ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/254 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/223
سامنا مریم
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 254/HC
-
A/2008
ދަޢުވާކުރާ ފަރާތް:
• ނަން: މުޙައްމަދު ސަޢީދު ޒަކަރިއްޔާ
އައި.ޑީ.ކާޑް ނަންބަރ A05758
، ދާއިމީ އެޑްރެސް: ޅ. ނައިފަރު ޕެރިސްގެ
މިހާރުގެ އެޑްރެސް:ޅ. ނައިފަރު ޕެރިސްގެ
*
0
ދަޢުވާލިބުނު ފަރާތް:
• ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް
• ވަކީލު: އޒީ. މޫސާ ޢާލިމް (A094284)
ދާއިމީ އެޑްރެސް: -
މިހާރުގެ އެޑްރެސް:
*
ތާރީޚް:30 ޝަޢުބާން 1429
*ނިމުނު ތާރީޚް: 01 ރަބީޢުލްއާޚިރު 1431
31 އޮގަސްޓް 2008
17
މާރޗް
2010
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2008/G2C/01
ނިންމެވި ފަރާތް: ފާދިއްޕޮޅު ނައިފަރު ކޯޓް
ޤަޟިއްޔާގެ ބާވަތް: ގެއްލުމުގެ ބަދަލު ހޯދުން
• ހުށަހެޅި ތާރީޚް: 01 ޖެނުއަރީ 2008 * ނިމުނުތާރީޚް: 20 އެޕްރީލް 2008
0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/223
ދަޢުވާގެ ޚުލާޞާ
މިއީ ފާދިއްޕޮޅު ނައިފަރު ކޯޓުގެ
ނަންބަރު 2008/G2C/01 ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫން ކަމަށްބުނެ އެޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް
ނައިފަރު ޕެރިސްގެ މުޙައްމަދު ސަޢީދު ޒަކަރިއްޔާގެ ފަރާތުން
ހުށަހެޅުމުން ބެލިފައިވާ މައްސަލައެކެވެ.
މުޙައްމަދު ސަޢީދު ޒަކަރިއްޔާ ކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ
އެޓަރނީ ޖެނެރަލްގެ އޮފީހެވެ.
437ﷲވ
ފާހަގަކުރެވުނު ނުކުތާތައް
ޅ. ނައިފަރުކޯޓުގެ ނަންބަރު 2008/G2C/01 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށާއި އިސްތިއުނާފު
ކުރުމަށް މުޙައްމަދު ސަޢީދު ޒަކަރިއްޔާގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި އެނުކުތާތަކާއި
ބެހޭގޮތުން ދެފަރާތުން ދެއްކިވާހަކައަށާއި މައްސަލައާއި ގުޅުންހުރި ލިޔުންތަކުގެ މައްޗަށް ޝަރުޢީ
އަދި ޤާނުނީ ނަޒަރުން ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ، ޅ. ނައިފަރު ހަނދު ކިޔާ ގޯއްޗާއި ޕެރިސްގެ ކިޔާ ގޯއްޗާއި
ދެމެދުގައިވާ ގޯޅިގަނޑު ހަނދު ކިޔާގޯތީގެ އިމުގެ ބައެއްގެ ގޮތުގައި 20 މެއި 1972 ގައި
ހަމަޖެހިފައިވާކަން މުޙައްމަދު ސަޢީދު ޒަކަރިއްޔާ އަށް އެންގިފައިވާކަމާއި އަދި ހަނދުކިޔާގޯތީގެ
ވެރިފަރާތުގެ ހުއްދަނެތި އެތަނުގައި އެއްވެސް އެއްޗެއް ނުބެހެއްޓުމަށްވެ.
ވެސް މުޙައްމަދު ސަޢީދު
ޒަކަރިއްޔާއަށް ރަށުއޮފީހުން އަންގާފައިވާކަމާއި، އަދި އެގޯޅިތެރޭގައި މުޙައްމަދު ސަޢީދު ޒަކަރިއްޔާ
ބަހައްޓާފައި ހުރިތަކެއްޗާއި ހަނދު ގޯތިތެރެއަށް ނެރެފައިވާ ފުރާޅުގެ ފިޔަކަނި 7 ދުވަހުގެ ތެރޭގައި
ނެގުމަށް މުޙައްމަދު ސަޢީދު ޒަކަރިއްޔާއަށް 16 ސެޕްޓެމްބަރ 1997 ގައި ނައިފަރުއޮފީހުން
އެންގިކަމާއި، އޮފީހުން އެންގި އެންގުމަށް މުޙައްމަދު ސަޢީދު ޒަކަރިއްޔާ ޢަމަލުނުކޮށް އޮތްކަމާއި
20
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/223
ނުކަން،
އޮކްޓޯބަރ 1998 ގައި 3 ދުވަހުގެ ތެރޭގައި އެތަކެތި ނެގުމަށް ޕެރިސްގެ ގޯތީގެ ހިޔާކޮށްފައިވާ
ފާޚާނާގެ ފިޔަކަނި ކެނޑުމަށް މުޙައްމަދު ސަޢީދުއަށް އެންގުމުން އެގޮތަށް ޢަމަލުނުކޮށްގެން،
ރަށުއޮފީހާއި އަތޮޅުއޮފީހުގެ ފަރާތުން ބަޔަކުގޮސް ހަނދުގޯތީގެ ގޯޅިތެރެއަށް އަރާފައިވާ ޕެރިސްގެ
ފާޚާނާގެ ފުރާޅުގެ ފިޔަކަނި ކަނޑާ ފުރާޅުން ކަނޑާފައިވާ ތަނުގައި ވާރޭ ހިޔާކުރުމަށް ފެންފަށެއް
އަޅާދީފައިވާކަމާއި، އެ ގޯޅިތެރޭގައި ބަހައްޓާފައިހުރި ތަކެތި ނަގައި އެތަކެތި ނައިފަރުއޮފީހުގެ ބެލުމުގެ
ދަށުގައި ބަހައްޓައި 1 މަސްދުވަހުގެ ތެރޭގައި އެތަކެއްޗާއި ޙަވާލުވެ އެތަކެތި ގެންދިއުމަށާއި
ޙަވާލުނުވެއްޖެނަމަ ޤާނޫނު ނަންބަރު 7/72 ގައިވާގޮތުގެމަތިން ޢަމަލުކުރެވޭނެކަކު
ނެކަން 3 ޑިސެމްބަރ
1998 ގައި މުޙައްމަދު ސަޢީދު ޒަކަރިއްޔާއަށް އެންގުނުކަ
(ނ) މުޙައްމަދު ސަޢީދު ޒަކަރިއްޔާ އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ މައްސަލައަކީ
ޕެރިސްގެ ގޯތިން ގޯޅިގަނޑެއް ހެދުމުގެ ސަބަބުންނާއި އެގޯޅިގަނޑުގައި ބަހައްޓާފައިވާ ތަކެތި
އޮފީހަށް ނެގުމުގެ ސަބަބުން ލިބިފައިވާ ކަމަށް ބުނާގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލަކަމަށްވާއިރު،
ޅ. ނައިފަރު ހަނދު ކިޔާ އާއި ޕެރިސްގެ ކިޔާގޯތީގެ ދެމެދުގައިވާ ގޯޅިގަނޑުގެ
މިލްކުވެރިފަރާތަކީ ނުވަތަ އެގޯޅިގަނޑަކީ ކޮންގޯއްޗެއްގެ ބައެއްކަމެއް ބެލުމަކީ މިޤަޟިއްޔާގައި
އިސްތިއުނާފު ކުރެވޭނެކަމެއް ނޫންކަމާއި ބިން ދޫކުރުމަކީ ބިމުގެ ވެރިފަރާތުން އެ އިރެއްގެ ޤާނޫނާއި
ޤަވާޢިދާއި ހެދިފައިވާ އުޞޫލުތަކާއި އެއްގޮތަށް އެފަރާތުން ކުރާކަމެއްކަމާއި، ބިމަކީ ބަންޑާރަ
އެއްޗެއްގެ ގޮތުގައި އޮތް އެއެއްޗަކަށްވާއިރު އޭގެ މިލްކުވެރިއަކީ މުޙައްމަދު ސަޢީދު ޒަކަރިއްޔާގެ
ބައްޕަކަމަށް މުޙައްމަދު ސަޢީދު ޒަކަރިއްޔާ ބުނާ ވާހަކައާއިމެދު ޤާނޫނީގޮތުން ސުވާލު އުފެދޭކަމާއި،
މުޙައްމަދު ސަޢީދު ޒަކަރިއްޔާ މިލްކު ސާބިތުކުރަން ނުވަތަ ޙައްޤު ސާބިތުކުރަން ވާހަކަދައްކާފައިވަނީ
އޭނާގެ ބައްޕަގެ ކަމެއްގައިކަން އެނގޭކަމާއި، މުޙައްމަދު ސަޢީދު ޒަކަރިއްޔާގެ ބައްޕަ އަމިއްލައަށް
ލިޔެފައިވާ ލިޔުމަކީ ނުވަތަ މުޙައްމަދު ސަޢީދު ޒަކަރިއްޔާ ކައިރީގައި އޭނާގެ ބައްޕަ ވަހަކައެއް
ބުނެފައި އޮތުމަކީ ޝަރުޢީ ހަމަތަކުގެ މަތިން ކަމެއް ސާބިތުކުރަން އެފަރާތުގެ މަޞްލަޙަތަށް ރިޢާޔަތް
ރެވޭނެކަމެއް ނޫންކަން އެނގެން އޮންނަކަން،
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected]
ވެބް ސައިޓް: WWW.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/223
(ނ) އެއްވެސް ޒަމާނެއްގައި ޅ. ނައިފަރު ޕެރިސްގެ ކިޔާ ގޯއްޗާއި ހަނދު ކިޔާ ގޯތީގެ
މެދުގައިވާ ގޯޅި ޕެރިސްގެ ގޯއްޗައް އިތުރުކޮށްދެއްވާފައިވާކަން އެނގޭނެ އެއްވެސް ލިޔުމެއް ނައިފަރު
އޮފީހުގައި ނެތްކަމަށް އެ އޮފީހުގެ ނަންބަރު 32
/
2009
/
01/G
-
B (3 ފެބްރުއަރީ 2009) ސިޓީން
އަންގާފައިވާކަން އެނގޭކަމާއި އަދި ޕެރިސްގެ ގޯތީގެ ރަޖިސްޓްރީންވެސް އެގޯޅިއަކީ އެގޯތީގެ
ބައެއްކަން އެނގެން ނެތްކަން،
(ރ) މުޙައްމަދު ސަޢީދު ޒަކަރިއްޔާ ރަށުއޮފީހަށާއި އަތޮޅުއޮފީހުގެ އަމުރުތަކަށް
ނުކިޔަމަންތެރިވެ އެހެންމީހެއްގެ ގޯތީގެ ބައެއްގައި ތަކެތި ބަހައްޓައި އެތަކެތި ނެގުމަށް އެންގުމުން
ނުކިޔަމަންތެރިކަން ދައްކައި ހެދުމުން ސަރުކާރުގެ ޤަވާޢިދު ހަމަޖެހިފައިވާ ގޮތުގެމަތިން
މީސްމީހުންނަށް މިގޮތުން ވާތުރާތައް ފިލުވައި ގޯތިގެދޮރުގެ ކަނތައްތައްހަމަޖައްސަވާ ސަރުކާރުގެ
އޮފީހަށް ލިބިފައިވާ ބާރުގެ ދަށުން އެއޮފީހުން ޢަމަލުކޮށް އެތަކެތި ރަށުއޮފީހުގެ ބެލުމުގެ ދަށުގައި
ބަހައްޓައި އެތަކެތި ގެންދިއުމަށް އެންގުމުންވެސް ނުގެންދިއުމުން އެކަމުގެ ޒިންމާ ރަށުއޮފީހުގެ
ބޮލުގައި އެޅުވުމަކީ ޤާނޫނީގޮތުން މުޙައްމަދު ސަޢީދު ޒަކަރިއްޔާއަށް މިޙާލަތުގައި ކުރެވޭނެކަމެއް
ނޫންކަމާއި، ގެއްލުމެއްވެފައިވާނަމަ އެ ގެއްލުމެއް ލިބިގަތީ މުޙައްމަދު ސައީދު ޒަކަރިއްޔާ އަމިއްލައަށް
ޤާނޫނާއި ޤަވާޢިދަށް ބޯނުލަނބައި ކުޅަކަމެއްގެ ސަބަބުންކަން އެނގެން އޮންނަކަން
953
4
ވީމާ ނައިފަރުކޯޓުގެ ނަންބަރު 2008/G2C/01 ޤަޟިއްޔާ އެކޯޓުން ބަލައި
ނިންމަވާފައިވަނީ ރަނގަޅަށްނޫންކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މުޙައްމަދު ސަޢީދު
ޒަކަރިއްޔާގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކާއި ދައްކާފައިވާ ވާހަކަތަކަށް ނަޒަރުކުރާއިރު
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުއީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބަލާނެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/223
ސަބަބެއް އޮތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެންނާތީ
އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދު ކޮށްފީމެވެ.
05
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
އާދަމް މުޙައްމަދު ޢަބްދު
އަޙްމަދު ޝަރީފު ޢަލީ
(ފަނޑިޔާރު)
ޢަބްދުލްޣަނީ މުޙައްމަދު
(އިސް ފަނޑިޔާރު)
(ފަނޑިޔާރު)
މަޖި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv