ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/239 ޤަޟިއްޔާގެ ޙުކުމް
ވީޓީޖީ
1 ޤަޟިއްޔާ، ނިމުނު ގޮތުގެ ޚުލާސާ
201(HC-A239
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާޞާ
• ޤައްޔާ ނަންބަދު: 239/HC
-
A/2010
އިސްތިއުނާފު ކުރިފަރާތް:
* ނަން: ޒުބައިރު ޢަލީ
. އައިޑީ ކާޑު ނަންބަރު: A036314
* ދާއިމީ އެޑްރެސް: މ.މ.ފ. ދަފްތަރު ނަންބަރު 8797
އިސްތިއުނާފް ރައްދުވި ފަރާތް
* ނަން: މުޙައްމަދު ޒާހިރު (ބާޒާރުކެފޭ)
އައިޑީ ކާޑު ނަންބަރު: A061020
4
ދާއިމީ އެޑްރެސް: މޫނިމާގެ (ރ. ކަނދޮޅުދޫ
ރަޖިސްޓްރީކުރެވުނު ތާރީޚް: 18 ޒުލްޙިއްޖާ 1431
24 ނޮވެމްބަރު 2010
ނިމުނު ތާރީޚް: 16 ޝަޢުބާން 1432
07 ޖުލައި 2011
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/152
• ޤަޟިއްޔާގެ ބާވަތް: ވަޒީފާއިން ވަކިކުރުން
ނިންމެވި ކޯޓް: ވަޒީފާއާބެހޭ ޓްރުއިބިއުނަލް
* ހުށަހެޅުނު ތާރީޚް: 31 މެއި 2010
ނިމުނު ތާރީޚް: 1 ސެޕްޓެމްބަރު 2010
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު އަޙްމަދު ޝަރީފް، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުދުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332S029، ފެކްސް !331647
އީމެއިލް
ވެބް ސައިޓް: WWW.highcourt.gov.mv
[email protected] in
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
25 4:TIC-;&p
8797
· 4
މިރިސޯޓްގެ ސައި"
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/152 މައްސަލަ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު
ކޮށްދިނުންއެދި ޒުބައިރު ޢަލީމާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު 14
A0363) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މި ޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ މުޙައްމަދު
ޒާހިރު)މޫނިމާގެ ކަނދޮޅުދޫ (ބާޒާރުކެފޭ (ރަޖިސްޓްރޭޝަން ނަންބަރު 10
/
00133//T10))
ފާހަގަކުރެވުނު ނުކުތާތައް:
[. އިސްތިއުނާފުކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/152
މައްސަލައަށް ބަލާއިރު، އެ މައްސަލައަކީ ޒުބައިރު ޢަލީ!މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު
ނަންބަރު 8797، ބާޒާރު ކެފޭގެ ސުޕަވައިޒަރެއްގެ ވަޒީފާ އަދާކުރަމުންދަނިކޮށް، ވަކިގޮތެއް
އަންގާލަންދެން ގޭގައި މަޑުކުރުމަށް އެންގުމަށްފަހު އެއްވެސް ނޯޓިހެއް ނުދީ ވަޒީފާއާބެހޭ ޤާނޫނާ
ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބުނެލިބިނު ގެއްލުމުގެ ބަދަލު ހޯދައިދިނުމަށާއި، ޒުބައިރު
ޢަލީ އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ ހޯދައިދިނުމަށްއެދި ބާޒާރު ކެފޭގެ މައްޗަށް ޒުބައިރު ޢަލީ
ހުށަހެޅުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބައްލަވައި ނިންމަވާފައިވާ މައްސަލައެއްކަމާއި؛
އެ މައްސަލަ ނިންމަވާފައިވަނީ، "ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތާއި
މައްސަލަ ރައްދުވާ ފަރާތުން ހުށަހެޅި އެންމެހައި ލިޔެކިއުންތަކަށާއި ދެފަރާތުން ފާހަގަކުރި ކަންކަމަށް
ނަޒަރުކުރާއިރު، ޒުބައިރު ޢަލީ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން
ސާބިތުވީ ނަމަވެސް، ޒުބައިރު ޢަލީ ވަޒީފާއިން ވަކިކުރިކަން އަންގާފައިވަނީ މުވައްޒަފަކު ވަޒީފާއިން
ވަކިކުރާއިރު ޢަމަލުކުރަންޖެހޭ ގޮތާއި ޚިލާފަށްކަމަށް، މައްސަލަ ބެލި މަޖިލީހުގެ އިއްބީގާމުން
ދިވެހިރާއްޖޭގެ ހައިކޯޓް، ޢީބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 29(325، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.goY
,
}
}
nv
201{;HC-A:239
33 ޝިޔާ.ވެ
ޚުލާސާ
ނިމުނު 7
exo
ކަނޑައަޅައި، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ނ) އަށް
ރިޢާޔަތްކޮށް މިއަދު (01 ސެޕްޓެމްބަރު 2010) އިން ފެށިގެން 7 ދުވަހުގެ ތެރޭގައި ޒުބައިރު
ޢަލީއަށް -/4250 (ހަތަރުހާސް ދުއިސައްތަ ފަންސާސް) ރުފިޔާ އެކީ އެއްފަހަރާ ދެއްކުމަށް މައްސަލަ
ރައްދުވާ ބާޒާރު ކެފޭއަށް އަންގައި އަމުރު ކުރަމެވެ" މިގޮތުގެމަތިންކަން އެ މައްސަލަ ނިމުނު ގޮތުގެ
އެނގެން އޮންނަކަން.
ނއeން
OX
2. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/152 މައްސަލަ އެ
ޓްރައިބިއުނަލުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ޒުބައިރު
ޢަލީގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރަމުން އަންނަނިވި 5 (ފަހެއް) ނުކުތާ ފާހަގަކޮށް،
އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
43 4
• ފުރަތަމަ ނުކުތާއަކީ،
ވަޒީފާއާ
ފައާބެހޭ ޤާނޫނުގެ ދަށުން އަންގަންޖެހޭ އެންމެހާ
އެންގުންތައް އަންގަންޖެހޭނީ ލިޔެކިޔުމުންކަމަށް ވަޒީފާއާބެހޭ ޤާނޫނު ލާޒިމްކުރާއިރު އެކަމަށް ރިޢާޔަތް
ކޮށްފައިނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާ
• ދެވަނަ ނުކުތާއަކީ، މިމައްސަލަ ނިންމިއިރު ބަދަލެއްގެ ގޮތުގައި މައްސަލަ
ނިންމި ދުވާހާ ހަމައަށް ދޭންޖެހޭ މުސްރު ނަގައިދީފައި ނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާ.
• ތިންވަނަ ނުކުތާއަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ދީފައިވާ ބަޔާންތަކުގައި
ސޮއިކުރަން އެ ބަޔާން ކިޔުމަށްފަހު އެ ބަޔާނުގެ ރެކޯޑިންގ އަޑުއަހަން ބޭނުންވެގެން ތަކުރާރުކޮށް
ބުނުމުންވެސް ވަޒީފައާބެހޭ ޓްރައިބިއުނަލުން ޒުބައިރު ޢަލީއަށް އެ ފުރުޞަތު ދީފައިނުވާކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާ.
• ހަތަރުވަނަ ނުކުތާއަކީ، ޒުބައިރު ޢަލީ ބަޔާންތަކުގައި ސޮއިކުރީ 3 އޯގަސްޓް
2010 ވަނަ ދުވަހު 1:30 އެހާކަންއިރު ކަމަށްވެފައި، 1 ސެޕްޓެމްބަރު 2010 ވަނަ ދުވަހުގެ 11
ޖެހިއިރު މައްސަލަ ނިންމިއިރު މައްސަލަ ދިރާސާކުރަން އެކަށީގެންވާ ވަގުތު ފަނޑިޔާރުންނަށް ލިބިފައި
ނުވާނެކަމަށްބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް،އްބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332502، ފެކްސް: 331647
އީމެއިލް: [email protected] ވެބް ސައިޓް:
www.highcourt.gov.my
ޤާ އްޔާ ނިމުނު ގޮތުގެ ޚުލާޞާ
2ju;FHC-239
• ފަސްވަނަ ނުކުތާއަކީ، ބާޒާރު ކެފޭއިން ޒުބައިރު ޢަލީ ގޭގައި މަޑުކުރުމަށް
އެންގެވުމަށްފަހު 20 ވަރަކަށް ދުވަހު ގޭގައި ވަޒީފާއިން ވަކިނުކޮށް ބެހެއްޓި ދުވަސްތަކަކަށް ބަދަލު
ނަގައިދީފައި ނުވާކަމަށްބުނެ ހުށަހެޅި ނުކުތާ
3. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/152 މައްސަލަ އެ
ޓްރައިބިއުނަލުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ޒުބައިރު
ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްވެދެންނެވުނު ނުކުތާއަށް ޖަވާބުދާރީ
ވުމުގެގޮތުން އިސްތިއުނާފު ރައްދުވާ ބާޒާރު ކެފޭގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ބުނެފައިވަނީ، އެމައްސަލައަކީ ތަންފީޒުކޮށްފައިވެސް އޮތް މައްސަލައެއްކަމަށާއި، އެހެންވީމާ ވަޒީފާއާބެހޭ
ޓްރައިބިއުނަލުން ކަނޑައަޅާފައި އޮތް ޙުކުމަކީ ރަނގަޅު ޙުކުމެއް ނޫންކަމަށް އަދި އިސްތިއުނާފުކުރެވޭ
ނުވަތަ ކުރަން ގަސްތުކުރާ ޙުކުމަކަށްވާނަމަ، އެޙުކުމް ތަންފީޒުކުރުމަކީ ބުއްދީގެ ހަމަތަކުން
ޤަބޫލުކުރެވޭނެކަމެއް ނޫންކަމަށާއި، މިޙުކުމުގައި ކަނޑައަޅުއްވާފައި އޮތް ބަދަލުގެ ފައިސާވާނީ، ސިވިލް
ނަންބަރު
ޤަޟިއްޔާ ހިނގަމުންދަނިކޮށް ޒުބައިރު ޢަލީއާ
ވާލުކުރެވިފައިކަމަށާއި، ޓްރައިބިއުނަލުން މައްސަލަ ނިންމިއިރުގައި ދެފަރާތަށްވެސް ހައިކޯޓުގައި
އިސްތިއުނާފުކުރުމުގެ ފުރުޞަތު އޮތްކަމަށް ވިދާޅުވެފައިވާކަމަށާއި، އެގޮތުގެމަތިން އިސްތިއުނާފު
ކުރުމުގެ ފުރުޞަތު އޮއްވައި ތަންފީޒުކުގެ
މާނައަކީ ޒުބައިރު ޢަލީ އެކަން ޤަބޫލުކުރާކަމަށްކަމަށެވެ
.
ސޓް
1207/Cv-C/2010
އ"
ބ ރީޤީ
4. މި
މައްސަލައާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2010/VTR/152 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފު ކުރަމުން
ޒުބައިރު ޢަލީގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، އެވާހަކަތަކާ
ގުޅިގެން މައްސަލަ ރައްދުވާ މުޙައްމަދު ޒާހިރު (ބާޒާރު ކެފޭ) ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މި
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައް ފާހަގަކުރެވިފައިވެއެވެ.
ދިވެހިރާt
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާވެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.ITY
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
210;HC-
A9
#
ޢަލީގެ މި
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2010/VTR/152 މައްސަލާގައި އެ ޓްރައިބިއުނަލުން ނިންމާފައިވާ ގޮތަށް ބާޒާރު ކެފޭގެ ފަރާތުން
މުޙައްމަދު ޒާހިރު ޢަމަލުކޮށްފައި ނުވާތީ، ޓްރައިބިއުނަލްގެ ނިންމުން ތަންފީޒުކޮށްދިނުމަށްއެދި، 2010
ސެޕްޓެމްބަރ 27 ވަނަ ދުވަހު، ޒުބައިރު ޢަލީ ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވާކަމާއި، ޒުބައިރު
ދަޢުވާ، ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
1207
/
Cv
-
C/2235)
ޤަޟިއްޔާއިން އެ ކޯޓުގައި ހިންގާފައިވާކަމާއި، މި ޤާޟިއްޔާ ނިންމާފައިވަނީ ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/152 މައްސަލައިގައިވާ ފަދައިން، ދަފްތަރު ނަންބަރު
8797 (މ. ލައިޓްރޯސްޘްމާލެ) ޒުބައިރު ޢަލީ (އައިޑީކާޑް ނަންބަރު A036314} އަށް ބާޒާރު ކެފޭ
(މުޙައްމަދު ޒާހިރު) ދޭންޖެހޭ -/
4,250ރ. (ހަތަރުހާސް ދުއިސައްތަ ފަންސާސް ރުފިޔާ)
ދީފައިނުވާތީ، ޒުބައިރު ޢަލީ ހުށަހެޅި މަދަނީ މައްސަލަ ބަލަމުން ދަނިކޮށް، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/152 މައްސަލައިގައިވާ ފަދައިން ބާޒާރު ކެފޭ (މުޙައްމަދު
ޒާހިރު) ދޭންޖެހޭ -/4,250ރ. (ހަތަރުހާސް ދުއިސައްތަ ފަންސާސް ރުފިޔާ) މުޙައްމަދު ޒާހިރުގެ
ފަރާތުން ލިބިފައިވާތީ، ދަޢުވާފޯމް ބާޠިލުކޮށްދިނުމަށްއެދި ދަޢުވާކުރާ ޒުބައިރު ޢަލީ ޝަރީޢަތަށް
ބަޔާންދީފައިވާތީ، "ޝަރީޢަތް ކުރުމާއި ބެހޭގޮތުން ހެދިފައިވާ ޤަވާޢިދު 6" ގެ 15 ވަނަ މާއްދާގެ
04 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ދަޢުވާފޯމް ބާޠިލުކޮށް މައްސަލަ ނިންމީއެވެ"
މިގޮތުންގެމަތިންކަން އެނގެން އޮންނަކަން.
(ނ) ދެވަނަ ކަމަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާ މައްސަލައެއް
ނިންމާފައިވަނީ، ޝަރުޢީ އުސޫލުތަކާއި، ނުވަތަ ޤާނޫނާއި ޤަވާއިދާޚިލާފުވާ ގޮތަކަށްނަމަ، ނުވަތަ އެ
ޓްރައިބިއުނަލަށް ލިބިގެންނުވާ
އެ މައްސަލައެއް
އިސްތިއުނާފު
ކުރުމަށްޓަކައި
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ ޙައްޤު ލިބިގެންވާކަމަށް ޤާނޫނު ނަންބަރު
2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 85 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާކަމާއި،
މިގޮތުގެމަތިން ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފުކުރަން ބޭނުންވާ ފަރާތަކުން، އެ މައްސަލައެއް
އިސްތިޢުނާފުކުރުމަށްޓަކައި ހައިކޯޓަށް ހުށަހެޅުމުގެ ކުރިން، ޓްރައިބިއުނަލްގެ އެ ނިންމުން
ތަންފީޒުކުރުމަށްޓަކައި ޝަރީޢަތަށް ހުށަހަޅާނެކަމަށް ޢަޤްލީގޮތުން ޤަބޫލުކުރެވެންނެތްކަން.
ބާރެއް
34ތ 4
2 ގދ
ބަންދޫކުނުގެންނަމެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ފެކްސް: 331471
އީމެއިވެ [email protected] ވެބް ސައިޓް: www.lhighcourt.gov.mv
200; FHC-A336g
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ނ) ތިންވަނަ ކަމަކީ، އިސްވެދެންނެވުނު ސިވިލް ކޯޓުގެ ޤަޟިއްޔާއަށް ބަލާއިރު،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/152 މައްސަލާގައި، އެ ޓްރައިބިއުނަލުން
ނިންމާފައިވާ ނިންމުންވަނީ، ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުގެ ކުރިން، ޒުބައިރު
ޢަލީ ސިވިލް ކޯޓަށް ހުށަހަޅައި، އޭނާގެ އެދުމުގެމަތިން ތަންފީޒުކުރެވި ނިމިފައިކަމާއި، އެހެންކަމުން
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/152 މައްސަލަ އިތުރަށް ބަލައި ކުރިއަށް
ގެންދަންޖެހޭ ސަބަބެއް ނެތްކަން.
44 44
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/152 މައްސަލާގައި އެ ޓްރައިބިއުނަލުން ނިންމާފައިވާ
ގޮތަށް ބަދަލުގެންނަޖެހޭ އެއްވެސް ސަބަބެއް އޮތްކަމަކަށް މި މައްސަލަބެލި ދިވެހިރާއްޖޭ ހައިކޯޓުގެ
ފަނޑިޔާރުންގެ މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
ޙުކުމް
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/152
މައްސަލާގައި އެ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލެއް
ގެންނާނެ ތަނެއް ނެ ނެތްކަމަށް
ޚި
މައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ލިޤާޟީއްޔާ ބަލާ ޙުކުމްކުރީ:
އައްބާސް ޝަރީފް
އަޙްމަދު ޝަރީފް
(އިސްފަނޑިޔާރު)
ޢަބްދުއްރައޫފު އިބްރާހީމް
،ފަނޑިޔާރު)
،ފަނޑިޔާރު)
ރަޠީ2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޖު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3323029، ފެކްސް: 3316471
އީމެއިލް infogthighcourt.gov.mv ވެބް ސައިޓް: www.highcourt.gov.mv