ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/252 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{012/HC-A/252
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 252/HC
-
A/2012
• އިސްތިއުނާފު ކުރިފަރާތް:
ނަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* އައިޑީކާޑު ނަންބަރު.
މިހާރުގެ އެޑްރެސް:
ދާއިމީ އެޑްރެސް: -
*
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: އަރީފް އިބްރާހީމް
* ދާއިމީ އެޑްރެސް: ހިލްވަރސަމް | ގއ. ދެއްވަދޫ
އައިޑީކާޑު ނަންބަރު: A305128
މިހާރުގެ އެޑްރެސް: ލ. ޕެޓީކޯނަރ / މާލެ
* ހުށަހެޅުނު ތާރީޚް: 29 އޯގަސްޓް 2012
ނިމުނު ތާރީޚް: 11 ސެޕްޓެމްބަރ 2012
އިސްތިއުނާފުކުރެވުނު ކޯޓު އަމުރު.
* ނަންބަރު: 2012/7249(J
(
MD-145
* ކޯޓު ކްރިމިނަލް ކޯޓު
* ނިންމެވި ތާރީޚް: 26 އޯގަސްޓް 2012
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2
2{12/HC-A1252
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 2012
/
7249/J
(
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފުކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި ދަޢުވާރައްދުވާ ފަރާތަކީ ގއ. ދެއްވަދޫ ހިލްވަރސަމް، އަލީފް އިބްރާހީމް
ފާހަގަކުރެވުނު ނުކުތާތައް
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2012/7249(J
(
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފުކުރުމަ
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
/2ނ
02- ކްރިމިނަލް ކޯޓުގެ ނަންބަރު 2012/7249(J
(
MD-145 ކޯޓު އަމުރަށް ބަލާއިރު،
އެކޯޓު އަމުރަކީ
ގއ. ދެއްވަދޫ، ހިލްވަރސަމް، އަލީފް އިބްރާހީމުގެ މައްޗަށް ތުހުމަތުކުރެވުނު މަސްތުވާތަކެތި
ގެންގުޅުމާއި، ވިޔަފާރިކުރުމުގެ ކުނުގެ މައްސަލައިގެ ތަޙްޤީޤު ނިމިފައިވާތީ އިތުރަށް ބަންދުގައި ބަހައްޓަން
ނުފެންނަކަމަށް ބަޔާންކުރައްވައި، 2012 އޯގަސްޓް 26 ވަނަ ދުވަހުގެ 10:50 ގައި އަލީފް އިބްރާހީމް
ބަންދުންދޫކޮށްލުމަށް ކުރައްވާފައިވާ އަމުރެއްކަން އެނގެން އޮންނަކަމެވެ.
ގިރިއްއްޖޭގެ ހަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
212/HC-A/252
03- ކްރިމިނަލް ކޯޓުގެ ނަންބަރު 201217249(J
(
MD-145 ކޯޓު އަމުރު އެ ކޯޓުން
ނެރުއްވާފައިވަނީ، ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެއަމުރު އިސްތިއުނާފުކުރަމުން
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ހުށަހަޅައި، އެ ނުކުތާތަކާއި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
02x22
eހ6.3
/
04- ކްރިމިނަލް ކޯޓުގެ ނަންބަރު
އަމުރު
އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅޭ ގޮތުން
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުންނާއި މިއިސްތިއުނާފް ދަޢުވާ ރައްދުވާ ގއ. ދެއްވަދޫ، ހިލްވަރސަމް، އަލީފް
އިބްރާހީމުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައިބެލިއިރު، އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2012/7249(J(MD-145 ކޯޓު
އަމުރަކީ، ދެއްވަދޫ، ހިލްވަރސަމް، އަލީފް އިބްރާހީމުގެ މައްޗަށް ތުހުމަތުކުރެވުނު
ތުކުރެވުނު މަސްތުވާތަކެތި
ގެންގުޅުމާއި، ވިޔަފާރިކުރުމުގެ ކުށުގެ މައްސަލައިގެ ޝަރީޢަތުން ވަކިގޮތެއް ނުނިމެނީސް އޭނާ ދޫކޮށްލައިފިނަމަ
އޭނާގެ ފަރާތުން އެފަދަ ޢަމަލުތައް ތަކުރާރުވެ އޭގެ ސަބަބުން މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް ނޭދެވޭ
އަސަރުތަކެއް ކޮށްފާނެކަމަށް ބެލެވެވޭތީ، 27 އޯގަސްޓް 2012 ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ
މުއްދަތަށް އޭނާ ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދެއްވުމަށްއެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
MF077410 "ބަންދުގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅާ ފޯމް" އިން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން،
އެމައްސަލައިގެ ތަޙްޤީޤު ނިމިފައިވާތީ އަރީފް އިބްރާހީމް އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނަމާއި އެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 29
3250 ، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
4
2{012/HC-A/252
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބަޔާންކުރައްވައި، 2012 އޯގަސްޓް 26 ވަނަ ދުވަހުގެ 10:30 ގައި އަލީފް އިބްރާހީމް
ދި 0
2
0
0x32
3 ތތ
ބނމނ ދކނމަށް
ނެރުއްވާފައިވާ އަމުރެއްކަން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ: މައްސަލައެއް ތަޙްޤީޤުކުރެވެމުން ދާއިރުވެސް އަދި ޝަރީޢަތަށް
ހުށަހެޅިފައިވާ މަރުޙަލާގައިވެސް، ތަޙްޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް
ސާބިތުވެފައިވާ މީހެއް ނޫންކަމާއި، އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، ކުށެއްގެ
ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5
ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއި، އެއިން ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަމާމެދު ގޮތެއް
ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ
މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމެވެ
(ށ) ތިންވަނަ ކަމަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ
އެއްގޮތްވާ ގޮތުގެ މަތީން މީހަކު ބަންދުކުރުމުގައި، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަން އޮތް މިންވަރަށާއި،
އަދި އެޙާދިސާ ތަޙްޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ ގޮންޖެހުން ތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ
އަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި
ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައިފާނެ ކަމުގެ ބިރުއޮތީ ކިހާވަރަކަށް ކަމާއި، އަދި
ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ސުޕްރީމް
ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނަންބަރުގަ
ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{012/HC-A/252
22«
474 0 22
އެކުށްތަކުގެ
42
2 ހދﷲ
ކެނއަނއި،
އެކޯޓުގެ ނަންބަރު 33/SC
-
A/2011 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4 ވަނަ
ނަންބަރުގެ (ނ) ގައި، މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި ބޭނުން ކުރުމުގެ ކުށްތަކަކީ
ޒާތާއި ބާވަތުން މުޖްތަމަޢަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަށްޓަކައި، ނުރައްކާތެރިކަން ބޮޑު ކުށުގެ
ޢަމަލުތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކުށްތަކެއް ކަމަށާއި، އަދި އެއީ މުތްލަޤް މަސްއޫލިއްޔަތު އުފުލަންޖެހޭ
އެކުށަކީ އެންމެ
މަތީ ދަރަޖައިގެ ޖިނާޔަތުގެ ތެރޭގައި ހިމެނޭ ކުށެއްކަމަށް
ފާހަގަކުރައްވާފައިވާކަން އެނގެން އޮތުމުން، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު ގޮތެއް
ނިންމުމަށްޓަކައި ފަނޑިޔާރުގެ ކުރިމައްޗަށް ހާޟިރުކުރެވޭ މީހާއަކީ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ
މީހެއްކަމަށް ފަނޑިޔާރަށް ނުފެންނަ ޙާލަތުގައި އެމީހަކު ބަންދުން ދޫކޮށްލުމަށް އަމުރުކުރެވޭނީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ)
ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއްނެތްކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވުމުންކަމަށްވާއިރު، އަލީފް
އިބްރާހީމް ބަންދުން ދޫކޮށްލުމަށް އަމުރުކުރައްވާފައިވަނީ، މައްސަލައިގެ ތަޙްޤީޤު ނިމިފައިވާތީ އިތުރަށް އަލީފް
އިބްރާހީމް ބަންދުގައި ބެހެއްޓުމަށް ނުފެންނާތީކަން އެނގޭއިރު، އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ
ނަންބަރު 2012/7249(J
(
MD-145 ކޯޓު އަމުރުގެ ކުރިން، އަލީފް އިބްރާހީމް ބަންދުގައި ބެހެއްޓުމަށް
ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ ކޯޓު އަމުރުތަކުގައި އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ނެރުއްވާފައިވަނީ
ދޫކޮށްލައިފިނަމަ އޭނާގެ ސަބަބުން މުޖްތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީކަމަށް ފެނިގެންކަން އެނގެން
2c
0x32
އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2012/7249(J
(
MD-15 ކޯޓު
އަމުރުގައި، މައްސަލައިގެ ތަޙްޤީޤު ނިމިފައިވާތީ އިތުރަށް އަރީފް އިބްރާހީމް ބަންދުގައި ބެހެއްޓުމަށް
ނުފެންނަކަމަށް ބަޔާންކުރައްވާފައިވީނަމަވެސް، މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢައްގެ
ގަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
6
2{012/HC-A/252
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އަލީފް އިބްރާހީމުގެ މައްޗަށް ތުހުމަތުކުރެވިފައިވާ
މައްސަލައިގެ ތަޙްޤީޤު އަދި ފުރިހަމަވެފައި ނުވާކަން އެނގޭކަމާއި، ތަޙްޤީޤު މަރުޙަލާއަކީ ތަޙްޤީޤަށް ބޭނުންވާ
ހެކިތަކާއި ޤަރީނާތައް އެއްކުރެވެމުންދާނެ މަރުޙަލާކަމާއި، އަލީފް އިބްރާހީމުގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ
މަސްތުވާ އެއްޗެއް ގެންގުޅުމާއި ވިޔަފާރިކުރުމުގެ ކުށް ކަމަށްވާއިރު، މަނާކުރެވިފައިވާ މަސްތުވާތަކެތީގެ
ވިޔަފާރިއާއި އެގެންގުޅުމުގެ
ކުށްތަކަކީ އެކުށްތަކުގެ ޒާތާއި ބާވަތުން މުޖްތަމަޢަށް ލިބެމުންދާ ބޮޑެތި
ގެއްލުންތަކަށްޓަކައި، ނުރައްކާތެރިކަން ބޮޑު ކުށުގެ ޢަމަލުތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކުށްތަކެއް ކަމާއި،
މަސްތުވާތަކެތި ގެންގުޅުމާއި ވިޔަފާރިކުރުމުގެ ތުހުމަތުގައި އެފަރާތެއްގެ ތަހުޤީޤު ކުރެވެމުންދާ ފަރާތަކީ
މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެ ފަރާތެއްކަމަށް ފަނޑިޔާރު ޤަބޫލުކުރާ ފަރާތެއް
ކަމަށްވާއިރު، އެފަދަ ފަރާތެއް ބަންދުން ދޫކޮށްލުމަކީ މުޖްތަމަޢަށް އޭނާގެ ސަބަބުން ނުރައްކަލެއް ކުރިމަތިވުމުގެ
އިޙްތިމާލު އޮތް ފަރާތެއްކަމަށް ޤަބޫލުކުރެވޭކަމެވެ.
ވީމާ، ކްރިމިނަލް ކޯޓުގެ ނަންބަރު
2012/7249(J
(
MD-145 ކޯޓު
އަމުރު
އިސްތިއުނާފުކުރުމަށް ޕްރޮސިކިޔުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާގުޅިގެން
ދެފަރާތުން ދައްކާފައިވާ ވާހަކައަށާއި، ހުށަހެޅިފައިވާ ލިޔުންތަކުގެ އަލީގައި އިސްވެ ފާހަގަކުރެވުނު
ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތަކަށްޓަކައި، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/7249(J
(
MD-145
ކޯޓު އަމުރަށް ބަދަލު ގެންނަންޖެހޭނެ ކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤު ވެވިފައިވެއެވެ.
4 22
ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
7
2{12/HC-A1252
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
.55
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް
ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/7249(J(MD-145 ކޯޓު އަމުރުގައި ދެއްވަދޫ
ހިލްވަރސަމް، އަލީފް އިބްރާހީމް 2012 އޯގަސްޓް 26 ވަނަ ދުވަހުގެ 10:50 އިން ފެށިގެން ބަންދުން
ދޫކޮށްލުމަށް
ނިންމަވާފައިވާ ނިންމެވުން ބާޠިލްކޮށް، މިއަދު 11 ސެޕްޓެމްބަރު 2012 ދުވަހުގެ 11:40 އިން
ފެށިގެން 2012 ސެޕްޓެމްބަރު 26 ދުވަހުގެ 11:39 އަށް 15 (ފަނަރަ) ދުވަހުގެ މުއްދަތަށް އަލީފް
އިބްރާހީމް، މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށް،
މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
އިޖްހިރާއްޖޭގެ
.ހައިކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv