ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/170 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/17
بم تا مراسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
. ޤަޟިއްޔާ ނަންބަރު: 170/HC-A/2012
އިސްތިއުނާފް ކުރިފަރާތް:
* ނަން: ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް)
ދާއިމީ އެޑްރެސް: އެޓާރނީ ޖެނެރަލްގެ އޮފީސް | ހ. ވެލާނާގެ، 6 ވަނަ ފަންގިފިލާ
މިހާރުގެ އެޑްރެސް: އެޓާރނީ ޖެނެރަލްގެ އޮފީސް | ހ. ވެލާނާގެ، 6 ވަނަ ފަންގިފިލާ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
އެޑްރެސް: ހ. ސަރާޝާ | މާލެ
* މިހާރުގެ އެޑްރެސް: ހ. ސަރާޝާ | މާލެ
* ހުށަހެޅުނު ތާރީޚް: 01 ޖޫން 2012
ނިމުނު ތާރީޚް: 05 ޖޫން 2012
އިސްތިއުނާފު ކުރެވުނު އަމުރު.
* ނަންބަރު: 5
/
2012
/
23-B
-
CR
* ކޯޓު:ސިވިލް ކޯޓު
ނިންމެވީ ތާރީޚް: 29 މެއި 2012
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ދިވެހިރާއްޖެ
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
2
2012/HC-A/17
ޤާނޫނު އަސާސީއާއި، ފުލުހުންގެ ޤާނޫނާއި، ސިޔާސީ ޕާޓީތަކާބެހޭ ޤަވާޢިދާ ޚިލާފު ނިންމެވުމެއްކަމަކާއި
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/57 ޤަޟިއްޔާގައި ބައްލަވަމުން ގެންދަވާ
މައްސަލައިގައި އެކޯޓުގެ ނަންބަރު 5
/
2012
/
23-CR-3 އިން ނެރުއްވާފައިވާ ވަގުތީ އަމުރަކީ، ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށްބުނެ އެއަމުރު އިސްތިއުނާފުކުރުމަށް ދައުލަތުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެވެ.
ހަގަކުރެވުނު ނުކުތާތައް
ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/957 ޤަޟިއްޔާގައި ބައްލަވަމުން ގެންދަވާ
މައްސަލައިގައި އެކޯޓުގެ ނަންބަރު 5
/
2012
/
23-B
-
CR އިން ނެރުއްވާފައިވާ ވަގުތީ އަމުރަކީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނެރުއްވާފައިވާ އަމުރެއް ކަމަށްބުނެ، އެއަމުރު އިސްތިއުނާފުކުރުމަށް ދައުލަތުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
02- ސިވިލް ކޯޓުގެ ނަންބަރ 2012/Cv-C/957 ޤަޟިއްޔާގައި ބައްލަވަމުން ގެންދަވާ
މައްސަލައިގައި، އެކޯޓުގެ ނަންބަރ 5
/
2012
/
23-CR-3 އިން ނެރުއްވާފައިވާ ވަގުތީ އަމުރަށް ބަލާއިރު،
އެއަމުރަކީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ސިޔާސީ ޙަރަކާތްތަކެއް ހިންގަމުންދާ ހެންވޭރު
އުސްފަސްގަނޑު ސަރަހައްދުގައިވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ތަކެތި ގެންދިޔުމަށާއި، 29 މެއި
2012 ދުވަހުގެ 22:00 ގެ ކުރިން އެތަކެތި ނުގެންގޮސްފިނަމަ، އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް
ގެންދާނެކަމަށާއި، އަދި އެސަރަހައްދުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ހިންގާ ހަރަކާތްތައް ހުއްޓުވައި
އެސަރަހައްދު ރޫޅާލުމަށްފަހު ޤާނޫނީ ބެލެނި ވެރިކަންއޮތް ފަރާތާއި އެސަރަހައްދު ހަވާލުކުރާނެކަމަށް މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ނަންބަރ
(29 މެއި 2012) ސިޓީން
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް އަންގާފައިވުމާއެކު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މިނިންމުމަކީ
-01
171-5/PRIV/2012/364
އުސްފަސްގަނޑު ސަރަހައްދު ހުސްކުރުމަށް ނިންމާފައިވާ އެނިންމުމަކީ، މޯލްޑިވްސް ޕޮލިސް
2
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
3
2{12/HC-A/1210
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
04
ބާރެއް ނޫން
ލިބިގެންވާ ނޫންކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލާގައި ޝަރީޢަތުން ގޮތެއް
ކަނޑައެޅުމުގެ ކުރިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 2012
/
364/D5
/
PRIV-171 (29 މެއި
2012) ސިޓީ ތަންފީޒުވުމަކީ ދިވެހިރައްޔިތުންގެ ޕާޓީގެ ޙައްޤަށް އުނިކަމެއް ލިބި އިޢާދަ ނުކުރެވޭނެކަމަށް
އެކަން ވެގެން ހިނގައިދާނެކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭތީ، ޝަރީޢަތުގެ ނިޔާއަށްޓަކައި މިވަގުތައް ވަގުތީ
އަމުރެއް ނެރެންޖެހޭކަން އެނގޭކަމަށް ބަޔާންކުރައްވައި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
2012
/
364/D5
/
PRIV-171 (29 މެއި 2012) ސިޓީން ނިންމާފައިވާ ނިންމުން ތަންފީޒުކުރުން
ފަސްކުރުމަށާއި، އަދި މިމައްސަލައިގެ ދަޢުވާގެ މަޤްޞަދު ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުމަށް މޯލްޑިވްސް
ޕޮލިސް ސަރވިސް އަށާއި މިކަމުގެ ޝާމިލްވާ އެންމެހައި ފަރާތްތަކަށް އަންގަވައި، ނެރުއްވާފައިވާ އަމުރެއްކަން
އެނގެން އޮންނަކަމެވެ.
03- ސިވިލް ކޯޓުގެ ނަންބަރ 2012/Cv
-
C/957 ޤަޟިއްޔާގައި ނެރުއްވާފައިވާ
ނަންބަރު 5
/
2012
/
23-B
-
CR ވަގުތީ އަމުރު އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
ޚިލާފަށްކަމަށްބުނެ އެއަމުރު އިސްތިއުނާފުކުރުމަށް ދައުލަތް (އެޓާރނީ ޖެނެރަލްގެ އޮފީސް)ގެ ފަރާތުން 05
(ފަހެއް) ނުކުތާއެއް ހުށަހަޅައި، އެނުކުތާތަކާބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި
(ހ) ފުރަތަމަ ނުކުތާއަކީ، މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވާ ވަގުތީ އަމުރެއް
ނެރެދެއްވިއިރު، އަމުރު ނެރެދެއްވާފައިވަނީ، ހަމައެކަނި އެފަރާތުގެ ޙައްޤުތަކަށް ބެލިގެން އެފަރާތަށް ލިބިދާނޭ
ކަމަށް ފެންނަ ގެއްލުމަކަށް ރިޢާޔަތް ކުރެވިގެންކަމާއި، މައްސަލަ ރައްދުވާ ފަރާތުގެ ހައްޤުތަކާއި، އެފަރާތުން
ހިމާޔަތް ކުރުމަށް މަސައްކަތްކުރާ މަޞްލަޙަތުތަކަށް ލިބޭނޭ އިޢާދަ ނުކުރެވޭނޭ ގެއްލުންތަކަށް ރިޢާޔަތް
ކުރައްވާފައި ނުވާކަމަށްބު
ށްބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ، މައްސަލަ ހުށަހެޅި ފަރާތަށް އިޢާދަ ނުކުރެވޭނޭ ވަރުގެ ގެއްލުމެއް
ލިބޭނޭ ކަމުގައި ޝަރީޢަތުން ނިންމަވާފައިވަނީ، ޝަރީޢަތަށް ހުށަހެޅޭ މައްސަލަތަކުގައި، ވަގުތީ އަމުރު ނުވަތަ
އިންޖަންކްޝަން ނެރުމުގައި، އިޢާދަ ނުކުރެވޭ ވަރުގެ ގެއްލުން މާނަކުރެވޭ މަފްހޫމްތަކާ ޚިލާފަށްކަމަށްބުނެ
ހުށަހެޅި ނުކުތާ
ދިވެހިރާއްޖެ
މައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
2012/HC-A/10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ނ) ތިންވަނަ ނުކުތާގެ މައްސަލައިގައި ވަގުތީ އަމުރެއް ނެރުއްވާފައިވަނީ، ޝަރީޢަތަށް
ޙާޟިރުވެ ޖަވާބުދާރީވުމުގެ ފުރިހަމަ ފުރުޞަތެއް ލިބިނުދީ، އިޖުރާޢީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ ހުށަހެޅި
ނުކުތާ.
(ހ) ހަތަރުވަނަ ނުކުތާ. ހެންވޭރު އުސްފަސްގަނޑު ސަރަޙައްދުން އެތަނުގައި ތިބި މީހުން
ނެރެ ތަން ހުސްކޮށްފައިވަނީ، އެތަނުގައި ޖިނާއީ ކުށުގެ ޢަމަލުތަކެއް ހިންގާކަމުގެ މަޢުލޫމާތު ލިބިގެން އެތަން
ބަލައި ފާސްކުރުމަށް ކޯޓުގެ އަމުރެއް ލިބިގެންކަމާއި އަދި އެތަނަކީ، އެތަނުގެ ޤާނޫނީ މިލްކުވެރިޔާގެ އަމުރާއި
ރުހުމާ ޚިލާފަށް ބޭނުންކުރެވޭ ތަނެއްކަމާއި، މި މައްސަލައިގައި ތަނުގައި ހުރި ތަކެއްޗާއެކު، ތަން އިހު އޮތް
ގޮތަށް ބޭނުންކުރުމަށް ބަޔަކަށް ދިނުމުގެ ޤާނޫނީ ނަތީޖާއަކީ ޝަރުޢީ އަމުރަކުން ޤާނޫނާ ޚިލާފު ކަންތައްތަކަށް
ހުއްދަ ދެވުންކަމަށްބުނެ ހުށަހެޅި ނުކުތާ.
(ބ) ފަސްވަނަ ނުކުތާ އިސްތިއުނާފުކުރެވޭ މިއަމުރު ނެރުއްވާފައިވަނީ، ތަނުގެ ޤާނޫނީ
ވެރިންގެ ނުރުހުމުގައި އެތަނުގައި ތިބި ބަޔަކަށް އެތަން ބޭނުން ކުރުމުގެ ޙައްޤު ލިބިދެވޭ ގޮތަށްކަމާއި،
ނެރެވުނު މައްސަލައިގައިވެސް ތަނުގެ ޤާނޫނީ ވެރިކަމުގެ މައްޗަށް
ދަޢުވާކުރާ ފަރާތުން
ދަޢުވާކޮށްފައިނުވުމާއެކު، ތަނުގެ ޤާނޫނީ ވެރިންގެ ނުރުހުމުގައި ތިބި ބައެއް މި ޙާލަތުގައި ބާރުވެރިކުރުވައި،
ޤާނޫނީ ވެރިންގެ މައްޗަށް އެހެން ބަޔަކު ވެރިކުރުވުމަކީ ޤާނޫނީ ހަމަޔަކަށް ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ
/22 ހއ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
5
2{12/HC-A/1210
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ތަކާގުޅޭ ގޮތުން ދައުލަތް
04- ސިވިލް ކޯޓުގެ ނަންބަރު 5
/
2012
/
23-B
-
CR ވަގުތީ އަމުރު އިސްތިއުނާފު ކުރުމަށް
ދައުލަތް (އެޓާރނީ ޖެނެރަލްގެ އޮފީސް) ގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާގު
(އެޓާރނީ ޖެނެރަލް) ގެ ފަރާތުންނާއި، މިއިސްތިއުނާފް ދަޢުވާ ރައްދުވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ސިވިލް ކޯޓުގެ
ނަންބަރު 5
/
2012
/
23-B
-
CR ވަގުތީ އަމުރަށާއި، މައްސަލައާގުޅޭ ގޮތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ
މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި
ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
02 02 0
(ހ) ފުރަތަމަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު 5
/
2012
/
23-B
-
CR ވަގުތީ އަމުރަށް
ބެލިއިރު، އެއަމުރަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 2012
/
364/D5
/
PRIV-171 (29 މެއި
2012) ސިޓީން ނިންމާފައިވާ ނިންމުން ތަންފީޒުވުމަކީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޙައްޤަށް
އުނިކަމެއް ލިބި އިޢާދަ ނުކުރެވޭނެކަމަކަށް އެކަން ވެގެން ހިނގައިދާނެކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭތީ
އެމައްސަލައިގައި ޝަރީޢަތުން ގޮތެއް ކަނޑައެޅުމުގެ ކުރިން، އެމައްސަލައިގެ ދަޢުވާގެ މަޤްޞަދު ގެއްލޭފަދަ
އެއްވެސް ކަމެއް ނުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި، އެކަމުގައި ޝާމިލުވާ އެންމެހައި
ފަރާތްތަކަށް އަންގަވައި، ސިވިލް ކޯޓުގެ ނަންބަރ 2012/Cv
-
C/957 ޤަޟިއްޔާގައި ބެލެވެމުންދާ
މައްސަލައިގެ ތެރޭގައި ނެރުއްވާފައިވާ އަމުރެއްކަން އެނގޭކަމާއި، ސިވިލް ކޯޓުގެ
ސިވިލް ކޯޓުގެ ނަންބަރު
2012/Cv
-
C/957 ޤަޟިއްޔާގައި ބެލެވެމުންދާ މައްސަލައަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
2012
/
364/D5
/
PRIV-171 (29 މެއި 2012) ސިޓީން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން
ސިޔާސީ ހަރަކާތްތަކެއް ހިންގަމުންދާ އުސްފަސްގަނޑު ސަރަހައްދުގައިވާ އެޕާޓީގެ ތަކެތި ގެންދިއުމަށާއި،
29 މެއި 2012 ދުވަހުގެ 22:00 ގެ ކުރިން އެތަކެތި ނުގެންގޮސްފިނަމަ، އެތަކެތި ފުލުހުންގެ ބެލުމުގެ
ދަށަށް ގެންދާނެކަމަށާއި، އަދި އެސަރަހައްދުގައި އެޕާޓީން ހިންގާ ހަރަކާތްތައް ހުއްޓުވައި އެސަރަހައްދު
ރޫޅާލުމަށްފަހު ޤާނޫނީ ބެލެނިވެރިކަން އޮތް ފަރާތާއި އެސަރަހައްދު ހަވާލުކުރާނެކަމަށް އަންގާފައިވާ އެންގުމަކީ،
ޤާނޫނުއަސާސީއާއި، ފުލުހުންގެ ޤާނޫނާއި، ސިޔާސީ ޕާޓީތަކާބެހޭ ޤަވާޢިދާ ޚިލާފު ނިންމުމެއްކަމަށާއި،
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ދެންނެވިދިޔަ ސިޓީގައިވާ ގޮތަށް އެސަރަހައްދުގައި ދިވެހިރައްޔިތުންގެ
ޑިމޮކްރެޓިކް ޕާޓީން ހިންގަމުންދާ ސުލްހަވެރި ހަރަކާތްތައް ހުއްޓުވައި، އުސްފަސްގަނޑު ރޫޅާލައި ހުސްކުރަން
އެންގުމުގެ ބާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެން ނުވާކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އެދިގެން
މޯލްޑިވްސް ޕޮލިސް ސަރވިސް (ދިވެހި ދައުލަތް) ގެ މައްޗަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުންގެ މަ
ox
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
6
2012/HC-A/17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0 332230
4ކޗ2
ބެލެވެމުންދާ މައްސަލައެއްކަން އެމައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ފޯމަށް ބެލުމުން އެނގެން
x ހއ 22
އަންނަކަމެވެ.
(ށ) ދެވަނަ ކަމަކީ: ޝަރުޢީ ކޯޓަކަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ވަގުތީ އަމުރެއް
ނުވަތަ ވަގުތީ ފިޔަވަޅެއް އެޅުމުގެ ބާރު ކޯޓަށް ލިބިދޭ ހާލަތްތަކުން ކުރެ ހާލަތެއްއޮވެ، ވަގުތީ އަމުރެއް ނުވަތަ
ވަގުތީ ފިޔަވަޅެއް ނާޅައިފިނަމަ، ޙުކުމް ކުރެވޭއިރު، އެޙުކުމުގެ މަޤްޞަދު ހާޞިލް ނުވެ ހިގައިދާނެކަމަށް، ނުވަތަ
މައްސަލައިގައި ހިމެނޭ ފަރާތަކަށް ގެއްލުމެއް ލިބިދާނެކަމަށް ނުވަތަ ދަޢުވާކުރެވޭ މުދާ ނުވަތަ ފައިސާ ކޯޓުގެ
ބާރު ނުހިނގާނެ ގޮތަކަށް ރާއްޖެއިން ބޭރަށް ގެންގޮސް ފާނެކަމަށް ނުވަތަ ދަޢުވާ ލިބޭ މީހާ ފިލައިގެން
ހިގައިދާނެކަމަށް ނުވަތަ ދަޢުވާކުރެވޭ މުދާ ނުވަތަ ފައިސާ ކޯޓުގެ ބާރު ނުހިނގާފަދަ ގޮތަކަށް ނުވަތަ
އެމުދަލެއްގެ ނުވަތަ ފައިސާގެ އަގެއް ނުހުންނާނެ ގޮތަކަށް ވެދާނެކަމަށް ޤަބޫލުކުރެވޭނަމަ އެކަން ހުއްޓުވުމަށް
އަމުރު ކުރުމުގެ ބާރު ކޯޓަށް ލިބިދީފައިވާކަން ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދު" 6 ގެ 295
ވަނަ މާއްދާއަށް ބެލުމުން އެނގޭކަމާއި، މިގޮތަށް ކޯޓަށް ލިބިދޭ ބާރުގެ ބޭނުންކުރުމުގައި އެމައްސަލައިގެ
ވަށައިގެންވާ ކަންތައްތަކަށާއި، ޒާތަށާއި، ހާލަތަށާއި، މައްސަލައިގައި ވަގުތީ އަމުރަށް އެދި ހުށަހަޅާފައިވާ
ހުށަހެޅުމުގެ މައްޗަށް ބައްލަވައި ވަގުތީ އަމުރެއް ނުވަތަ ވަގުތީ ފިޔަވަޅެއް އެޅުމަކީ އެމައްސަލަ ބައްލަވާ
ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ (discretionary) ބާރެއްކަމާއި، މިގޮތުން ކޯޓުން ވަގުތީ އަމުރު ނެރުމުގައި
މައްސަލައިގައި ހިމެނޭ ޚަޞްމުން ޙާޟިރުކޮށް އަޑު އެހުމެއް ބޭއްވޭނެ ވަގުތު އޮތްނަމަ، މައްސަލައިގެ އަޑު
އެހުމެއް ބޭއްވުމަށްފަހު، އަދި އަޑުއެހުމެއް ބޭއްވޭނެ ވަގުތު ނެތްކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރަށް
ޤަބޫލުކުރެވޭނަމަ، އެމައްސަލައިގެ އަޑު އެހުމެއް ބޭއްވުމަކާ ނުލައި ވަގުތީ އަމުރެއް ނެރެވިދާނެކަމާއި،
މިއުޞޫލަކީ ވަގުތީ އަމުރު ނުވަތަ ވަގުތީ ފިޔަވަޅު އެޅުމުގައި ޝަރުޢީ ކޯޓުތަކުން މިހާތަނަށް ޢަމަލުކުރަމުން
ގޮސްފައިވާ އުޞޫލުކަން އެނގެން އޮންނަކަމެވެ.
0474
(ނ) ތިންވަނަ ކަމަކީ: މައްސަލައަކާ ގުޅިގެން ވަގުތީ އަމުރެއް ނުވަތަ ވަގުތީ ފިޔަވަޅެއް
އެޅުމުގެ ބާރު ކޯޓަށް ލިބިދޭ ހާލަތްތައް ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދު" 6 ގެ 295 ވަނަ
މާއްދާގައި، ބަޔާންކޮށްފައި އޮންނައިރު، ސިވިލް ކޯޓުގެ ނަންބަރު 5
/
2012
/
23-B
-
CR ވަގުތީ އަމުރު،
އެކޯޓުން ނެރުއްވާފައިވަނީ އެމާއްދާގައި ބުނެފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް އޮތްކަމަށް
ބުލުކުރެއްވޭތީކަން އެއަމުރަށް ބެލުމުން އެނގޭކަމާއި، އެހެންކަމުން އެއަމުރު ނެރުއްވުމުގައި
ހަޢީ
1 2 3 4 5 6
އެވީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
7
212/HC-A/11{
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ސިވިލް ކޯޓުގައި ބައްލަވާ ޤާޟީ ޢަމަލުކުރައްވާފައިވަނީ، ވަގުތީ އަމުރު ނެރުއްވުމުގައި ޤާޟީއަށް ލިބިދޭ ބާރާއި
އިޚްތިޔާރުގެ ކަމަށް ބަލާނެ، ޝަރުޢީ އަދި ޤާނޫނީ ހަމައެއް އޮތްކަމަށް ޤަބޫލުނުކު
ނުކުރެވޭ ކަމެވެ.
&2
3
4 އ ހ8
ބޭރަކަމަށް
497
4
ދެންފަހެ، އިސްވެ ބަޔާންވެ ދިޔަ ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ސިވިލް ކޯޓުގެ
ނަންބަރު 5
/
2012
/
23-B
-
CR ވަގުތީ އަމުރަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް
ނެތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި،
ޙުކުމްކޮށްފީމެވެ.
ހައިކޯޓް
މި ޤަޟިއްޔާ ބަލައި ޙުކުމްކުރީ
ދިވެހިރާއްޖެ
ޢަބްދުއްރައޫފު އިބްރާހީމް
ފަނޑިޔާރު
ޢަލީ ސަމީރު
ފަނޑިޔާރު
ފަނޑިޔާރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv