ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/235 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/235
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
29
ކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤާޟީއްޔާ ނަންބަރ: 235/HC
-
A/2010
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލާ، ތ.ޕަބްލިކް ޕްރޮސިކިއުޓަރ އދރ. އާމިނަތު ރާޔާ ޢަލީ
• އިސްތިއުނާފް ރައްދުވި ފަރާތް:
1- ނަން: މުޙައްމަދު ނަޒީރު
* އައިޑީ ކާޑު ނަންބަރު:
* ދާއިމީ އެޑްރެސް: މ.ކުރެއްދޫގެ/ ކ.މާލެ
މިހާރުގެ އެޑްރެސް: އަލަވަޅުގެ| ހދ.ކުޅުދުއްފުށި
A148855
2 - ނަން: ޢަބްދުއްރަޝީދު ޢަލީ
އައިޑީ ކާޑު ނަންބަރު:
ދާއިމީ އެޑްރެސް: ބޮޑުދުބުރިގެ| ހދ.ކުޅުދުއްފުށި
މިހާރުގެ އެޑްރެސް: ބޮޑުދުބުރިގެ/ ހދ.ކުޅުދުއްފުށި
A115442
*
ރަޖިސްޓްރީ ތާރީޚް: 17 ނޮވެމްބަރ 2010
* ނިމުނު ތާރީޚް:
22 މެއި 2013
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/B12C/180 ޤަޟިއްޔާ
• ނިންމެވި ކޯޓް: ތިލަދުންމަތީ ދެނުކުބުރީ ކުޅުދުއްފުށީ ކޯޓު
މައްސަލައިގެ ބާވަތް: ވައްކަން
• ހުށަހެޅުނު ތާރީޚް: 21 ޑިސެމްބަރ 2009
ނިމުނު ތާރީޙް: 19 މެއި 2010
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޔޫސުފް ޙުސައިން، އިސްފަނޑިޔާރު އަޙްމަދު ޝަރީފް،
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
ދިވެހިރާއްޖޭގެ
، ހައި29
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
2
2010/HC-A/235
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ދަޢުވާގެ ލާ
މިއީ، ތިލަދުންމަތީ ދެނުކުބުރީ ކުޅުދުއްފުށީ ކޯޓުގެ ނަންބަރު 2009/B12C/180 ޤަޟިއްޔާ
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، އިސްތިއުނާފް ރައްދުވަނީ ޅ.ކުރެއްދޫގެ (އަޅުވަޅުގެހދ.ކުޅުދުއްފުށީ)
މުޙައްމަދު ނަޒީރު އާއި ހދ.ކުޅުދުއްފުށީ ބޮޑުދުބުރިގެ ޢަބްދުއްރަޝީދު ޢަލީއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
I
l. ތިލަދުންމަތީ ދެނުކުބުރީ ކުޅުދުއްފުށީ ކޯޓުގެ ނަންބަރު 2009/B12C/180 ޤަޟިއްޔާއަކީ
މ.ކުރެއްދޫގެ (އަޅަވަޅުގެހދ.ކުޅުދުއްފުށީ) މުޙައްމަދު ނަޒީރު އާއި ހދ.ކުޅުދުއްފުށީ ބޮޑުދުބުރިގެ
ޢަބްދުއްރަޝީދު ޢަލީ 18 ޖޫން 2009 ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ހދ.
ހދ.ކުޅުދުއްފުށީ
ނަގާ
ފިހާރައިން ވައްކަންކުރިކަމަށް އިންކާރު ކުރިނަމަވެސް، 18 ޖޫން 2009 ދުވަހުގެ ރޭގަނޑުގެ
ވަގުތެއްގައި، ހދ.ކުޅުދުއްފުށީ ނަގޯޔާ ފިހާރައިން ގިނަ އަދަދެއްގެ މުދަލާއި ފައިސާ
ވަގަށްނަގާފައިވާތީއާއި، މިމައްސަލައާއި ގުޅިގެން 19 ޖޫން 2009 ދުވަހުގެ ހެދުނުގެ ވަގުތެއްގައި،
ފުލުހުންގެ ބޭކަލުން މުހައްމަދު ނަޒީރުގެ ކޮޓަރި ބަލައި ފާސްކުރެއްވިއިރު، މުހައްމަދު ނަޒީރުގެ
ކޮޓަރީގައި ހުރި މޭޒެއްގެ ދަށުގައި ބަހައްޓާފައި ހުރި ދަބަހެއްގެ ތެރެއިން " ނަގޯރާ" ފިހާރައިން
ވަގަށްނަގާފައިވާ، ސިގިރޭޓް ކާޓުންތަކަކާއި، މޭޒުގެ ވަތްގަޑުގެ ތެރެއިން
ނަގޯރާ" ފިހާރައިން
ގެއްލުނު ކަމަށް ބުނާ އަދަދަށް ވަކިރުފިޔާއާއި، ވަތަނިއްޔާ ސިމް ކާޑާއި، ޕްރީޕެއިޑް ކާޑު
ފެނިފައިވާތީއާއި، ޢަބްދުއްރަޝީދު ޢަލީގެ އަތުން " ނަގޯޔާ" ފިހާރައިން ވަގަށް ނަގާފައިވާ ނޮކިޔާ
މޮޑެލް ނަންބަރު 1200 ފޯން ފެނިފައިވާތީއާއި، މިމީހުންނަށް މިތަކެތި ލިބުނު ގޮތެއް
0c4
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
3
2010/HC-A1235
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ސާބިތުކޮށްދެވިފައި ނުވާތީ، ޤާނޫނުލް އުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން މުޙައްމަދު
ނަޒީރު އާއި ޢަބްދުއްރަޝީދު ޢަލީގެ މައްޗަށް ދަޢުވާކުރެވުނު ވައްކަމުގެ މައްސަލައެ
ވައެކަމުގެ މައްސަލައެއެކަމެއ
I
މިޤަޟިއްޔާ ނިންމަވާފައިވަނީ" ދެން ފަހެ ބަޔާންވެދިޔަ ނުކުތާތަކުގެ މައްޗަށް ބިނާކޮށް
މ.ކުރެންދޫގެ ( އަލަވަޅުހދ.ކުޅުދުއްފުށީ) މުޙައްމަދު ނަޒީރުއާއި ހދ.ކުޅުދުއްފުށީ ބޮޑުދުބުރިގެ
ޢަބްދުއްރަޝީދު ޢަލީގެ މައްޗަށް ދައުލަތުން ކޮށްފައިވާ ވައްކަން ކުރުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް
ސާބިތުނުވާކަމަށް ޙުކުމް ކޮށްފީމެވެ. " މިފަދައިންކަން އެނގެން އޮވެއެވެ.
* * **
2. ތިލަދުންމަތީ ދެނުކުބުރީ ކުޅުދުއްފުށީ ކޯޓުގެ ނަންބަރު 2009/B12C/180 ޤަޟިއްޔާ
ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުގެ ފަރާތުން 05 (ފަހެއް ) ނުކުތާ ހުށަހަޅައި އެނުކުތާތަކާ ބެހޭގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، 19 ޖޫން 2009 ވަނަ ދުވަހު 8:50 އެހާކަންހާއިރު،
ހދ. ކުޅުދުއްފުށީ އަލަވަޅުގޭގައި މުޙައްމަދު ނަޒީރު ދިރިއުޅެމުންދާ ކޮޓަރިއަށް ފުލުހުންގެ ބޭކަލުންނަށް
ވަދެވިފައިވަނީ މުޙައްމަދު ނަޒީރު ކޮޓަރި ހުޅުވަމުންކަމަށާއި، ކޮޓަރިތެރެއަށް ފުލުހުންގެ ބޭކަލުންނަށް
ބަހެއް ފެނުނުކަމަށް މުޙައްމަދު ނަޒީރު ތަޙްޤީޤައާއި، ޝަރީޢަތުގައި އިޢުތިރާފުވެފައިވާތީއާއި،
އެދަބަހުން "ނަގޯޔާ" ފިހާރައިން ވަގަށްނެގި ސިނގިރޭޓު ކާޓޫނުތައް ފެނިފައިވާއިރު، މިކަމަށް ރިއާޔަތް
ނުކުރައްވައި، މައްސަލަ ނިންމާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2010/HC-A/235
ދެވަނަ ނުކުތާއަކީ، މުޙައްމަދު ނަޒީރު ދިރިއުޅެމުންދާ ހދ. ކުޅުދުއްފުށީ
އަލަވަޅުގޭގެ ކޮޓަރީގައި ހުރި މޭޒެއްގެ ވަތްގަޑުން "ނަގޯޔާ" ފިހާރައިން ވަގަންނެވި -/1 (އެއް
ރުފިޔާ) އާއި -/2 ރ (ދެ ރުފިޔާ) އިން -:122 ރ (ސަތޭކަ ބާވީސް ރުފިޔާ) ގެ ވަކި ރުފިޔާއާއި،
ވަތަނިއްޔާ 4 (ހަތަރެއް) ސިމް ކާޑާއި، -/50 ރ (ފަންސާސް ރުފިޔާ) ގެ 8 (އަށެއް) ވަތަނިއްޔާ
ޕްރީޕެއިޑް ކާޑު ފެނުނުކަމަށް އެކޮޓަރި ބަލައި ފާސްކުރި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލ.ކޯޕަރަލް
އިބްރާހީމް ޙަސަންއާއި، ކޮންސްޓަބަލް ސަމީރު ޢަލީ ހެކިބަސް ދީފައިވާއިރު، އެކަމަށް ރިއާޔަތް
ނުކުރައްވާ، މައްސަލަ ނިންމާފައިވުން ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، ހދ. ކުޅުދުއްފުށީ ޢަބްދުއްރަޝީދުގެ އަތުން ނަގާޔާ
ފިހާރައިން ވަގަށް ނަގާފައިވާ ނޮކިޔާ 1200 ގެ ފޯނު ފެނިފައިވާކަމަށް ޢަބްދުއްރަޝީދު ޢަލީ
ތަޙްޤީޤުގައި އާއި ޝަރީޢަތުގައި އިޢުތިރާފު ވެފައިވާތީ، ޢަބްދުއްރަޝީދު ޢަލީއަށް ފޯނު ލިބުނު ގޮތެއް
ސާބިތުކޮށްދެވިފައި ނުވާއިރު، އެކަމަށް ރިޢާޔަތް ނުކުރައްވައި މައްސަލަ ނިންމަވާފައިވުން ކަމަށް ބުނެ
ހުށަހެޅި ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ، ވަގަށް ނަގާފައިވާ އެއްޗެއް މީހެއްގެ އަތުން، ނުވަތަ
އެމީހަކު ދިރިއުޅެމުންދާ ތަނަކުން ފެންނަ މައްސަލަތަކުގައި ވަގަށް ނަގާފައިވާ އެއްޗެއް ލިބުނު ގޮތެއް
އެމީހަކަށް ސާބިތުކޮށްނުދެވޭ ހިނދު ދައުލަތުގެ ފަރާތުން ދަޢުވާކުރަމުން އައިސްފައިވަނީ ވައްކަން
ކުރުމުގެ ކުށުގެ ދަޢުވާއެވެ. އަދި ދިވެހިރާއްޖޭގެ ދަށު ކޯޓްތަކުގައި މިގޮތުގެ މަތީން ދަޢުވާ ހުށަހެޅުމުން
ވައްކަން ކުރުމުގެ ކުށް ސާބިތުވާކަމަށް ނިންމާފައިވާއިރު، އަދި މިބާވަތުގެ މައްސަލަތައް ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅި، ދަށު ކޯޓުން ވައްކަންކުރުމުގެ ކުށް ސާބިތުވާކަމަށް ކުރައްވާފައިވާ ޙުކުމަށް
ތާއީދުކުރައްވާ މައްސަލަ ނިންމަވާފައިވާ ނިންމެވުންތަކަށް މިމައްސަލައިގައި ރިއާޔަތް ކުރެއްވުމެއް
ނެތި މައްސަލަ ނިންމަވާފައިވުން ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ފަސްވަނަ ނުކުތާއަކީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް މައްސަލަ
ނިންމަވާފައިވުން ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ
ހައިކް
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2010/HC-A/235
3. ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2009/B12C/180 ޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި އެނުކުތާތަކާއި ގުޅިގެން
އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
99
(ހ) ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2009/B12C/180 ޤަޟިއްޔާއަކީ މުޙައްމަދު ނަޒީރު
މ.ކުރެއްދޫގެ (އަލަވަޅުގެ ހދ.ކުޅުދުއްފުށި) އާއި ޢަބްދުއްރަޝީދު ޢަލީ، ހދ.ކުޅުދުއްފުށިބޮޑުދުބުރީގެ އާއި،
މިދެމީހުން 18 ޖޫން 2009 ދުވަހުގެ ރޭގެ ވަގުތެއްގައި މިދެމީހުން ހދ.ކުޅުދުއްފުށި "ނަގޯރާ" ފިހާރައިން
ވައްކަން ކުރިކަމުގެ ތުހުމަތުގައި ހުށަހަޅާފައިވާ މައްސަލައެއްކަމާއި، މިވައްކަމުގެ ތުހުމަތު މިދެމީހުންގެ މައްޗަށް
ކުރެވިފައިވަނީ، 19 ޖޫން 2009 ދުވަހުގެ ހެދުނުގެ ވަގުތެއްގައި ފުލުހުންގެ ބޭކަލުން މުޙައްމަދު ނަޒީރުގެ
ކޮޓަރި ބަލާ ފާސްކުރިއިރު، މުޙައްމަދު ނަޒީރުގެ ކޮޓަރީގައި ހުރި މޭޒެއްގެ ދަށުގައި ބަހައްޓާފައިހުރި ދަބަހެއްގެ
ތެރެއިން "ނަގޯރާ" ފިހާރައިން ވަގަށް ނަގާފައިވާ ސިގިރޭޓް ކާޓޫންތަކަކާއި، މޭޒުގެ ވަތްގަނޑުގެ ތެރެއިން
"ނަގޯރާ" ފިހާރައިން ގެއްލުނުކަމަށް ބުނާ ޢަދަދަށް ވަކި ރުފިޔާއާއި، ވަތަނިއްޔާ ސިމްކާޑާއި، ޕްރީޕެއިޑް ކާޑު
ފެނިފައިވާތީއާއި، އަދި އަބްދުއްރަޝީދު ޢަލީގެ އަތުން "ނަގޯރާ" ފިހާރައިން ވަގަށްނަގާފައިވާ ނޮކިޔާ މޮޑެލް
ނަންބަރު 1200 ފޯނު ފެނިފައިވާތީކަން ދަށުކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެގޭކަމާއި، އަދި
މިމީހުންގެ އަތުން ފެނުނު ތަކެތި އެމީހުންނަށް ލިބުނު ގޮތް ސާބިތުކޮށްދެވިފައިނުވާތީކަމަށް ބުނެ
ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން މިދެމީހުންގެ މައްޗަށް ވައްކަން ކުރުމުގެ ކުށުގެ ދަޢުވާ
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާކަމާއި، އަދި އެދަޢުވާއަށް މުޙައްމަދު ނަޒީރުއާއި
ޢަބްދުއްރަޝީދު ޢަލީއާއި މިދެމީހުންވެސް އިންކާރުކޮށްފައިވާކަންވެސް އެނގެއެވެ.
(ނ) ހދ.ކުޅުދުއްފުށި "ނަގޯރާ" ފިހާރަ ފަޅާލައި އެފިހާރައިން ވައްކަންކޮށްފައިވަނީ 2009 ޖޫން
18 ވަނަ ދުވަހުގެ ރޭނގަޑުގެ ވަގުތެއްގައިކަން ލިޔުންތަކުންނާއި ބަޔާންތަކުން އެނގޭކަމާއި، އަދި ފުލުހުން
ހދ.ކުޅުދުއްފުށި އަލަވަޅުގެއަށް ގޮސް އެގޭގައި މުޙައްމަދު ނަޒީރު އުޅޭ ކޮޓަރި ބަލާ ފާސްކުރުމަށްޓަކައި އެގެއަށް
ދިޔައީ 2009 ޖޫން 19 ވަނަ ދުވަހުގެ ހެނދުނު 08:30 ހާއިރުކަންވެސް އެގޭކަމާއި، އަދި ފުލުހުން ގޮސް
މުޙައްމަދު ނަޒީރު އުޅޭ ކޮޓަރީގައި ޓަކި ޖެހުމުން މުޙައްމަދު ނަޒީރު ކޮޓަރީގެ ދޮރުހުޅުވުމުން ފުލުހުން
އެކޮޓަރިއަށް ވަދެ ބެލި ބެލުމުން އެކޮޓަރިން "އަގޯރާ" ފިހާރައިން ގެއްލުނު ތަކެތި ފެނިފައިވާކަމާއި،
ދިވެހިރާއް
ހައި29
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
02 08
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2010/HC-A/235
އަދި މިމައްސަލައާއި ގުޅިގެން މުޙައްމަދު ނަޒީރު ދީފައިވާ ބަޔާންތަކަށް ބަލާއިރު 2009
ޖޫން 18 ވަނަ ދުވަހުގެ ރޭ އޭނާގެއިން ބޭރަށް ނުދާކަމަށާއި، އެރޭ އޭނާ ނިދަން އޮށޯތީ ވަރަށް
ގިނައިރުވަންދެން ސިޓިންގ ރޫމުގައި ޓީވީ ބަލަން އިނދެފައި ވަރަށް ދަންވީފަހުން ކަމަށާއި، ކޮޓަރީގައި
ނިދާފައި އޮއްވާ މީހަކު އައިސްގޮވާ ހެދިކަމަށާއި، ނަމަވެސް ރަނގަޅަށް ހޭނުލެވޭތީ އެއީ ކާކުކަން
ނޭންގޭކަމަށާއި، އަދި އެމީހާ ގޮވާ ހެދިއިރު ދަބަހެއް ބަހައްޓާ ވާހަކަވެސް ބުނިހެން ހީވާ ކަމަށާއި، ނިދާފައި
އޮތުމުން އެހާ ރަނގަޅަށް ސާފުނުވާކަމަށާއި، ގޮވާ އަދި ދަބަސް ބެހެއްޓީ ކާކުކަން ނޭގޭ ކަމަށާއި ދަބަހުގައި
ލެވެސް ނޭނގޭކަމަށާއި ނުވެސް ބަލާ ކަމަށާއި އެގޮތަށް އޭނާ ނިދާފައިވަނިކޮށް ހެނދުނު 9
( ނުވައެއް ޖަހާ އެހާކަންހާއިރު ފުލުހުން އައިސް ދޮރުގައިޓަކި ޖަހާތީ ހޭލާފައި ދޮރު ހުޅުވީ ކަމަށާއި އަދި
އެކޮޓަރި ބަލާފާސްކޮށް ހެދުމަށްފަހު ކޮޓަރިތެރެއިން ފެނުނު ދަބަހާއި ދަބަސް ތެރޭގައިވާ އެއްޗިއްސާއެކު
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ގެނައީ ކަމަށްވެސް ބުނެފައިވާކަން އެނގެއެވެ.
22
ހުރީ
f
22
0979
(ނ) ހދ.ކުޅުދުއްފުށީ " ނަގޯރާ" ފިހާރައިން ވަގަށް ގެންގޮސްފައިވާ ތަކެތި ކަމަށް އޭރު
އެފިހާރައާއި ޙަވާލުވެހުރި ހދ.ކުޅުދުއްފުށީ ލިލީ އަޡަމް އިބްރާހީމް ބުނެފައިވާ ތަކެއްޗަކީ -!1ރ (އެއްރުފިޔާގެ)
85 ކޮއިންއާއި -/2ރ (ދެރުފިޔާގެ ) 37 ކޮއިންއާއި ވަތަނިއްޔާގެ ޕްރީޕެއިޑް -/50 ރ (ފަންސާސް ރުފިޔާގެ)
08 ކާޑާއި ދިރާގު -/50ރ ( ފަންސާސް ރުފިޔާގެ )09 ކާޑާއި ވަތަނިއްޔާގެ 04 ސިމް ކާޑާއި މަލްބަރޯ
ލައިޓް ސިގިރޭޓް 02 ކާރޓުނާއި މަލްބަރޯ ހާޑު ސިގިރޭޓް 01 ކާރޓުނާއި ކެމަލް ލައިޓް ސިގިރޭޓް 01
ކާރޓުން އާއި 05 ފޮށި ކެމައިލް ހާރޑް ސިގިރޭޓް ފޮއްޓާއި އަދި ބަޓިން ބާރޓީ ލޯޝަންފުޅީގެ ނޫކުލައިގެ
ފުޅިއަކާއި ނޮކިޔާ (މޮޑެލް ނަންބަރު 1200) ފޯނަކާއި 2 ހެޑްސެޓް އާއި މިތަކެތި ކަން އެނގޭއިރު
ނަގޯޔާ" ފިހާރައިން ވައްކަންކުރުމުގެ ހާދިސާ ހިނގިއިރު އެފިހާރައިގެ ސޭޓެއްގެ ވަޒީފާ
އަދާކުރަމުންދިޔަ ހދ.ކުޅުދުއްފުށީ ހަދިޔާ ސިފާޒާ އެފިހާރައިން ވަގަށްނަގާފައިވާ ކަމަށް ބުނެފައިވާ ތަކެތީގެ
ތެރޭގައި މޯބައިލް ފޯނާއި 2 ހެޑް ސެޓްގެ ވާހަކަ ބުނެފައިނުވާ ކަމާއި އަދި އެފިހާރައާއި ހަވާލުވެގެންހުރި
އަޡަމް އިބްރާހީމް ވަގަށްގެންދިޔަ ތަކެތީގެ ތެރޭގައި 15 ފޮށި ކެމަލް ހާރޑް ސިގިރޭޓް ފޮށި، ހިމެނޭ ކަމަށް
ބުނެފައިވާއިއިރު ޝިފާޒާގެ ބަޔާނުގައިވަނީ 04 ފޮށީގެ ވާހަކަކަންވެސް އެގޭކަމާއި އެހެންކަމުން އަތީމް
އިބްރާހީމްއާއި ޝިފާޒްގެ އާއި ދެމީހުން "ނަގޯޔާ" ފިހާރައިން ވަގަށްނަގާފައިވާ ތަކެތި ބަޔާން ކުރިއިރު
އެދެމީހުންގެ ބަޔާނުގައި ތަފާތުހުރިކަން އެގެއެވެ.
ދިވެހިރާއްޖޭގެ
ޚި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2010/HC-A/235
(ރ) މިމައްސަލާގައި ދައުލަތުގެ ފަރާތުން ޝަރީޢަތަށް ދީފައިވާ ބަޔާނުގައި މުޙައްމަދު ނަޒީރު އުޅޭ
ކޮޓަރި ތެރެއިން ފެނުނު ދަބަހުންފެނުނު ތަކެއްޗަކީ ފިހާރައިން ގެއްލުނު ތަކެތިކަން އެގެނީ
މިމައްސަލާގައި ބަޔާންދީފައިވާ ފިހާރައިގެ ސޭޓަކަށް އިންނަ ޝިފާޒާގެ ބަހުން ކަމަށާއި ޝިފާޒާ އެންމެފަހުން
18 ވަނަ ދުވަހު ފިހާރައަށް އައުމަށްފަހު 19 ވަނަ ދުވަހު އައިސްބެލިއިރު މަދުވެފައިވާ ތަކެއްޗަކީ މުޙައްމަދު
ނަޒީރުގެ ކޮޓަރިން ފެނުނުތަކެތި ކަމަށް ބުނެފައިވާތީ ކަމަށާއި
އަދި ސިގިރޭޓް ކާރޓޫންތަކާއި ކޮއިންތަކާއި ސިމްކާނޑާއި ޕްރީޕެއިޑް ކާޑުތަކަކާއި
މިތަކެއްޗަކީވެސް ނަގޯޔާ ފިހާރައިން ގެއްލުނު ތަކެތިކަން އެގެނީ އެތަކެތީގައި އެކަން އެނގޭ އެއްވެސް
ނިޝާނެއް ނުވަތަ އެނޫންވެސް ގޮތަކަށް އެތަކެތި ބެލެވިގެން ނޫންކަން ދައުލަތުގެ ވަކީލުގެ ބަޔާނުން
އެނގޭކަމާއި އެތަކެއްޗަކީ "ނަގޯޔާ" ފިހާރައިން ގެއްލުނު ތަކެތިކަމަށް ދައުލަތުން ޤަބޫލުކުރަނީ އެފިހާރައިން
ގެއްލުނު އަދަދަށް މުޙައްމަދު ނަޒީރުގެ ކޮޓަރިންނާއި ކޮޓަރީގައި ހުރި ދަބަހުން ފެނިފައިވާތީކަމަށް ދައުލަތުގެ
ވަކީލު ބަޔާން ކޮށްފައިވާއިރު
"ނަގޯރާ" ފިހާރައިން ގެއްލުނުތަކެތި އެފިހާރައާއި ޙަވާލުވެގެން ހުރި އަޡަމް އިބްރާހީމްއާއި އަދި
އެފިހާރައިގެ ސޭޓަކަށް އުޅުނު ޝިފާޒާ އާ ދެމީހުން ބަޔާންކުރިއިރު ސިގިރޭޓު ކާރޓުންތަކާއި ފޮށީގެ އަދަދު
ބަޔާންކޮށްފައިވާއިރު މުޙައްމަދު ނަޒީރު ދިރިއުޅޭގޭ ބަލާފާސްކުރަމުންދިޔައިރު ފުލުހުންގެ އެއްވެސް މީހެއްގެ
ފުގައި މުޙައްމަދު ނަޒީރުގެ ކޮޓަރިން ނުވަތަ އެކޮޓަރީގައި ހުރި ދަބަހުން ފެނުނު ސިގިރޭޓް ކާރޓުންގެ
އެއްވެސް އަދަދެއް ބަޔާންކޮށްފައިނުވާ ކަމާއި އަދި ބަލާފާސްކުރަންދިޔަ އެއްވެސް ފުލުހެއްގެ ބަޔާނުގައި
ލޯޝަންފުޅިއެއްގެ ވާހަކައެއް އަދި 12 ހެޑްސެޓްގެ ވާހަކަ ބަޔާންކޮށްފައިނުވާކަން އެނގޭ ކަމާއި
އަދި މުޙައްމަދު ނަޒީރުގެ ކޮޓަރީގައި ހުރި ދަބަހުން ފެނިފައިވާ ސިމްކާޑާއި ޕްރީޕެއިޑް
ކާޑުތަކަކީ އެއީ" ނަގޯޔާ" ފިހާރައިން ގެއްލުނު ކާޑުތައްކަމަށް ދައުލަތުގެ ވަކީލުގެ ބަޔާނުގައި ބުނެފައިވާއިރު
ދިރާގުން ނުވަތަ ވަތަނިއްޔާއިން އެކާޑުތައް ވިއްކާފައިވަނީ ނުވަތަ ދޫކޮށްފައިވަނީ ކޮންފަރާތަކަށްތޯ
ބެލިފައިނުވާކަންވެސް އެނގެއެވެ.
IF
(ބ) 2009 ޖޫން 18 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ހދ.ކުޅުދުއްފުށީ
ފިހާރަ ފަޅާލައި އެފިހާރައިން ވަގަށް ގެންގޮސްފައިވާ ތަކެތީގެ ތެރޭގައި ހިމެނޭ ނޮކިޔާ (މޮޑެލް ނަންބަރި 1200
އައި އެމް. އީ އައި ނަންބަރު 359313027559685) ފޯނު 19 ޖޫން 2009 ވަނަ ދުވަހު ޢަބްދުއްރަޝީދު
އަތުގައި އޮތްވާ އެފިހާރަ ހިންގާ މީހުންނާ ތިމާގެ ކުއްޖަކު އެފޯނަކީ އެފިހާރައިން ގެއްލުނު ފޯނުކަމަށް ބުނުމުން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
ހއ
8
2010/HC-A1235
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
4 22
އެފޯނުހިފައިގެން ޢަބްދުއްރަޝީދު ޢަލީ އަމިއްލައަށް ޕޮލިހަށް ހާޟިރުވީ ކަމަށް އޭނާ ދަށު ކޯޓާއި ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން އެނގޭކަމާއި
އަދި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން މިކޯޓުގެ ޝަރީޢަތަށް ދީފައިވާ
ބަޔާނުގައިވެސް ޢަބްދުއްރަޝީދު ޢަލީ ޕޮލިސް ސްޓޭޝަނަށް ފޯނު ޙަވާލުކޮށްފައިވަނީ 19 ޖޫން 2009 ވަނަ
ދުވަހު ކަމަށް ބުނެފައިވާކަން
2 2 22
ہی کو ہم
I
0 2 0 2 0 22
2ބޑތ
(ޅ) ހދ.ކުޅުދުއްފުށީ ނަގޯރާ" ފިހާރަ ފަޅާލައި އެތަނުން ތަފާތު ވައްތަރުގެ އެކިއެކި
ސާމާނާއި ލާރި ވަގަށްގެންގޮސްފައިވާއިރު ޢަބްދުއްރަޝީދު ޢަލީގެ އަތުން ފެނިފައިވަނީ ހަމައެކަނި އެފިހާރައިން
ވަގަށް ގެންދިޔަ ކަމަށްބުނާ ފޯނުކަމަށާއި އަދި އެފިހާރައިން ފޯނެއް ގެއްލިގެން އުޅޭކަމުގެ ވާހަކަ ދެއްކުމުން
ޢަބްދުއްރަޝީދު ޢަލީ އަމިއްލައަށް ފޯނުދައްކައި އެއީ ގެއްލުނު ފޯނުތޯ ސާފުކޮށް ފޯން ހިފައިގެން ޕޮލިސް
ސްޓޭޝަނަށް ހާޟިރުވެފައިވުމަކީ އަދި އެފޯނު ފިޔަވައި ނަގޯޔާ" ފިހާރައިން ވަގަށްނެގި ކަމަށްބުނާ
އޭނާގެ އަތުން ފެނިފައިނުވާއިރު، އޭނާ އެފިހާރައިން ވައްކަންކުރިކަން ދަލާލަތުކުރާ
ގުޅިފައިވާ އެއްވެސް ހެއްކެއް ޤަރީނާއެއްވެސް ޝަރީޢަތަށް ހުށަހެޅިފައިނުވާއިރު އަދީ އޭނާ އަމިއްލައަށް
ފޯނުހިފައިގެން ޕޮލިސް ސްޓޭޝަނަށް ހާޟިރުވުމުގެ ކުރިން ފިހާރައިން ވައްކަން ކުރިކަމުގެ ތުހުމަތެއް ވެސް
އޭނާގެ މައްޗަށް ކުރެވިފައިވާކަންވެސް އެގެންނެ
ންނެތްއިރު އެފޯނަކީ ޢަބްދުއްރަޝީދު ޢަލީ " ނަގޯރާ" ފިހާރައިން
ވަގަށްނެގި ފޯނުކަމަށް ވާނަމަ އެފިހާރައިން ވައްކަންކުރި ރެއާއި ޖެހިގެން އައި ދުވަހު އޭނާ އަމިއްލައަށް
އެފޯނު ހިފައިގެން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ޙާޟިރުވެދާނެ ކަމަށް ބުއްދީގެ ހަމަތަކުން ނުބެލެވެއެވެ.
އެއޮއެ
ނަގޯޔާ"
2
بررسی کرسی
(ށ) 2009 ޖޫން 18 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ހދ.ކުޅުދުއްފުށީ
ފިހާރައިން ވައްކަންކުރުމުގެ ސަބަބުން އެފިހާއިން މަދުވެފައިވާ ބައެއް ތަކެތި މުޙައްމަދު ނަޒީރު އުޅޭ
ކޮޓަރިންނާއި ޢަބްދުއްރަޝީދު ޢަލީގެ އަތުން ފެނުމުގެ އިތުރުން އެދެމީހުން ނުވަތަ އެދެމީހުންކުރެ މީހަކު
އެފިހާރައިން ވައްކަންކޮ
އެތަކެތި ނެގިކަމަށް ދަލާލަތުކުރާ ގުޅުންހުރި އެއްވެސް ހެއްކެއް ނުވަތަ
ޤާރީނާއެއް ހުށަހެޅިފައިނެތްކަމާއި ވަގަށްނެގި ކަމަށްބުނާ ތަކެތި ދަޢުވާލިބޭ ފަރާތުގެ އަތުން ފެނުމުގެ އިތުރުން
ވައްކަމުގެ ޢަމަލު ހިންގާފައިވަނީ އެފަރާތުން ކަމަށް ދަލާލަތުކުރާ ގުޅިފައިވާ ހެކިތަކާއި ޤަރީނާ ތަކުގެ މައްޗަށް
ސްޕްރީމްކޯޓުގެ ނަންބަރު 16/SC
-
A/2009 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
2 2 22 2x4
/ތ ه2
ހ
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
9
2010/HC-A1235
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ނަންބަރު
2011/HC-A/06
ޟިއްޔާގައި
16/HC
-
A/2008 ޤަޟިއްޔާ އާއި ހައިކޯޓުގެ
ޔާންކުރެވިފައިވާ އުސޫލަށްބެލުމުން އެނގޭކަމެވެ.
އެހެން ކަމުން ބަޔާންކުރެވިދިޔަ ކަންތައްތައް ބަޔާންކުރެވުނު ގޮތަށް ހުރުމުން ހދ.ކުޅުދުއްފުށީ
ކޯޓުގެ ނަންބަރު 2009/B12C/180 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ނުކުތާތަކާ ގުޅިގެން ހައިކޯޓުން ބެލި ބެލުމުން އެޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ވަނީ ޤަބޫލު ކުރެވިފައެވެ.
02x 2
کرمی
<<
ދެންފަހެ ބަޔާންކުރެވިދިޔަ ސަބަބުތައް ހުރުމުން ހދ.ކުޅުދުއްފުށީ ކޯޓުގެ ނަންބަރު
2009/B12C/180 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި
ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށް މައްސަލަ ނިންމީއެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv