ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010.HC.A.57 ޤަޟިއްޔާގެ ޙުކުމް
2{010/HC-A51
1
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0
ޤަޟިއްޔާ ނަންބަރ: 57/HC
-
A/2010
• އިސްތިއުނާފުކުރި ފަރާތް:
i
މުޙައްމަދު ޢަލީ
ދާއިމީ އެޑްރެސް: ސ.ހިތަދޫ ސާހިލް
* މިހާރުގެ އެޑްރެސް: (މާފުށީޖަލު)
*އައިޑީ ކާޑު ނަންބަރ: A120562
0
އިސްތިއުނާފް ރައްދުވި ފަރާތް: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
03
2010
22
2011
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 17 ރަބީއުލްއައްވަލު 1431 ނިމުނު ތާރީޚް: 19 ޖުމާދަލްއާޚިރާ 1432
މެއި
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަދު. 2009/JC/67
• ޤަޟިއްޔާގެ ބާވަތް: މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއް ބުން
• ނިންމިކޯޓް: ޖިނާއީކޯޓް
• ހުށަހެޅުނު ތާރީޚް: 07 ޖެނުއަރީ 2009 ނިމުނު ތާރީޚް: 33 ޑިސެމްބަރ 2,009
ރައީސް
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، ޗާބޫރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.lgiv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2016/HC-A/57
ދަޢުވާގެ ޚުލާޞާ
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/67 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާއި
މެދު ހިތްހަމަ ނުޖެހިގެން ސ.ހިތަދޫ ސާހިލް މުޙައްމަދު ޢަލީ އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް
އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ
ޕްރޮސެކިއުޓަރޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/67 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ފ.ހިރުދުގަސްދޮށުގޭގެ ކޮޓަރިއެއްގެ ތެރޭގައި މަސްތުވާތަކެތި
ބޭނުންކޮށްގެން އުޅޭކަމުގެ މަޢްލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބުމާއިގުޅިގެން، ފުލުހުން
މިގެއަށްގޮސް މަސްތުވާތަކެތި ބޭނުންކުރާކަމުގެ މަޢުލޫމާތުލިބުނު ކޮޓަރީގެ ތެރެއަށް ވަތްއިރު އެކޮޓަރި
ތެރޭގައި ސ.ހިތަދޫސާހިލް މުޙައްމަދުޢަލީ ހުއްޓާފެނިގެން މީނާ ފުލުހުންގެ ބެލުމުގެ ދަށަށްގެނެސް
މިކޮޓަރިތެރެ ބަލާ ފާސްކުރިއިރު، އެކޮޓަރީގެ ބަދިގެ ތެރޭގައި ހުރި ކަބަޑެއްގެ މަތީގައި އޮތް
ކޮތަޅެއްގެ ތެރެއިން ފެހިކުލައިގެ އިންސިއުލޭޝަން އޮޅާ ބަންދުކޮށްފައިވާ 06 ބްލެޓް ފެނިގެން
އެތަކެތި ތަޙްލީލްކުރިއިރު އެތަކެތީގެ ބަރުދަނުގައި 14.5823 ގްރާމްހުރި އޯޕީއޭޓްސް ކަމަށް
އެތަކެތީގެ ތަޙްލީލް ރިޕޯޓުން ދައްކާތީ އާއި، މީނާގެ ކުޑަކަމުދާތަކެތި ނަގާ ތަޙްލީލްކުރިއިރު
އެތަކެތި ބެންޒޯޑައިޓިފައިންނާއި، އޯޕީއޭޓްސް އަށް ޕޮޒިޓިވް ވެފައިވާތީ ، ޤާނޫނު ނަންބަރު 17177
ގެ 02 ވަނަ މާއްދާގެ (ހ) ގެ ދަށުން މުޙައްމަދު ޢަލީގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާ
އެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާއާއި، މަނާކުރެވިފައިވާ
މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށުގެ ދަޢުވާކުރުމުން ޖިނާއީ ކޯޓުން ބައްލަވާ ނިންމަވާފައިވާ
ޤަޟިއްޔާއެއްކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮތް އިރު، އެ
ރައްޖޭގެ ހައި
ސައިކް
ދިވެހިރާއްޖޭގެ ހައިކޯޓު، ޓީމު ވެ، އާބުރުޒު ހިނގުން، ވާލެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓޯ: Wvww.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2010/HC-A/57
ޤަޟިއްޔާގެ
ޙުކުމުގައި ބަޔާން ކޮށްފައިވަނީ: ” ޤާނޫނު ނަމްބަރ 17/77 ( މަސްތުވާތަ
ވާތަކެއްޗާއި
ބެހޭ ޤާނޫނު) ގެ 02 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި ޙަވާލާދީ މަނާކުރެވިފައިވާ
މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުން މުޙައްމަދު އަލީ ކުށްވެރިވެއްޖެ
ކަމަށް ކަނޑައަޅައި މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ ޤާނޫނުގެ 02 ވަނަ މާއްދާގެ (ރ) ގެ
ދަށުން މުޙައްމަދު ޢަލީ އުމުރަށް ޖަލަށްލުމަށް ޙުކުމްކޮށް މި ޤަޟިއްޔާގައި މުޙައްމަދު ޢަލީގެ
މައްޗަށްކުޅަ މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވާވަރުގެ
ކުފީ ހެކި ލިބިފައިނުވާތީ މި ދަޢްވާ މީނާގެ މައްޗަށް ސާބިތުނުވާކަމަށް ޙުކުމްކޮށް ޤަޟިއްޔާ
ނިންމީއެވެ؟ މިފަދައިން ކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
$44
02- ޖިނާއީ ކޯޓްގެ ނަންބަރު 2009/JC/67 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ ސ.ހިތަދޫ ސާހިލް މުޙައްމަދު ޢަލީގެ ފަރާތުން 05
(ފަހެއް) ސަބަބު ހުށައަޅާ އެކަންކަމާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ.
• ފުރަތަމަ ސަބަބަކީ: ޖިނާއީކޯޓުގެ ނަންބަރު 2009/JC/67 ގެ ޤަޟިއްޔާގެ ޙުކުމުގައި
ހ.ހިރުދުގަސްދޮށުގެއިން މަސްތުވާތަކެތި ފެނުނު ކޮޓަރިއަކީ މުޙައްމަދު ޢަލީ ދިރިއުޅޭކޮޓަރި ކަމަށް
ބުނެފައިވާއިރު، މުޙައްމަދު ޢަލީ އެކަމަށް އިންކާރުކޮށް އެކޮޓަރިއަކީ މުޙައްމަދު ޢަލީ
ދިރިއުޅެމުންދާތަނެއް ނޫންކަމަށް ބުނެފައިވާއިރު، މި ކޮޓަރިއަކީ މުޙައްމަދު އަލީ ދިރިއުޅޭ
ކޮޓަރިކަމަށް ނިންމާ ، މުޙައްމަދުޢަލީ ނިދާފާއޮތް ކޮޓަރިއާއި އިންވެގެން ހަދަމުންދިޔަ ތަނަކުން
ފެނުނު މަސްތުވާ ތަކެއްޗަކީ މުޙައްމަދު ޢަލީ ޒިންމާވާ އެއްޗެއްގެ ގޮތުގައި ޝަރީއަތުން ބައްލަވާ
މުޙައްމަދު އަލީގެ މައްޗަށް ޙުކުމްކުރި ހަމައަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން ރަނގަޅު ހަމައެއްކަމަށް
ޤަބޫލު ނުކުރެވުމުވެ.
• ދެވަނަ ސަބަބަކީ ހ. ހިރުދުގަސްދޮށުގެއަކީ މުޙައްމަދު ޢަލީ ދިރިއުޅޭ ގެއަކަށް ނުވެފައި،
މުޙައްމަދު ޢަލީ ދިރިއުޅެނީ ވ.މާހިންނާގައި ކަމަށާއި، ހ.ހިރުދުގަސްދޮށުގެއަށް މުޙައްމަދު ޢަލީ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ. ފޯން: 3325029، ފެކްސް: 3bi6471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2/10/HC-A/57
4
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދިޔައީ ހ.ހިންދުގަސްދޮށުގެއިން މުޙައްމަދު ޢަލީގެ އަންހެނުން ފާތިމަތު ވަހީދާއަށް ލިބުނުބައިގައި
ޢިމާރާތްކުރަމުންދާތީ އެތަނުގެ މަސައްކަތް ގޮސްފައިވާ މިންވަރެއް ބެލުމަށާއި އަދި އެރޭ
އެހެންބައެއްގައި މުޙައްމަދު ޢަލީ ނިދިކަމަށް ބުނުމުންވެސް ޝަރީއަތުން މިކަމަށް އެއްވެސް
މިންވަރަކަށް ރިޢާޔަތް ކުރައްވާފައި ނުވާކަމަށް ބުނެ ހުށައެޅި ނުކުތާއެވެ.
ތިންވަނަ ސަބަބަކީ : މަސްތުވާތަކެތި ފެނުނު ކަމަށް ބުނާ ބަދިގެއެއް ގޮތަށް ހަދާފައިވާ
ހުރިތުނާއި ، އެތަނާއި އިންވެގެން ހުރިކޮޓަރިއަކީ ހަދަމުންދާ ކޮޓަރިއެއްކަމަށްވެފައި، އެތަނަކީ
އަބަދުމެ ހުޅުވާފައި ހުންނަ ތަނެއްކަމަށާއި، އެކޮޓަރިތެރޭގައި އެފަދަ އެއްޗެއް ބެހެއްޓުމުގެ ފުރުސަތު
އެތަނަށް ވަދެ އުޅޭ ކޮންމެ ފަރާތަކަށް ލިބިވާއިރު، އަދި އެތަނަކީ މުޙައްމަދު އަލީ ދިރިއުޅެމުންދާ
ތަނަކަށް ނުވާއިރު މައްސަލަ ނިންމެވުމުގައި
ރިޢާޔަތް މައްސަލަ
ނިންމަވާފައިވާކަމަށް ފާހަގަކޮށްފައިވާ ނުކުތާއެވެ.
993
އެކަމަށް
• ހަތަރުވަނަ ސަބަބަކީ، ކޮޓަރިން ފެނުނު ތަކެތީގައި މަސްތުވާތަކެތި އެކުލެވިގެންވާ މިންވަރު
ލެބޯޓްރީ ތަޙްލީލް ރިޕޯޓްގައި އެގެން ނެތްއިރުވެސް އެބުލެޓް ތަކުގައި ހުރި މަސްތުވާތަކެތިކަމަށް
ޝައްކުކުރެވޭ ކުނޑީގެ ޖުމްލަ ބަރުދަންބަލާ، އެއްގުރާމަށްވުރެ ބަރުދަން އިތުރު މަސްތުވާތަކެތި
ފެނުނުކަމަށް ނިންމެވި ނިންމެވުމަކީ ޤާނޫނީ ގޮތުން ރަނގަޅު ނިންމެވުމެއް ނޫންކަމަށް
ފާހަގަކޮށްފައިވާ ނުކުތާއެވެ.
• ފަސްވަނަ ސަބަބަކީ : ޖިނާއީކޯޓުގައި ހެކިން ދިން ހެކި ބަހުގައި ފާޅުކަން ބޮޑު ގޮތެއްގައި
ޚިލާފަހުރި އިރު އެކަމަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމެވި ކަމަށް ބުނާ ނުކުތާއެވެ.
03- ޖިނާއީކޯޓުގެ ނަންބަރު 2009/JC/67) ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް
ބިނާކުރައްވާފައިވާ ނުކުތާތަކުގެ މައްޗަށް ބެލިއިރު، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް
ބިނާކުރައްވާފައިވާ މައިގަނޑު ނުކުތާއަކީ މަސްތުވާތަކެތި ފެނުނުކޮޓަރިއަކީ އެވަގުތު މުޙައްމަދު
ޢަލީ ދިރިއުޅޭ ކޮޓަރިކަމަށްބުނެ ހެކިން ހެކިބަސްދީފައިވާތީއާއި، އެކޮޓަރިއަކީ މުޙައްމަދު ޢަލީ
ހަމަ ވަގުތު ދިރިއުޅޭކޮޓަރި ނޫންކަމަށް ބުނެ މުޙައްމަދުޢަލީ އިންކާރުކޮށްފައި ނުވާތީއާއި، މުޙައްމަދު
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، ޙާބްޑު ހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2010/HC-A57
ނE
ޢަލީ ދިރިއުޅޭކޮޓަރީގެ ތެރޭގައި ހުރި ބަދިގެއިން ފެނުނު މަސްތުވާތަކެތީގެ ވެރިފަރާތަކީ ކާކުކަން
މުޙައްމަދު ޢަލީ އަށް ބަޔާންކޮށްދެވިފައިނުވާތީ ، މުޙައްމަދު ޢަލީ ދިރިއުޅޭ ކޮޓަރީގެ ތެރޭގައި
ހުރި ބަދިގެއިން ފެނުނު މަސްތުވާ ތަކެއްޗަކީ މުޙައްމަދު ޢަލީގެ ތަކެތިކަމުގައި ޝަރީޢަތަށް
އެކަށީގެންވާ ޝައްކެތްނެތް މިންވަރަށް ޤަބޫލުކުރެވިގެން ކަމުގައި ބައްލަވައިގެންކަން އެނގެއެވެ.
04
ޤާނޫނު ނަމްބަރ 17/77 ( މަސްތުވާ ތަކެއްޗާއި ބެހޭ ޤާނޫނު) ގެ 04 ވަނަ މާއްދާގެ
(ހ) ގެ ވަނަ ނަމްބަރުގެ ދަށުން މުޙައްމަދުއަލީގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ދަށުކޯޓަށް ދައުލަތުގެ ފަރާތުން ހުށައަޅުއްވާފައިވާ ނަމަވެސް ،
މިކުށް ޝަރީޢަތަށް ސާބިތުވާވަރުގެ ކާފީ ހެކި ލިބިފައިނުވާ ކަމަށް ދަށުކޯޓުން
ފާހަގަކުރައްވާފައިވެއެވެ.
04- މިމައްސަލައާއި ގުޅިގެން ޖިނާއީކޯޓުގެ ނަންބަރު 2009/JC/67 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި އެޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ
ކަމަށްބުނެ މުޙައްމަދު ޢަލީގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
4 &
(ހ) ފުރަތަމަ ކަމަކީ މާ ޖިނާއީކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް މުޙައްމަދު ޢަލީ ދީފައިވާ ބަޔާން
ތަކުގައި މަސްތުވާތަކެތި ފެނިފައިވަނީ މުޙައްމަދު ޢަލީ ދިރިއުޅޭ ގެއިން ނޫންކަމަށާއި، މުޙައްމަދު
ޢަލީ ދިރިއުޅެނީ އެހެން ގެއެއްގައިކަމަށް ބުނެފައިވާއިރު، އަދި މަސްތުވާތަކެތި ފެނުނު ކޮޓަރިއަކީ
ވެސް މުޙައްމަދު ޢަލީ ދިރިއުޅޭ ކޮޓަރިއެއް ނޫންކަމަށް އޭނާ ބުނެފައިވާކަން އެނގެންއޮތް އިރު،
ދަށުކޯޓުގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް އަށް ވާސިލުވުމަށް ފާހަގަކުރައްވާފައިވާ ނުކުތާގައި ،
މަސްތުވާތަކެތި ފެނުނު ކޮޓަރިއަކީ މުޙައްމަދު ޢަލީ އެވަގުތު ދިރިއުޅޭ ކޮޓަރި އެއް ނޫންކަމަށް
މުޙައްމަދު ޢަލީ ބުނެފައި ނުވާކަމަށް ފާހަގަކުރައްވާފައި އޮތް އޮތުން ރަނގަޅު ނޫންކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ އާބުރުޒު ހިނގުން މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ގެ ވެބް ސައިޓް: www.highcourt.gov.mv
(38 ފ ދ.8ތާކީ
6
a 2
2010/HC-A/57
ޤަޟިއްޔާ ނިމުނު ގޮތުގެ
235
4 433ޑ
02
މަ
(ނ) ދެވަނަކަމަކީ : މަސްތުވާތަކެތި ފެނުނު ކޮޓަރިއަކީ މުޙައްމަދު ޢަލީ ދިރިއުޅޭ ކޮޓަރި ކަމުގައި
މުޙައްމަދު ޢަލީގެ ތަކެތި ކަމުގައި ކަނޑައަޅާފައިވަނީ ހެކިން މިގޮތަށް ހެކިބަސް ދީފައިވާތީ ކަމަށް
ދަށުކޯޓުން ފާހަގަކުރައްވާފައިވާނަމަވެސް ،މި މައްސަލައިގައި ދަށުކޯޓުގައި ހެކިބަސްދީފައިވާ
ފަރާތްތަކުގެ ތެރެއިން ވ.ކެޔޮދޫ ރަންފަޅޯމާގެ އިބްރާހިމް ޝަރީފް ބުނެފައިވަނީ މަސްތުވާތަކެތި
ފެނުނު ކޮޓަރިއަކީ މުޙައްމަދު ޢަލީ ދިރިއުޅޭ ކޮޓަރިކަން ބުނަން ނޭނގޭކަމަށް ކަމަށާއި، އަދި ހެކީގެ
ތެރެއިން ތ.ތިމަރަފުށި/ޖަހާމުގުރިގެ އަޙްމަދު ޠަލާލް އާއި ދ.ބަނޑިދޫ/ ދިލްބަހާރުގެ ޢަރީފް ޢަބްދު
ބުނެފައިވަނީ މިކޮޓަރި އަކީ މުޙައްމަދު ޢަލީ ދިރިއުޅޭ ކޮޓަރިކަމަށް މަޢްލޫމާތު ދީފައިވަނީ އެގޭގައި
އުޅޭ ބައެއްކަމަށް ބުނެކަން އެނގޭކަމާއި، ނަމަވެސް އެގޮތަށް މަޢުލޫމާތު ދީފައިވަނީ ކޮންބައެއްކަން
ޝަރީޢަތުގައި ހާމަކޮށްފައިނުވާކަމާއި، ހެކިން ހެކި ބަސްދޭންވާނީ އެމީހަކު ފެނިދެނިވެ އެނގިހުރި
ކަމަކުން ކަމަށްވެފައި ، އަދި ބަޔަކާއި ޙަވާލާދީ ހެކިބަހެއްދޭނަމަ އެޙަވާލާދޭ ބަޔަކީ ކޮންބަޔެއްކަން
އެނގެންޖެހޭނެކަމުން، މި މައްސަލައިގައި ހެކި ބަސްދީފައިވާ ފަރާތްތަކުން ދީފައިވާ ބަޔާނުގައި
މަސްތުވާތަކެތި ފެނުނު ކޮޓަރިއަކީ މުޙައްމަދު ޢަލީ ދިރިއުޅޭ ކޮޓަރިކަމުގައި ބުނެފައިއެވަނީ އެވަގުތު
ކޮންބައެއްކަން ނޭނގޭ ބަޔަކު ދިން މަޢުލޫމާތެއްގެ މައްޗަށް ބުރަވެ ހުރެކަން
އެނގޭކަމާއި، މަސްތުވާތަކެތި ފެނުނު ކޮޓަރިއަކީ މުޙައްމަދުޢަލީ ދިރިއުޅޭ ކޮޓަރިއެއް ނޫންކަމުގައި
ބުނެ އޭނާ އިންކާރުކުރާ ޙާލަތުގައި މަސްތުވާތަކެތި ފެނިފައިވާ ކޮޓަރިއަކީ މުޙައްމަދު ޢަލީ ދިރިއުޅޭ
ނުވަތަ މުޙައްމަދު އަލީގެ ބެލުމުގެ ދަށުގައިވާ ކޮޓަރިއެއްކަމަށް ކާކުކަން ނޭނގޭ މީހަކާއި ޙަވާލާދީ
ހެކިން ދީފައިވާ ހެކިބަހުން ސާބިތުކޮށްފާ އޮތް އޮތުމަކީ ޤާނޫނީގޮތުން ހަމަޖެހޭ ގޮތެއް ކަމުގައި
ނުވުމެވެ.
1484
وی کی مرمر
(ނ) ތިންވަނަ ކަމަކީ: މިމައްސަލައާއި ގުޅިގެން ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހެކިން ދީފައިވާ
ދެކި ބަހުގައި ފާޅުކަން ބޮޑު ފުށުއެރުންތަކެއް ހުރިކަމާއި، މި ގޮތުން ހެކިންގެ ތެރެއިން އިބްރާހިމް
ޝަރީފް ހެކި ބަސްދީފައިވަނީ ، މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ މަޢްލޫމާތު ލިބުނު ކޮޓަރިއަށް
ވަތްއިރު، އެކޮޓަރީގައި މުޙައްމަދު ޢަލީ ނިދާފަ އޮތްކަމަށާއި، އެކޮޓަރީގައި އިތުރު
i
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އެބޫރޫޒު ހިނގުން، ވާލެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.g1
،
v.mv
7
FE
ރިޕޯޓް
2{10/HC-A/57
ނެތްކަމަށް ބުނެކަން އެނގޭކަމާއި، ނަމަވެސް ހެކިންގެ ތެރެއިން އަޙުމަދު ތަނާލް ބުނެފައިވަނީ
މުޙައްމަދު ޢަލީ އާއި އެކު މުޙައްމަދު ޢަލީގެ އަންހެނުންވެސް ކޮޓަރިތެރޭގައި އޮތް ކަމަށްކަމަށާއި،
އަދި ހެކިންގެ ތެރެއިން ޢަރީފް ޢަބްދުﷲ ބުނެފައިވަނީ، މުޙައްމަދު ޢަލީގެ އަންހެނުންނާއި އެކު
އެހެން ބަޔަކުވެސް އެކޮޓަރީގައި ތިބިކަމަށް ބުނެކަން އެނގޭކަމާއި، ހެކިންގެ ހެކި ބަހުގެ މައްޗަށް
ބަލާއިރު، މި ތިން ހެކިންނަކީވެސް ޙާދިސާ ހިނގިތަނަށް އެކުއެކީގައި ދިޔަ ބަޔަކަށްވެފައި ހެކީންގެ
ތެރެއިން ދެހެކިންގެ ބަހުން، މުޙައްމަދު ޢަލީ ފިޔަވާ އިތުރު ބަޔަކު އިޝާރާތްކުރެވޭ ކޮޓަރީގައި
ތިބިކަމަށް ދޭހަވާ ޢިބާރާތުން ހެކި ބަސްދީފައިވާއިރު، އަދި އިޝާރާތް ކުރެވޭ ކޮޓަރިއަކީ މުޙައްމަދު
ޢަލީގެ ބެލުމުގެ ދަށުގައިވާ ، ހަމައެކަނި މުޙައްމަދު ޢަލީ ދިރިއުޅެމުންދާ ކޮޓަރިއެއްކަން
ޝައްކެތްނެތް މިންވަރަކަށް ޝަރީޢަތަށް ސާބިތުވެ އެނގެންނެތްއިރު، އިތުރުހެއްކާއި ޤަރީނާއާނުލައި
ހ.ހިރުދުގަސްދޮށުގޭގެ ކޮޓަރިއެއްގެ ތެރެއިން ފެނުނު މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ގޮތުގައި
ހުރި ތަކެއްޗަކީ މުޙައްމަދުޢުލީގެ އެއްޗެއްކަމުގައި ބަލާ ، މިތަކެތީގެ ޒިންމާ މުޙައްމަދުޢަލީ އުފުލަން
ޖެހޭނެ ޤާނޫނީ
ބިނާއެއްނެތްކަން އެނގެއެވެ.
2 *040 ދ ތ
44 0
(ރ) ހަތަރުވަނަކަމަކީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
ގައި އެމީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި
ސާބިތުނުކުރެވޭނަމަ އެމީހަކީ ކުށެއްނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް އޮންނަ
އޮތުމުގެ މައްޗަށް ރިޢާޔަތްކޮށް، މި މައްސަލައިގައި މަސްތުވާތަކެތި ފެނުނު ކޮޓަރިއަކީ
މުޙައްމަދުޢަލީގެ ބެލުމުގެ ދަށުގައި ހުރި ކޮޓަރިއެއް ކަމަށް މުޙައްމަދުޢަލީ އިންކާރުކޮށްފައިވާއިރު،
މަސްތުވާތަކެތި ފެނުނު ކޮޓަރިއަކީ މުޙައްމަދުޢަލީގެ ޒިންމާގައި ހުރި ކޮޓަރިއެއްކަން އަދި މި
މަސްތުވާތަކެއްޗަކީ މުޙައްމަދުޢަލީގެ ތަކެތިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތަށް
ސާބިތުވާ މިންވަރަށް ހެކި ޝަރީޢަތަށް ހުށައެޅިފައިނެތުމާއިއެކު، ހ.ހިރުދުގަސްދޮށުގޭގެ ކޮޓަރިއަކުން
ފެނުނު މަސްތުވާތަކެއްޗަކީ މުޙައްމަދު ޢަލީގެ ތަކެތި ކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން
ބެލެވޭފަދަ އިތުރު ހެކިނެތީސް، އެދައުވާގައި ބުނެފައިވާ މަސްތުވާ ތަކެތީގެ ޒިންމާ މުޙައްމަދުޢަލީ
އުފުލަންޖެހޭކަމަށް ނިންމާ،މުޙައްމަދުޢަލީގެ މައްޗަށް ޖިނާއީ ކޯޓްގެ ނަންބަރު 2009/JC/67
ޤަޟިއްޔާގައި ކުރައްވާފައިވާ މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމުގައި
އަތުގައި ކައިވެނި
ދިވެހިރާއްޖޭގެ ހައިކޯޓު، ތީލުގެ، އެބުރުޒު ހިނގުން، ވްލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
8
$ ;
ޤަޟިއްޔާ ޓިމުން
2010;TIC-A/57
ބެހެއްޓުމުގެ ކުށް ޘާބިތުކުރެއްވި ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް މިމައްސަލަ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުންނަށް އިއްތިފާޤް ވެވިފައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓްގެ
ފަނޑިޔާރުން ދެކެނީ އެޤަޟިއްޔާގައި ކުރައްވާފައިވާ މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރީގެ
ބޭނުމުގައި އަތުގައި ބެހެއްޓުމުގެ ކުށް މުޙައްމަދު ޢަލީގެ މައްޗަށް ސާބިތުކުރައްވާފައި އޮތްއޮތުމަށް
ބަދަލު ގެންނަން ޖެހޭނެ ކަމަށެވެ.
• ޙުކުމް
OXO
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ޖިނާއީކޯޓުގެ ނަންބަރ
2009/JC/67 ޤަޟިއްޔާ ގައި، ސ.ހިތަދޫ ސާހިލް މުޙައްމަދު އަލީގެ މައްޗަށް މަނާކުރެވިފައިވާ
މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމުގައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް
ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށް
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެންނާތީ، ޖިނާއީ ކޯޓުގެ ނަންބަރު
2009/JC/67 ޤަޟިއްޔާއިން، މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމުގައި މުޙައްމަދު
ޢަލީގެ އަތުގައި ބެހެއްޓުމުގެ ކުށް ޝަރީޢަތަށް ސާބިތުވާކަމަށް އެކޯޓުން ކަނޑައެޅި ކަނޑައެޅުން
ބާތިލުކޮށް މި ޤަޟިއްޔާ ނިންމީއެވެ.
އައިކޯޓް
މިޤަޟިއްޔާ ބަލާ ޙުކުމްކުރީ :
ޢަލީ ސަމީރު
(ފަނޑިޔާރު)
ޢަބްދުﷲ ޙަމީދު
ޢަބްދުއްރައޫފު އިބްރާހީމް
(ފަނޑިޔާރު)
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، ޙާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325
:
329، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv