ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/134 ޤަޟިއްޔާގެ ޙުކުމް
l
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/134
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 134/HC
-
A/2010
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އިސްމާޢީލް ޙަސަން
އައިޑީ ކާޑު ނަންބަރ: A073079
ދާއިމީ އެޑްރެސް: މމދ ދަފްތަރު3943
މިހާރުގެ އެޑްރެސް: ހުޅުމާލެ ފްލެޓް 04-01-25
oco
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
އައިޑީ
ކާޑުނަންބަރު.
* ދާއިމީ އެޑްރެސް: އެޗް.ޑީ.ސީ ބިލްޑިންގ
މިހާރުގެ އެޑްރެސް: -
ރަޖިސްޓްރީކުރެވުނު ތާރީޚް: 27 ޖޫން 2010
ނިމުނު ތާރީޚް: 22 ފެބުރުވަރީ 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/MC/2211
ނިންވެވިކްޓް: މަދަނީކޯޓް
މައްސަލައިގެ ބާވަތް: ޙައްޤުހޯދުން
ހުށަހެޅި ތާރީޚް: 2009-09-28 ނިމުނު ތާރީޚް:
:
"18-11-2009 :
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީސް:
• ފަނޑިޔާރު:ޢަބްދުލްޣަނީ މުޙައްމަދު އިސްފަނޑިޔާރު: އަޙުމަދު ޝަރީފު ފަނޑިޔާރު: ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2010/HC-A/134
• ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު: 2009/MC/2211 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، އިސްމާޢީލް ޙަސަން (މ.މ.ފ.ދ.3943/ އައި.ޑީ.ކާޑް
ނަންބަރުA026871) ގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރުމުން ބެލިފައިވާ މައްސަލައެކެވެ.
-01
ކުރެވުނު ނުކުތާތައް:
މިއީ، މަދަނީ ކޯޓުގެ ނަންބަރު: 2009/MC/2211 ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، އިސްމާޢީލް ޙަސަން (މ.މ.ފ.ދ.3943/
އައި.ޑީ.ކާޑް ނަންބަރުA026871) ގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރުމުން ބެލިފައިވާ މައްސަލައެކެވެ.
02- އިސްތިއުނާފް މިކުރެވޭ މަދަނީ ކޯޓުގެ ނަންބަރު: 2009/MC/2211 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެޤަޟިއްޔާގައި އިސްމާޢީލް ޙަސަން ކޮށްފައިވާ ދަޢުވާއަކީ،
2008 ވަނަ އަހަރު ހުޅުމާލެއިން ވިއްކުމަށް ހަމަޖެހުނު 488 ފްލެޓުގެ ތެރެއިން ޤުރުޢަތުން ހޮވުނު ނަންބަރު
64-3-08 (3-C) ގެ ފެލެޓް، 08 ފެބްރުއަރީ 2009 ގައި ލިބުނުކަން އެންގުމަށްފަހު، 16 ޖުލައި 2009
ގައި ފްލެޓް އަތުލުމާއި ގުޅިގެން ފްލެޓް ހޯދުމަށް އެދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ
މައްޗަށް އިސްމާޢީލް ޙަސަން (މ.މ.ފ.ދ.3943/ އައި.ޑީ.ކާޑް ނަންބަރުA026871} ކޮށްފައިވާ ދަޢުވާއެއްކަމާއި،
ދަޢުވާ ބައްލަވާ ކުރައްވާފައިވާ ޙުކުމުގައި، "...އިސްމާޢީލް ޙަސަން، 2008 ވަނަ އަހަރު
އިން ވިއްކުމަށް ހުޅުވާލި 488 ފްލެޓް އަށް ކުރިމަތިލީއިރު، އިސްމާޢީލް ޙަސަން ގެ
ނަމުގައި ގޯއްޗެއް އޮވެ، އެގޯތީގެ ބޮޑުމިން ބަޔާން ކުރަންޖެހޭ އެޗް.ޑީ.ސީ އަށް ހުށަހަޅާފައިވާ ފޯމުގެ 8.1
ވަނަ މާއްދާގައި މިމަޢުލޫމާތު ދީފައި ނުވާކަން ހުށަހެޅިފައިވާ ލިޔުންތަކުންނާއި އިސްމާޢީލް ޙަސަންގެ ބަހުން
ޝަރީޢަތަށް ސާބިތުވާކަމާއި، ހުށަހަޅާފައިވާ ފޯމުގައި ޞައްޙަ ނޫން މަޢުލޫމާތެއް ދީފައިވާނަމަ ފޯމް ބާޠިލް
ކުރެވޭނެކަން އެފޯމުގައާއި، އަދި ފްލެޓަށް ހޮވުނުކަން އަންގައިދޭ ލިޔުމުގައި ބަޔާން ކޮށްފައި އޮތް ހިނދު،
އިސްމާޢީލް ޙަސަން ފޯމުގައި ދިން މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތަކަށް ނުވުމުގެ ސަބަބުން އެޗް.ޑީ.ސީ. ލޓޑ
އިން ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް އިސްމާޢީލް ޙަސަނަށް ލިބުނު ފްލެޓް އެޗް.ޑީ.ސީ ލޓޑ އިން ބާޠިލް
ކޮށްފައިވާތީ، އެޗް.ޑީ.ސީ. ލޓޑ އިން މި ނިންމި ނިންމުން ބާޠިލްކޮށް އިސްމާޢީލް ޙަސަނަށް ފްލެޓް ޙަވާތުރާއްޖޭގެ
09
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2010/HC-A/134
433
6 ޑ
އެކްތާއެވެ.
ކުރުމަށް އެޗް.ޑީ.ސީ. ލޓޑ އަށް އަންގާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމް ކޮށްފީމެވެ." މިފަދައިން
ބަޔާން ކޮށްފައިވާކަން ފާހަގަކުރެވެއެވެ.
03- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން މަދަނީ ކޯޓުގެ ނަންބަރު: 2009/MC/2211
ޤަޟިއްޔާ ގައި ޙުކުމް ކުރެއްވުމާއި ގުޅިގެން އިސްމާޢީލް ޙަސަން ގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު
ރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާ މެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ: މަދަނީ ކޯޓުގެ ނަންބަރު: 2009/MC/2211 ޤަޟިއްޔާ
ނިންމަވާފައިވަނީ ހެކީގެ ގޮތުގައި އިސްމާޢީލް ޙަސަން ހުށަހެޅި ލިޔުންތަކަށް ރިޢާޔަތް ކުރުމެއްނެތި ކަމަށް ބުނެ
ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ދެވަނަ ނުކުތާއަކީ: މަދަނީ ކޯޓުގެ ނަންބަރު: 2009/MC/2211 ޤަޟިއްޔާ ނިންމަވާފައިވާ
ގޮތުން އިސްމާޢީލް ޙަސަންގެ ޙައްޤު ގެއްލިގެން ގޮސްފައިވާ ކަމަށްބުނެ ފާހަގަކޮށްފައިވާ
ތިންވަނަ ނުކުތާއަކީ: މަދަނީ ކޯޓުގެ ނަންބަރު: 2009/MC/2211 ޤަޟިއްޔާ
ނިންމަވާފައިވާ ގޮތުން އިސްމާޢީލް ޙަސަން ލިބިފައިވާ ރަށްވެހި ވުމުގެ ޙައްޤު ގެއްލުމުގެ ފުރުޞަތު
އޮތްކަމަށްބުނެ ފާހަގަ ކޮށްފައިވާ ނުކުތާއެވެ.
* ހަތަރުވަނަ ނުކުތާއަކީ: ގޯއްޗަށް އެދި އެޗް.ޑީ.ސީ. އަށް ހުށަހެޅި ފޯމުގެ 8.1 ގައި،
ގދ.ރަތަފަންދޫ އިން އިސްމާޢީލް ޙަސަން އަށް ލިބިފައިވާ ގޯތީގެ މަޢުލޫމާތު ހިމަނާފައި ނުވާ ސަބަބު ބަޔާން
ކޮށްދިނުމުންވެސް އެކަމަށް ޝަރީޢަތުން ރިޢާޔަތް ކުރައްވާފައިވާ ނުވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ފަސްވަނަ ނުކުތާއަކީ: އެޗް.ޑީ.ސީ. އަށް އިސްމާޢީލް ޙަސަން ހުށަހެޅި ފޯމުގައިވާ 8.1 ގައި
ހިމަނަންޖެހޭ މަޢުލޫމާތު ހިމަނާފައި ނުވާ ސަބަބުން ބަޔާން ކޮށްދިނުމުން، އެފޯމުގައި ޞައްޙަ ނޫން މަޢުލޫމާތެއް
ނެތްކަމަށް އެޗް.ޑީ.ސީ. އިން ޤަބޫލުކޮށް އެފޯމު ބަލައި ގަނެފައިވާ ހިނދު، ޝަރީޢަތުން އެކަމަށް ރިޢާޔަތް
ކުރެއްވުމެއްނެތި މައްސަލަ ނިންމަވާފައިވަނީ އިސްމާޢީލް ޙަސަންގެ ޙައްޤު ގެއްލުވާ ލުމުގެ ގޮތުންކަމަށް ބުނެ
ފާހަގަކޮށްފައިވާ ނުކުތާއެވެ.
04- މަދަނީ ކޯޓުގެ ނަންބަރު: 2009/MC/2211 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އިސްމާޢީލް ޙަސަން ގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާއަށާއި، އެނުކުތާއާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2010/HC-A/134
ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި
ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) އިސްތިއުނާފް މިކުރެވޭ މަދަނީ ކޯޓުގެ ނަންބަރު: 2009/MC/2211 ޤަޟިއްޔާގައި،
އިސްމާޢީލް ޙަސަން ކުޅި ދަޢުވާގައި ބަޔާން ކޮށްފައިވާ ހުޅުމާލެއިން ވިއްކުމަށް ހަމަޖެހުނު 488 ފްލެޓަށް އެދި
އިސްމާޢީލް ޙަސަން ހުށަހަޅާފައިވާ ނަންބަރު:F03627 ފޯމަށް ބަލާއިރު، އެފޯމްގެ 8 ވަނަ ނަންބަރު "ފްޓަށް
އެދޭ މީހާގެ ގޯތި ގެދޮރާ ބެހޭ މަޢުލޫމާތު" މިސުރުޚީގެ ދަށުން، 8.1 ގައި، ތިމާއަށް މާލެއިން ނުވަތަ ރާއްޖޭގެ
އެހެން ރަށަކުން އެއްވެސް ވަރެއްގެ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ވިޔަސް ލިބިފައިވާނަމަ އެބިމުގެ ބޮޑުމިން
ބަޔާން ކުރުމަށް ކަނޑައެޅިފައިވާ ގޮޅީގައި، "ރ" މިގޮތަށް ބަޔާން ކޮށްފައިވާކަމާއި، އެގޮތަށް ބަޔާން ކުރުމުގައި
އެނގެނީ، އިސްމާޢީލް ޙަސަނަށް އެފަދަ އެއްވެސް ތަނަކުން ބިމެއް ލިބިފައި ނުވާކަމަށްބުނެ، އެގޮތުގެ މަތީން
އެފޯމުގައި އިސްމާޢީލް ޙަސަން މަޢުލޫމާތު ދީފައިވާކަމެވެ.
(ށ) އިސްވެ ބަޔާން ކުރެވުނު 488 ފްލެޓަށް ޝަރުޠު ފުރިހަމަވޭތޯ ބެލުމުގައި ނުވަތަ
ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި، މީހަކަށް ގޯއްޗެއް ލިބިފައިވާކަމަށް ބެލުމުގައި ހުޅުމާލޭ
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އިން 05 ގޮތެއް ގެންގުޅެފައިވާކަމާއި، އެގޮތްތަކަކީ:
01- ފްލެޓަށް ކުރިމަތިލީ މީހާގެ ނަމުގައި ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ރަޖިސްޓްރީވެފައި އޮތުން.
02- އެމީހާ ހިމެނޭ ގޮތަށް އެކަކަށްވުރެ ގިނަމީހުންގެ ނަމުގައި ގޯއްޗެއް ރަޖިސްޓްރީ ވެފައި އޮތުން.
ހކުމއ
3- ތަރިކާގެ އުޞޫލުން ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް އެމީހާއަށް ލިބިފައިވާކަމަށް ޝަރުޢީ ކޯޓަކުން
ކޮށްފައިވުން.
04- ތަރިކާގެ އުޞޫލުން ނޫންގޮތަކަށްވެސް ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް އެމީހާއަށް ލިބިފައިވާކަމަށް
ޝަރުޢީ ކޯޓަކުން ޙުކުމެއް ކޮށްފައިވުން
.
ދިވެހިރާއްޖޭގެ
k
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2010/HC-A/134
05- އެމީހަކު ނިސްބަތްވެފައިވާ ރަށެއްގައި ގޯތި ދޫކުރުމާ ޙަވާލުވެ އޮންނަ ރަސްމީ އިދާރާއަކުން އެރަށަކުން
ގޯތި ދޫކުރުމަށް ކަނޑައަޅާފައި އޮންނަ އުޞޫލާ އެއްގޮތްވާ ގޮތުގެ މަތީން ގޯއްޗެއް އެމީހަކާ ޙަވާލު
¢ ¢ ¢ ¢3.
ކޮށްފައިވުން. މި
5 ގޮތްކަން ފާހަގަކުރެވެއެ
.
2 ޑ ޓ އ ދވ
ކރުފާނަކމށ4
(ނ) ފްލެޓަށް އެދި އިސްމާޢީލް ޙަސަން ހުށަހަޅާފައިވާ އިސްވެ ބަޔާން ކުރެވުނު ފޯމްގައި
ދީފައިވާ މަޢުލޫމާތު ތަކަކީ ޞައްޙަނޫން މަޢުލޫމާތެއްކަން ސާބިތުވެއްޖެނަމަ ފޯމް ބާޠިލް ކުރެވޭނެ ކަމަށާއި، އަދި
ފްލެޓް ޙަވާލު ކުރުމަށް ފަހުވެސް، އެމަޢުލޫމާތަކީ ޞައްޙަނޫން މަޢުލޫމާތުކަން ސާބިތުވެއްޖެނަމަ ފްލެޓް ވަކި
ހުޅުމާލެއިން ވިއްކުމަށް ހަމަޖެހިފައިވާ 488 ފްލެޓްގެ ފޯމް ފުރިހަމަ ކުރުމަށް ބޭނުންވާ
މަޢުލޫމާތު ފޯމުގެ "ޢާއްމު ނޯޓް" ގެ 4 ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާކަން އެނގެން އޮތްއިރު،
ދީފައިވާ އެއްވެސް މަޢުލޫމާތަކީ ތެދު މަޢުލޫމާތު ކަމަށް ނުވާނަމަ ފޯމް ބާޠިލް ކުރެވޭނެކަން
ޤަބޫލު ކުރާކަމަށް ފްލެޓަށް އެދި ހުށަހެޅި ފޯމްގެ އިޤްރާރުގައި ލިޔެފައިވާއިރު، އޭގައި އިސްމާޢީލް ޙަސަން
ސޮއިކޮށްފައިވާކަން އެނގެން އޮތުމުގެ އިތުރުން، ޤުރުއަތުން ހޮވުނު ފަރާތްތަކަކީ ފްލެޓް ލިބުމަށް ޝަރުޠު
ހަމަވާ ފަރާތެއްތޯ ޗެކްކުރުމަށްޓަކައި، ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު، ޝަރުޠު ހަމަނުވާ
ފަރާތްތަކާއި، ޞައްޙަނޫން މަޢުލޫމާތު ދީފައިވާ ފަރާތްތައް ޤުރުޢަތަށް ހޮވިފައިވާ ހޮވުން ބާޠިލް ކުރެވޭނެކަން،
ހުޅުމާލެއިން ވިއްކުމަށް ހަމަޖެހިފައިވާ 488 ފްލެޓަށް ޤުރުޢަތުން ހޮވުނުކަން އަންގާ، ސްލިޕްގެ ޓްގެ 2 ވަނަ
ނަންބަރުގައި ބުނެފައިވާ ކަން އެނގެން އޮވެއެވެ.
(ށ) 2008 ވަނަ އަހަރު ހުޅުމާލެއިން ވިއްކުމަށް އިޢުލާނު ކުރި 488 ފްލެޓަށް އިސްމާޢީލް
ޙަސަން ކުރިމަތިލުމުން ޤުރުޢަތުން އޭނާ ހޮވި، އެކަން އޭނާއަށް 08 ފެބްރުއަރީ 2009 ގައި އެންގިއިރު،
އިސްމާޢީލް ޙަސަންގެ ގޯތި ގެދޮރާއި ބެހޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް ސާފުކުރާނެ ކަމާއި،
ސާފުކުރާއިރު، ފްލެޓަށް އެދި ހުށަހެޅި ފޯމުގައި ދީފައިވާ މަޢުލޫމާތު ޞައްޙަ ނޫންކަން އެގިއްޖެނަމަ
ޤުރުޢަތުން ހޮވުނު ހޮވުން ބާޠިލް ކުރެވޭނޭކަން އިސްމާޢީލް ޙަސަނަށް އެންގިފައި ވާނެކަމާއި، އިސްމާޢީލް
ޙަސަންގެ ގޯތި ގެދޮރާއި ބެހޭ މަޢުލޫމާތު ސާފުކުރުމުން، އޭނާއަށް ގދ. ރަތަފަންދޫ އިން 5384.75 އަކަފޫޓުގެ
ގޯއްޗެއް ލިބިފައިވާކަން އެކޯޕަރޭޝަނަށް އެނގިފައިވާކަމާއި، އަދި އެކަމަށް އިސްމާޢީލް ޙަސަންވެސް
#
،
ހ3/
23
އ(204
އެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2010/HC-A/134
އެއްބަސްވާކަން ފާހަގަކުރެވޭތީ، އިސްމާޢީލް ޙަސަން އަށް ޤުރުޢަތުން ލިބުނު ލިބުން ބާޠިލް ކުރެވިފައިވަނީ
ހަމަޖެހިފައިވާ އުޞޫލުތަކާއި އެއްގޮތަށް ކަމަށް އެޗް.ޑީ.ސީ އިން ޤަބޫލު ކުރާކަން ފާހަގަކުރެވޭކަމާއި،
އަދި އިސްމާޢީލް ޙަސަން އަށް ގދ.ރަތަފަންދޫ އިން ލިބިފައިވާ އިސްވެ ބަޔާން ކުރެވުނު ގޯތި
އޭނާ ދޫކޮށްލާފައިވަނީ، އެޗް.ޑީ.ސީ އަށް ފޯމު ހުށަހަޅާ، އެނާއަށް ޤުރުޢަތުން ފްލެޓެއް ލިބުނުކަން އެނގުނު
ފަހުންކަން އެނގެން އޮންނާތީ، އެޗް.ޑީ.ސީ އަށް ފޯމް ހުށަހެޅިއިރު އޭނާ ޞައްޙަ ނޫން މަޢުލޫމާތު ދީފައި
ނުވާކަމަށް ބެލެވޭނޭ އެއްވެސް ހަމައެއް ނެތްކަން ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާން ކުރެވުނު ސަބަބުތައް އެގޮތުގެ
މަތީން ހުރުމާއެކު، މަދަނީ ކޯޓުގެ ނަންބަރު: 2009/MC/2211 ޤަޟިއްޔާގެ ޙުކުމަށް އެއްވެސް ބަދަލެއް
ގެންނަންޖެހޭފަދަ
އޮތްކަމަކަށް މިމައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
ސަބަބެއް
ޙުކުމް:
ކޯއްޗެއް
މ.1.45
)14
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު ސަބަބުތައް އެގޮތުގެ މަތީން
ހުރުމާއެކު، މަދަނީ ކޯޓުގެ ނަންބަރު: 2009/MC/2211 ޤަޟިއްޔާ އެކޯޓުން ބައްލަވައި، އިސްމާޢީލް ޙަސަން
(މ.މ.ފ.ދ.3943/ އައި.ޑީ.ކާޑް ނަންބަރުA026871)، ހުޅުމާލެއިން ވިއްކުމަށް ހަމަޖެހުނު 488 ފްލެޓަށް
ކުރިމަތި ލުމުގެ ގޮތުން ފޯމު ހުށަހެޅިއިރު ގދ.ރަތަފަންދޫ ގައި އޭނާގެ ނަމުގައި 5384.75 އަކަފޫޓުގެ
ރަޖިސްޓްރީވެފައި އޮވެ، އެފޯމްގެ 8 ވަނަ ނަންބަރުގައި، ފްލެޓަށް އެދޭ މީހާގެ ގޯތި ގެދޮރާބެހޭ
މިސުރުޚީގެ ދަށުގައިވާ 8.1 ގައި، ތިމާއަށް މާލެއިން ނުވަތަ ރާއްޖޭގެ އެހެން ރަށަކުން، އެއްވެސް
ވަރެއްގެ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ލިބިފައިވާނަމަ، އެބިމުގެ ބޮޑުމިން ބަޔާން ކުރުމަށް އޮތް ގޮޅީގައި،
އެކަމުގެ ޞައްޙަ މަޢުލޫމާތު ދީފައި ނުވާކަން ހުށަހެޅިފައިވާ ލިޔުންތަކުންނާއި އިސްމާޢީލް ޙަސަން ގެ ބަހުން
ޝަރީޢަތަށް ސާބިތުވާ ކަމަށްޓަކައި، ބަޔާން ކުރެވުނު ފްލެޓް ތަކުގެ ޤުރުޢަތަށް އިސްމާޢީލް ޙަސަން ހޮވިފައިވާ
ހޮވުން ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އިން ބާޠިލް ކޮށްފައިވާ ކުރުން، ބާޠިލް ކަމަށް
ޝަރީޢަތުން ކަނޑައެޅުއްވެން ނެތްކަމަށް މަދަނީ ކޯޓުގެ ނަންބަރު: 2009/MC/2211 ޤަޟިއްޔާގައި
ނިންމަވައި، އެގޮތުގެ މަތީން ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށް ކުރައްވާފައިވާ
Oxc
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
7
2010/HC-A/134
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޙުކުމެއްކަމަށް މިމައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި އެގޮތުގެ މަތީން ޙުކުމް
ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv