ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/183 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012}HC-A/183
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ
• ޤަޟިއްޔާ ނަންބަރ. 183/HC-A/2012
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ކްރައުން ކޮމްޕެނީ ޕްރައިވެޓް
ދާއިމީ އެޑްރެސް: ފަސްމީރު ބިލް
ނަންބަރު: 15
/
1983-C
އިސްތިއުނާފު ރައްދުވި ފަރާތްތައް:
*ނަން:1- ޢަބްދުﷲ އާރިސް
އައިޑީ ކާޑު ނަންބަރު: A287695
:
ދާއިމީ އެޑްރެސް: ރޭޝަން ސ.މަރަދޫ
*ނަން:2- ޢަބްދުﷲ ފާއިޒު
އައިޑީ ކާޑު ނަންބަރު: A111289
* ދާއިމީ އެޑްރެސް: އިރުޝާދު/ ކ.މާއުނގޫދޫ
* ނަން:3- މުޙައްމަދު ޞާދިޤު
އައިޑީ ކާޑު ނަންބަރު: A083204
ދާއިމީ އެޑްރެސް: ބުލޫރެސްޓް ހއ.ދިއްދޫ
* ނަން:4 ޙުސައިން ނަޝީދު
އައިޑީ ކާޑު ނަންބަރު: A122322
އެޑްރެސް: ރޯޝަނީއާގެ /ހދ.މަކުނުދޫ
ހެއިމީ އެޑްރެސް:
*ނަން:5- މުޙައްމަދު ރާފިޢު އަޙްމަދު
ކާޑު ނަންބަރު: A105220
14
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 332502.3، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ނިމުނު ގޮތުގެ ޚުލާޞާ
2012}HC-A/183
*ނަން:6- ބުންޔާމީން ޙަސަން
އައިޑީ ކާޑު ނަންބަރު: A160048
ދާއިމީ އެޑްރެސް: ޖަނަވަރީގެ އދ.މަހިބަދޫ
ދާއިމީ އެޑްރެސް: ދަނބުސުތުލިގެ/ އދ.މަހިބަދޫ
ނަން:7- މަބްރޫކް އަޙްމަދު
* އައިޑީ ކާޑު ނަންބަރު: A028273
E
*ނަން:8- އިބްރާހީމް މުޖުތަބާ
ކާޑު ނަންބަރު: A132984
އެޑްރެސް: އެވަރގްރީން/ ބ.ތުޅާދޫ
*ނަން:9- އިބްރާހީމް މުޙައްމަދު
އައިޑީ ކާޑު ނަންބަރު:A231320
ދާއިމީ އެޑްރެސް: މަލާޒް/ ހދ.ކުޅުދުއްފުށި
އެޑްރެސް: ހަޒާރުމާގެ| ރ.މަޑުއްވަރީ
*ނަން:10- މުޙައްމަދު ރަޝީދު
އައިޑީ ކާޑު ނަންބަރު: A119932
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 27 ރަޖަބް 1433 *ނިމުނު ތާރީޚް: 30 ރަބީޢުލްއާޚިރު 1434
ޖޫން 2012
މާރޗް
17
12
2013
0
• އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2011/VTR/93
• މައްސަލައިގެ ބާވަތް: ވަޒީފާއިން ވަކިކުރުން
• ނިންމެވި ޓްރައިބިއުނަލް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ފަރޮވާ
ތާރީޚް: 10 ޖުލައި 2011
* ނިމުނު ތާރީޚް: 19 ފެބްރުއަރީ 2012
• މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، އިސް ފަނޑިޔާރު: އަޙްމަދު ޝަރީފް، ފަނޑިޔާރު: ޢައްބާސް ޝަރީގިއްޖޭގެ
ޝަރީމިއްޖޭގެ މަސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކުސް js1M1.
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012}HC-A/183
ދަޢުވާގެ ޚުލާޞާ:
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/93 މައްސަލަ އެޓްރައިބިއުނަލުން
ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެ ނިންމުން އިސްތިއުނާފު
ކޮށްދިނުމަށްއެދި ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު
15
/
1983-C) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ، ސ.މަރަދޫ ރޭޝަން ޢަބްދުﷲ އާނިޝް އާއި
ރ.މާއުނގޫދޫ އިރުޝާދު ޢަބްދުﷲ ފާއިޒްއާއި، ހއ.ދިއްދޫ ބްލޫރެސްޓް މުޙައްމަދު ޞާދިޤްއާއި،
ހދ.މަކުނުދޫ ރޯޝަނީއާގެ ޙުސައިން ނާޝިދުއާއި، ސ.ހިތަދޫ ހަނީވިލާ މުޙައްމަދު ރާފިއު
އަޙްމަދުއާއި، އދ.މަހިބަދޫ ޖަނަވަރީގެ ބުންޏާމީން ޙަސަންއާއި، ހަމަ އެރަށު ދަނބުސުތުލިގެ މަބްރޫކް
އަޙްމަދުއާއި، ބ.ތުޅާދޫ އެވަރގްރީން އިބްރާހީމް މުޖުތަބާއާއި، ހދ.ކުޅުދުއްފުށި( މަލާޒް އިބްރާހީމް
މުޙައްމަދުއާއި، ރ.މަޑުއްވަރީ ހަޒާރުމާގެ މުޙައްމަދު ރަޝީދުއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
.1
އިސްތިއުނާފުކުރެވިފައި މިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2011/VTR/93 މައްސަލައަށް ބަލާއިރު، އެމައްސަލައަކީ، ސ.މަރަދޫ ރޭޝަން ޢަބްދުﷲ އާނިޝް
އާއި ނ.މާއުނގޫދޫ އިރުޝާދު ޢަބްދުﷲ ފާއިޒްއާއި، ހއ.ދިއްދޫ ބްލޫރެސްޓް މުޙައްމަދު ޞާދިޤުއާއި،
ހދ.މަކުނުދޫ ރޯޝަނީއާގެ ޙުސައިން ނާޝިދުއާއި، ސ.ހިތަދޫ ހަނީވިލާ މުޙައްމަދު ރާފިއު
އަޙްމަދުއާއި، އދ.މަހިބަދޫ ޖަނަވަރީގެ ބުންޏާމީން ޙަސަންއާއި، ހަމަ އެރަށު ދަނބުސުތުލިގެ މަބްރޫކް
އަޙްމަދުއާއި، ބ.ތުޅާދޫ އެވަރގްރީން އިބްރާހީމް މުޖުތަބާއާއި، ހދ.ކުޅުދުއްފުށި/ މަލާޒް އިބްރާހީމް
މުޙައްމަދުއާ ރ.މަޑުއްވަރީދޫ ހަޒާރުމާގެ މުޙައްމަދު ރަޝީދު، ކޮންރަޑް މޯލްޑިވްސް ރަންގަލި
އައިލެންޑްގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، އެފަރާތްތައް މަޤާމުން ރިޑަންޑަންޓްވިކަމަށް ބުނެ، 04
ޖޫން 2011 ގައި ވަޒީފާއިން ވަކިކުރުމާއި ގުޅިގެން، އެފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ
ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް އެފަރާތްތަކުން ދެކޭތީ، އެމައްސަލަ ބަލައި ދިނުމަށްއެދި، ކްރައުން
އެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 33/11
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/183
3
2
4
3
2 ه
ހެހެވެ
މުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އެފަރާތްތަކުން
ބަލާ ނިންމާފައިވާ މައްސަލައެއްކަމާއި،
ހ / ތ ދه
8އ
ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން އެމައްސަލަ ނިންމާފައިވަނީ، "ދެންފަހެ، ވަޒީފާއާބެހޭ ޤާނޫނާއި،
ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ އެއްވެސް ގަވާއިދެއްވެސް 'ރިޑަންޑަންސީ' ގެ ޙާލަތު
މެދުވެރިވުމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއްކަމަށް ބަޔާންކޮށްފައި
ނެތްނަމަވެސް، މުވައްޒަފަކާއި ވަޒީފާ ދޭ ފަރާތާ ދެމެދު އޮންނަ ވަޒީފާގެ ގުޅުމަކީ ވަޒީފާ ދޭފަރާތެއްގެ
ޙާލަތަށާއި، ބޭނުންތަކަށް ބިނާވެ ވުޖޫދަށް އަންނަ ގުޅުމެއްކަމުން ވަޒީފާ ދޭފަރާތެއްގެ ޙާލަތައް އަންނަ
ބަދަލުތަކެއްގެ ސަބަބުން މުވައްޒަފަކު އަދާކުރަމުންދިޔަ ވަޒީފާއެއް ނެތިދާފަދަ ޙާލަތެއް މެދުވެރިވުމަކީ
އެކަށީގެންވާ ކަމެއްކަމަށް ބުރަވެވޭތީ، އެފަދަ ޙާލަތެއް މެދުވެރިވެގެން އިންސާފުވެރިގޮތަކަށް މުވައްޒަފަކު
ވަޒީފާއިން ވަކިކޮށްފައިވާނަމަ އެ ނިންމުމަކީ ވަޒީފާއާބެހޭ ޤާނޫނާ އެއްގޮތަށް އެކަށީގެންވާ ސަބަބެއް
އޮވެގެން މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި އޮތްއޮތުމެއްކަމަށް ދެކޭހިނދު، މައްސަލައިގައި ހިމެނޭ
ވަޒީފާއިން ވަކިކޮށްފައިވަނީ، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ހިންގުމަށް ބޭނުންވާ
މުވައްޒަފުންގެ އަދަދު ކުރިއަށްވުރެ މަދުކޮށް ރިޑަންޑަންސީ އިޢުލާން ކުރުމާ ގުޅިގެންކަމަށް މައްސަލަ
ރައްދުވި ފަރާތުން ބުނާއިރު، މައްސަލަ ހުށަހެޅި ފަރާތްތައް ވަޒީފާއިން ވަކިކުރި މަރުހަލާގައި
މުވައްޒަފުން މަދުކުރަންޖެހޭތޯ ވަޒަންކޮށް މައްސަލަ ރައްދުވި ކުންފުނިން ބަލާފައިވާ ގޮތެން އެނގެން
ނެތުމާއި، ރިޑަންޑަންސީ އިޢުލާންކުރިކަމަށް ބުނާއިރު އެޙާލަތުގައި މުވައްޒަފުންނާ މެދު ޢަމަލުކުރާނެ
ގޮތްތަކެއް ކަނޑައަޅާފައިވާކަން އެނގެން ނެތުމާއި، މައްސަލަ ހުށަހެޅި ފަރާތްތައް 'ނިއު ޕްރޮސެސް"
އެއްގެ ތެރެއިން އިންސާފުވެރިގޮތަކަށް ވަޒީފާއިން ވަކިކޮށްފައިވާކަން އެނގެން ނެތުމުން، މައްސަލަ
ހުށަހެޅި ފަރާތްތައް ވަޒީފާއިން ވަކިކުރި ސަބަބުކަމަށް މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި ކަންކަން
ސާބިތުކޮށްދެވިފައިވާކަމަށް ބުރަވެވެން ނެތަތީ، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއަށް ރިޢާޔަތްކޮށް
މައްސަލަ ހުށަހެޅި ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ، ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް މައްސަލަ
ބެލި މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (1)
ވަނަ ނަންބަރު ރިޢާޔަތްކޮށް، މައްސަލަ ހުށަހެޅި ފަރާތްތައް ކުރިން އަދާކުރަމުންދިޔަ ވަޒީފާގައި އަލުން
ބެހެއްޓުމަށާއި، އެފަރާތްތަކަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކެއް
Pucco)
cox
Occ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް:
2316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012}HC-A/183
ނުބެލުމަށާއި، އެފަރާތްތައް ވަޒީފާއިން ވަކިކުރިކަމަށް ބުނާ ތާރީޚުން ފެށިގެން މިމައްސަލަ ނިމުނު
ދުވަހާ ހަމައަށް، މުސާރައާއި އިނާޔަތުގެ ގޮތުގައި އެފަރާތްތަކަށް ލިބެންޖެހޭ ފައިސާގެ ތެރެއިން
ވަޒީފާއިން ވަކިކުރިއިރު ދީފައިވާ ފައިސާ އުނިކުރުމަށްފަހު ބާކީ ދޭންޖެހޭ މިންވަރު، 2012 ވަނަ
އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ
މައްސަލަ ހުށަހެޅި ފަރާތްތަކަށް ލާޞްކުރުމަށްފަހު، އެކަން 3 (ތިނެއް) ދުވަހުގެ ތެރޭގައި
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް ކްރައުން ކޮންޕެނީ ޕްރައިވެޓް ލިމިޓެޑަށް އަންގައި"
އެގޮތުގެމަތިންކަން އެމައްސަލައިގެ "މައްސަލަ ނިމުނުގޮތުގެ ރިޕޯޓު" އިން އެގެން އޮވެއެވެ.
.2
93VTR2011
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ
އެޓްރައިބިއުނަލްއިން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ
ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެމައްސަލަ އިސްތިއުނާފުކުރަމުން، އަންނަނިވި 4
(ހަތަރެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ. މިގޮތުން ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ:
25
• ފުރަތަމަ ނުކުތާއަކީ، މައްސަލައާގުޅިގެން ހުށަހަޅާފައިވާ ލިޔުންތަކުންނާއި، ދައްކާފައިވާ
ވާހަކަތަކުން މައްސަލަ ބެއްލެވި މަޖިލީހަށް ފާހަގަ ކުރެވުނު ނުކުތާތަކުގެ ތެރެއިން 15 ވަނަ ނަންބަރާއި
ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ވާހަކަތަކަށް ބިނާކޮށް މައްސަލާގައި ގޮތެއް
ކަނޑައަޅުއްވާފައިވާއިރު، އެ ނުކުތާތަކާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން 18 ޑިސެމްބަރު 2011
ވަނަ ދުވަހުގެ ޝަރީޢަތުގެ އަޑުއެހުމުގައި ވާހަކަ ދައްކާފައިވާކަމާއި، އަދި އެކަންކަމަށް އިސްތިއުނާފު
ރައްދުވާ ފަރާތްތަކުން އެއްވެސް މިންވަރަކަށް އިންކާރުކޮށްފައިނުވާއިރު، އެކަންކަމާ ގުޅިގެން މައްސަލަ
ބެއްލެވި މަޖިލީހުގެ މެންބަރުން އެއްވެސް މިންވަރަކަށް ރިޢާޔަތްކުރައްވާފައި ނުވާކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
ޖީޑީރީ
• ދެވަނަ ނުކުތާއަކީ، މައްސަލަ ބެއްލެވި މަޖިލީހުން މައްސަލަ ނިންމެވިއިރު
އިސްތިއުނާފުކުރާ ފަރާތުން "ޑިއު ޕްރޮސެސް" އެއް ނުވަތަ އިޖުރާޢަތުތަކެއް ފުރިހަމަ ބެންކޮކަޅާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ކުސް 6471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/183
3x
ކަނޑައަޅުއްވާފައިވާއިރު، ފުރިހަމަކުރަންޖެހޭ "ޑިއު ޕްރޮސެސް" އަކީ ކޮބައިކަން އެއްވެސް ޤާނޫނީ
ނައްސަކުން އެނގެން ނެތްކަމާއި، މައްސަލާގައި ކަންހިނގާފައިވާގޮތް ސާފުކުރުމުގެ ގޮތުން މައްސަލަ
ބެއްލެވި މަޖިލީހުން ވަކިކަންކަން ސާފުކުރެއްވުމުގެ ގޮތުން ސުވާލުކުރެއްވިއިރު، "ޑިއު ޕްރޮސެސް" އާ
ގުޅިގެން އެއްވެސް ސުވާލެއް ކުރައްވާފައިނުވާކަމާއި، ޤާނޫނެއްގައި ނުވަތަ ޤަވާއިދެއްގައިވެސް
ކަނޑައެޅިގެން ބަޔާންކޮށްފައިނުވާކަމެއް ކުރުމަށް އިސްތިއުނާފުކުރާ ފަރާތަށް ލާޒިމުކޮށްފައިވާކަމަށްބުނެ
ހުށަހަޅާފައިވާ
¢ ¢ ¢3 2
ކތެއ.
- 4x
• ތިންވަނަ ނުކުތާއަކީ، މައްސަލަ ބެއްލެވި މަޖިލީހުން މައްސަލާގައި
ކަނޑައެޅުއްވުމުގައި ރިޢާޔަތްކުރައްވަފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 2009/VTR/109
ޤަޟިއްޔާގައި، އެކުންފުންޏެއްގެ އޮނިގަޑުގައި ނުހިމެނޭ މަޤާމެއް ދިނުމަށް އެކުންފުންޏަކަށް އަމުރު
ކުރުމަކީ ޙައްލެއް ކަމަށް ދެކެވަޑައިނުގަންނަވާކަމަށް ވިދާޅުވެފައިވާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2011/VTR/93 ޤަޟިއްޔާއިން ހުށަހެޅި ބައްލަވާފައިވާ މައްސަލާގައި އިސްތިއުނާފުކުރާ
ފަރާތުން އެކުންފުނި ރީ-ސްޓްރަކްޗަރ ކުރުމަށްފަހު އެ ކުންފުނީގެ އޮނިގަނޑުން އުނިކުރެވިފައިވާ
މަޤާމުތައް އަނބުރާ ދިނުމަށް އަމުރުކޮށްފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
* ه
* *
ހަތަރުވަނަ ނުކުތާއަކީ، މައްސަލަ ބެއްލެވި މަޖިލީހުން މައްސަލާގައި
ކަނޑައެޅުއްވުމުގައި ރިޢާޔަތްކުރައްވާފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/249
ޤަޟިއްޔާގައި، މައްސަލައިގައި ގޮތެއް ކަނޑައަޅާއިރު ވަކިކުރި ވަޒީފާނޫން އެހެން ވަޒީފާއެއްގައި
މަށްވާތީ އަލުން އަނބުރާ ވަކިކުރެވުނު ވަޒީފާ ދޭން އެންގުމަކީ ޢަދުލުވެރިގޮތެއް ނޫންކަމަށް
ކަނޑައަޅުއްވާފައިވާ އުސޫލާ ޚިލާފަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/93
ޤަޟިއްޔާއިން މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ .
އކމނ
.
ތަކެތްއެވެ.
3. މިމައްސަލައާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/98
މައްސަލައިގެ "މައްސަލަ ނިމުނުގޮތުގެ ރިޕޯޓު" އަށާއި، އެމައްސަލަ އިސްތިއުނާފު ކުރަމުން ކްރައުން
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ
މައްސަލަ ރައްދުވާ ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ
coc
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029. ފެކްސް އިންވެQ
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/183
ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
4 22 6
پر مرگ مرمر
(ހ) ފުރަތަމަ ކަމަކީ، ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ، މިޤަޟިއްޔާގައި ބެލިފައިމިވާ މައްސަލައާއި، ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 182/HC
-
A/2012 އާއި ނަންބަރު 184/HC
-
A/2012 ޤަޟިއްޔާގައި ހިމެނޭ
3 (ތިނެއް) މައްސަލަ އިސްތިއުނާފުކުރަމުން އެކުންފުނީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވާ "އިސްތިއުނާފުކުރުމަށް އެދޭ މައްސަލަ ނިމިފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ
ޚިލާފަށްކަމަށް ފެންނަ ނުކުތާތައް" އާއި އެނުކުތާތަކުގެ ތަފްސީލުތައް
އިތުރުން،
މިދެންނެވުނު 3 (ތިނެއް) މައްސަލަވެސް ބިނާވެފައިވަނީ އެއް ޙަޤީޤަތްތަކެއްގެ މައްޗަށްކަމަށްވެފައި،
މިތިން މައްސަލާގައި އިސްތިއުނާފުކުރާ ފަރާތުގެ ބަދަލުގައި އަދި ވަކީލުގެ ގޮތުގައިވެސް، އަދި
އެމައްސަލަތަކުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ބަދަލުގައި އަދި ވަކީލުގެ ގޮތުގައިވެސް
ދިވެހިރާއްޖޭގެ ހައިކޯޓަށް ޙާޟިރުވެފައިވަނީ އެއްފަރާތަކެއްކަމަށްވުމާއެކު، މިތިން މައްސަލައާ ގުޅިގެން
ދިވެހިރާއްޖޭގެ ހައިކޯޓުގައި އެންމެ ފަހުން ބޭއްވުނު 2 (ދޭއް) އަޑުއެހުންވެސް ބޭއްވިފައިވަނީ
އެކުއެކީގައިކަމެވެ.
cu o
(ށ) ދެވަނަކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ކަންހިނގާފައިވާ ގޮތަށް
ބަލާއިރު، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލަންޑްގައި ވަޒީފާއަދާކުރަމުން ގެންދިޔަ، މިމައްސަލާގައި
އިސްތިއުނާފު ރައްދުވާ، ސ.މަރަދޫ ރޭޝަން ޢަބްދުﷲ އާނިޝް އާއި ށ.މާއުނގޫދޫ އިރުޝާދު
ޢަބްދުﷲ ފާއިޒްއާއި، ހއ.ދިއްދޫ ބްލޫރެސްޓް މުޙައްމަދު ޞާދިޤުއާއި، ހދ.މަކުނުދޫ ރޯޝަނީއާގެ
ޙުސައިން ނާޝިދުއާއި، ސ.ހިތަދޫ ހަނީވިލާ މުޙައްމަދު ރާފިއު އަޙްމަދުއާއި، އދ.މަހިބަދޫ ޖަނަވަރީގެ
ބުންޏާމީން ޙަސަންއާއި، ހަމަ އެރަށު ދަނބުސުތުލިގެ މަބްރޫކް އަޙްމަދުއާއި، ބ.ތުޅާދޫ އެވަރގްރީން
އިބްރާހީމް މުޖުތަބާއާއި، ހދ.ކުޅުދުއްފުށި މަލާޒް އިބްރާހީމް މުޙައްމަދުއާއި، ރ.މަޑުއްވަރީ ހަޒާރުމާގެ
މުޙައްމަދު ރަޝީދު، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލަންޑްގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން،
4 ޖޫން 2011 ގައި ވަކިކޮށްފައިވަނީ އެކުންފުންޏަށް ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން
ރިޑަންޑަންސީއަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ
3
t
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 6471
33
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/183
ބަޔާންކޮށްފައިވާފަދަ އެކަށީގެންވާ ސަބަބެއްކަމަށް ބަލައި، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ
ދަށުން އަދި އެޤާނޫނުގެ 25 ވަނަ މާއްދާގައިވާ ގޮތުގެމަތިން ނޯޓިސް ދިނުމުގެ ބަދަލުގައި ފައިސާ
ދިނުމަށްފަހުކަމާއި،
ރިޑަންޑަންސީއަކީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ
"އެކަށީގެންވާ" ސަބަބެއްތޯ ބަލާއިރު، ވިޔަފާރީގެ ނަފާ ހޯދުމުގެ ގޮތުން ހިންގާ ކުންފުނި ތަކުގައި،
އެކުންފުނިތައް ހަރުދަނާކޮށް، ނަފާ އިތުރުވާނޭ ގޮތެއްގެމަތިން ހިންގުމަށްޓަކައި ނުވަތަ ކުންފުނި
ރީސްޓްރަކްޗަރ ކުރުންފަދަ ކަމަކަށްޓަކައި މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް އެކުންފުންޏަކުން
ދޫކޮށްލަންޖެހޭފަދަ ޙާލަތެއް (ރިޑަންޑަންސީގެ ޙާލަތު) މެދުވެރިވެދާނެ ކަމަށް ޤަބޫލުކުރަން ޖެހޭކަމަށާއި،
އަދި މިފަދަ ޙާލަތެއްގައި މުވައްޒަފުން މަދުކުރެވެން ނޯންނަނަމަ އެކަމަކީ އެފަދަ ކުންފުނިތަކުގެ
ވިޔަފާރިއަށް ހުރަސްތަކެއް މެދުވެރިވެ، ކުންފުނީގެ ވިޔަފާރިއަށް ހީނަރުކަމެއް އަތުވެދާނެފަދަ
ސަބަބެއްކަމުގައި ޤަބޫލުކުރަން ޖެހޭކަމަށާއި، ވަޒީފާއާބެހޭ ޤާނޫނުގައިވެސް އަދި އެޤާނޫނުގެ ދަށުން
ހެދިފައިވާ ޤަވާއިދެއްގައިވެސް ރިޑަންޑަންސީއާ ގުޅޭގޮތުން ވަކި އުސޫލެއް ޤާއިމުކޮށްފައި ނުވިނަމަވެސް،
އަދި ރިޑަންޑަންސީގެ ޙާލަތަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން އެކަށީގެންވާ ސަބަބެއްކަމުގައި
ބަޔާންކޮށްފައި ނެތްނަމަވެސް، ވިޔަފާރީގެ ނަފާ ހޯދުމަށް ހިންގޭ ކުންފުނިތައް ރީސްޓްރަކްޗަރ ކުރުމަށް
ނުވަތަ ކުންފުނީގެ މާލީ ޙާލަތު ދަށްވުންފަދަ ކަމެއް މެދުވެރިވެގެން ކުންފުނީގެ މުވައްޒަފަކު
ދޫކޮށްލަންޖެހިއްޖެނަމަ ނުވަތަ މަދުކުރަންޖެހިއްޖެނަމަ، އެފަދަ ޙާލަތުގައި މުވައްޒަފަކު ނުވަތަ
މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރާ ވަކިކުރުމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށްއޮތް
އެކަށީގެންވާ ސަބަބެއް ކަމުގައި ބެލެވިދާނެކަމަށާއި، ނަމަވެސް މި ސަބަބަށްޓަކައި މުވައްޒަފަކު
ވަޒީފާއިން ވަކިކުރާ ކުރުމުގައި ޙަޤީޤަތުގައިވެސް އެފަދަ ޙާލަތެއް މެދުވެރިވެފައިވޭތޯއާއި، އެކަން
ކޮށްފައިވަނީ ހެޔޮނިޔަތުގައި ތޯއާއި، އަދި އެއީ ވަކި މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް
ކަނޑައެޅިގެން ބޭއިންސާފުން ވަޒީފާއިން ވަކިކުރުމަށްޓަކައި ކޮށްފައިވާކަމެއްތޯ ނުވަތަ ނޫންތޯއާއި، އަދި
ވަޒީފާއިން ވަކިކުރާނެ މުވައްޒަފުން ކަނޑައެޅުނުގޮތަކާއި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި
ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި (substantive fairness) އިޖްރާއީ ޢަދުންވެރިކަން
ޤާއިމުކޮށްފައިވޭތޯ ބަލާ އެކަންކަން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 89/HC
-
A/2011 ޤަ
ޤަޟިއްޔާގައި
ta ax
Puc ox?
(procedural faimess)
ކަށަވަރުވާން
ބަޔާންކޮށްފައިވާކަމެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ނިމުނު ގޮތުގެ ޚުލާޞާ
2012}HC-A/183
cu o
(ނ) ތިންވަނަ ކަމަކީ، އެމީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ
މަސައްކަތެއްކުރުމުގެ ޙައްޤަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ހ)
އިން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ ޙައްޤެއްކަމާއި، ޤާނޫނުއަސާސީގައި ކަނޑައެޅި
ބަޔާންވެފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާނޭ
ގޮތުގެމަތިން، ކޮންމެ މީހަކަށްމެ ލިބިގެންވާކަން އެޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިނދު، އަދި އެފަދަ
އެއްވެސް ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، ޤާނޫނުއަސާސީއާ
ތަޢާރުޟްނުވާ ގޮތެއްގެމަތިން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންކަމަށާއި، އަދި
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންވެސް އެއިން ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް
ހިފެހެއްޓޭނީ، މިނިވަން ދީމިޤްރާޠީ މުޖްތަމަޢެއްގައި އެފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް
ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށްކަމަށް ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާކަމާއި،
OXO
އަދި ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން،
ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން މާނަކުރުމުގައްޔާއި ލިބިދިނުމުގައި، އިންސާނީ ޝަރަފާއި
ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދީމިޤްރާތީ މުޖްތަމަޢުތަކުން
ޤަބޫލުކުރާ
ބުލުކުރާ އުސޫލުތަކަށް ރިޢާޔަތްކޮށް އެއުސޫލުތައް ނަގަހައްޓަންވާނެކަމަށާއި އަދި ދިވެހިރާއްޖެ
ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ރިޢާޔަތްކުރަންވާނޭކަމަށް ޤާނޫނުއަސާސީގެ 68 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާކަމާއި، މިކަންކަމުގެ މައްޗަށް ޖުމްލަގޮތެއްގައި ބަލާއިރު، ދިވެހި ކޮންމެ
ރައްޔިތަކަށްމެ ލިބިފައިވާ ވަޒީފާއަދާކުރުމާއި
މަސައްކަތްކުރުމުގެ
ޙައްޤު،
ކޯޓުތަކުންނާއި
ޓްރައިބިއުނަލްތަކުން މާނަކުރަންވާނީ އަދި ލިބިދޭންވާނީ ހުޅުވިގެންވާ ދީމިޤްރާތީ މުޖްތަމަޢުތަކުން
އެޙައްޤު ލިބިދިނުމުގައި ޤަބޫލުކުރާ އުސޫލުތަކަށް ރިޢާޔަތްކުރެވި އެއުސޫލުތައް ނެގެހެއްޓޭނޭގޮތެއްގެ
މަތިންކަމާއި،
އަދި ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މަސައްކަތްކުރުމާއި ވަޒީފާއަދާކުރުމުތްޖޭގެ ޒަޓްސްގެ
ވެސް މިންވަރެއް
ހިފެހެއްޓޭނީ ނުވަތަ
ހަނިކުރެވޭނީ، ޤާނޫނުއަސާސީއާ ޝްތުވާ)
ގޮތެއްގެމަތިން، މިނިވަން ދީމިޤްރާތީ މުޖްތަމަޢެއްގައި އެފަދަ ޙައްޤެއް
cotxe ed occc
o coc
edc
<ހން
ނުވާތާ
2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1)
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012}HC-A/183
83%2$
ވަކި ޚާއްޞަ
ހިފެހެއްޓިދާނެކަމަށް ނުވަތަ ހަނިކުރެވިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށްވުރެ އިތުރުނުވާނޭ
ގޮތެއްގެމަތިން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންކަމަށްވެފައި، ދިވެހިރާއްޖޭގައި
ވަޒީފާއަދާކުރާ މުވައްޒަފުންގެ ޙައްޤުތައް ހިމާޔަތްކުރުމަށްޓަކައި ހެދިފައިވާ، ޤާނޫނު ނަންބަރު 2/2008
(ވަޒީފާއާބެހޭ ޤާނޫނު) އަށް ބަލާއިރު، އެޤާނޫނުގައި ރިޑަންޑަންސީއާ
އުސޫލުތަކެއް ކަނޑައެޅި ބަޔާންވެފައިނުވާ ހިނދު، އަދި ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން
މުވައްޒަފަކު އަދާކުރަމުން ގެންދާ ވަޒީފާއިން އޭނާ ވަކިކުރުމަކީ، ޤާނޫނުއަސާސީން ދިވެހި ކޮންމެ
ރައްޔިތަކަށްމެ ލިބިދޭ ވަޒީފާ އަދާކުރުމުގެ ޙައްޤުން މިންވަރެއް ހިފެހެއްޓިގެންދާނެ ނުވަތަ
ހަނިވެގެންދާނެ ކަމެއްކަމަށްވީ ހިނދު، ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން ވަޒީފާއިން ވަކިކުރެވޭ
މުވައްޒަފުންގެ ޙައްޤުތައް މާނަކުރުމުގައްޔާއި ލިބިދިނުމުގައި، ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމަޢުތަކުން
އެޙައްޤު ލިބިދިނުމުގައި ޤަބޫލުކުރާ އުސޫލުތަކަށް، ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން،
އެއުސޫލުތައް ނަގަހައްޓަންވާނޭކަމާ
ނޭކަމާއި،
/ ދ ވ
ރިޢާޔަތްކޮށް
މިގޮތުން ބަލާއިރު، ވިޔަފާރިއަށް ނުވަތަ އިޤްތިޞާދަށް ކުރިމަތިވާ ޚާއްޞަ ޙާލަތްތަކުގައި،
ކުންފުނިތަކުން މުވައްޒަފުން މަދުކުރުމުގެ ބޭނުމުގައި ނުވަތަ ކުންފުންޏަށް ނަފާ އިތުރުވާނެގޮތެއް
ހޯދުމަށްޓަކައި ކުންފުނި ރީސްޓްރަކްޗަރ ކުރާކުރުމުގައި، ރިޑަންޑަންޓްވާ މުވައްޒަފުން ވަޒީފާއިން
ވަކިކުރުމުގެ ކުރިން، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރާކުރުން ޢަދުލުވެރިކުރުވުމަށްޓަކައި ނުވަތަ
ވަޒީފާދޭ ފަރާތުން ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި (substantive fairness) އިޖްރާއީ
ޢަދުލުވެރިކަން (procedural fairness) ޤާއިމުކުރުމަށްޓަކައި އެކުންފުންޏަކުން ޢަމަލުކުރަންޖެހޭ
ގޮތްތަކެއް ނުވަތަ އަޅަންޖެހޭ ފިޔަވަޅުތަކެއް، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ އަދި ނިއުޒިލޭންޑް ފަދަ
ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމަޢުތަކުން ޢަމަލުކުރަމުންދާ ޤާނޫނުތަކުގައާއި، އިންޓަނޭޝަނަލް ލޭބަރ
އޮގަނިޒޭޝަން (އައި.އެމް.އޯ.) ގެ ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ކޮންވެންޝަން 1982
(ނަންބަރު 158) އާއި ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ރެކޮމެންޑޭޝަން 1982 (ނަންބަރު
166) ފަދަ ކަމާގުޅޭ ބައިނަލްއަޤްވާމީ މުއާހަދާތަކުގައި ކަނޑައަޅާ ބަޔާންކޮށްފައިވާކަމާއި،
XOOC
OXO
އަދި، ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން ވަކިކުރާ މުވައްޒަފުންނާމެދު ޢަމަލުކުރާނޭ ކައިވެނި
ޚާއްޞަ އުސޫލެއް ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައެޅިފައި ނުވިނަމަވެސް، މުވައްޒަފަކުތީ
t
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 6471
33
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012}HC-A/183
/ ދ ތ ( 3 ދ ތ ދ ތ
ހމްehކނމށޓކއ
ވަކިކުރާކުރުން، ޢަދުލުވެރިކުރުވުމަށްޓަކައި ވަޒީފާދޭ ފަރާތުން ޢަމަލުކުރަންޖެހޭކަމަށް، އިސްވެދެންނެވުނު
ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމަޢުތައްކަމަށް ދުނިޔެ ޤަބޫލުކުރާ ޤައުމުތަކުގައި ޤާއިމުކޮށްފައިވާފަދަ
އުސޫލުތަކެއް،
ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ މުވައްޒަފުންގެ ޙައްޤުތައް
ހެދިފައިވާ، ވަޒީފާއާބެހޭ ޤާނޫނުގައިވެސް އެކުލެވިފައިވާކަމާއި، އެހެންކަމުން، އެ ޤާނޫނު ހިންގޭނެ
ދާއިރާގެ ތެރޭގައި ހިމެނޭ ކޮންމެ މުވައްޒަފަކުވެސް ވަޒީފާއިން ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން
ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށް
ފަހުގައިކަން އެނގޭކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 134/HC
-
A/2011
ޤަޟިއްޔާގައި ހިމެނޭ މައްސަލަފަދަ، ދިވެހިރާއްޖޭގެ ހައިކޯޓުން މިހާތަނަށް ނިންމާފައިވާ ވަޒީފާއާބެހޭ
މައްސަލަތަކަށް ބަލާއިރު، ޢާންމު އުސޫލެއްގެ ގޮތުން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި
ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި
ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ވުންކަމާއި، އިޖްރާއީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގައި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖްރާއަތަކީ
ޢަދުލުވެރި އިޖްރާއަތަކަށް ވުންކަން އެނގެން އޮންނަކަމާއި،
އިސްވެ ދެންނެވިފައިވާފަދަ ހުޅުވިގެންވާ ދީމިޤްރާތީ މުޖްތަމަޢުތަކުން ޢަމަލުކުރަމުންދާ
ޤާނޫނުތަކުގައާއި، ކަމާގުޅޭ ބައިނަލްއަޤްވާމީ މުޢާޙަދާތަކުގައި ކަނޑައެޅި ބަޔާންކޮށްފައިވާ އުސޫލުތަކުގެ
އަލީގައި، ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ވަޒީފާއާބެހޭ ޤާނޫނަށް ނަޒަރުކުރާއިރު، ޢާންމު
އުސޫލެއްގެ ގޮތުން، ރިޑަންޑަންޓްވެގެން މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ވަކިކުރުމުގައި މައުޟޫޢީ
ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ބެލެވޭނީ، ކުންފުނި ރީސްޓްރަކްޗަރކޮށް މުވައްޒަފުން
ރިޑަންޑަންޓްކުރުމަށް ނިންމި ނިންމުމަކީ ޙަޤީޤަތުގައިވެސް ކުންފުންޏަށް ކުރިމަތިވެފައިވާ އިޤްތިޞާދީ
(economic) ސަބަބުތަކަށްޓަކައި، ކުންފުނިން ހެޔޮނިޔަތުގައި ނިންމާފައިވާ ނިންމުމެއްކަމަށް
ވާނަލަކަމާއި،
ދިވެހިރާއްޖެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/183
އަދި، ރިޑަންޑަންސީގެ ޙާލަތުގައި މުވައްޒަފަކު ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ އިޖްރާއީ
ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް، ޢާންމު ޙާލަތްތަކުގައި ކަނޑައެޅޭނީ، ކުންފުންޏަށް ދިމާވެފައިވާ
އިޤްތިޞާދީ ޙާލަތުގެ ސަބަބުން، ކުންފުނީގެ ވަޒީފާގައި ތިބި މުވައްޒަފުންތަކެއް ރިޑަންޑަންޓްކޮށް
ވަޒީފާއިން ވަކިކުރަންޖެހިފައިވާކަން، ކުންފުނީގެ މުވައްޒަފުންނަށް ކުރިއާލާ އަންގާފައިވުމާއި، ކުންފުނީގެ
މުވައްޒަފުންގެ ތެރެއިން ބަޔަކު ރިޑަންޑަންޓްވުމުގެ ސަބަބުން ކުންފުނީގެ ވަޒީފާއިން ވަކިކުރެވޭ
މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރާނެ އިޖުރާއަތާއި އުސޫލުތަކަކީ ކޮބައިކަން ކުންފުނީގެ
މުވައްޒަފުންނަށް ކުރިއާލާ އަންގާފައިވުމާއި، ރިޑަންޑަންޓްވުމުގެ ސަބަބުން ވަކިކުރެވޭ މުވައްޒަފުން
ވަކިކުރެވޭނީ، ރިޑަންޑަންސީއަކީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭފަދަ
އެކަށީގެންވާ ސަބަބެއްކަމަށް ބަލައިގެންކަމަށް ވުމާއެކު، ރިޑަންޑަންޓްވުމުގެ ސަބަބުން ވަކިކުރެވޭ
މުވައްޒަފު ވަކިކުރުމުގެ ކުރިން، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ
މުވައްޒަފުންނަށް، އެޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ދޭންޖެހޭ ނޯޓިސް ނުވަތަ އެޤާނޫނުގެ 25
ވަނަ މާއްދާގެ ދަށުން ނޯޓިސްގެ ބަދަލުގައި ފައިސާ ދީފައިވާނަމަކަމާއި،
މީގެއިތިރުން، ރިޑަންޑަންޓްވެގެން ވަޒީފާއިން
މުވައްޒަފުންނަށް ޚާއްޞަ
ޢިނާޔަތްތަކެއް ދިނުމަށް ކުންފުނިން ކަނޑައަޅާފައިވާނަމަ، އެޢިނާޔަތް ލިބިދެވޭނެ ގޮތާއި މިންގަނޑުތައް
ކުރިން ކަނޑައެޅި، ކުންފުނީގެ މުވައްޒަފުންނަށް އެންގިފައިވާނަމަކަމަށް މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް : ޤަބޫލުކުރެވޭކަމެވެ.
22
2¢ ¢9
e couc
ވަކިކުރެވޭ
(ބ) ފަސްވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި، އިސްތިއުނާފު ރައްދުވާ
ފަރާތްތައް ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލަންޑްގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން، 4 ޖޫން
2011 ގައި ވަކިކޮށްފައިވަނީ އެކުންފުންޏަށް ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން، ރިޑަންޑަންސީއަކީ
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ
އެކަށީގެންވާ ސަބަބެއްކަމަށް ބަލައި، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން އަދި އެޤާނޫނުގެ
25 ވަނަ މާއްދާގައިވާ ގޮތުގެމަތިން ނޯޓިސް ދިނުމުގެ ބަދަލުގައި ފައިސާ ދިނުމަށްފަހުކަމަށް ކްރައުން
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވާއިރު، އަދި މިމައްސަލަ ވަޒީފާއާބެހޭ
ޓްރައިބިއުނަލްއިން ބަލާ ނިންމުމުގައިވެސް، މައްސަލައާގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކަކީ
ބަލާއިރު، މައްސަލަ ރައްދުވި (އިސްތިއުނާފުކުރާ) ފަރާތުގެ ވިޔަފާރީގެ ބޮޑުބައެއް،
coc
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ކުސް 16471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012}HC-A/183
6 (ހައެއް) މަސްދުވަހުގެ މުއްދަތަށް ހުއްޓާލަންޖެހުމާ ގުޅިގެން ރިޑަންޑަންސީގެ ޙާލަތު އެކުންފުންޏަށް
ކުރިމަތިވެފައިވާކަމަށް ކަނޑައަޅާފައިވާކަމާއި، އަދި މިމައްސަލާގައި ރިޑަންޑަންސީގެ ޙާލަތު އޮތްކަމަށް
ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ކަނޑައަޅާފައިވާ ކަނޑައެޅުން، މިމައްސަލާގައި އިސްތިއުނާފު ރައްދުވާ
ފަރާތްތަކުން އިސްތިއުނާފުކޮށްފައިނުވާކަމާއި، އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ
ބެލުމުގައި ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލަންޑްގައި ވަޒީފާއަދާކުރަމުންދިޔަ މުވައްޒަފުންގެ ތެރެއިން
ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރަންޖެހޭފަދަ ރިޑަންޑަންސީގެ ޙާލަތެއް އޮތްތޯ ނުވަތަ ނެތްތޯވެސް
ބެލިފައިނުވާނޭކަމާއި،
o loc
ވީމާ، ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލިފައިވަނީ، ކޮންރަޑް މޯލްޑިވްސް ރަންގަލި
އައިލަންޑްގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން، އަދާކުރަމުން ގެންދިޔަ ވަޒީފާއިން، 4 ޖޫން
2011 ގައި އެފަރާތްތައް ވަކިކޮށްފައިވަނީ، އެފަރާތްތައް ވަޒީފާއިން ވަކިކުރުމުގެ ކުރިން،
އިސްތިއުނާފުކުރާ ފަރާތުން ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރުމަށް ފަހުގައިކަމަށް
ބަލައިގެން (assume) ކަމެވެ.
cocco
(ޅ) ހަވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި، އިސްތިއުނާފު ރައްދުވާ
ފަރާތްތައް، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލަންޑްގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން، 4 ޖޫން
2011 ގައި ވަކިކޮށްފައިވަނީ، އެފަރާތްތައް ވަޒީފާއިން ވަކިކުރުމުގެ ކުރިން އިސްތިއުނާފުކުރާ ފަރާތުން
ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިތޯ ބަލާއިރު، އިސްވެދެންނެވިފައިވާ ފަދައިން
ރިޑަންޑަންސީގެ ޙާލަތުގައި މުވައްޒަފަކު ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން
ޤާއިމުކުރެވިފައިވާކަމަށް، ޢާންމު ޙާލަތްތަކުގައި ކަނޑައެޅޭނީ ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެފައިވާ
ކުންފުނިން، ރިޑަންޑަންސީގެ ސަބަބުން އެކުންފުނީގެ ވަޒީފާއިން ވަކިކުރާ މުވައްޒަފުން ވަކިކުރުމުގައި
އަންނަނިވި އިޖްރާއީ ފިޔަވަޅުތައް އަޅާފައިވާނަމަކަމާއި، އެއީގެ
1. ކުންފުންޏަށް ދިމާވެފައިވާ އިޤްތިޞާދީ ޙާލަތުގެ ސަބަބުން، ކުންފުނީގެ ވަޒީފާގައި ތިބި
މުވައްޒަފުންތަކެއް ރިޑަންޑަންޓްކޮށް ވަޒީފާއިން ވަކިކުރަންޖެހިފައިވާކަން، ކުންފުނީގެ
މުވައްޒަފުންނަށް ކުރިއާލާ އަންގާފައިވުން، އަދި
ދިވެހިރާއްa
ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 33647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/183
2.ރިޑަންޑަންޓްވުމުގެ ސަބަބުން ކުންފުނީގެ ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުން ވަޒީފާއިން
ވަކިކުރުމުގައި ޢަމަލުކުރާނެ އިޖުރާއްތާއި އުސޫލުތަކަކީ ކޮބައިކަން ކުންފުނީގެ
މުއައްޒަފުންނަށް ކުރިއާލާ އަންގާފައިވުން، އަދި
3. ރިޑަންޑަންޓްވުމުގެ ސަބަބުން ވަކިކުރެވޭ މުވައްޒަފުންނަށް ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ
މާއްދާގެ ދަށުން ދޭންޖެހޭ ނޯޓިސް ނުވަތަ އެޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ނޯޓިސްގެ
ބަދަލުގައި ފައިސާ ދީފައިވުން، އަދި
4.ރިޑަންޑަންޓްވެގެން ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންނަށް ޚާއްޞަ ޢިނާޔަތްތަކެއް ދިނުމަށް
ކުންފުނިން ކަނޑައަޅާފައިވާނަމަ، އެޢިނާޔަތް ލިބިދެވޭނެ ގޮތާއި މިންގަނޑުތައް ކުރިން
ކަނޑައެޅި، ކުންފުނީގެ މުވައްޒަފުންނަށް އެންގިފައިވުން؛
ކަމާއި،
i
މިގޮތުން އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު،
އިސްތިއުނާފުކުރާ ފަރާތުގެ ވިޔަފާރީގެ ބޮޑުބައެއް، 5 (ފަހެއް) ނުވަތަ 6 (ހައެއް) މަސްދުވަހުގެ
މުއްދަތަށް ހުއްޓާލަންޖެހުމާ ގުޅިގެން ރިޑަންޑަންސީގެ ޙާލަތު އެކުންފުންޏަށް ކުރިމަތިވުމާ ގުޅިގެން
އެކުންފުނީގައި ވަޒީފާއަދާކުރަމުން ގެންދިޔަ މުވައްޒަފުންގެ ތެރެއިން ރިޑަންޑަންސީގެ ސަބަބުން
މުވައްޒަފުންތަކެއް ވަކިކުރުމަށް އެކުންފުނިން ނިންމުމަށްފަހު އެކަން، ކޮންރަޑް މޯލްޑިވްސް ރަންގަލި
އައިލަންޑްގައި ވަޒީފާ އަދާކުރަމުން ގެންދިޔަ މުވައްޒަފުންނަށް އެންގުމަށްޓަކައި "ނޯޓިސް އޮފް
ޕްރޮޕޯސްޑް ރިޑަންޑަންސީސް" ގެ ނަމުގައި ނޯޓިހެއް ނެރެފައިވާކަމާއި، ނަމަވެސް މިމައްސަލައާ
ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މިދެންނެވުނު ނޯޓިހުގެ ކޮޕީއަށް
ބަލާއިރު، އެ ނޯޓިސް ނެރެފައިވާ ތާރީޚެއް އެނގެން ނެތްކަމާއި، އެނޯޓިސް ނެރެފައިވަނީ މުވައްޒަފުން
ވަޒީފާއިން ވަކިކުރެވުނު ދުވަހުގެ ކުރީދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައިކަމަށް އިސްތިއުނާފު ރައްދުވާ
ފަރާތްތައް ތަމްސީލްކުރި ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަމާއި،
މިކަމަށް އިސްތިއުނާފުކުރާ ފަރާތުން އެއްވެސް ވަރަކަށް އިންކާރުކޮށްފައިނުވާކަމާއި، އެހެންކަމުން
ރިޑަންޑަންސީގެ ސަބަބުން ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލަންޑްގައި ވަޒީފާ އަދާކުރަމުން ގެންދިޔަ
މުވައްޒަފުންގެ ތެރެއިން ބަޔަކު ވަޒީފާއިން ވަކިކުރަން ޖެހިފައިވާކަން، ކުންފުނީގެ މުވައްޒަފުންނަށް
ކުރިއާލާ އެންގިފައިވާކަމަށް ބެލެވެން ނެތްކަމާއި،
މުވައްޒަފު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012}HC-A/183
2·
އަދި، ރިޑަންޑަންޓްވުމުގެ ސަބަބުން ކުންފުނީގެ ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުން ވަޒީފާއިން
ވަކިކުރުމުގައި ޢަމަލުކުރާނެ އިޖުރާއަތާއި އުސޫލުތަކަކީ ކޮބައިކަން ކުންފުނީގެ މުވައްޒަފުންނަށް ކުރިއާލާ
އަންގާފައިވޭތޯ ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުން، ރިޑަންޑަންސީގެ ސަބަބުން ވަޒީފާއިން
ވަކިކޮށްފައިވާ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވަނީ އެކަމަށްޓަކައި އެކުންފުނިން ކަނޑައެޅި
އުސޫލެއްގެ ދަށުންކަމަށާއި، އެ އުސޫލާ ބެހޭ ތަފްސީލު ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް، 18
ޑިސެމްބަރު 2011 ގައި ދީފައިވާނޭ ކަމަށާއި، އަދި ރިޑަންޑަންސީގެ ސަބަބުން ވަޒީފާއިން ވަކިކުރި
މުވައްޒަފުން ކަނޑައެޅުމުގައި އެކުންފުނިން ބޭނުންކުރި އުސޫލުކަމަށް ބަޔާންކޮށް ތަފާތު 8 (އަށެއް)
އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށްވެސް ހުށަހަޅާފައިވާކަމާއި،
އެހެންނަމަވެސް، މިދެންނެވި އުސޫލުތައް ކުންފުނީގެ މުވައްޒަފުންނަށް ކުރިއާލާ އަންގާފައިވާކަން
މާއި،
ކަމެއް،
އެނގެން ނެތްކަމާއި
މިމައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، މިމައްސަލާގައި
އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2/2008
(ވަޒީފާއާބެހޭ ޤާނޫނު) ގެ 25 ވަނަ މާއްދާގެ ދަށުން، އެފަރާތްތަކަށް ދޭންޖެހޭ ނޯޓިސްގެ ބަދަލުގައި
ފައިސާއާއި، ރިޑަންޑަންސީ ޕޭމަންޓެއްގެ ގޮތުގައި އިތުރު އިނާޔަތެއް އިސްތިއުނާފުކުރާ ފަރާތުން
އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ދީފައިވާކަން އެނގޭކަމާއި، އެހެންނަމަވެސް ރިޑަންޑަންސީ
ޕޭމަންޓްގެ ގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ލިބިދީފައިވާ، އިސްވެދެންނެވުނު ޢިނާޔަތް
ލިބިދެވޭނެ ގޮތާއި މިންގަނޑުތައް ކުރިން ކަނޑައެޅި، އެފަރާތްތަކަށް އެންގިފައިވާކަން އެންގެން
ނެތްކަމާއި،
މިކަންކަމަށް ޖުމްލަގޮތެއްގައި ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތްތައް، ކޮންރަޑް
މޯލްޑިވްސް ރަންގަލި އައިލަންޑްގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން، 4 ޖޫން 2011 ގައި
ވަކިކުރެވުނުއިރު، އެފަރާތްތައް ވަޒީފާއިން ވަކިކުރުމުގެ ކުރިން އިސްތިއުނާފުކުރާ ފަރާތުން
ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން އެކުންފުނިން ޤާއިމުކޮށްފައިނުވާކާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް: 331647
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/183
, , ޖ ޗ 3
3
ﷲހން ކަމެ
ކަމުން، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން، ކޮންރަޑް މޯލްޑިވްސް ރަންގަލި
އައިލަންޑްގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން، 4 ޖޫން 2011 ގައި ވަކިކޮށްފައިވަނީ ޢަދުލުވެރި
ގޮތެއްގައިކަމަށް ބެލެވެން ނެތްކަމެވެ.
oco
ބަޔާންކޮށްފައިވާކ9އ
(ކ) ހަތްވަނަ ކަމަކީ، އިސްވެދެންނެވިފައިވާ ފަދައިން، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން،
ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލަންޑްގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން، 4 ޖޫން 2011 ގައި
ވަކިކޮށްފައިވާ ވަކިކުރުމަކީ ޢަދުލުވެރިގޮތެއްގައި ހިނގާފައިވާ ކަމަކަށް ނުވުމާއެކު، އެކަމަށް އެކަށީގެންވާ
ޤާނޫނީ ޙައްލެއް އިސްތިއުނާފުކުރާ ފަރާތުގެ ކިބައިން އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް
ލިބިދޭންޖެހޭނެކަމާއި، މިގޮތުން ބަލާއިރު، "އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރުމުން
މުވައްޒަފަށް ލިބިދޭ ޤާނޫނީ ޙައްލު" ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފަ
އެހެންނަމަވެސް އިސްވެދެންނެވިފައިވާ ފަދައިން، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ކޮންރަޑް
މޯލްޑިވްސް ރަންގަލި އައިލަންޑްގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ
އިސްތިއުނާފުކުރާ ފަރާތަށް ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން އެކަމުގެ ސަބަބުންކަމަށްވެފައި، އަދި
ރިޑަންޑަންސީގެ ޙާލަތަކީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ
އެކަށީގެންވާ ސަބަބެއްކަމަށް މީގެކުރިން ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅުއްވާފައިވުމުން،
މިމައްސަލައަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ، އެކަށީގެންވާ ސަބަބެއް
ނެތި ވަޒީފާއިން ވަކިކުރުމުގެ މައްސަލައަކަށް ނުވާކަމާއި، އެހެންކަމުން މިމައްސަލާގައި، ވަޒީފާއާބެހޭ
ޤާނޫނުގެ އިސްވެމިދެންނެވުނު މާއްދާއަށް ޙަވާލާދީ، އެމާއްދާގެ ދަށުން އިސްތިއުނާފު ރައްދުވާ
ފަރާތްތަކަށް ޤާނޫނީ ޙައްލެއް ލިބިނުދެވޭނެކަމާއި،
occo
އިސްވެދެންނެވިފައިވާ ކަންކަމުގެ މައްޗަށް ބަލާއިރު، މިމައްސަލާގައި އިސްތިއުނާފު ރައްދުވާ
ފަރާތްތަކުން ވަޒީފާއިން ވަކިކޮށްފައިވަނީ، އެކަށީގެންވާ ސަބަބެއް އޮވެގެންކަމަށްވިއަސް، އެފަރާތްތައް
ވަޒީފާއިން ވަކިކޮށްފައިވަނީ ރިޑަންޑަންސީގެ ސަބަބުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި
ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ޤާއިމުނުކޮށްކަމާއި، މިފަދަ ޙާލަތުތަކުގައި ވަޒީފާއިން
ވަކިކުރެވޭ މުވައްޒަފަށް ލިބިދެވޭނެ ޤާނޫނީ ޙައްލެއް ވަޒީފާއާބެހޭ ޤާނޫނުގައި ބަ
ބަޔާންކު
މިޙާލަތުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ލިބިދެވޭނެ
ސ
އެހެންކަމުން،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012}HC-A/183
ކަނޑައެޅުމުގައި، މިބާވަތުގެ މައްސަލަތަކުގައި ހުޅުވިގެންވާ ދީމިޤްރާތީ މުޖްތަމަޢުތަކުން
ޢަމަލުކުރަމުންދާ ގޮތްތަކަށާއި، ކަމާގުޅޭ ބައިނަލްއަޤްވާމީ މުޢާޙަދާތަކުގައި ޤާއިމުކޮށްފައިވާ އުސޫލުތަކަށް
ޝަރީޢަތުން ރިޢާޔަތްކުރަންޖެހޭނެކަމާއި،
07އޓާފުންނަށް
އަސާސީ
މިގޮތުން، އިސްވެދެންނެވިފައިވާފަދަ ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމަޢުތަކުން ޢަމަތު
މަލުކުރަމުންދާ
ޤާނޫނުތަކުގައާއި، އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައި.އެމް.އޯ) ގެ ޓަރމިނޭޝަން އޮފް
އެމްޕްލޮއިމަންޓް ކޮންވެންޝަން 1982 (ނަންބަރު 158) އާއި ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް
ރެކޮމެންޑޭޝަން 1982 (ނަންބަރު 166) ގައި، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި
ޤާއިމުކުރަންޖެހޭ ޢަދުލުވެރިކަން ޤާއިމުނުކޮށް ވަޒީފާއިން ވަކިކުރެވޭ މައްސަލަތަކުގައި އެފަދަ
ލިބިދީފައިވާ ޤާނޫނީ ޙައްލުތަކަށް ބަލާއިރު، އެފަދަ މައްސަލަތަކުގައި މުވައްޒަފަށް
ލިބިދެވޭ
primary) ޙައްލަކީ އެމުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނުއިރު
އަދާކުރަމުންގެންދިޔަ ވަޒީފާ އަލުން އަނބުރާ ދިނުން (reinstatement) ކަމާއި، ނަމަވެ.
އެމައްސަލައެއްގެ ވަށައިގެންވާ ކަންތައްތަކަށް ބަލާއިރު، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނުއިރު
އަދާކުރަމުންގެންދިޔަ ވަޒީފާ އެމުވައްޒަފަކަށް އަލުން އަނބުރާ ލިބިދިނުމަކީ އެކަށޭނަ ކަމެއްކަމަށް
ނުވާނަމަ ނުވަތަ ޢަމަލީގޮތުން ކުރުން ދަތި (impractical) ކަމެއްކަމަށްވާނަމަ، އެމުވައްޒަފަކު
އަދާކުރަމުންގެންދިއަ ވަޒީފާއެއް އަނބުރާ އެމުވައްޒަފަކަށް ދިނުމުގެ ބަދަލުގައި، އެމު
އެމުވައްޒަފަކަށް
އެކަށީގެންވާ ޢަދުލުވެރި ޤާލީ ބަދަލެއް ފެfinancial compensation) ނަގައިދިނުމަށްފަހު
އެމުވައްޒަފަކީ ވަޒީފާއިން ވަކިވެފައިވާ މީހަކުކަމުގައި ކަނޑައެޅިދާނެކަން އެނގޭކަމާއި،
8
cocco
ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް
މުވައްޒަފުންތަކެއް ވަޒީފާއިން
ވަކިކުރަނީ، އިސްވެދެންނެވިފައިވާ ފަދައިން، ވިޔަފާރީގެ ނަފާ ހޯދުމުގެ ގޮތުން ހިންގާ ކުންފުންޏަކުން،
އެކުންފުނި ހަރުދަނާކޮށް، ކުންފުނީގެ ނަފާ އިތުރުވާނޭ ގޮތެއްގެމަތިން ހިންގުމަށްޓަކައި ނުވަތަ ކުންފުނި
ރީސްޓްރަކްޗަރ ކުރުންފަދަ ކަމަކަށްޓަކައި ކުންފުނިން އަޅާ ފިޔަވަޅުތަކެއްގެ ސަބަބުން މުވައްޒަފަކު
ނުވަތަ
މުވައްޒަފުންތަކެއް އަދާކުރަމުންގެންދިޔަ ވަޒީފާ ނެތިގެން ނުވަތަ އުވިގެންދިއުމާ
ގުޅިގެންކަމަށްވެފައި، އަދި، ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން މުވައްޒަފަކުރިއްޔާރުވަނަ
ވަޒީފާއިން ވަކިކުރުމަށް ކުންފުންޏަކުން
ފިންމާ ނިންމުމުގައި
މުވައްޒަފުންކއ
هން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 2316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
18
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012}HC-A/183
މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވާ ޙާލަތްތަކުގައި ރިޑަންޑަންސީ އިޢުލާނު (declare) ކޮށް،
މަޤާމުތަކެއް މަދުކުރުމުގެ ނުވަތަ އުވާލުމުގެ އިޚްތިޔާރު ކޮންމެ ކުންފުންޏަކަށްވެ.
ކުންފުންޏަކަށްވެސް ލިބިގެންދާއިރު،
މިގޮތުގެމަތިން އުވާލެވޭ މަޤާމެއް އަލުން އުފައްދާ އެމަޤާމުގައި ވަޒީފާއަދާކުރަމުން ގެންދިޔަ މުވައްޒަފަށް
އަނބުރާ އެމަޤާމުދިނުމަކީ، އެފަދަ ކުންފުނިތަކަށް ޢަމަލީގޮތުން ކުރުން ދަތިކަމަކަށް (impractical)
ވާނެކަމާއި، އެހެން
އެހެންކަމުން، ރިޑަންޑަސީގެ ޙާލަތު މެދުވެރިވެގެން ކަމަށް ބުނެ މުވައްޒަފަކު ނުވަތަ
ވައްޒަފުންތަކެއް، ކުންފުންޏެއްގެ ވަޒީފާއިން ވަކިކުރެވޭ ޙާލަތްތަކުގައި، އެމުވައްޒަފަކު ނުވަތަ
މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރުމުގައި އެކުންފުނިން ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން
ޤާއިމުކޮށްފައިވާ ޙާލަތުތަކުގައި، އެކުންފުނިން ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން،
އިސްވެދެންނެވިފައިވާ ގޮތުގެމަތިން، ޤާއިމުކޮށްފައިނުވިކަމުގައި ވީނަމަވެސް، ރިޑަންޑަންސީގެ ސަބަބުން
އެކުންފުނިން ވަކިކުރާ މުވައްޒަފަކު ނުވަތަ މުވައްޒަފުންނަށް، އެމީހުން ވަޒީފާއިން ވަކިކުރިއިރު
އަދާކުރަމުން ގެންދިއަ ވަޒީފާ އަނބުރާ ދިނުމަށް އެކުންފުންޏަށް މަޖުބޫރުކުރުމަކީ ޢަދުލުވެރިގޮތެއް
ނޫންކަމާއި، އެހެންކަމުން އެފަދަ ޙާލަތުގައި އެފަދަ މުވައްޒަފަކަށް ލިބިދެވޭނެ ޤާނޫނީ ޙައްލަކީ،
އެމުވައްޒަފަކު އަދާކުރަމުން ގެންދިއަ ވަޒީފާއެއް އަނބުރާ އެމުވައްޒަފަކަށް ދިނުމުގެ ބަދަލުގައި،
އެމުވައްޒަފަކަށް އެކަށީގެންވާ މާލީ ބަދަލެއް (finanacial compensation) ނަގައިދިނުންކަމާއި،
uc
2
26 ދ ތ 8
It
ޕްމަންޓް
އަދި މިބަދަލަކީ، ރިޑަންޑަންޓްވުމުގެ ސަބަބުން ވަކިކުރެވޭ މުވައްޒަފުންނަށް ވަޒީފާއާބެހޭ
ޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ދޭންޖެހޭ ނޯޓިސް ދިނުމުގެ ބަދަލުގައި އެޤާނޫނުގެ 25 ވަނަ
މާއްދާގެ ދަށުން ދެވޭ ފައިސާ އަދި ރިޑަންޑަންސީގެ ޙާލަތުގައި، ވަޒީފާދޭ ފަރާތުން "ރިޑަންޑަންސީ
ގެ ގޮތުގައި ދެވޭ ފައިސާގެ އިތުރުން، ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން ވަޒީފާއިން
ވަކިކުރާ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުން ޤާއިމުކުރަންޖެހޭ އިޖްރާއީ
ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމުކޮށްފައިނުވާތީ އެކަމުގެ ބަދަލެއްގެ ގޮތުން ވަޒީފާދޭ ފަރާތުގެ ކިބައިން
ނަގައިދެވޭ ބަދަލެއްކަމާއި، އެހެންނަމަވެސް މިއީ ވަޒީފާދޭ ފަރާތަށް އަދަބެއް ދިނުމުގެ ގޮތުން ނަގައިދެވޭ
ބަދަލެއް ނޫންކަމާއި، އެއާ ޚިލާފަށް މިބަދަލު ނަގައިދިނުމުގެ ބޭނުމަކީ ވަޒީފާއިން ވަކިކުރުމުގެ ސަބަބުން
އެމުވައްޒަފަށް ލިބުނު ގެއްލުން ފޫބައްދައިދިނުންކަމާއި،
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
19
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012}HC-A/183
އަދި، މިގޮތުގެމަތިން ވަޒީފާދޭ ފަރާތުން ވަޒީފާއިން ވަކިކުރި ފަރާތަށް ބަދަލުގެ ގޮތުގައި
ދޭންޖެހޭ ފައިސާގެ މިންވަރު ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށްކަމާއި،
މިގޮތުން ވަޒީފާދޭ ފަރާތުގެ ކިބައިން ނަގާދެވޭ ބަދަލުގެ މިންވަރު ކަނޑައެޅުމުގައި، ވަޒީފާއިން
ވަކިކުރެވުނު މުވައްޒަފުގެ އުމުރަށާއި، ވަޒީފާއިން ވަކިކުރެވުނުއިރު އެމުވައްޒަފަކު ހުރި މަޤާމަށާއި،
އެމަޤާމުގެ ޒިންމާތަކަށާއި، އެމުވައްޒަފެއްގެ ތަޖުރިބާއަށާއި، އެމުވައްޒަފަކު ވަޒީފާގައި ހޭދަކޮށްފައިވާ
ޖުމްލަ މުއްދަތަށާއި، އެމުވައްޒަފެއްގެ މަސައްކަތުގެ އަޙްލާޤާބެހޭ ރެކޯޑަށާއި، މުވައްޒަފު ވަޒީފާއިން
ވަކިކުރުމުގައި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާ މިންވަރަށާއި، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން
އެމުވައްޒަފެއްގެ ކެރިއަރަށް ކޮށްފާނެ އަސަރަށާއި، ވަޒީފާއިން ވަކިކުރި މުވައްޒަފަށް އެހެން ވަޒީފާއެއް
ހޯދުމަށް އޮތް ފުރުޞަތަށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ރިޢާޔަތްކުރަންޖެހޭނެކަމާއި، އަދި
މިގޮތުގެމަތިން، އިސްވެދެންނެވިފައިވާ ކަންކަމުގެ ރިޢާޔަތްކޮށް ގޮތެއް ނިންމުމުގައި
މައްސަލާގައި
ހިމެނޭ
އެކަންކަމާމެދު ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން
ބަލަންޖެހޭނެކަމާއި،
OXO
ocx
މައްޗަށް
2& ·
· ހ/ ه
a + x +
އަދި، ރިޑަންޑަންސީގެ ސަބަބުން މުވައްޒަފަކު ވަޒީފާއިންވަކި ކުރުމުގައި ވަޒީފާދޭ ފަރާތުން
ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމުކޮށްފައި ނުވިނަމަވެސް، އެޙާލަތުގައި
ވަޒީފާއިން ވަކިވާ މުވައްޒަފަށް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބޭ ގެއްލުން، އެމުވައްޒަފަކު
ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އެމައްސަލާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ވަކިގޮތެއް
ނިންމުމާދެމެދު ހިނގާ މުއްދަތުގައި، ކުޑަކުރުމަށް މަސައްކަތްކުރުމަކީ ވަޒީފާއިން ވަކިވި މުވައްޒަފަކު
ކުރަންޖެހޭ ކަމެއްކަމާއި، މިގޮތުން އެމުވައްޒަފަކު ވަޒީފާއިން ވަކިވުމާ ގުޅިގެން އޭނާއަށް ލިބޭ ގެއްލުން
ކުޑަކުރުމުގެ ގޮތުން، މިދެންނެވުނު މުއްދަތުގެ ތެރޭގައި އެހެން ވަޒީފާއެއް ހޯދުންފަދަ، އެކަށީގެންވާ
ކަންތައްތަކެއް އެމުވައްޒަފަކު ކޮށްފައިނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ފެނިއްޖެނަމަ،
ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން ވަޒީފާއިން ވަކިކުރާ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި
ވަޒީފާދޭ ފަރާތުން ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމުކޮށްފައިނުވާތީ އެކަމުގެ
ބަދަލެއްގެ ގޮތުން ވަޒީފާދޭ ފަރާތުގެ ކިބައިން އެމުވައްޒަފަކަށް ނަގައިދެވޭބާއްދަދުގެ މިންވަރު
ކުޑަކުރުމުގެ އިޚްތިޔާރުވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ލިބިގެންވާކަމެވެ.
2 /
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2(
!ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/183
(އ) އަށްވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި އިސްތިއުނާފު ރައްދުވާ
ފަރާތްތައް، 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުއާއި 2013 ވަނަ އަހަރުގެ
ޖެނުއަރީ މަހުގެ 5 ވަނަ ދުވަހު ހިންގާފައިވާކަމަށް ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ބުނާ ޢަމަލުތަކަކާ ގުޅިގެން، އިސްތިއުނާފު ކުރެވިފައިމިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2011/VTR/93 މައްސަލާގައި އެޓްރައިބިއުނަލްއިން ނިންމާފައިވާ ގޮތުގެމަތިން އިސްތިއުނާފު
ރައްދުވާ ފަރާތްތައް ވަޒީފާއިން ވަކިކުރެވުނުއިރު އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ ނުދެވޭނެ ކަމަށްބުނެ،
މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު އެންމެފަހު އަޑުއެހުމުގައި، މިމައްސަލަ
އިސްތިއުނާފުކޮށްފައިވާ ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމަށް މަސައްކަތްކޮށްފައިވާ ނުކުތާ މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ މަޖިލީހުން ބަލައިގެންފައިނުވަނީ،
Od
ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާ މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި
ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާ މައްސަލަތައް ބެލުމުގެ
އުސޫލު ބަޔާންކޮށްފައިވާ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32
ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އޮންނަ އޮތުމަށާއި، އަދި، "އިސްތިއުނާފް އުސޫލުތަކުގެ
މައްޗަށް ވިސްނާ ބަލާއިރު އިސްތިއުނާފް ދަޢުވާ ބިނާވާން ޖެހޭނީ ދަށު ކޯޓުގެ ނިންމުން ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާއި ޚިލާފުވާނަމަ އެނުކުތާގެ
މައްޗަށް ކަމަށްވެފައި،
ދަށުކޯޓުން ބައްލަވާ
ފައިސަލާކުރަނިވި ނިޔާއެއް ކަނޑައެޅިފައި ނުވާކަމަކާމެދު އިސްތިއުނާފުގެ މަރުޙަލާގައި ގޮތެއް
ކަނޑައެޅުމަކީ އެމައްސަލާގައި ހިމެނޭ ފަރާތްތަކަށް ޤާނޫނީ ގޮތުން އޮތް އިސްތިއުނާފުކުރުމުގެ ޙައްޤަށް
ހުރަސް އެޅިދާނެ"
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 24/HC
-
A/2009
ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމަށް ޖުމްލަ ގޮތެއްގައި ބަލާއިރު، އަދި އިސްތިއުނާފަށް
ހުށަހެޅިފައިމިވާ މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/93 މައްސަލާގައި
އެޓްރައިބިއުނަލްއިން ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ އެއްގޮތްނުވާކަމަށް ބުނެ
ހުށަހަޅާފައިވާ މައްސަލައަކަށްވީއިރު، އަދި އެމައްސަލަ ޓްރައިބިއުނަލްއިން ނިންމުމުގައި
ރިޢާޔަތްކޮށްފައިވާނީ، އެމައްސަލައާ ގުޅިގެން އެޓްރައިބިއުނަލްއަށް ހުށަހެޅިފައިވާ ކަންތައްތަކާއި،
މައްސަލަ އެޓްރައިބިއުނަލްއަށް ހުށަހެޅުނުއިރު ވުޖޫދުގައިވާ ޙަޤީޤަތްތަކުގެ މައްޗަށްކަމަށްވިސްރޭ)
ޝި0އ9ކށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 2816471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
21
ނިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/183
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އެނިންމުމުގެ ޤާނޫނީ ޞައްޙަކަމާމެދު ގޮތެއް ކަނޑައެޅުމުގައި އެނިންމުން
ނިމުމުގައި ޓްރައިބިއުނަލްއިން ރިޢާޔަތްކުރުމުގެ ފުރުޞަތު ނެތް، އަދި އެމައްސަލަ ޓްރައިބިއުނަލްއިން
ނިންމުމުގެ މާފަހުން ވުޖޫދުވެފައިވާ ޙަޤީޤަތްތަކެ
ޤަތްތަކެއްގެ މައްޗަށް އިސްތިއުނާފް މަރުޙަލާގައި މިހާރު
ބެލެވުމަކީ ޝަރީޢަތްކުރުމުގެ ހަމަތަކާ ކަމެއްކަމުގައި، މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވޭތީކަމެވެ.
(( / ކ އ & 4
ރއރުންކމއ
cu o
ވީމާ، އިސްވެ ފާހަގަކުރެވިފައިވާ ކަންކަން އެހެން ހުރުމާއެކު، މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، މިމައްސަލާގައި އިސްތިއުނާފު ރައްދުވާ
ސ.މަރަދޫ ރޭޝަން ޢަބްދުﷲ އާނިޝްއާއި ކ.މާއުނގޫދޫ އިރުޝާދު ޢަބްދުﷲ ފާއިޒްއާއި،
ހއ.ދިއްދޫ ބްލޫރެސްޓް މުޙައްމަދު ޞާދިޤުއާއި، ހދ.މަކުނުދޫ ރޯޝަނީއާގެ ޙުސައިން ނާޝިދުއާއި،
ސ.ހިތަދޫ ހަނީވިލާ މުޙައްމަދު ރާފިއު އަޙްމަދުއާއި، އދ.މަހިބަދޫ ޖަނަވަރީގެ ބުންޏާމީން
ޙަސަންއާއި، ހަމަ އެރަށު ދަނބުސުތުލިގެ މަބްރޫކް އަޙްމަދުއާއި، ބ.ތުޅާދޫ އެވަރގްރީން އިބްރާހީމް
މުޖުތަބާއާއި، ހދ.ކުޅުދުއްފުށި/ މަލާޒް އިބްރާހީމް މުޙައްމަދުއާއި، ރ.މަޑުއްވަރީ ހަޒާރުމާގެ މުޙައްމަދު
ރަޝީދު، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލަންޑްގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން، 4 ޖޫން
2011 ގައި ވަކިކޮށްފައިވަނީ، ރިޑަންޑަންސީގެ ޙާލަތުމެދުވެރިވެގެން ވަޒީފާއިން ވަކިކުރާ މުވައްޒަފުން
ވަކިކުރުމުގައި ވަޒީފާދޭ ފަރާތުން ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ފުރިހަމައަށް
ޤާއިމުނުކޮށްކަމަށް ވީނަމަވެސް، އެސަބަބަށްޓަކައި، ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުން ވަޒީފާއިން
ވަކިކުރިއިރު އަދާކުރަމުން ގެންދިއަ ވަޒީފާ އަނބުރާ ދިނުމަށް ވަޒީފާއިން ވަކިކުރި ކުންފުންޏަށް
މަޖުބޫރުކުރުމަކީ ޢަދުލުވެރިގޮތަކަށް ނުވުމާއެކު،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2011/VTR/93 މައްސަލާގައި އެޓްރައިބިއުނަލްއިން ނިންމާފައިވާ ނިންމުމަށް ދިވެހިރާއްޖޭގެ
ހައިކޯޓުން ބަދަލުގެންނަންޖެހޭކަމަށާއި،
މިމައްސަލާގައި އިސްތިއުނާފު ރައްދުވާ
އިސްވެދެންނެވުނު ފަރާތްތައް، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލަންޑްގައި އަދާކުރަމުން ގެންދިޔަ
ވަޒީފާއިން، 4 ޖޫން 2011 ގައި ވަކިކޮށްފައިވަނީ، ރިޑަންޑަންސީގެ ޙާލަތުމެދުވެރިވެގެން ވަޒީފާއިން
ވަކިކުރާ މުވައްޒަފުން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުން ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން
ފުރިހަމައަށް ޤާއިމުނުކޮށްކަމަށްވުމާއެކު، މިމައްސަލައަކީ، މިފަދަ މައްސަލަތަކުގައި ވަޒީފާއިން ވަކިވާ
މުވައްޒަފުންނަށް ނަގައިދޭންޖެހޭ މާލީ ބަދަލުގެ މިންވަރު ކަނޑައެޅުމަށާއި، ރިޑަން
uc
, , ޏ އ ސ ޑ ޖ
އެހެންނަމަވެސް،
cocco
3 4
¢
\
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް: [231647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
22
ސިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/183
ccccc
ވަކިކުރާ މުވައްޒަފުންނަށް ޤާނޫނީގޮތުން ލިބިދޭންޖެހޭ އެހެނިހެން މާލީ އިނާޔަތްތައް ކްރައުން ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑްގެ ކިބައިން އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ލިބިދީފައިވޭތޯ ބަލާ، އޭގެތެރެއިން
އިނާޔަތެއް އެފަރާތްތަކަށް ލިބިދީފައިނުވާނަމަ އެއިނާޔަތެއް އެފަރާތަކަށް ލިބިދިނުމުގެގޮތުން،
އެޓްރައިބިއުނަލްއިން އަލުން ބަލައި، ފައިސަލާކުރަނިވި ނިންމުމެއް ނިންމަންޖެހޭ މައްސަލައެއް
ކަމުގައެވެ.
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު
ގޮތަށް ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/93 މައްސަލާގައި
އެޓްރައިބިއުނަލްއިން ނިންމާފައިވާ ނިންމުމަށް ބަދަލުގެންނަންޖެހޭކަމަށް މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/93 މައްސަލާގައި އެޓްރައިބިއުނަލްއިން ނިންމާފައިވާ
ނިންމުން ބާޠިލުކޮށް، ސ.މަރަދޫ ރޭޝަން ޢަބްދުﷲ އާނިޝްއާއި ކ.މާއުނގޫދޫ! އިރުޝާދު
ޢަބްދުﷲ ފާއިޒްއާއި، ހއ.ދިއްދޫ ބްލޫރެސްޓް މުޙައްމަދު ޞާދިގުއާއި، ހދ.މަކުނުދޫ ރޯޝަނީއާގެ
ޙުސައިން ނާޝިދުއާއި، ސ.ހިތަދޫ ހަނީވިލާ މުޙައްމަދު ރާފިއު އަޙްމަދުއާއި، އދ.މަހިބަދޫ
ޖަނަވަރީގެ ބުންޏާމީން ޙަސަންއާއި، ހަމަ އެރަށު ދަނބުސުތުލިގެ މަބްރޫކް އަޙްމަދުއާއި، ބ.ތުޅާދޫ
އެވަރގްރީން އިބްރާހީމް މުޖުތަބާއާއި، ހދ.ކުޅުދުއްފުށި މަލާޒް އިބްރާހީމް މުޙައްމަދުއާއި،
ރ.މަޑުއްވަރީ ހަޒާރުމާގެ މުޙައްމަދު ރަޝީދު، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލަންޑްގައި
އަދާކުރަމުން ގެންދިޔަ ވަޒީފާއިން، 4 ޖޫން 2011 ގައި ވަކިކޮށްފައިވަނީ، ރިޑަންޑަންސީގެ
ޙާލަތާމެދުވެރިވެގެން ވަޒީފާއިން ވަކިކުރާ މުވައްޒަފުން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުން
ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމުނުކޮށްކަމަށްވުމާއެކު، ކްރައުން ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑްގެ ކިބައިން އިސްވެދެންނެވުނު އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް
ނަގައިދެންޖެހޭ މާލީ ބަދަލުގެ މިންވަރު، އެފަދަ މައްސަލަތަކުގައި ނަގައިދެވޭ މާލީ ބަދަލުގެ މިންވަރު
ކަނޑައެޅުމާ
މިޤަޟިއްޔާގައި ބަޔާންކޮށްފައިވާ ޤާނޫނީ އުސޫލުތަކާ
ގޮތުގެމަތިން ކަނޑައެޅުމަށާއި، ރިޑަންޑަންސީގެ ޙާލަތުގައި ވަކިކުރާ މުވައްޒަފުންނަށް ޤާނޫނީގޮތުން
ބެހޭގޮތުން
02
05 ދު
می ہو کر صرف
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 336471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
23
ސިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012}HC-A/183
Puc
ލިބިދޭންޖެހޭ އެހެނިހެން މާލީ އިނާޔަތްތައް ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ކިބައިން
އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ލިބިދީފައިވޭތޯ ބަލާ، އޭގެތެރެއިން އިނާޔަތެއް އެފަރާތްތަކަށް
ލިބިދީފައިނުވާނަމަ އެއިނާޔަތެއް އެފަރާތަކަށް ލިބިދިނުމުގެގޮތުން، މިމައްސަލަ ވަޒީފާއާބެހޭ
ޓްރައިބިއުނަލްއިން އަލުންބަލައި ފައިސަލާކުރަނިވި ނިންމުމެއް ނިންމުމަށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ
ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ތައުވީލުކުރުމަށް
މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
02 20
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv