ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/117 ޤަޟިއްޔާގެ ޙުކުމް
l
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2010/HC-A/117
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓް
، ޤަޟިއްޔާ ނަންބަރ: 117/HC
-
A/2010
އިސްތިއުނާފު ކުރިފަރާތް.
ނަން: ޕްރޮސިކުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރ:
، ދާއިމީ އެޑްރެސް: ޕްރޮސިކުޓަރ ޖެނެރަލްގެ އޮފީސް
، މިހާރުގެ އެޑްރެސް: ޕްރޮސިކުޓަރ ޖެނެރަލްގެ އޮފީސް
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޙުސައިން ފަސީލް
އައިޑީ ކާޑު ނަންބަރ.
ދާއިމީ އެޑްރެސް: ފ.ވޭރު
މިހާރުގެ އެޑްރެސް: މ.ފަރިދުވެލި
A104461
*
ރަޖިސްޓްރީކުރެވުނު ތާރީޚް: 20 ޖުމާދަލް އޫލާ 1431
ނިމުނު ތާރީޚް: 22 ޛުލްޤައިދާ 1432
20 އޮކްޓޫބަރު 2011
20
2010
• އިސްތިއުނާފުކުރެވުނުޤަޟިއްޔާނަންބަރ: ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/1167 ޤަޟިއްޔާ
.ޤަޟިއްޔާގެ ބާވަތް: އޮރިޔާންކާޑުގެންގުޅުން.
• ނިންމެވިކޯޓް: ޖިނާއީކޯޓު
• ތާރީޚް: 6 ނޮވެމްބަރު
ބަރު 2009
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު އަޒްމިރާލްދާ ޒާހިރު ، ފުނޑިޔާރު ޢަބްދުއް ރައޫފް އިބްރާހީމް
ދިވެހިރާއްޖެ
2
2010HC-AT17
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ކުރެވުނު ނުކުތާތައް:
01- މިއީ، ޖިނާއީ ކޯޓުގެ ނަންބަރު:2009/JC/1167ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތާއިމެދު ހިތްހަމަ ނުޖެހިގެން، ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ
ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލިފައިވާ މައްސަލައެކެވެ.
02- އިސްތިއުނާފް މިކުރެވޭ ޖިނާއީ ކޯޓުގެ ނަންބަރު:2009/JC/1167ޤަޟިއްޔާ ގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ޕްރޮސެކިއިޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ގ.ވޭރު
(މ.ފުރިދުވެލި) ޙުސައިން ފަސީލު (އައި.ޑީ.ކާޑު ނަންބަރުA104461) ގެ މައްޗަށް ޤާނޫނު ނަންބަރު 4/75
(ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ޤާނޫނު) ގެ 04 ވަނަ މާއްދާގެ (ނ) އާއި ޙަވާލާދީ، އެޤާނޫނުގެ 13
ވަނަ މާއްދާގެ (ރ) ގެ ދަށުން ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާ ކުރުމުން
ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ބައްލަވައި ނިންމަވާފައިވަނީ، ޕްރޮސިކިޓުރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ކުޅަ އިސްވެ ބަޔާން ކުރެވުނު ދަޢުވާ ޝަރީޢަތުން ބެލިބެލުމުން، އެދަޢުވާއަކީ ޙުސައިން ފަޟީލުގެ މައްޗަށް
ދައުލަތުން ކޮށްފައިވާ އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ ދަޢުވާގެ ތެރޭގައި ހިމެނެންޖެހޭ ދަޢުވާއެއް ކަމުގައި
ބައްލަވައި، އެދަޢުވާއާއި އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ ދަޢުވާ ޝާމިލްކޮށް ޖިނާއީކޯޓުގެ
ނަންބަރު:2009/JC/168 ) ޤަޟިއްޔާ ގައި ޙުސައިން ފަސީލުގެ މައްޗަށް 03 (ތިނެއް) އަހަރު ދުވަހުގެ
މުއްދަތަށް ޖަލަށް ލުމަށް ޙުކުމް ކުރެވިފައިވުމާއެކު، ޖިނާއީ ކޯޓުގެ ނަންބަރު:2009/JC/1167ޤަޟިއްޔާ ބަލައި
ޙުސައިން ފަޟީލުގެ މައްޗަށް އަދަބު ކަނޑައަޅާނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވާފައިކަން އެޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓިން އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
03- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ޖިނާއީ ކޯޓުގެ ނަންބަރު:2009/JC/1167ޤަޟިއްޔާގައި
ޙުކުމް ކުރެއްވުމުން، އެ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް
ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރަމުން، އަންނަނިވި
ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ: އޮރިޔާ ކާޑް ގެންގުޅުމަކީ އޮރިޔާ ކާޑް އުފެއްދުމުގެ ތެރޭގައި ހިމެނޭކަމެއް
ކަމަށްވާތީ ކަމަށް ވިދާޅުވެ، ޙުސައިން ފަޟީލްގެ މައްޗަށް އޮރިޔާ ކާޑް ގެންގުޅުމުގެ ކުށުގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
201(HC-A117
3t
ނުވާކަމަށް ޙުކުމް ކުރައްވާފައިވާއިރު، ޙުސައިން ފަޟީލްގެ ކޮޓަރި ޗެކްކުރިކުރުމުގައި ފެނުނު ހާރޑް ޑިސްކް
ތަކެއްގައި ގިނައަދަދެއްގެ އޮރިޔާ މަންޒަރު ދައްކުވާދޭ ފޮޓޯއާއި ވީޑިއޯ ހުރި ކަމަށް އެތަކެތީގެ ޑިޖިޓަލް
އެވިޑެންސް އެނަލައިސިސް ރިޕޯރޓުން އެގެން އޮތުމާއި، ހާރޑް ޑިސްކްތަކުން ފެނުނު ފޮޓޯއާއި ވީޑިއޯ ތަކުގައި
ޙުސައިން ފަސީލް އުފެއްދި ތަކެތި ނޫނަސް އޮރިޔާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ހުރިކަން އެގެން
އޮތްއިރު މިކަމަށް ރިޢާޔަތް ނުކުރައްވާ މައްސަލަ ނިންމަވާފައިވުން ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ދެވަނަ ނުކުތާއަކީ: ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް މައްސަލަ ނިންމަވާފައިވުންކަމަށް
ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
04- މިމައްސަލައާއި ގުޅިގެން ޖިނާއީ ކޯޓުގެ ނަންބަރު:2009/JC/1167ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިމުނުގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ ޕްރޮސިކިއިޓަރ ޖެނެރަލްގެ
އޮފީހު ގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާ، އެނުކުތާތަކާ ގުޅިގެން ދެފަރާތުން
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް، މައްސަލައާއި ގުޅިގެން ދައުލަތުގެ ފަރާތުން
ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) އިސްތިއުނާފް ކުރެވޭ ޖިނާއީ ކޯޓުގެ ނަންބަރު:2009/JC/1167ޤަޟިއްޔާގައި ދައުލަތުގެ
ފަރާތުން ޙުސައިން ފަޟީލުގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ، ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ
ކުށުގެ ދަޢުވާކަމާއި، އެދަޢުވާއާއެކު ދައުލަތުގެ ފަރާތުން ޙުސައިން ފަޟީލުގެ މައްޗަށް ދިވެހިރާއްޖޭގައި
އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ ދަޢުވާ ވަކި ދަޢުވާއެއްގެ ގޮތުގައި ޖިނާއީކޯޓަށް ހުށަހަޅާފައިވާކަމާއި، އެއީ
އެކޯޓުގެ ނަންބަރު.2009/JC/1168 ޤަޟިއްޔާގައި ހުށަހަޅާފައިވާ ދަޢުވާކަ
ޢުވާކަމާއި، އެޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމުގައި، އިސްތިއުނާފް މިކުރެވޭ ޖިނާއީ ކޯޓުގެ ނަންބަރު:2009/JC/1167ޤަޟިއްޔާ ގައި ދައުލަތުން
ޙުސައިން ފަސީލުގެ މައްޗަށް ދަޢުވާ ކޮށްފައިވާ އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާއަކީ، އެކޯޓުގެ
ނަންބަރު:2009/JC/1168ޤަޟިއްޔާގައި ޙުސައިން ފަސީލުގެ މައްޗަށް ދަޢުވާކޮށްފައިވާ އޮރިޔާން ކާޑު
އުފެއްދުމުގެ ކުށުގެ ދަޢުވާގެ ތެރޭގައި ހިމެނޭ ކަމަކަށްވާތީ، އެކޯޓުގެ ނަންބަރު:2009/JC/1168ޤަޟިއްޔާގައި
ޙުސައިން ފަޟީލުގެ މައްޗަށް އަދަބު ކަނޑައަޅާފައި ވުމާއެކު، އިސްތިޢުނާފް މިކުރެވޭ ޖިނާއީ ކޯޓުގެ
ނަންބަރު:2009/JC/1167 ޤަޟިއްޔާގައި ޙުސައިން ފަސީލުގެ މައްޗަށް ދައުވާކޮށްފައިވާ އޮރިޔާން ކާޑު
443
ދިވެހިރާއްޖޭގެ
ހައިކޯ"
ge5
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.inv
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2013/HC-A/117
3 33 9
+++0ގ
ކުށަށް އަދަބު ކަނޑައަޅާނެ ތަނެއް ނެތްކަމަށް ޙުކުމް ކުރައްވާފައިކަން މި ދެޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގެ ދަށުން އިސްތިއުނާފް މިކުރެވޭ ޖިނާއީ ކޯޓުގެ
ނަންބަރު:2009/JC/1167ޤަޟިއްޔާގައި ދައުލަތުގެ ފަރާތުން އިސްތިއުނާފް ކުރާ މައިގަޑު
ނުކުތާވެސް
ބިނާކޮށްފައިވަނީ އެކަމުގެ މައްޗަށްކަމާއި، މިގޮތުން ޖިނާއީ ކޯޓުގެ ނަންބަރު:2009/JC/1168ޤަޟިއްޔާ ގައި
އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ ދަޢުވާ ކޮށްފައިވަނީ، ސީދާ އޭނާ އުފައްދާފައިވާ އެފަދަ ތަކެތި އޭނާއަތުން
ފެނިފައިވާތީ، އެކަމުގެ މައްޗަށް ބިނާކޮށްގެންކަމާއި، އަދި ޖިނާއީ ކޯޓުގެ ނަންބަރު:2009/JC/1167ޤަޟިއްޔާގައި
އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާކޮށްފައިވަނީ އޭނާ އުފެއްދި ތަކެތި ނޫން އެބާވަތުގެ އެހެންތަކެތި އޭނާ
އަތުން ފެނިފައިވާތީ ކަމުގައި ދައުލަތުގެ ފަރާތުން ބުނެފައިވާކަން ފާހަގަކުރެވެއެވެ.
(ހ) ޤާނޫނު ނަންބަރު4/
75 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) އަށް
ބަލާއިރު، އެޤާނޫނުގެ 04 ވަނަ މާއްދާގައި، "ތިރީގައި މިވާ ތަކެތި ދިވެހިރާއްޖެއަށް ގެނައުމާއި،
ދިވެހިރާއްޖޭގައި އުފެއްދުމާއި، ގެންގުޅުމާއި، ވިއްކުމާއި، ދިނުމާއި، ފެތުރުމަކީ، މުޅިން މަނާކަމެކެވެ"
މިފަދައިން ބަޔާން ކުރުމަށްފަހު، އެމާއްދާގެ (ނ) ގައި، ދިވެހިރާއްޖެއަށް ގެނައުން މުޅިން މަނާތަކެތި ލިސްޓް
ގެ (ނ) ގައި "އޮރިޔާން ކާޑު" ހިމަނާފައިވާކަން އެނގެން އޮންނަކަމާއި، މިގޮތުން އޮރިޔާން ކާޑު
ދިވެހިރާއްޖެއަށް ގެނައުމާއި، ދިވެހިރާއްޖެގައި އުފެއްދުމާއި، ގެންގުޅުމާއި، ވިއްކުމާއި، ދިނުމާއި، ފެތުރުމަކީ
މިޤާނޫނުގެ ދަށުން މުޅިގެން މަނާކޮށްފައިވާ ކަންތައްތައްކަމާއި، މިއިން ކަމެއް ކޮށްފިމީހަކު އެޤާނޫނުގެ ދަށުން
ކުށްވެރިވާނެކަން ސާފުކޮށް އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
(ނ) އިސްތިއުނާފް މިކުރެވޭ ޖިނާއީ ކޯޓުގެ ނަންބަރު:2009/JC/1167ޤަޟިއްޔާ ގައި
ދައުލަތުގެ ފަރާތުން ޙުސައިން ފަޟީލުގެ މައްޗަށް ކޮށްފައިވާ އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާއަށް
ޖިނާއީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އޭނާ އިންކާރު ކޮށްފައިވިޔަސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ
މިޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި، އެދަޢުވާއަށް އޭނާ އިޢުތިރާފުވެ، އެދަޢުވާގައި ބުނެފައިވާ ފަދައިން
ގިނަ ޢަދަދެއްގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ފިލްމް އޭނާއަތުން ފެނިފައިވާކަމަށް އޭނާ
އެއްބަސްވެފައިވާކަމާއި، އަދި އެފަދަ ޢަމަލުތައް އޭރު ކުރެވުނީތީ މިހާރު ހިތާމަ ކުރާކަމަށާއި، ބޭނުންވަނީ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2010/HC-A;117
ހ8
ކޗރުން
އެކުނަށް ކަނޑައެޅިފައިވާ އަދަބު ލިބިގަތުމަށްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ޙުސައިން ފަސީލު ބުނެފައިވާކަން ފަހަގަކުރެވެއެ
.
(ރ) ޙުސައިން ފަޟީލުގެ ކުށުގެ ރެކޯޑު ސާފްކުރިއިރު، އޭނާގެ މައްޗަށް ތަފާތު ކުށްތައް
ސާބިތު ވެފައިވާކަމާއި، އޮރިޔާން ކާޑު ގެންގުޅުމުގެ ކުށް މީގެ ކުރިން ސާބިތު ވެފައި ނުވާކަން
ފާހަގަކުރެވެއެވެ.
ދެންފަހެ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކަށް ރިޢާޔަތްކޮށް ބަލާއިރު،
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޖިނާއީ ކޯޓުގެ ނަންބަރު:2009/JC/1167ޤޟިއްޔާ ގައި ގ.ވޭވަރު
(މ.ފަރިދުވެލި) ޙުސައިން ފަސީލު ގެ މައްޗަށް ކޮށްފައިވާ ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ
ދަޢުވާއަށް އޭނާ އެކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިންކާރު ކޮށްފައިވިޔަސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ
މިޤަޟިއްޔާއާއި ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އެކުރަށް ސާފުބަހުން އިޢުތިރާފް
ވެފައިވާކަމަށްޓަކައި، ޤާނޫނު ނަންބަރު4/
75 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ 04 ވަނަ
މާއްދާގެ (ނ) ގެ ދަށުން، ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުން ޙުސައިން ފަސީލު ކުށްވެރި
ވެއްޖެ ކަމަށް ކަނޑައަޅައި، އެކުށުގެ ޢުޤޫބާތެއްގެ ގޮތުން އެ ޤާނޫނު ގެ 13 ވަނަ މާއްދާގެ (ށ) ދަށުން 03
(ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ގ.ވޭރު (މ.ފަރިދުވެލި) ޙުސައިން ފަޟީލު (އައި.ޑީ.ކާޑު
ނަންބަރުA10446) ޖަލަށްލުމަށް ޙުކުމްކުރުމާއެކު ޖިނާއީ ކޯޓުގެ ނަންބަރު:2009/JC/1167ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށް މިޤަޟިއްޔާ ނިންމީއެވެ.
ދިވެހިރާއްޖޭގެ
ހިރާއްޖޭގެ ހައިކޯޓް، ޣާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv