ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/203 ޤަޟިއްޔާގެ ޙުކުމް
1
201{/HC-A/ 233
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
MA
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާސާ
• ޤަޟިއްޔާ ނަންބަރ: 203/HC
-
A/2010
އިސްތިއުނާފްކުރި ފަރާތް
ފުރިހަމަ ނަން: މުޙައްމަދު ނާފިޒް ޖަމާލު
* /
ދާއިމީ އެޑްރެސް: ޒަމީން ގދ. ފިޔޯރީ
އައި.ޑީ.ކާޑު ނަންބަރު: A064589
މިހާރުގެ އެޑްރެސް: މ.ހުދުފަސް
• އިސްތިއުނާފް ރައްދުވި ފަރާތް:
* ފުރިހަމަނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދާއިމީ އެޑްރެސް:
8 އައި.ޑީ.ކާޑު ނަންބަރު:
މިހާރުގެ އެޑްރެސް:
ހުށަހެޅުނު ތާރީޚް:26 ސެޕްޓެމްބަރ 2010
ޞާދިމުނު ތާރީޚް: 05 ފެބްރުއަރީ 2013
އިސްތިޢުނާފްކުރެވުނު އަމުރު ނަންބަރު: ޖިނާއީ ކޯޓުގެ ނަންބަރު 2010/JC/913 ޤަޟިއްޔާ
• ނިންމެވި ކޯޓު: ޖިނާއީ ކޯޓް( ކްރިމިނަލް ކޯޓް)
މައްސަލައިގެ ބާވަތް: އޮރިޔާން ކާޑު ގެންގުޅުން
ހުށަހެޅި ތާރީޚް: 25.05.2010
ނިމުނު ތާރީޚް: 25.08.2010
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޔޫސުފް ޙުސައިން، އިސްފަނޑިޔާރު | ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް
ވެބް ސައިޓް: www.highcourt.gov.mv
[email protected]
2
201{/HC-A/ 233
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ދައުވާގެ ޚުލާސާ
މިއީ ޖިނާއީ ކޯޓުގެ ނަންބަރު 2010/JC/913 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި
މުޙައްމަދު ނާފިޒު ޖަމާލުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
کی تر
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާ
-1
ޖިނާއީ ކޯޓުގެ ނަންބަރު 2010/JC/913 ޤަޟިއްޔާއަކީ މުޙައްމަދު ނާފިޒު
ޖަމާލުގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައަކާއި ގުޅިގެން ފުލުހުންގެ ބޭކަލުން މުޙައްމަދު ނާފިޒު ޖަމާލު
ދިރިއުޅޭ މ.ޒަމްޒަމީ ގެއަށް ދުރުވެ މުޙައްމަދު ނާފިޒް ޖަމާލު ގެންގުޅޭ ކޮމްޕިއުޓަރުގެ ހާރޑް ޑިސްކް ޗެކް
ކުރެއްވިއިރު، އޭގައި ގިނަ އަދަދެއްގެ އޮރިޔާމް މަންޒަރު ދައްކުވައިދޭ ފޮޓޯ ހުރިކަމަށް އޭގެ ޑިޖިޓަލް
އެވިޑެންސް އެނެލިސިސް ރިޕޯރޓުން އެނގެން އޮންނާތީ، ޤާނޫނު ނަންބަރު 4/75 (ދިވެހިރާއްޖެއަށް ގެނައުން
މަނާ ތަކެތީގެ ޤާނޫނު ) ގެ 4 ވަނަ މާއްދާގެ (ނ) އާއި ހަވާލާދީ އެޤާނޫނުގެ 13 ވަނަ މާއްދާގެ (ރ) ގެ
ދަށުން، މުޙައްމަދު ނާފިޒު ޖަމާލުގެ މައްޗަށް ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ
ދައުލަތުން ކުރުމުން ބެލެވުނު މައްސަލައެއް
ސަލައެއްކަން އެނގޭކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ " ދެންފަހެ، އިސްވެދެންނެވުނު ބަޔާންތަކާއި ފާހަގަ
ކުރެވުނު ނުކުތާތަކަށް ރިޢާޔަތްކޮށް ދަޢުލަތުގެ ފަރާތުން ގދ. ފިޔޯރީ ޒަމީން މުޙައްމަދު ނާފިޒު ޖަމާލުގެ
މައްޗަށް ކޮށްފައިވާ އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ މި ދައުވާ ޝަރީޢަތުން ބެލުމުން، ދައުލަތުން ކޮށްފައިވާ
މިދަޢުވާގައިވާ ފަދައިން މުހައްމަދު ނާފިޒް ޖަމާލުގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައަކާއި ގުޅިގެން
ފުލުހުން މުޙައްމަދު ނާފިޒު ޖަމާލު ދިރިއުޅޭ ކ.މާލެ / މ.ޒަމްޒަމީ ގެއަށް ގޮސް މުޙައްމަދު ނާފިޒު ޖަމާލު
ގެންގުޅޭ ކޮމްޕިއުޓަރުގެ ހާރޑްޑިސްކް ޗެކް ކުރިއިރު އޭގައި ގިނަ އަދަދެއްގެ އޮރިޔާމް މަންޒަރު ދައްކުވައިދޭ
ފޮޓޯ ހުރިކަން ހުށަހެޅިފައިވާ ޤާރީނާއާއި އިތުބާރު ހުރި ޚަބީރެއްގެ ބަހުން ޝަރީޢަތަށް ސާބިތުވާތީއާއި ހާޑް
ޑިސްކް ނެގުނު ކޮމްޕިއުޓަރަކީ މުޙައްމަދު ނާފިޒް ޖަމާލުގެ ދަރި ފާތިމަތު ޝިމަން ނާފިޒު (15 އަހަރު ) ގެ
ކޮމްޕިއުޓަރެއް ކަމަށް މުޙައްމަދު ނާފިޒު ޖަމާލު ބުނި ނަމަވެސް އެކޮމްޕިއުޓަރަކީ މުޙައްމަދު ނާފިޒު ޖަމާލެވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
201{}}HC-A/ 203
ބެލުމުގެ ދަށުގައި ހުރި ކޮމްޕިއުޓަރަކަށް ވާތީ އާއި، އެކޮމްޕިއުޓަރަކީ މުހައްމަދު ނާފިޒު ޖަމާލުގެ
ކޮމްޕިއުޓަރެއްކަން މުހައްމަދު ނާފިޒު ޖަމަލުގެ އަންހެނުންގެ ހެކި ބަހުންނާއި ގުޅިފައިވާ ޤާރީނާއިން
ޝަރީޢަތަށް ސާބިތުވާތީ ކޮމްޕިއުޓަރުން ފެނިފައިވާ ތަކެއްޗަކަށް މުޙައްމަދު ނާފިޒު ޖަމާލު ފުރިހަމަޔަށް
ޒިންމާވާންޖެހޭނެ ކަމަށް ޝަރީޢަތަށް ޤަބޫލު ކުރެވޭތީ އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުން މުޙައްމަދު ނާފިޒު
ޖަމާލު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، އެކުށުގެ އުގޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 4175
(ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު ) ގެ 4 ވަނަ މާއްދާގެ (ނ) އާއި ހަވާލާދީ އެޤާނޫނުގެ 13
ވަނަ މާއްދާގެ (ރ) ގެ ދަށުން ގދ. ފިޔޯރީ ޒަމީން މުޙައްމަދު ނާފިޒު ޖަމާލު -/17000 ރ (ސަތާރަހާސް
ރުފިޔާ) އިން ޖޫރިމަނާކޮށް މިފައިސާ މިއަދު (25 އޮގަސްޓް 2010 ) އިން ފެށިގެން 1(އެކެއް) މަސް
ދުވަހުގެ ތެރޭގައި މިކޯޓަށް ( ޖިނާއީ ކޯޓަށް ) ދެއްކުމަށް ގދ. ފިޔޯރީ ޒަމީން މުޙައްމަދު ނާފިޒު ޖަމާލަށް
އަންގައި މިގޮތުގެ މަތީން ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ. މިފަދައިންނެވެ.
-2
ޖިނާއީ ކޯޓުގެ ނަންބަރު
2010/JC/913 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއެއްގޮ
މަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ގދ، ފިޔޯރީ| ޒަމީން
މުޙައްމަދު ނާފިޒު ޖަމާލުގެފަރާތުން 04 (ހަތަރެއް) ނުކުތާ ފާހަގަކޮށް، އެ ނުކުތާތަކާއި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
2
2x2cތ
ހ3,e
ފުރަތަމަ ނުކުތާއަކީ މުޙައްމަދު ނާފިޒް ޖަމާލުގެ ގޭގައި ހުރި ކޮމްޕިއުޓަރަކީ
ބަޔަކު ބޭނުންކޮށްފައިވާ އަދި މުޙައްމަދު ނާފިޒް ޖަމާލުގެ އަންހެންދަރިފުޅަށް ހަދިޔާކޮށްފައިވާ އެއްޗެއްކަމަށާއި
އެކޮމްޕިއުޓަރ ހަދިޔާކުރިކަން ދަންނާނެ ހެއްކަކު ހުށަހެޅުމުން އެހެކި ޙާޟިރު ކޮށްދެއްވާފައިނުވުން ކަމަށް
ބުނެ ހުށަހެޅި ނުކުތާއެވެ.
4 22
• ދެވަނަ ނުކުތާއަކީ، މުޙައްމަދު ނާފިޒް ޖަމާލުގެ ގެއިން ނެގިފައިވާކަމަށް ފުލުހުންބުނާ
ހާރޑަކީ މުޙައްމަދު ނާފިޒް ޖަމާލަށް އެއްވެސް އެނގުމެއްނެތި ނެގިފައިވާ ހާރޑެއްކަމަށް ފުލުހުންގެބަޔާނުން
އެނގެންއޮވެފައި އެހާރޑް ގެންދެވިއިރު އެހާރޑްގެ އެއްވެސް ސީރިއަލް ނަންބަރެއް ނުވަތަ ގެންދެވި
ހާރޑަކީ ޝަރީޢަތުންއެދިގެން ގެނެވުނު ހާރޑްކަން އެގޭނެއެއްވެސްލިޔުމެއް ހާރޑް ގެންދެވިއިރު
ހުރިކަމަށްބުނާ މުޙައްމަދު ނާފިޒް ޖަމާލުގެ އަންހެނުންނަށްވެސް ދެއްވާފައިނުވާކަން ފުލުހުންގެ ބަހުންނާއި
އެޙާޟިރުގައި ހުރިކަމަށްބުނާ، މުޙައްމަދު ނާފިޒް ޖަމާލުގެ އަންހެނުންގެ ބަހުން އެނގެން
2 22 22 22 22 2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް
ވެބް ސައިޓް: www.highcourt.gov.mv
[email protected]
4
2{10/HC-A/ 203
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މިހާރޑާއިމެދު ޝައްކުއުފެދޭ ޙާލުގައި ކުށް ސާބިތުވާކަމަށް ނިންމަވާފައިވުން ކަމަށް ބުނެ ހުށަހެޅި
2 2 22
ކެނއިވާ"
4
2 ހ ކމއ
ހ ޗެޑީއާރށް
• ތިންވަނަ ނުކުތާއަކީ، މުޙައްމަދު ނާފިޒް ޖަމާލު ޝަރީޢަތުގައި އޭނާގެ
ބުނެފައިވަނީ ފުލުހުން އެހާޑަކީ މުޙައްމަދު ނާފިޒް ޖަމާލުގެ ހާރޑެއްކަމަށް
ބުނެފައިވުމުންކަމަށާއި، ޝަރީޢަތަށް ގެނެވުނު ހާރޑަކީ މުޙައްމަދު ނާފިޒް ޖަމާލުގެ ހާރޑްކަން އަންގައިދޭ
ކިތާބީހެއްކެއް
ފުލުހުންހުށަހަޅާފައި ނުވާކަމަށާއި،
ނަމަވެސް
އެހާރޑްގެންދެވި
ބޭފުޅުންގެބަސްފިޔަވައި އެހެންހެއްކެއްނެތި ޝަރީޢަތުން އެދިވަޑައިގެން ގެނެވުނު ހާރޑަކީ މުޙައްމަދު ނާފިޒް
ޖަމާލްގެ ހާރޑެއްކަމަށް ކަނޑައަޅުއްވާ
އްވާފައިވުން
ބުނެ ހުށަހެޅި ނުކުތާއެވެ.
އެއްވެސް
24 ދ ތ
ކަމަށް
ހަތަރުވަނަ ނުކުތާއަކީ، ތަޙްޤީޤުގެ އެއްވެސް މަރުޙަލާއެއްގައި ހާރޑް ގެންދެވިކަން
މުޙައްމަދު ނާފިޒް ޖަމާލަށް އަންގަވާފައިނުވުމާއި އަދި މުޙައްމަދު ނާފިޒް ޖަމާލުގެ އަންހެނުނަކީ މިމައްސަލަ
ފުހުލުންގެ އޮފީހަށް ހުށަހަޅާފައިވާ ފަރާތްކަމުން މުޙައްމަދު ނާފިޒް ޖަމާލުގެގެއިން ދެއްކި ކޮމްޕިއުޓަރަކީ
މުޙައްމަދު ނާފިޒް ޖަމާލު ބޭނުންކުރި ކޮމްޕިއުޓަރުކަން ނުވަތަ ނޫންކަން ޔަޤީންކަމާއިއެކު އެނގެންނެތް ޙާލު
ޝައްކު ކުރުމުގެ ފުރުޞަތު އޮތްކަން އެނގޭޙާލު އެކަންކަމަށް ޝަރީޢަތުން ބައްލަވާފައިނުވުން
ހުށަހެޅި ނުކުތާއެވެ.
ﷲ 00
ކަމަށް ބުނެ
ޖިނާއީ ކޯޓުގެ ނަންބަރު 2010/JC/913 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ގދ، ފިޔޯރީ ޒަމީން
މުޙައްމަދު ނާފިޒު ޖަމާލުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި
ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލައިގައި
ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ވިސްނާބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
LUCO
(ހ ) ޖިނާއީ ކޯޓުގެ ނަންބަރު 2010/JC/913 ޤަޟިއްޔާއަކީ މުޙައްމަދު ނާފިޒް
ޖަމާލުގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައަކާ ގުޅިގެން ފުލުހުންގެ ބޭކަލުން އޭނާ ދިރިއުޅޭ ގެއަށް
(މ.ޒަމްޒަމީގެއަށް) ގޮސް މުޙައްމަދު ނާފިޒު ޖަމާލު ގެންގުޅޭ ކަމަށް ބެލެވޭ ކޮމްޕިއުޓަރުގެ ހާރޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް
ވެބް ސައިޓް: www.highcourt.gov.mv
[email protected]
5
2{01{/HC-A/ 2!33
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
&
ފުލުހުން ގެންގޮސް އޭތި ޗެކް ކުރި ކުރުމުން އޭގައި ގިނަޢަދަދެއްގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ
ހުރިކަމަށް އޭގެ ޑިޖިޓަލް އެވިޑެންސް އެނަލިސިސް ރިޕޯޓުން އެނގެން އޮތުމުން ޤާނޫނު ނަންބަރު 4175
(ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ 04 ވަނަ މާއްދާގެ (ނ) އާ ޙަވާލާދީ އެޤާނޫނުގެ
13 ވަނަ މާއްދާގެ (ރ) ގެ ދަށުން މުޙައްމަދު ނާފިޒު ޖަމާލުގެ މައްޗަށް ދިވެހިރާއްޖޭގައި އޮރިޔާންކާޑު
ކުށުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅުމުން ބެލިފައިވާ މައްސަލައެއްކަމާއި އަދި
މިދަޢުވާއަށް މުޙައްމަދު ނާފިޒު ޖަމާލު އިންކާރުކޮށްފައިވާކަން އެނގެއެވެ.
e 2
کر مسکری کی
(ށ) މުޙައްމަދު ނާފިޒު ޖަމާލުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ
ބަޔާނުގައި އޭނާ ދިރިއުޅޭ މ.ޒަމްޒަމީގެއަށް ފުލުހުން ގޮސް ކޮމްޕިއުޓަރގެ ހާރޑްޑިސްކު ފުލުހުންގެ
ބެލުމުގެ ދަށަށް ގެންދިޔައީ މުޙައްމަދު ނާފިޒު ޖަމާލުގެ ޙާޟިރުގައި ނޫން ކަމަށާއި އޭރު އޭނާ އިނީ
ބަންދުކޮށްފައި ކަމަށާއި އަދި ހާރޑް ޑިސްކް ނެގިކަމަށް ބުނާ ކޮމްޕިއުޓަރަކީ އޭސަރ ބްރޭންޑްގެ
ކޮމްޕިއއުޓަރަކަށް ވީހިނދު ފުލުހުން ގެންދިޔަ ހާރޑަކީ ހިޓާޗީ ބްރޭންޑްގެ ހާރޑެއް ކަމަށާއި އަދި
މިމައްސަލާގައި ގެންދެވުނު ހާރޑަކީ ކޮން ކޮމްޕިއުޓަރަކުން ނަގާފައިވާ ހާރޑެއްކަން އެގޭނޭ އެއްވެސް
ކިތާބީ ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށާއި އަދި ފުލުހުން އެހާރޑް ޑިސްކު ނަގައިގެން ގެންގޮސްފައިވަނީ
މުޙައްމަދު ނާފިޒު ޖަމާލުގެ އަންހެނުންގެ ހާޟިރުގައި ކަމަށް ވިއަސް މުޙައްމަދު ނާފިޒު ޖަމާލުގެ
އަންހެނުންނަކީ މިމައްސަލަ ފުލުހުންނަށް ހުށަހެޅުމުގައި އެންމެ އިސް ދައުރެއް އަދާ ކުރި ފަރާތް
ކަމަށްވެސް މުޙައްމަދު ނާފިޒު ޖަމާލުގެ ފަރާތުން ބުނެފައި ވާކަމާ އަދި މިވާހަކަތަކާ ގުޅޭ ގޮތުން
ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތަށް ދީފައިވާ
ބަޔާނުގައި ކާރޑެއް ގެންދެވިފައިވަނީ މުޙައްމަދު ނާފިޒު ޖަމާލުގެ އަންހެނުންގެ ޙާޟިރުގައި ކަމަށްވެފައި
އެހާރޑް ގެންދިއުމުގެ ލިޔުމެއް ދީފައިނުވަނީ އެކަމަށް މުޙައްމަދު ނާފިޒު ޖަމާލުގެ އަންހެނުން އެދިފައި
ނުވާތީ ކަމަށެވެ. އަދި އެހާރޑް ގެންދިޔަކަން މުޙައްމަދު ނާފިޒު ޖަމާލަށް އަންގާފައި ނުވިނަމަވެސް
ހާރޑްގެންދެވިފައިވަނީ އޭނާގެ މަސްލަޙަތު ރައްކާތެރި ކޮށްދެވޭފަދަ ފަރާތެއް ކަމަށްވާ އޭނާގެ އަނބިމީހާގެ
ޙާޟިރުގައި ކަމަށާއި އަދި ފުލުހުން ގެންގޮސް އެނަލައިސްކޮށްފައިވާ ހާރޑަކީ ހިޓާޗީ ބްރޭންޑްގެ ހާރޑެއް
ކަމަށާއި އޭސަރ ބްރޭންޑްގެ ކޮމްޕިއުޓަރެއްގައި ހިޓާޗީ ކާރޑެއް ހުރުމަކީ އެއީ މައްސަލައެއްކަމަށް ނުދެކޭ
ށްވެސް ބުނެފައިވާކަން އެގެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
201{}}HC-A/ 203
0 2 04
04 04
(ނ) މިމައްސަލާގެ ހެކިންގެ ގޮތުގައި ޖިނާއީ ކޯޓުގެ ޝަރީޢަތަށް ޕޮލިސް ލާންސްކޯޕްރަލް
ޝަނާޒް އަޙްމަދު އާއި ޕޮލިސް ކޮންސްޓަބަލް މުޙައްމަދު ސަމާން އިބްރާހީމް އާއި މުޙައްމަދު ނާފިޒު
ޖަމާލުގެ އަންހެނުން ޝިރުމީނާ އަޙްމަދު ޙާޟިރުކޮށްފައިވާ ކަމާއި
ޕޮލިސް ލާންސް ކޯޕްރަލް ޝަނާޒް އަޙްމަދުގެ ބަޔާނުގައި ހާރޑް ޑިސްކް ނެގުމަށްފަހު
ފަރާތަކުން އެހާރޑް ޑިސްކު ކަން އަންގައިދޭ އެއްވެސް ސީރިއަލް ނަންބަރެއް ދޫކޮށްފައެއް ނުވާ
ނުވާނެ
ކަމަށާއި އަދި އެހާރޑްޑިސްކު ނެގީ މުޙައްމަދު ނާފިޒު ޖަމާލުގެ ޙާޟިރުގައި ނޫންކަމަށާއި އެހާރޑްޑިސްކު
ނަގާފައިވަނީ މުޙައްމަދު ނާފިޒު ޖަމާލުގެ އަންހެނުންގެ ޙާޟިރުގައި ކަމަށާއި އޭގެ ބްރޭންޑް ތަފާތު ވުމާ
ގުޅޭ އެއްވެސް މަޢުލޫމާތެއް އޭނާއަށް ނޭނގޭ ކަމަށްވެސް ބުނެފައި ވާކަން އެގޭ ކަމާއި
އަދި ޕޮލިސް ކޮންސްޓްބަލް މުޙައްމަދު ސަމާން އިބްރާހީމް ދީފައިވާ ބަޔާނުގައި
"އަޅުގަނޑުމެންނާއި ހަމައަށް ކޮމްޕިއުޓަރުގެ ހާރޑްޑިސްކް ގެންނަނީ މައްސަލަ ބައްލަވާ އޮފިސަރުންނެވެ.
އެބޭފުޅުން އެ ގެންނެވުމުން އަޅުގަނޑުމެންނާއި އެ ޙަވާލު ކުރަނީ ސެކްޝަންގެ ހެޑެވެ. ދެން ޙަވާލުކުރާ
މީހަކު އޭތި ހާރޑްކޮށް ބަލަނީ އެވެ. ވެރިފައިކުރަނީ ދެވަނަ މީހާއެވެ. ނަމަވެސް ތިޔަ ހާރޑް ނަގާފައިވަނީ
ކޮންތަނަކުން ކަމެއް އަޅުގަނޑަކަށް ނޭގެއެވެ." މިފަދައިން ބުނެފައިވާއިރު
އަދި މުޙައްމަދު ނާފިޒު ޖަމާލުގެ އަންހެނުން ޝިރުމީނާ އަޙްމަދު ދީފައިވާ ބަޔާނުގައި
"މުޙައްމަދު ނާފިޒު ޖަމާލުގެ ގޭގައި ހުރި ކޮމްޕިއުޓަރެއްގެ ހާރޑްޑިސްކް ފުލުހުން ގެންދިޔައީ އަޅުގަނޑުގެ
ޙާޟިރުގައި އަޅުގަނޑުގެ އިޒުނައާއެކީ ގައެވެ. އެއީ ކޮން ބްރޭންޑެއްގެ ކޮމްޕިއުޓަރެއް ކަމެއް
އަޅުގަނޑަކަށް ނޭގެއެވެ. އަދި އޭގައި އިނީ ކޮންކަހަލަ ހާރޑެއްކަމާއި އޭގެ ނަންބަރެއްވެސް އަޅުގަނޑަކަށް
ނޭގެއެވެ. އެހާރޑް ގެންދިއުމަށްފަހު ޕޮލިހުން އަޅުގަނޑަކަށް އެއްވެސް ލިޔުމެއް ނުދެއެވެ. އަޅުގަނޑުގެ
އިޒުނައާއެކު ކޮމްޕިއުޓަރުން ހާރޑްޑިސްކު ގެންގޮސްފައިވަނީ އެވެ." މިގޮތަށް ބަޔާންކޮށްފައި ވުމުން
މިމައްސަލާގައި ހެކިބަސްދީފައިވާ ފަރާތްތަކުގެ ހެކިބަހަށް ބެލުމުން މިމައްސަލާގައި ހިމެނޭ
ޑިޖިޓަލް އެވިޑެންސް އެނަލިސިސް ރިޕޯޓުގައި ބަޔާން ކުރައްވާފައިވާ ހިޓާޗީ ބްރޭންޑްގެ ހާރޑްޑިސްކަކީ
މުޙައްމަދު ނާފިޒު ޖަމާލުގެ އެއްޗެއްކަން ނުވަތަ އޭނާގެ ކޮމްޕިއުޓަރުން ނަގާފައިވާ ހާރޑްޑިސްކެއް ކަމަށް
ޝަރީޢަތަށް ސާބިތު ކުރެވޭ ވަރުގެ ހެއްކެއް ނެތްކަން އެގެއެވެ.
(ރ) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މުޙައްމަދު ނާފިޒު ޖަމާލުގެ މައްޗަށް
ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގައި ޖިނާއީ ކޯޓަށް ހުށަހަޅާފައިވާ ދަޢުވާއަށް އޭނާ އިންކާރު
ކޮށްފައިވާކަން ޖިނާއީ ކޯޓުގެ ނަންބަރު 2010/JC/913 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް
ވެބް ސައިޓް: www.highcourt.gov.mv
[email protected]
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
201{}}HC-A/ 203
ރިޕޯޓުން އެގޭއިރު ހަމަ އެރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާ ތަކުގެ 9.2 ގައި " މިމައްސަލާގައި
ގެނެވިފައިވާ ހާރޑްޑިސްކަކީ މުޙައްމަދު ނާފިޒު ޖަމާލުގެ އެއްޗެއް ކަމަށް މުޙައްމަދު ނާފިޒު ޖަމާލުގެ
ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ޞަރީޙަބަހުން އިޢުތިރާފުވެފައި ވެއެވެ." މިގޮތަށް ބަޔާންކުރައްވާފައި
ވާކަމާއި، އަދި މުޙައްމަދު ނާފިޒު ޖަމާލު އެކަމަށް އިޢުތިރާފުވެފައިވާ ބަޔާނެއް އެބައޮތްތޯ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރުންގެ ފަރާތުން ދައުލަތުގެ ވަކީލްއާ ސުވާލު ކުރުމުން ދައުލަތުގެ ވަކީލު
ބުނެފައިވަނީ " މިމައްސަލާގައި އޮރިޔާން މަންޒަރު ދައްކުވައިދޭ ކަމަށް މިބުނާ ހާރޑް ފެނިފައިވާ
ކޮމްޕިއުޓަރަކީ އަދި މިހާ ރޑަކީވެސް މުޙައްމަދު ނާފިޒު ޖަމާލުގެ އެއްޗެއް ކަމަށް ޝަރީޢަތުގެ މަޖިލީހުގައި
އިޢުތިރާފުވެފައި ވާ ކަމަށް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި 9.2 ގައި ފާހަގަކޮށްފައި އެބަވެއެވެ. ސީދާ
އެހެން ބުނެ ދީފައިވާ ބަޔާނެއް ރިޕޯޓުގައި ހިމެނިފައެއް ނުވެއެވެ. " މިފަދައިންނެވެ.
އަދި މިކަމާމެދު މުޙައްމަދު ނާފިޒު ޖަމާލުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
ދީފައިވާ ބަޔާނުގައި ބުނެފައިވަނީ " މިމައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައިވެސް މުޙައްމަދު ނާފިޒު ޖަމާލުގެ
ހާރޑެއް ކަމަށް މުޙައްމަދު ނާފިޒު ޖަމާލު އިޢުތިރާފް ވާކަމަށް ވިދާޅުވެފައި އެވަނީވެސް އަޅުގަނޑުމެން
މިދަންނަވަނީ މުޙައްމަދު ނާފިޒު ޖަމާލުގެ ހާރޑެއް ކަމަށް ޝަރީޢަތަށް ހުށަހެޅިފައި ވުމާ އެކުގައި
މުޙައްމަދު ނާފިޒު ޖަމާލު އޭގެއިން ބަރީއަވުމަށްޓަކައި މުޙައްމަދު ނާފިޒު ޖަމާލުގެ ހާރޑެއްކަމަށް ވާނަމަ
އެހާރޑް ގެނެސްދޭން ޖެހޭނެއެވެ. ފުރަތަމަ އަޅުގަނޑުމެން މުޙައްމަދު ނާފިޒު ޖަމާލުގެ ހާރޑަކީ ކޮބައިތޯ
އެހާރޑް ހޯދުމަށްޓަކައި އެޢިބާރާތް ބޭނުން ކުރަން ޖެހުނީއެވެ. އެހެންނަމަވެސް މިއޮންނަނީ މުޙައްމަދު
ނާފިޒު ޖަމާލުގެ އެއްޗެއް ކަމަށް އިޢުތިރާފު ވާކަމަށެވެ." މިފަދައިންކަން އެގެއެވެ.
0 2 0
(ބ) ޖިނާއީ މައްސަލައެއް ޝަރީޢަތުން ސާބިތުވާކަމަށް ކަނޑައެޅުމުގައި ފަނޑިޔާރު ބަލަންޖެހޭ
މިންގަނޑަކީ "އެމީހަކު ކުށެއްކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ޝަރީޢަތަށް
ސާބިތުވުން"ކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 51 މާއްދާގެ (އ) އަށް ބެލުމުން
އެނގޭއިރު، ޖިނާއީ މައްސަލަތައް ސާބިތުކުރުމަށްޓަކައި ހުށަހެޅޭ ހެކިތަކާއި ދަލީލުތައް މައްސަލަ ބަލާ
ފަނޑިޔާރު ތަޤްލީމް (evaluation) ކޮށް ވަޒަން ކުރުމަށްފަހު، އެފަނޑިޔާރަށް ޤަބޫލުކުރެވޭ ހެކިތަކާއި
ދަލީލުތަކާއި، އެހެކިތަކާއި ދަލީލުތަކުން ނުކުންނަ ނަތީޖާތަކުގެ މައްޗަށް ބުރަވެހުރެ، ޔަޤީނާ ގާތްކުރާ
މިންވަރަށް އިޤުތިޞާޢު (convince) ވެގެން މެނުވީ ކުށެއް ސާބިތުވެއްޖެ ކަމަށް ޖިނާއީ މައްސަލައެއްގައި
ޙުކުމް ކޮށްގެން ނުވާނެކަމީ ޤަރީނަތުލް ބަރާއާގެ ޢާންމު ޤާނޫނީ މަބްދަޢުގެ އެންމެ މުހިއްމު އެއް
ޚާއްޞިއްޔަތުކަން އެނގެން އޮންނަކަމަށާއި، ޖިނާއީ ދަޢުވާއެއް ސާބިތުވާކަމަށް ކަނޑައަޅައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް
ވެބް ސައިޓް: www.highcourt.gov.mv
[email protected]
ވެ
8
2{10/HC-A/ 203
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
<
ޙުކުމް ބިނާވާންޖެހޭނީ އަބަދުވެސް ޤާނޫނީ ގޮތުން ޞައްޙަ ދަލީލުތަކާއި ޤަރީނާތަކެއްގެ މައްޗަށްކަމަށްކަން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 01/SC-A/2012 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓުގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 3 އަދި 4 އަށް ބެލުމުން އެގޭއިރު
މިމައްސަލާގައި ހިމެނޭ ޑިޖިޓަލް އެވިޑެންސް އެނަލަސިސް ރިޕޯޓުގައި ބަޔާންކުރެވިފައިވާ
ހިޓާޗީ ބްރޭންޑުގެ ހާރޑްޑިސްކަކީ މުޙައްމަދު ނާފިޒު ޖަމާލުގެ އެއްޗެއްކަން އެކަށީގެންވާ މިންވަރެއްގެ
ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވާކަމުގައި ބެލެވެން ނެތް ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި
ބެލި ފަނޑިޔާރުންނަށް ޤަބޫލު ކުރެވުނު ހިނދު ޖިނާއީ ކޯޓުގެ ނަންބަރު 2010/JC/913 ޤަޟިއްޔާގައި
އޮރިޔާންކާޑު ގެންގުޅުމުގެ ކުށުން މުޙައްމަދު ނާފިޒު ޖަމާލު ކުށްވެރި ވެއްޖެކަމަށް ކަނޑައަޅައި މިކުށުގެ
ޢުޤޫބާތެއްގެ ގޮތުން މުޙައްމަދު ނާފިޒު ޖަމާލު -/17000 (ސަތާރަހާސް ރުފިޔާ) އިން ޖޫރިމަނާކޮށް
ހުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓުގައި ބެލި ފަނޑިޔާރުންނަކަށް ނުފެނެއެވެ.
• ޙުކުމް
ދެންފަހެ، އިސްވެ ބަޔާން ކުރެވުނު ކަންކަން ބަޔާންކުރެވިދިޔަ ގޮތަށް ހުރުމާއެކު
ޖިނާއީ
ކޯޓުގެ ނަންބަރު 2010/JC/913 ޤަޟިއްޔާގައި ކުރައްވާފައިވާ ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ
ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލްކޮށް މައްސަލަ ނިންމީއެވެ.
މައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv