ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/132 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/132
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޤަޟިއްޔާ ނަންބަރ: 132/HC
-
A/2012
އިސްތިއުނާފުކުރި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
0
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މުޙައްމަދު ރާހިން ޝާފީ
ދާއިމީ އެޑްރެސް: މއ.ދުއްލިސާގެ
* މިހާރުގެ އެޑްރެސް: މއ.ދުއްލިސާގެ
އައިޑީ ކާޑު ނަންބަރ.
A159040
• ހުށަހެޅުނު ތާރީޚް: 06 މެއި 2012 * ނިމުނު ތާރީޚް: 07 މެއި 2012
އިސްތިއުނާފުކުރެވުނު ކޯޓް އަމުރު ނަންބަރު: 2012
/
265-MD
• އަމުރު ނެރުނު ކޯޓް: ޖުވެނައިލް ކޯޓު
މައްސަލައިގެ ބާވަތް: ގަސްތުގައި މީހަކުމެރުން
• އަމުރު ނެރުނު ތާރީޚް: 06 މެއި 2012
0
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީސް:
ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރުން އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325019، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2{012/HC-A/132
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ލާޞާ
މިއީ، ޖުވައިނަލް ކޯޓުގެ ނަންބަރު 2012
/
265-MD ކޯޓު އަމުރު ނެރުއްވާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
އެއަމުރު ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުން ކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ،
މއ.ދުއްލިސާ މާލެ، މުޙައްމަދު މާހިން ޝާފީ (ދ.ރ.ކާޑު ނަންބަރުA159040} އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01 ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އިސްތިއުނާފް ކޮށްފައިވާ ޖުވައިނަލް
ކޯޓުގެ ނަންބަރު 2012
/
265-MD ކޯޓު އަމުރަކީ، މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ނަންބަރު
MF071523 "ބަންދުގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅާ ފޯމް” އިން މއ.ދުއްލިސާ މާލެ، މުޙައްމަދު
މާހިން ޝާފީ (ދ.ރ.ކާޑު ނަންބަރުA159040)، 06 މެއި 2012 ވަނަ ދުވަހުން ފެށިގެން 15
މުއްދަތަށް މީނާގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށްއެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
ޖުވައިނަލް ކޯޓަށް ހުށަހެޅުމުން
ފެމުން އެކޯޓުން ނެރުއްވާފައިވާ އަމުރެއްކަން އެނގެއެވެ.
02 ޖުވައިނަލް ކޯޓުގެ ނަންބަރު 2012
/
265-MD ކޯޓު އަމުރު ޕްރޮސިކިޔުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާފައިވާ ފޯމުގައި ތިން
ފާހަގަކޮށްފައިވެއެވެ. އޭގެ ތެރެއިން:
ފުރަތަމަ ނުކުތާއަކީ: މުޙައްމަދު މާހީން ޝާފީގެ މައްޗަށް ކުރެވިފައިވާ ތުހުމަތަކީ
ޤަޞްދުގައި މީހަކު މަރާލުންކަމަށްވެފައި، މިފަދަ މައްސަލައެއްގައި މީނާ ގޭބަންދަށް ބަދަލުކޮށްފިނަމަ،
މުޖުތަމަޢުގެ ސަލާމަތާ ރައްކާތެރިކަމަށް ނޭދެވޭ އަސަރެއް ކޮށްފާނެކަމުގެ ފުރުޞަތު އޮތްއިރު މިކަމަށް
ccc
0.433
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން 3325019، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
3
2012/HC-A/j32
ނިމުނު ގޮތުގެ ރިޕޯޓް
ރިޢާޔަތް ނުކުރައްވާ
ރައްވާ މީނާ ގޭބަންދަށް ބަދަލުކުރުމަށް ޖުވައިނަލް ކޯޓުން ނިންމަވާފައިވުންކަމަށް ބުނެ
ފާހަގަކޮށްފައިވާ ނުކުތާއެވެ.
0
ދެވަނަ ނުކުތާއަކީ: މުޙައްމަދު މާހީން ޝާފީ ފުލުހުންގެ ބަންދުން ދޫކޮށްލައިފިނަމަ
ހެކި ފޮރުވަން މަސައްކަތް ކޮށްފާނެތީއާ، ހެކިބަސްދޭން ތިބި ހެކީންނަށް ނުފޫޒު ފޯރުވަފާނެކަމުގެ އިހުތިމާލު
އޮތްއިރު، އެކަމަށް ރިޢާޔަތް ނުކުރައްވާ މުޙައްމަދު މާހީން ޝާފީ ގޭ ބަންދަން ބަދަލުކުރުމަށް ޖުވައިނަލް
ކޯޓުން ނިންމަވާފައިވާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް އަމުރު
ނެރުއްވާފައިވާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
03 ޖުވައިނަލް ކޯޓުގެ ނަންބަރު 2012
/
265-MD ކޯޓު އަމުރަށާއި، ޕްރޮސިކިޔުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން
ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަ ކުރެވެއެވެ.
(ހ) އިސްވެ ބަޔާން ކުރެވުނު ޖުވައިނަލް ކޯޓުގެ ނަންބަރު 2012
/
265-MD ކޯޓު
އަމުރަކީ، 19 ފެބްރުއަރީ 2012 ވަނަ ދުވަހުގެ 01:05 ހާއިރު، އަމީނީމަގު، ފިނޭންސް މިނިސްޓްރީ
ކުރިމަތީގައި އޮންނަ ކޮޅުބެދިފައިވާ ގޯޅިގަޑުގެ ތެރޭގައިހުރި ގ.ވޭރުދކ.މާލެ، ޢަބްދުލްމުޙީތު (21އ) އަށް
ތޫނު ހަތިޔާރުން ޙަމަލާ ދިނުމުގައި، އިތުރު ބަޔަކާއެކު މުޙައްމަދު މާހީން ޝާފީ ބައިވެރިވާކަމުގައި
ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ޖުވައިނަލް ކޯޓުން ނެރުއްވާފައިވާ އަމުރެއްކަމާއި، އަދި މިއަމުރަކީ
އެމައްސަލައާއި ގުޅިގެން މުޙައްމަދު މާހީން ޝާފީގެ މައްޗަށް ނެރުއްވާފައިވާ 05 ވަނަ އަމުރުކަން
ހުށަހެޅިފައިވާ ލިޔުންތަކުން އެނގޭކަމާއި، އެމައްސަލައާއި ގުޅިގެން ކުރިން ނެރުއްވާފައިވާ 04
އަމުރުގައިވެސް މުޙައްމަދު މާހީން ޝާފީ ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް
ކުރިމަތިވެދާނެކަމަށް ފެންނާތީއާއި، ހެކި ފޮރުވާ، ހެއްކަށް ނުފޫޒު ފޯރުވަ ފާނެކަމަށް ފެންނާތީ
08
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325019، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2012/HC-A/j32
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި މުޙައްމަދު މާހީން ޝާފީ ބަންދު ކޮށްފައި ބެހެއްޓުމަށް
އަމަރުކޮށްފައިވާކަން އެނގޭކަމާއި،
ނަމަވެސް އިސްތިއުނާފު މިކުރެވޭ ޖުވައިނަލް ކޯޓުގެ ނަންބަރު 2012
/
265-MD ކޯޓު
އަމުރުގައިވަނީ، މުޙައްމަދު މާހީން ޝާފީ ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް
ކުރިމަތިވެދާނެކަމަށް ފެންނާތީއާއި، ހެކި ފޮރުވާ، ހެއްކަށް ނުފޫޒު ފޯރުވަ ފާނެކަމަށް ފެންނާތީ، 15
ދުވަހުގެ މުއްދަތަށް މއ.ދުއްލިސާ ގޭގައި ބަންދުކޮށްފައި ބެހެއްޓުމަ އަމުރުކުރައްވާފައި ކަމާއި،
ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކުރާ އިސްތިއުނާފު ބިނާކޮށްފައިވާ މައިގަޑު އަސާސަކީވެސް
އެއްކަން ފާހަގަކުރެވެއެވެ.
(ށ) މައްސަލައެއް ތަޙްޤީޤުކުރެވެމުން ދާއިރުވެސް އަދި ޝަރީޢަތަށް ހުށަހެޅިފައިވާ
މަރުޙަލާގައިވެސް، ތަޙްޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ
މީހެއް ނޫންކަމާއި، އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ
ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
49 ވަނަ މާއްދާއާއި
އިދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5
ސަބަބުންކުރެ ސަބަބެއް އެމީހެއްގެ ކިބާގައި ފުރިހަމަވެފައި ވޭތޯކަމާއި، އެއިން ސަބަބެއް
ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން
ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަން
ފާހަގަކުރެވެއެވެ.
(ނ) ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި،
ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަން އޮތް މިންވަރަށާއި، އަދި އެޙާދިސާ ތަޙްޤީޤުކުރުމުގައި ހުރީ ކިހާ
މިންވަރެއްގެ ގޮންޖެހުން ތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބައިކަމާއި،
COC>
UCO
J
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325019، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޝައްކުކުރެވޭ
5
2{012/HC-A/132
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ
އަދަބަކީ ކޮބައިކަމާއި، މީހާ ފިލާފާނެ ކަމުގެ ބިރުއޮތީ ކިހާވަރަކަށް ކަމާއި، އަދި
ހެކިތަކާކުޅު ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް
ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން އެނގެއެވެ.
(ބ) ޝަރީޢަތަށް ހުށަހެޅިފައިވާ މުޙައްމަދު މާހީން ޝާފީ ގެ ރިކޯޑުތަކަށް ބަލާއިރު،
މީނާގެ މައްޗަށް މިހާތަނަށް 05 މައްސަލައެއް ހުށަހެޅި އެމައްސަލަތައް މޯލްޑިވްސް ޕޮލިސް
ސާރވިސްގައި ތަޙްޤީޤު ކުރެވި އޭގެ ތެރެއިން ބައެއް މައްސަލަ ޝަރީޢަތަށް ހުށަހެޅިފައިވާކަމާއި، އޭގެ
ތެރޭގައި މީހަކު މަރާލެވިދާފަދަ އެއްޗަކާއެކު ޣައިރުޤާނޫނީ އެއްވުމުގައި ބައިވެރިވުމުގެ މައްސަލައަކާއި،
މީހަކު މަރާލެވިދާފަދަ އެއްޗަކާއެކު މާރާމާރީ ހިންގުމުގެ މައްސަލައަކާއި، ޓެރަރިޒަމް ގެ މައްސަލައަކާއި،
ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ތުހުމަތު ކުރެވޭ މައްސަލައެއް ހިމެނޭކަމާއި، މިހާރު މުޙައްމަދު
މާހީން ޝާފީ ދުކުރެވިފައިވަނީ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ތުހުމަތުގައި ކަމާއި،
މިރެކޯޑުތަކަށް ބަލާއިރު، މީނާއަކީ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް
ކުރިމަތިވެދާނެ މީހެއްކަމަށް ޝަރީޢަތަށް ޤަބޫލުކުރެވެއެވެ.
(ޅ) އިސްތިއުނާފު ކުރެވިފައިމިވާ ޖުވައިނަލް ކޯޓުގެ ނަންބަރު 2012
/
265-MD
ކޯޓު އަމުރާ ގުޅޭ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 071523/MF "ބަންދުގެ މުއްދަތު
އިތުރުކުރުމަށް ހުށަހަޅާ ފޯމް" އަށް ބަލާއިރު، މިމައްސަލައާ ގުޅިގެން މުޙައްމަދު މާހީން ޝާފީ ބަންދުގައި
ނުވަތަ ހައްޔަރުގައި ބަހައްޓަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބޭނުންވާ މުއްދަތަކީ 15 (ފަނަރަ)
ދުވަސްކަން އެނގޭކަމާއި، ނަމަވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ފޯމަށް ބަލާއިރު، މިމައްސަލައާ ގުޅިގެން، ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުން
ގޮތަކީ ޖުވައިނަލް ކޯޓުގެ ނަންބަރު 2012
/
265-MD ކޯޓު އަމުރު
CCCC
4 89 4
ކޮންނަ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން 332519، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
6
jj2/HC-A/j32
6 ދ ތ
ه
مع سراسر
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ބާޠިލުކުރުމަށްފަހު، ޝަރީޢަތް ނިމެންދެން މުޙައްމަދު މާހީން ޝާފީ ބަންދުގައި
އެފޯމަށް
ބެލުމުން އެނގެން އޮންނާތީ، މިނުކުތާއަށް ބެލުމުގެގޮތުން ހައިކޯޓުން ބެލިބެލުމުން،
ތަޙްޤީޤު މަރުޙަލާގައި މީހަކު ބަންދުކުރެވޭނީ، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ
މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުންކުރެ ސަބަބެއް ފުރިހަމަވާކަމަށް ފަނޑިޔާރަށް
ޤަބޫލުކުރެވޭ ޙާލަތުގައި، ފަހަރަކު ގިނަވެގެން 15 (ފަނަރަ) ދުވަހަށްކަން އެޤަވާޢިދު ގެ 7 ވަނަ މާއްދާގެ
(ށ) އާއި (ނ) އަށް ބެލުމުން އެނގެން އޮތްކަމުގައިވިޔަސް، މައްސަލާގެ ތަޙްޤީޤު ނިމުމުން، ޝަރީޢަތުން
މައްސަލަ ނިމެންދެން މީހަކު ހައްޔަރުގައި ނުވަތަ ބަންދުގައި ބެހެއްޓޭނެ ޙާލަތު އެޤަވާޢިދުގެ 12 ވަނަ
މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާކަމާއި، އެއީ އެމީހެއްގެ މައްޗަށް ކުރެވެމުންދާ ތަޙްޤީޤު ނިމުމުން،
އެމީހެއްގެ މައްޗަށް ދަޢުވާ އުފުލޭވަރަށް ހެއްކާއި ޤަރީނާ ހުރުމާއެކު، އެ ޤަވާޢިދުގެ 7 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުންކުރެ ފުރިހަމަ ވެފައިވާކަމަށް ފަނޑިޔާރަށް
4
ސައެއް
ނޫންކަމާއި،
މިނުކުތާއާއި ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ކުރެވުނު ސުވާލަށް
ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޖަވާބު ދެމުން، މުޙައްމަދު މާހީން ޝާފީގެ މައްޗަށް
ތުހުމަތުކުރެވިފައިވާ، މިޤަޟިއްޔާގައި އިޝާރާތްކުރެވިފައިވާ މައްސަލާގައި ދަޢުވާ އުފުލޭވަރަށް ހެއްކާއި
ޤަރީނާ ހުރިކަމަށް އެއޮފީހަށް ފެންނާތީ، އެމައްސަލަ މިހާރުވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ކަމަށާއި،
ނަމަވެސް ކްރިމިނަލް ކޯޓަކީ އެމައްސަލާގެ އިޚްތިޞާޞް ލިބިގެން ވާކޯޓު ނޫންކަމަށް ޕްރޮސިކިޔުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން ބުނެފައިވާ ކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާއަށް މުހިންމުވާ
ނުކުތާއަކީ، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތީން،
މުޙައްމަދު މާހީން ޝާފީގެ މައްޗަށް ތުހުމަތު ކުރެވިފައިވާ އިޝާރާތްކުރެވުނު މައްސަލާގެ ތަޙްޤީޤު
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325019، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
1
2012/HC-A/132
އޭނާގެ
ދިވެހިރާއްޖޭގެ ހައިކޯޑު
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
މައްޗަށް ދަޢުވާ އުފުލޭވަރަށް
ހެއްކާ ޤަރީނާ ލިބިފައިވާކަމަށް ޕްރޮސިކިޔުޓަރ ޖެނެރަލް
ކަނޑައަޅާފައިވާކަން މައްސަލަބަލާ ފަނޑިޔާރަށް އެނގުންކަމާއި، ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން ހައިކޯޓުގެ މިޤަޟިއްޔާއާއި ގުޅިގެން ދައްކާފައިވާ ވާހަކައިން އެކަން ޝަރީޢަތަށް ރަގަޅަށް
ސާފުވެގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ.
އެހެންކަމުން މިމައްސަލާގައި މުޙައްމަދު މާހީން ޝާފީ ގެ މައްޗަށް
ތުހުމަތުކުރެވިފައިވާ ކުށުގެ ބާވަތަށާއި، މައްސަލާގެ ތަޙްޤީޤުގައި ލިބިފައިވާ ހެއްކާއި ޤަރީނާގެ މައްޗަށް
ބިނާކޮށް، މުޙައްމަދު މާހީން ޝާފީގެ މައްޗަށް ދަޢުވާ އުފުލުމަށް ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން ނިންމާފައިވާ ނިންމުމުންނާއި ޝަރީޢަތަށް ހުށަހެޅިފައިވާ ހެއްކާ ޤަރީނާއަށް ބަލާއިރު، "ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ
ޤަވާޢިދު" ގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތީން ޝަރީޢަތުން މައްސަލަ ނިމެންދެން
މުޙައްމަދު މާހީން ޝާފީ ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގެ ބޭނުންވާ ހުރިހާ ޝަރުތެއް
ފުރިހަމަވެގެންދާކަމާއި،
ނަމަވެސް މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ނަންބަރު MF071523 ބަންދުގެ
މުއްދަތު އިތުރު ކުރުމަށް ހުށަހަޅާ ފޯމް" އަށް ބަލާއިރު، ޖުވައިނަލް ކޯޓުގައި ފުލުހުންގެ ފަރާތުން
އެދިފައިވަނީ، މުޙައްމަދު މާހީން ޝާފީ، ހޯމް މިނިސްޓްރީ ކަނޑައަޅާ ތަނެއްގައި 15 ދުވަހުގެ މުއްދަތަށް
ބަންދުގައި ބެހެއްޓުމަށް އޭރު ޖުވައިނަލް ކޯޓުން ކުރައްވާފައިވާ އަމުރުގެ މުއްދަތު ހަމަވާތީ، އިތުރު 15
ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމުގެ
އަމުރަކަށް ކަމަށްވާތީ، ހައިކޯޓުގެ މިޤަޟިއްޔާގައި ރިޢާޔަތްކުރެވޭނީ މޯލްޑިވްސް ޕޮލިސް ސާރިވިސްގެ
ފަރާތުން ޖުވައިނަލް ކޯޓުގައި ހުށަހަޅާފައިވާ އެހުށަހެޅުމަށްކަމަށް މިމައްސަލަބެލި ފަނޑިޔާރުންނަށް
އިއްތިފާޤު ވެވިފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325019، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
2012/HC-A/132
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ވީމާ، ޖުވައިނަލް ކޯޓުގެ ނަންބަރު
2012
/
265-MD ކޯޓު އަމުރު
އިސްތިއުނާފުކުރުމަށް ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާގުޅިގެން ދެފަރާތުން ދައްކާފައިވާ ވާހަކައަށާއި، ހުށަހެޅިފައިވާ ލިޔުންތަކުގެ އަލީގައި އިސްވެ
ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތަކަށްޓަކައި، ޖުވައިނަލް ކޯޓުގެ ނަންބަރު
2012
/
265-MD ކޯޓު އަމުރުގައި މުޙައްމަދު މާހީން ޝާވީ 06 މެއި 2012 ގެ 16:31 ފެށިގެން
ގޭބަންދު (މއ.ދުއްލިސާ މާލެ) ގައި ބެހެއްޓުމަށް ކުރައްވާފައިވާ އަމުރަށް ބަދަލު ގެންނަންޖެހޭނެ
މިމައްސަލަބެލި ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވެއެވެ.
ކަމަށް
• ޙުކުމް
ހއ 22
92
9
ބަޔާންކުރުފާނު
ދޮރެމާއެކު،
0 0
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި އިވުނު ކަންކަން ބަޔާންކުރެވުނު
ންކުރެވުނު ގޮތަށް
ޖުވައިނަލް ކޯޓުގެ ނަންބަރު 2012
/
265-MD ކޯޓު އަމުރުގައި މއ.ދުއްލިސާ މާލެ،
މުޙައްމަދު ރާހިން ޝާފީ (ދ.ރ.ކާޑު ނަންބަރުA159040) ގޭގައި (މއ.ދުއްލިސާ މާލެ)
ބަންދުކުރުމަށް ނިންމަވާފައިވާ ނިންމެވުން ބާޠިލްކޮށް، ޖުވައިނަލް ކޯޓުގެ ނަންބަރު 2012
/
265-MD
ކޯޓު އަމުރުގައި ބަޔާން ކުރައްވާފައިވާ މުއްދަތަށް މުޙައްމަދު މާހީން ޝާފީ، މިނިސްޓްރީ އޮފް
ހޯމްއެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށް، މިމައްސަލަ ބެލި
ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325019، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv