ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-I-K/15 ޤަޟިއްޔާގެ ޙުކުމް
2011/HC-I-K15
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 15/HC-I-K/2011
• މައްސަލަ ހުށަހެޅި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
*
ދަޢުވާ ރައްދުވި ފަރާތް:
* ނަން: ޢަލީ ޢަބްދު01
ވީ ޢަބްދު
ކާޑު ނަންބަރ: A086406
: ދާއިމީ އެޑްރެސް: ލ.ފޮނަދޫ |މާވަނި
އެޑްރެސް: ލ.ފޮނަދޫ މާވަނި
*
އައިޑީ
ހުށަހެޅުނު ތާރީޚް: 16 މާޗް 2011
* ނިމުނު ތާރީޚް: 17 މާޗް 2011
0
. ޤަޟިއްޔާގެ ބާވަތް: އިންތިޚާބީ ކުށް
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު އަޙްމަދު ޝަރީފު ޢަލީ، އިސްފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my ieme
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-I-K15
ދަޢުވާގެ ޚުލާޞާ
މިއީ ލ.ފޮނަދޫ މާވަނި ޢަލީ ޢަބްދުﷲގެ މައްޗަށް ފުލުސް ކޯޓުގެ ނަންބަރ 1986/FC/889
ޤަޟިއްޔާ އާއި އެކޯޓުގެ 1986/FC/892 ޤަޟިއްޔާއިން ހިޔާނާތުގެ ކުށް ސާބިތުވެފައިވަނިކޮށް 5 ފެބްރުއަރީ
2011 ދުވަހު ބޭއްވުމަ
އުވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު 2011އަށް ކުރިމަތިލުމުގެ ގޮތުން
އިލެކްޝަންސް ކޮމިޝަނަށް ޢަލީ ޢަބްދުﷲ ހުށަހެޅި ލޯކަލް ކައުންސިލްތަކުގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ
ފޯމްގައި މީނާއަކީ ޤާނޫނު ނަންބަރު: 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު) ގެ ޤާނޫނުގެ 12ވަނަ
މާއްދާގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަވެފައިވާ މީހެއްކަމަށާއި އެފޯމުގައިވާ މައުލޫމާތުތަކަކީ ޞައްޙަ
މައުލޫމާތުކަމަށް އިޤުރާރުވެ އިންތިހާބަށް ކުރިމަތިލުމުގެ ގޮތުން ދޮގުމައުލޫމާތު ދީފައިވާތީ ޤާނޫނު ނަންބަރު
11/2008 (އިންތިޚާބު ތަކާއި ބެހޭ ޢާންމު ޤާނޫނު)ގެ 74 ވަނަ މާއްދާގެ (ހ)ގެ 1ވަނަ ނަންބަރު އާއި
އެޤާނޫނުގެ 14ވަނަ މާއްދާގެ (ށ)ގެދަށުން ޢަލީ ޢަބްދުﷲގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ
ކުރުމުން ބެލިފައިވާ އިންތިޚާބީ ކުށުގެ މައްސަލައެކެވެ.
ހ(2224
ދެއްވާކރަށް
ފާހަގަކުރެވުނު ނުކުތާތައް:
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދަޢުވާ ހުށަހަޅަމުން ދެއްކި ވާހަކައަށާއި ދައުވާލިބޭ ޢަލީ
ޢަބްދުﷲގެ ފަރާތުން ޝަރީޢަތަށް ދީފައިވާ ބަޔާނަށާއި ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ސްޕްރީމްކޯޓުގެ
ނަންބަރު 09/SC
-
E/2011 ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާސާއަށާއި ލޯކަލް ކައުންސިލްތަކުގެ މެންބަރުކަމަށް
ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނަށް ޢަލީ ޢަބްދުﷲ ހުށަހެޅި ފޯމަށް ބަލާއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ލޯކަލް ކައުންސިލް އިންތިޙާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގައި އިންތިހާބަށް ކުރިމަތިލާ
މީހެއްގައި ހުންނަންޖެހޭ ޝަރުތުތައް ބަޔާންކޮށްފައިވާއިރު އެމާއްދާގެ (ނ) ގައި އަންނަނިވި ޙާލަތުންކުރެ
ޙާލަތެއްގައިވާ މީހަކަށް ލޯކަލް ކައުންސިލްތަކުގެ އިންތިޙާބުގައި ބައިވެރިއެއް ނުވެވޭނެކަމަށް ބުނެފައިވާ
ޙާލަތްތަކުގެ ތެރެއިން އެމާއްދާގެ (ނ) ގެ 4 ވަނަ ގައި ވަނީ "އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ
ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ނުވަތަ
މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިވުން" މިފަދައިން ކަމާއި
ދިވެހިއެވެ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my ieme
2011/HC-I-K15
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0 0
މިމާއްދާގައި ވަކި ވަކި މުއްދަތެއް ނުވަތަ ޒަމާނެއް ތަހްދީދުކޮށް ނުވަތަ ވަކި އަހަރުތަކެއް ލިމިޓްކޮށްފައިނުވާކަން
ސާފުކޮށް އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
(ށ) ޢަލީ ޢަބްދުﷲގެ މައްޗަށް ފުލުސްކޯޓުގެ ނަންބަރު 1986/FC/889 ޤަޟިއްޔާއާއި
1986/FC/892 ޤަޟިއްޔާއިން ޚިޔާނާތުގެ ކުށް ސާބިތުވެފައިވާ ކަމާއި އެކަމަށް ޢަލީ ޢަބްދު
އިންކާރުނުކުރާކަމާއި ޢަލީ ޢަބްދުﷲ އަކީ ޤާނޫނު ނަންބަރ 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ
ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ ނަންބަރުގައި ބުނެފައިވާ ޚިޔާނާތުގެ ކުށެއް ޝަރީޢަތަށް
ސާބިތުވެފައިވާ މީހެއްކަމަށްވުމުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމަށް ޢަލީ ޢަބްދުﷲ އަށް އޮތް
ޙައްޤަށް ހުރަސް އެޅިފައިވާކަމާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓެއްގެ ކިބައިގައި
ހުރުން ޤާނޫނު ނަންބަރު 10/2010 އިން ލާޒިމްކުރާ އެއްވެސް ޝަރުތެއް ފުރިހަމަނުވާ ފަރާތްތަކަށް
އެއިންތިޙާބުގައި ވާދަކުރުމުގެ ޙައްޤު ލިބިގެން ނުވާނެ ކަމާއި ޢަލީ ޢަބްދުﷲއަށް ކެނޑިޑޭޓެއްގެ ހައިސިއްޔަތުން
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011ގައި ބައިވެރިވުމަށް ޙައްޤު ލިބިގެން ނުވާކަމާއި މިކަންކަން
ސްޕްރީމްކޯޓުގެ ނަންބަރު 09/SC
-
E/2011 ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާސާއަށް ބަލާއިރު އެނގެން
އޮންނަކަން ފާހަގަކުރެވެއެވެ.
(ނ) ޢަލީ ޢަބްދުﷲ 5 ޑިސެމްބަރ 2010 ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ލޯކަލް
ކައުންސިލްތަކުގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމުގެ ކެނޑިޑޭޓުގެ އިޤުރާރުގައި ޢަލީ ޢަބްދުﷲ އަކީ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު (ޤާނޫނު ނަންބަރ 10/2010) 12 ވަނަ މާއްދާގައި ބުނާ
ޝަރުޠުތައް ފުރިހަމަވާ މީހެއްކަމަށް އިޤުރާރުވެ ނަންޖަހައި ސޮއިކޮށްފައިވާއިރު ޢަލީ ޢަބްދުﷲގެ ކިބާގައި
އެމާއްދާގައި ބުނާ ޝަރުޠުތަކުގެ ތެރެއިން އެމާއްދާގެ (ނ) ގެ 4 ވަނަ ނަންބަރުގައި ބުނާ ޝަރުޠު ފުރިހަމަ
ނުވަނީ ޚިޔާނާތުގެ ކުށް ސާބިތުވެފައި އޮވެގެންކަން އެނގެން އޮތުމުން ޢަލީ ޢަބްދުﷲ އިލެކްޝަންސް
ކޮމިޝަނަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށްޓަކައި ދީފައިވާ މަޢުލޫމާތަކީ ތެދު
މަޢުލޫމާތުކަން ބެލޭނެ ހަމައެއްނެތްކަން ފާހަގަކުރެވެއެވެ.
(ރ) އިސްވެ ބަޔާން ކުރެވުނު ކަންތައް ބަޔާން ކުރެވި ދިޔަ ގޮތުގެ މަތިން ހުރުމުން ލ. ފޮނަދޫ 1
މާވަނި ޢަލީ ޢަބްދުﷲ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 އަށް ކުރިމަތިލުމަށް އިލެކްޝަންސް
ކޮމިޝަނަށް ހުށަހެޅި ފޯމުގައި ދޮގު މަޢުލޫމާތު ދީފައިވާކަން ޤާނޫނީ އަދި ޝަރުޢީ ނަޒަރުން ބަލާއިރު ސާފުކޮށް
4 22
ދިވެހިa
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my ieme
2011/HC-I-K15
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އެނގެން އޮތުމުން
ޢަލީ ޢަބްދުﷲ ގެ މައްޗަށް އިންތިޙާބުތަކާއިބެހޭ ޢާންމު ޤާނޫނުގެ 74 ވަނަ މާއްދާގެ (ހ)
ގެ ދަށުން 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށުގެ ޢަމަލުގެ އަދަބު ޙައްޤުވާކަމަށް މިމައްސަލަބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަން.
ވީމާ، ލ. ފޮނަދޫ މާވަނި ޢަލީ ޢަބްދުﷲގެ މައްޗަށް ފުލުސްކޯޓުގެ ނަންބަރު 1986/FC/889
ޤަޟިއްޔާ އާއި އެކޯޓުގެ ނަންބަރު 1986/FC/892 ޤަޟިއްޔާއިން ޚިޔާނާތުގެ ކުށް ސާބިތުވެފައިވަނިކޮށް، 5
ފެބުރުއަރީ 2011 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ
ފޯމުގައި، ޢަލީ ޢަބްދުﷲ އަކީ، ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު)
ގެ 12 ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠުތައް ފުރިހަމަވެފައިވާ މީހެއްކަމަށާއި، އެފޯމުގައިވާ މަޢުލޫމާތުތަކަކީ
ޞައްޙަ މަޢުލޫމާތުކަމަށް އިޤުރާރުވެފައިވާތީ، އިންތިޚާބުތަކާއިބެހޭ ޢާންމު ޤާނޫނު، ޤާނޫނު ނަންބަރު 11/2008
ގެ 74 ވަނަ މާއްދާ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ފަދައިން އިންތިޚާބަށް ކުރިމަތިލުމުގެ ގޮތުން ދޮގު
މަޢުލޫމާތު ދިނުމުގެ ކުށް ޢަލީ ޢަބްދުﷲގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން
އެޤާނޫނުގެ 74 ވަނަ މާއްދާގެ (ށ) ގެ ދަށުން ޢަލީ ޢަބްދުﷲ -/20000 (ވިހިހާސް) ރުފިޔާއިން
ޖޫރިމަނާކޮށް، މިފައިސާ މިއަދު 17/3/2011 ދުވަހުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް
ފިނޭންސް އެންޑް ޓްރެޒަރީއަށް ދެއްކުމަށްޓަކައި، ދިވެހިރާއްޖޭގެ ހައިކޯޓަށް ދައްކާ ޙަލާސް ކުރުމަށް ޢަލީ
ޢަބްދުﷲ އަށް އަންގައި، މައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރު
ހައިކޯޓް
$=
:
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my ieme