ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/26 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/26
A
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 26/HC-A/2010
• އިސްތިއުނާފު ކުރިފަރާތް:
ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑް
* ރަޖިސްޓްރީ ނަންބަރ: 276
/
2002-C
* ނަން:
* ދާއިމީ އެޑްރެސް:.
މިހާރުގެ އެޑްރެސް: -
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އަޙްމަދު ސަޢީދު
އައިޑީ ކާޑު ނަންބަރ: 004022-A
3 ގދ ދވ
.ފޮފައެމެލިއ
ދާއިމީ އެޑްރެސް: އިރަމާގެ/ޏ.ފުވަ
މިހާރުގެ އެޑްރެސް:އިރުމާގެ/ޏ.ފުވައްމުލައް
*
0
11 މުޙައްރަމް 1438
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 27 ޞަފަރު 1431 ނިމުނު
11 ފެބްރުއަރީ 2010
25 ނޮވެމްބަރ 2012
0
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/VTR/62
ނިންމިކޯޓް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ޤަޟިއްޔާގެ ބާވަތް: ވަޒީފާއާބެހޭ
ހުށްހެޅުނު ތާރީޚް: 30 ޖޫން 2009
ނިމުނު ތާރީޚް: 25 ނޮވެމްބަރ 2009
0
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު އަޙްމަދު ޝަރީފު ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
ފަނޑިޔާރު ޢަބްދުﷲ ޙަމީދު ޓް
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325329 ، ފެކްސް:3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
'2
2010/HC-A/26
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/62 މައްސަލަ ނިންމާފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނުވާކަމަށްބުނެ، އެމައްސަލަ އިސްތިއުނާފުކޮށްދިނުމަށް އެދި ރީތި
ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، އިސްތިއުނާފް ރައްދުވާ ފަރާތަކީ ޏ.ފުވައްމުލައްއިރަމާގެ އަޙްމަދު ސަޢީދުއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2009/VTR/62 މައްސަލަ ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެ އަމުރު އިސްތިއުނާފުކޮށްދިނުމަށްއެދި ރީތިރަށް
ރިޒޯޓްގެ ފަރާތުން ހުށަހަޅާފައިވެއެވެ.
639
COO 2o
02- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2009/VTR/62 ޤަޟިއްޔާ ނިމުނުގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ "ވަން އެންޑް އޮންލީ ރީތި ރަށް ރިޒޯޓްގެ ޖެނެރަލް މެނޭޖަރ މައިކަލް
ޕެއިންއަށް އެރަށުގެ ބަޔަކު ހަމަލާދީ މަރާމާރީ ހިންގައި ވަރަށް ބޮޑަށް ޒަޚަމްކޮށްލުމާއި ގުޅިގެން އެރަށުގެ 9
މުވައްޒަފަކު މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ ތަޙުޤީޤަށް މާލެ ގެނައުމާއި ގުޅިގެން އެ މީހުން 13
އޭޕްރީލް 2009 ގައި ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން ވަކިކުރިއިރު އެ ރިސޯޓްގެ
ރެސްޓޯރަންޓްގެ ކެޕްޓަނަކަށް އުޅުނު ޏ.ފުވައްމުލައް | އިރަމާގެ، އަޙްމަދު ސަޢީދު (އައިޑީ ކާޑު ނަންބަރު
A004022) ވެސް ވަޒީފާއިން ވަކިކުރި 9 މީހުންގެ ތެރޭގައި ހިމެނޭތީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ،
ޤަވާޢިދާއި ޚިލާފަށްކަމަށްބުނެ އެނބުރި ވަޒީފާއަށް ދިއުމަށް އެދި ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑްގެ
މައްޗަށް ހުށަހަޅުމުން ބެލެވުނު ޤަޟިއްޔާއެއްކަން އެނގޭކަމާއި،
އެޤަޟިއްޔާ ނިންމަވާފައިވަނީ "ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތާއި، މައްސަލަ ރައްދުވާ
ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށާއި، ފާހަގަކުރި ކަންކަމުގެ މައްޗަށް ރިޢާޔަތްކުރާއިރު، މައްސަލަ
ހުށަހެޅިފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބަކާހުރެކަން މައްސަލަ ރައްދުވި ފަރީބަޖޭގެ ހައި
9
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
3
2010/HC-A/26
އނ ޑީ
ސާބިތުކޮށްދެވިފައިނުވާކަމަށް ކަނޑައަޅައި، މައްސަލަ ހުށަހެޅި ފަރާތް މައްސަލަ ރައްދުވާ ފަރާތުގެ ވަން
އޮންލީ ރީތި ރަށް ރިސޯޓްގައި އަދާކުރަމުން ގެންދިޔަ " ކެޕްޓަން-ފަންޑިތަ" ވަޒީފާގައި ހުރުމަށް
އެދިފައިވީނަމަވެސް، މައްސަލައިގައި ހިމެނޭ ދެފަރާތުގެ މަޞްލަޙަތަށް ރިޢާޔަތްކުރާއިރު އެއީ އެންމެ
އެދެވޭގޮތްކަމަށް މައްސަލަ ބެލިމަޖިލީހުގެ މެމްބަރުންނަށް ނުފެންނާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ
މާއްދާގެ (ހ) ގެ (2) އަށް ރިޢާޔަތްކޮށް، މައްސަލަ ހުށަހެޅި ފަރާތް، ވަޒީފާއިން ވަކިކުރިއިރު ލިބެމުންދިޔަ
މުސާރައާއި ޢިނާޔަތްތަކަށް އުނިކަމެއް ނާންނަފަދަގޮތަށް، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރުމުގެ
ކުރިން އަދާކުރަމުން ދިޔަ ބާވަތުގެ ނުވަތަ އެކަށީގެންވާ އެހެން ވަޒީފާއަކަށް މައްސަލަ ހުށަހެޅި ފަރާތް
މިއަދު، 25 ނޮވެމްބަރު 2009 ން ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތުގައި ހަމަޖައްސާ، އެކަން
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށާއި، މައްސަލަ ހުށަހެޅި ފަރާތަކީ އެއްވެސް ޙާލަތެއްގައި
މައްސަލަ ރައްދުވާ ފަރާތުގެ ވަޒީފާއިން ވަކިވެފައިވާ މީހެއްގެ ގޮތުގައި ނުބެލުމަށާއި، 14 އޭޕްރީލް 2009
ން ފެށިގެން ވަޒީފާ ހަމަޖައްސާ ދުވަހާއި ހަމައަށް ލިބެންޖެހޭ އެންމެހާ މުސާރައާއި ޢިނާޔަތްތައް މިއަދު، 25
2009 ން ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތުގެ ތެރޭގައި މައްސަލަ ހުށަހެޅި
ފަރާތްކަމަށްވާ ޏ.ފުވައްމުލައް | އިރަމާގެ، އަޙްމަދު ސަޢީދު (އައިޑީ ކާޑު ނަންބަރު A004022)އަށް އެކީ
އެއްފަހަރާ ދައްކާ، އެކަން ވަޒީފާއާބެހޭ ޓްރައިބިޔުނަލަށް ލިޔުމުން އެންގުމަށް މައްސަލަ ބެލި މަޖިލީހުގެ
އަޣުލަބިއްޔަތުން މައްސަލަ ރައްދުވާ ފަރާތް ކަމުގައިވާ ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑަށް އަންގާ
މިފަދައިންނެވެ.
* 4
2 ހ2
ނި2
އަމު
03- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2009/VTR/62 ނިންމުން ނިމިފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ފަރާތުން 03 (ތިން) ނުކުތާއެއް ހުށައަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ: ޏ.ފުވައްމުލައް | އިރަމާގެ އަޙްމަދު ސަޢީދަށް ވަޒީފާއާއި، އަދިވެސް
އެފަރާތަށް ލިބެންޖެހޭ ކަމަށް ކަނޑައަޅާފައިވާ ޢިނާޔަތްތައް ދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމެވިއިރު
އެފަރާތުގެ މައްޗަށް ތުޙުމަތު ކުރެވޭ ޖިނާއީ މައްސަލައެއްގެ ތަޙްޤީޤު ހިނގަމުންދާ ކަމަށް ހުށަހެޅިފައިވާ
ލިޔެކިޔުންތަކުން ސާބިތުވާއިރުވެސް އެކަމަށް ބައްލަވާފައި ނުވުމާއި، އަދި އެފަރާތަށް މިވަޤުތު ވަޒީފާ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
4
2010/HC-A/26
މައްޗަށްވެސް
ރަނގަޅު ނޫންކަމެއްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވެފައިވަނިކޮށް އޭގެ
ނުބައްލަވާ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ: ޏ.ފުވައްމުލައް | އިރަމާގެ އަޙްމަދު ސަޢީދު ވަޒީފާއިން
ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ 1 (އެކެއް) ގެ ދަށުން ރީތިރަށް ރިސޯޓް
ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ އިޚްތިޔާރުގެ ދަށުން ކަމަށް ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުން
ބުނެފައިވާނެކަމަށާއި، އަދި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ)ގެ 1 (އެކެއް) ގެ ދަށުން
މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު އޭނާގެ މައްޗަށް ކުށެއް ސާބިތުވުން ޝަރުތުކޮށްފައި ނުވާއިރު ދަޢުވާ
ކުރި ފަރާތް ވަޒީފާއިން ވަކިކުރި ވަކިކުރުން ރަނގަޅު ނޫންކަމަށް ނިންމޭނޭ ޤާނޫނީ ހަމައެއް ނެތްކަމަށް ބުނެ
440
ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ: ޏ.ފުވައްމުލައް | އިރަމާގެ އަޙްމަދު ސަޢީދަކީ ރީތިރަށް ރިސޯޓް
ޕްރައިވެޓް ލިމިޓެޑުގެ ޖެނެރަލް މެނޭޖަރުގެ ޖާނަށް ސީރިއަސް އަނިޔާތަކެއް ދިން މައްސަލައަކާއި ގުޅިގެން
ތުޙުމަތުގައި މިހާރުވެސް ހުރި މީހަކަށްވާއިރު މިޙާލަތު އޭގެ ޒާތުގައި ދެމިއޮތްވާ އެފަރާތަށް ވަޒީފާދޭން
އެންގުމަކީ މަޞްލަޙަތާއި ފުށުއަރާކަމެއް ކަމުގައި ބުނެ ހުށަހެޅި ނުކުތާ.
04- މިމައްސަލައާއި ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/62
ޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަނުޖެހޭ ކަމަށްބުނެ ރީތި ރަށް ރިސޯޓްގެ ފަރާތުން އިސްތިއުނާފު
ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ
އެވެ.
(ހ) ޏ.ފުވައްމުލައް | އިރަމާގެ އަޙްމަދު ސަޢީދުއާއި ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑާއި
ދެމެދު 03 ޖުލައި 2008 ން ފެށިގެން 02 އަހަރު ދުވަހުގެ މުއްދަތަށްވެފައިވާ ވަޒީފާގެ އެއްބަސްވުމެއް
އޮންނަކަމާއި، 11 އޭޕްރީލް 2009 ވަނަ ދުވަހުގެ ރޭ ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ އޭރުގެ
ޖެނެރަލް މެނޭޖަރ މައިކަލް ޕެއިންގެ ފުރާނައަށް ގެއްލުންވާފަދަ ޢަމަލެއް އަޙްމަދު ސަޢީދު ކުރިކަމަށް
ތުހުމަތު ކުރެވިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް އަޙްމަދު ސަޢީދު ގެން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2010/HC-A/26
އެޕްރީލް 2009 ގައި އަޙްމަދު ސަޢީދު ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން
ވަކިކޮށްފައިވާކަމާއި، ނޯޓިސް ދިނުމަށްފަހު ނުވަތަ ނޯޓިސް ދިނުމަކާއި ނުލައިނަމަވެސް، މުވައްޒަފަކު
ވަޒީފާއިން ވަކިކޮށްފިނަމަ، އޭނާ އެވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއްނެތި ކަމުގައި ވަޒީފާ އަދާކުރި
މީހާއަށް ޤަބޫލުކުރެވޭނަމަ، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން 03 މަސްދުވަހުގެ ތެރޭގައި އެކަމުގެ
ޝަކުވާ، ޓްރައިބިއުނަލް އަށް ހުށައެޅުމުގެ ޙައްޤު ވަޒީފާއިން ވަކިވެފައިވާ ފަރާތަށް ލިބިގެންވާކަމަށް ޤާނޫނު
ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) 28 ވަނަ މާއްދާގައި އޮންނަކަމާއި، އަޙްމަދު ސަޢީދުގެ ފަރާތުން
މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ހުށައަޅާފައިވަނީ ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ
ވަޒީފާއިން އަޙްމަދު ސަޢީދު ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް ވަކިކޮށްފައިވާކަމަށް ބުނެކަން ހުށައެޅިފައިވާ
ލިޔެކިޔުންތަކުން އެނގެން އޮންނަކަން.
ހއ 2 * * 2
ބަޔާންވެގެން
(ނ) މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން، އެމުވައްޒަފަކު ހުށައަޅާ ޝަކުވާއެއް ނުވަތަ
ދަޢުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށް ދިނުމަކީ
ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި، އެހެނިހެން ޙާލަތްތަކުގައި
ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަން ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި އޮންނަކަމާއި،
އަޙްމަދު ސަޢީދު ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން ވަކި ކުރި ސަބަބެއްގެ ގޮތުގައި 13
އެޕްރީލް 2009 ގެ ޓާމިނޭޝަން އޮފް އެމްޕްލޮއިމަންޓް ސިޓީގައި ބަޔާންކޮށްފައިވާ މައިގަނޑު ސަބަބަކީ
"މޯލްޑިވްސް ޕޮލިސް ސާރވިސަސްގެ ފަރާތުން ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގެ ޖެނެރަލް މެނޭޖަރ
މިރ.މައިކަލް ޕެއިން އަށް ދެވުނު ނުރައްކާތެރި ޙަމަލާއެއްގައި ޒަހަމްވުމާއި ގުޅިގެން މޯލްޑިވްސް ޕޮލިސް
ސާރވިސަސްގެ ފަރާތުން އެމައްސަލައިގެ ތަޙްޤީޤުކުރުމަށް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް އަޙްމަދު
ސަޢީދު ގެންދިއުން ކަން އެނގެން އޮންނަކަމާއި، އަދި އަޙްމަދު ސަޢީދު ވަޒީފާއިން ވަކިކުރި ސަބަބު
ބަޔާންކޮށްދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ދައްކާފައިވާ ވާހަކަތަކުގައި ބުނެފައިވަނީ" އަޙްމަދު ސައީދުއާއި އިތުރު ބަޔަކު ރީތިރަށް ރިސޯޓް ޕްރައިވެޓް
ލިމިޓެޑުގެ ވަޒީފާއިން ވަކިކޮށްފައިވަނީ ރީތި ރަށް ރިސޯޓުގެ ޖެނެރަލް މެނޭޖަރ މރ.މައިކަލް ޕެއިން އަށް
ދެވުނު ނުރައްކާތެރި ޙަމަލާއާއި ގުޅިގެން އެމައްސަލައިގެ ތަޙްޤީޤަށް މާލެ ގެނައި މީހުންގެ ތެރޭގައި އަޙްމަދު
ސަޢީދު ހިމެނޭ އިރު، އަޙްމަދު ސަޢީދު އިތުރަށް ވަޒީފާގައި ބަހައްޓައިފިނަމަ، އަޙްމަދު ސަޢީދާއި ދެން ދިއްޖޭގެ ޚާއި
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
6
2010/HC-A/26
އެހެން
މީހުންގެ ފަރާތުން ރަށުގެ މުވައްޒަފުންނަށް ނުވަތަ ރަށަށް ގެއްލުންތަކެއް ލިބިދާނެކަމަށް ރިސޯޓުގެ
މެނޭޖްމަންޓަށް ޤަބޫލުކުރެވިގެން ކަމަށާއި، އަޙްމަދު ސަޢީދު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ
ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ 1 ގެ ދަށުން ރީތި ރަށް ރިސޯޓަށް ލިބޭ ޤާނޫނީ ބާރުގެ
ދަށުންކަމަށާއި، މިސަބަބަށްޓަކައި ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ބަދަލު ލިބިދެވެންޖެހޭނެ
އެއްވެސް ޖާގައެއް އޮތްކަމަށް ނުފެންނަކަން.
ec.cc
COX
ޑ 8
4
2
2
4
އއބސްމެއެ
(ނ) ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)އަށް ބަލާއިރު، އެކަށީގެންވާ
ސަބަބަކާލައިގެން މެނުވީ، ވަޒީފާއަދާކުރަމުންދާ މުވައްޒަފަކު، އޭނާގެ ވަޒީފާއިން ވަކިކޮށްގެން ނުވާނެކަމަށާއި،
އެޤާނޫނުގެ 23 ވަނަ މާއްދާގައިވާ ޙާލަތުތަކުގައި މެނުވީ ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ
ވަޒީފާދޭފަރާތަށް ބާތިލުކުރެވޭނީ އެންމެ މަދުވެގެން ނޯޓިސް ދޭން ޖެހޭނެކަމަށް
ބަޔާންކޮށްފައިވާ ނޯޓިސް ދިނުމަށް ފަހުގައިކަމަށާއި، ނޯޓިހެއް ދިނުމަކާއި ނުލައި، ވަޒީފާއަދާކުރާ ފަރާތެއް
އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތު އަޚުލާޤު އެކަށީގެންނުވުމާއިއެކު، އޭނާ ވަޒީފާގައި
އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެކަމެއްކަމަށް ވަޒީފާދޭފަރާތަށް ނުފެންނަ
ޙާލަތުގައިކަމަށާއި، ވަޒީފާއިން ވަކިކުރުމުގެ ގޮތުން ދޭންޖެހޭ ނޯޓިސް ދިނުމުގެ ބަދަލުގައި، އެނޯޓިސްގެ
މުއްދަތު ފެށޭ ދުވަހުން ފެށިގެން އެނޯޓިސްގެ މުއްދަތު ނިމޭ ދުވަހާއި ހަމައަށް، އެމުވައްޒަފަކަށް ލިބިދޭންޖެހޭ
މުސާރައާ ޢިނާޔަތްތައް، ހަމަޔަށް ދިނުމަށްފަހު، ވަޒީފާ ދޭފަރާތަށް، އޭނާ ވަޒީފާއިން
ވަކިކުރެވިދާނެކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 25،23،22،21 މި މާއްދާތަކުން އެނގެން އޮންނަކަން.
ucou
24 2ދ8
(ރ) 13 އެޕްރީލް 2009 ގެ ޓާމިނޭޝަން އޮފް އެމްޕްލޮއިމަންޓް ސިޓީއަށް ބަލާއިރު، އަޙްމަދު
ސަޢީދު ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން ވަކިކޮށްފައިވަނީ، ވަޒީފާއާއި ބެހޭ ޤާނޫނުގެ 25
ވަނަ މާއްދާއާއި، ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑާއި އަޙްމަދު ސައީދުއާއި ދެމެދުވެފައިވާ ވަޒީފާގެ
އެއްބަސްވުމުގެ 6.2 ގެ ދަށުންކަން އެނގެންއޮންނަކަމާއި، މި މާއްދާގެ ދަށުންވެސް އަޙްމަދު ސަޢީދު
ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތީސް ކަމުގައި އަޙްމަދު ސަޢީދަށް ޤަބޫލުކުރެވޭނަމަ،
އެކަމުގެ ޝަކުވާ އުފުލުމުގެ ފުރުޞަތު ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާއިން އަޙްމަދު ސަޢީދަށް
ލިބިގެންވާކަމާއި، މި ގޮތުން އަޙްމަދު ސަޢީދަށް ނޯޓިސް ދިނުމުގެ ބަދަލުގައި ފައިސާ ދީފައިވުމުން އަދި މި
ފައިސާ އަޙްމަދު ސަޢީދުއާއި ޙަވާލުކޮށްފައިވާވުމަކުން، އަޙްމަދު ސަޢީދު ވަޒީފާއިން ވަކިކުރި
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2010/HC-A/26
OCU OX
އަޙްމަދު ސަޢީދު އެކަމަށް އެއްބަސްވާ،
ސައްޙަކަމެއްކަން ދަލީލު ކޮށްދޭކަމެއް ނޫންކަމާއި، ނޯޓިސްދިނުމުގެ
ބަދަލުގައި ފައިސާ ދިނުމަށްފަހު ވަޒީފާއިން މުވައްޒަފަކު ވަކިކުރި ނަމަވެސް އެފަރާތަކުން ވަޒީފާއިން
ވަކިކުރިކުރުމާއި މެދު އިންކާރުކުރާ ޙާލަތުގައި މުވައްޒަފު ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ހަމައަކުންކަން
ވަޒީފާދިން ފަރާތުން ސާބިތުކޮށްދޭންޖެހޭކަން އެނގެން އޮންނަކަން.
(ބ) ނޯޓިސް ދިނުމުގެ ބަދަލުގައި ފައިސާ ދިނުމަށްފަހު މުވައްޒަފަކު ވަޒީފާއިން ވަކިކުރާ
ވަކިކުރުމަކީ ނޯޓިސް ދިނުމަކާއިނުލާ، ވަޒީފާއިން ވަކިކުރާކުރުމެއް ކަމުގައި ބަލަން ޖެހޭކަމުން، މި ޙާލަތުގައި
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކުރަންޖެހޭކަމާއި، ވަޒީފާއާބެހޭ
ޤާނޫނުގެ 23 ވަނަ މާއްދާގައިވާ ގޮތުން ނޯޓިހެއް ދިނުމަކާއި ނުލައި، ވަޒީފާއަދާކުރާ ފަރާތެއް އޭނާގެ
ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތު އަޚުލާޤު އެކަށީގެންނުވުމާއިއެކު، އޭނާ ވަޒީފާގައި އިތުރަށް
ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭފަރާތަށް ނުފެންނަ
ޙާލަތުގައިކަމާއި، ވަޒީފާއަދާކުރާ ފަރާތުގެ މަސައްކަތުގެ އަޚުލާޤު އެކަށީގެން ނުވާކަމަށް ބެލެވޭނީ ވަޒީފާގައި
އިތުރަށް ބެހެއްޓުމުން ވަޒީފާދޭފަރާތަށް ނުވަތަ ވަޒީފާއަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެނުން
ނުވަތަ ޚިޔާނަތެއްވެފައިވުން މި ދެޙާލަތު ކަން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ 01 އަދި
02 ކަށް ބެލުމުން އެނގެން އޮންނަކަން.
(ލ) ޖިނާއީ މައްސަލަތައް ޝަރީޢަތަށް ސާބިތުކުރުމަށް އޮންނަ މިންގަނޑާއި، މީހެއްގެ މައްޗަށް
އިދާރީ ފިޔަވަޅެއް އެޅުމަށްޓަކައި ކަމެއް ސާބިތުވީ ކަމަށް ކަނޑައަޅާ މިންގަނޑުގައި ތަފާތެއްވާކަމާއި، ޖިނާއީ
މައްސަލަތަކުގެ ތެރެއިން ޙައްދުގެ މައްސަލަތައް ފިޔަވާ ޝަރީޢަތަށް ކުށެއް ސާބިތުވިކަމަށް ބަލާ މިންގަޑަކީ
އެކަށީގެންވާ ޝައްކެއްނެތުން (Beyond Reasonable Doubt) ކަމަށްވާއިރު، މަދަނީ އަދި އިދާރީ
ފިޔަވަޅެއް އެޅުމުގައި ކަމެއް ސާބިތުވާކަމަށް ނިންމަނީ ހުށައެޅިފައިވާ ހެކިތަކާއި ޤަރީނާތައް ވަޒަންކޮށް
ބަލާއިރު، ބޮޑަށް ބުރަވެވޭ ގޮތެއްގެ މައްޗަށް ބިނާކޮށްގެން (Balance of Probabilities) ކަން
އެނގޭކަމާއި، މީހަކު ޖިނާއީކުށެއް ކުރި ކަމުގެ ތުހުމަތުގައި އޭނާގެ ވަޒީފާއިން ވަކިކުރާ ޙާލަތުގައި އޭނާގެ
މައްޗަށް ތުހުމަތުކުރެވިފައިވާ ކަމެއްގެ މައްޗަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ބަލަން ޖެހޭނީ މަދަނީ އަދި
އިދާރީ ފިޔަވަޅެއް އެޅުމަށްޓަކައި އެކަން ސާބިތުވާން އޮންނަ މިންގަނޑުން ކަމާއި، މިހެންކަމުން ވަޒީފާއާބެހޭ
ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ 01 ގެ ދަށުން މީހަކު ވަޒީފާއިން ވަކި ކުރާއިރުވެސް
2 @S
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
2010/HC-A/26
06 2
ޖެޖޭގެ ޚަ
މައްޗަށް ޖިނާއީ މައްސަލަތަކުގައި ކުށެއް ސާބިތުވާން
އޮތް މިންގަނޑަށް ސާބިތުވެފައިވޭތޯ ނުވަތަ
ނޫންތޯ ބަލަން ނުޖެހޭކަމާއި، ނަމަވެސް އެމީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތް
ކުރުމުގެ ޙައްޤަކީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގެ 37 ވަނަ މާއްދާއިން ކޮންމެ
ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤަކަށްވުމުގެ އިތުރުން، އެއްވެސް މީހެއްގެ ވަޒީފާއެއް
ނުޙައްޤުން ނިގުޅައިގަނެވިއްޖެނަމަ، އެކަމުގެ ނުރަނގަޅު އަސަރު އެމީހަކަށާއި، އެމީހެއްގެ ޢާއިލާއަށް އަދި
މުޅި މުޖުތަމަޢުއަށް ފޯރާނެކަމީ ޝައްކެތްނެތްކަމެއްކަމާއި، ވަޒީފާއިން މީހުން ވަކިކުރެވޭ އިރު ޢަމަލު ކުރަން
ޖެހޭ އުސޫލުތަކަކާއި، ތަބާވާންޖެހޭ އިޖުރާއާތު ތަކެއް ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައެޅިފައިވަނީ މި
ސަބަބަށްޓަކައި ކަމާއި، މުވައްޒަފެއް ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭފަރާތަށް ނުވަތަ ވަޒީފާއަދާކުރާ
ތަނަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ވަޒީފާ ދޭ ފަރާތަށް ފެނުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ
މާއްދާގެ ދަށުން ނޯޓިސް އެއް ނުދީ ވަޒީފާއިން ވަކިކުރެވޭނެ ހުއްދަ ސަބަބެއް ކަމުގައި އޮތްނަމަވެސް، މި
މާއްދާއަކީ ވަޒީފާދޭ ފަރާތަށް ހަމަ ފެންނަ ފެނުމުގެ މައްޗަށްއެކަނި ވަޒީފާއިން ވަކިކުރުމުގެ ހުއްދަ ލިބިގެންވާ
މާއްދާއެއް ނޫންކަމާއި، މި މާއްދާގެ ދަށުން ވަޒީފާއިން ވަކި ކުރާއިރު ވެސް ވަޒީފާދޭފަރާތަށް ނުވަތަ
ވަޒީފާއަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ވަޒީފާ ދޭ ފަރާތަށް ފެނުނު ހަމައަކީ އެކަށީގެންވާ
ހަމައެއްތޯ ބެލެވެން ޖެހޭކަމާއި، އަދި އެފަދަ ތުހުމަތެއްގައި ވަޒީފާއިން ވަކިކޮށްފައިވާ މީހެއްގެ ވަޒީފާއިން
ވަކިކޮށްފައިވަނީ ޢަދުލުވެރިކަމާއިއެކުގައިތޯއާއި، ވަޒީފާއިން ވަކިކުރަން އެކަށީގެންވާ ހަމައަކުންތޯއާ
ވަޒީފާއިން ވަކިކުރުމުގެ ކުރިން ޝަކުލީ ގޮތުންނާއި އިޖުރާއީ ގޮތުން ތަބާވުން ލާޒިމްވެފައިވާ ކަންތައްތަކަށް
ވަޒީފާދިން ފަރާތުން ތަބާވުމަށް ފަހުގައިތޯ އާއި، މިފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން ބަލަންޖެހޭ ބެލުންތަކެއް
އެކަށީގެންވާ މިންވަރަކަށް ބެލުމަށްފަހު، ޑިއު ޕްރޮސެސް (Due process) ނުވަތަ ޕްރޮސީޖަރަލް ފެއާނަސް
(procedural fairness) ޤާއިމުކުރުމަށް ފަހުގައިތޯ ކަށަވަރުކުރަން ޖެހޭކަން.
(ށ) މިމައްސަލައާއި ގުޅިގެން ހުށައެޅި ލިޔެކިޔުންތަކަށް ބެލިއިރު، އަޙްމަދު ސަޢީދު ވަޒީފާއިން
ވަކިކުރަން ޖެހުނު ސަބަބެއްކަމަށް 13 އެޕްރީލް 2009 ގެ ޓާމިނޭޝަން އޮފް އެމްޕްލޮއިމަންޓް ސިޓީގައި
އޮތް ހަމައެކަނި ސަބަބަކީ، ރީތި ރަށް ރިސޯޓުގެ ޖެނެރަލް މެނޭޖަރ މރ.މައިކަލް ޕެއިން އަށް ދެވުނު
ނުރައްކާތެރި ޙަމަލާއެއްގައި ޒަހަމްވުމާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސާރވިސަސްގެ ފަރާތުން
އެމައްސަލައިގެ ތަޙްޤީޤުކުރުމަށް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް އަޙްމަދު ސަޢީދު ގެންދިއުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325329 ، ފެކްސް:3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2010/HC-A/26
COC
4
އެނގެންއޮތްއިރު، އަޙްމަދު ސަޢީދު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު 24
ގަޑިއިރު ނުވަނީސް ދޫކޮށްލާފައިވާކަން އެނގޭކަމާއި، އަދި މިހާތަނަށް އައިއިރުވެސް އެ ޙާދިސާއާ ގުޅިގެން
އަޙްމަދު ސަޢީދަށް ކަމާބެހޭ އެއްވެސް އިދާރާއަކުން ފިޔަވަޅެއް އަޅާފައިވާކަން އެނގެން ނެތްކަމާއި، އަޙްމަދު
ސަޢީދުގެ ވަޒީފާއިން ވަކިކޮށްފައިވަނީ އެމައްސަލައެއްގައި އަޙްމަދު ސަޢީދުގެ މައްޗަށް ތުހުމަތު ކުރެވުނު
ކަމުގެ މައްޗަށް ތަޙްޤީޤަށް ލިބުނު މަޢުލޫމާތަކީ ކޮބައިކަންވެސް ނުބަލާކަމާއި، އަޙްމަދު ސަޢީދު ވަޒީފާއިން
ވަކިކުރުމުގެ ސަބަބެއްކަމަށް ބުނާ ޙާދިސާ އަކީ ވަރަށް ގިނަ ބަޔަކު ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ
ޙާދިސާއެއްކަމަށްވާއިރު އަޙްމަދު ސަޢީދު ވަޒީފާއިން ވަކިކުރުމުގެކުރިން އެކަމުގައި އަޙްމަދު ސަޢީދު
ބައިވެރިވެފައިވާ މިންވަރެއް ދެނެގަތުމަށްޓަކައި ރީތިރަށް ރިސޯޓްގެ ފަރާތުން އެކަށީގެންވާ މަސައްކަތެއް
ކޮށްފައިވާކަން އެނގެންނެތުމުގެ އިތުރުން ވަޒީފާއިން ވަކިކުރުމުގެ ކުރިން މި ޙާދިސާއާއި ގުޅިގެން އަޙްމަދު
ސަޢީދުގެ ފަރާތުން ބުނާ އެއްޗެއްވެސް ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުން ބަލާ ހޯދާފައިވާކަން
އެނގެންނެތްކަމާއި، މީހެއްގެ މައްޗަށް ވަޒީފާއިން ވަކިކުރުން ފަދަ ބޮޑު ފިޔަވަޅެއް އެޅޭއިރު، އޭނާގެ ދިފާޢުގައި
އެއްޗެއް ބުނުމަށް ފުރުޞަތުދީ އެމުވައްޒަފަކަށް ކަމުގެ ޙަޤީޤަތް ހާމަކުރުމަށް ފުރުޞަތު ދިނުމަކީ ޢަދުލު
އިންސާފުގެ ހަމަތަކުން ބަލާއިރު، އެކަން ކުރުމަށް އޮންނަ އެންމެ ޢަދުލުވެރިގޮތްކަމަށްވާއިރު އަދި ރީތި ރަށް
ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ "އެމްޕްލޯއިމަންޓު ހޭންޑް ބުކް" އަށް ބެލުމުން އަޙްމަދު ސަޢީދުގެ ވަޒީފާއިން
ވަކިނުކޮށް، އަޙްމަދު ސަޢީދުގެ މައްޗަށް ތުހުމަތު ކުރެވުނު ކަމުގެ ޒާތަށް ބަލައި، އަޙްމަދު ސަޢީދު ވަގުތީ
ގޮތުން ސަސްޕެންޑް ކުރުމަށްފަހު، އެކަން އިތުރަށް ބަލާ އަޙްމަދު ސަޢީދާއި މެދު ފިޔަވަޅު އެޅުމުގެ
ފުރުޞަތު
ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑަށް ލިބިދީފައި އޮތް އިރު، އެކަން އެމަގުން ރީތި ރަށް
ރިސޯޓު ޕްރައިވެޓް ލިމިޓެޑުން ކޮށްފައި ނެތްކަމާއި، މިކަންކަމުގެ މައްޗަށް ބަލާއިރު، ރީތި ރަށް ރިސޯޓުގައި
ހިނގި ހަމަނުޖެހުމަކާއި ގުޅިގެން އަޙްމަދު ސަޢީދު މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ގެންދިޔަ ގެންދިއުން
އެކަނި އެއީ އަޙްމަދު ސަޢީދު އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރުމަށް އޮތް އެކަށީގެންވާ ހަމައެއް ކަމުގައި
ބެލެވެން ނެތުމުގެ އިތުރުން އަޙްމަދު ސަޢީދު ވަޒީފާއިން ވަކިކުރުމުގެ ކުރިން އެކަމުގައި ޕްރޮސީޖަރަލް
ފެއަރނަސް ޤާއިމުވެފައިވާކަން އެނގެން ނެތްކަން ފާހަގަކުރެވޭކަން.
(އ) މިޤަޟިއްޔާގައި ބަޔާންކުރެވިފައިވާ ޙާދިސާއާއި ގުޅިގެން ރީތި ރަށް ރިސޯޓު ޕްރައިވެޓް
ލިމިޓެޑުން ވަޒީފާއިން ވަކިކުރި އެހެން މުވައްޒަފުންތަކެއްގެ މައްސަލަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަގޮއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
10
21/HC-A/26
25/HC
-
A
/
22
،
2010
/
HC
-
A
/
24
،
2010
/
HC
-
A/2010 އަދި 23/HC
-
A/2010 މިހަތަރު
ޤަޟިއްޔާއިން ބައްލަވައި ނިންމަވާފައިވާކަމާއި، އެހަތަރު ޤަޟިއްޔާއާއި މިޤަޟިއްޔާގައި ބަޔާންކޮށްފައިވާ
ޙާދިސާއާއި ޙަޤީޤަތްތަކަކީ އެއް ޙާދިސާއެއް އަދި އެއްގޮތް ޙަޤީޤަތްތަކެއްކަމަށްވާއިރު، އެހަތަރު ޤަޟިއްޔާ
ނިންމަވާފައިވަނީ، ބަޔާންކުރެވިދިޔަ ހަމަތަކާއި އުޞޫލުތަކުގެ މައްޗަށް ބިނާކޮށްގެންކަން ފާހަގަކުރެވޭކަން.
O O COX
(ވ) އެހެންކަމުން، އަޙްމަދު ސަޢީދު ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން
ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތިކަމުގައިކަމަށް ވަޒީފާއާބެހޭ ޓްރައިބުނަލުން ނިންމަވައި،
ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާއިން ލިބިދޭ ޤާނޫނީ ޙައްލު އަޙްމަދު ސަޢީދުއަށް ލިބިދިނުމަށް
އެޓްރައިބުނަލްއިން ނިންމަވާފައިވާ ނިންމެވުން ބަދަލުކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް އޮތްކަމަކަށް
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެންނަކަން.
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއިއެކު، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/62 މައްސަލައިގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަކީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށް ބަލާނެތަނެއް ނެތްކަމަށް،
މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ނަންބަރު:
2009/VTR/62 މައްސަލާގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ތާޢީދުކޮށް އެގޮތުގެ މަތިން
ޙުކުމްކޮށްފީމެވެ.
އދ
ދިވެހިރާއްa
ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv