ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/65 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/65
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
1/2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ: 65/HC-A/2013
އިސްތިއުނާފުކުރި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ނަން: ޙުސައިން އަންވަރު ޢަލީ
އައިޑީ ކާޑުނަންބަރު: A142963
ދާއިމީ އެޑްރެސް: އައްޑޫގެ/ ސ.ހިތަދޫ
މިހާރުގެ އެޑްރެސް: މ.ފާން/ މާލެ
• ރަޖިސްޓްރީ ތާރީޚް: 03 ރަބީޢުލްއާޚިރު 1434
13 ފެބްރުއަރީ
* ނިމުނު ތާރީޚް: 24 ރަބީޢުލްއާޚިރު 1435
24 ފެބްރުއަރީ 2014
2013
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cr-C/211
، ނިންމެވި ކޯޓް: ކްރިމިނަލް ކޯޓު
. ޤަޟިއްޔާގެ ބާވަތް: އަމުރަށް ނުކިޔަމަންތެރިވުން
މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޢަބްދުﷲ ޙަމީދު، ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/65
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/211 ޤަޟިއްޔާ ނިމިފަވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ސ.ހިތަދޫ އައްޑޫގެ ޙުސައިން އަންވަރު
4 2 2 4 8
ޢަލީ އެވެ.
• ފާހަގަކުރެވުނު
ޕީއށް
އެރޭގެ
2 (ޢާންމު
01 ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/211 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ، ޙުސައިން އަންވަރު ޢަލީ، 10 މާރޗް 2011 ވަނަ ދުވަހު، މއ.ސިސިލްފަރު
ވެރިފަރާތުގެ ހުއްދަ ނުހޯދައި ވަދެފައިވާކަމަށް ބުނެ ޤާނޫނު ނަންބަރު 4/68
ޤާނޫނުތަކެއް) ގެ 04 ވަނަ މާއްދާއާއި ޙަވާލާދީ، ޤާނޫނުލް ޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ށ) ގެ ދަށުން
ޙުސައިން އަންވަރު ޢަލީގެ މައްޗަށް
އަމުރަށް
ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާކުރުމުން ބެލެވުނު
މައްސަލައެއްކަން އެނގޭކަމާއި،
ހ3 34
33
2
އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ، "ދައުލަތުން ސ.ހިތަދޫ އައްޑޫގެ ޙުސައިން އަންވަރު ޢަލީގެ
މައްޗަށް ކުޅަ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން، ޙުސައިން އަންވަރު
ޢަލީގެ މައްޗަށް މިދަޢުވާ ސާބިތުކުރެވޭ ވަރުގެ ކާފީ ހެކި ޝަރީޢަތަށް ހުށަހަޅާފައިނުވާތީ، ދައުލަތުން
ސ.ހިތަދޫ އައްޑޫގެ ޙުސައިން އަންވަރު ޢަލީގެ މައްޗަށް ކުޅު އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ މިދަޢުވާ
ޙުސައިން އަންވަރު ޢަލީގެ މައްޗަށް ސާބިތުނުވާކަމަށް ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ." މިފަދައިންނެވެ.
02- ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/211 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ހުށަހަޅާފައިވަނީ އެއްނުކުތާކަމާއި، އެނުކުތާއަކީ އިސްތިއުނާފު މިކުރެވޭ މައްސަލާގައި ޙުސައިން އަންވަރު ޢަލީގެ
މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުކުރުމަށްޓަކައި ދައުލަތުގެ ފަރާތުން ހުށަހަޅާފާނާ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
3
2013/HC-A/65
ޕާމްޕްރިންޓް ކޮމްޕްރިސަން ރިޕޯޓަށް ރިޢާޔަތް ނުކުރައްވާ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި
ނުކުތާކަން އެނގޭކަމެވެ.
03- ކްރިމިނަލް ކޯޓުގެ އިސްވެ ބަޔާންކުރެވުނު ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ނުކުތާއަށާއި،
އެނުކުތާއާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލައިގައި ހިމެނޭ ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ
ބަލާއިރު، މި މައްސަލަބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
22 ހ4
(ހ) ފުރަތަމަކަމަކީ، ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) ގައި "
ގޮވެތި ގެދޮރާއި މީހުން ދިރިއުޅޭތަންތަނަކީ ޙުރުމަތް ތެރިވެގެންވާ ތަންތަންކަމަށާއި، ވަގުތުން ފިޔަވަޅެއް
ނާޅައިފިނަމަ މީހެއްގެ މުދަލަކަށް ނުވަތަ މީހަކަށް ލިބިދާނެ ނުރައްކާތެރި ގެއްލުމަކުން އެ މުދަލެއް ނުވަތަ
އެމީހަކު ސަލާމަތްކުރުމަށްޓަކައި، ނުވަތަ ކޯޓުއަމުރަކުން ހުއްދަ ލިބިގެން މެނުވީ އެއްވެސް މީހަކު ދިރިއުޅޭ
ތަނަކަށް އެ މީހެއްގެ ނުރުހުމުގައި ވަދެގެނެއް ނުވާނެ ކަމަށް އޮންނައިރު، އަމިއްލަ ގޮތުން މީހެއްގެ ގެޔަކަށް
ގޮވައްޗަކަށް ވަދެ ފުރާދުއްވާ އެއްޗަކަށް އެރުން އެތަނެއްގެ ނުވަތަ އެއެއްޗެއްގެ ވެރިޔެއްގެ ރުހުމާނުލައި
ހުއްގަ ނުރައްކަލެއްވެގެން، ދިމާވި ކޮންމެ މީހަކު ވަންނަންޖެހޭ ވަނުމުގައި ކަމަށް ޤާނޫނު ނަންބަރު 4/68
ޖ. (ޢާއްމުޤާނޫނު ތަކެއް) ގެ 4 ވަނަ މާއްދާގައި ބަޔާންކުރެވިގެންވާކަމާއި، މީގެ އިތުރުން ވެރިފަރާތުގެ ހުއްދަ
އެއް ކުރިން ހޯދުމަކާއި ނުލައި މީސްމީހުންގެ ގެދޮރަށް ވަނުމަކީ އިސްލާމީ ޝަރީޢަތުގައިވެސް
މަނާކޮށްފައިވާކަމެއްކަން އެނގޭކަމާއި، ޙުސައިން އަންވަރު ޢަލީގެ މައްޗަށް ދައުލަތުގެ ފަރާތުން އުފުލި ދަޢުވާ
ބިނާކޮށްފައިވަނީ
ޤާނޫނު ނަންބަރު 4/68 ޖީ. (ޢާއްމުޤާނޫނު ތަކެއް) ގެ 4 ވަނަ މާއްދާއަށް ރިޢާޔަތްކޮށް
ޤާނޫނުލް ޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ ޙުސައިން އަންވަރު ޢަލީ 10 މާރޗް 2011
މިދުވަހު، މއ.ސިސިލްފަރު ގެއަށް އެގޭގެ ވެރިފަރާތުގެ ހުއްދަ ނުހޯދައި ވަދެފައިވާކަމަށް ބުނެ އެކަމުގެ
މައްޗަށްކަމާއި، މިދަޢުވާއަށް ޙުސައިން އަންވަރު ޢަލީ ދަށު ކޯޓުގައި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައި ވެސް
އިންކާރުކޮށްފައިވާކަމާއި، މިދަޢުވާއަށް ޙުސައިން އަންވަރު ޢަލީ އިންކާރުކޮށްފައިވާތީ މިދަޢުވާ ސާބިތުކުރުމަށް
ދައުލަތުގެ ފަރާތުން ދަށުކޯޓަށް ހުށަހަޅާފައިވަނީ ސީން އޮފް ކްރައިމް ރިޕޯޓާއި، ޕާމްޕްރިންޓް ކޮމްޕްރިސަން
ރިޕޯޓް ކަމާއި، މިދަޢުވާ ބިނާކޮށްފައިވަނީ މި ޕާމްޕްރިންޓް ކޮމްޕްރިސަން ރިޕޯޓުގެ މައްޗަށް ކަމަށް ދައުލަތުގެ
ފަރާތުން ބުނާކަމާއި، ސީން އޮފް ކްރައިމް ރިޕޯޓަކީ މއ.ސިސިލްފަރުގެއަށް މީހަކު ވަދެފައިވާކަމާއި އެގޭތެރޭގައި
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/65
ހުރި ބައެއް ތަންތަނުން ފިންގަރޕްރިންޓް ނެގުނުކަން ސާބިތުކުރުމަށް ހުށަހެޅި ލިޔުމެއްކަމަށާއި، ޕާމް ޕްރިންޓް
ކޮމްޕްރިސަން ރިޕޯޓަކީ ޙުސައިން އަންވަރު ޢަލީގެ ފިންގަރ ޕްރިންޓާއި، މއ.ސިސިލްފަރުގޭގެ ބަދިގެ ތެރެއިން
ފެނުނު ފިންގަރ ޕްރިންޓް ދިމާވާތީ، މިމައްސަލަ ސާބިތުކުރުމަށްޓަކައި ހުށަހެޅި ލިޔުމެއްކަމަށް ދައުލަތުގެ
ފަރާތުން ބުނާކަން އެނގެން އޮންނަކަމެވެ.
U cu
Occulc
(ނ) ދެވަނަކަމަކީ، ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާއާއި ޤާނޫނު
ނަންބަރު 4/68 ޖީ. (ޢާއްމު ޤާނޫނު ތަކެއް) ގެ 4 ވަނަ މާއްދާ އަދި މީސްމީހުންގެ ގެދޮރަށް ވަނުމާއި ގުޅޭ
ގޮތުން އިސްލާމީ ޝަރީޢަތުގައި ކަން އޮތް ގޮތުގެ މައްޗަށް ބަލާއިރު، މީސްމީހުންގެ ގޯތި ގެދޮރަށް އެހެން
މީސްމީހުން ވަނުން މަނާކުރެވިފައިވަނީ ނުވަތަ އެކަން ހުއްދަ ކުރެވިފައި ނުވަނީ އެގޯތިތަކުގެ ވެރިފަރާތުގެ
ރުހުމެއް ނެތި އެގޯތިތަކަށް މީހަކު ނުވަތަ ބަޔަކު ވަނުން އެނގޭކަމާއި، މިގޮތުން މިގޯތިތަކުގެ ވެރިފަރާތުގެ
ހުއްދައޮތްކަން ނުވަތަ ނޫންކަން ދެނެގަނެވޭނީ މިގޮތަށް ހުއްދަނެތި ވަތްމީހަކާއި ދޭތެރޭގައި ޝަކުވާއެއް އޮތްކަން
ނުވަތަ ނޫންކަން ބެލިގެންކަމާއި މިހެންކަމުން މީސްމީހުންގެ ގެދޮރަށް އެގޯތިތަކުގެ ވެރިފަރާތުން ހުއްދަނެތި
ވަދެގެން ކުރެވޭ ދަޢުވާތަކުގެ އެންމެ އަސާސީ އެއްކަމަކަށް ވާނީ ހުއްދަނެތި ވަތްކަމަށް ބުނާގޭގެ ވެރިފަރާތަކީ
ކޮބައިކަން ނުވަތަ ޙާދިސާ ހިނގާދިޔައިރު އެގޭގޭގައި ދިރިއުޅެނީ ކޮންފަރާތްތަކެއްކަން އެނގުމާއި އެގޭތެރެއަށް
ނުރުހުމުގައި މީހަކު ވަދެގެން އެފަރާތުގެ މައްޗަށް ގޭގެވެރިފަރާތުން ނުވަތަ އެވަގުތަކު އެގެއެއްގައި ދިރިއުޅޭ
ފަރާތަކުން އެއްވެސް ޝަކުވާ ނުވަތަ ދަޢުވާއެއް އުފުލާންބޭނުންވާކަން ނުވަތަ ނޫންކަން ޔަޤީންކުރުންކަމާއި،
މިމައްސަލައިގައި ޙުސައިން އަންވަރު ޢަލީގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ ޙުސައިން އަންވަރު ޢަލީ
މއ.ސިސިލްފަރުގެއަށް އެގޭގެ ވެރިފަރާތުގެ ހުއްދަ ނުހޯދާ ވަދެފައިވާތީ ކަމަށް ދައުލަތުގެ ފަރާތުން
ބުނެފައިވާއިރު، މއ.ސިސިލްފަރުގޭގެ ވެރިފަރާތަކީ ކޮބައިކަން އަދި އެވަގުތު އެގޭގައި ދިރިއުޅެމުން ދިޔައީ
ކޮންބައެއްކަން އެނގޭ ފަދަ އެއްވެސް ހެއްކެއް ދައުލަތުގެ ފަރާތުން ކްރިމިނަލްކޯޓަށް ހުށަހަޅާފައިވާކަން
އެނގެންނެތްކަމާއި، މީގެ އިތުރުން މއ.ސިސިލްފަރުގޭގެ ވެރިފަރާތުން އެގޭގެ ތެރެއަށް ޙުސައިން އަންވަރު
ޢަލީ، ހުއްދަ ނުހޯދައި ވަދެފައިވާތީ އެކަމުގެ މައްޗަށް އެއްވެސް ޝަކުވާއެއްކުރަން ބޭނުންވާކަމަށް ބުނެ އެކަމުގެ
މައްޗަށް ދީފައިވާ އެއްވެސް ބަޔާނެއްވެސް ފެންނަންނެތްކަމާއި، މިމައްސަލައާއި ގުޅިގެން މއ.ސިސިލްފަރު
މިއެޑްރެހުގައި އޮންނަ މުޙައްމަދު މަންނާޢު ޙާމިދު ކިޔާ މީހަކު ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި އެފަރާތުގެ
ޝަކުވާ އަކީ މއ.ސިސިލްފަރު އިން ބައެއްތަކެތި ވަގަށް ގެންގޮސްފައިވާތީ އެކަމުގެ ޝަކުވާކަން އެނގޭކަމާއި،
މުޙައްމަދު މަންނާޢު ޙާމިދުގެ ބަޔާނުގައި އެފަރާތުން އެދިފައިވަނީ ވައްކަމުގައި ގެއްލިފައިވާ ތަކެތީގެ ބަދަލު
މިކަން ކުރި މީހެއްގެ އަތުން ހޯދުމަށްކަމަށް އޭނާ ބުނާކަމާއި، އެހެންނަމަ
ންނަމަވެސް އެފަރާތަކީ ކަނޑައެގޭނީ
44
*
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
2013/HC-A/65
ޙުސައިން އަންވަރު ޢަލީ ކަމުގައި ބުނެފައިނުވާކަން އެނގޭކަމާއި މިމައްސަލައާއި ގުޅިގެން ދައުލަތުގެ ފަރާތުން
ކްރިމިނަލްކޯޓަށް ދީފައިވާ ބަޔާންތަކުންނާއި ދައްކާފައިވާ ވާހަކަތަކުން ދައުލަތުގެ ފަރާތުން މިދަޢުވާ ޙުސައިން
އަންވަރު ޢަލީގެ މައްޗަށް އުފުލުމުގެ ކުރިން މއ.ސިސިލްފަރުގޭގެ ވެރިފަރާތަކީ ކޮބައިކަން އަދި އެގޭގައި މި
ޙާދިސާ ހިނގިކަމަށް ބުނާ ދުވަސްވަރު ދިރިއުޅެނީ ކޮންބައެއްކަން ސާފުކޮށްފައިވާކަން އެނގެންނެތްކަމާއި އަދި
މިގެއަށް ޙުސައިން އަންވަރު ޢަލީ ވަދެގެން އެކަމުގެ މައްޗަށް އެއްވެސް ޝަކުވާއެއް އޮވެގެން ޙުސައިން
އަންވަރު ޢަލީގެ މައްޗަށް އެއްވެސް ދަޢުވާއެއް ކުރަން ނުވަތަ ޝަކުވާއެއްކުރަން
ކުރަން މއ.ސިސިލްފަރުގޭގެ
ވެރިފަރާތުން ބޭނުންވާކަން ނުވަތަ ނޫންކަންވެސް ސާފުކޮށްފައި ނުވާކަން އެނގޭކަމެވެ.
(ނ) ތިންވަނަކަމަކީ، ޖިނާއީ މައްސަލަތައް ނިންމުމުގައި، ހުށަހެޅޭ ހެކިތަކާއި ދަލީލުތަކުގެ ތެރެއިން،
ޤާނޫނީ ޤަރީނާ ފިޔަވައި، ވަކި ހެކިތަކަކަށް ނުވަތަ ދަލީލުތަކަކަށް ބުރަވުން ފަނޑިޔާރުންގެ މައްޗަށް
ލާޒިމްވެގެންނުވާކަމަށާއި، ހުށަހެޅޭ ދަލީލުތައް ތަޤްއީމްކޮށް ވަޒަންކުރުމަށްފަހު ފަނޑިޔާރަށް ޤަބޫލުކުރެވޭ
ދަލީލުތަކާއި އިސްތިންތާޖުތަކުގެ މައްޗަށް ބުރަވެ ހުރެ، ޔަޤީނާ ގާތްކުރާ މިންވަރަށް އިޤްތިޞާޢު ވެގެން މެނުވީ
ކުށެއް ސާބިތުވެއްޖެކަމަށް ޖިނާއީ މައްސަލައެއްގައި ޙުކުމެއް ކޮށްގެން ނުވާނެކަމީ އިސްތިޤްރާރުވެފައިވާ ޤާނޫނީ
މައްދައެއްކަން އެނގެން އޮންނަކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 23/SC-A/2011 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާކަން އެނގެން އޮންނަކަމާއި، ޙުސައިން އަންވަރު
ޢަލީގެ މައްޗަށް ހުށަހެޅުނު ދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ކްރިމިނަލްކޯޓަށް ހުށަހަޅާފައިވަނީ
ހަމައެކަނި ދެރިޕޯޓުކަމާއި އެއީ ސީން އޮފް ކްރައިމް ރިޕޯޓާއި، ޕާމްޕްރިންޓް ކޮމްޕްރިސަން ރިޕޯޓްކަން
މިމައްސަލައާއި ގުޅިގެން ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދެއްކިވާހަކަތަކުންނާއި
ކްރިމިނަލްކޯޓަށް ހުށަހެޅި ލިޔުންތަކުން އެނގޭކަމާއި، ދައުލަތުގެ ފަރާތުން ހުށަހެޅި މިދެލިޔުމުގެ މައްޗަށް
ބަލާއިރު، މިދަޢުވާ ބިނާކޮށްފައިވާކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާ ޕާމްޕްރިންޓް ކޮމްޕްރިސަން ރިޕޯޓަކީ،
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 31/SC
-
A/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި
ފާހަގަކުރައްވާފައިވާފަދަ ޚަބީރެއްގެ ރައުޔެއް (އެކްސްޕާރޓް އޮޕީނިއަންއެއް) އެއްކަން އެނގޭކަމާއި، ޤާނޫނީ
ނަޒަރަކުން ބަލާއިރު، ޖިނާއީ ދަޢުވާއަކާ ގުޅިގެން ޝަރީޢަތަށް ހުށަހެޅޭ އެކްސްޕާރޓް އޮޕީނިއަންގެ މައްޗަށް
ޝަރީޢަތުން ކަމެއް ނިންމޭނީ އެޚަބީރަކު ޝަރީއަތުގެ މަޖިލީހަށް ޙާޟިރުކޮށް ޤާޟީގެ ކުރިމަތީގައި ތެދުބަހުން
ވާހަކަ ދެއްކުމުގެ މައްޗަށް ޝަރުޢީ ހަމަތަކުގެ މަތިން ކުރަންޖެހޭ ހުވައިކުރުވުމާއި، އަދި އެޚަބީރަކު، ރައުޔު
ދީފައިވާ ކަންތަކާގުޅޭ ގޮތުން މައްސަލައިގައި ހިމެނޭ ޚަސްމުންނަށް ޝަރީއަތުގެ މަޖިލީހުގައި އޭނައާ ސު
ހައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
6
2013/HC-A/65
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
މުނާޤަޝާކުރުމުގެ ފުރުސަތުދިނުމަށްފަހުގައި ކަމަށް އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު
31/SC-A/2011 ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާކަން އެނގޭކަމާއި،
ޖިނާއީ ދަޢުވާއެއްގައި ދަޢުވާ ރައްދުވާ ފަރާތަކުން ދަޢުވާއަކަށް އިންކާރުކޮށްފިނަމަ އެދަޢުވާއެއް
ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ ދައުލަތުން ކަމާއި އަދި އެދަޢުވާއެއް ސާބިތުކުރުމަށް ހުށަހަޅަންބޭނުންވާ
ހެކިތަކާއި ޤަރީނާތައް ފާހަގަކޮށް ޝަރީއަތުގެ ފަރާތުން ރިޢާޔަތްކުރަންޖެހޭ ކަމަށް ދައުލަތަށް ފެންނަހެކިތަކާއި
ޤަރީނާތަކާއި ދައުލަތުގެ ފަރާތުން ޝަރީއަތުގެ މަޖިލީހަށް ޙާޟިރުކުރުމަށް ބޭނުންވާ ހެކިންނާއި މިފަދަ
އެންމެހައި ކަންކަން ފާހަގަކޮށް އެކަންކަން ހުށަހެޅުމަކީ ދައުލަތުގެ އިޚުތިޔާރުގައި އޮންނަކަމެއްކަމާއި،
މިމައްސަލައާއި އެކު ދައުލަތުގެ ފަރާތުން ޤަރީނާއެއް ގޮތުގައި ޕާމް ޕްރިންޓް ކޮމްޕްރިސަން ރިޕޯޓު ޝަރީޢަތަށް
ހުށަހަޅާފައިވީ ނަމަވެސް އެރިޕޯޓުގައިވާ ކަންކަން އިތުރަށް ޔަޤީން ކޮށްދިނުމުގެ ގޮތުން މިރިޕޯޓުތައްޔާރު ކުރި
ފަރާތް ޝަރީއަތުގެ މަޖިލީހަށް ޙާޟިރުކޮށްދީ އެފަރާތުގެ ޝަރީއަތުން ނަގައިދިނުމަށް
އެދިފައިނުވާކަމާއި، މީގެ އިތުރުން މިރިޕޯޓު ފިޔަވާ ދައުލަތުގެ ފަރާތުން ޙުސައިން އަންވަރު ޢަލީގެ މައްޗަށް
ދަޢުވާކުރާ މައްސަލަ ސާބިތުކުރުމަށް ބޭނުންވާނެ ގުޅިފައިވާ އެހެނިހެން ހެކިތަކެއް ނުވަތަ ޤަރީނާތަކެއް
ހުށަހަޅާފައިވާކަން އެނގެންނެތްކަމާއި މިހެންކަމުން ޙުސައިން އަންވަރު ޢަލީގެ މައްޗަށް ދައުލަތުގެ ފަރާތުން
ހުށަހެޅި ދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކުގެ މައްޗަށް ބެލުމުން މިދަޢުވާ
ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ދެރިޕޯޓަކީ ހަމައެކަނި އެދެރިޕޯޓުގައިވާ ކަންކަމުގެ މައްޗަށް
އެކަނި ބަލައި ޙުސައިން އަންވަރު ޢަލީގެ މައްޗަށް ތުހުމަތުކުރެވޭ ކަންކަން އޭނާ ކޮށްފައިވާކަން
ސާބިތުކުރުމަށް ފުދޭ އެކަށީގެންވާ ޝައް މިންވަރެއްގެ
ބަޔާނެއް
8 2 0 0
CC ULCC)
18ސ
ޑިޕާކެއް ކަމުގައި
ޚަ2ބ
ޑ 8 *2
3
4 އ ދވ
114 03ނ 9ށ2ށ
ވީމާ، އިސްވެ. ބަޔާންކުރެވުނު ކަންކަން އެގޮތުގެ
މަތީން ހުރުމާއި އެކު، ކްރިމިނަލް ކޯޓުގެ ނަންބަރު
2012/Cr-C/211 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ
ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ބިނާކޮށް، އެޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ފަދަ ސަބަބެއް އޮތްކަމުގައި މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
2013/HC-A/65
• ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއި އެކު، ކްރިމިނަލް ކޯޓުގެ
ނަންބަރު 2012/Cr-C/211 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް
ޕްރޮސިކިއުޓަރޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ބަލައި، އެޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމަށް ބަދަލެއްގެންނަން ޖެހޭ ފަދަ ސަބަބެއް ފެންނަންނެތްކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤުވެވުނުހިނދު، ކްރިމިނަލްކޯޓުގެ ނަންބަރު 2012/Cr-C/211
ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނާނެތަނެއް ނެތްކަމަށްކަނޑައަޅައި، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ce O
ދިވެހިރާއްa
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv