ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/117 ޤަޟިއްޔާގެ ޙުކުމް
1
2{11/HC-A/117
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
e)
ރާއްޖޭގެ
0
އެހިރާއްޖޭގެ ހަޢީ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 117/HC
-
A/2011
• އިސްތިއުނާފުކުރި ފަރާތް:
* ނަން: މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް ދާއިމީ އެޑްރެސް: ފ. މައިޒާން
* ރަޖިސްޓްރީ ނަންބަރު: 226
/
99-C
މިހާރުގެ އެޑްރެސް: ފ. މައިޒާން
. އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢުމަރު ވަޙީދު
ދާއިމީ އެޑްރެސް: މ. ރަންބޮލި
އައިޑީ ކާޑުނަންބަރު: A122985
މިހާރުގެ އެޑްރެސް:
ދިމިޝްޤް
. ރަޖިސްޓްރީ ތާރީޚް: 22 ޖުމާދުލްއާޚިރް 1432 ނިމުނު ތާރީޚް: 16 ރަބީޢުލްއައްވަލު 1434
ޖެނުއަރީ
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2010/VTR/189
ނިންމެވި ފަރާތް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
• މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
ހުށަހެޅި ތާރީޚް: 02.08.2010
ނިމުނު ތާރީޚް: 23.09.2010
i
25
2011
28
2013
0
މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ފަނޑިޔާރު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-A/117
189VTR/2010
• ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ،
އެޓްރައިބިއުނަލްއިން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށްބުނެ މޯލްޑިވް ގޭސް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން އެމައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު
ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މ.ރަންބޮލި ޢުމަރު ވަޙީދު (އައިޑީ ކާޑު
ނަންބަރު: A122985) އެވެ.
ވެންގެ
189/VTR/2010
• ފާހަގަކުރެވުނު ނުކުތާތައް
1) އިސްތިއުނާފުކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލާގައި، ޢުމަރު ވަޙީދު މ. ރަންބޮލީ: މާލެ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A122985) }
މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރޭޝަން ނަންބަރު 226
/
99-C) ގައި ވަޒީފާ އަދާކުރަމުން
ދަނިކޮށް، ހުރި މަޤާމަށްވުރެ ދަށް މަޤާމަކަށް ބަދަލުކުރާ ވާހަކަ އެންގުމުން އެކަން ޤަބޫލުނުކުރާނެކަމަށް ބުނުމުން،
މަޤާމު އުވާލުމަށްފަހު 05 މެއި 2010 ދުވަހުން ފެށިގެން ވަޒީފާއިން ވަކިކޮށްފައިވާތީވެ އެކަމުގެ ބަދަލު ހޯދުމުގެ
ގޮތުން، މިހާރު ލިބެމުން އަންނަ މުސާރައާއި ހުރިހާ އިނާޔަތްތަކާއިއެކު މަދުވެގެން 1 އަހަރުގެ މުސާރައާއި
އިނާޔަތްތަކަށް -/
147,300ރ. (އެއްލައްކަ ސާޅީސްހަތްހާސް ތިންސަތޭކަ ރުފިޔާ) ހޯދުމަށް، 02 އޯގަސްޓް
2012 ގައި މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑަށް ރައްދުވާގޮތަށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅި
މައްސަލައެއްކަމާއި،
އެމައްސަލަ ނިންމަވާފައިވަނީ "...ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތާއި، މައްސަލަ ރައްދުވި
ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށާއި، ފާހަގަކުރި ކަންކަމުގެ މައްޗަށް ރިޢާޔަތްކުރާއިރު، މައްސަލަ ހުށަހެޅި ޢުމަރު
ވަޙީދު މ. ރަންބޮލި މާލެ (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A122985) މޯލްޑިވްސް ގޭސް
ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރޭޝަން ނަންބަރު: 226199-C)ގައި، 6 ޑިސެމްބަރ 2009ން ފެށިގެން
އެސިސްޓެންޓް މެނޭޖަރ ތިލަފުށި ފިލިންގ ޕްލާންޓްގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، އުމަރުވަހީދު އެމަގާމުން
05 މެއި 2010 ވަނަ ދުވަހު ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކޮށްދިނުމަކީ މައްސަލަ
ރައްދުވާ ފަރާތުގެ ޒިންމާއަކަށްވީ ހިނދު، މައްސަލަ ރައްދުވާ މޯލްޑިވްސް ގޭސް ޕްރައިވެޓް
0 0 2 0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
3
2{011/HC-A/117
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ސާބިތުކޮށްދެވިފައި ނުވާތީ، ގާނޫނު ނަންބަރ 02/2008 (ވަޒީފާއާބެހޭ ގާނޫނު) ގެ 27 ވަނަ މާއްދާއަށް
ރިޢާޔަތްކޮށް އުމަރު ވަހީދު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ގާނޫނުގެ 21 ވަނަ މާއްދާއާއި ޚިލާފަށް ކަމަށް
މައްސަލަބެލި މަޖިލީހުގެ އިއްތިފާގުން ކަނޑައަޅައި، ވަޒީފާއާބެހޭ ގާނޫނުގެ 29 ވަނަ މާއްދާގެ (ރ) ގެ ދަށުން ،
ބަދަލުގެ ގޮތުގައި، އުމަރު ވަޙީދު ވަޒީފާއިން ވަކިކުރި އިރު ހުރި މަގާމުގެ މުސާރައާއި ވަޒީފާ އަދާކުރި މުއްދަތަށް
ބަލައި ތިން މަސްދުވަހުގެ މުސާރައާއި އިނާޔަތްތަކަށްވާ 36825.00 (ތިރީސްހަހާސް އަށްސަތޭކަ ފަންސަވީސް)
ރުފިޔާ، 23 ސެޕްޓެމްބަރ 2010 ދުވަހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އޭނާއަށް އެކީ އެއްފަހަރާ
ދައްކާ ޚާލާސްކުރުމަށްފަހު، އެކަން 3 ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ލިއުމުން
މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އަމުރުކުރަމެވެ." މިގޮތަށް، އަމުރުކުރައްވާފައިވާކަން އެމައްސަލަ
ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.
02) 22
/23ށ
2) ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/189 މައްސަލަ، އެޓްރައިބިއުނަލްއިން
ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
އެމައްސަލަ އިސްތިއުނާފު ކުރަމުން މައިގަނޑު 09 (ނުވައެއް) ނުކުރާ
ނުކުތާއެއް ފާހަގަކޮށް، އެ ނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަ ދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ޢުމަރު ވަޙީދު ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅައިގެން
ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/189 މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން މައްސަލަ
ނިންމަވާފައިވަނީ މައްސަލައާގުޅޭ ޙަޤީޤަތްތަކަށް ފުރިހަމައަށް ރިޢާޔަތް ނުކުރައްވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
4 22
• ދެވަނަ ނުކުތާއަކީ، ޢުމަރު ވަޙީދު ވަޒީފާއިން ވަކިކުރެވިފައިވަނީ މޯލްޑިވް ގޭސް ޕްރައިވެޓް
ލިމިޓެޑްގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި އެކުންފުނީގެ އޮނިގަނޑަށް ގެނެވުނު އިޞްލާޙުގެ ދަށުންކަމަށް
ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އެކުންފުނިން ސާބިތުކޮށްދީފައިވީނަމަވެސް މައްސަލަ ނިންމެވިއިރު މިކަމަށް
އެކަށީގެންވާވަރަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ރިޢާޔަތް ކުރައްވާފައިނުވާކަން ފާހަގަކުރެވޭކަމަށްވާން ޖެހެޅީ
ހދ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
4
2{11/HC-A/117
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
oc
• ތިންވަނަ ނުކުތާއަކީ، މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުން އަލަށް އެކުލަވާލާފައިވާ
އެކުންފުނީގެ އޮނިގަނޑުގައި، ޢުމަރު ވަޙީދު އަދާކުރަމުންދިޔަ އެސިސްޓެންޓް މެނޭޖަރގެ މަޤާމް އުވި، އަދި އަލަށް
އެކުލަވާލެވުނު އޮނިގަނޑުގައި ޢުމަރު ވަޙީދު މަސައްކަތް ކުރަމުންދިޔަ ޑިޕާޓްމަންޓް ހިންގާނީ މެނޭޖަރ ލެވެލްގެ
މީހަކު ކަމުގައި ކަނޑައެޅުނުކަމަށާއި އަދި މިގޮތުން ޢައްޔަންކުރާ މެނޭޖަރަކީ އެންމެ ކުޑަވެގެން ޑިގްރީ ފެންވަރުގެ
ތަޢުލީމީ މީހަކު ކަމުގައި ވާންޖެހޭނެކަމަށް ކަނޑައަޅާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
• ހަތަރުވަނަ ނުކުތާއަކީ، މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ތިލަފުށީގެ ޕްލާންޓްގައި
ހިނގަމުންދާ މަސައްކަތަކީ މުޅި އެކުންފުނީގެ ވިޔަފާރީގެ ވަރަށް
ބައެއް ޙިއްސާކުރާ
މަސައްކަތެއްކަމަށްވުމާއެކު، މިފަދަ މުހިންމު ޑިޕާޓްމެންޓެއް ހިންގުމަށް ޢައްޔަންކުރާ އިސްވެރިޔަކީ، ކަމަށް ޤާބިލް،
ތަޢުލީމީ މީހަކަށް ވާންޖެހޭނެކަމަށް އެކުންފުނީގެ އިންޓަރނަލް އޮޑިޓުންވެސް މެނޭޖްމަންޓަށް ހުށަހެޅިކަމަށާއި،
އިންޓަރނަލް އޮޑިޓުން ކުންފުނީގެ މެނޭޖްމަންޓަށް މިހުށަހެޅުން ހުށަހަޅާފައިވަނީ ތިލަފުށީގެ ހިންގުމުގައި
ދިމާވަމުންދިޔަ މައްސަލަތަކަށް ރިޢާޔަތްކޮށް މެނޭޖްމަންޓަށް ހުށަހެޅި އިޞްލާޙީ ފިޔަވަޅުތަކެއްގެ ގޮތުގައިކަމަށާއި،
އިންޓަރނަލް އޮޑިޓުން މިހުށަހެޅުން ބަޔާންކޮށް މެނޭޖްމަންޓަށް ފޮނުވާފައިވާ ލިޔުމަކީ އެކުންފުނިން އެއިރު
ޢަމަލުކުރަމުންދިޔަ ޢާންމު އުޞޫލުތަކާ އެއްގޮތަށް ހުށަހަޅާފައިވާ ޞައްޙަ ލިޔުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
ex
. ފަސްވަނަ ނުކުތާއަކީ، އަލަށް އެކުލަވާލެވުނު
އެކުލަވާލެވުނު އޮނިގަނޑުގައި މޯލްޑިވް ގޭސް ޕްރައިވެޓް
ލިމިޓެޑްގެ ތިލަފުށި ޕްލާންޓް ހިންގުމަށް ޙަވާލުވެ ހުންނާނެ މެނޭޖަރުގެ މަޤާމަށް ޢުމަރު ވަޙީދު ޝަރުޠު
ފުރިހަމަނުވާކަމަށް، އެކުންފުނީގެ އަލަށް އެކުލަވާލެވުނު އޮނިގަނޑުގެ ދަށުން ކަނޑައެޅުނު މަޤާމްތަކަށް މީހުން
ޢައްޔަންކުރުމަށް އެކުލަވާލެވުނު ކޮމިޓީން ނިންމާފައިވާކަމަށާއި މިކޮމެޓީން ނިންމުން ބަޔާންކޮށް މެނޭޖްމަންޓަށް
ފޮނުވާފައިވާ ލިޔުމަކީ އެކުންފުނިން އެއިރު ޢަމަލުކުރަމުންދިޔަ ޢާންމު އުޞޫލުތަކާ އެއްގޮތަށް ހުށަހަޅާފައިވާ
ޞައްޙަ ލިޔުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
އަދި ބާކީވާ
• ހަވަނަ ނުކުތާއަކީ ޢުމަރު ވަޙީދު މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން
ވަކިކޮށްފައިވަނީ އާ ސްޓްރަކްޗަރގައި ހިމެނޭ މުވައްޒަފުން ފާހަގަކޮށް އެމުވައްޒަފުން ޢައްޔަންކޮށް
މުވައްޒަފުންނާމެދު ޢަމަލުކުރުމަށް ރެމިއުނަރޭޝަން ކޮމިޓީން ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ
މަތިންކަމަށާއި ޢުމަރު ވަޙީދު ވަޒީފާއިން ވަކިކޮށްފައިވަނީ މަތީގައި ބަޔާންކުރެވުނު ސަބަބުތަކުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
ކަންކަމަށް
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{011/HC-A/117
އެކުންފުނިން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް
އެކުންފުނިން ސާބިތުކޮށްދީފައިވީނަމަވެސް، ޓްރައިބިއުނަލްއިން މައްސަލަ ނިންމުމުގައި ޢުމަރު ވަޙީދު ވަޒީފާއިން
ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެން ނޫންކަމަށް ކަނޑައަޅުއްވާފައިވަނީ މަތީގައި ބަޔާންކޮށްފައިވާ
އެކަށީގެންވާ ވަރަށް ރިޢާޔަތް ނުކުރައްވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
6(2
ހަތްވަނަ ނުކުތާ، ޢުމަރު ވަޙީދަކީ 6 މަސްދުވަހަށްވުރެ ކުރު މުއްދަތެއްގައި މޯލްޑިވް ގޭސް
ޕްރައިވެޓް ލިމިޓެޑުގައި ވަޒީފާ އަދާކޮށްފައިވާ ފަރާތެއް ކަމުގައިވީނަމަވެސް، ޤާނޫނު ނަމްބަރ 02/2008
(ވަޒީފާއާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ތިން މަސް ދުވަހަށްވުރެ ކުރުނޫން
އަދި އެއް އަހަރަށްވުރެ ދިގު ނޫން މުއްދަތަށް ވަޒީފާ އަދާކޮށްފައިވާ މުވައްޒަފަކަށް ދޭން ލާޒިމު ކޮށްފައިވާ 2
ހަފްތާގެ ނޯޓިސް ދޭން ޖެހޭނެކަމަށް ބަޔާންކޮށްފައިވާއިރު، އެޤާނޫނުގެ 25 ވަނަ މާއްދާގައި ނޯޓިސް ދިނުމުގެ
ބަދަލުގައި ނޯޓިސްގެ މުއްދަތު ފެށޭ ދުވަހުން ފެށިގެން އެމުއްދަތު ނިމޭ ދުވަހުގެ ނިޔަލަށް މުސާރައާއި އެހެނިހެން
ޢިނާޔަތްތައް ދިނުމަށްފަހު އެމުވައްޒަފަކު ވަޒީފާއިން ވަކި ކުރެވިދާނެކަމަށް ބަޔާންކޮށްފައިވާތީ މޯލްޑިވް ގޭސް
ޕްރައިވެޓް ލިމިޓެޑުން މިގޮތަށް ޢަމަލުކޮށް 2 ހަފްތާގެ ނޯޓިސް ދިނުމަށްފަހު ވަޒީފާއާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެ
މަތިން ޢުމަރު ވަޙީދު ވަޒީފާއިން ވަކިކޮށްފައިވީނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން މިކަމަށް
ރިޢާޔަތްކުރައްވާފައި ނުވާކަން ފާހަގަކުރައްވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
174
• އަށްވަނަ ނުކުތާ، ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން މައްސަލަ ނިންމެވިއިރު، ޢުމަރު ވަޙީދު
ވަޒީފާއިން ވަކިކުރުމުން ގެއްލުން ލިބިފައިވާކަމަށް ކަނޑައަޅައި 3 މަސޯދުވަހުގެ މުސާރައާއި ޢިނާޔަތްތަކަށްވާ
-36,8251ރ. (ތިރީސްހަހާސް އަށްސަތޭކަ ފަންސަވީސް ރުފިޔާ) ދިނުމަށް މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ
މައްޗަށް އަމުރު ކުރައްވާފައިވާއިރު، މިފަދަ ބޮޑު ޢަދަދެއް ދިނުމަށް ޓްރައިބިއުނަލްއިން ޢަމުރުކުރައްވާފައިވަނީ،
ޢުމަރު ވަޙީދަކީ އެކުންފުނީގައި 6 މަސްދުވަހަށްވުރެ ވެސް ކުރު މުއްދަތެއްގައި ވަޒީފާ އަދާކޮށްފައިވާ
މިވާ ފަރާތެއްކަމަށް
ސާބިތުކޮށްދީފައިވާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން މިކަމަށް އެކަށީގެންވާ ވަރަށް ރިޢާޔަތްކުރައްވާފައި
މަށް ބުނެ ހުށަހެޅި ނުކުތާ.
ނުވާކަމަށް
• ނުވަވަނަ ނުކުތާ، މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ވިޔަފާރި ކުރިއަރުވައި އެކުންފުނީގެ
ޚަރަދު ކުޑަކޮށް، ފައިދާ އިތުރުކުރުމަށްޓަކައި އެކުންފުނިން ކަންތައްތައް ހިނގަމުން އަންނަ އާކޮއަށް ވާދަލު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
+
6
2{11/HC-A/117
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މެޝިނަރީ ބޭނުންކުރުޓް
ގެނައުމަކީ އެކުންފުންޏަށް ލިބިގެންވާ ޙައްޤެއް (ޕްރިނޮގެޓިވް ރައިޓްއެއް) ކަމަށާއި، މިގޮތުން އެކުންފުނިން
ކުރަމުން އަންނަ ވިޔަފާރި ބަދަލުކުރުމާ، އެކުންފުނީގެ އޮނިގަނޑު ބަދަލުކުރުމާއި، އިންސާނުންކުރާ މަސައްކަތް
ކުރުމަށް ބޭނުންކުރުންފަދަ ކަންކަމާ ގުޅިގެން އެކުންފުނީގެ މުވައްޒަފުން ވަކިކުރުމަކީ އެކުންފުންޏަށް
ލިބިގެންވާ ޙައްޤެއްކަމަށާއި، މިއީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ވަޒީފާ ދޭ ފަރާތަށް ކަށަވަރުކޮށްދީފައިވާ
ޙައްޤެއްކަމަށާއި، މިގޮތުން އެކުންފުނީގެ އޮނިގަނޑަށް ގެންނަ ބަދަލަކުން ނުވަތަ އެހެންވެސް ސަބަބަކާހުރެ،
އެކުންފުނީގެ އޮނިގަނޑުން ޖާގަ ނުލިބި ބާކީވާ (ރިޑަންޑަންޓް ވާ) މުވައްޒަފުން ދާއިމަށް އެކުންފުނީގެ
މުވައްޒަފުންގެ ގޮތުގައި ގެންގުޅެން މަޖުބޫރު ކުރުވާނެ ފަދަ ގޮތަކަށް ޓްރައިބިއުނަލްއިން މައްސަލަ ނިންމުމަކީ،
ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ ދަށުން މުދާ މިލްކުކޮށް މުޢާމަލާތުކުރުމަށް އެކުންފުންޏަށް ލިބިދޭ ޙައްޤަށް
އުނިކަމެއް ލިބިގެންދާ ގޮތަށް ނިންމާފައިވާ ނިންމުމެއްކަން ފާހަގަކުރެވޭކަމަށް ބުނެ ހުށަހެޅި ނުކުތާ
22 22
3) މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/189 މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި
ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ޢުމަރު ވަޙީދު މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގައި ވަޒީފާ އަދާކުރަންފެށި
ތާރީޚަކީ 6 ޑިސެމްބަރ 2009 ކަމަށާއި އަދި ވަޒީފާއިން ވަކިކުރެވުނު ތާރީޚަކީ 5 މެއި 2010 ކަން
ފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/189 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން
އޮންނަކަމާއި، ޢުމަރު ވަޙީދު ވަޒީފާއިން ވަކިކުރެވުނުއިރު ޢުމަރު ވަޙީދު ހުރީ މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ
ތިލަފުށީ ފިލިންގ ޕްލާންޓްގައި އެސިސްޓަންޓް މެނޭޖަރ ކަމުގެ މަޤާމުގައިކަން އެނގެން އޮންނަކަމާއި،
5 މެއި 2010 ގައި ޢުމަރު ވަޙީދު ވަޒީފާއިން ވަކިކުރިއިރު މޯލްޑިވް ގޭސް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން އިސްވެ ބުނެވުނު ތާރީޚުގައި ޢުމަރު ވަޙީދަށް ފޮނުވާފައިވާ ނަންބަރު 181/MGPL
-
10
/
HR
ސިޓީގައި 1 މެއި 2010 އިން ފެށިގެން މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ހިންގުން އިތުރަށް ހަރުދަނާކޮށް
ޒިންމާދާރުކުރުމަށްޓަކައި، އެކުންފުނީގެ އޮނިގަނޑަށާއި މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލުތަކެއް
ގެނެވިފައިވާކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި އެގޮތުގެ މަތިން ތިލަފުށީ ފިލިންގ ޕްލާންޓްގައި އެ
އްޖޭގެ ޓީންޓް
A
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-A/117
މެނޭޖަރެއްގެ މަޤާމު ހިމެނިފައިނުވާކަމާއި އަދި ޢުމަރު ވަޙީދު 5 މެއި 2010 އިން ފެށިގެން ވަޒީފާއިން
ވަކިކޮށްފައިވާކަމާއި އަދި 2 ހަފްތާގެ ނޯޓިސްއަށްވާ މުސާރަ ޢުމަރު ވަޙީދުގެ އެކައުންޓަށް ޖަމާކޮށްދެވޭނެކަމަށް
އެސިޓީގައި ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭކަމެވެ.
(ނ) ދެވަނަ ކަމަކީ، ޢުމަރު ވަޙީދު ވަޒީފާއިން ވަކިކުރެވިފައިވަނީ މޯލްޑިވް ގޭސް ޕްރައިވެޓް
ލިމިޓެޑްގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި އެކުންފުނީގެ އޮނިގަނޑަށް ގެނެވުނު އިޞްލާޙުގެ ދަށުންކަމަށް
ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އެކުންފުނިން ސާބިތުކޮށްދީފައިވީނަމަވެސް މައްސަލަ ނިންމެވިއިރު މިކަމަށް
އެކަށީގެންވާވަރަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ރިޢާޔަތް ކުރައްވާފައިނުވާކަން ފާހަގަކުރެވޭކަމަށް ބުނެ ހުށަހެޅި
ނުކުތާތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުން ނަޒަރުކުރިއިރު،
މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުން އަލަށް އެކުލަވާލާފައިވާ އެކުންފުނީގެ އޮނިގަނޑުގައި، ޢުމަރު
ވަޙީދު އަދާކުރަމުންދިޔަ އެސިސްޓަންޓް މެނޭޖަރގެ މަޤާމް އުވި، އަދި އަލަށް އެކުލަވާލެވުނު އޮނިގަނޑުގައި ޢުމަރު
ވަޙީދު މަސައްކަތް ކުރަމުންދިޔަ ޑިޕާޓްމަންޓް ހިންގާނީ މެނޭޖަރ ލެވެލްގެ މީހެއްކަމަށް ކަނޑައަޅާފައިވާކަން
ފާހަގަކުރެވޭކަމާއި، އަދި މިގޮތުން ޢައްޔަންކުރާ މެނޭޖަރެއް ވާންޖެހޭނީ އެންމެ ކުޑަވެގެން ޑިގްރީ ފެންވަރުގެ
ތަޢުލީމީ މީހަކު ކަމަށް މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުން ކަނޑައެޅިކަން އެނގޭކަމާއި، އަދި އަލަށް
އެކުލަވާލެވުނު އޮނިގަނޑުގައި ތިލަފުށި ޕްލާންޓް ހިންގުމަށް ޙަވާލުވެ ހުންނާނެ މެނޭޖަރުގެ މަޤާމަށް ޢުމަރު ވަޙީދު
ޝަރުޠު ފުރިހަމަނުވާކަމަށް، މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ އަލަށް އެކުލަވާލެވުނު އޮނިގަނޑުގެ ދަށުން
ކަނޑައެޅުނު މަޤާމްތަކަށް މީހުން ޢައްޔަންކުރުމަށް އެކުލަވާލެވުނު ކޮމިޓީ (އެސެސްމެންޓް ޕެނަލް) އިން
ނިންމާފައިވާކަމަށާއި މިކޮމެޓީން ނިންމުން ބަޔާންކޮށް މެނޭޖްމަންޓަށް ފޮނުވާފައިވާ ލިޔުމަކީ މޯލްޑިވް ގޭސް
ޕްރައިވެޓް ލިމިޓެޑުން އެއިރު ޢަމަލުކުރަމުންދިޔަ ޢާންމު އުޞޫލުތަކާ އެއްގޮތަށް ހުށަހަޅާފައިވާ ޞައްޙަ
ލިޔުމެއްކަމަށް މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި
ބުނެފައިވާކަން ފާހަގަކުރެވޭކަމާއި، އަދި އެކުންފުނީގެ ވިޔަފާރި ކުރިއަރުވައި، ޚަރަދު ކުޑަކޮށް، ފައިދާ
އިތުރުކުރުމަށްޓަކައި އެކުންފުނީގެ ކަންތައްތައް ހިނގަމުން އަންނަ އުޞޫލަށް ބަދަލު ގެނައުމަކީ އެކުންފުންޏަށް
ލިބިގެންވާ ޙައްޤެއްކަމަށާއި، ކުންފުނީގެ އޮނިގަނޑަށް ގެންނަ ބަދަލަކުން މުވައްޒަފުން ރިޑަންޑަންޓް ކުރުމަކީވެސް
ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ޢަމަލުކުރަމުން އަންނަގޮތްކަމަށް މޯލްޑިވް ގޭސް ޕްރައިވެޓްގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާއިރު،
2 04
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-A/117
0 33x4
OX
ہی کر مسر
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 180/HC
-
A/2011 ޤަޟިއްޔާގައި، ރިޑަންޑަންސީއަކީ
ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ އެކަށީގެންވާ ސަބަބެއްތޯ ބަލާފައިވާކަމާއި،
"...ވިޔަފާރީގެ ނަފާ ހޯދުމުގެ ގޮތުން ހިންގާ ކުންފުނި ތަކުގައި، އެކުންފުނިތައް ހަރުދަނާކޮށް، ނަފާ
އިތުރު
އިތުރުވާނޭ ގޮތެއްގެ މަތިން ހިންގުމަށްޓަކައި ނުވަތަ ކުންފުނި ރީސްޓްރަކްޗަރ ކުރުން ފަދަ ކަމަކަށްޓަކައި
މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް އެކުންފުންޏަކުން ދޫކޮށްލަންޖެހޭފަދަ ޙާލަތެއް (ރިޑަންޑަންސީގެ ޙާލަތު)
މެދުވެރިވެދާނެ ކަމަށް ޤަބޫލުކުރަން ޖެހޭކަމާއި، އަދި މިފަދަ ޙާލަތެއްގައި މުވައްޒަފުން މަދުކުރެވެން ނޯންނަނަމަ
އެކަމަކީ އެފަދަ ކުންފުނިތަކުގެ ވިޔަފާރިއަށް ހުރަސްތަކެއް މެދުވެރިވެ، ކުންފުނީގެ ވިޔަފާރިއަށް ހީނަރުކަމެއް
އަތުވެދާނެފަދަ ސަބަބެއްކަމުގައި ޤަބޫލުކުރަން ޖެހޭކަމާއި، ވަޒީފާއާއިބެހޭ ޤާނޫނުގައިވެސް އަދި އެޤާނޫނުގެ ދަށުން
ހެދިފައިވާ ޤަވާޢިދެއްގައިވެސް "ރިޑަންޑަންސީ" އާއި ގުޅޭ ގޮތުން އެއްވެސް އުޞޫލެއް ޤާއިމުކޮށްފައި
ނުވިނަމަވެސް، އަދި "ރިޑަންޑަންސީ" ގެ އާލަތަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން އެކަށީގެންވާ
ސަބަބެއްކަމުގައި ބަޔާންކޮށްފައި ނެތްނަމަވެސް، ވިޔަފާރީގެ ނަފާ ހޯދުމަށް ހިންގޭ ކުންފުނިތައް ރީސްޓްރަކްޗަރ
ކުރުމަށް ނުވަތަ ކުންފުނީގެ މާލީ ޙާލަތު ދަށްވުންފަދަ ކަމެއް މެދުވެރިވެގެން ކުންފުނީގެ މުވައްޒަފަކު
ދޫކޮށްލާންޖެހިއްޖެނަމަ ނުވަތަ މަދުކުރަންޖެހިއްޖެނަމަ، އެފަދަ ޙާލަތުގައި މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް
ވަޒީފާއިން ވަކިކުރާ ވަކިކުރުމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށްއޮތް އެކަށީގެންވާ ސަބަބެއް ކަމުގައި
ބެލެވިދާނެކަމާއި، ނަމަވެސް މި ސަބަބަށްޓަކައި މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ކުރުމުގައި ޙަޤީޤަތުގައިވެސް
އެފަދަ ޙާލަތެއް މެދުވެރިވެފައިވޭތޯއާއި، އެކަން ކޮށްފައިވަނީ ކުންފުނީގެ ހެޔޮނިޔަތުގައިތޯއާއި، އަދި މިއީ ވަކި
މުވައްޒަފަކު
ނުވަތަ މުވައްޒަފުންތަކެއް ކަނޑައެޅިގެން ވަޒީފާއިން ބޭއިންސާފުން ވަކިކުރުމަށްޓަކައި
ކޮށްފައިވާކަމެއްތޯ ނުވަތަ ނޫންތޯއާއި، އަދި ވަޒީފާއިން ވަކިކުރާނެ މުވައްޒަފުން ކަނޑައެޅުނު ގޮތަކާއި،
އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި
(substantive fairness) އިޖްރާއީ ޢަދުލުވެރިކަން (procedural fairness) ޤާއިމުކޮށްފައިވޭތޯ..." ބަލައި
އެކަންކަން ކަށަވަރުވާންޖެހޭނެކަމަށް ބަޔާންކުރެވިފައިވާކަމާއި،
އިސްވެ ފާހަގަކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައި، ވިޔަފާރިއަށް ނުވަތަ އިޤްތިޞާދަށް
ކުރިމަތިވާ ޚާއްޞަ ޙާލަތްތަކުގައި، ކުންފުނިތަކުން މުވައްޒަފުން މަދުކުރުމުގެ ބޭނުމުގައި ނުވަތަ ކުންފުންޏަށް ނަފާ
އިތުރުވާނެގޮތެއް ހޯދުމަށްޓަކައި ކުންފުނި ރީސްޓްރަކްޗަރ ކުރާ ކުރުމުގައި، ރިޑަންޑަންޓްވާ މުވައްޒަފުން
2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
9
2{11/HC-A/117
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-A/134
ވަކިކުރުމުގެ ކުރިން، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރާކުރުން ޢަދުލުވެރިކުރުވުމަށްޓަކައި ނުވަތަ ވަޒީފާދޭ ފަރާތުން
ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށްޓަކައި އެކުންފުންޏަކުން
ޢަމަލުކުރަންޖެހޭ ގޮތްތަކެއް ނުވަތަ އަޅަންޖެހޭ ފިޔަވަޅުތަކެއް، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ އަދި ނިއުޒިލޭންޑް
ފަދަ ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމާޢުތަކުން ޢަމަލުކުރަމުންދާ ޤާނޫނުތަކުގައާއި، އިންޓަނޭޝަނަލް ލޭބަރ
އޯގަނައިޒޭޝަން (އައި.އެމް.އޯ) ގެ ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ކޮންވެންޝަން 1982 (ނަންބަރު 158)
އާއި ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ރެކޮމެންޑޭޝަން 1982 (ނަންބަރު 166) ފަދަ ކަމާގުޅޭ
ބައިނަލްއަޤްވާމީ މުއާހަދާތަކުގައި ކަނޑައެޅި ބަޔާންކޮށްފައިވާކަމަށް ފާހަގަކޮށްފައިވާކަމާއި، އަދި ޤާނޫނު ނަންބަރު
2/2008 (ވަޒީފާއާބެހޭ ޤާނޫނު) ހިންގޭނެ ދާއިރާގެ ތެރޭގައި ހިމެނޭ މުވައްޒަފަކުވެސް ވަޒީފާއިން ވަކިކުރެވޭނީ،
އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާޢީ ޢަދުލުވެރިކަން
ޤާއިމުކުރުމަށް ފަހުގައިކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 180/HC
-
A/2011
ޤަޟިއްޔާގައި
ކަނޑައަޅާފައިވާކަން ފާހަގަކުރެވޭކަމާއި،
ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާގައި، މައުޟޫޢީ
ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް
ވުންކަމަށާއި، އިޖްރާޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، އެމުވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖްރާޢާތަކީ ޢަދުލުވެރި އިޖްރާޢާތަކަށް ވުންކަމަށް ބަޔާންކޮށްފައިވާކަން
ފާހަގަކުރެވޭކަމާއި،
އިސްވެ އިޝާރާތްކުރެވުނު ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމަޢުތަކުން ޢަމަލުކުރަމުންދާ
ޤާނޫނުތަކުގައާއި، ކަމާގުޅޭ ބައިނަލްއަޤްވާމީ މުއާހަދާތަކުގައި ކަނޑައެޅި ބަޔާންކޮށްފައިވާ އުޞޫލުތަކުގެ އަލީގައި،
ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ވަޒީފާއާބެހޭ ޤާނޫނަށް ނަޒަރުކުރާއިރު، ޢާންމު އުޞޫލެއްގެ ގޮތުން،
ރިޑަންޑަންޓްވެގެން މުވައްޒަފަކު ވަޒީފާއިން
ވަޒީފާއިން ވަކިކުރާ ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން
ޤާއިމުކުރެވިފައިވާކަމަށް ބެލެވޭނީ، ކުންފުނި ރީސްޓްރަކްޗަރކޮށް މުވައްޒަފުން ރިޑަންޑަންޓްކުރުމަށް ނިންމި
ނިންމުމަކީ ޙަޤީޤަތުގައިވެސް ކުންފުންޏަށް ކުރިމަތިވެފައިވާ އިޤްތިޞާދީ (economic) ސަބަބުތަކަށްޓަކައި،
ކުންފުނިން ހެޔޮނިޔަތުގައި ނިންމާފައިވާ ނިންމުމެއްކަމަށް ވާނަމަކަމަށް ދިވެހިރާއްޖޭގެ
180/HC
-
A/2011 ޤަޟިއްޔާގައި ކަނޑައަޅާފައިވާކަމާއި،
ޓްޑެޑީ ނަންބަރު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
92ކުރެA
10
2{11/HC-A/117
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އަދި، ރިޑަންޑަންސީގެ ޙާލަތުގައި މުވައްޒަފަކު ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ އިޖްރާޢީ
ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް، ޢާންމު ޙާލަތްތަކުގައި ކަނޑައެޅޭނީ، ކުންފުންޏަށް ދިމާވެފައިވާ
އިޤްތިޞާދީ ޙާލަތުގެ ސަބަބުން، ކުންފުނީގެ ވަޒީފާގައި ތިބި މުވައްޒަފުންތަކެއް ރިޑަންޑަންޓްކޮށް ވަޒީފާއިން
ވަކިކުރަންޖެހިފައިވާކަން، ކުންފުނީގެ މުވައްޒަފުންނަށް ކުރިއާލާ އަންގާފައިވުމާއި، ކުންފުނީގެ މުވައްޒަފުންގެ
ތެރެއިން ބަޔަކު ރިޑަންޑަންޓްވުމުގެ ސަބަބުން ކުންފުނީގެ ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުން ވަޒީފާއިން
ވަކިކުރުމުގައި ޢަމަލުކުރާނެ އިޖުރާޢަތާއި އުޞޫލުތަކަކީ ކޮބައިކަން ކުންފުނީގެ މުއައްޒަފުންނަށް ކުރިއާލާ
އަންގާފައިވުމާއި، ރިޑަންޑަންޓްވުމުގެ ސަބަބުން ވަކިކުރެވޭ މުވައްޒަފުން ވަކިކުރެވެނީ، ރިޑަންޑަންސީއަކީ
ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭފަދަ އެކަށީގެންވާ ސަބަބެއްކަމަށް ބަލައިގެންކަމަށް
ވުމާއެކު، ރިޑަންޑަންޓްވުމުގެ ސަބަބުން ވަކިކުރެވޭ މުވައްޒަފު ވަކިކުރުމުގެ ކުރިން، ވަޒީފާއާބެހޭ ޤާނޫނުގެ 21
ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ މުވައްޒަފުންނަށް، އެޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ދޭންޖެހޭ ނޯޓިސް
ނުވަތަ އެޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ނޯޓިސްގެ ބަދަލުގައި ފައިސާ ދީފައިވާނަމަކަމަށާއި އަދި
ރިޑަންޑަންޓްވެގެން ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންނަށް ޚާއްޞަ ޢިނާޔަތްތަކެއް ދިނުމަށް ކުންފުނިން
ކަނޑައަޅާފައިވާނަމަ، އެޢިނާޔަތް ލިބިދެވޭނެ ގޮތާއި މިންގަނޑުތައް ކުރިން ކަނޑައެޅި ކުންފުނީގެ މުވައްޒަފުންނަށް
އެނގިފައިވާނަމަކަމަށް އިސްވެ ފާހަގަކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 180/HC-A/2011
ޤަޟިއްޔާގައި ކަނޑައަޅާފައިވާކަން ފާހަގަކުރެވޭކަމެވެ.
4 22
Pec
(ނ) ތިންވަނަ ކަމަކީ، ޢުމަރު ވަޙީދު ވަޒީފާއިން ވަކިކުރިއިރު ޤާއިމްކުރަންޖެހޭ މައުޟޫޢީ
ޢަދުލުވެރިކަން ޤާއިމްކޮށްފައިވޭތޯ ބަލާއިރު، ޢުމަރު ވަޙީދު މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގައި އަދާކުރަމުން
ދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ އެކުންފުނީގެ އޮނިގަނޑަށް ގެނައި ބަދަލަކުން، ޢުމަރު ވަޙީދު އޭރުހުރި
އެސިސްޓަންޓް މެނޭޖަރު ކަމުގެ މަޤާމު އުވި، އަލަށް އުފެއްދި މެނޭޖަރުކަމުގެ މަޤާމަށް ޝަރުޠު
ބެލުމުން އެނގެން އޮންނަކަމާއި، މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ އޮނިގަނޑަށް ބަދަލު ގެންނަން ޖެހުނު
ސަބަބަކީ މުޅި ދުނިޔެއާއި ދިވެހިރާއްޖޭއަށް ވޭތުވެދިޔަ އަހަރުތަކުގައި އައި އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން
އެކުންފުންޏަށް ކުރިމަތިލާން ޖެހުނު ގެއްލުންތައް ކުޑަކޮށް، ހިންގުން ހަރުދަނާކުރުމާއި ކުންފުން
ޚަރަދު ކުޑަ ކުރުމަށްޓަކައި ކުންފުނީގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައުމަށްޓަކައި އެކުންފު
04 ޕީ2
ކeރ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
ވާތީ
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{011/HC-A/117
ނިންމުމާ ގުޅިގެންކަމާއި ބައެއް ޑިޕާރޓްމަންޓްތަކުގެ ވަޒީފާތަކުގެ ތެރެއިން ބައެއް ވަޒީފާތައް އުވާލައި، ބައެއް
ސެކްޝަންތަކުން މުވައްޒަފުން މަދުކުރުމަށް ނިންމުމުންކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2010/VTR/189 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމާއި، އެހެންކަމުން، މޯލްޑިވް
ގޭސް ޕްރައިވެޓް ލިމިޓެޑުން އެކުންފުނީގެ އޮނިގަނޑަށް ބަދަލު ގެނައުމަށް ނިންމާފައިވާ ނިންމުމަކީ، ވިޔަފާރިއަށް
ނުވަތަ އިޤްތިޞާދަށް ކުރިމަތިވާ ޚާއްޞަ ޙާލަތެއްގައި ނުވަތަ އެކުންފުންޏަށް ލިބެމުންދިޔަ ނަފާ އިތުރުވާނެގޮތެއް
ހޯދުމުގެ މަޤްޞަދުގައި ނޫންގޮތަކަށް ނުބައިނިޔަތެއްގައި ކޮށްފައިވާކަމެއްކަމަށް، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ
ލިޔެކިއުންތަކަށާއި، މައްސަލައިގައި ހިމެނޭ ފަރާތްތަކުން ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާ ވާހަކަތަކަށް
ރިޢާޔަތް ކުރުމުން ޤާބޫލުނުކުރެވޭކަމާއި، އެހެންކަމުން މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން ޢުމަރު
ވަޙީދު ވަކިކުރުމުގައި އެކުންފުނިން ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާކަމަށް
ބަލަންޖެހޭކަމާއި،
މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން ޢުމަރު ވަޙީދު ވަކިކޮށްފައިވަނީ، އޭނާ ވަޒީފާއިން
ވަކިކުރުމުގެ ކުރިން މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުން ޤާއިމުކުރަންޖެހޭ އިޖްރާޢީ ޢަދުލުވެރިކަން
ޤާއިމުކޮށްފައިވޭތޯ ބަލާއިރު، އަލަށް ވަޒީފާއަށް ވައްދާ މީހުންނަށް މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުން
ޕްރޮބޭޝަން އިވެލުއޭޝަން ހެދިކަމުގައި ވީނަމަވެސް، ޢުމަރު ވަޙީދު މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ތިލަފުށީ
ފިލިންގ ޕްލާންޓްގެ އެސިސްޓަންޓް މެނޭޖަރ ކަމުގެ މަޤާމަށް ވެއްދިއިރު، ޢުމަރު ވަޙީދުގެ ޕްރޮބޭޝަން
އިވެލުއޭޝަން ނުހަދާކަމަށް މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެކުންފުނީގެ ހިއުމަން ރިސޯސް އެންޑް
އެޑްމިނިސްޓްރޭޝަން މެނޭޖަރ އަޒްލިފާ ޙުސައިން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް 18 އޯގަސްޓް 2010 ގައި
ދީފައިވާ ބަޔާނަށް ބެލުމުން އެނގެން އޮންނަކަމާއި، އަދި ޢުމަރު ވަޙީދު އިސްވެ ބުނެވުނު ގޮތަށް އިވެލުއޭޓް
ނުކުރެވުނު
އެދުވަސްކޮޅަކީ ކުންފުނީގެ ރީސްޓްރަކްޗަރިންގަ ފުދޭވަރަކަށް ހަލަބޮލި
ދުވަސްވަރަކަށްވީމަކަމަށާއި، އިވެލުއޭޝަން ހެދީ ރީސްޓްރަކްޗަރިންގއާ ގުޅިގެން އައި ބަދަލުތަކަށްކަމަށް މޯލްޑިވް
ގޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
މައްސަލައިގެ ޙާދިސާ ހިނގިގޮތަށް ބަލާއިރު، ޢުމަރު ވަޙީދު 7 ޑިސެމްބަރ 2009 އިން
ފެށިގެން މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، އޭނާހުރި މަޤާމް އުވާލުމަށްފަހު 5
މެއި 2010 ގައި ޢުމަރު ވަޙީދު ވަޒީފާއިން ވަކިކޮށްފައިވާކަމަށް ހަމަ އެތާރީޚުގައި މޯލްޑިވް
22.
ސަބަބަކީ،
ހު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
12
2{11/HC-A/117
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
4 22
ލިމިޓެޑުން އުމަރު ވަޙީދަށް ފޮނުވާފައިވާ ނަންބަރު 181/MGPL
-
10
/
HR ސިޓީއިން އެނގެން އޮންނަކަމާއި،
އަދި މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފުންތަކެއް ރިޑަންޑަންޓް ކުރަން އުޅޭކަމުގެ މަޢުލޫމާތެއް
އެއްވެސް ރަސްމީ ސިފައެއްގައި ޢުމަރު ވަޙީދަށް އަންގާފައިވާކަމުގެ އެއްވެސް ހެއްކެއް މޯލްޑިވް ގޭސް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިނުވާކަން ފާހަގަކުރެވެން އޮތުމުން،
ޢުމަރު ވަޙީދު ވަޒީފާއިން ވަކިކުރުމުގެ ކުރިން ކުންފުނީގެ މުވައްޒަފުން ރިޑަންޑަންޓްކުރެވޭނެ ވާހަކަ
ޢުމަރު ވަހީދުއަށް އެއްވެސް ރަސްމީ ސިފައެއްގައި ކުރިއާލައި އަންގާފައިވާކަން މޯލްޑިވް ގޭސް ޕްރައިވެޓް
ލިމިޓެޑަށް ސާބިތުކޮށްދެވިފައިނުވާކަމާއި، އަދި ތިލަފުށީ ފިލިންގ ޕްލާންޓްގެ އެސިސްޓަންޓް މެނޭޖަރ ކަމަށް ޢުމަރު
ވަޙީދު ހަމަޖެއްސިއިރު، މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުން އައީ އެކުންފުނީގެ މުވައްޒަފުންގެ އޮނިގަނޑަށް
ބަދަލުގެންނަމުން ކަމުގައި ވީހިނދު، އަދި ޢުމަރު ވަޙީދަކީ މަޤާމަށް އެކަށީގެންވާ ފަރާތެއްތޯ ކަނޑައެޅުމަށްޓަކައި
ޢުމަރު ވަޙީދަށް ޕްރޮބޭޝަން އިވެލުއޭޝަނެއް ހެދިފައިނުވާއިރު، ޢުމަރު ވަޙީދަށް އެކުންފުނިން ވަޒީފާދިންތާ
ގާތްގަނޑަކަށް 5 މަސް ފަހުން ޢުމަރު ވަޙީދު ވަޒީފާއިން ވަކިކޮށް އޭނާ ހުރި މަޤާމު އުވާލާފައިވަނީ މޯލްޑިވް
ގޭސް ޕްރައިވެޓް ލިމިޓެޑުން ޤާއިމްކުރަންޖެހޭ އިޖްރާޢީ ޢަދުލުވެރިކަން ޤާއިމްކުރުމަށްފަހުކަމަށް މިމައްސަލަބެ
އެއްވެސް ފަނޑިޔާރަކަށް ނުފެނުނުކަމެވެ.
2?= 02
ہی ہے کہ گرم کرکر کی
(ރ) ހަތަރުވަނަ ކަމަކީ، ޢުމަރު ވަޙީދު ވަޒީފާއިން ވަކިކުރެވިފައިވަނީ މޯލްޑިވް ގޭސް ޕްރައިވެޓް
ލިމިޓެޑްގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި އެކުންފުނީގެ އޮނިގަނޑަށް ގެނެވުނު އިޞްލާޙުގެ ދަށުންކަމަށް
އެކުންފުނީގެ 54 ވަނަ ބޯޑު ޖަލްސާގެ ޔަޢުމިއްޔާއިން އެނގެން އޮންނަކަމަށާއި އަދި ޢުމަރު ވަޙީދު ވަޒީފާއިން
ވަކިކޮށްފައިވަނީ އާ ސްޓްރަކްޗަރގައި ހިމެނޭ މުވައްޒަފުން ފާހަގަކޮށް އެމުވައްޒަފުން ޢައްޔަންކޮށް އަދި ބާކީވާ
މުވައްޒަފުންނާމެދު ޢަމަލުކުރުމަށް ރެމިއުނަރޭޝަން ކޮމިޓީން ކަނޑައަޅާފައިވާ އުޞޫލުތަކާއި
މަތިންކަމަށާއި ޢުމަރު ވަޙީދު ވަޒީފާއިން ވަކިކޮށްފައިވަނީ މަތީގައި ބަޔާންކުރެވުނު ސަބަބުތަކުގެ މައްޗަށް ބިނާކޮށް
އެކުންފުނިން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް މޯލްޑިވް
ގޭސް ޕްރައިވެޓް ލިމިޓެޑުން ސާބިތުކޮށްދެވިފައިވާނެކަމަށް އެކުންފުނިން ބުނިނަމަވެސް، އިސްވެ ފާހަގަކުރެވުނު
ފަދައިން ރިޑަންޑަންޓްވާ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ކުރިން، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރާކުރުން
ޢަދުލުވެރިކުރުވުމަށްޓަކައި މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅުތައްވާ ފައިވާކަން
ޝަރީޢަތަށް ސާބިތުކޮށްދެވިފައިނުވާކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
އގަސް
13
2{11/HC-A/117
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
$.
ހ2 0
xﷲ
ޢުމަރު ވަޙީދަކީ 6 މަސްދުވަހަށްވުރެ ކުރު މުއްދަތެއްގައި މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގައި
ވަޒީފާ އަދާކޮށްފައިވާ ފަރާތެއް ކަމުގައިވީ ނަމަވެސް، ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ
ނަންބަރުގައި 6 މަސް ދުވަހަށްވުރެ ކުރުނޫން އަދި 1 އަހަރަށްވުރެ ދިގުނޫން މުއްދަތަށް ވަޒީފާ އަދާކޮށްފައިވާ
މުވައްޒަފަކަށް ދޭން ލާޒިމު ކޮށްފައިވާ 2 ހަފްތާގެ ނޯޓިސް ދޭން ޖެހޭނެކަ
ހެނެކަމަށް ބަޔާންކޮށްފައިވާއިރު، ވަޒީފާއާބެހޭ
ޤާނޫނުގެ 25 ވަނަ މާއްދާގައި ނޯޓިސް ދިނުމުގެ ބަދަލުގައި ނޯޓިސްގެ މުއް
މުއްދަތު ފެށޭ ދުވަހުން ފެށިގެން އެމުއްދަތު
ނިމޭ ދުވަހުގެ ނިޔަލަށް މުސާރައާ އެހެނިހެން ޢިނާޔަތްތައް ދިނުމަށްފަހު އެމުވައްޒަފަކު ވަޒީފާއިން ވަކި
ކުރެވިދާނެކަމަށް ންކޮށްފައިވާތީ، މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުން މިގޮތަށް ޢަމަލުކޮށް 2 ހަފްތާގެ
ނޯޓިސްއަށްވާ މުސާރަ ދިނުމަށްފަހު ވަޒީފާއާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ޢުމަރު ވަޙީދު ވަޒީފާއިން
ވަކިކޮށްފައިވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން މައްސަލަ ނިންމެވިއިރު، ޢުމަރު ވަޙީދު ވަޒީފާއިން ވަކިކުރުމުން
ގެއްލުން ލިބިފައިވާކަމަށް ކަނޑައަޅުއްވައި 3 މަސްދުވަހުގެ މުސާރައާ ޢިނާޔަތްތަކަށް، -/36,825ރ.
ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރު ކުރައްވާފައިވަނީ، ޢުމަރު ވަޙީދަކީ ކުންފުނީގައި 6 މަސްދުވަހަށްވުރެވެ.
ކުރު މުއްދަތެއްގައި ވަޒީފާ އަދާ ކޮށްފައިވާ ފަރާތެއްކަމަށް ސާބިތުކޮށްދެވިފައިވާއިރުކަމަށް މޯލްޑިވް ގޭސް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ބުނެފައިވީ ނަމަވެސް،
މުވައްޒަފަކު ރިޑަންޑަންޓް ކުރާއިރުވެސް އެމުވައްޒަފަކު ވަކިކުރާކުރުން ޢަދުލުވެރިވާންޖެހޭ
ފެޖެހޭނެކަމާއި،
އެގޮތުން، އިސްވެ ބަޔާން ސަބަބުތަކަށްޓަކައި މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުން ޢުމަރު ވަޙީދު
ވަޒީފާއިން ވަކިކޮށްފައިވަނީ ޤާއިމުކުރަންޖެހޭ އިޖްރާޢީ ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހު ކަމުގައި ނުވާތީ، އެފަދަ
ޙާލަތްތަކުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ގެއްލުން ލިބުނު ފަރާތަށް ބަދަލު ނަގައިދެވިދާނެކަމާއި އަދި
އެނަގައިދޭ ބަދަލުގެ މިންވަރު ބިނާކުރެވޭނީ އެޓްރައިބިއުނަލަށް ޢަދުލުވެރި އަދި އެކަށީގެންވާކަމަށް ފެންނަ
އަދަދަކަށްކަމަށްވުމުން، ޢުމަރު ވަޙީދަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުން
ދޭންޖެހޭ އަދަދު ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫބަދިގޭގެ އުޞޫލުތަކާ
ޚިލާފަށްކަމަށް ބަލާނެތަނެއް ނެތްކަމެވެ.
ދީ މ 22
2
ދަނކު ހޮވަނީ
243
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
14
2{11/HC-A/117
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
އެމް.
2 *ހ2
އެގޮތަށް ހެރުމާއެކެ 6
ދެންފަހެ، އިސްވެ ބަޔާންވެދިޔަކަންކަން އެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2010/VTR/189 މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ މައްސަލާގައި ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެންނަންޖެހޭ
ޤާނޫނީ ނުވަތަ ޝަރުޢީ ހަމައެއް ނެތްކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤުވެވުނު ހިނދު، އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;