ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/113 ޤަޟިއްޔާގެ ޙުކުމް
1
20j4/HC-A/jj3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
6
ޤަޟިއްޔާ ނަންބަރ: 113/HC-A/2014
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޝަރީފާ އިބްރާހީމް
ކާޑު ނަންބަރ: A142790
ދާއިމީ އެޑްރެސް: ޖަންބުމާގެ ކ.މާފުށި
މިހާރުގެ އެޑްރެސް: ޖަންބުމާގެ/ކ.މާފުށި
*
0
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ކ.މާފުށީ ކައުންސިލްގެ އިދާރާ
އައިޑީ ކާޑު ނަންބަރު:-
* ދާއިމީ އެޑްރެސް: ކ.މާފުށީ ކައުންސިލްގެ އިދާރާ
މިހާރުގެ އެޑްރެސް: ކ.މާފުށީ ކައުންސިލްގެ އިދާރާ
ރަޖިސްޓްރީކުރެވުނު ތާރީޚް: 26 ޖުމާދަލްއާޚިރާ 1435
27 އޭޕްރީލް 2014
ނިމުނު ތާރީޚް: 24 ޝަޢުބާން 1435
18 ޖޫން 2014
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2013/H-12-C/40
، ނިންމެވިކޯޓް: މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓް
މައްސަލައިގެ ބާވަތް: މިލްކުވެރިކަން ސާބިތުކުރުން
ހުށަހެޅި ތާރީޚް: 2013-05-22 ނިމުނު ތާރީޚް: 2017-07-07
ދިވެހިން
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު: ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
20j4/HC-A/jj3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ދަޢުވާ ޚުލާޞާ
މިއީ، ކ.މާފުށި މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު: 2013/H-12-C/40 ޤަޟިއްޔާ އެކޯޓުން
ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ކ.މާފުށީ/ޖަންބުމާގެ، ޝަރީފާ އިބްރާހީމްގެ
އެޤަޟިއްޔާ އިސްތިއުނާފްކުރުމަށް ޅުމުން ހައިކޯޓުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، އިސްތިއުނާފް ރައްދުވާ ފަރާތަކީ ކ.މާފުށީ ކައުންސިލްގެ އިދާރާ އެވެ.
ތަ ދީ( 8
ފަރާތުން
އޮވެބާ
01- އިސްތިއުނާފް މިކުރެވޭ ކ.މާފުށި މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު: 2013/H-12-C/40
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ކ.މާފުށީ ކައުންސިލް އިދާރާގެ
ނަމުގައި ރަޖިސްޓްރީކޮށްފައިވާ "ނާރެސްވިލާ" އެވެ ކިޔާ ގޯއްޗާއި އެ ގޯތީގައިވާ ޢިމާރާތްތަކާއި، ފެންތާގީ
ތަކާއި، ރުއްގަހުގެ މިލްކުވެރިކަން ސާބިތުކޮށް އެކަމުގެ ޝަރުޢީ ލިޔުމެއް ލިބުން އެދި ކ.މާފުށީ ކައުންސިލްގެ
އިދާރާގެ ފަރާތުން މާލެއަތޮޅު މާފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި،"އިސްވެދިޔަ ވާހަކަތަކާއި، ނުކުތާތަކަށް
ރިޢާޔަތްކުރުމަށްފަހު، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ބަލާއިރު ކ.މާފުށީ ނާރެސްވިލާ އެވެކިޔާ ގޯއްޗާއި
ޢިމާރާތްތަކާއި، އެގޯތީގައިހުރި ތަކެއްޗާއި ރުއްގަހަކީ ކ.މާފުށީ ކައުންސިލްގެ އިދާރާގެ މިލްކެއްކަމަށް
ޙުކުމްކޮށްފީމެވެ." މިފަދައިން ބަޔާންކޮށްފައިވާކަން އެމައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން
CCCX
އިފައި.
-02
އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ކ.މާފުށި މެޖިސްޓްރޭޓް ކޯޓްގެ
ނަންބަރު:2013/H
-
12
-
C/40 ޤަޟިއްޔާގެ ޙުކުމާއި ގުޅިގެން، ކ.މާފުށި/ޖަންބުމާގެ، ޝަރީފާ އިބްރާހީމްގެ
ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާ މެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
cu o
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
20j4/HC-A/jj3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
* ފުރަތަމަ ނުކުތާއަކީ: ކ.މާފުށި މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު:2013/H
-
12
-
C/40
ޤަޟިއްޔާއަކީ ރާއްޖޭގައި މިހާރު ޢަމަލުކުރާ ޤާނޫނު އަސާސީ ތަޞްދީޤް ކުރިފަހުން ނިންމާފައިވާ ޤަޟިއްޔާއެއް
ކަމުގައިވީހިނދު، ޤާނޫނު އަސާސީގެ 66 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކަންތައްތަކަށް ރިޢާޔަތް
ކުރައްވަން
ޖެހޭއިރު، ޤާނޫނު އަސާސީގެ 68 ވަނަ މާއްދާއަށް ރިޢާޔަތް ކުރައްވާފައިނުވާކަމަށްބުނެ ހުށަހަޅާފައިވާ
ނުކުތާއެވެ.
ބޔާން 30ނވެ
· · 453
ންކުeއވެ.
* ދެވަނަ ނުކުތާއަކީ: ޤާނޫނު ނަންބަރު 4/2008 ގެ (ހ) އާއި (ރ) ގައި
ކަންތައްތައް ފުރިހަމަކުރުމަކާ ނުލައި އެއްވެސް މީހެއްގެ ގޯތިގެދޮރުފަދަ އެއްޗެއް އަމިއްލައަށް ވިއްކޭނެ ހަމައެއް
ނުވާކަން އެޤާނޫނުން އެނގެން އޮތްއިރު ޝަރީފާ އިބްރާހީމްގެ ގޯތި ވިއްކާލިކަމަށް ކަނޑައަޅައި ޙުކުމް
ކުރައްވާފައިވަނީ އެކަންތައްތައް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަން ކަށަވަރު ކުރެއްވުމަކާ ނުލައި ކަމަށްބުނެ
ފާހަގަކޮށްފައިވާ
ތިންވަނަ ނުކުތާއަކީ، ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅާފައިވާ
ޝަރުޢީ ހަމަތަކުގެ މަތީން މެނުވީ ޝަރީފާ އިބްރާހީމްގެ ކިބައިން ނިގުޅައި ނުގަނެވޭނެ ޙައްޤެއް، ޤާނޫނު
އަސާސީގެ 40 ވަނަ މާއްދާގެ (ށ) އާއި ޚިލާފަށް ކިބައިން ނިގުޅައިގަނެވޭ ގޮތަށް ޙުކުމްކުރައް
ޙުކުމްކުރައްވާފައިވާ
ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ: ޤާނޫނު އަސާސީގެ 40 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން
މެނުވީ ޝަރީފާ އިބްރާހީމްގެ ކިބައިން ނިގުޅައި ގަނެވިގެންވާ ކަމަށް ޙުކުމެއް ކަނޑައެޅުއްވުމުގެ ޙައްޤު
ނެތްހިނދު، ޤާނޫނު އަސާސީގެ 69 ވަނަ މާއްދާއަށް ރިޢާޔަތްކުރައްވާފައިނުވާ ކަމަށް ބުނެ ފާހަގަކޮށްފައިވާ
4 2 4
¢ ¢ 29 3
ހއވާ
40H-12-C/2
* ފަސްވަނަ ނުކުތާއަކީ: ކ.މާފުށި މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު:3
ޤަޟިއްޔާގެ ފާހަގަކުރެވޭ ނުކުތާ ތަކުގެ ތެރެއިން 4 ވަނަ ނަންބަރުގައި ދުންފިނިގެ އާބެހޭ ކަންތައްތައް
ސާބިތުވާ ހެކިތައް ނަފީކުރައްވައި، އެގޯއްޗާއި އެގޯތީގައިވާ ތަކެތި ކ.މާފުށީ ކައުންސިލް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
20j4/HC-A/jj3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މިލްކުވެގެންވާކަމަށް ކުރެއްވި ޙުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 02/SC-A/2010 ނަންބަރު ޤަޟިއްޔާގެ
(މ) އާއި ޚިލާފުވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ހަވަނަ ނުކުތާއަކީ: ކ.މާފުށި މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު:2013/H
-
12
-
C/40
ޤަޟިއްޔާގެ ފާހަގަ ކުރެވޭ ނުކުތާގެ 5 ގައި، "ނާރެސްވިލާ" ގޯތީގައި "ދުންފިނިގެ" އެވެ ކިޔާ ގޯއްޗެއް
އޮތްކަމާއި ކ.މާފުށީ މާވަޑިއާގެ އިބްރާހީމް މުޙައްމަދަށް ވިއްކާލިކަން ކައުންސިލްގެ އިދާރާއިން ހުށަހަޅާފައިވާ
"ދުންފިނި ގޯތި ވިއްކާލި ކަމުގެ ލިޔުމުން ސާބިތުވާކަމަށް" ފާހަގަކުރައްވާފައި އޮތް އިރު، ނާރެސްވިލާ އެވެ
ކިޔާ ގޯތީގައި ދުންފިނި އެވެ ކިޔާ ގޯތި އޮތްކަން ސާބިތުނުވާކަމަށާއި އެއީ ވުޖޫދުގައި ނުވާ ގޯއްޗެއް ކަމަށް
ކަނޑައެޅުއްވި ކަނޑައެޅުން، ދިވެހިރާއްޖޭގެ ސުޕްރިމް ކޯޓުގެ 02/SC-A/2010 ނަންބަރު ޤަޟިއްޔާގެ (މ)
އާއި ޚިލާފުވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
03- ކ.މާފުށި މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު: 2013/H
-
12
-
C/40 ޤަޟިއްޔާ ނިމުނު
ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިމުނުގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށް ބުނެ ކ.މާފުށީ ޖަންބުމާގޭ، ޝަރީފާ
އިބްރާހީމް އިސްތިއުނާފްކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
ފުރަތަމަ
ކ.މާފުށި
މެޖިސްޓްރޭޓް
ކޯޓްގެ ނަންބަރު:
2013/H-12-C/40 ޤަޟިއްޔާއަކީ މާފުށީ ކައުންސިލް އިދާރާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ
"ނާރެސްވިލާ" އެވެ ކިޔާ ބިމާއި އެބިމުގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި ރުއްގަހުގެ މިލްކުވެރިކަން
ސާބިތުކޮށްދިނުމަށް އެދި މާލެއަތޮޅު މާފުށި ކައުންސިލް އިދާރާގެ ފަރާތުން ހުށަހެޅުމުން ބަލާފައިވާ
ޤަޟިއްޔާއެއްކަމާއި، އެޤަޟިއްޔާ އިސްތިއުނާފްކޮށްފައި މިވާ ކ.މާފުށީ ޖަންބުމާގެ، ޝަރީފާ އިބްރާހީމަކީ،
އެޤަޟިއްޔާ އެ ކޯޓުގައި ހިނގަމުންދިޔައިރު، އެބިމުގެ މިލްކުވެރިކަމާމެދު ދަޢުވާކުރާ ފަރާތެއްވޭތޯ ބެލުމަށް
ކުރެވުނު ނަންބަރު: A2
/
2013
/
381-144 (04 ޖޫން 2013) އިޢުލާނަށް އިޖާބަދިނުމަށް ކަނޑައެޅިފައިޑީޖޭގެ
ccc >
-3.1
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
20j4/HC-A/jj3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މުއްދަތު ހަމަވިފަހުން، ޝަރީފާ އިބްރާހީމްގެ ބައްޕަ ގޫތު އިބްރާހީމް ގެ ގޯއްޗެއް އެތަނުގައި ވާނެކަމަށާއި،
އެގޯއްޗަށް ވީގޮތެއް ބަލައިދިނުމަށް އެދޭކަމަށްބުނެ ސިޓީ ލީ ފަރާތެއްކަމަށް ކ.މާފުށި މެޖިސްޓްރޭޓް ކޯޓްގެ
ނަންބަރު: 2013/H-12-C/40 ޤަޟިއްޔާގެ ރިޕޯޓުގައި ބަޔާންކުރައްވާފައިވާކަން ފާހަގަކުރެވެއެވެ.
3.2- ދެވަނަ ކަމަކީ: އިސްތިއުނާފް މިކުރެވޭ ކ.މާފުށި މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު:
2013/H-12-C/40 ޤަޟިއްޔާ ބައްލަވައި، ކ.މާފުށި "ނާރެސްވިލާ" އެވެ ކިޔާ ގޯއްޗާއި ޢިމާރާތްތަކާއި
އެގޯތީގައިހުރި ތަކެއްޗާއި ރުއްގަހަކީ ކ.މާފުށި ކައުންސިލް އިދާރާގެ މިލްކެއްކަމަށް ޙުކުމް ކުރައްވާފައި ކަމާއި،
ޝަރީފާ އިބްރާހީމްގެ ފަރާތުން އެ ޙުކުމް އިސްތިއުނާފް ކުރަމުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި،
ޤާނޫނުއަސާސީގެ 66 ވަނަ މާއްދާއަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެފައިވާ ބުނުމާއި، އަދި ޤާނޫނުއަސާސީގެ
40 ވަނަ މާއްދާގެ (ށ) އާއި ޚިލާފަށް ޙުކުމް ކޮށްފައިވާކަމަށް ބުނެފައިވާ ބުނުމާއި، އަދި ޤާނޫނުއަސާސީގެ
69 ވަނަ މައްދާއަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެފައިވާ ބުނުން ހިމެނޭތީ، އެކަންކަމަށް ބެލުމުގެގޮތުން
ހައިކޯޓުން ބެލިބެލުމުން،
ޤާނޫނުއަސާސީގެ 66 ވަނަ މާއްދާގައިވަނީ، "މިޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާއިރު
ދިވެހިރާއްޖޭގައި ހިނގަމުން އަންނަ އެންމެހައި ޤާނޫނުތަކާއި ޤަވާޢިދުތަކާއި ޤަރާރުތަކާއި އިޢުލާންތަކުގައި
ބަޔާންވެގެންވާ ކަންތައްތަކުގެ ތެރެއިން، މި ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަމާ ތަޢާރުޟްވާ
އެންމެހައި ކަންތައްތައް، މިޤާނޫނުއަސާސީ އަށް ޢަމަލުކުރާން ފެށުމާއެކު ބާޠިލްވީއެވެ." މިފަދައިންކަމާއި،
ޤާނޫނުއަސާސީގެ 69 ވަނަ މާއްދާގައިވަނީ، "މިޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް
ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަމެއް ލިބޭނޭފަދަ ޢަމަލެއް ކުރުމުގެ، ނުވަތަ އެފަދަ ޢަމަލެއްގައި
ބައިވެރިވުމުގެ ޙައްޤު އެއްވެސް މީހަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ ދައުލަތަށް ލިބޭފަދަ ގޮތަކަށް މި
ޤާނޫނުއަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް ކޮށް ނުވަތަ ތަރުޖަމާކޮށްގެން ނުވާނެއެވެ. މިފަދައިންކަން
އެނގެން އޮތްއިރު، ޤާނޫނުއަސާސީން ޙަވާލާދީފައިވާ އިސްވެ ބަޔާންކުރެވުނު 66 ވަނަ މާއްދާއާއި 69 ވަނަ
މާއްދާއާއި މިހާރު އިސްތިއުނާފް ކުރެވިފައި މިވާ ކ.މާފުށި މެޖިސްޓްރޭޓް ކޯޓްގެ
28
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
20j4/HC-A/jj3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/H-12-C/40 ޤަޟިއްޔާ އާއި ގުޅުންހުރީ ކޮންގޮތަކުންކަމެއް އިސްތިއުނާފްކުރި ޝަރީފާ އިބްރާހީމްގެ
ބަދަލުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވި ފަރާތަށް ސާފުކޮށްދޭން އެނގިފައި
ނުވާކަން ފާހަގަކުރެވެއެވެ.
އަދި ޤާނޫނުއަސާސީން ޙަވާލާ ދީފައިވާ 40 ވަނަ މާއްދާގެ (ށ) އަށް ބަލާއިރު، އެ
މާއްދާގައިވަނީ، "މީސްމީހުންގެ މުދަލަކީ ނިގުޅައިގަނެވޭނެ ތަކެއްޗެއް ނޫނެވެ. ފަހެ، ޢާންމުވެގެންވާ
މަންފާއަކަށްޓަކައި، ޤާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތެއްގެމަތީން، އަދި އެކަމަށްޓަކައި ކޯޓުންކުރާ
ޙުކުމަކުން މެނުވީ އެއްވެސް މީހެއްގެ މުދަލެއް އެމީހެއްގެ ރުހުންނެތި ދައުލަތަށް ނަގައިގެން ނުވާނެއެވެ. އަދި
މީހެއްގެ މުދަލެއް ދައުވަތަށް ނަގަންވާނީ ކޯޓުން ކަނޑައަޅާ ޢަދުލުވެރި ބަދަލެއް އެ މުދަލެއްގެ ވެރިފަރާތަށް
ދިނުމަށްފަހުގައެވެ." މިފަދައިންކަން އެނގެން އޮތްއިރު، އިސްތިއުނާފް މިކުރެވޭ ކ.މާފުށި މެޖިސްޓްރޭޓް ކޯޓްގެ
ނަންބަރު: 2013/H
-
12
-
C/40 ޤަޟިއްޔާއަކީ މީހެއްގެ މުދަލެއް ދައުލަތަށް ނެގުމުގެ މައުޟޫޢުގައި
ހިންގާފައިވާ ޤަޟިއްޔާއެއް ނޫންކަމާއި، އެޤަޟިއްޔާއަކީ، ކ.މާފުށި ކައުންސިލް އިދާރާގެ ނަމުގައި ކުރިންސުރެ
ރަޖިސްޓްރީ ކޮށްފައިވާ ބިމެއްގެ މިލްކުވެރިކަން އެ އިދާރާގެ ނަމުގައި ސާބިތުކުރުމަށް ހުށަހެޅުމުން ބަލާފައިވާ
ޤަޟިއްޔާއެއްކަމާއި، އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ އެ ބިމުގެ މިލްކުވެރިކަން އެ އިދާރާއަށް
ސާބިތުވާކަމަށް ކަނޑައަޅުއްވާފައިކަން ފާހަގަކުރެވެއެވެ.
3.3- ތިންވަނަ ކަމަކީ: އިސްތިއުނާފް މިކުރެވޭ ކ.މާފުށި މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު:
2013/H
-
12
-
C/40 ޤަޟިއްޔާ ނިންމަވާފައިވަނީ ޤާނޫނު ނަންބަރު 4/2008 ގެ (ހ) އާއި (ރ) ގައި
ދާންވެގެންވާ ކަންތައްތައް ފުރިހަމަ ކުރުމަކާނުލައި ކަމަށް ޝަރީފާ އިބްރާހީމްގެ ފަރާތުން އިސްތިއުނާފަށް
ހުށަހެޅި ފޯމްގައި ބަޔާންކޮށްފައިވާއިރު، ޙަވާލާ ދީފައިވާ (ހ) އާއި (ރ) އަކީ އެޤާނޫނުގެ ކޮންމާއްދާއެއްގެ ދެ
އަކުރެއްކަމެއް އެނގެން ނެތަތީ އެކަން ސާފުކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ސުވާލުކުރުމުން، ޝަރީފާ އިބްރާހީމްގެ ބަދަލުގައި ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވި
މ.ލިނެޓް ޢަބްދުﷲ ޙަސަން (ދ.ކާޑް ނަންބަރު:A148724) އަށް އެކަން ސާފުކޮށްދެވިފައިނުވާތީ، ޝަރީފާ
0a9ތ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1
20j4/HC-A/jj3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
40/H-12-C/2013
CU O
އިބްރާހީމްގެ ފަރާތުން އިސްތިއުނާފް ކޮށްފައިވާ އެނުކުތާ ހައިކޯޓުގެ މިޤަޟިއްޔާގައި އިތުރަށް ބަލަންޖެހޭނެ
ކަމަކަށް މިޤަޟިއްޔާ ބެލި ފަނޑިޔާރުންނަކަށް ނުފެނެއެވެ.
3.4- ހަތަރުވަނަ ކަމަކީ: އިސްތިއުނާފް މިކުރެވޭ ކ.މާފުށި މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު:
ޤަޟިއްޔާ ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ނަންބަރު:
02/SC-A/2010 ޤަޟިއްޔާގެ (ހ) ގައި ކަނޑައަޅުއްވާފައިވާ އުޞޫލާއި ޚިލާފަށްކަމަށް ޝަރީފާ
އިބްރާހީމްގެ ފަރާތުން ބުނެފައިވާތީ، ހައިކޯޓުގެ މިޤަޟިއްޔާ ބެލުމުގެ ތެރެއިން ބެލިބެލުމުން، ޙަވާލު ދެވިފައިވާ
ސުޕްރީމް ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ" ގެ (ހ) ގައި ބަޔާންކުރައްވާފައިވަނީ
އިސްލާމީ ފިޤުހުގައި ކަންކަން ސާބިތުކުރުމުގެ ވަޞީލަތްތަކުގެ ތެރެއިން ހުވާދޭންޖެހޭ ޙާލަތްތަކާއި ހުވާގެ
ބާވަތްތަކާ ބެހޭގޮތުންކަން ސުޕްރީމް ކޯޓުގެ އެޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓަށް ބެލުމުން އެނގެން
އޮންނާތީ، އިސްތިއުނާފް މިކުރެވޭ ކ.މާފުށި މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު: 2013/H-12-C/40 ޤަޟިއްޔާ
އާއި ސުޕްރީމް ކޯޓުގެ ނަންބަރު: 02/SC
-
A/2010 ޤަޟިއްޔާ އިން ޙަވާލާ ދީފައިވާ އަކުރާ ގުޅުން
ހުރިކަމަކަށް ހައިކޯޓުގެ މިޤަޟިއްޔާ ބެލި އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
3.5- ފަސްވަނަ ކަމަކީ: ކ.މާފުށި މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު: 2013/H
-
12
-
C/40
ޤަޟިއްޔާގެ ރިޕޯޓަށް ބަލާއިރު، ޝަރީފާ އިބްރާހީމްގެ ބައްޕަ ގޫތު އިބްރާހީމް ގެ "ދުންފުނި" އެވެ ކިޔާ
ގޯއްޗެއް "ނާރެސްވިލާ" ގޯއްޗާ އެކުވެގެން އޮތްކަމަށް ޝަރީފާ އިބްރާހީމް ބުނާ ބުނުމާ އެއްގޮތަށް އެތަނުގައި
ގޯއްޗެއް އޮތްކަމަށް ބުނާ މީހުން އެބަތިބިކަމާއި، އޭގެ ތެރޭގައި ކ.މާފުށި ކަށިމާގެ ޢަބްދުލްމަތީން (70 އަހަރު)
އާއި، ކ.މާފުށި ޗިޅިޔާގެ އާދަމް ޢަލީ (74 އަހަރު) ހިމެނޭކަމާއި، މިދެމީހުން ކ.މާފުށި މެޖިސްޓްރޭޓް ކޯޓަށް
ދީފައިވާ ބަޔާނުގައި، "ނާރެސްވިލާ" ގޯއްޗަކީ ފުރަތަމަ ރައްޔިތުންގެ ފިހާރަހުރި ބިންކަމަށާއި، އެބިމުގެ
އިރުމަތީގައި، ގޫތު އިބްރާހީމް ކިޔާ މީހެއްގެ ގޯއްޗެއް އޮތްކަމަށާއި، އެގޯތީގައި ގެއެއް އަޅައިގެން މީހުންވެސް
އުޅެފައިވާކަމަށާއި، ގޫތު އިބްރާހީމް ގެ ޝަރީފާ އިބްރާހީމް ކިޔާ ދަރިއަކު ހުންނަ ކަމަށާއި، ޝަރީފް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
20j4/HC-A/jj3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
4,
ހއ 2
1
އިބްރާހީމްވެސް އެގޭގައި އުޅުނު ކަމަށާއި، އެގެއަށް އޭރު ކިޔަނީ "ދުން ފުނިގެ" ކަމަށް އެ ދެމީހުން
ބުނެފައިވާއިރު،
ކ.މާފުށި ދޯދި ޢަލީ ނަޝީދު އެކޯޓަށް ދީފައިވާ ބަޔާނުގައި، އޭނާއަކީ ކ.މާފުށި ކުޑަކަތީބު ކަމާ
ކަތީބު ކަން ކޮށްފައިވާ މީހެއްކަމަށާއި، ކ.މާފުށި "ނާރެސްވިލާ" އެވެ ކިޔާ ގޯއްޗަކީ ކުރިންސުރެ ރަށުގެ
މަދަރުސާގެ ބިމެއްގެ ގޮތުގައި ބަލައިގެންފައިވާ ބިމެއްކަމަށާއި، އެބިމާއެކުވެގެން ކ.މާފުށި)މާވަޑިއާގެ އިބްރާހީމް
މުޙައްމަދު، ޝަރީފާ އިބްރާހީމްގެ އަތުން ގަނެފައިވާ ބިމެއް އޮތްކަމަށް އިބްރާހީމް މުޙައްމަދު ބުނާތީ، އެބިން
މަދަރުސާގެ ބިމެއްގެ ގޮތުގައި ހަމަޖެއްސުމަށްޓަކައި ދައުލަތުގެ ފަރާތުން އިބްރާހީމް މުޙައްމަދުގެ ބިމުގެ
ބަދަލުގައި ބިމެއް ދިނުމަށްފަހު އެބިން ދައުލަތަށް ނަގާފައިވާކަމަށް ޢަލީ ނަޝީދު ޝަރީޢަތުގެ މަޖިލީހުގައި
ބުނެފައިވާކަމާއި،
މައެފަދައިން ކ.މާފުށިމޭވާގަސްދޮށުގެ މުޙައްމަދު އިބްރާހީމް ދީފައިވާ ބަޔާނަށް ބަލާއިރު،
އޭނާއަކީ 1980 ވަނަ އަހަރުން ފެށިގެން ރަށު އޮފީހުގެ ދާއިރާގައި މަސައްކަތް ކުރަމުން އައިސްފައިވާ
މީހެއްކަމަށާއި، 1984 ވަނަ އަހަރު ކުޑަކަތީބު ކަމުގެ މަޤާމުގައިހުރިއިރު، ކ.މާފުށި ބައު މަދަރުސާ ހުރި
ބިމާއެކުވެގެން އޮތް ހުސް ބިމަކީ މާވަޑިއާގެ އިބްރާހީމް މުޙައްމަދު ބިމަކަށްވާތީ އެބިމުގެ ބަދަލުގައި ބިމެއް
ދިނުމަށްފަހު އެބިން ރައްޔިތުންނަށް ނަގާގޮތަށް ވާހަކަދެކެވި އޭރުއޮތް ކޮމެޓީއާ މަޝްވަރާކުރެވި އޭގެ ބަދަލުގައި
މުޙައްމަދު އިބްރާހީމަށް ބިމެއް ދީފައިވާ ކަމަށާއި، ބަދަލުގެ ގޮތުގައި ދެވުނު ބިން މިހާރުވަނީ މުޙައްމަދު
އިބްރާހީމްގެ ދަރި ނާޒިމް އިބްރާހީމަށް ރަޖިސްޓްރީ ކޮށްފައި ކަމަށާއި، ޝަރީފާ އިބްރާހީމް ގެ ގޯއްޗެއް
އެތަނުގައި އޮތް ވާހަކަ އޭރު ދައްކާފައި ނުވާކަމަށް މުޙައްމަދު އިބްރާހީމް ބުނެފައިވާކަން ފާހަގަކުރެވެއެވެ
3.6- ހަވަނަ ކަމަކީ: ކ.މާފުށި "ނާރެސްވިލާ" އެވެ ކިޔާ ބިމުގެ މިލްކުވެރިކަމާމެދު ދަޢުވާކުރާ
ކ.މާފުށި ޖަންބުމާގެ ޝަރީފާ އިބްރާހީމް 25 ޖޫން 2013 ، ދުވަހު ކ.މާފުށި މެޖިސްޓްރޭޓް ކޯޓަށް ދީފައިވާ
ބަޔާނުގައި، "ނާރެސްވިލާ" ގޯތި ތެރޭގައި ޝަރީފާ އިބްރާހީމްގެ ބައްޕަގެ "ދުންފުނިގެ" އެވެ ކިޔާ ގޯއްޗެއް
ވާނެކަމަށާއި، އެގޯތީގައި އޭގެ 35 އަހަރު ކުރިން ޝަރީފާ އިބްރާހީމް އުޅެފައިވާނެކަމަށާއި، "ދުންފުނިގެ" އެގެއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
20j4/HC-A/jj3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
مونطور
ކިޔާ ގޯތި ކ.މާފުށި މާވަޑިއާގެ އަލްމަރުޙޫމް އިބްރާހީމް މުޙައްމަދަށް -/1500ރ. (އެއްހާސް ފަސްސަތޭކަ
ރުފިޔާ) އަށް ވިއްކާވާހަކަ ދެއްކި ކަމަށާއި ނަމަވެސް ވިއްކާފައި ނުވާނެ ބުނެފައިވާއިރު، އޭގެފަހުން
ޝަރީފާ އިބްރާހީމްގެ ބަދަލުގައި ކ.މާފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވެފައިވާ އަޙްމަދު ސަމީރު ކިޔާ މީހަކު
ދީފައިވާ ބަޔާނުގައި، "ދުންފުނިގެ" ގޯތި އަލްމަރުޙޫމް އިބްރާހީމް މުޙައްމަދަށް ވިއްކާފައިވާކަމަށާއި، ވިއްކީ
-/
1500ރ. (އެއްހާސް ފަސްސަތޭކަ ރުފިޔާ) އަށް ކަމަށާއި، އޭގެ ތެރެއިން ދީފައިވަނީ -/800 ރ.(އަށްސަތޭކަ
ރުފިޔާ) ކަމަށާއި، ބާކީފައިސާ މިހާތަނަށް އައި އިރުވެސް ދީފައިނުވާ ކަމަށް ބުނެފައިވާކަން އެނގެން
އޮންނަކަމާއި، މި ބަޔާނާމެދު ޝަރީފް އިބްރާހީމްގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިންކާރު
ކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކަށް ރިޢާޔަތްކޮށް ބަލާއިރު، ކ.މާފުށި
"ނާރެސްވިލާ" އެވެ ކިޔާ ބިމަކީ އެންމެ ކުރިންސުރެ ރައްޔިތުންގެ ބިމެއްގެ ގޮތުގައި ބަލަމުން އަންނަ
ބިމެއްކަމާއި، އެބިމަކީ ކ.މާފުށި ކައުންސިލް އިދާރާގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ބިމެއްކަމާއި،
އެބިމުގައި ރައްޔިތުންގެ ފިހާރައެއް ހިންގާ، އަދި ރައްޔިތުންނަށް ނިސްބަތްވާ މަދަރުސާއެއް ހިންގާފައިވާކަމާއި،
އެއްގޮތްވާގޮތުގެ މަތިން އަދި ރައްޔިތުންގެ މަޞްލަޙަތާ އެއްގޮތްވާގޮތުގެ
މަތިން އެބިމުގައި ކުރަން
ބޭނުންވާ ކަމަކާ ގުޅޭގޮތުން އެ ބިން ބޮޑުކުރަން ބޭނުންވެއްޖެނަމަ، ބަދަލުދޭންޖެހޭ ފަރާތަކަށް ބަދަލު
ދިނުމަށްފަހު އެކަންވެސް ކުރަމުން އައިސްފައިވާކަމާއި، އެގޮތުން މިޤަޟިއްޔާ އިސްތިއުނާފް ކުރާ ޝަރީފާ
އިބްރާހީމްގެ ބައްޕަ ގޫތު އިބްރާހީމް ދިރިއުޅުނު ގޯއްޗެއް "ނާރެސްވިލާ" ގޯތިތެރޭގައި ވާނެކަމަށް ޝަރީފާ
އިބްރާހީމް ބުނާއިރު، ޝަރީފާ އިބްރާހީމް އެބުނާ ގޯތި، ކ.މާފުށިމާވަޑިއާގެ އިބްރާހީމް މުޙައްމަދަށް
ވިއްކާފައިވާކަމަށްބުނެ ޝަރީފާ އިބްރާހީމްގެ ފަރާތުން ކ.މާފުށި މެޖިސްޓްރޭޓް ކޯޓަށް ބަޔާން ދީފައިވާތީއާއި،
ގަތްކަމަށް ބުނާ ފަރާތަށް ސަރުކާރުން ބަދަލުދީ އެގޯތި ނެގުމަށްފަހު، "ނާރެސްވިލާ" ގޯތީގެ ބިމާ
އެއްކޮށްލާފައިވާކަން ދަންނަ ކަމާބެހޭ އިދާރާގައި މަސައްކަތްކޮށްފައިވާ މީހުންގެ ބަސް ލިބިފައިވާތީ، ކ.މާފުށި
ސްވިލާ" އެވެ ކިޔާ ބިމުގައި، އެހެން ފަރާތެއްގެ ޙައްޤެއް މިހާރު އެކުލެވިފައިވާކަން އެނގެން
އަދި ޒަމާނާ
COCOU
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
20j4/HC-A/jj3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނެތްކަމަށްޓަކައި، އެބިމުގެ މިލްކުވެރިކަން އެރަށު ކައުންސިލް އިދާރާއަށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބެލެވެން ނެތްކަމެވެ.
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން
ރިޢާޔަތްކޮށް ބަލާއިރު، ކ.މާފުށީ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު: 2013/H-12-C/40 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، އެގޮތުގެ މަތިން ޙުކުމް
ކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv