ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/315 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A/315
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
-
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 315/HC
-
A/2014
އިސްތިއުނާފު ކުރިފަރާތް:
ން: ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ރެޖިސްޓްރީ ނަންބަރު: 0462
/
2012-C
* ދާއިމީ އެޑްރެސް: ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޙަސަން ނިހާދު
* އައި. ޖީ. ނަންބަރު: A284860
* ދާއިމީ އެޑްރެސް: އަބްލަޑީގެ ތ. ވިލުފުށި
ސްޓްރީކުރެވުނު
3 ޞަފަރު 1436
25 ނޮވެމްބަރު 2014
ނިމުނު ތާރީޚް: 26 ޖުމާދަލްއޫލާ 1436
17 މާޗް 2015
އިސްތިއުނާފުކުރެވުނު މައްސަލައިގެ ނަންބަރު: 2017/VTR/144
މައްސަލައިގެ ބާވަތް: ވަޒީފާއިން ވަކިކުރުން
• ނިންމެވި ޓްރައިބިއުނަލް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ށަހެޅުނު ތާރީޚް: 18 އޯގަސްޓް 2013 ނިމުނު ތާރީޚް: 24 ޖުލައި 2014
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު
**
އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2
ޤަޟިއްޔާ ނިމުނު 1
2014/HC-A/315
و جری هم ب*
ޢާލާގެ ޚުލާޞާ
949
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/144 މައްސަލަ
އެޓްރައިބިއުނަލުން ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެ ނިންމުން
އިސްތިއުނާފު ކޮށްދިނުމަށްއެދި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ރެޖިސްޓްރީ ނަންބަރު
0462
/
2012-C) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ޙަސަން ނިހާދު، އަބްލަޑީގެ ތ. ވިލުފުށި (ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު A284860) އެވެ.
→ ފާހަގަކުރެވުނު ނުކުތާތައް:
ދީ 4
2
2
1. އިސްތިއުނާފުކުރެވިފައިމިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2013/VTR/144 މައްސަލައަށް ބަލާއިރު، އެމައްސަލައަކީ، ވިލުފުށި 1އަބްލަޣްގެ، ޙަސަން ނިހާދު،
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ރެޖިސްޓްރީ ނަންބަރު 0462
/
2012-C) ގެ މާލެ އޮފީހުގައި
އަދާކުރަމުންދިޔަ އެސިސްޓެންޓް މެނޭޖަރެއްގެ މަޤާމުން، ޚިޔާނަތްތެރި ވެފައިވާކަމަށްބުނެ، ވަކިކޮށްފައިވާތީ
އެ މައްސަލަ ބަލާދިނުމަށް އެދި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ރައްދުވާގޮތަށް، 2013
އޯގަސްޓް 18 ވަނަ ދުވަހު ޙަސަން ނިހާދުގެ ފަރާތުން ހުށަހެޅުމުން
މުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލައި
ނިންމާފައިވާ މައްސަލައެއްކަމާއި،
އެމައްސަލާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމުގައިވަނީ،
"ދެންފަހެ، މި މައްސަލައާ ގުޅިގެން މައްސަލަ ހުށަހެޅި ފަރާތުންނާއި މައްސަލަ ރައްދުވި ފަރާތުން
ހުށަހަޅާފައިވާ ލިޔުންތަކަށާއި މައްސަލަ ބެލި މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހެކިންގެ ހެކިބަހުގެ
މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، މައްސަލަ ހުށަހެޅި ޙަސަން ނިހާދު ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ
6
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [9331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2014/HC-A/315
گمرکی
ދެވެ
3 ޤަޟިއްޔާ ނިމުނު "
އެސިސްޓަންޓް މެނޭޖަރެއްގެ ވަޒީފާ އަދާކުރަމުން ދަނިކޮށް، 2013 ވަނަ އަހަރުގެ ޖުލައި މަހުގެ 7 ވަނަ
ދުވަހު ވަޒީފާއިން ވަކިކޮށްފައިވަނީ، އެއްވެސް ހެއްކެތް ނެތް ކަމެއްގައި ދޮގު ތުހުމތުތަކެއް ކޮށްގެންކަމަށް
ބުނެ، އަލުން އަނބުރާ ވަޒީފާ ރުޖޫޢަކޮށްދިނުމަށާއި އަދި ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން
މުސާރައާއި ޢިނާޔަތްތައް ހޯދުމަށް އެދި ހުށަހެޅި މައްސަލައިގައި، މައްސަލަ ހުށަހެޅި ޙަސަން ނިހާދު
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ގެ ވަޒީފާއިން ވަކިކޮށްފައިވަނީ އެ ކޯޕަރޭޝަންގެ ޕްރޮކިއުމަންޓް ޕޮލިސީއާއި
ޚިލާފުވެ ޚިޔާނާތުގެ ކަންތައްތަކެއް ހިންގާފައިވާކަން ކުންފުނީގެ ލިޔެކިޔުމުން ފެންނަން އޮތުމުގެ ސަބަބުން
ކަމަށް މައްސަލަ ރައްދުވި ފަރާތުން ބުނާއިރު، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރިކަން
އެންގުމުގެ ގޮތުން ދީފައިވާ ލިޔުމުގައި ބަޔާންކޮށްފައިވާ ކަންތައްތަކަކީ މައްސަލަ ހުށަހެޅި ފަރާތުން
ކޮށްފައިވާ ކަންކަންކަމަށް ސާބިތުވާ މިންވަރަށް މައްސަލަ ރައްދުވި ފަރާތުން ހެއްކާއި ޤަރީނާ
ހުށަހަޅާފައިނުވާތީ، ޙަސަން ނިހާދު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ
ޤާނޫނު) އާ ޚިލާފަށް ކަމަށް މައްސަލަ ބެލި މަޖިލީހުގެ މެނަބރުންގެ އިއްތިފާގުން ކަނޑައަޅައި، މައްސަލަ
ހުށަހެޅި ފަރާތުން ވަޒީފާ އަނބުރާ ލިބިދިނުމަށް އެދިފައިވީނަމަވެސް، ޙަސަން ނިހާދު އެދިފައިވާފަދައިން
އޭނާ ވަޒީފާއަށް ރުޖޫޢަކުރާނެފަދަ އަމުރެއް މިމައްސަލައިގައި ނެރެދިނުމަކީ، މިމައްސަލައިގެ ޙާލަތައް
ރިޢާޔަތްކުރާއިރު، މިމައްސަލައިގައި ހިމެނޭ ދެފަރާތުގެ މެދުގައި އިތުބާރު ގެއްލިފައިވުމުން، ދެފަރާތުގެ
މަސްލަޙަތަށް ބަލާއިރު އެންމެ އަދުލްވެރިގޮތްކަމަށް ނުފެންނާތީ، ޙަސަން ނިހާދަށް އަލުން އަނބުރާ ވަޒީފާ
ދޭން އަންގާނެ ޖާގައެއް ނެތްކަމަށް ކަނޑައަޅައި، އެހެންނަމަވެސް، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން
ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ކަމަށްވަތީ، ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ)
ގެ (2) އަދި އެ ޤާނޫނުގެ 25 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މައްސަލަ ހުށަހެޅި ފަރާތަށް ނޯޓިސްގެ
ގޮތުގައި އެއްމަސް ދުވަހުގެ މުސާރައާއި އިނާޔަތަށް ޖެހޭ 11,220 (އެގާރަ ހާސް ދުއިސައްތަ ވިހި)
ރުފިޔާއާއި، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް، މައްސަލަ ހުށަހެޅި
ޙަސަން ނިހާދަށް ބަދަލުގެ ގޮތުގައި 67,320 (ފަސްދޮޅަސް ހަތްހާސް ތިންސަތޭކަ ވިހި) ރުފިޔާއާއި އެކު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް:16471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
0x02ވހަކަމަށް ފެނަކަ
4
ޤަޟިއްޔާ ނިމުނު ގޮ
2014/HC-A/315
می هرکی
ޖުމުލަ 78,540 (ހަތްދިހަ އަށްހާސް ފަސްސަތޭކަ ސާޅިސް) ރުފިޔާ ދޭންޖެހޭކަމަށް ކަނޑައަޅައި،
އެފައިސާ މިއަދު، 24 ޖުލައި 2014 އިން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި މައްސަލަ ހުށަހެޅި
ޙަސަން ނިހާއަށް އެކީ އެއްފަހަރާ ދެއްކުމަށްފަހު އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ލިޔުމުން
އެންގުމަށް މައްސަލަ ރައްދުވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަށް އަންގާ އަމުރުކުރަމެވެ" މިފަދައިންކަން
އެމައްސަލާގެ "މައްސަލަ ނިމުނުގޮތުގެ ރިޕޯޓު" އިން އެގެން އޮވެއެވެ.
2. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
144VTR2013
މައްސަލަ
އެޓްރައިބިއުނަލުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން އެމައްސަލަ އިސްތިއުނާފުކުރަމުން، އަންނަނިވި 2 (ދޭއް) ނުކުތާ
ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
މިގޮތުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ؟
0 /
<< O
09 ތ 3
4
متری که
• ފުރަތަމަ ނުކުތާއަކީ، ޙަސަން ނިހާދު ވަޒީފާއިން ވަކިކޮށްފައިވަނީ ޕްރޮބޭޝަން
ތެރޭގައިކަމަށްވާއިރު، ޕްރޮބޭޝަން މުއްދަތުގައި ނޯޓިހެއް ދިނުމަކާނުލައި ދެފަރާތުންކުރެ ކޮންމެ
ފަރާތަކަށްވެސް ވަޒީފާގެ އެއްބަސްވުން ބާތިލްކުރެވިދާނެކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 14 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާއިރު، ޙަސަން ނިހާދު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް
ކަނޑައަޅުއްވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
4 22
0x
• ދެވަނަ ނުކުތާއަކީ، ޙަސަން ނިހާދުގެ މައްޗަށް ތުހުމަތުކުރެވުނު ޚިޔާނާތުގެ
ޢަމަލުގައި އޭނާގެ ބައިވެރިވުން އޮތްކަން މަދަނީ މިންގަޑުން ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ޤަރީނާ
ހުށަހަޅާފައިވަނިކޮށް، ޙަސަން ނިހާދު ވަޒީފާއިން ވަކިކުރި ލިޔުމުގައި ބަޔާންކޮށްފައިވާ ކަންކަން ސަބިތުވާ
ދިވެހިރާއްaއި
ހައިކޯޑު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2014/HC-A/315
5 ޤަޟިއްޔާ ނިމުނު
مسيحي في م کی
މިންވަރަށް ހެއްކާ ޤަރީނާ ހުށަހަޅާފައިނުވާކަމަށް ކަނޑައަޅުއްވައި، ޙަސަން ނިހާދު ވަޒީފާއިން
ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ
22 49)
ނކެވެ"
2 2x 22
3. މިމައްސަލައާ
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2013/VTR/144 މައްސަލާގެ "މައްސަލަ ނިމުނުގޮތުގެ ރިޕޯޓު" އަށާއި، އެމައްސަލަ އިސްތިއުނާފު
ކުރަމުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލަ ރައްދުވާ ޙަސަން ނިހާދުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ
ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ހ) ފުރަތަމަ ކަމަކީ، މިމައްސަލަ އިސްތިއުނާފުކުރަމުން، ޙަސަން ނިހާދު ވަޒީފާއިން
ވަކިކޮށްފައިވަނީ ޕްރޮބޭޝަން މުއްދަތުގެ ތެރޭގައިކަމަށްވާއިރު، ޕްރޮބޭޝަން މުއްދަތުގައި ނޯޓިހެއް
ދިނުމަކާނުލައި ދެފަރާތުންކުރެ ކޮންމެ ފަރާތަކަށްވެސް ވަޒީފާގެ އެއްބަސްވުން ބާތިލްކުރެވިދާނެކަމަށް
ވަޒީފާއާބެހޭ ޤާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ޙަސަން ނިހާދު ވަޒީފާއިން
ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވާފައިވާކަމަށްބުނެ، ފެނަކަ ކޯޕަރޭޝަން
ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
251/HC
-
A/2013 ޤަޟިއްޔާގައިވެސް
ބަޔާންކޮށްފައިވާ ފަދައިން، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ހިންގޭ ދާއިރާގެ ތެރޭގައި
ހިމެނޭ "މުވައްޒަފެއްގެ މަސައްކަތުގެ ޤާބިލުކަން ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅުކުރުމަށް ފިޔަވަޅު
އޭނާގެ މަސައްކަތު އަޚްލާޤާއި ނުވަތަ އޭނާ ވަޒީފާއަދާކުރާ ތަން ރަނގަޅުގޮތުގައި
OXO
22 200ވ 4
އިވެސް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 2316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮ
2014/HC-A/315
کی عمری
OXO
ހިންގުމާ ގުޅިފައިވާ އޭނާގެ ޒިންމާ އަދާނުކުރާކަމުގެ އެކަށީގެންވާ ސަބަބަކާލައިގެން މެނުވީ، ވަޒީފާ
އަދާކުރަމުންދާ މުވައްޒަފަކު، އޭނާގެ ވަޒީފާއިން ވަކިކޮށްގެން ނުވާނެ" ކަމަށް ބަޔާންކޮށް އެޤާނޫނުގެ 21
ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ އާންމު އުސޫލުން، އެޤާނޫނުގެ (ޤާނޫނު ނަންބަރު 14/2008
(ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް 1 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގެ 3
ވަނަ ނަންބަރު) 14 ވަނަ މާއްދާގައިވާ ގޮތުގެމަތިން ވަގުތީ މުއްދަތު (probation period) ގެ
ތެރޭގައި ވަޒީފާއަދާކުރަމުން ގެންދާ މުވައްޒަފުން އިސްތިސްނާވާނޭކަމާއި، އެހެންކަމުން އެމާއްދާގައި
ބަޔާންކޮށްފައިވާ ގޮތުގެމަތިން ވަގުތީ މުއްދަތު (probation period} ގެ ތެރޭގައި ވަޒީފާއަދާކުރަމުން
ގެންދާ މުވައްޒަފަކު، އެމުއްދަތުގެ ތެރޭގައި ވަޒީފާއިން ވަކިކުރުމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ
މާއްދާގައި ނުވަތަ އެޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ އެކަށީގެންވާ ސަބަބެއް އޮތުމަކީ
ކޮންމެހެން ލާޒިމުކަމެއް ނޫންކަމާއި،
މިދެންނެވުނު ޤާނޫނީ އުސޫލުގެ އަލީގައި، އިސްތިއުނާފަށް ހުށަހެޅިފައިމިވާ
މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މިމައްސަލާގައި އިސްތިއުނާފު ރައްދުވާ ޙަސަން ނިހާދު
ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގައި އަދާކުރަމުން ގެންދިއަ ވަޒީފާ އޭނާއަށް ދީފައިވާ ތާރީޚަކީ 16 އެޕްރީލް
2013 ކަމަށް، މިމައްސަލައާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ ފެނަކަ ކޯޕަރޭޝަން
ލިމިޓެޑްގެ ނަންބަރު 0199/FNK
/
A
/
EMP "ވަޒީފާގެ ޕްރޮބޭޝަންގައި ގެންގުޅެން ފެށިކަން އަންގާ
ލިޔުން" ގައި ބަޔާންކޮށްފައި ވީނަމަވެސް، ޙަސަން ނިހާދަކީ އަޕަރ ނޯތް ޔުޓިލިޓީސް ލިމިޓެޑުގެ ފަރާތުން
ކުރަމުން ގެންދިޔަ މަސައްކަތް ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ނަޤުލުކުރެވުނުއިރު އެންފުނީގައި
ވަޒީފާއަދާކުރަމުން ގެންގޮސްފައިވާ ފަރާތެއްކަމާއި، އޭނާ އެވަޒީފާ އަދާކުރަން ފަށާފައިވަނީ 28 ޖޫން
2011 ގައި ކަން މިމައްސަލައާ ގުޅިގެން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ވަޒީފާއާބެހޭ
ޓްރައިބިއުނަލްގައި ދައްކާފައިވާ ވާހަކަތަކުންނާއި، މިމައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ފެނަކަ
2x 0
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [ 331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2014/HC-A/315
می هرکی
=32
.ކަމާއި،
7 ޤަޟިއްޔާ ނިމުނު ގޮ
ކޯޕަރޭޝަން ލިމިޓެޑްގެ ނަންބަރު 0199/FNK
/
A
/
EMP "ވަޒިފާއިން ވަކިކުރިކަމުގެ ލިޔުން" އަށް
ބެލުމުން އެނގޭކަމާ
މިޙާލަތުގައި ޙަސަން ނިހާދު ވަޒީފާއިން ވަކިކުރެވުނުއިރު އޭނާ ހުރީ ވަގުތީ މުއްދަތު
(probation period) ގެ ތެރޭގައިތޯ ބަލާއިރު، ވިޔަފާރިއެއް ނުވަތަ ވިޔަފާރީގެ އުސޫލުން ކުރާ
މަސައްކަތެއް، ނުވަތަ އެވިޔަފާރީގެ ނުވަތަ އެމަސައްކަތެއްގެ ބައެއް، ވިއްކާލުމުން ނުވަތަ ކުއްޔަށް
ދޫކުރުމުން ނުވަތަ ނަޤުލުކުރުމުން ނުވަތަ އެހެންވެސް ގޮތަކުން ދޫކޮށްލުމުން، އެވިޔަފާރިއަކާ ނުވަތަ
މަސައްކަތަކާ ގުޅޭގޮތުން، އެވަގުތު މުވައްޒަފުންގެ ގޮތުގައި ތިބި މީހުންގެ ވަޒީފާގެ އެއްބަސްވުންތައް
އެވިޔަފާރިއެއް ނުވަތަ އެމަސައްކަތެއް ބަދަލުވެގެންދިޔަ ފަރާތަކަށް ނަޤުލުވާނެކަމަށާއި، އަދި މިޙާލަތުގައި
މުވައްޒަފުންގެ ވަޒީފާގެ މުއްދަތު ގުނޭނީ، އެވިޔަފާރިއެއް ނުވަތަ މަސައްކަތެއް ބަދަލުވުމެގެން ދިޔުމުގެ
ކުރިން އެމުވައްޒަފަކު ވަޒީފާ އަދާކުރި މުއްދަތާއެކުގައިކަމަށާއި، އަދި އެއްވެސް މެދުކެނޑުމެއް އެމީހުންގެ
ވަޒީފާގެ މުއްދަތަށް އައިކަމަށް
ވަޒީފާއާބެހޭ
ފާއާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) އަދި
(ނ) ގައި ބަޔާންކޮށްފައިވާކަމާއި،
އެހެންކަމުން، ޙަސަން ނިހާދަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ދޫކޮށްފައިވާ
"ވަޒީފާގެ ޕްރޮބޭޝަންގައި ގެންގުޅެން ފެށިކަން އަންގާ ލިޔުން" ގައި އޭނާއަށް ވަޒީފާދީފައިވާ ތާރީޚަކީ
16 އެޕްރީލް 2013 ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، އަދި އޭނާއަކީ ޕްރޮބޭޝަންގައި ހުރި
މުވައްޒަފެއްކަމަށް އެލިޔުމުގައި ބަޔާންކޮށްފައި ވީނަމަވެސް، ޙަސަން ނިހާދަކީ ވަޒީފާއާބެހޭ ޤާނޫނުގައިވާ
ގޮތުގެމަތިން ވަގުތީ މުއްދަތު (probation period) ގެ ތެރޭގައި ހުރި މުވައްޒަފެއްކަމަށް ޤާނޫނީ
ގޮތުން ބެލެވިގެން ނުވާނޭކަން އެނގޭކަމެވެ.
22
22 ހތދތ
/ބފުޅެކެވެ
(ނ) ދެވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2013/VTR/144 މައްސަލައަށް ބަލާއިރު އެމައްސަލައަކީ، ވަޒީފާއާބެހޭ ޤާނޫނުގެ ތަރަހައިގެ
4 22
ބާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 316471، ދިވެހިގަޑުފ
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު
2014/HC-A/315
کی مرگی
=32
2&2 22
ތެރޭގައި ހިމެނޭ މުވައްޒަފަކު، ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުމާ ގުޅިގެން ހުށަހެޅިފައިވާ
މައްސަލައެއްކަން އެނގެންއޮތްއިރު، ވަޒީފާއާބެހޭ ޤާނޫނަށް ބަލާއިރު، އެޤާނޫނުގެ ތަރަހައިގެ ތެރޭގައި
ހިމެނޭ މުވައްޒަފަކު، ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވޭނީ ހަމައެކަނި ވަޒީފާއާބެހޭ ޤާނޫނުގެ
23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތުގައި އެމާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންކަން
އެނގޭކަމާއި،
މިގޮތުން ބަލާއިރު، ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާއަދާކުރާ ފަރާތެއް އޭނާގެ
ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް
ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ
ޙާލަތުގައިކަމަށް އެމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި، އަދި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ
މާއްދާގެ ދަށުން، ނޯޓިހެއް ދިނުމަކާނުލައި، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަވާންޖެހޭ،
އިސްވެމިދެންނެވުނު ދެ ޝަރުޠު ފުރިހަމަވޭތޯ ބެލުމުގައި، ވަޒީފާއިން ވަކިކުރުމަށް ކަނޑައެޅިފައިވާ
މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވާކަމަށް ކަނޑައެޅޭނީ، ވަޒީފާގައި އިތުރަށް
ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ
ފަރާތަށް ފެންނަ ޙާލަތުގައި ނުވަތަ އެމުވައްޒަފަކު ޚިޔާނާތްތެރި ވެފައިވާ އާލާތުގައިކަން ވަޒީފާއާބެހޭ
ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (1) އަދި (2) އަށް ބެލުމުން އެނގޭކަމާއި،
ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ
އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތުން ބަލާ، އެމުވައްޒަފެއްގެ މަސައްކަތުގެ
އަޚްލާޤު ރަނގަޅު ނޫންކަމަށް ވަޒީފާދޭ ފަރާތުން ނިންމުމުގައި، އެނިންމުމަށް ވާސިލުވުމަށް ވަޒީފާދޭ
ފަރާތުން ތަޠްބީޤްކުރި ހަމައަކީ އެކަށީގެންވާ ހަމައެއްކަމަށް ވާންޖެހޭނެކަމަށާއި، ވަޒީފާދޭ ފަރާތަށް ހަމަ
ފެންނަ ފެނުމެއްގެ މައްޗަށް އެކަނި މުވައްޒަފަކު ވަޒީފާއިން ވަކިނު
ދިވެހިރާއްޖޭގެ
2 ހއ ހދ9
މުވައްޒަފަކު
32
2 ބޑތ ތތ
ފުކިނުކުރެވޭނެކަމަށް،
ދިވެހިރާއްޖޭގެ ކި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 231471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
9
2014/HC-A/315
کی عمری
ދެވެ
ޤަޟިއްޔާ ނިމުނު "
ހައިކޯޓުގެ ނަންބަރު 24/HC
-
A/2010 ޤަޟިއްޔާގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަން އެނގެން
އޮންނަކަމާއި،
އަދި، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުރިހަމަވާންޖެހޭ
ދެވަނަ ޝަރުޠުކަމަށްވާ، "އެމުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް
ބަލާއިރު، ކުރެވޭނޭކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެނުން" ވެސް ފުރިހަމަވާނީ އެމުވައްޒަފަކު ވަޒީފާގައި
އިތުރަށް ބެހެއްޓުމަކީ ކުރެވޭނެކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެނުނު ހަމައަކީވެސް އެކަށީގެންވާ
ހަމައަކަށް ވެގެންކަން އެމާއްދާއަށް ބެލުމުން އެނގޭކަމާއި،
މީގެއިތުރުން، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި ޤާއިމުކޮށްފައިވާ
އުސޫލަށާއި، މުޅި ޤާނޫނުގެ ރޫޙަށް ބަލާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން
ފުރިހަމަކުރަންޖެހޭ ދެ ޝަރުތު ފުރިހަމަކުރުމުގައި ވަޒީފާދޭ ފަރާތުން ތަޠުބީޤުކޮށްފައިވާ ހަމައަކީ
އެކަށީގެންވާ ހަމައެއްކަން ސާބިތުކުރުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަމަށް ބަލަންޖެހޭކަމެވެ.
(ނ) ތިންވަނަ ކަމަކީ، ވަޒީފާއާބެހޭ ޤާނޫނު ހިންގޭނެ ދާއިރާގެ ތެރޭގައި ހިމެނޭ
މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި
މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށް ފަހުގައިކަން އެނގޭކަމާއި،
މައުޟޫޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި
ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ވުންކަމަށާއި، އިޖްރާއީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގައި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖްރާއާތަކީ ޢަދުލުވެރި
ތަކަށްވުންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 134/HC
-
A/2011 ޤަޟިއްޔާގައި
ބަޔާންކޮށްފައިވާކަމެވެ.
ޏ 24 ވގތ މގ ދ ތ
.ރުއްތަކު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647/
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮ
2014/HC-A/315
و مری
Puc
(ރ) ހަތަރުވަނަ ކަމަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރަންޖެހޭ އިސްވެދެންނެވިފައިވާ ޤާނޫނީ އުސޫލުތައް،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައަށް ތަޠުބީޤުކުރުމުން، މިމައްސަލާގައި އިސްތިއުނާފު ރައްދުވާ
ޙަސަން ނިހާދު ވަޒީފާއިން ވަކިކުރުމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ޤާއިމުކުރަންޖެހޭ
މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވޭތޯ ބަލާއިރު،
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ވަޒީފާއިން ޙަސަން ނިހާދު ވަކިކޮށްފައިވަނީ،
އެކުންފުނީގެ އެކިއެކި ބޭނުންތަކަށް މުދާ ނެގުމުގައި ޙަސަން ނިހާދުގެ ކިބައިން ޚިޔާނާތުގެ ކަންތައްތަކެއް
ހިންގާފައިވާކަން ކުންފުނީގެ ލިޔެކިޔުންތަކުން ފެންނަންއޮތުމުގެ ސަބަބުން އެކުންފުނީގެ މުވައްޒަފުންނާބެހޭ
އާންމު ޤަވާޢިދުގެ 34 ވަނަ މާއްދާގެ 8 ވަނަ ނަންބަރުގެ (ހ) ގެ 1 ގެ ދަށުންކަމަށް، ފެނަކަ
ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ޙަސަން ނިހާދަށް ފޮނުވާފައިވާ އެކުންފުނީގެ ނަންބަރު
0199/NK
/
A
/
EMP "ވަޒިފާއިން ވަކިކުރިކަމުގެ ލިޔުން" އަށް ބެލުމުން އެނގެން އޮންނައިރު،
އެކަމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން އޭނާގެ މަސައްކަތު އަޚްލާޤު އެކަށީގެން
ނުވާކަމަށާއި އަދި އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ ކުރެވޭނޭކަމެއްކަމަށް އެކަށީގެންވާ
ހަމަތަކުގެމަތިން ވަޒީފާދޭ ފަރާތަށް ނުފެންނަކަމަށް ކަނޑައެޅިދާނެތޯ ބަލާއިރު،
ޙަސަން ނިހާދުގެ މައްޗަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން
ތުހުމަތުކޮށްފައިވާފަދަ ޚިޔާނާތުގެ މައްސަލައެއް ހިނގާފައިވާކަމަށް، އެކުންފުނިންކުރި ތަޙްޤީޤަކަށް، މަދަނީ
މިންގަނޑުން ސާބިތުވުމަކީ، އެފަދަ މުވައްޒަފެއްގެ މަސައްކަތު އަޚްލާޤު އެކަށީގެން ނުވާކަމަށާއި އަދި
އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ ކުރެވޭނޭކަމެއްކަމަށް އެކަށީގެންވާ ހަމަތަކުގެމަތިން ވަޒީފާދޭ
ފަރާތަށް ނުފެންނަކަމަށް ކަނޑައެޅުމުގެ އިތުރުން، އޭނާ އަދާކުރަމުން ދިޔަ ވަޒީފާގައި އިތުރަށް އޭނާ
ބަހައްޓައިފިނަމަ އެކަމުގެ ސަބަބުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް
ލިބިދާނެކަމެއްކަމަށް، އިސްވެދެންނެވިފައިވާ ޤާނޫނީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައަޅައި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް1316471*
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2014/HC-A/315
11 ޤަޟިއްޔާ ނިމުނު 1
گمرکی
ދެވެ
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިހެއް ދިނުމަކާ ނުލައި އެމުވައްޒަފަކު ވަޒީފާއިން
ވަކިކުރެވިދާނެ ކަމެއްކަމާއި،
2 22 23 24
xހ22ތ ކތ
ކޮލަމާފުއްޓަށް
ބަނމގ
މިދެންނެވުނު ޤާނޫނީ ކަންކަމުގެ އަލީގައި، ޙަސަން ނިހާދުގެ މައްޗަށް ފެނަކަ
ކޯޕަރޭޝަނުގެ ފަރާތުން ތުހުމަތުކޮށްފައިވާ ކަންކަން ސާބިތުކުރުމުގެ ގޮތުން އެކުންފުނީގެ ފަރާތުން
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ ހެކިޑްޤާރީނާތަކުގެ މައްޗަށް ނަޒަރުކުރާއިރު، ފެނަކަ
ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ގއ. ކޮލަމާފުށީގައި ދެމުންގެންދާ ކަރަންޓުގެ ޚިދުމަތް ދިނުމަށްޓަކައި
އެރަށަށް ބޭނުންވެގެން ހޯދުމަށް ރިކުއެސްޓަކޮށްފައިވާ ސްޕެއަރ ޕާރޓްތަކެއް ގަތުމަށްޓަކައި، ފެނަކަ
ކޯޕަރޭޝަން ލިމިޓެޑުގެ ބޭނުންތަކަށް މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރާ ގޮތުގެ ޤަވާޢިދާ އެއްގޮތްވާ
ގޮތުގެމަތިން ތަފާތު 3 (ތިނެއް) ތަނަކުން ކޯޓޭޝަން ހޯދުމަށްފަހު ޕްރައިޒް އިވެލުއޭޝަން ޝީޓުތަކެއް
ތައްޔާރުކޮށްފައިވާކަމާއި، މިދެންނެވި ޝީޓުތަކަށް ބަލާއިރު،
ރިކުއެސްޓްކޮށްފައިވާ ތަކެއްޗަށް އެންމެ ކުޑައަގެއް ހުށަހަޅާފައިވާކަމަށް އެޝީޓުތަކުގައި ބަޔާންކޮށްފައިވަނީ
އެކްޒޯން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ކިޔާ ފަރާތަކުންކަން އެނގޭކަމާއި، އެހެންކަމުން މިތަކެތި
ގަތުމަށް ނިންމާފައިވަނީ މިދެންނެވި އެކްން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުންކަން އެތަކެތި
ގަތުމަށްޓަކައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ހަދާފައިވާ (މިމައްސަލާގެ ލިޔެކިޔުންތަކުގެ ތެރޭގައި
ހިމެނޭ) ޕާރޗެސް އޯޑަރު ތަކަށާއި، އެޕަރޗެސް އޯޑަރުތަކުގެ ދަށުން ގަތުމަށް ހަމަޖެހިފައިވާ ތަކެއްޗަށް
ފައިސާ ދެއްކުމަށްޓަކައި ފައިސާ ލިބޭނޭގޮތް ހަދައިދިނުންއެދި ތައްޔާރުކޮށްފައިވާ (މިމައްސަލާގެ
ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ އިންޓަރނަލް މެމޯތަކަށް ބެލުމުން ސާފުކޮށް އެނގޭކަމާއި،
އެހެންނަމަވެސް އިސްވެމިދެންނެވުނު ޕާރޗޭސް އޯޑަރުތަކުގެދަށުން އެކްޒޯން އިންވެސްޓްމަންޓް ޕްރައިވެޓް
ލިމިޓެޑުން ގަތުމަށް ހަމަޖެހިފައިވާ އެއްވެސް އެއްޗެއް އެކުންފުނިން ގަނެފައިވާކަން އެނގެން ނެތްކަމާއި،
އެއާޚިލާފަށް އެތަކެތި ގަނެފައިވަނީ، އެތަކެތި ގަންނާނެތަނެއް ކަނޑައެޅުމުގެ ގޮތުން ކޯޓޭޝަންތައް ހޯދުނު
3 (ތިނެއް) ތަނުގެ ތެރޭގައި ހިމެނޭ، އޭޝިއަން ޕަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ނަގުދު
ވީހިރާއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 336471/
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
23
2014/HC-A/315
12 ޤަޟިއްޔާ ނިމުނު "
ފައިސާ ދެއްކުމަށްފަހު އެތަނުންކަމާއި، އަދި އެތަކެތި އެތަނުން ގަނެފައިވަނީ، އިސްވެދެންނެވިފައިވާ
ޕްރައިޒް އިވެލުއޭޝަން ޝީޓުތަކުގައި، އޭޝިއަން ޕަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން
އެތަކެއްޗަށް ހުށަހަޅާފައިވާ އަގުތައްކަމަށްބުނެ ބަޔާންކޮށްފައިވާ އަގުތަކަށްވުރެ ހެޔޮއަގުތަކެއްގައިކަން،
މިމައްސަލައާއެކު ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބެލުމުން އެނގެން އޮންނަކަމާއި،
އިސްވެމިދެންނެވުނު ޚިޔާނާތުގެ ޢަމަލުގައި ޙަސަން ނިހާދު ބައިވެރިވެފައިވޭތޯ ނުވަތަ
އެކަން ހިންގާފައިވަނީ
އޭނާގެ އެނގުމާ ފެނުމުގެ ތެރެއިންކަން، އެކަން ސާބިތުކުރުމުގެ ގޮތުން ފެނަކަ
ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ހެކި ޤަރީނާތަކުގެ އަލީގައި ބަލާއިރު، ފެނަކަ ކޯޕަރޭޝަން
ލިމިޓެޑަށް ތަކެތި ގަތުމަށްޓަކައި ކޯޓޭޝަން ހޯދުމުގައި އެކްޒޯން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން
ކޯޓޭޝަންތައް ހޯދާފައިވަނީ ޙަސަން ނިހާދު ބުނެގެން، އޭނާ ދޭ މޯބައިލް ފޯނު ނަންބަރަކަށް ގުޅުމަށްފަހު
އެނަންބަރުން ފޯނު ނަގާ މީހަކާ "ރިކުއެސްޓް ފޮރ ކޯޓޭޝަން" ފޯމު ޙަވާލުކޮށްގެންކަމަށް، ފެނަކަ
ކޯޕަރޭޝަން ލިމިޓެޑުން ކުރި ތަޙްޤީޤަށް ބަޔާންދީފައިވާ، އެކުންފުނީގެ ޕްރޮކިއުމަންޓް އެންޑް
ލޮޖިސްޓިކްސް ޑިވިޝަންގެ އޮފިސަރުންކަމަށްވާ އަމީޒާ މުޙައްމަދާއި މުރުތަޟާ މަޖުދީ ބުނެފައިވާ
ބުނުމަށާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން މިމައްސަލަ ތަޙްޤީޤުކުރުމުގެ ތެރޭގައި،
4 22
2 22
2 *ހ2 ހ04
ހއއ 3.ހއ
މިމައްސަލާގައި ހިމެނޭ ތަކެތި ހޯދުމަށް އޭޝިއަން ޕަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން
ދެފަހަރެއްގެ މަތިން ކޯޓޭޝަން ހޯދާފައިވާކަމާއި، އަދި މިގޮތުން އެކުންފުނިން ހޯދާފައިވާ ފުރަތަމަ
ކޯޓޭޝަންތަކަކީ، އިސްވެދެންނެވިފައިވާ ޙަސަން ނިހާދު ސޮއިކޮށް އެޕްރޫވްކޮށްފައިވާ ޕްރައިޒް
އިވެލުއޭޝަން ޝީޓުތަކުގައި ބަޔާންކޮށްފައިވާ އަގުތަކަށްވުރެ ހެޔޮ ހަދާފައިވާ ކޯޓޭޝަންތަކެއް
ކަމަށްވީއިރު، މިލިޔެކިޔުންތައް ފެނިފައިވަނީ ޙަސަން ނިހާދު އިސްކޮށް މަސައްކަތްކުރާ ޑިޕާޓްމަންޓުގެ
ތެރެއިންކަން އެގެންއޮތުމުން، އިސްވެދެންނެވިފައިވާ ޚިޔާނާތުގެ ޢަމަލުގައި ޙަސަން ނިހާދުގެ
ބައިވެރިވުމެއްވާކަން އަދި އެޚިޔާނާތުގެ ޢަމަލު ހިންގާފައިވަނީ އޭނާގެ އެނގުމާ ފެނުމުގެ ތެރެއިންކަން
މަދަނީ މިންގަނޑުތަކުން ސާބިތުވާކަމާއި،
2 / 2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4 43
2014/HC-A/315
13 ޤަޟިއްޔާ ނިމުނު "
کی مرکی
ދެވެ
4
2 ހ2 0
އެހެންކަމުން،
މިދެންނެވުނު ކަންކަމުގެ
މައްޗަށް
ޖުމްލަގޮތެއްގައި ބަލާއިރު،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ވަޒީފާއިން ޙަސަން ނިހާދު
ވަކިކުރުމުގައި އެކުންފުނީގެ ފަރާތުން ޤާއިމު ކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަމަށް
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމެވެ.
(ބ) ފަސްވަނަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2013/VTR/144 މައްސަލާގައި، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެކުރިން ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވޭތޯ
ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 208/HC
-
A/2010 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ
ފަދައިން، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި
ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ޤާއިމު ކުރެވިފައިވާކަމަށް ޢާންމު އުސޫލެއްގެ ގޮތުން ބެލެވޭނީ،
ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ވަޒީފާއިން ޙަސަން ނިހާދު ވަކިކުރުމުގެ ކުރިން، ޙަސަން ނިހާދުގެ
މައްޗަށް ތުހުމަތުކުރެވިފައިވާ ކަންކަމަކާބެހޭ މަޢުލޫމާތު (އޭރަކު ދެވެން ހުންނަ ހުރިހާ ތަފްސީލަކާއެކު)
ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ޙަސަން ނިހާދަށް ދީފައިވުމުގެ އިތުރުން އެތުހުމަތުތަކާމެދު
ޖަވާބުދާރީވުމުގެ ފުރުޞަތު އޭނާއަށް ދިނުމަށްފަހު، އެމައްސަލައެއް ތަޙްޤީޤުކުރުމަށްފަހު، ވަޒީފާއާބެހޭ
ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ފުރިހަމަވާންޖެހޭ ދެ ޝަރުޠު ފުރިހަމަވާކަމަށް، އެކުރެވޭ ތަޙްޤީޤަކަށް
ފެނިފައިވުމުގެ އިތުރުން ޙަސަން ނިހާދަށް ޖަވާބުދާރީވުމަށް ދެވުނު ފުރުޞަތުގައި، އޭނާ އެދިފައިވާނަމަ،
އޭނާ ކަނޑައެޅި މީހެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތުވެސް އޭނާއަށް ދެވިފައިވާނަމަކަމާއި،
މިދެންނެވުނު ކަންކަމުގެ އަލީގައި، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި
ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ވަޒީފާއިން ޙަސަން ނިހާދު
ވަކިކުރެވިފައިވަނީ، އިސްވެދެންނެވިފައިވާ ޚިޔާނާތުގެ ޢަމަލު ހިންގާފައިވާކަމުގެ މަޢުލޫމާތު އެކުންފުންޏަށް
2 20
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: s.lo471ވެހި22
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2014/HC-A/315
14 ޤަޟިއްޔާ ނިމުނު "
کی عمری
=32
ލިބުމާ ގުޅިގެން އެކުންފުނީގެ ފަރާތުން އެކަން ހިނގާފައިވާގޮތް ތަޙްޤީގުކުރުމަށްފަހު، އެކަމުގައި ޙަސަން
ނިހާދު ބައިވެރިވެފައިވާކަން އެތަޙްޤީޤަށް، މަދަނީ މިންގަނޑުން ސާބިތުވެގެންކަމާއި، އަދި މިދެންނެވުނު
ތަޙްޤީޤުގެ ތެރޭގައި ޙަސަން ނިހާދުގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކާ ގުޅިގެން ޖަވާބުދާރީވުމުގެ
ފުރުސަތު އެކަށީގެންވާ ގޮތެއްގައި އޭނާއަށް ދެވިފައިވާކަން، މިމައްސަލައާއެކު ހުށަހެޅިފައިވާ
ލިޔެކިޔުންތަކަށް ބެލުމުން ސާފުކޮށް އެނގެން އޮންނަކަމާއި،
އެހެންކަމުން، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ފެނަކަ ކޯޕަރޭޝަން
ލިމިޓެޑުގެ ވަޒީފާއިން ޙަސަން ނިހާދު ވަކިކޮށްފައިވަނީ މިބާވަތުގެ މައްސަލަތަކުގައި ވަޒީފާދޭ ފަރާތުން
ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހުގައިކަމަށް ބަލަންޖެހޭކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަމަށް ޖުމްލަގޮތެއްގައި ބަލާއިރު، ފެނަކަ
ކޯޕަރޭޝަން ލިމިޓެޑުގައި ޙަސަން ނިހާދު އަދާކުރަމުންދިޔަ ވަޒީފާއިން، 7 ޖުލައި 2013 ގައި އޭނާ
ވަކިކޮށްފައިވަނީ، މިބާވަތުގެ މައްސަލަތަކުގައި އެ އެކުންފުނީގެ ފަރާތުން ޤާއިމުކުރަންޖެހޭ މައުޟޫޢީ
ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހުގައިކަން އެނގެން އޮތުމުން، މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2013/VTR;144 މައްސަލާގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަކީ ދިވެހިރާއްޖޭގެ
ހައިކޯޓުން ބަދަލު ގެންނަންޖެހޭ ނިންމުމެއްކަމަށެވެ.
އެކެވެ
24 20 0 24
ދެންފަހެ،
އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި
2
3
34
3
ބަޔާންކުރެވުން
ކަންކަން
19ބ
ޔާންކުރެވުނު ގޮތަށް ހުރުމާއެކު، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގައި،
ވިލުފުށި އަންލަޚީގެ، ޙަސަން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2014/HC-A/315
15 ޤަޟިއްޔާ ނިމުނު
ملي في یری
ދެވެ
ހހ2 23 2ވ
6/12/
0/
<< O
ނިހާދު، އަދާކުރަމުންދިޔަ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ، މިބާވަތުގެ މައްސަލަތަކުގައި އެ އެކުންފުނީގެ
ފަރާތުން ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހުގައި
ފެނަކަ
ކޯޕަރޭޝަން ލިމިޓެޑުގައި ވިލުފުށިއަބްލަގެ، ޙަސަން ނިހާދު
އަދާކުރަމުންދިޔަ ވަޒީފާއިން އޭނާ ވަކިކުރުމުގައި އެކުންފުނިން ޢަމަލުކޮށްފައިވަނީ ޤާނޫނު ނަންބަރު
2008!2 (ވަޒީފާއާބެހޭ ޤާނޫނު) އާ އެއްގޮތަށްކަމަށް، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2013/VTR/144 މައްސަލާގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށް، އެގޮތުގެމަތިން
ޙުކުމްކޮށްފީމެވެ.
4 22
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv