަކިއެއްޗެއް ބަޔާންކޮށްފައިނުވާކަމާއި، ދެފަރާތް ދެމެދު ކުރެވިފައިވާ އެއްބަސްވުމުގެ 3 ވަނަ މާއްދާގެ
(a) ގައި އެއްބަސްވުމުގެ ދަށުން ދަޢުވާކުރާފަރާތުން ފޯރުކޮށްދޭ މުދަލަށް އިންވޮއިސް ފޮނުވާތާ 05 (ފަހެއް)
ދުވަހުގެ ތެރޭގައި އެއަށް ފައިސާ ދައްކާނެކަމަށް ދަޢުވާލިބޭފަރާތުން އެއްބަސްވެފައިވާކަމާއި، އަދި
އެމުއްދަތުގައި ފައިސާ ދައްކާފައިނުވާކަން ދެފަރާތުގެ ބަހުން އެނގޭ ހިނދު،
ދަޢުވާކުރާފަރާތުން ދަޢުވާލިބޭފަރާތަށް ފޮނުވާފައިވާ އިންވޮއިސްގައި އިންވޮއިސް ލިބޭތާ 15
(ފަނަރަ) ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށާއި، އެމުއްދަތުގައި ފައިސާ ނުދައްކާނަމަ، އިންވޮއިސްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{12/HC-A1291
کی عمری
2c4 2ދ ތތ
ނގަނ3
5 ޤަޟިއްޔާ ނިމުނު 1
ޖުމްލަ ޢަދަދުން %2 (ދޭއް އިންސައްތަ) ޖޫރިމަނާއެއް
ކަމަށް ބަޔާންކޮށް،
އިންވޮއިސްއާ ގުޅިގެން
އެއްވެސް މައްސަލައެއް އޮތްނަމަ، އެކަމެއް 48 (ސާޅީސްއަށެއް) ގަޑިއިރުގެ ތެރޭގައި އެންގުމަށް
ބަޔާންކޮށްފައި އޮތް އޮތުމަށް
އޮތް އޮތުމަށް ބަލާއިރު،
ހ) 0x0 ހ
ދަޢުވާއާއެކު
ހުށަހަޅާފައިވާ އެންމެހާ
އިންވޮއިސްއެއް ދަޢުވާލިބޭފަރާތަށް
ރައްދުކުރެވިފައިވާކަން އެނގޭކަމާއި، އެގޮތުން ދަޢުވާއާއެކު ހުށަހަޅާފައިވާ އިންވޮއިސް ދަޢުވާލިބޭފަރާތަށް
ނުލިބިވާކަމަށް ބުނެފައިނުވާކަމާއި، ނަމަވެސް ދަޢުވާލިބޭފަރާތުން ސުވާލު އުފައްދަނީ އިންވޮއިސްއާއި،
ހަވާލުވެފައިވަނީ އިދާރީގޮތުން ހަވާލުވާ ހަވާލުވުމެއްގެ ގޮތުގައި ކަމުން، އެގޮތުން ހަވާލުވާ ހަވާލުވުން
އިންވޮއިސްގައި ބަޔާންކޮށްފައިވާ ކަންކަމަށް ޤާނޫނީ ގޮތުން ބަނދެވޭ ބަނދެވުމެއް ނުއުފެދޭނެކަމުގެ
މައްޗަށްކަމާއި،
ދަޢުވާކުރާފަރާތުން ފޮނުވާފައިވާ އިންވޮއިސްތަކާއި ހަވާލުވެފައިވަނީ އެކަމަށް
ހުއްދަދެވިފައިވާ ފަރާތްތަކެއްނޫންކަމަށް ދަޢުވާލިބޭފަރާތުން ބުނެފައިނުވާ ހާލު، ދަޢުވާލިބޭފަރާތުގެ
މުވައްޒަފުން އިންވޮއިސްއާ ހަވާލުވާ ހަވާލުވުމަކީ ދަޢުވާލިބޭ ކުންފުނިން އެއިންވޮއިސް ބަލައިގަތްކަން
އަންގައިދޭ ހަވާލުވުމެއްނޫންކަމަށް ބުނުމަކީ ވަރަށް ޣަރީބު
ބުނުމެއް ކަމާއި،
ދެފަރާތް ދެމެދު ލިޔުމުން ކުރެވިފައިވާ އެއްބަސްވުމެއް އޮވެ، އެއެއްބަސްވުމުގެ ދަށުން
ކުރެވޭ މުޢާމަލާތްތަކަށް ފައިސާ ދެއްކުމަށް އެންގުމުގެ ގޮތުން ދަޢުވާކުރާފަރާތުން ދަޢުވާލިބޭފަރާތަށް ފޮނުވާ
އިންވޮއިސްތަކުގައި ބަޔާންކޮށްފައިވާ ޝަރުޠުތަކަކީ ދަޢުވާލިބޭފަރާތަށް އެކަމުގެ މަޢުލޫމާތު ހިއްސާކުރެވި،
އެކަމާމެދު ޤަބޫލުނުކުރާ މައްސަލައެއް އޮތްނަމަ ނުވަތަ ޝަކުވާއެއް އޮތްނަމަ، އެކަމެއް ހުށަހެޅުމަށް #
(ސާޅީސްއަށެއް) ގަޑިއިރުދެވި، އެފުރުސަތުގެ ބޭނުން ދަޢުވާލިބޭފަރާތުން ނުހިފައި، އިންވޮއިސްގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮ
2012/HC-A/291
کی عمری
ދެލީ
19
ދެވިފައިވާ މުއްދަތު ފަހަނައަޅައި ދިޔުމުން، އިންވޮއިސްގައި ބަޔާންކޮށްފައިވާ ޝަރުޠުތަކާމެދު ސުވާލު
އުފެއްދުމުގެ ޖާގައެއް އޮތްކަމަށް ޝަރީޢަތުން ނުދެކޭކަމާއި،
އަދި މިގޮތުން ދަޢުވާކުރާފަރާތުން ފޮނުވި އިންވޮއިސްތައް ދަޢުވާލިބޭފަރާތުން ބަލައިގަނެ،
އަދި ދަޢުވާލިބޭފަރާތުގެ އަމިއްލަ އިޚްތިޔާރުގައި އެކަމުގެ މައްޗަށް އެއްވެސް ޝަކުވާއެއް ހުށަނާޅައި އޮތް
އޮތުމަކީ ދަޢުވާލިބޭފަރާތުން އެކަން ޤަބޫލުކުރި ކުރުމެއްކަމުގައި ބަލައި، އިންވޮއިސްގައި ބަޔާންކޮށްފައިވާ
ޝަރުޠުތަކަކީ އެކަމުގެ މައްޗަށް ދެފަރާތް އެ ޤާނޫނީ ގޮތުން ބަނދެވިގެންވާ ޝަރުޠުތަކެއްކަމަށާއި،
ބުނެވިދިޔަ ކަންކަން
އެހެން
ހުރުމުން،
ދަޢުވާގައި ހޯދުން އެދިފައިވާ
US
$
4,417446.93 (ހަތަރުމިލިޔަން ހަތަރުލައްކަ ސަތާރަހާސް ހަތަރުސަތޭކަ ސާޅީސް ހައެއް ޕޮއިންޓް
ނުވައެއް ތިނެއް އެމެރިކާ ޑޮލަރު) އަކީ ދަޢުވާލިބުނު ވާރކްސް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން
ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅުއްވައި،
މިފައިސާ ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމުގެ ގޮތުން މި
US
$
4,417446.93 (ހަތަރުމިލިޔަން ހަތަރުލައްކަ ސަތާރަހާސް ހަތަރުސަތޭކަ ސާޅީސް ހައެއް ޕޮއިންޓް
ނުވައެއް ތިނެއް އެމެރިކާ ޑޮލަރު) ނުވަތަ އެޢަދަދަށްވާ ދިވެހި ރުފިޔާ މިއަދު، 2012 މެއި 21 ވަނަ
ދުވަހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުމެ އެމީހަކަށްޖެހޭ ޢަދަދަށްވުރެ މަދުނޫން
މިންވަރެއް ސިވިލް ކޯޓަށް ދައްކަމުންގޮސް، މިމުއްދަތުގެ ތެރޭގައި މިފައިސާ އެއްކޮށް ދައްކާ ޚަލާސްކުރުމަށް
ވާރކްސް ކޯޕަރޭޝަން ލިމިޓެޑަށް އަންގަވައިކަން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: A86471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
ދިވެހިޝާއްޖެ
2{12/HC-A/291
و مری
ވެ
7 ޤަޟިއްޔާ ނިމުނު ގޮ
3- ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/372 ޤަޟިއްޔާ، އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ވާރކްސް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން 04 (ހަތަރެއް) ނުކުތާއެއް ހުށަހަޅައި، އެނުކުތާތަކާ ގުޅޭ
ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
<<
22
(ހ) ފުރަތަމަ ނުކުތާ: ކޮންޓްރެކްޓާ
ޤާނޫނުގެ 09 ވަނަ މާއްދާއާ ޚިލާފަށް،
މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާގެ ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް،
ދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުމުގެ ދަށުން މާރކްސް ކޯޕަރޭޝަން ލިމިޓެޑުން އުފުލަން ނުޖެހޭ
ޒިންމާއެއް އެފަރާތުން އުފުލަންޖެހޭކަމަށް ކަނޑައަޅުއްވާފައިވުން ކަމަށްބުނެ ހުށަހެޅި ނުކުތާ.
ނ) ތިންވަނަ ނުކުތާގެ މަތީ މަރުހަލާގެ ކޯޓުތަކުން ނިންމަވާފައިވާ ނިންމުންތައް،
އެނިންމުންތަކުގެ މަފްހޫމާ ޚިލާފަށް މި މައްސަލައަށް ޤިޔާޞްކޮށް ތަޠުބީޤު ކުރައްވާފައިވާކަމަށް ބުނެ
ހުށަހެޅި ނުކުތާ.
(ދ) ހަތަރުވަނަ ނުކުތާ: މި މައްސަލާގައި ތަޠުބީޤު ކުރަންޖެހޭ އިސްލާމީ ޝަރީޢަތުގެ
އުޞޫލުތަކާއި ދިމިޤްރާތީ މުޖުތަމަޢުތަކުގެ ޖުރިސްޑިކްޝަންތަކުން ޤަބޫލުކުރާ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް
މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 47
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{12/HC-A/291
کی مرکی
ދެވެ
8 ޤަޟިއްޔާ ނިމުނު ގޮ
4 ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/372 ޤަޟިއްޔާ، އިސްތިއުނާފުކުރުމަށް،
<< O
ވާރކްސް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި އެނުކުތާތަކާ ގުޅޭ ގޮތުން ވާރކްސް
ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުންނާއި މިއިސްތިއުނާޕީ ދަޢުވާރައްދުވާ ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ސިވިލް
ކޯޓުގެ ނަންބަރު 2012/Cv
-
C!372 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، ހުށަހެޅިފައިވާ
ލިޔެ ކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
<< O
(ހ) ފުރަތަމަ ކަމަކީ: ސިނާއީ ބޭނުމަކަށް އަލަށް ތަރައްޤީ ކުރަމުންދާ ރަށެއްކަމުގައިވާ
ގުޅީފަޅުގައި ރިވެޓްމެންޓް މަސައްކަތް ކުރުމަށް (ތިންވަނަ އެހެންފަރާތެއްކަމުގައިވާ) ގްލޯބް
ޕްރޮޖެކްޓްސް ޑިވެލޮޕްމެންޓް (ޖީ.ޕީ.ޑީ) އިން ވާރކްސް ކޯޕަރޭޝަން ލިމިޓެޑަށް ހަވާލުކުރި ކޮންޓްރެކްޓް
ފުރިހަމަ ކުރުމަށް ބޭނުންވާނެ ތަކެތި ސަޕްލައި ކޮށްދިނުމަށް 10 އޮކްޓޯބަރު 2010 ވަނަ ދުވަހު
ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ވާރކްސް ކޯޕަރޭޝަން ލިމިޓެޑާ ދެމެދު ސަޕްލައި އެންޑް
ކޮންސަލްޓޭޝަން (ނަންބަރު 2010
/
008/WCL
/
FDA
/
AGR) އެއްބަސްވުމުގައި ސޮއިކޮށްފައިވާ
ކަމާއި، އެއެއްބަސްވުމު
ދަށުން ކުރެވޭ މުޢާމަލާތުތަކާ
ގުޅިގެން ދައްކަންޖެހޭ ފައިސާ އެއްބަސްވުމުގެ
ޝެޑިޔުލް 1 އާ އެއްގޮތަށް ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދެއްކުމަށާއި، އަދި އިންވޮއިސް
ލިބޭތާ 5 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ވާރކްސް ކޯޕަރޭޝަން ލިމިޓެޑުން އެއްބަސްވެފައިވާ ކަން
އެއެއްބަސްވުމުގެ 3 ވަނަ މާއްދާގެ (a) އާއި (b) އަށް ބެލުމުން އެނގޭކަމާއި، އެއެއްބަސްވުމުގެ ދަށުން
ފައިސާ ދައްކަން އެއްބަސްވެފައިވާ ގޮތުގެ ތަފްސީލް ބަޔާންކޮށްފައިވާ، ޝެޑިއުލް 1 އަށް ބަލާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 8316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
9 ޤަޟިއްޔާ ނިމުނު ގޮ
2012/HC-A/291
و مری
-1
މަސައްކަތް ފެށުމުގެ ގޮތުން އެޑްވާންސްގެ ގޮތުގައި %15 (ފަނަރައިންސައްތަ)
ދައްކަންވާނެ ކަމާއި،
މާލޭ ބަނދަރަށް ތަކެތި
އައުމުން %35 (ތިރީސްފަހެއް
އިންސައްތަ)
ދައްކަންވާނެކަމާއި،
-3
ވާރކްސް ކޯޕަރޭޝަން ލިމިޓެޑާ ތަކެތި ހަވާލުކުރާތާ 6 (ހައެއް) މަސް ދުވަހުގެ
ތެރޭގައި %45 (ސާޅީސްފަހެއް އިންސައްތަ) ދައްކަންވާނެ ކަމާއި،
4
ހޭންޑް އޯވަރ ކުރާ ތާރީޚުން ފެށިގެން 12 (ބާރަ) މަސް ދުވަހުގެ ތެރޭގައި
ރިޓެންޝަނުގެ ގޮތުގައި ބަހައްޓާފައިވާ 5 (ފަހެއް އިންސައްތަ ދައްކަންވާނެކަމާއި،
-5
ފައިސާ ދައްކާނީ ހަމައެކަނި ދިވެހިރުފިޔާއިން ކަމާއި،
-6
އެކްސްޗޭންޖް ރޭޓުކަމަށް ބަލާނީ، އެއްބަސްވުމުގައި ސޮއިކުރި ތާރީޚުގައި ޔޫއެސް
ޑޮލަރގެ އެކްސްޗޭންޖް ރޭޓުކަމަށްވާ 12.85 ރުފިޔާ ކަމާއި،
-1
ހުރިހާ ފައިސާއެއް ދައްކާނީ ބޭންކް އޮފް ސިލޯނުގައިވާ ސީ.ޕީ.އެސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު 6320101982 އެކައުންޓަށް ކަމަށް ބަޔާންކޮށްފައިވާކަމާއި،
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: A816471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
4 43
2012/HC-A/291
کی عمری
ދެވެ
10 ޤަޟިއްޔާ ނިމުނު ގޮ
އެއެއްބަސްވުމަށް ބަދަލެއް ގެނެވޭނީ ދެފަރާތް އެއްބަސްވެ ސޮއިކުރާ ލިޔުމަކުން ކަމާއި،
އަދި އެމުޢާމަލާތާ ގުޅިގެން ދެފަރާތުގެ ދެމެދުގައިވެފައިވާ މުޅި އެއްބަސްވުމަކީ އެއެއްބަސްވުން ކަމާއި،
އަނގަބަހުން އަދި ކުރިން ލިޔުމުން ކުރެވިފައިހުރި ކަންކަމުގެ މައްޗަށް އެއެއްބަސްވުމުގައި ބަޔާންކޮށްފައިވާ
ކަންކަން އިސްކުރެވިގެންވާކަން އެ އެއްބަސްވުމުގެ 09 ވަނަމާއްދާއާއި 10 ވަނަ މާއްދާއަށް ބެލުމުން
oooox
(ނ) ދެވަނަ ކަމަކީ: ވާރކްސް ކޯޕަރޭޝަން ލިމިޓެޑުގެ މައްޗަށް ސީ.ޕީ.އެސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ދަޢުވާގެ ޓީޝާއަށް ބަލާއިރު، އެދަޢުވާއަކީ،
ސިނާޢީ ބޭނުމަށް
އަލަށް ތަރައްޤީ ކުރަމުންދާ ރަށެއްކަމުގައިވާ ގުޅީފަޅުގައި ރިވެޓްމެންޓް
މަސައްކަތްކުރުމަށް ވާރކްސް ކޯޕަރޭޝަން ލިމިޓެޑަށް ތިންވަނަ ފަރާތަކުން ހަވާލުކުރި ކޮންޓްރެކްޓް ފުރިހަމަ
ކުރުމަށް ބޭނުންވާނޭ ތަކެތި ސްޕްލައިކޮށްދިނުމަށް ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ވާރކްސް
ކޯޕަރޭޝަން ލިމިޓެޑާ ދެމެދު 10 އޮކްޓޯބަރު 2010 ގައި ވެވުނު އެއްބަސްވުމުގެ ދަށުން ކޮށްފައިވާ
މަސައްކަތާއި ފޯރުކޮށްދީފައިވާ ތަކެތީގެ މު ޤާބިލުން ބާކީ އަދާނުކޮށްވާ 286,649.23$US (ދެލައްކަ
އަށްޑިހަ ހަހާސް ހަސަތޭކަ ސާޅީސް ނުވައެއް ޕޮއިންޓް ދޭއް ތިނެއް އެމެރިކާ ޑޮލަރު) އާއި، ފައިސާ
ނުދައްކައިވާ ދުވަސްތަކުގެ ޖޫރިމަނާ ފައިސާކަމުގައިވާ 4,130,797.70$US (ހަތަރުމިލިއަން އެއްލައްކަ
ތިރީސްހާސް ހަތްސަތޭކަ ނުވަދިހަ ހަތެއް ޕޮއިންޓް ހަތެއް ސުމެއް އެމެރިކާ ޑޮލަރު) އާ އެކުޖުމްލަ
US
$
4,417,446.93 (ހަތަރުމިލިޔަން ހަތަރުލައްކަ ސަތާރަހާސް ހަތަރުސަތޭކަ ސާޅީސް ހައެއް ޕޮއިންޓް
ނުވައެއް ތިނެއް އެމެރިކާ ޑޮލަރު) ހޯދުމަށް ހުށަހަޅާފައިވާ ދަޢުވާއެއްކަން އެނގޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325429، ފެކްސް: 816471 9ޑީ
އެނގެން އޮންނަކަމެވެ.
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
x
އެދަޢުވާއާ ގުޅިގެން ވާރކްސް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ސިވިލް
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު، އެދަޢުވާއަކީ ދެފަރާތުގެ
ހައިކޯޓް
ހުވަ6 4
2012/HC-A/291
11 ޤަޟިއްޔާ ނިމުނު ގޮތު
و مری
10 އޮކްޓޯބަރ 2010 ގައި ވެފައިވާ އެއްބަސްވުމާއި، އަދި އެއެއްބަ
ދެބަސްވުމުގެ ބައެއްކަމުގައިވާ ސީ.ޕީ.އެސް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު 10
/
284/CPS
-
M (11 އޮކްޓޯބަރު 2016) ގެ
ކޯޓޭޝަނުގައިވާ ޝަރުޠުތަކާ ޚިލާފަށް ކޮށްފައިވާ ދަޢުވާއެއްކަމަށްވާތީއާއި، މިމައްސަލާގައި ކަން ހިނގާފައިވާ
ގޮތާއި، އެދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ޤަޟިއްޔާތަކުގައި ކަންހިނގާފައިވާ ގޮތާއި ތަފާތުވާތީއާއި،
އަދި އެޤަޟިއްޔާތަކުގެ ޙުކުމްތަކުގައި ޤާއިމްކޮށްފައިވާ މަފްހޫމް މިމައްސަލައަށް ތަޠުބީޤު ކުރެވޭނޭ ޤާނޫނީ
ނުވަތަ ޝަރުޢީ ހަމައެއް ނެތްކަމަށް ބުނެ އެދަޢުވާގެ އަސްލަށް ވާރކްސް ކޯޕަރޭޝަން ލިމިޓެޑުން
އިންކާރުކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: ޤާނޫނުގައި އެހެންގޮތަކަށް ކަނޑަނާޅާނަމަ، ކޮންޓްރެކްޓަކީ ވަކި
ގޮތަކަށް އޮތުން ލާޒިމް އެއްޗެއް ނޫންކަމާއި، ހުށަހެޅުމެއް ޤަބޫލުކުރާކަން ކަނޑައަޅައި ބުނެވިދާނެ ކަމާއި
ނުވަތަ ޢަމަލުކުރާ ގޮތަކުން ޤަބޫލުކުރާކަން އެންގުންކަމަށް ބެލެވިދާނެކަމާއި، ޤާނޫނުގައި ބުނެފައިވާ ގޮތުގެ
މަތިން އެކަކު އަނެކަކަށް ހުށަހަޅާ ހުށަހެޅުމެއް، އެ ހުށަހެޅުން ރައްދުވި ފަރާތުން ޤަބޫލު ކުރުމުން
ކުރެވޭކަމާއި، ޤަބޫލުކުރުން ފުރިހަމަވަނީ
ޅާފަރާތަށް
2ދ ހއ ހ / ހދ
:ތ 0
02
64
ޓީޗަކެeއ
އެންގުމުންކަން ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާ ބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާއާއި 8 ވަނަ
މާއްދާގެ (ހ) އާއި 5 ވަނަ މާއްދާއާއި، 9 ވަނަމާއްދާއަށް ބެލުމުން އެނގޭކަމާއި،
404040 :
ބައިވެރިއެއްގެ މައްޗަށް ލާޒިމްވާ
ކަންތައްތައް ކުރަންވާނީ،
އެކޮންޓްރެކްޓްގައިވާ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށާއި، އެއާ ޚިލާފުގޮތަކަށް ޢަމަލުކުރެވޭނީ
އެކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމުވާ ކަމަކަށް ދުލެއްދީފިނަމަ ނުވަތަ އޭނާ
ކޮންމެވެސް އެހެން ގޮތަކަށް ޢަމަލުކުރާން އެއްބަސްވެއްޖެނަމަކަން އެޤާނޫނުގެ 20 ވަނަމާއްދާގެ (ހ) އަށް
ހައިކް
22
2
28ނ
އެނގޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: !831647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2{12/HC-A/291
12 ޤަޟިއްޔާ ނިމުނު ގޮ
މިމައްސަލާގައި ކަންހިނގާފައިވާ ގޮތުގެ މައްޗަށް ބަލާއިރު، ވާރކްސް ކޯޕަރޭޝަން
ލިމިޓެޑާއި ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 10 އޮކްޓޯބަރު 2010 ގައި ސަޕްލައި
އެންޑް ކޮންސަލްޓޭޝަން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމާއި، ދެފަރާތުގެ ދެމެދުގައި މުޢާމަލާތް
ކުރަންވާނީ އެއެއްބަސްވުމުގައި ބަޔާންކޮށްފައިވާ މާއްދާތަކާއި ޝަރުތުތަކާ އެއްގޮތް ވާގޮތުގެ މަތިންކަމާއި،
އެއެއްބަސްވުމުގެ ދަށުން ކުރާ މުޢާމަލާތްތަކަށް ފައިސާ ދައްކާނީ އެއެއްބަސްވުމުގެ 3 ވަނަ މާއްދާގެ (a)
އާއި (b) އާއި، އަދި ޝެޑިއުލް 1 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންކަން އެނގޭކަމާއި،
OXO
.511/12
ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ އްވެސް
ސީ.ޕީ.އެސް. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ އެކުންފުނީގެ ނަންބަރު
10
/
284/CPS
-
M (11 އޮކްޓޯބަރު 2010) ކޯޓޭޝަނުގައިވެސް، ފައިސާ ދެއްކުމަށް އެއްބަސްވެފައިވާ
މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ، އިތުރަށް ހިނގާ ދުވަސްތަކަށް ޖޫރިމަނާއެއް ނެގުމަށް ނުވަތަ
ޖޫރިމަނާއެއް ދެއްކުމަށް އެއްބަސްވެފައިވާކަން އެނގެން ނެތްކަމާއި،
ނަމަވެސް، އެއެއްބަސްވުމުގެ ދަށުން ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ވާރކްސް ކޯޕްރޭޝަން ލިމިޓެޑަށް ހުށަހަޅާފައިވާ އިންވޮއިސްތަކަށް ބަލާއިރު، އެއިންވޮއިސްތަކުގެ
ތިރީގައިވާ "ނޯޓް" ގެ ދަށުން، އިންވޮއިސްގައި އެއްވެސް މައްސަލައެއް އޮތްނަމަ، އިންވޮއިސް ލިބޭތާ 48
(ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި އެކަން އެންގުމަށާއި، އެގޮތަށް ޢަމަލުނުކޮށްފިނަމަ އެއިންވޮއިސް
ރަނގަޅުކަމަށް ބެލެވޭނެކަމަށާއި، އެއިންވޮއިސްއަށް 15 (ފަނަރަ) ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށާއި،
އެމުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް އިންވޮއިސްގެ ޖުމްލަ
ޢަދަދުން %2 (ދޭއް އިންސައްތަ) ޖޫރިމަނާއެއް ނެގޭނެކަމަށް ބަޔާންކޮށްފައިވާ ކަމާއި،
4 20 024
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 416471$$،
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
¢ ¢3
2{12/HC-A/291
13 ޤަޟިއްޔާ ނިމުނު ގޮ
ވާރކްސް ކޯޕަރޭޝަން ލިމިޓެޑަށް ފައިސާ ހޯދުމަށް ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުން ހުށަހަޅާ އިންވޮއިސްތަކުގައި އެގޮތަށް ބަޔާންކޮށްފައިވީނަމަވެސް، ފައިސާ ދެއްކުމަށް ބުނެފައިވާ
15 ދުވަހުގެ ތެރޭގައި އިންވޮއިސްތަކަށް ފައިސާ ދައްކާފައިނުވާކަމާއި، އަދި އެމުއްދަތުގެ ތެރޭގައި ފައިސާ
ނުދެއްކުމުން ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެއްވެސް ފަހަރަކު ޖޫރިމަނާ ފައިސާ
ނަގާފައިނުވާކަމަށް ވާރކްސް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ބުނެފައިވާކަމާއި، އަދި އެކަމަށް ސީ.ޕީ.އެސް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިންކާރު ކޮށްފައިނުވާކަން އެނގޭކަމާއި،
29
9
10
2 22 0 0 2 2
ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް ބަދަލެއް ގެނެވޭނީ ދެފަރާތުން އެއްބަސްވެ
ސޮއިކުރާ ލިޔުމަކުން ކަމާއި، އަދި އެއެއްބަސްވުމަކީ ދެފަރާތް ދެމެދުގައި އެމުޢާމަލާތް ގުޅިގެން ވެފައިވާ
މުޅި އެއްބަސްވުންކަމާއި، އެއެއްބަސްވުމާ ގުޅިގެން ދެފަރާތުގެ ދެމެދުގައި އަނގަބަހުން އަދި ކުރިން
ލިޔުމުން ކުރެވިފައިހުރި ކަންކަމުގެ މައްޗަށް އެއެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން
އިސްކުރެވިގެންވާކަން އެއެއްބަސްވުމުގެ 9 ވަނަމާއްދާއާއި 10 ވަނަ މާއްދާއިން އެނގޭކަމާއި،
ދަށުން ދައްކަންޖެހޭ ފައިސާ ދައްކާނެ ގޮތާމެދު ދެފަރާތުން ވަކިގޮތަކަށް
އެއްބަސްވެފައިވަނިކޮށް، އަނެއް ފަރާތުން އެނޫން އެހެން ގޮތަކަށް ޢަމަލުކުރުމަށް އެއްބަސްނުވާނަމަ،
ޢަމަލުކުރަންޖެހޭނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މާއްދާތަކާއި
ގޮތްވާ ގޮތުގެ މަތިންކަން އެނގޭއިރު، ފައިސާ ދެއްކުމަށް ބުނެފައިވާ 15 (ފަނަރަ)
ދުވަހުގެ ތެރޭގައި ފައިސާ ނުދެއްކުމުން، އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް %2 (ދޭއް އިންސައްތަ) ގެ
ރޭޓުން ޖޫރިމަނާގެ ފައިސާ ނެގޭނެކަމަށް ބަޔާންކޮށް ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ފޮނުވާފައިވާ އިންވޮއިސްތަކުގައި ލިޔެފައި އޮތް އެތުމަކީ، ފައިސާ ދެއްކުމަށް ދެފަރާތުން
އެއްބަސްވެފައިވާ ގޮތާ ޚިލާފަށް ޢަމަލުކުރުމަށްއެދި ހުށަހަޅާފައިވާ ހުށަހެޅުމެއްކަމާއި، އެހުށަހެޅުން ވާރކްސް
ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ޤަބޫލުކޮށްފައިނުވާކަމާއި، ދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަ
ޝަރުތުތަކާ
ہی ہی کو مرم
s.
E
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 36471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4 * * *
14 ޤަޟިއްޔާ ނިމުނު "
2012/HC-A/291
ދެވެ
OxO
ބަދަލެއް ގެނެވޭނީ ދެފަރާތުން އެއްބަސްވެ ސޮއިކުރާ ލިޔުމަކުން ކަމަށް އެއްބަސްވުމުގެ 9 ވަނަމާއްދާގައި
ބަޔާންކޮށްފައިވާއިރު، އެގޮތަށް ލިޔުމުން ވެފައިވާ އެއްބަސްވުމެއް ނެތި ހަމައެކަނި އެއިންވޮއިސްތައް
ވާރކްސް ކޯޕަރޭޝަން ލިމިޓެޑަށް ބަލައިގަނެ ހަވާލުވީ ހަވާލުވުމަކީ، އެދެފަރާތުގެ ދެމެދުގައި ވެފައިވާ
އެއްބަސްވުމުގައި ކަންކަން ކުރަން އެއްބަސްވެފައި އޮތް ގޮތާ ޚިލާފަށް އެއިންވޮއިސްތަކުގައި ބަޔާންކޮށްފައި
ހުރި ކަންކަމަށް އެއްބަސްވީކަމަށް ބެލެވޭނެ ކަމެއްނޫން ކަމާއި، އަދި އެއިންވޮއިސްތަކުގައި ޖޫރިމަނާ
ނެގޭނެކަމަށް ބަޔާންކޮށްފައި އޮތްއޮތުމުގެ މައްޗަށް ވާރކްސް ކޯޕަރޭޝަން ލިމިޓެޑުން އިންކާރުކޮށްފައިވާކަން
އެނގޭތީ، އިންވޮއިސްގައި އިތުރަށް ހިނގާ ދުވަސްތަކަށް ކޮންމެ ދުވަހަކަށް އިންވޮއިސްގެ ޖުމްލަ ޢަދަދުން
2
% (ދޭއް އިންސައްތަ) ގެ ރޭޓުން ޖޫރިމަނާ ނެގޭނެކަމަށް ބަޔާންކޮށްފައި އޮތް އޮތުމަކީ، ސީ.ޕީ.އެސް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވާރކްސް ކޯޕަރޭޝަން ލިމިޓެޑަށް ހުށަހަޅާފައިވާ
ހުށަހެޅުމެއްކަމާއި އަދި އެހުށަހެޅުން ވާރކްސް ކޯޕަރޭޝަން ލިމިޓެޑުން ޤަބޫލުކޮށްފައިނުވާކަމަށް
ހދ 0
2 &2ކ 2
4
ނޖހކެމެވެ"
ސަ0/
2
ކަންތައް
(ރ) ހަތަރުވަނަ ކަމަކީ: މިމައްސަލާގައި ކަން ހިނގާފައިވާ ގޮތާ އެއްގޮތަށް
ހިނގާފައިވާ މައްސަލަތަކެއްކަމަށް ބުނެ ފާހަގަކޮށްފައިވާ ޤަޟިއްޔާތަކުގައި ކަން ހިނގާފައިވާ ގޮތުގެ
މައްޗަށް ބަލާއިރު،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
20/SC
-
A/2009 ޤަޟިއްޔާގައި ބެލެވުނު
ޗު 02
މައްސަލާގައި އިތުރަށް ހިނގާ ދުވަސްތަކަށް އިތުރަށް ފައިސާ ދެއްކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
63/HC
-
A/2008 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކުރައްވައި ޙުކުމް ކުރައްވާފައިވާ
އެނގޭކަމާއި، އަދި އެޤަޟިއްޔާތަކުގައި ބެލެވުނު މައްސަލާގައި ހިމެނޭ އެގްރީމަންޓުގެ 8 ވަނަ މާއްދާގައި،
އެއްބަސްވެފައިވާގޮތަށް އިންސްޓޯލްމަންޓް ފައިސާ ދެއްކުން ލަސްވެއްޖެނަމަ ފައިސާ ނުދައްކާ އިތުރުވާ
s..
16
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 36471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2012/HC-A/291
کی مری
ނެގެ
15 ޤަޟިއްޔާ ނިމުނު ގޮ
ކޮންމެ މަހަކަށް އިންސްޓޯލްމަންޓުގެ 15
% (ފަނަރަ އިންސައްތަ) އިތުރަށް ދައްކަން ޖެހޭނެކަމަށް
އެއެއްބަސްވުމުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީކަން އެނގޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 76/HC
-
A/2011 ޤަޟިއްޔާއަކީ، ޓްރެވަލީން
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މުދާ ހޯދުމަށް އެދި ޓިމްބަރ ހައުސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވި 2
ޕާޗޭސް އޯޑަރގައިވާ ގޮތުގެ މަތިން މުދާ އެކުންފުންޏަށް ފޮނުވައި، އެމުދަލަށް ފައިސާ ދެއްކުމުގައި ނުވަތަ
ބަލައިގަތުމުގައި ޢަމަލުކުރާނޭ ގޮތް އިންވޮއިސްގައި، ބަޔާންކޮށްފައިވާ ކަމާއި، އެގޮތުން އެއިންވޮއިސްގައިވާ
ގޮތުގެ މަތިން ފައިސާ ދެއްކުމަށް ޓްރެވަލިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޤަބޫލުކޮށްފައިވާކަމާއި،
އެއިންވޮއިސްގައި، ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ، އިތުރަށް
ހިނގާ ކޮންމެ ދުވަހަކަށް %0.5 ގެ ރޭޓުން އިތުރަށް ޗާޖްކުރެވޭނެކަމަށް ބަޔާންކޮށްފައިވާކަން އެނގޭކަމާއި،
އެމައްސަލާގައި ދެފަރާތް ދެމެދު މުޢާމަލާތްކޮށްފައިވަނީ އިންވޮއިސްތަކެއް މެދުވެރިކޮށްކަމާއި، އެ
މުޢާމަލާތުގައި ދެފަރާތުގެ ދެމެދުގައި ކޮންޓްރެކްޓް ވެފައިވަނީ އިންވޮއިސްތަކުގެ މައްޗަށްކަން އެނގޭކަމާއި،
އެހެންކަމުން އެއިންވޮއިސްތަކުގައި ބަޔާންކޮށްފައިވާ "ޓާރމްސް އެންޑް ކޮންޑިޝަންސް" ތަކުގެ މައްޗަށް
ޢަމަލުކުރުން އެއެއްބަސްވުމުގެ ބައިވެރިންގެ މައްޗަށް ލާޒިމްވާނެކަން އެނގޭކަމާއި،
202c
އަދި ދިވެހިރައްޖޭގެ ހައިކޯޓުގެ ނަންބަރު 122/HC
-
A/2002 ޤަޟިއްޔާގައިވެސް،
އިތުރަށް ހިނގާ ދުވަސްތަކަށް އިތުރަށް ފައިސާ ނެގޭނެކަމަށް ކަނޑައަޅުއްވާފައިވަނީ، އެޤަޟިއްޔާގައި
ބެލެވުނު މައްސަލާގައި ހިމެނޭ މުޢާމަލާތުގައި އެދެފަރާތުގެ ދެމެދުގައި އެގޮތަށް އެއްބަސްވެފައިވާތީކަން
އެނގޭކަމާއި،
އެހިރާއްޖޭގެ
ގައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2012/HC-A/291
و مری
ދެވެ
16 ޤަޟިއްޔާ ނިމުނު ގޮ
އިސްވެ އިޝާރާތް ކުރެވުނު ޤަޟިއްޔާތަކުގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް
ބަލާއިރު، އެމައްސަލަތަކުގައި ހިމެނޭ ފަރާތްތަކުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ފައިސާ
ދައްކަންޖެހޭ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ، ވަކި ރޭޓަކުން ޖޫރިމަނާ
އެއްބަސްވެފައިވާކަން އެނގޭއިރު، މިމައްސަލާގައި އިތުރަށް ހިނގާ ދުވަސްތަކަށް ޖޫރިމަނާނެގޭނެކަމަށް
ދެފަރާތުން އެއްބަސްވެފައިނުވާތީ، އެމައްސަލަތަކުގައި ކަން ހިނގާފައިވާ ގޮތާއި މިމައްސަލާގައި ކަން
ހިނގާފައިވާ ގޮތް ތަފާތުކަމަށް ޤަބޫލުކުރެވޭކަމާއި،
42
2 ހކވ
/303ނ
މިމައްސަލާގައި ވާރކްސް ކޯޕަރޭޝަން ލިމިޓެޑާއި ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑާއި ދެމެދު 10 އޮކްޓޯބަރު 2010 ވެފައިވާ ސަޕްލައި އެންޑް ކޮންސަލްޓޭޝަން އެއްބަސްވުމުގައި،
ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ، އިތުރަށް ހިނގާ ދުވަސްތަކަށް
ޖޫރިމަނާ ފައިސާ ނެގޭނެކަމަށް ބަޔާންކޮށްފައިވާކަން އެނގެން ނެތްކަމާއި، އަދި ޖޫރިމަނާގެ ފައިސާއެއް
ދެއްކުމަށް އޭގެ ފަހުންވެސް ދެފަރާތުން އެއްބަސްވެފައިވާކަން އެނގެން ނެތްކަމާއި، ދެފަރާތުގެ ދެމެދުގައި
ވަކިގޮތަކަށް ޢަމަލުކުރުމަށް އެއްބަސްވެފައިވާނަމަ ޢަމަލުކުރަންޖެހޭނީ އެއެއްބަސްވީ ގޮތެއްގެ މަތިންކަމާއި،
އެނޫން ގޮތަކަށް ޢަމަލުކުރެވޭނީ އެއެއްބަސްވުމުގެ އަނެއް ބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމުވާ ކަމަކަށް
ދުލެއް ދީފިނަމަ، ނުވަތަ ކޮންމެވެސް އެހެން ގޮތަކަށް ޢަމަލުކުރުމަށް އެއްބަސްވެއްޖެނަމަކަން ޤާނޫނު
ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަމާއްދާގެ (ހ) އަށް ބެލުމުން އެނގޭކަމާއި،
ވާރކްސް ކޯޕަރޭޝަން ލިމިޓެޑާއި ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު
ފައިސާގެ މުޢާމަލާތް ކުރާނެ ވަކިގޮތެއް ކަނޑައަޅައި ބަޔާންކޮށް ދެފަރާތް ދެމެދު އެއްބަސްވުމެއްގައި
ސޮއިކޮށްފައި ވަނިކޮށް މި އެއްބަސްވުމުގެ ދަށުން ފޮނުވާ އިންވޮއިސްތަކުގައި، އެއިންވޮއިސް
ދައްކަންޖެހޭ މުއްދަތުގައި ފައިސާ ނުދައްކައި، އިތުރަށް ހިނގާ ދުވަސްތަކަށް %2 (ދޭއް
އ ހތ
ހައިކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471%
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
17 ޤަޟިއްޔާ ނިމުނު ގޮ
2012/HC-A/291
گمرکی
ދެވެ
ޖޫރިމަނާ ދައްކަންޖެހޭނެކަމަށް ބަޔާ،
ބަޔާންކޮށްފައިވީނަމަވެސް، އެގޮތުގެ މަތިން ފައިސާ ދެއްކުމަށް ވާރކްސް
ކޯޕަރޭޝަން ލިމިޓެޑުން އެއްބަސްވެފައިނުވާތީ އެފައިސާ ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
ނަގައިދެވޭނޭ ޝަރުޢީ އަދި ޤާނޫނީ އޮތްކަމަށް ނުފެންނަކަމެވެ.
ހއ 22
12
•) ފަސްވަނަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/372 ޤަޟިއްޔާގައި
ވާރކްސް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
US
$
4,417,446.93 (ހަތަރުމިލިޔަން ހަތަރުލައްކަ ސަތާރަހާސް ހަތަރުސަތޭކަ ސާޅީސްހައެއް ނުވައެއް
ޕޮއިންޓް ނުވައެއް ޔޫއެސް ޑޮލަރ) ނުވަތަ އެޢަދަދަށް ދިވެހިރުފިޔާއިންވާ ފައިސާ ދައްކަންޖެހޭކަމަށް
ކަނޑައަޅުއްވައި ޙުކުމް ކުރައްވާފައިވަނީ، ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިނުވާ ޖޫރިމަނާގެ ފައިސާ
ހިމަނައިގެންކަން އެނގޭތީ އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ
ޚިލާފަށްކަމަށް ކަނޑައަޅައި، އެޤަޟިއްޔާގެ ޙުކުމުގައި ހިމެނޭ ޖޫރިމަނާގެ ފައިސާ އުނިކޮށް، ވާރކްސް
ކޯޕަރޭޝަން ލިމިޓެޑާއި ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ
ދަށުން ކޮށްފައިވާ މަސައްކަތަށާއި ފޯރުކޮށްދީފައިވާ ތަކެތީގެ މުޤާބިލުން ބާކީ އަދާނުކޮށްވަނީ
US
$
286,649.23 (ދެލައްކަ އަށްޑިހަ ހަހާސް ހަސަތޭކަ ސާޅީސްނުވައެއް ޕޮއިންޓް ދޭއްތިނެއް ޔޫއެސް
ޑޮލަރ) ކަމަށް ކަނޑައަޅަން މިޤްޟިއްޔާ ބެލި ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވެއެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2{12/HC-A1291
18 ޤަޟިއްޔާ ނިމުނު ގޮތުގެ
ދެލި
ޙުކުމް
ދެންފަހެ އިސްވެ
ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވި ދިޔަ ގޮތުގެ މަތިން ހުރުމާއެކު،
ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/372 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގައި ވާރކްސް
ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް 4,417,446.93$US
ހަތަރުމިލިޔަން ހަތަރުލައްކަ ސަތާރަހާސް ހަތަރުސަތޭކަ ސާޅީސްހައެއް ޕޮއިންޓް ނުވައެއް ތިނެއް ޔޫއެސް
ޑޮލަރ) ނުވަތަ އެޢަދަދަށް ދިވެހިރުފިޔާއިން ވާ މިންވަރެއް ދައްކަންޖެހޭކަން ސާބިތުވާކަމަށް
ކަނޑައަޅުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްވާތީ އެޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމް ބާޠިލުކޮށް،
02 ތ 28
ވާރކްސް ކޯޕަރޭޝަން ލިމިޓެޑާއި ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު
ވެފައިވާ ސްވުމުގެ ދަށުން ކޮށްފައިވާ މަސައްކަތަށާއި ފޯރުކޮށްދީފައިވާ ތަކެތީގެ މުޤާބިލުން ބާކީ
US
$
286,649.23 (ދެލައްކަ އަށްޑިހަހާސް ހަސަތޭކަ ސާޅީސްނުވައެއް ޕޮއިންޓް ދޭއްތިނެއް ޔޫއެސް
ޑޮލަރ) ނުވަތަ އެޢަދަދަށް ދިވެހިރުފިޔާއިން ވާ މިންވަރެއް ވާރކްސް ކޯޕަރޭޝަން ލިމިޓެޑުން ސީ.ޕީ.އެސް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހި ނުދައްކައިވާކަން ޝަރީޢަތަށް ސާބިތުވެއްޖެކަމަށް
ކަނޑައަޅައި، އެފައިސާ ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށްޓަކައި، މިއަދު 21
ފެބްރުއަރީ 2013 ދުވަހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުމެ އެމީހަކަށް ޖެހޭ
ޢަދަދަށްވުރެ މަދުނޫން ޢަދަދެއްގެ ފައިސާ ސިވިލް ކޯޓަށް ދައްކައި، ޚަލާޞްކުރުމަށް ވާރކްސް ކޯޕަރޭޝަން
ލިމިޓެޑަށް އަންގައި، މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން
ޙުކުމްކޮށްފީމެވެ.
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv