ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/386 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2[13/HC-A/386
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤައްޔާ
އްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 386/HC
-
A/2013
. އިސްތިއުނާފުކުރި ފަރާތް:
*ނަން: އަޙްމަދު ނަޝީދު
! މިހާރުގެ އެޑްރެސް: ލ. އެބަގެ
: ދާއިމީ އެޑްރެސް: އައްސޭރި/ ދ. ހުޅުދެލި
އައިޑީކާޑް ނަންބަރު: A042324
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އާމިނަތު ޝެރިން
މިހާރުގެ އެޑްރެސް: ހ. އޮރިއެންޑަރ
ދާއިމީ އެޑްރެސް: ހ. އޮރިއެންޑަރ |ކ. މާލެ
އައިޑީކާޑް ނަންބަރު: A057507
.
* ރަޖިސްޓްރީކުރެވުނު ތާރީޚް: 31 ޑިސެމްބަރ 2013 * ނިމުނު ތާރީޚް: 25 އޮގަސްޓް 2014
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/156 ޤަޟިއްޔާ
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން.
• ނިންމެވި ކޯޓް: ސިވިލް ކޯޓު
ހުށަހެޅުނު ތާރީޚް: 30 ޖެނުއަރީ 2012 ނިމުނު ތާރީޚް: 20 އޮގަސްޓް 2013
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަލީ ސަމީރު
ފިޤްހިރާއްޖޭގެ
ހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
2
2013/HC-A/386
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/156 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި
ދ. ހުޅުދެލި އައްސޭރި، އަޙްމަދު ނަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ހ. އޮރިއެންޑަރ : އާމިނަތު ޝެރިންއެވެ.
• ފާހަގަކުރެވުނު ނުކުތާތައް
I
1- ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/156 ޤަޟިއްޔާ އަކީ ދ. ހުޅުދެލި(އައްސޭރި،
އަޙްމަދު ނަޝީދު ބޭންކް އޮފް މޯލްޑިވްސްއިން ނަގާފައިވާ ލޯނު ފައިސާގެ ތެރެއިން އާމިނަތު ޝެރިން ލޯނަށް
ދެއްކި ފައިސާ ހޯދުމަށްޓަކައި އެދި ހ. އޮރިއެންޑަރ އާމިނަތު ޝެރިންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން
ބެލެވުނު ޤަޟިއްޔާއެއްކަމާއި،
މިޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ
މައްޗަށާއި، މިމައްސަލައިގައި ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް، ދ. ހުޅުދެލި
/އައްސޭރި، އަޙްމަދު ނަޝީދު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A042324) މަސްކައްކާ
ހިއްކުމުގެ މަސައްކަތްކުރުމަށްޓަކައި، އޮރިއެންޑަރ . މާލެ، އާމިނަތު ޝެރިން (ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު A057507) ކައިރީގައި ބުނުމުން، އަޙްމަދު ނަޝީދަށް އެހީވެދިނުމަށްޓަކައި،
އާމިނަތު ޝެރިންގެ ގެކަމުގައިވާ މ. އޮރިއެންޑަރ ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގައި މާގޭޖް
ކުރުމަށް ދެވުނުކަމަށާއި، ނަމަވެސް އަޙްމަދު ނަޝީދު ލޯނަށް ފައިސާ ނުދައްކާތީވެ، ބޭންކުން އާމިނަތު
ޝެރިނަށް އެންގުމުން، އައިމިނަތު ޝެރިންގެ ގޯތި ނީލަން ކިޔާފާނެތީވެ، -/453,111ރ. (ހަތަރުލައްކަ
ފަންސާސް ތިންހާސް އެއްސަތޭކަ އެގާރަ ރުފިޔާ) ބޭންކަށް ދައްކައި، ލޯނުގައިވާ ފައިސާ ޚަލާޞްކޮށްފައިވާތީ،
.
| 1
oud
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުރީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3
2[13/HC-A/386
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ބ.
އެފައިސާ އަޙްމަދު ނަޝީދުގެ އަތުން ހޯދުމަށްއެދި އާމިނަތު ޝެރިން ހުށަހަޅާފައިވާ މިމައްސަލަ ޝަރީޢަތުން
ބެލިއިރުގައި،
ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑުގެ ނަންބަރު: 0051
/
2006-KDHB
/
ADV
(17 ނޮވެމްބަރ 2006) ސެންކްޝަން ސިޓީގެ ދަށުންނާއި، އެސެންކްޝަން ސިޓީއަށް ބަދަލުގެނެވި، ބޭންކް
އޮފް މޯލްޑިވްސް ޕްބްލިކް ލިމިޓެޑުގެ ނަންބަރު: 3787
/
2008/(40051
/
2006-KDHB
/
ADV (17 މާރޗް
2008) ސެންކް ޝަން ސިޓީގެ ދަށުން، އާމިނަތު ޝެރިންގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ އޮރިއެންޑަރ
އެވެކިޔުނު ގޯތި ރަހުނުގެ ގޮތުގައި ބެހެއްޓުމަށްފަހު، އަޙްމަދު ނަޝީދަށް ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް
ލިމިޓެޑުން ޑިމާންޑް ލޯނެއް ދޫކޮށްފައިވާކަމާއި، ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑުން އަޙްމަދު ނަޝީދަށް
ދޫކޮށްފައިވާ ލޯން އެއްބަސްވުމާ އަޙްމަދު ނަޝީދު ޚިލާފުވެފައިނުވިއަސް، އާމިނަތު ޝެރިން މިލޯނަށް ފައިސާ
ދައްކާފައިވާކަމާއި، މިގޮތުން އާމިނަތު ޝެރިން ދައްކާފައިވާ ފައިސާގެ މިންވަރު ދެނެގަތުމަށްޓަކައި،
މިމައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކަށް ޝަރީޢަތުން ވަޒަންކުރިއިރު، އާމިނަތު ޝެރިން ބޭންކް އޮފް
މޯލްޑިވްސް ޕަބްލިކް ލިމިޓެޑަށް ދައްކާފައިވަނީ -/393,111ރ (ތިންލައްކަ ނުވަދިހަ ތިންހާސް އެއްސަތޭކަ
އެގާރަ ރުފިޔާ) ކަމާއި،
މިމައްސަލައިގައި ޙަވާލާދެވިފައިވާ ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑުގެ ލޯން
އެއްބަސްވުމަށް ބަލާއިރުގައި، އެލޯނަށް ފައިސާ ދައްކަންޖެހޭ އަޞްލު ފަރާތަކީ އަޙްމަދު ނަޝީދުކަމާއި، އާމިނަތު
ޝެރިން އަކީ އެލޯނަށް ފައިސާ ނުދެއްކިއްޖެ ޙާލަތެއްގައި، އެލޯނުގެ ފައިސާ ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް
ލިމިޓެޑަށް ލިބިދިނުމުގެ ޔަޤީންކަން ޤާއިމްކުރުމަށްޓަކައި، ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑުގައި ރަހުނުގެ
ގޮތުގައި ބެހެއްޓިފައިވާ ހ. އޮރިއެންޑަރ އެވެކިޔުނު ގޯތީގެ ވެރިފަރާތްކަމާއި، މިގޮތުން މިދެފަރާތަކީވެސް ބޭންކް
އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑާއެކު ވެފައިވާ ލޯން އެއްބަސްވުމުގެ ބައިވެރިން ކަމުގައިވިއަސް، މިދެފަރާތުގެ
ދެމެދުގައި އެފައިސާ އާމެދު އެއްބަސްވުމެއް ވެފައިނުވާކަމާއި، އަދި އެލޯނުގެ ދަށުން އަޙްމަދު ނަޝީދު
ދައްކަންޖެހޭ ފައިސާ، އާމިނަތު ޝެރިން ދެއްކުމުން، އެދެއްކި ފައިސާއަކީ އަޙްމަދު ނަޝީދު ދައްކަންޖެހޭ
ފައިސާއިން އުނިވެ، އަޙްމަދު ނަޝީދުގެ ބަދަލުގައި ދެއްކިފައިވާ ފައިސާއެއްކަމަށްވާތީ، އެފަދަ ފައިސާއަކީ
ecco
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2{13/HC-A/386
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ތަބައެރގއއކމ
އެރުޢުއެއްކަމުގައި ނުވާނަމަ، އާމިނަތު ޝެރިންއަށް އަނބުރާ ލިބެންޖެހޭ ފައިސާއެއްކަމާއި، އަދި އެލޯނުގެ
މުއްދަތުގެ ކުރިން އެފައިސާ އާމިނަތު ޝެރިން ދައްކާފައިވުމަކީ، އެފައިސާގެ މައްޗަށް އޮތް އިންޓްރެސްޓް
ކުޑަވެގެންދާނެކަމެއްކަމާއި، އަދި އެނަތީޖާއަކީ އަޙްމަދު ނަޝީދުގެ މަޞްލަޙަތުގައި އޮތް ނަތީޖާއެއްކަމަށްވާތީ،
މިފައިސާ މިފަދައިން އާމިނަތު ޝެރިން ދެއްކުމުން އަޙްމަދު ނަޝީދަށް ގެއްލުމެއް ލިބިފައިނުވާކަމާއި، އަދި
އެލޯން އެއްބަސްވުމަށް ބަލާއިރު، އެ އެއްބަސްވުމުގެ ދަށުން އަޙްމަދު ނަޝީދަށް ލިބިފައިވާ ލުޔަކީ، އެލޯނުގެ
ފައިސާ ދެއްކުމަށް ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑުން އަޙްމަދު ނަޝީދަށް ދީފައިވާ މުއްދަތު
ކަމުގައިވާތީ، އެމުއްދަތު އެގޮތުގައި އަޙްމަދު ނަޝީދަށް ލިބިދިނުމަކީ، އަޙްމަދު ނަޝީދަށް ލިބިގެންވާ
ޙައްޤެއްކަމާއި، މިގޮތުން އެލޯން އެއްބަސްވުމުގެ ދަށުން ފައިސާ ދައްކައި ޚަލާޞްކުރުމަށް އަޙްމަދު ނަޝީދަށް
ދެވިފައިވާ މުއްދަތަކީ 31 ޑިސެމްބަރ 2014 ގެ ނިޔަލަށް ކަމުގައިވާތީ،
އާމިނަތު ޝެރިން ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑަށް ދައްކާފައިވާ -/393,111ރ. (ތިންލައްކަ
ނުވަދިހަ ތިންހާސް އެއްސަތޭކަ އެގާރަ ރުފިޔާ) އަނބުރާ އާމިނަތު ޝެރިންއަށް ލިބިދިނުމަށްޓަކައި، މިއަދު 20
އޯގަސްޓް 2013 ވަނަ ދުވަހުން ފެށިގެން، ކޮންމެ މަހަކު މަދުވެގެން އެމަހަކަށްޖެހޭވަރު މިކޯޓަށް
ދައްކަމުންގޮސް، މިފައިސާ 31 ޑިސެމްބަރ 2014 ގެ ނިޔަލަށް އެއްކޮށް ދައްކައި ޚަލާޞްކުރުމަށް ދ.ހުލުދެލި
| އައްސޭރި، އަޙްމަދު ނަޝީދަށް އަންގައި، ޙުކުމްކޮށްފީމެވެ." މިފަދައިންކަން އެނގެން އޮވެއެވެ.
2- ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/156 ޤަޟިއްޔާ އެކޯޓުން ނިމިފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ދ. ހުޅުދެލި (އައްސޭރި،
އަޙްމަދު ނަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖުލީހަށް 03 (ތިނެއް) ނުކުތާއެއް
ހުށަހަޅައި އެނުކުތާތަކާއިބެހޭ ގޮތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެނުކުތާތަކަކީ:
ފުރަތަމަ ނުކުތާއަކީ، ބޭންކް އޮފް މޯލްޑިވްސް އިން ދ. ހުޅުދެލި އައްސޭރި، އަޙްމަދު
ނަޝީދު ނަގާފައިވާ ލޯނު ފައިސާ އެއްބަސް ވެފައިވާ ގޮތަށް ދައްކަމުން ދާކަން ބޭންކް އޮފް މޯލްޑިވްސްގެ
ހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮންނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{13/HC-A/386
ނަންބަރު 2013
/
237/BML
/
LEGAL ސީޓީ އިން އެނގެން އޮތްއިރު ދ. ހުޅުދެލި | އައްސޭރި،
އަޙްމަދު ނަޝީދުގެ މައްޗަށް ސާބިތު ދަރަންޏެއް އޮންނަ ގޮތަށް ޙުކުމް ކުރައްވާފައިވާ ކަމަށް ބުނެ ހުށަހެޅި
ކއވެ
ދެވަނަ ނުކުތާއަކީ، އާމިނަތު ޝެރިންއަކީ މިލޯނަށް ޔަޤީންކަން ދީފައިވާ ފަރާތް ކަމަށްވެފައި،
އަޙްމަދު ނަޝީދު ބުނި ބުނުމަކާ ނުލައި އަދި ބޭންކުންވެސް އެންގުމަކާނުލައި އޭނާ އަމިއްލަ ހައިސިއްޔަތުން
އެފައިސާ ދައްކާފައިވުމުން އެއީ އަޙްމަދު ނަޝީދު އަނބުރާ އޭނާއަށް ފައިސާ ދޭންޖެހޭ
ނޫންކަމަށްވާއިރު އެކަމުގެ މައްޗަށް ބައްލަވައިފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/156 ޤަޟިއްޔާގެ ޙުކުމުގެ
ސަބަބުން މަހުން މަހަށް އަޙްމަދު ނަޝީދު ބޭންކަށް ދައްކަންޖެހޭ މިންވަރަށްވުރެ ބޮޑު ޢަދަދެއްގެ ފައިސާ
ކޮންމެ މަހަކު އަޙްމަދު ނަޝީދު، އާމިނަތު ޝެރިންއަށް ދައްކަންޖެހޭކަމަ
ހޯކަމަށް ޙުކުމް ކުރައްވާފައިވާ ކަމަށް ބުނެ
ހުށަހެޅި ނުކުތާއެވެ.
3- މިމައްސަލައާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދެފަރާތުން
ދީފައިވާ ބަޔާންތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/156 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓާއި އަދި އެރިޕޯޓާއި އެކުގައިވާ، ލިޔެކިޔުންތަކާއި ބަޔާންތަކާއި މިމައްސަލައާއި ގުޅޭގޮތުން ޝަރީޢަތަށް
ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ބޭންކް އޮފް މޯލްޑިވްސް އިން އަޙްމަދު ނަޝީދު ނަގާފައިވާ
ލޯނުފައިސާ އެއްބަސްވެފައިވާ ގޮތަށް ދައްކަމުން ދާކަން ބޭންކް އޮފް މޯލްޑިވްސް ގެ ނަންބަރު
2013
/
237/BML
/
LEGAL ސީޓީން އެނގެން އޮތްއިރު އަޙްމަދު ނަޝީދުގެ މައްޗަށް ސާބިތު ދަރަންޏެއް
އޮންނަ ގޮތަށް ޙުކުމް ކުރައްވާފައިވާ ކަމަށްބުނެ އިސްތިއުނާފު ކުރިފަރާތުން ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު،
ހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
6
2{13/HC-A/386
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
6 82
އެސިޓީގައި އަޙްމަދު ނަޝީދުއަށް ބޭންކް އޮފް މޯލްޑިވްސްގެ ސެންކްޝަން ސިޓީ
ނަންބަރު:
3787
/
2008/(40051
/
2006-KDHB
/
ADV (17 މާރޗް 2008) ގެ ދަށުން ދޫކުރެވިފައިވާ ލޯނު
17 ޖެނުއަރީ 2012 ގައި އެއްކޮށް ފައިސާ ދައްކާ ޚަލާސް ކުރެވިފައިވާ ކަމަށާއި، އަދި ލޯނަށް ފައިސާ ދައްކާ
ފައިވަނީ އެއްބަސްވެފައިވާ ގޮތުގެ މަތީން ކަމަށް ވާތީ މިލޯނަށް ޖޫރިމަނާއެއް ދައްކަން ޖެހިފައިނުވާ ކަމަށްވެސް
ބަޔާންކުރެވިފައިވާކަން އެނގޭ ކަމާއި
މިލޯނަށް ފައިސާ ދައްކަން ޖެހޭ އަސްލުފަރާތަކީ އަޙްމަދު ނަޝީދު ކަމާއި، އައިމިނަތު ޝެރިން އަކީ
އެލޯނަށް ފައިސާ ނުދެއްކިއްޖެ ހާލަތެއްގައި ލޯނުގެ ފައިސާ ބޭންކަށް ލިބިދިނުމުގެ ޔަޤީންކަން ޤާއިމް
ކުރުމަށްޓަކައި އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގައި ރަހުނު ގެ ގޮތުގައި ބެހެއްޓިފައިވާ ހ.އޮރިއެންޑަރ
އެވެ ކިއުނު ގޯތީގެ ވެރިފަރާތްކަން އެނގޭ ކަމާއި އަދި އައިމިނަތު ޝެރިން މިލޯނަށް ފައިސާ ދައްކާފައިވާކަން
އަޙްމަދު ނަޝީދުގެ ބަހުންވެސް އެނގޭކަމާއި އަދި އައިމިނަތު ޝެރިން މިލޯނަށް ފައިސާ ދައްކަން
ފައްޓާފައިވަނީ 14 ޖޫން 2011 ގައި ކަމަށް ވާއިރު އޭގެ ކުރިން 7 (ހަތެއް) މަހުގައި ޖެހިޖެހިގެން ލޯނަށް
ފައިސާދައްކާފައި ނުވާ ކަމާއި އަދި ހަތްމަހުގައި ލޯނަށް އިންޓަރެސްޓް އަރާފައިވާކަން ލޯނު އެކައުންންޓް
ސްޓޭޓްމަންޓުންނާއި ބަޔާންތަކުންވެސް އެނގެން އޮތުމުން އައިމިނަތު ޝާރިން ލޯނަށް ފައިސާ ދައްކަން
ޖެހުނީ އަޙްމަދު ނަޝީދުގެ ފަރާތުން ބަރާބަރަށް ލޯނަށް ފައިސާ ދައްކަމުން ނުދާތީ ކަމަށް އައިމިނަތު ޝެރިން
ބުނެފައިވާ ބުނުމަކީ ހަޤީގަތާއި އެއްގޮތަށް ބުނެފައިވާ ބުނުމެއްކަން އެނގޭކަމާއި، އަދި އައިމިނަތު ޝާރިން
ލޯނަށް ފައިސާ ދައްކަން ފެށިފަހުން އަޙްމަދު ނަޝީދުގެ ފަރާތުން ލޯނަށް ފައިސާ ދައްކަމުން
ގެންގޮސްފައިނުވާއިރު، އަދި އަޙްމަދު ނަޝީދު ނަގާފައިވާ ލޯނަށް އައިމިނަތު ޝެރިން ދެއްކިފައިސާ އަކީ
ތަބައްރުޢުގެ ގޮތުން ދައްކާފައިވާ ފައިސާއެއްކަން ސާބިތުކުރެވޭނެ އެއްވެސް ހުއްޖަތެއްވެސް ނެތްއިރު، އަޙްމަދު
ނަޝީދުގެ މައްޗަށް ސާބިތު ދަރަންޏެއް އޮންނަ ގޮތަށް ސިވިލް ކޯޓުން ހުކުމް ކުރައްވާފައިވާ ކަމަށް ބުނެ
މައްސަލަ އިސްތިއުނާފު ކުރިފަރާތުން ހުށަހެޅި މިނުކުތާގައި އެކަން ޤާނޫނީ ހަމަތަކާ ޚިލާފުވެފައި ވަނީ
ކޮންގޮތަކަށްކަން އިސްތިއުނާފު ކުރިފަރާތުން ބަޔާންކޮށްދެވިފައިނުވާކަން އެނގެއެވެ.
oco
OXO
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2[13/HC-A/386
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ﷲކށް
(ނ) ދެވަނަ ކަމަކީ، އަޙްމަދު ނަޝީދުގެ ފަރާތުން މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅި ދެވަނަ
ނުކުތާއާއި ތިންވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު
އައިމިނަތު ޝީރީން ލޯނަށް ފައިސާ ދައްކަން ފައްޓާފައިވަނީ އަޙްމަދު ނަޝީދުގެ ފަރާތުން އެލޯނަށް
ފައިސާ ނުދައްކާ ޖެހިޖެހިގެން 7 (ހަތެއް) މަސްވެ ލޯނަށް އިންޓަރެސްޓް އަރަމުން ގޮސްފައިވުމުން ކަން
އެނގޭކަމާއި އަދި އައިމިނަތު ޝީރީން ލޯނަށް ފައިސާ ދައްކަން ފެށިފަހުން އަޙްމަދު ނަޝީދު ލޯނަށް ފައިސާ
ދެއްކުން ހުއްޓާލައިފައިވާކަން އަޙްމަދު ނަޝީދުގެ ބަޔާނުންވެސް އެނގޭއިރު އަޙްމަދު ނަޝީދު
ދައްކަންޖެހޭ މިންވަރަށް ފައިސާ ދައްކާފައިނުވާކަމާއި
އަޙްމަދު ނަޝީދުގެ ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްއިން ނަގާފައިވާ ލޯނަށް އައިމިނަތު
ޝެރިން ދައްކާ ފައިވާ ފައިސާއެއް އަޙްމަދު ނަޝީދުގެ ފަރާތުން އައިމިނަތު ޝެރިން އަށް ދޭންނުޖެހޭ ކަމަށް
ބެލެވޭފަދަ ޝަރުޢީ ނުވަތަ ޤާނޫނީ ހުއްޖަތެއް އިސްތިއުނާފުކުރިފަރާތަށް ހުށަހެޅިފައި ނުވާކަމާއި
އިސްތިއުނާފު ކުރެވިފައިވާ ދަށުކޯޓުގެ ޤަޟިއްޔާގައި އައިމިނަތު ޝީރީން އަށް އަޙްމަދު
ނަޝީދު ފައިސާ ދައްކާ ޚަލާސް ކުރުމަށް އަޙްމަދު ނަޝީދުއަށް އަންގަވާފައިވަނީ ފެންނަންހުރި
ލިޔެކިޔުންތަކަށާއި މުޅި މައްސަލާގެ ވަށައިގެން ހިނގި އެންމެހައި ކަންކަމުގެ މައްޗަށް ބެލެވި ރިޢާޔަތް
ކުރެވިގެންކަން އެމައްސަލާގައި ދަށުކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3
ވަނަ ނަންބަރުގެ ދަށުން ބަޔާންކުރެވިފައިވާ ކަންކަމަށާއި ހުކުމަށް ބެލުމުން އެނގޭއިރު، އިސްތިއުނާފުކުރި
ފަރާތުން މިނުކުތާގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު ދަށުކޯޓުން ޤާނޫނެއް ނުވަތަ ޤަވާއިދެއް ގޯސްކޮށް
ތަޠުބީޤުކޮށްފައިވާ ކަމަށް ބެލޭނެތަނެއް ނެތްކަން އެނގެއެވެ.
އެހެންކަމުން އިސްވެފާހަގަ ކުރެވުނު ކަންކަން އެގޮތަށް ހުރުމުން ސިވިލް ކޯޓުގެ
ނަންބަރު 2012/Cv-C/156 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް
ކުރައްވާފައިވާ ކަމަށް ބުނެ އަޙްމަދު ނަޝީދުގެ ފަރާތުން މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅި
މައްޗަށް ބަލާއިރު
ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް
އޮތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
އެކެމެއެ
4 3 253
234 ދه
e como
میرا مما
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް
www.highcourt.gov.my enos
8
2013/HC-A/386
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޙުކުމް:
ދެންފަހެ އިސްވެ ބަޔާންކުރެވުނު އެންމެހައި ކަންކަން ބަޔާންކުރެވިދިޔަ ގޮތަށް ހުރު
ހުރުމާއެކު
ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/156 ޤަޟިއްޔާގެ ޙުކުމަށް ބަދަލުގެންނަން ޖެހޭފަދަ ޝަރުޢީ އަދި
ޤާނޫނީ ވިއަސް ސަބަބެއް ނެތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި އެގޮތުގެ މަތީން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv