ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/210 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/210
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 210/HC-A/2014
އިސްތިއުނާފު ކުރި ފަރާތް:
* ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް
ދާއިމީ އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް
*
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: މުޙައްމަދު ޙަބީބު
އައިޑީ ކާޑު ނަންބަރު: A065885
ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު 3915
ތުގެ އެޑްރެސް: އެން.އެސް.އެސް.ފްލެޓް
• ރަޖިސްޓްރީކުރެވުނު ތާރީޚް: 23 ރަމަޟާން 1435
، ނިމުނު ތާރީޚް: 01 ރަބީޢުލްއާޚިރު 1437
11 ޖެނުއަރީ 2016
20 ޖުލައި
2015
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2013/Cv-C/1322
• ނިންމެވި ކޯޓް: ސިވިލް ކޯޓު
• މައްސަލައިގެ ބާވަތް: ޢިމާރާތް ކުއްޔަށްދިނުން
ހުށަހެޅުނު ތާރީޚް: 07 ޖުލައި 2013
މައްސަލަ ނިމުނު ތާރީޚް:
14 އޭޕްރީލް 2014
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލީސް:
ފަނޑިޔާރު އ.ޢަލީ ސަމީރު، ފަނޑިޔާރު އޖ.ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު އ.ގ.ޝުޖާޢު އުޘްމާން
0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/210
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1322 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި އެޓަރނީ
ނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
خمس
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ދަފްތަރު ނަންބަރު 3915 މުޙައްމަދު
ޙަބީބުއެ ވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1322 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، 03 ޖުލައި 1980 ވަނަ އަހަރުން ފެށިގެން
މެދުކެނޑުމެއްނެތި އެން.އެސް.އެސް އަދި އޭގެ ފަހުން މޯލްޑިވްސް ޕޮލިސް ސަރވިސްގައި މުޙައްމަދު ޙަބީބު
މަސައްކަތް ކުރަމުންދަނިކޮށް، ދައުލަތުގެ މުދަލަކަށް ޚިޔާނާތްތެރިވީކަމަށް ތަޙުޤީޤަށް ޘާބިތުވާކަމުގައި
ކަނޑައަޅައި، 08 ފެބްރުއަރީ 2009 ދުވަހު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްނެތި
ކަމުގައިވާތީއާއި، ވަޒީފާއިން ވަކިކުރިކަން މުޙައްމަދު ޙަބީބަށް އަންގަވާފައިނުވާކަމަށްބުނެ، ކުރިންހުރި ވަޒީފާ
އަނބުރާ ހޯދުމަށާއި، ވަޒީފާއިން ވަކިކުރުމަށްފަހު ހޭދަވެފައިވާ މުއްދަތުގައި، ވަޒީފާގައި ހޭދަކުރިއިރުލިބޭ
މުސާރައާއި އިނާޔަތްތަކާއި އެމުއްދަތުގެ ތެރޭގައި މުސާރައިގެ ކުރިއެރުން ލިބިފައިވާނަމަ، އިތުރުވެފައިވާ
މިންވަރެއް ހޯދުމަށާއި، ވަޒީފާގެ ކުރިއެރުން ލިބުމުގެ ފުރުޞަތު ގެއްލިގެން ދިޔުމުގެ ސަބަބުން ލިބުނު
ގެއްލުމުގެ ބަދަލު ހޯދުމަށް ދަފްތަރު ނަންބަރު 3915 މ.އެން.އެސް.އެސް ފްލެޓް 11.03 މުޙައްމަދު
ޙަބީބް (ދ.ރ.ކާޑު ނަންބަރު A065885) ގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް
ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ދަޢުވާކޮށް ހުށަހެޅުމުން ބެލުނު މައްސަލައެއްކަން އެނގޭކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ
މައްޗަށް ރިޢާޔަތްކޮށް، 03 ޖުލައި 1980 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި
އެން.އެސް.އެސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/210
އަދި އޭގެ ފަހުން މޯލްޑިވްސް ޕޮލިސް ސަރވިސް ގައި މުޙައްމަދު ޙަބީބް މަސައްކަތްކުރަމުންދަނިކޮށް،
ދައުލަތުގެ މުދަލަކަށް ޚިޔާނާތްތެރިވީކަމަށް ތަޙުޤީޤަށް ޘާބިތުވާކަމުގައި ކަނޑައަޅައި، 08 ފެބްރުއަރީ
2009 ދުވަހު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތިކަމުގައިވާތީ، ވަޒީފާއިން
ވަކިކުރިކަން މުޙައްމަދު ޙަބީބަށް އަންގާފައިނުވާކަމަށްބުނެ، ކުރިންހުރި ވަޒީފާ އަނބުރާ ހޯދުމަށާއި،
ވަޒީފާއިން ވަކިކުރުމަށްފަހު ހޭދަވެފައިވާ މުއްދަތުގައި، ވަޒީފާގައި ހޭދަކުރިއިރު ލިބޭ މުސާރައާއި
ޢިނާޔަތްތަކާއި އެމުއްދަތުގެ ތެރޭގައި މުސާރައިގެ ކުރިއެރުން ލިބިފައިވާނަމަ، އިތުރުވެފައިވާ މިންވަރެއް
ހޯދުމަށާއި، ވަޒީފާގެ ކުރިއެރުން ލިބުމުގެ ފުރުޞަތު ގެއްލިގެން ދިޔުމުގެ ސަބަބުން ލިބުނު ގެއްލުމުގެ
ބުދަލު ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ދަފްތަރު
ވ.އެން.އެސް.އެސް
11.03 މުޙައްމަދު ޙަބީބް (ދ.ރ.ކާޑު ނަންބަރު
A065885) ގެ ފަރާތުން ހުށަހެޅި މިދަޢުވާއަށް ޝަރީޢަތުގެ ހަމަތަކުގެ މަތިން ބެލިއިރު،
ދ ތ ދ
ބ
3915
ފްލެޓް
މުޙައްމަދު ޙަބީބް އަދާކުރަމުންދިޔަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ޗީފް
ސްޓޭޝަން އިންސްޕެކްޓަރެއްގެ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ
އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ޑިޕާރޓްމަންޓް (އައި.ޑީ.ޑީ) ގެ ގުދަނުން މާކަރީ ލައިޓެއް ދަޢުވާކުރާ
ފަރާތުން ގެންދިޔަކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ޘާބިތުވެގެން ދައުލަތުގެ މުދަލަކަށް
މުޙައްމަދު ޙަބީބް ޚިޔާނާތްތެރިވެއްޖެކަމަށް ނިންމައިކަން އެނގެން އޮންނަހިނދު،
2012/SC-C/35
ދަޢުވާކުރާ ފަރާތުން
ރާތުން ސުޕްރީމް ކޯޓުގެ ނަންބަރު: 35/SC-C/2012 ޤަޟިއްޔާ
މިމައްސަލައާއި ގުޅިގެން ހުށަހަޅައި، ސުޕްރީމް ކޯޓުގެ ނަންބަރު
ޤަޟިއްޔާ
މިމައްސަލައަށް ތަޠުބީޤްކުރެވެންޖެހޭކަމަށްބު
ފެބުނެ އެޤަޟިއްޔާގެ މަންފާ ލިބިގަތުމަށް އެދި ހުށަހަޅާފައިވާއިރު،
ސުޕްރީމް ކޯޓުގެ ނަންބަރު 35/SC-C/2012 ޤަޟިއްޔާގެ އެނިންމުމުގައި ބުނާ ކަންކަމަކީ މުޙައްމަދު
ޙަބީބްގެ މައްސަލައިގައި ތަޠުބީޤުކުރެވެންޖެހޭ ކަންކަންތޯ ޝަރީޢަތުން ބެލިއިރު، ދިވެހިރާއްޖޭގެ
ސުޕްރީމްކޯޓުގެ ނަންބަރު: 35/SC-C/2012 ޤަޟިއްޔާގައި އެކޯޓުން ޤާއިމްކުރައްވާފައިވާ އުޞޫލުތައް
މުޙައްމަދު ޙަބީބްގެ މިމައްސަލައިގައި ތަޠުބީޤްނުކުރެވޭނެކަމަށްބުނެ
ވޭނެކަމަށްބުނެ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު:
124/HC-A/2011 ޤަޟިއްޔާއިން ޙުއްޖަތު ދައްކަމުން ވަޒީފާއާބެހޭ ޤާނޫނެއް ނުވަތަ
ބައެއްގެ މައްޗަށް
ހިނގާ ވަކި ޤާނޫނެއް އޮންނަ ފަރާތަކާމެދު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު: 35/SC-C/2012
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/210
2011/HC-A/124
ޤަޟިއްޔާ ތަޠުބީޤުނުކުރެވޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު:
ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަމަށް އަދި އެކަމަށް އެޤަޟިއްޔާއިން ބާރުދޭކަމަށް ދައުލަތުން
ބުނެފައިވަނީ ރަނގަޅަށް ނޫންކަމާއި، ސުޕްރީމްކޯޓުގެ ނަންބަރު: 35/SC-C/2012 ޤަޟިއްޔާ އެބައެއްގެ
މައްޗަށް ތަޠުބީޤްކުރުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 124/HC-A/2011 ޤަޟިއްޔާއިން
އިސްތިސްނާއެއް ދީފައިވަނީ ޤާނޫނު ނަންބަރު: 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އެބައެއްގެ މައްޗަށް ހިނގާ
ފަރާތްތަކަށް އެކަނިކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 124/HC-A/2011 ޤަޟިއްޔާގައި ސާފު
ޞަރީޙަކޮށް ބަޔާންކޮށްދެއްވާފައި ވާކަމުން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު: 35/SC-C/2012
ޤަޟިއްޔާގައި އެކޯޓުން ޤާއިމުކުރައްވާފައިވާ އުޞޫލު
ތަޠުބީޤްކުރުން
ދިވެހިރާއްޖޭގެ ހައިކޯޓްގެ
ޤަޟިއްޔާގައި
ކަނޑައެޅުނު ފަރާތްތަކުގެ ތެރޭގައި މުޙައްމަދު ޙަބީބުގެ ޙާލަތުގައި ހުރި ފަރާތްތައް ނުހިމެނޭކަން އެނގެން
އެނިންމުން މިމައްސަލައަށް ތަޠްބީޤްކުރާއިރު،
3
332 ދވ
އެބަޔެއްގެ
މައްޗަށް
އިސްތިސްނާވާނޭކަމަށް
ނަންބަރ
2011HC-A/124
4 3 2x
އޮތުމުން،
މުޙައްމަދު ޙަބީބު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކޮށްފައިވަނީ މުޙައްމަދު
ޙަބީބުގެ މައްޗަށް ތުހުމަތުކުރެވުނު ޖިނާއީ ތުހުމަތުގެ ޢަމަލާއި ގުޅިގެން ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން
ތަޠުބީޤްކުރުމާއި ކަންކަން ކުރިއަށްދަނިކޮށް އެމަރުޙަލާތައް ނިމި ގޮތެއް ކަނޑައެޅުމުގެ ކުރިންކަން އެނގެން
އޮވެފައި، މުޙައްމަދު ޙަބީބުގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ ޖިނާއީ ތުހުމަތަކަށްވެފައި، ޖިނާއީ އަދުލުގެ
ނިޒާމުގެ ތެރެއިން ފުރިހަމަވާންޖެހޭ މަރުޙަލާތައް ފުރިހަމަވުމުގެ ކުރިން މުޙައްމަދު ޙަބީބު އަދާކުރަމުންދިޔަ
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން އޭނާ ވަކިކުރުމަކީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު:
35/SC-C/2012 ޤަޟިއްޔާއަށް ރިޢާޔަތްކުރާއިރު، ކުށެއްގެ ތުހުމަތުކުރެވިފައިވާ މީހަކަށް ނިސްބަތްކުރެވޭ
ކުށުގެ ޢަމަލު ޖިނާޢީ ނިނާޒުމުން އެހެން ނިޒާމެއްގެ ތެރެއިން ބަލައި ތަހުޤީޤުކުރުމާއި ޖިނާޢީ ކުށް
ޘާބިތުކުރާ
އުޞޫލުތަކާއި މިންގަނޑުތައްނޫން އެހެން މިންގަނޑަކުން ޘާބިތުކުރުންކަމުގައިވާނޭކަމާއި، އަދި
އެއީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި 50 ވަނަ މާއްދާއާއި 51 ވަނަ މާއްދާއިން
ކަށަވަރުކޮށްދީފައިވާ ޙައްޤުތައް ފަދަ އިންސާފުވެރި ޝަރީޢަތެއްގެ ގެރެންޓީތަކާ ޚިލާފުވާނެ
ތަކެއްކަމުގައި ވެގެންދާނެކަމާއި، އަދި ހަމައެހެންމެ މުއްތަހަމުގެ މައްޗަށް އެއްވެސް ބާވަތެއްގެ
އަދަބަކަށް ވާނޭ ފިޔަވަޅެއް ޖިނާއީ ނިޒާމުނޫން އެހެން ނިޒާމެއްގެ ތެރެއިން ނަމަވެސް ދެވިއްޖަނަމަ
އެމުއްތަހަމުގެ މައްޗަށް ހަމަ އެޢަމަލާއި ގުޅިގެން ޝަރީޢަތްކުރުމާއި އަދަބުދިނުން ހުއްދަ ނުވާނޭކަމުގައި
87 4
/eއPe
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/210
އޭނާ
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު: 35/SC-C/2012 ޤަޟިއްޔާގައި އެކޯޓުން ކަނޑައަޅުއްވާފައި
ވާއިރު، މުޙައްމަދު ޙަބީބްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށުގެ ޢަމަލާއި ގުޅުވައިގެން ޖިނާއީ ޢަދުލުގެ
ނިޒާމުގެ ބޭރުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އޭނާ ވަޒީފާއިން ވަކިކުރުމަށް ނިންމުމަކީ
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު: 35/SC-C/2012 ޤަޟިއްޔާގައި އެކޯޓުން ކަނޑައަޅުއްވާފައިވާ
އުޞޫލުން ޑަބަލް ޖެޕަޑީގެ މަފްޙޫމްގެ ތެރެއަށް ވަދެގެންދާނޭކަމެއްކަމުގައި ބަލަންޖެހޭހިނދު، މުޙައްމަދު
ޙަބީބްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށުގެ ޢަމަލު މަދަނީ މިންގަނޑުން ޘާބިތުވާކަމަށް ކަނޑައަޅައި،
އެޢަމަލުގެ މައްޗަށްދެވޭ އަދަބަކަށްވާގޮތަށް މޯލްޑިވްސް ޕޮލިސް ސަރވިސްގައި މުޙައްމަދު ޙަބީބް ހުރި
ވަޒީފާއިން ވަކިކުރުމަކީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު: 35/SC
-
C/2012 ޤަޟިއް
ޟިއްޔާއަށް
ރިޢާޔަތްކުރާއިރު މުއްތަހަމާ ދެކޮޅަށް ހިނގަމުންދާ ޖިނާޢީ އިޖުރާޢަތުގެ ތެރޭގައި ހިމެނޭ ދުސްތޫރީ
ގެރެންޓީތަކާއި ހެކިތަކަށް ރައްކާތެރިވުމާއި، އެހެކިތައް ވަޒަންކުރުމާއި ދައުލަތުން ޖިނާޢީ ތަޙްޤީޤްކުރުމާއި
ޝަރީޢަތް ހިންގުމުގެ ގެރެންޓީތަކަކަށް ބުރޫއަރާނެކަމާއި، ތަޢުލީބީ ނިޒާމެއް ނުވަތަ އެހެންވެސް ނިޒާމެއްގެ
ތެރެއިން ހަމަ
އެޢަމަލު
އެމުއްތަހަމުގެ މައްޗަށް ތަޙްޤީޤްކޮށް އެޢަމަލު ހިންގާފައިވާކަމަށް
ކަނޑައެޅުމަށްޓަކައި ޘާބިތުކުރުމުގެ މިންގަނޑެއް ކަނޑައެޅުންފަދަ އިޖުރާޢަތުތަކަކީ ޤާނޫނުއަސާސީގައި
ޖިނާއީ ތަޙްޤީޤްކުރުމާއި ޖިނާޢީ ޝަރީޢަތް ހިންގުމަށް ކަނޑައެޅިފައިވާ ދުސްތޫރީ އުޞޫލުތަކާއި
ގެރެންޓީތަކާއި ކުށުގެ ތުހުމަތުގައިވާ މީހާއަށް ކަށަވަރުކޮށްދޭ ޙައްޤުތަކާ ތަޢާރުޟުވާ ކަންތައްތަކެއްކަމުގައި
ވެގެންދާނޭކަމެއްކަމުގައި ބަލަންޖެހޭތީ،
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު: 35/SC-C/2012 ޤަޟިއްޔާގައި އެކޯޓުން
ނިންމަވައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި އެއުޞޫލުތައް މިމައްސަލައަށް ތަޠުބީޤް ކުރުމުން ނިކުންނަ
ނަތީޖާއާއި ބަޔާންވެދިޔަ އެންމެހާ ކަންކަން އެގޮތުގައި ހުރުމުން މުޙައްމަދު ޙަބީބް މޯލްޑިވްސް ޕޮލިސް
ސަރވިސްގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކޮށްފައިވާ ވަކިކުރުމަކީ ބާޠިލް ވަކިކުރުމެއްކަމުގައި
ކަނޑައަޅައި،
2009 ފެބްރުއަރީ 08 ވަނަ ދުވަހުން ފެށިގެން މުޙައްމަދު ޙަބީބާ ވަޒީފާއިން
ވަކިވެފައިވާކަމަށް ނުބެލުމަށާއި، މިއަދު 2014 އޭޕްރީލް 15 ވަނަ ދުވަހުން ފެށިގެން 15 (ފަނަރަ)
ދުވަހުގެ ތެރޭގައި މުޙައްމަދު ޙަބީބް މޯލްޑިވްސް ޕޮލިސް ސަރވިސްގއި އަދާކުރަމުންދިޔަ ވަޒީފާއާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ތިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/210
އެއެ*
ވަރެއްގެ ވަޒީފާއެއް މުޙައްމަދު ޙަބީބް ދިނުމަށާއި، 2009 ފެބްރުއަރީ 08 ވަނަ ދުވަހުން ފެށިގެން
މުޙައްމަދު ޙަބީބްގެ ވަޒީފާ އަނބުރާ ދިނުމާއި ހަމައަށް މުޙައްމަދު ޙަބީބަށް ލިބެންވާ މުސާރައާއި
ޢިނާޔަތްތައް މިއަދު، 2014 އޭޕްރީލް 15 ވަނަ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި
މުޙައްމަދު ހަބީބަށް ރައްދުކުރުމަށާއި، ޚިދުމަތް މެދުކެނޑިފައިވާ ދުވަސްތައް ޚިދުމަތުގެ
މުއްދަތުގެ
ތެރޭގައި ގުނުމަށާއި، މަޤާމުގެ ކުރިއެރުން ލިބުމުގައި ކަނޑައެޅިފައިވާގޮތަށް މެދުކެނޑުނު މުއްދަތު
ގުޅުވައިދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގައި، ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
OXOC
402 ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1322 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި އެޓަރނީ
ޖެނެރަލްގެ އޮފީހުގެ ފަރާތުން 05 (ފަހެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ކުތާއަ*
1322/Cv-C/2013
CU O
ފުރަތަމަ
ސިވިލްކޯޓުގެ ނަންބަރު
ޤަޟިއްޔާއިން ބެއްލެވި މައްސަލައިގައި ޙުކުމްކުރައްވާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
35/SC-C/2012 ޤަޟިއްޔާ ތަޠުބީޤުކޮށްކަމަށްވާއިރު، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1322
ޤަޟިއްޔާގެ ޙުކުމް ބިނާކުރެއްވި ޤާނޫނީ ސަބަބުތަކާ ގުޅޭގޮތުން ސިވިލް ކޯޓުގައި މައްސަލައިގެ ޙަޘްމުން
ވަކާލާތުކޮށްފައިނުވާއިރު، އަދި އެ ފުރުޞަތު ދެއްވުމެއްވެސްނެތި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ނަންބަރު 35/SC-C/2012 ޤަޟިއްޔާ ތަޠުބީޤުކޮށް ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1322
ޤަޟިއްޔާގެ ޙުކުމްކުރެއްވުމުގެ ސަބަބުން، ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1322 ޤަޟިއްޔާއިން
ދައުލަތުގެ މައްޗަށް ކުރެވުނު ދަޢުވާއިން ދިފާޢުވުމަށްޓަކައި ދައުލަތަށް ލިބިފައި އޮތް ފުރުޞަތު ގެއްލިގެން
ގޮސްފައިވާ
ހދ28 2
ހުށަހެޅި ނުކުތާ
ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 124/HC-A/2011
ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުގެ ދަށުން، މުޙައްމަދު ޙަބީބަކީވެސް ދިވެހިރާއްޖޭގެ ހައިކޯޓުގެ
ބުރު 124/HC
-
A/2011 ޤަޟިއްޔާގައި ބުނާ އިސްތިސްނާ މީހެއްކަން އެނގެން އޮތް ނަމަވެސް،
އެކަމަށް ރިޢާޔަތް ނުކުރައްވައި ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1322 ޤަޟިއްޔާއިން ބެއްލެވި
މައްސަލައިގެ ޙުކުމްކުރެއްވުން ކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
.މުނު ގޮތުގެ ޚުލާޞާ
2014/HC-A/210
ތިންވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
35/SC-C/2012 ޤަޟިއްޔާއިން ބެއްލެވި މައްސަލައިގައި ވަޒީފާގައި ހުރި މީހެއްގެ މައްޗަށް ފިޔަވަޅު
އެޅުމުގައި ގެންގުޅެންޖެހޭ ނުވަތަ ބަލަންޖެހޭ މިންގަނޑު ބަޔާންކޮށްދީފައިވީ ނަމަވެސް، އެ މައްސަލައާއި
ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1322 ޤަޟިއްޔާއިން ހުށަހެޅުނު މައްސަލައާ ހުރި ތަފާތަކަށް
ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1322 ޤަޟިއްޔާގައި ޙުކުމްކުރެއްވިއިރު، މައްސަލަ ބެއްލެވި
ރިޢާޔަތްކުރައްވާފައި ނެތުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ މަންފާއިން
ދަޢުވާލިބޭ ފަރާތުގެ ޙައިޞިއްޔަތުން ދައުލަތަށް މަޙުރޫމްވުންކަމަށް ބުނެ ހުށަހެޅި ނުކުތާ.
4 4 33.93
0228ކރވެ
އއޗ އ ސ ޑ
ހަތަރުވަނަ ނުކުތާއަކީ، ޖިނާއީ ކުށެއްގެ
މުވައްޒަފަކު، އެ
މުވައްޒަފަކު ތަބާވާންޖެހޭ
ވަޒީފާގެ އުޞޫލުތަކަކާ ޚިލާފުވެގެން، އެ ޚިލާފުވާ ކަމަކާ ގުޅިގެން އިދާރީ
ފިޔަވަޅެއް އެޅުމަކީ، އެއީ އެއްކުށަކަށް ދެފަހަރަށް އަދަބު ދިނުން ނުވަތަ" ޑަބަލް ޖެޕަރޑީ" އެއް ނޫން
ކަމަށްވީ ނަމަވެސް، އެކަން ތަފްޞީލުކުރުމުގެ ފުރުޞަތެއް ދައުލަތަށް ދެއްވުމެއް ނެތި، ސިވިލް ކޯޓުގެ
ނަންބަރު 2013/Cv
-
C/1322 ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވުން.
ފަސްވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 13/2010 (ފަނޑިޔާރުންގެ ޤާނޫނު)
ގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގައި މައްސަލަ ނިންމުމުގައި މައްސަލައާ ގުޅިގެން
ހުށަހަޅާ އެންމެހައި ހެއްކާއި ޤަރީނާއަށް ރިޢާޔަތްކުރައްވާނެކަމުގައި ބަޔާންކޮށްފައި ވީނަމަވެސް،
ޝަރީޢަތުގައި ދައުލަތުން ފާހަގަކުރި މައްސަލައާ ގުޅުންހުރި މުހިންމު ނުކުތާތަކާއި ވަށައިގެންވާ އެންމެހައި
އެޔަތްކުރެއްވުމަކާ ނުލައި މައްސަލަ ނިންމަވާފައިވުން؛
ޙަރާތްތަކަށް ރިޢާޔަވެ
403 މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1322
ޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން
އިސްތިއުނާފް ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، ނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
8
.މުނު ގޮތުގެ ޚުލާޞާ
2014/HC-A/210
(ހ) ފުރަތަމަކަމަކީ، އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު
2013/Cv-C/1322 ޤަޟިއްޔާގައި ދަފްތަރު ނަންބަރު 3915، މުޙައްމަދު ހަބީބު، ސިވިލް ކޯޓަށް
ހުށަހެޅި ދަޢުވާއަށް ބަލާއިރު، މުޙައްމަދު ޙަބީބުގެ ފަރާތުން ސިވިލް ކޯޓުގައި އުފުލި ދަޢުވާއަކީ، މުޙައްމަދު
ޙަބީބު 03 ޖުލައި 1980 ވަނަ އަހަރުން ފެށިގެން އެން.އެސް.އެސް އަދި އޭގެ ފަހުން މޯލްޑިވްސް
ޕޮލިސްސަރވިސްގައި މަސައްކަތްކުރަމުންދަނިކޮށް، ދައުލަތުގެ މުދަލަކަށް ޚިޔާނާތްތެރިވީކަމަށް ކަނޑައަޅައި،
08 ފެބްރުއަރީ 2009 ދުވަހު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތިކަމުގައިވާތީއާއި،
ވަޒީފާއިން ވަކިކުރިކަން މުޙައްމަދު ޙަބީބަށް އަންގާފައިނުވާކަމަށްބުނެ، ކުރިންހުރި ވަޒީފާ އަނބުރާ
ހޯދުމަށާއި، ވަޒީފާއިން ވަކިކުރުމަށްފަހު ހޭދަވެފައިވާ މުއްދަތުގައި، ވަޒީފާގައި ހޭދަކުރިއިރު ލިބޭ މުސާރައާއި
ޢިނާޔަތްތަކާއި އެމުއްދަތުގެ ތެރޭގައި މުސާރައިގެ ކުރިއެރުން ލިބިފައިވާނަމަ، އިތުރުވެފައިވާ މިންވަރެއް
ހޯދުމަށާއި، ވަޒީފާގެ ކުރިއެރުން ލިބުމުގެ ފުރުޞަތު ގެއްލިގެން ދިޔުމުގެ ސަބަބުން ލިބުނު ގެއްލުމުގެ
ބަދަލު ހޯދުމަށްޓަކައި، ދައުލަތަށް ރައްދުވާ ގޮތަށް ހުށަހެޅުމުން ބައްލަވާ ނިންމަވާފައިވާ މައްސަލައެއްކަން
އެނގެން އޮވެއެވެ.
32 ހތ
CCCX
(ށ) ދެވަނަކަމަކީ، މިމައްސަލަ އާއި ގުޅިގެން ސިވިލް ކޯޓުން މައްސަލަ ނިންމެވުމުގައި
ޝަރީޢަތުން ފާހަގަކޮށްފައިވާ ނުކުތާތަކުގެ މައްޗަށާއި ކުރައްވާފައިވާ ޙުކުމަށް ބަލާއިރު، އެޙުކުމުގައި،
ކަނޑައަޅައިފައިވަނީ "2009 ފެބްރުއަރީ 08 ވަނަ ދުވަހުން ފެށިގެން މުޙައްމަދު ޙަބީބް ވަޒީފާއިން
ވަކިވެފައިވާކަމަށް ނުބެލުމަށާއި، 2014 އޭޕްރީލް 15 ވަނަ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ
ތެރޭގައި މުޙައްމަދު ޙަބީބް މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުންދިޔަ ވަޒީފާއާއި އެއްވަރެއްގެ
ވަޒީފާއެއް ދިނުމަށާއި، 2009 ފެބްރުއަރީ 08 ވަނަ ދުވަހުން ފެށިގެން މުޙައްމަދު ޙަބީބްގެ ވަޒީފާ
އަނބުރާ ދިނުމާއި ހަމައަށް މުޙައްމަދު ޙަބީބަށް ލިބެންވާ މުސާރައާއި ޢިނާޔަތްތައް 2014 އޭޕްރީލް 15
ވަނަ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މުޙައްމަދު ހަބީބަށް ރައްދުކުރުމަށާއި، ޚިދުމަތް
މެދުކެނޑިފައިވާ ދުވަސްތައް ޚިދުމަތުގެ މުއްދަތުގެ ތެރޭގައި ގުނުމަށާއި، މަޤާމުގެ ކުރިއެރުން ލިބުމުގައި
ކަނޑައެޅިފައިވާގޮތަށް މެދުކެނޑުނު މުއްދަތު ގުޅުވައިދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް
އަންގައި" އެފަދައިން ކަމާއި އަދި މިޙުކުމަށް ވާސިލުވެފައިވާ މައިގަނޑު ސަބަބެއްގެ ގޮތުގައި ސިވިލް
ކޯޓުން ފާހަގަކޮށްފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަން 35/SC
-
C/2012 ޤަޟިއްޔާގައި
އެކޯޓުން ނިންމަވައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި އެއުޞޫލުތައް މިމައްސަލައަށް ތަޠުބީޤް ކުރުމުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޤާނޫނަކާން
9
.ތިއްޔާ ނމުނު ގޮތުގެ ޚުލާޞާ
2014/HC-A/210
ނިކުންނަ ނަތީޖާގެ މައްޗަށް ބުރަވާއިރު، މުޙައްމަދު ޙަބީބްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށުގެ ޢަމަލާއި
ގުޅުވައިގެން ޖިނާއީ ޢަދުލުގެ ނިޒާމުގެ ބޭރުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އޭނާ ވަޒީފާއިން
ވަކިކުރުމަށް ނިންމުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 35/SC-C/2012 ޤަޟިއްޔާގައި
އެކޯޓުން ކަނޑައަޅުއްވާފައި
ޑައަޅުއްވާފައިވާ އުޞޫލުން ޑަބަލް ޖެޕަޑީގެ މަފްހޫމްގެ ތެރެއަށް ވަދެގެންދާނޭކަމެއްކަމުގައި
ބަލަންޖެހޭކަމެއްކަމުގައި ފެންނަކަމަށް ބަޔާންކޮށް އެސަބަބުގެ މައްޗަށްކަން އެނގެން އޮންނަކަމެވެ
ކަމެވެ.
(ނ) ތިންވަނަކަމަކީ، ސިވިލް ކޯޓުން މައްސަލަ ނިންމެވުމުގައި ޙަވާލާދެއްވާފައިވާ އަދި
މައްސަލަ ނިންމެވުމުގައި ރިޢާޔަތްކޮށްފައިވާކަމަށް ބަޔާންކުރާ އިޝާރާތްކުރެވުނު، ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރު: 35/SC-C/2012 ޤަޟިއްޔާ އަށް ބަލާއިރު، އެޤަޟިއްޔާގައި ހިމެނޭ މައްސަލައަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 180 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން،
ސިވިލްސަރވިސް ކޮމިޝަނަށް ރައީސުލްޖުމުހޫރިއްޔާ ޢައްޔަންކުރައްވާފައިވާ މެންބަރެއްކަމުގައިވާ
ގ.ކޮއްދިއްޕަރު މާލެ، މުޙައްމަދު ފަހުމީ ޙަސަން، އެކޮމިޝަނުގެ މެންބަރުކަމުން، ރައްޔިތުންގެ މަޖިލީހުގެ
ޖަލްސާއަކުން ވަކިކޮށްފައިވަނީ ޤާނޫނުއަސާސީއާ ޚިލާފަށް، ޤާނޫނުއަސާސީން ޤަރާރުކޮށްފައިވާ ދުސްތޫރީ
މަޞްދަރުތަކާއި އުޞޫލުތަކުގެ ބޭރުންކަމަށްބުނެ މުޙައްމަދު ފަހުމީ ޙަސަންގެ ފަރާތުން ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެކޯޓުން ބައްލަވާ ޙުކުމްކުރައް
މައްސަލައެއްކަމާއި، އެމައްސަލަ ބައްލަވާ ޙުކުމްކުރެއްވުމުގައި ވަޒީފާއާބެހޭ މައްސަލަތަކުގައި
ޢަމަލުކުރަންޖެހޭ ޤާނޫނަކަށް ޤަވާޢިދަކަށް އަދި ފުލުހުންގެ ވަޒީފާއާއި ގުޅިގެން ޢަމަލުކުރަންޖެހޭ އެއްވެސް
އަދި ޤަވާޢިދަކަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން
ވަރަކަށް
ރިޢާޔަތްކޮށްފައިނުވާކަމާއި،
25 26
6 8
އެއާޚިލާފަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވުމާ ގުޅިގެން ހައިކޯޓުގެ
މިޤަޟިއްޔާއިން ބެލިފައިމިވާ މައްސަލައަކީ، ފުލުހުންގެ ވަޒީފާއިން މުޙައްމަދު ޙަބީބު ވަކިކޮށްގެން ހުށަހެޅި
ވަޒީފާއާބެހޭ ޢާއްމު އުޞޫލުތަކުގެ ތަރަހައިގެ ތެރޭގައި ހިމެނޭ މައްސަލައެއްކަން އެނގެން އޮތުމުން،
މިމައްސަލައަކީ އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާއިން އެކޯޓުން
ނިންމަވާފައިވާ މައްސަލައާއި ތަފާތު މައްސަލައެއްކަން
ގެން އޮތުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ނަންބަރު: 35/SC
-
C/2012 ޤަޟިއްޔާގައި އެކޯޓުންނިންމަވައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1)
ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A//210
ރިޢާޔަތްކޮށް މިމައްސަލައިގެ ޙުކުމްކުރުމުގައި އެޤަޟިއްޔާގައި ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ސިވިލް
ކޯޓުން ތަތުބީޤުކުރި ކުރުން ސައްޙަނޫންކަން އެނގެން އޮންނަކަމެވެ.
I
(ރ) ހަތަރުވަނަކަމަކީ، މިމައްސަލައާއިގުޅިގެން ފެންނަން ހުރި ލިޔެކިޔުންތަކަށް ބެލުމުން،
މިމައްސަލައާއި ގުޅިގެން ދެފަރާތުންމެ ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބަޔާންދީ، މައްސަލައިގެ
މައުޟޫޢުއާއި ގުޅޭގޮތުން ދެފަރާތުންމެ ވާހަކަ ދައްކާފައިވާކަން އެނގެން އޮންނަކަމާއި، މިގޮތުން
މިމައްސަލައިގައި ފެންނަންހުރި ޙަޤީޤަތްތަކުގެ މައްޗަށް ބެލުމުން، މުޙައްމަދު ޙަބީބު ފުލުހުންގެ ޗީފް
ސްޓޭޝަން
ވަން އިނިސްޕެކްޓަރގެ މަޤާމުން 03 ފެބުރުއަރީ 2009 ވަކިކުރި ސަބަބެއްގެ ގޮތުގައި، މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ނަންބަރު 2009
/
17/VKL/171 ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުން" ގައި
ފާހަގަކޮށްފައިވަނީ، މުޙައްމަދު ޙަބީބުގެ މައްޗަށް ތުހުމަތުކުރެވި ތަޙުޤީޤަށް ސާބިތުވި މައްސަލައަކީ
ސަރުކާރުގެ މުދަލަށް ޚިޔާނަތްތެރިވި މައްސަލައަކަށްވާތީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއާބެހޭ
ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށްކަން މުޙައްމަދު ޙަބީބު ވަޒީފާއިން ވަކިކުރަންކަން
އެނގޭއިރު، ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ތަސްދީޤުކުރެވިފައިވަނީ 05 އޯގަސްޓް
2008 ދުވަހުގައިކަމާއި، އެޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ އެޤާނޫނުގެ 77 ވަނަ މާއްދާގައިވާ ފަދައިން
އެޤާނޫނު ތަސްދީޤުކޮށް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރި ދުވަހުން ފެށިގެންކަން އެނގޭކަމާއި،
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއާބެހޭ ޤަވާޢިދަކީ ފުލުހުންގެ ޤާނޫނުގެ ދަށުން ބާރު ލިބިގެން
ހަދާފައިވާ ޤަވާޢިދެއްކަމުގައިވާއިރު، މިޤަވާޢިދު ފާސްކޮށްފައިވަނީ 02 ޖެނުއަރީ 2009 ގައިކަން
އެނގޭކަމާއި،
ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، ކަމެއް ނުވަތަ ޙާދިސާއެއް
ހިނގާފަހުން ޢަމަލުކުރަންފެށޭ ޤާނޫނެއް ނުވަތަ ޤަވާއިދެއްގެ ދަށުން، އޭގެ ކުރިން ހިނގާފައިވާ ކަމަކަށް
ނުވަތަ ޙާދިސާއަކަށް ފިޔަވަޅު ނުއެޅޭނެކަން އެނގޭކަމާއި، މިގޮތުން މުޙައްމަދު ޙަބީބުގެ މައްޗަށް
ތުހުމަތުކުރެވިގެން ތަޙްޤީޤުކުރެވިފައިވާ މައްސަލައިގެ ޙާދިސާ ހިނގާފައިވަނީ 30 އެޕްރީލް 2008
ގައިކަމަށްވުމުން، މުޙައްމަދު ޙަބީބުއާމެދު ފިޔަވަޅު އަޅަން ޖެހޭނީ މިޙާދިސާ ހިނގާދިޔައިރު ޢަމަލުކުރެވެމުން
ދިޔަ ޤަވާޢިދުތަކާއި އުޞޫލުތަކުގެ މަތިންކަން އެނގޭއިރު، މުޙައްމަދު ޙަބީބު ވަޒީފާއިން ވަކިކުރި ސަބަބު
ކަމުގައިވާ މުޙައްމަދު ހަބީބު ޚިޔާނާތުގެ ޢަމަލު ހިންގިކަމަށް ބުނާ ތާރީޚުގައި އަމަލު ކުރަމުން ދިޔަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/210
އުޞޫލުތަކަށް ރިޢާޔަތްކޮށް އޭނާ ވަޒީފާއިން ވަކިކުރާނަމަ އެކަން ކުރަންޖެހޭނީ ސަރުކާރު މުވައްޒަފުންގެ
ޤަވާޢިދަށް ރިޢާޔަތްކޮށްގެންކަމާއި، ސަރުކާރު މުވައްޒަފުންގެ ޤަވާޢިދުގެ 42 ވަނަ މާއްދާގައިވާ އާންމު
އުޞޫލަކީ، އެކުރި ކުށަކާ ގުޅިގެން ފުރަތަމަ ނަސޭހަތް ދިނުންކަމާއި، ނަސޭހަތްދީގެން އިސްލާހު ނުވިނަމަ
ޖޫރިމަނާ ކުރުންކަމާއި، ޖޫރިމަނާ ކުރުމަށްފަހުވެސް އިޞްލާހު ނުވިނަމަ، ވަޒީފާއިން ވަކިކުރެވިދާނެކަމުގެ
އިންޒާރު ކުރުންކަން ބަޔާންވެގެންވާކަން އެނގެން އޮންނައިރު މިއިޖުރާއާތުތަކާއި އެއްގޮތަށް މުޙައްމަދު
ޙަބީބާއާމެދު ޢަމަލުކޮށްފައިވާކަން އެނގެން ނެތްކަމެވެ.
3
3 ފ 3 ه3
(ބ) ފަސްވަނަކަމަކީ، މުޙައްމަދު ހަބީބުގެ މައްޗަށް މަތުކުރެވުނު މައްސަލައިގެ
ޙާދިސާއާއި ގުޅިގެން އެޢަމަލުގައި މުޙައްމަދު ޙަބީބުފަދައިން ބައިވެރިވިކަމަށް ބުނާ، ޕޮލިސް ކޮންސްޓަބަލް
ސ.މީދޫ އަބްލަޤީވާދީ އަޙްމަދު ރަޝީދާއި، ޕޮލިސް ކޮންސްޓަބަލް ގދ.ގައްދޫ ޗަބޭލީގެ މުޙައްމަދު
ޒިޔާދުވެސް މުޙައްމަދު ޙަބީބު އާއި އެއްއުޞޫލުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއާބެހޭ ޤަވާޢިދުގެ
24 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ފުލުހުންގެ ވަޒީފާއިން ވަކިކުރެވިފައިވާއިރު، މުޙައްމަދު ޙަބީބު ސިވިލް
ކޯޓުގައި ދަޢުވާކުރި ސީޣާއިން މިދެފަރާތުންވެސް ސިވިލް ކޯޓުގައި އެފަރާތްތަކުގެ ވަޒީފާއާގުޅޭ މައްސަލަގައި
ދަޢުވާކުރިކަމާއި، އަދި މިދަޢުވާ ސިވިލް ކޯޓުގެ ނަންބަރު 2009/MC/585 ޤަޟިއްޔާއިން ބައްލަވާ
ޙުކުމް ކުރައްވާފައިވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއާބެހޭ ޤަވާއިދަށް ޢަމަލުކުރަން
ފަށާފައިވަނީ މިމައްސަލައިގައި ޙަވާލާދެވޭ ޙާދިސާ ހިނގުމުގެ ފަހަށްކަމުގައިވާތީ، ޤާނޫނީ އަދި ޝަރުޢީ
އުޞޫލުތަކަށާއި މަސްދަރުތަކަށް ރިޢާޔަތްކުރާއިރު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއާބެހޭ
ޤަވާޢިދުގެ 24 ވަނަ މާއްދާއަށް ޙަވާލާދީ، އަޙްމަދު ރަޝީދާއި، މުޙައްމަދު ޒިޔާދު ވަޒީފާއިން ވަކިކުރިކަން
އަންގާފައިވާ އެންގުންތަކަކީ ޞައްޙަ އެންގުންތަކެއް ކަމުގައި ބެލެވޭނެތަނެއް ނެތްކަމުގައި ކަނޑައަޅައި،
ވަޒީފާ އަނބުރާ ރުޖޫޢަކުރަންކަން އެނގޭއިރު، އެމައްސަލަގައި ސިވިލް ކޯޓުން ނިންމެވި
ނިންމެވުން ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރެވުނު ކަމާއި، އަދި އެމައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 316/HC
-
A/2009 ޤަޟިއްޔާއިން ބައްލަވައި، ސިވިލް ކޯޓުގެ ނަންބަރު
2009/MC/585 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް އެގޮތުގައި ދަމަހައްޓަންޖެހޭކަމަށް ހައިކޯޓުގައި
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅުއްވާފައިވާކަން އެނގެން އޮންނައިރު،
ދިވެހިރާއްޖޭގެ ހައިކޯޓުގެ އެޙުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރިކަން އެނގެންނެތްއިރު،
އެޙުކުމާއި ގުޅިގެން އިޝާރާތްކުރެވުނު ފަރާތްތަކަށް ފުލުހުންގެ ވަޒީފާ ހަމަޖައްސާދީފައިވާކަން މުޙައްމަދު
ޙަބީބުއާއި ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމެވެ.
އފދeތަކުގެ
ހި84 ހ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12
ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/210
17
(ވ) ހަވަނަކަމަކީ، މުޙައްމަދު ޙަބީބުގެ މައްޗަށް
އަތުކުރެވުނު މައްސަލައިގެ
ޙާދިސާގައި ބައިވެރިވިކަމަށް ބުނާ ޕޮލިސް ކޮންސްޓަބަލް ސ.މީދޫ އަބްލަޤީވާދީ އަޙްމަދު ރަޝީދާއި،
ޕޮލިސް ކޮންސްޓަބަލް ގދ.ގައްދޫ ޗަބޭލީގެ މުޙައްމަދު ޒިޔާދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި
މައްސަލައިގައި އެފަރާތްތަކަށް ވަޒީފާ އަނބުރާ އިޢާދަކުރުމަށް ސިވިލް ކޯޓުން ޙުކުމްކުރުމުން އެމައްސަލަ
ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވުނު ހިނދު، އެމައްސަލަ ނިންމަވަމުން،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 316/HC
-
A/2009 ޤަޟިއްޔާގައި ފާހަގަކުރައްވާފައި ނުކުތާތަކުގައި
ބަޔާންކޮށްފައިވަނީ، މިދެފަރާތް ދައުލަތުގެ މުދަލަކަށް ޚިޔާނާތްތެރިވެފައިވާކަމަށް ތަޙްޤީޤަށް ސާބިތު"
ވެފައިވާކަމަށް ބުނެ މިދެފަރާތް ވަކިކޮށްފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއާބެހޭ ޤަވާޢިދުގެ
24 ވަނަ މާއްދާގެ (ށ) ގެ ދަށުންކަން އެނގެން އޮންނަކަމަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ވަޒީފާއާބެހޭ ޤަވާޢިދު ހެދިފައިވަނީ ފުލުހުންގެ ޤާނޫނުގެ
ވަނަ މާއްދާގެ (ނ) އިން
ބާރުލިބިގެންކަމަށާއި، އިސްވެ ބުނެވުނު ޤާނޫނުގެ ތަސްދީޤުކުރެވިފައިވަނީ 05 އޯގަސްޓް 2008
ދުވަހުކަމަށާއި، އެޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ، އެޤާނޫނުގެ 77 ވަނަ މާއްދާގައިވާ ފަދައިން
އެޤާނޫނު ތަސްދީޤުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރި ދުވަހުން ފެށިގެންކަމަށާއި، އެޤާނޫނުގެ
17 ވަނަ މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރުގެ ދަށުން (މޯލްޑިވްސް ޕޮލިސް ސަރވިސްގެ) ވަޒީފާއާބެހޭ
ޤަވާޢިދު ފާސްކޮށްފައިވަނީ 02 ޖެނުއަރީ 2009 ގައި ކަން އެނގެން އޮންނަކަމަށާއި، މިކަންކަން މިގޮތަށް
ހުރުމުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން މިދެފަރާތް
ވަޒީފާއިން ވަކިކުރުމަކީ ފަހުން ހެދޭ ޤަވާޢިދެއްގެ ދަށުން ކުރެވޭނެކަމެއް
ނޫންކަމަށާއި، ފަހުން ހެދޭ
ޤާނޫނެއް ނުވަތަ ޤަވާޢިދެއް ކުރީގެ ޙާދިސާއެއްގެ މައްޗަށް ހިނގާނީ ޤާނޫނުގައި ކަނޑައެޅިފައި އޮވެގެން
ވަކި އިސްތިސްނާއީ ޙާލަތްތަކުގައިކަން ޝަރުޢީ އަދި ޤާނޫނީ އުޞޫލަށް
މުލަށްބަލާއިރު އެނގެން އޮންނަކަމަށްބުނެ
އެފަދައިންކަން އެނގެން އޮންނައިރު،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 316/HC-A/2009 ޤަރ
ޤަޟިއްޔާއިން ތާއިދުކޮށްފައިވާ
އެމައްސަލައިގައި ހިމެނޭ ވަޤާއިޢުތަކާއި، މިމައްސަލައިގައި ހިމެނިގެންވާ ވާޤިޢާތަކަކީ
އެއްވެސް ތަފާތެއްނެތް
އެއްގޮތް ކަންތައްތަކެއްކަން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
13
ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/210
CO
17
ވީމާ، އިސްވެ ފާހަގަކުރެވިފައިވާ ކަންކަން އެހެން ހުރުމާއެކު، މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގައި
ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމަށް ވާސިލުވެފައިވާ ސަބަބު ރަނގަޅުނޫންކަމުގައި ކަމާއި، އެހެންނަމަވެސް
މީގެ ކުރިން ނިންމާފައިވާ މިކޯޓުގެ ނަންބަރު 316/HC-A/2009 ޤަޟިއްޔާގައި ބެލެވުނު
މައްސަލައިގައި ކަންހިނގާފައިވާގޮތާއި، މުޙައްމަދު ޙަބީބުގެ މައްސަލައިގައި ކަންހިނގާފައިވާ ގޮތަކީ
އެއްގޮތްކަންތައްތަކެއް ކަމުގައިވާތީއާއި، އިސްވެ އިޝާރާތްކުރެވުނު ފަދައިން މުޙައްމަދު ޙަބީބު ދައުލަތުގެ
މުދަލަކަށް ޚިޔާނަތްތެރިވެފައިވާކަމަށް ތަޙްޤީޤަށް "ސާބިތު" ވެފައިވާކަމަށް ބުނެ މުޙައްމަދު ޙަބީބު
މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ވަޒީފާއާބެހޭ ޤަވާޢިދުގެ ދަށުންކަން އެނގެން އޮންނައިރު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ވަޒީފާއާބެހޭ ޤަވާޢިދު ހެދިފައިވަނީ ފުލުހުންގެ ޤާނޫނުގެ ވަނަ މާއްދާގެ (ނ) އިން
ބާރުލިބިގެންކަމާއި، ފުލުހުންގެ ޤާނޫނުގެ ތަސްދީޤުކުރެވިފައިވަނީ 05 އޯގަސްޓް 2008 ދުވަހުކަމާއި،
އެޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ، އެޤާނޫނުގެ 77 ވަނަ މާއްދާގައިވާ ފަދައިން އެޤާނޫނު
ތަސްދީޤުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރި ދުވަހުން ފެށިގެންކަމާއި އަދި އެޤާނޫނުގެ 17
ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގެ ދަށުން (މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއާބެހޭ
ޤަވާޢިދު ފާސްކޮށްފައިވަނީ 02 ޖެނުއަރީ 2009 ގައި ކަން އެނގެން އޮންނަކަމާއި، މިކަންކަން މިގޮތަށް
ހުރުމުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޤަވާޢިދުގެ ދަށުން މުޙައްދު ޙަބީބު ވަޒީފާއިން ވަކިކުރުމަކީ
ފަހުން ހެދޭ ޤަވާޢިދެއްގެ ދަށުން ކުރެވޭނެކަމެއް ނޫންކަމުން އަދި ފަހުން ހެދޭ ޤާނޫނެއް ނުވަތަ ޤަވާޢިދެއް
ކުރީގެ ޙާދިސާއެއްގެ މައްޗަށް ހިނގާނީ ޤާނޫނުގައި ކަނޑައެޅިފައި އޮވެގެން ވަކި އިސްތިސްނާއީ
ޙާލަތްތަކުގައިކަން ޝަރުޢީ އަދި ޤާނޫނީ އުޞޫލަށް ބެލުމުން އެނގޭތީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ވަޒީފާއާބެހޭ ޤަވާޢިދާއި ޙަވާލާދީ، މުޙައްމަދު ޙަބީބު ވަޒީފާއިން ވަކިކުރިކަން އަންގާފައިވާ މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ނަންބަރު 2009
/
17/VKL/171 "ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުން"
ގައިވާ އެންގުމަކީ ޞައްޙަ އެންގުމެއް ކަމުގައި ބެލެވެންނެތުމުން، ސިވިލް ކޯޓުން ކުރައްވާފައިވާ
ޙުކުމުގައި ފާހަގަކޮށްފައިވާ 2009 ފެބްރުއަރީ 08 ވަނަ ދުވަހުން ފެށިގެން މުޙައްމަދު ޙަބީބާ ވަޒީފާއިން
ވަކިވެފައިވާކަމަށް ނުބެލުމަށާއި، މުޙައްމަދު ޙަބީބް މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުންދިޔަ
ވަޒީފާއާއި އެއްވަރެއްގެ ވަޒީފާއެއް މުޙައްމަދު ޙަބީބަށް ދިނުމަށާއި، 2009 ފެބްރުއަރީ 08 ވަނަ ދުވަހުން
ފެށިގެން މުޙައްމަދު ޙަބީބްގެ ވަޒީފާ އަނބުރާ ދިނުމާއި ހަމައަށް މުޙައްމަދު ޙަބީބަށް ލިބެންވާ މުސާރައާއި
08
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/210
ޢިނާޔަތްތައް މުޙައްމަދު ހަބީބަށް ރައްދުކުރުމަށާއި، ޚިދުމަތް މެދުކެނޑިފައިވާ ދުވަސްތައް ޚިދުމަތުގެ
މުއްދަތުގެ ތެރޭގައި ގުނުމަށާއި، މަޤާމުގެ ކުރިއެރުން ލިބުމުގައި ކަނޑައެޅިފައިވާގޮތަށް މެދުކެނޑުނު
މުއްދަތު ގުޅުވައިދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގައި، ކޮށްފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭނެ ތަނެއް އޮތްކަމުގައި ބެލެވެންނެތްކަމެވެ.
ޙުކުމް
eyށް
22 ކމ
ހރ9އކު6
cuoc
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު
ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1322 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ
ޙުކުމަށް ބަދަލެއް ގެންނާނެތަނެއް އޮތްކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
ނުފެންނަކަމަށްޓަކައި އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން
ތާއީދުކޮށް އެގޮތުގެ މަތީން، ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv