ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-DM/17 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/17
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރ: 17/HC-A/2012
. އިސްތިއުނާފުކުރި ފަރާތް:
ނަން: ރަޙްމާން ބިން ބުޖަންގ
* ޕާސްޕޯޓް ނަންބަރ: E 1556677K
ދާއިމީ އެޑްރެސް: .Singapore ,403,570207
މިހާރުގެ އެޑްރެސް: އަންގްރިކް ސްޕާރ، ބަނޑޮސް އައިލެންޑް ރިސޯޓް، ދިވެހިރާއްޖެ
ބަދަލުގައި: ޙައްވާ ޝަރީޢާ ރިޝާ، އައިޑީކާޑު ނަންބަރު A097724
207 Bisham_Street 23,03
0
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އައިކޮން ކޮމްޕިއުޓަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދާއިމީ އެޑްރެސް: ތިންވަނަ ފަންގިފިލާ، ހ. ކާނޭޝަންވިލާ، މާލެ
މިހާރުގެ އެޑްރެސް: ތިންވަނަ ފަންގިފިލާ، ފެޝަންވިލާ، މާލެ
* ރެޖިސްޓްރީ ނަންބަރ 248
/
2008-C
ވަކީލުން އޏ. ޝާހީން ޙަމީދު، އޏ. މައުމޫން ޙަމީދު
ކެޔޮ
0
ހުށަހެޅުނު ތާރީޚް: 15 ޖެނުއަރީ 2012
ނިމުނު ތާރީޚް: 09 އޭޕްރީލް 2012
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު
އަޒްމިރާލްދާ ޒާހިރު
ދިވެހި4
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
- ;
2012/HC-A/17
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލްކޯޓުގެ ނަންބަރު 2011/Cv-C/47 ޤަޟިއްޔާގައި ނެރުއްވާފައިވާ ވަގުތީ އަމުރަށް
އެދޭ ފޯމްގެ ޖަވާބު ޝަރުޢީ އަދި ޤާނޫނީ އުޞޫލަތަކާއި ޚިލާފުކަމަށްބުނެ ރަޒްމާން ބިން ބުޖަންގ އެޖަވާބު
ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ އައިކޮން ކޮމްޕިއުޓަރސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލްކޯޓުގެ ނަންބަރު 2011/Cv
-
C/47 ޤަޟިއްޔާގައި ނެރުއްވާފައިވާ ވަގުތީ އަމުރަށް
އެދޭ ފޯމްގެ ޖަވާބަކީ، އައިކޮން ކޮމްޕިއުޓަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސްކޭންޕަވަރ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ރަޙްމާން ބިން ބުޖަންގ އާއި ސްކޭންޕަވަރ އިންޓަރނޭޝަނަލް ޕްރައިވެޓް
ލިމިޓެޑުގެ މައްޗަށް ހުށަހަޅާފައިވާ ސިވިލްކޯޓުގެ ނަންބަރު 2011/Cv-C/47 ޤަޟިއްޔާގައި، ރަޙްމާން ބިން
ބުޖަންގ ގެ ޕާސްޕޯރޓް ހިފެހެއްޓުމާއި އަދި ދިވެހިރާއްޖޭގައި ހިނގަމުންދާ ބޭންކްތަކުގައި އޭނާގެ ނަމުގައި
ހުޅުވާފައިވާ އެކައުންޓްތައް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އައިކޮން ކޮމްޕިއުޓަރސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެދުމުން އިޝާރާތްކުރެވުނު އަމުރު ނެރެދިނުމަށް އެދިފައިވާ ސަބަބުތަކުގެ
މައްޗަށް ބައްލަވައި އެއީ ނެރެވިދާނެ އަމުރު ތަކެއްތޯ ޝަރީޢަތުން ބެއްލެވިއިރު، ރަޙްމާން ބިން ބުޖަންގ އަކީ
މިމައްސަލާގައި ދަޢުވާލިބޭ އެއްފަރާތް ކަމުގައިވާ ސްކޭންޕަވަރ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ
މުވައްޒަފެއް ކަމަށް ބުނެފައިވީނަމަވެސް އޭނާއަކީ އެކުންފުނީގެ ޙިއްސާދާރެއްކަމާއި އަދި އެކުންފުނީގެ
ޑައިރެކްޓަރެއްކަން އަންގައިދޭ ފަދަ މަޢުލޫމާތު ތަކެއް ހިމެނޭ ލިޔެކިޔުންތަކެއް ޝަރީޢަތަށް ހުށަހެޅިފައިވާތީ އާއި
އަދި ރަޙްމާން ބިން ބުޖަންގ އަކީވެސް މިމައްސަލާގައި ދަޢުވާލިބޭ ފަރާތެއްކަމަށްވެފައި، އޭނާއަކީ ރާއްޖޭން
ބޭރު ފަރާތެއް ކަމުގައިވާތީ؛
މިމައްސަލާގައި ވަކިގޮތެއް ކަނޑައަޅަންދެން، ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު 6
ގެ 295 ވަނަ މާއްދާގެ 4 ގެ (ހ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރާއި އަދި 3 ވަނަ ނަންބަރުގެ
މައްޗަށް ރިޢާޔަތްކުރައްވާ ރަޙްމާން ބިން ބުޖަންގ ގެ ޕާސްޕޯރޓް ހިފެހެއްޓުމަށާއި، އަދި ދިވެހިރާއްޖޭގައި
*
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2012/HC-A/17
ހިނގަމުންދާ ބޭންކްތަކުގައި އޭނާގެ ނަމުގައި ގުޅުވާފައިވާ އެކައުންޓްތައް ހިފެހެއްޓުމަށް ނިންމަވައިފިކަމަށް
ދެއްވާފައިވާ ޖަވާބެއްކަން އެނގެން އޮވެއެވެ.
CCCX
02- އިސްވެ ބަޔާންކުރެވުނު ޖަވާބު އިސްތިއުނާފުކުރުމަށް ރަޒްމާން ބިން ބުޖަންގ ގެ ފަރާތުން
ހަ ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
03- މިމައްސަލައާއި ގުޅިގެން ސިވިލްކޯޓުގެ ނަންބަރު 2011/Cv-C/47 ޤަޟިއްޔާގައި
ނެރުއްވާފައިވާ ވަގުތީ އަމުރަށް އެދޭ ފޯމްގެ ޖަވާބަށާއި، އެޖަވާބާއި ގުޅިގެން ރަޙްމާން ބިން ބުޖަންގ ގެ
ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ސިވިލްކޯޓުގެ ނަންބަރު 2011/Cv-C/47 ޤަޟިއްޔާއަކީ ފޭރިގަސްދޮށުގެ އެޕާޓްމެންޓް
ބިލްޑިންގ ގެ އެޕާޓްމެންޓްތަކަށް
އެޕާޓްމެންޓްތަކަށް ބޭނުންވާ ފަރުނީޗަރު އައިކޮން ކޮމްޕިއުޓަރސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑަށް ސްކޭންޕަވަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ސްކޭންޕަވަރ އިންޓަރނޭޝަނަލް
ޕްރައިވެޓް ލިމިޓެޑް އިން ފޯރުކޮށްދިނުމަށްޓަކައި 2008 ވަނަ އަހަރު ނޮވެމްބަރ މަހުގައި އައިކޮން
ކޮމްޕިއުޓަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ސްކޭންޕަވަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު
ވެފައިވާ އެއްބަސްވުމާއި ދަޢުވާލިބޭ ފަރާތްތަކުން ޚިލާފުވެ އައިކޮން ކޮމްޕިއުޓަރސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުން އޯޑަރކޮށްފައިވާ ފަރުނީޗަރު އެއްބަސްވެފައިވާ ގޮތަށް ފޯރުކޮށްދީފައިނުވާ ކަމަށް ބުނެ، ދަޢުވާލިބޭ
ފަރާތްތަކުން އެއެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން އައިކޮން ކޮމްޕިއުޓަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
ލިބިފައިވާ އެންމެހައި ގެއްލުން ތަކުގެ ބަދަލާއި، ދަޢުވާލިބޭ ފަރާތްތަކުގެ ކިބައިން އައިކޮން ކޮމްޕިއުޓަރސް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ފައިސާ ހޯދުމުގައި ކުރަންޖެހިފައިވާ އެންމެހައި ކަންތައްތަކަށް
ހިނގާފައިވާ ޚަރަދެއްގެ ބަދަލު ހޯދުމަށް އެދި ސްކޭންޕަވަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ރަޒްމާން
ދިވެހި9
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2012/HC-A/17
ބިން ބުޖަންގ އާއި ސްކޭންޕަވަރ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އައިކޮން ކޮމްޕިއުޓަރސް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެއްކަ
އިއްކަން އެމައްސަލައިގެ ދަޢުވާ ފޯމުން
އެނގެން އޮވެއެވެ.
47/Cv-C/2011
(ނ) އައިކޮން ކޮމްޕިއުޓަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސްކޭންޕަވަރ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ރަޙްމާން ބިން ބުޖަންގ އާއި ސްކޭންޕަވަރ އިންޓަރނޭޝަނަލް ޕްރައިވެޓް
ލިމިޓެޑުގެ މައްޗަށް ހުށަހަޅާފައިވާ އިސްވެ އިޝާރާތްކުރެވުނު ސިވިލްކޯޓުގެ ނަންބަރު
ޤަޟިއްޔާގައި، އައިކޮން ކޮމްޕިއުޓަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ އެދުމުގެ މަތީން، އެމައްސަލައިގާ
ވަކިގޮތެއް ކަނޑައަޅަންދެން، ރަޙްމާން ބިން ބުޖަންގ ގެ ޕާސްޕޯރޓް ހިފެހެއްޓުމަށާއި ދިވެހިރާއްޖޭގައި
ހިނގަމުންދާ ބޭންކްތަކުގައި އޭނާގެ ނަމުގައި ހުޅުވާފައިވާ އެކައުންޓްތައް ހިފެހެއްޓުމަށް ސިވިލްކޯޓުން
ނިންމަވާފައިވާކަން އެނގެން އޮވެއެވެ.
CCCX
(ނ) އައިކޮން ކޮމްޕިއުޓަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސްކޭންޕަވަރ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މެދުވެރިވެގެން ސްކޭންޕަވަރ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި
ކުރެވިފައިވާ އިސްވެ އިޝާރާތްކުރެވުނު މުޢާމަލާތުގައި އެޑްވާންސް ފައިސާގެ ގޮތުގައި 29,771.40$US
(ނަވާވީސްހާސް ހަތްސަތޭކަ ހަތްދިހަ އެކެއް ޕޮއިންޓް ހަތަރެއް ސުމެއް އެމެރިކާ ޑޮލަރ) އަށްވާ
3,823562
/
49ރ. (ތިންލައްކަ އަށްޑިހަދެހާސް ފަސްސަތޭކަ ފަސްދޮޅަސްދެރުފިޔާ ސާޅީސްނުވަލާރި) ރަޙްމާން
ބިން ބުޖަންގ ނަމުގައި ހޮންގ ކޮންގ އެންޑް ޑެންގހާއި ބޭންކިންގ ކޯޕަރޭޝަން (އެޗް.އެސް.ބީ.ސީ) ގެ
މާލޭ ބްރާންޗްގައި ހުޅުވާފައިވާ 001-035582-200 ނަންބަރު ދިވެހިރުފިޔާ އެކައުންޓަށް އައިކޮން
ކޮމްޕިއުޓަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ޗެކަކުން 02 ޑިސެމްބަރު 2008 ގައި ޖަމާކޮށްފައިވާކަން
އެނގެން އޮވެފައި، އެފައިސާ ސްކޭންޕަވަރ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ދަބޭންކް އޮފް
އީސްޓް އޭޝިޔާ ލިމިޓެޑުގެ ސިންގަޕޫރު ބްރާންޗްގައި ހުޅުވާފައިވާ 2116
120 ނަންބަރު އެމެރިކާ ޑޮލަރު
އެކައުންޓަށް ޓެލެގްރަފިކް ޓްރާންސްފަރ (ޓީ.ޓީ) އަކުން 15 ޑިސެމްބަރު 2008 ގައި ބަދަލުކޮށްފައިވާކަން
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
jޓތަ
2012/HC-A/17
ހުށަހެޅިފައިވާ ލިޔުންތަކުންނާއި ރަޙްމާން ބިން ބުޖަންގ ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮވެއެވެ.
CCCX
101-BR/95/2012/13
28)
cu o
(ރ) ސްކޭންޕަވަރ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ކުންފުންޏެއް މިނިސްޓްރީ
އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިނުވާކަން އެމިނިސްޓްރީގެ ނަންބަރު
މާޗް 2012) ސިޓީން އެނގެން އޮތްއިރު، ސްކޭން ޕަވަރ
އިންޓަރނޭޝަދަލްއަކީ ސިންގަޕޫރުގައި އުފެދިފައިވާ އަދި ސިންގަޕޫރުގައި އިންކޯޕަރޭޓްވެފައިވާ ކުންފުންޏެއްކަން
ރަޙްމާން ބިން ބުޖަންގ ގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއި، ދިވެހިރާއްޖޭގެ
ސަރަޙައްދުގައިވާ އެންމެހައި ފަރާތްތަކާއި ތަކެތީގެ މައްޗަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި
ޤާނޫނުގެ ސިޔާދަތު އޮތްކަމުގައިވީނަމަވެސް، ދިވެހިރާއްޖޭގެ ސަރަޙައްދުން ބޭރުގައި ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނުގެ ބާރު ހިންގުމުގެ އިޚްތިޞާޞް ލިބިގެންވަނީ ދިވެހިރައްޔިތުންނާއި،
ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ޤާނޫނީ ޝަޚް ސުންނާއި އެފަރާތްތަކުގެ މުދަލާއި މިލްކިއްޔާތުގައިވާ
ތަކެތީގެ މައްޗަށްކަން އެނގޭ ކަމާއިގެ
ރަޙްމާން ބިން ބުޖަންގ އަކީ ދިވެހިރާއްޖޭގައި ހުރި ސްކޭންޕަވަރ އިންޓަރނޭޝަނަލް ޕްރައިވެޓް
ލިމިޓެޑްގެ ޙިއްސާދާރެއްކަން ރަޙްމާން ބިން ބުޖަންގ ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ
ވާހަކަތަކުން ސާފުކޮށް އެނގެން އޮތުމުގެ އިތުރުން، ރަޙްމާން ބިން ބުޖަންގ އަކީ ސިވިލްކޯޓުގެ ނަންބަރު
2011/Cv-C/47 ޤަޟިއްޔާގައި ދަޢުވާ ލިބޭ އެއްފަރާތް ކަމުގައިވާ ސްކޭންޕަވަރ އިންޓަރނޭޝަނަލް
ޕްރައިވެޓް ލިމިޓެޑްގެ ދެ ޙިއްސާދާރުންގެ ތެރެއިން މެޖޯރިޓީ ޙިއްސާދާރުކަން ސިންގަޕޫރުގެ ކޮމާޝަލް ކުރެޑިޓް
ބިއުރޯގެ އެކައުންޓިންގ އެންޑް ކޯޕަރޭޓް ރެގިއުލޭޓްރީ އޮތޯރިޓީގެ "ބިޒްނަސް ޕްރޮފައިލް އިންފޯރމޭޝަން“
އިން އެނގެން އޮތުމުން، އައިކޮން ކޮމްޕިއުޓަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސްކޭންޕަވަރ
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލްކޯޓުގައި ކޮށްފައިވާ ދަޢުވާގައި ދަޢުވާލިބޭ އެއްފަރާތުގެ
ހައިސިއްޔަތުން ޖަވާބުދާރީވުމުގެ އިތުރަށް ސްކޭންޕަވަރ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ދިވެހި
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2012/HC-A/17
އެދަޢުވާއަށް ޖަވާބު ދާރީވާނެ ފަރާތެއް ހަމަޖެއްސުމާއި ހަމަނުޖެއްސުމުގައި ރަޙްމާން ބިން ބުޖަންގ އަށް
ދައުރެއް
އަދާ ކުރެވިދާނެ ކަމަށް ބެލުމުގެ ފުރުޞަތު ބޮޑުކަން އެނގެއެވެ.
(ބ) ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު)ގެ 15 ވަނަ މާއްދާގެ
(ހ) އަށް ބަލާއިރު، ކުންފުންޏަކީ ޙިއްސާދާރުންނާއި ވަކިން އުފެދިފައިވާ ޤާނޫނީގޮތުން ވަކި ޙައިޘިއްޔަތެއް
ލިބިގެންވާ އަމިއްލަ ޝަޚްސެއްކަން އެނގެން އޮތްނަމަވެސް، ކުންފުނީގެ ޑިރެކްޓަރުން އެ ކުންފުންޏެއްގެ
ނަމުގައި ކޮށްފައިވާ ކަންތައްތަކަށް އެ ޑިރެކްޓަރުން އަމިއްލައަށް ޒިންމާ އުފުލުމަށް އަމުރު ކުރުމުގެ ބާރު
ދިވެހިރާއްޖޭގެ ކުންފުންޏާއިބެހޭ ޤާނޫނުގެ 74 ވަނަ މާއްދާގައި ބުނެފައިވާ ޙާލަތްތަކުގައި ކޯޓަށް
ލިބިގެންވާކަމަށް އެމާއްދާގައި ބަޔާންކޮށްފައިވާ ކަމާއި، ކުންފުނިތަކަށް ދަޢުވާލިބޭ މައްސަލަތަކުގައި ކުންފުންޏަށް
އަމުރު ރައްދުނުކުރެވޭ ޙާލަތްތަކާއި ކުންފުނީގެ ފަރާތުން ޖަވާބުދާރީވާނެ ފަރާތެއް ހަމަނުޖައްސާ ޙާލަތްތަކުގައި،
ކުންފުނި ޖަވާބުދާރީ ކުރުވުމުގެ ގޮތުން އެބޭނުމަށްޓަކައި، ކުންފުނީގެ ޙިއްސާދާރުންނާއި ޑިރެކްޓަރުންނަށްވެސް
ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވި އެފަރާތްތައްވެސް ކޯޓަށް ޙާޟިރުކުރުމަކީ ކޯޓުތަކުން އެމައްޗަށް
ޢަމަލުކުރެވި އިސްތިޤްރާރުވެފައިވާ ޢުރުފެއްގެ ގޮތުގައި ބެލިފައިވާ ކަމެއް ކަމާއި؛
ކުންފުނީގެ ޙިއްސާދާރުން ނުވަތަ ޑިރެކްޓަރުން އިޝާރާތް ކުރެވުނު ގޮތުގެ މަތީން ކޯޓަށް
ޙާޟިރުކުރާ ކުރުމަކީ ކުންފުނީގެ މުޢާމަލާތްތަކުގައި އެފަރާތްތައް ޒިންމާ ކުރުވުން، ނުވަތަ ކުންފުންޏާއިބެހޭ
ޤާނޫނުގެ 74 ވަނަ މާއްދާގެ ދަށުން ޢަމަލުކުރުން ކަމަށް ނުބެލެވޭނެ ކަމާއި، މިމައްސަލައިގާ ކޯޓުގެ
ކުރިމަތީގައި ސްކޭންޕަވަރ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑު ޖަވާބުދާރީ ކުރުވުމުގެ ގޮތުން ކުންފުންޏަށް
ވާޞިލްވުމަށްޓަކައި އޮތް މަގަކީ އެކުންފުނީގެ މެޖޯރިޓީ ހިއްސާދާރު އަދި ޑިރެކްޓަރު ރަޙްމާން ބިން ބުޖަންގ
ވުމުން އެގޮތުގެ މަތީން ކުންފުނި ޖަވާބުދާރީކުރުވުމަށްޓަކައި ކުރެވިދާނެ ކަމެއްކަން އެނގެއެވެ.
CUCC
ހހ4 479
ކަމަށްފުމެނޭ އެ
(ޅ) ރަޙްމާން ބިން ބުޖަންގ އަކީ ދިވެހިރައްޔިތެއްކަމުގައިނުވާ ސިންގަޕޫރުގެ ރައްޔިތެއްކަމާއި،
ހަމައެހެންމެ އޭނައަކީ ސިވިލްކޯޓުގެ ނަންބަރު 2011/Cv-C/47 ޤަޟިއްޔާގައި ދަޢުވާލިބޭ
ދިވެހިރާ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
Y
2012/HC-A/17
އަށް
ފަރާތަކަށްވުމުގެ އިތުރުން އެމައްސަލައިގާ ދަޢުވާލިބޭ ދެކުންފުނީގެ ތެރެއިން ސްކޭންޕަވަރ އިންޓަރނޭޝަނަލް
ޕްރައިވެޓް ލިމިޓެޑްގެ މެޖޯރިޓީ ޙިއްސާދާރުކަން އެނގޭ ކަމާއިގެ
އިޝާރާތްކުރެވުނު ސިވިލްކޯޓުގެ ޤަޟިއްޔާގައި ރަޙްމާން ބިން ބުޖަންގގެ ފަރާތުން ޖަވާބުދާރީ
ވުމުގެ ގޮތުން ތަފާތު ތިން ފަރާތެއް އެކިފަހަރު މަތީން ހަމަޖައްސާފައިވާކަމާއި، ފުރަތަމަ ހަމަޖައްސާފައިވަނީ
އަލްއުސްތާޛާ ޝީރީން ނާހިދާ ލަޠީފު ކަމާއި، އެއަށްފަހު އަލްއުސްތާޛު ޢަބްދުﷲ ޝިޔާޒު ހަމަޖެއްސުމަށްފަހު
ދަޢުވާއަށް ޖަވާބު ހުށަހެޅިފައިވަނިކޮށް، އަބްދުﷲ ޝިޔާޒުގެ ބަދަލު ކެންސަލް ކުރިކަން ސިވިލްކޯޓަށް
އެންގުމަކާއި ނުލައި، ރަޙްމާން ބިން ބުޖަންގ ތަމްސީލްކުރުމުގެ ގޮތުން ރާއްޖެ ޗެމްބަރސް
ޙަވާލުކޮށްފައިވާކަން އެނގެން އޮތްއިރު، ރާއްޖެ ޗެމްބަރސް އަށް ރަޒްމާން ބިން ބުޖަންގ ގެ ފަރާތުން
ޖަވާބުދާރީ ވެވިފައިވަނީ އިޝާރާތް ކުރެވުނު މައްސަލައާއި ގުޅޭ އެންމެހައި ލިޔުންތައް ކޯޓުން ދޫކޮށްގެންކަން
މިމައްސަލައާއި ގުޅިގެން ސިވިލްކޯޓުން ހޯދާފައިވާ މަޢުލޫމާތުން އެނގެން އޮތުމުން، އިޝާރާތްކުރެވުނު
ސިވިލްކޯޓުގެ ޤަޟިއްޔާގައި ރަޙްމާން ބިން ބުޖަންގ ގެ ފަރާތުން ޖަވާބުދާރީވުމުގައި އެފަރާތުން
ޢަމަލުކޮށްފައިވަނީ އެންމެ އެކަށީގެންވާ ތެދުވެރިކަމާއެކު ކަމަށް ނުބެލެވުމުގެ ފުރުޞަތު އޮތް ކަމަށް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުން ދެކޭކަމާއި،
ރަޙްމާން ބިން ބުޖަންގ އަކީ ބިދޭސީ
އިޝާރާ
ޝާރާތްކުރެވުނު ސިވިލްކޯޓުގެ
ޤަޟިއްޔާގައި އައިކޮން ކޮމްޕިއުޓަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް ދަޢުވާކޮށްފައިވާ ފައިސާ
ދައްކަންޖެހޭ ނުވަތަ ޒިންމާވާންޖެހޭ ފަރާތް ކަނޑައެޅުމުގެ ކުރިން، ދިވެހިރާއްޖޭގެ ޤާނޫނުގެ ސިޔާދަތު ހިނގާ
ސަރަޙައްދުން ބޭރަށް ހިނގައިދާނެ ކަމަށް ބެލެވޭ މީހެއް ކަމާއި، އެހެންކަމުން ސިވިލްކޯޓުގެ ނަންބަރު
2011/Cv-C/47 ޤަޟިއްޔާގެ ދަށުން، ޝަރީޢަތް ކުރުމާއިބެހޭގޮތުން ހެދިފައިވާ ޤަވާޢިދު 6 ގެ 295 ވަނަ
މާއްދާގެ 4 ގެ (ހ) ގެ 2 އަދި 3 ވަނަ ނަންބަރުގެ މައްޗަށް ރިޢާޔަތްކޮށް ރަޒްމާން ބިން ބުޖަންގގެ
ޕާސްޕޯރޓް ހިފެހެއްޓުމަށާއި، ދިވެހިރާއްޖޭގައި ހިނގަމުންދާ ބޭންކުތަކުގައި އޭނަގެ ނަމުގައި ހުޅުވާފައިވާ
އެކައުންޓުތައް ހިފެހެއްޓުމަށް ނިންމެވި ނިންމެވުމަށް ބަދަލު ގެންނަންޖެހޭ ކަމަކަށް މިމައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންނަކަށް ނުފެނުނެވެ.
އިކށް03އކ
ދިވެހި42
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
s jއ
2012/HC-A/17
ޙުކުމް:
2 3 4 5 0 24
ނަހޅއފނ
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
ގޮތަށް
ހުރުމާއެކު، ސިވިލްކޯޓުގެ ނަންބަރު 2011/Cv-C/47 ޤަޟިއްޔާގައި ދަޢުވާލިބޭ އެއްފަރާތް ކަމުގައިވާ
ރަޙްމާން ބިން ބުޖަންގ ގެ ޕާސްޕޯރޓް ހިފެހެއްޓުމަށާއި، ދިވެހިރާއްޖޭގައި ހިނގަމުންދާ ބޭންކުތަކުގައި ރަޒްމާން
ބިން ބުޖަންގގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުތައް ހިފެހެއްޓުމަށް ނިންމަވާފައިވާ ނިންމެވުމަށް ބަދަލު
ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފިމެވެ.
ދިވެހި
y
TE
ދިވެހި62
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv