ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-DM/03 ޤަޟިއްޔާގެ ޙުކުމް
1
2{11/HC-DM/03
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 03/HC
-
DM/2011
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އިބްރާހީމް ދަރީން ޢަލީ
* އައިޑީ ކާޑު ނަންބަރު: A094922
* ދާއިމީ އެޑްރެސް: ހުސްނުހީނާގެ ށ.ފީވައް
މިހާރުގެ އެޑްރެސް: މއ.މަލާޒް
• އިސްތިއުނާފް ރައްދުވި ފަރާތް:
ނަން: ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)
ދާއިމީ
އެޑްރެސް: ވެލާނާގެ
އައިޑީ ކާޑުނަންބަރު:
* މިހާރުގެ އެޑްރެސް: ވެލާނާގެ
*
• ރަޖިސްޓްރީ ތާރީޚް: 16 ޖުމާދަލްއާޚިރާ 1432
މެއި
ނިމުނު ތާރީޚް: 27 މުޙައްރަމް 1433
22 ޑިސެމްބަރ 2011
09
2011
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޢައްބާސް ޝަރީފް
ފަނޑިޔާރު ޢަލީ ސަމީރު
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު މުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-DM/03
ދަޢުވާގެ ޚުލާޞާ
މިއީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 37
ވަނަ މާއްދާގެ (ށ) ގެ ދަށުން ށ.ފީވައް ހުސްނުހީނާގެ އިބްރާހީމް ޝަހީން ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ އެޓަރނީ
ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
(l
2c22
މިއީ، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ ދަށުން
މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ އިން ހަދާފައިވާ "ޓޫރިސްޓް ރިޒޯޓު ކުއްޔަށްދީފައިވާ
މުއްދަތު އިތުރުކުރުމަށް ފީނެގުމާބެހޭ ގަވާއިދު" ގެ 8 ވަނަ މާއްދާ، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ
ޓޫރިޒަމާބެހޭ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 20/2010) ގެ 4 ވަނަ
މާއްދާއިން އިޞްލާޙުކޮށްފައިވާ ބުނެވިދިޔަ ޤާނޫނު ނަންބަރު 299 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) 8
ވަނަ މާއްދާގެ (ރ) އާ ތަޢާރުޒުވާކަމަށްބުނެ، ޓޫރިސްޓް ރިޒޯޓު ކުއްޔަށްދީފައިވާ މުއްދަތު އިތުރުކުރުމަށް
ފީނެގުމާބެހޭ ގަވާއިދުގެ 8 ވަނަ މާއްދާއަކީ ޤާނޫނު ނަންބަރު 2/99 ގެ 8 ވަނަ މާއްދާގެ (ރ) އާއި ޚިލާފު
މާއްދާއެއްކަމަށް ކަނޑައަޅައިދިނުމަށް އެދި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)
ގެ 37 ވަނަ މާއްދާގެ (ށ) ގެ ދަށުން، ށ.ފީވައް ހުސްނުހީނާގެ އިބްރާހީމް ޚަހީން ޢަލީގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
(2
ށ.ފީވައްހުސްނުހީނާގެ އިބްރާހީމް ޛަހީން ޢަލީގެ ފަރާތުން ހުށަހަޅާފައިވާ
ދުސްތޫރީ ދަޢުވާ ހުށަހަޅާ މައިގަނޑު ސަބަބަކީ މިނިސްޓްރީ އޮފް ޓޫރިޒަމްއިން ހަދާފައިވާ "ޓޫރިސްޓް ރިޒޯޓު
ކުއްޔަށްދީފައިވާ މުއްދަތު އިތުރުކުރުމަށް ފީނެގުމާބެހޭ ގަވާއިދު" ގެ 8 ވަނަ މާއްދާއަކީ ޤާނޫނު ނަންބަރު 2199
(ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 4 ވަނަ މާއްދާއިން
އިޞްލާޙުކޮށްފައިވާ ބުނެވިދިޔަ ޤާނޫނު ނަންބަރު 2199 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 8 ވަނަ
<< O
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު މުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
3
2011/HC-DM/3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
404
042
149
މާއްދާގެ (ރ) އާ ތަޢާރުޟުވާ މާއްދާއެއްކަމަ
ދިއެއްކަމަށްވާތީ، ޤާނޫނަކުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދެއްގެ
ޤާނޫނަކާ ތަޢާރުޟުވާނަމަ އެ ގަވާއިދަކަށް ޢަމަލު ކުރަން ނުޖެހޭނެކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
22 22
(3
ށ.ފީވައްޤުހުސްނުހީނާގެ އިބްރާހީމް ޚަހީން ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް ހުށަހެޅި އިސްވެބަޔާން ކުރެވުނު ނުކުތާއަށް ޖަވާބުދާރީ ވުމުގެ ގޮތުން،
އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ޤާނޫނު
ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 8 ވަނަ
މާއްދާގެ ނައް ޞަށް ބަލާއިރުގައި، އެ މާއްދާގެ މާނަ ވަރަށް ޞަރީޙަކޮށް ހާމަވެގެންދާކަމަށާއި، އެއީ އެ
ޤާނޫނުގެ 8 ވަނަ މައްދާގެ (ރ) ގައި އެ މާއްދާގެ (ނ) ގައި ކަނޑައަޅާފައިވާ ފީ ދައްކާނީ އިތުރުކުރެވޭ
މުއްދަތުގެ މައްޗަށް ބަހާލައިގެން އަހަރަކަށްޖެހޭވަރު އެއަހަރަކަށް ދައްކާ ޚަލާސްކުރާ
ގޮތަށްކަމުގައި
ބަޔާންކޮށްފައިވީ ނަމަވެސް އެ މާއްދާގެ (ރ) ގެ ދަށުން ފީ ނަގަން ފަށަން ޖެހޭނީ ކޮން ތާރީޚެއްގައިކަމެއް
ކަނޑައެޅިގެން ބަޔާންކޮށްފައި ނޯންނާތީކަމަށާއި، ޤާނޫނެއް މާނަކުރުމުގައި ނޫނީ ޤާނޫނަކުން ދިމާވެއްޖެ
ހުސްކަމެއްގައި ރިޢާޔަތް ކުރަން ޖެހޭނީ ޤާނޫނު ނަންބަރު 4/2011 (މާނަ ކުރުމުގެ ހަމަތައް ބަޔާންކުރުމުގެ
ޤާނޫނު) އަށްކަމަށާއި، އިސްވެ ބަޔާންކުރެވުނު ޤާނޫނުގެ 6 ވަނަ މާއްދާގައި ކަނޑައެޅިގެން ވަކި
ނުވަތަ ވަކި ޖުމްލައެއް ބޭނުންކޮށްފައިވާ ގޮތަށް ބަލާއިރު އެ ޤާނޫނެއް ފާސްކުރުމުގައި ގެންގުޅުއްވާފައިވާ
މަޤްސަދާ އެއްގޮތްވާގޮތުގެ މަތިން އެ އިބާރާތެއް ނުވަތަ އެ ޖުމްލައެއް މާނަކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައި
ހިނަކަމަށާއި، ޤާނޫނު ނަންބަރު 4/2011 ގެ 17 ވަނަ މާއްދާގައި ޤާނޫނެއް މާނަ ކުރުމުގައި އެ ޤާނޫނެއް
އެކުލަވާލި މަޤްސަދަށް ނުވަތަ އެ ޤާނޫނަކުން ޙާސިލުކުރަން ބޭނުންވާ އަމާޒުތައް ޙާސިލުވާނެ ގޮތަކަށް
މާނަކުރުމަށް އިސްކަންދޭންވާނެކަމަށް ބަޔާންކޮށްފައި އޮންނަކަން ފާހަގަކުރާކަމަށާއި، މިހެންކަމުން ޓޫރިސްޓް
ރިޒޯޓު ކުއްޔަށްދީފައިވާ މުއްދަތު އިތުރުކުރުމަށް ފީނެގުމާބެހޭ ގަވާއިދަކީ ޕަބްލިކް ޕޮލިސީ ކޮންސިޑެރޭޝަނަށް
ކޮށްފައިވާކަމެއްކަމަށާއި، އެއީ އެ ފައިސާއިން ދައުލަތުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެންމެހައި
އަސާސީ ޚިދުމަތްތަކާއި، އެހީތަކާއި، ލުއިފަސޭހަތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށާއި، މި
މުޢާމަލާތަކީ ސަރުކާރާއި ރިޒޯޓު ކުއްޔަށް ހިފައިގެން އުޅޭ ފަރާތްތަކާއި ދެމެދު ކުރެވޭ މަދަނީ މުޢާމަލާތެއްކަން
ފާހަގަކޮށްފައިވެއެވެ.
އަ@ރeއ
0x ފ ދ ތޛު
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-DM/03
(4
މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި
ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ
ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 2 ވަނަ
އިޞްލާޙު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 20/2010) ގެ 4 ވަނަ މާއްދާއިން ބުނެވިދިޔަ
ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 8 ވަނަ މާއްދާއަށް ގެނައި
އިޞްލާޙުގައި، އެ މާއްދާގެ (ރ) ގައި ބުނެފައިވަނީ "މި މާއްދާގެ (ނ) ގައި ކަނޑައަޅާފައިވާ ފީ
ދައްކާނީ އިތުރު ކުރެވޭ މުއްދަތުގެ މައްޗަށް ބަހާލުމަށްފަހު އަހަރަކަށް ޖެހޭވަރު އެ އަހަރަކު ދައްކާ
ޚަލާސްކުރާ ގޮތަށް.." ކަމާއި، އެ މާއްދާގެ (ބ) ގައި އެ ޤާނޫނު ފާސްވެ ދިވެހި ސަރުކާރުގެ
ގެޒެޓުގައި ޝާއިޢުކުރާއިރު ހިންގަމުންދާ ރަށްރަށް ނުވަތަ ބިންބިމުގެ މުއްދަތު އިތުރުކުރުމަށް އެރަށް
ނުވަތަ އެބިން ކުއްޔަށް ހިފާފައިވާ ފަރާތުން ބޭނުންވެއްޖެނަމަ، މީލާދީ 18 (އަށާރަ) މަސް ދުވަހުގެ
ތެރޭގައި މުއްދަތު އިތުރުކޮށް ނިންމަންވާނެކަމަށް ބުނެފައިވާކަމާއި، އަދި ހަމަ އެ މާއްދާގެ (ޅ) ގައި އެ
ޤާނޫނު ފާސްވެ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާއިރު ހިންގަން ފެށިފައި ނުވާ ރަށްރަށް ނުވަތަ
ބިންބިމުގެ މުއްދަތު އިތުރުކުރުމަށް އެ ރަށް ނުވަތަ އެ ބިން ކުއްޔަށް ހިފާފައިވާ ފަރާތުން
ބޭނުންވެއްޖެނަމަ، މީލާދީ 36 (ތިރީސް ހައެއް) މަސް ދުވަހުގެ ތެރޭގައި މުއްދަތު އިތުރުކޮށް
ނިންމަންވާނެކަމަށް ބުނެފައިވާކަމާއި، އެ މާއްދާގެ (ށ) ގައި އެ މާއްދާގެ (ބ) އާއި (ށ) ގައިވާ ގޮތުގެ
މަތިން، މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާ ފަރާތްތަކަށް 4 (ހަތަރެއް) މަސް ދުވަހުގެ ތެރޭގައި
ޓޫރިޒަމާބެހޭ މިނިސްޓްރީއިން އެކަން ކޮށްދޭންވާނެކަމަށް ބަބާ
ބަޔާންކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ޓޫރިސްޓް ރިޒޯޓު ކުއްޔަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް ފީނެގުމާބެހޭ ގަވާއިދަކީ
ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 8 ވަނަ މާއްދާގެ ދަށުން، ޓޫރިސްޓް
ރިޒޯޓު ހެދުމަށް ދޫކޮށްފައިވާ ރަށްރަށާއި ބިންބިން ކުއްޔަށް ދީފައިވާ މުއްދަތު، ކުއްޔަށް ދީފައިވާ
ތާރީޚުން ފެށިގެން ގިނަވެގެން 50 އަހަރަށް އިތުރުކުރުމަށްޓަކައި ޤާނޫނު ނަންބަރު 2/99 ގެ 8 ވަނަ
ހައިޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު މުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
5
2011/HC-DM/03
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މާއްދާގެ (ނ) ގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން މުއްދަތު އިތުރުކޮށްދިނުމުގެ ފީ ނަގާނެ އުސޫލު
ކަނޑައެޅުމަށްޓަކައި އެ ޤާނޫނުގެ 49 ވަނަ މާއްދާއިން ބާރުލިބިގެން ހަދާފައިވާ ގަވާއިދެއްކަމަށް އެ
ގަވާއިދުގެ 1 ވަނަ މާއްދާގެ (ހ) އިން އެނގެން އޮތް އިރު، އެ ގަވާއިދުގެ 8 ވަނަ މައްދާގައި
"މިގަވާއިދުގެ ދަށުން، ޓޫރިސްޓް ރިޒޯޓު ހެދުމަށް ކުއްޔަށް ދީފައިވާ ރަށެއް ނުވަތަ ބިމެއް
ކުއްޔަށްދީފައިވާ މުއްދަތު އިތުރުކޮށްދެވޭނީ، ޤާނޫނު ނަންބަރު 2/99 ގެ 8 ވަނަ މާއްދާގެ (ނ) ގައި
ބުނެފައިވާ ފީ ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ދެއްކުމުން" ކަމަށް ބަޔާންކުރެވިފައިވާކަމާއި، މި މާއްދާ
މިހެން އޮތުމުން ޤާނޫނު ނަންބަރު 2/99 ގެ 8 ވަނަ މާއްދާގެ (ނ) ގައި ބުނާ އިތުރުކުރެވޭ ކޮންމެ
އަހަރަކަށްޖެހޭ -/100,000 (އެއްލައްކަ އެމެރިކާ ޑޮލަރުގެ ފީ، އެ ޤާނޫނުގެ (ރ) ގައި ބުނެފައިވާ
ފަދައިން އިތުރުކުރެވޭ މުއްދަތުގެ މައްޗަށް ބަހާލުމަށްފަހު އަހަރަކަށް ޖެހޭވަރު އަހަރެއްގައި ދެއްކުމުގެ
ބަދަލުގައި، އިތުރުކުރެވޭ މުއްދަތަށް ޖުމްލަ ދައްކަންޖެހޭނެ ފައިސާ އެއްކޮށް އެއްފަހަރާ ދައްކާ
ޚަލާސްކުރަން ޖެހޭނެކަމަށް މި މާއްދާއިން ދޭހަވާކަމާއި، އަދި މި މާއްދާގެ ދަށުން ޢަމަލުކުރަން
ޖެހޭނީވެސް، އަދި މިހާތަނަށް ޢަމަލުކުރެވިފައިވަނީވެސް، އެގޮތަށްކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާ ވާހަކަތަކުން އެނގޭކަމާއި،
އެއީ ޤާނޫނު ނަންބަރު 2/99 ގެ 8 ވަނަ މާއްދާގެ (ރ) ގައި އިތުރު ކުރެވޭ މުއްދަތަށް ބަހާލައިގެން
ކޮންމެ އަހަރަކަށް ޖެހޭވަރެއް އެއަހަރަކު ދައްކާ ޚަލާސްކުރާގޮތަށް ބަޔާންކޮށްފައި އޮތްނަމަވެސް، އެގޮތަށް
ޢަމަލުކޮށްފިނަމަ، އެ މާއްދާގެ އެހެން އަކުރުތަކާއި ތަޢާރުޟުވާކަމަށާއި، އެގޮތުން އެ މާއްދާގެ (ނ)
ގައި ބުނެފައިވަނީ ފީ ނެގުމަށްފަހު މުއްދަތު އިތުރުކުރެވޭނެކަމަށާއި، ހަމަ އެ މާއްދާގެ (ބ) އާއި (ށ)
ގެ ދަށުން މިހާރު ހިންގަމުން އަންނަ ރަށްރަށާއި ބިންބިމާއި އަދި މިހާރު ހިންގަންފަށާފައިނުވާ
ރަށްރަށާއި ބިންބިމަށް މުއްދަތު އިތުރުކުރަން ބޭނުންވާނަމަ އެކަމަށް ވަކި މުހުލަތެއް ދެވިފައިވާކަމީ،
މުއްދަތު އިތުރުކުރުމަށް ދައްކަންޖެހޭ ފީ އެއްފަހަރާ ދެއްކުމުގެ ހުއްޖަތެއްކަމަށާއި، އަދި ހަމަ އެ މާއްދާގެ
(ށ) ގައި މުއްދަތު އިތުރުކޮށްދިނުމަށް ފަރާތަކުން ހުށަހަޅާތާ 4 (ހަތަރެއް) މަސް ދުވަހުގެ
ތެރޭގައި ޓޫރިޒަމާއިބެހޭ މިނިސްޓްރީއިން އެކަންތައްތައްކޮށް ނިންމަދޭންޖެހޭކަމަށް އޮތުމަކީވެސް މުއްދަތު
އިތުރުކުރުމަށް ދައްކަންޖެހޭ ޖުމްލަ ފީ އެއްފަހަރާ ނެގުމުގެ ހުއްޖަތެއްކަމަށް އެޓަރނީ ޖެނެރަލްގެ
އޮފީހުގެ ފަރާތުން ބުނެފައިވީނަމަވެސް،
22&
2 2 22
24
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-DM/03
of
(heirarchy
ގެ
/
<< O
ތަދައްރުޖުލް ޤުވާނީން (laws
މައްދައަށް
ރިޢާޔަތްކުރާއިރު، ޤާނޫނުތައް ދަރަޖަކުރުމުގައި އެންމެ އިސް އެއްޗަކީ ޤާނޫނުއަސާސީކަމާއި، އެއަށްފަހު
ދަރަޖައިގެ ގޮތުން އިސްކަން ލިބިފައިވަނީ ޤާނޫނުތަކަށްކަމާއި، ޤާނޫނަށްފަހު އަންނާނީ ގަވާއިދުތައްކަމީ
ޤާނޫނީ ޢިލްމުވެރިންގެ މެދުގައި ޚިލާފުވުމެއް ނެތް ކަމަކަށް ވާއިރު، އިސްވެ ބަޔާންކުރެވުނު ތަރުތީބުގެ
ދަށުން ޤާނޫނެއްވިޔަސް އަދި ގަވާއިދެއްވިޔަސް ހަދަންވާނީ އޭގެ ދަރަޖައިގެ ގޮތުން މަތީގައިވާ އެއްޗަކާއި
ތަޢާރުޟު ނުވާގޮތެއްގެ މަތިންކަން ޤާނޫނީ މަސްދަރުތަކުންނާއި ޤާނޫނީ ޢިލްމުވެރިންގެ ބަހުން އެނގި
ސާބިތުވާތީ، ޤާނޫނެއްގެ ދަށުން ހެދިފައިވާ ގަވާއިދެއް، އެ ގަވާއިދު ހެދުމަށް ބާރު ލިބިދިން ޤާނޫނާއި
ނުވަތަ އެހެންވެސް ޤާނޫނަކާއި ޚިލާފުވާގޮތަށް ނުވަތަ ތަޢާރުޟުވާގޮތަށް އޮތުމަކީ ޤާނޫނީ އުސޫލުތަކާއި
ޚިލާފު، އަދި އެ ތަޢާރުޟުވާ މިންވަރެއް ބާޠިލުވާނެކަމެއްކަމާއި، މިކަންކަމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 14/HC-DM/2008 ޤަޟިއްޔާގައިވެސް ފާހަގަކޮށްފައިވާ ކަންކަންކަމާއި،
އެގޮތުން، ޓޫރިސްޓް ރިޒޯޓު ކުއްޔަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް
ފީނެގުމާބެހޭ ގަވާއިދަކީ ކަނޑައެޅިގެން ޤާނޫނު ނަންބަރު 2199 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު)
ގެ 8 ވަނަ މާއްދާއާ ހާވާލާދީ އަދި ޚާއްސަކޮށް އެ މާއްދާގެ (ނ) ގެ ދަށުން ނެގުމުގެ އުސޫލު
ކަނޑައެޅުމާބެހޭ ގަވާއިދެއްކަމަށް އެ ގަވާއިދުގައި ބަޔާންކޮށްފައިވާއިރު، ޤާނޫނު ނަންބަރު 2/99 ގެ 8
ވަނަ މާއްދާގެ (ށ) ގައި ފީ ނެގޭނެ އުސޫލު ކަނޑައެޅިގެން ބަޔާންކޮށްފައިވާކަމާއި، އެއީ މުއްދަތު
އިތުރުކުރާ އަހަރުތަކުގެ މައްޗަށް ބަހާލައިގެން ކޮންމެ
އަހަރަކު އެއަހަރަކަށް ދައްކަންޖެހޭވަރު
ދެއްކުންކަމުގައިވާއިރު، ޓޫރިސްޓް ރިޒޯޓު ކުއްޔަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް ފީނެގުމާބެހޭ
ގަވާއިދުން ޤާނޫނު ނަންބަރު 2/9 އިން ލިބިދޭ ހައްޤުތައް ހަނިނުކުރެވޭނެކަމާއި، ގަވާއިދުގެ 8 ވަނަ
މާއްދާ ކަނޑައެޅިގެން ޤާނޫނު ނަންބަރު 2/99 ގެ 8 ވަނަ މާއްދާގެ (ރ) އާ ތަޢާރުޟުވާއިރު،
ގަވާއިދުގައި ބުނެފައިވާ ގޮތަށް ޢަމަލުކުރުމަކީ ތަދައްރުޖުލް ޤާވާނީންގެ މަބްދައާ ޚިލާފުކަމެއްކަން
ފާހަގަކުރެވެއެވެ.
ޤާނޫނު ނަންބަރު 2/99 ގެ 8 ވަނަ މާއްދާގެ (ރ) އަށް ޢަމަލުކުރަން ފަށައިފިނަމަ
އެ މާއްދާގެ އެހެން އަކުރުތަކާ ފުށުއަރާނެކަމާއި، އަދި އެގޮތުން ޤާނޫނު ނަންބަރުurlގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
7
2{11/HC-DM/03
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
14 2
(މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާއާއި 17 ވަނަ މާއްދާގެ ދަށުން
ޤާނޫނު ނަންބަރު 2/99 އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ މަޤްސަދަށް ރިޢާޔަތްކުރަން ޖެހޭނެކަމަށް
އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ފާހަގަކޮށްފައިވާއިރު،
ރައްޔިތުންގެ މަޖިލިހުގެ 2010 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ
ޖަލްސާއާއި 20 ވަނަ ޖަލްސާއާއި 21 ވަނަ ޖަލްސާގެ ޔައުމިއްޔާތަކަށް ނަޒަރުކުރާއިރު، ޤާނޫނު
ނަންބަރު 2/99 އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާޢީ ބަހުސްގައި، ޤާނޫނު ނަންބަރު
2199 އަށް ހުށަހެޅުނީ މައިގަނޑު ދެ އިޞްލާޙެއްކަމާއި، އެއީ، ޓޫރިސްޓް ރިޒޯޓު ގޮތުގައި
ތަރައްޤީކުރެވޭ ރަށްރަށާއި ބިންބިމުން ސަރުކާރަށް ކުލި ނެގުމުގެ މަފްހޫމް ތަޢާރުފު ކުރުމާއި، ކުލީގެ
މުއްދަތު 50 އަހަރަށް އިތުރުކުރުންކަން އެނގޭކަމާއި، މި ދެ އިޞްލާޙު ހުށަހެޅުނު މަޤްސަދަކީ
ފަތުރުވެރިކަމުގެ ސިނާޢަތު ފުޅާވެ ކުރިއަރަމުންދާއިރު ދެމެހެއްޓެނިވި ސިންޢަތަކަށް އެ ސިނާޢަތު
ބައްޓަން ކުރުމަށް ޤާނޫނަށް ގެންނަންޖެހޭކަމަށް ފެންނަ ބަދަލު ގެނައުމަށްކަމާއި، ފަތުރުވެރިކަމުން
ސަރުކާރަށް އިތުރު އާމްދަނީ ލިބޭނޭ ގޮތްތަކެއް ޤާނޫނު މެދުވެރިކޮށް ތަޢާރުފުކުރުންކަން އިސްވެ.
އިޝާރާތްކުރެވުނު ބަހުސްގައި ބައިވެރިވި މެންބަރުންގެ ވާހަކައިން އެނގޭކަމާއި، އެގޮތުން، 50
އަހަރަށް ކުލީގެ މުއްދަތު އިތުރުކުރަން ހުށަހެޅުމުގެ މައިގަނޑު މަޤްސަދަކީ ޓޫރިޒަމް ދާއިރާގައި ކުރެވޭ
އިންވެސްޓްމެންޓްތަކަކީ ބޮޑެތި އިންވެސްޓްމަންޓްތަކަކަށްވާއިރު، އެ އިންވެސްޓްމަންޓްތައް ކަވަރު
ކުރުމަށްޓަކައި އެ އިންވެސްޓްކުރާ ފަރާތަށް ޔަޤީންކޮށް ކަށަވަރުކޮށްދިނުންކަން ޤާނޫނު ނަންބަރު 2/99
އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި އެ މަޖިލިހުގެ މެންބަރުގެ
ވާހަކައިން އެނގޭކަމާއި،
ޤާނޫނު ނަންބަރު 2/99 އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު އެންމެ
ފުރަތަމަ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުނީ 3 މާރޗް 2010 ގައި ރައްޔިތުންގެ މަޖިލިހުގެ 2010
ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 3 ވަނަ ޖަލްސާގައިކަން އެނގޭކަމާއި، އެގޮތުން، އެންމެ ފުރަތަމަ އެ
ބިލު ހުށަހެޅުނުއިރު ޤާނޫނު ނަންބަރު 2/99 ގެ 8 ވަނަ މާއްދާއަށް އިޞްލާޙު ގެނައުމަށް ހުށަހަޅާފައި
އޮތީ 3 (ތިނެއް) އަކުރެއް ކަމާއި، އެގޮތުން، 8 ވަނަ މާއްދާގެ (ނ) ގައި އޮތީ "މި މާއްދާގެ (ށ) ގެ
ދަށުން މުއްދަތު އިތުރުކޮށްދެވޭނީ، މި ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް
3
ދިވެހިރާއްޖޭގެ
ހައިކޯއާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-DM/03
OLC
.ޑީ އިޞްލާޙު ހުށަހަޅަންޖެހުނު ސަބަބުކަމަށް ބަޔާންކޮށްފައިވަނީ، މުޅި މަޖިލިހުގެ ސަބްކޮމިޓީއިން
ކަލްޗަރއިން ހަދާ ގަވާއިދެއްގެ ބަޔާންކުރާ ހަމަތަކުގެ މަތިން، އެ މިނިސްޓްރީއިން ކަނޑައަޅާ ފީއެއް
ސަރުކާރަށް ދެއްކުމުންނެވެ" މިފަދައިންކަމާއި، ބުނެވިދިޔަ ގޮތަށް އޮތުމަކީ ރަނގަޅުކަމެއް ނޫންކަމަށް
ކުރިން އިޝާރާތްކުރެވުނު އިބްތިދާޢީ ބަހުސްގައި، ރައްޔިތުންގެ މަޖިލިހުގެ ބައެއް މެންބަރުން
ފާހަގަކޮށްފައިވާކަން އެ މަޖިލިހުގެ ޔައުމިއްޔާތަކުން އެނގެއެވެ.
19 އޭޕްރިލް 2010 ގައި އޮތް ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރުގެ 22
ވަނަ ޖަލްސާގައި ޤާނޫނު ނަންބަރު 2/99 އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ މުޅި މަޖިލިސް
އެކުގައި ކޮމިޓީއަށް ގެންގޮސްގެން ނިންމަންޖެހޭ ބިލެއްކަމަށް ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުން
ނިންމާފައިވާކަމާއި، ކުރިން ފާހަގަކުރެވުނު ފަދައިން، ޤާނޫނު ނަންބަރު 2/99 އަށް 2 ވަނަ އިޞްލާޙު
ގެނައުމުގެ ބިލު އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުނުއިރު އެ ބިލުގެ 8 ވަނަ މާއްދާގެ
(ނ) ގައި އޮތް ގޮތަށް މުއްދަތު އިތުރުކުރުމަށް ފީ ނެގުމާއިބެހޭ ކަންތައްތަކާއި ބެހޭ ގަވާއިދެއް ހެދުމަށް
މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރއަށް ދޫކޮށްލުމަކީ ރަނގަޅުކަމެއްކަމަށް ރައްޔިތުންގެ
މަޖިލިހުގެ ބައެއް މެންބަރުންނަށް ނުފެންނަކަން ފާހަގަކޮށްފައިވާކަމާއި، އެފަދަ ފީއެއް ނަގާނަމަ
ޤާނޫނުގައި ކަނޑައެޅިގެން ބަޔާންކުރަންވާނެކަމަށް ރައްޔިތުންގެ މަޖިލިހުގެ ބައެއް މެންބަރުން މި ބިލުގެ
އިބްތިދާޢީ ބަހުސްގައި ބުނެފައިވުމުން 8 ވަނަ މާއްދާގެ (ނ) އިޞްލާޙު ކުރުމަށް ރައްޔިތުންގެ
މަޖިލިހުގެ ގަވާއިދުގެ 83 ވަނަ މާއްދާގެ (ހ) ގެ ދަށުން ތިން މެންބަރަކު އިޞްލާޙު ހުށަހެޅިކަމާއި،
24 އޯގަސްޓް 2010 ގައި ބޭއްވި މުޅި މަޖިލިހުގެ ކޮމިޓީގެ 3 ވަނަ ބައްދަލުވުމުގައި، 8 ވަނަ
މާއްދާގެ (ނ) އަށް ހުށަހެޅިފައިވާ އިޞްލާޙުތަކުގެ ތެރެއިން ފާސްވީ މުއްދަތު އިތުރުކުރާ ކޮންމެ
އަހަރަކަށް -/100,000 (އެއްލައްކަ) އެމެރިކާ ޑޮލަރުގެ ފީއެއް ނަގާގޮތަށް ޤާނޫނުގައި ހިމެނުމަށް
ހުށަހެޅުނު އިޞްލާޙުކަމާއި، މި އިޞްލާޙު ފާސްވީ ކޮމިޓީއަށް ޙާޟިރުވެތިބި 73 މެންބަރުންގެ ތެރެއިން
65 މެންބަރުންގެ ވޯޓުންކަން އެނގޭކަމާއި،
8 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަކުރެއް އިތުރުކުރުމަށް ރައްޔިތުންގެ
މަޖިލިހުގެ ގަވާއިދުގެ 83 ވަނަ މާއްދާގެ (ނ) ގެ ދަށުން އިޞްލާޙެއް ހުށަހެޅުނުކަމާއި، އަދި މި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
9
2{11/HC-DM/03
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ތައްޔާރުކޮށްފައި އޮތް ރިޕޯޓުގައި ހިމަނާފައިވާ ބިލުގައި އޮންނަނީ އިތުރުކުރެވޭ މުއްދަތަށް އެ ހުރިހާ
ފައިސާއެއް އެއްފަހަރާ ދެއްކުންކަމަށް ވެފައި، މިކަމަކީ އެދެވިގެންވާ ކަމަކަށް ނުވާތީ، އަދި ބައެއް
ރަށްރަށް އަދިވެސް ތަރައްޤީ ކުރަމުންދާތީ އެއްފަހަރާ ފައިސާ ދެއްކުމަކީ ދަތިކަމެއްކަމަށްވާތީކަން، 23
އޯގަސްޓް 2010 ގައި ބޭއްވުނު މުޅި މަޖިލިހުގެ ކޮމިޓީގެ 2 ވަނަ ބައްދަލުވުމުގެ ޔައުމިއްޔާއިން
އެނގޭކަމާއި، ހުށަހެޅުނު މި އިޞްލާޙާއި ދެކޮޅަށް އެއް މެންބަރަކު ވާހަކަ ދައްކާފައިވާކަމާއި، އަދި
އެގޮތުން އެ މެންބަރު ފާހަގަކޮށްފައިވަނީ އިތުރުކުރެވޭ މުއްދަތު ގަންނަންޖެހޭނީ ދައްކަންޖެހޭ ފައިސާ
އެއްފަހަރާ ދައްކައިގެންކަމާއި އަދި އެއްފަހަރާ ފައިސާ ނުދެއްކޭނަމަ މިހާރު އެތަނަކަށް ލިބިފައިއޮތް
މުއްދަތު ހަމަވުމުން އެތަނެއް ދޫކޮށްލަންވީކަން ބުނެފައިވާކަމާއި، 8 ވަނަ މާއްދާގެ (ރ) މި ބިލަށް
އިތުރުކުރުމަށް ފާސްވެފައިވަނީ 24 އޯގަސްޓް 2010 ގައި ބޭއްވި މުޅި މަޖިލިހުގެ ކޮމިޓީގެ 3 ވަނަ
ޙާޟިރުވެތިބި 73 މެންބަރުންގެ ތެރެއިން 34 މެންބަރުންގެ ވޯޓުންކަން
ވ 79
299319ނ
02 2x 0 2
އެނގެނޭއްތުމެނެ،
ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 6
ވަނަ މާއްދާއާއި 17 ވަނަ މާއްދާގެ ދަށުން ޤާނޫނު ނަންބަރު 2/99 ގެ 8 ވަނަ މާއްދާ އިޞްލާޙު
ކުރަން ހުށަހެޅި މައިގަނޑު މަޤްސަދަކީ ކުރީގެ މުއްދަތު އިތުރުކުރުމުން އިންވެސްޓަރުންނަށްވެސް
އެފަރާތްތަކުގެ އިންވެސްޓްމަންޓްތަކާއި މެދު އިތުރު ޔަޤީންކަމާއި ކަށަވަރުކަން ލިބިދިނުންކަމާއި، 8 ވަނަ
މާއްދާގެ (ރ) އަށް ގެނެވުނު މި އިޞްލާޙުގެ މަޤުސަދަށް ރިޢާޔަތްކުރާއިރު، މި އަކުރު ޤާނޫނު ނަންބަރު
2199 އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލަށް އިތުރުކުރި ސަބަބަކީ، ރިޒޯޓުތަކުން ކުލީގެ މުއްދަތު
އިތުރުކުރުމަށް އެދޭއިރުގައި އިތުރުކުރާ ހުރިހާ އަހަރުތަކަށް ދައްކަންޖެހޭ ފައިސާ އެއްފަހަރާ ދައްކާ
ޚަލާސްކުރަން ޖެހޭގޮތަށް މުޅި މަޖިލިހުގެ ސަބްކޮމިޓީއިން ތައްޔާރުކޮށްފައިއޮތް ރިޕޯޓުގައި
ބަޔާންކޮށްފައިވާތީ، އެކަން ބަދަލުކޮށް، އެ ފައިސާ ދައްކަންޖެހޭނީ ކޮންމެ އަހަރަކަށް އެ އަހަރަކަށް ޖެހޭ
އަދަދުކަމަށް ކަނޑައެޅިގެން ޤާނޫނުގައި ޞަރީޙަ އިބާރާތުން ބަޔާންކުރުމުގެ މަޤްސަދުގައިކަމަށް
މައްސަލަބެލި ފަނޑިޔާރުންނަށް ޤަބޫލުކުރެވެއެވެ.
· · 2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029"ކްސް7a93ދިވެހި
އީމެއިލް [email protected]ވެބްސައިޓް: WW.highcourt.gov.mv
10
2{11/HC-DM/03
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޤާނޫނު ނަންބަރު 2/99 ގެ 8 ވަނަ މާއްދާގެ (ރ) ގައިވާ ގޮތަށް ޢަމަލުކުރާނަމަ
ހަމަ އެމާއްދާގެ (ނ)، (ބ)، (ކ) އަދި (ށ) އާ ތަޢާރުޟުވާކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ
ފަރާތުން ބަޔާންކޮށްފައިވީނަމަވެސް، އިސްވެ ފާހަގަކުރެވުނު ފަދައިން، ޤާނޫނު ނަންބަރު 2/99 އަށް 2
ވަނަ އިޞްލާޙު ގެނައުމުގެ ބިލު އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުނުއިރު 8 ވަނަ
މާއްދާގެ (ނ) ގައި ބަޔާންކުރެވިފައިއޮތީ މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރއިން
ހަދާ ގަވާއިދެއްގެ ދަށުން މުއްދަތު އިތުރުކުރަން އެދޭ ފަރާތްތަކުން ފީ އެއް ނެގޭނެކަން އެކަނިކަމާއި،
މިކަންތައްތައް ކުރާނެ ގޮތުގެ އެއްވެސް ތަފްޞީލެއް ބުނެވިދިޔަ ޤާނޫނަށް ގެންނަން ހުށަހެޅި
އިޞްލާޙުގައި ބަޔާންކުރެވިފައިނުވާކަމާއި، ޤާނޫނު ނަންބަރު 2/99 ގެ 8 ވަނަ މާއްދާގެ (ނ) މިހާރު
އޮތްގޮތަށް އޮތީ މުއްދަތު ތުރުކުރުމަށް ނެގޭނެ ފީއެއް ޤާނޫނުގައި ޞަރީޙަކޮށް ބަޔާންކުރުމުގެ
މަޤްސަދުގައިކަން ރައްޔިތުންގެ މަޖިލިހުގެ ޝިބިލާއި ގުޅޭ ޔައުމިއްޔާތަކުން އެނގޭކަމާއި،
އެގޮތުން، 8 ވަނަ މާއްދާގެ (ބ) އާއި (ށ) ގައި ކުރީގެ މުއްދަތު އިތުރުކުރުމަށް
ދެވިފައިވާ މުހުލަތުތަކުގެ ތެރޭގައި، މުއްދަތު އިތުރުކޮށް ނިންމަންވާނެކަމަށް ބުނާބުނުމުގައި، 23
އޯގަސްޓް 2010 ގައި ބޭއްވި މުޅި މަޖިލިހުގެ ކޮމިޓީގެ 2 ވަނަ ބައްދަލުވުމުގައި މި އިޞްލާޙު ހުށަހެޅި
މެންބަރުގެ ވާހަކައިން، މުހުލަތު ކަނޑައެޅިފައިވަނީ މުއްދަތު އިތުރުކުރަން ގަސްތުކުރާ ފަރާތްތަކަށް ވަކި
މުހުލަތެއްގެ ތެރޭގައި ކުރީގެ މުއްދަތު އިތުރުކުރަން ނިންމަން ފުރުސަތު ދިނުމަށްކަން އެނގޭކަމާއި، 8
ވަނަ މާއްދާގެ (ށ) އިތުރުކުރެވުނު ސަބަބަކީ ހަމަ އެ މާއްދާގެ (ނ) އާއި (ށ) ގައި ކުއްޔަށް
ހިފާފައިވާ ފަރާތްތަކުން މުއްދަތު އިތުރުކުރަން ބޭނުންވެއްޖެނަމަ
އެކަންކުރުމަށް މުހުލަތެއް
ކަނޑައެޅިފައިވުމުން އެކަންކޮށްދޭ ފަރާތްކަމުގައިވާ ޓޫރިޒަމާއިބެހޭ މިނިސްޓްރީއިންވެސް އިދާރީގޮތުން
ކުރަންޖެހޭ ކަންތައްތައް ކޮށްނިންމުމަށް މުހުލަތެއް ކަނޑައެޅުމުގެ މަޤްސަދުގައިކަން 8 ވަނަ މާއްދާގެ
(ކ) ހުށަހެޅި މެންބަރު 23 އޯގަސްޓް 2010 ގައި ބޭއްވި މުޅި މަޖިލިހުގެ ކޮމިޓީގެ 2 ވަނަ
ބައްދަލުވުމުގައި ދެއްކި ވާހަކައިން އެނގޭކަމާއި، އަދި އިސްވެ ބަޔާންކުރެވުނު މާއްދާތައް އެގޮތަށް
.މުގެ މަޤްސަދަކީ ކުރީގެ މުއްދަތު އިތުރުކުރުމަށް ނެގޭ ފީގެ ޖުމްލަ އެއްފަހަރާ ނަގަން ނިންމުމުގެ
ބިނާކޮށް ގެނެވިފައިވާ އިޞްލާޙުތަކެއްކަން އެނގެން ނެތްކަން ފާހަގަކުރެވުމުން،
ouc
92ތ04 4
22
دور ہو کر
02ލ0
މައްޗަށް ބނު
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-DM/03
ގެ
ޤާނޫނު ނަންބަރު 2/99
8 ވަނަ މާއްދާގެ (ރ) ގައިވާ ގޮތަށް
ޢަމަލުކޮށްފިނަމަ ހަމަ އެމާއްދާގެ (ނ)، (ބ)، (ކ) އަދި (ށ) ގައި ޙާޞިލުކުރަން ބޭނުންވާ
މަޤްސަދުތަކާއި ތަޢާރުޟުވާކަމަށް ބަލާނެ ތަނެއް ނެތްކަމަށް މައްސަލަ ބެލި ފަނޑިޔާރުންނަށް
ފާހަގަކުރެވެއެވެ.
OX
04 03
ވެއެވެ
OX
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ޓޫރިސްޓް ރިޒޯޓު
ދީފައިވާ މުއްދަތު އިތުރުކުރުމަށް ފީނެގުމާބެހޭ ގަވާއިދުގެ 8 ވަނަ މާއްދާއަކީ ޤާނޫނު ނަންބަރު 2/99
(ދިވެހިރާއްޖޭގެ
ރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ރ) އާ ޚިލާފު އަދި އެމާއްދާއާއި ތަޢާރުޟުވާގޮތަށް
އޮތް މާއްދާއެއްކަމަށްވުމުން، އެ މާއްދާއަކީ ތަދައްރުޖުލް ޤަވާނީންގެ މަބްދައާ ޚިލާފަށް އޮތް މާއްދާއެއްކަމާއި،
ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާއާއި 17 ވަނަ
މާއްދާގެ ދަށުން ޤާނޫނު ނަންބަރު 2/99 އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ މަޤްސަދަށް ރިޢާޔަތް
ކުރުމުންވެސް، 50 އަހަރު ދުވަހަށް ކުލީގެ މުއްދަތު އިތުރުކުރުމުގެ މަޤްސަދަކީ އިންވެސްޓަރުންނަށް އެ
ފަރާތްތަކުގެ އިންވެސްޓްމަންޓް ކަވަރު ކުރުމަށް ޔަޤީންކަމާއި ކަށަވަރުކަން ދިނުމުގެ ގޮތުންކުރިކަމެއް ކަމާއި، އެ
ޤާނޫނުގެ 8 ވަނަ މާއްދާގެ (ރ) އިތުރުކުރުމުގެ ބޭނުމަކީވެސް ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ ނެގޭނީ
މުއްދަތު އިތުރުކުރާ އަހަރުތަކުގެ މައްޗަށް ބަހާލައިގެން އެ އަހަރަކަށް ޖެހޭވަރު އެއަހަރަކު ދައްކައިގެންކަން
ޞަރީޙަކޮށް ޤާނޫނުގައި ބަޔާންކުރުމުގެ މަޤްސަދުގައިކަން ރައްޔިތުންގެ މަޖިލިހުގެ ކަމާއިބެހޭ ޔައުމިއްޔާތަކުން
އެނގެންއޮންނަކަމާއި، އަދި ޤާނޫނު ނަންބަރު 2/99 ގެ 8 ވަނަ މާއްދާގެ (ބ)، (ކ) އަދި (ކ) އަކީ،
މުއްދަތު އިތުރުކުރަން ބޭނުންވާ ފަރާތްތަކުންނާއި، ޓޫރިޒަމާއި ބެހޭ މިނިސްޓްރީން ކުރަން ޖެހޭ އިދާރީ
ނިންމުމަށް މުހުލަތުތަކެއް ކަނޑައަޅާފައިވާ އަކުރުތަކެއްކަމާއި، އެއަކުރުތަކަކީ ފީ ދެއްކުމުގައި
ޢަމަލުކުރަންޖެހޭ ގޮތް ބަޔާންކުރާ އަކުރުތަކެއް ނޫންކަމާއި، އެހެންކަމުން ޤާނޫނު ނަންބަރު 2/99 ގެ 8 ވަނަ
މާއްދާގެ (ރ) އަކީ ހަމަ އެމާއްދާގެ ދެންހުރި އަކުރުތަކާއި ޚިލާފު މާއްދާއެއްކަމަށް ބަލާނެ ޤާނޫނީ އަދި ޝަރުޢީ
ސަބަބުތަކެއް ނެތްކަމަށް މިމައްސަލަބެލި ފަނޑިޔާރުންނަށް ޤަބޫލުކުރެވެއެވެ.
ޅ ކ މތ xތ
ކަންތައްތައްކޮށް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު މުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
-32
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-DM/03
| 22 2 2 2 0 22
އާހހމާއެކު
މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ އިން ހަދާފައިވާ ޓޫރިސްޓް ރިޒޯޓު
ކުއްޔަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް ފީނެގުމާބެހޭ ގަވާއިދުގެ 8 ވަނަ މާއްދާއަކީ ޤާނޫނު ނަންބަރު 2/99
(ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު
20/2010) ގެ 4 ވަނަ މާއްދާއިން އިޞްލާޙުކޮށްފައިވާ ބުނެވިދިޔަ ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ
ޓޫރިޒަމާބެހޭ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް އޮތް މާއްދާއެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ
މައްސަލަބެލި ފަނޑިޔާރުން އިއްތިފާޤްވާތީ، މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ އިން
ހަދާފައިވާ ޓޫރިސްޓް ރިޒޯޓު ކުއްޔަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް ފީ ނެގުމާބެހޭ ގަވާއިދުގެ 8 ވަނަ
ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ
ޤާނޫނު (ޤާނޫނު ނަންބަރު 20/2010) ގެ 4 ވަނަ މާއްދާއިން އިޞްލާޙުކޮށްފައިވާ ބުނެވިދިޔަ ޤާނޫނު
ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ރ) އާ ޚިލާފު މާއްދާއެއްކަމަށް
ކަނޑައަޅައި، ޓޫރިސްޓް ރިޒޯޓު ކުއްޔަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް ފީ ނެގުމާބެހޭ ގަވާއިދުގެ 8 ވަނަ
މާއްދާ މި ހިނދުން ފެށިގެން ބާޠިލުކޮށް، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 8
ވަނަ މާއްދާގެ ދަށުން ކުލީގެ މުއްދަތު އިތުރުކުރާ ރަށްރަށާއި ބިންބިމަށް އެ މާއްދާގެ (ނ) ގައި ފީ
ދައްކަންޖެހޭނީ އެ މާއްދާގެ (ރ) ގައި ބުނެފައިވާގޮތުގެ މަތިންކަމަށް ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
0
010އ
39
ބުނާ
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ :
އަޒްމިރާލްދާ ޒާހިރު
(ފަނޑިޔާރު)
އައްބާސް ޝަރީފް
(ފަނޑިޔާރު)
ޢަލީ ސަމީރު
(ފުނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު މުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv