ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/166 ޤަޟިއްޔާގެ ޙުކުމް
1
2(13/HC-A/166
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 166/HC
-
A/2013
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
އައިޑީ ކާޑު ނަންބަރު:
ދާއިމީ އެޑްރެސް: އިދާރީ މަރުކަޒު، މައްޗަންގޯޅި
މިހާރުގެ އެޑްރެސް: އިދާރީ މަރުކަޒު، މައްޗަންގޯޅި
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އާމިނަތު ޝާފިޢާ
އައިޑީ ކާޑު ނަންބަރު: A039279
4
ދާއިމީ އެޑްރެސް: ޝަފީޢުގެ / ސ. ހުޅުދޫ
މިހާރުގެ އެޑްރެސް: ފ. ނިމްސާ | ކ. މާލެ
ރަޖިސްޓްރީކުރި ތާރީޚް: 16 ރަޖަބު 1434
20 މެއި 2013
ނިމުނު ތާރީޚް
13 މުޙައްރަމް 1436
06 ނޮވެމްބަރު 2014
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/83
• ނިންމެވި ފަރާތް: ވަޒީއާބެހޭ ޓްރައިބިއުނަލް
• މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
ހުށަހެޅި ތާރީޚް: 10.05.2012
ނިމުނު ތާރީޚް: 09.12.2012
ދިވެހިރާއްޖޭގެ
0
މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ފަނޑިޔާރު ޢައްބާސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2
2013/HC-A/166
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/83 މައްސަލަ، އެ ޓްރައިބިއުނަލުން
ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ
ފަރާތުން އެ މައްސަލަ އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު
ޤަޟިއްޔާއެކެވެ. މި މައްސަލާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ސ. ހުޅުދޫ ! ޝަފީޢުގެ އާމިނަތު ޝާފިޢާ
އެވެ.
...ﷲވ
ރެވުނު ނުކުތާތު
(l
އިސްތިއުނާފު ކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/83
މައްސަލައަކީ، އާމިނަތު ޝާފިޢާ (A039279} ޝަފީޢުގެ ; ސ. ހުޅުދޫ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ގައި އެސިސްޓެންޓް ލެކްޗަރަރގެ ވަޒީފާގައި ދެމިހުރި މުއްދަތުގައި މަތީ ތަޢުލީމް ހާސިލުކުރުމަށް 1 (އެކެއް)
އަހަރު ދުވަހުގެ ސްކޮލަރޝިޕްއެއް ލިބުމާ ގުޅިގެން މުސާރަ ނުލިބޭ ޗުއްޓީއަކަށް އެދުމުން ޗުއްޓީ ހަމަޖައްސައި
ދިނުމަށްފަހު ކޯސް ފުރިހަމަ ކުރަމުން ދަނިކޮށް، 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު
ވަޒީފާއިން ވަކިކޮށްފައިވާކަން އެންގުމާ ގުޅިގެން، ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ވަޒީފާއިން ވަކިކުރިކަމަށް ބުނެ
އެމައްސަލަ ބަލައިދިނުމަށް އެދި 16 މެއި 2012 ގައި އާމިނަތު ޝާފިޢާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ހުށަހަޅާފައިވާ މައްސަލައެއްކަމާއި،
އެ މައްސަލަ ނިންމަވާފައިވަނީ "ދެންފަހެ، މައްސަލަ ހުށަހެޅި އާމިނަތު ޝާފިޢާ ވަޒީފާއިން
ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެން ވަޒީފާއާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތީންކަމަށް މައްސަލަ ރައްދުވި
ފަރާތުން ބުނެ ހުށަހަޅާފައިވާކަންކަމަށް ނަޒަރުކުރާއިރު، އާމިނަތު ޝާފިޢާ ނޯޕޭ ޗުއްޓީއަށް އެ ފައި ދަރު
މަސައްކަތަށް ދަތިވާނަމަ ވަޒީފާއިން ވަކިކުރުމުގެ އިއުތިރާޒެއް ނެތްކަމަށް ބުނެފައިވުމުން އޭނާ އެދުނު
އޭނާ ވަޒީފާއިން ވަކިކުރެވުނުކަމަށް މައްސަލަ ރައްދުވާ ފަރާތުން ބުނާ ހިނދު، ވަޒީފާއާބެ"
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/166
4 20 0
ޢަމަލުކުރުމަށް މުވައްޒަފަކާއި ވަޒީފާ ދޭ ފަރާތަކާ ދެމެދު އެއްބަސްވުމެއް ވުމަށް ވަޒީފާއާބެހޭ ޤާނޫނު ހުއްދަ
ނުކުރާކަން ވަޒީފާއާބެހޭ ޤާނޫނުގެ 02 ވަނަ މާއްދާއިން އެނގެން އޮތަތީއާއި، ދިވެހިރާއްޖޭގެ ޤައުމީ
ޔުނިވަރސިޓީގެ ފެކަލްޓީތަކުގައި މުސާރަ ނުލިބޭ ޗުއްޓީގައި ތިބި ގިނަ މުވައްޒަފުންގެ މަޤާމަކީ ހުސްމަޤާމުތަކެ
ކަމަށް ބަލައި އެ މަޤާމުތައް އުވާލައި އެ މަޤާމުތަކަށް 2012 ވަނަ އަހަރަށް ބަޖެޓު ލިބިފައި ނުވުމުން އާމިނަތު
ޝާފިޢާ ވަޒީފާއިން ވަކިކުރެވުނުކަމަށް މައްސަލަ ރައްދުވި ފަރާތުން ބުނާ ހިނދު، އާމިނަތު ޝާފިޢާއަކީ "ނޯގޭ
ލީވް' އެއްގައި ހުރި މުވައްޒަފަކަށްވެފައި އޭނާ ހުރި މަޤާމަކީ ހުސްމަޤާމެއްކަމަށް ބެލިފައިވާ ގޮތެއް އެނގޭނެފަދަ
ކާފީ ހެކި މައްސަލަ ރައްދުވި ފަރާތުން ހުށަހަޅާފައި ނުވެމެ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް 2012 ވަނަ
އަހަރު ލިބިފައިވާ ބަޖެޓުން މުވައްޒަފުންގެ މުސާރަ ހަމަޖެހެން ނެތްނަމަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ
އާމްދަނީގެ ތެރެއިން ބައެއް ހިމަނައިގެން ޚަރަދުކޮށް މުވައްޒަފުންގެ މުސާރައިގެ ކަންކަން ހަމަޖެއްސުމުގެ
ފުރުޞަތު އޮތްކަން ހުށަހަޅާފައިވާ ލިޔެކިއުންތަކުން އެނގެން އޮތަތީއާއި، ސްޓޫޑެންޓް ރޭޝޯއަށް ބަލައި 2012
ވަނަ އަހަރުގެ ތެރޭގައި ފެކަލްޓީ އޮފް ހެލްތް ސައިންސަސްއިން މުޅި ޖުމްލަ ހަތަރު މަޤާމު
އުނިކުރަންޖެހިފައިވުމުން މައްސަލަ ހުށަހެޅި ފަރާތް ހުރި މަޤާމު އުވާލައި ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު
2010 ގެ 178 ވަނަ މާއްދާގެ ދަށުން މައްސަލަ ހުށަހެޅި ފަރާތާ މެދު ޢަމަލުކޮށްފައިވާކަމަށް މައްސަލަ ރައްދުވި
ފަރާތުން ބުނާ ހިނދު، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާ އަދާކުރި ފެކަލްޓީން މަދުކުރަންޖެހުނު މުވައްޒަފުންނަކީ
ކޮބައިކަން އިންސާފުވެރި ގޮތެއްގައި ކަނޑައަޅައި، މަޤާމު އުވާލުމާގުޅިގެން މުވައްޒަފުން ވަޒީފާއިން ވަކިކުރަންޖެހޭ
ޙާލަތުގައި ޢަމަލުކުރުމަށް ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގައި ބަޔާންކުރާ އުސޫލުން އާމިނަތު
ޝާފިޢުއާމެދު ޢަމަލުކޮށްފައިވާކަން ސާބިތުވާ މިންވަރަށް މައްސަލަ ރައްދުވި ފަރާތުން ދަލީލު ހުށަހަޅާފައި ނުވާތީ،
ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އާމިނަތު ޝާފިޢާ ވަޒީފާއިން ވަކިކޮށްފައިވަނީ
އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް މައްސަލަ ބެލި މަޖިލީހުގެ މެންބަރުންގެ
އިއްތިފާޤުން ކަނޑައަޅައި، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންނިގެaރި
އާމިނަތު ޝާފިޢާއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެމަށާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
4
2013/HC-A/166
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އަދާކުރަމުން ދިޔަ ވަޒީފާގައި އަލުން ބެހެއްޓުމަށާއި، އޭނާގެ ނޯޕޭލީވް ހަމަ ވަޒީފާއަށް ނުކުތުމަށް ހަމަޖެހިފައިވާ
ތާރީޚުން ފެށިގެން މިމައްސަލަ ނިމުނު ދުވަހާ ހަމައަށް، މުސާރައާއި އިނާޔަތުގެ ގޮތުގައި އޭނާއަށް ލިބެންޖެހޭ
ފައިސާ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 09 ވަނަ ދުވަހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި
އާމިނަތު ޝާފިޢާއަށް އެކީ އެއްފަހަރާ ދީ ޚަލާސްކުރުމަށްފަހު، އެކަން 3 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް އަންގައި" އަމުރުކޮށް މައްސަލަ
ނިންމަވާފައިވާކަން އެ މައްސަލާގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
83/VTR/2012
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ، އެ
ޓްރައިބިއުނަލްއިން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ދިވެހިރާއްޖޭގެ ޤައުމީ
ޔުނިވަރސިޓީގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރަމުން 02 (ދޭއް) ނުކުތާއެއް ފާހަގަކޮށް، އެ ނުކުތާއާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގައި
މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ހުއްދަކުރާ ޙާލަތްތަކުގެ ބޭރުން، ވަޒީފާ އަދާކުރާ މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމަށް ދީފައިވާ ހުއްދައެއްގެ ދަށުން ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު ވަޒީފާ ދޭ ފަރާތަށް ލިބިގެން
ނިންމާފައިވަނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 13 މާއްދާ އާއި 2 ވަނަ
މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ
ށމށް
0 0
<
ޝާފިޢާ ވަޒީފާއިން ވަކިކުރެވިފައިވަނީ، އެކަށީގެންވާ ސަބަބަކަށްޓަކައި ޤާނޫނު ނަންބަރު 22008,(އަޒީޕާދާތާ
ޤާނޫނު) އާއި އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އިން ޢަމަލުކުރަމުން އަންނަ ދިވެހި .
ގަވާއިދު 2010 ގެ އިމުގެ ތެރެއިން ކަމުގައިވާއިރު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން
ދިވެހިލަމެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/166
ޝާފިޢާ ޤައުމީ ޔުނިވަރސިޓީއަށް ސިޓީއެއް ފޮނުވިކަން ހުށަހެޅިފައިވާ ލިޔެކިއުންތަކުން އެނގޭކަމާއި، ދިވެހިaގ
ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ އެކަށީގެންވާ ސަބަބެއް ނެތިކަމަށާއި އަދި މި މައްސަލާގައި މައްސަލަ
ރައްދުވި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް މައްސަލަ ސާބިތުކޮށްދެވިފައި ނުވާކަމަށް ނިންމަވާފައިވަނީ
ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ
މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/83 މައްސަލާގެ މައްސަލަ
ނިމުނު ގޮތުގެ ރިޕޯޓަށާއި، މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ
ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ހުށަހެޅިފައިމިވާ މައްސަލާގައި ކަންހިނގާފައިވާގޮތަށް ދިވެހިރާއްޖޭގެ
ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުން ނަޒަރުކުރިއިރު،
ހުޅުދޫ | ޝަފީޢުގެ އާމިނަތު ޝާފިޢާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (މީގެފަހުން
"ޤައުމީ ޔުނިވަރސިޓީ") ގައި އެސިސްޓެންޓް ލެކްޗަރަރ ގްރޭޑް 1 ގެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް
1 (އެކެއް) އަހަރު ދުވަހުގެ ސްކޮލަޝިޕެއް ލިބުމާއި ގުޅިގެން މުސާރަ ނުލިބޭ ޗުއްޓީއަކަށް ޤައުމީ
ޔުނިވަރސިޓީގައި އެދުމުން، ޖުލައި ގައި (ޤައުމީ ޔުނިވަރސިޓީގެ ނަންބަރު
2011
/
168/CA
-
HR
/
MIS-153 ސިޓީން) އާމިނަތު ޝާފިޢާ 1 ޖޫން 2011 އިން ފެށިގެން އެދިފައިވާ
މުސާރަ ނުލިބޭ ޗުއްޓީ ހަމަޖެއްސުމަށް ބޭނުންވާ ލިޔުންތައް ފުރިހަމަނުވާ ކަމަށާއި، މުސާރަ ނުލިބޭ ޗުއްޓީއަށް
އެދޭއިރު ވަޒީފާއިން ވަކިކުރުމުގެ އިޢުތިރާޒެއް ނެތްކަން އަންގަންޖެހޭކަމަށް ޤައުމީ ޔުނިވަރސިޓީން އާމިނަތު
ޝާފިޢާއަށް އެންގުމުން، 6 ޖޫން 2011 އިން ފެށިގެން 1 އަހަރު ދުވަހުގެ މުސާރަ ނުލިބޭ ޗުއްޓީއެއް
ހަމަޖައްސައިދިނުމަށާއި، އަދި މި ޗުއްޓީ ނެގުމުން ޔުނިވަރސިޓީގެ މަސައްކަތަށް ދަތިވެ، މަޤާވެހި8ޔާ
އާމިނަތު ޝާފިޢާ ވަޒީފާއިން ވަކިކުރުމުގެ އިޢުތިރާޒެއް ނެތްކަމަށް ބުނެ 28 ޖުލައި (poi
<< O
28
2011
+
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
6
2013/HC-A/166
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޤައުމީ ޔުނިވަރސިޓީގެ ނަންބަރު 2011
/
172/HRD2
/
FHS-153 "މުސާރަ ނުލިބޭ ގޮތަށް
މުވައްޒަފުން ވީއްލިކަން އަންގާ ޗިޓު" އިން (11 ސެޕްޓެމްބަރު 2011) އިސްވެ އިޝާރާތްކުރެވުނު ޗުއްޓީ ޤައުމީ
ޔުނިވަރސިޓީން އާމިނަތު ޝާފިޢާއަށް ހަމަޖައްސައިދިންކަމާއި، އެގޮތުން، އެ ޗިޓުގައި އާމިނަތު ޝާފިޢާ މަތީ
ތަޢުލީމް ޙާޞިލުކުރުމަށްޓަކައި 1 އަހަރު ދުވަހުގެ ޗުއްޓީ ދެވިފައިވާކަމަށް ބަޔާންކޮށްފައިވާކަމާއި، ޗުއްޓީ ފަށާ
ތާރީޚަކީ 6 ޖޫން 2011 ކަމުގައި ބަޔާންކޮށްފައި އޮތްއިރު، ޗުއްޓީ ހަމަވާ ތާރީޚަކަށް 05 މެއި 2012 ކަން
ފާހަގަކުރެވޭކަމާއި، އިސްވެބުނެވުނު ޗިޓުގައި ދިވެހިރާއްޖޭގެ ސިވިލް ސަރވިސްގެ ގަވާއިދުގެ 19 ވަނަ ޗެޕްޓަރގެ
179 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މުސާރަ ނުލިބޭ ޗުއްޓީ ހަމަޖެއްސިއިރު، މި މުއްދަތުގައި މުވައްޒަފަކު
ނެތިގެން އޮފީހަށް ދަތިވާނަމަ، ވަޒީފާއިން ވަކިކުރެވޭނެކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭކަމާއި،
އާމިނަތު ޝާފިޢާ ވަޒީފާއިން ވަކިކުރިކަން އަންގާ ޗިޓެއް އާމިނަތު ޝާފިޢާއަށް ފޮނުވުނުކަން
އެއްވެސް ލިޔެކިއުމަކުން އެނގެން ނެތްކަމާއި، އެހެންނަމަވެސް، 13 ފެބްރުއަރީ 2012 ގައި (ޤައުމީ
ޔުނިވަރސިޓީގެ ނަންބަރު 2012
/
56/CA
-
HRD1
/
MIS-153 ސިޓީން) އާމިނަތު ޝާފިޢާ މަތީ ތަޢުލީމް
ޙާސިލުކުރުމަށްޓަކައި 1 އަހަރު ދުވަހުގެ މުސާރަ ނުލިބޭ ޗުއްޓީއެއް ނެގުމާ ގުޅިގެން 5 ޖޫން 2011 އިން
ފެށިގެން އެސިސްޓަންޓް ލެކްޗަރަރގެ ވަޒީފާއިން ވަކިކޮށްފައިވާ ވާހަކަ ޤައުމީ ޔުނިވަރސިޓީން އާމިނަތު
ޝާފިޢުއަށް އަންގާފައިވާކަމާއި،
އެހެންކަމުން، އިސްވެ ބުނެވުނު ސިޓީއަށް ބެލުމުން، އާމިނަތު ޝާފިޢާ ވަޒީފާއިން
ވަކިކޮށްފައިވަނީ އާމިނަތު ޝާފިޢާއަށް މުސާރަ ނުލިބޭ ޗުއްޓީ ފެށި ތާރީޚުކަމުގައިވާ 6 ޖޫން 2011 ގެ 1
(އެކެއް) ދުވަސްކުރިން ޗުއްޓީ ދިނުމުގެ ކުރިން)، 5 ޖޫން 2011 ގައިކަން ފާހަގަކުރެވޭކަމާއި، އަދި އާމިނަތު
ޝާފިޢާއަށް "މުސާރަ ނުލިބޭ ގޮތަށް މުވައްޒަފުން ވީއްލިކަން އަންގާ ޗިޓު" ޤައުމީ ޔުނިވަރސިޓީން
ތާރީޚުކަމުގައިވާ 17 ސެޕްޓެމްބަރު 2011 ގެ ގާތްގަނޑަކަށް 3 (ތިނެއް) މަސް
އެހެންކަމުން، އާމިނަތު ޝާފިޢާއަށް މުސާރަ ނުލިބޭގޮތަށް ޗުއްޓީ ދީފައިވަނީ އާމިނަތު
ކަމަށް ބުނާ ތާރީޚުގެ އެތައް މަހެއް ފަހުންކަން ފާހަގަކުރެވޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
7
2013/HC-A/166
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0
<< O
އާމިނަތު ޝާފިޢާ ހަދަމުންދިޔަ ކޯސް މެއި 2012 ގައި ފުރިހަމަވުމުން، 31 މެއި 2012 ގައި
ވަޒީފާއަށް ނުކުންނާނެ ވާހަކަ ބުނެ އާމިނަތު ޝާފިޢާ 4 މާރޗް 2012 ގައި ދިވެހިރާއްޖޭގެ ޤައުމީ
ޔުނިވަރސިޓީއަށް ސިޓީއެއް ފޮނުވިކަމާއި، އިސްވެ ބުނެވުނު ސިޓީގެ ޖަވާބުގައި، ފެކަލްޓީ އޮފް ހެލްތް
ސައިންސަސްގައި އެކަޑަމިކް ހުސް މަޤާމެއް ނެތުމާއެކު އެ ތަނުގެ ވަޒީފާއެއް ހަމަޖައްސައިދެވެން ނެތްކަމަށާއި،
މަޤާމެއް ހުސްވެއްޖެނަމަ ޢާންމުކޮށް އިޢުލާން ކުރުމުން ޝަރުޠުހަމަވާ މަޤާމަކަށް ކުރިމަތިލެވިދާނެކަމަށް އަންގައި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން 5 މާރޗް 2012 ގައި (އުމީ ޔުނިވަރސިޓީގެ ނަންބަރު
2012
/
30/CA
-
HR1/
MIS-153 ސިޓީން) އާމިނަތު ޝާފިޢާއަށް އަންގާފައިވާކަން ފާހަގަކުރެވޭކަމާއި،
އެއަށްފަހު 10 އޭޕްރިލް 2012 ގައި ޤައުމީ ޔުނިވަރސިޓީން އާމިނަތު ޝާފިޢާއަށް ފޮނުވި
ސިޓީގައި (ޤައުމީ ޔުނިވަރސިޓީގެ ނަންބަރު 2012
/
155/CA
-
HRD1
/
MIS-153 ސިޓީން) 2012 ވަނަ
އަހަރުގެ ބަޖެޓް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެ ދަރީން ޤައުމީ ޔުނިވަރސިޓީއަށް ފޮނުވިއިރު
ޔުނިވަރސިޓީގެ ފެކަލްޓީ ސެންޓަރ ތަކުގައި މުސާރަ ނުލިބޭ ޗުއްޓީގައި ތިބި ވަރަށް ގިނަ މުވައްޒަފުންގެ
މަޤާމްތައް ވަނީ އުވާލެވިފައިކަމަށާއި، އަދި އެ މަޤާމްތައް ހުސް މަޤާމްތަކެއްގެ ގޮތުގައި ބަލައި އެ މަޤާމްތަކުގެ
މުސާރަވަނީ އުނިކުރެވިފައިކަމަށާއި، އެހެންކަމުން އާމިނަތު ޝާފިޢާއަށް ޤައުމީ ޔުނިވަރސިޓީގައި މަޤާމެއް
ހަމަޖައްސައިދެވެން ނެތް ވާހަކަ އާމިނަތު ޝާފިޢާއަށް އަންގާފައިވާއިރު، 20 މެއި 2012 ގައި ޤައުމީ
ޔުނިވަރސިޓީން ފޮނުވި (ނަންބަރު 2012
/
247/CA
-
HRD1
/
MIS-153) ސިޓީގައި، އާމިނަތު ޝާފިޢާ 28
ޖުލައި 2011 ގައި ފޮނުވާފައިވާ ސިޓީގައި މުސާރަ ނުލިބޭ ޗުއްޓީ ނެގުމުން ޔުނިވަރސިޓީގެ މަސައްކަތަށް ދަތިވެ
މަޤާމް ބޭނުންވެއްޖެނަމަ، ވަޒީފާއިން ވަކިކުރުމާމެދު އިޢުތިރާސެއް ނެތްކަމަށް ބުނެފައިވާކަން އެ ސިޓީގައި
ފާހަގަކޮށްފައިވާކަމާއި، އެހެންނަމަވެސް، އާމިނަތު ޝާފިޢާ ވަޒީފާއިން ވަކިކޮށްފައިވަނީ 5 ޖޫން 2011 ގައިކަމަށް
ޤައުމީ ޔުނިވަރސިޓީން ބުނާއިރު، ވަޒީފާއިން ވަކިކުރުމުގެ އިޢުތިރާބެއް ނެތްކަމުގެ ލިޔުން
ޤައުމީ ޔުނިވަރސިޓީއަށް ފޮނުވާފައިވަނީ، އޭނާ މަޤާމުން ވަކިކުރިކަމަށް ބުނާ ތާރީޚުގެ
ދުވަހަށްވުރެ ގިނަ ދުވަސް ފަހުންކަން ޝަރީޢަތަށް ފާހަގަކުރެވެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/166
Oxec
(ށ) ދެވަނަ ކަމަކީ، އާމިނަތު ޝާފިޢާ ވަޒީފާއިން ވަކިކޮށްފައިވަނީ 2012 ވަނަ އަހަރުގެ ބަޖެޓް
މިނިސްޓްރީ އޮފް ފިނޭންސް އިން ކަނޑައެޅިއިރު، މުސާރަ ނުލިބޭގޮތަށް ޗުއްޓީދީފައިވާ ފަރާތްތަކަށް މުސާރަ
ނުދިނުމަށް ނިންމާފައިވާތީ، މާލީގޮތުން ދިމާވެފައިވާ ދަތިކަމުގެ ސަބަބުން ރިޑަންޑަންޓް ކުރުމުގެ އުޞޫލުން ދިވެހި
ސިވިލް ސަރވިސްގެ ގަވާއިދު 2010 ގެ 19 ވަނަ ޗެޕްޓަރގެ 178 ވަނަ މާއްދާގެ (ހ) ގެ ދަށުންކަމަށް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ބުނެފައިވާކަމާއި،
ބަޔާންވެދިޔަ ގަވާއިދުގެ 178 ވަނަ މާއްދާގެ (އ) އަށް ބަލާއިރު، މުސާރަ ނުލިބޭ ޗުއްޓީއެއްގައި
ހުރި މުވައްޒަފެއް މުސާރަ ނުލިބޭ ގޮތަށް ވީއްލާފައިހުރި މުއްދަތު ހަމަވާއިރު، އެ ގަވާއިދު ތަޠުބީޤުވާ އޮފީސްތަކުގެ
އޮނިގަނޑަށް ގެނެވޭ ބަދަލެއްގެ ސަބަބުން ނުވަތަ އެނޫންވެސް އެހެން ސަބަބަކާހުރެ، މަޤާމް އުވާލެވިފައިވުމުގެ
ސަބަބުން، ވަޒީފާ ހަމަޖެއްސެން ނެތްނަމަ، އެކަން އެ މުވައްޒަފަކަށް 1 (އެކެއް) މަސް ދުވަސް ކުރިން
އަންގަންވާނެކަމަށާއި، އަދި އެކަން އެ މުވައްޒަފަކަށް ނޭނގި އޮތުމަކުން، އެ އަކުރުގެ ދަށުން ވަޒީފާ ދިނުން
ލާޒިމް ނުވާކަމަށް ބުނެފައިވާކަމާއި، އެހެންކަމުން، ދިގު މުއްދަތަކަށް މުސާރަ ނުލިބޭ ޗުއްޓީގައި ހުރި މުވައްޒަފެއް
ރިޑަންޑަންޓް ކުރެވިދާނެކަން އެނގޭކަމާއި،
ރިޑަންޑަންސީގެ ޙާލަތާގުޅޭ ތަފްޞީލު ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކުރެވިފައި ނެތްނަމަވެސް،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 89/HC
-
A/2011 ޤަޟިއްޔާގައި ރިޑަންޑަންސީގެ ދަށުން މުވައްޒަފަކު
ވަޒީފާއިން ވަކިކުރުމަކީ އެކަށީގެންވާ ސަބަބެއްކަމަށް ބަޔާންކުރެވިފައި އޮންނަކަމާއި، އަދި ދިވެހިރާއްޖޭގެ ހައިކޯޓުން
އޭގެ ފަހުން ނިންމާފައިވާ އެތައް ޤަޟިއްޔާތަކެއްގައި ރިޑަންޑަންސީގެ ޙާލަތަށް ރިޢާޔަތް ކުރެވި ގޮތްތައް
ކަނޑައެޅިފައިވާކަމާއި، އެގޮތުން ރިޑަންޑަންސީގެ ޙާލަތުގައި، ތަނުގެ އޮނިގަނޑަށް ގެނެވޭ ބަދަލަކުން ނުވަތަ މާލީ
ޙާލަތު ދަށްވުން ފަދަ ކަމެއް މެދުވެރިވެގެން މުވައްޒަފުން ދޫކޮށްލަންޖެހިއްޖެނަމަ ނުވަތަ މަދުކުރަން
މުވައްޒަފަކު ވަޒީފާއިން ވަކިކުރަނީ ޙަޤީޤަތުގައިވެސް އެފަދަ ޙާލަތެއް މެދުވެރިވެގެންތޯއާއި، އެކަން
ހެޔޮނިޔަތުގައި ތޯއާއި، އަދި އެއީ ވަކި މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ކަނޑައެ ގެން
ވަޒީފާއިން ވަކިކުރުމަށްޓަކައި ކޮށްފައިވާކަމެއްތޯ ނުވަތަ ނޫންތޯއާއި، އަދި ވަޒީފާއިން ވަކިކުރާނެއްޒަފުން
މިއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/166
ކަނޑައެޅުނުގޮތަކާއި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި
(substantive fairness) އިޖްރާއީ ޢަދުލުވެރިކަން (procedural fairness) ޤާއިމުކޮށްފައިވޭތޯ ބަލާ
އެކަންކަން ކަށަވަރުވާން ޖެހޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 89/HC
-
A/2011 ޤަޟިއްޔާގައި
ކަނޑައަޅާފައިވާކަމާއި،
ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 ގެ 19 ވަނަ ޗެޕްޓަރގެ 178 ވަނަ މާއްދާގެ
ދަށުންވެސް، މުވައްޒަފަކު ރިޑަންޑަންޓް ކުރުމަށް އެކަށީގެންވާ ސަބަބެއް އޮންނަންޖެހޭނެކަމާއި، އެގޮތުން، 178
ވަނަ މާއްދާގެ (ޅ) ގައި، މުސާރަ ނުލިބޭ ގޮތަށް ވީއްލާފައި ހުރި މުވައްޒަފަކަށް ދެވިފައިވާ ޗުއްޓީގެ މުއްދަތު
ހަމަވުމުގެ ކުރިން އޮފީހަށް ނިކުންނަން ބޭނުންވާނަމަ، އެކަން 3 (ތިނެއް) މަސް ދުވަސް ކުރިން އެ އޮފީހަކަށް
ހުށަހަޅަންވާނެކަމަށާއި، އަދި އެ މުވައްޒަފަކު ހުރި މަޤާމުގައި ވަގުތީ ގޮތުން އެހެން މުވައްޒަފަކު ހުރިނަމަ، ވަގުތީ
މުވައްޒަފަށް ނޯޓިސް ދިނުމަށްފަހު ވަޒީފާއިން ވަކިކުރަންވާނެކަމަށާއި، އަދި މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ ނެގި
މުވައްޒަފަށް އޭނާ ކުރިން ހުރި މަޤާމު އަނބުރާ ދޭންވާނެކަމަށް ބަޔާންކޮށްފައި އޮތުމުން، މުސާރަ ނުލިބޭ ގޮތަށް
ޗުއްޓީ ނަގައިގެން ހުރި މުވައްޒަފަށްވެސް، އެފަދަ ދިގު މުއްދަތެއްގެ ޗުއްޓީއެއް ނެގިނަމަވެސް، އެ ވަޒީފާގައި
ދެމިހުރުމުގެ ކޮންމެވެސް ކަށަވަރުކަމެއް 178 ވަނަ މާއްދާގެ ދަށުން ލިބިދެވިފައިވާކަން ފާހަގަކުރެވޭކަމާއި، އެފަދަ
މުވައްޒަފެއް ވަޒީފާއިން ވަކި ކުރެވޭނީ ޙަޤީޤަތުގައިވެސް ވަޒީފާއިން ވަކިކުރަންޖެހޭ އެކަށީގެންވާ ސަބަބެއް
އޮވެގެންކަމާއި،
ރިޑަންޑަންސީގެ ޙާލަތުގައިވެސް، މައުޟޫޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން
ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ވުންކަމާއި، އިޖްރާއީ ޢަދުލުވެރިކަމަކީ،
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ
އިޖްރާއާތަކީ ޢަދުލުވެރި އިޖްރާއާތަކަށް ވުންކަމާއި،
ހުށަހެޅިފައިމިވާ މައްސަލާގައި، އާމިނަތު ޝާފިޢާ ވަޒީފާއިން ވަކިކޮށްފައިވަނީ
އަހަރުގެ ބަޖެޓް މިނިސްޓްރީ އޮފް ފިނޭންސް އިން ކަނޑައެޅިއިރު، މުސާރަ ނުލިބޭއް
ނަ
ވަކިއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/166
Oo
0 0
ފަރާތްތަކަށް މުސާރަ ނުދިނުމަށް ނިންމާފައިވާތީ، މާލީ ޙާލަތު އޮތްގޮތުން ކަމަށް ޤައުމީ ޔުނިވަރސިޓީގެ ފަރާތުން
ބުނެފައިވާއިރު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނަންބަރު 2011
/
46/B
/
CIR-13
ސަރކިއުލަރގައި ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ 2012 ވަނަ އަހަރުގެ ބަޖެޓް ތަންފީޒުކުރުމުގައި
ޢަމަލުކުރެވޭ އުޞޫލު ބަޔާންކުރެވިފައިވާކަމާއި، އެ އުޞޫލުގައި އިސް މަޤާމުތަކަށް މުވައްޒަފުން ނުލެއްވުމަށް
އަންގާފައިވާކަން ފާހަގަކުރެވޭކަމާއި، އަދި މުވައްޒަފަކު ލައްވާނަމަ، އެކަމުގެ ހުއްދަ އެ މިނިސްޓްރީން ހޯދަން
ޖެހޭނެކަމަށް ބަޔާންކޮށްފައިވާކަމާއި،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/83 މައްސަލާގެ މައްސަލަ ނިމުނުގޮތުގެ
ރިޕޯޓުގެ 1.3 ގެ 5 ވަނަ ނުކުތާގައި ފާހަގަކުރައްވާފައިވާ ފަދައިން، "ވަރަށް ގިނަ މަޤާމުތައް" ހުސްކަމަށް ބަލައި،
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން މުސާރަ އުނިކުރިކަމަށް ޤައުމީ ޔުނިވަރސިޓީގެ ފަރާތުން
ބުނާއިރު، ހުސް މަޤާމުތަކުގެ ތެރެއިން މުސާރަ އުނިކުރި މަޤާމުތަކަކީ ކޮބައިކަމާއި، އާމިނަތު ޝާފިޢާގެ މަޤާމަކީ
މުސާރަ ދީފައިނުވާ 'ހުސް މަޤާމް' އެއްގެ ގޮތުގައި ކަނޑައެޅިގޮތެއް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް
ބުނެދެވިފައިނުވާކަން ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންނަށްވެސް ފެނުނުކަމާއި، އަދި
އިސްތިއުނާފު ކުރެވޭ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ 1.3 ގެ 7 ވަނަ ނުކުތާގައި ފާހަގަކުރައްވާފައިވާ
ފަދައިން، ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ މާލޭ ކެމްޕަސްއިން 4 (ހަތަރެއް) މަޤާމް އުނިކުރަންޖެހޭކަން
ފާހަގަކޮށްފައިވާކަން އެނގެންއޮތްނަމަވެސް، އެ ފެކަލްޓީގެ މަޤާމުތަކުގެ ތެރެއިން އުނިކުރާނީ ކޮން
މަޤާމުތަކެއްތޯއާއި، މަޤާމުތައް އުނިކުރުމުގައި ޢަމަލުކުރަން ނިންމި އުޞޫލެއް އެނގެން ނެތުމުން އާމިނަތު ޝާފިޢާ
ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްކުރެވިފައިވާކަމަށް ބެލެވެންނެތްކަމާއި،
އެހެންކަމުން، މަޤާމު އުވާލުމާ ގުޅިގެން މުވައްޒަފުން ވަކިކުރާންޖެހޭ ޙާލަތުގައި އަމަލުކުރުމަށް
ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 ގައި ބަޔާންކުރާ އުޞޫލުން އާމިނަތު
ޢަމަލުކޮށްފައިވާކަން ސާބިތުވާ މިންވަރަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ
2002 ,
ވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
11
2013/HC-A/166
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
83VTR/2012
ތެކުރިއިރު،
ހުށަހަޅާފައިނުވާކަމަށް ވަޒީފާއާބެހޭ
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލާގައި
ކަނޑައަޅުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާއި ޚިލާފަށްކަމަށް ބެލެވެންނެތްކަމެވެ.
(ނ) ތިންވަނަ ކަމަކީ، ވަޒީފާއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2/2008 އާއި، ޤާނޫނު ނަންބަރު
14/2008 އާއި 12/2010 ދެ ޤާނޫނުގެ ދަށުން ޤާނޫނު ނަންބަރު 2/2008 އަށް ގެނެވިފައިވާ
އިޞްލާޙުތައް ހިމެނޭގޮތަށް) ގައި މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ހުއްދަކުރާ ޙާލަތްތަކުގެ ބޭރުން، ވަޒީފާ
އަދާކުރާ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ދީފައިވާ ހުއްދައެއްގެ ދަށުން ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު
ވަޒީފާ ދޭ ފަރާތަށް ލިބިގެން ނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމަވާފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 13
މާއްދާ އާއި 2 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ޤައުމީ ޔުނިވަރސިޓީން ހުށަހެޅި ނުކުތާއަށް ޝަރީޢަތުން
އިސްތިއުނާފުކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/83 މައްސަލާގެ
ފާހަގަކުރެވުނު ނުކުތާތަކުގެ 2 ވަނަ ނަންބަރުގައި، އާމިނަތު ޝާފިޢާ މުސާރަ ނުލިބޭ ޗުއްޓީގައި ހުންނަ
މުއްދަތުގައި އަދި މި ޗުއްޓީ ނެގުމުން ޔުނިވަރސިޓީގެ މަސައްކަތަށް ދަތިވެ، މަޤާމް ބޭނުންވާނަމަ އާމިނަތު
ޝާފިޢާ ވަޒީފާއިން ވަކިކުރުމުގެ އިޢުތިރާޒެއް ނެތްކަމަށް ބުނެ އާމިނަތު ޝާފިޢާ ޤައުމީ ޔުނިވަރސިޓީއަށް 28
ޖުލައި 2011 ގައި ސިޓީއެއް ފޮނުވާފައި
ސިޓީއެއް ފޮނުވާފައި އޮތުމުން، 20 މެއި 2012 ގައި ޤައުމީ ޔުނިވަރސިޓީން ފޮނުވި
(ނަންބަރު 2012
/
247/CA
-
HRD1
/
MIS-153) ސިޓީގައި، އާމިނަތު ޝާފިޢާ ވަޒީފާއިން ވަކިކުރި ސަބަބު
ތަކުގެ ތެރޭގައި އޭނާގެ އިޢުތިރާޒެއް ނެތްކަން ޤައުމީ ޔުނިވަރސިޓީން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި
ފާހަގަކޮށްފައި އޮތުމުން، ވަޒީފާއާބެހޭ ޤާނޫނުން މުވައްޒަފަކަށް ލިބިދޭ ޙައްޤުތައް މަޙްރޫމް ކުރުވާ ފަދަ
އެއްބަސްވުމެއް ވުމަށް ވަޒީފާއާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާއިން ހުއްދަ ނުކުހާކަމް
ޓްރައިބިއުނަލުން ފާހަގަކުރައްވާފައި އޮތުމުން، މިގޮތަށް ކަނޑައަޅުއްވާފައިވަނީ ވަޒީފާއާބެހޭ، މި ވަނަ
މާއްދާއާއި 13 ވަނަ މާއްދާއާ ޚިލާފަށްކަމަށް ޤައުމީ ޔުނިވަރސިޓީން ދިވެހިރާއްޖޭގެ ހައި، ދިވެއިސްރާބަތުގެ
މަޖިލިހުގައި ފާހަގަކޮށްފައިވާކަމާއި،
22 / /
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/166
OXC
2
0
2
04 ބ 02
ހުއްދައެއްކުމަށް
2
4 ވ2
LUCO
ޝިފާއާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގެ (ނ) ގައި ވަޒީފާ އަދާކުރާ ފަރާތަށް މި ޤާނޫނުގެ ދަށުން
ލިބިދޭ ޙައްޤެއް ނުވަތަ މަންފާއެއް ނުލިބޭގޮތަށް ނުވަތަ އެފަދަ ކަމަކަށް އުނިކަމެއް ލިބޭގޮތަށް ގަވާއިދެއްގައި ނުވަތަ
ވަޒީފާގެ އެއްބަސްވުމުގައި، އެއްވެސް މާއްދާއެއް ހިމެނިގެންވާނަމަ އެ މާއްދާއެއް ވަނީ ބާޠިލު
ބަޔާންކޮށްފައިވާކަމާއި،
ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގައި ވަޒީފާގެ އެއްބަސްވުމެއްގައި ހިމެނެންވާ މަޢުލޫމާތުތައް
ބަޔާންކޮށްފައިވާއިރު، އޭގެ ތެރޭގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރާނޭ އަދި ވަޒީފާއިން ވަކިވެވޭނޭ އުޞޫލުތައް
ކަނޑައެޅި ބަޔާންވެފައި އޮތުން ހިމެނޭކަން ފާހަގަކުރެވޭކަމާއި،
ހުކަމުން، އާމިނަތު ޝާފިޢާ މުސާރަ ނުލިބޭ ޗުއްޓީއަށް އެދި ފޮނުވާފައިވާ ސިޓީގައި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މަސައްކަތަށް ދަތިވެ މަޤާމް ބޭނުންވެއްޖެނަމަ، ވަޒީފާއިން ވަކިކުރުމާއިމެދު
އިޢުތިރާޒެއް ނެތްކަމުގައި ބުނެފައިވަނީ އެކަމަށް އެއްބަސްވެގެންކަމަށާއި، އަދި ވަޒީފާއާބެހޭ ޤާނޫނުގެ 2 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާ ވަޒީފާއާ ބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޙައްޤެއް ނުވަތަ މަންފާއެއް ނުލިބޭ ގޮތަށް
ނުވަތަ އެފަދަ ކަމަކަށް އުނިކަމެއް އަންނަފަދަ ގޮތަކަށް ގަވާއިދެއް ނުވަތަ ވަޒީފާގެ އެއްބަސްވުމެއްވާނަމަ، އެ
މާއްދާއެއް ވާނީ ބާޠިލު ކަމަށް ބަޔާންކޮށްފައި އޮތްނަމަވެސް، ވަޒީފާއާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގެ
ދަށުން ބަޔާންވެދިޔަ ފަދަ ޙައްޤެއް ނުވަތަ ހިމާޔަތެއް އެމީހަކު އަމިއްލައަށް ދޫކޮށްލުން (waive) މަނާކޮށްފައި
ނުވާކަމަށް ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާއިރު،
ޤައުމީ ޔުނިވަރސިޓީއާއި އެތަނުގެ މުވައްޒަފުންނަކީ ވަޒީފާއާބެހޭ ޤާނޫނު އެ ފަރާތްތަކުގެ މައްޗަށް
ނުހިނގާނެ ބައެއްކަން ވަޒީފާއާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާއިން އެނގެން ނޯންނަކަމާއި، އެއްބަސްވުން ހެދުމާއި
ވަޒީފާއާގުޅޭ ކަންކަން ކަނޑައެޅުމުގައި ގިނަ ފަހަރަށް ބާރުވެރި ފަރާތަކީ ވަޒީފާދޭ ފަރާތްކަމާ އެހެންކަމުން
ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ވަޒީފާއަދާ ކުރާ ފަރާތްތަކަށް ލިބިދީފައިވާ ޙައްޤުތަކާމި
ކަށަވަރު ކޮށްދިނުމުގެ ގޮތުން، އަދި އެ ޤާނޫނުގައި ވަޒީފާއަދާ ކުރާ ފަރާތަކަށް ކަށަވަރު
ބިދޭންޖެހޭނެ ޙައްޤުތަކާއި މަންފާތައް، އެ ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ލިބިދިނުމުގެ" ޤާނޫނުގެ
0
0
2
0 ދ ތތ
މާއްދާއެއްކަމަށް
lccto de
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
13
2(13/HC-A/166
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދީދީ 2 »2
2 ވަނަ މާއްދާގެ (ނ) ގެ ދަށުން ވަޒީފާއަދާ ކުރާ ފަރާތަށް އެ ޙައްޤުތައް އަމިއްލައަށް ދޫނުކުރެވޭނެކަން، ނުވަތަ
ވެއިވް ނުކުރެވޭނެކަން އެނގެން އޮންނަކަމާއި،
އެގޮތުން، ވަޒީފާއާބެހޭ ޤާނޫނުން މުވައްޒަފަކަށް ލިބިދޭ އެންމެ އަސާސީ އެއް ޙައްޤަކީ
މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމުގައިވާއިރު، އާމިނަތު ޝާފިޢާ ޤައުމީ
ޔުނިވަރސިޓީއަށް ފޮނުވި ސިޓީގައި، ޤައުމީ ޔުނިވަރސިޓީގެ މަސައްކަތަށް ދަތިވެ މަޤާމް ބޭނުންވެއްޖެނަމަ،
ވަޒީފާއިން ވަކިކުރުމާއިމެދު އިޢުތިރާޒެއް ނެތްކަމުގައި ބުނެފައިވާއިރު، މިހެން އޮތްއޮތުމަކީ، އެކަށީގެންވާ ސަބަބެއް
ނެތި، އާމިނަތު ޝާފިޢާ ވަޒީފާއިން ވަކިކުރުމަށް ޤައުމީ ޔުނިވަރސިޓީއަށް އާމިނަތު ޝާފިޢާ މުޠުލަގުކޮށް ދީފައިވާ
ބާރެއްކަމުގައި ބެލެވޭނެ ހަމައެއް ނެތްކަމާއި، ޤައުމީ ޔުނިވަރސިޓީގެ މަސައްކަތަށް ދަތިވެ، އާމިނަތު ޝާފިޢާ ހުރި
މަޤާމު ބޭނުންވާކަން ދަލީލުކޮށްދޭ އެކަށީގެންވާ ސަބަބެއް އޮންނަންޖެހޭނެކަމާއި، ހަމަ ޚި
އުޞޫލުން، ޤައުމީ
ޔުނިވަރސިޓީން ވަގުތީ ގޮތުން ޢަމަލު ކުރަމުން ދިޔަ ދިވެހިރާއްޖޭގެ ސިވިލް ސަރވިސްގެ ގަވާއިދު 2010 ގެ
19 ވަނަ ޗެޕްޓަރގެ 178 ވަނަ މާއްދާގެ (އ) ގައި، އޮފީހަށް ގެނެވޭ ބަދަލަކާ ގުޅިގެން، ނުވަތަ އެނޫންވެސް
އެހެން ސަބަބަކާ ހުރެ، މުސާރަ ނުލިބޭ ޗުއްޓީއެއްގައި ހުރި މުވައްޒަފަކަށް ވަޒީފާ ހަމަޖެއްސެން ނެތްނަމަ، އެ
މުވައްޒަފަކަށް އެކަން، ވީއްލި މުއްދަތު ހަމަވުމުގެ 1 (އެކެއް) މަސް ކުރިން އަންގަންވާނެކަމަށާއި، އަދި އެކަން
އެފަރާތަށް ނޭނގި އޮތުމަކުން، އެ މުވައްޒަފަކު އެނބުރި އަންނައިރު، ވަޒީފާ ދިނުން ލާޒިމުނުވާކަމަށް
ބަޔާންކުރެވިފައި އޮންނަ އޮތުމުގެ ދަށުންވެސް، މުވައްޒަފަކަށް ވަޒީފާ ހަމަޖައްސައި ނުދޭން މެދުވެރިވާ ސަބަބު
އެކަށީގެންވާ ސަބަބަކަށް
ވާންޖެހޭނެކަމާއި، އަދި އެގޮތުން، މުވައްޒަފަކު ވަޒީފާއިން ވަކިކުރަންޖެހޭ ޙާލަތެއް
ޙަޤީޤަތުގައިވެސް މެދުވެރިވެފައިވޭތޯއާއި، އެކަން ކޮށްފައިވަނީ ހެޔޮނިޔަތުގައި ތޯއާއި، އަދި އެއީ ވަކި މުވައްޒަފަކު
ނުވަތަ މުވައްޒަފުންތަކެއް ކަނޑައެޅިގެން ބޭއިންސާފުން ވަޒީފާއިން ވަކިކުރުމަށްޓަކައި ކޮށްފައިވާ ކަލެޑްޓޯގެ މިއަތަ
ނޫންތޯއާއި އަދި ވަޒީފާއިން ވަކިކުރާނެ މުވައްޒަފުން ކަނޑައެޅުނުގޮތަކާއި، އެމުވައްޒަފަކު ވަރި ގާ
ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން ޤާއިމްވެފައިވޭތޯ ބަލާ
ކަށަވަރުވާންޖެހޭނެކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
14
2013/HC-A/166
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މާއެނއއ
ޤާނޫނު ނަންބަރު 5/2011 (ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނު) ގެ 5 ވަނަ
42 ވަނަ މާއްދާގެ (ށ) ގެ (9) ގެ ދަށުން ޤައުމީ ޔުނިވަރސިޓީގެ މުވައްޒަފުންގެ ވަޒީފާއާ ގުޅޭ
އެންމެހައި ކަންކަން ކަނޑައެޅުމުގެ ބާރު ޤައުމީ ޔުނިވަރސިޓީއަށް އެ ޤާނޫނުގެ ދަށުން ލިބިދީފައިވީނަމަވެސް،
ޤައުމީ ޔުނިވަރސިޓީއަކީ ވަޒީފާއާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ ޤާނޫނު ހިންގޭނެ
ދާއިރާތަކުގެ ތެރެއިން އިސްތިސްނާ ކުރެވިފައިވާ ފަރާތެއްނޫން ކަމުގައިވާއިރު، ޤާނޫނު ނަންބަރު 3/2011
(ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނު) ގެ 5 ވަނަ މާއްދާއާއި 42 ވަނަ މާއްދާގެ (ށ) ގެ (3) ގެ
ދަށުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ލިބިދީފައިވާ ބާރުތަކާއި އިޚްތިޔާރުތައް ބޭނުންކުރެވޭނީ ވަޒީފާއާބެހޭ
ޤާނޫނުގެ ތަރަހައިގެ ތެރެއިންކަމާއި،
ހުށަހެޅިފައިމިވާ މައްސަލާގައި، އާމިނަތު ޝާފިޢާ ޤައުމީ ޔުނިވަރސިޓީގައި އަދާ ކުރަމުން ދިޔަ
ވަޒީފާއިން ވަކިކޮށްފައިވާކަން އާމިނަތު ޝާފިޢާއަށް ޤައުމީ ޔުނިވަރސިޓީން އެންމެ ފުރަތަމަ އެންގިއިރު އާމިނަތު
ޝާފިޢާ ވަޒީފާއިން ވަކި ކުރަންޖެހުނު ސަބަބު ރެކޮށްފައިނުވާކަމާއި، އެހެންނަމަވެސް، އާމިނަތު ޝާފިޢާ
ވަޒީފާއިން ވަކިކޮށްފައިވާ ތާރީޚަކީ 5
ކަން ޤައުމީ ޔުނިވަރސިޓީގެ ނަންބަރު
2012
/
56/CA
-
HRD1
/
MIS-153 ސިޓީގައި ބަޔާންކުރެވިފައިވާއިރު، މި ތާރީޚުގައި އާމިނަތު ޝާފިޢާ
ވަޒީފާއިން ވަކިކޮށްފައި އޮތް އޮތުމަކީ އާމިނަތު ޝާފިޢާގެ މުސާރަ ނުލިބޭ ޗުއްޓީ ފެށުމުގެ ކުރިން ވަކިކޮށްފައި
އޮތް އޮތުމެއްކަން ފާހަގަކުރެވޭކަމާއި، އަދި މިއީ ވަޒީފާއާބެހޭ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ވަކިކޮށްފައިވާ
ވަކިކުރުމެއްކަމަށް މި މައްސަލަ ބެލުމުގައި ބައިވެރިވި އެއްވެސް ފަނޑިޔާރަކަށް ނުފެނުނުކަމާއި،
އާމިނަތު ޝާފިޢާ ވަޒީފާއިން ވަކިކޮށްފައިވަނީ މުސާރަ ނުލިބޭ ޗުއްޓީ އޭނާއަށް ދިނުމަށްފަހު، އޭގެ
ފަހުގެ ތާރީޚެއްގައި ކަމުގައި ބެލިނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ފާހަގަކުރައްވާފައިވާ
ޝާފިޢާ ވަޒީފާއިން ވަކިކުރުމުގެ އިޢުތިރާޒެއް ނެތްކަމުގެ ސިޓީއަށް އެކަނި ބިނާކޮށް، އެކަށީގެންވާ ސަބަ
އާމިނަތު ޝާފިޢާ ވަޒީފާއިން ވަކި ނުކުރެވޭނެކަމާއި، އެހެނީ، އެފަދަ ލިޔުމެއް ވާނީ ވަޒީފާއާބެހޭ ޤާނޫނުވަވަނަ *
ހ2 ބ 02 ހ
18ނ#
2011
*
2x
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013HC-A/166
22
2 ހ22
އދކުމުން،
މާއްދާގެ (ނ) އާ ޚިލާފު ލިޔުމެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންނަށްވެސް
ފެނުނުކަމާއި،
ވަޒީފާއާބެހޭ ޤާނޫނުގައި މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ހުއްދަކުރާ
ޙާލަތްތަކުގެ ބޭރުން، ވަޒީފާ އަދާކުރާ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ދީފައިވާ ހުއްދައެއްގެ ދަށުން، އެ
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު ވަޒީފާ ދޭ ފަރާތަށް ލިބިގެން ނުވާކަމަށް ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/83 މައްސަލާގައި ނިންމަވާފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 15 މާއްދާ
އާއި 2 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބެލެވެންނެތްކަމެވެ.
ވީމާ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމާއެކު،
އެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2012/VTR/83 މައްސަލައިގެ ނިންމެވުމަށް ބަދަލު ގެންނާނެ ތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި
މައްސަލަ ބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނެވެ.
ދިވެހިރާއްޖޭގެ
t
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
16
2(13/HC-A/166
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2012/VTR/83 މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ މައްސަލާގައި ނިންމަވާފައިވާ ނިންމެވުމަށް ބަދަލު
ގެންނަންޖެހޭ ޤާނޫނީ ނުވަތަ ޝަރުޢީ ހަމައެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;