ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/149 ޤަޟިއްޔާގެ ޙުކުމް
201]!HC-A49
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
• ޤަޟިއްޔާ ނަންބަރ: 149/201O
/
HC
-
A
އިސްތިއުނާފުކުރި ފަރާތް:
ނަން: މޯލްޑިވްސް ޕޮލިސް ސާރވިސް
ކާޑު ނަންބަރ
ވަކީލު:
4
ދާއިމީ އެޑްރެސް: -
މިހާރުގެ އެޑްރެސް:
*
އައިޑީ
O
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް
އައިޑީ ކާޑު ނަންބަރ: A054800
:
* ދާއިމީ އެޑްރެސް:މއ.ކާމިނީހުޅަނގުގެ
* އެރުގެއެޑްރެސް:މއ.ކާމިނީހުޅަނގުގެ
• ހުށަހެޅުނު ތާރީޚް: 01 ޖުލައި 2010
* ނިމުނު ތާރީޚް: 02 ޖުލައި 2010
އިސްތިއުނާފުކުރެވުނު ކޯޓްއަމުރު ނަންބަރު: 2010
/
4262/J
(
MD-145
• ނިންމެވިކޯޓް: ޖިނާއީކޯޓް
ކޯޓުއަމުރުގެ ބާވަތް: ބަންދުކުރުމަށް
ހުށަހެޅުނުތާރީޚް: 30/06/2010
ނިމުނު ތާރީޚް: 30/06/2010
ވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިސްނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީޤްއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2
301d/HC-A;149
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ފިހުރިސްތު
ޞަފްޙާ ނަންބަރ 03
01- ދަޢުވާގެ ޚުލާޞާ:
2- ފާހަގަކުރެވުނު ނުކުތާތައް:
03- ޙުކުމް:
03-10 :
.
14-11
04)- މައްސަރު ބަޔާންތައް
01-މައްސަލައާއި ގުޅޭ ލިޔުންތައް:
05.1- ޖިނާއީ ކޯޓްގެ ނަންބަރ 2010
/
4262/J
(
MD-145 (2010/06/30) ގެ ކޯޓު
އަމުރުގެ (l ސަފްޙާގެ) ކޮޕީ
04.2- މޯލްޑިވްސް ޕޮލިސް ސާރވިސްގެ ނަންބަރު: TD025063 "ކުށެއްގެ
ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭމީހުން ބަންދުކުރިތާ 24 ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
މައްސަލަ ހުށަހަޅާ ފޯމް" ގެ (2 ސަފްޙާގެ) ކޮޕީ:
04.3 - ރައްޔިތުން މަޖިލީހުގެ އިދާރާއިން ކޮމިޝަނަރ އޮފް ޕޮލިސްއަށް އެޑްރެސް ކޮށް
ފޮނުވާފައިވާ އެއިދާރާގެ ނަންބަރ: 171
/
2010
/
1010/J-57 (29 ޖޫން 2010 ގެ ސިޓީގެ
(1 ސަފްޙާގެ) ކޮޕީ:
04.4- ރައްޔިތުން މަޖިލީހުގެ އިދާރާއިން ކޮމިޝަނަރ އޮފް ޕޮލިސްއަށް އެޑްރެސް ކޮށް
ފޮނުވާފައިވާ އެއިދާރާގެ ނަންބަރ: 171
/
2010
/
1017/J-57 (30 ޖޫން 2010) ގެ ސިޓީގެ
(1 ސަފްޙާގެ) ކޮޕީ:
04.5- މޯލްޑިވްސް ޕޮލިސް ސަރވިސްއިން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެޑްރެސްކޮށް
ފޮނުއްވި އެސަރވިސްގެ ނަންބަރު 2010(A(C-171 (30 ޖޫން 2010) ގެ ސިޓީގެ (1
ސަފްޙާގެ) ކޮޕީ
0x
މިޕޯޓުގައިވާ ޞަފްޙާގެ ޖުމްލަ ޢަދަދު:
18
ވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސުއިޓް: WWW.highcourt.gov.mv
3
2010HC-A;14g
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
• ދަޢުވާގެ ޚުލާޞާ
މިއީ ޖިނާއީ ކޯޓްގެ ނަންބަރ 2010
/
4262/J
/
MD-145 (2010/06/30 ގެ ކޯޓު އަމުރު،
އެކޯޓުން ނެރުއްވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ އެއަމުރު އިސްތިއުނާފު ކޮށްދެއްވުން އެދި
މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
-1
ފާހަގަކުރެވުނު ނުކުތާތައް:
މިއީ ޖިނާއީ ކޯޓްގެ ނަންބަރ 2010
/
4262/J
(
MD-145 (2010/06/30) ގެ ކޯޓު
އަމުރު، އެކޯޓުން ނެރުއްވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ އެއަމުރު އިސްތިއުނާފް ކޮށްދެއްވުން
އެދި މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
ޖިނާއީ ކޯޓްގެ ނަންބަރ 2010
/
4262/(J
/
MD-145 (2010/06/30) ގެ ކޯޓު
އަމުރަށް ބަލާއިރު އެކޯޓުއަމުރު ނެރުއްވާފައިވަނީ 2010/06/30 ދުވަހުގެ 19:29 އިންފެށިގެން
+ + + +
-2
ވެހިރާއްޖޭގެ ހައިކޯޓް، ޢާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރު ދޮރޯށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
4
2010;HC-A/149
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
-3
2010/07/03 ދުވަހުގެ 19:28 އަށް ޖުމްލަ 03 (ތިނެއް) ދުވަހުގެ މުއްދަތަށް މއ. ކާމިނީހުޅަނގުގެ
ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް، ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވާފަކަމާއި މިގޮތުގެ
ކުރިން މީނާ ބަންދުކޮށްފައި ބެހެއްޓުމަށް އެއަމުރުގެ ދަށުން އަމުރުކުރެއްވި ސަބަބަކީ، ހުށަހެޅުނު ކަންކަމުގެ
މައްޗަށް އެކޯޓުން ރިޢާޔަތްކުރެއްވިއިރު، މިވަގުތު މީން ބަންދުން ދޫކޮށްލުމަކީ މުޖުތަމަޢުގެ ސަލާމަތާއި
ހަމަޖެހުމަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއްކަމަށް ފެންނާތީކަމަށް ވިދާޅުވެފަކަމާއި އަދި މިއަމުރުގެ
"އިތުރުބަޔާން" މިއަރިމަތީ ސުރުޚީގެ ދަށުގައި "މީން ގޭގައި ބަންދުކޮށްފައި ހުންނަހުރުމުގައި ރައްޔިތުންގެ
މަޖުލީހުގެ ޖަލްސާތަކާއި ކޮމެޓީތަކަށް ޙާޟިރު ވެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މޯލްޑިވްސް ޕޮލިސް
ސާރވިސްއަށް އަންގަމެވެ." މިގޮތަށް ލިޔެފައިވާކަމާއި މިކަންކަން މިއަމުރަށް ބެލުމުން އެނގެން އޮވެއެވެ..
އިސްވެއިޝާރާތް ކުރެވުނު އަމުރުގައި ހަވާލާދެއްވާފަވާ މޯލްޑިވްސް ޕޮލިސް ސާރވިސްގެ
ނަންބަރު: TD025063 "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ބަންދުކުރިތާ 24 ގަޑިއިރު ތެރޭގައި
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯމް" މިނަމުގައިވާ ފޯމަށް ބަލާއިރު
ބަންދުކޮށްފަ ނުވަތަ ހައްޔަރުކޮށްފަ ހުރިމީހާގެ ގޮތުގައި މިފޯމްގައި ބަޔާންކޮށްފައިވާނީ
ކާމިނީހުޅަނގުގެ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްކަމާއި، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ބަންދުކުރި
ނުވަތަ ހައްޔަރުކުރި މައްސަލައިގެގޮތުގައި އެފޯމްގައި ބަޔާންކޮށްފައިވާ މައްސަލައަކީ ދިވެހިރާއްޖޭގައި ޤާނޫނީ
ގޮތުން އެފެދިފައިވާ ސަރުކާރު ވައްޓާލަން ޤާނޫނާ ޚިލާފަށް މައްސައްކަތް ކުރަމުން ދާކަމަށް ތުހުމަތު
ކުރެވޭކަމަށް ބުނާ މައްސަލައެއްކަމާއި، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ބަންދުކުރި ސަބަބެއްކަމުގައި
އެފޯމްގައި ބަޔާންކޮށްފައިވާ ސަބަބަކީ، މައްސަލާގައި މިވަގުތު ދޫކޮށްލާފިނަމަ ހެކި ފޮރުވަން
މައްސައްކަތްކޮށް ނުވަތަ ހެކިބަސް ދޭންކުރި މީހަކަށް ނުފޫޒު ފޯރުވަފާނެ ކަމުގެ އިޙްތިމާލު އޮތްކަމަށް
ފެންނާތީ ކަމަށްބުނެ ލިޔެފައިވާ ސަބަބުކަމާއި، މައްސަލާގައި، މައްސަލައާއި ގުޅޭގޮތުން ލިބިފައިވާ ހެކި
ނުވަތަ ޤަރީނާގެ ގޮތުގައި އެފޯމްގައި ބަޔާންކޮށްފައިވަނީ "ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން
ބައެއްމެންބަރުންނަށް ރިޝްވަތުދިނުމަށް ހުށަހަޅާފައިވާކަމަށް މަޢުލޫމާތު ލިބިފައިވުމާއި، އަދި މިކަމާ
ރައްޔިތުންގެ މަޖްލީހުގެ ބައެއްމެންބަރުން ފޮނުވާފައިވާ ސިޓި" މިގޮތަށްކަމާއި އަދި މިފޯމްގައި
ބަޔާންކޮށްފައިވާ މީހާގެ ކުށުގެ ރިކޯޑެއް ނެތްކަމާއި މިފޯމްގެ ދަށުން މޯލްޑިވްސް ޕޮލިސް ސާރވިސްގެ
ފަރާތުން އެދިފައިވަނީ މިފޯމްގައި ބަޔާންކޮށްފައިވާ މިހާ 2010/06/30 ދުވަހުން ފެށިގެން 15 ދުވަހުގެ
މުއްދަތަށް ބަންދުކޮށްފައި ނުވަތަ ހައްޔަރުކޮށްފައި ބެހެއްޓުމުގެ މުއްދަތު އިތުރުކޮށްދެއްވުމަށްކަމާއި
މިކަންކަން މިފޯމަށް ބެލުމުން އެނގެއެވެ.
5ޑޑޑީ 4
ملی کمر
މައިކް
ވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރު ދޮށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: j6471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
5
2{
00HC-A/149
ސިނޯ. ނިމުނު ގޮތުގެ ރިޕޯޓް
އިސްވެއިޝާރާތްކުރެވުނު ޖިނާއީކޯޓުގެ އަމުރު، އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއި ޚިލާފައްކަމަށްބުނެ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
04 (ހަތަރު) ނުކުތާއެއް ހުށަހަޅާ އެކަންކަމާއި ބެހޭގޮތުން ވާހަކަދައްކާފައިވެއެވެ. އޭގެތެރެއިން:
ފުރަތަމަނުކުތާއަކީ، ޤަނޫނު އަސާސީގެ 49 ވަނަ މާއްދާގައި އެމީހަކާ މެދު ތުހުމަތު
ކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް
މަސައްކަތްކޮށްފާނެ މީހަކު ޝަރީއަތުން ހުކުމް ކުރުމުގެ ކުރީން ބަންދުގައި ބެހެއްޓިދާނެކަމަށް
ބަޔާންކޮށްފައި ވާއިރުވެސް އެސަރވިސްއިން ހެކީންނަށް ނުފޫޒު ފޯރުވާފާނެކަމަށް ބެލެވޭކަމަށް ހުށަހެޅި
ހުށަހެޅުމަށް ރިއާޔަތްކުރައްވާފައިނުވުންކަމަށް ބެނެފާހަގަކޮށްފައިވާނުކުތާއެވެ.
ދެވަނަނުކުތާއަކީ، ޖިނާއީކޯޓްގެ އަމުރުގައި މީނާ ބަންދުން ދޫކޮށްލުމަކީ މަޖުތަމަޢުގެ
ސަލާމަތާ ހަމަޖެހުމަށް ނުރުއްކަލެއް ކުރިމަތިވެދާނެ ކަމެއްކަމަށް ފެންނަކަމަށް ބަޔާންކޮށްފައިވާއިރު
މިއަމުރުގެ ދަށުން ބަންދުގެ މުއްދަތު އިތުރުކުރައްވާ ގޭބަންދަށް ބަދަލުކުރި ކުރުމަކީ މުޖުތަމައުގެ ސަލާމަތާ
ރައްކާތެރިކަމަށް އޮތް ނުރައްކަލަށް އެކަށީގެންވާ ގޮތުގައި ރިއާޔަތްކުރައްވާފައި ނުވާކަމެއްކަމަށް
ބެނެފާހަގަކޮށްފައިވާ ނުކުތާއެވެ.
ތިންވަނަނުކުތާއަކީ، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ބަންދުގައި ބެހެއްޓުމުގެ މުއްދަތު
އިތުރުކުރުމަށްފަހު އޭނާގެ ޤާނޫނީ ވަކީލާއެކު ގެއަށް ދިއުމަށް ފުރުސަތު ދެއްވުމަކީ ބަންދުކުރެވޭމީހުން
އެމީހަކު ބަންދު ކުރެވޭ ތަނަށް ގެންދިއުމުގައި އަމަލުކުރުވެމުންދާ އުސޫލުތަކާ ޚިލާފް
ކަމަކަށްވުން ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް މައްސަލަ ނިންމަވާފައި
ވުންކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
މީހަކު ހައްޔަރުގައި ނުވަތަ ބަންދުގައި ބެހެއްޓުމުގެ އަމުރު ފަނޑިޔާރުން ނެރޭއިރު
ރިޢާޔަތްކުރަންޖެހޭކަމަށް، ޤާނުނުނަންބަރ 06/2008 (ޢާންމު ޤަވާއިދުތަކާއި ބެހޭ ޤާނޫނު)ގެ ދަށުން ޤާނޫނީ
ބާރުލިބިފައިވާ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 15 ވަނަ މާއްދާގެ(ހ)ގައި: ތަޙްޤީޤަށް ހައްޔަރުކޮށްފައި ނުވަތަ
ބަންދުކޮށްފައިވާ މީހަކު ބަންދުން ނުވަތަ ހައްޔަރުން ދޫކޮށްލުމަށްފަހު ފަނޑިޔާރުން ނެރުނު އަމުރު
އިސްތިއުނާފުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެއަމުރު ނެރޭތާ ރަސްމީ ބަންދު ދުވަސްތައް އުނިކޮށް 48
ގަޑި އިރު ތެރޭގައި ހަމަޖެހިފައިވާ ގޮތުގެ މަތިން ތަޙްޤީޤުކުރާ ފަރާތުން އިސްތިއުނާފު ކުރުމަށް
ހުށަހަޅަންދާން ކަމަށް ބަޔާންކޮށްފައިވާއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟި
އާންމުކޮށް
-5
ox
މިޤަޟިއްޔާގެ ކުއްޖާގެ ގައި
ވެހިރާއްޖޭގެ ހައިކޯޓް، ޣާބުނުޓު ހިނގުން، ތީމުގެ ތިންނަންބަރު ދޮރޯނި މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 8316471
އީމެއިލް: info
(
@
highcourt.gov.mv ވެބް ސައިޓް: Www.highcourt.gov.mv
6
2gl/HC-A/149
ޤައްޔާ
މިއިސްތިއުނާފުކުރެވޭ ޖިނާއީ ކޯޓް އެއަމުރު ނެރުނުތާ 48 ގަޑިއިރު ނުވަނީސް މޯލްޑިވްސް
ޕޮލިސްސަރވިސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވާތީއާއި ޤާނޫނުއަސާސީގެ
56 ވަނަ މާއްދާގައި ޖިނާއީ މައްސަލަތަކުގައާއި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓް
އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު މައްސަލައާއި ގުޅުން ހުރިކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް
ކަނޑައެޅި ބަޔާންވެފައިވާއިރު އިސްވެއިޝާރާތްކުރެވުނު ޖިންއީކޯޓުގެ އަމުރަށް ބަލާއިރު އެއަމުރު އެކޯޓުން
ނެރުއްވާފައިވަނީ އެކޯޓް އަމުރުގައި އިޝާރާތް ކުރައްވާފައިވާ ފޯމްގައި މޯލްޑިވްސް ޕޮލިސްސަރވިސްއިން
އެދިފައިވާ ގޮތާއި މުޅިން އެއްގޮތަށް ކަމަށް ނުވާތީ، އެއަމުރު ނެރުއްވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހިގެން
މޯލްޑިވްސް ޕޮލިސްސަރވިސްއިން އެއަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި މިބުނެވުނު ގޮތުގެ މަތިން
އިސްތިއުނާފުކޮށްފައިވުމުން، އިސްވެޙަވާލާ ދެވުނު ޤަވާއިދުގެ 15 ވަނަ މާއްދާގެ (ދ) އަކީ،
މިއިސްތިއުނާފުގެ ދަޢުވާ ހައިކޯޓުން ބެލުމަށް ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް އޮތް މާއްދާއެއްނޫންކަން
· 4
ހުރިހާ
4ހ ޑ
ބުވެ¢އ
92
6- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރިވެގެން
އެމީހަކާއިމެދު ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވިފައިވާ މީހަކު، ޝަރީޢަތުން ޙުކުމެއް ކުރުމުގެ ކުރިން މީހަކު
ބަންދުގައި ބެހެއްޓުމުގެ ބާރު ޤާނޫނީގޮތުން ލިބިފައިވާ ފަރާތްތަކަށް، އެފަދަ މީހަކު ބަންދުގައި
ބެހެއްޓިދާނެކަން އެނގެން އޮތްކަމުގައިވިޔަސް ބަންދުގެ މާނައިގެ ތެރޭގައި ޖަލުގައި ބަންދުކުރުމާއި، ގޭގައި
ބަންދުކުރުންފަދަ ހުރިހާ ބާވަތެއްގެ ބަންދުކުރުން ހިމެނޭކަން އެނގެން އޮތްއިރު، އެމާއްދާގައި ބުނާ ބަންދަކީ
ކޮންބާވަތެއްގެ ބަންދެއްކަން އެމާއްދާގައި ކަނޑައެޅި ބަޔާންވެފައި ނުވުމުން އެމާއްދާގައި ބުނާ ބަންދުގެ
މާނައިގެ ތެރޭގައި ބަންދު ކުރުމުގެ
ހިމެނިދާނެކަން ޤާނޫނުގެ ނައްޞުތައް
ސީރުކުރުމުގެ ޤާނޫނީ ހަމަތަކުގެ މައްޗަށް ބެލުމުން އެނގެއެވެ.
7- ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގައި "ހައްޔަރު ކުރެވޭ ހިނދު ނުވަތަ ބަންދުކުރެވޭ ހިނދު
ތިރީގައި
ބަޔާންވެގެންވާ ގޮތުގެމަތިން އެމީހަކާއިމެދު ޢަމަލު ކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށްމެ
ލިބިގެންވެއެވެ." މިގޮތަށް ބަޔާންކުރުމަށްފަހު އެމާއްދާގެ (ށ) ގައި: "ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ
މީހާ ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށް އެމީހަކު ހައްޔަރު ކުރެވުނުތާ
ގިނަވެގެން ސައުވީސް ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަންވާނެކަމަށާއި އަދި
ޝަރުތަކާއެކު ނުވަތަ ނުވަތަ ޝަރުތަކާ ނުލައި އެމީހަކު ދޫކޮށްލުމަށް ނުވަތަ ބަންދުގައި ބެހެއްޓުމަށް
އަމުރެއް ނެރުމުގެ ބާރު އެފަނޑިޔާރަކަށް ލިބިގެންވެއެވެ." މިގޮތަށް ބަޔާންކޮށްފައިވުމުން ކޮންމެ މިބާވަތުގެ
މައްސަލައެއްގެ ވަށައިގެންވާ ކަންތައްތަކަށް ފަނޑިޔާރުބެލުމަށްފަހު، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ ޓިގެ
& ·
ވެހިhއްޖޭގެ ހައިކޯޓް، އާބުރުޖު ހިނގުން، ތީމުގެ ތިންނަންބަރު ދޮރޯށި މްވެ. ދިވެހިރާއްޖެ، ފޯން: 3325d29، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
1
23 0/HC-A14)
ޤާސިއޯޔޯ ނިމުނު ގޮތުގެ ރިޕޯޓް
9 3020
އެފަނޑިޔާރަކު ވަޒަންކުރާ ވަޒަންކުރުމެއްގެ މައްޗަށް ބިނާކޮށް އެފަދަ މީހަކު ޝަރުތަކާއެކު ނުވަތަ
ޝަރުތަކާ ނުލައި ދޫކޮށްލުމަށް ނުވަތަ ބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރުމުގެ ފުރިހަމަ ބާރު (ޔަޢުނީ:
لللا لللا ނުވަތަ ޑިސްކްރީޝަނަރީ ޕަވަރ) އެފަނޑިޔާރަކަށް ލިބިގެންވާކަން މިމާއްދާއިން ރަނގަޅަށް
އެނގެއެވެ.
8- ހައިކޯޓްގެ މިޤަޟިއްޔާގެ ދަށުން މިއިސްތިއުނާފު ކުރެވޭ އިސްވެއިޝާރާތް ކުރެވުނު ކޯޓް
އަމުރުގައި އިޝާރާތްކުރައްވާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރ TD025063' ގެ ފޯމްގެ
ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެދޭގޮތް ބަޔާންކޮށްފައިވާއިރު އެފޯމްގައި ބަޔާންކޮށްފައިވާ މީހާ
ބަންދުކޮށްފައި ބަހައްޓަން ބޭނުންވާ ވަކިތަނެއް އެފޯމްގައި ކަނޑައެޅިގެން ސާފުކޮށް ބަޔާންކޮށްފައިނުވާކަން
އެފޯމަށް ބެލުމުން އެނގެއެވެ.
9- އިސްވެއިޝާރާތްކުރެވުނު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރ TD025063 ގެ
ފޯމްގައިވާ މީހާ ބަންދުގައި ބަހައްޓަން ބޭނުންވާ ސަބަބެއް ކަމަށް އެފޯމްގައި ބަޔާންކޮށްފައިވަނީ އޭނާ
މިވަގުތު ބަންދުން ދޫކޮށްލައިފިނަމަ ހެކިފޮރުވަން މަސައްކަތްކޮށް ނުވަތަ ހެކިބަސް ދޭންހުރި މީހާއަށް
ނުފޫޒެއް ފޯރުވަފާނެ ކަމުގެ އިޙްތިމާލު އޮތްކަމަށް ފެންނާތީ ކަމަށް ބަޔާން ކޮށްފައިވާއިރު، މިމައްސަލައާއި
ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޖިނާއީކޯޓަށް ހުށަހެޅިކަމަށްބުނާ ލިޔުންތަކަށް ބަލާއިރު
މިބުނެވުނު ފޯމްގައިވާ ފަރާތުން، ހެކިފޮރުވުމަށް މަސައްކަތްކޮށްފާނެކަމުގެ މައްޗަށް ނުވަތަ ހެކިބަސް
ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވަފާނެކަމުގެ މައްޗަށް ލިބޭހެއްކެއް ނުވަތަ ޤަރީނާއެއް އެލިޔުންތަކުން
ކަނޑައެޅިގެން އެނގެން ނެތްކަން އެނގެއެވެ.
10- ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގައި ބަޔާންވެގެންވާ ރައްޔިތުންގެ މަޖިލީހުން ކަންކަން
ހިންގާނެ އުޞޫލުތައް ބަޔާންކުރުމުގެ ގޮތުން އެޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ
އެމާއްދާގެ ދަށުން އެކުލަވާފައިވާ "ރައްޔިތުން މަޖިލީހުގެ ޤަވާއިދު 2010 ގެ 205 ވަނަ މާއްދާގައި
މެންބަރުން ކުށެއްގައި ހައްޔަރުކުރެވިފައި ހުންނަ މުއްދަތުގައި ބާއްވާ މަޖިލީހުގެ ޖަލްސާތަކަށާއި އޭނާ
ހިމެނޭ ކޮމިޓީތަކުގެ ބައްދަލުވުންތަކަށް ޙާޟިރުވުމުގެ ހައްޤު އޭނާއަށް ލިބިގެންވާކަން ކަނޑައެޅި
ޕަރީންވެފައިވާކަން އެނގެއެވެ.
ޔާންވެފައިވާކަން
11. ރައްޔިތުން މަޖިލީހުގެ އިދާރާއިން ކޮމިޝަނަރ އޮފް ޕޮލިސްއަށް އެޑްރެސް ކޮށް ފޮނުވާފައިވާ
އެއިދާރާގެ ނަންބަރ: 171
/
2010
/
1010/J-57 (29 ޖޫން 2010) ގެ ސިޓީއަށް ބަލާއިރު އެސިޓީގައި
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 205 ވަނަ މާއްދާ ބަޔާންކުރެއްވުމަށްފަހު 30 ޖޫން 2010 ވާ ބުދަ
ދުވަހުގެ ހެދުނު 9:00 ގައި ބޭއްވޭ ޖަލްސާއަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން
މ 4
3( 2ވ
ވެހިރާއްޖޭގެ ހައިކޯޓް، ނޯބުރުޒު ހިނގުން، ތީމުގެ އިންނަންބަރު ދޮރޯށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [31647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ޕީ.ޑީ
8
201IICA;149
ގޮތުގެ ރިޕޯޓް
މަޖިލީހުގެ މެންބަރުންނަށް ޙާޟިރުވެވަޑައި ގެންނެވުމުގެ އިންތިޒާމު ހަމަޖައްސަވައި ދެއްވުން އެދި
ދަންނަވާފައިވާކަން އެނގެން އޮތްއިރު، އަދި ހަމަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކޮމިޝަނަރ އޮފް
ޕޮލިސްއަށް ފޮނުވާފައިވާ އެއިދާރާއިގެ ނަންބަރު: 171
/
2010
/
1011/J-57 (30 ޖޫން 2010) ގެ
ސިޑިއަށް ބަލާއިރު، އެސިޓީގައިވެސް ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 205 ވަނަ މާއްދާ ބަޔާން
ކުރެއްވުމަށްފަހު، މަޖިލިހުގެ ޤަވާއިދަށް ހުރުމަތްތެރިކޮން ހިތްތަވައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ބެލުމުގެ ދަށުގައި ތިއްބެވި މަޖިލީހުގެ މެންބަރުން މަޖިލީހުގެ ޖަލްސާއަށް ޙާޟިރުވެ ވަޑައިގެންނެވޭގޮތް
ހައްދަވައި ދެއްވުމަށް އެދި ދަންނަވާފައިވާކަން އެސިޓީއިން އެނގެން އޮންނައިރު މިސިޓީތަކާގުޅިގެން
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެޑްރެސްކޮށް ފޮނުއްވި
އެސަރވިސްގެ ނަންބަރު 2010(A
(
C-171 (30 ޖޫން 2010) ގެ ސިޓީއަށްބަލާއިރު: ރައްޔިތުންގެ
މަޖިލީހުގެ މުލަކުދާއިރާގެ މެމްބަރ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްއާއި މާމިގިލީ ދާއިރާގެ
މެންބަރު އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ދެސަރވިސްއިން ތަޙްޤީޤް ކުރަމުންދާ
މައްސަލައަކާ ގުޅިގެން 2010 ޖޫން 29 ވަނަ ދުވަހު އެސަރވިސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށާއި
ރައްޔިތުންގެ މަޖްލީހުގެ ޤަވާއިދުގެ 205 ވަނަ މާއްދާގައި ބަންދުގައި ތިބޭ ރައްޔިތުންގެ މަޖްލީހުގެ
މެންބަރުންނަށް އެމެންބަރުން ބަންދުގައި ތިބޭ މުއްދަތުގައި ބޭއްވޭ ރައްޔިތުންގެ މަޖްލީހުގެ ޖަލްސާތަކާއި
ރައްޔިތުންގެ މަޖްލީހުގެ ކޮމެޓީތަކުގެ ބައްދަލުވުންތަކަށް ހާޒިރުވުމުގެ ޙައްގު ލިބިގެންވާކަމަށް
ބަޔާންކޮށްފައިވާކަމަށާއި ނަމަވެސް މާލޭގެ ސަލާމަތީ ކަންކަން ހުރި ގޮތުން އިސްވެ ދެންނެވިފައިވާ
މެންބަރުން 2010 ޖޫން 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖްލީހުގެ ޖަލްސާއަށް
ބަންދުގައި ބައިތިއްބައިގެން ޙާޟިރުކުރުމަކީ ރައްކާތެރިކަމެއްކަމަށް ނުފެންނާތީއާއި މަޖްލީސް ކުރާގޭގެ
ސަރަހައްދުގައި ހިނގާފާނެ ހަމަނުޖެހުމަކުން ރައްޔިތުންގެ މަޖްލީހުގެ ޖަލްސާއަށާއި މަޖްލީހަށް ހާޒިރުވާ
އެހެން މެންބަރުންގެ ޙައްޤުތަކަށް އުނިކަމެއް އައުމުގެ ފުރުޞަތު ނުދިނުމަށްޓަކައި އިސްވެ ދެންނެވިފައިވާ
ދެމެންބަރުން 2010 ޖޫން 30 ވަނަ ދުވަހު ރައްޔިތުންގެ މަޖްލީހުގެ ޖަލްސާއަށް ޙާޟިރުކޮށްދެވެން
ނެތްކަމުގައި ދަންނަވާކަމަށް އެސިޓީގައި ބަޔާންކުރައްވާފައިވާކަން އެނގެން އޮތްހިނދު، އަދި އިސްވެ
މޯލްޑިވްސް ޕޮލިސް ސާރވިސްގެ ނަންބަރު TD025063 ގެ ފޯމަށްބަލާއިރު އެފޯމްގައި
ބަޔާންކޮށްފަވާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ބަންދުކޮށްފައިވަނީ ދޫނިދޫގައިކަން އެނގެން އޮތްހިނދު
މިކަންކަމުގެ މައްޗަށް ބަލާއިރު، ގޭބަންދުގައި ނޫންތަނެއްގައި، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން
ކަނޑައަޅާތަނެއްގައި ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ބަނދުކޮށްފައި ހުންނައިރު، ރައްޔިތުންގެ
މަޖިލީހުގެ ޤަވާއިދު 205 ވަނަ މާއްދާގައި ވާގޮތުގެ މަތިން މަޖިލީހުގެ ޖަލްސާތަކަށް ޙާޟިޒު
24 42/
ޙަވާދީ
ވެހިރާއްޖޭގެ ހައިކޯޓާ، އާބުރުޒު ހިނގުން، ޓީމުގެ ތިންނަންބަރު ދޮރޯށި މާލެ، ދިވެހިރާއްޖެ، ފޯން: 33251029 ފެކްސް: B316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
2010/HC-A/149
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ކުރެވޭނެކަމުގެ ޔަޤީންކަން ދެވިފައިނުވާކަން އިސްވެ ޙަވާލާދެވުނު މޯލްޑިވްސް ޕޮލިސް ސާރވިސްގެ
ސިޓީއިން އެނގެއެވެ.
12- ޖިނާޢީ ކޯޓުގެ އިސްވެއިޝާރާތްކުރެވުނު އަމުރު، އެކޯޓުން ނިންމަވާފައިވާ ގޮތާއިމެދު
ހިތްހަމަނުޖެހޭ ކަމަށްބުނެ މޯލްޑިވްސް ޕޮލިސްސަރވިސްގެ ފަރާތުން ފާހަގަކޮށްފައިވާ 03 ވަނަ ނުކުތާގައި
ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ބަންދުގައި ބެހެއްޓުމުގެ މުއްދަތު އިތުރުކުރުމަށްފަހު އޭނާގެ ޤާނޫނީ
ވަކީލާއެކު ގެއަށް ދިޔުމުގެ ފުރުޞަތު ދެއްވުމަކީ، ބަންދު ކުރެވޭމީހުން އެމީހަކު ބަންދު ކުރެވޭތަނަށް
ގެންދިޔުމުގައި ޢާންމުކޮށް ޢަމަލު ކުރެވެމުންދާ އުޞޫލުތަކާ ޚިލާފުކަމަށްވުން ކަމަށް ބުނެފައިވާއިރު
ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ) ގައި ޤާނޫނީ ވަކީލެއްގެ އެހީއަކަށް ބޭނުންވެއްޖެ ކޮންމެ
ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށް ކަނޑައެޅި
ބަޔާންވެފައިވުމުން މޯލްޑިވްސް ޕޮލިސްސަރވިސްގެ މިނުކުތާ އަކީ ޤާނޫނުއަސާސީ 53 ވަނަ މާއްދާގެ (ހ)
އާ އެއްގޮތްވާ ގޮތުގެ މަތިން ހުށަހެޅިފައިވާ ނުކުތާއެއް ކަމަކަށް ނުފެނެއެވެ.
13- އިސްވެމިފާހަގަކުރެވިދިޔަ ނުކުތާތަކުގެ 6 ވަނަ ނުކުތާއިން ފެށިގެން 12 ވަނަ ނުކުތާގެ
ނިޔަލަށް ބަޔާން ކުރެވިދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމާއެކު ޖިނާއީކޯޓުގެ އިސްވެ އިޝާރާތްކުރެވުނު
އަމުރުގައިވާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް އެއަމުރުގެ ދަށުން ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް
އަމުރު ކުރެއްވި ކުރެއްވުން ޝަރުއީ އަދި ޤާނޫނީ ހަމަތަކާ ޚިލާފުކަމަށް ބެލެވޭނެ ތަނެއް ނެތްކަން
އެނގެންއޮތްކަމުގައިވިޔަސް އެއަމުރުގައި ޙަވާލާ ދެވިފައިވާ މޯލްޑިވްސް ޕޮލިސްސަރވިސްގެ ނަންބަރ
T025063 ގެ ފޯމްގައި ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކަމަށްބުނާ
މައްސަލައަކީ ރައްޔިތުންގެ މަޖްލީހުގެ މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުންނަށް ރިޝްވަތު ދިނުމަށް
ހުށަހަޅައިގެން ދިވެހިރާއްޖޭގައި ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރަމުންދާ
ކަމަށް ތުހުމަތު ކުރެވޭ ކަމަށްބުނެ ހުށަހަޅާފައިވާ މައްސަލައެއްކަން އެފޯމް ބެލުމުން އެނގެން އޮންނައިރު
މިކަންކަން ތަޙްޤީޤު ކުރުމަށްޓަކައި 2010/06/30 ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް އެފޯމްގައި
އެދިފައިވާއިރު، މިބާވަތުގެ މައްސަލައެއް ތަޙްޤީޤު ކުރުމަށް 15 ދުވަހަކީ، ދިގު މުއްދަތެއް ކަމުގައި
ނުބެލެވޭތީއާއި، މިކަން ތަޙްޤީޤު ކުރުމަށް މިބުނެވުނު ފޯމްގެ ދަށުން 15 ދުވަހުގެ މުއްދަތަށް ޢަބްދު
ޔާމީން ޢަބްދުލް ޤައްޔޫމް
ނުވަތަ ހައްޔަރު ކޮށްފައި ބެހެއްޓުމަށް މޯލްޑިވްސް
ޕޮލިސްސަރވިސްއިން އެދިފައިވާއިރު، ބުނެވުނު ޖިނާއީ ކޯޓުގެ އަމުރުގެ ދަށުން ދެއްވާފައިވަނީ 3 ދުވަސް
ކަމަށްވާއިރު، މިކަން ތަޙްޤީޤު ކުރުމަށް 3 ދުވަސް ދެއްވި ސަބަބު އެއުމުރުގައި ބަޔާންކުރެވިފައި ނުވާކަން
އެއަމުރަށް ބެލުމުން އެނގެން އޮންނާތީ
ބަންދުކޮށްފައި
ވެހިރާއްޖޭގެ ހައިކޯޓް، އާބުދުޖް ހިނގުން، ތީމުގެ ތިންނަންބަރު ދޮރޯށި މްވެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 331647
އީމެއީ، [email protected] ވެބް ސައިޓް: www.highcourt.gov.mv
10
2010;FIC-A/149
ޤަޟިއްޔާ ދިން ގޮތުގެ ރިޕޯޓް
ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވަނީ ޖިނާއީކޯޓްގެ
އިސްވެއިޝާރާތްކުރެވުނު އަމުރަށް ބަދަލު ގެންނަން ޖެހޭކަމަށެވެ.
ޙުކުމް.
*2
833 މ5 4
ތިސް 444
ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގެ ދަށުން މޯލްޑިވްސް ޕޮލިސް ސާރވިސްގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފްކުރުމަށް ހުށަހެޅި ޖިނާއީ ކޯޓްގެ ނަންބަރު
2010
/
4262/(J
(
MD-145 (2010/06/30) ގެ ކޯޓު އަމުރަށާއި މިމައްސަލައާއި ގުޅިގެން
ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުންނާއި ހައިކޯޓުގެ
ޤަޟިއްޔާގައި ދަޢުވާ ލިބޭ މއ. ކްނިމީހުޅަނގުގެ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ފަރާތުން
ދައްކާފައިވާ ވާހަކަ ތަކަށާއި މިމައްސަލައާއި ގުޅިގެން ދެފަރާތުން ޝަރީޢަތައް ހުށަހެޅިފައިވާ
ލިޔެކިޔުންތަކަށާއި
އިސްވެބަޔާންކުރެވިދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު
މައްޗަށް
ނަޒަރުކުރުމާއިއެކު
ޤަނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި އަދި ޤާނޫނުއަސާސީގެ 49 ވަނަ
މާއްދާއަށާއި ޤާނޫނު ނަންބަރ: 06/2008 (ޢާންމު ޤަވާއިދުތަކާއިބެހޭ ޤާނޫނު) ގެދަށުން ޤާނޫނީ
ބާރު ލިބިފައިވާ "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާއިމެދުގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރަށް
ރިޢާޔަތްކޮށް ބުނެވުނު ޤަވާއިދުގެ 7 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ މޯލްޑިވްސް ޕޮލިސް
ސާރވިސްއިން އެދިފައިވާ މުއްދަތަށް 2010/06/30 ދުވަހުގެ 19:29 އިން ފެށިގެން
2010/0715 ދުވަހުގެ 19:28 އަށް މިއ. ކާމިނީހުޅަނގުގެ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް
ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށް
ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްއަކީ ރައްޔިތުންގެ މަޖްލީހުގެ މެންބަރެއްކަމަށްވާތީ
ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ޤާނޫނީ ބާރު ލިބިގެން ހަދާފައިވާ
ޔިތުންމަޖިލީހުގެ ޤަވާއިދު2010" ގެ 205 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ޢަބްދުﷲ ޔާމީން
.0
90
މަތީ
ވެހިރާއްޖޭގެ ހައިކޯޓް، އްބުރުޒު ހިނގުން، ތީމުގެ ތިންނަންބަރު ދޭނާނި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471/
އީމެއިލް: [email protected] ވެބް ސައިޓޯ: www.highcourt.g
[
/v.mv
20T}HC-A/149
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޢަބްދުލް ޤައްޔޫމް ގޭގައި ބަންދުކޮށްފައި ހުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި
ކޮމިޓީތަކަށް ޙާޟިރުވެ ވެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް
އަންގައި މިގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
ހައިކޯޓްގެ
މިގޮތަށް ނިމުމުން
2010
/
4262/J
(
MD-145 ގެ ކޯޓް އަމުރު ބާޠިލްވީއެވެ
މިޤަޟިއްޔާ
ޖިނާއިކޯޓްގެ
ނަންބަރ
މިޤަޟިއްޔާ ބަލާ ޙުކުމް ކުރި
Cancut
L
c
އާދަމް މުޙައްމަދު ޢަބްދުﷲ ޢަބްދުލްޣަނީ މުޙައްމަދު ޢަލީ ޙަމީދު މުޙައްމަދާ
(ފަނޑިޔާރު) (އިސްފަނޑިޔާރު) (ފަނޑިޔާނު)
(ފަނޑިޔާރު)
(ފަނޑިޔާރު)
ދިވެހިރާއް
ޠިހިރާއްޖެ
ޓައިޕްކުނީ. ޕްތމަދު ޝިފްޒާ ޝަރީފް
ޗެކްކުނީ: މަރިޔަމް ސަޢީދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީޅުގެ ތިންނަތްބަތު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް 336472
އީމެއިލް: [email protected] ޖެޓް ސުއިޓް:
www.highcourt.gov.my ex