ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/368 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ
ނިމުނު ގޮތު
2{{09/HC-A/368
کمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
)
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 368/HC
-
A/2009
• އިސްތިއުނާފު ކުރިފަރާތް:
* ނަން: އަޙްމަދު އިޙްސާން
އެޑްރެސް: ހަނދުވަރީގެ / ގދ.ފަރެސް
* އައި.ޑީ.ކާރޑް ނަންބަރ. A045750
* މިހާރުގެ އެޑްރެސް: ގ.ބްލޫވެލީ | މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ދަޢުލަތް (މިނިސްޓްރީ އޮފް ހެލްތް)
އެޑްރެސް: .ވެލާނާގެ / މާލެ
މިހާރުގެ އެޑްރެސް: ހ.ވެލާނާގެ/ މާލެ
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 29 ޑިސެމްބަރ 2009
ނިމުނު ތާރީޚް: 10 ސެޕްޓެމްބަރ 2015
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ:
* ނަންބަރު:2008/MC/523
ކޯޓު: މަދަނީ ކޯޓު
* ޤާޟިއްޔާގެ ބާވަތް: ގެއްލުމުގެ ބަދަލު ހޯދުން
ތާރީޚް: 29 ސެޕްޓެމްބަރ 2009
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް
ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް،
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު،
ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
44 235 23
ނިމުނު
2{{09/HC-A/368
و مرگ معلم *
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2008/MC/523 ޤަޟިއްޔާ، އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް ގދ.ފަރެސް، ހަނދުވަރީގެ/ އަޙްމަދު އިޙްސާންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
2
ފާހަގަކުރެވުނު ނުކުތާތައް:
1. މަދަނީ ކޯޓުގެ ނަންބަރު 2008/MC/523 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ގދ.ފަރެސް، ހަނދުވަރީގެ | އަޙްމަދު އިޙްސާންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. މަދަނީ ކޯޓުގެ ނަންބަރު 2008/MC/523 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ މިނިސްޓްރީ އޮފް ހެލްތުން ހިންގަވަމުން ގެންދަވާ ގދ.ތިނަދޫ ރީޖަނަލް
ހޮސްޕިޓަލުގެ ޑޮކްޓަރ ޕަވަލް، ގދ.ފަރެސް، ހަނދުވަރީގެ | އަޙްމަދު އިޙްސާންގެ ދަރިފުޅު ޢާއިޝަތު
އިޔާން އިޙްސާން 03 (އަހަރު) ބައްލަވާ ފަރުވާ ދެއްވުމުގެ ގޮތުން ދެއްވި ޖެންޓަމައިސިންއަކީ
ކޮންބާވަތެއްގެ ބޭހެއްކަމާއި، އެބޭހުގެ ސައިޑް އިފެކްޓްތައް ޑޮކްޓަރ ޕަވަލަށް އެނގިހުރެމެ އެބޭސް
ޢާއިޝަތު އިޔާން އިއްސާނަށް ދިނުމުގައި އިހްމާލުވުމުގެ ސަބަބުން މިތުއްތު ދަރިފުޅުގެ ކަންފަތުގެ އިވުން
ދާއިމަށް ގެއްލިފައިވާތީވެ، ޑޮކްޓަރުގެ އިހުމާލުން ވީގެ ބަދަލުގެގޮތުގައި -/7,119,100ރ
4 2 2 04
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ
44 35 33
ނިމުނު
2{{9/HC-A368
گمرکی
(ހަތްމިލިއަން އެއްލައްކަ ނަވާރަހާސް އެއްސަތޭކަ ރުފިޔާ) ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުގެ މައްޗަށް
ގދ.ފަރެސް، ހަނދުވަރީގެ | އަޙްމަދު އިޙްސާންގެ ފަރާތުން ދަޢުވާކުރުމުން ބެލެވުނު ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ، މިނިސްޓްރީ އޮފް ހެލްތުގެ ބެލުމުގެ ދަށުން
ހިނގަމުންދާ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރ ޕަވަލް، އަޙްމަދު
އިޙްސާނުގެ ދަރިފުޅު ޢާއިޝަތު އިޔާން އިޙްސާން ބަލައި ފަރުވާދިނުމުގައި އިހުމާލުވެފައި ނުވާތީއާއި، އަދި
ޢާއިޝަތު އިޔާން އިޙްސާނުގެ ކަންފަތުގެ އިވުން ގެއްލިފައިވަނީ ޑޮކްޓަރުގެ އިހުމާލުން ނޫންކަމަށްވާތީ،
ދަޢުވާކުރާފަރާތުން ހުށަހަޅާފައިވާ ދަޢުވާގެ އަސްލަށް އިންކާރުކުރާކަމަށާއި، އަދި ދަޢުވާކުރާ ފަރާތުން
އެދިފައިވާ ބަދަލަކީ މިނިސްޓްރީ އޮފް ހެލްތުން އަޙްމަދު އިޙްސާނަށް ދޭންޖެހޭނެ ބަދަލެއް ނޫންކަމަށް
ދަޢުވާލިބުނު ދައުލަތް (މިނިސްޓްރީ އޮފް ހެލްތް) އިން ބުނި ބުނުމުގެ މައްޗަށް ބެލިއިރު،
ޢާއިޝަތު އިޔާން އިޙްސާން 03 (ތިނެއް) އަހަރު 10 ދުވަސްވަންދެން ހުންއައިސް 06
ދުވަސްވަންދެން ވައަތް ދުޅަވެ ތަދުވާތީ، ގދ.ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް 14 ޖުލައި 2007 ގައި
ގެންދެވުނުކަމާއި، އަދި އެދުވަހުގެ މެންދުރު 12:30 ގައި އެހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނުކަމާއި، އަދި
އެހޮސްޕިޓަލުގެ ޑޮކްޓަރު ޕަލް ބޮބްކޯ މިކުއްޖާ ބެލުމަށްފަހު އަދި ޓެސްޓުތަކުގެ ނަތީޖާއަށާއި،
ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް ބަލައި، ބެކްޓީރިއާއިން ޖެހޭ އިންފެކްޝަންއެއް ހުރިކަމާއި، އަދި
ވައަތުގެ "އެބްސިސް" (ހަމުގެ ތެރޭގެ ފަށަލަތަކުގައި ދޮންހުރިކަމަށް) ޑޮކްޓަރ ޕަވަލްއަށް
ޝައްކުކުރެވިގެން އެހޮސްޕިޓަލުގެ ކޮންސަލްޓެޓިވް ސާރޖަންއަށް ރިފަރކުރިކަމާއި، އަދި ކުއްޖާއަށް
ދޭނެފަރުވާއަކާމެދު ދެޑޮކްޓަރުން މަޝްވަރާކުރުމަށްފަހު، ކުއްޖާ ބެލިބެލުމުންނާއި، ހެދި ޓެސްޓުތަކުން
ބެކްޓީރިއާއިންޖެހޭ އިންފެކްޝަން ހުރިކަމަށް ދެއްކުމުން ގްރޭމް ޕޮސިޓިވް އަދި ގްރޭމް ނެގަޓިވް
ބެކްޓީރިއާއަށް ފަރުވާކުރެވޭ އެންޓިބަޔޮޓިކް ދިނުމަށް ޑޮކްޓަރ ޕަވަލް ނިންމިކަމާއި، 14 ޖުލައި 2007
ދުވަހު އިރުއޮއްސި 4.00 ގައި ކުއްޖާ ހޭނައްތައިގެން "އިންސިޝަން އެންޑް ޑްރެއިނޭގް" އާއި އެންޑީ
ހެދުމަށްޓަކައި އެކަމުގެ ސަބަބުން ކުއްޖާއަށް ވެދާނެ ގޮތްތަކާމެދު ހޮސްޕިޓަލުގެ ފަރާތުން އޮޅުންފިލުވައިދީ
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
4 * *
ޤަޟިއްޔާ ނިމުނު ގޮތު
2{{39/HC-A/368
می هرکی
އޮޕަރޭޝަން ފޯމުގައި ސޮއިކުރުމުން، އޮޕަރޭޝަން ކުރެވުނުކަމާއި، އަދި 18 ޖުލައި 2007 ގައިވެސް
ކުއްޖާގެ އަޑުއިވުމުގެ މައްސަލައެއް އުޅޭކަމުގެ ޝަކުވާ ލިބުމުން އެގޮތުގެ މަތިން ޖެންޓަމައިސިން ދިނުން
ހުއްޓާލައި "އޮޓޮސް ކޯޕް" ބޭނުންކޮށްގެން ޑރ.ޕަވަލް ކުއްޖާގެ ކަންފަތް ބެލިކަމާއި، އަދި ކަންފަތުގައި
މަޑުހުރިކަން ފާހަގަކުރެވިގެން ކަންފަތަށް އަޅާބޭސް "ވެކްސޯލްވް" ޕްރިސްކްރައިބް ކުރިކަމާއި، އަދި އޭރު
ކުއްޖާ ރިއެކްޓް ނުވަތަ ހަރަކާތް ކުރާކަމާއި، އޮބްވިއަށް ޑެފްނެސް އެއްނެތްކަމާއި، އަދި ކުއްޖާ
ހޮސްޕިޓަލުން ދޫކޮށްލި ދުވަހު (23 ޖުލައި 2007 ދުވަހު) ވައަތުގެ "ސެލިއުލައިޓިސް"
(ބެކްޓީރިއާއިންޖެހޭ އިންފެކްޝަނެއް) ގެ ސަބަބުން ހަމުގެ އަޑީގައިވާ ފަށަލަ "ޓީޝޫ" ދުޅަވުން، އެއީ
ކުއްޖާގެ ހުރި ބަލިކަމާއި، ބައްޔަށް އިތުރަށް ދޭންވާ ބޭހާއި ބޭސްދޭނެގޮތް ލިޔެދެވުނުކަމާއި، އަދި ބޭސް
ބޭނުންކުރުމަށާއި، ވައަތުގައި ފިނިބޮނޑިތާން ކުރުމަށާއި، ވައަތުގެ އިނގިލިތަކުން ހަރަކާތްކުރުމަށް
އިރުޝާދު ދިނުމާއި، ކަރުންމަތީގެ ޚާއްޞަ ޑޮކްޓަރަކަށް ދެއްކުމަށް އިރުޝާދު ދެވިފައިވާކަން ހޮސްޕިޓަލުގެ
ރެކޯޑުތަކުން އެނގޭކަމާއި،
ޢާއިޝަތު އިޔާން އިހްސާނަށް ފަރުވާދިނުމުގެ ގޮތުން ޖެންޓަމައިސިން ނަމަކަށްކިޔާ އެންޓި
ބަޔޮޓިކް ދިނުމުގައި އެކުއްޖާގެ ބަރުދަނަށް ބަލާފައިނުވާކަމަށް ދަޢުވާކުރާ ފަރާތުން ބުނާއިރު، ޑރ.ޕަވަލް
ކުއްޖާއަށް ބޭސްދީ، ދޭންވީ ބޭހާއި އެބޭސްތަކުގެ ޑޯސް ރިކޯޑުކުރި ޝީޓުގައި ބަރުދަންވެސް ރިކޯޑް
ކޮށްފައިވާކަން ކުއްޖާގެ ރިކޯޑް ޝީޓުގައިވާ ލިޔުންތަކުން އެނގެން އޮތްކަމާއި، އެގޮތުން އެރިކޯޑްތަކަށް
ބެލުމުން ކުއްޖާގެ ބަރުދަނަކީ 14/2 ކިލޯ ގްރާމްކަންވެސް އެނގެން އޮތްކަމާއި، އެހެންކަމުން ކުއްޖާއަށް
ދިނުމުގައި ކުއްޖާގެ ބަރުދަނަށް ބަލާފައިނުވާކަމަށް އަޙްމަދު އިޙްސާންގެ ފަރާތުން ބުނާބުނުމަކީ
ފެންނަންހުރި ޙަޤީޤަތްތަކާއި ޚިލާފަށް ބުނާބުނުމެއްކަމާއި، އަދި ހޮސްޕިޓަލުން ކުއްޖާއަށް ފަރުވާދެވުނު ގޮތުގެ
ލިޔުންތަކަށް ބަދަލުގެނެސްފައިވާކަމަށް ބެލެވޭކަމަށް އަޙްމަދު އިޙްސާންގެ ފަރާތުން ބުނާބުނުމަކީވެސް،
އެކަން އެގޮތަށް ކޮށްފައިވާކަން ސާބިތުވާ ކާފީހެކިނެތި ބުނާބުނުމެއްކަމަށް ޝަރީޢަތުން ދެކޭކަމާއި،
8 26
34
22 42
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
83
ޤަޟިއްޔާ ނިމުނު ގޮތުގެ
2{{09/HC-A/368
4ހ2
ކުއްޖާގެ އަތްއޮޕަރޭޝަން ކޮށްފައިވާގޮތަށާއި، އަދި ޖެންޓަމައިސިން ބޭސްދީފައިވާގޮތަށް
ބެލުމުން އެއީ އެފަރުވާ އެގޮތަށް ދޭންނުޖެހޭ މަހައްލެއްގައި ދީފައިވާ ފަރުވާއެއްކަމަށް ދަޢުވާކުރާ އަޙްމަދު
އިޙްސާންގެ ފަރާތުން ބުނާބުނުމަށް ބަލާއިރު، ކުއްޖާއަށް ޖެންޓަމައިސިން ދީފައިވަނީ "ގްރާމް ނެގެޓިވް
ބެކްޓީރިއާ" (ވަކިޚާއްސަ ވައްތަރެއްގެ ޖަރާސީމެއް)ގެ ސަބަބުންޖެހޭ އިންފެކްޝަންތަކަށް
ދެވޭބޭހެއްކަމަށްވުމާއި މިގޮތުން ގަދަހުމަށާއި، މަސްގަނޑަށް ނުވަތަ ކަށީގެ އިންފެކްޝަނަށްވެސް މިބޭހަކީ
ދެވޭބޭހެއްކަމާއި، އަދި މިބޭސް މިފަދަ ޙާލަތެއްގައިވާ ކުއްޖަކަށް ދިނުމަކީ މައްސަލައެއްނޫންކަމާއި، މިއީ
ދެވިދާނެބޭހެއްކަން އެކުއްޖާއަށް ފަރުވާދިން ޑޮކްޓަރުންނާއި، އަދި ޚާބީރުންގެ ގޮތުގައި ޝަރީޢަތަށް
ޙާޟިރުކުރެވުނު ފަރާތްތަކުގެ ބަހުންނާއި، އަދި އެފަރާތްތަކުން ޝަރީޢަތަށް ހުށަހެޅި ދިރާސާ ރިޕޯޓުންވެސް
އެނގެން އޮތްކަމުން، އެޙާލަތުގައި އެކުއްޖާއަށް ޖެންޓަޅައިސިން އެންޓިބަޔޮޓިކް ދިންދިނުމަކީ ޑޮކްޓަރީގޮތުން
މައްސަލައެއް އޮތްކަމަށް ބެލެންނެތްކަމާއި، އަދި ކުއްޖާގެ ވައަތުއަތް އޮޕަރޭޝަންކޮށްފައިވަނީ
ދުޅަވެފައިވުމާއި، އަދި ދުޅަވެފައިވާތަން ރަތްވެފައިހުރުމާއި، އަދި އެތަނަށް ފިތާލުމުން ތަދުވުމާއި، އަދި
ދުޅަވެފައިވާތަން ފިނިހޫނުމިން މަތިވެފައިހުރުމާއި، ވައިޓްބްލަޑް ސެލްސް އާދަޔާޚިލާފަށް ގިނަވެފައިހުރުމާއި،
އަދި އޭގެ ތެރެއިންވެސް "ނިއުޓްރޯފީލް" އެވެކިޔާ ބާވަތުގެ ސެލްގެ ޕަސެންޓޭޖްގެ އާދައިގެ މިންވަރަށްވުރެ
މަތިވެފައިހުރިކަމަށް ދައްކާތީއާއި، މިކަންކަމުން ބެކްޓީރިއާއިންޖެހޭ އިންފެކްޝަން ހުރިކަމާއި، އަދި ވައަތުގެ
"އެބްސިސް" (ހަމުގެ އެތެރޭގެ ފަށަލަތަކުގައި ދޮސްހުރިކަމަށް، ޑރ.ޕަވަލްއަށް ޝައްކުކުރެވިގެން
ޑރ.ޕްރަސާދަށް ރިފަރ ކުރުމުން، ދެޑޮކްޓަރުން މަޝްވަރާކުރުމަށްފަހު، ކޮންމެވެސް ޖަރާސީމެއް ކުއްޖާގެ
އަތުތެރެއަށް ވަދެގެން އުޅޭކަމުންނާއި، އެހެންކަމުން އެދޮސްތައް ނުނެރެފިނަމަ އޭގެ ސަބަބުން އިތުރު
ނުރައްކާ ކުރިމަތިވެދާނެކަމުން، މިފިޔަވަޅަކީ އެހާލަތުގައި ޑޮކްޓަރުން އެޅުން އެކަށޭނެ ފިޔަވަޅެއްކަމަށް
ޝަރީޢަތަށް ޤަބޫލުކުރެވޭތީއާއި، އަދި މިއީ ޢާއްމުގޮތެއްގާ
މުގޮތެއްގައި އެހާލަތުގައި އެހެން ޑޮކްޓަރުންވެސް
ޢަމަލުކުރާނެ ގޮތްކަމުން، މިކަމުގައި މިކުއްޖާއަށް ފަރުވާކުރި ޑޮކްޓަރުން އިހުމާލުވެފައިވާކަމަށް
ބެލެންނެތްކަމާއި،
Ooc
2 02 0 2
ކައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2{{09/HC-A/368
ދެވެ
2 22 2
ޤަޟިއްޔާ ނިމުނު "
ޖެންޓަމައިސިންއަކީ އެބޭހުގެ ސައިޑް އިފެކްޓުގެ ސަބަބުން ކަންފަތުގެ އިވުމަށް
އަސަރުކުރާ ބޭހެއްކަން މިކުއްޖާއަށް ފަރުވާދިން ޑޮކްޓަރުންނާއި، ޝަރީޢަތަށް ޙާޟިރުކުރެވުނު ޚަބަރުންގެ
ބަހުންނާއި، ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކުންވެސް އެނގިސާބިތުވާކަމާއި، ނަމަވެސް، އެބޭހުގެ
ސައިޑް އިފެކްޓް ކުއްޖާގެ ބެލެނިވެރިންނަށް ހުރިހާ ޙާލަތެއްގައި ކިޔާދިނުން ލާޒިމްނުކުރާކަމާއި،
ބޭސްވެރިކަމުގެ އާންމު އުޞޫލަށް ބަލާއިރު، އެބޭއެއްގެ ސައިޑް އިފެކްޓް ބުނެދިނުން ލާޒިމްވާނީ ބޭސްދޭންވާ
އާންމު އުޞޫލާތަފާތުކޮށް ބޭސް ދެވޭމިންވަރާއި، މުއްދަތާއި، އަދި މީހާގެ ޙާލަތުހުރުމުންކަމާއި، އަދި ހުރިހާ
ޙާލަތެއްގައި ބޭހުގެ ސައިޑް އިފެކްޓް ބުނެދިނުމަކީ އެކަމުގެ ސަބަބުން ބަލިމީހާއަށް ދޭންވާ ފުރިހަމަ
ފަރުވާދިނުމަށް ހުރަސްއެޅިދާނެ ކަމެއްކަމުން ކުއްޖާއަށް ޖެންޓަމައިސިން ގޯސްދީފައިވާ ޢަދަދަށާއި،
ބޭސްދިން މުއްދަތައް ބަލާއިރު، އަދި އާންމުކޮށް ބޭސްވެރިކަމުގައި ޢަމަލުކުރާ އުޞޫލަށް ބަލާއިރު،
މިހާލަތުގައި މިބޭހުގެ ސައިޑް އިފެކްޓް ބުނެނުދިނުމަކީ ޤިކަމުގައި ޑޮކްޓަރުންގެ އިހުމާލެއް އޮތްކަމެއްކަމަށް
ޝަރީޢަތުން ނުދެކޭކަމާއި،
ޢާއިޝަތު އިޔާން އިޙްސާނަށް އެކުއްޖާ ބެލިޑޮކްޓަރުން ޖެންޓަމައިސިން މިބޭސް ދީފައިވަނީ
ކުއްޖާގެ ބަރުދަންކަމަށްވާ 14/2 ކިލޯ ގްރާމަށް ބަލައި 3/2 ދުވަހު ދުވާލަކު ކިލޯއަކަށް 4.1
މިލިގްރާމްގެމަގުން މިއީ، ޑޮކްޓަރީ ބޭސް ބޭނުންކުރާނެ ގޮތާއި ގޯސް ކަނޑައެޅުމުގައި ބެލޭ
އެއްމަސްދަރުކަމަށްވާ "ބްރިޓިޝް ނޭޝަނަލް ފޯރމިއުލަރީ ފޯރ ޗިލްރަން" ގައި ކަނޑައަޅާފައިވާ
އުޞޫލަށްވުރެ ޑޯސްގެ ޢަދަދު މަތިނޫންގޮތެއްގައި ދެވިފައިވާ ޑޯޒެއްއެއްކަމުން މިކުއްޖާއަށް ޕްރިސްކްރައިބް
ކުރެވިފައިވަނީ އެކަށީގެންވާވަރަށްވުރެ މަތީ ޑޯޒެއްކަމަށް ބެލެންނެތްކަމާއި، އަދި ބޭސްދީފައިވާ މުއްދަތައް
ބަލާއިރިވެސް ދެވިފައިވަނީ ދިގުމުއްދަތެއްގައިކަމަށް ބެލެވޭނީ އެއްހަފްތާއަށްވުރެ ދިގުމުއްދަތެއްގައި
ބޭސްދިނުމުންކަން ޝަރީޢަތަށް ޙާޟިރުކުރެވުނު ޑޮކްޓަރުންނާއި، ޚަބީރުންގެ ބަހުންނާއި، ހުށަހެޅިފައިވާ
ލިޔުންތަކުންވެސް އެނގޭތީ މިކަމުގައިވެސް ޑޮކްޓަރުންގެ އިހުމާލުއޮތްކަމަށް ބެލެންނެތްކަމާއި،
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
7
83
ޤަޟިއްޔާ ނިމުނު ގޮތުގެ
ދެވެ
2{{9/HC-A368
ކޮންމެ
ބޭހަކީވެސް
އިފެކްޓް
އެކުލެވިގެންވާ
22ކ ތ ބ
e
ހ04ނ،
ބޭސްދޭންކަނޑައަޅާފައިވާ މިންވަރަށް ބޭސް ދިންކަމުގައި ވިޔަސް އެކިމީހުންނަށް ބޭހުގެ އަސަރުކުރާނީ
އެކިމިންވަރަށްކަން ޑޮކްޓަރީ ގޮތުން ސާބިތުވާކަމާއި، ޖެންޓަމައިސިންގެ ސަބަބުން ކަންފަތުގެ އިވުމަށް
އަދަރުކުރާ މީހުންގެ %17 އާއި 50 އަކީ ވަކި ޚާއްސަ ޖީންއެއް އެމީހުންގެ ހަށިގަނޑުގައި ހުރުމުން،
އަސަރުކުރާ މީހުންކަމަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތުމާއި، އަދި ޝަރީޢަތަށް ޙާޟިރުކުރެވުނު
ޑޮކްޓަރުންނާއި ޚަބަރުންގެ ބަހުންވެސް މީހާގެ ހަށިގަނޑުގައި ހުންނަ ޚާއްޞިއްޔަތެއްގެ ސަބުނުން ނުވަތަ
ޖީންއެއްގެ ސަބަބުން ބޭހުގެ އަސަރުކުރާ މިންވަރު ތަފާތުވާނެކަމަށް ބުނެފައިވުމުން، ޖެންޓަމައިސިން ދޭންވާ
މުއްދަތުގައި ދޭންވާ ޑޯސްގައި ދެވުނަސް އެބޭހުގެ ސަބަބުން ކަންފަތުގެ އިވުމަށް އަސަރުކުރުމުގެ
އިޙްތިމާލުއޮތްކަން އެނގޭތީއާއި، އަދި ކުއްޖާއަށް އާންމުކޮށް ދެވޭޑޯސް، ނުވަތަ އެއްހަފްތާއަށްވުރެ
ކުރުމުއްދަތަކަށް ޖެންޓަމައިސިން ދީގެން ކަންފަތަށް އަސަރުކުރުމަކީ ނާދިރު ކަމެއްކަމަށް ވީހިނދު،
އެކުއްޖާގެ ކަންފަތުގެ އިވުން ގެއްލިފައިވަނީ އެބޭހުގެ އަސަރުގެ ސަބަބުން ކަމަށްވާނަމަ އެކަމަކީ އެކުއްޖާގެ
ހަށިގަނޑުގައިވާ އެފަދަ ޚާއްޞިއްޔަތެއްގެ ސަބަބުން ވެފައިވާކަމެއްކަމަށް ޝަރީޢަތަށް ބުރަވެވޭކަމާއި،
އިސްވެ ދެންނެވުނު ގޮތަށް ކަންކަން ހުރުމާއެކު ކުއްޖާގެ ކަންފަތުގެ އިވުން ގެއްލިފައިވަނީ
ކުއްޖާއަށް ދެވުނު ޖެންޓަމައިސިން މަތީޑޯޒުގެ ސަބަބުންކަމަށް ބެލެވޭކަމަށް ކުއްޖާބެލި ރާއްޖޭގެ ބައެއް
ޑޮކްޓަރުންނާއި، ރާއްޖެއިން ބޭރުގެ ބައެއް ޑޮކްޓަރުން ބުނެފައިވީނަމަވެސް، އެގޮތަށް އެފަރާތްތަކުން
ބުނެފައިވަނީ އެފަރާތްތަކަށް ދީފައިވާ މަޢުލޫމާތުގެ ސަބަބުންކަމަށް ޤަބޫލުކުރެވޭކަމާއި،
ޖެންޓަމައިސިންދޭއިރު ލޭގައި ޖެންޓަމައިސިންގެ އަސަރު ހުންނަވަރު ޓެސްޓުކުރުމަކީ
ރައްކާތެރި ގޮތެއްކަމަށްވީނަމަވެސް، ޖެންޓަމައިސިން ލޭގައި ދައުރުކުރާމިންވަރު ދެނެގަތުމަށްކުރާ ޓެސްޓް
"ރަމް ކޮންސެންޓްރޭޝަން" ހެދޭނެގޮތް ރާއްޖޭގެ އެއްވެސް ހޮސްޕިޓަލެއްގައި ޤާއިމްކުރެވިފައިނުވާއިރު،
އަދި ވާރުތަ ކުރާ ޖީނެއްގެ ސަބަބުންވެސް ކަންފަތުގެ އަޑުއިވުމަށް އަސަރުކޮށްފާނެކަމަށް ބެލެވޭހިނދު،
ދިވެހިރާa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ
, s:
ނިމުނު
2{{09/HC-A/368
گمرکی
މިކުއްޖާއަށް ފަރުވާދިން ހޮސްޕިޓަލުގައި މިފަދަ ޓެސްޓްކުރެވެން ނެތުންއެއީ، ކުއްޖާއަށް ފަރުވާދިން
ޑޮކްޓަރުންގެ އިހުމާލެއްކަމަށް ބެލެންނެތްކަމާއި،
ކުއްޖާގެ އަޑުއިވުމުގެ މިންވަރު ދެނެގަތުމަށް ހެދިފައިވާ ޓެސްޓް ރިޕޯޓް ހުށަހަޅާފައި
ނެތްނަމަވެސް، އަވަށްޓެރި ޤައުމުތަކުގެ އެކިއެކި ހަސްފަތާލުތަކުގެ ޑޮކްޓަރުންގެ ބަހުން ޢާއިޝަތު އިޔާން
އިޙްސާންގެ ކަންފަތުގެ ޠަބީޢީ އިވުން ގެއްލިފައިވާކަމާއި، އިވުން ދާއިމަށް ގެއްލިފައިވާތީ، "ކޯކްލިއަރ
އިމްޕްލާންޓް" ކަންފަތުގައި ހަރުކުރުމަށް އިރުޝާދު ދީފައިވާތީ، ކުއްޖާގެ ޠަބީޢީ އަޑުއިވުން
ގެއްލިފައިވާކަމަށް ބުރަވެވޭކަމާއި،
ދ ޖޭހީ 02
ނަމަވެސް އިސްވެ ދެންނެވިކަންކަން އެގޮތަށް ހުރުމާއެކު ޢާއިޝަތު އިޔާން އިޙްސާނަށް
ފަރުވާދިން ޑރ.ޕަވަލް އެކުއްޖާއަށް ޖެންޓަމައިސިންދީ ފަރުވާދީފައިވަނީ ކުއްޖާގެ ބަރުދަންބަލާ އެކަށޭނަ
މިންވަރުގެ ޑޯޒެއް އެކަށޭނެ މުއްދަތަކަށް ކަމަށްވެފައި، އަދި މެޑިކަލް ނެޓްލިޖެންސް ސާބިތުކުރުމުގައި ބަލާ
އެއްޓެސްޓްކަމަށްވާ "ބޯލަމް ޓެސްޓް" އަށް ބަލާއިރުވެސް ޑޮކްޓަރީ ފަރުވާދިނުމުގައި ޑޮކްޓަރު
ޢަމަލުކޮށްފައިވާގޮތުން އެދާއިރާގެ ހުނަރުހުރި ޒިންމާދާރު ޑޮކްޓަރުންގެ ބަޔަކު އެއީ އެބައްޔަށް ފަރުވާދިނުމަށް
އެކަށީގެންވާ ގޮތެއްކަމަށް ޤަބޫލުކުރާގޮތެއްނަމަ އެފަރުވާދިން ޑޮކްޓަރު އިހުމާލުވިކަމަށް ނުބެލެވޭނެތީ،
ކުޑަކުދިންގެ ޑޮކްޓަރުންގެ ތެރެއިން ޒިންމާދާރު ޑޮކްޓަރުންގެ ބަޔަކު އެއީ
ފަރުވާދޭން
އެކަށީގެންވާ ގޮތެއްކަމަށް
ޤަބޫލުކުރާ ގޮތެއްކަމަށް ބުނެފައިވާތީ، އެއީ އެހާލަތުގައި
ޕީޑިއެޓްރިޝަނުންވެސް ޢަމަލުކުރުން އެކަށީގެންވާ ގޮތްކަމަށްވާތީ، ޢާއިޝަތު އިޔާން އިޙްސާންގެ ކަންފަތުގެ
އިވުން ގެއްލިފައިވަނީ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑރ.ޕަވަލް އެކުއްޖާއަށް
ފަރުވާދިނުމުގައި އިހުމާލުވެ، އެކުއްޖާއަށް ޖެންޓަމައިސިން އެންޓިބަޔޮޓިކް ދިނުމުގައި އިހުމާލުވުމުގެ
ސަބަބުންކަމަށް ޝަރީޢަތުން ކަނޑައެޅެން ނެތުމާއެކު، މިދަޢުވާގައި ޢާއިޝަތު އިޔާން އިޙްސާނަށް ލިބުނު
ގެއްލުމުގެ ބަދަލެއްގެ ގޮތުން މިނިސްޓްރީ އޮފް ހެލްތުގެ ކިބައިން ހޯދުމަށް އަޙްމަދު އިޙްސާން އެދިފައިވާ
އަ@1ނ
އެހެން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
239/HC-A/368
ޤަޟިއްޔާ ނިމުނު "
-/7,119,100ރ (ހަތްމިލިއަން އެއްލައްކަ ނަވާރަހާސް އެއްސަތޭކަ ރުފިޔާ) މިނިސްޓްރީ އޮފް ހެލްތުގެ
ކިބައިން އަޙްމަދު އިޙްސާނަށް ނަގައިދެވޭނެ ތަނެއްނެތްކަމަށް ކަނޑައަޅުއްވައިކަން އެނގެން އޮންނަކަމެވެ.
3- މަދަނީ ކޯޓުގެ ނަންބަރު 2008/MC/523 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ގދ.ފަރެސް، ހަނދުވަރީގެ އަޙްމަދު އިޙްސާން ގެ ފަރާތުން 04 (ހަތަރެއް) ނުކުތާ ހުށަހަޅައި،
އެނުކުތާތަކާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
މިގޮތުން ހުށަހެޅި:
(ހ) ފުރަތަމަ ނުކުތާއަކީ މިމައްސަލައިގައި ދަޢުވާ ބިނާވެފައިވަނީ ގދ.ތިނަދޫ ރީޖަނަލް
ހޮސްޕިޓަލުގައި ޢާއިޝަތު އިޔާން އިޙްސާންއަށް ފަރުވާ ދިނުމުގައި ބަލާފައިވާ ކަންކަމާއި ޢަމަލު ކޮށްފައިވާ
ގޮތުގެ މައްޗަށް ކަމަށްވީއިރު، އިޚްމާލުވިކަމަށް ބެލެވޭ މީހުންގެ ބަހާއި އެމީހުންގެ ބެލުމުގެ ދަށުގައިވާ
ލިޔެކިޔުންތަކަށް ބިނާކޮށް އެމީހުން ޢަމަލުކޮށްފައިވާ ގޮތަކީ ޙަޤީޤަތްކަމަށް ޝަރީޢަތުން ބަލާފައިވަނީ
ޝަރީޢަތް ކުރުމުގެ އުސޫލާއި އިންސާފުގެ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
$$
(ށ) ދެވަނަ ނުކުތާއަކީ: ޢާއިޝަތު އިޔާން އިޙްސާންއަށް ފަރުވާދިން ޕަވަލް
ޝަރީޢަތަށް ދޮގުހެކި ދީފައިވާކަމާއި ހޮސްޕިޓަލްގެ ރެކޯޑް ޝީޓްތަކަށް ބަދަލުގެނެސް ޙަޤީޤަތް
އޮޅުވާލާފައިވާކަން ހޮސްޕިޓަލްގެ ރެކޯޑް ޝީޓުތަކުން ފެންނަން އޮތްހިނދު، އެކަން ޝަރީޢަތަށް ފާހަގަ ނުވެ
އެހެކިބަހާއި ލިޔުންތަކުގެ މައްޗަށް ބިނާކޮށް ކުރެވޭ ޙުކުމަކީ ރަނގަޅު ޙުކުމެއް ކަމުގައި ބެލެވޭނެ އެއްވެސް
ހަމައެއް ނެތް ކަމަށްބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2009/HC-A/368
10 ޤަޟިއްޔާ ނިމުނު "
کی مرکی
=32
(ނ) ތިންވަނަ ނުކުތާއަކީ: މެޑިކަލް ނެގްލިޖަންސް ސާބިތު ކުރުމަށް ބަލާ އެއް ޓެސްޓް
ކަމަށްވާ "ބޯލަމް ޓެސްޓް" ގެ މިންގަނޑު އެޕްލައިކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ހުށަހެޅިނުކުތާ
(ރ) ހަތަރުވަނަ ކަމަކީ: ޢާއިޝަތު އިޔާން އިޙްސާންއަށް ޖެންޓަމައިސިން ދިނުމަށްފަހު
އޭނާގެ އިވުން ގެއްލިފައިވަނީ އޭނާގެ ހަށިގަނޑުގައި ހުރި ޚާއްޞިއްޔަތެއްގެ ސަބަބުން ކަމަށް ޝަރީޢަތަށް
ބުރަވެވޭ ކަމަށް ނިންމާފައިވަނީ ޢާއިޝަތު އިޔާން އިޙްސާންގެ ކަންފަތުގެ އިވުން ގެއްލިފައިވުމާއި އެނާއަށް
ޖެންޓަމައިސިން ދިންދިނުން ފިޔަވައި އިތުރު އެއްވެސް ޓެސްޓެއް އަދި އެނޫން ހެއްކެއް
ނެތިކަމަށް ބުނެ
ހުށަހެޅި ނުކުތާ.
4 މަދަނީ ކޯޓުގެ ނަންބަރު 2008/MC/523 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ގދ.ފަރެސް ހަނދުވަރީގޭ، އަޙްމަދު އިޙްސާނުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި އެނުކުތާތަކާ ގުޅޭ
ގޮތުން އަޙްމަދު އިޙްސާނުގެ ފަރާތުންނާއި މި އިސްތިއުނާފް ދަޢުވާރައްދުވާ ދައުލަތް (މިނިސްޓްރީ އޮފް
ހެލްތް)ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މަދަނީ
ކޯޓުގެ ނަންބަރު 2008/MC/523 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާގުޅޭ
ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ލިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: މިމައްސަލަ އިސްތިއުނާފުކުރާ ގދ. ފަރެސް/ ހަނދުވަރީގޭ،
އަޙްމަދު އިޙްސާނުގެ ފަރާތުން ދައުލަތް (މިނިސްޓްރީ އޮފް ހެލްތް) ގެ މައްޗަށް ދަށު ކޯޓުގައި ކޮށްފައިވާ
ދަޢުވާއަކީ މިނިސްޓްރީ އޮފް ހެލްތުގެ ބެލުމުގެ ދަށުން ހިންގަމުން ގެންދާ ގދ. ތިނަދޫ ރީޖަނަލް
ހޮސްޕިޓަލުގެ ޑޮކްޓަރ ޕަވަލް، އަޙްމަދު އިޙްސާންގެ ދަރިފުޅު ޢާއިޝަތު އިޔާން އިޙްސާން (ހާދިސާ
ހިނގިއިރު 3 އަހަރު) ބައްލަވާ ފަރުވާ ދެއްވުމުގެ ގޮތުން ދެއްވި ޖެންޓަމައިސިންއަކީ ކޮންބާވަތެއްގެ ބޭހެއް
ދިވެހިރާa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{{09/HC-A/368
11 ޤަޟިއްޔާ ނިމުނު 1
گمرک ملی ممب
424c4
ކަމާއި، ސައިޑް އިފެކްޓްތައް ޑޮކްޓަރ ޕަލަށް އެނގިހުރެމެ އެބޭސް ޢާއިޝަތު އިޔާން
އިޙްސާނަށް ދިނުމުގައި އިހްމާލުވުމުގެ ސަބަބުން އެކުއްޖާގެ
ކަންފަތުގެ
އިވުން ދާއިމަށް
ގެއްލިފައިވާކަމަށްބުނެ، ޑޮކްޓަރުގެ އިހުމާލުން ވީގެއްލުމުގެ ބަދަލުގެގޮތުގައި -/
7,119,100ރ
(ހަތްމިލިއަން އެއްލައްކަ ނަވާރަހާސް އެއްސަތޭކަ ރުފިޔާ) ހޯދައި ދިނުމަށްއެދި ކޮށްފައިވާ ދަޢުވާއެއްކަން
އެނގޭއިރު، އަޙްމަދު އިޙްސާނުގެ ދަރިފުޅު ޢާއިޝަތު އިޔާން އިޙްސާން ބަލައި ފަރުވާދިނުމުގައި ޑރ.
ޕަވަލް އިހުމާލުވެފައި ނުވާކަމަށާއި، އަދި ޢާއިޝަތު އިޔާން އިޙްސާނުގެ ކަންފަތުގެ އިވުން ގެއްލިފައިވަނީ
ޑޮކްޓަރުގެ އިހުމާލުން ނޫން ކަމަށްބުނެ، އަޙްމަދު އިޙްސާނުގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާގެ އަސްލަށް
އިންކާރުކޮށް، އެދަޢުވާގައި އަޙްމަދު އިޙްސާނުގެ ފަރާތުން ނަގައި ދިނުމަށް އެދިފައިވާ ބަދަލަކީ މިނިސްޓްރީ
އޮފް ހެލްތުން އަޙްމަދު އިޙްސާނަށް ދޭންޖެހޭނެ ބަދަލެއް ނޫންކަމަށް ދައުލަތް (މިނިސްޓްރީ އޮފް ހެލްތް) ގެ
ފަރާތުން ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
މާނޑް
(ނ) ދެވަނަ ކަމަކީ: ގދ. ފަރެސް ހަނދުވަރީގޭ، އަޙްމަދު އިޙްސާނުގެ އަންހެން
ދަރިފުޅު، ޢާއިޝަތު އިޔާން އިޙުސާން (އެއިރު 3 އަހަރު) ހުންއަންނާތީ 05 ޖުލައި 2007 ވަނަ ދުވަހު
ޞިއްޙީ މަރުކަޒުގެ ޑޮކްޓަރަށް ދައްކައި، ފަރުވާ ދެމުން ދަނިކޮށް އޭގެ 03 (ތިނެއް) ދުވަސް ފަހުން
ޢާއިޝަތު އިޔާން އިޙްސާންގެ ވާއަތު އަތް ދުޅަވާން ފެށުމުން ޑޮކްޓަރާއި މަޝްވަރާ ކުރުމުން އެއީ އާދައިގެ
ވައިރަލް ފީވަރއެއް (ހުމެއް) ކަމަށް ބުނި ކަމަށާއި ނަމަވެސް އަތުގެ ދުޅަވުން ރަނގަޅު ނުވާތީ ތިނަދޫ
ރީޖަނަލް ހޮސްޕިޓަލަށް ދިއުމަށް ޑޮކްޓަރ އިރުޝާދު ދިނުމުން، 14 ޖުލައި 2007 ވަނަ ދުވަހު ޢާއިޝަތު
އިޔާން އިޙްސާން ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި، އެހޮސްޕިޓަލުން އެންމެ ފުރަތަމަ
ބެލީ އޯ.ޕީ.ޑީ ގައި އިން ޑޮކްޓަރ ޑޯޕަން ކަމަށާއި، ޑޮކްޓަރު ބެލުމަށްފަހު ވަގުތުން އެޑްމިޓްކުރިކަމަށާއި،
އެއިރު ޢާއިޝަތު އިޔާން އިޙްސާނުގައި 38.8 (ތިރީސް އަށެއް ޕޮއިންޓް އަށެއް) ޑިގްރީ ސެލްސިއަސްއަށް
ހުން ހުރިކަމަށާއި، އެއިރު އޭނާ ހުން އަންނަތާ 10 ދުވަސް އަދި ވާއަތު އަތް ދުޅަވެ ތަދުވާތާ 06
ދިވެހިރާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
443
=32
2009/HC-A/368
12 ޤަޟިއްޔާ ނިމުނު
ދުވަސްވެފައިވާކަމަށާއި، ކުއްޖާއަށް އިތުރު ފަރުވާ ދިނުމުގެ ގޮތުން އެހޮސްޕިޓަލްގެ ކުޑަކުދިންގެ ޚާއްޞަ
ޑޮކްޓަރު ޑރ.ޕަވަލް އަށާއި، ކޮންސަލްޓެޓިވް ސަރޖަން ޑރ.ޕްރަސާދު ރެޑީ އަށް ދެއްކުމަށް ލިޔެފައިވާކަން
ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ 14 ޖުލައި 2007 ވަނަ ދުވަހު ޑޮކްޓަރ ޑޯޕަން ލިޔެ ސޮއިކޮށްފައިވާ
ޕްރިސްކްރިޕްޝަންއަށް ބެލުމުން އެނގޭ ކަމަށާއި،
އޭގެ ފަހުން އެހޮސްޕިޓަލްގެ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރ ޑރ. ޕަވަލް ބޮބްކޯ،
ޢާއިޝަތު އިޔާން އިޙްސާން ބެލިބެލުމުން، އެކުއްޖާގެ ވާއަތު އަތް ދުޅަވެ އަތުގެ އިނގިލިތަށް ހިސާބަކަށް
ލެނބިފައި ހުރި ކަމަށާއި، އެތަން ހުރީ ރަތްވެފައިކަމަށާއި، އަދި ފިތާލީމާ ތަދު ހުރިކަމަށާއި، އެހެންކަމުން
އާއިޝަތު އިޔާން އިޙްސާންގެ ލޭގެ ޓެސްޓް ހެދިއިރު، ވައިޓް ބްލަޑް ސެލްސް އާދަޔާ ޚިލާފަށް ގިނަވެފައި
ހުރި ކަމަށާއި، އޭގެ ތެރެއިންވެސް "ނިއުޓްރޮޕިލް" އެވެ ކިޔާ ބާވަތުގެ ސެލް (ބެކްޓީރިއާއިން ޖެހޭ
އިންފެކްޝަންތަކާ ހަނގުރާމަކުރާ ބާވަތް) ގެ ޕަސަންޓޭޖް އާދައިގެ މިންވަރަށް ވުރެ މަތިކަމަށް
ދެއްކިކަމަށާއި، ލޭގެ ޓެސްޓްގެ ނަތީޖާ (ހައިޕަރ ލިއުކޮސައިޓިސް ވިތް ނިއުޓްރޮފީލިއާ) އިން ދައްކުވައިދެނީ
ބެކްޓީރިއާއިން ޖެހޭ އިންފެކްޝަނެއް ހުރިކަމަށް ކަމަށާއި، އެ ހުރިހާ ކަންތައްތަކަށް ބަލައި ވާއަތުގެ
"އެބްސިސް" (ހަމުގެ އެތެރޭގެ ފަށަލަތަކުގައި ދޮސް ހުރި) ކަމަށް ޑރ.ޕަވަލްއަށް ޝައްކު ކުރެވުނު
ކަމަށާއި، އަދި ޑރ.ޕްރަސާދު ރެޑީ (ކޮންސަލްޓެޓިވް ސަރޖަން) އަށް ޢާއިޝަތު އިޔާން އިޙްސާން
ދެއްކުމަށް ލަފާދިން ކަމަށާއި، ޢާއިޝަތު އިޔާން ޢިޙުސާންއަށް ފަރުވާދޭނެ ގޮތާއިމެދު ޑރ.ޕަވަލް އަދި
ޑރ.ޕްރަސާދު މަޝްވަރާ ކުރި ކަމަށާއި، މިގޮތުން އެކުއްޖާގެ ހުރިކަމަށް ބެލެވިދާނެ އެހެން
އިންފެކްޝަންތަކަށް (މިގޮތުން
އަޑީގައިވާ ފަށަލަ ދުޅަވުން،
"އޮސްޓިއޮމައިލިޓިސް") އަށާއި، "ސެޕްޓިސީމިއާ" (ލޭގެ ތެރެއަށް ޖަރާސީމު ފެތުރިގެން ދިއުން) ގެ
ނުރައްކަލަށްވެސް ނަޒަރު ކުރެވުނު ކަމަށާއި، އަދި މިގޮތުން "އޮސްޓިއޮމައިލިޓިސް" (ކަށީގެ ނުވަތަ ބޯން
މެރޯގެ އިންފެކްޝަނެއް) ނެތްތޯ ޔަޤީން ކުރުމުގެ ގޮތުން ކުއްޖާގެ އަތުގެ އެކްސްރޭ ނެގުނުކަމަށާއި،
އެކްސްރޭ ނަގައި ބެލިއިރު އެއްވެސް މައްސަލައެއް ހުރިކަމަށް ނުދައްކާ ކަމަށާއި، ނަމަވެސް ކުއްޖާގެ ހެދި
0f
I
"ފްލެގްމޯނާ"-ހަމުގެ
އަދި
ދިވެހިރާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3 3
23
8 42
2009/HC-A/368
13 ޤަޟިއްޔާ ނިމުނު
ދެ
02 0
ގްރޭމް
44
0
ޓެސްޓުތަކުންނާއި ބެލިބެލުމުން ބެކްޓީރިއާއިން ޖެހޭ އިންފެކްޝަނެއް ހުރިކަމަށް ދެއްކުމުން،
ޕޮސިޓިވް އަދި ގްރޭމް ނެގެޓިވް ބެކްޓީރިއާއަށް ފަރުވާކުރެވޭ އެންޓިބަޔޮޓިކް ދޭން ޑރ.ޕަވަލް
ނިންމިކަމަށާއި،
އިތުރުން، 14 ޖުލައި 2007 ވަނަ ދުވަހު އިރުއޮއްސުނު އިރު ކުއްޖާ
ހޭނައްތައިގެން އިންސިޝަން އެންޑް ޑްރައިނޭޖް "އައި އެންޑް ޑީ" ހެދުމަށްޓަކައި އޮޕަރޭޝަން
ކުރެވުނުކަމަށާއި، އޮޕަރޭޝަން ކުރީ ޑރ. ޕްރަސާދު ރެޑީކަމަށާއި، އޮޕަރޭޝަންގައި ކުއްޖާގެ އަތުން ލޭ
ކުލައިގެ ދިޔައެއް ނެގުނު ނަމަވެސް ދޮސް ހުރިކަމަށް ފާހަގަ ނުކުރެވޭ ކަމަށާއި، 17 ޖުލައި 2007 ވަނަ
ދުވަހު ހެނދުނު ވޯޑު ރައުންޑުގައި ކުއްޖާއަށް އަޑުއިވުމުގެ މައްސަލައެއް އުޅޭކަމުގެ ޝަކުވާ ލިބުމުން
"އޮޓޮސްކޯޕް" ބޭނުންކޮށްގެން ޑރ. ޕަވަލް ކުއްޖާގެ ކަންފަތް ބެލިއިރު، ކަންފަތުގައި މަޑުހުރިކަން ފާހަގަ
ކުރެވުމުން ކަންފަތަށް އަޅާ ބޭސް "ވެކްސޯލްވް" ޕްރިސްކްރައިބް ކުރިކަމަށާއި، އޭރު ކުއްޖާ އަޑަށް ރިއެކްޓް
ކުރާކަމަށާއި، "އޮބްވިއަސް ޑެފްނެސް" އެއް (ކަނޑައެޅިގެން އެނގެން ހުރި ބީރުކަމެއް) ނެތްކަމަށާއި،
ނަމަވެސް އަޑު އިވުމުގެ މައްސަލައެއް އުޅޭ ކަމުގެ ޝަކުވާ ލިބުމުން ވަގުތުން ޖެންޓަމައިސިން ދިނުން
ހުއްޓާލެވުނުކަމަށާއި،
އެފަރުވާތަށް ދިނުމުންވެސް ކުއްޖާގެ ހުމާއި، ވާއަތުގެ ދުޅަ އާއި ތަދު ރަނގަޅު ނުވުމުން
އަތުގެ އަޑީގައި "ޑީޕް ސީޓަޑް" ދޮސްގަނެފައި ހުރިތޯ ބެލުމަށް 18 ޖުލައި 2007 ގައި "އިންސިޝަން
އެންޑް ޑްރައިނޭޖް" (އަތުގެ އޮޕަރޭޝަނެއް) ކުރެވުނުކަމަށާއި، އެ އޮޕަރޭޝަނަށް
ފެޝަނަށްފަހު ކުއްޖާގެ
ގެ ހުން ތިރިވެ،
ވާއަތުގެ ތަދު މަޑުވެ ދުޅަ ތިރިވެ، ކުއްޖާގެ ހާލަތު ރަނގަޅުވާން ފެށިކަމަށާއި، ކުއްޖާ ހޮސްޕިޓަލުން
ދޫކޮށްލެވުނީ 23 ޖުލައި 2007 ވަނަ ދުވަހުކަމަށާއި، ކުއްޖާ ދޫކޮށްލުމުގެ ކުރިން ވާއަތުގެ
"ސެލިއުލައިޓިސް" (ބެކްޓީރިއާއިންޖެހޭ އިންފެކްޝަނެއްގެ ސަބަބުން ހަމުގެ އަޑީގައިވާ ފަށަލަ، "ޓިޝޫ"
ދުޅަވުން) އެއީ ކުއްޖާގެ ބަލިކަމަށް ބުނެދެވުނު ކަމަށާއި، އަދި އެބައްޔަށް އިތުރަށް ދޭން ބޭހާއި ބޭސް
ދޭނެ ގޮތް ލިޔެފައި ދެވުނުކަމަށާއި، އަދި އެބޭސް ބޭނުންކުރުމަށާއި، ވާއަތުގައި ފިނި ބޮނޑިތާން ކުރުމަށާއި
!! Ouc
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
14 ޤަޟިއްޔާ ނިމުނު "
2{{9/HC-A368
އ ހ2 0
2
2
02
ހަރުކުތެވެރި
ވާއަތުގެ އިނގިލިތަކުން
ތްކުރުމަށް އިރުޝާދުދީ، އަދި އެ ކުއްޖާގެ އަޑު އެހުމުގެ މައްސަލަ ކަރުން
މަތީގެ ޚާއްޞަ ޑޮކްޓަރަކަށް ދެއްކުމަށް އިރުޝާދު ދެވިފައިވާކަމަށް ދަށު ކޯޓުގައާއި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިސްތަކުގައި ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން
އޮންނަކަމެވެ.
ޑރ.
(ނ) ތިންވަނަ ކަމަކީ: ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން ޢާއިޝަތު އިޔާން
އިހްސާނަށް ފަރުވާކުރި ޑޮކްޓަރުންގެ ތެރެއިން، ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގެ ކުޑަކުދިންގެ ޚާއްސަ
ޑޮކްޓަރު ބޮބްކޯ ޕަވަލް (ޕާސްޕޯޓް ނަންބަރު A024503) މަދަނީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދީފައިވާ ބަޔާނަށް ބަލާއިރު، 14 ޖުލައި 2007 ދުވަހު ޢާއިޝަތު އިޔާން އިޙްސާން އޭނާ ބެލިކަމަށާއި،
އެކުއްޖާގެ ބެލެނިވެރިން ބުނިގޮތުގައި ހުން އަންނަތާ ހަފްތާއެއް ވެއްޖެކަމާއި، އެކުއްޖާ ބެލިބެލުމުން ފެނުނީ
ޓިޝޫ ސޮފްޓް ދުޅަވެފައި ހުއްޓައިކަމަށާއި، ހޮސްޕިޓަލްގެ ސަރޖަންނާއި ދެމީހުން މަޝްވަރާކުރުމަށްފަހު
ނިންމީ އެއް އެންޓިބަޔޮޓިކްއަށްވުރެ ގިނަ އެންޓިބަޔޮޓިކުން ފަރުވާ ދިނުމަށްކަމަށާއި، މިގޮތުން ދިން
އެންޓިބަޔޮޓިކް ތެރޭ ހިމެނޭ ޖެންޓަމައިސިން ހިމެނޭކަމަށާއި، ޖެންޓަމައިސިން ދީފައިވަނީ މުޅިއެކު 03
ދުވަހުގެ ތެރޭގައި 07 ޑޯސްކަމާއި، ޑޯސް ހުއްޓާލި ކުއްޖާގެ މަންމަ ކުއްޖާގެ ކަންފަތުގައި މައްސަލަ
އުޅޭހެން ހީވާކަމުގައި ބުނުމުންކަމަށާއި، ކުއްޖާ އެޑްމިޓްކޮށްފައިވަނީ ބަރުދަން ބެލުމަށްފަހުކަމަށާއި، މިގޮތުން
ކުއްޖާގެ ބަރުދަނުގައި 13.5 ކިލޯ ހުރި ކަމަށާއި، ޖެންޓަމައިސިން ދީފައިވަނީ ބަރުދަނުގެ ނިސްބަތުން
ކޮންމެ ކިލޯއަކަށް 4 މިލިގްރާމް 24 ގަޑިއިރަށް ހިސާބުކޮށްގެންކަމަށާއި، ޢާންމުކޮށް އެންޓިބަޔޮޓިކްސް
ދޭއިރު އުސޫލެއްގެ ގޮތުން މަޝްވަރާއެއް ނުކުރާކަމަށާއި، ސަބަބަކީ ބޭހުގައި ހުންނަ ފަންނީ
އޮޅުން ފިލުވަން އުނދަގޫކަމުން ކަމަށާއި، ނަމަވެސް ކަނޑައެޅިގެން ދިމާވެދާނެ ރިސްކް ފެކްޓަރއެއް
ހުރެއްޖެނަމަ އެކަމެއް ބުނަންޖެހޭކަމަށް ޤަބޫލުކުރާ ކަމަށާއި، ކުއްޖާއަށް ޖެންޓަމައިސިން ދީފައިވަނީ އެބޭސް
ދޭންޖެހޭ އެންމެ ދަށް ރޭންޖުންކަމަށާއި، ޖުލައި 17 ވަނަ ދުވަހު ޢާއިޝަތު އިޔާން އިޙްސާނުގެ ކަންފަތް
ހ 0 ދ ތ ދވ
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
15 ޤަޟިއްޔާ
#
=32
2009/HC-A/368
مفت ملي ی مری
ބެދޭކަމަށްބުނެ އެކުއްޖާގެ މަންމަ ޝަކުވާކުރުމުން އޮޓޯސްކޯޕް ހަދައި ބެލިއިރު ކުއްޖާގެ ކަންފަތުގައި ވަރަށް
ގިނައިން މަޑުހުރުމުން ވެކްސޯލްފް ޕްރިސްކްރައިބް ކުރިކަމަށާއި، އަދި ހަމައެއާއެކު ޖެންޓަމައިސިން
ހުއްޓާލުމަށް އިރުޝާދު ދެވުނުކަމަށާއި، ޖެންޓަމައިސިންގެ ހައި ޑޯސްއަކީ ކޮންމެ ކިލޯއަކަށް 7.5
މިލިގްރާމްކަމަށާއި، މުއްދަތު ދިގުވުމަކީ 07 ދުވަހަށް ވުރެ ދިގުވުންކަމަށާއި، އެމިންވަރަށްވުރެ
ދިގުވެއްޖެނަމަ ކަންފަތް ވިހަވާނެކަމަށާއި، އެދުވަހު ބެލިއިރު އަޑަށް ކުއްޖާ އިޖާބަ ދޭ ކަމަށާއި އަދި
މަންމައާއި ވާހަކަ ދައްކަން މަސައްކަތް ކުރަމުން ދިޔަކަމަށާއި، އެދުވަހު ކުއްޖާ އިވުމަށް އެއްވެސް
ގެއްލުމެއް ލިބިފައިވާކަމަށް ފާހަގަ ނުކުރެވޭކަމަށާއި، ކުއްޖާގެ މަންމަގެ ޝަކުވާ ލިބުމުން ވަގުތުން
ޖެންޓަމައިސިން ދިނުން ހުއްޓާލެވުނު ކަމަށާއި، ހޮސްޕިޓަލުގައި ހުރިހާ ރެކޯޑްތަކެއް ހުންނާނެކަމަށާއި،
އެއަށް އުނިއިތުރެއް އައިސްފައިވާކަމަށް ނުދެވޭކަމަށާއި، ހުރިހާ ރިކޯޑް ހުންނާނީ އަތުންލިޔެފައިކަމަށާއި،
އެއްވެސް ޕްރިސްކްރިޕްޝަނެއްގައި ކުއްޖާގެ ބަރުދަން ޖަހަން އިންނަ ގޮޅީގައި ބަރުދަން ޖަހާފައި ނުވަނީ
ޕްރިސްކްރިޕްޝަނަކީ ފަރމަސީއިން ސްޓޮކް ގެންނަން ހަދާފައިވާ އެއްޗަކަށްވާތީކަމަށާއި، އެއީ ފާރމަސީން
ސްޓޮކް ގެންނަން އަންގާ އަމުރުގެ ސްލިޕް ކޮޅުކަމަށާއި، އޭނާގެ އަމުރުތަކުގައިވެސް އަދި އެނެސްތީސިސްޓް
(ހޭނައްތާ ޑޮކްޓަރު) ގެ ފޯމުގައިވެސް ބަރުދަން ޖަހާފައިވާނެކަމަށާއި، ޕްރިސްކްރިޕްޝަންތަކުގައި ބަރުދަން
ނުޖެހިއެވަނީ އެއީ ފަރމަސީއަށް އެޑްމިޓްކޮށްފައިވާ ބަލިކުއްޖާއަށް ބޭސްގަންނަން ލިޔެފައިވާ
ލިޔުމަކަށްވާތީކަމަށާއި، އޭގައި ޑޯސް ޖަހާފައިވެސް އަދި ބަރުދަން ޖަހާފައިވެސް ނެތިދާނެކަމަށާއި، ކުއްޖާގެ
ބަރުދަންބެލީ ކުއްޖާގެ މަންމައާއި ބައްޕަ ޙާޟިރުގައި ކަމަށާއި، ކުއްޖާގެ ބަރުދަން ބަލަން ބޭނުންކުރީ
ބިންމަތީގައި ބަހައްޓާފައިހުންނަ ހަމައަށް ހުންނަ މެޝިންކަމަށާއި، ޢާންމުކޮށް ކަންފަތުގެ އިވުމުގެ
މައްސަލައެއް ހުރިތޯ ޓެސްޓްތަކެއް ނަހަދާ ކަމަށާއި، ނަމަވެސް ކަންފަތުގައި މައްސަލައެއް ހުރިކަން
އެނގޭނަމަ ޖެންޓަމައިސިންއެއް ނުދޭނެކަމަށް ބުނެފައިވާކަން އެނގޭކަމާއި،
އަދި އެކުއްޖާ ބެލި ޑރ. ރުއްރާ ޕްރަސާދު (ޕާސްޕޯޓް ނަންބަރު A7888783، ތިނަދޫ
ރީޖަނަލް ހޮސްޕިޓަލްގެ ކޮންސަލްޓަންޓް އިން ސަރޖަރީ) މަދަނީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް
2 20
ދިވެހިރާa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{{9/HC-A368
کی مرکی
ދެވެ
16 ޤަޟިއްޔާ ނިމުނު "
ދެމުން، 14 ޖުލައި 2007 ވަނަ ދުވަހު އޭނާ، ޢާއިޝަތު އިޔާން އިޙުސާން ބެލިކަމަށާއި،
މަޢުލޫމާތު ލިބުނު ގޮތުގައި ކުއްޖާ އެހޮސްޕިޓަލަށް އައީ 10 ދުވަސްވަންދެން ހުން އައިސް އަތަށް
ތަދުވާތީކަމަށާއި، އޭނާ އެކުއްޖާ ބެލުމުގެ ކުރިން ޑރ. ޕަވަލް އެކުއްޖާ ބަލައި ފަރުވާން ދޭންފަށާފައިވާ
ކަމަށާއި، އެއިރު ކުއްޖާގެ ބަރުދަނާއި އެހެނިހެން މަޢުލޫމާތު ރިކޯޑް ކުރެވިފައިވާ ކަމަށާއި، ޢާއިޝަތު
އިޔާން އިޙްސާން ބަލަންފެށީ ޑރ.ޕަވަލް ވިދާޅުވުމުން ކަމަށާއި، ކުއްޖާއަށް ޑރ.ޕަވަލް އިރުޝާދު ދިންބޭސް
ދެމުން ގެންދިޔުމަށް އޭނާ އިރުޝާދު ދިންކަމަށާއި، އޭނާ އިތުރަށް ލަފާދިނީ އޮޕަރޭޝަން ކުރުމަށްކަމަށާއި،
އޮޕަރޭޝަން ކުރުމުގެ ކުރިން ކުއްޖާގެ މައިންބަފައިންނަށް ކޮންމެވެސް ޖަރާސީމެއް ކުއްޖާގެ އަތުތެރެއަށް
ވަދެގެން އުޅޭކަމާއި، ދޮސްވެސް ހުރެދާނެކަމަށް އޮޅުންފިލުވައި ދެވުނުކަމަށާއި، އޭނާ ކުއްޖާއަށް
އޮޕަރޭޝަނަށްފަހުވެސް އަދި ކުރިންވެސް އެއްވެސް ބޭހެއް ދިނުމަށް (ޚާއްސަކޮށް ޖެންޓަމައިސިން) ދިނުމަށް
ބޭސް ސިޓީއެއް ލިޔެދިން ހަނދާނެއް ނުވާކަމަށާއި، ނަމަވެސް ޑރ.ޕަވަލް ލިޔެދިން ބޭސްތައް ކުރިއަށް
ގެންދިޔުމަށް ބުނިކަމަށާއި، ކުއްޖާ ބެލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ މީނާއާއި ޑރ.ޕަވަލްކަމަށާއި،
ކުއްޖާއަށް ދިން އެންޓަމައިސިން ގޯސްތައް ލިޔެފައިވަނީ މީނާ ޤަބޫލުކުރާ ގޮތަށްކަމަށާއި، ޑރ.ޕަވަލް
ކުއްޖާއަށް ޖެންޓަމައިސިން ދިނުމުގެ ކުރިން އޭނާއާއި މަޝްވަރާ ކޮށްފައިނުވާކަމަށާއި، ޖެންޓަމައިސިން
ދޭން ފެންނަށްކަމަށް އޭނާ ބުނީ ކުއްޖާގެ އަތުގެ ހާލަތް ވަރަށް ސީރިއަސްވުމުން ކަމަށާއި، ޖެންޓަމައިސިން
ކުއްޖާއަށް ދީފައިވަނީ ކުއްޖާގެ ބަރުދަނާއި އެކަށީގެންވާ ގޮތަށް، އެއީ ފަހަރަކު 30 މިލިގްރާމްކަމަށާއި،
ޑޯސް ދެނީ ބަރުދަނަށް ބަލާފައިކަމަށާއި، އެއީ ކޮންމެ މިލިގްރާމަކަށް 4-6 މިލިގްރާމްކަމަށާއި،
ޖެންޓަމައިސިން ދެވިފައިވަނީ 3.5 ދުވަހުކަމަށާއި، މިގޮތަށް ޖެންޓަމައިސިން ދީފިނަމަ ޢާއްމު ގޮތެއްގައި
އެއްވެސް ސައިޑް އިފެކްޓެއް މެދުވެރިނުވާނެ ކަމަށާއި، ނަމަވެސް އިޑިއޮސިންކްރަސީ (އެމީހެއްގެ
ހަށިގަނޑުގައި ހުންނަ ޙާއްޞިއްޔަތު) ހުރެއްޖެނަމަ ފަހަރެއްގައި އެހެންވެދާނެކަމަށާއި، ނަމަވެސް ކުއްޖާގެ
ޙާއްޞިއްޔަތު އެނގޭނެ ގޮތެއް ނޯންނާނެކަމަށާއި، ޖެންޓަމައިސިން ދިނުމުގެ ކުރިން އޭގެން ނުކުމެދާނެ
ސައިޑް އިފެކްޓްސްގެ ވާހަކަ ބުނަންޖެހޭނެކަމަށް ޤަބޫލުކުރާކަމަށާއި، ނަމަވެސް ކުއްޖާއަށް ދިން ގޯސްތަކަށް
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
17
ޤަޟިއްޔާ ނިމުނު
2{{39/HC-A/368
فیملی کی مری
ދެ
ބެލުމަށްފަހު އެފަދަކަމެއް ދިމާވުމަކީ ވަރަށް ނާދިރުކަމެއްކަމަށާއި، ޖެންޓަމައިސިންގެ އިތުރުން ދިން އެހެން
ބޭސްތަކުން ކުއްޖާއަށް އެއްވެސް ގެއްލުމެއް ލިބޭނެކަމަށް ޤަބޫލު ނުކުރާކަމަށާއި، ހަނދާންވާ ގޮތުން
ކުއްޖާގެ ބެލެނިވެރިން ކުއްޖާގެ އަޑުއިވުމުގެ ހިއްސުގައި މައްސަލައެއް އުޅޭކަމަށް ބުނީ 17 ވަނަ ދުވަހު
ހެނދުނުކަމަށާއި، ކުއްޖާގެ މަންމަ ކޮމްޕްލެއިން ކޮށްފައިވަނީ 20 ވަނަ ދުވަހުކަމަށާއި، އޭގެ ތިން
ދުވަސްފަހުން ކުއްޖާ ޑިސްޗަރޖް ކުރެވުނުކަމަށާއި، ކުއްޖާގެ މަންމަ ކުއްޖާ ކޮޅަށް ހުންނަ އުނދަގޫކަމަށް
ބުނެ ޝަކުވާ ކޮށްފައިނުވާކަމަށާއި އަދި އެކަހަލަ ކަމެއް ފާހަގަ ކުރެވިފައިވެސް ނުވާކަމަށާއި، އެދުވަހު
އެކުއްޖާ މަންމަ ބުނެފައިވަނީ އޭނާ ދަރިފުޅާ ވާހަކަ ދެއްކުމުން ކުއްޖާ ރަނގަޅަށް އިޖާބަ ނުދޭކަމަށް
ކަމަށާއި އެހިސާބުން ފެށިގެން ވަގުތުން ޖެންޓަމައިސިން ދިނުން ހުއްޓާލީކަމަށާއި، ޖެންޓަމައިސިން ހުއްޓާލީ
ކަންފަތުގެ މައްސަލަ ދިމާވުމުން، އެކަހަލަ މައްސަލައެއް ޖެހިދާނެ ހުރިހާ ބޭހެއް ހުއްޓާލާ
މަތިންކަމަށާއި، ކުރެވުނު އެހެނިހެން ޓެސްޓްތަކުން ކުއްޖާއަށް 40-50 ޕަސެންޓް އަޑުއިވޭކަމަށް ދައްކާ
ކަމަށާއި، ކުއްޖާއާއި ތަންކޮޅެއް ބާރަށް ވާހަކަ ދެއްކުމުން އިޖާބަ ދޭތީ އެއިރު ކުއްޖާގެ އަޑުއިވުމުގެ ހިއްސު
ހުރިކަމަށް ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ: ދައުލަތުގެ މައްޗަށް އަޙްމަދު އިޙްސާނުގެ ފަރާތުން ކޮށްފައިވާ
ދަޢުވާއަށް ބަލާއިރު، އެދަޢުވާ ބިނާކޮށްފައިވާ މައިގަނޑު ސަބަބަކީ، އޭނާގެ ދަރިފުޅު ޢާއިޝަތު އިޔާން
އިޙްސާނަށް ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާދިނުމުގެ ތެރޭގައި ދިން އެންޓިބަޔޮޓިކެއް ކަމުގައިވާ
ޖެންޓަމައިސިން ދިނުމުގައި އިހުމާލު ވެފައިވާކަމަށް ބުނެ ފާހަގަކޮށްފައިވާ ސަބަބުކަން އެނގޭއިރު،
14 ޖުލައި 2007 ވަނަ ދުވަހު ޢާއިޝަތު އިޔާން އިޙުސާން ބަލިވެގެން ތިނަދޫ ރީޖަނަލް
ހޮސްޕިޓަލަށް ގެންދިއުމުން އެކުއްޖާ ބަލައި ފަރުވާ ދިނުމުގައި ޖެންޓަމައިސިން ދީފައިވާ ގޮތަށް ބަލާއިރު،
ޖެންޓަމައިސިން އިންޖެކްޝަން ދެވުނީ 14 ޖުލައި 2007 އާއި 17 ޖުލައި 2007 އާ ދެމެދު ކަމާއި،
އެންމެ ފުރަތަމަ އިންޖެކްޝަން ދެވުނީ 14 ޖުލައި 2007 ގެ މެންދުރު 13:15 ގައިކަމާއި، އަދި އެންމެ
ދިވެހިރާa.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
24 23 22
2{{09/HC-A/368
18 ޤަޟިއްޔާ ނިމުނު "
کی عمری
2
04 0
ފަހު އިންޖެކްޝަން ދެވުނީ 17 ޖުލައި 2007 ގެ ހެނދުނު 6:00 ގައިކަމާއި، އިންޖެކްޝަން ދެވުނީ،
ޖެންޓަމައިސިން 0.75 މިލިލީޓަރ (އެއީ 30 މިލިގްރާމް) 2 މިލިލީޓަރ ފެނާއެއްކޮށް، ފަސް އައިވީގެ
ޒަރިއްޔާއިންކަން ކުއްޖާގެ ރެގިއުލަރ ޕްރިސްކްރިޕްޝަންއަށް ބެލުމުން އެނގެން އޮންނަކަމާއި، ގދ. ތިނަދޫ
ރީޖަނަލް ހޮސްޕިޓަލުން ޢާއިޝަތު އިޔާން އިހްސާނަށް ފަރުވާދިނުމުގައި ޖެންމައިސިންގެ ދެވުނީ މުޅިއަކު
07 ޑޯސްކަމާއި، 17 ޖުލައި 2007 ވަނަ ދުވަހު ހެނދުނު އެންމެ ފަހު ޑޯސް ދިނުމަށްފަހު
ޖެންޓަމައިސިން ހުއްޓާލާފައިވާކަން ޖެންޓަމައިސިން އާއި ދިމާލުގައި 17 ޖުލައި 2007 ވަނަ ދުވަހު
”STOP“ (ހުއްޓާލުން) މިހެން ޖަހާފައިވުމުން އެނގޭކަމާއި، ކުއްޖާގެ ބޭސް ސިޓީގައި ޖެންޓަމައިސިން
އިންޖެކްޝަން 80 މިލިގްރާމްގެ ވަޔަލް 1 ލިޔެފައި ވަނީ ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގައި ޖެންޓަމައިސިން
ބަންދުކޮށްފައި ހުންނަ އެއްސައިޒަކީ 80 މިލިގްރާމްގެ ވަޔަލް ކަމަށްވެފައި، ބަރުދަނަށް ބަލައި އެކުދިންނަށް
ދެނީ އެކި ޑޯސްގެ އިންޖެކްޝަންކަމަށް ވުމުން ކަމާއި، މިގޮތަށް ދޭންޖެހޭ އިންޖެކްޝަން ބަރާބަރު
ޑޯސްއަށް ބަންދުކޮށްފައި ނުހުންނަކަމާއި، ފާމަސީއިން ބޭސް ގަންނައިރު 80 މިލިގްރާމް ގަތުމަށް ލިޔެފައި
އޮތްނަމަވެސް ކުއްޖާއަށް ދެވުނީ ޖެންޓަމައިސިން 31 މިލިގްރާމް އައި.ވީ ދުވާލަކު 2 ފަހަރު ކަމާއި،
ކުއްޖާގެ ބަރުދަނުގައި 13.5 ކިލޯ ހުރުމުން އެއީ ކިލޯއަކަށް ދުވާލަކު 4.1 މިލިގްރާމްކަމާއި ޢާއިޝަތު
އިޔާން އިޙްސާނަށް ފަރުވާ ދެވުނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެހޮސްޕިޓަލުގައި
އެޑްމިޓްކޮށްގެންކަން މި މައްސަލައިގެ ލިޔުންތަކަށް ބެލުމުން އެނގެން އޮންނައިރު، އެކުއްޖާގެ ކަންފަތުގެ
އިވުމަށް އަސަރުކުރާ ކަމުގެ ޝަކުވާ ކުރުމުންވެސް ޖެންޓަމައިސިން ދިނުން ހުއްޓާނުލައި ކުރިއަށް
ގެންދިޔަކަމަށާއި، ޖެންޓަމައިސިން ދިނުން ހުއްޓާލީ 20 ޖުލައި 2007 ގައި ކަމަށް މި މައްސަލަ
އިސްތިއުނާފުކުރާ އަޙްމަދު އިޙްސާނުގެ ފަރާތުން ބުނެފައިވާއިރު، 14-20 ޖުލައި 2007 އަށް
ޖެންޓަމައިސިން ދިންކަމުގައި ބެލިނަމަވެސް، އެބޭސް ދެވިފައިވަނީ 6 (ދުވަހު) ކަމުގައިވާތީ، އެއީ އެބޭސް
ދިގު މުއްދަތަކަށް ދިނުންކަމަށް ނުބެލެވޭ ކަމާއި އަދި ދީފައިވަނީ އެބޭސް ދިނުމަށް ކަނޑައެޅިފައިވާ
އުޞޫލާ ޚިލާފަށް ބެލެވެން ނެތްކަމެވެ.
4 22
ބޭސް
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{{9/HC-A368
ދެވެ
19 ޤަޟިއްޔާ ނިމުނު "
•) ފަސްވަނަ ކަމަކީ: މި މައްސަލައިގެ ހާދިސާ ހިނގިއިރު ގދ. ތިނަދޫ ރީޖަނަލް
ހޮސްޕިޓަލްގައި އުޅުނު ނަރުހުން ހެކިންގެ ގޮތުގައި އަޙްމަދު އިޙްސާނުގެ ފަރާތުން މަދަނީ ކޯޓަށް
ހުށަހަޅާފައިވާ ކަމާއި، އެ ގޮތުން ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގެ ވާރޑް ސިސްޓަރ ގދ.ތިނަދޫ
ގަޒީރާ، ޒިމްނާ ރަޝީދު (އ.ބްލެމަން) އާއި އެހޮސްޕިޓަލްގެ ސީނިއަރ ނަރސް ގދ. ތިނަދޫ ހައިހޯޕް،
އާފިޔާ ޤާސިމް (މއ. މަދޮށިގެ)، އަދި ސްޓާފް ނާރސް ގްރޭޑް ގދ. ތިނަދޫ ނައިންހައުސް، ޚަދީޖާ
ޔޫސުފް، މަދަނީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ހެކިބަހަށް ބަލާއިރު، ޖެންޓަމައިސިންއަކީ
ޢާއްމުކޮށް އިންފެކްޝަންތަކަށް ދެމުން އަންނަ ބޭހެއްކަމަށާއި، ޢާއްމު އުސޫލެއްގެ ދަށުން އެއްވެސް ބޭހެއް
2 22c 2
އަ9ދއަޤް
ސައިޑް އިފެކްޓްތަކެއް ކިޔައި ނުދޭނެކަމަށާއި، ކުއްޖާގެ މެޑިކަލް ރިކޯޑް
ބަދަލުކޮށްފައިވާކަމަށް ދައްކާ ވާހަކަތަކަކީ ޙަޤީޤަތެއްނޫން ކަމަށާއި، ރިކޯޑްތަކުގެ ކޮންމެ ގަނޑެއްގެ
ދެފުށުގައި ލިޔެފައިވުމުން، އެލިޔުންތައް ބަދަލުކުރުމަކީ ކުރެވޭނެކަމެއްކަމަށް ޤަބޫލު ނުކުރެވޭކަމަށާއި އެހެނީ
ކުއްޖާ އެޑްމިޓް ކުރެވިގެން އަންނާނީ ކުއްޖާގެ ބަރުދަނާއި އެއްޗެހި ބެލި ކަލްކިއުލޭޓް ކުރެވިގެންވާތީ
ކަމަށާއި، ކުއްޖާގެ ބަރުދަން އޯޑަރ ޝީޓްގައި ޖަހާފައިވާނެކަމަށާއި، އަދި ބޭސް ސިޓީގައި ޑޮކްޓަރު
ބަރުދަނެއް ނުޖަހާނެކަމަށާއި، އެޑްމިޓްކޮށްފައިވާ ބަލިމީހެއްނަމަ ޑޮކްޓަރު ބޭސް ސިޓީ ލިޔަނީ ހަމައެކަނި
ކުއްޖާއަށް ބޭސް ދީފައިވަނީ ޑޮކްޓަރުގެ އިރުޝާދާއި
ޔަޤީންކުރެވޭކަމަށާއި، ކުއްޖާއަށް ފަރުވާދިނުމުގައި އެއްވެސް ޑޮކްޓަރަކު އަދި އެއްވެސް ނަރުހަކު
އިހުމާލުވެފައި ނުވާކަމަށާއި އަދި އެއްވެސް ބަލިމީހެއްގެ ރިކޯޑަށް ބަދަލު ގެނެސްފައިނުވާކަމަށް
ބޭސް
ޤާމް
ތުމަށްކަމަށާއި
04
x ކތ ދ ތ
3.ކުން
ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
(ޅ) ހަވަނަ ކަމަކީ: މިމައްސަލައާއި ގުޅިގެން ޢާއިޝަތު އިޔާން އިޙްސާންގެ މެޑިކަލް
ރެކޯޑްތަށް ދެޚަބީރަކު ބަލައި، އެމީހުންގެ ރައުޔު ދީފައިވާ ކަމާއި އެގޮތުން؟ ޑރ.ޝިރިނިވާސަން ނިދިންގެ
ރިޕޯޓްގައި، ޖެންޓަމައިސިން (gentamicin) އަކީ އެމައިނޯ ގްލައިކޮސައިޑް (amino glucoside)
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
20 ޤަޟިއްޔާ ނިމުނު 1
2{{9/HC-A368
02c
ގްރޫޕްގައި ހިމެނޭ އެންޓިބަޔޮޓިކް (anti
-
biotic) އެއް ކަމަށާއި، ގިނައިން މިބާވަތް ބޭނުން ކުރެވެނީ
ގުޅިފައިވާ އިންފެކްޝަންތަކަށާއި ގްރޭމް ނެގެޓިވް ބެކްޓީރިއަލް އިންފެކްޝަނަށް ކަމަށާއި، މިބާވަތުގެ
އެންޓިބަޔޮޓިކަށް ބަރޯސާވެވޭ ސަބަބަކީ، މަންފާކުރަނިވި އެންޓިބަޔޮޓިކެއްގެ އިތުރުން ޚަރަދުގެ ގޮތުން
އެކަށީގެންވުމާއި ފަސޭހައިން ލިބުމާއި އަދި ބެކްޓީރިއާ ނެތިކޮށްލާ ޒާތުގެ އެންޓިބަޔޮޓިކަކަށްވާތީކަމަށާއި،
ޖެންޓަމައިސިންގެ އެތަށް ބައިވަރު ރަނގަޅު ސިފަތަކެއް އެކުލެވުމާއެކު، ބޭނުންކުރަންވާނީ ވަރަށް
ފަރުވާތެރިކަމާއި އިތުބާރު ބޮޑު ނިންމުމެއްގެ މައްޗަށް ކަމަށާއި، ސަބަބަކީ ޖެންޓަމައިސިންގެ ވިހައިގެ
އަސަރު ނުހަނު ސީރިޔަސް ވާނެތީއާއި، އަދި ނަތީޖާއެއްގެ ގޮތުން އެނބުރި ރުޖޫޢަވުމެއް ނެތް (ދާއިމީ)
ގެއްލުމެއް ލިބިދާނެތީކަމަށާއި، ބަލިމީހާއަށް ދެވޭ ބޭހުގެ މިންވަރު ކަނޑައެޅޭނީ ބަލިމީހާގެ ބަރުދަނާ
އެއްވަރަށްކަމަށް ވުމުން، ބަލިމީހާގެ ބަރުދަން ރަނގަޅަށް ބަލާ ރެކޯޑް ކުރަން ވާނެކަމަށާއި، ނަމަވެސް
ލިބިފައިވާ ލިޔެކިޔުންތަކުގައި ހަށިގަނޑުގެ ބަރުދަނުގެ ވާހަކަ ހިމަނާފައި ނުވާ ކަމަށާއި، މިހެންކަމުން މަތީ
މިންވަރުގެ ކޯސްތައް ދެވުން އެކަށީގެންވާ ކަމަށާއި، މިއީ ކުއްޖާ ބީރުވުމުގެ ސަބަ
ސަބަބެއްކަމަށް ވުން
އެކަށީގެންވާކަމަށް ބަޔާންކޮށްފައިވާކަން އެނގޭކަމާއި،
ޑރ. އާއިޝަތު ޢަލީގެ ރިޕޯޓުގައި، ޖެންޓަމައިސިންއަކީ ޖަރާސީމު ނައްތާލެވޭ
ބޭހެއްކަމާއި، ޢާއްމުކޮށް ޖެންޓަމައިސިން ދެނީ ބަރުދަން ބަލާފައި، ބަރުދަނުގައި ކޮންމެ ކިލޯއަކަށް 3
މިލިގްރާމް އާއި 5 މިލިގްރާމް އާއި ދެމެދުގެ މިންވަރަކަށް ދުވާލެއްގެ މައްޗަށް ޖެހޭވަރު ބަލައިފައި،
އެމިންވަރު 3 ބަޔަށް ބަހާލައިގެން 8 ގަޑިން 8 ގަޑިންކަމަށާއި، ޢާއްމުކޮށް މިބޭސް ދީ އުޅެނީ 7 ދުވަހާއި
10 ދުވަހުގެ މުއްދަތަކަށްކަމަށާއި، ޖެންޓަމައިސިންގެ ސައިޑް އިފެކްޓްސް ތެރޭގައި ކިޑްނީ އަސަރު ކުރުން
ކަންފަތުގެ އަޑުއިވުން ދަށަށް ދިޔުން، ބޯ އެނބުރުން އަދި މަސްގަނޑުގެ ބާރު ދެރަވުން ހިމެނޭކަމަށާއި،
އެއްހަފްތާއަށްވުރެ ކުރު މުއްދަތަކަށް ޖެންޓަމައިސިން ދީގެން ކަންފަތަށް އަސަރު ކުރުމަކީ ވަރަށް
ނާދިރުކަމެއް ކަމަށާއި، ދުނިޔޭގެ އެކިހިސާބުތަކުން ކުރެވިފައިވާ ދިރާސާތަކުން ދައްކާގޮތުގައި ކުޑަކުދިންނަށް
ޖެންޓަމައިސިން ދިނުމުގެ ސަބަބުން ކަންފަތުގެ އަޑު އިވުން ދަށަށް ދިޔުމަކީ ވަރަށް މަދުންނޫނީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ވެވެ
# އެވެ
# 4 3 )
2
2{{09/HC-A/368
21 ޤަޟިއްޔާ
کی عمری
oec
3
24
24
ހުވާކަމެއްކަމަށާއި، ކަމާއިބެހޭ ހޯދުންތަކުން ދައްކާގޮތުގައި ޖެންޓަމައިސިންގެ ސަބަބުން ކަންފަތުގެ
އަޑުއިވުމަށް އަސަރުކުރާ މީހުންގެ %17 މީހުންނަކީ ވަކި ޚާއްސަ ޖީންއެއް އެމީހުންގެ ހަށިގަނޑުގައި
އެކުލެވޭ މީހުންކަމަށާއި، މިފަދަ މީހުންނަށް އެންމެ ޑޯސްއަކުންވެސް، އަދި ޖެންޓަމައިސިން ދޭންވާ
ޑޯސްގައި ދެވުނަސް ކަންފަތުގެ އަޑުއިވުމަށް ދާއިމީ ބަދަލެއް އައިސްދާނެ ކަމަށާއި، އާއިޝަތު އިޔާން
އިޙްސާންގެ މެޑިކަލް ރިކޯޑްސް ބެލިބެލުމުން ޖެންޓަމައިސިން ދިނުމުގެ ކުރިން ޑޮކްޓަރު ބެއްލެވި
ބެއްލެވުމުގައި ކިޑްނީ މައްސަލައެއް ނުވަތަ އަޑުއިވުމުގެ މައްސަލައެއް އުޅޭކަމަށްފާހަގަކޮށްފައި ނުވާކަމަށާއި،
އަހަރުގެ ކުއްޖެއްގެ އަޑު އިވުމުގެ ޓެސްޓެއް ކުރުމަކީ ދިވެހިރާއްޖެއިން ހެދެން ހުންނަ
ޓެސްޓެއްނޫންކަމަށާއި، ލިޔެކިޔުންތަކަށް ބަލާއިރު ޖެންޓަމައިސިން ދޭންޖެހޭ ރަނގަޅު ޑޯސްގައި ދެވިފައި
ހުރިކަމަށް ޤަބޫލުކުރެވޭކަމަށާއި، ޖެންޓަމައިސިން ދެވިފައިވަނީ 2;1
3 (ތިނެއް ބައި) ދުވަހަށްކަމަށްވާތީ
ދިގުމުއްދަތަކަށް ދެވިފައިވާކަމަށް ޤަބޫލު ނުކުރެވޭކަމަށާއި، ދިގުމުއްދަތަކަށް ދެވުނުކަމަށް ބެލެވޭނީ
އެއްހަފްތާއަށްވުރެ އިތުރަށް ދެވިފައިވާނަމަކަމަށާއި، ވާރުތަކުރާ ޖީންއެއްގެ ސަބަބުން ކަންފަތަށް އަޑުއިވުމަށް
އަސަރުކޮށްފާނެކަމަށާއި، މިޖީން ހަށިގަނޑުގައި ހުރިތޯ ބަލަން ޓެސްޓް ކުރެވެނީ މުޅި ދުނިޔޭގައިވެސް މަދު
ލެބޯޓަރީ ތަކެއްގައިކަމަށާއި، މިފަދަ ޓެސްޓެއް ރާއްޖޭގައި ކުރެވޭކަށްނެތް ކަމަށާއި، ޓެންޓަމައިސިން ދެވުނު
ޑޯސްއާއި ދެވުނު މުއްދަތައް ބަލާއިރު އޭގެ ނޭދެވޭ އަސަރެއް ފެނުމަކީ ނާދިރު ކަމެއްކަމަށާއި،
ޢާއްމުގޮތެއްގައި ދިވެހިރާއްޖޭގައި މިފަދަ ގޯސްއަކަށް ޖެންޓަމައިސިން ދޭއިރު ކަންފަތަށް ދިމާވެދާނެ ކަމަކާއި
ބަލިމީހާއަށް ނުވަތަ ގާތް ތިމާގެ މީހުންނަކަށް އޮޅުން ފިލުވައެއް ނުދޭކަމަށާއި،
ދިނުމުގައި ޑޮކް
ޑޮކްޓަރުންގެ
އިހުމާލެއް އޮތްކަމަށް
މަށް ނުދެވޭކަމަށާއި، ލިޔުންތަކަށް ބެލުމުން
ބެލެނިވެރިންގެ ޝަކުވާ ލިބުމާއެކު ޑޮކްޓަރުވަނީ ޖެންޓަމައިސިން ދިނުން ހުއްޓާލާފައިކަމަށާއި، ކުއްޖާ
ޑިސްޗާރޖް ކުރެވުނު އިރު ކަންފަތުގެ މައްސަލައެއް އުޅޭކަމަށް ފާހަގަ ނުކުރެވޭކަމަށް ޑޮކްޓަރު
ލިޔެފައިވާކަމަށާއި، ޖެންޓަމައިސިން ދެވޭ ފަހުން އެތަށް ދުވަހެއް ފަހުންވެސް ކަންފަތަށް އޭގެ ނޭދެވޭ
އަސަރު ކުރާކަމަށް ލިޔުންތަކުން ދައްކާކަމަށާއި، އެހެންކަމުން ޑިސްޗާރޖް ކުރެވުނު އިރު މައްސަލައެއް
ބެހޭގޮތން
22 ތ ދ ތ
އެހެންކުމެނޭ
2 22222
این مورد می
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
23
22 ޤަޟިއްޔާ ނިމުނު
کی مرگی
ދެވެ
ފާހަގަ ނުކުރެވުނަސް، އޭގެ
ފަހުންވެސް މައްސަލައެއް ދިމާވެދާނެކަމަށް
ޤަބޫލުކުރެވޭކަމަށާއި، ތިނަދޫ
ރީޖަނަލް ހޮސްޕިޓަލުން ކަންފަތުގެ އަޑުއިވުން ގެއްލިއްޖެކަން ޔަޤީންކުރުމުގެ ގޮތުން ހެދޭ ޓެސްޓް
ނެހެދޭކަމަށާއި، އެހެންކަމުން ހޮސްޕިޓަލުން ކުއްޖާ ބެލި ޑޮކްޓަރުން އިތުރު ފަރުވާއަށް އީ.އެން.ޓީ ޑޮކްޓަރަށް
ދައްކަން މަޝްވަރާ ދެއްވާފައިވަނީ މިފަދަ ޙާލަތެއްގައި ނިންމަންޖެހޭ އެންމެ ރަނގަޅު ނިންމުންކަމަށް
ޤަބޫލު ކުރެވޭކަމަށް ބަޔާން ކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
4 2 2 4 8
4 20 02 29
2{{9/HC-A368
• ox
4 22
.
(ކ) ހަތްވަނަ ކަމަކީ: ޢާއިޝަތު އިޔާން އިޙްސާނަށް ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން
ފަރުވާދިން ގޮތުގެ ރިކޯޑުތަކަށް ބަދަލު ގެނެސްފައިވާކަމަށް މި މައްސަލަ ހުށަހެޅި އަޙްމަދު އިޙްސާނުގެ
ފަރާތުން ބުނާތީ، އެލިޔުންތަކުގެ ޞައްޙަކަން ކަށަވަރު ކުރުމަށްޓަކައި އެލިޔުންތައް މޯލްޑިވްސް ޕޮލިސް
ސަރވިސް އަށް ފޮނުވުމުން، އެ ސަރވިސްގެ ފޮރެންސިކް ސަރވިސަސް ޑައިރެކްޓަރޭޓްގެ ފިޒިކަލް
އެވިޑެންސް ޔުނިޓުން ތަޙްލީލުކުރުމަށްފަހު، ތައްޔާރުކޮށް ފޮނުވާފައިވާ ރިޕޯޓަށާއި، އެލިޔުންތައް ތަޙްލީލު
ކުރި ބޭފުޅުން ކަމުގައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޗީފް ސްޓޭޝަން އިންސްޕެކްޓަރ މުޝްތާޤު
މުޙައްމަދާއި، ލާންސް ކޯޕްރަލް އަޙްމަދު ތައުސީލް، ދިވެހިރާއްޖޭގެ ހައިކޯޓުގައި ދީފައިވާ ހެކިބަހުގެ މައްޗަށް
ބަލާއިރު،
އެސަރވިސްއަށް ހުށަހެޅުނު ޑޮކިއުމެންޓްތައް ތަޙްލީލު ކުރުމުގައި ބޭނުން ކުރެވުނީ
V.S.C
6000، ވީޑިއޯ ސްޕެކްޓްރަލް ކޮމްޕްރޭޓަރ 6000 ކިޔާ މެޝިނެއް ކަމަށާއި، އެމެޝިނުގެ ތަފާތު
އަލިތަކާއި، އެކި ރޫމް ލެވެލްތަކަށް ކޭސް މެނޭޖްކުރުމަށް ބޭނުން ކުރެވުނުކަމަށާއި، ސްޓީރިއޯ ޒޫމް
މައިކްރޯސްކޮޕީގެ އެހީގައި ހަމަ ލޮލަށް ނުފެންނަ ކަންތައްތައް ބެލުމަށްޓަކައިވެސް ބޭނުން ކުރެވިފައިވާނެ
ކަމަށާއި، އެލިޔުންތައް ތަޙްލީލުކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓުގައި އެތަޙްލީލުން ފާހަގަ ކުރެވުނު ކަންތައްތައް
މައްޗަށް ބަލާއިރު،
<< O
cހ2
2 2x 2
ބ 24
އެއީ
އެހިރާއްޖޭގެ
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{{9/HC-A368
کی مرکی
23 ޤަޟިއްޔާ ނިމުނު 1
އެރިޕޯޓުގެ 1 (ހ) ގައި، ޢާއިޝަތު އިޔާން އިޙުސާން ނަންމަތީގައި ފުރާފައިވާ ގދ.
ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގެ، ރެގިއުލަރ ޕްރިސްކްރިޕްޝަންގެ ދެ ތަނެއްގައި ޓިޕެކްސް
ޖަހާފައިވާކަމަށާއި، ޓިޕެކްސް ޖަހާފައިވަނީ ތާރީޚެއް ލިޔެފައިވާ ތަނެއްގަޔާއި އަދި އިނގިރޭސިން "ގިވަން"
(Given) މިހެން ޖަހާފައި އޮތް ތަނެއްގައި ކަމަށާއި،
1 (ށ) ގައި"ނަރސަސް ނޯޓްސް" ގައި "އައިޝަތު އިޔާން" މިހެން އިނގިރޭސިން
ލިޔެފައި ވަނީ އޭގެ ކުރިން "އައިމިނަތު ފަރިޔާ" މިހެން ޖަހައިފައި ވަނިކޮށް ޓިޕެކްސް ޖެހުމަށް ފަހުގައި
ކަމަށާއި، އަދި ބެޑް ނަންބަރު މިހެން އޮންނަ ތަނުގައި "SW02" މިހެން ޖަހާފައި ވަނީ އޭގެ ކުރިން
"PVT2" މިހެން ލިޔެފައިވަނިކޮށް ޓިޕެކްސް ޖެހުމަށް ފަހުގައި ކަމަށާއި،
1 (ރ) ގައިވާ ޑިސްޗާރޖް ކާރޑްގެ ކޮޕީއެއް ކަމަށް ބުނާ ލިޔުމާއި ޑިސްޗާޖް ކާރޑުގެ
އޮރިޖިނަލްކަމަށް ބުނާ މިދެލިޔުން، ޤި ދޭތީގައި ޑޮކްޓަރ ފުރާފައިވާ ކަމަށްބެލެވޭ ޑައިގްނޯސިސް އިން
ފެށިގެންގޮސް އޭގެ ތިރީގައިވާ ލިޔުންތައް، 6000
V.S.C ބޭނުންކޮށްގެން ސުޕައިން ޕޯސް ކުރުމުން
ހުރިހާ އެއްޗެއް ބަރާބަރަށް ދިމާވާކަމަށާއި، އޭގެ މާނައަކީ އެދި ލިޔުމުގެ ކޮޕީ އަކީ އޭގެ އަސްލުން
ނެގިފައިވާ ކޮފިކަމަށާއި،
އިންޕޭޝަންޓް ފޯލްޑަރގައި ފައިލް ނަންބަރ 584 ގައިވާ އަތުލިޔުމަކީ ދެމީހެއްގެ
ލިޔުންކަމަށް ފާހަގަކުރެވޭ ކަމާއި، އެއީ ދެޑޮކްޓަރެއްގެ ލިޔުމެއް އޭގައިވާތީ އެގޮތަށް އަޅުގަނޑުމެންނަށް
އައިޑެންޓިފައި ކުރެވިފައިވާތީކަމާއި، އިންޕޭޝަންޓް ރެކޯޑަކީ ކޮޕީއެއްކަމަށް ނުފެންނަކަމަށާއި، އެލިޔުމުގައި
އަސްލެއްކަމަށް ފާހަގަކުރެވޭ ވަރަށް ގިނަ ފީޗާރސްތަކެއް ފާހަގަ ކުރޭކަމާއި،
އެރިޕޯޓުގެ 7 ވަނަ ނަންބަރުގައި 1 (އ) އިން ޕޭޝަންޓް ރިކޯޑްގައި ކަޅުކުލައިގެ
ޤަލަމަކުން އިނގިރޭސިން "stop" މިހެން ލިޔެފައިވާ އަތުލިޔުމާއި އަދި ނޫކުލައިގެ ޤަލަމަކުން 15 ޖުލައި
2007 މިހެން ތާރީޚް ޖަހައި ލިޔެފައިވާ އަތުލިޔުމަކީ އިންޕޭޝަންޓް ރެކޯޑުގައި ލިޔެފައިވާ އެންމެހާ
ތަކެތީގެ ފަހުން ލިޔެފައިވާ ތަކެތިތޯ ނުވަތަ ނޫންތޯ، މިހާރު ބޭނުންކުރެވޭ ވަޞީލަތްތަކުގެ އަލީގައި ހޯދިފައި
ދިވެހިސާ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{{09/HC-A/368
e o
2x 2ދ
2009
<< O
24 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނުވާކަމަށާއި، 8 ވަނަ ނަންބަރުގައި 1 (ށ) ގައި އިންޕޭޝަންޓް ރިކޯޑްސްގައި ލިޔެފައިވާ އެންމެހައި
ލިޔުންތަކުގެ ތެރެއިން ކުރިން ނުވަތަ ފަހުން ލިޔެފައިވަނީ ކޮން ލިޔުމެއްތޯ މިހާރު އަތުގައި ހުރި
ވަޞީލަތްތަކުގެ އެހީގައި ހޯދިފައި ނުވާކަމަށް ބުނެފައިވާކަން އެނގޭކަމާއި،
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ޔުނިޓްއިން ތަޙްލީލު ނުކުރެވުނު ދެ ލިޔުން
ދިވެހިރާއްޖޭއިން ބޭރުން އެފަދަ ތަޙްލީލު ކުރެވޭ ލެބޯޓްރީއެއް ހޯދުމަށްފަހު އެލެބޯޓްރީއިން މިތަޙްލީލް ކުރަން
އަޙްމަދު އިޙްސާނުގެ ފަރާތުން އެދުމުން އެފަދަ ލެބޯޓްރީއެއް ހޯދުމުގެ ފުރުސަތު ޝަރީޢަތުގެ ފަރާތުން
ދައުލަތަށް ދެވުނު ކަމުގައިވީ ނަމަވެސް، ރާއްޖެއިން ބޭރުން އެފަދަ ލިޔުން ތަޙްލީލުކޮށް ދޭ މަރުކަޒެއް
ހޯދުމަށް ދައުލަތުގެ ފަރާތުން ކުރި މަސައްކަތުން އެފަދަ މަރުކަޒެއް ހޯދިފައިނުވާކަމަށް 18
2014 ވަނަ ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން
ބުނުމުން، އަޙްމަދު އިޙްސާން އަމިއްލަ ހައިސިއްޔަތުން އެލިޔުންތައް ރާއްޖެއިން ބޭރުން ތަޙްލީލުކުރުމަށް
ބޭނުންވާކަމަށް ބުނެ އެފަދަ ފުރުސަތެއް ދިނުމަށް ޝަރީޢަތުގައި އޭނާގެ ފަރާތުން އެދުމުން އެފުރުސަތު
އަޙްމަދު އިޙްސާނަށް ދެވިފައިވާ ކަމާއި، ނަމަވެސް، އެލިޔުންތައް ރާއްޖެއިން ބޭރުން ތަޙްލީލްކުރާނެ
މަރުކަޒެއް ހޯދައިގެން މަސައްކަތް ކުރުވުމަށް ވަރަށް ގިނަ ވަގުތާއި އަދި އެކަމަށް ހިނގާނެކަމަށް ބެލެވޭ
ޚަރަދަކީ ކުރިން އަންދާޒާ ކުރެވުނު ވަރަށްވުރެ ބޮޑު ޚަރަދަށްވެފައި، އަޙްމަދު އިޙްސާނުގެ ދަރިފުޅުގެ
ކަންފަތަށް ކުރަންޖެހޭ ޚަރަދުގެ އިތުރުން އެހެން އެއްވެސް ޚަރަދެއް ކުރެވެން ނެތްކަމަށާއި، އެލިޔުންތައް
އިތުރަށް ތަޙްލީލް ކުރުމުގެ ބަދަލުގައި މިހާރު ހުށަހެޅިފައިވާ ހެއްކާއި ޤަރީނާގެ މައްޗަށް ބިނާކޮށް މައްސަލަ
ނިންމައި ދިނުމަށް މި މައްސަލަ އިސްތިއުނާފުކުރާ އަޙްމަދު އިޙްސާނުގެ ފަރާތުން 01 ޑިސެމްބަރ 2014
ގައި ދިވެހިރާއްޖޭގައި ހައިކޯޓުގައި އެދިފައިވާކަން އެނގެން އޮންނަކަމެވެ.
OXO
(އ) އަށްވަނަ ކަމަކީ: ޢާއިޝަތު އިޔާން އިޙްސާންގެ ކަންފަތުގެ އިވުމުން
މަޙްރޫމްވެފައިވަނީ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގައި ކުއްޖާ ބެލި ޑޮކްޓަރ ޕަވަލް، އެކުއްޖާއަށް ފަރުވާ
ހއ 232
24
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2009/HC-A/368
25 ޤަޟިއްޔާ ނިމުނު "
يمر متر مربع
Puc
(
ދިނުމުގައި ޖެންޓަމައިސިން ދިނުމުގައި އިހްމާލުވުމުގެ ސަބަބުންތޯ ބަލާއިރު، ބަލިމީހާއަށް ފަރުވާކުރުމުގައި
ޑޮކްޓަރަކު އިހުމާލުވެފައިވޭތޯ ބެލުމުގައި،
(1) ސިއްހީ ޚިދުމަތް ދޭ ފަރާތުން (ހޮސްޕިޓަލް ޑޮކްޓަރ) ބަލިމީހާއަށް ފަރުވާތެރިވުމުގެ
ޒިންމާ އޮތްތޯ؟ އާއި،
(2) އެޒިންމާއާ އެފަރާތުން ޚިލާފުވެފައިވޭތޯ؟ އާއި،
(3) އެޚިލާފުވުމުގެ ސަބަބުން ގެއްލުމެއް ލިބިފައިވޭތޯ؟ ނުވަތަ އެގެއްލުން ލިބުމަކީ ނާދިރު
ކަމެއްތޯ؟ ބަލަންޖެހޭ ކަމާއި، އެގޮތުން ބަލާއިރު، ބަލިމީހާ ސިއްޙީ ޚިދުމަތް ހޯދުމަށް ގޮސް އެފަރާތުގައި
ބަލިމީހެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭ ހިސާބުން އޭނާއަށް ޚިދުމަތް ދިނުމުގައި ފަރުވާތެރިވުމުގެ ޒިންމާ
އެފަރާތުގެ މައްޗަށް އޮންނަކަމާއި، ފަރުވާތެރިވުމުގެ ޒިންމާ އަދާކުރުމުގައި އެކަށީގެންވާ އަޅާލުމާއި
ރައްކާތެރިކަމާއި، އޯގާތެރިކަމާއެކު، އެފަރާތަށް ލިބިފައިވާ ހުރަނާއި ޢިލްމާއި ތަޖްރިބާގެ އަލީގައި،
ކަނޑައެޅިފައިވާ ޤަވާޢިދުތަކާއި އުޞޫލުތަކާއި ހަމަތަކާއި މިންގަނޑުތަކާއި އެއްގޮތަށް ނުވަތަ ޚިލާފުނުވާނެ
ގޮތަށް ޢަމަލުކުރަންޖެހޭނެކަން އެނގޭކަމާއި، ޢާއިޝަތު އިޔާން އިޙްސާން 14 ޖުލައި 2007 ދުވަހު ގދ.
ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެނެސް އެހޮސްޕިޓަލުގައި ބަލިމީހެއްގެ ގޮތުގައި ރަޖިސްޓްރީވުމުން އޭނާއަށް
ފަރުވާތެރިވުމުގެ ޒިންމާ އެހޮސްޕިޓަލުގެ މައްޗަށް އޮތްކަން އެނގޭކަމާއި، އެހެންކަމުން އިހްމާލުވެފައިވޭތޯ
ބެލުމުގައި ފުރިހަމަވާންޖެހޭ ފުރަތަމަ އުންސުރުކަމުގައިވާ ބަލިމީހާއަށް ފަރުވާތެރިވުމުގެ ޒިންމާ އޮތްކަން
އެނގޭކަމާއި، ދެވަނަ ކަމަކީ، ފަރުވާތެރިވުމުގެ ޒިންމާއާއި އެފަރާތުން (ހޮސްޕިޓަލުން! ޑޮކްޓަރ)
ޚިލާފުވެފައިވޭތޯ ބަލާއިރު، ތަނުގައި ލިބެން ހުރި ވަސީލަތްތަކަށް ރިޢާޔަތް ކުރުމާއެކު ޚިދުމަތް ދިނުމުގައި
ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ޢަމަލު ކޮށްފައިވޭތޯ ބަލަންޖެހޭކަމާއި، މިގޮތުން، މި މައްސަލަ
އިސްތިއުނާފުކުރާ އަޙްމަދު އިޙްސާނުގެ ދަރިފުޅުގެ ކަންފަތުގެ އިވެން ނެތިގޮސްފައިވަނީ އެކުއްޖާއަށް
ޖެންޓަމައިސިން ދިނުމުގައި އިހުމާލުވުމުގެ ސަބަބުންތޯ ބަލާއިރު، 14 ޖުލައި 2007 ގައި ޢާއިޝަތު
އިޔާން އިޙްސާން ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ދެއްކުމުން އެކުއްޖާގެ ޙާލަތުހުރި ގޮތް ބެލުމަށްފަހު،
Alc
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
443
2{{9/HC-A368
26 ޤަޟިއްޔާ ނިމުނު
کی مرکی
99
އެކުއްޖާ އެޑްމިޓްކުރެވުނު ކަމާއި، އޭނާ އެޑްމިޓްކުރި ފޯމުގައި ކުއްޖާގެ ބަރުދަނަށް 14.5 ކިލޯކަމަށް
ލިޔެފައިވާކަން އެނގޭކަމާއި، އެކުއްޖާ ބަލައި ހެދުނު ޓެސްޓްތަކުން ބެކްޓީރިއަލް އިންފެކްޝަނެއް ހުރިކަން
އެނގެން އޮތުމުން، އެންޓިބަޔޮޓިކެއްގެ ގޮތުގައި ޖެންޓަމައިސިން ދެވުނުކަމާއި، އެބޭސް ދީފައިވަނީ 30
މިލިގްރާމް ދުވާލަކު ދެއިރު 1/2
3 ކަމާއި، އެބޭސް ދީފައިވަނީ އެބޭސް ދިނުމަށް ކަނޑައަޅާފައިވާ
އުސޫލުތަކާއި މިންގަނޑަށް ފެތޭގޮތަށްކަމާއި، އެބޭސް ދީފައިވާ ގޮތަށް ބަލާއިރު، އޭގެ ސަބަބުން އެކުއްޖާގެ
ކަންފަތުގެ އަޑުއިވުމަށް ގެއްލުން ލިބުމަކީ ނާދިރުކަމެއްކަމަށް މިމައްސަލާގައި ހުށަހެޅި ޚަބީރުންގެ
ބަހުންނާއި، ކުއްޖާ ބެލުމުގައި ބައިވެރިވި ޑޮކްޓަރުންނާއި އަދި މި މައްސަލާގައި ހެކިބަސް ދީފައިވާ
ނަރުހުންގެ ހެކިބަހަށް ބެލުމުން އެނގެން އޮންނަކަމާއި، ސިއްހީ ޚިދުމަތް ދޭ ފަރާތުން ބަލިމީހުންނަށް
ފަރުވާދިނުމުގައި ކުރުމުގައި އިޙްމާލުވެފައިވޭތޯ ބެލުމަށްޓަކައި ކޯޓުތަކުގައި ބޭނުންކުރެވޭ "ބޯލަމް ޓެސްޓް"
އަކީ، ޞިއްޚީ ޚިދުމަތް ދޭ ޑޮކްޓަރ ބަލިމީހާ ބެލުމުގައި ޚިދުމަތް ދިނުމުގައި ޢަމަލުކޮށްފައިވަނީ
އެދާއިރާއެއްގައި ހުނަވެރި ޒިންމާދާރު ޑޮކްޓަރުންގެ ބަޔަކު އެއީ އެބައްޔަށް ފަރުވާދިނުމަށް އެކަށީގެންވާ
ޤަބޫލުކުރާ ގޮތަކަށްވާނަމަ، އަދި އެފަދަ ޙާލަތެއްގައި އެހެން ޑޮކްޓަރަކު އެގޮތަށް ޢަމަލު
ކުރާނެކަމުގައިވާނަމަ، ޑޮކްޓަރު އިހްމާލުވީކަމުގައި ނުބަލައި، އެގޮތަށް ކޯޓުތަކުގެ ނިންމުން ބިނާކުރާ
އުޞޫލެއްކަން އެނގޭކަމާއި، މި މައްސަލާގައިކަން ހިނގާފައިވާ ގޮތުގެ މައްޗަށް ބަލާއިރު، ގެއްލުން ލިބުނު
ކަމަށް ބުނާ ޢާއިޝަތު އިޔާން އިޙްސާން ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެނެވުނު އިރު އެކުއްޖާގެ
ޙާލަތުހުރި ގޮތަށާއި، ހެދުނު ޓެސްޓްތަކުގެ ނަތީޖާއަށް ރިޢާޔަތްކޮށް އެންޓިބައޮޓިކެއް ކަމުގައިވާ
ޖެންޓަމައިސިން ދިނުމަކީ އެފަދަ ޙާލަތެއްގައި އެހެން ޑޮކްޓަރުންވެސް ޢަމަލުކުރާނެ ގޮތެއްކަން މި
މައްސަލާގައި ލިބިފައިވާ ހެއްކާ ޤަރީނާތަކުން އެނގޭކަމާއި، އަދި އެކުއްޖާއަށް ޖެންޓަމައިސިން ދީފައިވަނީ
އެބޭސް ދިނުމަށް ކަނޑައެޅިފައިވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށްކަން އެނގެން އޮތުމުން، ފަރުވާދޭ
ފަރާތުގެ މައްޗަށް އޮތް ބަލިމީހާއަށް ފަރުވާތެރިވުމުގެ ޒިންމާއާ ޑޮކްޓަރ ޚިލާފުވެފައިނުވާކަން އެނގޭކަމާއި،
ތިންވަނަ ކަމަކީ، ޢާއިޝަތު އިޔާން އިޙްސާނުގެ ކަންފަތުގެ އިވުން ގެއްލިފައިވަނީ އޭނާއަށް ޖެންޓަމައިސިން
04x ދ ތތ
ގޮތެއްކަމަށް
99
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{{9/HC-A/368
کی عمری
/02 ހދ0
ދިނުމުގެ ސަބަބުންކަމަ
27 ޤަޟިއްޔާ ނިމުނު "
ންކަމަށް މި މައްސަލަ އިސްތިއުނާފުކުރާ އަޙްމަދު އިޙްސާނުގެ ފަރާތުން ބުނާއިރު، ޑޮކްޓަރީ
ކޮންމެ ބޭހަކީ އޭގައި ސައިޑް އިފެކްޓްސް ހުންނަ ބޭހެއްކަމާއި، ބޭހެއް ދޭ ކޮންމެ މީހަކަށް އެބޭހުގައި
ހުންނަ ސައިޑް އިފެކްތައް ކިޔައިދިނުން ޑޮކްޓަރުގެ މައްޗަށް ލާޒިމް ނުވާކަމާއި، ނަމަވެސް، އެމީހަކަށް
އެބޭހެއްގެ ސަބަބުން ސައިޑް އިފެކްޓްސްގެ އަސަރުކޮށްފާނެކަމުގެ އިހްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި
އޮންނަ ޙާލަތުގައި އެބޭހެއްގެ ސައިޑް އިފެކްޓްސްތައް ބަލިމީހާއަށް ޑޮކްޓަރ ކިޔައިދޭންޖެހޭނެކަމަށް
ޤަބޫލުކުރެވޭ ކަމާއި، ޑޮކްޓަރީ ބޭހުގެ އަސަރު އެކިމީހުންނަށް ކުރާނީ އެކިވަރަށް ކަމާއި، އެއްޙާލަތެއްގައިވާ
ދެމީހަކަށް އެއްބޭހަކުން ކުރާ އަސަރުގެ މިންވަރު ތަފާތު ވެދާނެކަމާއި، ކޮންމެ ބޭހަކީވެސް އޭގެ ޒާތުގައި
ސައިޑްއިފެކްޓްސް ހުންނަ ބޭހެއް ކަމުގައިވީނަމަވެސް، އެބޭހެއްގެ ސައިޑް އިފެކްޓް ކުރުން ބިނާވަނީ
އެމީހެއްގައި ހުންނަ ޙާއްޞިއްޔަތެއްގެ މައްޗަށްކަން އެނގޭއިރު، މި މައްސަލައިގައި ގެއްލުން ލިބުނުކަމަށް
ބުނާ ޢާއިޝަތު އިޔާން އިޙްސާނުގެ ކަންފަތުގެ އިމުން ނެތި ގޮސްފައިވަނީ ކޮން ސަބަބަކާ ގުޅިގެންކަން
ބެލުމަށްޓަކައި އެއްވެސް ޓެސްޓެއް ހަދާފައިވާކަން އެނގެން ނެތްއިރު، އެކުއްޖާއަށް ގެއްލުން ލިބިފައިވަނީ
ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ ކުޑަކުދިންގެ ޚާއްޞަ ޑރ. ޕަވަލް އެކުއްޖާއަށް ފަރުވާކުރުމުގައި
ޖެންޓަމައިސިން ދިނުމުގެ ސަބަބުންކަމަށް އަޙްމަދު އިޙްސާނުގެ ފަރާތުން ބުނާބުނުމަކީ،
ސައިޑްއިފެކްޓްތަކުގެ ތެރޭގައި ކަންފަތުގެ އިވުމަށް އުނިކަން ލިބުން ހިމެނިފައިވުމާއި ޢާއިޝަތު އިޔާން
އިޙްސާނުގެ ކަންފަތުގެ އިވުމަށް ގެއްލުން ލިބިފައިވަނީ އޭނާއަށް ޖެންޓަމައިސިން ދިނުމުގެ ސަބަބުން ކަމަށް
ބެލެވިދާނެ ކަމެއްކަމަށް އޭގެ ފަހުން އޭނާ ބެލި ބައެއް ޑޮކްޓަރުން ބުނާތީ ކަން އެނގެން އޮތްނަމަވެސް،
އޭނާއަށް ޖެންޓަމައިސިން ދީފައިވަނީ އެބޭސްދިނުމަށް ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށްކަމާއި އެބޭސް
ދިނުމުގައި އިހްމާލުވެފައިނުވާކަން މި މައްސަލާގައި ޝަރީޢަތަށް ޙާޟިރު ކުރެވުނު ހެކިންގެ ހެކިބަހުންނާއި
ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮތުމުން، ޢާއިޝަތު އިޔާން އިޙްސާނުގެ ކަންފަތުގެ އިވުން
ގެއްލިފައިވަނީ އޭނާއަށް ފަރުވާކުރި ޑޮކްޓަރުންގެ އިޙްމާލުންކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން
ޝަރީޢަތުން ކަނޑައެޅެން ނެތްކަމެވެ .
4 224 2
ހގ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
28 ޤަޟިއްޔާ ނިމުނު ގޮތު
2{{09/HC-A/368
کی مرکی
=32
މިކަންކަން މިހެން ހުރުމާއެކު، ގދ. ފަރެސް/ ހަނދުވަރުގޭ އަޙްމަދު އިޙުސާންގެ ދަރިފުޅު
ޢާއިޝަތު އިޔާން އިޙްސާނުގެ ކަންފަތުގެ އިވެން ނެތިގޮސްފައިވަނީ، އެކުއްޖާ ހުންއައިސް އަތް ދުޅަވެގެން
ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމުން އެހޮސްޕިޓަލުން އޭނާއަށް ފަރުވާދިނުމުގައި
ޖެންޓަމައިސިން ދިނުމުގެ ސަބަބުންކަމަށް އަޙްމަދު އިޙްސާނުގެ ފަރާތުން ބުނާއިރު، ގދ. ތިނަދޫ ރީޖަނަލް
ހޮސްޕިޓަލަށް 2007 ޖުލައި 14 ވަނަ ދުވަހު، ގެންދިއުމުން އެހޮސްޕިޓަލުން އޭނާއަށް ފަރުވާކޮށްފައިވަނީ
ޑޮކްޓަރުން ފަރުވާ ދިނުމުގައި ޢަމަލުކުރުމަށް ކަނޑައަޅާފައިވާ އުޞޫލުތަކާއި މިންގަނޑުތަކާ ޚިލާފުކަމަށް
ނުވުމާއި، އޭނާއަށް ފަރުވާކުރުމުގައި އެހޮސްޕިޓަލުން ނުވަތަ ޑޮކްޓަރުން އިހްމާލުވެފައިނުވާކަން މި
މައްސަލާގައި އަޙްމަދު އިޙްސާނުގެ ފަރާތުން ހެކިންގެ ގޮތުގައި ހުށަހެޅި ނަރުހުންގެ ހެކިބަހުންނާއި، ގދ.
ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން ޢާއިޝަތު އިޔާން އިހްސާނަށް ފަރުވާކުރި ގޮތުގެ ލިޔުންތައް ބެލި ޚަބީރުންގެ
ބަހުންނާއި، ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ޝަރީޢަތަށް ސާބިތުވާތީ، މަދަނީ ކޯޓުގެ ނަންބަރު
2008/MC/523 ޤަޟިއްޔާގައި، ގދ. ފަރެސް/ ހަނދުވަރީގޭ، އަޙްމަދު އިޙްސާނުގެ ދަރިފުޅު،
ޢާއިޝަތު އިޔާން އިޙްސާނުގެ ކަންފަތުގެ އިވުން ގެއްލިފައިވަނީ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި
މަސައްކަތްކުރާ ޑރ.ޕަވަލް އެކުއްޖާއަށް ފަރުވާދިނުމުގައި އިހުމާލުވެ، އެކުއްޖާއަށް ޖެންޓަމައިސިން
އެންޓިބަޔޮޓިކް ދިނުމުގައި އިހުމާލުވުމުގެ ސަބަބުންކަމަށް ޝަރީޢަތުން ކަނޑައެޅުއްވެން ނެތްކަމަށާއި، އަދި
ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން މިނިސްޓްރީ އޮފް ހެލްތުގެ ކިބައިން ހޯދުމަށް އަޙްމަދު އިޙްސާން
އެދިފައިވާ ބަދަލު ނަންގަވައި ދެއްވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ ޚިލާފަށްކަމަށް ބަލާނެ ތަނެއް އޮތްކަމަކަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{{09/HC-A/368
29 ޤަޟިއްޔާ ނިމުނު ގޮތު
کمری
ދެލި
ޙުކުމް
OX
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު މަދަނީ ކޯޓުގެ ނަންބަރު
2008/MC/523 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ގދ. ފަރެސް ހަނދުވަރުގޭ އަޙްމަދު އިޙުސާނުގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް
ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލު ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް މިޤަޟިއްޔާ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv